ލޯބި ވީމޭ ސިއްރު ސިއްރުން (25
“ކޮންކަމެއް ލައިގަނެގެން ތިއުޅެނީ…؟ ދެދުވަސް ވީއިރުވެސް ޚަބަރެއް ނުވެ…ބަލިވީތަ…؟” އަޒީލްގެ ކޮޓަރީީގެ ދޮރުހުޅުވާލާފައި އެތެރެއަށްވަދެ އެނދުގައި އިށީންނަމުން ދާނިޝް އަހާލިއެވެ. އެންމެގާތް އެކުވެރިޔާއާއި ބައްދަލުނުވެ ދެދުވަސް ފާއިތުވެގެން ދިއުމުން ކޮންމެެސް ކަމެއް އަޒީލްއަށް ވެއްޖެކަން ދާނިޝްއަށް ޔަޤީން ކުރެވުނެވެ. “ކީއް ނުވަނީ…މަގޭ ދުވަސް ހިނގައްޖެ…ހުރިހާ ކަމެއް ބަރުުބާދުވެއްޖެ…” ކޮޓަރީގެެ ކުޑަދޮރު ކައިރީގައި ގިނައިރުތަކެއް ވަންދެން ހުރުމަށްފަހު ދާނިޝްއައުމުން އެނދާާއި ދިމާއަށް ހިނގައިގަންނަމުން, ކޮންމެވެސް މިންވަރަކަށް އަޒީލް އޭނާގެ ހާލަތު ބަޔާންކޮޮށްލިއެވެ. އަޒީލް އެބުނި އެއްޗެއް ދާނިޝްއަށް ނަގައިގަންނަން އުނދަގޫވިއެވެ. “ކިހިނެއްވީ…؟ އަނެއްކާ ޝިފްނާ…” އަޒީީލް ވާހަކަ ދެއްކިގޮތުން ދާނިޝްއަށް ލަފާކުރެވުނު ގޮތް ހާމަކޮށްލަން އުޅެލާފައި މަޑުޖައްސާލިިއެވެ. “ތި ހީވީ ހަމަ ރަނގަޅަށް…ޝިފްނާ މަށާ ރުޅިވެއްޖެ…” މާޔޫސްވެެފައިވާ މޫނު ވަތަށްޖަަހާލަމުން އަޒީލް ވާހަކަ ދައްކަންފެށިއެވެ. “ޝިފްނާއަށް ހުރިހާ ޙަޤީޤަތެެއް ވެސް އެނގިއްޖެ…ހުރިހާކަމެއް ބޭޒާރުވެއްޖެ…ނުހާއާއި ރައްޓެހިވެގެން އުޅުނުކަން ވެސް ބޭޒާރުވެއްޖެ…މީ މަށަށް ނުހާ ދިން ލަނޑެއް…ދުވަހަކުވެސް އަހަރެންް އޭނައަކަށް މަޢާފެެއް ނުކުރާނަން…” ކަންވީގޮތް ދާނިޝްއަށް ކިޔައިދިންއިރު އަޒީލް ހުރީ ފެންކަޅިވެެފައެވެ. “މިހާރު ހިތަށްއަރާ އެ ނުހާއާއި ރައްޓެހިނުވެނު ނަމައޭ…ހިތަށްއަރާ ނުހާއަށް ނުވިސްނިގެން އެއުޅެނީ ކީއްވެބާއޭ…ނުހާދެކެ މަށަށް ވެވުނީ ލޯތްބެއް ނޫން…ރީތި އަންހެން ކުއްޖަކަށް ވީމަ ހިތްކިޔާލި ވަރުން ރައްޓެހި ވެވުނީ…މަށަށް ޙަޤީޤީީ ލޯބި ވެވުނީ ޝިފްނާދެކެ…” ހިތުގައި ހުރި އުދާސްތައް ބޭރުކުރަމުން ދިއައިރު އަޒީލްގެ ލޮލުން މަޑުމަޑުން އޮހޮރެންފެށި ކަރުނައިގެ ތިކިތަކާއިި ރުޅިވެރިކަން އެކުވެގެންދިއެވެ. އެ ނުރުހުމުގައި އޭޭނާގެ ޙަޔާތުން ޖާގަ ދެވުނު ނުހާއަަށް ބަސްބުނެ ހެދިއެވެ. މާޒީގައި އުޅެވުނު ގޮތާއިމެދު މިހާރު އަޒީލް ދެރަވާކަން ހާމަވާން ހުއްޓެވެ. ލޯބި ނުވިޔަސް ހިތްކިޔާލި ކޮންމެ އަންހެން ކުއްޖަކަށް ލޯބި ހުށަހަޅައި ވަކި މަންޒިލެެއް މަޤުސަދެެއް ނެތި އެ އަންހެން ކުދިންނާއިއެކު ދުވަސްތައް ހޭދަކުރެވުނީތީ އަޒީލް އޭނާގެ އަމިއްލަ ނަފްސުދެކެ ރުޅިއަންނަން ފެށިއެވެ. އޭރު އުޅެވުނު ގޮތުން މިއަދު ކެހި ލިބިފައި ވާކަމަށް އަޒީލް ޤަބޫލުުކުރިއެވެ.
