Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯބި ވީމޭ ސިއްރު ސިއްރުން (23

hattey Level 410 Stories100 Login100 Comments500 Login
October 8, 2018 7 Mins Read
16 Comments

މާލޭގެ ބަނދަރުން ނައްޓާލި ފެރީ މަދު މިނެޓްކޮޅެއްގެ ތެރޭގައި ވިލިމާލޭޭގެ ބަނދަރަަށް ވަނުމާއިއެކު އެމީހަކާ އެމީހެއް ފެރީއިން ފައިބާންފެށިއެވެ. އެހެންމީހުންނެކޭ އެއްގޮތަށް ދާނިޝްއާއި އަޒީލް ފެރީއިން ފޭބިއިރު އަޒީލްގެ އެދުމަަަކަށްއައި އިޔާޒްއާއި އޭނާގެ އެންމެގާތް އެކުވެރިޔާ ވެސް ވިލިމާލޭޭގެ ފަސްގަނޑުުގައި ފައި ބީއްސާލިއެވެެ. އިނާޔާއާއި ޝިފްނާގެ އާދޭހާާއިއެކު އެ ދަތުރުގައި ރީޝާ ވެސް ޙިއްޞާވިއެވެ. އިނާޔާމެންނާއިއެކު މަޑުމަޑުން ރީޝާވެސް ފެރީއިން ފައިބައި އެެދަތުރުގެ މޭސްތިރި ކަމުގައިވާ އަޒީލްގެ ފަހަތުން ހިނގައިގަތެވެ.

އަޒީލްގެ ޚިޔާލާއި އެއްގޮތަށް ރޭވިގެންދިއަ ދަތުރަށް ގެނައި ހުރިހާ ސާމާނެއް, ސާފު ހުދު ދޮންވެލިގަނޑުު މަތީގައި އިނާޔާ ފަތުރައިލިި ކުނާމަތީގައި ބަހައްޓާލުމަށްފަހު, ދާނިޝްއާއި އަޒީލް ހިނގައިގަތީ އެއްރާޅު އަނެއް ރާޅާއި ތޮޅެމުންދިއަ މޫދު ކައިރިއަށެވެެ. ރީޝާއާއި އިނާޔާގެ އިތުރުން ޝިފްނާ, ދޮންވެލިގަނޑުު މަތީގައި އިނާޔާ ފަތުރައިލިި ކުނާމަތިިން ޖާގައެއް ހޯދާލިއެވެ. އެ ދަތުރުގައި ބައިވެރިވި އިޔާޒްއާއި އޭނާގެ އެންމެ ގާތް އެކުވެރިޔާ އިޒްހާރު ވެސް ފަރާތަކަށް ހިނގައިގަތެެވެ. އިޔާޒްގެ އެކުވެރިޔާ އިޒްހާރުއަކީ ފޮޓޯގްރާފަރެއް ކަމަށްވީތީ އޭނާގެ ހަރަކާތްތަައް ހުރީ, ފަރުދާއަކާއި ނުލައި ފެންނަން ހުރި އެ ޗާލު މަންޒަރު, އޭނާގެ ކަރުގައި އޭގެ ވާފަށް އަޅުވާލައިފައިވާ ކެމެރާގައި ރައްކާ ކުރުމުގައެވެ. ފުދޭވަރަކަށް ހިތްގައިމު ގޮތަކަށް އޮތް އެދުވަހުގެ ދަތުރުގައި ރީޝާ ބައިވެރިވުުމަށް ފުރަތަމަ ދެކޮޅު ހެދިއެވެ. ހަނާޝްއާއި ވަކިން އަންނަން ޖެހުމުން ރީޝާ ކަންބޮޑުވާާކަމަށް ބުނެ އެކަމަށް އިންކާރު ކުރިއެވެ. އެހެންނަމަވެސް އެކަމުގައި ރީޝާގެ މަންމަގެ އެހީތެރިކަން ލިބުުމުން ފިކުރުތައް އެއްފަރާތް ކޮށްލަައިފައި ދަތުރުގައި ބައިވެރި ވުމަށް ރީޝާ އެއްބަސްވީއެވެ. އެ ދަތުރުގަައި ދާނިޝްމެން ބައިވެރި ވާކަން ރީޝާއަށް ވީ ސިއްރުވެފައެވެ. އެކަން އެނގިިގެން ދިއައީ ފެރީއަށް އަރައި ހުއްޓެވެ. އެކަމުގެ ޝަކުވާ ނުރުހިފައި ރީޝާ އުފުލުމުން, އެ ދަތުރަކީ އަޒީލްގެ ރޭވުމެއްކަމަށް ބުނެ އެކަން ސިއްރުކުރަން މަޖުބޫރުވީއޭ ބުނަމުން އިނާޔާއާއި ޝިފްނާ, ރީޝާގާތު މަޢާފަށް އެދުނެވެ. ކުދިކިޔާާލި ނަމަވެސް ރީޝާއަށް ޖެހުނީ އެ ދެމީހުންނަށް މަޢާފު ކުރާށެވެ.

