Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 20

Sh@_n@ Level 410 Stories100 Comments100 Login
October 4, 2018 5 Mins Read
18 Comments

ނޫން އަރޫ, އަހަރެމެންގެ ލައިފްއަށް ވަންނާނެ މީހުން ހުސްވީކީ ނޫން, އަދި ކުރިއަށް އޮތީ, ނަޢުފަލް އާ ހިސާބުން ނުނިންމާ, ވަރަށް ބޮޑު ތޫފާނެއް އަންނަން އުޅޭ ކަމުގެ އިހްސާސް ކުރެވޭ, ސާރާގެ ކޮންމެ ލަފްޒެއް ވީ އޭނާގެ ހިތުގައެވެ. ދުލުން ބޭރުކުރާހާ ހިތްވަރެއް ސާރާއަކަށް ނުލިބުނެވެ.

ދެމީހުންގެ ދެމެދަށް އިސާހިތަކު ހަމަ ހިމޭންކަން ވެރިވެގެންދިޔައެވެ. އަރުޝްވެސް އެއްޗެކޭ ބުނުމަށް ސާރާއަށް ގޮވާލުމަށްފަހު އިސްޖަހާލައެވެ. ދެ ފަހަރަކު އެގޮތަށް ކަންތައް ކުރުމުން ސާރާއަށް މަޑަކުން ނީނދެވުނެވެ.
” އަރޫ, ކިހިނެއްތަވީ, ތި ބުނަން އުޅޭ އެއްޗެއް ބުނެބަލަ, ވަރަށް ބޮޑު ވާހަކައެއް ބުނަންކަން އެނގޭ, ޕްލީޒް ބުނެބަލަ” ސާރާ އަރުޝްގެ އަތުތެރެ އަށް އަތް ލުމަށްފަހު އަތް ތަޅުވައިގަތެވެ. އަރުޝް ފުންނޭވާއެއް ލަމުން އިންތަނުން ތެދުވެ, ސާރާއަށް ފުރަގަސްދިނެވެ.

“ޕްރިންސެސް, މަ ފެށޭ ހަފްތާގައި މާލޭގައި ދާން ޖެހޭ, ހީވަނީ ތިންމަސް ވަރުވާނެހެން, ވަރަށް ދެރަވޭ ދާން އެކަނި ކޮއްލާފަ, އަބަދުވެސް ވަފާތެރިކަން މަތީ ހުންނައްޗޭ, އަހަރެން ވަރަށް ލޯބިވޭ ޕްރިންސެސް ދެކެ, އަހަރެން ދުރުގައި ހުއްޓަސް އަބަދުވެސް ވާނަން, އަހަރެން ދެން އަންނާނީ ޕްރިންސެސް އަހަރެންގެ މީހަކަށް ހަދަން, މި ބުނީ ކައިވެނި ކުރާންށޭ” އަރުޝްގެ ކޮންމެ ލަފްޒަކުން ސާރާގެ ހިތަށް ތަދުކުރަމުންދިޔައެވެ. އިސާހިތަކު ހިފެހެއްޓުނެއްނެތި ކަރުނަތަށް ފައިބައިގަތެވެ. އެކަރުނައަކީ ދެކަމަކާ ގުޅިގެން އަންނަމުން ދިޔަ ކަރުނައެވެ. އަރުޝްދާތީ ދެރަވުމާއެއްވަރަށް އަރުޝްއާ ކައިވެނި ކުރެވޭތީ ލިބުނު އުފަލުންނެވެ.

ސާރާ ލޮލުން ފައިބަމުން ދިޔަ ކަރުނަތަށް އަތުގެ ނުފުށުން ފޮހެލުމަށްފަހު ހަމަޖެހިލާ އިންތަނުން ތެދުވެ ފުރަގަސް ދީގެންހުރި އަރުޝްގެ ގައިގައި ފުރަގަހުން ބައްދާލިއެވެ. ސާރާގެ މި ހަރަކާތުން އަރުޝް ދިޔައީ ސިއްސައިގެންނެވެ. އަދި އަރުޝްގެ ގައިގައި ހިފަހައްޓާފައިވާ ސާރާގެ އަތުގައި އަރުޝް ހިފަހައްޓައިލިއެވެ.

