ދުޢާ 25
“އައްސަލާމް ޢަލައިކުމް.. ތި އާދެވުނީދޯ.. މިއީ ކޮން ބައެއްތަ ދާނިޔަލް؟ ބޭބެއަށް ތައާރަފް ކޮށޤދޭން ވާނެ އިނގޭ.. ހިނގާ އަވަހަށް އެތެރެއަށް ދަމާ.. މިތާ ތިބެގެން ވާހަކައެއް ނުދެއްކޭނެއްނު ..” އަރީފް ދާނިޔަލްމެންނަށް ހިނިތުންވެލަމުން ބުނެލިއެވެ. އެހެން ކަމުން އެ ތިން މީހުން އަރީފްގެ ފަހަތުން ގޮސް އެގެއަށް ވަނެވެ. އަރީފް އިސްވެ ކުރީގައި ހުރެ ހިނގަމުން ދިޔުމުގެ ސަބަބުން ފެންނަން ހުރީ އޭނާގެ ފުރަގަހެވެ .
ތިން މީހުން ގޮސް ސޯފާގައި އިށީނދެލިއެވެ. އެވަގުތު އެންމެންނަށް އެކަކު އަނެކަކުގެ މޫނު ފެނުނެވެ. އަރީފްއާއި އާދިންގެ ދެލޯ ވަގުތުން ބޮޑުވިއެވެ. އަޒާންއާއި ދާނިޔަލް އެކަކު އަނެކަކުގެ މޫނަށް ބަލައިލުމަށްފަހު ބުމަ އަރުވާލީ ކިހިނެތް ވީބާވައޭ ސުވާލު ކުރާ ފަދައަކުންނެވެ.
އެހައިރާންކަން މަތީ އެމީހުން ތިއްބާ އެތަނަށް ޝަޒިއްޔާއާއި އާލާވެސް އައެވެ. އާލާއާއި ޚިލާފަށް ޝަޒިއްޔާ މޫނުމަތިންވެސް ފެނުނީ އަރީފްއާއި އާދިންއެކޭ އެއްފަދައިން ސިހުމާއި ހައިރާންކަމެވެ. “އާދިން..” އަރީފް މަޑުމަޑުން ބުނެލި އިރު އޭނާގެ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އާދިންއަށްވެސް ވީ އެފަދައިންނެވެ. ކުއްލިއަކަށް ދެމީހުން އައިސް ސަލާމް ކޮށްލުމަށްފަހު ބައްދާލިއެވެ. ދާނިޔަލް އަޒާންއަށް ބަލައިލިލި ވަގުތު އަޒާން ދެކޮނޑު އަރުވާލިގޮތުން އޭނާއަށްވެސް މިއިން ކަމެއް ނޭނގޭކަން ހާމަވެއެވެ.
“ކޮންތާކުތަ މިއޮށް ހުރިހާދުވަހު ތި އުޅުނީ؟ ހާދަ ދުވަހަކަށް ފަހުއޭ ދޯ މިދިމާވީ..” އަރީފް އާދިންގާތު އެ ހުރި ހިނިތުންވުން މަތީގައި ބުނެލިއެވެ. “އެއިރު މެރީ ކޮންގެން ކިޔަވަން ދިޔައީމަ ގެއްލުނީ.. ހެހެ.. އަރީފްވެސް އުޅުން ތަނެއް ނޭނގުނު އެފަހުން.. ގުޅާވެސް ނުލަމެއްނު..” އާދިންވެސް ވަކި ދުލެއް ނުދިނެވެ. ވާނުވާ ނޭނގުނު ނަމަވެސް އެދެމީހުންނަކީ ފުދޭވަރެއްގެ ގާތް ގުޅުމެއް އޮތް ދެމީހުންކަން ދާނިޔަލްއަށާއި އަޒާންއަށްވެސް އިނގުނެވެ. އެމީހުން ވާހަކައިގައި ތިބެގެން އިށީނުމުން ދާނިޔަލްމެންވެސް އިށީނެވެ. ޝަޒިއްޔާވެސް އައިސް އެތަނުން ސޯފާއެއްގައި އިށީން އިރު އާލާވެސް ޝަޒިއްޔާ ގާތުގައި އިށީނެވެ. އޭގެ އިރުކޮޅެއް ފަހުން ރުކާވެސް އައިސް އެމީހުންނާއި ބައިވެރިވެލިއެވެ.
ދާނިޔަލް ގާތު އިން އަޒާންގެ ލޯ އެހެން ދިމާލަކަށް ހުއްޓާލަންވެސް ނޭނގިފައި އިނީ އާލާ ކައިރީގައި އައިސް އިށީން ރުކާ ފެނިފައެވެ. އެހާ ރީތި އަންހެން ކުއްޖެއް އޭނާގެ ޙަޔާތުގައި ދުއް މިއީ ފުރަތަމަ ފަހަރެވެ. ކޮން ފަދަ ރީތީގެ ރާނީއެއް ހެއްޔެވެ؟ މާތް ﷲގެ ކުޅަދުންވަންތަ ކަމުގެ ރީތި މިސާލެކެވެ. ރުކާ އައިސް މަޑުމަޑުން އާލާއާއި ވާހަކަ ދެއްކި އިރުވެސް އޭނާއަށް އިނދެވުނީ ރުކާއަށް ބަލަހައްޓައިގެންނެވެ. ރުކާގެ ކޮންމެ ޢަމަލެއް ދިޔައީ އަޒާންގެ ހިތުގައި ބިންވަޅު ނެގެމުންނެވެ.