“ކޮންކަމަކާތަ މާވަރަކަށް ތި ހެނީ…؟” މީގެ ދެދުވަސް ކުރިން ދިމާވިި ހެއްވާމަޖާ ވާހަކައެއް އިނާޔާ ޙިއްޞާކޮށްލުމުން ތިންމީހުންނަށް ވެސް ހެވެންފެށުނުު ވަގުތު އިޒްހާރު އެތަނަށް އައެވެ. އެއާއިއެކު ތިންމީހުންގެ ހުނުން ވެސް ކުޑަކޮށް މައިތިރި ވިއެވެ. “އިނާޔާއަށް މިއޮތް ދިމާވި ކަމަކުން ހަމަ ހެވެނީ…” އިޒްހާރުގެ ސުވާލަށް ހެމުން ހެމުން ޝިފްނާ ޖަވާބު ދިނެވެ. “އެހެންތަ…އެއީ އަނެއްކާ ކޮންކަމެއް…؟” ވެލިގަނޑު މަތީގައި ޒާތަކަށް އިށީންނަމުން, އެ ތިންމީހުންގެ ހުނުމުގެ ސަބަބު އިޒްހާރު އަހާލިއެވެ. އިޒްހާރުގެ މޫނުމަތިން ފެންނަން ހުރީ އެކުވެރިކަމެވެ. މީގެ ކުރިން ވާހަކަ ދެއްކިފައި ނެތަސް އިޒްހާރު ސުވާލުކުރަން ފެށިގޮތުން ގާތް ރަޙުމަތްތެރިއަކު ސުވާލު ކުރަަން ފެށި ކަހަލަ އިޙްސާސެެއް ޝިފްނާމެންނަށް ކުރެވުނެވެ. އެހެންކަމުން ހިނިތުންވެލާފައި އެކުވެރިކަމާއިއެކު އިޒްހާރުގެ ސުވާލަށް ޝިފްނާ ޖަވާބުދިނެވެ. ކަންވީގޮޮތް ޝިފްނާ އިޒްހާރުއަށް ކިޔައިދިނެވެ. އެވާހަކަ އަޑުއަހައިފައި އިޒްހާރުއަށް ވެސް ހެވެންފެށުނެވެެ. ނުސީދާ ގޮތަކަށް އިނާޔާއާއިި އިޒްހާރު ދިމާކޮށްލުމުން ހުނުމުގެ އަޑު އެތަނުގައި އިތުރަށް ފެތުރިގެންދިއެވެ.

“ދެން…މީހުންގެ ހުއްދަނެތި ތިކަހަލަ ކަންތައް ކުރާކަށް ނުވާނެ” މޫނުމައްޗަށް އަތް ހުރަސް ކޮށްލަމުން އިޒްހާރުއަށް ރައްދުވާ ގޮތަށް ރީޝާ ބުނެލިއެވެ. އޭގެ ސަބަބެއް ކަމުގައިވީ ރީޝާގެ ހުއްދަނެތި ރީޝާގެ ތަސްވީރު އިޒުހާރުގެ ކެމެރާގައި ރައްކާކޮށްލުމެވެ. “ކީއްކުރާނީ…؟ ތިކަހަލަ ރީތި އަންހެން ކުދިން ފެނުނީމަ މި ނިކަމެތި ކެމެރާއަކަށް މަޑަކުން ނުހުރެވޭ…” މޫނުގެ އެއްފަރާތް ފޮރުވާލި ކެމެރާ ތިރިކޮށްލަަމުން އިޒްހާރު ބުނެލިއެވެ. އޭނާގެ އަމިއްލަ ނަފްސު ދިފާޢު ކުރަމުން އެ ދިރުމެއް ނުވާ ކެމެރާ އެކަމުގައި ކުށްވެރި ކޮށްލިއެވެ. “ތި ކެމެރާއަށްތަ މަޑުން ނުހުރެވެނީ…؟ ނޫނީ…” އެ ސުވާލު އިނާޔާ އިޒްހާރުއަަށް އަމާޒުކޮށްލިިއެވެ. އޭގެ ޖަވާބުގައި ތިހެންވެސް ވެދާނެ އޭ ބުނެލަމުން އިނާޔާއާއި ދިމާއަށް އިޒްހާރު އޭނާގެ ކެމެރާ ދިއްކޮށްލިއެވެ. އެވަގުތު ހޯހޯގޮވާާލައިފައި އެތަނުން އިނާޔާ ރެކިގަތެވެ. އިނާޔާއަކީ ފޮޓޯއަކަށް ނާރަން ފިސާރި ވަރުދައްކާ މީހެކެވެ. އޮފީސް ތެރޭގައި އުޅޭއިރުވެސް އިނާޔާގެ ފޮޓޯއެއް މީހަކަށް ނެގޭނީ މަދުފަހަރަކުއެވެ. އިނާޔާ ދިއުމުން ޝިފްނާވެސް އިނާޔާގެ ފަހަތުން ހިނގަައިގަތެވެ.

