Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނޭދެން ވަކިވާކަށް (ފަސްވަނަބައި)

InaaSh Level 210 Stories100 Comments
October 6, 2018 5 Mins Read
30 Comments

މާހިލްގެ ފަހު ޖުމްލައާއި އެކު ނޫރްއަށް ދެލޯ ބޮޑުކޮއްލަމުން އިސްއުފުލައި ބަލައިލެވުނެވެ. މާހިލްއަކީ މިހާކެރޭ ޒުވާމެއްކަމެއް ނޫރްއަކަށް ކުރިއަކުން ނޭންގެއެވެ. ނޫރް އިރުކޮޅަކު ވިސްނަން އިނުމަށްފަހު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލީ އިތުރުއެހެން ގޮތެއްނެތީމައެވެ. ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހަން ނުކެރިގެންނެވެ.
“ސޯ އިޓްއިޒްއަ ޔެސް ރައިޓް…..ސޯ ސޮރީ މިކަހަލަގެ ގޮތަކަށް ޕޮރޮޕޯސް ކުރެވުނީމަ….ނޫރްވެސް ބޭނުންވާނެ ދޯ ރޮމޭންޓިކް ޕޮރޮޕޯސަލްއެއް…ހެހެ…”
މާހިލް ކުޑަކޮށް ސަމާސާ ކޮއްލީ ނޫރްގެ މޫޑް ރަގަނޅު ކޮއްލުމުގެ ބޭނުމުގައެވެ. އެކަން ކާމިޔާބުވެސް ވިއެވެ. ނޫރްއަށް ކުޑަކޮށް ހިނިތުންވެލެވުނެވެ. ނޫރްއައިނު ނެގީ އެދެން އެޅުމުގެ ބޭނުމެއްނެތީމައެވެ. ނަމަވެސް ދެން ބުރުގާ ނެގުމުގެ ހިޔާލެއް ނޫރްގެނެތެވެ. ޢެހެންނޫނަސް ނޫރް ބުރުގާ ނަގައިފިނަމަ ރިޔާޒް ވަރަށް ރުޅިވެސް އަންނާނެކަން ނޫރްއަށް އިނގެއެވެ. ބުރުގާ އަޅައިފައި ނެގުމަކީ ކިހާ ހަޑިކަމެއްކަން ނޫރްއަށް ރަގަނޅަށް އިނގެއެވެ. ނޫރްއައިނު ނެގުމުން މާހިލްއަށް ކަޅިޖަހާނުލާ ބަލަން އިދެވުނެވެ. “މާޝަﷲ” މާހިލް ހިތާހިތުން ނޫރްއަށް ތައުރީފްކޮއްލިއެވެ. ކުޑަ އިރުކޮޅަކު ދެމީހުން އެތާގައި ވާހަކަ ދައްކަން ތިބީ ހަމަޖެހިލައިފައެވެ.
“ހިނގާ ދަމާ ދޯ…”
މާހިލްއާއި އެކުއެކީހެން ނޫރްވެސް ދާން ހިނގާގަތެވެ. ދެމީހުން އެކީގައި ްައައިސް ސިޓިންރޫމްއަށް ވަތްއިރުގައި ދެ އާއިލާވެސް ތިބީ އޮލަވާހަކައިގައެވެ.
“ކޮބާ ދެކުދިންއައީ ދޯ؟…މާޝަﷲ…. ހާދަ ގުޅެއޭ ދެކުދިން…”
ޝާމާއަށް ނީންދެވިގެން އައިސް ނޫރްގޮވައިގެން ގޮސް ޝާމާކައިރީގައި ބެއިންދިއެވެ. ޝާމާގެ މިއަމަލުން ވެސް މާހިލްއަށް ހިނިތުންވެލެވުނެވެ.
