ދުޢާ 27
ދެމީހުން އެ ދެމީހުންގެ އަމިއްލަ ދުނިޔޭގައި ތިބި ވަގުތު ފޯޓޯގްރާފަރ ރީތި ފޮޓޮއެއް އޭނާގެ ކެމެރާގައި ރައްކާކޮށްލިއެވެ. އާލާއާއި ދާނިޔަލް ދެމީހުންގެ ލޮލަށް ގެއްލިފައި ތިބި އިރު ދެން ތިބި ހަތަރު މީހުން ތިބީ އެ ދެމީހުންނަށް ބަލަހައްޓައިގެން ހެވިދިލިފައެވެ. ވަރަށްވެސް ފުރިހަމަ ފޮޓޮއެކެވެ. އާލާ އާއި ދާނިޔަލްއަށް ހޭވެރިކަން ވީ އިޝާން ގަދަކަމުން ކެއްސަން ފެށުމުންނެވެ. ދާނިޔަލް އިސްތަށިގަނޑު ތެރެއަށް އަތް މަހާލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލަމުން ކަމެއް ނުވާކަމަށް ހެދުނެވެ. އާލާވެސް ނޫން ކަމަށް ހެދިފައި ބޮކޭ އަށް ބަލަހައްޓައިގެން ހުރީއެވެ. ޙަޤީގަތުގައިވެސް ދެންމެ ހިނގާދިޔަ ކަންތަކުން އޭނާ ލަދުގަނެއްޖެއެވެ. ކިތަންމެ ޤަބޫލުކުރަން ބޭނުން ނުވިޔަސް ވެހެވެ.
“ކޮބާ ފޮޓޯ ނަގަމާ..” ދާނިޔަލް ވާހަކަ އޮޅުވާލުމަށްޓަކައި ބުނެލިއެވެ. އެވަގުތު އަޒާން ބާރުބާރަށް ހޭންފެށިއެވެ. އެހެންކަމުން އާލާއާއި ދާނިޔަލް ސުވާލުގެ ނަޒަރަކުން އެމީހުންނަށް ބަލައިލިއެވެ. “ހަމަބިމަށް އާދެވުނީމަކާނު ދޯ ވާކަންތައް ރޭކާލާނީވެސް.. ކަލޭނޭ ފޮޓޯނަގާ ނިންމައިފިން ދާނިޔަލޫ..” އިޝާން ފުރުސަތުގެ ބޭނުން ހިފައި ލާނެތް ރާގަކަށް ބުނެލިއެވެ. އެހެން ކަމުން ދަނިޔަލް އޭނާގެ އިސްތަށިގަނޑަށް އަތް މަހާލީ ހިނިއައިސްފައި ހުރެއެވެ. އެހެންވެސް ވެދާނެ ނޫންހެއްޔެވެ؟ އޭނާގެ އަނބިމީހާގެ މަގާމުގައި އެހުރީ ރީތީގެ ރާނީއެއް ވިއްޔާއެވެ.
“އަނެއްކާ މިތާ މާފޮޅުވަން ނުފަށާތި.. ތިމީހުންނަށް އަދި ވަގުތު ލިބޭނެ..” ރިޔާޝާވެސް މަޑަކުން ނުހުއްޓެވެ. އޭނާ ހީކުރި ގޮތާއި ޚިލާފަށް ދާނިޔަލް ފެނުމުން އޭނާއަށް އެއްކަމެއްވެސް ނުވިއެވެ. އާލާ އެވަގުތު ލޯ އަޅާލުމަށްފަހު ރިޔާޝާ ގައިގައި އޭނާ އަތުގައި އޮތް ބޮކޭ އިން މަޑުމަޑުން ޖަހާލިއެވެ. އެއިރު އޭނާގެ ދެކޮލަށް ޖަމްބުކުލަ ވެރިވަމުން ދިޔައެވެ.
“ދާން.. އެއީ އެކުއްޖާ.. މަ ބުނީމެއްނު މަށަށް ރީތިވި ކުއްޖެއްގެ ވާހަކަ ދޯ؟ އެއީ އޭނަ.. މަ ކިހާ ނަސީބުގަދަ.. މިތަނުން އޭނާއާއި އެ ދިމާވި..” ލިބުނު ކުޑަ ވަގުތުކޮޅުގައި އިޝާން ދާނިޔަލްގެ ކަންފަތް ބުޑުގައި ބުނެލީ ރިޔާޝާގެ ވާހަކައެވެ. އެއިރު ރިޔާޝާ ހީހީފައި އާލާއާއި ރުކާއާއި ކޮންމެވެސް ވާހަކައެއް ދައްކަމުން ދެއެވެ. “ދެން ނުހުރެ އެހެން ވިއްޔާ އިންނަން އަހާ.. މަ ދޭނެހާވެސް ނަސޭހަތަކީ ހުއްދަނޫން ގުޅުމަކަށްވުރެ ހެޔޮކަން ބޮޑީ ކައިވެނީގެ މަތިވެރި ގުޅުމުން ގުޅުމޭ..” ދާނިޔަލް ޙަޤީގަތުގައިވެސް އެހެން ބުނީ ހަމަ އިޝާނަށް ވިސްނައިދޭށެވެ. އިޝާން ބޯ ޖަހާލިގޮތުން އޭނާވެސް އެކަމަށް ތާއީދުކުރާކަން ދޭހަވެއެވެ.
“ކީކޭ ކުޑޭ.. އަހަރުންނަށްވެސް ތި ނަސޭހަތް ދޭންވީނު..” އަޒާން އައިސް ދާނިޔަލް ގާތު ހިނިތުންވެފައި ހުރެ ބުނެލިއެވެ. އެހިނދު ދާނިޔަލް ހަމަ އިޝާންގާތުގައިވެސް ބުނި ވާހަކަ އަޒާންގާތު ތަކުރާރު ކޮށްލިއެވެ. އަޒާންގެ ތުންފަތުގައި ކުޅެލީ މާނަވީ ހިނިތުންވުމެކެވެ. އެއިރު އޭނާގެ ނަޒަރު ހުއްޓިފައިވަނީ ރުކާއަށެވެ.
“މަރުޙަބާ ދާން.. ވަރަށް އުފާވެއްޖެ ތިއްތިބެ މިރޭ..” އާދިންއާއި ވިޝާމާ އައިސް އާލާއަށާއި ދާނިޔަލްއަށް މަރުޙަބާ ކިއެވެ. އާދިން ދާނިޔަލް ގައިގައި ބައްދާލި އިރު ވިޝާމާ އާލާ ގައިގައި ލޯބިން ފިރުމާލިއެވެ. އެމީހުންގެ އެ ހިތްހެޔޮކަމުން އާލާގެ ހިތުން ހަމަ ގައިމުވެސް އެ އާއިލާ ޖާގަ ހޯދައިފިކަން ޔަގީނެވެ.
އުފާވެރި ވަގުތުތައް އެމީހުން ގުނަމުން ދިޔަ އިރު މަނިކު ދުރުގައި ދާނިޔަލްއާއި އާލާއަށް ބަލަހައްޓައިގެން ހުއްޓެވެ. އޭނާގެ މޫނުމަތިން ފެންނަނި ނުރުހުމާއި ފޫހިކަމެވެ. ދާނިޔަލްއަށް އުފާވެރިކަން ލިބުމަށް އޭނާ ނޭދެއެވެ. ވީއިރު މި އުފާވެރިކަން މިގޮތަށް ދަމަހައްޓަށް އޭނާއަށް އެހީވެވޭނެ ހެއްޔެވެ؟ އޭނާއަށް ނޭނގުނު ކަމަކީ ދުރުގައި އޭނާގެ ޢަމަލުތަކަށް ފާރަލާން އިތުރު އެހެން މީހަކުވެސް ހުރި ކަމެވެ.