“އޭޭރުވެސް އަހަރެންް ބުނީމެއްނު ޝިފްނާގާތު ދޮގު ނުހަދާށޭ…ޝިފްނާއަށްް އޮޅުވާލައިގެން ނޫޅޭށޭ…އެންމެ ކުރިންވެސް ތެދުވެރިކަމާއިއެކު ހުރިހާ ވާހަކައެއް ޝިފްނާއަށް ކިޔައިދިންނަމަ ތިހިސާބަށް ދާކަށް ނުޖެހުނީހެއްނު…” ދާނިޝްއަށް އިސްކުރެވުނީ ނުރުހުންވުމެވެ. ޝިފްނާއަށް އެއްވެސް ކަމެއް ސިއްރު ނުކުރަން އެތައް ފަހަރަކު އަޒީލްއަށް ދާނިޝް ނަޞޭޙަތްތެރިވެެފައި ވެއެވެ. ނަމަވެސް އަޒީލްއަށްވަނީ އެ ނަޞޭހަތާާއި އެއްގޮތަށް ކަންތައް ނުކުރެވިފައެވެ. ކޮންމެެސް ދުވަހަކުން އެގޮތަށް ޢަމަލު ކުރަން ހިތުއަޅައިގެން ހުއްޓައި ވަގުތު ފާއިތުވެެގެން ހިނގައްޖެއެވެ. އަޒީލް ހުރީ ހަދާނެގޮތް ހުސްވެފައެވެ. ޝިފްނާއާއި ވާހަކަ ދެއްކޭނެ އެއްވެސް ގޮތެއް އަޒީލްއަކަށް ނުވިިއެވެ. އެތައް ފަހަރަކު ގުޅުމުން ވެސް ޝިފްނާއާއި ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. “ދެން ކިހިނެއްތަ އަހަރެން ހަދާނީ…؟ ޝިފްނާއާއި ވަކިން މަށަކަށް ނޫޅެވޭނެ…” ބޮލުގައި ދެއަތުން ހިފާލަމުން އަސަރާއިއެކު އަޒީލް ބުނެލިއެވެ. އަޒީލްގެ ޙާލަތާއިމެދު ދާނިޝް ވެސް ކަންބޮޑުވެެ ދެރަވިއެވެ. “މަށަށް ހީވަނީ ތިކަމުގަ ރީޝާގެ އެހީ ލިބިއްޖެނަމަ ޝިފްނާ ހަމައަކަށް އެޅުވިދާނެހެން…ރީޝާގެ އެހީއެއް ލިބޭތޯ މަސައްކަތް ކޮށްްލަންޖެހޭނީ…” ދާނިޝްގެ ޚިޔާލު ހުރީ އެކަހަކަ ގޮތަކަށެވެ. އަޒީލްވެސް ދާނިޝްގެ އެޚިޔާލުު ބަލައިގަތެވެ. ޝިފްނާއާއި ވާހަކަ ދައްކާލަން ކުޑަ ފުރުސަތެއް ލިބުނަސް ހިތަށް ހަމަޖެހުމެއް ލިބޭނެކަމަށް އަޒީލްގެ ހިތް ބުނެލިއެވެ.
ހަމަހިމޭންކަން ވެރިވެފައިވާ ރޭގަނޑުގެ އެވަގުތުގައި ރީޝާ ބަދިގެއަށް ވަދެެލީ ފެންފޮދެއް ބޯލުމުގެ ނިޔަތުގައެވެ. އެހެންކަމުން, އައިސްއަލަމާރިން ފެންފުޅިއެއް ނެގުމަށްފަހު, މޭޒުމަތީގައި ހުރި ބިއްލޫރި ތައްޓަކަށް ފެންއަަޅައި ފުރާލުމަށްފަހު, ރަނގަޅަށް މަތި ޖަހާލަމުން ފެންފުޅި މޭޒުމަތީގައި ބަހައްޓާލިއެވެ. ލަސްނުކޮށް ކަރުހިއްކުން ފިލުވާލަން ފެންކޯވަރެެއް ނަމަވެސް އަރުތެރެއަށް ލެވޭތޯ މަސައްކަތްްކޮށްލި ވަގުތު ކޮންމެެސް މީހަކު ރީޝާގެ މެދުހަށީީގައި ހިފާލަމުން ރީޝާއާއި ގާތްވެލިއެވެ. މުޅި ހަށިގަނޑު އެކީ ފިނިވެންދިއަ އެވަގުތު ރީޝާއަށް ފެންތަށިން އަތް ދޫކޮށްލެވި އެ ޒުވާން އަތުގައި ހިފާލެެވުނެވެ. އެ ބީހިލުން ރީޝާއަށް ރަނގަޅަށް ވެސް ދެނެގަނެވުނެވެ. ދާނިޝްގެ އެ މަޢުނަވީ ޢަމަލު ކުޑަ ވަގުތުކޮޅަަކަށް ނަމަވެސް ރީޝާގެ ހިތް ޖަޒުބާތުގައި ޖައްސާލިއެވެ. އެހެނަސް ޖަޒުބާތުގަައި ޖެހި ގެބިގެން ދާކަށް ރީޝާގެ ވިސްނުމެއް ނެތެވެ. ގަދަކަމުން ކަހަލަ ގޮތަކަަަށް ދާނިޝްގެ އަތް ނައްޓާލުމަށްފަހު ދާނިޝްގެ މޭގައި އަތްއަޅަައި ދުރަށް ކޮށްޕާލިއެވެ. “ދާނިޝް ތި ކުޅިގަނޑު ހުއްޓާނީ ކޮންދުވަހަކުން…؟ ކިތައް ފަހަރު ބުނެފިން ދެން އަހަރެންްގެ ލޯތްބެއް ދާނިޝްއަކަށް ނުލިބޭނެއޭ…މަޢާފެއްވެސް ނުލިބޭނެއޭ…ކިތައްފަހަރު ބުނަންވީ އަހަރެންގެ ހިތަކު ދާނިޝްއަށްޓަކާ ލޯތްބެއް ނެތޭ…ކީއްވެތަ ނުވިސްނިގެން ތިއުޅެނީ…؟” ރުޅިވެރިކަން އިސްކުރަމުން ދާނިޝްގެ އެ ޢަމަލު ރީޝާ ކުށްވެރިކުރިއެވެ. ރީޝާގެ ދުލުގައިވީ ހަމަ އެއްބަސްތަކެކެވެ. އެއް ޖުމްލަތަކެކެވެ. ދާނިޝްއަށް އެހިތުން ޖާގައެއް ނެތްކަމަށް ބުނެ އޭނާގެ ނިންމުން ތަކުރާރުކޮށްލިއެވެ.
