Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (ހަތްވަނަބައި)

InaaSh Level 210 Stories100 Comments
October 8, 2018 5 Mins Read
33 Comments

ނޫރްއަށްވެސް މާހިލްފެނުމުން އެހެންދިމާއަކަށް ނަޒަރު ހުއްޓާލާކަށް ނޭންގުނެވެ. މާހިލް މިރޭހީވަނީ އަދި މާ ރީތިހެންނެވެ. ތައްޔާރުވެފައި ވާލެއް ވަރަށްވެސް ފުރިހަމައެވެ. ކަޅާއި ހުދުގެ ކޯޓުފަޓުލޫނާއިއެކު ބޯޓައިއެއް އަޅައިލައިފައިވާ އިރު ބޮލުގެ އިސްތަށިގަނޑަށް ވަނީ ނިކަން ހިތްގައިމު ގޮތެއް ހަދަައިލައިފައެވެ. ވަރަށް ޝާހީ ގޮތެއް ހުއްޓެވެ. ނޫރްއަށް ކަޅިޖަހާލަން ވެސް ނޭންގުނީ އެހެންވެއެވެ.
“އުހުމް…..އުހުމް….އޭރުވެސް ކުޑަދޮން ވާނިންއެއް ދިނީމަވެސް ތިހިރީ ވީ ވަރު….މިރޭ އަދިފަހުން ނޭންގެ ވާނެގޮތެއްވެސް…..ދޮންބެ ފެއިންޓް ނުވަށްޗޭ އިނގޭ…..ހެހެހެ….”
ނުއުމާން މާހިލްގެ ފޯނުނަގަމުން ދިމާކޮއްލިއެވެ. މާހިލް ހީލަމުން އަނެއްކާވެސް ނޫރްއަށް ނަޒަރު ހުއްޓާލިއެވެ. “މާޝަﷲ” އޭ ކިތައްމެ ފަހަރަކު ކިޔަސްވެސް މިރޭ ނުފުދޭނެކަން ގައިމެވެ. ނޫރްގެ ރީތިކަން މިރޭވިދައެވެ. ނޫރްހުދުކުލައިގެ ވެޑިންޑުރެސްގައި ހުރިއިރުގައި ކޮއްފައިވާ މޭކަޕްގެ ސަބަބުން ހީވަނީ އެހެންކުއްޖެއް ހެންނެވެ. ސާދާވިލޭރޭގެ ހަދުވެސް މިރޭ ނޫރްފެނިފައި ފިލާނެކަން ގައިމެވެ. ނޫރް އެހާވެސް ރީއްޗެވެ. ނޫރްއައިސް މާހިލްކައިރީގައި މަޑުކޮށްލި އިރުވެސް މާހިލްހުރީ ކަޅި ޖަހައިލަންވެސް ނޭންގިފައެވެ.
“ހިނގާ ދަމާ…..ކައިވެނި ކުރާ ވަގުތު ޖެހިއްޖެ…”
ނޫރްއާއި މާހިލް ކައިވެނި ކުރުމަށްޓަކައި މޭޒުކައިރީގައި އިށީންއިރުގައި ނޫރް އިނީ ބިރުން އަތާއި އަތްޖޯޑު ކޮއްލަކޮއްލައެވެ. މާހިލްއަށް އަބި ގަބޫލުކޮއްފީމޭ ބުނެވުނު ވަގުތު ހިތްހަމަ ޖެހުމެއް ލިބިގެން ދިޔައީ ނޫރް މާހިލްގެ މިލްކަކަށް ވެގެންދިޔައީމައެވެ. ނޫރްއަދިވެސް އިނީ ހިތްބިރުގަނެފައެވެ. ކައިވެނިކޮށްނިމި ކައިވެނި ޕާޓީ ކުރިއަށްދިޔައެވެ. ޕާޓީއަށް އައި އެންމެންގެ ދުލުގައިވެސް ވީ އަލަތު ދެމަފިރިންނަށް ތައުރީފުގެ ބަސްތަކެވެ.
