Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 22

Sh@_n@ Level 410 Stories100 Comments100 Login
October 16, 2018 4 Mins Read
18 Comments

“ގުޑްނައިޓް ލަވް،” މިހެންބުނުމުން އަރުޝް ސާރާގެ ކައިރިއަށް އައިސް އަތުގައި ބޮސްދިނެވެ. ސާރާ ލަދުން އިސްޖަހާލިއެވެ.،” ދެން ދޭ އަވަހަށް އަރުޝް އެހެން ބުނުމުން ސާރާ ހޫމް އަޅުވާލިއެވެ.
“ޝާމިން” ސާރާ އެހެން ބުނުމާއެކު އަރުޝް އަނެއް ފަރާތަށް ބަލާލީ ކޮބާހޭ ކިޔާފައެވެ. އެހެންނަމަވެސް ކުއްލިއަކަށް ސާރާ އަރުޝް އަނެއްފަރާތަށް އެނބުރުމާއެކު ކޮލަށް ބޮސްދިނުމަށްފަހު ދުއްވައިގަތެވެ. ސާރާގެ މިއަމަލުން އަރުޝް ސާރާ ދިމަދިމާލަށް ބަލާލީ ހައިރާންވެފައި ހުރެއެވެ. އަދި ސާރާ ބޮސްދިންތަނުގައި އަތުން ފިރުމާލާ ހިނިތުންވެލިއެވެ.

އެރޭގެ ނިދި ސާރާ އާ ރުޅިބުނެފައިވާ ކަހަލައެވެ. ދެލޯ މަރާލާއިރަށް މިރޭ އަރުޝްއާ އެކު ހޭދަކުރެވުނު މަންޒަރު ސިފަވާންފަށައެވެ. އެހެންކަމުން ލަދުން މޫނުމަތީ އަތްއަޅާ ބާރުކޮއްލެވުނީ އަރުޝް ހިތަށް އަރާނެ އެއްޗެއް ނޭނގޭތީއެވެ. ކުއްލިއަކަށް ސިއްސައިގެން ދިޔައީ ބޯ އަޅާއިގެން އޮތް ބާލީސް ދަށުން ފޯނު ވައިބްރޭޓް ވުމުންނެވެ. އެހެން ކަމުން އަވަސް އަވަހަށް ފޯނު ބަލާލިއެވެ. ބަލާލިއިރު އަރުޝް ގެ މެސެޖެކެެވެ.
“ހާއި ބޭބް, ކީއްކުރަނީ, ގެއަށް ދަމުން ދިން ކަހަލަ ހަދިޔާއެއް ދެން ދޭނީ ކޮންއިރަކު” އަރުޝްގެ މެސެޖް ކިޔާލުމާއެކު ސާރާގެ ގައިން ހީބިހި ނަގައިގަތެވެ. ބުނަންވީ ކީކޭ ކަމެއް ސާރާގެ ސިކުނޑިއަކަށް ނޭނގުނެވެ. އެހެންކަމުން އެ މެސެޖަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އަނެއްކާވެސް ފޯނަށް ބަލާލަން މަޖުބޫރުވީ ފޯނު ވައިބްރޭޓް ވީމައެވެ.
” ލަދުންދޯ ތިއިނީ, އެނގޭ މެސެޖް ކިޔާފަ ބުނާނެ އެއްޗެއް ނޭނގިގެންކަން ތިއިނީ، އެނީވޭސް، ބަސްއަހައިގެން އަވަހަށް ނިދާލާ, މާދަމާ ފެންނާނެ އިރަކަށް އިންތިޒާރުކުރާނަން, މިސްޔޫ ސޯ މަޗް, ލަވްޔޫ ބޮޑުކޮއް” އަރުޝްގެެ މެސެޖުން ސާރާގެ ހިތް އުފަލުން ފުރުނެވެ. އަދި އެހާމެ ލަދުވެސްގަތެވެ. އެއީ އަރުޝްއަށް އޭނަ މެސެޖް ނުކޮއް އެއިނީ ކީއްވެކަން އެނގުމުންނެވެ. އެހެންކަމުން އިތުރަށް އެއްޗެއް ބުނެފިއްޔާ އިތުރަށް ލަދުގަންނަވާނެކަން އެނގޭތީ ސާރާ އިތުރު އެއްޗެކޭ ނުބުނެ ނިދަން އޮތެވެ.

