ރާސްތާ 50 ފަހުބައި
ފުރަތަމަ ހާފް ނިމިގެން ދިޔައީ ދެޓީމު ކުރެއް އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ. ދިވެހި ކުޅުންތެރިން ހިތްހަމަ ޖެހިލައިގެން ތިބެ ޗޭންޖިއް ރޫމަށް ދިޔައެވެ.
ރެފްރީ ކަށިގަނޑު ފުމެލުމާއެކު ދެވަނަ ހާފްގެ ކުޅުން ދިވެހި ރާއްޖެ ފެށިއެވެ. ރީތި ޕާސިން ގޭމެއް ކުޅެމުން ދިޔަައެވެ. ސަޕޯޓަރުންގެ އަޑު އެންމެ އިރު ކޮޅަކަށްވެސް މަޑު ވެގެންނެއް ނުދެއެވެ. ދިވެހިން ސަޕޯޓްކުރަމުން ދިޔައީ ދިވެހި ބަހުންނެވެ.
ފަންސާސް ނުވަވަނަ މިނެޓުގައި ކައުންޓާ އެޓޭކަކުން އައިސް ލޭންޑް މެޗުގެ ލީޑު ނެގިއެވެ. ކޯނަރަކުން ނަގައިންދިން ބޯޅަ އަކްމަލްގެ އަތުގައި ޖެހިފައި ގޯލުގެ ކަނަަށް ވަނެވެ. އެއާއެކު އައިސް ލޭންޑްގެ ސަޕޯޓަރުންގެ އަޑު ގަދަވިއެވެ. ވޯލްޑްކަޕް ތަށި ދިފާއުކުރުމުގެ އުއްްމީދު ބޮޑުވިއެވެ.
ރާއްޖެކޮޅަށް ލަނޑު ވަނުމުން ކުޅުންތެރިންވެސް އަދި ސަޕޯޓަރުންވެސް މާޔޫސްވިއެވެ. އެއްބައި ކުޅުންތެރިން ދަނޑުމަތީގައި ހުއްޓިފައި ތިއްބެވެ. އަކްމަލްގެ މޫނު މަތިންވެސް މާޔޫސްކަން ފެންނަން ހުއްޓެވެ. ސަޕޯޓަރުން މާޔޫސްވިއެއް ކަމަކު ކުރިއަށް ވުރެ ފޯރީއާއި ޖޯޝާއެކު ޓީމަށް ހިތްވަރު ދެމުން ގެންދިޔައެވެ.
އާރާޝް މާތޫސްވެފައި ހުރިތަން ފެނުމުން މާނީ އާރާޝަށް ހިތްވަރު ލައިދިނެވެ. ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދަގޮތަކަށް ބޯ ހަރަކާތްކޮށްލިއެވެ. އާރާޝް ވެސް ބޯ ޖަހާލުމަށްފަހު ކުޅުމުގެ ތެރެއަށް ވަނެވެ. އެހެން ކުޅުންތެރިންނަށް ވުރެ ބޮޑަށް މޮޅުވާން އެމެޗުން ރާއްޖެ މޮޅުވާން އާރާޝް ބޭނުމެވެ. އޭނާ މުބާރާތަށް އައިވެސް ތަށިނަގަންށެވެ. މާނީ ހިތްވަރު ދިނުމުން އިތުރަށް އާރާޝަަށް ހިތްވަރު ލިބުނެވެ. ކަށިން ހިތްވަރު ނެރިގެން ދަނޑު މަތީގައި އާރާޝް ހަރަކާތްތެރިވަމުން ދިޔައެވެ.
ރާއްޖޭ ކުޅުންތެރިން އައިސްލޭންޑްގެ ގޯލަށް ނުރައްކާ ކުރަމުން ދިޔައެވެ. އެހެނަސް ތިން ދަނޑީގެ އެތެރެއަށް ބޯޅަ ވައްދާލެވޭ ގޮތެއް ނުވިއެވެ. އައިސްލޭންޑަށް ވުރެ ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅެނީވެސް ރާއްޖެއެވެ. އެމީހުން އަތު ބޯޅަ އޮންނަ ވަގުތު ވަރަށް ވެސް މަދެވެ.
ކޯނަރަކަަށް ބޯޅަ ބޭރުވުމާއެކު އާރާޝް ކޯނަރު ނަގަން ދިޔައެވެ. ބޮލުން ފައިބަމުން ދިޔަ ދާތައް ފުހެލަމުން ދަނޑުގެ އެއްފަރާތެއްގައި ބަހައްޓާފައި ހުރި ބޯޑަށް ބަލާލިއެވެ. ރަތް ކުލައިން އައިސްލެންޑް ކައިރީ އެކެއް ރާއްޖެ ކައިރީ ސުމެއް އާރާފައި ހުއްޓެވެ. މެޗުގެ ނުވަދަހި މިނެޓު ހަމަވާން ބާކީ އިނީ އެންމެ ދެ މިނެޓެވެ. ފުން ނޭވައެއް ދޫކޮށްލުމަަށްފަހު އާރާޝް ގޮސް ކޯނަރު ދަނޑީ ކައިރީ ހުއްޓިލިއެވެ.
މާނީގެ ހިތް ނެގި ނެގިފައި ތެޅެމުން ދިޔައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ބާކީ އިނީ އެންމެ ދެ މިނެޓެވެ. އާރާޝް ކޯނަރު ދަނޑިކާރި ހުއްޓިލާއިފައި މާނީއާ ދިމާއަށް ބަލާލިއެވެ. އެއާއެކު ބޮޑުވާ އިނގިލިން އާރާޝަށް މާނީ އިޝާރަތް ކުރިއެވެ.
މާނީއަށް ނަޒަރު ހުއްޓައިގެން އިނދެ އާރާޝް ކޯނަރު ނެގިއެވެ.
އާރާޝަށް ހަމަ ހޭވެރިކަންވީ ހުރިހާ ކުޅުންތެރިން އެއްފަހަރާ އައިސް އޭނާ ގަޔަށް އަރައިގަތުމުންނެވެ. އެންމެ އެކީ އައިސް ބައްދާގަތުމުން އެންމެންނާ އެކީ އާރާޝް ބިންމައްޗަށް ވެއްޓުނެވެ. ކޯނަރުން އޭނާ ނެގި ބޯޅަ ދިޔަ ގޮތަށް ގޮސް ވަނީ ގޯލަށެވެ.
އާރާޝް ކޯނަރު ނެގިއިރުވެސް މާނީއަށް ނޭންގުނެވެ. ދެމީހުންގެ ހަަތަރު ކަޅި ބައްދަލުވުމާއެކު ދުނިޔޭގެ އެހެން ހުރިހާ ކަމެއް މަތިން މާނީ ހަނދާންނެތުނެވެ. ދާތަކާއެކީވެސް އާރާޝް ފެންނަލެއް ނުހަނު ހިތްގައިމެވެ. ދާހިއްލުމުގެ ސަބަބުން އޭނާގެ ފަން އިސްތަށިގަނޑުގެ އެއްބައި ވަނީ ނިއްކުރި މައްޗަށް ފައިބާފައެވެ. ކޯނަރު ނަގަން ގޮސް ހުއްޓިލައިގެން ހުރި އިރުވެސް ހީވަނީ ހޮލީވުޑްގެ ތަރިއެއް ހެންނެވެ. ހުރިހާ ކުޅުންތެރިން އެއްފަހަރާ ގޮސް އާރާޝް ބިންމައްޗަށް ވައްޓާލުމުން ލަނޑު ޖެހީކަން މާނީއަށް އެނގުނެވެ. އާރާޝަށް ބަލަން ހަދައިގެން އެ ލަނޑުޖެހީ ކޮންކުޅުންތެރިއެއްކަމެއް މާނީ އަކަށް ނޭންގުނެވެ. ކެމެރާވެސް އިނީ އޮފްކުރެވިފައި ކަން ހަނދާންވީ ދެނެވެ. އާރާޝް ނެގި ކޯނަރު ގޮސް ވަނީ ގޯލަށްކަން މާނީއަށް އެނގުނީ ލަނޑުޖެހި ކުޅުންތެރިއަކީ އާރާޝްކަން ގޮވުމުންނެވެ. މާނީ އިނީ އުފާފާޅުކުރަންވެސް ހަނދާންނެތިފައެވެ.
