Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (އެގާރަވަނަބައި)

InaaSh Level 210 Stories100 Comments
October 16, 2018 5 Mins Read
58 Comments

އެއީ ކޮންއެއްޗެއްކަން އިނގުނު މާހިލްގެ ލޮލުން ވެއްޓުނު ކަރުނަތިއްކެއް ކޯތާފަތްމަތިން ފިރުކިފައި ގޮސްއެގަނޑު މަށްޗަށްވެއްޓުނެވެ. މާހިލް އެގަނޑު ބޮޑިކޮށްލަމުން ފައިލުވެސް އެތަނަށް އެއްލާލީ ވީ ދެރައިންނެވެ. ކުއްލިއަކަށް މިވީ ކިހިނެއް ހެއްޔެވެ؟ މާހިލްއިނީ އަދިވެސް ގަބޫލު ނުކުރެވިފައެވެ.
“ނޫރް….ކީއްވެ؟…ވައި އާރ ޔޫ ޑުއިންދިސް ޓު މީ؟….”
މާހިލްއަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ހަޔާތުގާ ވެވުނު ފުރަތަމަ ލޯބި މިވީ ނާކާމިޔާބެވެ. ނޫރް މިހެން ހަދާފާނެ ކަމަކަށް މާހިލް ފަހަރެއްގައިވެސް ހީއެއްނުކުރެއެވެެ. މާހިލް ނޫރްދެކެ ރުޅިއައިސް ފޫހިވާން ބޭނުންވިއަސްވެސް އެކަމެއްވެސް ނުވިއެވެ. ނޫރްއަށްޓަކާ މާހިލްގެ ހިތުގައި ވީ ޝަކުވާއެވެ. ނޫރް ބޭނުންވާ ގޮތަށް އެހާފަސޭހައިން ނޫރް ވަރިކުރާކަށް މާހިލް ބޭނުމެއްނޫނެވެ. މާހިލް ވިސްނަމުން ދިޔައީ ހަދާނެ ގޮތަކާއި މެދުގައެވެ. މާހިލް ގެއަަށް ދިޔައީ ގޮތެއްނިންމައިގެނެވެ. މަްހިލް ގެއަށް ގޮސް ކޮޓަރިއަށް ވަތްއިރުގައި ނޫރްއިނީ ޤުރްއާން ކިޔަވާށެވެ. މާހިލްއަށް ނޫރް ފެނުމުން އަދިބޮޑަށް ދެރަވާގޮތްވިއެވެ. ނަމަވެސް މާހިލް ނޫރްއަށް އިތުރަށް ބެލުމެއްނެތި ގޮސް އަލަމާރި ހުޅުވައި ކުޑަދަބަހެއް ނަގާއެއަށް އެއްޗެހި އަޅަންފެށިއެވެ. ނޫރްއަށް މާހިލްކުރަން އުޅޭކަމެއް ނޭންގިގެން ހައިރާންވެފައި އިދެވުނެވެ. ނަމަވެސް ސުވާލެއް ކޮަށްލާނެހާ ހިތްވަރެއްވެސް ނުލިބުނެވެ. އެހެންވެ އިސްޖަހައި ލައިގެންއިނީއެވެ. މާހިލް އެއްޗެހި އެޅުމަށްފަހު ދެން ފާހާނައަށް ގޮސްއައީ ފެންވަރާލާ އެއްޗެހިވެސް ބަދަލު ކޮށްގެނެވެ. އެދަބަސް ނަގާ ކޮޑުގައި އަޅުވާލަމުން މާހިލްއައިސް ނޫރްކައިރީގައި މަޑުކޮށްލިއެވެ. މާހިލްގެ މޫނަށް ބަލާލި ކޮންމެ މީހަކުވެސް ދެރަވާނެކަން ގައިމެވެ. މާހިލްހީވަނީ ހިތާމަވެރި ތަސްވީރެއްހެންނެވެ. ނޫރް އަދިވެސް އިނީ އިސްޖަހައިލައިގެނެވެ. މާހިލްއާއި ދިމާއަށް ބަލާލާނެ ހާހިތްވަރެއް ކޮށްލާކަށްވެސް ނުކެރުނެވެ.