“ދުވަހަކުވެސް އަހަރެންްގެ ހިތަަކަށް ތިކަމެއް ނުވިސްނޭނެ…ތިކަން ޤަބޫލެއް ވެސް ނުކުރާނެ…ކިތަންމެ ވަރަކަށް ފޮރުވަން މަސައްކަތް ކުރިއަސް އަދިވެސް ރީޝާ އަހަރެންްދެކެ ލޯބިވޭ…އަހަންނަށް ހަމަ ޔަޤީން…” ޖެހިލުމެއްނެތި ރީޝާގެ ލޮލަށް ބަލަންހުރެ ކުރިއަށް ޖެހިލަމުން ދާނިޝް ވާހަކަ ދެއްކިއެވެ. ނުގުޑާނެ އަޒުމެެއްގައި ހުރިކަން ދާނިޝްގެ އެ ވާހަކައިން ދޭހަވާން ހުއްޓެވެ. “ނުވޭ ލޯތްބެއް…ތީ ދާނިޝްއަށް ކުރެވޭ ކުންހީއެއް…” ދާނިޝް ކައިރިއަށް ޖެހިލުމާއިއެކު އަނެއްކާވެސް ރީޝާ ދާނިޝްގެ މޭގައި އަތްއަޅައި ދުރުކޮށްލިއެވެ. ކިތަންމެ ވަރަކަށް ރީޝާާގެ ދުލުން ލޯބި ނުވާކަމަށް ބުންޏަސް އެކަން ޤަބޫލް ކުރާކަށް ދާނިޝް ބޭނުމެއް ނުވިއެވެ. “މީ ކުންހީއެއް ނޫން…މީ…” ދާނިޝްދެކެ ލޯބި ނުވާކަމަށް ރީޝާ ބުނުމުން އެކަމަށް ރައްދު ދިނުމަށް ދާނިޝް މަސައްކަތްކޮށްލި ވަގުތު މޭޒުމަތީގައި އޮތް ރީޝާގެ ފޯނު ރިންގުވާންފެށިއެވެ. އިރުކޮޅަކު ފޯނަށް ބަލަން ހުރެފައި ދާނިޝްއަށް ނުރުހުމުގެ ނަޒަރަކުން ބަލާލަމުން ފޯނު ނަގަން ރީޝާ ހިނގައިގަތެވެ. މާދުރުނޫން ހިސާބެއްގައި ހުރި މޭޒުމަތީީގައި އޮވެ ރިންގު ވަމުންދިއަ ފޯނުގައި ރީޝާ އަތް ޖައްސާލި ވަގުތު ކުއްލިއަކަށް ދާނިޝް ރީޝާގެ އަތުން ފޯނު ދަމައިގަތެވެ. ހަމައެހެންމެ ގުޅަމުން އެދަނީ ކާކުތޯ ބެލުމެއްނެތި ފޯނު ކަނޑާލިިއެވެ. އެވަރުން ވެސް ދާނިޝްއަކަށް ނުފުދުނެވެ. ފޯނު ދިނުމަށް އެދި ރީޝާ ބުނަމުން ދަނިކޮށް ފޯނު ނިވާލުުމަށްފަހު ޖީބަށް ޖަހާލިިއެވެ. އެއަށްފަހު ޒާތަކަށް މޭޒުމަތީގައި އިށީނދެލަައިފައި ރީޝާއަށް ބަލާލިއެވެ. “ދާނިޝް…! ކިހިނެއްވެގެންތަ ތިއުޅެނީ…؟ މޮޔަވީތަ…؟” އެވަގުތު އިތުރު މީހަކު އެ ވަގުތުކޮޅުު ޚަރާބުކޮށްލިިއަ ނުދިނުމުގެ ނިޔަތުގައި ނަމަވެސް ދާނިޝް އެގޮތަށް ކަންތައް ކުރުމުން ރީޝާގެ ގާތަށް ރުޅިއަންނަގޮތް ވިއެވެ. އެވަގުތު ގުޅީ ކާކުތޯ ބަލަން ކޮންމެހެންވެސް ރީޝާ ބޭނުންވި ކަހަލައެވެ. ގުޅީ ކާކުކަމެއް ކީއްކުރަން ކަމެއްވެސް ރީޝާއަށް ދާނިޝްގެ ސަބަބުން އެނގޭ ވަރެއް ނުވިއެވެ. ރީޝާގެ ސިކުނޑީީގައިވީ އެކަން ދެނެގަތުުމުގެ ޚިޔާލެވެ. “ވެދާނެ ތިހެން ކަމަށްވެސް…” އެއްމިޔަކަނުން ހީލަމުން ރީޝާ ކުރި ސުވާލުގެ ޖަވާބުގައި ދާނިޝް ބުނެލިއެވެ. ހަމަ ހިމޭންކަން ވެރިވެފައިވާ އެވަގުތު ރީޝާއާއި ސަމާސާ ކޮށްލުމުގެ ޚިޔާލުު ދާނިޝް ގެންގުޅުނެެވެ. ރީޝާ ހުރީ ރުޅިގަދަވެފައި ކަމުގައި ވިޔަސް ދާނިޝް ހުރީ ހަމަޖެހިލައިގެންނެވެ. ނުރުހިފައި ދާނިޝްއަށް ރީޝާ ބަލަން ހުރިއިރު ދާނިޝްގެ މޫނުމަތިން ފެންނަން ހުރީ ލާނެއްގޮތެކެވެ. “އެހެންވީރު ދޭބަލަ ސިކުނޑީީގެ ޚާއްޞަަ ފަރުދޭ މަރުކަޒަަށް…ތި ސިކުނޑިއަށް ފަރުވާ ހޯދަން…ކީއްކުރަންތަ މިތާ ތިހުރީ…؟” ބުމަ ގޮށްޖަހާލަމުން ދާނިޝްއާއި ދިމާއަށް ރީޝާ ބުނެލިއެވެ. “މީ ސިކުނޑީީގެ ބައްޔެއް ނޫން…މީ ހިތުގެ ބައްޔެއް…މި ހިތަކަށް އެތަނުން ލިބޭނެެ ފަރުވާއެއް ނެތް…މިހިތުގެ ބޭސްވެރިޔަކީ ތީ…މިހިތަށް