“ފަޒީލް ކީއްކުރަން މިރޭ ތި ގުޅީ” ވަރަށް ނިދި އެބައާދެޔޭ” އެނދުމަތީ އޮތް ނަޢުހާ އާ ފުރެލަމުން އަނގަމަތީ އަތް އަޅަމުން ބުނެލިއެވެ.
“ތިޔަ ނިދި އެއްކޮއް ފިލުވާލަފާނަން, ނިކަން ބޭރަށް އާދެބަލަ, ވަރަށް ބޮޑު ކަމަކު, ދެކިލާ ހިތުން މިހުރީ އައިސް” ފަޒީލް އެހެން ބުނުމާއެކު ނަޢުހާގެ ދެލޯ ބޮޑުވިއެވެ. އަދި އޮތްތަނުން ކޮޅަށް ތެދުވެވުނީ ބިރެއް ފެނިގެން އުޅޭހެންނެވެ.

” ވަޓް މިގޭ ދޮށުގައޭތަ ތިބުނީ” ނަޢުހާގެ ދެލޮލަށް ސަވާރުވެފައިވާ ނިދިވެސް އެއްކޮއް ފިލައިގެން ދިޔަކަހަލައެވެެ.

” ހެެހެހެ, ހާދަ ހާސްވީ, ބުނީމެއްނު ބޭނުންވަންޔާ ކައިރިއަށް އަންނާށޭ, ސޯ އަހަރެން މިހުރީ އައިސް, އަހަރެން އުޅޭނެ ތަނެއް ދައްކަން ޖެހޭނީ ނަޢު, އަވަހަށް ދޮރު ހުޅުވާ” ފަޒީލްގެ އެ ޖުމްލައިން ނަޢުހާ ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅަށް ހިނގަން ފެށިއެވެ. ހަނދާނެ ގޮތެއް ނޭނގިގެން މީހާ ދާ ހިތްލާ ފޯވާންފެށިއެވެ.

“އެެންމެ ރަނގަޅު, ހުންނާނެ ތަނެއް ދައްކާނަން, އެކަމް ޕްލީޒް މިރޭ ކޮންމެސް ގޮތެއް ހޯދައިގެން އެހެންތަނެއްގަ މަޑުކޮއްލާ, މަށަށް ވާނީ މާދަމާ, ޕްލީޒް” ނަޢުހާ ހާސްކަން ވެރިވެފައިވާ އަޑަކުން ބުނެލިއެވެ.

“އޯކޭ, މިރޭ އެކަނި، އެކަން ހަނދާން ބަހައްޓައްޗޭ, ބާއި ސީޔޫ ޓްމޯރޯ” މިހެން ބުނެ ފަޒީލް ފޯނު ކަނޑާލިއެވެ. ފަޒީލް ފޯނު ބޭއްވުމާއެކު ނަޢުހާއަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ.
” ހާދަ އަވަހަކަށް ފަޒީލް އެ ހަތިޔާރު ބެހެއްޓީ, އެހެންނޫނީ ބޭނުންވާ ކަމެއް ކޮއްފާނޫނީ ނުހުއްޓާނެ މީހެއް އެއީ, ކޮންމެސް ކަމެއް އެބަ ކުރަން އުޅޭ, ވަރަށް ވިސްނައިގެން އުޅެންވާނީ, އެހެންނޫނީ ޝާމިންއަށް ޝައްކުވެ އަހަރެން ބޭނުންވާ ކަންތަށް ނުވާތަން ފެންނާނީ” ނަޢުހާ އެނދުމަތީ އިނދެ ކިޔަމުންދިޔައެވެ.