“އަހަރެންގެ އެހާ ހިތްވަރެއް ނެތް ނޫރް ބޭނުންވާގޮަތަށް ކަންތައް ކޮއްދޭކަށް….އަހަރެން ނޫރް ވަރިއެއް ނުކުރާނަން…..ނޫރް ކީއްވެ ހުރިހާ ވާހަކައެއް ކުރިން ކިޔާނުދިނީ…..ކީއްވެ އަހަންނަށް ތިހެންތިހެދީ؟….ނޫރްއަށް ނޭންގުނަސް ވެސް އަހަރެން ނޫރްގެ އަތުގަ ހިފީ އެހާފަސޭހައިން ދޫކޮށްލާކަށެއްނޫން…..”
މާހިލް ލޮލުންއައި ކަރުނަތައް ފުހެލަމުން ކޮޓަރިން ދިއުމަށް ހިނގާގަތީ ނޫރްގެ ހިތް ރޮއްވައިލައިފައެވެ. މާހިލް ހުއްޓުވަން ނޫރް ކިތައްމެ ބޭނުންކަމުގައި ވިނަމަވެސް އެހާ ހިތްވަރެއްނެތެވެ. މާހިލް ދިއުމުން ނޫރްއަށް ބާރަށް ރޮއިގަނެވުނީ ވީދެރައިން ކެއްނުވެގެންނެވެ. ނޫރް ހަތިމު ބާއްވަމުން ސޯފާގައި ގޮސް އޮށޯވެލިއެވެ. އެހެން އޮއްވައި ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭންގެއެވެ. ނޫރްއަށް ހޭލެވުނީ ޝާމާ ގޮވާއަޑަށެވެ.
“ދަރިފުޅާ ކިހިނެއްވެފަ؟….ދެލޯ ހާދަ ދުޅަވެފައޭ…..އަނެއްކާ އެހާރަތް…..ކިހިނެއްވީ؟…މާހިލްއާ ދެކުދިން މައްސަލައެއް ޖެހުނީތަ؟….”
ޝާމާ އެތަށް ސުވާލުތަކެއް އެއްފަހަރާ ކޮށްލިއެވެ. ޝާމާގެ އަޅައިލުންފެނި ނޫރްއަށް އިތުރަށް ރޮވުނީއެވެ. ޝާމާގައި ބައްދާލައިގެން އިދެ ރޮވުނީ ކިހާއިރަކު ކަމެއްވެސް ނޭންގެއެވެ. ނަމަވެސް ޝާމާ އަހާއަހާވެސް ނޫރްއެއްވެސް ވާހަކަ އެއްކިޔައެއްނުދިނެވެ. ޝާމާ އެކޮޓަރިން ދިޔައީ ނޫރްކުޑަކޮށް ހަމައަކަށް އެޅުނީމައެވެ. އާމިނަތުހުރީ ޝާމާ ނޫރްގެ ކޮޓަރިން ނުނިކުމެގެންނެވެ. ހަމަ ޝާމާ އެކޮޓަރިން ނިކުތްތަނާއި ހެން އާމިނަތުއައިސް ޝާމާ ގޮވައިގެން ދިޔައީ ބޮޑު ވާހަކައެއް ދައްކަންވެފައި އޮތްވާހަކަ ބުނަމުންނެވެ. ސިޓިންރޫމުގައި އިން ޝާމާއިނީ އާމިނަތު ދައްކަމުންދިޔަ ވާހަކަތައް ގަބޫލު ކުރާނީބާއޭ ނުވަތަ ނުކުރާނީބާއޭ ހިތަށްއަރާފައެވެ. ނޫރްހަމަ އެއީ އެހާ ގޯސް ކުއްޖެއް ބާއޭ ޝާމާގެ ހިތަށްއަރަމުންދިޔައެވެ. މާހިލް ކުއްލިއަކަށް ރަށުންބޭރަށް ދިއުން ހެކި ދެނީ އެގޮތަށް ކަމަށް ވިއަަސްވެސް ނޫރްގެ ކަރުނަތައް ހެކިދެނީ އެހެންކަމެކެވެ. ޝާމާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އަނިލްވެސް ވީއޮފީސް ކަމެއްގައި ސިންގަޕޫރަށް ގޮސްކަމުން ޝާމާ ނިންމީ އަނިލްއައުމުން އެވާހަކަތައް ކިޔާދޭށެވެ. އާމިނަތު ދެއްކިވާހަކަ ތަކުގެ ސަބަބުން ޝާމާ އިތުރަށް ނޫރްގެ ކޮޓަރިއަކަށް ނުވަދެއެވެ. އަނެއްދުވަހު ހެދުނު ތެދުވި ނޫރް