“މާޝަﷲ….މިރޭ ހާދަލޯތްބޭ އަހަރެންގެ ވައިފް…..ސޯ ބިއުޓިފުލް…”
މީހުން މަދުވި ވަގުތުބަލާފައި މާހިލް ނޫރްގެ ކަންފަތްދޮށުގައި ބުނެލިއެވެ. ނޫރް ލަދުން އިސްޖަހައިލި އިރުގައި ރީތި ހިނިތުންވުމެއް ތުންފަތްމަތީގައި ވިއެވެ. މަޖާ އުފާވެރި ޕާަޓީއަކަށް ފަހު ކޮޓަރިއަށް ވަތް ނޫރްގެ ދެފައި ގަޑުވީ ކޮޓަރިފެނިފައެވެ.
“ބެޑް ބުރޭކް ކޮއްނުލަށްޗޭ….”
ޝެޒާ ދަމުންވެސް ނޫރްއާއި ދިމާކޮށްލިއެވެ. އެންމެން ކޮޓަރިން ދިއުމުން ނޫރްއަދި މާ ބޮޑަށް ހިތްބިރުގަންނަންފެށިއެވެ. އޭސީ ޖައްސައިފައި ހުރިއިރުވެސް ދާހިތްލަންފެށިއެވެ. ހިތްތެޅެމުން ދިޔައީ އެހާ ބާރަށެވެ. މާހިލް އައިސް ކޮޓަރިއަށް އައިސް ވަނީ ނޫރްއެހެން ހުއްޓައެވެ.
“ކިހިނެއްވެފަ ތިހުރީ…..ހާދަ ހާސްވެފަ….ވަރަށް ޓަޔަޑް ދޯ….އަހަރެންވެސް ރެސްޓް ކޮއްލަން ބޭނުމީ…”
މާހިލްއައިސް ސޯފާގައި އިށީންނަމުން ހަމަޖެހިލިއެވެ. މާހިލް ލައިގެންހުރި ކޯޓްބޭލުމަށްފަހު ގަމީހުގެ ބައެއް ގޮށްތައް ނައްޓަމުން ނޫރްއާއި ދިމާއަށް ހިނގާގަތެވެ. ނޫރްއަށް ބޭއިހްތިޔާރުގައި ފަހަތަށް ޖެހިލެވުނެވެ. މާހިލްއަށް ނޫރްގެ ހިތުގެ އިވުން އިވުނުފަދައެވެ.
“ޑޯންޓް ވޮރީ ލަވް….ނޫރް ރެޑީ ނޫނިއްޔާ އައިކެން ވެއިޓް…..ނޯ ވޮރީސް ލަވް…..”
މާހިލް ނޫރްގެ ނިތަށް މަޑުމަޑުން ބޮސްދެމުން ބުނެލީ ނިކަން ލޯބިންނެވެ. ނޫރް ހުރީ ބުނާނެ އެއްޗެއްވެސް ނޭންގިފައެވެ. މާހިލްހާދަ ރަގަނޅޭ ނޫރްގެ ހިތަަށްއެރިއެވެ. މާހިލްގޮސް ވަނީ ފާހާނައަށެވެ. މާހިލް ނިދަންލާ ސޯޓަކާއި ޓީޝާޓެއް ލައިގެން ފާހާނައިން ނިކުތް އިރުގައި ވެސް ނޫރް އެހުރި ގޮތަށް ހުއްޓެވެ.
“ދެން ތިހެން ތަ ހުންނަނީ؟…ދެން ދޭބަލަ ފްރެޝް ވެލައިގެން ޗޭންޖް ކޮއްލާގެން އަންނަން…..ވަރުބައްޔެއްވެސް ނުވޭތަ؟…އަހަރެން ހަމަގައިމުވެސް ވަރަށް ވަރުބަލި….”
މާހިލް ނިކަން ލޯބިން ނޫރްގެ މޫނަށް ބަލައިއެވެ.
“އަހަރެންގެ ވައިފް ހާދަ ލޯތްބޭ މިރޭ…..ދެން ދޭބަލަ ޖޭންޖް ކޮއްލައިގެން ނިދަން އަންނަން….”