ފަރުވާ ދެވޭނީ ހަމައެކަނި ރީޝާއަށް…” މަޢުނަވީ ގޮތަކަށް ދާނިޝް ރީޝާއަށް ރައްދުދިނެވެ. ފޮރުވުމެއްނެތި އެހިތުގެ ޙަޤީޤަތް ރީޝާއަށް ހާމަކޮށްލިއެވެ. ދާނިޝްގެ އެ ޖަވާބުގައި ވަނީ ޙަޤީޤަތްްކަން ރަނގަޅަށް އެނގިހުރެ މިއަދުވެސް އެކަމަށް މާބޮޑު އަހަމިއްޔަތުކަމެއް ދޭކަށް ރީޝާ ގަސްތެއް ނުކުރިއެވެ. ދާނިޝްގެ އެ ޙަޤީޤަތާާއި ކުރިމަތިލާން ރީޝާގެ ހިތް ނޭދޭ ކަހަލަގޮތަަކަށް މޫނު ހަދާލިއެވެ. “ތިހިތަކަށް ދުވަހަކުވެސް އަހަރެންގެެ ފަރާތަކުން ފަރުވާއެއް ނުލިބޭނެ…ދުވަހަކުވެސް އަހަރެންގެެ ފަރާތުުން ދާނިޝްއަކަށް މަޢާފެއްވެސް ނުލިބޭނެ…ލޯތްބެއް ވެސް ނުލިބޭނެ…” ދާނިޝްއާއި ހަތަރުކަޅި ހަމަކޮށްލަމުން ނުރުހުމާއިއެކު ރީޝާ ބުނެލިއެވެ. ރީޝާގެ އެ ޖުމްލަތަކުން ދާނިޝްގެ ހިތަށް އަސަރުކޮށްލިއެވެ. އެކަހަލަ ކޮންމެ ވަގުތަކު ދާނިޝްގެ ހިތް އެތެރެހަށީީގައި އޮވެ ރޮއެހަދައެވެ. ކުޑައިރުކޮޅަކު ރީޝާއަށް ބަލަހައްޓައިގެން ހިމޭނުން ދާނިޝް ހުއްޓެވެ. ރީޝާގެ އެ ޖުމްލަތައް އޭނާގެ ސިކުނޑިއަށް ތަޙައްމަލު ކުރަން ފަސޭހަ ކަމަކަށް ނުވިއެވެ. ރީޝާގެ ދުލުން އިންކާރުގެ ބަސްތައް އަޑުއަހާކަށް ދާނިޝްއަކަށް ފަސޭހަ ކަމަކަށް ނުވިއެވެ. ކެކިގެންދިއަ ލެއާއި ހިތަށް ކުރުވި އަސަރު އެކުވި ވަގުތު ދާނިޝް ރީޝާގެ އަތުގައި ހިފައި ގާތަށް ދަމާލިއެވެ. ހަމަ އެ ސިކުންތުގައި ރީޝާގެ މޫނުގައި ދެއަތުން ހިފާލަމުން ދާނިޝް އޭނާގެ މޫނު ރީޝާގެ މޫނާއި ގާތްކޮށްލިިއެވެ. ދާނިޝްގެ އެ ޢަމަލާާއި ދެކޮޅުހަދަަން ރީޝާއަށް ކުޑަ ވަގުތުކޮޅެއް ވެސް ނުލިބުނެވެ. ކުރެވުނުހާވެސް ކަމަކީ ދާނިޝްގެ އަތުގައި ހިފާލެވުމެވެ. އިޝްޤީ ޖަޒުބާތުގެ ތެރެއަށް ގެނބިލަަން ދާނިޝްގެ ހިތް ކިޔާލިއެވެ. ނަމަވެސް އެއީ އެންމެ ރަނގަޅުގޮތް ނޫންކަމަށް ވިސްނާލަމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދާނިޝް އޭނާގެ ކަތިވެފައިވާ ހިތާއި ނަފްސު އަމިއްލައަށް މައިތިރި ކޮށްލިއެވެ. “ސޮރީ…ފަހަރެއްގަ ވެސް ރީޝާއާއި ގަދަކަމުން ގާތްވުމުގެ ނިޔަތެއް ނެތް…އެކަމަކު…ރީޝާގެ ދުލުން ތިހާ ހަރުކަށި ގޮތަކަށް ތިހެން ބުނީމަ ބަރުދާސްތު ކޮށްލަން އުނދަގޫވީީ…” ދާނިޝްގެ އެ ޙަރަކާތުން ރީޝާގެ ހިތް ބާރުބާރަށް ތެޅެމުން ދާކަން އިޙްސާސް ކުރެވެން ހުރި ހާލުގައި މަޑުމަޑުން ރީޝާގެ މޫނުން އަތް ނައްޓާލުމަށްފަހު ރީޝާއާއި ދުރަށް ޖެހިލަމުން ދާނިޝް ވާހަކަ ދެއްކިއެވެ. މެރިފައިވާ ލޯ ހުޅުވާލުމަށްފަހު ރީޝާާ ދާނިޝްއަށް ފުރަގަސް ދިނެވެ. ބުނާނެ އެއްޗެއް ކުރާނެކަމެއް ހަނދާން ނެތިފައިވާ ކަހަލަ ގޮތަކަށް އަނެއްކާވެސް ރީޝާއަށް ލޯމަރައިލެެވުނެވެ. ކިތަންމެ ވަރަކަށް ރީޝާ އިންކާރު ކުރިއަސް އަދިވެސް އެހިތުގައި ދާނިޝްއަށްޓަކައިި ވިންދު ޖަހާކަން ޚުދު ރީޝާއަށް ވެސް ވިސްނުނެވެ. ދާނިޝްގެ ހިތް ބުނަމުން ދިއަފަދައިން ދާނިޝްގެ އެންމެ ބީހިލުމަކުންވެސް އަދިވެސް ރީޝާގެ ހިތުުގެ ތެޅުން އަވަސް ކުރުވައެވެ. އެކަމާއި ދެކޮޅުހެދެންނެތް ހާލުގައި ރީޝާ ހިމޭނުންއިނެވެ.