ބޮލުގައި ރިއްސާވަރުން ތިރިއަށްދިއައީ ބޭސްގުޅައެއް ކާލުމަށެވެ. ނޫރް ފެނިފައި އާމިނަތު މޫނުހަދައިލައިފައި ދިއުމުން ނޫރް ވަރަށް ހައިރާންވިއެވެ. ދެން އެހެން އެއްވެސް މީހެއް ފެންނާކަށް ނެތެވެ. ގޭގެ ބެލްއަޅައިލި އަޑުއިވުނީ ނޫރްކޮޓަރިއަށް ދިއުމަށްޓަކައި ހިނގާގަތް ތަނާއި ހެންނެވެ. ނޫރް ގޮސް ދޮރުހުޅުވާލިއިރުގައި ދޮރުމަތީގައި ހުރި މުނާޒުފެނި މޫނުމަތީގެ ކުލަފަޑުވެގެން ދިޔައެވެ. މުނާޒު ނޫރްގެ އަތުގައި ހިފައިގެން ދަމަމުން ކަހަލަގެ ގޮތަކަށް ގޮސްމަޑުކޮށްލީ އެގޯތި ތެރޭގައިހުރި ބޮޑުއަނބުގަސްދަށުގައެވެ.
“ކީއްވެ ފޯނު ނިއްވައިލައިގެން ތިއުޅެނީ؟…..ޔޫ ނޯއައިހޭވް މައިއޯން ވޭސް….އެއްގޮތަކުން ނޫނީ އަނެއްގޮތަކުން އަހަރެން ނޫރް ހޯދާނަން….ޑޯންޓް ޓެސްޓް މީ ލޯބީ…..އެނީވޭ މާހިލް އޭގަ ސޮއި ކޮށްފިތަ؟…”
“ކޮންއެއްޗަކު؟…ނޭންގެ….”
ނޫރްއަކަށް މުނާޒު އެދައްކަނީ ކޮންވާހަކައް ކަމެއް ނަގައެއްނުގަނެވުނެވެ.
“އޮފްކޯސް ޑިވޯސް ޕޭޕާސްގަ އެއްނު…..އޭނަ ނުބުނޭތަ؟….ވެލް އަމް ޝޮކްޑް….ހެހެހެ….”
“ކީކޭ….”
މާހިލްދަމުން އެހެންއެބުނީ ކީއްވެގެންކަން ނޫރްއަށް މި އިނގުނީ އަދި ކިރިޔާއެވެ. މުނާޒު އެހެންހުރެފައި ކުއްލިއަކަށް ނޫރްގައި ބައްދާލީ ނޫރް އެކަހަލަގެ ކަމަކަށް ނުވިސްނައި ހުއްޓައެވެ. ނޫރް ގަދަކަމުން މުނާޒުއާއި ދުރަށް ޖެހިލިއިރުގައި މޫނުމަތީގައި ވީ ރުޅިވެރިކަމާއި ފޫހިކަމެވެ.
“ނޫރް…..”
އެއިވުނީ އާމިނަތުގެ ބާރުއަޑެވެ. ނޫރް ހާސްވެފައި ބަލާލިއިރުގައި އާމިންތު އައިސް އެތާގައި ހުއްޓެނީއެވެ.
“ހުރި ލަދުކުޑަކަން ދޯ….ފިރިމީހާ ރަށުނެތް ތަންވަޅު ބަލާފަ ރޯމާދުވާލު ހިލޭ ފިރިހެނުން ވައްދައިގެން އުޅެން ކޮބާ ލަދު…. އޭން؟…ޗީ ޗީ….”
“ނޫ..ނޫން…އެއީ…..”
ނޫރްއަށް ރޮވެމުން ދިޔައިރު ވާހަކަ ދެއްކޭގޮތެއްނުވިއެވެ. އާމިނަތު އެފަދަ ގޮތަކަށް މުހާތަބު ކުރަމުން ގެންދާތީވެ ނޫރް މާބޮޑަށް ދެރަވާގޮތްވިއެވެ.
“ކޮން ނޫނެކޭ ކިޔާކަށް…..އަދި ލޮލުންދެކި އަތުންހިފީމަވެސް ދޮގު ހަދަންތަ ތިއުޅެނީ…..ޝާމާއަށްވެސް މިއަދު ކަލޭގެ ހުރި ނުލަފަަކަން އަންގާލާނަން…….އަދި އެބަރޮއެއްނު….ވަރަށް ފޫހިވޭ…..”
އާމިނަތު ނޫރްއާއި މުނަަޒުއާއި ދިމާއަށް ކަޅިއަޅައިލަމުން ގެއަށް ވަދެގެން ދިޔައީއެވެ. މުނާޒު ކައިރިއަށްއައީ ނުލަފާހިންޔެކެވެ.