“ބޭބޭ.. ކޮބާ ކިހިނެތް؟ ބޭބެ އެހާ ހިތްހަމަޖެހޭ ހެނެއް ހިއެއް ނުވޭ މި ކައިވެންޏާއި މެދު.. ނުބައިކޮށްތަ މިބުނެވުނީ؟” އޭނާ މަނިކުއާއި ސުވާލު ކޮށްލިއެވެ. މަނިކު ސިހުމާއިއެކު އެއްފަރާތަކަށް ބަލައިލީ މީހަކު ވާހަކަ ދެއްކި އަޑު އިވިގެންނެވެ. “ހެހެ.. ނޫނޭ.. ފުރަތަމަ ކާފަ ދަރިފުޅުގެ ކައިވެނި ކުރެވިގެންދާއިރު އުފާވާނެއްނު..” މަނިކު ގަދަކަމުން ހިނިތުންވެލައިފައި ބުނެލިއެވެ. ނަމަވެސް އެމީހާ ހިނި އައީ ނުލަފާ ފާޑަކަށެވެ. “ނޫނޭ ބޭބޭ.. އަހަންނަށް އިނގޭ ބޭބެ ތިހުރީ ހިތްހަމަ ނުޖެހިފަކަން.. މަވެސް މިހުންނަނީ ވަރަށް ފޫހިވެފަ މިތަނަށް އައިސް.. ވަރަށް ހިތްހަމަ ނުޖެހިފަ.. އެ ދެމީހުން އެކުގައި ވުން އެއީ އަދި މަ އެންމެ ރުޅި އަންނަ ކަންތައް..” އޭނާގެ އަޑުގައި ހަރުކަށިކަމާއި އެއްވަރަށް ރުޅިވެރިކަން ވިއެވެ. މަނިކު އެމީހާ އާއި ދިމާލަށް ބަލައިލީ އެމީހާގެ ވާހަކަ ހުރި ގޮތުންނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނާގެ ތުންފަތަށް ވެރިވީ ކާމިޔާބިގެ ހިނިތުންވުމެކެވެ.
“ކޮބާ ގެޔަށް ދާންވީނު؟ ޕާޓީވެސް ނިމުނީ.. ހުރިހާ ކަމެއް ދެން މި ނިމުނީ.. ދެކުދިން ވަރަށް ވަރުބަލިވެސް ވެފައެއްނު ތިތިބީ ދޯ؟” އަރީފްއާއި އާދިންގެ އިތުރުން ޝަޒިއްޔާ އާއި ވިޝާމާ އައިސް ހުއްޓިލަމުން ބުނެލިއެވެ. އާލާ އަވަސް އަވަހަށް ބޯ ޖަހާލީ އޭނާ އެހުރީ ޙަޤީގަތުގައިވެސް ވަރަށް ވަރުބަލިވެފައި ކަމުންނެވެ. އިރުވެސް އޮއްސުމުން ދާނިޔަލްވެސް ބޭނުންވީ އަވަހަށް ގެއަށް ދާށެވެ. އެދެމީހުންގެ ދެފައިގައިވެސް ވަރުހުރިކަން ނަސީބެކެވެ.
އެންމެންނާއި ސަލާން ގަލާން ކޮށް ނިމުމުން ދާނިޔަލް ކާރާއި ދިމާލަށް މިސްރާބު ޖެހިއެވެ. އާލާގެ ލޮލުން ކަރުނަ ހިލިފައިވެއެވެ. އަރީފްއާއި ޝަޒިއްޔާގެ ލޮލުންވެސް މެއެވެ. އާލާއަށް ހަމަ ރަނގަޅަށް ގިސްލެވެމުން ދިޔަ އިރު ޝަޒިއްޔާ އޭނާ ގައިގައި ބައްދާލީ ހަމައަކަށް އެޅުވުމަށެވެ. މާދުރަށް ނުދިޔަ ނަމަވެސް މަންމައާއި ވަކިވާންޖެހޭތީ އެހިތަށް ވަނީ ނުހަނު ފުން އަސަރެއް ކުރުވާފައެވެ.
އާލާ އެގޮތަށް ރޯތަން ފެނުމުން ދާނިޔަލްގެ ހިތަށް އަސަރު ކުރިއެވެ. އޭނާގެ ހިތުގައި ރަނިކަންކުރާ އަންހެން ކުއްޖާއަކީ އެއީއެވެ. ތިމާ ލޯބިވާ ފަރާތެއް އެފަދައިން ރޯތަން ދުށުމަކީ ކާކަށް ކެތްވާނެ ކަމެއް ހެއްޔެވެ؟ ކުރިން އާލާ އާއި މެދު ނުވިސްނަން އެތަކެއް މަސައްކަތް ކުރި ނަމަވެސް މިއަދު އެއީ އޭނާގެ ޙަލާޅު އަބިމީހާއަށް ވުމުން ދާނިޔަލްއަށް އާލާގެ ޙާލާމެދު ވިސްނުނެވެ.
އެންމެންނާއި ވަދާއީ ސަލާމްކޮށްލުމަށްފަހު ދާނިޔަލްގެ ފަހަތުން ގޮސް އާލާ ކާރަށް އެރިއެވެ. ދާނިޔަލްވެސް ކާރަށް އެރުމަށްފަހު ސީޓުގައި ހަމަޖެހިލިއެވެ. ނަމަވެސް އާލާގެ ގިސްލުން ނުހުއްޓޭތީ އޭނާއަށް ފުރަތަމަ އާލާ ހަމައަކަށް އަޅުވަން މަޖުބޫރުވިއެވެ. ކާރުތެރޭގައި އޮތް ޓިޝޫފޮށިން ޓިޝޫއެއް ނެގުމަށްފަހު އާލާއަށް ދިއްކޮށްލިއެވެ. އެވަގުތު ތުންދަމާލައިފައި އާލާ ޓިޝޫ އެއްލާލިއެވެ. އާލާ ކަންތައްކުރިގޮތުން ދާނިޔަލްގާތަށް އައީ ހިންޏެވެ.
އާދިންމެންނަށް ކާރުނެރެވޭނީ ދާނިޔަލްމެން ކާރުނެރުމުން ކަމަށްވާތީ އެމީހުންނަށް ލަސްވާނެތީއާއިއެކު ދާނިޔަލް ދެން އާލާއަށް ޓިޝޫ ދޭކަށް ނޫޅުނެވެ. އަވަހަށް ކާރު އެގެއިން ނެރުމަށްފަހު ދާނިޔަލްގެ އެޕާޓްމެންޓަށް ދާން މިސްރާބު ޖެހިއެވެ. ބޮކޭ އުނގުމަތީ އޮތް އިރު އަދިވެސް އާލާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ދާނިޔަލް އާލާގެ މޫނަށް ބަލައިލި އިރު ދަތްދޮޅިން ކަރުނަތިކި ޖަހަމުން ދިޔައެވެ. އޭނާ އެ ކަރުނަތައް ކިތަންމެ ފުހެދޭން ބޭނުންވި ނަމަވެސް މިވަގުތު އެ އިނދެވެނީ އެފަދަ ޙާލެއްގައެއް ނޫނެވެ.
“އެހުރީ ޓިޝޫ.. މޫނު ފުހެލަބަލަ..” ދާނިޔަލްއަށް ކެތް ނުވުމުން އެންމެ ފަހުން އިސް ނަގާ ވާހަކަ ދައްކަން ފެށިއެވެ. މިފަހަރު އާލާވެސް ދެކޮޅު ހަދާކަށް ނޫޅުނެވެ. ރީތިކޮށް މޫނު ފުހެލުމަށްފަހު ކާރުން ބޭރަށް އޭނާގެ ނަޒަރު ހުއްޓާލިއެވެ. ދާނިޔަލްގެ ހިތަށްވެސް ހަމަޖެހުމެއް ލިބުނީ އޭގެ ފަހުންނެވެ.
ގެއާއި ހަމައަށް އާދެވުމުން ދާނިޔަލް ކާރު ޕާކުކޮށްލިއެވެ. އެއީ އެ އިމާރާތުގައި އުޅޭމީހުންނަށް ޚާއްސަކޮށް ހަދާފައިވާ ޕާކިން އޭރިއާއެކެވެ. “ފައިބަމާ.. މި އާދެވުނީ..” ދާނިޔަލް ހިނިތުންވެލުމަށްފަހު އެކުވެރި ރާގަކަށް ބުނެލިއެވެ. އެޔަށްފަހު ކާރުގެ ދޮރު ހުޅުވާލައިފައި ކާރުން ފޭބިއެވެ. އަދި އަވަސް އަވަހަށް ކާރުގެ އަނެއްފަރާތަށް ދިޔުމަށްފަހު އާލާ ކާރުން ފައިބަން އެހީވެދޭން އުޅުނެވެ. ދާނިޔަލް އޭނާގެ އަތް ދިއްކޮށްލުމުން އާލާ އޭނާގެ އަތުގައި ނުހިފުމަށްޓަކައި އަމިއްލައަށް ފައިބަން އުޚުނެވެ.