“ތި ދެކުދިން ބޭނުމީ ކޮންޑޭޓެއްގަ މެރީ ކުރަން…މެރީ ކުރަން ބޭނުން ނެތިއްޔާވެސް ބުނަންވީ އިނގޭހަމަ އެއްވެސް ޖެހިލުމެއްނެތި…ނޯ ބޮޑީ ވިލް ފޯސްޔޫ….އެހެންނޫނަސް މިދެކެވެނީ ތިދެކުދިންގެ މުސްތަގުބަލުގެ ވާހަކަ…އެހެންވީމާ ގޮތް ނިންމާނީ ތި ދެކުދިން ބޭނުންވާ ގޮތަކަށް….”
އަނިލްގެ މިވާހަކައަށް އާއިލާ އެންމެންވެސް ތާއީދު ކުރިއެވެ.
“ބައްޕާ އަޅުގަނޑުމެންގެ އެއްވެސް މައްސަލައެއްނެތް….ބައްޕަމެނަށް ފެނިލައްވާ ތާރީހެއް ނެގީމަ ރަގަނޅުވާނެ…..”
މާހިލް މިހެންބުނީ ނޫރްއާއި ދިމާއަށް ބަލާލުުމަށްފަހުގައެވެ.
“އެހެންވީމަ މިފެށޭ މަހުގެ ހަތެއް ރަގަނޅުވާނެ އެއްނު….އަދި އެބޮތް ތިން ހަފްތާއެއް ހާ ދުވަސް…..އަހަރެން ބޭނުމެއްނޫން ދެން މިކައިވެނި އެހާ ލަސްކުރާކަށް….އަހަރެން ބޭނުމީ ނޫރް ވީހާވެސް އަވަހަކާ ގެއަށް ގެންދަން….”
ޝާމާނެގި ތާރީހް އެންމެނަށްވެސް ކަމުދިޔައެވެ. އަންނަ މަހު ހަތެކޭ ބުނުމުން ނޫރްގެ ހިތްތެޅިލީ ނިކަންބާރަށެވެ. މާހިލްގެ އާއިލާ އެގެއިންދިޔައީ ކައިވެނީގެ އެކި ކަންކަން ރާވަންތިބުމަށްފަހު ވަރަށް ލަސްވެސް ވީފަހުންނެވެ.
“ބައްޕަ ވަރަށް އުފާ ވެއްޖެ ދަރިފުޅު އިންނަން އެއްބަސްވީތީވެ…..”
ރިޔާޒްހުރީ ވަރަށް އުފަލުންނެވެ. ނޫރްއަށްއެރޭ ނިދަންއޮވެ ވިސްނެމުންދިޔައީ ވާންއުޅޭ ކައިވެންޔާއި ދޭތެރޭގައެވެ. ނޫރް ދެންބޭނުމީ ރީތިކޮށް މާހިލްއާއި އެކީގައި ދިރިއުޅޭށެވެ. ކައިވެންޔަކީ ކުޅޭ ކުޅިވަރެއް ނޫންވިއްޔާއެވެ. ނަމަވެސް މިނިންމުނީ ރަގަނޅު ނިންމުމެއްބާއޭ ނޫރްގެ ހިތަށްއަރަމުންދިޔައެވެ. މިނިންމުމުގެ ސަބަބުން ނޫރްގެ މުޅި ދިރިއުޅުން އެއްކޮށް ބަދަލުވެގެންދާނެއެވެ. ނުވެސް ދަންނަ ނުވެސް އިނގޭ މީހަކާ އެކީގައި މުޅި ދިރިއުޅުން ހޭދަކުރެވިދާނެބާއޭ ނޫރްގެ ހިތަށްއެރިއެވެ. މާހިލްގެ ހާލަކީވެސް މިއެވެ. ދެމީހުންގެ ހިޔާލުތައްވެސް ގުޅިފައިވީ މިކައިވެންޔާއެވެ. އޭގެ ފަހުން ހަފްތާއެއްވީ އިރުވެސް ނޫރްއާއި މާހިލް ދިމައެއް ނުވެއެވެ. ނަމަވެސް ޝާމާ ދޭތެރެ ދޭތެރެއިން އެގެއަށްއާދެއެވެ. ޝާމާ ނޫރްއާއި ދޭތެރޭގައި ކަންތައްތައް ކުރާލެއް ރަގަނޅުކަމުން ނޫރްވެސް މިހާރު ޝާމާއަށް ވަރަށް އިހްތިރާމް ކުރެއެވެ. ދުވަސްތައް ފާއިތުވަމުން ދިޔައިރރު ދެގޭގެ މީހުންވެސް އަވަދިނެތި