“ކަލެއަށް ހަމަ ރަގަނޅަށް ތިއްތަ އަންނަތަން ފެންނާނެ….”
ނޫރް މިފަހަރު މުނާޒުއާއި ދިމާއަށް ހަޅޭލަވައިގަތީ ރުޅިއައިސްފައި ހުރެއެވެ.
“ހެހެ…..ސޮރީ ލޯބީ…..ރީތި މަންޒަރު މަންޒަރު ދައްކާލަން ޖެހޭ ފަހަރު ފަހަރުވެސް އަންނާނެ…..އެހެންވެ ރީތި މަންޒަރެއް ދައްކާލީ…..ހެހެ…އެނީވޭ ސީޔޫ އެގެއިން ސޫން ލޯބީ….އެ މާހިލް ކައިރިން ވަރިވެގެން އަވަހާ އާދޭ އަހަރެން ކާރިއަަށް….އަލްބީ ވެއިޓިން……އެން މިހެން ރީތިކޮށް އަބަދަކު ނުބުނާން އިނގޭ…..ބާއި….”
މުނާޒު ނުލަފާގޮތަކަށް ހީލަމުން ގެއިން ނިކުމެގެންދިޔައީއެވެ. ނޫރް ދެން ހިތްވަރު ކުރަން ބޭނުމެވެ. މުނާޒު ދިއުމުން ނޫރްގެއަށް ވަނީ އިސްޖަހައި ލައިގެން ހުރެއެވެ. ގޭތެރޭގައި ސޯފާގައި ޝާމާ އިށީންދެލައިގެން އިންއިރުގައި ކައިރީގައި އާމިނަތު ހުއްޓެވެ.
“ކަމަނާފާނު ވަޑައިގަތީނު މިއޮށް…..ފާޑަކަށް ބަލަން ނުހުރެ ހަމަމިހާރު މިގެއިން ނިކުމޭ….މި ގެއަކުނެތް ކަލޭ ކުޅޭ ޑުރާމާތައް ބަލާނެ މީހަކު..”
ނޫރް މަޑުމަޑުން އައިސް ޝާމާކައިރީގައި އިށީންނަމުން ޝާމާގެ އުނގުގައި ބޯއަޅައިލިއެވެ.
“އަޅުގަނޑަށް އިނގޭ މަންމަ ތިއިނީ އަޅުގަނޑުދެކެ ރުޅިއައިސް ފޫހިވެފަކަން….އެކަމް މަންމާ އަޅުގަނޑު ގޯސްކަމެއް ނުުކުރަމޭ…..އިންޝާﷲ އަދި ކޮންމެވެސް ދުވަހަކުން މަންމައަށް ވެސް އަދި އެހެންއެންމެނަށް ވެސް އިނގޭނެ އަޅުގަނޑުގެ އެއްވެސް ކުށެއް ނެތްކަން….”
ޝާމާ ނޫރްއާއި ދިމާއަށް ބަލާނުލާ އިންނަމަވެސް އިނީ ވަރަށް ދެރަވެފައި ކަން މޫނުމަތިން ހާމަވަމުން ދިޔައެވެ. ނޫރް އިތުރަށް އެއްވެސް އެއްޗެކޭ ނުބުނެއެވެ.
“ކޮންހާ ބޭކާރު ވާހަކަ ތަކެއް ދައްކާކަށް…..މިތަނަކު ނެތޭ ކަލޭ ހަދާ ބޭކާރު ދޮގު އަޑުއަހާނެ އެއްވެސް މީހެއް….ނިކުންނާށޭ ބުނީމަ ނިކުންނަން ވީއޭ….ހަމަ މިހާރު ނިކުމޭ މިގެއިން…..”
އާމިނަތު އައިސް ނޫރްގެ އަތުގައިހިފައި ކޮޅަށްނެގިއެވެ. ނޫރް ކަރުނަތަށް ފުހެލަމުން ޝާމާއަށް ބަލާލުމަށްފަހު ހިނިތުންވެލަމުން ދިޔައީ ކޮޓަރިއަށެވެ. ނޫރް ފޮއްޓަށް އެއްޗެހި އަޅާނިންމާލުމަށްފަހު، ފަހު ފަހަރަށް އެކޮޓަރިއަށް ނަޒަރު ހިންގާލީ ނިކަންދެރަވެފައި ހުރެއެވެ. ނޫރް ގެއިން ނިކުންނަން ދަމުންވެސް ޝާމާއަށް ބަލާލީ ދެރަވެފައި ހުރެއެވެ. ނަމަވެސް ޝާމާ އަނގައިން ނުބުނި ތާންގައި ނޫރްއާއި ދިމާއަށް