މާހިލް ނޫރްގެ ކޮލުގައި ފިރުމާލަމުން އެދަށްއަރާ ގޮސް އޮށޯތެވެ. ނޫރް މާހިލްއަށް ބަލައިލަމުން ގޮސް ފާހަނާއަށް ވަނެވެ. ނޫރް ފާހަނައިން ނިކުތީ އަތްކުރު ޓީޝާޓަކާއި ދޫ ހަރުވާޅެއް ލައިގެންނެވެ. މާހިލް ލޯމަރައިލައިގެން އޮތްތަން ފެނުމުން ނޫރް މަޑުމަޑުން ގޮސް އަރާ އެދުގައި އޮށޯތެވެ. ނޫރް އިރުކޮޅަކު މާހިލްއަށް ބަލަން އޮވެވުނީ ނިދަންވެސް ނުކެރިފައެވެ.
“އަހަރެން ނޫރްކައެއް ނުލާނަމޭ…. ތިހެން ނޯވެ ނިދާބަލަ ދެން….ގުޑް ނައިޓް ލަވް…..”
މާހިލް އެހެންބުނެ ލޯމަރާލުމުން ނޫރްވެސް ހިނިތުންވެލަމުން ލޯމަރައިލީ ނިދޭތޯއެވެ. އަނެއްދުވަހު ހެދުނު ހޭލެވުނު އިރު މާހިލްފެންނާކަށް ނެތެވެ. ގަނޑިބަލައިލި އިރުގައި އަށެއްޖަހަނީއެވެ. މާހިލް ފާހާނައަށް ވަދެ އެއްޗެހި ބަދަލު ކޮއްލައި ހަދައިލައިގެން ނިކުމެވުނީ މާހިލްގެ ކުރިމަށްޗަށެވެ.
“ހޭލެވިއްޖެ ދޯ ވައިފީއަށް….ގޮވަންކަމަށް މިއައީވެސް ވަރަށް ހަންގްރީ….ހިނގާބަ ބްރެކްފާސްޓަށް ދަމާ…..ފަތިސް ނަމާދަށްވެސް ނޫރްއަށް ގޮވިން އެކަމް ހަބަރެއްނުވި…..އެހެންވެ ދެން ފޫހި ވެގެން މިއައީ ބުރެއް ޖަހާލާފަ…”
މާހިލް ކިތައްމެ ސާދާކޮށް ހުއްޓަސްވެސް ހާދަ ރީއްޗެވެ. އަތްދިގު ޓީޝާޓްއަކާއި އެކު ޖިންސެއްލައިގެން ހުރިއިރުގައިވެސް އެހާމެ ސްމާޓެވެ.
“ނޫރް ހާދަ ބަސްމަދުވެފަ…..ރޭންސުރެން އެއްވެސް އެއްޗެކޭ ނުބުނަމެއްނު….ހިތްހަމަ ނުޖެހިފަ ތަ؟…”
މާހިލް ނިކަން ސީރިއަސްވެލަމުން ނޫރްގެ އަތުގައި ހިފައިލިއެވެ.
“ނޫން…ކަމެއްނުވޭ….ކޮންދުވަހަކުން މާލެދަނީ….”
“އެންމެންދާނެ މިއަދު….އަހަރުމެން ދެކުދިންދާނީ އަދި ޓޫޑޭސް ވަރު މަޑުކޮށްލާފަ އެއްނު ދޯ….”
އެހާ ފަސޭހައިން މާހިލްއަށް އިތުބާރު ކުރާކަށް ނޫރް ބޭނުމެއްނޫނެވެ. އަދި ކައިވެނި ކުރިތާވެސް ސައުވިސް ގަޑިއިރުވެސް ނުވޭ ވިއްޔާއެވެ.
“ނޫން އަހަރެން ބޭނުމީ މިއަދު ދާން….”
ނޫރްގެ ޖުމްލައާއިއެކު މާހިލް ނޫރްގެ އަތުން ދޫކޮށްލިއެވެ. މާހިލްއަށް ނޫރްއާއި ދިމާއަށް ބަލާލެވުނީ އެހެންވެއެވެ.
“އޯކޭ ނޫރް ބޭނުންގޮތެއް…..”
މާހިލްއިތުރު އެއްވެސް އެއްޗެކޭނުބުނެ ގޮސް ސޯފާގައި އިށީނެވެ. މާހިލް ހިތްހަމަނުޖެހުނީއްޔޭ ހިތަށްއަރާ ނޫރްގޮސް މާހިލް ކައިރީގައި ސޯފާގައި އިށީނެވެ.