އުޅުނީ ކައިވެނީގެ ކަންކަން ހަމަޖެއްސުމުގައެވެ. ހީވަނީ ކުޑަވަރެއްގެ އީދެއްއައިސް ގެން އުޅޭހެންނެވެ. ހަވީރުގެ ވަގުތެވެ. ނޫރް އިނީ ސިޓިންރޫމްގައި މަންމައާއި އެކު ކުޑަމަސައްކަތެއް ކުރުމުގައެވެ. އެހެން އިންދަ ނޫރްގެ ފޯނު ރިންގުވަންފެށުމުން ބަލާލިއިރުގައި ގުޅަނީ ނުދަންނަ ނަންބަރަކުންނެވެ. ނޫރް އިރުކޮޅަކު އެއަށް ބަލަންއިދެފައި ފޯނު ނެގިއެވެ.
“އައްސަލާމް އަލައިކުމް…..”
އެއަޑަކީ ނޫރްއަށް ދުވަހަކުވެސް ދެން އޮޅޭނެ އަޑެއްނޫނެވެ. އެއީ ހަމަ އެ ހިތްގައިމު ރީތި އަޑެކެވެ.
“ވާލައިކުމް ސަލާމް….”
“ނޫރް ކިހިނެއް؟….”
“ރަގަނޅު….”
ނޫރް ފޯނުހިފައިގެން ދިޔައީ ކޮޓަރިއަށެވެ.
“ނޫރް މިރޭ ބިޒީތަ؟….”
“ނޫން ކިހިނެއްވީ؟…”
ނޫރްވެސް ކޮއްލީ ސުވާލެކެވެ.
“ސޯ ބީ ރެޑީ އެޓް އެއިޓް ތަރޓީ…. ދާނަން ނޫރް ޕިކްކުރަން….”
ކުޑަ އިރުކޮޅަކު ވާހަކަ ދެއްކުމަށްފަހު ފޯނުބޭއްވި އިރުގައި ނޫރްގެ ތުންފަތްމަތީގައި ވަނީ ހިނިތުންވުމެކެވެ. ނޫރް އަށްގަނޑިބައި ވުމުގެ ކުރިން ރެޑީވެގެން ހުރީ މާހިލްގެ އިންތިޒާރުގައެވެ. އަށްގަނޑިބައި ވީތަނާހެން މާހިލްގެ މެސެޖްކުރުމުން ނޫރްއަދިވެސް އެއްފަހަރު ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލަމުން ދާންހިނގާގަތެވެ. ނޫރްގޭން ނިކުތްއިރުގައި މާހިލްހުރީ ކާރުގައި ލެގިލައިގެން ހަށަންބަދެލައިގެންނެވެ. ހީވަނީ ފޮޓޯއަކަށް ހުއްޓިލައިގެންހުރި މޮޑަލްއެން ހެންނެވެ. ނޫރްފެނުމުން މާހިލްއަށްވެސް ބަލަންހުރެވުނީއެވެ. ކަޅުކުލައިގެ ކަށިމަށިމަށްޗަށް އަރާ ކުރުތާއަކާއި ޕީޗްކުލައިގެ ޝޮއުލްއަޅައިލައިގެން ހުރިއިރު ހީވަނީ ބޭރުކުއްޖެއް ހެންނެވެ. ޢެއްވެސް މޭކަޕްއެއް ނުކުރިއަސްވެސް ނޫރްގެ ރީތިކަންވިދައެވެ. ނޫރްއައިސް މާހިލްކައިރީގައި މަޑުކޮއްލިއިރުވެސް މާހިލްއަށް ހުރެވުނީ ބަލަހައްޓައިގެންނެވެ.
“މާހިލް….”