ބަލާވެސްނުލިއެވެ. ނޫރް އެގެއިން ނިކުމެގެން މިސްރާބުޖެހީ އަމިއްލަގެއަށް ދިއުމަށެވެ. ރިޔާޒުމެން ނެތްކަމުގައި ވިއަސްވެސް ނޫރްއަތުގައި ގޭގެ ތަޅުދަނޑިއޮތުމުން ނޫރް ރިޔާޒުއަކާއި ނުގުޅައެވެ. ނޫރްގެ ދިރިއުޅުމަށް މިހާބޮޑު ތޫފާނެއް އައިސްގެން އުޅޭކަން އިނގޭނަމަ ރިޔާޒްއަށް ވާނެ ގޮތެއްވެސް ނޭންގެއެވެ. އެހެންކަމުން ނޫރްއަދި ރިޔާޒުއަށް ހުރިހާ ވާހަކަތަށް ކިޔާދޭކަށް ގަސްދެއްނުކުރެއެވެ. ނޫރް ކޮޓަރިއަށް ގޮސް އެދުގައި އޮށޯވެލިއިރުގައި އިހްސާސްވަމުން ދިޔައީ އެކަނިވެރިކަމާއި ހިތްދަތިކަމެވެ. ނަމަވެސް ނޫރް ކެއްކުރާނެއެވެ. ދިރިއުޅުން އަދި ނިމުނީއަކީ ނޫންވިއްޔާއެވެ.
“މާހީ….އަހަންނަށް މާފު ކުރޭ…. ވަރަށް މިސްވޭ…..”
ނޫރް މާހިލްމަތިން ހަދާންވާ ކޮންމެ ފަހަރަކު ދެރަވެއެވެ. ނަމަވެސް ކޮންމެވެސް ދުވަހަކުން މާހިލްއަށް ހަގީގަތް އިނގޭނެކަން ނޫރްއަށް އިނގެއެވެ. ނޫރް ނަމާދުކޮށް ގުރުއާން ކިޔަވާ ހަދަމުންދިޔައީ ވަގުތުގެ ބޭނުންހިފަމުންނެވެ. މާތް ﷲ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ުނުކުރަށްވަވާނެއެވެ. ނޫރްގެ ދިރިއުޅުމަށް ކިތައްމެ ބޮޑު ތަުފާނެއް އައިސްފައި ވީ ނަމަވެސް ހެއްދެވި ފަރާތްމަތިން ނޫރް ހަދާން ނައްތައެއްނުލައެވެ. ނޫރްގެ ގެއަށް ބަދަލުވިތާ ހަފްތާއެއްވާން ކައިރިވީ އިރުވެސް މާހިލްގެ އެއްވެސް ހަބަރެއްނުވެއެވެ. ޝާމާވެސް ނޫރް ކޮބައިތޯވެސް ބަލާލަންވެސް ނާދެއެވެ. މުނާޒުގެ ހަބަރެއްވެސް މިވީ ދުވަސްކޮޅުގައި ނުވާތީވެ ނޫރްހުރީ ކޮންމެވެސް ވަރަކަށް ހިތްހަަމަޖެހިފައެވެ. ނަމަވެސް މިހާރަކަށް އައިސް ބޯއަބުރާތީވެ ނޫރްގިނައިން އޮންނަނީ އޮށޯވެލައިގެންނެވެ. ކޮޓަރީގައި އޮތްނޫރް ގޭގެ ބެލްޖެހިއަޑަށް ދުވެފައި ކަހަލަގެ ގޮތަކަށް ގޮސް ދޮރުހުޅުވާލީ އެއީ މާހިލްކަމަށް ހީކޮށެވެ. ނަމަވެސް ހައިރާންކަމެއް ލިބިގެންދިޔައީ ޝެޒާ ދޮރުމަތީގައި ހުއްޓާ ފެނުމުންނެވެ.
“ޝެޒް…..”
ޝެޒާގައި ބައްދާލަމުން ނޫރްއަށް ރޮއިގަނެވުނެވެ. ޝެޒާއަށްވެސް ރޮވުނީ އެކުވެރިޔާގެ ހާލުފެނިފައެވެ. އިރުކޮޅަކުން ނޫރް ހަބަރު ހުސްވެގެން ވެއްޓެންދިޔައެވެ. ނަމަވެސް ޝެޒާއަށް ނޫރްގެ ހަށިގަނޑު ނުހިފެހެއްޓިގެން ވެއްޓުނީއެވެ.
“ނޫރް…ނޫ….”
