Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ހުވަފެނުގެ ރާނީ 2

Ninnu Level 210 Stories
October 14, 2018 5 Mins Read
13 Comments

“ޑޫ އައި ނޯ ޔު؟..” އަމްރުގެ މޫނަށް ބަލާލި ނިކަތް ކޮންމެވެސް ތަނަކުން ދެކުނު ހަނދާންވިހެން ހީވިއެވެ. އެކަމަކު ކޮންތަނަކުން ހެއްޔެވެ.

“ނޯ ޔު ޑޯންޓް..” އެބަރު އަޑު ނިކަތުގެ ކަންފަތުގައި ޖެހުމާއެކު ނިކަތު ގައިން ހީބިހި ނަގައި ގަނެއްޖެއެވެ.

އަމްރު ދުރަށް ހިނގާފައި ދިޔަ ނިކަތުއަށް ބަލާލިއެވެ. އެއީ އޭނާ ދެކުނު ކުއްޖެކެވެ. ނިތުގައި އިނގިލި ޖައްސާލަމުން އަމްރު ހަނދާން ކުރަމުން ދިޔައީ އޭނާ އެއަންހެން ކުއްޖާ ފެނުނު ތަނެކެވެ. ކޮންތާކުން ހެއްޔެވެ؟

“އަމްރު… ކީއްވެ ތިއިންނަނީ؟” ކާރުގެ ދޮރުފަތް ހުޅުވާލަމުން އޭގެ ކައިރީގައި ހުއްޓުނު އީމާނާ ބަލާލީ އޭނާގެ ދަރިފުޅަށެވެ. ދެން ބަލާލީ ދުރުގައި ފުރަގަސް ޖަހައިގެން ހުރި ނިކަތް އަށެވެ.  އީމާނާ މޫނު ހަދާލަމުން އަނެއްކާވެސް އަމްރުއަށް ބަލާލިއެވެ.

އެހެން ދުވަސް ދުވަހާއި ހިލާފަށް މިއަދު އަމްރުގެ މަސައްކަތްތައްވީ އަވަސް ވެފައެެވެ. އޭނާ ބޭނުންވީ ވީހާވެސް އަވަހާއި މަސައްކަތް ނިންމާލުމަށްފަހު ބައްދަލު ކުރަން ޖެހޭ ފަރާތް ތަކާއި ބައްދަލު ކުރާށެވެ. މިއަދަކީ އޭނާއާއި ހަވާލުވެފައިވާ ދެޕްރޮޖެކްޓެއްގެ ޓީމްއާއި ބައްދަލު ކުރަން ހަމަޖެހިފައިވާ ދުވަހެވެ. އަމްރު ހުއްޓި ލައިގެން ހުރީ ބިއްލޫރި ޖަހާފައިވާ ދޮރު ކައިރީގައެވެ. ހަތްވަަނަ ބުރިން ތިރިއަށް ބަލަހައްޓައިގެން ހުރި އަމްރުގެ މޫނުގައި ކުދި ދާތިކިތަށް ވިދަވިދަ ހުއްޓެވެ. ހިތުގެ ވިންދު އަވަސްވެ އޭނާ ޤަބޫލު ކުރެވޭ ކަންތަކާއި ނުކުރެވޭ ކަންތައްވެސް ނޭނގޭ ހިސާބަށް ހިނގައްޖެއެވެ. އެތަނުގެ ހުރުމަށްފަހު އަމްރު ހިނގައިގަތީ ސޯފާއާއި ދިމާލަށެވެ.  ސޯފާގެ ބުރަކަށި ޖައްސާ ތަނުގެ މަތީގައި ކަނދުރާ އަޅުވާލަމުން ކުރިމަތީގައި ހުރި ކުޑަ މޭޒަށް ފައިލަމުން ލޯ މަރާލިއެވެ. އޭނާއެއީ އެހައި ފަސޭހައިން ކަންކަމާއި ހާސްވެ ކަންތައް ވާ މީހެއް ނޫނެވެ. ނަމަވެސް މިއަދު  އޭނާ މާބޮޑަށް ހާސްވެ ވަރު ބަލި ވެއްޖެއެވެ. ކީއްވެ ހެއްޔެވެ؟ ލޯ މަރާލި އަމްރު ބޭނުންވީ އޭނާގެ ބޮލުގައި މި އެނބުރޭ ކަންތައް މަތިން ހަނދާން ނައްތާލާށެވެ. އަމްރު ނިތުގައި އަތް ބާއްވާލަމުން އޭސީ ބާރު ކޮއްލިއެވެ.