” އަރޫ, އަހަރެން އަރޫ ނުހިފަހައްޓާނަން, އަހަރެންނަށް އެނގޭހާ ވެސް އެއްޗަކީ އަރޫ ކޮންމެ ކަމެއް ކުރާނީވެސް އަހަރެމެން ދެމީހުންނަށް ރަނގަޅަކަށް ކަން، އަހަރެން އަރޫއަށް އުމުރަަށްވެސް އިންތިޒާރުކުރާނަން, މި ލޯތްބަކީ ބަދަލުވާނެ ލޯތްބެއް ނޫން, އަރޫ ދެކެ އަހަރެންވަނީ ސާފް ތެދުވެރި ލޯބި, ދެރަނުވޭ, އަހަރެން އުފަލުން އަރޫގެ ކޮންމެ ކަމެއް ބަލައިގަންނާނަން” ހިތުގެ ރިހުމާއި ވޭން ސިއްރުކުރަމުން ސާރާ އިތުރަށް ބައްދާލިއެވެ.

އަރުޝް ސާރާގެ އަތް ނައްޓުުވާލުމަށްފަހު އަރުޝްގެ ކުރިމައްޗަށް ސާރާ ގެނެސް އިސްޖެހިފައިވާ މޫނު އުފުލާލިއެވެ. އަދި އަރުޝް ސާރާގެ ނިތަށް ބޮސްދިނުމަށްފަހު ސާރާދެކެ ލޯބިވަނީ އެހެންވެޔޭ ބުނެލިއެވެ. ސާރާ އިތުރަށް ރޮވިދާނެތީ އަރުޝްގެ މޭގައި ބޯ އަޅާލާ މޫނު ފޮރުވާލިއެވެ. ސާރާގެ ހޫނު ނޭވާ އަރުޝްގެ ކަނދުރާއަށް އިހްސާސް ކުރެވެންފެށުމާއެކު އަރުޝްގެ ނޭވާ އަވަސް ވާން ފެށިއެވެ. މުޅި ގައިން ހީބިހި ނަގާ, ހިތް ގޯސްވާ ހިސާބަށް މިސްރާބު ޖެހުމާއެކު އަރުޝް އަމިއްލަ މީހާ ހަމަޔަކަށް އަޅުުވަމުން ސާރާ ގަޔާ ދުރުކޮއްލިއެވެ. އަދި ސާރާގެ އަތުގައި ހިފައިގެން ގޮސް އަނެއްކާވެސް އިށީނެވެ.

” ތިޔެއްނޫނޭ, ވާނެދޯ ދަތުރަކު ދާން, އެެންމެން, ވަރަށް މަޖާވާނެ” މިހެންބުނެ ދަތުރު ގޮއްސަ ކުރާނެ ކަންތައް އަރުޝް ކިޔަމުން ދިޔައެވެ. އަރުޝްގެ މޫނުމަތިން ވަގުތީ ގޮތުންނަމަވެސް ފެންނަމުން ދިޔަ ހިނިތުންވުންފެނި ސާރާއަށްވެސް ހިނިތުންވެވުނެވެ. ސާރާ އަރުޝްގެ ކޮނޑުގައި ބޯ އަޅާލާ ދެލޯ މަރާލީ ބޭކާރު ވިސްނުން އެވަގުތަށްވެސް ދުރުކޮއްލުމަށެވެ. އިރު ކޮޅަކު އެހެން އިނދެލުމަށްފަހު ދެލޯ ހުޅުވާލިއެވެ. އަދި އަރުޝްގެ ވާހަކައިގައި ބައިވެރިވިއެވެ.