ޝެޒާ ގޮވާގޮވާވެސް ނޫރްގެ ހަބަރެއްނުވިއެވެ. އެންމެފަހުން ޝެޒާ އެންބިއުލާންސް އަކާއި ގުޅައިގެން ނޫރް ހޮސްޕިޓަލަށް ގެންދިޔައީއެވެ. ޑޮކްޓަރ ނޫރްއަތަށް އަވީ އެއްގުޅުމަށްފަހު ލޭގެ ސާންޕަލްއެއް ނެގީ އިތުރު އެއްޗެއް ބުނަން އިނގޭނީ ޓެސްޓް ހަދާފައި ކަމަށްވާތީއެވެ. ނޫރްހޭއެރީ ހޮސްޕިޓަލަށް ގެންދިޔަތާ ގަނޑިއިރެއްހާ އިރު ފަހުންނެވެ. ނޫރް ބަލިގޮތަކަށް ލޯ ހުޅުވާލިއިރުގައި އަދިވެސް ކޮންމެވެސް ވަރަކަށް ބޯއަބުރަމުން ދިޔައެވެ.
“ނޫ…ކިހިނެއް މިހާރު؟….”
“އަދިވެސް ކޮންމެވެސް ވަރަކަށް ބޯއަބުރާއެބަ….”
“އަހަރެން ތިގެއަށް ނޫ ހޯދަން ދިޔާމަ މާހިލްގެ ތިއްތަ ބުނި ނޫރް ގެއިން ނިކުތްވާހަކަ…..އެހެންވެ ނޫ ހޯދަން ތިގެއަށް ދިޔައީ…..ނޫ ވަޓް އިޒް ގޮއިން އޯން….ޝެއާރ ކޮށްބާ…..އަމް ހިއާ ފޯޔޫ….”
ޝެޒާ ނޫރްގެ އަތުގައި ހިފާލިއެވެ. އެންމެ ގާތް އެކުވެރިޔާއަށް ދެރަގޮތެއް ވާކަށް ޝެޒާއެއް ނޭދެއެވެ. ނޫރް ހުރިހާ ވާހަކައެއް ޝެޒާއަށް ކިޔާދިނީ ނިކަން ދެރަވެފައި އޮވެއެވެ. ނޫރްގެ ވާހަކަ އަޑުއެހި ޝެޒާބޭނުންވީ މާހިލްއަށް ހުރިހާ ވާހަކައެއް ކިޔާދޭށެވެ. އެކުވެރިޔާގެ ދިރިއުޅުން މިފަދަ ގޮތަކަށް ހަލާކުވެގެން ދާތަން ބަލަން ހުންނާކަށް ޝެޒާ ނުހުންނާނެވެ. ނޫރްއަށް ނިދުނީ ޑޮކްޓަރ ދީފައި އިންބޭހެއް ކެއުމުގެ ސަބަބުންނެވެ. ލޭގެ ޓެސްޓްގެ ނަތީޖާ ދެއްކުމުން ޑޮކްޓަރ ބުނުއްވި އެއްޗަކުން ޝެޒާއަަށް ހިނިތުންވެލެވުނެވެ. ޝެޒާ އިންތިޒާރު ކުރަމުންދިޔައީ ނޫރް ހޭލާނެ އިރަކަށެވެ. ނޫރްއަށް ހޭލެވުނު އިރުގައި ޝެޒާ ކުރިންވެސް އިންތާގައި އިނެވެ.
“ޝެޒް ގެއަށްވެސް ނުދަނީތަ؟…އަމް އޯކޭއޭ މިހާރު….”
“ނޫން….ފައިން އެއް ނޫން….ޑޮކް ބުނީ ފައިންއެއް ނޫނޭ ނޫ އެއް….ބީ ކެއާފުލް އޯ….ރަގަނޅު އެއްޗެހި ކައިގެން ބަލައިގެން އުޅެއްޗޯ….”
” ހެހެ….މިހާރު ކީކޭ ތިކިޔަނީ؟….”
“އަމް ސޯ ސޯ ހެޕީ ފޯޔޫ….ނޫ….ޔުއަރ ޕްރެގްނެންޓް…..”
ޝެޒާބުނި ޖުމްލައިން ނޫރްއަށް ލިބިގެންދިޔައީ އަޖައިބެއްފަދަ ހިތްހަމަޖެހުމެކެވެ.
“الحمد لله….”
ނޫރްއަށް ބުނެވުނެވެ. ނޫރް މަޑުމަޑުން ބަޑުގައި ފިރުމާލަމުން ހިނިތުންވެލި އިރުގައި ލޮލުން ކަރުނަ އަންނަމުންދިޔައީ ވީ އުފަލެއްގެ ބޮޑުކަމުންނެވެ. ނޫރްގެ ބަޑުގައި އެއީ މާހިލްއާއި ނޫރްގެ ލޯބީގެ ނިޝާނެވެ. އެދެމަފިރިންގެ އަލަތުދަރިފުޅެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 22