ތަނަށް ވެރިވެފައިވަނީ މަޑުމަޑު ފިނި ކަމެކެވެ. ލޯ ހުޅުވާލި އަމްރު ވަށައިގެން ބަލާލީ އެހައި ފިނި ހިފާފައި ހުރީމައެވެ. ކުޑަދޮރުން ބޯކޮށް ވާރޭ ވެހެމުން ދިޔަ މަންޒަރު ފެންނަމުން ދިޔައެވެ. ހުޅުވިފައިވާ ކުޑަދޮރުން އޭރު ބާރު ވައިރޯޅިތަށް އެތެރެއަށް ވަންނަމުން ދިޔައެވެ. އަމްރު ވަގުތުން ތެދުވެގެން ގޮސް ކުޑަދޮރު ލައްޕާލިއެެވެ. ނަމަވެސް އެހިނދު ބާރުބާރަށް ބޭރު ގޭޓުން އަންހެނެއް ހިނގާފައި އަންނަތަން ފެނުނެވެ. އެމީހާގެ މޫނު ފުސްވެފައި ވުމުން އަމްރު ލޯ އުނގުޅާލިއެވެ. ނަމަވެސް ސާފު ވާގޮތެއް ނުވިއެވެ. މިއޮށްވާރޭ ތެރޭގައި އެމީހާ ކީއްކުރަނީ ބާވައެވެ. ކޮޓަރިން ނިކުމެ ދޮރު ހުޅުވާލި އަމްރުބަލާލީ ކުރިމައްޗަށެވެ. ނިދީގެ ސަބަބުން ދެލޯ ކުޑަކޮއްލައިގެން ހުރި އަމްރު ކުރިމަތިން ފެންނަމުން ދިޔަ ލޯ ގަނޑަށް ބަލާލިއެވެ. އެފަރާތް އެއްކޮށްހެންވަނީ ބިއްލޫރި ޖަހާފައެވެ. ގޭގެ މެދުގައި އަމީނާ އޭރު ވާހަކަ ދައްކަންއިނީ އޭނާ މީގެ ކުރިން ފެނިފައި ނުވާ ފިރިހެނަކާއެވެ.

ތެމި ފޯވެގެން އައިސް ގޭތެރެއަށް ވަން އަންހެން މީހާގެ މޫނު ފެނުމުން އަމްރު ސިހުނެވެ. އެހައި ރީތި އަންހެނެއް އޭނާ ދުވަހަކުވެސް ފެނިފައެއް ނުވެއެވެ. އެ ދިގުދިގު އިސްތަށިގަނޑާއި ދޮންދޮން މޫނުން އެކަނިވެސް އޭނާއަކީ ރީތި އަންހެނެއްކަން އެނގެއެވެ. އަމީނާ ވަގުތުން ތެދުވެގެން އައިސް އެއަންހެން މީހާގެ  ކުރިމަތީގައި ހުއްޓިއްޖެއެވެ. ނަމަވެސް އެއަންހެން މީހާ ބަލަން ހުރީ ސޯފާގައި އިށީންދެގެން ހުރި ފިރިހެން މީހާއަށެވެ.

“ކޮބާ ރުކާޔަތް؟..” ރުޅި އައިސްފައި ހުރި ވަރުން އެއަންހެން މީހާގެ މޫނުވެސް ހުރީ ރަތްވެފައެވެ. ފިރިހެންމީހާވެސް ތެދުވެގެން އައިސް ހުއްޓި ހުރެ ހަމަޖެހުމަށް ބުނެލިއެވެ.

“ކީއްކުރަން.. ޝައްމޫންއަށް ރާއްޖެއައި ފުރަތަމަ ދުވަހުވެސް  ދަރިފުޅު ދޮވައިގެން އަންނަން އެނގުނީ މިތަނަށްތަ؟” އަންހެންމީހާގެ އަޑު އިރެއް އިރަކަށް ދިޔައީ ބާރު ވަމުންނެވެ.