މަރާލިި ލޯ ހުޅުވާލުމަށްފަހު އެތަނުން ދިއުމަށް ރީޝާ ހިނގައިގަންނަން އުޅުނެެވެ. އެވަގުތު ރީޝާގެ އަތުގައި ދާނިޝް ހިފާލިއެވެ. “ފޯނު ބޭނުމެއް ނޫންތަ…؟” ޖީބުގައި އޮތް ރީޝާގެ ފޯނު ނަގަމުން ދާނިޝް ސުވާލުކޮށްލިއެވެ. ޖެހިލުންވެފައިވާ ހިތް ހަމައަކަށް އަޅުވާލަމުން ދާނިޝްއާއިވީ ފަރާތަށް ރީޝާ އެނބުރިލިއެވެ. އެެއަށްފަހު ދާނިޝްގެ އަތުން ފޯނު ލިބިގަތުމަށް އަތް ދިއްކޮށްލިިއެވެ. ހަމަ އެވަގުތު ދާނިޝް އޭނާގެ އަތް ދުރަށް ޖައްސާލިއެވެ. އެހިނދު ރީޝާއަށް ދާނިޝްގެ ލޮލާއި ލޯ އަމާޒު ކޮށްލެވުނެވެ. ކަޅިއާއިކަޅި މީޒާންވެގެންދިއަ އެވަގުތު މަޑުމަޑު މިއުޒިކީީ ރާގެއް ދެހިތުގައި ދުވެލި ކަހަލައެވެ. ނުރުހުމުގެ ކުޑަވެސް އަސަރެއްނެތް ދެލޮލުން ފާޅުވާން ހުރީ އިޙްތިރާމެެވެ. “ޝަރުތެއްގެ މަތިން…” ނަޒަރު ބަދަލުކޮށްލުމަށްފަހު ރީޝާގެ އަތުން ދޫކޮށްލާފައި އެއްއަތުން އަނެއްއަތަށް ފޯނު ބަދަލުކޮށްލަމުން ދާނިޝް ބުންްޏެވެ. އެއީ ކޮން ޝަަރުތެއްހޭ ބުނާކަހަލަ ގޮތަކަށް ދާނިޝްއަށް ރީޝާ ބަލާލިއެވެ. ރީޝާގެ އެ ބަލާލުން ދާނިޝްއަށް ދެނެގަންނާކަށް ދަތިކަމަކަށް ނުވިއެވެ. “އަޒީލްއަށް މިވަގުތު ރީޝާގެ އެހީ ވަރަށް ބޭނުން…އަޒީލްއަށް އެހީވެދީފާނަންތަ…؟ ޕްލީޒް…!” އަަސަރާއިއެކު ދާނިޝް ސުވާލުކޮށްލިއެވެ. “އަޒީލްއަށް…ކޮންކަމަކަށް…؟” ހައިރާންވެފައި މަޑުމަޑުން ރީޝާ އަހާލިއެވެ. ވެގެންއުޅޭގޮތް ނޭނގޭތީ ރީޝާގެ ހިތުުގައި އުފެދުނު ސުވާލު ހާމަކޮށްލިއެވެ. “ޝިފްނާ އަޒީލްއާއި ރުޅިވެއްޖެ…” ވަގުތާއި ހާލަތު ބަދަލުވެގެން ދިއަ އުޞޫލުން އަޒީލްއާއި ޝިފްނާގެ ގުޅުމަށް ބުރޫއަރައިފައި ވާކަން ދާނިޝް ހާމަކޮށްލިއެވެ. އެކަން ރީޝާއަށްް ސިއްރުވެފައި ވުމުން ސިހުމެއް ލިބުނެވެ. އަޒީލް ޝިފްނާދެކެ ލޯބިވާ ފަދައިން ޝިފްނާ ވެސް އަޒީލްދެކެ ނުލާހިކު ލޯބިވާކަން ރީޝާއަށް އޮޅިފައެއް ނެތެވެ. ޝިފްނާ އެގޮތަށް ކަންތައް އެކުރީ ކީއްވެބާއޭ ހިތަށްއެރި ވަގުތު ކަން ހިނގައިދިއަގޮތް ރީޝާއަށް ދާނިޝް ކިޔައިދިނެވެ. އޭރު އަޒީލްގެ އުޅުމާއި ޚިޔާލުތައް ބައްޓަންކުރި ގޮތާއި ބަދަލުވެގެންދިއަ އަޒީލްގެ އުޅުމާއި ޚިޔާލުތައް ފެށިގެން ނިމެންދެން ދާނިޝް ރީޝާއާާއި ޙިއްޞާކޮށްލިއެވެ. ކުރިން ކިތަންމެ އަންހެން ކުއްޖެއް އަޒީލްގެ ޙަޔާތަށް އައިކަމުގައި ވިއަސް މިހާރު އަޒީލްގެ ދިރިއުޅުމުގައި ވަނީ ހަމައެކަނި ޝިފްނާކަމަށް ބުނެ, ޝިފްނާދެކެ އަޒީލް އިންތިހާއަށް ލޯބިވާކަމަށް ބުނެ ރީޝާއަށް ދާނިޝް ވިސްނައިދިިނެވެ. ދާނިޝްގެ އެ ވާހަކަ ތަކުގައި ވަނީ ތެދު ޙަޤީޤަތްކަން ރީޝާ ޔަޤީންކުރިއެވެ. އެހެންކަމުން, ވެވުނު މިންވަރަކުުން އަޒީލްއާއި ޝިފްނާ ބައްދަލުވާނެ ގޮތެއް ހަދައިދޭނެެ ކަމަކަށް ރީޝާ އެއްބަސްވިއެވެ. ހިތްހަމަ ޖެހިލުމާއިއެކު ރީޝާގެ ފޯނު ހަވާލުކޮށްލުުމަށްފަހު ދާނިޝް އެގެއިން ނިިކުތެވެ.