އާލާ އައިސް އިށީނުމާއިއެކު ރުކާ އޭނާގާތު އިށީނެވެ. “ބަލައިބަލަ.. އެއިނީ ޅިޔަނު.. ކިހާ ބަސް އަހާ.. ބޮޑެތި މިހުން ވާހަކަ ދައްކާތީ މަޑުން އެއިނީ.. އަދިވެސް އާލްއަށް ނުފެންނާނެ އެކަމަކު އޭނާގެ ރަނގަޅު ކަމެއް..” ރުކާ އާލާގާތު މަޑުމަޑުން ބުނެލިއެވެ. އާލާ ރުކާއަށް ބަލައިލުމަށްފަހު ލޯ އަޅާލިއެވެ. ކުރިއެކޭ އެއްފަދައިން މިހާރުވެސް އޭނާ އެ އިންނަނީ ވަރަށް ކެތްކޮށްގެންނެވެ. ދާނިޔަލް ފެނުނަސް އޭނާ ގާތަށް އަންނަނީ ނުލަފާ ރުޅިއެކެވެ.
“ޗުޕް.. އަނގަމަޑުން ލައިގެން އިނދޭ..” އާލާ ދެލޯ ހަނިކޮށްލަމުން ބުނެލިއެވެ. އެވަގުތު ރުކާ ލާނެއް ހިނިގަނޑެއް ހަމައެކަނި އޭނާއަށާއި އާލާއަށް އިވޭ ވަރަށް ޖަހާލިއެވެ.
“އެހެމް އެހެމް.. ކިހިނެތް ވެފަ ތީނީ؟ މިހާރު ކުޑޭއަށް އަޒާންއަށް ގޮވުނު އަދަދު އިނގޭތަ؟” ދާނިޔަލް އަޒާންގެ ކޮނޑުގައި ކުޑަކޮށް ޖަހާލުމަށްފަހު މަޑުމަޑުން ބުނެލިއެވެ. އޭނާއަށް ހޭވެރިކަން ވީ އެވަގުތުއެވެ. މާ ނޫންކަމަށް ހެދިލައިފައި ދާނިޔަލްއާއި ވާހަކަ ދައްކަން ފެށީ ދެރަ ނުވާންވެގެންނެވެ. އެ ދެމީހުންވެސް އިހަށް މަޑުކޮށްލައިގެން ބަހެއް ނުބުނެ ތިބީ އަރީފްއާއި އާދިންގެ ވާހަކަ އަޑުއަހާށެވެ.
“ކޮބާތަ މިހާރު ދޮންބެ؟ އަދީލްގެ ވާހަކަ މިބުނީ އިނގޭ.. އޭ އޭ.. އިހަށް މަޑުކޮށްބަލަ.. ދާނިޔަލް އާއި އާދިން ކޮން ގުޅުމެއް؟ ދާނިޔަލް އަކީ އާދިންގެ ދަރިފުޅުތަ؟” އަރީފް އެއްފަހަރާ އެތަށް ސުވާލެއް ކުރި އިރު އޭނާގެ މޫނު މަތި އިހުނަށްވުރެ އުޖާލާވެގެން ދިޔައެވެ. ނަމަވެސް އެ ސުވާލުތަކާއިއެކު އާދިންއާއި ދާނިޔަލްގެ އިތުރުން އަޒާންގެ މޫނުމަތިން މާޔޫސްކަން ފާޅުވިއެވެ. އާދިން ދާނިޔަލްއަށް ބަލައިލިވަގުތު ދާނިޔަލް ހިތި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
އަރީފް އިނީ އެމީހުންގެ އަމަލުތަކުން ނަގަންވީ ކޮން މާނައެއްކަން ނޭނގިފައެވެ. އެހެން ސޯފާއެއްގައި އިން ނަމަވެސް ޝަޒިއްޔާވެސް ހިނިތުންވެލައިގެން އިނދެ އެމީހުން ދައްކަމުން ދިޔަ ވާހަކަތަކުގައި ބައިވެރިވަމުން ދިޔައީ އާދިން އިނުމުންނެވެ. “ހެހެ.. ނޫން.. ދާނިޔަލް އެއީ ދޮންބެގެ.. އޭނާ ގާތުގައި އެއީނީ މަގޭ ދަރިފުޅު އަޒާން.. ދާނިޔަލްވެސް އެއީ ދެން ހަމަ މަގޭ ދަރިއެއް.. ދޮންބެ މިހާރު މިދުނިޔޭގަ ނެތް.. ދޮންބެވެސް ދޮންބެދައްތަވެސް…” އާދިން ބުނެލި ވާހަކައިން މުޅި އެތަނަށް ހަމަހިމޭންކަން ވެރިވެގެން ދިޔައެވެ. އާލާވެސް ދެލޯ ބޮޑުކޮށްލުމަށްފަހު ދާނިޔަލްއަށް ބަލައިލި އިރު އަރީފް އާއި ދެން ތިބި މީހުންގެ މޫނުމަތިންވެސް ފަޅުވަމުން ދިޔައީ އެކަހަލަ އަސަރުތަކެކެވެ.