“ރުކޫ ނިދާފަ” ޝައްމޫން އެހެން ބުނެލުމުން އަމީނާވެސް ހީލީ ފަހުރުވެރިވާފަދަ ގޮތަކަށެވެ.
“ތަޝްކީލް ހަމަޖެހިބަލަ..”

“ބުނަން އަހަރެން މިވާހަކަ ދައްކަނީ އަހަރެންގެ ފިރިމީހާއާ ކަލޭ އަކާ ނޫން..” ތަޝްކީލް އެހެން ބުނިއިރު އޭނާ ނުރުހުންވެފައިހުރި ވަރު އެނގެއެވެ. އަމްރު އޭނާގެ މަންމަ މޫނަށް ބަލާނެ ފުރުސަތެއް ނުލިބުނެވެ. އޭނާއަށް ބަލާލެވުނީ ދުވެފައި އައި ހަވަރަކަށް އަހަރުގެ އަންހެން ކުއްޖާއަށެވެ. އެކުއްޖާއައިސް ތެމިފޯވެފައިވާ ތަޝްކީލްގެ މެދުހަށީގައި ބައްދާލަމުން އަމްެރުއާއި ވީ ފަރާތަށް ބަލާލިއެވެ. އެފެހި ދެލޯ ބޮޑުކޮއްލައިގެން ބަލަހައްޓައިގެން ހުރި ގޮތުން ފުރަތަމަ އަމްރު ހީކުރީ ޖިންނިއެެއް ކަމަށެވެ.

“އަމްރު…”

“އަމްރު… ހޭލަބަލަ..” އަމްރު އޮތް ސޯފާކައިރީގައި ހުރެފައި މީޒާން ތަންކޮޅެއް ބާރަށް ގޮވައިލިއެވެ. މީޒާންއަކީ އެންމެ ކުޑަ ދުވަހުން ފެށިގެންވެސް އަމްރުގެ ގާތް އެކުވެރިޔާއެވެ. އަމްރު ނިދީގައި ހިނގާކަމާއި އަދި ވާހަކަ ދައްކާކަންވެސް އެނގޭ ފަރާތަކީ އެއީއެވެ. ސިހުނު އަމްރު ވަގުތުން ތެދުވީ ކޮޅަށެވެ. އޭނާއަށް އަނެއްކާވެސް ހުވަފެނެއް ފެނުނީއެވެ. މީޒާންގެ މޫނަށް ބަލާލަމުން ހީލި އަމްރު ނިކުތީ އެތަނުން ބޭރަށެވެ. އޭނާ ބޭނުންނުވީ މިފަދަ ކަންތައް ގިނަ މީހުނަށް ފެންނާށެވެ. އަމްރު ނިދީގައި އެހެން ވާހަކަ ދައްކާކަންވެސް އެނގެނީ ހަމައެކަނި އޭނާގެ މަންމައާއި ބައްޕައަދި މީޒާންއަށެވެ.

އިންޓަވިއު ނިންމާފައި ނިކުމެގެން އައި ނިކަތު ހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. އޭނާ ފުރަތަމަ ޑޯގްރީއަކީ ލޯ ކަމަށް ވުމުން އެއްވެސް އުނދަގުލެއްނެތި ވަޒީފާ ހަމަ ޖެހޭނެ ވާހަކަ ބުނުމުން ނިކަތު އިފާވިއެވެ. ގެއާއި ދިމާލަށް ހިނގާފައިދިޔަ ނިކަތުގެ ބަލާލީ އެމީހުންގޭގެ ފުރަގަހުން ހަދާފައިވާ ބޮޑު ގެއަށެވެ. އެއީ އޭނާ އޭ ލެވެލް ނިންމާފައި ބޭރަށް ކިޔަވަން ދިޔައިރު ހަދާފައިވާ ގެއެއް ނޫނެވެ. ހުދުކުލައިން މުނި ގޭގައި ކުލަލެވިފައި ވީއިރު ބަލާލުމުން ލޮލަށް ވަރަށް ފަސޭހައެވެ.  ގޭތެރެއަށް ވަދެގެން ދިޔަ ނިކަތު ފަޔަށް މަޑު ޖެހުމެއް އައީ ގޭތެރެއިން ސާރާގެ މަންމަމެން ފެނުމުންނެވެ. އެއް އިރެއްގައިވެސް ސާރާގެ މަންމައަކީ ނިކަތްދެކެ ހިތްހަމަ ޖެހިފައި ހުންނަ މީހެއް ނޫނެވެ. އިސްޖަހާލައިގެން ވަދެގެން އައި ނިކަތުގެ ފަޔަށް މަޑު ޖެހުމެއް އައީ ސާރާ ގޮވާލުމުންނެވެ. ފަސްއެނބުރި ބަލާލަމުން ހީލާފައި އަނެއްކާވެސް ނިކަތު ހިނގައިގަތީ ކުރިއަށެވެ. އޭނާ އެތަނަށް ދާން ބޭނުން ނުވީއެވެ.