“އަހަރެންގެ ހިތަށް އަރާ ދާނިޝް އެއީ މޮޔައެއްބާއޭ …” ދެމީހުން އެކަނިވެލި ވަގުތު އިޒްހާރުގެ ދުލުން ބޭރުކުރި އެ ޖުމްލައިން ރީޝާ ސިހިގެންްދިއެވެެ. ހައިރާންވެފައި އިޒްހާރުއާއި ދިމާއަށް ރީޝާ ބަލާލީ އިޒްހާރު އެބުނި ޖުމްލަ ދޭހަ ނުވާކަމަށް ބުނާކަހަލަ ގޮތަކަށެެވެ. “ބުނަން މިއުޅެނީ…ރީޝާ ކަހަލަ މަޑުމައިތިރި ރަނގަޅު އަންހެން ކުއްޖަކު އަހަރެންގެެ ޙަޔާތައް އައިނަމަ ބީވެގެން ދިއަކަ ނުދިނީމުހޭ…ތިކަހަލަ ހިތްހެޔޮ ނިޔަނެތި އިންސާނުން މިދުނިޔޭޭގަ މަދުވާނެެ…” ފަސްގަނޑުު މަތިން ތެދުވެ ކުނާމަތީގައި އިށީންނަމުން ކެރިހުރެެ އިޒްހާރު ބުނެލިއެވެ. އިޒްހާރުގެ އެ ދެ ޖުމްލައިން ވެސް ހީވީ އެތައް ދުވަހެއްގެ ސިއްރެއް ހާމަކޮށްލިހެނެވެ. ރީޝާއަށް އަދިވެސް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފަައެވެ. މީގެ ކުރިން އިޒްހާރު އަކީ ކާކުކަން ރީޝާއަށް އެއްވެސް ވަރަކަށް އެނގިފައި ނުވާއިރު ރީޝާގެ ޙަޤީޤަތް އިޒްހާރުއަށް އެނގުނީ ކިހިނެއްބާއޭ ހިތަށް އެރި ވަގުތު ވިއާޒް ފެނުމުން ވިއާޒްގެ ފަރާތުން އެކަން އެނގިދާނެކަމަށް ރީޝާއަށް ވިސްނުނެވެ. “ތި ވިސްނުނީ ހަމަ ރަނގަޅަށް…ވިއާޒުގެ ފަރާތުން ރީޝާގެ ހުރިހާ މަޢުލޫމާތެެއް އަހަންނަށް ވަނީީ ލިބިފަ…މާކުރިން ވެސް އަހަރެންް ރީޝާ ދަންނަން…ހަނާއާއި ރީޝާގެ ވާހަކަ އަބަދުވެސް ވިއާޒު ދައްކާނެ…ތި ދެމީހުންގެ, އަޖައިބެއްފަދަ ރަޙުމަތްތެރި ކަމުގެ ވާހަކަ ތާއަބަދު ވިއާޒްގެ ދުލުން އަހަންނަށް އަޑުއިވުނުު…ހަނާދެކެ ވިއާޒް ލޯބިވި މިންވަރު އަހަރެންް ދަންނަން…އެކަމަކު…ވިއާޒްގެ ނަސީބުގަ ހަނާ ލިބުމެއް ނުވި…ހަނާގެ ލޯބި ލިބުމެއް ނުވި…ހަނާއަށް ވެސް ލޯބި ވެވުނީ ދާނިޝްދެކެ…އެ ހުރިހާ ޙަޤީޤަތެެއް އަހަރެންް ދަންނަންް…” ލިބިފައިވާ މަޢުލޫމާތުތައް ހާމަކުރަމުން އިޒްހާރު ވާހަކަ ދައްކަންފެށިއެވެ. “މި ތަސްވީރުތައް މަށަށް ބުނެދިނީ ހަމައެންމެ އެއްޗެއް…މީގެން އަހަންނަށް ދޭހަވީ ރީޝާއަކީ ވަރަށް މާތް އިންސާނެއްކަން…ވަރަށް ހިތްހެޔޮ އޯގާތެރިއެއްކަން…” އިޒްހާރު އޭނާގެ ފޯނު ނަގައި އޭގައި ހުރި ރީޝާގެ ތަސްވީރުތައް ދައްކާލަމުން ބުނެލިއެވެ. އޭޭގައި ރީޝާގެ ތަސްވީރުތައް ވީއިރު ރީޝާއާއި ހަނާގެ ތަސްވީރު ތަކާއި ރީޝާއާއި ހަނާޝްގެ ތަސްވީރުތައް ގިނަ އަދަދަކަށް ހުއްޓެވެ. ކޮންމެެ ތަސްވީރެެއް ވަކިވަކީން ރީޝާއަށް އިޒްހާރު ދައްކަމުން ދިއައިރު ޤަބޫކުރަން ދަތިވެފައި ކަހަކަ ގޮތަކަށް އެ ތަސްވީރުތަކަށް ބަލަން ރީޝާ އިނެވެ. އެކަމުގެ އަސްލު ރީޝާއަށް ނޭނގުނަސް ކޮންމެވެސް ކަމެއް އެކަމުގެ ފަހަތުގައި ސިއްރުވެފައިި ވާނެކަން ރީޝާއަށް ވިސްނުނެވެ. އެހެނަސް އެކަން ހިތުގައި ފޮރުވާލަމުން މޫނު އެއްފަރާތް ކޮށްލިއެވެ. އެވަގުތު ޝިފްނާ ހަނާއަޅާާލިތަން ފެނުމުން އެތަނުން ތެދުވެ, ޝިފްނާމެންގެ ގާތަށް ރީޝާ ހިނގައިގަތެވެ. އިޒްހާރުއާއި ދުރަށް ރީޝާ އަޅަމުންދިއަ ފިޔަވަޅު ތަކަށް ބަލަންހުރެ ހިތުގައި ފޮރުވާލި ޖަޒުބާތުތައް އިޒްހާރު އޭނާގެ ދުލުގެ ކުރިއަށް ގެނައެވެ. “އައި ލަވް ޔޫ…ރީޝާ…!” މަޑުމަޑުން އިޒްހާރު ބުނެލިއެވެ. މިހުރިހާ ދުވަހު އިޒްހާރު އޭނާގެ ހިތުގައި ސިއްރުކޮށްލި ލޯބި ދުނިޔެއަަށް ހާމަކޮށްލިއެވެ. އެތައް އަހަރަކަށްފަހުު އެހިތުގަައި ބިންވަޅު ނެގިފައިވާ އުދާސްތައް އެންމެ ތިން ލަފުޒުގެ ޒަރީޢާއިން ބަޔާންކޮޮށްލިއެވެ. ނަމަވެސް އެއަޑު އޭގެ ޙައްޤުވެރިޔާއަށް ފޯރުންވީ ނުކުޅެދިފައެވެ. އެހެނަސް ހިތްވަރު އެލުވާނުލަައި, އިޒްހާރު އޭނާގެ ސިއްރުކުރި ލޯބި ރީޝާއަށް ހާމަކޮށްދީީ އެ ލޯބި ކާމިޔާބު ކުރަަންް އަޒުމް ކަނޑައެޅިއެވެ. އެކަމަށް މިއަށްވުރެ ވަކި ރަނގަޅު ފުރުސަތެއް ނެތޭ ހިތާހިތުން އިޒްހާރު ކިޔާލިއެވެ.