ނަމަވެސް ބޮޑު ހެދުމާއި އެކީ އެކަން ވާގޮތް ނުވުމުން އެންމެފަހުން ގޮތް ދޫކޮށްފައި ޖެހުނީ ދާނިޔަލްގެ އަތުގައި ހިފާށެވެ. ދާނިޔަލްގެ އަތުގައި އާލާގެ މަޑުމަޑު އަތްތިލަ ޖެހުނު ފުރަތަމަފަހަރުކަމުން ދާނިޔަލްއެކޭ އެއްފަދައިން އާލައަށް ކުރެވުނީ އެހެންކަހަލަ އިޙުސާސެކެވެ. ދެމީހުންވެސް ބަހެއް ނުބުނެ އެތާ މަޑުކޮށްލިއެވެ. ދާނިޔަލް ކާރުގެ ޑިކީ ހުޅުވާލުމަށްފަހު އާލާގެ ފޮށި ހިފައިގެން އެތެރެއަށް ވަންނަން މިސްރާބު ޖެހީ ފަހަތުން އައުމަށް އާލާ ގާތު ބުނެފައެވެ.
ތަޅުދަނޑިން ދޮރު ހުޅުވާލުމަށްފަހު ދާނިޔަލް އެ ދޮރު އެތެރެއަށް ވާގޮތަށް ކޮށްޕާލިއެވެ. އިރު އޮއްސުނު ވަގުތު ކަމުން ގޭތެރެ ވަނީ އަނދިރިވެފައެވެ. އެހާ އަނދިރި ވުމުގެ ސަބަބަކަށް ވީ ދަމާފައި ހުރި ދޮރުފޮތިތަކެވެ. ދާނިޔަލް އެތެރެއަށް ވަނުމަށްފަހު އާލާ އެތެރެއަށް ވަންނަން ތަންދެއްކިއެވެ. އިސްދަށަށް ޖަހާލައިގެން ހުރެ އާލާ ގޭތެރެއަށް ވަނެވެ. ތަނުގެ އަނދިރިކަމުން ކޮންމެވެސް ވަރަކަށް ޖެހިލުންވެ ފައި ހުރެއެވެ.
ފޮށި ބަހައްޓާލުމަށްފަހު ފޯނުން އަލިކޮށްލަމުންގޮސް ދާނިޔަލް ސިޓިންގްރޫމުގެ ބޮކިތައް ދިއްލާލިއެވެ. އާލާއަށާއި ދާނިޔަލްއަށް ހައިރާންކަމާއެކު މުޅިތަނަށް ނަޒަރު ހިންގުނީއެވެ. ސިޓިންގްރޫމުގެ ތަޅުންމަތީގައި ފިނިފެންމާ ފިޔަތަށް އުކާފައި ހުއްޓެވެ. ކުޑަ ބިއްލޫރިމޭޒުމަތީގައިވެސް ފިނިފެންމާ ފިޔައާއިއެކު އުއްބައްތި ބަހައްޓައިގެން ރީތިގޮތަކަށް ތައްޔާރުކޮށްފައި ހުއްޓެވެ. އަދި އެއްފަރާތުގައި ހުރި ފާރުގައި “ދާން ވެޑްސް އާލް” ޖަހާފައި އިނެވެ. މިއީ އިޝާން އާއި އަޒާންގެ ލާނެއް ޢަމަލެއްކަން އެނގި ދާނިޔަލް ދެފަރާތަށް ބޯ ހޫރުވާލިއެވެ.
“އަޅާނުލާ.. އެއީ އެއުޅޭ އަޒާންމެންގެ ކަންތައް..” ދާނިޔަލް އެކުވެރިކަމާއިއެކު އާލާއާއި ވާހަކަދެއްކީ ހިނިތުންވެލައިގެން ހުރެއެވެ. ކޮންމެ ގޮތެއްވިޔަސް މިއަދަށްފަހު އޭނާއަށް ޖެހިލުންވަނީއޭ ކިޔައިފަ އާލާއާއި ވާހަކަ ނުދައްކާ ނުހުރެވޭނެއެވެ.
ދާނިޔަލް އާލާގާތު އައުމަށް އިޝާރާތް ކޮށްފައި އޭނާގެ ކޮޓަރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ކޮޓަރިތެރޭގެ ޙާލަތު އަދި މާބޮޑެވެ. ދާނިޔަލް ނިތްމަތީގައި އަތް އަޅާލައިގެން ހުރުމަށްފަހު ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލިއެވެ. އާލާ އޭނާގެ ބޮޑު ހެދުން ދަމަމުން އައިސް ކޮޓަރިތެރެއަށް ވަނެވެ. އޭނާގެ މޫނުމަތިން އެއްވެސްކަހަލަ އުފާވެރިކަމެއް ނުފެނެއެވެ. ދާނިޔަލްއަށް ބަލައިލީވެސް ނުރުހުންވެ ހުރެއެވެ. ނަމަވެސް ދާނިޔަލްގެ ހިނިތުންވެފައިވާ މޫނުފެނި އޭނާގެ ދެބުމަ ދުރުވެގެން ދިޔައެވެ.
“މިހުރީ އާލާގެ ފޮށި.. އަހަރެން މިދަނީ ފްރްޝްވެލައިގެން ނަމާދަށް.. އާލާވެސް ނަމާދުކޮށްލާ ފްރެޝްވެލައިގެން އައިސް.. ވަރުބަލިވެސް ވެފައެއްނު ތިހުރީ..” އެދެމެދުގައިވީ ހަމަހިމޭންކަން ނައްތާލަމުން އަނެއްކާވެސް ދާނިޔަލް އިސްވެ ވާހަކަ ދެއްކިއެވެ. ހިނިތުންވެލަމުނަށްފަހު އޭނާ އަލަމާރިން އެއްޗެހި ނަގައިގެން ގޮސް ފާހާނަށް ވަނެވެ.
ދާނިޔަލް ގޮސް ފާހާނާއަށް ވަންނަންދެންވެސް އާލާއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ. ޙަޤީގަތުގައިވެސް ދާނިޔަލް ހާދަ ތަފާތެވެ. ހިތަށް އަރަމުންދިޔަ ވާހަކަތަކުން އާލާ ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލިއެވެ. އަދި ދާނިޔަލްއާއި ދިމާލަށް ކުދި ކިޔާލުމަށްފަހު ކޮޓަރީގެ އެކި ތަންތަނަށް ނަޒަރު ހިންގާލިއެވެ. އެއްފަރާތުގައި ހުރި ބެލްކަނި ފެނި އާލަގެ ޝައުޤުވެރިކަން އެތަނަށް ހުއްޓުނެވެ. އެހެން ކަމުން މަޑުފިޔަވަޅުތަކެއްގައިގޮސް އާލާ ބެލްކަންޏަށް ނިކުތެވެ. ޖެހެމުންދިޔަ މަޑުމަޑު ވައިރޯޅިތައް އައިސް ހަށިގަނޑުގައި ބީހެމުން ދިޔަ ވަގުތު ކުރެވުނު ފޮނިފޮނި އިޙުސާސެއްގެ ސަބަބުން އާލާއަށް ދެލޯ މަރާލެވުނެވެ. ރެއިލިންގައި އަތް އަޅުވާލައިގެން ދެލޯ މަރާލައިގެން ހުރި އިރު އާލާގެ ތުންފަތުގައިވަނީ ރީތި ހިނިތުންވުމެކެވެ.
ފާޚާނާއިން ނިކުތް ދާނިޔަލް ކޮޓަރިތެރެ ހޯދާލީ އާލާގެ ހިލަމެއް ނުވުމުންނެވެ. ފަހަރުގައި އޭނާ ވާނީ ބޭރުގައޭ ހިތައި ދާނިޔަލް އަލަމާރިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ހަމައެކަނި ކާކީ ކުލައިގެ ފަޓުލޫނުގައި ހުރި އިރު ދާނިޔަލްގެ ވަރުގަދަ ހަށިގަނޑު އޮތީ ހާމައަށެވެ. އަލަމާރިއާއި ގާތަށް ޖެހިލުމަށްފަހު އޭގެތެރެއިން މަޑު ނޫކުލައިގެ ޓީޝާޓެއް ދާނިޔަލް ނެގިއެވެ. އެޔަށްފަހު ފަހަތަށް އެނބުރުނު ވަގުތު ދެލޯ ބޮޑުކޮށްގެން ހުރި އާލާ ދާނިޔަލްއަށް ފެނުނެވެ.
ބެލްކަނީގައި ހުރުމަށްފަހު ހިތްހަމަޖެހޭވަރުމުން އާލާ އެތެރެއަށް ވަންނަން ހިނގައިގަތެވެ. ކޮޓަރިތެރެއަށް ވަދެފައި ބެލްކަނީގެ ދޮރު ލައްޕާލުމަށްފަހު އެނބުރިލި އާލާގެ ދެލޯ ބޮޑުވީ ދާނިޔަލްގެ ދޮން އަދި ވަރުގަދަ ކަސްރަތީ ހަށިގަނޑު ފެނިފައެވެ. އާލާ ދެލޯ ބޮޑުކޮށްލައިގެން ހުރި އިރު ދާނިޔަލްވެސް ހުރީ އޭނާއަށް ބަލަހައްޓައިގެންނެވެ.