“އަހަރެން މާހިލްއަށް ޓްރަސްޓްކުރަން ޓައިމް ބޭނުން….ޓައިމް ބޭނުންވާނެ އެއްނު ދެމީހުން ދަސްވަން….އައި ނީޑް ޓައިމް…މާހިލް ދެރަކުރަން ބުނާ އެއްޗެއްނޫން….ދިސްއިޒް ޖަސްޓް ހާޑް ފޯމީ….”
ނޫރް މަޑުމަޑުން ވާހަކަ ދައްކަމުންދިޔައިރު މާހިލްއިނީ އަޑުއަހާށެވެ. މާހިލް އިރުކޮޅަކު ވާހަކަ ނުދައްކާ އިނުމަށްފަހު ވާހަކަ ދައްކަންފެށިއެވެ.
“އިޓްސް އޯކޭ…..އިންޝާﷲ ވިތު ޓައިމް ހުރިހާ ކަމެއްވެސް ރަގަނޅުވާނެ….”
މާހިލް ހިނިތުންވެލިއެވެ. ނޫރްވެސް ބޯޖަހައިލަމުން ހިނިތުންވެލިއެވެ. މާހިލްއާއި ނޫރް ހެދުނުގެ ސަޔަށްފަހު ދިޔައީ އަތިރިމަތީގައި ހިނގާލާށެެވެ.
“ޕޮއް…ސޯ ހައުވޯޒް ޔުއަރ ފަސްޓް ނައިޓް….ބެޑް ބުރޭކް ކޮށްލީތަ؟..”
ކުއްލިއަކަށް ޝެޒާއައިސް ބުނި އެއްޗަކުން ނޫރްގެ މޫނު ރަތްވެގެން ދިޔައެވެ. ނޫރްއަށް ބަލާލެވުނީ މާހިލްއާ ދިމާއަށެވެ. ނަމަވެސް މާހިލްއެއްވެސް އެއްޗެކޭ ނުބުނެ ކުރިއަށް ހިނގާގަތީއެވެ.
“ޝެޒް….މާހިލް ހުއްޓާ ކީކޭތަ ތި ކިޔަނީ…..މާހިލް ކީކޭ ހިތަށްްއަރާނީ….”
ޝެޒާ އެހެންބުނުމުން ނޫރް ހިތްހަމައެއް ނުޖެހުނެވެ.
“އޫޕްސް…..ސޮރީ…..އެމަޖަލަކަށް ބުނި އެއްޗެކޭ….ބަޓް ޑޫޔޫ ހޭވް ފީލިންގްސް ފޯހިމް އޯ ސަމްތިން؟…”
“އެއީ މިހާރު އަހަރެންގެ ފިރިމީހާ…..ނޯމެޓާ ވަޓް…..އައިވިލްބީ ފެއިތުފުލް ޓުހިމް….”
“އޯކޭ….އޯކޭ….ސޮރީ….ނޫރްގެ ހަޒްއޭ ކިޔާފަ ދެން އެއްވެސް އެއްޗެކޭ ނުކިޔާނަން ހެޕީ؟….”
ޝެޒާއާއި ވާހަކަ ދައްކާލުމަށްފަހު ނޫރްދިޔައީ މާހިލް ކޮބާތޯ ބަލާލުމަށެވެ. ނޫރްއަށް މާހިލްފެނުނީ ފާލަންމަތީގައި އިންދައެވެ. ނޫރްވެސް ގޮސް މާހިލް ކައިރީގައި އިށީނެވެ
“އަމް ސޯ ސޮރީ…..ޝެޒް ވަރަށް އަނގަގަދަ ވާނެ…..އޭނަ ކިޔާއެއްޗެއްސާ އަޅާލާނެ ކަމެއްނެތް….”
“ހެހެ،..އިޓްސް އޯކޭ…..އެހެންނޫނަސް އަދި އެ ސްޕެޝަލް ނައިޓް ކުރިއަށް އޮތީ އެއްނުދޯ…..”