ދެމީހުން ދެމީހުންނަށް އެތަކެއް ވައުދާއި ހުވާ ކުރަމުންދިޔައީ ކުރިމަތި ވަމުން އަންނަ ކޮޅިގަނޑުގެ ބާރުމިން ނޭނގިހުރެއެވެ. ކޮޅިގަނޑުން ސަލާމަތްވުމަށް އެކަކު އަނެކަކަށް އެއްބާރުލުން ދޭނެ ކަމާމެދު ސުވާލު އުފެދެއެވެ. ދެމީހުންގެ ބައްދަލުވުން ނިންމާލީ މާދަން ހާއްސަ ދުވަހެކޭ އިންތިޒާރުކުރާށޭ ސާރާ ކައިރީ ބުނެއެވެ.

އެރޭ ސާރާ ނިދަން ދެލޯ މަރާލާއިރަށް އަރުޝްއާ އެކީ ހޭދަކުރެވުނު ވަގުތުތަށް ސިފަވާންފެށިއެވެ. އެހެންކަމުން ބޭ އިހްތިޔާރުގައި ހިނިތުންވެވުނެވެ. ދެލޯ މަރައިގެން އިރުކޮޅަކު އޮތުމާއެކު ސާރާގެ ލޮލަަށް ނިދި ސަވާރުވިއެވެ.

އާ ދުވަހަކަށް އިރުއެރީ އެކި މީހުންގެ ހުވަފެންތަކުގައި އެކި ކުލަ ޖައްސައި ދެމުންނެވެ. އެހެންދުވަހާ ހިލާފަށް ސާރާގެ އަތްމަތި މާ އަވަސް ކަން އާފިޔާއަށް ފާހަގަވިއެވެ. އެހެންނަމަވެސް އެއްޗެކޭ ނުބުނެ ގޭ ފުޅަފިތެރެއަށް ވެއްޓިފައި ހުރި ބަނބުކެޔޮ ފަތްތަކެއް ނެގުމަށް އަވަސްގަތެވެ. ތުނޑު ފެއްސާފަައިވާ ފުދޭ ވަރަކަށް ހިމަ ދެ ފޫޓެއްހާ ދިގު ދަނޑި ހިފައިގެން ފަހަރަކު ފަތަކަށް އަމުނަމުންދިޔައެވެ. މީހަކު ސަލާން ގޮވި އަޑަށް އާފިޔާ ބަލާލިއެވެ. ދޮރުމަތީހުރި މީހާ ފެނި އާފިޔާގެ މޫނުމަތީގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ.

“އަހަ, އެކޮއި, އާދޭ އަވަހަށް އެތެރެއަށް” ކުރިމަތީ ހުރި އަރުޝް ފެނިފައި ކުރަން ހުރި ކަންތަށް ހުއްޓާލާފައި އަރުޝް ކައިރިއަށް އަންނަމުން އާފިޔާ ބުންޏެވެ. އަރުޝް އާފިޔާގެ ފަހަތުން ދިޔައިރު ގޭ ވަށައިގެން ބަލަމުންދިޔައެވެ. ގޭތެރެއަށް ވަދެވެސް ފަހަރަކު ދިމާލަށް ބަލަމުންދިޔައެވެ. ކުޑަ އާދައިގެ އެހެނަސް ގޭތެރޭގެ ސާފްތާހިރުކަމުން އަރުޝް ހުރީ ހައިރާންވެފައެވެ.
“އަދި އަލަށްތަ މިކަހަލަ ގެއަކަށް ތި އާދެވުނީ”އަރުޝް މެދުގޭތެރޭގައި ހުރި އުނދޯލީގައި އިށީނުމާއެކު އާފިޔާ ސުވާލުކުރީ އަރުޝް މާވަރަކަށް ގޭތެރެ ބަލާތީއެވެ.
” އާނ އަދި ކިރިޔާ މިފެނުނީ މިކަހަލަ ހިތް ހަމަޖެހޭ އުފާވެރި ދިރިއުޅުމެއް އުޅެމުންދާ އާއިލާއެއް, މީހެއްގެ އެސްފީނާއެއް މި އާއިލާއަށް ނުދައްކަވާށި” އަރުޝްއަށް ހިތާ ހިތުން ބުނެވުނެވެ.