ސަޕޯޓަރުންގެ އަޑު މުޅި ދަނޑުގައި ގުގުމާގަތެވެ. އާރާޝް ހިތްގައިމު ގޯލުން ދިވެހިންނަށް އުފާވެރިކަން ގެނެސްދިނެވެ.
މުޅި ރާއްޖޭގައި އުފާފާޅުކުރަމުން ދިޔައެވެ.
ދިވެހި ހުރިހާ ކުޅުންތެރިންވެސް ޝުކުރުގެ ސަޖިދައެއް ޖެހިއެވެ.
މެޗުގެ ފުރިހަމަ މެނެޓު ހަމަވެގެން އިތުރު ވަގުތަށް ފަސް މިނެޓު ދެއްކިއެވެ. އެވަގުތުގައި އައިސް ލޭންޑުން އަވަަސް ކުޅުމެއް ކުޅުނެވެ. އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ނުރައްކާތެރި ހަމަލާއެއް އައިސްލޭންޑުން ރާއްޖޭގެ ގޯލަށް ކުރިއެވެ. އެހެނަސް ހުށިޔާރު ކަމާއެކު އަކްމަލް ބޯޅަ ދިފާއު ކުރިއެވެ. އަކްމަލް ބޯޅަ އަތައް ނަގާފައި ގައިގައި ހުރި ބާރެއް ލާފައި ސައްޕު ޖެހިއެވެ. ބޯޅަ އޮޅެމުން އޮޅެމުން ގޮސް އައިސް ލޭންޑުގެ ގޯލަށް ވަދެ ރާއްޖެއިން މެޗުގެ ލީޑު ނެގިއެވެ. އަކްމަލް ދުވެފައި ގޮސް ކޯޗުގައިގައި ބައްދާގަތެވެ. އެހެން ކުލުންތެރިންވެސް ގޮސް އަކްމަލާއި ބައިވެރިވިއެވެ.
ބޯޅަ ގޮސް ގޯލްތެރެއަށް ވަނުމާއެކު މާނީ ފުއްމައިގަތެވެ. ކުޑަކުއްޖެއް ފަދައިން އަތްތިލަ ބަޑި ޖަހާލިއެވެ. ގިނަ ކެމެރާތަށް އޭނާއަށް އަމާޒުވެފައި ހުރިކަން ނޭންގޭހާލު މާނީ އުފާފާޅުކުރަމުން ދިޔައެވެ.
ދަނޑު ހިވީ ވައްޓާލާފާނެހެންނެވެ. މުޅި ދަނޑުގައި ދިވެހި ސަޕޯޓަރުން އަޑުގަދަ ކޮށްލިއެވެ.
އައިސްލޭންޑު ކުޅުންތެރީ މާޔޫސްވިއެވެ. ބައެެއް ކުޅުންތެރިންގެ ލޮލުން ކަރުނަ ހިލުނެވެ. އެހެނަސް އެކުޅުންތެރިންވެސް ހިއްވަރު ދެރަ ނުކޮށް ކުޅުމައިގެން ކުރިއަށް ދިޔައެވެ.
ރެފްރީ ފަހު ފަހަރަށް ކަށިގަނޑު ފުމުމާއެކު ދިވެހި ހުރިހާ ކުޅުންތެރިންނަށް ވެސް އުފަލުން ރޮވުނެވެ. ސަޕޯޓަރުންވެސް އެކަކު އަނެކަކުގައި ބައްދާ އުފާފާޅުކުރަމުން ދިޔައެވެ. ކުޅުންތެރިންވެސް ސަޕޯޓަރުން ގާތަށް ދިޔައެވެ. އަދި އެކުޅުންތެރިންގެ އާއިލާ މެންބަރުން ދަނޑަށް އަރުވަމުން ދިޔައެވެ.
އާރާޝަށް އުފަލުން ގޮސް ރޮވުނެވެ. ދަނޑު މަތީގައި ދެކަކޫ ޖަހައިގެން މޫނުގައި ދެއަތް އަޅައިގެން އިނދެ ގިސްލަ ގިސްލާފައި ރޮމުން ދިޔައެވެ.
އުފާފާޅުކުރަން ދަނޑު މައްޗަށް އެރި މާނީއަށް އާރާޝް ރޯތަން ފެނުނެވެ. އެނާ ބޭނުންވީ ދުވެފައި ގޮސް އާރާޝް ގައިގައި ބައްދާގަންނާށެވެ. އެހެނަސް މާނީ އަކަށް އެހެން ހަދާކަށެއް ނުކެރުނެވެ.
މިއީ ރޯންވީ ވަގުތެއް ނޫންކަން ހިތަށް އެރުމާއެކު އާރާޝް ލޮލުން ކަރުނަ ފޮހެލިއެވެ. އޭރުވެސް އޭނާގެ ދެލޯ ހުރީ ރަތްވެފައެވެ. ދަނޑުގެ އެއްފަަރާތުގައި ތިބި އަފްރާމެން ފެނި އެދިމާއަށް ދާން އާރާޝް ހިނގައިގަތެވެ.
އަހުސަމް އެންމެ ފުރަތަމަވެސް ދިޔަގޮތަށް އިސްރާ ގައިގައި ބައްދާގަަނެފައި އައިރާ އުރާލިއެވެ. އައިރާވެސް ހެވިފައި އިނދެ އޭނާގެ ކަރުގައި ކުޑަކުޑަ ދެއަތް ވަށާލިއެވެ.
މާއިޒް ކަރުގައި ދިވެހި ދިދަ އޮޅައިގެން ނަވްޔާ އަދި ޔާޒް ތިބި ތަނަށް ދިޔައެވެ. މީހުން ގިނަ ކަމުން ޔާޒް ތަންތަން ހޯދާ ބަލަނީއެވެ. ޔާޒް އުރާލުމަށްފަހު މާއިޒް ނަވްޔާ ދަނޑަށް އެރުވިއެވެ.
އަކްމަލާއި އިޝްމާގެ ހަތަރު ކަޅި ބައްދަލުވި ހިނދު އަކްމަލް ހިފަހައްޓައިގެން ހުރި ކަރުނަތައް ފައިބައިގެން ދިޔައެވެ. ކުޑަކުއްޖެއް ފަދައިން ގޮސް އަލައިކާ އުރައިގެން އިޝްމާ ގައިތެރޭ ބޮނޑިވެ ރޯންފެށިއެވެ.