އާލާ ހުރިގޮތްފެނި ދާނިޔަލްގާތަށް އައީ ލާނެތް ހިންޏެކެވެ. އޭނާގެ ސިކުނޑިއަށް އައި މޮޅު ޚިޔާލުން ދާނިޔަލްގެ ތުންފަތުގައި ކުޅެލީ ނުލަފާ ހިންޏެކެވެ. ޓީޝާޓް އެނދުމަތީގައި ބާއްވާލުމަށްފަހު ދާނިޔަލް އާލާއާއި ދިމާލަށް ފިޔަވަޅު އަޅަމުން ދިޔައެވެ. އެހެންކަމުން އެދެމެދުގައިވީ ދުރުކަންވެސް ދިޔައީ ކުޑަވަމުންނެވެ. ދާނިޔަލް އަޅަމުންދިޔަ ފިޔަވަޅުތަކާއިއެކު އާލާވެސް ދިޔައީ ފަހަތަށް ފިޔަވަޅު އަޅަމުންނެވެ. ޖެހޭ ނުޖެހޭ ހިސާބަށް ދާނިޔަލް އައުމުން އާލާގެ ނޭވާ ކުރުވާގޮތްވިއެވެ. ބާރުބާރަށް ހިތް ތެޅެމުންދިޔަ އިރު ދާނިޔަލްއަށް އެ ހިތުގެ އަޑު ނީވޭނެކަމެއްވެސް ނޭނގެއެވެ. އާލާ ދެއަތް މުއްކަވާ ބާރުކޮށްލުމަށްފަހު ދެލޯ ފިއްތާ ބާރުކޮށްލިއެވެ.
އާލާއަށް ވޮގޮތުން ދާނިޔަލްގާތަށް ހިނި އަންނަ ގޮތްވިއެވެ. ނަމަވެސް ހިނިގަނޑު އެތެރެއަށް ހިންދާލީއެވެ. ދާނޔަލް އަދިވެސް އާލާއާއި ކައިރިވަމުން ދިޔައެވެ. އާލާ ނޫނަސް އޭނާގެވެސް ހިތް އަވަސް ވަމުން ދިޔައެވެ. ހިތް ތެޅޭޅެއް ބާރުކަމުން ހީވަނީ މޭކަށިގަނޑު ފަލާލައިފައި ނިކުމެދާނެ ހެންނެވެ. އާލާގެ މޫނުމައްޗަށް ނަޒަރު ހުއްޓާލައިގެން ހުރ އިރު އޭނާގެ ނަފްސު އޭނާގެ ބާރުގެ ދަށުން ނުދިޔައީ ހަމަ ކިރިޔާއެވެ. އަމިއްލަ ނަފްސު ހަމއަކަށް އަޅުވާލަމުން ދާނިޔަލް އޭނާގެ ޕްލޭނައިގެން ކުރިޔަށް ދިޔައެވެ.
އާލާއާއި ގާތްވަމުން ގޮސް ދާނިޔަލް އާލާގެ ފަހަތުގައި ހުރި ދޮރުފޮރިގަނޑު ކަހާލިއެވެ. އެ އަޑަށް އާލާވެސް ދެލޯ ހުޅުވާލިއެވެ. އެއިރު ދާނިޔަލް ހެވިފައި އާލާއަށް ބަލަހައްޓައިގެން ހުއްޓެވެ. އަދި އެނބުރި ގޮސް ގަޔަށް ޓީޝާޓު މަހާލިއެވެ.
“ޑޯންޓް ވޮރީ.. އާލާގެނުރުހުމުގަ އާލާގެ ގައިގަ އަހަރެން އަތް ނުލާނަން.. އިން ޝާ ﷲ..” ދާނިޔަލް ހިތްހެޔޮ ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބުނެލިއެވެ. “ދެން ދޭ ފްރެޝްވެލައގެން އައިސް ނަމާދުކޮށްލަން.. އަހަރެންވެސް މި ދަނީ ނަމާދަށް.. ބަންގި އެ ގޮވީ މިހާރު..” އަތުގައި އޮތް މޫނުމަތި ބޮޑު މުށިކުލައިގެ ކަމަރުލީ ގަޑިއަށް ބަލައިލައިފައި ދާނިޔަލް ބުނެލިއެވެ. އަދި ޖީބަށް ފޯނު ލުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. އާލާއަށް ހުރިތަނަށް ގަނޑުވެފައި ހުރެވުނިއެވެ. ޙަޤީގަތުގައިވެސް ދާނިޔަލް ހާދަ ތަފާތެވެ.
“ނޯ އާލާ.. އެއީ ހަމް ހުސް އެކްޓް.. އޭނާ އާލާއަށް ދައްކާ ދަޅައެއް އެއީ.. މާ ހިތްހެޔޮކަމަށް ހެދިގެން އުޅުނަސް އެއީ އަމިއްލައަށް ފެނިފަ ހުނަން މީހެއް.. ރުފިޔާއައިގެން އުޅޭ ދަހިވެތި މީހެއް.. އޭނާ އާލާދެކެ އެއްވެސް ލޯތްބެއް ވެގެންނެއް ނޫން އެއުޅެނީ..” އާލާ ފުން ނޭވާތަކެއް ލަމުން އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ. އޭނާ ހިތުން އޭނާގެ ނަފްސަށް އާލާ އެ ވިސްނައިދެނީ ހަމަ އެންމެ ރަނގަޅު ގޮތަށެވެ. ނަމަވެސް ޙަޤީގަތަކީ އާލާގެ ވިސްނުން އަދި އެންމެ ރަނގަޅު ނޫންކަމެވެ. ކޮންމެ މީހަކީ ރުފިޔާ އައިގެން މޮޔަވެފަ ހުންނަ މީހަކަށް ނުވެދާނެ ކަމެވެ.
ކޮންމެޔަކަސް މީހާ ހަމަޖެހެން މަސައްކަތް ކުރަމުން އާލާ ގޮސް އޭނާގެ ފޮށި ކައިރީގައި މަޑުކޮށްލިއެވެ. އަދި އޭގެއިން ހެދުމަކާއި ދޫ ހަރުވާޅެއް ހިފައިގެން ގޮސް ފާޚާނާއަށް ވަނެވެ. ފެންވަރާލައިގެން ނިކުތް އާލާގެ ހަށިގަނޑަށް ވެރިވެފައިވަނީ ތާޒާކަމެވެ. ނަމަވެސް އެއިރު ހުރި ވަރުބަލިކަން އަދިވެސް މުޅިން ނުފިލައެވެ. އައި ގޮތަށް އައިސް ސޯފާގައި އޮށޯވެލި އިރު ދަމުން ދާނިޔަލް ބުނި ވާހަކަވެސް އޭނާ ހަނދާން ނައްތާލައިފައިވިއެވެ. އޭނާ ނަމާދުކުރަން ހަނދާންވާނީ ކިހިނަކުން ހެއްޔެވެ؟ އުމުރުގައި އެންމެ ފަހުން ނަމާދެއް ކުރި ދުވަހެއް މިހާރު އާލާގެ ހަނދާނުގައި ނުވެސް ނެތެވެ.
މަޣްރިބް ނަމާދުކޮށްލައިގެން އައިސް ވަތް ދާނިޔަލްގެ ލޮލުގައި އަޅައިގަތީ ސޯފާގައި އަރާމުކޮށް ނިދާލައިފައި އޮތް އާލާއެވެ. ބުރުގާ ނާޅާ އޮތް އިރު އޭނާގެ ފަށްބޯ ފަން އިސްތަށިގަނޑު އޮތީ ހާމައަށެވެ. އެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑު އްފަރާތަކަށް ގަތާލައިފައި ހުރި ނަމަވެސް މޫނުމައްޗަށް ބައެއް ކުދި އިސްތަށިތައް ވެރިފައި ހުރުމުން ވަރަށް ހިތްގައިމެވެ.