“އެކޮއެ އެއްޗެކޭ ބުނިންތަ” އާފިޔާ އަރުޝް އެއްޗެކޭ ބުނިހެން ހީވެގެން އަހާލިއެވެ.
“މި ބުނީ ގެ ކިތަންމެ ކުޑަޔަސް އާދައިގެ ގެޔަކަށްވިޔަސް ކިހާ އުފަލެއް އިހްސާސްވޭ, އަސްލު ހަގީގަތުގައި ރާއްޖެ ތެރޭގައި އުޅެން މާ ހިތްފަސޭހަވާނެ, ހާދަ ފުރިހަމައޭ މިގެ, ވަަރަށް ތަރުތީބު މިގެ”
އަރުޝް ގޭގެ ތަރުތީބު ކަމަށް ތައުރީފު ކުރިއެވެ.

“އާނ, ސާރާ ކޮންމެ ދުވަހަކު ގޭތެރެ ސާފްކުރާނެ, ގޭގެ ހުރިހާ ކަމެއް ބަލަހައްޓާނީ ސާރާ, އޯ, އަދި ހަނދާން ނެތިފަ މިހުރީ, ވާހަކައިގަ ޖެހިފަ މި އިނދެވުނީ, ކޮންމެސް އެއްޗެއް ބޯލައިގެން ދާންވާނީ, މަޑުކޮއްލާ އިނގޭ” އާފިޔާ ކުއްލިއަކަށް ހަނދާންވާ ގޮތަކަށް ބުނެލިއެވެ. އަދި ބަދިގެ ފަރާތަށް ގޮސް ސާރާ ނުފެނުމުން ފާހާނައިގަ އޭ ހިތައި އެނބުރި އައީ ފާހާނައިގެ ދޮރުގައި ޓަކި ޖެހުމަށްފަހުގައެވެ.

“ހީވަނީ ސާރާ ފެންވަރަނީހެން, އެބަ އަންނަން ޖޫސްތައްޓެއް ހިފައިގެން” އާފިޔާ މިހެންބުނެ ބަދިގެ ފަރާތަށް ދިޔައެވެ. އާފިޔާ ދިޔުމާއެކުހެން ސާރާ މަންމާއޭ ކިޔާ ގޮވަންފެށިއަޑުއިވުނެވެ. އުނދޯލީގައި އިން އަރުޝްއަށް ކުއްލިއަކަށް ކޮޅަށް ތެދުވެވުނީ މެދު ގޭތެރެއަށް ވަދެގެން އައި ސާރާ ފެނިފައެވެ. ސާރާ ބުރުގާ ނާޅާ ހުރިތަން ފެނުމާއެކު އަރުޝްގެ ލޭގެ ހިނގުން ބާރުވިއެވެ.ސާރާގެ އޮމާން ދޮން ކަދުރާ ހާމަކޮށް ފެންނަން އޮތުމާއެކު އެކު އަރުޝްއަށް ހިންދިރުވާލެވުނެވެ. އަވަހަށް އިސްޖަހާލީ ހުރެވުނު ތަން ހަނދާން ވުމުންނެވެ. އޭރުވެސް ސާރާ މަސައްކަތް ކުރަމުންދިޔައީ އިސްތަށިގަނޑުގަައި އޮޅިފައިވާ ވޫލް ނެއްޓުވޭތޯއެވެ. އަރުޝްގެ ބަސްނާހާ ހިތް އަނެއްކާވެސް ބަލާލުމަށް އެދޭ ވަރުން އަރުޝް ބަލާލިއެވެ.

“މަންމާ, އަޅެ އިސްތަށިގަނޑު ކޮށާލަންތަ, ހާދަ އުނދަގުލޭ, ދިގު ކުރަން ބޭނުންވިޔަސް ދެން ނުވާނެ”، ވޫލް ގަނޑު ނެއްޓުމުން ސާރާ ބުނެލިއެވެ. ވޫލް ނެއްޓުމާއެކު ސާރާގެ އިސްތަށިގަނޑު އެއްކޮއް ނިއުޅުނެވެ. ފޫކޮޅުން ތިރިއަށް ހުރި ކަޅުކަންގަދަ ފަން އިސްތަށިގަނޑު ފެނުމާއެކު އަރުޝްގެ ދެލޯ ބޮޑުވިއެވެ. އޭރުވެސް ސާރާއަށް އަރުޝް އެތާ ހުރިކަމެއް ރޭކާ ނުލައެވެ.