މާހިލްގަސްދުގައި ނޫރް ލަދުގަންނަވާލަން ވެގެން ބުނެލިއެވެ. ވީވެސް މާހިލް ހީކުރި ގޮތެވެ. ނޫރް ލަދުން އިސްޖަހައިލިއެވެ. މިހެން ހޭދަކޮށްލެވޭ ކޮންމެ ވަގުތެއް މާހިލްގެ ހިތުގައި ބިންވަޅު ނެގެމުންދިޔައެވެ. މާހިލްގެ ހިތް ނޫރްއަށް ގަޔާވާން ފެށިތާ މިހާރު ކިތައްމެ ދުވަހެކެވެ. މަހިލްއަދިވެސް އިނީ ނޫރްއަށް ބަލަން ކަމުން ނޫރް އިސްއުފުލާލާކަށް ނޫޅުނެވެ.
“ކީއްވެ މާ ވަރަކަށް ތި ބަލަނީ؟…”
ނޫރް އެންމެ ފަހުން އަހައިލިއެވެ.
“ރީތި ވީމައެއްނު…..ރީތި އެއްޗެއްސަށް ބެލުމަކީ އިންސާނުންގެ ތޮބީއަތުގައި ވާކަމެއް ނޫންތަ؟…”
ނޫރްއަށް ހިނިތުންވެލެވުނެވެ. މާހިލްގައި ހުންނަ ސަމާސާ ގޮތްގަނޑު ނޫރްއަށް ވަރަށް ކަމުދެއެވެ. ދެމީހުން އެތަނުންދިޔައީ ޝާމާގުޅީމައެވެ. މޫސުން ގޯސްވުމުގެ ސަބަބުން އެއްވެސް ބަޔަކަށް މާލެދެވޭގޮތެއް ނުވިއެވެ.
އެހެންވެ ފުރުން ލަސްކޮށްލިއެވެ. އެހެން އުޅުނިއިރު މާހިލް ކޮންމެ ނަމާދު ވަގުތެއްގައި ކުރަން ހުންނަ ހުރިހާ ކަމެއް ހުއްޓާލައިފައި ނަމާދު ކުރަން ދާކަން ނޫރްއަށް ވަރަށް ފާހަގަކުރެވުނެވެ. މިކަމާ ނޫރް އެހާ ހައިރާންވީ ޒުވާން އުމުރުގައި މާހިލް ނަމާދަށް ބަހައްޓާ ފަރުވާތެރިކަންފެނިފައެވެ.
ނޫރް އެންމެ ފަހުން ނަމާދެއްކުރި ދުވަހެއް ވެސް ހަދާނެއްނެތެވެ. ޤްރުޢާން ކިޔެވި ހަދާނެއްވެސް ނުވެއެވެ. ނޫރްް ކޮޓަރިއަށް ދިޔައީ އިރުއޮއްސި އަދިރިވެސް ވީފަހުންނެވެ. ކޮޓަރީގެ ތަޅުހިފައިލަން އަތްދިއްކޮށްލި ތަނުން އިވިގެން ދިޔައީ ނުހަނު ރީތިކޮށް ޤްރުޢާން ކިޔަވަމުންދާ އަޑެވެ. ދޮރު ހުޅުވާލި ނޫރްއަށް ފެނުނީ މާހިލް ޤްރުޢާން ކިޔަވަން އިންދައެވެ. ނުހަނު ރީތިރާގެއްގައި މާހިލް ކިޔަވަމުން ދިޔައިރު އަޑުއަހާލަން ހާދަ ރީއްޗެވެ.
ނޫރް އިތުރަށް އެންމެ ފިޔަވަޅެއްވެސް ނާޅައި ހުރީ މާހިލް ކިޔަވަމުންދާ އަޑުއަހާށެވެ. ނޫރްގެ ގައިން ހީބިހި ނަގާގެންދިޔައީ ޤްރުޢާން ނުކިޔަވާތާ އެހާދުވަސް ވީކަން އެގުނީމައެވެ. ނޫރްވެސް އެގޮތަށް ޤްރުޢާން ކިޔަވަން ބޭނުންވިއެވެ. މާހިލްކިޔަވާ ނިމިގެން ބަލައިލި އިރުވެސް ނޫރްހަމަ އެހުރިގޮތަށް ހުއްޓެވެ.
“ހެހެ….ކިހިނެއްވެފަ ތިހުރީ؟..”