މައްޗަށް އަރައިގެންދިޔަ ނިކަތުއަށް ބަލަން އިން ހަލީމާ ނުރުހުން ވެފައި ބަލާލީ ސާރާގެ މޫނަށެވެ. އޭނާ އަބަދުވެސް ނިކަތުގެ ސަބަބުން ސާރާއަށް އެކަމުގެ ވަރު ބާލައެވެ. ފަހުން ކުއްޖަކު ނުހޯދުމުން އެކަމުގެ ވަރު އަބަދުހެން ބާލަނީ ސާރާއަށެވެ. ނާޒިން ނިކަތުގެ ފަހަތުން ހިނގާފައި ދިއުމުން އިތުރަށް ރުޅި ގަދަވި ހަލީމާ ދުރުގައި ހުރި ސާރާ ކައިރިއަށް ގޮސް މޫނު ހަދާލައިފިއެވެ. އޭނާދެން ބަލާލީ އަނެއްކާވެސް ނާޒިންއަށެވެ.

“މަންމައަށް ކިހިނެއްވީ މިހާރު؟..” ސާރާ ހިތްހަމަ ނުޖެހިފައި އަހާލިއެވެ.

“ސާރާ ކީއްވެތަ އެކުއްޖާގަނޑު ތިގެން ގުޅެނީ… އެވެސް އެހައި ލޯބިން އަދި..” ކުދި ކިޔަމުން ކާމޭޒު ކައިރީގައި އިށީން ހަލީމާ ހުރީ އަދިވެސް މޫނު ހަދައިގެންނެވެ.

“ނިޝާންވެސް އަމިއްލަ ދަރި މަރުވުމުން ކުއްޖަކު ހޯދަން ނޫޅި މިއުޅެނީ އެހެން މީހުންގެ ދަރިްނ ބެލޭތޯ…” މިފަހަރު ހަލީމާ އެހެން ބުނުމުން ސާރާ އަތިގައި ހުރި ތަށި ބެހެއްޓީ ތަންކޮޅެއް ބާރަށެވެ.

“މަންމަ ކައިރީގައި ކުރިންވެސް ބުނެފަ އޮންނާނީ ނިކޫއަށް އަޑު އިވޭވަރަށް ބާރަށް ނުވާނޭ ތިވާހަކަ ދައްކައިގެން.. ނިކޫއަކަށް އަދިވެސް ނޭނގޭނެ އެއްވެސް ކަމެއް… އަހަރެންގެ ޝަވާދިން މަރުވީ ނިކޫ މިގެއަށް އައުމުގެ މާކުރިން.. އެހެން ވީމަ ޝަވާދިންގެ މަރާއި ނިކޫއާ އަޅުވާފަ މަންމަ ތިހެން ނުކިޔާ…” ސާރާ ހިތްހަމަ ނުޖެހުނު ވަރުން ވާހަކަވެސް ދެއްކުނީ ތަންކޮޅެއް ބާރަށެވެ. ޝަވާދިންގެ ވާހަކަ ދެއްކުމުން ސާރާއަށް ހީވީ ރޯފާރުގަނޑަށް މިރުން އެޅި ހެންނެވެ. އޭނާއަށް ލިބުނީ އެންމެ އަންހެން ދަރިއެކެވެ. އެކުއްޖާވެސް މަރުވީއެވެ. ލިބުނު ތިންކުދިންގެ ތެރެއިން ދުނިޔޭގައި ހުރީ ނާޒިން އެކަންޏެވެ. ޝަވާދިން މަރުވިތާ ދެދުވަސްފަހުން ނިކަތު ފެނުމުން އޭނާއަށް ވީ އެހެން ގޮތެކެވެ. އެކުޑަ ކުއްޖާ މެޔާލައި ބޮނޑިކޮއްލީ ދުވަހަކުވެސް ދޫކޮށްނުލާނެ ކަމަށް ބުނަމުންނެވެ.