“މާޝާ ﷲ” އަރުޝްގެ އަނގައިން އެބަސް ނުކުމެ ސާރާގެ ކަންފަތާ ހަމައަށް އެއަޑު ފޯރިއެވެ. އެހެންކަމުން ހައިރާންވެ ހުރެ އަޑު އައި ދިމާލަށް ބަލާލެވުނެެވެ.

ކުރިމަތީ ހުރި އަރުޝްފެނިފައި ސާރާއަށް ވީ ގޮތްވެސް ނޭނގުނެވެ. ފުނަޔަކަށް ފުނަލެއް އެއްލާލުމަށްފަހު ދުން ޖަހައި އެތެރެއަށް ދެމިގަތެވެ. ސާރާއަށް ވީ ގޮތުން އަރުޝް ގާތަށް ވަރަށް ހިނިއައެވެ. އެވަގުތަކީ އާފިޔާވެސް އެތަނަށް އައި ވަގުތެވެ. އަރުޝް ހޭ ތަން ފެނުމުން އާފިޔާ ކިހިނެއްވީތޯ ސުވާލުކުރިއެވެ. އަރުޝް ކަމެއް މަތިން ހަނދާންވީއޭ ބުނެ ވާހަކަ އޮއްބާލިއެވެ.

“ސާރާތަ މާ ވަރަކަށް ހަޅޭލެވީ, ކީކޭ ކިޔާފަ އެދިޔައީ” އަރުޝްއާ އެ ސުވާލުކުރުމުން އެނގޭ ކަމަށް ނުހެދިއެވެ. އޭރުވެސް އަރުޝްގެ ލޯ ކުރިމަތީ ދެންމެ ހިނގި ކަންތަށް ސިފަ ވާން ފެށިއެވެ. އާފިޔާއާ ވާހަކަ ދައްކަން އިނުމަށްފަހު އަރުޝް ގެއަށް ދިޔައިރު ހެނދުނު 9 ޖަހަން ހުރީ ދެތިން މިނެޓެވެ. އެވީ ވަގުތު އާފިޔާ ސާރާއަށް ގޮވުމުންވެސް ސާރާ ނުނިކުތެވެ. އެހެންކަމުން މާޔޫސްކަމާއެކު ނުކުމެގެން ދިޔައީ އަދި ބައްދަލު ވާނެކަމުގެ އުއްމީދުގައެވެ.

މެންދުރު ފެންވަރައިގެން އަރުޝް ބަދިގެ ފަޅިއަށްދިޔައީ ބަޔަކު ވާހަކަ ދައްކާ އަޑު އިވިގެންނެވެ. އައިއިރު ބަދިގޭގައި ސާރާއާއި ޝާމިންގެ އިތުރުން ހަމީދުވެސް ތިއްބެއެވެ. އަރުޝް ވަނުމާއެކު ސާރާގެ ހުނުން ހުއްޓުނެވެ. އަރުޝް އައިސް އެމީހުންގެ ކުރިމައްޗަށް ވާ ގޮތަށް އިން ގޮނޑީގައި އިށީނެވެ. އަދި ހަމަ ޖެހިލަމުން ސާރާއަށް ބަލާލިއެވެ. އޭރު ސާރާ ފިޔައެއް ނޮޅަން މޭޒުކައިރީ ކޮޅަށް ހުއްޓެވެ. ހަމީދުއާއި ޝާމިން އާފަލަކާއި އޮރެންޖެއް މަށައިގެން ކާން ތިއްބެއެވެ.