އޭގެ ވިއްސަކަށް މިނެޓްފަހެވެ. މަޑުޖައްސާލި މަސައްކަތާއިވެގެން ކުރިއަށްދާން އުޅެއުޅެ ރީޝާއަކަށް އެކަން ވާގޮތެއް ނުވިއެވެ. ގަސްތަަކާއި ނުލައި ރީޝާގެ ސިކުނޑީީގައި ދާނިޝްގެ ހަރަކާތް އެނބުރެންފެށިއެވެ. ދާނިޝްގެ އެފަދަ އިޝްޤީ ހަރަކާތުން އަދިވެސް އެހިތުގެ ތެޅުން އަވަސްވާާކަމާއިމެދު ދެކޮޅުހެދެން ނެތުމުން ރީޝާގެ ހިތް ނުތަނަވަސްވާން ފެށިއެވެ. އެހިތް ބަލިކަަށިވެ ދާނިޝްގެ ޖަޒުބާތުގަައި ބައިވެރިވެވިއްޖެ ނަމަ ދާނިޝްއާއި ދުރަށްދިއުމަށް އުނދަގޫވާނެކަމަށް ރީޝާގެ ސިކުނޑި އޭނާގެ ހިތަށް ވިސްނައިދިިނެވެ. ދާނިޝްއާއި ދުރަށް ދިއުމަށް ކުރެވޭ މަސައްކަތައް ހުރަސްއެޅޭ ކޮންމެ ކަމަކުން ދުރުވުުމަަކީ އެންމެ ރަނގަޅުގޮތް ކަމަށް ރީޝާ ނިންމިއެވެ.
މާލޭގެ ބަނދަރަށް ބީއްސާލި ފެރީއިން ފައިބައިގެން ޓެކްސީއެއް ހޯދާލުމަށްފަހު ރީޝާގެ އެދުމުގެ މަތިން ރީޝާއާއި ބައްދަލުކޮށްލަން ދިއުމުުގެ ނިޔަތުގައި ޓެކްސީއަށް އަރައި ހަމަޖެހިލަމުން ޑްރައިވަރަށް ދާންވީ މިސްރާބު ޝިފްނާ ބުނެދިނެވެ. އަޒީލްގެ ސަބަބުން ޝިފްނާގެ ހިނިތުންވުން ގެއްލިފައިވާކަން މިލާމޯޅިވެެފައިވާ ޝިފްނާގެ މޫނުމަތިން ހާމަވާން ހުއްޓެވެ. ރީޝާކުރި އާދޭހާާއި ދެކޮޅު ހަދަންް ފަސްނުޖެހުނުނަމަ އެެ ފަސްގަނޑުގައި ފައި ބިއްސާލާންވެސް ޝިފްނާގެ ހިތަކު ނެތެވެ. އަޒީލްގެ ހިޔަނިއެޅޭޭ ހިސާބަށްވެސް އައުމަކީ މިހާރު ޝިފްނާ ބޭނުންވާކަމެއް ނޫނެވެ. އަޒީލް ފެންނަފަށަށް ވެސް އަންނަން ދުވަހަކުވެސް ޝިފްނާގެ ޒަމީރު އެއްބަސް ނުވާނެ ކަހަލަ އަސަރުތަކެއް ޝިފްނާގެ ލޮލުގައި ފޮރުވިފައި ވާކަހަލައެވެ.
ލަސްތަކެއްނުވެ ޝިފްނާއަށް އޭނާގެ މަންޒިލާއި ހަމައަށް ވާޞިލުވެެވުނެވެ. އެހެންކަމުން އެ ޚިދުމަތްކޮށްދިން ޑްރައިވަރަށް އޭގެ އުޖޫރަ ހަވާލުކޮށްލުމަށްފަހު ޓެކްސީއިިން ފައިބަމުން މޯޅިވެފައިިވާ މޫނުމަތި ހިނިތުންވުމަކުން ވަންހަނާ ކޮށްލިއެވެ. އެއަށްފަހު ރީޝާއާއި ބައްދަލުވެލަން ގޭތެރެއަަށްވަދެ ރީޝާގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. ގޭ ދޮރުގައި ތަޅުލައިފައިނުވާ ވަގުތެއް ކަމަށްވީތީ މާބޮޑު ބުރައެއް އެކަމުގައި އުފުލާކަށް ޝިފްނާއަކަށް ނުޖެހުނެވެ. ގޭތެރޭއިން ފުރަތަމަ ޝިފްނާއަށް މަރުޙަބާކީ ޒުލޭޚާއެވެ. ހިނިތުންވުމާއިއެކު ޝިފްނާގެ ހާލުއަހުވާލު އޮޅުންފިލުވާލަަން ޒުލޭޚާ އަވަސްވެގަތެވެ. ހަނާ ފަދައިން ރީޝާގެ ކޮންމެ ރަޙުމަތްތެރިއަކަށް ވެސް އަބަދުވެސް ޒުލޭޚާ މުޚާޠިބުކުރަަނީ ވަރަށް ގާތްކަމާއި ހިތްހެޔޮ ކަމާއިއެކުގައެވެެ. އާދައިގެ މަތިން މިއަދުވެސް ޝިފްނާއާއި ޒުލޭޚާ މުޚާޠިބުކޮޮށްްލީ ގާތްކަމާއި ހިތްހެޔޮކަމާއި އެކުގައެވެ. ޒުލޭޚާ ބަހައްޓާ ގާތްކަން ޝިފްނާ އަބަދުވެސް ފާހަގަކުރެވެ. ކުޑައިރުކޮޅަކު ޒުލޭޚާއާއި ވާހަކަ ދައްކާލަން ހުރުމަށްފަހު, ރީޝާ ވީ ކޮޓަރީގައި ކަމަށް ޒުލޭޚާ ބުނުމުން, ސިޑީީގެ އެހީގައި ރީޝާގެ ކޮޓަރިއަށް ޝިފްނާ މިސްރާބު ޖަހާލިއެވެ.