“ހިނގާ ފަަށަން…މިހާރުވެސް މާ ލަސްވެއްޖެ…” ސުކޫލު ދައުރުގައި އަބަދުވެސް ފުޓުބޯޅަކުޅުމަށް ފޯރިހުރި އަޒީލް އޭރުގެ ހަނދާންތައް އާކޮށްލުމަށް, މާދުރުނޫން ހިސާބެއްގައި ބޯޅަކުޅެެމުން ގެންދިއަ ކުދިބައެއްގެ އަތުން ބޯޅައަކާއި ދެ ގޯލްވެސް ހޯދައިގެން ގެނެސް ފުޓުބޯޅަމެޗެއް ރާވާލަައި ދެބަޔަކަށް އެންމެން ބަހާލިއެވެ. އަޒީލްއާއި ޝިފްނާގެ އިތުރުން ރީޝާ އެއްޓީމަކަށް ދިއެވެ. އަނެއް ޓީމްގައި ދާނިޝްގެ އިތުރުން ވިއާޒްއާއި އިނާޔާ ހިމެނުުނެވެ. އިޒްހާރު ހުރީ ރެފްރީއަކަށެވެ. ދެ ޓީމު ދެފަރާތަަށް ޖެހިލައި ނިކަން ފޯރިއާއިއެކު ދޮންވެލިގަނޑުު މަތީގައި ފުޓުބޯޅަކުޅެެން ފެށިއެވެ. ފެށިގޮތަށް ވެސް އަޒީލް ބޭނުންވީ ލަނޑެއް ކާމިޔާބު ކުރާށެވެ. ނިކަން ހިތްވަރާއިއެކު އެކަން ކާމިޔާބު ކުރެވޭތޯ ބޯޅަ ހިފައިގެން ކުރިއަށް ޖެހިލި ވަގުތު ފަހަތުން އައިސް ވިއާޒް ބޯޅަ ޖަހައިގަނެގެން ގޮސް ލަނޑެއް ކާމިޔާބު ކޮށްލިއެވެ. އެއާއިއެކު އިވުނީ ވިއާޒުގެ ހަޅޭކުގެ އަޑެވެ. ލަނޑެއް ކާމިޔާބު ކުރެވުމުން އުފާ ފާޅުކޮށްލި އެވަގުތު ގައި ދާނިޝްވެސް ވިއާޒް އާާއި ބައިވެރި ވިއިރު އިނާޔާވެސް ހެވިލައިފައި އަތްޖަހަން ފެށިއެވެ. އެ ތިން މީހުން ހެވިދިލިފައި ތިބިއިރު އަޒީލް ހުރީ ހިސާބަކަަށް މޯޅިވެފައެވެެ.

ރެފްރީގެ ކަށިގަނޑާއިއެކު އަނެއްކާވެސް ބޯޅައިގައި ފައިން ތަޅަމުން އަޒީލް ދުވަންފެށިއެވެ. މިފަހަރު އަޒީލްއަށް ކެހިދިނީ ތެތްކަންް ނުފިލައި ހުރި ވެލިގަނޑެެވެ. މާ ހިމުންނޫން ވެލިގަނޑު ތެރެއަށް އަޒީލްގެ ފައި ވަންގޮތަކުން ވެލިގަނޑު މައްޗަށް ކަކޫ ތިރިވެގެންދިއެވެ. އެއާއިއެކު ބޯޅަވެސް އަޒީލް ދޫކޮށްފައި ގޮސް ދާނިޝްގެ ފައިދަށުން ޖާގަ ލިބިގަތެވެ. ބޯޅަ މަތީގައި ފައިތިލަ ޖައްސާލައިގެން ހުރެ އަޒީލްއަށް ހެވިލައިފައި ދާނިޝް ބަލާލިއެވެ. ވެލިގަނޑު މައްޗަށް ވެއްޓުނު ވަގުތު އަޒީލްގެ ފަޔަށް އެރި ތަދަކުން އޭނާ އޮތީ ތެދުވަން އުނދަގޫވެފައެވެެ. އެހެންކަމުން ދާނިޝްގެ އަތުން ބޯޅަ ހޯދުމަށް ރީޝާއަށް އަޒީލް ގޮވާލިއެވެ. އެހެނަސް ނުސީދާ ގޮތަކަށް ރީޝާ އެކަމަށް އިންކާރު ކުރިއެވެ. ދެންފެނުނީ އަޒީލް ކުސްތަޅާލިތަނެވެ. ޝިފްނާ ވެސް އަޒީލްއާއި އެއްބައިވެލަަމުން ބޯޅަ ހޯދުމަށް ރީޝާއަށް ބާރުއަޅަން ފެށިއެވެ. އެންމެފަހުން ރީޝާއަށް ޖެހުނީ ކުރިއަށް ޖެހިލާފައި ދާނިޝްގެ އަތުން ބޯޅަ ހޯދޭތޯ މަސައްކަތް ކޮށްލާށެވެ.