ކުއްލިއަކަށް އަތުގައި އޮތް ފޯނު ވައިބްރޭޓް ވުމުން ބަލާލިއެވެ.
” ޑާރލިންގް އަދިވެސް މަށާ ދޭތެރޭ ނުނިދާ ވިސްނަނީދޯ, ދެން ތި އަވަހަށް ނިދާލާ, ވަރަށް ނިދި އައިސައެއްނު ތިހުރީ, މާދަމާ ދިމާވާނެއްނު ދޯ, އަވަހަށް ބަސްއަަހައިގެން ނިދާލާ” ފަޒީލްގެ އެ މެސެޖުން އެއީ ކަނޑައެޅިގެން ކުރި މަލާމާތެއްކަން އެނގުމާއެކު ނަޢުހާގެ އަތް މުއްކެވުނެވެ.

“ކަލޭ ތިޔަ އުޅެނީ މަށަށް ބިރުދައްކަންތަ, އަހަރެންގެ ރަނގަޅުކަމުން ކަލެއަށް ތި އުޅެވެނީވެސް، ކުޅި ދައްކާލާނަން” ނަޢުހާ ދަތްކުނޑި ވިކާލުމަށްފަހު ބުންޏެވެ. އަދި ފޯނު އެނދުމައްޗަށް ޖެހުމަށްފަހު ބަނޑުވަތަށް ވެއްޓިގަތެވެ.
ކައްކަކާކޯ……. ފަތިސް ވެއްޖެކަން ހާ އިއުލާން ކުރަމުންދިޔައީ އެއްވެސް ވަރުބަލި ކަމެއްނެތިއެވެ. ކޮންމެ ދުވަހެއްގެ އާދަކާދަ ފަދައިން ހާ އޭގެ ވާޖިބު އަދާކުރަމުންދެއެވެ. ހަމަ އެގޮތަށް ކޮންމެ މީހަކުވެސް އެމީހެއްގެ ވާޖިބު އަދާ ކުރުމައިގެން އަވަސް ވެގަނެވެ.

ހެނދުނު ސައި ހެދުމަށްފަހު ސާރާ ބޭރަށް ނުކުތީ ޝާމިންމެންގެ ގެއަށް ދިއުމަށެވެ. ވަކި ހިސާބަކުން މީހަކު ސާރާއަށް އޭ ކިޔާފަ ގޮވާލުމާއެކު ސާރާ ބަލާލިއެވެ.
“މީ, އެނގޭތަ, ހަނދުވަރީގެ” އެމީހާ އެނަން ބުނުމާއެކު ސާރާގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ޖެހިކަހަލައެވެ.
އާނ, މިހެން ގޮސް ކަނާތް ފަރާތަށް އޮންނަ އެންމެ ފުރަތަމަ ގޯޅީގަ”ސާރާ މަޑުމަޑުން އެހެން ބުނެލުމާއެކު އެމީހާ ޝުކުރު އަދާކޮއްފަ ދިޔައެވެ.

“އަނެއްކާ އެއީ ކާކުބާ؟ ނަޢުހާމެންގެ ގޭގެ ނަން އެ ހޯދީ ކީއްކުރަންބާ؟ އެނގެޔާ ކޮން ގުޅުމެއްބާ އޮތީ, ހަމަ ގައިމުވެސް ކުރިއަކުން ނުދެކެން, އެކަމަކު ކީއްވެ، ކީއްވެ އަހަރެންގެ ހިތް މިހާ ވަރަށް ބިރުގަންނަނީ, އަނެއްކާ ކަމެއް ހިނގަންތަ މިއުޅެނީ, އަނެއްކާ އަރުޝް…….. ” ނޫން ނޫން. އަރުޝްއަށް އެއްވެސް ކަމެއް އިރާދުކުރެއްވިއްޔާ ނުވާނެ, އަހަރެން އަރުޝްއަށް ކަމެއް ވިޔަކަނުދޭނަން، އެކަމް ހާދަ ވަރަކަށޭ މި ބިރުގަންނަނީ” ސާރާ މަޑު ހިނގުމުގައި ކުރިޔަށް ފިޔަވަޅު އަޅަމުން ހިތާ ހިތުން ބުނަމުންދިޔައެވެ.