މަޑުމަޑުން ރީޝާގެ ކޮޓަރީގެ ދޮރުހުޅުވާލައިފައި ޝިފްނާ އެތެރެއަށް ވަނެެވެ. އެއިރު ހަނާޝް ނަލަހެއްދުމުގެެ މަސައްކަތުގައި ރީޝާއުޅުނެވެ. ޝިފްނާ ފެނުމުން ހިނިތުންވެލައިފައި, ސޯފާގައި އިށީނުމަަށް ޝިފްނާ ގާތު ރީޝާ އެދުނެވެ. ހަމައެހެންމެ, ރީޝާގެ އާދޭހާއިއެކު ނަމަވެސް, ޝިފްނާ އައުމުން އެކަމަށް ރީޝާ ޝިފްނާއަށް ޝުކުރު އަދާކުރިއެވެ. “އަދިވެސް ނުނިމޭތަ…؟” އަވަސް ހިނގުމެއްގައި އައިސް ކޮޓަރިއަށް ވަންނަމުން އާދިލް އަހާލިއެވެ. “ނޫނޭ…މި ނިމުނީ…” ހަނާޝްގެ ބޮލުގައި ފުނާ ކާއްތާލަަމުން ރީޝާ އާދިލްއަށް ޖަވާބުދިނެވެ. “އަވަސް ކުރޭ…! ބޭރަށް ނުދެވިގެން މިހާރު އެކަކު އެބަ ޝަކުވާ ކުރޭ…” އާދިލް ޗުއްޓީގައި ހުރި ދުވަހެއްކަމަށް ވީތީ ހަނާޝްއާއި ރައީޝް ގޮވައިގެން ހިނގާލަން ދިއުމަށް އާދިލް ވަނީ ވަޢުދުވެފައެވެ. އެހެންކަމުން ބޭރަށް ނުދެވި ލަސްވާތީ އެކަމުގެ ޝަކުވާ ރައީޝް ކުރަމުންދާާކަަން އާދިލް ހާމަކޮށްލިއެވެ. “ކޮއްކޮ ހުންނާނީ ހަވީރު ނުވެގެން…ބޭރަށް ދާހިތުން ކެތްމަދުވެފަ ހުންނާނީ…އެންމެ ދުވަހެއް ވައްޓާލިއަސް އެކަމުގެ ޝަކުވާ އަބަދު ކުރާނެ…” މަޑު ނޫކުލައިގެ ބޫޓަަކުން ހަނާޝްގެ ފައިތިލަ ފޮރުވާލަމުން ރީޝާ ވާހަކަ ދެއްކިއެވެ. ރީޝާގެ އެވާހަކައާއި އާދިލްވެސް އެއްބައިވެލިިއެވެ. ރައީޝްގެ އެ އާދައަކީ އާާދިލްވެސް ދަންނަ ކަމަކަށް ވުމުން ރީޝާގެ ވާހަކައަށް ކޮންމެވެސް އެއްޗެއް އިތުރުކޮށްލުުމަށްފަހު ހަނާޝް އުރާލައިގެން ކޮޓަރިން ބޭރަށް އާދިލް ނިކުތެެވެ.
“ކީއްވެ އަޒީލްއާއި ރުޅިވި ވާހަކަ އަހަރެމެންގާތު ނުބުނީ…؟ އަހަރެމެން ގާތު ބުނާހިތް ނުވީތަ…؟ ދާނިޝް ބުނީމަ މަށަށް އެނގުނީވެސް…” މަޑުމަޑުން އައިސް ޝިފްނާގެ ކައިރީގައި އިށީންނަމުން ޝަކުވާކުރާ ކަހަލަ ގޮތަކަށް ރީޝާ ވާހަކަ ދައްކަންފެށިއެވެ. ޝިފްނާއާއި އަޒީލްގެ ލޯބީގެ ގުޅުމަށް ނިމުން ގެނުވިއިރު ރީޝާއަށް އޭގެ ޒައްރެއްގެ މިންވަރު ވެސް އަންގައިނުލުމުން ހިތްހަމަނުޖެހުން ފާޅުކޮޮށްލިއެެވެ. “ހިތްވަރެއް ނުލިބުނު…އަޒީީލްގެ ހީލަތްތެރިކަން އެނގުނު ދުވަހު ހިތް ކުދިކުދި ވާވަރުވި…ވީ ދެރައިިން ރޮއެލަ ރޮއެލާާ އޮތީ…އެހެންކަމެއް ކުރާކަށް ނުވިސްނުނު…” ފާއިތުވި ދެދުވަހު ހާލަަތުހުރިގޮތް ހާމަކޮށްލަމުން ޝިފްނާ ބުނެލިއެވެ. “ރީޝާ އާދޭސްކުރީމަ މިއައީވެސް…އެހެންނޫންނަމަ…މަށަށް ހީވަނީ މިހާރު މިފަސްގަނޑަކީވެސް ކެހިވެރި ތަނެއްހެން…ފައިި ބީއްސާލާާ ހިތެއްވެސް ނުވޭ…” ޝިފްނާގެ ހިތުގައިި ފަރުދާވެފައިހުރި ތަކުލީފުތައް މަޑުމަޑުން ބޭރުކުރަން ފެށިއެވެ. “އެކަމަކު…ޝިފްނާ ކަންތައް ތިކުރީީ ރަނގަޅަކަށް ނޫން…މަށަށް ބުނެވޭނީ އަޒީލްއަށް އަދި އެއްފުރުސަތު ދޭށޭ…ދެމީހުން ވެސް އެކަކު އަނެކަކުދެކެ ލޯބިވާއިރު ތިޖެހުނު މައްސަލައިގެ ޙައްލަކީ އަބަދަށްޓަކައި ތިދެލޯބިވެރިން ވަކިވުމެއް ނޫން…ތިނޫން އެހެން ގޮތަކަށް ޝިފްނާގެ ވިސްނުން ބަހައްޓަންް މަށަށް ފެނޭ…” ޝިފްނާއަށް ވިސްނައިދިނުމުގެ ނިޔަތުގައި މަޑުމައިތިރި ކަމާއިއެކުު ރީޝާ ވާހަކަ ދެއްކިއެވެ. އަޒީލްއާއި ވަކިވުމަށް ޝިފްނާ ނިންމި ނިންމުން ރަނގަޅު ނޫންކަމަށް ރީޝާ ބުނެލިއެވެ. “އަޒީލްއަށް ދެވަނަ ފުރުސަތެއް ދިނުމުގެ ޚިޔާލެއް ނެތް…ބޭނުމެއްވެސް