ނޫރް ގޮވާލުމުން މާހިލް ހިނިތުންވެލަމުން ނޫރްއަރަން ކާރުގެ ދޮރުހުޅުވާލައި ދިނެވެ. ނޫރް ހިނިތުންވެލަމުން ކާރަށް އަރާއިށީނެވެ. މާހިލް ކާރަށްއަރާ ދުއްވާލިއިރުވެސް ދާންއުޅޭތަނެއްގެ ވާހަކައެއް ނުބުނެއެވެ. ކާރުތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ދެމީހުންގެ ތެރެއިންއެކަކުވެސް ވާހަކަ އެއްނުދައްކައެވެ. ވިއްސަކަށް މިނެޓްގެ ދަތުރަކަށްްފަހު ކާރުގޮސް މަޑުކޮއްލީ ހުޅުމާލޭގައި ހުރި ރެސްޓޯރެންޓެއްގެ ކުރިމަތީގައެވެ. ނޫރްމާހިލްއާއި އެކުއެކީގައި ހެން ގޮސްއެރީ އެރެސްޓޯރެންޓްގެ އެންމެ މަށްޗަށެވެ. ނޫރްއެންމެ ހައިރާންވީ އެތާގައި އެހެން އެއްވެސް މީހެއްނެތީމައެވެ. އަނެއްކާ އެތަންތައްޔާރު ކޮއްފައިވާލެއްފުރިހަމަ ކަމުން ނޫރްހައިރާންވިއެވެ. މުޅި ތަޅުންގަނޑުމަތީގައި ހުރީ އަޑިނުފެންނަވަރަށް ރަތްހިތް ފުއްޕާހަމުން ފުރާލައިފައެވެ. އެހެންހުރުމުން ނޫރްއަށް ވަރަށްކަމުދިޔައެވެ.
“ނޫރްއަށް އެހާ ސިންޕަލްކޮށް ޕްރޮޕޯސް ކުރެވުނީމަ ޑޭޓްއަކަށް މިއައީ…. އަހަރެންގެ ވާންއުޅޭ ވައިފްވެސް ހިތްހަމަޖައްސާލަދެން ވާނެއެއްނު….އެހެންނޫނީ ފަހުވަގުތު ނޫރް އަހަންނާ ނީންދެފިއްޔާ ކިހާދެރަ….”
މާހިލް ވާންއުޅޭ އަބިމީހާއޭ ބުނުމުން ނޫރްއަށް ބުނެދެން ނޭންގޭފަދަ ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. މާހިލްގޮސް މޭޒުކައިރީގައި ހުރި ގޮޑިދަމާލައިދިނުމުން ނޫރް ހީލަމުންއޭގައި އިށީނެވެ.
“ބައިދަވޭ ދިސްއިޒް މައި ފަސްޓް ޓައިމް އޮންއަ ޑޭޓް….މިކަހަލަ ކަންކަމަށް ވަރަށް އާވާނެ އިނގޭ…ހެހެ…”
މާހިލްގެ ކޮންމެ އާދައަކާއި ވާހަކަތަކުން ނޫރްގެ ހިތް މާހިލްއަށް ލެބެމުން ދިޔައީ ނޫރް ހީވެސްނުކުރާހާ އަވަހަށެވެ. ނަމަވެސް އެކަން އެހާއަވަހަށް ނޫރް ގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކުރުމަށްފަހު ދެމީހުން ކާރަށް އަރަންދިޔައިރުގައި ދެމީހުންގެ މޫނުމަތީގައިވެސްވަނީ ރީތި ހިނިތުންވުމެކެވެ. ކާރާއި ދިމާއަށްދިޔަ މާހިލް ސިހުނީ ކުއްލިއަކަށް އަންހެންކުއްޖެއް އައިސް މާހިލްގެ ގައި ބައްދާލުމުންނެވެ. މާހިލްއަށް ބަލާލެވުނީ ނޫރްއާދިމާއަށެވެ. އަދި ކުއްލިއަކަށް އެއަންހެންކުއްޖާ ދުރައްލީ އިރުގައި މޫނުމަތިންއެވެސް އިހްސާސެއް ފާޅެއްނުކުރެއެވެ. ނޫރްހުރީ ވާނުވާ ނޭންގިފައެވެ. ދުވަހަކުވެސް ކުއްޖަކާ ރައްޓެހިނުވާއިރު މީ ކޮންއަންހެން ކުއްޖެއްބާއޭ ނޫރްގެ ހިތަށްއެރިއެވެ.