“އެކްސް ކިއުޒް މީ..” އޭނާގެ މައިންބަފައިންގެ ވާހަކަތައް ހަނދާންވުމުން އަދިވެސް ދާނިޔަލްގެ ހިތަށް ވަރަށް އުނދަގޫވެއެވެ. އެހެން ކަމުން ހަމަޖެހިލުމަށްޓަކައި އެތަނުން ނިކުމެލަން ދާނިޔަލް ބޭނުންވިއެވެ. އިން ތަނުން ތެދުވެލުމަށްފަހު އެތަނުން ނިކުމެގެން ދާނިޔަލް އެގޭގެ ބަގީޗާއަށް މިސްރާބު ޖެހިއެވެ. އެޔަށްފަހު ގޮސް އެތަނުން ބެންޗެއްގައި އިށީނދެލިއެވެ. އުޑަށް ނަޒަރު ހުއްޓާލައިގެން އިން އިރު އޭނާގެ ހިތަށް ތަދުވަމުން ދިޔައެވެ. ނަމަވެސް ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދާލަން މަސައްކަތް ކުރީ އޭނާގެ މަންމަމެންވެސް ބޭނުންވާނީ މިއަދު އޭނާ އުފާވެފަ ހުންނަން ކަން އިނގޭތީއެވެ.
މިއޮށް ހުރިހާއިރު ދާނިޔަލް ދެކެ ރުޅި އައިސްއައިސް ހިތާހިތުން އެއްޗެހި ކިޔަން އިން އާލާ ހިނދުކޮޅަކަށް ނަމަވެސް ދާނިޔަލްއާއި މެދު ހަމްދަރުދީ އުފެދުނެވެ. އޭނާއަށް އެންމެ ހިނދުކޮޅަކަށްވެސް މައިންބަފައިންނާއި ދުރުން އުޅެން އުނދަގޫވާއިރު ދާނިޔަލްއަށް ވާނެވަރު ވަޒަންވެސް ކޮށްނުލެވެއެވެ. ދާނިޔަލް ތެދުވެގެން ދިޔަތަނަށް ބަލަހައްޓައިގެން އިން އާލާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އާލާއަށް ހޭވެރިކަން ވީ ރުކާ އޭނާގެ އަތުގައި ޖަހާލުމުންނެވެ. ދެންމެ ހިތަށް ވެރިވެގެންދިޔަ ޚިޔާލުތައް ހިތަށް އައުމުން އާލާ އެކަމާއި ދެކޮޅު ހެދިއެވެ. އޭނާ ދާނިޔަލްއަށް ހަމްދަރުދީވެގެން ނުވާނެއެވެ. ރަނގަޅަށް ވިއްޔާ މިހާރުވެސް އޭނާ އެއުޅެނީ މޮޅު ޑްރާމާއެއް ކުޅެގެން މީހުންގެ ރުހުން ހޯދާށެވެ. އާލާ އޭނާގެ ހިތަށް ހަރުކަށިކަން ވެރިކުރުވިއެވެ.
ދެރައީ އޭނާގެ ވިސްނުން ހުރި ގޮތެވެ . އޭނާއަށް ނޭނގުނު ކަމަކީ ކޮންމެ ފަހަރަކު ތިމާގެ ސިކުނޑި ބުނެދޭ ގޮތްކަކީ އެންމެ ރަނގަޅު ގޮތްކަމުގައި ނުވެދާނެ ކަމެވެ. އާލާއަކީ ގޮތް ދޫނުކުރުމުގެވެސް އިންތިހާއެވެ. އޭނާގެ ހިތް ބުނާ ގޮތަށް ހެދުންވެސް މިއަދު އޭނައަށް މުހިއްމު ނޫންފަދައެވެ.
ދާނިޔަލް ނިކުމެގެން ދިޔުމުން އަރީފް އާދިންއަށް ބަލައިލިއެވެ. އޭނާ އަރީފްގާތު ލޮލުން އިޝާރާރް ކޮށްލީ އަދި ރަނގަޅުވާނެކަމަށް ބުނަމުންނެވެ. އަޒާން އާދިންމެން ގާތު ބުނެލުމަށްފަހު ނިކުމެގެން ދިޔައީ އޭނާގެ ބޭބެ އޭނާގެ އެހީތެރިކަމަށް މިވަގުތު ބޭނުންވެދާނެތީއެވެ. “އާދިން.. ކިހިނެތްތަ ވީ؟ ހާދަ ކަންކަމެއް ބަދަލުވެފައޭ ދޯ މިހުރީ..” އަރީފް ހައިރާންކަމާއިއެކު ސުވާލު ކޮށްލި އިރު ޝަޒިއްޔާވެސް ނިކަން ފަރުވާތެރިވެ އަޑުއަހަން އިނެވެ. އާދިން އަކުރުން އަކުރަށް ދާނިޔަލް ކިޔައިދިން މިންވަރަށް ހުރިހާ ވާހަކައެއް ކިޔައިދިން އިރު އަރީފްގެ ހިތަށްވެސް ވަނީ ނުހަނު ފުން އަސަރެއް ކޮށްފައެވެ. އެއާއި ޚިލާފަށް ޝަޒިއްޔާއަށް ކަހައިރު ވަކު ދަނބެކޭވެސް ހީނުވެއެވެ.