އާލާ ބުރުގާ ނާޅާ އޮތުމުން ދާނިޔަލްއަށް އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރިލެވުނެވެ. އޭނާއަށް އާލާ އެފަދަ ހާލަތެއްގައި އޮށްވާ ފެނުނު މިއީ ފުރަތަމަ ފަހަރެވެ. ދާނިޔަލްއަށް އެއީ އޭނާގެ އަނބިމީހާކަން ހަނދާންވީ އޭގެ އިރުކޮޅެއް ފަހުންނެވެ. އެހެން ކަމުން މަޑުމަޑުން އެނބުރިލިއެވެ. އަދި ލަސް ފިޔަވަޅު ތަކެއްގައި ގޮސް އާލާ ގާތުގައި ސޯފާކައިރީގައި ހުއްޓިލިއެވެ. ކުޑަކޮށް ގުދުވެލައިފައި އާލާގެ މޫނުމައްޗަށް ވެރިފައި ހުރި އިސްތަށިތައް ދާނިޔަލް ރީތިކޮށްލަދިނެވެ. އެއިރު ދާނިޔަލްގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލައިފައި ވެއެވެ. ނިދައިފައި އޮންނަ އިރުވެސް އާލާގެ ރީތިކަން ފަނޑުނުވެއެވެ. “މާ ޝާ ﷲ..” ދާނިޔަލްއަށް އަނެއްކާވެސް ބުނެވުނެވެ.
އިރުކޮޅެއް ވާންދެން އާލާ ގާތު އެހެން ހުރުމަށްފަހު ދާނިޔަލް ގޮސް އެނދުގައި އިށީނދެލިއެވެ. އެޔަށްފަހު ފޯނުގައި އިން ޤުރުއާން އެޕް ހުޅުވާލުައިފައި ހަމައެކަނި އޭނާއަށް އިވޭވަރަށް މަޑުމަޑުން ކިޔަވަން ފެށިއެވެ. ކިޔަވަމުން ދިޔަ ވަރަކަށް އެއާއިމެދު ވިސްނި ދާނިޔަލް އިނީ ޤުރުއާނުގެ ތެރެއަށް ވަރަށް ބޮޑަށް ވަދެވިފައެވެ. ބައެއް އާޔަތްތައް ކިޔަމުން ދިޔައިރު ހިތަށް އަސަރު ކުރަމުން ދިޔަ ވަރުން ދޭތެރެއަކުން އޭނާ ހިންދިރުވާލައެވެ. ޤިޔާމަތާއި ޙިސާބު ބެއްލެވުމާއި އެހުރިހާ ވާހަކަތަކެއް އަންނަ ވަގުތު ބިރުން ދާނިޔަލްގެ ލޮލުން ކަރުނަ ހިލުވާލައެވެ. އެގޮތުގައި ޝައުޤުވެރިކަމާއި މަޑުމައިތިރިކަމާއެކު ދާނިޔަލް ކިޔަވަން އިނެވެ.
ފުން ނިދިން ހޭލެވުމުން އާލާ ދެލޯ ހުޅުވާލިއެވެ. ނިދިން ހޭލިވަގުތުކަމުން ލޯ ހުރީ ކުރިއަށްވުރެ ކުޑަކޮށެވެ. އާލާ ފަރާތްފަރާތް ބަލަމުން ދިޔައީ އެއީ އޭނާގެ ކޮޓަރިއަށް ނުވުމުންނެވެ. ކުއްލިޔަކަށް އޭނާގެ ލޮލުގައި އަޅައިގަތީ އެނދުގައި އޭނާއަށް ފުރަގަސްދީގެން އިށީނދެ އިން ޒުވާނާއެވެ. އެއީ އަނެއްކާ ކާކުބާވައެވެ؟ ޔަގީނެވެ. އާލާ ސިއުން ފޮރުވައިގެން ގެނެސް މިތަނަށް ވައްދާނީ ހަމަ ގައިމުވެސް އެ ޒުވާނާއެވެ. “ކާކު..” ނުތަނަވަސްވެ ބިރުގަނެފައި އިނދެ އާލާ އާދައިގެ ވަރަކަށް އަހާލިއެވެ. އެހިނދު އެނދުގައި އިން ދާނިޔަލްއަށް ސިހުމެއް ލިބުނެވެ. އެއީ އޭނާ ކިޔެވުމަށް ވަދެވިފައިވީވަރުންނެވެ. ފޯނު ބޭއްވުމަށްފަހު އޭނާ އާލާއަށް ފެންނަ ގޮތަށް އެބުރިލިއެވެ.
“ދާނިޔަލް؟ ދާނިޔަލް ކީއްކުރަނީ މިތާ؟ ކީއްކުރަން މަ މިތަނަށް ގެނައީ.. ހަމަ މިހާރު ހިނގާ އަހަރެން ގޮވައިގެން ގެއަށް.. ކީއްކުރަން މަ ބުރުގާ ބޭލުވީ؟” އާލާ އެއްފައްޗަކަށް ސުވާލު ކުރަމުން ގޮސް އަވަސް އަވަހަށް ފެންނަން އޮތް ބެޑުޝީޓުން އޭނާގެ ބޯ ފޮރުވާލިއެވެ. އާލާ ކުރި ސުވާލުތަކުން ދާނިޔަލް ގާތަށް ހަމަ ރަނގަޅަށްވެސް ހިނި އައެވެ. “ކީއްވެ ތި ހެނީ؟ އާލް މޫނުމަތީގަ ޖޯކެއް ލިޔެފަ އިނީތަ؟” ދެބުމަ ގާތްކޮށްލައިގެން ހުރެ އަނެއްކާވެސް އާލާ ސުވާލު ކޮށްލިއެވެ. ދާނިޔަލްއަށް އޭނަގެ ހިނިގަނޑު ހިފެހެއްޓުން ވީ ދަތިކަމަކަށެވެ. ހިފަހައްޓައިގެން ހުރި ހިނިގަނޑު އެވަގުތު ފަޅައިގެން ދިޔައެވެ.
އާލާ އިނީ ދެބުމަ މަގުލަސް ޖަހާލައިގެންނެވެ. ނުރުހުންވެ ރުޅި އައިސްފައެވެ. ދާނިޔަލް އޭނާގެ ފޯނު ހުޅުވާލައިފައި ގެލެރީއަށް ގޮސް މިއަދުގެ ފޮޓޮއެއް ހުޅުވާލިއެވެ. އަދި އިންތަނުން ތެދުވެފައި އެނދު ވަށާލައިގެން ގޮސް އާލާގެ ކުރިމަތީ ހުއްޓި އޭނާއަށް ފޯނު ދިއްކޮށްލިއެވެ. އާލާ އެ ފޯނުގައި ހިފުމުން އާލާއަށް ބަލަހައްޓައިގެން ހެވިލައިފައި ދެޖީބަށް އަތްޖަހާލައިގެން ދާނިޔަލް ހުއްޓެވެ.
މިއަދު ހަވީރު އެމީހުންގެ ކައިވެނީގައި ނެގި ފޮޓޯ ފެނުމުން އާލާގެ ހަނދާނަށް އެ ހުރިހާކަމެއް އަންނަމުން ދިޔައެވެ. ނިދީގެ ސަބަބުން އެވަގުތު އޭނާ ހުރީ އެކަންތައްތައް ހަނދާންނެތިއެވެ. އެހެން ކަމުން އާލަ ދުރު ބަލަހައްޓައިގެން އިނދެ ދާނިޔަލްއަށް ފޯނު ދިނެވެ.
“އަދިވެސް ތިހެންތަ އިންނަނީ؟ ވަރަށް ކިއުޓް ބެޑްޝީޓް ބުރުގާ އެޅީމަ..” ދާނިޔަލް ހިނިގަނޑެއް ޖަހާލައިފައި ބުންޏެވެ. އަދި އާލާ ބަލައިލި ވަގުތު ފޯނުގައި އެ މަންޒަރު ފޮޓޮއެއްގެ ޒަރީއާއިން ރައްކާކޮށްލިއެވެ. ދާނިޔަލްގެ އެ ޢަމަލުން އާލާގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. “ގެނޭ ފޯނު..” ބެޑުޝީޓަކާއި ބެޑުޝީޓެއް ދޫކޮށްލުމަށްފަހު އިން ތަނުން ތެދުވެފައި ދާނިޔަލް ކުރިމަތީ ހުއްޓެމުން އާލާ ބުނެލިއެވެ. ނަމަވެސް ދާނިޔަލް ހުރީ ގޮތް ދޫ ކުރާގޮތަކަށް ނޫނެވެ.