“ސާރާ ކުއްޖަކު ހޯދިނަމަ ފަހުން…”

“މަންމާ… އަހަރެންނަށް މާތްﷲ އިރާދަފުޅުން އެހެރީ އަންހެން ދަރިއަކު ދެއްވާފަ… އަހަރެންގެ އަމިއްލަ ދަރިއަކު މިއަދު ހުރިހަމަވެސް އަހަރެންގެ ނިކޫހާ ރަނގަޅު ނުވާނެ..” ލޮލާށް ޖަމާވަމުންދިޔަ ކަރުނަތަށް ސާރާ އޮއްބާލީ ދުރުން ނާޒިންއާއެކު ނިކަތު އަންނަަތަން ފެނުމުން ހީލިއެވެ. އޭނާ ނިކަތު ފެނުނު ފުރަތަމަ ދުވަސް ހަނދާން ނެތޭނީ ކިހިނެއް ހެއްޔެވެ.

އެންމެން އެކުގައި ކައިގެން އެމީހަކު ދިޔައީ އެމީހަކުގެ ކޮޓަރިއަށެވެ. ނިކަތު ބެލްކަންޏަށް ނިކުމެ ބަލާލީ ކުރިން ދުވަހު ހުޅުވާފައި ގޮރަށެވެ. އަދިވެސް އެދޮރު ހުރީ އެހުރި ގޮތަށް ހުޅުވާފައެވެ. ނަމަވެސް ތަފާތަކީ މިއަދު އެތަނުގެ ބޭރުގައި ހުއްޓިގެންހުރި ފިރިހެން ކުއްޖާއެވެ. ކަޅު ފަޓުލޫނުގައި އެކަނި ހުރި އަމްރު ބަލަހައްޓައިގެން ހުރީ ތިރިއަށެވެ. ބެލްކަނީގައި އަތް އަޅުވާލައިގެން އެއްފައި މައްޗަށް ހުރިއިރު އެހަށިގަނޑު ވަރަށް ރީތިކޮށް ފެންނަން ހުއްޓެވެ. ނިކަތް ބަލާލީ އަމްރުގެ މޭމައްޗަށެވެ. އާންމުކޮށް ރާއްޖޭގައި ފިރިހެނުންނަކީ ގަވާއިދުން ކަސްރަތު ކުރާބައެއް ނޫނެވެ. ނަމަވެސް އަމްރުގައިގައި މަސްތައް ތަރުތީބުވެފައި ހުރި ގޮތުން ހިނދުކޮޅަކަށް ނަމަވެސް ނިކަތުގެ ތަލިން ކުޅު ހިކުނެވެ. ތިރިއަށް ބަލަންއިން އަމްރު މައްޗަށް ބަލާލީ ކޮންމެހެން ނިކަތު އިންކަމަކަށް ނޫނެވެ. ނިކަތު ވަގުތުން ފެނުމާއެކު އަމްރު ބުމަ ގޮއްޖަހާލައިފިއެވެ. ބާރަށް ހިނގާފައި ގޮސް ބެލްކަނީގެ ދޮރުވެސް ޖަހައިފިއެވެ. އެމަންޒަރު ފެނުނު ނިކަތު އަނގައަށް ގިތެއް ހަދާލަމުން ބޯ ފަހަތަށް ޖައްސާލީ މިވީ ގޮތެއް ނޭނގުމުންނެވެ.

ސާރާ ސޯފާގައި އިށީނދެގެން އިންއިރު ވިސްނެމުން ދިޔައީ ހައަހަރުގެ ކުޑަކުޑަ ނިކަތު އަށެވެ. އޭނާ ދުވަހަކުވެސް އެދުވަސް ހިތުން ފިލައިގެން ނުދާނެއެވެ. މިހާތަނަށް ސާރާ އެހައި ރުޅިއައި ދުވަހެއްވެސް އަދި ހިތްހަނަ ޖެހުނު ދުވަހެއްވެސް ނާދެއެވެ. ކޮންމެ ކަމެއްވެސް ވާނީ ސަބަބަކައްޓަކައިކަން މިހާރު އޭނާއަށް ވިސްނެއެވެ. އެހެން ނޫންނަމަ އޭނާގެ އަތްމައްޗަށް ބޮޑުވާކަށް ނިކަތުއެއް ނާންނާނެއެވެ.