“އާލް.. ހީވޭ ކަމެއް ހެން؟ އަދިވެސް ބުނޭ ދާނިޔަލްއަކީ ދުނިޔެމަތީ ލެއްވި އެންމެ ނުލަފާ މީހާއޭ.. ވިސްނާލަބަލަ.. މި ސިކުނޑި ދެއްވައިފަ ވަނީ ވިސްނަންށޭ..” ރުކާ މަޑުމަޑުން އާލާ ގާތު ބުނެލިއެވެ. “ދާނިޔަލްއަކީ ދުނިޔެމަތީ ލެއްވި އެންމެ ނުލަފާ މީހާ..” އާލާ ނިޔަފަތިތަކާއި ކުޅެމުން އެހެން ބުނެލީ ރުކާއަށް ޖެއްސުމަށެވެ. އެހެން ކަމުން ރުކާ އޭނާގެ އަތުގައި ކުޑަކޮށް ވިކާލިއެވެ.
***
ދާނިޔަލް ބެންޗްގައި އިނދެ އުޑަށް ނަޒަރު ހުއްޓާލިއެވެ. ސާދަވިލޭރޭގެ ހަނދު އުޑުގައި ރަސްކަން ކުރަމުން ދިޔަ އިރު މަދުމަދުން ވިލާތައް ހަރަކާތްތެރިވަމުން ދިޔައެވެ. އެ ހަނދު ކިތަންމެ އުފާވެފައި އުޖާލާވެފައިވީނަމަވެސް ދާނިޔަލްގެ މޫނުމަތިން އެ އުޖާލާކަމެއް ނުފެނެއެވެ. އެހިތުގައި ރިއްސަމުން ދިޔައިރު ލޯތެރޭގައި ކަރުނަތައް ވިދަމުން ދިޔައެވެ. ކިތަންމެ ވަރަކަށް ކެތްކޮށްފައި އެ ކަރުނަތައް ހިންދަން މަސައްކަތް ކުރި ނަމަވެސް އެކަން އަދި ދާނިޔަލްއަށް ކާމިޔާބު ވާގޮތެއް ނުވިއެވެ.
ބަގީޗާތެރޭގައި ދެޖީބަށް އަތްޖަހާލައިގެން ހިނގަމުން ދިޔަ އަޒާން ތަންތަން ހޯދަމުން ދިޔައީ އޭނާއަށް އެތަން އާވުމުންނެވެ . ނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާއަށް ދާނިޔަލް ފެނުނެވެ. އޭނާއަށް ފުރަގަސްދީގެން ބެންޗުގައި އިން އިރު ދާނިޔަލްގެ ބޯ ކުޑަކޮށް އުފުލިފައިވީގޮތުން އޭނާ އެއިނީ ކުޑަކޮށް ކަރުމައްޗަށް ޖަހައިގެންކަން އިނގެއެވެ.
“ހެއި ކުޑޭ ..” އަޒާން އައިސް ހިނިތުންވެލަމުން ދާނިޔަލް ގާތުގައި ބެންޗްގައި އިށީނދެލިއެވެ. އެވަގުތު ދާނިޔަލް އަވަސް އަވަހަށް އަނެއްފަރާތަށް މޫނު އަނބުރާލުމަށްފަހު ދެލޯ ފުހެލިއެވެ. ދާނިޔަލް އެގޮތަށް ކަންތައް ކުރުމުގެ ބޭނުމަކީ އަޒާންއަށް އެ ކަރުނަތައް ފޮރުވުން ކަމުގައިވީނަމަވެސް އަޒާންއަށް އެ މަންޒަރު ވަރަށްވެސް ރީއްޗަށް ފެނުނެވެ. އޭނާ އެއްޗެކޭ ނުބުނީ ދާނިޔަލް އެހެން ކަންތައް އެކުރީ އެވާހަކަ ނުދައްކަންވެގެންކަން އިނގޭތީއެވެ.
“ހާދަ ސަޅިއޭދޯ މިރޭ ހަނދު.. އަހާ.. ހިނގާ ފޮޓޮއެއް ނަގަމާ..” އަޒާން ވާހަކަ ދައްކަމުން ވާހަކައިގެ ފޯރިގަދަކުރަމުން ދިޔައީ ދާނިޔަލް ހަމައަކަށް އަޅުވާލުމަށެވެ. “ދެން މިސާލަކަށް ތި ފޮޓޮއިން ޖިންނިއެއް ފެނުނިއްޔޯ.. ދެން؟” ދާނިޔަލް ހިނި އައިސްފައި ބުނެލިއެވެ. އެވަގުތު އަޒާން އަވަސް އަވަހަށް ފޯނު ތިރިކޮށްލުމަށްފަހު ދާނުޔަލްއަށް ބަލައިލިއެވެ. އެޔަށްފަހު ބިރުގަންނަ ކަމަށް ހެދުނެވެ. އޭނާ އެގޮތަށް ކަންތައް ކުރީ ދާނިޔަލް ހެއްވާލުމުގެ ބޭނުމުގައެވެ. ކަންތައް ވީވެސް އެހެންނެވެ. ދެމީހުން އިރުކޮޅަކު އެތާ ތިބުމަށްފަހު ގޭތެރެއަށް ވަނީ މަޝްވަރާތައް ކުރިޔަށް ދާތީއެވެ.