މާނީއަށް އާރާޝާއި ވާހަކަ ދެއްކޭ ގޮތް ނުވީ ކުޅުންތެރިންގެ އިންޓަވިއު ނަގަން ޖެހުމުންނެވެ. އެންމެ ފުރަތަމަވެސް ނަގަން ޖެހުނީ މާއިޒްގެ އިންޓަވިއު އެވެ. އެކަމާ ކުޑަކޮށް މާނީ ފޮނިވެސް ވިއެވެ. ރާއްޖެއިން ދުނިޔޭގެ ތަށި ކާމިޔާބު ކުރިއިރު ޓީމުގެ ކެޕްޓަނަކަަށް އެހުރީ އޭނާގެ ބޭބެއެވެ.
“މިހާރު އަޅުގަނޑާއެކީ ހުއްޓިލައިގެން މިހިރީ ރާއްޖޭ ޓީމުގެ ކެޕްޓަން އަދި މިވަގުތު ރާއްޖޭގައި ހުރި އެންމެ އިތުބާރު ޑިފެންޑަރު މުހައްމަދު މާއިޒް މިހްރާން. މާއިޒް ކޮބާ މިގަޑީގަ ކުރެވޭ އިހްސާސަކީ؟” ވަރަށް މަޖާވެފައި މާާނީ ސުވާލުކުރިއެވެ. މާއިޒްވެސް ހިނިއައިސްފައި ހުރެ ޖަވާބު ދިނެވެ. މާއިޒް އޭނާގެ އިހްސާސްތައް ބަނޑުންކޮށްލިއެވެ. އަދި އެންމެންނެ ޝުކުރު ދެންނެވިއިރު މާނީއަށް ޝުކުރު އާދާކުރިއެވެ. މާނީ އުފަލުން މާއިޒްގައިގައި ބައްދާލިއެވެ.
އަކްމަލް އަދި އަހުސަމާއިވެސް މާނީ އިންޓަވިއު ކުރިއެވެ. އެހެނަސް ނިންމުމުގެ ރަސްމިިޔާތުގެ ކުރިން އާރާޝާއި އިންޓަވިއު ކުރެވޭ ގޮތެއްް ނުވިއެވެ.
ނިންމުމުގެ ރަސްމިއްޔާތުގައި އެންމެ ފުރަތަމަ އޮތީ މެޗުގެ މިޅު ކުޅުންތެރިޔާއަށް ޓްރޮފީއާ ޗެކް ހަވާލުކުރުމެވެ. މުޅި މެޗުގެ އެންމެ މޮޅު ކުޅުންތެރިއަކަަށް ހޮވުނީ އާރާޝެވެ. އެއަަށްފަހު ދެން އޮތީ ރެފްރީންނާއި އޮފިޝަލުންނަށް މެޑަލް ދިނުމެވެ. ރެފްރީންނަށް މެޑަލް ހަވާލުކުރުމަށްފަހު އިއުލާން ކުރެވިގެން ދިޔައީ މުބާރާތުގެ ވަނަ ވަނައަށް އައި ފަރާތްތަކެވެ. ޖުމްލަ ހަތްލަނޑު ޖަހައިގެން ރަންބޫޓު ހާސިލްކުރީ އާރާޝެވެ. ރަން އަންގި ކާމިޔާބުކުރީ އަކްމަލެވެ. މުޅި މުބާރާތުގައި އެންމެ ގިނަ ބޯޅަ ސާފުކުރުމުގެ އިތުރަށް ލަނޑެއް ކާމިޔާބުކުރި ހަމައެކަނި ކީޕަރަކީ އަކްމަލެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އަހުސަމެވެ. އާރާޝަށް ގިނަ ލަނޑުޖަހަން ތަނަވަސް ކޮށްދިނީ އަހުސަމެވެ. އެއްވެސް ވަރުބަލި ކަމެއް ނެތި ހުރިހާ މެޗެއްގައިވެސް އަހުސަމް ކުޅުނެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ ވޭލްސެވެ.
“ވޯލްޑް ކަޕް ޗެމްޕިއަންސް 2043 ރިޕަބްލިކް އޮފް މޯލްޑްވިސް” އެއާއެކު މުޅި ދަނޑުގައި ސަޕޯޓަރުންގެ އަޑު ގުގުމައިގެން ދިޔައެވެ. ޗެމްޕިއަން ޖަހާފައި ހުރި ޖާޒީ ލައިގެން މެޑަލް ބަލާ ކުޅުންތެރިން ދިޔައެވެ. މުޅި ދުނިޔެވެސް ރާއްޖޭ ކުޅުންތެރިންނަށް ތައުރީފު ކުރަމުން ދިޔައެވެ. ވޯލްޑް ކަޕްގެ ތަށި އޭޝިއާއަށް ގެނެސްދިން ފުރަތަމަ ގައުމަކަށް ރާއްޖެވިއެވެ. މުޅި އޭޝިއާގެވެސް ފަޚުރަކަށް ރާއްޖެވެގެން ދިޔައެވެ.
ތުރުކީގެ ރައީސް މާއިޒް އަތަށް ތަށި ލައިދިން ގަޑިއަކީ އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި އެއް ވަގުތަށް ވެގެން ދިޔައެވެ. ވޯލްްޑް ކަޕްތަށި އަތަށް ލިބުމާއެކު ބުނެދޭންވެސް ނޭންގޭ އިހްސާސްތަކެއް ކުރެވުނެވެ.
ކުޅުންތެރިން ތަށްޓާއެކު ފޮޓޯ ނަގާ ސެލްޕީ ނެގިއެވެ. އެކުޅުންތެރިން އިންސްޓަގްރާމްގައި ކުރަމުން ދިޔަ ޕޯސްޓްތަކަށް އެތައް ލައްކަ ލައިކްސްގެ އިތުރަށް ކޮމެންޓްސް ލިބެމުން ދިޔައެވެ.
ތުރުކީއަށް މެޗު ބަލަން ނުދެވުނު ދިވެހިން ޓީމަށް މަރުހަބާ ކިޔުމަށް ތައްޔާރު ވުމުގެ މަސައްކަތް ފެށިއެވެ.
މާނީއަށް އެންމެ ފަހުން އާރާޝާއި އިންޓަވިއު ކުރުމުގެ ފުރުސަތު ލިބުނެވެ. ކަރުގައި އރަން މެޑަލް އަޅައިގެން މާނީގެ ކުރިމަތީގައި އާރާޝް ހުއްޓުމުާއެކު މާނީގެ ހިތުގެ ހިނގުން އަވަސްވިއެވެ. ކުރަން އުޅުނު ސުވާލުވެސް އޭނާގެ އަރުގައި ތާށިވިއެވެ.
އާރާޝް ބޭނުންވީ އޭނާގެ މެޔާލާ މާނީ ބޮނޑި ކޮށްލާށެވެ. ދުވަހަކުވެސް ދޫނުކުރާ ގޮތަށެވެ. ޓީވީން ލައިވް ކުރަމުން ދިޔައިރުވެސް މާނީގެ އަނގައިން އެންމެ ލަފްޒެއްވެސް ނުނިކުތެވެ. އާރާޝް އެއް މިޔައަކާށް ހީލުމާއެކު މުޅި ކުއްޖާ ރަތްވިއެވެ. އެއާއެކު އެއްވެސް އިޚްތިޔާރަކާ ނުލައި މާނީއަށް އިސްޖަހާލެވުނެވެ. އާރާާޝް ލާނެއް ގޮތަކަށް މާނީއަށް ބަލަހައްޓައިގެން އިނެވެ. ވަރަށް ހިއްވަރުކޮށްފައި މާނީ އާރާޝާއި ސުވާލު ކުރަން ފެށިއެވެ. އެހެން ފަހަރުތަކާ ހިލާފަށް މާނީގެ އަޑުގައި ތުރުތުރު ލުމެއް ހުރިކަން ޓީވީން އެއިންޓަވިއު ބަލަން ތިބި އެންމެންނަށްވެސް ފާހަގަވިއެވެ.