Next

އަފާ

Next
October 16, 2018

އަފާ

Previews
October 16, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 22

58 Comments!

  1. Shafaq says:
    October 16, 2018 at 12:16 am

    Haadha kurukoh thi genesdhineee.. waiting for next

    1. InaaSh says:
      October 16, 2018 at 6:11 am

      Sorry shafag… insha allah next part tomorrow leweytho balaaanan ?

  2. noor says:
    October 16, 2018 at 12:29 am

    v nice story eh masha allah.keep it up dear.

    1. InaaSh says:
      October 16, 2018 at 6:11 am

      Jazakillah khairan ?

  3. Ggg says:
    October 16, 2018 at 5:17 am

    Noor ma fidi mihaaru…
    She has to fight for her baby…
    Noir nula maahil Kari bunakavas…2 jaha na ahaka tha share kuran…???
    Waiting for next part…???

    1. InaaSh says:
      October 16, 2018 at 6:12 am

      ? insha allah i’ll try to upload next part tomorrow

  4. Reader? says:
    October 16, 2018 at 6:08 am

    V reethi mi baiwes….
    Thankolheh kury…. ekm wes waitin waitin ?

    1. InaaSh says:
      October 16, 2018 at 6:13 am

      Jazakillah khairan ?

  5. Amin says:
    October 16, 2018 at 6:09 am

    Awsome….noor is preg…. mahil ah igunyma v fahkaa waane… salhi ey mi baiwes ??

    1. InaaSh says:
      October 16, 2018 at 6:13 am

      Jazakillah khairan ?

    2. As usual says:
      October 16, 2018 at 5:41 pm

      o aslu it wont b good eii ehn luv strys ga ves vaahen maahil heekuranyy eii munaaz bby eh kamah

  6. InaaSh says:
    October 16, 2018 at 6:14 am

    Mi baiwes thankolheh kuru dho… sorry guys… insha allah i’ll try to make next part longer ?

  7. Girl❣ says:
    October 16, 2018 at 7:51 am

    Dhn alheyy that’s so seyydu ? dhn accuse kohfaane munax ge child eh kamah vx. Maahil vx jeheyne ehnu vee gotheh balan.. where’s that noomaan he can fix no???
    Keep going inaash great story?

    1. InaaSh says:
      October 16, 2018 at 1:56 pm

      Jazakillah khairan ?

  8. Yoosh says:
    October 16, 2018 at 9:48 am

    V reethi mibaives salhi ???

    1. InaaSh says:
      October 16, 2018 at 1:56 pm

      Jazalillah khairan ?

  9. Munaz says:
    October 16, 2018 at 9:51 am

    Nun nun noor buney badu bodeh nuney.. ??

  10. Noona says:
    October 16, 2018 at 11:04 am

    ? Reethi
    ?? Maahil

    1. InaaSh says:
      October 16, 2018 at 1:57 pm

      Jazakillah khairan ?

  11. kidy kidy says:
    October 16, 2018 at 12:03 pm

    when next part

    1. InaaSh says:
      October 16, 2018 at 1:57 pm

      Insha allah madhama leweytho mibalany ?

  12. No one says:
    October 16, 2018 at 12:22 pm

    Plx maahil men family meehun e baby munaz ge boluga alhuvaa goiyy nuhadhahchey.. like neydhemey vakivumeh haadhahaa loabivey vaahakaiga vaa gothah.. plx..

  13. Jenna says:
    October 16, 2018 at 1:24 pm

    Alhe noor dhen badu boduveema gossa kiyadheynama maahil ah hurihaa vaahaka eh ?
    But I don’t think maahil men gaboolu kuranehene eii maahil dhari ye kama maahil
    Gaboolu kofaane I guess?
    ????And good luck with your first story Inaash❤?❤??

    1. InaaSh says:
      October 16, 2018 at 1:58 pm

      Jazakillah khairan ?

  14. meesha says:
    October 16, 2018 at 3:31 pm

    mashaa allah varah reeti. sezaa kaari buney maahil kaari bunaashey noor preg ey. wait for nxt prt.

    1. InaaSh says:
      October 16, 2018 at 10:34 pm

      Jazakillah khairan ?