ޝާމިންމެން ގޭ ދޮށަށް ގޮސް ދޮރުން ވަންނަން އުޅެނިކޮށް މީހެއްގެ ގައިގަ ޖެހުމުންވެސް ސާރާ ސޮރީއޭ ބުނުމަށްފަހު އެއީ ކާކުތޯވެސް ބަލާނުލާ ދާން ހިނގައިގަތެވެ. ކުއްލިއަކަށް ސާރާގެ ހިނގުމަށް މަޑުޖެހުނީ ސާރާގެ އަތުގައި ހިފާ މީހަކު ދަމައިގަތުމުން އެމީހަކު ގައިގަ ސާރާ ލައްވަމުންނެވެ. ކިހާ ދެރަކަމެއްހޭ ކިޔައި ސާރާ އެމީހާގެ މޭގައި އަތްއަޅާ ކޮއްޕާލަމުން މޫނަށް ބަލާލިއެވެ. ސާރާއަށް އަރުޝްއޭ ބުނެވުން އިރު އަރުޝް ބިންމައްޗަށް ވެއްޓިއްޖެއެވެ.

ސާރާއަށް ހުރެވުނު ތަން ވެސް ނޭނގުނެވެ. ދުވެފަގޮސް އަރުޝްގެ ކައިރީ އިށީނދެ, އަރުޝްގެ ކޮނޑުގައި އަތްލަމުން ތެދުވާށޭ ބުންޏެވެ. އޭރު ސާރާގެ ދެލޯ ވަނީ ފެންކަޅިވެފައެވެ. އަތުގައި މަޑު ތުރުތުރުލުމެއް ވެސް ހުއްޓެވެ. އަރުޝް އެއިން ގޮތަށް ސާރާގެ މޫނަށް ބަލާލިއެވެ. ގަބޫލު ނުކުރެވޭ ފަދަ ބެލުމެކެވެ.

” އަރޫ, އައި އޭމް ސޮރީއޭ, އަހަރެން ގަސްތަކު ނޫން, ދުވަހަކުވެސް އަރޫއަށް ދެރަގޮތެއް އަހަރެން ނުހަދާނެ އެއްނު, ޕްލީޒް މާފްކުރޭ, އަހަރެން ހީކުރީ….. ” ސާރާއަށް އެހިސާބަށް ބުނެވުމާއެކު އަރުޝް އެތަނުން ތެދުވެގެން ގެއަށް ވަދެއްޖެއެވެ. ސާރާއަށް ބުނާނެ އެއްޗެއް ނޭނގިފައި އެ އިން ގޮތަށް އިނދެވުނެެވެ. އިސާހިތަކު ލޮލުން ފޭބި ކަރުނަ ކޯތާފަތް ތެއްމަމުން ދިޔައެވެ.

“ސާރާ ކިހިނެއްވެފަ ތިއިނީ” ހަމީދުގެ އަޑުން ސާރާ ސިއްސައިގެންދިޔައެވެ. ހަމީދުހުރީ ސާރާގެ ފުރަގަހުގައި ކަމުން ސާރާގެ މޫނެއް ހަމީދުއަކަށް ނުފެނެއެވެ. އެހެންނަމަވެސް ހަމީދުއަށް ސާރާކަން އެނގުނެވެ. ސާރާގެ މޫނު އެވަގުތު ނުފެނުން އެއީ ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. ސާރާ އަވަސް އަވަހަށް އަތުގެ ނުފުށުން ކަރުނަތަށް ފޮހެލިއެވެ. އަދި ބިންމަތި ހާވަންފެށީ ހަމީދުއަށް ޝައްކެއްވެދާނެތީއެވެ.

“ކޯއްޗެއް ތި ހޯދަނީ, ބުނެލީމަ އެނގޭނީ ދޯ” ހަމީދު އެހެން ބުނުމާއެކު ސާރާ ކޮޅަށް ތެދުވިއެވެ. އަދި ދެން އަޅާނުލާށޭ ބުނެ އެތަނުން ދިޔައެވެ.