“އެ ކީއްކުރަން؟ މީ އަހަރެންގެ ފޯނެއް..” ދާނިޔަލް ހެވިފައި ހުރެ ބުނެލިއެވެ. އެކަމުން އާލާގެ ރުޅި ހައްތަހާ ގަދަވުން ނޫން ކަމެއް ނުވިއެވެ. “ދާނިޔަލްގެ ފޯނަކަސް އަހަރެންގެ ފޮޓޯ ތީގެން ނަގައިގެން ނުވާނެ..” އަމުރުވެރި ރާގެއްގައި އާލާ ބުނެލިއެވެ. “އެ ކީއްވެޔޯ؟ ތީ މަގޭ ވައިފީ އެއްނު؟” އެއްލޯ މަރާލަމުން ދާނިޔަލް ބުނެލިއެވެ. އާލާގެ ރުޅި އިހުނަށްވުރެ ގަދަވިއެވެ. ގެންނާށޭ ކިޔާ ދާނިޔަލްގެ އަތުން ފޯނު ޖަހައިގަންނަން އޭނާ އުޅުނެވެ. ނަމަވެސް ދާނިޔަލް މާ ހުށިޔާރެވެ. އަތް މައްޗަށް ނެގީއެވެ. އެހެން ކަމުން އާލާއަށް ދާނިޔަލްގެ އަތާއި ހަމައަށް އަތް ފޯރާ ގޮތެއް ނުވިއެވެ. ފުންމަމުން ދިޔަ އިރުވެސް ކިރިޔާ އަތް ޖެހެން އުޅޭއިރަށް ދާނިޔަލް ދުރުކޮށްލައެވެ. އެހެން ފަހަތަށް ޖެހެމުން ގޮސް ދާނިޔަލް ސޯފާގައި އަޅައިގަތެވެ.
ސޯފާގައި އަޅައިގަތުމަށްފަހު ދާނިޔަލް ވެއްޓެން ދިޔުމުން ހިފާލެވުނީ ކުރިމަތީގައި ހުރި އާލާގެ އަތުގައެވެ. އެހެން ކަމުން ދެމީހުން އެއްކޮށް ސޯފާއަށް ވެއްޓުނެވެ. ދާނިޔަލްގެ ގައިމަތިގައި އާލާ އޮތް އިރު އޭނާގެ މޫނު ޖެހުނީ ދާނިޔަލްގެ ތަނަވަސް މޭމަތީގައެވެ. މޫނުމައްޗަށް ބައެއް އިސްތަށި ވެރިފައި ހުރި އިރު ދާނިޔަލްއަށް އެ މުނަށް ބަލަހައްޓައިގެން އޮވެވުނީ ބޭއިޚްތިޔާރުގައެވެ. އަބަދުވެސް އެހެން ބަލަހައްޓައިގެން އޮންނަން ދާނިޔަލްގެ ހިތް އެދެމުން ދިޔައެވެ. އެއިރު އޭނާގެ އަތް ވަނީ އާލާގެ އުނަގަނޑުގައި ވަށާލެވިފައެވެ. ވައިރޯޅިއަކަށްވެސް އެ ދެމެދަށް މިވަގުތު ނުވަދެވޭނެކަން ގައިމެވެ.
އިސް އުފުލާލި އާލާއަށް ފެނުނީ އޭނާއާއި ދިމާލަށް ބަލަހައްޓައިގެން އޮތް ދާނިޔަލްއެވެ. އޭނާ ބަލައިލި ވަގުތު ދެމީހުންގެ ހަތަރު ކަލި ބައްދަލުވެގެން ދިޔައެވެ. އާލާއަށްވެސް އޭނާގެ އަމިއްލަ އިޚްތިޔާރުން ބޭރުގައި ދާނިޔަލްއާއި ދިމާލަށް ބަލަހައްޓައިގެން އޮވެވުނެވެ.
ދެމީހުންނަށް ސިހުން ގެނުވީ ދާނިޔަލްގެ ފޯނަށް ވައިބަރ އިން މެސެޖެއް އައުމުން ނޮޓިފިކޭޝަން އައި އަޑަށެވެ. އާލާ ދެބުމަ ގާތް ކޮށްލަމުން ނުރުހިފައި ދާނިޔަލްއާއި ދުރުވިއެވެ. އަދި ދާނިޔަލްއާއި ދިމާލަށް ލޯ ހަނިކޮށްލަމުން ބަލައިލިއެވެ. “މާ ރޮމޭންޓިކް މީހަކަށް ވާނިކަމެއް ނެތް.. ފޯނު ދީ..” އާލާ އަނެއްކާވެސް އަމުރުކޮށްލިއެވެ. ނަމަވެސް ދާނިޔަލް ހުރީ އޭނާގެ ގޮތުގައެވެ. “ޕިސް.. ނޫޅެން ދޭކަށް.. މިއަކު ނުހުންނާނެ އާލާއަށް މުހިއްމު އެކައްޗެއްވެސް.. ދެން ކީއްކުރަން؟” ދާނިޔަލް އޭނާގެ ފޯނު އޮތް ކަނާއަތް ސޯފާއިން ބޭރަށް ވާގޮތަށް ފުޅާ ކޮށްލަމުން ބުނެލިއެވެ.
“އާލްގެ ފޮޓޮއެއް އިންނާނެ..” އާލާ ކޮޅަށް ތެދުވަމުން ބުނެލިއެވެ. “އެއި މަގޭ އަންހެނުންގެ ފޮޓޮއެއް.. އެހެން ވީމަ އޭގަ މައްސަލައެއް ނެތެއްނު…” ދާނިޔަލް ހަމަޖެހިލައިފައި ބުނެލިއެވެ. އޭނާ އަނގައިން ބަލިނުވާނެހެން ހީވުމުން އެންމެފަހުން ރުޅި މޫނު ހަދާލައިފައި ގޮސް އާލާ ފާހާނާއަށް ވަނެވެ. ދާނިޔަލް އެދިމާލަށް ބަލަހައްޓައިގެން އިނދެ ހިނިތުންވެލަމުން ދެފަރާތަށް ބޯ ހުރުވާލިއެވެ.
ދާނިޔަލް އިޝާ ނަމާދަށް ދިޔުމައްޓަކައި ސޯފާއިން ތެދުވެލި ވަގުތުވީ އާލާވެސް ފާޚާނާއިން ނިކުތް ވަގުތަށެވެ. “އިޝާ ނަމާދުކޮށްގެން ރެޑީވޭ ކާން ދާން.. މިރޭ ގޭގަ ނުހުންނާނެއް ކާއެއްޗެއް.. ރެސްޓޯރަންޓަކަށް ދާނީ.. އަހަރެން އަންނާނަން ނަމާދުކޮށްލައިގެން..” އާލާގެ ޖަވާބަކަށް ބެލުމެއްނެތި ދާނިޔަލް ކޮޓަރިން ނިކުމެގެން ދިޔައެވެ.
“ތައްޔާރުވާށޯލަ؟ ހުއް.. މަ ނުކައި ހުންނަން ވިޔަސް ނުޅެން ތި ދާނިޔަލް އާއެކީ ބޭރަށް ދާކަން..” އާލާ އެހެން ބުނެލުމަށްފަހު އައިސް ފޮށި ހުޅުވާލިއެވެ. އަދި ފޮށީގައި ހުރި އެއްޗެހި ނަގައި އަލަމާރީގައި ތަރުތީބުކުރަން ފެށިއެވެ. އެޔަށްފަހު ކޮޓަރިން ނިކުމެގެން ގޮސް ސިޓިންގް ރޫމުގައި ހުރި ސޯފާއެއްގައި އިށީނެވެ.
ނަމާދުކުރަން އޭނާގެ ޚިޔާލަށް ނުވެސް އަންނަ ފަދައެވެ. އެއްވެސް ވަރަކަށް އެ ހިތުގައި ބިރުވެރިކަމެއް ނެތީބާވައެވެ؟ އޭނާއަށް މުހިއްމީ އާޚިރަތަށްވުރެ ދުނިޔޭގެ އުފަލާއި މަޖަލު ހެއްޔެވެ؟ ސޯފާގައި އިށީނުމަށްފަހު ޓީވީ ރިމޯޓު ނަގައި ޓީވީ ހުޅުވާލިއެވެ. އަދި ވަރުގަދައަށް ލަވަ އަންނަމުން ދިޔަ ޗެނަލްއެއް ފެނުމުން އޭނާ އެ ބަލަން އިނެވެ. އޭނާއަށް ނޭނގުނީ ތިމާއަށް ހިތްހަމަޖެހުން ލިބުމަށް އެ މިއުޒިކަށްވުރެ މާ މޮޅު ފަރުވާ އިސްލާމްދީނުގައި އޮތް ކަމެވެ. ފަރުޟު ފަސް ނަމާދުން އޭނާއަށް ހިތްހަމަޖެހުން ލިބޭނެކަމެވެ. ކީރިތި ޤުރުއާން ކިޔެވުމުން އެ ހިތަށް ހަމަޖެހުން ލިބޭނެކަމެވެ.