އެއް ހަފްތާ ފަސް…
މުޅި ރާއްޖެ ތައްޔާރުވެފައި ވަނީ ދުނިޔޭގެ ތަށި ހިފައިގެން އައި ޓީމަށް މަރުހަބާ ކިޔާށެވެ. މުޅި މާލޭގައި ވަނީ ރަތްކުލަ ލާފައެވެ. ދިވެހިން ފެށުނީއްސުރެ ދެކެމުން އައި ހުވަފެން ހަގީގަތަކަށް ވީއެވެ. ކުޑަކުޑަ ދިވެހި ރާއްޖެ ވޯލްޑް ކަޕް ކާމިޔާބު ކުރީއެވެ. މިހާރު ދިވެހިންނަކީ ކޮންބައެއްކަން ނޭންގޭ ބަޔަކު ދުނިޔޭގައި ނޫޅޭނެކަން ޔަގީނެވެ.
އެއާޕޯޓްގައި ބޯޓު ޖެއްސުމާއެކު ހުރިހާ ކުޅުންތެރިން ފޭބިއެވެ. ތަށި ހިފައިގެން އެންމެ ފަހުން ފޭބީ މާއިޒްއެވެ. ހުރިހާ ކުޅުންތެރިންވެސް ތިބީ ކަޅު ކުލައިގެ ކޯޓު ފަޓުލޫނުގައެވެ. ކޮންމެ ކުޅުންތެރިއެއްގެ ކަރުގައި ރަން މެޑަލް އަޅާފައި އޮތެވެ. އެއާޕޯޓްގެ ވީއައިޕީ ބައިން ކުޅުންތެރިންނަަށް އެކުޅުންތެރިންގެ އާއިލާ މެންބަރުން މަރުހަބާ ކިޔެވެ. ޓީމު އައުމުގެ ދެދުވަސް ކުރިން ތުރުކީގައި ތިބި ސަޕޯޓަރުންނާއި ކުޅުންތެރިންގެ އާއިލާ މެންބަރުން ރާއްޖެ އައެވެ.
ބްރިޖްގެ ހިނގަން ހަދައިފައި އޮތް ލޭން ވަނީ މީހުންނިން ފުރިފައެވެ. ކޮންމެ މީހަކުވެސް ރަތްކުލައިގެ ޖާޒީގައި ޓީމަށް މަރުހަބާ ކިޔަމުން ދިޔައެވެ. އެރޭ މުޅި މާލެއާއި ހުޅުމާލޭގައި ތަށި ހިފައިގެން ބުރުޖެހިއެވެ. ކުޅުންތެރިންނަށް ގެއަށް ދެވުނު އިރު ދަންވަރު ދޭއް ޖަހަނީއެވެ.
އާދުވަހަކަށް އިރު އަރައިގެން އައިއިރުވެސް ފޯރި ނުކެނޑެއެވެ. މާލޭގެ އެކި ހިސާބު ތަކުގައި ޕޯސްޓަރުތަކާއި އޭތި މީތި ހިއްޕައި އުޅުނެވެ.
އާރާޝަށް ހޭލެވުނީ ޒިވާ އައިސް އޭނައަަށް އުނދަގޫ ކުރަން ފެށުމުންނެވެ. ކަންނެއް ގޮތަކަށް ލޯ ހުޅުވާލުމަށްފަހު އަނެއްކާވެސް ދެލޯ މަރާލިއެވެ. “އޭއި އާރާޝް ތެދުވެބަ. ކާފަ އެބަހުރި އާރާޝާއި ބައްދަލު ކުރަން އައިސް” އާރާޝަށް ފުންމައިގެން ތެދުވެވުނީ އަފްރާ ކާފަ އައިސް ހުރި ވާހަކަ ބުނުމުންނެވެ. “ކޮން ކާފައެއް؟ ޒަހީން ކާފަ؟” ދެލޯ ބޮޑުކޮށްފައި އާރާޝް އަހާލިއެވެ. “އާނ. ދެންވެސް ތެދުވެގެން އާދެބަ” އަފްރާ ޒިވާ ގޮވައިގެން ދިއުމުން އާރާޝް ތެދުވެގެން އަވަހަށް ފާޚަނައަށް ވަނެވެ.
އާރާޝް ސިޓިންރޫމަށް ނުކުތްއިރު ޒަހީނުގެ އިތުރަށް ސުހެެއިދު ވެސް ހުއްޓެވެ. ބައްތިރީސް ދަތްފެންނަ ވަރަށް ހެވިފައި މާނީއާ ކޮންމެސް ވާހަކައެއް ދައްކަން ސުހެއިދު ހުއްޓެވެ. ގޭއެންމެން ސިޓިންރޫމްގައި ތިބިތަން ފެނުމުން އާރާޝަށް ހިންދިރުވާލެވުނެވެ.
“އަނހާ. އާރާޝް އައީ ދޯ. އާދެބަ ކާފަ ގާތު މިތާ އިށީންނަށް” ސޯފާއަށް އިޝާރާތް ކުރަމުން ޒަހީނު ބުންޏެވެ. ވަރަށް ލަދުން ހުރެ އާރާޝް ގޮސް ޒަހީނު ގާތު އިށީނެވެ. “މިއަދު މީ ވަރަށް އުފާވެރި ދުވަހެއް. މަގޭ ތިބި ހަމައެކަނި ދެފިރިހެން ކާފަ ދަރި މުޅި ގައުމު ފަޚުރު ކޮށްދީފި. ހަގީގަތުގަވެސް ވަރަށް އުފާވެއްޖެ. އާރާޝް ދަރިފުޅާ ކާފަ ބުނި ޝަރުތު ދަރިފުޅު ތިފުރިހަމަ ކުރީ. އެހެންވީމަ ދެން މާނީއާ ދަރިފުޅުގެ ކައިވެނި ނުކޮށްދީއެއް ނުވާނެއްނު” އާރާޝްގެ ކޮނޑުގައި ޖަހާލަމުން ޒަހީނު ބުންޏެވެ. އެއާއެކު އެތަނުގައި ތިބި އެންމެންގެ މޫނު މަތިންވެސް އުފާވެރިކަން ފާޅުވިއެވެ. މާނީއަށް ލަދުން އިސް ޖަހާލެވުނެވެ. މިހާރު އާރާޝްގެ މީހަކަށް މާނީ ހާދާކަަށް އެއްވެސް ހުރަހެއް ނެތެވެ.
ޒަހީނުގެ ރުހުމާއެކު ކައިވެނީގެ ކަންކަން ހަމަޖައްސަން ފެށުނެވެ. ނަވްޔާ އިސްރާ އަދި އިޝްމާގެ ދިމާ ކުރުންތަކާ މާނީއަށް ކުރިމަތިލާން ޖެހުނެވެ.