” ދަރިފުޅާ ނަޢުހާ, ހޯދަން މީނީ ކުއްޖަކު އައިސް” ނަޢުހާ މަންމަގެ އަޑަށް ނަޢުހާ ކޮޓަރިން ނުކުތީ ކާކުހޭ ކިޔައި ބޮލުގައި ހުޅިއެއް ޖަހަމުންނެވެ. ގޭތެރެ ސޯފާގައި އިން ފަޒީލް ފެނިފައި ނަޢުހާގެ ފިޔަވަޅުތަކުގައި ހިލިހިލާ އެޅުވުނުކަހަލައެވެ. ކުރިއަށް އެންމެ ފިޔަވަޅެއްވެސް އަޅާކަށް ނުކެރުނެވެ. ފަޒީލްއަށް ނަޢުހާ ފެނުމާއެކު އިންތަނުން ކޮޅަށް ތެދުވެ, އެއްބުމަ ހިއްލާލާ އެއްލޯ މަރާލިއެވެ. ނަޢުހާގެ ހިތް ނެގިނެގިފަ ޖެހެމުންދިޔައެވެ. .

” ދަރިފުޅާ, ނުވެސް ބުނަމެއްނު ކޮލެޖްގައި އެއްކޮއް ކިޔަވަން އުޅުނު ކުއްޖެއް އަންނަ ވާހަކަ, އެ ކޮޓަރި ޖެހޭނީ ސާފްކޮއްލަން, މަންމަ އަންނާނަން ސާފްކޮއްލާފަ” މިހެން ބުނެ ނަޢުހާގެ މަންމަ ނަޢުހާގެ ކޮޓަރިއާއި ޖެހިގެން ހުރި ކޮޓަރިއަށް ވަނެވެ.

” ރޭގަ ކޮންތާކު ނިދީ, މިގޭ ދޮށުގަ ހުރިތަން އެއްވެސް މީހަކަށް ފެނުންތަ” ނަޢުހާ ފަޒީލް ކުރެން އެ ސުވާލު ކޮއްލީ ވަރަށް ހާސްވެފަ ހުރެއެވެ. ނަޢުހާގެ އެ ސުވާލުން ފަޒީލް އަނގަމަތީ އަތް އެޅުމަށްފަހު ހޭންފެށިއެވެ. ނަޢުހާ ކަންތަށް ބޮޑުވާންފެށީ ފަޒީލްގެ އެ އަމަލުންނެވެ.
” ދޮގު ނަހަދާ ބުނަން, މިއަދު މިއައީ މިރަށަށް, މިރަށަށް އައި ގޮތަށް ތިގެ ހޯދާލަންވެސް އަހާލެވުނީ ރީތި ބިޓެއް ކައިރީ އިނގޭ, ހާދަ ސަޅިއޭ” ފަޒީލްގެ ޖަވާބުން ނަޢުހާ ރުޅިއައެވެ.

” ދެން ރޭގަ އެއީ ކޮންހާ ސަމާސާއެއް, މީހުންނަށް ސަމާސާ ކުރާ ގޮތް ވެސް ހުރޭ, އެކަހަލަ ދޮގު ހަދާކަށް ނުވާނެދޯ” ނަޢުހާއަށް ރުންކުރު ގޮތަކަށް ބުނެވުނެވެ.

” ދެން އަޅާނުލާ, އެކަންތަށް ނިމި, އާ ކަންތަކެއް ފެށުނީނު, އެެންމެފަހުން މިގޭގަ ހުންނަންވެސް ޖާގަ ލިބުނީ, ކިހާ މޮޅު އަހަރެންގެ އެކްޓިން” ފަޒީލް މިހެން ބުނުމުން ނަޢުހާ އެތަނުން ނުކުމެގެން ދިޔައެވެ. އޭރު ފަޒީލް އެއްޗެކޭ ކިޔަމުން ދިޔައެވެ. އެހެންނަމަވެސް އަޑު އިވޭ ކަމަށް ނަހަދާ ދިޔަގޮތަށް ކޮޓަރިއަށް ވަދެ ބަންލާފައި ދޮރު ޖެހިއެވެ. އޭރު ނަޢުހާ ކޮޓަރިއަށް ދަނިކޮށް ފަޒީލް ބުނި ބަސް ކަންފަތުގައި ގުގުމަމުން ދިޔައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ސޫރަ ތިއޭ.. {1}

Next

ނޭދެން ވަކިވާކަށް (އެގާރަވަނަބައި)

Next
October 16, 2018

ނޭދެން ވަކިވާކަށް (އެގާރަވަނަބައި)