ދާނިޔަލް ގޭތެރެއަށް ވަދެގެން އައި އިރު ލަވަ ބަލަން އިން އާލާ ފެނިފައި ދެބުމަ ގާތްކޮށްލިއެވެ. ލަވައިގެ އަޑު އިވުމުން އޭނާއަށް ވަނީ އުނދަގުލެވެ. އަނެއްކޮޅުން އާލާ އެއިނީ އޭނާ އެވަރަށް ބުނީމަވެސް ތައްޔާރުނުވެ ލަވަ ބަލަން ހެއްޔެވެ؟ ދިގު ފިޔަވަޅުތަކެއްގައި އައިސް ދާނިޔަލް އެތާ ހުއްޓިލިއެވެ. އަދި ޓީވީން ދައްކަމުން ދިޔަ ފާޙިޝް މަންޒަރުތަލަށް ނުބަލަންވެގެން އަވަހަށް ދުރު ބަލައިލިއެވެ.
“އާލާ.. ކީއްކުރަން ބަލާ ޗެނަލެއް.. އަވަހަށް ބަދަލުކުރޭ.. އިސްލާމްދީނުގައި މިއުޒިކަކީ ޙަރާމް އެއްޗެއްނު..” މަޑުމައިތިރިކަމާއެކު ވިސްނައިދޭ ފަދައަކުން ދާނިޔަލް ބުންނެވެ. “ދެން ދުނިޔޭގަ އުޅެވޭކަންވެސް ނެތެއްނު ތިހެން ވިއްޔާ..” އާލާ ދިނީ ރުންކުރު ޖަވާބެކެވެ. އޭނާ ޗެނަލް ބަދަލުކުރާކަށް ނޫޅުނެވެ. “ހަމަ އާލާއަށްވެސް ރަނގަޅަކަށް މިބުނީ.. ޗެނަލް ބަދަލުކޮށްލާ.. ތިކަހަލަ ފާހިޝް އަމަލުތައް ބެލުމަކީ ރަނގަޅު ކަމެއް ނޫނޭ.. މި ހުރިހާކަމަކަށް ޖަވާބުދާރީ ވާންޖެހޭ ދުވަހެއް އަދި އަންނާނެ..” ދާނިޔަލް އަނެއްކާވެސް އިތުރު ކޮށްލިއެވެ. އާލާ ރުޅި ގަދަވެފައި ޗެނަލް ބަދަލުކޮށްލުމަށްފަހު ސޯފާއަށް ރިމޯޓު ޖަހައިފައި އިންތަނުން ތެދުވިއެވެ.
“ވަރުގަދަ ފިރިހެނެއް! ޝޭހު.. މަށަށް ރަނގަޅު ކަންތަކާއި ނުރަނގަޅު ކަންތައް ތި ދާނިޔަލް ނުޖެހޭ ކިޔައިދޭކަށް..” އާލާ އެހެން ބުނުމަށްފަހު ކޮޓަރިއަށް ދާން ބާރުބާރަށް ހިނގައިގަތެވެ. “ކާންދާން ތައްޔާރު ނުވެއެއްނު އަދިވެސް ތިހުރީ.. އަވަސް ކޮށްލާ..” ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ދާނިޔަލް ބުނެލިއެވެ. “ދާނިޔަލް ދަންޏާ ދާނިޔަލް ދޭ.. މަ ނޫޅެން ބަނޑުހައިވެގެން ހާންތިވެގެނެއް..” ހުރިގޮތަށްހުރެ އެހެން ބުނެލުމަށްފަހު އާލާ އަނެއްކާވެސް ކުރިއަށް ހިނގައިގަތެވެ.
ދާނިޔަލް އައިސް ސޯފާގައި އިށީނދެލަމުން ދެފަރާތަށް ބޯ ހޫރުވާލިއެވެ. ހާދަހާ ބޯ ހަރު ކުއްޖެކެވެ. އެންމެ ފަހަރަކވެސް އޭނާ ގޮތް ދޫކުރާކަށް ބޭނުމެއް ނުވެއެވެ. ދާނިޔަލްއަށް އޭނާއާއިއެކީ ކެތްވާނެބާވައެވެ؟ އަދި މިއުލެނީ ކައިވެނި ކުރިތާ ކުޑަމިނުން ބާރަ ގަޑިއިރުވެސް ހަމަނުވެގެންނެވެ. މިހާރު އާލާ އެހުރީ ރުޅިގަދަވެގެން ގޮސް މުދުނަށް އަރައިފައެވެ. އާލާގެ ވާހަކަ ދެއްކުން ހުރި ގޮތާއި ރުންކުރުކަމުން ދާނިޔަލްގެ މޫޑުވެސް ޚަރާބުވިއެވެ.
ފޯނުން ރެސްޓޯރަންޓަކަށް ގުޅާލުމަށްފަހު ކާއެއްޗިއްސަށް އޭނާ އޯޑަރ ކޮށްލިއެވެ. އެމީހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެއްޗެހި ގެއަށް ފޯރުކޮށްދޭނެކަމަށް ބުނުމުން ދާނިޔަލް ހިނިތުންވެލުމަށްފަހު ޝުކުރ އަދާކޮށްފައި ފޯނު ބޭއްވިއެވެ.
ރޭގަނޑުގެ އެ ހިތްގައިމު ވަގުތު ދާނިޔަލް ބެލަކަންނަށް ނިކުންނަން ދިޔައެވެ. ހިތްހަމަޖެހުން އެތަނުން ވެސް ލިބޭނެތީއެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތައް ދާނިޔަލްގެ އިސްތަށިތަކަށް ގޯނާކުރަމުން ދިޔައެވެ. ރެއިލިންގައި އަތް އަޅުވާލުމަށްފަހު އޭނާ ފޯނު ނަގައި ހުޅުވާލިއެވެ. އަދި ވައިބަރ ހުޅުވާލި އިރު އެކި މީހުންނާއި ގްރޫޕް ތަކުން ސަތޭކައަށްވުރެ ގިނަ މެސެޖު އައިސްފައި ހުއްޓެވެ.
ދާނިޔަލްގެ ލޮލުގައި އަޅައިގަތީ އެންމެ ފުރަތަމައަށް އިން މެސެޖެވެ. ސައިފްގެ ނަން ފެނި ދާނިޔަލްގެ މޫނުމައްޗަށް އުފާވެރިކަން ވެރިވިއެވެ. ދާނިޔަލް ހިނިތުންވެލުމަށްފަހު އަވަސް އަވަހަށް ވައިބަރ އިން ސައިފްއަށް ގުޅާލަން އުޅުނެވެ.
ކަންފަތުގައި ފޯނު ޖައްސައިގެން ހުރި ދާނިޔަލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ އެކޮޅުން ސައިފް ފޯނު ނެގުމުންނެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
69 Comments!
Comments are closed.





assalaamu a’laikum my dear readers.. 🙂 miothee vaahakaige 27 vana bai.. thikudhin lavvaa dhigu inthizaareh kuruvihje dhw? hehe.. iyye noor bxy v ma publish nukohlevuny.. reyga mi part ge vrh bodu bai liyefa maa bodah las veema dhn noor ah nuvy hama.. 🙁 ekam miadhu miothee ehnve avahakah up kohlaafa.. al’hamdhulillaah.. 🙂 kuree part ge comment thakah noor reply kuraanan irukolhakun, in sha allah.. 🙂 jazakumullah khairan and LY all.. 🙂
wow new part
al’hamdhulillaah, yes dear.. 🙂
Yay. Thank you noor ??..
hehe.. marhabaa dear.. 🙂
Maasha Allah varah reethi??
jazakillah khairan dear.. 🙂
Just wow.. keep it up dear
jazakillah khairan dear.. 🙂
Masha Allah v reethi story eh but cover pic aa adhi mikanthah dhaagothaa nueh gulheh
Alhey masha allah mi part vs vvvv rythi??????aal ge boa harukan dhw… keep it up dear❤❤❤???
jazakillah khairan dear.. 🙂 hehe.. dhn balamaa dhw aalaa ge boa madu veytho.. 🙂
Masha allah vvvv reethi mi part ves…when next??…curiously waiting❤❤❤
jazakillah khairan dear.. irukolahun publish kureveytho noor try kuraanan, in sha allah.. 🙂 keep waiting dear.. 🙂
Mr Manik,
In the name of Anti Villanx association u r requested to stop whatever u r thinking abt ruining Mr and Mrs Dhaniyal’s happiness. If not it leaves us no choice but to take all legal and illegal actions in order to stop u. This is our advice and warning.??? DO NOT MESS WITH THEM OR U WILL REGRET IT LATER
Thank you.