“ކައިރިވޭ…! ބޯޅަ ހޯދާފަ މަށަށް ޕާސް ކޮށްލާ…!” ހިތްވަރުކޮށްލާފައި ވެލިގަނޑުމަތިން ތެދުވަމުން އަޒީލް ގޮވާލިއެވެ. އެއިރު ދާނިޝްގެ ފައިތިލަ ދަށުގައި އޮތް ބޯޅަ ހޯދަން ރީޝާ މަސައްކަތްް ކުރިއެވެ. ރީޝާ ފައި ކައިރި ކޮށްލާ ކޮންމެ ފަހަރަކު ދާނިޝް ބޯޅަ ދުރަށް ޖައްސާލައެވެ. ނަމަވެސް ރީޝާގެ މަޤުސަދަށް އެކަމުން ބަދަލެއް ނައެވެ. އިޚްތިޔާރަަކާއި ނުލައި ރީޝާއަށް ދާނިޝްގެ އަތުގައި ހިފާލަމުން އޭނާގެ މަސައްކަތްް އިތުރުކޮށްލިއެވެ. އެވަރުން ނުވެގެން ދާނިޝްގެ ގަމީހުގައި ހިފައި ދަމާލަމުން, ރީޝާގެ ފައިގައި ބޯޅަ ޖެހުނަ ނުދިނުމަށް ދާނިޝް ކުރަމުންދިއަ މަސައްކަތްް ހުއްޓުވޭތޯ ރީޝާ ބެލިއެވެ. ދެން ފެނުނީ ދެމީހުން އެކީ ވެލިގަނޑު މައްޗަށް ވެއްޓުނު މަންޒަރެވެ. އެވަގުތު ވިއާޒްއާއި އިނާޔާގެ ގާތަށް އައީ އަމަށަކު ހިންޏެެއްނޫނެވެ. އެދެމީހުން ކަކަކަކައަޅައި ހޭންފަށަން ނެގީ ފަޅި ސިކުންތެކެވެ. ބޭއިޚުތިޔާރުގައި ދާނިޝްއާއި ރީޝާގެ ހަތަރުކަޅި ބައްދަލުވި އެވަގުތު ޖަޒުބާތުގެ ރޮއްޖެއް އެދެމެދުން ހުރަސްކޮށްލި ކަހަލައެވެ. ދެހިތްް އޮބިނޯންނަ ވަރަށް ތެޅެންފެށިކަން ދެމީހުންނަށް ވެސް އިޙްސާސް ކުރެވެެން ހުރިއިރު އެކަކު އަނެކަކުގެ ހޫނު ނޭވާ ސިއްރެއް ނުވިއެވެ. “ގޯލް…” އަޒީލްގެ ރަން އަޑު ގުގުމައިގެން ދިއަ ވަގުތު ރީޝާއާާއި ދާނިޝްއަށް ސިހިފައި އެދިމާއަށް ބަލާލެވުނެވެ. ލަނޑެއް ކާމިޔާބު ކުރެވިގެން އެކަމުގެ އުފަލުގައި އަޒީލް ދުވަންފެށި މަންޒަރު ފެނިފައި ރީޝާ އަވަސް އަވަހަށް ތެދުވަން އުޅުނެވެ. އެވަގުތު ދާނިޝްގެ ކަރުގައި އޮތް ރިހި ފަށް ރީޝާގެ މަޤުސަދަށް ހުރަސްއެޅިއެވެ. ރީޝާގެ ބޮލުގެ އިސްތަށިގަނޑުގައި ދާނިޝްގެ ކަރުގައި އޮތް ފަށް އަޅައިގަނެފައިި ވިއެވެ. އަވަސް އަވަހަށް އެކަމުން ސަލާމަތް ވޭތޯ ރީޝާ ބެލިއެވެ. ދާނިޝްގެ ފަށް ރީޝާގެ އިސްތަށިގަނޑާާއި ވަކިކުރެވޭތޯ ނުރުހުމާއިއެކު ރީޝާ ކުރި މަސައްކަތައް ދާނިޝް އެހީތެރިވިއެވެ. ރީޝާގެ މޫނުމަތީގައި ނުރުހުންވުން ހުއްޓަސް ދާނިޝް ހުރީ ހަމަޖެހިލައިގެންނެވެ. ދެ ނަފުުސު ދާދިގާތަށް ޖެހިލެވިފައިހުރި އެވަގުތުކޮޅަށް ނިމުމެއް ނާންނާނެ ނަމައޭ ދާނިޝްގެ ހިތަށް އަރަމުންދިއެވެ. ނަމަވެސް, އޮޅިފައިވާ ދާނިޝްގެ ފަށް ރީޝާގެ އިސްތަށިގަނޑުން ނައްޓާލެެވުމުން ފަސްގަނޑުުމަތިން ތެދުވެ ރީޝާ ދާނިޝްއާއި ދުރަށްޖެހިލިއެވެ. އެ މަންޒަރު ފެންނަފަށުގައި އިޒްހާރު ހުއްޓެވެ. ރީޝާގެ ހަރަކާތްތައް ފެނިފައި ދާނިޝްއަށް ރީޝާގެ ލޯބި ކާމިޔާބު ކުރެވެން ނެތްކަމުގެ ހެކިތައް ލިބިގެން ހިގައްޖެ ކަމަށް އިޒްހާރު ވިސްނިއެެވެ.