ނޫން…ހިތަށްއަރާ އަޒީލް އެގޮތަށް ކަންތައް އެކުރީ ކީއްވެބާއޭ…މަށަށް ދޮގުހަދާ އޮޅުވާލީީ ކީއްވެބާއޭ ހިތަށްއަރާ…ފުރަތަމަ ދުވަހުވެސް އަހަރެން އަޒީލް ގާތު ބުނިން ފެންނަ ކޮންމެ އަންހެން ކުއްޖެއްގެ ފަހަތުންދުވާ ފިރިހެނުންދެކެ އަހަރެން ރުޅިއަންނަ ވާހަކަ…އަަޒީލްއަކީ އެކަހަލަ މީހެއް…އެކަމަކު…އަހަރެންގެ ގާތު އަޒީލް ހެދީ ހުސް ދޮގު…އަޒީލްގެ ހަޔާތަށް އެއްވެސް އަންހެން ކުއްޖަކު ނާންނަ ކަމަށް ބުނެ އަހަރެންގެ އިތުބާރު ހޯދި…ތެދުވެރި ވަފާތެރިއެކޭ ބުނެ އަހަރެންގެެ ހިތް އަތުލައިގަތްް…އެކަމަކު…އެއީ އަހަރެން ބޭނުންވިި ސިފަތައް ހުރި އިންސާނެއް ނޫން…އަހަރެންގެެ ލޯތްބާއި އިތުބާރު އަޒީލް ހޯދީ އޮޅުވާލަައިގެން…ނެތް ސިފަތަަކެއް ހުރިކަމަށް ބުނެ ދޮގުތަކެއް ހަދައިގެން…ދުވަހަކުވެސް އަހަރެން އަޒީލްއަކަށް މަޢާފެއް ނުކުރާނަން…” އަޒީލްގެ ސަބަބުން ހިތަށް ފުންއަސަރުުތަކެއް ކޮށްފައިވާކަން ޝިފްނާގެ ކުުރަކިވެފައިވާ އަޑުން ހާމަވާން ހުރިއިރު ހިނިތުންވުމުގެ ކުޑަވެސް ނިޝާނެއް ނެތް ޝިފްނާގެ މޫނުމަތިންވެސް ހާމަވާން ހުއްޓެވެ. އަޒީލްދެކެ ކިތަންމެ ވަަރަކަށް ލޯބިވިއަސް ޝިފްނާއަކަށް އަޒީލްގެ އޮޅުވާލުން ބަރުދާސްތެެއް ނުކުރެވުނެވެ. އަޒީލްގެ ފަރާތުން ލިބުނީ ތެދުވެރި ލޯތްބެއް ނޫންކަމަށް ޤަބޫލުކޮށް, އަޒީލްއާއި އެއްވެސް ގުޅުމެއް ނުބާއްވާން ޝިފްނާ ވަނީ ނިންމައިފައެވެ.
“ނޫން ޝިފްނާ…ތިހެން ނުބުނޭ…! ޝިފްނާއާއި ނުލައި އަހަންނަކަށް ދުނިޔެއަކު ނޫޅެވޭނެ…” އަޒީލްގެ ރިހުން އެކުލެވިފައިވާާ އަޑު ޖެހުމާއިއެކު ޝިފްނާގެ ނަޒަރުގޮސް އަޒީލްއަށް ހުއްޓުނެވެ. ލިބުނު ހައިރާންކަން ކުޑަ ވަގުތުކޮޅަކަށް ދެމިގެންދިއަަ ނަމަވެސް އަޒީލް ފެނުމުން ޝިފްނާގެ މޫނަށް އެރި ކުލަވަރު ކައިރީގައި އިން ރީޝާއަށް ދެނެގަނެވުނެވެ. ޝިފްނާގެ ލޮލުން ރުޅިވެރިކަމުގެ ލިސާން ފެންނަން ނެގީ މަދު ސިކުންތުކޮޅެެކެވެ. އަޒީލް ފެނުމުން ސިކުނޑިއަށް ލިބުނު ނުތަނަވަސްކަމުގެ ސަބަބުން އެތަނުން ދިއުމަށް ސޯފާއިން ތެދުވެ ހިނގައިގަންނަން އުޅުނު ވަގުތު ޝިފްނާގެ ކޮނޑުގައި ރީޝާ ހިފާލިއެވެ. “ޝިފްނާ…! އެންމެ ފަހަރަކު ނަމަވެސް އަޒީލް ދައްކާ ވާހަކަ އަޑުއަހާބަލަ…ޕްލީޒް…! އަހަރެންް ބުނީތީ…” އާދޭހާއިއެކު ރީޝާ މިހެން ބުނުމުން އެތަނުން ދިއުމުގެ ޚިޔާލު ޝިފްނާ ދޫކޮށްލިއެވެ. ހިތާއިދެކޮޅަށް ނަމަވެސް އަނެއްކާވެސް ސޯފާގައި ޝިފްނާ އިށީނެވެ. ދާދި ކައިރީގައި އަޒީލް ހުރިނަމަވެސް ޝިފްނާގެ ނަޒަރުވީ އަޒީލްއަށް ފުރަގަސްދީފައެވެެ. އިންތިހާއަށް ނުރުހުމުގެ އަސަރު އެކުލެވިފައިވިި ޝިފްނާގެ މޫނުވަަނީ އެއްފަރާތް ކުރެވިފައެވެ. ނުރުހުމާއިއެކު ނަމަވެސް ވަހާކަ ދައްކާލަން ފުރުސަތެއް ދިނީތީ އަޒީލްގެ ހިތަށް ކޮންމެވެސް ވަރެއްގެ ފިނިކަމެއް ލިބިގެންދިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.





Haadha dhigu inthizaareh mihaaru kurevijjey
dho maa lahy alhe dhen reeshaa ah visna dheebala
Hama habeys
When next part…mi vaahaka varah intresting cant wait for next part..varah avas koh up kohdhehchey
Maa sha Allah. Vrh Salhi. Dhn oiyy bai Kon irakun
vara salhi……