އަހުސަމާއި އަކްމަލް ވެސް އެވަރަށް އާރާޝާއި ދިމާ ކުރެއެވެ. މާއިޒްވެސް ދޭތެރެއަކުން ދިމާކޮށްފާނެއެވެ. އެހެނަސް އަކްމަލްމެން ދިމާކުރާ ވަރަކަށް މާއިޒް ދިމައެއް ނުކުރެއެވެ.
އާރާޝާއި މާނީގެ ކައިވެނި ކުރެވެން އޮތީ އާރާޝްގެ އަމިއްލަ ރިސޯޓްގައެވެ. މާލެއާ މާ ދުރުނޫން ރިސޯޓުގަައި އޮންނަ އާރާޝާއި މާނީގެ ކައިވެނި ހަފްލާއަށް ދުނިޔޭގެ މަޝްހޫރު ކުޅުންތެރިންނަށް ދައުވަތު ދެވުނެވެ.
މެރޫން ކުލައިގެ ބޮޑު ކައިވެނި ހެދުމުގައި މާނީ ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. މޫނުގައި ލުއި މޭކަޕެއް ކޮށްފައި ހުރިއިރު ރީތި ގޮތަކަށް މެރޫން ކުަލައިގެ ޝޯލް އަޅާފައި ހުއްޓެވެ. ނަވްޔާ އިސްރާ އަދި އިޝްމާ މާނީ ރީތި ކުރުމަައިގެން އުޅުނެވެ.
މެރޫން ކުލައިގެ ގަމީހާއެކު ކަޅުކުލައިގެ ކޯޓު ފަޓުލޫނުގަައި ހުރި އާރާޝް ފެންނަލެއް ވަރަށް ހިތްގައިމެވެ. ފަން އިސްތަށިގަނޑު އެއް ފަޅިއަކަށް ފުނާއަޅައިފަައި ހުއްޓެވެ. އޭނާ ރީތިވި ގަޑީ އަކްމަލާއި އަހުސަމް އަދި މާއިޒް އުނދަގޫ ކުރަން ތިއްބެވެ.
އަށެއް ޖެހުމާއެކު ކައިވެނި ކުރެވޭ ސަރަހައްދަށް ހުރިހާ އެންމެން އައެވެ. މުޅި ތަންވަނީ މެރޫން ކުލައިން ޒީނަތްތެރި ކޮށްފައެވެ. ހިތްގައިމު ވައި ޖެހުމުގެ ސަބަބުން އެސަރަހައްދު ވަރަށް ވެސް އަރާމެވެ.
ހުރިހާ އަންހެން ވެރިން ތިބީ އެއްގޮތަކަށް ހެދުން ފަހައިގެން ލައިގެންނެވެ. ފިރިހެންވެރިން ތިބީ މެރޫން ކުލައިގެ ގަމީހާއި ކަޅު ފަޓުލޫނު ލައިގެންނެވެ. ޔާޒްވެސް ހުރީ މެރޫން ކުލައިގެ ގަމީހަކާ ކަޅު ފަޓުލޫނެއް ލައްވާފައެވެ. އަލައިކާއާއި އައިރާ ތިބީ މެރޫން ކުލައިގެ ބޮޑު ހެދުމެއް ލައްވާފައެވެ. ދެކުދިންގެ ބޮލުގައިވެސް މަލުން ހަދާފައި އޮތް ބޭންޑެއް އަޅުަވައިފައި ހުއްޓެވެ.
ކައިވެނި މޭޒުދޮށުގައި އިށީންއިރު މާނީގެ ހިތް ބާރު މިނުގައި ތެޅެމުން ދިޔައެވެ. އޭނާގެ ހިތުގެ ހިނގުން އަވަސްވެ ލޭދައުރުވާލެއްވެސް އަވަސްހެން ހީވިއެވެ.
“އަނބި ގަބޫލުކޮށްފިން” ސީދާ މާނީގެ ލޮލަށް ބަލަން ހުރެ އާރާޝް ބުންޏެވެ. އެއާއެކު މާނީއަށް ލަދުން އިސްޖަހާލެވުނެވެ. އުނދަގޫ ރާސްތާއެއް ކަޑަތު ކުރުމަށްފަހު މާނީއަށް އާރާޝްގެ އަނބިމީހާގެ މަގާމަށް އާދެވިއްޖެއެވެ. ދުވަހަކުވެސް ވެދާނެކަމަަށް ގަބޫލު ނުކުރެވުނު ކަންތައް ވީއެވެ.
މާނީ އާރާޝްގެ އަތުގައި ހިފާލުމަށްފަހު އަތަށް ބާރުކޮށްލިއެވެ. މާނީވެސް އާރާޝްގެ އަތަށް ބާރުކޮށްލިއެވެ. ދުވަހަކުވެސް އެއަތުން ދޫނުކުރުމަށް ދެމަފިރިންނަށްވެސް ހިތާހިތުން ވައުދުވިއެވެ.
ހުރިހާ އެންމެން އާރާޝާއި މާނީއަށް މަރުހަބާކިއެވެ. އަރްޝާދާއި އަފްރާ ތިބީ ނުހަނު އުފަލުންނެވެ.
“ނުންނު މީ މިހާރު ނުންނުގެ ބައްޕަ އެނގޭ މީގެ ފަހުން ކުއްބެ ނުކިޔަށްޗޭ.”އަރްޝާދް އައިސް މާނީ އަދި އާރާޝްގެ ކޮނޑަށް އަތް ވައްޓާލިއެވެ. މާނީ އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލިއެވެ.
ނުވައެއް ޖެހިއިރު ޕާޓީ ފެށިގެން ދިޔައެވެ. ރެއަލް މެޑްރިޑް ކުޅުންތެރިންގެ އިތުރަށް ނަން މަޝްހޫރު އެހެން ކުލަބުތަކުގެ ކުޅުންތެރިންވެސް ޕާޓީއަށް އަންނަމުން ދިޔައެވެ.
ބާރަ ޖެހުމާއެކު ހުރިހާ މެހެމާނުންތަ އެމީހުންނަށް ޚާއްސަ ކުރިވިފައި ހުރި ތަންތަނަށް ދިޔައެވެ. އެއާއެކު އާއިލާ މެންބަރުން އެކަނިވިއެވެ. އެހެނަސް ކުޑަކުދިން ނިދިއައިސްގެން އުޅެން ހެދުމުން އާލާއާ ރައުފާ ހުރިހާ ކުދިންތައް ގޮވައިގެން އެކުދިން ނިންދަވަން ދިޔައެވެ.
“އާރާޝް ނުންނުއަށް ދެރަގޮތެއް ނަހަދާތި. ޝީއިޒް މައި ޕްރިންސެސް.”މާއިޒް މާނީގެ ބޮލުގައި ފިރުމާލިއެވެ. އޭނާއަށް އަދިވެސް ހީވަމުން ދިޔައީ މާނީއަކީ ކުޑަކުއްޖެއް ހެންނެވެ. ލޯބިވާ ކޮއްކޮއަށް ދެރަގޮތެއް ވާކަށް މާއިޒެއް ނޭދެއެވެ. “ދޮންބޭ އާ ޔޫ ކްރައިން؟” މާއިޒްގެ ލޮލުން ކަރުނަ އަންނަހެން ހީވުމުން މާނީ އަހާލިއެވެ. މާއިޒް ނޫނެކޭ ބުނެ ދެފަރާތަށް ބޯހޫރުވާލިއެވެ. ބައްޕަމެން މަތިން މާއިޒް ވަރަށް ހަނދާންވިއެވެ.