“ދެން ނުކުޅެވޭނެ…މިހިސާބުން މި ނިމުނީ…ވަރަށް ވަރުބަލިވެއްޖެ…” އަތްފައިގައި ހުރި ވެލިތައް ފޮޅާލަމުން ދާނިޝް ބުނެލިއެވެ. ދާނިޝްގެ އެ ބަހަށް އެންމެން ވެސް ތާއީދު ކޮށްލިއެވެ. އިރުގެ ގަދަ ހޫނުކަން އިޙްސާސް ކުރެވެން ހުރި އެވަގުތުގައި އިތުރަށް ނުކުޅެވޭނެ ކަމަށް ޝިފްނާއާއި އިނާޔާވެސް ބުނެލިއެވެ. އެންމެންގެ ޚިޔާލު އެއްގޮތްވެލި އެވަގުތު ދަތުރަށް ގެނައި ކޯކުދަޅު ކޭސް މަތިން އަޒީލް ހަނދާންކޮށްދިނެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ކަރު ތެއްމާލަަން އަވަސްވެގަތެވެ. އެހެންމީހުންނެކޭ އެއްގޮތަށް އިނާޔާ ވެސް ކޯކުދަޅެެއް ނަގައި ކަނޑާލައިފައި އޭގެރަހަ ބަލާލަން ދިމާކޮށްލިި ވަގުތު, ސަމާސާއެެއް ކޮށްލުމުގެ ނިޔަތުގައި އިނާޔާގެ އަތުގައި ޒާތަކަށް ވިއާޒްް ޖަހާލިއެވެ. އެވަގުތު އިނާޔާގެ އަތުން ކޯކުދަޅު ނުވެއްޓުނީ ހަމަ ކިރިޔާއެވެ. އޭގެ ބަދަލު ނުހިފައި އިނާޔާއަށް ކެތްކުރަން އުނދަގޫވި ކަހަލައެވެ. އަތުގައިއޮތް ކޯކުދަޅު ހުސްވަންދެން ވިއާޒްގެ ގަޔަށް އަޅާލިއެވެ. ހީވީ ކޯކުން ވިއާޒް ފެންވަރުވާލިހެނެވެ. ލިބުނު ލަނޑު ދެރައެއް ނޫނޭ ހިތާ, އަތުގައި އޮތް ކޯކުދަޅު ބަހައްޓާފައި ލައިގެން ހުރި ޓީޝާޓް ބޭލުމަށްފަހު ވިއާޒް މޫދަށް ފީނައިގަތެވެ. ވިއާޒްގެ ފަހަތުން އަޒީލްވެސް އެ ކިލަނބުކަމެއް ނުވާ ސާފު މޫދުތެރެއަށް ޖެހިގަތެވެ. ގަދަ އަވިން ލިބެމުންދިއަ ހޫނުކަމަށްވުރެ ލޮނުގަނޑުގެ ތެތްފިނިކަން ހޯދާލުން ބުއްދިވެރި ކަމަށް އަޒީލްގެ ދެކުނެވެ.

“ބޮޑީވެސް ހަމަ އެހާސަޅި…” މޫދާއި ދިމާއަށް ބަލަންހުރެފައި އިނާޔާ މިހެން ބުނެލުމުން ރީޝާއާއި ޝިފްނާއަށް އެއްފަހަރާ އިނާޔާއަށް ބަލާލެވުނެވެ. “ކާކުގެ ބޮޑީއެއް ރީތި ވާހަކަ ތިބުނީ…؟” ހައިރާންވެފައި ޝިފްނާ އަހާލިއެވެ. “އަނެއްކާ އަޒީލް…” ސިކުނޑިއަށް އެވަގުތު ވިސްނުނު އެއްޗަކުން ޝިފްނާގެ ހިތް ތެޅިގަތެވެ. “ހާދަ ވަރަކަށް ތި ހާސްވީީ…މި ބުނީ އަޒީލްގެ ވާހަކައެއް ނޫނޭ…މިބުނީ ވިއާޒްްގެ…” ޝިފްނާއަށް ބަލާލަމުން, އިނާޔާގެ ނަޒަރުގައިވީ އަޒީލްއެއް ނޫނޭ ބުނެ އެމީހަކީ ވިއާޒްއޭ ގަސްތަކާއި ނުލައި އިނާޔާއަށް ބުނެލެވުނެވެ. އިނާޔާގެ ޖުމްލައިން ޝިފްނާގެ އިތުރުން ރީޝާގެ ހިތުގައި ވެސް ސުވާލެއް އުފެދުނެވެ. “ކީކޭ ތިބުނީ…؟ ކޮންއިރަކު އިނާއަށް ވިއާޒް ކަމުދާންފެށީ…؟” އިނާޔާ ބުނި އެއްޗެއް ޔަޤީން ނުކުރެވިގެން ރީޝާ އަހާލިއެވެ. ރީޝާގެ ސުވާލަށް ޖަވާބުދިނުމުގެ ބަދަލުގައި އިނާޔާއަށް އިސްޖަހާލެވުނެވެ. “ބުނެބަލަ…!” އިނާޔާގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް ރީޝާ ކުރި ސުވާލުތަކަށް ޖަވާބު ދިނުމަށް އިނާޔާ ގާތު ރީޝާ އެދުނެވެ. “އަބަދުވެސް…” އިސް އުފުލާާލައިފައި ވިއާޒްއަށް ދެވަނަ ފަހަރަށް ބަލާލަމުން އިނާޔާ ބުނެލިއެވެ. އަބަދުވެސް އިނާޔާއަށް ވިއާޒް ކަމުދާކަމަށް ބުނެ ފުރަތަމަ ފަހަރަށް އިނާޔާ އޭނާގެ ހިތުގެ ހާލު ދެ މީހަކަށް އަޑުއިއްވާލިއެވެ. މީގެ ކުރިން އެކަހަލަ ޒާތެއްގެ ވާހަކައެއް ވެސް އެއްވެސް މީހަކު ގާތު އިނާޔާ ބުނެފައި ނުވެއެވެ . “އެކަމަކު…މިހުރިހާ ދުވަހުު އިނާޔާ ތިއުޅެނީ ތިކަން ފޮރުވައިގެން…ކީއްވެ..؟ ކީއްވެ ވިއާޒްގާތު ތިވާހަކަ ނުބުނީ…؟ ކުޑަމިނުން އަހަރެމެންގެ ގާތު ބުނެލިނަމަ…” ވިއާޒްއަށްޓަކައި އިނާޔާގެ ހިތުގައި ހާއްސަ މަޤާމެެއް ދެވިފައިވާކަން ސިއްރުކޮށްގެން ހުރުމުން އެކަމުގެ ޝަކުވާ ރީޝާ އުފުލިއެވެ. ހަމައެހެންމެ އޭގެ ކުޑަ މިންވަރެއް ވެސް ރީޝާމެންނަން ހާމަ ނުކުރީތީ ރީޝާ ނުރުހޭގޮތް ދައްކާލިިއެވެ. “ރަޙުމަތްތެރިކަން ގެއްލިދާނެތީ…މިހާރު ވާހަކަ ދައްކާ ވަރަށް ވެސް ވާހަކަ ނުދައްކައި ހުރެފާނެ ކަމުގެ ބިރުހީވާތީ ބުނަން ނުކެރުނީ…” އިނާޔާ ޙަޤީޤަތް ހާމަކޮށްލިއެވެ. ކިތަންމެ ވަރަކަށް ވިއާޒް ކަމުދިއަ ކަމުގައި ވިޔަސް އެކަން ހާމަކުރަށް އިނާޔާ ފަސްޖެހުނު ސަބަބު ބުނެދިނެވެ. “އެންމެ ފަހަރަކު ނަމަވެސް ތިވާހަކަ ވިއާޒް ގާތު ބުނެބަލަ…ތި ހިތުގެ އަޑު ވިއާޒްއަށް އިއްވާލަބަލަ…ވިއާޒްގެ ހިތް އޮތްގޮތެއް ވެސް އެނގިދާނެއެއްނު…ހިއެއްނުވޭ ވިއާޒް ރުޅިއަންނާނެހެނެެއް…އެއީ އެހާ ހިތްހަރު މީހެއް ނޫނެއްނު…އެކަން އިނާއަށް ވެސް އެނގޭނު…” ރީޝާ ޚިޔާލުދިނީ އެކަން ވިއާޒްއަށް ހާމަކޮދިނުުމަށެވެ. ރީޝާއަށް އެނގޭހާވެސް އެއްޗަކީ ވިއާޒް އިނާޔާގެ ހިތުގައި ޖައްސައި ރޮއްވަައި ނުލާނެކަމެވެ. ވިއާޒްއަކީ އެއަށްވުރެ މާ ހެޔޮވިސްނޭ މީހެއްކަން ރީޝާ ޤަބޫލްކުރިއެވެ.