Previews
October 15, 2018

ސޫރަ ތިއޭ.. {1}

18 Comments!

  1. Sh@_n@ says:
    October 16, 2018 at 12:30 am

    Hii all readers. Here 22 part. Lasvi kamah takaa maafah edhen. 23 part liyevemun dhaathy bunelan beynun vany maadhamaa hendhunu ehaa iru up kohdheynamey, lahun up kohdheveythy thankolheh avahah next part up kohdhevey thw masahkai kuramun midhany, and comment kuri kudhin nah reply nukurevunu kamah takaa vess maafah edhen. I really miss u all readers, kiyaalaafa comment kohlahchey, miss a lot?❤????❤???

    1. Manadhoo beauty says:
      October 16, 2018 at 1:14 am

      Not the 23rd
      22 vana part ge aneh half
      Aslu mee baikulha bai part eh. Mihaa kuru vyma aslu kamaku nudhey. Adhi avahah up kuraane kamah author dhakkaa hithi huvafen ves ehaa salhi eh noon

  2. Sh@_n@ says:
    October 16, 2018 at 6:53 am

    Manadhoo beauty thi faahaga kohli kanthakah Ahaalan beynun vany kyvegen thw ey gavaaidhun up kuri iruge vaahaka nubunevuny, Meege kurine shana hun naane gavaaidhun up kohdheefa, kohdhin vaahaka nudhahkaa, nukohdhevey vaahaka bunyma aslu fair eh nun dhw. ?meehehge positive kanthah faahaga kohlaafa negative kanthah bunelun kan neyge ehme ragalhu gothakee. Anyways thanks ingey thi commentah vess??

  3. Anonymous says:
    October 16, 2018 at 7:22 am

    Nice??❤

  4. Sh@_n@ says:
    October 16, 2018 at 7:37 am

    Anonymous thank you so much❤?❤❤

  5. Riyaa says:
    October 16, 2018 at 9:46 am

    Masha Allah varah reethi mi part.
    Waiting for the next part ?????

  6. Yoosh says:
    October 16, 2018 at 9:47 am

    Nice ????

  7. Sh@_n@ says:
    October 16, 2018 at 9:54 am

    Thank you so much riyaa❤??❤❤

  8. Sh@_n@ says:
    October 16, 2018 at 9:55 am

    Thanx yoosh❤??❤❤

  9. Sh@_n@ says:
    October 16, 2018 at 10:01 am

    Hii all readers. 23 vess up kuran fonuvaifin, uhmeedhu kuran kamudhaane kamah. Shana akah neyge kiyaalan libeynee kon iraku kameh bunaakah, because baeh faharu varah avahah vess aneh bai faharu v lahun vess up vaathy. Thank you all thidhey supportah❤??❤❤?

  10. Reet says:
    October 16, 2018 at 11:28 am

    V reethi kiyaa hithun kiyaa laney adhi konme part eh vess. Ekamaku bunelan dhivahi vaahaka ah English bass vaney maa vaahaka ge dhivahi sifa gehli gen dhaa kameh dhivahi vaahaka eh v maa bunely. Liyun thari aa ah bunelan saara dhera gotheh nahadhaathi

  11. Sh@_n@ says:
    October 16, 2018 at 12:12 pm

    Ufalaa eku Reet ge comment gabool kuran. Thikanthah ragalhu kohlaanan ingey. Thank u so much dear?❤?

  12. Shaa says:
    October 16, 2018 at 7:43 pm

    Wow varah reethi mibaives

  13. Sh@_n@ says:
    October 16, 2018 at 8:03 pm

    V ufaavehje shaa ah mi bai kamudhiyaima. V bodah shukurihyaa???❤

  14. Naju says:
    October 16, 2018 at 8:16 pm

    Wow v nice ???

  15. hayaa says:
    October 16, 2018 at 9:44 pm

    Whn nxt part????

  16. Sh@_n@ says:
    October 16, 2018 at 11:24 pm

    23 upp kohfin hendhunu. Neyge keeve kameh las vany

  17. Beauty says:
    October 17, 2018 at 1:54 pm

    Up kuran fonuvaifymey thi bunaa vaahaka haadha gaboolu nukureveyey

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 23←


All Right Reserved!