މާހިލް ޙަތިމްބާއްވަމުން އައިސް ނޫރް ގާތުގައި މަޑުކޮށްލިއެވެ.
“ކަމެއްނުވޭ….މާހިލް ކިޔަވާލެއް ރީތިކަމުން އަޑުއަހާލީ ހަމަ…”
މާހިލްނޫރްއާއި ވާހަކަ ދައްކާލަން އިނުމަށްފަހު ދިއުމުން ނޫރްވަނީ ފެންވަރާލާށެވެ. މާހިލް ކޮޓަރީގައި ނެތުމުން ނޫރް ފާހަނައިން ނިކުތީ ނިކަން ހަމަ ޖެހިލައިފައެވެ. ތުވާލި އޮޅާލައިގެން އަނގައިން މަޑު ރާގެއް ލައްވަމުން އިސްޖަހައި ލައިގެންއައި ނޫރް ގޮސް ލައިގަތީ މާހިލްގެ މޭމަތީގައެވެ. ނޫރް އިސްއުފުލާ ބަލާލަމުން ނިކަން ހަލުވި ކަމާއިއެކު ދުއްވައިގަތީ ފާހަނައާއި ދިމާއަށެވެ. މާހިލް ކައިރިއަށް އައީ ނުލަފާ ހިންޔެކެވެ. މާހިލްވެސް ހަމަ އެހާ ހަލުވިކަމާއި އެކު ގޮސް ހިފީ ނޫރްގެ އަތުގައެވެ. ނޫރްހުރީ މިފަދަކަމަކަށް ވިސްނައިގެން ނޫންކަމުން ލަދުންމަރުނުވީ ކިރިޔާއެވެ. ނޫރް ހުރީ ލަދުންހަދާނެ ގޮތެއްނޭންގިފައެވެ. މާހިލް ނޫރްގެ ކޯތާފަތުގައި ބޮސްދެމުން ކޮޓަރިން ނިކުމެގެންދިޔައީއެވެ. މާހިލް ކޮޓަރިން ނިކުތުމުން ނޫރްއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. އޭރުވެސް ނޫރްގެ ހިތްހީވަނީ މޭކަށިގަނޑު ފަޅައިލައިފައި ނިކުމެދާނެދާނެ ހެންނެވެ. ފާލަންމަތީގައި ހުރި މާހިލްއަށް ވިސްނެމުންދިޔައީ ނޫރްއާއި ދޭތެރޭގައެވެ. މާހިލްއަށް ހަމަ ރަގަނޅަށްވެސް ނޫރްދެކެ ލޯބި ވެވިއްޖެއެވެ. ނަމަވެސް އަދި ނޫރްގެ ހިތުގައި ވާ އެއްޗެއް ނޭންގެއެވެ.
ތިންދުވަސް ރިސޯޓުގައި ހޭދަކޮށްލުމަށްފަހު އެންމެން މާލެދިޔައީ ހިތްހަމަ ޖެހިފައި ތިބެއެވެ. ނޫރް މާހިލްއާއި އިންފަހުން އެގެއަށް ދެވޭތީވެ ހުރީ ވަރަށް ހާސްވެ ބިރުގަނެފައެވެ.
“ޑޯންޓް ވޮރީ ލަވް….”
މާހިލް ނޫރްގެ އަތުގައި ހިފައިލައިގެން ގޮސް ގޭތެރެއަށް ވަދެގެންދިޔައެވެ. ނޫރް މާހިލްއަށް ބަލާލަމުން ހިނިތުންވެލިއެވެ.
“ވެލްކަމް ނޫރް….”
އެންމެން އެކީގައި ހެން ނޫރްއަށް މަރުހަބާކިއެވެ.
“މާޝަﷲ….ދަރިފުޅުމެން ހާދަ ގުޅެއޭ….”
ޝާމާއައިސް ނޫރްގެ ބޮލުގައި ފިރުމާލަމުން ބުނެލީ ލޯބިންފުރިގެންވާ ރާގެއްގައެވެ. ޝާމާ ނޫރްގޮވައިގެން އެކޮޓަރިއަށް ދިޔައީ ވާހަކަ ދައްކާލުމަށެވެ.