“ތި ތިބީ މޫދަށް ނޭރެން ނިންމައިގެންތަ..؟” އިޒްހާރުގެ އަޑު ޖެހުމާއިއެކު ދައްކަމުންދިއަ ވާހަކަ މަޑުޖައްސާލުމަަށްފަހު އިޒްހާރުއަށް ތިންމީހުންވެސް ބަލާލިއެވެ. “އަހަރެމެން މި ތިބީ އެރޭގޮތަށް ދޯ ޝިފްނާ…އެކަމަކު…ރީޝާ…” އިޒްހާރުގެ ސުވާލަށް އިނާޔާ ޖަވާބުދެމުން އެ ޖަވާބުގައި ޝިފްނާ ވެސް ބައިވެރިވި ކޮށްލިއެވެ. “ކީއްވެ ރީޝާ ނޭރެންވީ…؟ އަނެއްކާ މޫދުދެކެ މާބޮޑަށް ބިރުގަންނަނީތަ…؟” ރީޝާއަށް ވަކިން ބަލާލަމުން އިޒްހާރު އަހާލިއެވެ. “ހުމް…ފަތާކަށް ނޭނގޭޭ…ގެނބިިދާނެތީ ބިރުގަނޭ…” ރީޝާ ޙަޤީޤަތް ހާމަކޮށްލިއެވެ. އެވަގުތު އަހަރުތަކެއް ކުރިން ދިމާވި ހާދިސާ ހަނދާނުގައި ދައުރުވެލިއެވެ. “ހިނގާ މަށާއެކުު…އަހަރެންް ރީޝާ ގެނބުނަކަ ނުދޭނަން…” މަޑުމަޑުން ކަނާތް ދިއްކޮށްލަމުން އިޒްހާރު ބުނެލިއެވެ. ނަމަވެސް އިޒްހާރުގެ އަތުގައި ހިފަން ރީޝާ ޖެހިލުންވިއެވެ. “ޕްރޮމިސް…” ރީޝާގެ މޫނުމަތިން ފާޅުވި ޖެހިލުންވުން އިޒްހާރު ދެނެގަތެވެ. އެހެންކަމުން ވަރަށް ޔަޤީން ކަމާއިއެކުު ރީޝާއަށްް އެއްވެސް ގެއްލުމެއްވިއަ ނުދޭން އިޒްހާރު ވަޢުދުވިއެވެ. “އެވަރު ކުރީމަވެސް ހުންނަނީތަ…؟ ހާދަ ބިރެކޭ ދޯ ތިގަންނަނީ…ދެން ތިހެން ނުހުރެ އެއަތުގަ ހިފާބަލަ…!” ދެ ޚިޔާލެއްގައި ރީޝާ ހުރުމުން އިނާޔާ އަނގަތަޅުވާލިއެވެ. އިޒްހާރުއަށް އިތުބާރު ކުރާށޭ ރީޝާގެ ހިތް ބުނެލި ކަހަލައެވެ. ލުއި ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވަމުން އިޒްހާރު ދިއްކޮށްލި އަތުގައި ރީޝާ ހިފާލިއެވެ. އިޒްހާރުގެ އެހީއާއިއެކު ކުނާމަތިިން ރީޝާ ތެދުވުމުން ހަތަރު މީހުން ވެސް މޫދާާއި ދިމާއަށް ހިނގައިގަތެވެ.