22 ޑިސެމްބަރ 2002

ތިރިއަށް ވެއްޓުނު ޓޯރޗު ނަގައި ނިޝާން ހިނގައިގަތީ ކޮޓަރީގެ ބޮކިތަށް ދިއްލާށެވެ. އަދި މަޑުމަޑުން ހިނގާފައި އައިސް އުޑުފައިން ކަހަލަ ގޮތަކަށް އިށީނީ އެކުޑަ އަންހެން ކުއްޖާ ކައިރީގައެވެ.  ނަމަވެސް އެއްކުއްޖާގެ ލޯ އަމާޒުވެފައިވަނީ ތިރީގައި ލެއިން ތަތް ތެޅިފައިވާ ތަޝްކީލްގެ މަސްގަނޑަށެވެ. އަދި މަޑުމަޑުން ކޮންމެވެސް ވާހަކައެއް ދައްކާކަންވެސް ނިޝާންއަށް ފާހަގަވިއެެވެ. ނިޝާން އެކުއްޖާގެ ލޯ ކައިރިން ދެކޮޅަށް އަތް ހޫރުވާލަމުންވެސް އެކުއްޖާއަށް އިނގޭ ހެނެއް ނުވިއެވެ. ނިޝާން ކުޑަކޮށް ގުދުވެސް އެކުއްޖާ ނިޔަމުން ދިޔައީ ކީކޭތޯ ބަލާލިއެެވެ.

“ނިކޫ… ނި..ކޫ.. އަ..އަ..އަ. ނިކޫ..” ލޮލުން ފައިބަމުން ދިޔަ ކަރުނައާއިއެކު މަޑުމަޑުން އެެހެން ކިޔަމުން ދިޔަ ކުއްޖާގައި އެންމެފަހުން  ނިޝާން އަތް ޖަހާލިއެވެ.

“އާއާރރރގް…” ނިޝާންގެ އަތް ޖެހުމާއެކު އެކުއްޖާ ބާރަށް ހަޅޭއްލަވައި ގަނެފައި ދުއްވައިގަނެއްޖެއެވެ. ހީވީ މީހަކު އެކުއްޖާ މަރާލަން އުޅޭހެންނެވެ.

ދުރުގައި ހުއްޓިގެންހުރި އެކަކު އެކުއްޖާ ހިފެހެއްޓުމާއެކު އެކުއްޖާ ލޯ މަރާލައިިފިއެވެ. ފެނުނު މަންޒަރުތަކުން ވަރުބަލީ ވީކަމެއް ނުނީ ހޭ ނެތުނީކީކަމެއް ނޭނގުނެވެ. އަލަމާރިއާއި ކަބަޑުތައް ބަލަން ހުރި މީހާ ދުވެލާފައި އައިސް އައިޑީކާޑު ދައްކާލިއެވެ. އަދި ކުޑަ ދެކުދިންގެ އުފަންދުވަހުގެ ސެޓްފިކެޓްވެސް ދައްކާލިއެވެ.

“މަރިޔަމް ނިކަތް… ފާތިމަތު ރުކާޔަތް..” ލަސްލަހުން އެހެން ބުނެފައި ނިޝާން ބަލައިލީ އޭނާގެ އަތްމަތީގައި އޮތް އަންހެން ކުއްޖާއަށެވެ. ދެކުދިންގެ މޫނު އެއްގޮތް ކަމުން ކާކުކަށް ކިޔާނީ ކޮން ނަމެއް ކަމެއް އެނގޭނީފަހެ ކިހިނެއް ހެއްޔެވެ. ނަމަވެސް ދެންމެ މިކުޑަ ކުއްޖާ އޭނާގެ މަންމައާއި ކޮއްކޮއަށް ބަލަން ހުރެ ކިޔަމުން ދިޔައީ ނިކޫއެވެ. ނިޝާނަށް ނަގައި ގަނެވުނީ ނިކަތްއެއީ އޭނާގެ އަތް މަތީގައި އޮތް ކުއްޖާއަށް ކިޔާނަން ކަމުގައެވެ. ސެޓްފިކެޓް ތަކުން ބުނަނީ ރުކާޔަތް ނިކަތްއަށް ވުރެ ފަސްމިނެޓް ބޮޑު ކަމަށެވެ.