“ޝަންނު ހުރިނަމަ މިއަދު ވަރަށް އުފާވާނެ” ސުހެއިދުއަށް އަފްޝަން މަތިން ހަނދާން ނުކޮށެއް ނުހުރެވުނެވެ. އެއާއެކު މާނީއާއި މާއިޒްގެ އިތުރަށް އަފްރީން އަދި އަފްރާއަށް ވެސް އަސަރު ކުރިއެވެ. ޒަހީނުއާ މިޒްނާ އަދި އަރްޝާދް މިހްރާން މަތިން ވެސް ހަނދާންވިއެވެ.
“އަފްރާ ދެން އަފްރާވެސް އަހަރުން ގުރޫޕާ ގުޅެންވީ. މަށަކަށް ހިއެއް ނުވޭ މާމައަކަށް ބަދަލުވާކަަށް މާގިނަ ދުވަސް އޮތްހެނެއް” ތަނުގައިވި ސީރިއަސް މާހައުލު ނަގާލީ އައްމާރުގެ ޖޯކުންނެވެ. މާނީއާއި އާރާޝް ފިޔަވާ އެންމެންނަށްވެސް ހެވުނެވެ. އެދެޒުވާނުން ލަދުން ގޮސް ރަތްވިއެވެ.
“ކާލޭގެ ތިލާނެއްކަން ނުކެނޑޭނެދޯ މުސްކުޅިވީމަވެސް” ދާނިޝް އައްމާރާއި ދިމާއަށް ބުންޏެވެ. “ދާންޓެ މަ އަދި މުސްކުޅިއެއް ނުވެޔޭ! ދޯ އާލާ” އައްމާރު އާލާއަށް ދޯއެއް ދެމުން އެއްލޯ މަރީލިއެވެ. އެއާއެކު އާލާ ލަދުންގޮސް ހަލާކުވާވަރު ވިއެވެ.
އާރާޝާއި މާނީއަށް އެކަނިވެލަން ފުރުސަތު ދިނުމަށްފަހު އެހެން އެންމެން އެމީހުންގެ ކޮޓަރިތަކަށް ދިޔައެވެ. މާނީއާ އާރާޝް ދިޔައީ އެމީހުންނަށް ޚާއްސަ ކުރެވިފައި އޮތް ބޮޑު ގެއަށެވެ.
އާރާޝް މާނީ ގޮވައިގެން ގޭތެރެއަށް ވަދެފައި އޭނާގެ އަތް ދަނޑި މައްޗަށް މާނީ ހިއްލާލިއެވެ. އެއާއެކު މާނީ ސިއްސައިގެން ދިޔައެވެ. “ޔޫ ލުކް ސޯ ބިއުޓިފުލް. ވައިފީ” މާނީގެ މޫނާ އޭނާގެ މޫނު ކައިރިކޮށްލަމުން އާރާާޝް މާނީއަށް ތައުރީފު ކުރިއެވެ. އެއާއެކު މާނީ ހީވީ ލަދުން ގޮސް ވިރިދާނެހެންނެވެ.
މާނީއޭނާގެ އަތް ދަނޑިމައްޗަށް ލައިގެން އެހުރި ގޮތަށް ގޮސް އާރާޝް ކޮޓަރިއަށް ވަނެވެ. ކޮޓަރީގައިވަނީ އުއްބަތި ދިއްލާފައެވެ. ފިނިފެންމާ ފިޔައިން މުޅި ކޮޓަރި ޒީނަތްތެރި ކޮށްފައި އޮތެވެ. ކިންގް ސައިޒްގެ ބޮޑު އެނދުގައި އަޅާފައި އޮތް ހުދު ބެޑްޝީޓްގަައި ފިނިފެންމާ ފިޔައިން އެމް އައެމް އަކުރަކާ އޭ އާކުރެއް އަޅާފައި ހުއްޓެވެ. ދެއަކުރުވެސް އަޅާފައި އޮތީބޮޑު ހިތެއްގެ ތެރޭގައެވެ. އާރާޝް ގޮސް މާނީ އެނދުގައި ބޭންދިއެވެ. “ފައިނަލީ މާނީ ފައިނަލީ ޔޫ އާ މައި ވައިފް. އައި ލަވް ޔޫ ސޯމަޗް މައި ކްރައި ބޭބީ” ބިންމަތިގައި އިށީންދެގެން މާނީގެ އުނގުގައި ބޯއަޅާލަމުން އާރާޝް ބުންޏެވެ. “އައި ލަވް ޔޫ ޓޫ އިޑިއަޓް” ވައި އަޑުން މާނީ ބުންޏެވެ.
ކައިވެނި ޕާޓީއަށްލީ ހެދުން ބަދަލު ކޮށްގެން ދެޒުވާނުން އަތިރި މައްޗަށް ހިނގާލަން ނުކުތެވެ. ދަންވަރުގެ އެވަގުތުގަައި ޖެހެމުން ދިޔ ފިނިވައިރޯޅިން މާނީ ހީކަރުވަމުން ދިޔައެވެ. ރާޅު ބީއްސާ ހިސާބަށް ވުރެ ތަންކޮޅެ މަތީގަައި އާރާޝާއި މާނީ އިށީނެވެ. މާނީ އިށީން ގޮތަށް އާރާޝްގެ ކޮނޑުގައި ބޯއަޅާލިއެވެ.
“ސަންތިމަރިޔަނބުގެ ޑައިރީ މަށަށް ލިބުނީ ކިހިނެއްކަން އެނގޭތަ؟” އާރާޝަށް މާނީގެ ޑައިރީ ލިބުނީ ކިހިނެއްކަމެއް އާރާޝް އަދި އަދައްދާން ދެންވެސް މާނީ ގާތުގަ ނުބުނެއެވެ.
***************
މާނީވެސް އާރާޝްދެކެ ލޯބިވާކަން އެނގުމުން އެވާހަކަ އަހުސަމާ ހިއްސާ ނުކޮށް ހުންނާކަށް އިސްރާގެ ހިތެއް ނޭދުނެވެ. މާނީއާ އާރާޝް ނުލާ ގްރޫޕް އެންމެން އެއްވުމަށްފަހު އިސްރާއާއި އަހުސަމް އެވާހަކަ ދެއްކިއެވެ. އަހުސަމްގެ ފަރާތުން އާރާޝްވެސް މާނީދެކެ ލޯބިވާކަން އެނގުމުން ނަވްޔާއަށް ހައިރާންކަން ލިބުނެވެ. ކުރިން އެކުދިން ގްރޫޕްތެރޭ އެވާހަކަ މަޝްވަރާ ނުކުރެވުނުކަމަށްޓަކައި ނަވްޔާ އަދި އަހުސަމްވެސް ދެރަވިއެވެ. ކޮންމެ ގޮތެއް ހަދާގެން ވިއަސް މާނީ އާރާާޝްދެކެ ލޯބިވާކަން އާރާޝަށް އަންގަން އެކުދިން ބޭނުންވިއެވެ. މާނީގެ ޑައިރީ އާރާޝަށް ދޭން ޚިޔާލުދިނީ ނަވްޔާއެވެ. އެހެން ކުދިންވެސް ނަވްޔާގެ ޚިޔާލަށް ތާއިދުކޮށް އާރާޝަށް މާނީގެ ޑައިރީ ދިނެވެ. މާނީގެ ޑައިރީ ކިޔާ ނިމުނުއިރު އާރާޝް ހުރީ ހެވިދިލިފައެވެ. އެންމެ ފުރަތަމަވެސް ގޮސް މާއިޒް ގާތުން އެދުނީ މާނީގެ ކައިވެންނަށެވެ. މާއިޒް ވަގުތުން އާބަސް ދިނެވެ.