“އޯހް….މާހީ….އައިމިސްޑް ޔޫ….”
ރަނާހުރީ ހެވިދިލިފައެވެ. ނޫރްއަށް ކުޑަގޮތަކަށް ބަލާލަމުންއަނެއްކާވެސް މާހިލްގައި ރަނާބައްދާލަމުން މާހިލްގެ ކޮލަށް ދޮނެއްދިނެވެ.
“ރަނާ…..”
މާހިލްގެ އަޑުގައިވީ ފޫހިކަމާއި ރުޅިވެރިކަމެވެ. ރަނާގެ ޖައްސާފައިހުރި ރަތްލިޕްސްޓިކްއިން މާހިލްގެ ކޮލަށް އޭގެ ނިޝާންއަރާފައި ހުއްޓެވެ.
“މީ ކާކު….”
މާހިލްބުނި އެއްޗަކަށް ސަމާލުކަމެއްނުދީ ރަނާއަހައިލިއެވެ.
“މީޓް މައި ފިއޯންސޭ….އަހަރެންގެ ވާންއުޅޭ އަންހެނުން ނޫރް….”
މާހިލް ނޫރްގެ އުނަގަނޑުގައި އަތްއަޅުވާލަމުން ބުނެލީ ނޫރްގެ މޫނަށް ނިކަންލޯބިން ބަލާލަމުންނެވެ. ރަނާގެ މޫޑު ވަގުތުން ހަރާބުވިއެވެ. އަދި އެއްވެސް އެއްޗެކޭނުބުނު ދާންހިނގާގަތީ ނޫރްއަށް ލޯއަޅައިލަމުންނެވެ. ގެއަށް ދިޔައިރު ކާރުތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. ނޫރްވެސް އެއްވެސް އެއްޗެކޭ ނުބުނާތާންގައި މާހިލްއާއި ދިމާއަށް ބަލާވެސްނުލިއެވެ. ކާރުގޮސް ނޫރްގެ ގޭގެ ކުރިމަތީގައި މަޑުކޮއްލުމުން ނޫރް މާހިލްއަށް ބަލާލިއެވެ.
“ކޮލުގަ ލިޕްސްޓިކް މާކް ތިހިރީ….މީހަކަށް ފެނިއްޖެއްޔާ ހީކުރާނީ ކީކޭ….”
ނޫރްއެންމެ ފަހުންނީންދެވިގެންބުންޔެވެ.
“ހެހެހެ…އޭރުން އެންމެން ހީކުރާނީ ނޫރްގެ ކަމެއްކަމަށް…”
މާހިލް ސަމާސަކޮއްލި އަސްވެސް މިފަހަރު ނޫރުކައިރިއަށް ހިންޔެއްނާދެއެވެ.
ނަމަވެސް ނޫރްއިންގޮތުން މާހިލްކައިރިއަށް ވަރަށް ހިނިއައެވެ.
“ސޯ ރަނާ ދޯ….އެއީ އަހަރުމެން އޮފީސް މުއައްޒިފެއް….ރަނާ އުޅޭނެ އެހެން….އަހަންނަން ޕްރޮޕޯސްވެސް ކުރި ކިތައްމެ ފަހަރަކު….އަހަރެންގެ ޖަވާބަކަށްވީ އަބަދުވެސް ނޫނެކޭ….”
މާހިލް ރަނާގެ ހުރިހާ ވާހަކައެއް ނޫރްއަށް ކިޔާދިނެވެ.
“ސޯ ދެން މާކް ފުހެލަދޭންވީނު….”
މާހިލް ލާނެތް ރާގެއްގައި ބުންޔެވެ. ނޫރް ނޭނުކޭބުނެ ބޯ ހޫރާލަމުން ކާރުން ފައިބައިގެންދިޔައީއެވެ. މާހިލްވެސް ހީލަމުން ކާރުދުއްވާލީ ގެއަށް ދިއުމަށްޓަކައެވެ. ދުވަސްތައްހަލުވި ކަމާއިއެކު ފާއިތުވަމުންދިޔައެވެ. ކައިވެންޔަށް ވަރަށް ކުޑަދުވަސްކޮޅަކަށް ވެއްޖެއެވެ. އެރޭގެ ފަހުން ނޫރްއާއި މާހިލް ދިމައެއްނުވެއެވެ. ނަމަވެސް ދޭތެރެ ދޭތެރެއިން ފޯނުންވާހަކަ ދެކެވެއެވެ. ދެނަމާދުދޭތެރޭގެ ވަގުތެވެ. ނޫރްއޮތީ ފިލްމެއްބަލާށެވެ. އެހެން އޮއްވާ ފޯނުރިންގުވާތީ ބަލާލިއިރުގައި ގުޅަނީ ޝާމާއެވެ.