“މިއޮށް އައީނު..” އަރީފްއާއި ވާހަކަދައްކަން އިން އާދިންއަށް އަޒާންއާއި ދާނިޔަލް އަންނަތަން ފެނިގެން ހިނިތުންވެލުމަށްފަހު ބުނެލިއެވެ. ދާނިޔަލްވެސް ހަމަޖެހިލުމަށްފަހު ހިނިތުންވެލަމުން ސޯފާގައި އިށީނެވެ. ނަމަވެސް އެންމެ ފަހަރަކުވެސް އޭނާ އާލާއަށް ބަލައިނުލައެވެ. އޭނާއާއި ޚިލާފަށް އާލާ ދޭތެރެއަކުން ދާނިޔަލްއަށް ނަޒަރު ހުއްޓާލައެވެ. ސަބަބެއް ޚުދު އާލާއަކަށްވެސް ނޭނގެއެވެ.
މުޅި ތަނުގައި ފޯރި ހިފާލައިގެން ދިޔައީ ކައިވެނީގެ ކަންކަމުގެ މަޝްވަރާ ފެށުމުންނެވެ. އެކި މީހުން ޚިޔާލު ދެމުން ދިޔައިރު ދާނިޔަލް ހަމައެކަނި އާނ ހޫމް ލައްވާލާކަމެވެ. ގިނަ ފަހަރަށް ޚިޔާލު ހުށަހަޅާ ގިނަ ވާހަކަތައް ދައްކަނީ ރުކާއާއި އަޒާންގެ އިތުރުން އަރީފް އާއި އާދިންއެވެ. ހީވަނީ ކައިވެނި ކުރަން އުޅޭ ދެމީހުންނަކީ އަޒާންއާއި ރުކާހެންނެވެ. އެހެން ކަމުން އެ ދެމެދުގައިވެސް އެކުވެރިކަމެއް އުފެދިގެން ދިޔައެވެ. އަޒާންއަށް އެކަން ވީ ބޮޑު މޮޅެއް ހާސިލްވުން ފަދަ ކަމަކަށެވެ.
އާލާ މަޑުން އިނީ އޭނާގެ އެއްވެސް ޝައުގެއް އެ ކައިވެންޏަށް ނެތުމުންނެވެ. ކޮންމެ މީހަކު ކޮންމެ ގޮތަކަށް ނިންމިޔަސް ވަރިހަމަވެލައިގެން އޭނާ އިނީއެވެ . ނަމަވެސް ޝަޒިއްޔާ އަނގަ ހުއްޓާނުލައެވެ. ކައިވެނީގެ ރޭ އާލާއަކީ މުޅި މިރާއްޖޭގައިވެސް ހުރި އެންމެ ރީތި ކުއްޖާއަށް ހަދަން ޝަޒިއްޔާ ހުރީ ފައިވިއްދާލައިފައެވެ.
އެރޭގެ ބައްދަލުވުން ނިމިގެން ދިޔައީ ކައިވެނީގެ ހުރިހާ ނިންމުމެއް ކަހަލަ ގޮތަކަށް ނިމިގެންނެވެ. އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމަށްފަހު ވަދާއީ ސަލާމް ކޮށްލައިފައި ދާނިޔަލްމެން އެގެއިން ނިކުތެވެ. އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ހިތްހަމަޖެހުމެވެ. “ކުޑޭ މީ އެހެން ނޫން ފައްކާ މީހެއް.. ހުރިހާ ކަމެއް ނިންމަން މި ޖެހުނީ އަހަރުމެންނަށް.. ދޯ ބައްޕާ.. ކުޑޭ އިނީ އަނގައިގަ ޓޭޕް އަޅައިގެން..” ކާރަށް އަރަމުން އަޒާން ސަމާސާ ރާގެއްގައި ބުނެލިއެވެ. އެހިނދު ދާނިޔަލްގެ ލުއި ހުނުމުގެ އަޑު ކާރުތެރެއަށް ވެރިވެގެން ދިޔައެވެ.
“ދެން އެހާ ކަމެއް ނޫނެއްނު އެއީ .. އަޒާންމެންނަށް ކަމުދާގޮތެއް ކުޑޭއަށްވެސް ކަމުދާނެ.. އެހާ ގޮތްބޮޑު ކުރާކަށް ނުޖެހެޔެއްނު.. ކީކޭ ތިއްތިބޭ ބުނަނީ؟” ދާނިޔަލް ހިނިތުންވެލަމުން ބުނެލިއެވެ. އާދިންވެސް އޭނާއާއި އެއްބަސްވުމުގެ ގޮތުން ދެތިން ބަހެއް ބުނެލިއެވެ.