Omg I love this comment???
Omo i love this comment
??
waau v habeys im with u too
alhey dear.. aalaa aa dhaaniyal vrh ufaavefa kanneynge mihaaru thibeynee.. hehe.. 🙂 in sha allah, hithaamayah fahu ufaaverikan annaane.. 🙂 btw jazakillah khairan dear.. dear ah aalaa aa dhaaiyal ge charecter kamudhey dhw? vrh ufaavehje.. 🙂
character*
When nxt part noor. ….thi prt is awwwsm. ..???
mirey in sha allah up kohladheveytho noor mi balanee.. 🙂 ehentha Naa? vrh vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂
Ma Sha Allah. Ma Sha Allah?
Mi paaartt varaahhhh loaaaabi. Aalaa ulheyy gothun heveneee hama. Alheyy dhaan happy vefa huhta fennaathee varahh happyyy veyy. Dhen dhaan dhera nukurahcheyy. Aalaa vess ehaa stubborn nuwe visnen vehjje ehnu. Dhaan akee goas meeheh nuuney. Dhaan akee Aalaa ah libeyne emme rangalhu husband. Adhi fahun visneyney aalaa ah in sha allah??
Manik. Alheyyy dhen. Manik ah ves visnadheeeba. Keehvetha ehaa rulhi annanee dhaan dheke. Manik ves aalaa aa ehvatharu meeheh dhw. Manik aa aalaa aa kanneyge marry kuruvanvee? dhemeehun visnun gengulhenee ehgothah viyya? or maybe manik aa shaziyya aa? manik aa egadee vaahaka dhehkee shaziyyya kanneyge dhw. Enuun meeheh ehaa rulhi anna kamah engifa eh nethehnu dho adhi. Or maybe hama vedhaane plot twist akh dhaan aa varah close meeheh kamahves. Anehka dhaan dhera kollan? dhen noo?
Anyywaayss. I just loooveeee this parrt. Dhemeehun varahhh looaabi. I want dhaan kahala husband eh in sha allah. Haha?
You are the best noor sis. Ly?☺
jazakillah khairan dear.. 🙂 hehe.. dhn balamaa dhw.. konme kuhjeh ves dhera vaa kanthah thah ves annaanennu dhw life ga. ehenney hama dhaaniyal ah ves evanee.. 🙂 hehe.. dhn balamaa dhw kuriyah oiyythaa aalaa kanthah kuraa gotheh.. 🙂 hehe.. manik dhw.. dhn kuriyah oiyy part thah up v varakun kiyaalamaa dhw manik kuraa kameh balailan.. 🙂 hehehe.. noor ah buneveynee dear ge thi hurihaa suvaalakaa dear ah thi shakku kurevey hurihaa kamehge javaabu kuriyah oiyythaa libigen dhaaney, in sha allah.. 🙂 jazakillah khairan dear.. 🙂 hehehe.. alhey, hehe.. 🙂 awww.. dear ves thy hama best eh ingey.. 🙂 <3<3<3<3<3
masha allah sis this story mee hama best . ly and your stories sis thikuraa masakkathuga mai allah barakkai lavvashi
ehentha? jazakillah khairan dear.. 🙂 aww.. <3<3<3<3<3 aameen.. maaiyy allah thibaage faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen… 🙂
Maasha allah..v v v v salhii..bunaane ehcheh ves neih…keekey bunaanee noor sis hama molhy ey..hehe..ly sis
jazakillah khairan dear.. 🙂 ehentha? vrh ufaavehje dear ah mi part kamudhiyaeema.. 🙂 hehe.. aww.. <3<3<3<3<3
Mashaa Alaah! V reethi mi vaahaka…miadhu adi mi vaahaka 27part ki mi vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi iburaithari vaahaka mi?????
jazakillah khairan dear.. 🙂 ehentha? ahaha.. jazakillah khairan dear.. vrh ufaavehje dear ah mi story kamudhiyaeema.. 🙂
Varah reethi. Abadhuves bele vaahaka up kuretho. Varah kiyahihve. Waiting for other part
Awwn☺?Jazakhallah khairan dear..nxt part vrh vrh avahah kiyaalan Beyrun…masha allah mi part vrh vrh vrh furihama..outta of words..dandelion heekuraa gothah mivaahaka kuriyah mi dhany..anyways..u r the best????
i have a doubt dhaan mom maruvumuge kuriah letter eh liyefa fohtakah liyehnu eyge vaahaka kobaatha eyga liyefa oi ehcheh balan jeheyne nun dhw
Evaahaka adhi annaane ey dear konmeves hisaabakun. Story nimeyiru dear ge hurihaa suvaalu thakah javaabu libifa nimeyynee in sha allah☺
ahaha.. e letter dhw? hurihaa kameh ehfaharakaa neyngidhaanennu dhw dear.. kuriyah oiyythaa theege vaahaka ves adhi annaane, in sha allah.. 🙂 yes, someone dear ebuny rangalhah.. hehe. 🙂
i love this part,,its osm…masha allah..vv cute couple eh ..bt aal ge boa harukamun vs dhw..bt im damn sure one day she will fall for him…luv u sis
ehntha vanee maya dear? vrh ufaavehje.. 🙂 hehe.. balamaa dhw dhn.. 🙂 aww.. <3<3<3<3<3
Varah reethi varah furihama
vrh vrh ufaavehje dear ah kamudhiyaeema.. jazakillah khairan dear.. 🙂
Aachaaa
hehe.. jazakillah khairan dear.. 🙂
Masha allah….haadha reecheyy mi part????…dhaaniyal and aalaa haadha cute eyy ulheyygoii??❤…keep it up sis???…may allah protect ur talent from evil eyes…
jazakillah khairan dear.. 🙂 ehentha dear? vrh ufaavehje dear ah mi part kamudhiyaeema.. 🙂 hehehe.. aameen.. maaiyy allah thibaage faafa fussavaa thibaa ah ves heyo rahmaiyy lavvaashi.. 🙂
Noor liyaa vaahka thah vararh reethi maashaa allah . When next part
noor dhen konvaahake
lianee
thauba mi story i think
vrh ufaavehje dear thihen bunelyma.. jazakillah khairan dear.. 🙂 noor ge innaane hulhukolhu kiyaa vaahaka eh.. mi story ge kurin liyunu vaahaka aee.. al’hamdhulillaah eythi innaanee nimmaafa.. 🙂 dhn thauba aee mi story nimunyma dhn kuriyah oiyy story, in sha allah.. 🙂
Noor next part kon irakun tha
mirey, in sha allah. mirey publish kureveytho noor mi masahkaiyy kuranee.. 🙂
nice
jazakillah khairan dear.. vrh ufaavehje adhy dear ah mi part kamudhiyaeema.. 🙂
Masha Allah. Finally we are married. Alhamdhulillah
Omg. I am a huge fan of you both. Congratulations on your marriage. Autograph please???
hehe
aww.. marhabaa dhekudhin! baahjaveri kaivenyakah edhen noor ge faraathun ingey.. hehehe.. 🙂
Jazakumallah noor and someone.
yes dear you can have our autograph.
Nice?❤❤.. waiting for the next part ?❤
Mr and Mrs. Dhaniyal.
We kindly send our most sincere regards to both of you congratulate you warmheartdly on the occasion of your wedding. We assure you that we would try our best to protect you both from all villianx. Wishing u a happy married life togther❤
I wanna join your association, too??
Our membership requires accurate spying skills n high qualifications of different forms of fighting including karate, judo n taekudo. Those interested to join can send their resumes along with our membership form. To download our membership form and for further information please visit our official website.
Note: our official website and other contactings will have high security therefore, our sincere apologies for any trouble.
Thank you
I have accurate spying skills and I also know karate well. I can learn judo and takudo. I’ve sent the resume and filled your membership form too. Hope you’ll accept ne as a member of your association.??
hehehe.. haadha cute kuhjekey miulheny.. dhaan & aalaa vrh ufaavefa mihaaru thibeyny dear ge comment thaha kiyaalaafa.. hehe.. 🙂
When next part??..
Kn irkun next part?
mirey, in sha allah.. 🙂
Omg??comments kiyaa iru hini annanee btw congrats dhaan and aalaa
hehe.. dhaan & aalaa ge faraathun dear ah “jazakallah khair”.. 🙂
Kobaa next part v vkiyaahithun meenee mihaaru kehmaduvefaa ??
mirey publish kohleveytho noor mi try kuranee, in sha allah.. 🙂 keiyytheri velaa ingey.. jazakallah khair yooh.. 🙂