“ދަރިފުޅު އެހާ ހާސްނުވަށްޗޭ އިނގޭ…..މީ ވެސް މިހާރު ދަރިފުޅުގެ ގެ އެއް….މަންމަގެ އެހެންކުދިންނެކޭ ނޫރްއެކޭ އެއްވެސް ތަފާތެއް ނޯންނާނެ…ކަމަކަށް ބޭނުންވެފަ ނުބުނެ ނުހުންނަށްޗޭ….މަންމަ ވަރަށް އުފާ ވެއްޖެ ނޫރްކަހަލަގެ ދަބިދަރިއެއް ލިބުނީމަ…”
ޝާމާގެ ލޮލުންކަރުމަ އައިތަންފެނި ނޫރްވެސް ފެންކަޅިވާ ގޮތްވިއެވެ.
“ދެމައިން ކޮން ވާހަކައެއްގައި….”
އަނިލްވެސް އައިސް ނޫރްކައިރީގައި އިށީނަމުންބުނެލިއެވެ. އަނިލްވެސް ނޫރްގެ ބޮލުގައި ފިރުމާލި ނިކަންލޯބިންނެވެ.
“ދަރިފުޅު އެއްވެސް ކަމަކާ ހާސް ނުވަށްޗޭ….މިގެއަކު ދަރިފުޅަށް އެއްވެސް ކަމެއް މަނާ ކުރާނެ އެއްވެސް މީހެއްނުހުންނާނެ….ތީ މިހާރު މިގޭ ކުއްޖެއް….ތީ މިހާރު އަހަރުމެންގެ ދޮށީ އަންހެންދަރިފުޅު…..”
ނޫރް އަނިލްއަށް ހިނިތުންވެލިއެވެ. އަނިލްއާއި ޝާމާ އެތަށް ވާހަކައެއް ނޫރްއާއި ދެއްކިއެވެ. އެތަށް ނަސޭހަތެއްދިނެވެ. ނޫރް އެކޮޓަރިން ނިކުމެގެން ދިޔައީ ވަރަށް ހިތްހަމަ ޖެހިފައި ހުރެއެވެ. ހިނިތުންވެލަމުން ސިޑިން އަރައިގެންދިޔަ ނޫރްގެ ފޯނު ރިންގުވަންފެށުމުން ނޫރްފޯނުނަގާ ކަންފަތުގައި ޖަހައިލަމުން ހަލޯއޭ ބުނެލިއެވެ.
“ލޯބީ….ކިހިނެއްތަ؟…ޑިޑް ޔޫ މިސްމީ؟..”
“ކާކު..؟..”
“އެހާ އަވަހާ ހަދާންނެތުނީތަ ލޯބީ….އިޓްސް މީ މުނާޒް….ވަރަށް އުފަލުން ދޯތިހުރީ އަހަރެން ޖަލަށް ފޮނުވާލާފަ….ޑޯންޓް ވޮރީ ލޯބީ އައި ވިލްބީ ބެކް ސޫން….މެރީ ކުރުންތީ ލޯބިއަށް ކުރެވުނު އެންމެ ގޯސް ކަންތައް….އެނީވޭ….ސީޔޫ ސޫން ލޯބީ….”
ނޫރްއެއްވެސް އެއްޗެއް ނުބުނެ އުޅެނިކޮށް މުނާޒްފޯނު ކަޑައިލިއެވެ. ނޫރް އަތުން ފޯނު ދޫވެގެން ބިންމަށްޗަށް ވެއްޓުނު އިރުގައި މީހާތުރުތުރު އަޅައެވެ.
“ނޫރް ކިހިނެއްވީ؟…ކާކު ގުޅީ؟…”
މާހިލްގެ އަޑުއިވި ނޫރްދިޔައީ ފާޑަކަށް ސިހިގެންނެވެ. އަވަސް އަވަހާ ސިިޑި މަތީ ފައިއަޅާލެވުނު ގޮތަކުން ވެއްޓެން ދިޔަ ނޫރްއަށް ބާރަކަށް ހަޅޭލަވައިގަނެވުނެވެ.
(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ހާސިލް ވުމަށް އެދި ހިތް ރޮނީ 16