***
“ބައްޕަ ވަރަށް އުފާވެއްޖެ މިރޭ.. ދެން މީގެ ދެހަފްތާ ވަރު ފަހުން ދަރިފުޅުގެ ކައިވެނި ކުރެވޭނެ.. އެއީ ބައްޕަމެން ވަރަށް ދެކެން ބޭނުންވާ ދުވަހެއް .. ދޯ ޝަޒިއްޔާ..” އަރީފް އާލާގެ ބޮލުގައި ފިރުމާލުމަށްފަހު ޝަޒިއްޔާއަށް ދޯދިނެވެ. ޝަޒިއްޔާ އެކަމަށް އެއްބަސްވީނަމަވެސް އޭނާގެ މޫނުމަތިން އެއްވެސް ޝައުޤުވެރިކަމެއް ފާޅެއްނުވެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އޭނާގެ ދަރިފުޅު ކައިގެނި ކުރަން އެއުލެޅީ އޭނާ އާލާއާއި ދެވަން އެންމެ ބޭނުން ނުވި ޒުވާނާއާއިއެވެ.
ޝަޒިއްޔާ އާއި އަރީފް ކޮޓަރިއަށް ދިޔުމުން އާލާއާއި ރުކާ ސިޓިންގް ރޫމުގައި އެކަނިވިއެވެ se puede encontrar aquí. އާލާ ސޯފާއަށް ވެއްޓިގަތް އިރު ރުކާ ހެވިދިލިފައި އެތަނުން އެހެން ސޯފާއެއްގައި އިނެވެ. “އާހާހާ.. ދުވަސްކޮޅަކުން ވަރުގަދަ ވެޑިންގް އެއް އޮންނާނެދޯ.. ވަރަށް މަޖާވާނެ.. އަދި ދޮންތަ ކައިރީ ބުނަންވެސް ވާނެއްނު..” ރުކާއަށް ލިބިފައިވާ އުފާވެރިކަން ބަޔާންކުރަންވެސް ދައްޗެވެ. ނަމަވެސް އާލާ އެއިންކަމަކަށް އަޅާވެސް ނުލިއެވެ.
“ރުކާ މީހަކާއި އިންނާކަށް ނުވޭތަ؟” އާލާ ލާނެއް ރާގަކަށް އަހާލިއެވެ. “ނޫނޭ.. މަވެސް އިންނަން ވީ.. އެކަމަކު އިންނާނެ މީހަކު ނުއެއް ނެތް އަދިއެއް.. އާލާހެން މަވެސް ދެން ރިލޭޝަންޝިޕަކަށް ނުގޮސް ސީދާ މެރިއޭޖާއި ދިމާލަށް މިސްރާބު ޖަހާނީ.. ކޮންމެހެން ހާސަރު ދިގުކުރާނެކަމެއް ނެތްތާ..” ރުކާ ވާހަކަ ދެއްކި ގޮތުން އާލާއަށް މަޖާވެގެން ހޭން ފެށިއެވެ.
“މަވެސް ހިތަށް އަރާ އާލާހެން މަށާއިވެސް ރީތި ޒުވާނެއް އިންނަން އަހާނެ ނަމައޭ.. ކިހާ ރަނގަޅު އެއިރަށް..” ހުވަފެނީ ރާގަކަށް ރުކާ ބުނެލިއެވެ. އާލާ ހެމުން ހެމުން އެވަގުތު ރުކާއާއި ދިމާލަށް އެއްޗެކޭ ބުނެލިއެވެ. އެހިނދު ރުކާގެ ޖެއްސުންކުރުންތަކާއި އާލާއަށް ކުރިމަތިލާން ޖެހުނެވެ. ރުކާ އާލާއާއި ދިމާކުރުމަށްފަހު އާލާ ރުޅިއަރުވާލައިފައި އެގެއިން ނިކުމެގެން ދިޔައެވެ.
“ކޮންތާކުން ހާދަ ލަސްވީމަ؟” ގޭތެރެއަށް ވަދެގެން އައި އާދިންއާއި އަޒާން ފެނި ސޯފާގައި ނޫހެއް ކިޔަން އިން މަނިކު އެ އިންގޮތަށް އިނދެ ސުވާލު ކޮށްލިއެވެ. ދާނިޔަލްގެ ޙަޤީގަތް އެނގުނު ދުވަހަށް ފަހު މަނިކު އެދަބަފައިންނާއި ބަރާބަރަށް ވާހަކަވެސް ނުދައްކައެވެ. “މިއައީ ދާނިޔަލްގެ ކައިވެނީގެ ކަންތަކުގަ އަންހެން ކުއްޖާގެ ގޭ މީހުންނާއި ބައްދަލުކޮށްލައިފަ..” އާދިން ދޮގު ހަދާކަށް ނޫޅުނެވެ. ވަރަށް ހަމަޖެހިލައިފައި އޭނާ ތެދު ހާމަކޮށްލިއެވެ.
އާދިންގެ ޖަވާބު އަޑު އެހުމަށްފަހު މަނިކު އެ ނޫހުން ނަޒަރު ވަކިކޮށްލިއެވެ. އެ ދެލޮލުން ފެންނަނީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. ނޫސް ކުޑަ މޭޒުމައްޗަށް ޖެހުމަށްފަހު ނުރައްކާ ފާޑަކަށް އާދިންއާއި ދިމާލަށް ބަލައިލައިފައި އެތަނުން ދިޔައެވެ. އާދިން އެކަންތައް މާބޮޑުކަމަކަށް ނެހެދިއެވެ. އަޒާންވެސް މަނިކުގެ އެ އަމަލަށް މާބޮޑު އަޅާލުމެއްނެތި އެތަނުން ދިޔައީއެވެ. ކާފަ ކަންތައް ކުރާގޮތުން އޭނާވެސް މިހާރު ހުންނަނީ ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ.