*************
“ސަންތިމަރިޔަނބު ގެ ޑައިރީ ކިޔާފަ ދެރަވެސްވި އުފާވެސްވި. ޑްރާމާ ކުއީން” ނަވްޔާމެންގެ ފަރާތުންވެސް އެވާހަކަ މާނީގެ ކަންފަތާ ހަމައަކަށް ނުފޯރައެވެ. ނަވްޔާ އޭނާގެ ޑައިރީ އާރާޝަށް ދިފާނެކަމަކަށް މާނީ ހިއެއް ނުކުރެވެ.
“ހޫން ދެން ވަރަށް ފޮނިވެފައެއްނު ތީނީ. ދެން ބުނެބަ އާރާާޝް ކިހިނެއް މާނީދެކެ ލޯބިވީ؟” އޭނާގެ ހިތުގައި އުފެދެމުން ދިޔަ ސުވާލު މާނީ ކުރިއެވެ.
“ޔޫ ނޯ ވަޓް. އަސްލު ކުރީގަ އާރާޝަށް އިޝްކޮ ދެކެ ލޯބިވިކަމަށް ކުރެވުނު ހީއަކީ ގޯހެއް. އައި މީން އައި ލަވްޑްހާ އައި ސްޓިލް ލަވް ހޭ. އެކަމު އެއީ ބޭބެ ކޮއްކޮލޯބި. އޭރު އާރާާޝަަށް ނުވިސްނުނީ. އޭރުވެސް އާރާޝް ލައިކްވި ގާލްއަކީ ތީ. އެހެންވެ އެހާ ރޮއްވާ ހިއްވަނީ. ރުޅިއައިމަ އިންނާނެ ތުން ދަމައިގެން ވަރަށް ލޯބިކޮށް. އަދި ރުޅި އައިމަ ދެން އާރާޝް ކިޔާލެއް ވަރަށް ލޯބިވާނެ. އައި މިސް ދެޑް ނައު. އައި ލަވްޑް ޔޫ ސޯ މަޗް އޭރުވެސް. އެކަމު އެކަން ރިއަލައިޒްވީ މަފަހުން. އަސްލު ބޭނުންނުވީ ގަބޫލު ކުރަން. އައި ވޯންޓެޑް ޓު އިގްނޯ މައި ފީލިންގްސް. ބަޓް ޔޫ ލިޓިލް ވިޗް ޑިޑިންޓް ލެޓް ދެޓް ހެޕަން. ޔު އާ ސްޕެލް ވޯޒް ޓޫ ޕަވަފުލް. އައި ހެޑް ނޯ ޗޮއިސް ބަޓް ޓު އެކްސެޕްޓް ދަ ފެކްޓް އައި ވޯޒް އިން ލަވް ވިތް ޔޫ. ވަން މޯ ކުއެސްޝަން ހޫއިޒް ޔުއާ ހަސަން؟ ޑައިރީ ކިޔާގެންވެސް ނޭންގުނު ޖަވާބެއް އެއީ؟” ކުއްލިއަކަށް ކަމެއް މަތިން ހަނދާން ވެގެން އާރާޝް އަހާލިއެވެ. އެއާއެކު މާނީގެ ހިނިގަނޑު ފަޅާގެން ދިޔައެވެ.
“ދެޓްސް ޔޫ އިޑިއަޓް. ޔޫއާ މައި ހަސަން. ހަސަން އާރާޝް. ހަހަހހަ” މާނީގެ ޖަވާބުން އާރާޝްގެ އަނގަޔަށް ގޮތެއްވިއެވެ. “އަސްލު ތިއެންމެންވެސް ވަރަށް ގަމާރު ކިރިޔާވެސް ވިސްނާލިނަމަ އެނގުނީސް އެއީއާރާޝްކަން” ބަނޑުގައި އަތް އަޅައިގެން އިނދެ މާނީ ހުނެވެ.
މާނީ ގަދައަށް ހޭންފެށުމުން އާރާޝް މާނީ އުރާލައިގެން ގޮސް މޫދަށް ފުންމާލިއެވެ. މޫދުގައި ސަކަރާތްޖަހަން ތިބުމަށްފަހު މާނީއަށް ނިދެން ހެދުމުން އަނެއްކާވެސް ދެ ޒުވާނުން އެނބުރި ކޮޓަރިއަށް ދިޔައެވެ.
އިރުގެ އަލި ލޮލަށް އެކުމާއެކު މާނީއަށް އުނދަގޫ ގޮތަކަށް ލޯހުޅުވާލެވުނެވެ. ލޯ ހުޅުވި ގޮތަށް ފުންމައިގެން ތެދުވެވުނީ އެނދުގައި އަރާމުކޮށް ނިދާފައި އޮތް އާރާޝް ފެނުމުންނެވެ. އެހެނަސް މިހާރު އާރާޝަކީ އޭނާގެ ފިރިމީހާކަން ހަނދާންވުމާއެކު ލަދުވެތި ހިނިތުން ވުމެއް ތުންފަތަށް ވެރިވިއެވެ. ރޭގައި ހިނގައިދިޔަ ކަންތައްތައް ހަނދާންވުމާއެކު އިތުރަށް ލަދުގަތެވެ.
އާރާޝަަށް ހޭލެވުނުއިރު ލަދުން އިސްޖަހައިގެން މާނީ އިންތަން ފެނުނެވެ. އެއާއެކު ވީ ކިހިނެއްކަން އާރާޝަށް އެނގިގެން ދިޔައެވެ. މާނީ އިތުރަށް ލަދު ގަންނަވާލުމަށްޓަކައި ތެދުވެ މާނީގެ ކަނދުރާއަށް ބޮސްދިނެވެ. އެއާއެކު މާނީގެ ލޯލިތައް އެކީ ކޮޅަށް ޖެހިގެން ދިޔައެވެ. އާރާޝް އެނދު މައްޗަށް ކޮށްޕާލުމަށްފަހު ދުވެފަައި ގޮސް ފާޚަނައަށް ވަނެވެ.
އުފާވެރި ދެދުވަސް ރިސޯޓުގައި ހޭދަކުރުމަށްފަހު މާނީއާ އާރާޝް އެނބުރި މާލެ ދިޔައެވެ. ދެމީހުންގެ މަޖާ އަރާރުންވެސް ފެށިގެން ދިޔައެވެ. ކިތަންމެ ޒުވާބެއް ކުރިއަަސް އިރުކޮޮޅަކުން އެއްގަލަކަށް އަރައެވެ. އާރާޝާއި ކައިވެނި ކުރުމަށްފަހު މާނީ ނިންމީ ވަޒީފާއިން ކެނޑޭށެވެ. ހަފްތާއެއްގެ ތެރޭ އެމަސައްކަތް ކޮށް މާނީ ނިންމިއެވެ. މާއިޒް ނަވްޔާއާއި ޔާޒް ގޮވައިގެން އިޓަލީއަށް ދިރިއުޅުން ބަދަލު ކުރިއެވެ. އިސްރާއާއި އަހުސަމް އައިރާ ގޮވައިގެން ޕެރިސްއަށް ދިޔައެވެ. އިޝްމާ އަދި އަލައިކާއާއެކި އަކްމަލް އިނގިރޭސި ވިލާތަަށް ބަދަލުވިއެވެ. އާރާޝާއި މާނީ ސްޕެއިނުން ބޮޑު ގެއެއް ގަނެ ސްޕެއިންގެ މެޑްރިޑަށް ދިރިއުޅުން ބަދަލުކުރިއެވެ. އެހެނަސް އެއެކުވެރިންގެ މެދުގައި އޮތް ގުޅުމަކަށް އެއްވެސް ހީނަރު ކަމެއް ނާދެއެވެ.