  15. Sasha says:
    October 16, 2018 at 6:27 pm

    OMG CANT WAIT FOR THE NEXT PART
    AVAHAH UP KOHDHEHCHEY PLEASE 🙁 :*

    1. InaaSh says:
      October 16, 2018 at 10:34 pm

      Next part thursdayga insha allah ?

  16. Knmewes meeheh says:
    October 16, 2018 at 6:58 pm

    Masha allah v salhi hama ?

    1. InaaSh says:
      October 16, 2018 at 10:34 pm

      Jazakillah khairan ?

  17. Reader says:
    October 16, 2018 at 9:24 pm

    Vaahaka hama varah reethi. Ekam mi vaahkaige dialogue tha hunna goeh hama ehgothakas kamaku nudhey. Too much english words. But anyways mi story hama varah reethi. Waiting for tomorrow

    1. InaaSh says:
      October 16, 2018 at 10:35 pm

      Jazakillah khairan? balaanan thikanthah ragalhu kurewytho ?

  18. Nnn says:
    October 16, 2018 at 9:49 pm

    Part thah vyhaa vx ahvahan upload kondhychey. V v v v v nice story eh..

    1. InaaSh says:
      October 16, 2018 at 10:36 pm

      Jazakillah khairan ? insha allah next thursdayga next part

  19. kidy kidy says:
    October 17, 2018 at 11:17 am

    haada halun ney……..i can’t wait

  20. samm says:
    October 17, 2018 at 12:37 pm

    inaash koba nxt part…. avahah up khdhyy. cant wait now

    1. InaaSh says:
      October 18, 2018 at 2:33 pm

      Insha allah miadhu up kohlaanan ?

  21. super boy says:
    October 17, 2018 at 3:07 pm

    kobaa nxt part…..wait nukurevign mi comment khly avahah up khdhyba nxt part……..

    1. InaaSh says:
      October 18, 2018 at 2:33 pm

      Insha allah miadhu laanan ?

  22. Roo says:
    October 17, 2018 at 3:15 pm

    vrh nice mi part…………avahah nxt part up khdhybr, cant wait now

    1. InaaSh says:
      October 18, 2018 at 2:32 pm

      Jazakillah khairan ?

  23. ކުއްޖެ މީ says:
    October 17, 2018 at 3:40 pm

    alhey inaash, kobaa thr nxt part mihaaru vaahaka kiyaahithun hurevenyy eh noone

    1. InaaSh says:
      October 18, 2018 at 2:32 pm

      Insha allah miadhu laanan ?

  24. Anonymous says:
    October 18, 2018 at 9:22 am

    v reethi.up soonnnnn

    1. InaaSh says:
      October 18, 2018 at 2:31 pm

      Jazakillah khairan ?

  25. kidy kidy says:
    October 18, 2018 at 11:14 am

    inaash kobaatha next part ahannaka nufeney di

    1. InaaSh says:
      October 18, 2018 at 2:31 pm

      Insha allah miadhu up kohlaanan ?

  26. samm says:
    October 18, 2018 at 12:38 pm

    inaash kobaa nxt part waitinggggggg……avahah genesdhybr

    1. InaaSh says:
      October 18, 2018 at 2:31 pm

      Insha allah miadhu up kohlaanan ?

  27. Livee says:
    October 18, 2018 at 1:06 pm

    Neydhemey vaki vumeh haadhaha loabivey ey kaaku ge vaahaka eh tha
    I want to read that story

  28. super boy says:
    October 18, 2018 at 4:34 pm

    inaash kobaa nxt part vrh waitinnnnn.. avahah up kh dhybr

  29. Yoosh says:
    October 18, 2018 at 5:50 pm

    Kobaatha vaahaka ige next part mihaaru kiyahithun meenee kehmaduvefaa ???

  30. Roo says:
    October 18, 2018 at 5:54 pm

    alhey inaash avahah geness dhybr nxt part………dhigukh geness dhehcheyy………avahah up khdhyba

  31. Unknown says:
    October 18, 2018 at 6:50 pm

    Waiting for next part. When next part

  32. samm says:
    October 18, 2018 at 7:30 pm

    inaash khba thr next part avhah up khdhyb alhe mihaaru kiyaahithun hurevenyykyy noone

  33. thatgurl says:
    October 18, 2018 at 8:39 pm

    waiting for next part. avahah up koh dheebah

  34. Jumaana says:
    October 18, 2018 at 11:12 pm

    Kobaa next part?? Waiting for that ??

  35. Jumaana says:
    October 18, 2018 at 11:27 pm

    Kobaa next part?. Waiting for that..

Comments are closed.

Next Episodeނޭދެން ވަކިވާކަށް (ބާރަވަނަބައި)←


All Right Reserved!