އާދިންމެން ގެއަށް ލައިފައި އައިސް ވަތް ދާނިޔަލްގެ މޫނުމަތީގައި ނިދީގެ އަސަރުތައް ފާޅުވޭވޭ ހުއްޓެވެ. ނިދަން އޮށޯތުމައްޓަކައި ތައްޔާޜުވެލައިގެން އައިސް އެނދުގައި ޖައްސާލިތަނުން ނިދީގެ ފުން ކަނޑަށް އޭނާ ޣަރަގުވެގެން ދިޔައީ ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ.
***
ހަނދު އޭގެ ވާޖިބު އަދާކުރުމަށްފަހު އިރަށް ފުރުސަތު ދެމުން ހަނާއަޅާލިއެވެ. ދުނިޔެމައްޗަށް އިރުގެ ރަންދޯދިތައް ވެރިވެފައިވާއިރު ވަރަށްވެސް ފުރިހަމައެވެ. ފިނިފިނި ވައިރޯޅިތައް އެއްވެސް ހުރަހެއްނެތި ގަސްތަކުގެ ފަތްތަކާއި ކުޅެލާއިރު ހިތަށް ލިބޭ ހަމަޖެހުން ބަޔާންކުރަންވެސް ދައްޗެވެ. ބަލައިލި ކޮންމެ ދިމާލަކުން ފެންނަނީ ﷲގެ ކުޅަދުންވަންތަކަމެވެ.
ހަމަޖެހިލައިގެން އިނދެ ކާރުގައި ދާނިޔަލް ދުއްވާލައިފައި ދިޔައީ ޑިއުޓީއަށެވެ. ކާރު ޕާކުކޮށްލުމަށްފަހު ޑޮކްޓަރ ކޯޓު އަތުގައި އަޅުވާލައިގެން ދިޔަ ދާނިޔަލްއަށް ހޮސްޕިޓަލްތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއިއެކު ހުރި ފިޔަވަޅުމައްޗަށް ގަނޑުވިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
34 Comments!
Comments are closed.





First..!??✨
hehe.. yess! unknown dear mifaharu first dhw? 🙂 marhabaa dear.. 🙂
assalaamu a’laikum my dear readers.. 🙂 noor ge faraathun thikudhin lavvaa ehaa dhigu inthizaareh kuruvunythy nihaayathah ma’aafah edhen.. 🙁 abadhu mihen noor ma’aafah edheythy thikudhin hiyyhama ves nujehidhaane.. ekamaku noor ah kanthah kurevuny rangalhah noonhen amilla nafsah ihusaas vaathyve ma’aafah edheny.. 🙁 konmeyakas miothee vaahakaige 25 vana bai up vefa.. 🙂 kuree part thakuge comment thakah reply nukurevunas noor kiyaalin hurihaa comment thakeh ves.. jazakumullah khairan all. 🙂 vrh ufaavi comment thah kiyaalaifa.. thiudhn thi dhey support ah noor shukuru adhaakuraane gotheh ves hama neyngey.. 🙂 dhn thikudhinge shakuvaa dhw.. hehe.. dhaaniyal abadhu dhera kuranee keehveheyyey dhw? 🙂 adi gandakah fahu usgandeh annaanennu dhw? ehn kamah ves vedhaanennu evanee.. maaiyy allah emme bodah imthihaan kuravvaanee ekalaange emme loabive vodigenvaa alhun dheke ehnu dhw? 🙂 in sha allah adhi dhaaniyal ah ves ufaaverikan libeyne.. kanthah hama badhaluvegen hingaidhaane ehnu konme fadha gothakah ves dhw? 🙂 in sha allah, kuriyah othy thikudhinnah ves vrh ufaaveri khabareh.. dhn balamaa dhw vaagotheh! jazakumullah khairan and LY all.. 🙂 <3<3<3
Masha Allah varah reethi mi part.
Dhen kihinehbaa vaanee?? V.v.v.v intesting
Kon irakun next part???
Jazakillah khairan dear.. 🙂 hehe.. balamaa dhw? hmmm.. kihineh baa dhw vaanee? visnaalamaa.. 🙂 in sha allah v haaves avahakah up kohladheveytho mi balanee.. 🙂 mirey ves liye nimihje nama hama up kohlan v.. in sha allah.. 🙂
Next part update vaane dhuvaheh bunelun ragalhu noor ge comment ga
Story reethi
mirey noony maadhan up kohlaanan, in sha allah.. 🙂 jazakillah khairan dear.. 🙂
Dhaniyal huri fiyavalhu mahchah gandu v anekka Aala dhaniyal ah bavan ready ah hureetha. Hure dhaane loa alhaigen vess e aala
hehehe.. neynge dhw.. balamaa dhn.. 🙂 jazakillah khairan dear.. 🙂
Ma Sha Allah. Mi part ves varah furihama. Sifa kurunthan kiyaadheefa huri gothun heevanee hama lolu kurimathee ekameh vaahen. Ehaa ves furihama. Ma sha Allah.?
And yes. Naseebakun aadhin aa areef aa turned out to be old friends. Thats a good news. So eyrah faseyha ves vaane emeehun kaiveni kuran cux trust dhw. Yess.?☺
Omg rukaa and azaan tha??? Alheyyy. They both also varah cute vaane. Aalaa aa dhaan aa loabi kuran ulhegen e dhemeehun kanneyge loabi vaane. Alheyyyy? Caant waaittt.?