އޭ, ތި މީހުންނަށް އެނގޭތަ ބޯ ކޮށާ މީހަކު, މިބުނީ ބޮލުގެ އިސްތަށިގަނޑު, ބައެއް ކުދިން އުޅޭ އިސްތަށިގަނޑު ދިގުވެގެން އުނދަގޫވެގެން, ހެއްވާ ތަންކޮޅަކީ އިސްތަށިގަނޑު ދިގުކުރަންވެސް ބޭނުންވާކަން” އަރުޝް އާފަލު ކޮޅެއް އަނގައަށް ލަމުން ސާރާއަށް ބަލާލިއިރު ސާރާ ހުރީ ލަދުން ހަލާކުވާ ވަރުވެފައެވެ. ސާރާގެ ލަދުގަނެފައިވި މޫނު ފެނުމާއެކު އަރުޝް ސާރާ އިތުރަށް ލަދުގަންނަ ވާލަން ބޭނުންވިއެވެ. ޝާމިން ކާކުހޭ އެހުމާއެކު އަރުޝް ހިނިތުން ވުމަށްފަހު އެއީ ހުވަފެނުން ފެނުނު އެއްޗެކޭ ބުނެލިއެވެ.

“އިސްތަށިގަނޑު ދިގުވީމަ ހާދަ ލޯބިއޭދޯ، އިސްތަށިގަނޑު ދިގު ކުއްޖެއް ކައިރީ ބުނާތި ނުކޮށާށޭ, އަސްލު ހާދާ ރީއްޗޭ, މޮޔަވާ ވަރުވޭ” އަރުޝްގެ ޖުމްލައިން ސާރާ އިތުރަށް ލަދުގަތެވެ. ހަމީދުމެން ދެން ހެވޭ, ހުވަފެނުގެ ވާހަކަ ނުދައްކާށޭ ބުނެލިއެވެ. ތިން މީހުން އެތަނުން ނުކުމެގެން ދިޔައީ މިސްކިތަށް ދިއުމަށެވެ. އަރުޝް އެތަނުން ދަމުން މިރޭ އަށަކަށް ރެޑީ ވުމަށް ބުނުމަށްފަހު ދަމުން ފަހަތަށް އެބުރި ފްލައިން ކިސްއެއް ފޮނުވާލިއެވެ. ސާރާއަށް ހިނިތުންވުން ނޫން ކަމެއް ކުރާކަށް ނުކެރުނެވެ.

ވަގުތުތަށް ފާއިތުވަމުން ގޮސް ރޭގަނޑު އަށެއް ޖެހީއެވެ. ސާރާ އަރުޝްގެ އިންތިޒާރުގައި ހޮޅު އަށީގައި އިނެވެ. އަރުޝް ސާރާ ފަހަތުން އައިސް ސާރާގެ ލޯ މަތީ އަތް އެޅުމުން ސާރާ އަރުޝްއޭ ބުނެލިއެވެ. އަރުޝް އެ ހުރިގޮތަށް ހުރުމަށްފަހު ލޯ މަތިން އަތްނަގާ ރީތިކޮއް އިނުމަށްބުނެލިއެވެ. އަދި އެއަށްފަހު ސާރާގެ ބުރުގާ ދޮށަށް އަތް ލެއްވުމަށްފަހު ކަރުގައި ވަރަށް ރީތި ރިހި ފަށެއް އެޅުވިއެވެ. އެ އެޅުވުމަށްފަހު ފުރަގަހުން ސާރާގެ ކޮނޑަށް އަތްވައްޓާލާ ގެއަށް ގޮއްސަކަމަށް ބެލޭނީ ބުނެލިއެވެ. އަދި އައިސް ސާރާގެ ކައިރީގައި އިށީނެވެ. އަދި އެފަށަކީ ދެމީހުންގެ ލޯބީގެ ހަނދާނެއް ކަމާއި އެފަށަށް ރައްކާތެރިވުމަށް ބުންޏެވެ. ސާރާ މުޅި އުމުރަށް ރައްކާތެރިވާނެ ކަމަށްބުނެ އަރުޝްގެ އަތް ނަގާ އެ އަތަށް ފިތާލީ ވަރަށް ލޯބިންނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ނޭދެން ވަކިވާކަށް(ތިންވަނަބައި)

Next

ރޯށޭ ވީ ހިތާމައިން

Next
October 4, 2018

ރޯށޭ ވީ ހިތާމައިން

Previews
October 4, 2018

ނޭދެން ވަކިވާކަށް(ތިންވަނަބައި)

18 Comments!

  1. Nash says:
    October 4, 2018 at 5:43 am

    Me first dhw,v nice story

  2. Me says:
    October 4, 2018 at 7:21 am

    Vrh reethi bt haadha lahunney up vany?