“ދަރިފުޅު ހާލު ކިހިނެއް؟….”
އާދައިގެ މަތިން ޝާމާއަބަދުބެސް ކުރާސުވާލު ކޮއްލިއެވެ. ނޫރް ހާލު ރަގަނޅޭ ބުނުމުން ޝާމާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
“މާހިލްދާނެ އަށެއް ޖަހާއިރު ދަރިފުޅުބަލާ….ރެޑީވެގެން ހުންނަށްޗޭ….”
ނޫރްއަށް އިތުރު ސުވާލެއް ނުކުރެވެނީސް ޝާމާ ފޯނުބޭއްވިއެވެ. ނޫރް އަވަސް އަވަހާ ގަޑިބަލާލަމުން ދިޔައީ އަށެއް ޖަހަންވާއިރަށް ތައްޔާރުވާށެވެ. ބުރުގާއެޅި ފަހުން މަންމަ ގަނެދިން ހެދުންތަކުން ނޫރްއަށް އެންމެ ކަމުދާ ހެދުންލައިގެން ރެޑީވެލިއެވެ. އަށެއްޖެހިއިރު މާހިލްހުރީ އެގޭގައެވެ. ނާހިދާއައިސް މާހިލްއައިވާހަކަ ބުނުމުން ނޫރް ތިރިއަށްދާން ހިނގާގަތެވެ. ނޫރްއަންނަތަން ފެނި މާހިލްއެދިމާއަށް ބަލާލިއެވެ. ނޫރް ގަޔަށް ދޫ ގަދަ ފެހިކުލައެއްގެ ކަކުލާހަމައަށް އަރާ ހެދުމަކާއި ކަޅުޝޮއުލްއެއް އަޅައިގެން ހުރުމުން ނިކަންރީއްޗެވެ. މާހިލްކަޅި ޖަހާނުލާ ބަލަންހުރުމުން ނޫރްއިސް ޖަހައިލިއެވެ.
“ހިނގާ ދާން….”
“ހެހެހ…އާން ހިނގާ…”
މާހިލްބޯ ކަހާލަމުން ބުނެލިއެވެ. މާހިލް މިރޭހުރީ ގަދަ ފެހި ކުލައިގެ އަތްކުރު ޓީޝާޓެއް ލައިގެންކަމުން އަތުގެ މުލައްދަޑީގެ ވަރުގަދަކަން ހާމަވެގެންދިޔައެވެ. ކާރަށް އަރާ ދުއްވާލިއިރުވެސް ދަނީ ކޮންތާކަށް ކަމެއް މާހިލްއެއް ނުބުނެއެވެ. ކުޑަ އިރުކޮޅެއްގެ ދަތުރަކަށްފަހު ކާރުގޮސް މަޑުކޮއްލީ ބޮޑުގެއެއްގެ ކުރިމަތީގައެވެ. ކާރުންފައިބައިގެން ދެމީހުންއެކީގައި ދިޔައިރު މާހިލް ގޮސްބެލް ޖަހާލުމުން ދޮރުހުޅުވިގެންދިޔައެވެ. އަނިލްގެ އާއިލާ އެންމެންތިބީ ދޮރުމަތީގައެވެ.
“މާޝަﷲ…ދަރިޅުމެން އެސްފީނާއިން ސަލާމަތް ކުރައްވަ ފާންދޭވެ….ވެލްކަމް ނޫރް….ދަރިޅުޅު އަންނަން އޮތްގެ މީ….”
ޝާމާއައިސް ނަޫރްގައި ބައްދާލަމުމް ބުނެލީ ނިކަންލޯބިންނެވެ.
“ދޮންބެ އާ ދޮންބެ ދައްތައާ ދެކުދިން އެއްބަސް ކިޔާފަ އެއްކުލައިގެ އެއްޗިސް ލައިގެން ތިބި ރެއެއް ދޯ….ވަރަށް ގުޅޭ އިނގޭ….”