And yesss. Dhaan happy kohleema azaan ahh biigg thank you ehhh. Thikahala cousins ulhenvaaane?
Anehka koncheh baa fenunee mi dhaan ah. Aalaa kanneyge dhw? Or maybe? Ahhh neyge? cant wait to know what happens. Cliffhangers in mihaaru mulhinves Noor sis part ninmaalanee curious kollaafa?
Noor sis. Sorry bunaakah nujeheyne ey. Its okay ey. We understandd☺
And anehka kon ufaaveri habarehtha. Caan’tt wait. Update as soon as possible? Ly?
jazakillah khairan dear.. 🙂 ehentha? vrh ufaavehje.. 🙂 hehehe.. yess dear.. 🙂 aee hama kureege dhe rahtehin.. 🙂 hehe.. balamaa vaa gotheh.. 🙂 aww.. cousins akee aslu hama siblings kahala, baeh faharah.. hehe.. 🙂 hehe.. koancheh baa dhw? dear alhe visnaalabala.. 🙂 hehehe..
aww.. jazakillah khairan dear.. 🙂 vrh ufaavey dear ge mikhalaa loabi loabi comments noor ah libeythee.. 🙂 hehe.. inthizaaru kohlamaa e ufaaveri khabarah!. 🙂 hehe, yess, in sha allah.. 🙂 aww.. <3<3<3<3<3
Mi part vx vrh reethi… waiting for the next part…
lLY ?
ehentha dear? jazakillah khairan shint.. 🙂 aww.. <3<3<3<3<#
Noor mihaaru haadha varakah inthizaaru kuran jahssany ???.. btw story hama best ingey. Maasha Allah.. varh interesting❤️ .
alhey dear.. vrh bodah sorry ingey.. noor hama bxy v ma nuvanee ey dear.. 🙁 vrh masahakaiyy kuran, ekam ves hama nuvanee.. 🙁 ehentha? vrh ufaavehje dear thihen bunelyma.. 🙂 jazakillah khairan dear. 🙂
Dear plx plx adhi eh part miadhu upkohdhyba v kiyaahuyyvey mivaahaka.
alhey.. hehe.. balamaa dhw dhn? 🙂 jazakillah khairan dear.. keiyytheri kamaaeku inthizaaru kohlamaa dhw? 🙂
I’m really sorry???kuda kameh vegen stry thah nukiyaathaa dhuvaskolheh vejje… ehnve cmnt nukurany… mihaaru hurihaa part ehvs kiyaifin nerefa huri… masha allah hulhukolhekey eggothah hama mivaahaka vs habeys…??? ?????????❤❤❤ sifakurun thah vs hama ehvana masha allah… dhn neii kada kameh… kncheh baa dhaan ah fenuny??? Interesting ????keep it up dear…???
aww.. its ok ingey twinkle dear.. 🙂 hama ehves massala eh noon aeeky.. al’hamdhulillaah, mihaaru kiihje ehnu dhw? 🙂 jazakillah khairan dear.. 🙂 asluvestha? vrh vrh vrh ufaavehje dear thihen bunelyma.. 🙂 hehe.. balamaa dhw.. 🙂 nxt part avahah kiyaalaa.. eirah dear ah ingeyne dhaan ah fenuny koancheh kan.. 🙂 jazakillah khairan dear. 🙂
Who is the writer of black rose
no idea.. 🙂 kihineh v dear? noor ah ingeny dear thibuni vaahaka akee noor liyunu vaahaka eh noonkan.. 🙂
I think Hoody
May b dhaaniyal ah fenuni manik and may b manik dhaaniyal accept kuraani.Hehe.May b…
Anyway this is an awesome story.
hehe.. balamaa dhw.. 🙂 jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂
Varah reethi..mashaa Allah? nxt part avahah up kohla dhybala
jazakillah khairan dear.. 🙂 dear avahah kiyaalaa ingey.. 26th part mihaaru innaanee publish kohlaafa.. 🙂
Varah reethi ❤❤❤??????kithahme ginadhuvaheh kohfa up viyas foohi nuve kiyaalevey vaahaka eh mi
jazakillah khairan dear.. 🙂 aww.. asluvestha? vrh vrh vrh ufaavehje dear thihen bunelyma.. 🙂 jazakillah khairan dear.. 🙂
Saif dho fenunee
hehe.. balamaa dhw.. 🙂 aneh part avahah kiyaalaa ingey.. eirah ingeyne dear ah, in sha allah.. 🙂 jazakillah khairan dear.. 🙂
masha allah sis mibai ves varah reethi
ehentha? jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi bai kamudhiyaeema.. 🙂
Oh my noor sis, ???????????Masha Allah vvv furihama…. Mind blowing ????????????????????vv curious mihaaru nxt part kiyaahithun hurevenyki nun ??????????????avahah up kohdhehchey.. Luv u sis u are the best ????????????????
hehe.. jazakillah khairan dear.. 🙂 hehe.. ehentha? avahah kiyaalaa ingey.. 26,27 innaane mihaaru up vefa.. 🙂 awww.. <3<3<3<3<3