  3. Sh@_n@ says:
    October 4, 2018 at 7:48 am

    Thank you nash

  4. Sh@_n@ says:
    October 4, 2018 at 7:49 am

    Me thank you. Yaa I know dear laskan, sry for that, ekm dhen nuvaane ingey dheneh?????

  5. Sh@_n@ says:
    October 4, 2018 at 7:51 am

    Hii all readers, here 20th part. I hope hurihaa kudhin nah vess kamudhaane kamah. Story kiyaalaafa comment kohlahchey, luv u miss u all??❤?❤

  6. Faathun says:
    October 4, 2018 at 10:44 am

    V. Reethi mi vaahaka.
    Keep it up

  7. Kiuntheriyaa says:
    October 4, 2018 at 10:49 am

    Konme haalehga ulhen jehunas Sharaa & arush vaki nukurahchey vaahaka varah reethi Ekam lahee up vaaleh busy v ma vaagoiy dho

  8. Sh@_n@ says:
    October 4, 2018 at 11:38 am

    Faathun thanx alot❤??❤❤??

  9. Sh@_n@ says:
    October 4, 2018 at 11:40 am

    Thanx dear Kiuntheriya. Aslu vess v busy, ekm dhen balaanan avas kurevey thw.

  10. Sh@_n@ says:
    October 4, 2018 at 11:43 am

    And also Shane ge storys fb ga in naane share_na storys kiyaa page eh, eygen kiyaalan libeyne, nuhahgu loabi mi story in feshigen kiyan libeyne, hurihaa kudhin like eh dhehchey

  11. Queen Dandelion says:
    October 4, 2018 at 12:24 pm

    މާޝާ ﷲ އެވެ.☺ޝަނާ ތިކުރާ މަސައްކަތަށް އައްސަރިބަހާއި ސާބަހެވެ.
    ކުރިއަށް އިން ބައި މިއަށްވުރެވެސް ދިގު ކޮއްދޭނެކަމަށް އަޅުގަނޑު ހީކުރަމެވެ.?މާތް ﷲ ޝަނާ ސިސް އެސްފީނާ ލޮލުން ތަކުން ރައްކާތެރި
    !ކޮށްދެއްވާށިއެވެ

  12. Sh@_n@ says:
    October 4, 2018 at 5:37 pm

    Queen Dandelion. Thidhey hiy varah shukuru adhaa kuran, Thikahala hiy varuge basthakun ithuru hiy vareh libhigendhe. Adhi dhua aky thibaavess esfeenaage lolun salaamai kohdhevun. V bodah shukurihyaa dear

  13. Shine says:
    October 5, 2018 at 8:44 am

    Vrh reethi vrhaka eh maashaa allah.??..feshuneessure kiyamun mi dhani…kn iraku nxt part???thankolheh avaha up khdhechey..

  14. Shine says:
    October 5, 2018 at 8:44 am

    Vrh reethi vrhaka eh maashaa allah.??..feshuneessure kiyamun mi dhani…kn iraku nxt part???thankolheh avaha up khdhechey..

  15. Anonymous says:
    October 5, 2018 at 5:42 pm

    when next dear

  16. Maya says:
    October 6, 2018 at 12:39 pm

    Masha Allah…Haadha lahunneyy thi up kurani…. Wait kok koh varubali vehje.. Bt as usual. Vvvv reethii…. Vv interesting.. ???????????????????????????????luv yuh

  17. Naju says:
    October 6, 2018 at 2:10 pm

    ᗯOᗯ ᐯ ᑎIᑕE ???

  18. Shaba? says:
    October 21, 2018 at 7:05 pm

    Maashallah.. vrh reethi.. lahun up vaathii so sad.. curious for next part… ??????????

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 21←


All Right Reserved!