ނުއުމާންއަށް ނުހުރެވިގެން މާހިލްއާއި ދިމާކޮަށްލަމުން ނޫރްއާއި މާހިލްގެ ފޮަޓޯއެއް ނަގާލިއެވެ. ޝާމާ ނޫރްގޮވައިގެން ގޭގެ އެކި ތަންތަން ދައްކާލަންދިޔައެވެ. ޝާމާ ނޫރްއަށް އެކި ވާހަކަތައް ކިޔާދެމުން ދިޔައިރު މޫނުމަތީގައި ވީ ހިނިތުންވުން ފިލާގެންނުދެއެވެ. ނޫރްއަށް ކާންވެސް އަޅާދިނީ ޝާމާއެވެ. ގޭ އެންމެންގެ ފަރާތުންވެސް ލިބެމުންދިޔަ ލޯބިން ނޫރް އިނީ ވަރަށް އުފާވެފައެވެ.
“މާހިލްދޭބަލަ ނޫރްއަށް ކޮޓަރި ދައްކާލަން…..އިޓްސް ގޮއިން ޓުބީ ހަރ ރޫމް ސޫން….”
މާހިލް މާމަޑުން އިނުމުން ޝާމާ ބުންޔެވެ. ޝާމާ މިހެންބުނުމުން ނޫރްގޮވައިގެން ދާން ހިނގާގަތެވެ. މާހިލް ގޮސް ސިޑިންއަރާ އެންމެ ކައިރީގައި އިންކޮޓަރީގެ ދޮރު ހުޅުވާލިއެވެ.
“ދޮރުމަތީގައި ނުހުރެ ވަދެބަލަ….”
ނޫރްމުވަދެ ހުންނަން ފެށުމުން މާހިލްކައިރިއަށް ހިނިއަންނަ ގޮތްވިއެވެ. ނޫރް ކޮޓަރިއަށް ވަންނަމުން ނަޒަރު ހިންގަލިއެވެ. ކޮޓަރީގައި ހުރީ ނޫރްއަށް އެންމެ ރީތި ދަބުކުލަ ލައިފައެވެ. އަދި އެކުލައާއި ގުޅޭ ބެޑްރޫމް ސެޓަކާއި ސޯފާސެޓެއް ހުއްޓެވެ. އަދި ފުދޭވަރެއްގެ ބޮޑު ބެލްކަންޔެއް ހުރުމުން ވަރަށް ހިތްގައިމެވެ. ނޫރްއެކި ދިމާއަށް ބަލަމުން ހިނގަނިކޮށް ފައިން މަޑުމަޑު އެއްޗެއްގައި ޖެހުމުން ސިއްސައިގެން ގޮސް ހިފާގަނެވުނީ މާހިލްގެ ގައިގައެވެ. މިފަދަ ކަމަކަށް ނުވިސްނާ ހުރުމުގެ ސަބަބުން މާހިލްއާއި ނޫރްއެކު އެކުއެކީގައި ގޮސް ވެއްޓުނީ ތަޅުންގަނޑު މަށްޗަށެވެ. ނޫރްއަށް އޮވެވުނީ މާހިލްގެ ގައިމަތީގައެވެ. ޢެވަގުތު ދެމީހުންގެ މެދުގައި ވައިރޯޅިއަކަށްވެސް ވަދެވޭ ވަރުގެ ޖާގައެއްނެތެވެ. އެވަގުތު މާހިލްއަށް ތަފާތު އިހްސާސް ތަކެއް ކުރެވިގެންދިޔައީ އަދި އަންހެންކުއްޖަކާ މިހާ ކައިރިވެވިފައި ނުވާތީއެވެ. މާހިލްގެ ބޮލަށް އެވަގުތު އިބިލީސް ސަވާރުވެގެން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. މާހިލްގެ މޫނު ނޫރްގެ މޫނާ މަޑުމަޑުން ކައިރިވަމުން ދިޔައިރު ނޫރްގެ ހިތްތެޅެމުންދިޔައީ އޮބިނޯންނަވަރަށެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