ދޮންވެލިގަނޑުު މަތީގައި އިށީނދެލައިގެންް އެކަނިމާއެކަނި ދާނިޝްއިނެވެ. ބައެއްފަހަރު މޫދާއި ދިމާއަށް ބަލާލައިފައި މޫނު އަނބުރައިލަައެވެ. ފެންނަމުން ދިއަ މަންޒަރުން ދާނިޝް އިނީ ހިތްމޮޅިވެެފައެވެ. އެމަންޒަރުން ދާނިޝްގެ ހިތް އަނދަމުންދިއަ ކަހަލައެވެ. އޭގެ ދިލަ, ފުސްވެފައިވާ ދާނިޝްގެ ލޮލުުން ހާމަވާން ހުއްޓެވެ. އެއީ ހަމަ ޙަޤީޤަތެއްބާއޭޭ އޭނާގެ ހިތަށް އަރަމުންދިއެވެ. “ދާނިޝް ނޭޭރެންތަ މޫދަކަށް…؟” މޫދުން އަރައިގެން އައިސް ދާނިޝްއާއި ދާދި ކައިރީގައި އިށީންނަމުން އަޒީލް އަހާލިއެވެ. އެވަގުތު ވެލިތައް އަޒީލްގެ ގައިިގައި ތަތްވެލިއެވެ. “މޫޑެއް ނެތް…” ކުރަކިވެފައިވާ އަޑަަކުން ދާނިޝް ބުނެލިއެވެ. ދާނިޝްގެ އެ ހާލަތު އަޒީލް ދެނެގަތެވެ. “އަހަރެންް މިދަތުރު ރޭވީ ދާނިޝްއާއި ރީޝާއަށް ވާހަކަ ދައްކާލާނެ ފުރުސަތެއް ހޯދައިދިނުމަށް…ތިދެމެދުގަ އޮތް ދުރުކަން ނައްތާލާ އަލުން ތި ދެމީހުން ގުޅޭނެ ގޮތެއް މަގުފަހިވޭތޯ…އެކަމަކު…މިހާރު ހީވަނީ ކުރިއަށްވުރެ ބޮޑަށް ތިދެމީހުން ދުރުކޮށްލެެވުނީހެން…” ދާނިޝްގެ ނަޒަރުގައިވިި މަންޒަރަށް ބަލާލަމުން އަޒީލް ބުނެލިއެވެ. މޫދުގައި ތިބެ ރީޝާއާއި އިޒްހާރު އެކަކު އަނެކަކުގެ ގަޔަށް ލޮނު ބުރުވައި ހީސަމާސާކޮށް މަޖާކުރަަމުން ގެންދިއަަ މަންޒަރުުން އަޒީލްއަށް ވެސް އަސަރު ކުރިއެވެ. ވީއިރު އެމަންޒަރު ބަލަން ދާނިޝްގެ ހިތަށް ކެތްވާނެ ހެއްޔެވެ. ފެންނަފެނުމަށް ރީޝާއާއި އިޒްހާރު ހީވަނީ ދުވަސްވީ ދެ ރަޙުމަތްތެރިން ހެންނެވެ. އެހާވެސް ގާތް ގޮތަކަށް އެކަކު އަނެކަކަށް ސަމާސާ ކުރަމުން ގެންދިއެވެ. މާބޮޑަށް ފުން ނޫން ހިސާބެއްގައި ތިބެ ދެމީހުންގެ ހަރަކާތްތައް އިނާޔާއާއި ޝިފްނާއަށް ވެސް ފާހަގަ ކޮށްލެވުނެވެ. އެއީ އާ ރަޙުމަތްތެރިކަމެއްގެ ފެށުން ކަމުގައި ވެދާނެކަމަށް އެދެމީހުންނަށް ވެސް ހީވިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hattey

Level 410 Stories100 Login100 Comments500 Login

Other Articles

Previous

ދުޢާ 24

Next

ހާސިލް ވުމަށް އެދި ހިތް ރޮނީ 16

Next
October 8, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 16

Previews
October 7, 2018

ދުޢާ 24

16 Comments!

  1. Maii? says:
    October 8, 2018 at 10:09 am

    Thankxx hattey… ehen faharu thakah vure avahah up kohla dhinima….??❤❤ n plxxx.. dhaanish n reesha dhuru nukurahchey??

    1. hattey says:
      October 10, 2018 at 6:57 am

      Welcome…badhaleh genaima salhi vaane…

  2. Aisha says:
    October 8, 2018 at 10:26 am

    Nehiii……dhanish ah dhera gotheh nuhadhaathi….?????reesh liben vaany dhanish ah….

    1. hattey says:
      October 10, 2018 at 7:25 am

      ❤❤ dhaanish ah kushuge adhabu liben jeheyne kamah mi balany..??

  3. Aaa says:
    October 8, 2018 at 10:56 am

    Vv rythi hatty haadha molhey ☺☺when next part

    1. hattey says:
      October 10, 2018 at 7:00 am

      Thanksss…next week ga..

  4. Maya says:
    October 8, 2018 at 2:07 pm

    Vv reethi Hattey… Thnx avahah mifaharu up kohdhinyma… As usual vv reethiingey ?????????????????????alhe reesha and dhaanish gulhuvaba dhen.. ??????????????avahah nxt part up kohdhehchey ?????????

    1. hattey says:
      October 10, 2018 at 7:48 am

      ???thanksss maya..?❤❤

  5. Me says:
    October 8, 2018 at 3:28 pm

    Feney dhanishthalhuvaalan

  6. Me says:
    October 8, 2018 at 5:35 pm

    Rangalhahves dhaanish thalhuvaalaathi

    1. hattey says:
      October 10, 2018 at 7:53 am

      ????vidhaalhuvi gotheh…???

  7. aharen says:
    October 8, 2018 at 7:43 pm

    noonevaa rangalhu mahaku efaharu vaahaka up kuraany ehaa kudakoh liyaany

    1. hattey says:
      October 10, 2018 at 7:59 am

      ?sorry for that…?

  8. Doodle says:
    October 9, 2018 at 5:15 pm

    Hi hattey
    Vaahaka thankolheh interest vaa gothah kuriah gen dhan eba jehey
    Kommes varakah foohi jaassakoh jumla genesfa hunna goiy rangalhu kohlan jehey
    Keep it up dear

    1. hattey says:
      October 10, 2018 at 7:55 am

      Noted..???

  9. Rau says:
    October 19, 2018 at 11:58 am

    When next part?

Comments are closed.

Next Episodeލޯބި ވީމޭ ސިއްރު ސިއްރުން (24←


All Right Reserved!