Next

ހޯދޭތޯ މަންޒިލެއް… 2

Next
October 9, 2018

ހޯދޭތޯ މަންޒިލެއް… 2

Previews
October 8, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 16

33 Comments!

  1. InaaSh says:
    October 8, 2018 at 12:28 pm

    Ahsalamualikum all…so here is the seventh part…i hope you guys would like it..next part insha allah wednesdayga ?

  2. No one says:
    October 8, 2018 at 12:38 pm

    Yay! Me first dhw
    Btw mi part vx hama awesome

    1. InaaSh says:
      October 8, 2018 at 1:25 pm

      ? jazakillah khairan

  3. Reader? says:
    October 8, 2018 at 12:49 pm

    Mi part wes v reethi… waiting ?

    1. InaaSh says:
      October 8, 2018 at 1:25 pm

      Jazakillah khairan ?

  4. Munaz says:
    October 8, 2018 at 12:50 pm

    Noor aharen mi aee yey… noor lobi
    Hehe anw story nice igay ?

    1. InaaSh says:
      October 8, 2018 at 1:26 pm

      Jazakillah khairan ?

  5. Knmewes meeheh says:
    October 8, 2018 at 1:14 pm

    Yay munaz is back… hehe cant wait to read next part.. awsome?

    1. InaaSh says:
      October 8, 2018 at 1:26 pm

      Jazakillah khairan ?

  6. samm says:
    October 8, 2018 at 1:37 pm

    woww, vrh salhi mi part vx….. cn u make nxt part lil long,,,,,,whn nxt part?? waitinn

    1. InaaSh says:
      October 8, 2018 at 7:31 pm

      Jazakillah khairan… insha allah next part wednesdayga… and part dhigu kohleweytho balaanan.. ?

  7. Maahil says:
    October 8, 2018 at 3:44 pm

    Noor i will never leave you no matter what

  8. Munaz says:
    October 8, 2018 at 4:25 pm

    Nuney mahil….noor aee mage meeheh… stay away ?

  9. Shine says:
    October 8, 2018 at 5:13 pm

    Noon..noor e ee maahil ge haggeh????…btw mi part vx hama vrh habeys…??

  10. Noor says:
    October 8, 2018 at 5:18 pm

    Munaz my foot ? Kanthakaa jehuny ey… ?

  11. Mixuhan says:
    October 8, 2018 at 5:42 pm

    So interesting… Emme salhi hisaabun thi nimmaaly …curiously waiting for the next part ???

    1. InaaSh says:
      October 8, 2018 at 7:32 pm

      Jazakillah khairan ?

  12. mar-hath says:
    October 8, 2018 at 6:04 pm

    mi part ves v reethi
    waiting for the next part….

    1. InaaSh says:
      October 8, 2018 at 7:32 pm

      Jazakillah khairan ?

  13. Munaz says:
    October 8, 2018 at 7:30 pm

    Lobi rulhi naadheba… mahil aee kakutha ahnaa balaafa…?

    1. love says:
      October 9, 2018 at 1:13 pm

      Hahahahahahahahah???

  14. Jenna says:
    October 8, 2018 at 10:33 pm

    Dhen kihineh baa vany?
    Munaz is back
    I guess maahil ah kiyadheyne
    Kanneyge noor ge huriha vaahka eh or not?

    1. InaaSh says:
      October 9, 2018 at 6:01 am

      Vaa gotheh balama dho… ?

    2. No one says:
      October 9, 2018 at 10:19 am

      Nukiyaa dheyne hen heevanee eyrah dhw misunderstandings thakeh annaanee.. i mean vaahakaiga kunneh annaanee.. letx see..

  15. Noor says:
    October 9, 2018 at 12:15 am

    I think i have feelings for him ?
    I hate you munaz

  16. Khaleesi says:
    October 9, 2018 at 10:24 am

    Noor eh nukiyaadheyne maahil akah emme fahun kanthah thah goahun goahah dhiyaima maahil kairy bunaany or maahil ah ngeynee that’s what is gonna happen. Anyways story is really nice but sera writer please don’t make it like other stories same way don’t make it. And try to make a little longer please ?

    1. InaaSh says:
      October 9, 2018 at 3:32 pm

      Jazakillah khairan… ? its my first story so yes there is mistakes…and insha allah i will try to make other parts longer…

  17. Khaleesi says:
    October 9, 2018 at 10:24 am

    Dear*

  18. miky says:
    October 9, 2018 at 1:14 pm

    Wow

    1. InaaSh says:
      October 9, 2018 at 3:30 pm

      Jzakillah khairan ?

  19. Aisha says:
    October 9, 2018 at 4:03 pm

    Mi vaahaka boda vathari Hindi series akaa miavure ragalhu kolaa

  20. Haiii says:
    October 9, 2018 at 6:16 pm

    Mi vhk writer ehkon liye ninmaafatha othy…. comment nukirias haii hama gavaidhun kiyan ??

  21. Haiii says:
    October 9, 2018 at 6:21 pm

    Writer ehkon liyunytha mi vhk….n comment nukirias hama gavaidhun kiyan????

Comments are closed.

Next Episodeނޭދެން ވަކިވާކަށް (އަށްވަނަބައި)←


All Right Reserved!