“މީ ނިކަތް.. ދެންމެ މަޑުމަޑުން ނިކޫ ނިކޫ އޭ ކިޔަ ކިޔާ އިނީ..އެއީ މިކުއްޖާގެ ދައްތަ.. މީ މަރިޔަމް ނިކަތް…” އެކުއްޖާ ގޮވައިގެން ބޭރަށް ނިކުންނަމުން ނިޝާން ބުނެލިއެވެ. މިވަގުތު އޭނާ ބޭނުންވީ އެކުއްޖާ އެތަނުން ނެރެގެން އެހެން ތަނަކަށް ގެންދާށެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

އެންމެ ހިނިތުންވުމަކަށް

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 49 ( ފަހުބައި )

Next
October 14, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 49 ( ފަހުބައި )

Previews
October 14, 2018

އެންމެ ހިނިތުންވުމަކަށް

13 Comments!

  1. Livee says:
    October 14, 2018 at 1:42 pm

    Me first dhw
    Varah salhi
    Waiting

  2. Maireen says:
    October 14, 2018 at 1:46 pm

    2002 as hisaabun dhen vaagetheh negunu I think misteke ebahurukan

    1. ??? says:
      October 14, 2018 at 1:53 pm

      Maireen typing ga mistake hureema bunan ulhey ehcheh understand eh nuvi adhi ehfaharu typing rangalhu kohfa comment kohbala

  3. Ninnu says:
    October 14, 2018 at 2:10 pm

    Guys kiyamun dhaairu date thanakah balahchey.. Its because mi vaahakaige haadhisaa thah bahaalaifai alhugandu innaany eki date thakakah.. 🙂

  4. ?? says:
    October 14, 2018 at 2:10 pm

    amruge ah keehtha e vanyy eii varah old meehehtha old v ma tha dhw huvafenuga nikath ehaa kuda iruge bai efenunee n eyru adhi nikath ge mom ves huri engey eii dream eh kan ekam abadhuves hurihaa story eh ga ves vaa gothah vaanyy meegaves i mean e dream dhn eyna ah abadhuves fennane which will be a true at last

    1. ?? says:
      October 14, 2018 at 2:13 pm

      Curious to know abt amru

  5. Queen Dandelion says:
    October 14, 2018 at 2:15 pm

    Jazakhallah khairan???sifakurumah hama ehvana dhey varu vey ???????masha allah..?☺?vrh reethi mi part..??next vrh vrh avahah up kohdhehchey ingey..ly❤?

  6. Livee says:
    October 14, 2018 at 4:05 pm

    Ya aslu ves ninni ge kutin vaahaka ves varah confuse Ingey
    Mivaahaka ves mihaar varah confuse vey eba
    Ranglhu kohla
    Luv u dear and keep it up

  7. Livee says:
    October 14, 2018 at 4:05 pm

    Ya aslu ves ninni ge kutin vaahaka ves varah confuse Ingey
    Mivaahaka ves mihaar varah confuse vey eba
    Ranglhu kohla
    Luv u dear and keep it up

  8. Zaa says:
    October 14, 2018 at 4:36 pm

    Vrh reethi… Mashah get vey. Vaa goii… Ninnu hama kutiyah gendhey…

  9. Nunnu says:
    October 14, 2018 at 7:13 pm

    Mivahaka varaj reethi. Varah different. Date jahafa othas engeyy vaa goi..
    Nikath dho dhen e case kuriyah gendhaanee.. i think.. case ge therein engeynee amilla meehakee laakukan.. varah intresting… I love this story

  10. haapy says:
    October 14, 2018 at 8:45 pm

    waiting for next part. nikath ah ingeyne dhw eynage hagygaih v avahah…..

  11. Reader says:
    October 14, 2018 at 8:59 pm

    Oml varah tuff

Comments are closed.

Next Episodeހުވަފެނުގެ ރާނީ 3←


All Right Reserved!