InaaSh

Level 210 Stories100 Comments

Other Articles

Previous

ވާނަން އެކީ 8

Next

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އާއި ވެދުން

Next
October 6, 2018

މުދައްރިސުންގެ ދުވަހުގެ ތަހުނިޔާ އާއި ވެދުން

Previews
October 6, 2018

ވާނަން އެކީ 8

30 Comments!

  1. Kamal says:
    October 6, 2018 at 1:53 am

    Saabalhey liyevifa hury ?? Ebahari rom kan araailaifa ??
    Dhigu minn ves hama ?
    Inshaa allah waiting for next?

    1. InaaSh says:
      October 6, 2018 at 6:00 am

      Hehe….jazakillah khairan ??

  2. Insha says:
    October 6, 2018 at 2:21 am

    When is the next part…C.A.N.’T W.A.I.T !!!!!!!! Masha allah so beautiful writing

    1. InaaSh says:
      October 6, 2018 at 5:59 am

      Jazakillah khairan…next part sundayga ??

  3. Reader? says:
    October 6, 2018 at 6:25 am

    Wow…..salhi mi baiwes…. waitin waitin ?

    1. InaaSh says:
      October 6, 2018 at 8:01 am

      Jazakillah khairan ?

  4. Noor says:
    October 6, 2018 at 6:27 am

    Mahil…. ??

    1. InaaSh says:
      October 6, 2018 at 11:01 am

      Noor ?

  5. Antharees says:
    October 6, 2018 at 6:41 am

    ? vrh reethi hama antharees vejje
    ?? Alhe maahil loabikann
    ? ? dhn alhe maahil hama noor aa marry kuraneetha

    1. InaaSh says:
      October 6, 2018 at 11:00 am

      Thi coment fenifa qes antharys wehje… hehe anw jazakillah khairan ?

  6. Munaz says:
    October 6, 2018 at 8:06 am

    Alhey mage lobiwa noor meehaka ihnany tha…? Dhan kihineh jaluga wes hama jehilaigen ihnaany… ?

    1. InaaSh says:
      October 6, 2018 at 10:59 am

      Hehe ?

  7. Shafoo says:
    October 6, 2018 at 8:15 am

    Inaash from thaa atoll tha..
    Vvv reethi mi story

    1. InaaSh says:
      October 6, 2018 at 10:59 am

      Jazakillah khairan ?

  8. N@$H says:
    October 6, 2018 at 8:44 am

    Masha allah. V v furihama story eh. ❤❤❤❤❤❤❤❤

    1. InaaSh says:
      October 6, 2018 at 10:59 am

      Jazakillah khairan ?

  9. Jenna says:
    October 6, 2018 at 8:47 am

    Woah!!!
    ?Maahil aa noor?
    Ekm noor hama ihnany maahil aatha

    1. InaaSh says:
      October 6, 2018 at 10:58 am

      Hmmm mahil aa noor aa two kudhin ?

  10. Star says:
    October 6, 2018 at 9:09 am

    Ohhh my god…maashaa allah .hama vrh reethi..???thi kuraa hiyy varakah hama saabas…mihaaru inaash ge fan akah vejje…?kn iraku bext part???

  11. samm says:
    October 6, 2018 at 9:25 am

    Whn next

    1. InaaSh says:
      October 6, 2018 at 10:58 am

      Tomorrow ?

  12. Sasha says:
    October 6, 2018 at 9:36 am

    avahah up kohdhyba please 🙁
    cant wait eyh Inaaash

    1. InaaSh says:
      October 6, 2018 at 10:58 am

      Insha allah madhama up kohlaanan

  13. Thaashaa says:
    October 6, 2018 at 11:19 am

    Wow salhi maahil

  14. Rifu says:
    October 6, 2018 at 1:45 pm

    Mahil & Noor❤?❤

    1. InaaSh says:
      October 6, 2018 at 2:49 pm

      ?

  15. Lallu says:
    October 6, 2018 at 2:33 pm

    Wow ….mahil and noor♡♡♡
    Waiting for nxt part

    1. InaaSh says:
      October 6, 2018 at 2:49 pm

      Jazakillah khairan ?

  16. No one says:
    October 6, 2018 at 4:23 pm

    Hama speech less.. ehaa vx furihama kiyamun dhiya iru heevee hama vaahakaige thereyga ulhevunu hen..

    1. InaaSh says:
      October 7, 2018 at 9:54 am

      Hehe jazakillah khairan ?

Comments are closed.

Next Episodeނޭދެން ވަކިވާކަށް (ހަވަނަބައި)←


All Right Reserved!