*******
އެއް އަހަރު ފަސް….
އާރާޝް ދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓެވެ. އޭނާ އިންތިޒާރު ކުރަމުން ދިޔައީ އަލަތު ދަރިފުޅު އުފަންވާނެ އިރަކަށެވެ. ހޮސްޕިޓަލްގެ ގަވައިދު ބުނާ ގޮތުން އާރާޝަކަށް އެތެރެއަކަށް ނުވަދެވޭނެއެވެ. “ދޮންބެ ކާމް ޑައުން” އާރާޝް ގާތު ހޮސްޕިޓަލުގައި އިން އިޝްމާ ބުންޏެވެ. ރިކޯޑް އަދަދަކަށް ރެއާލް މެޑްރިޑުން އަކްމަލް ގަތުމާއެކު އިޝްމާމެން ސްޕެއިނަށް ބަދަލުވިއެވެ.
ކުއްލިއަކަށް ތުއްތު ކުއްޖެއްގެ ރުއިމުގެ އަޑު އިވުނެވެ. އެއާއެކު ހުރި ފިޔަވަަޅު މަތީގައި ހުއްޓިގެން އާރާާޝަަށް ހުރެވުނެވެ. ފަސްވަރަކަށް މިނެޓު ފަހުން ނަރުސްކުއްޖަކު ނުކުމެ އާރާޝް އަތަށް ދަރިފުޅު ލާދިނެވެ. އެގަޑީ އާރާޝަށް އުފަލުން ރޮވުނެވެ. އޭނާގެ ހަޔާތުގައި އައި އެންމެ އުފާވެރި ދުވަހަކީ އެއީ ކަން ޔަގީނެވެ. ނޫކުލައިގެ ފޮތިގަނޑެއްގެ ތެރޭ އެދަރިފުޅު އޮތް އިރު ނުހަނު ލޮތްބެވެ. މޫނު މަތިން އާރާޝާއި ވައްރު ގޮތެއް ހުއްޓެވެ. “ހައު އިޒް މައި ވައިފް؟” ދަރިފުޅުގެ ނިތުގައި ބޮސް ދިނުމަށްފަހު އާރާޝް އަހާލިއެވެ. އާރާޝަށް އެތެރެއަށް ވަންނަން ހުއްދަލިބުމާއެކު ދުވެފައި ކަހަލަ ގޮތަކަށް އެތެރެއަށް ވަނެވެ. އޭރު ވަރުބަލި ގޮތަކަށް މާނީ އެނދުގަައި އިނެވެ. ކުރިއަަށްވުރެ ފަލަވެފައި ހުރުމުން މާނީގެ ވަނީ އިތުރަށް ދޮންވެފައެވެ. އޭނާގެ ރީތިކަން އަދިވެސް ފަނޑުނުވެ ހުއްޓެވެ. “ހެއި އިޓްސް އަ ބޯއި. އަވާ ޕްރިންސް. ތެންކްޔޫ ސޯ މަޗް ކްރައިބޭބީ.” އާރާޝް މާނީގެ ނިތުގައި ވަރަށް ލޯބިން ބޮސް ދިނެވެ. މާނީއަށް ދެލޯ މަރާލެވުނެވެ. އާރާާޝް ފަރުވާތެރިކަމާއެކު މާނީ އަތުތެރެއަށް އެދެމީހުންގެ ދަރިފުޅު ލައިދިނެވެ. މާނީ އެދަރިފުޅު އުރާލުމާއެކު ލޮލުން ކަރުނަ ފޭބިއެވެ. މާނީ އެދުވަހަށް އިންތިޒާރު ކުރާތާ ކޮން ދުވަހެއް ހެއްޔެވެ. “މަންމިގެ ޔޫސުފް. އާރާޝް މީ އަހަރުމެން ދެމީހުންގެ ޔޫސުފް ދޯ” މާނީ ޔޫސުފްގެ ނިތުގައި ބޮސް ދިނެވެ. ފިރިހެން ކުއްޖެއް ލިބިއްޖެ ނަމަ ޔޫސުފް ކިޔަން މާނީއާ އާރާޝް ވަނީ ނިންމާފައެވެ.
ދެދުވަސްތެރޭގައި މާނީ ގެއަށް ދޫކޮށްލެވުނެވެ. މާނީ އާއި އާރާޝްގެ ދަރިފުޅު ދެކިލުމަށްޓަކައި އަފްރާމެންވެސް ސްޕެއިނަށް އައެވެ. އިސްރާއާއި އަހުސަމްގެ އިތުރަށް މާއިޒްއާއި ނަވްޔާވެސް އައެވެ. އޭނާގެ ބަޔަށް ކުއްޖަކު އިތުރުވުމުން ޔާޒް ހުރީ އުފާވެފައެވެ. އައިރާއާއި އަލައިކާ ޔޫސުފްއަށް ވަރަށް ވަރު ހުއްޓެވެ. އަލައިކާއަށް ވާހަކަ ދެއްކެނީ ކިރިޔާއެވެ. ނަމަވެސް ޔޫސުފް ގާތަށް އެނދަށް އަރާ އިނދެ މީ ދައްތައޭ ބުނެއެވެ.
“ޔޫސުފް ހީވަނީ އާރާޝްހެން ދޯ ޒާމް” އާރާޝާއި ޔޫސުފް ވައްތަރު ވާހަކަ އަފްރާ ބުންޏެވެ. އެއާއެކު އާރާޝްމާނީއަށް އެއްބުމަ ހިއްލާލިއެވެ. މާނީ ބަދަލުގައި އާރާޝާއި ދިމާއަށް ވައްތަރެއް ޖައްސާލިއެވެ.
ރޭގަނޑު އެންމެން ނިދަން ވަނުމުން އާރާޝާއި މާނީވެސް ޔޫސުފް ގޮވައިގެން ކޮޓަރިއަށް ވަނެވެ. ތަނަވަސް ބޮޑު ކޮޓަރީގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ތަށްޓާއި ދިމާއަށް އާރާޝް ބަލާލިއެވެ. ވޯލްޑްކަޕާ އެފަހަރު ލީގުގައި ދެއްކި މޮޮޅު ކުޅުމުގެ ސަބަބުން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އާރާޝަަށް ލިބުނެވެ.
އާރާޝް ގޮސް އެނދުގެ ކަނާއަތް ފަރާތުގައި އޮށޯތެވެ. އޭރު ކުޑަކުޑަ ޔޫސުފް ހޭލާ އޮތެވެ. އިރުކޮޅަކުން މާނީވެސް ނިދަން ތައްޔާރުވެގެން އައިސް ޔޫސުފް ގާތު އޮށޯތެވެ. “ދުވަސްކޮޅަކުން ފެންނާނީ އަހަރުމެންގެ ޔޫސުފް ބޮޑުވެފަ ހުންނަތަން ދޯ މާނީ. އެދުވަހުން މާނީއާ އާރާޝް ދެމީހުން ވެގެން އަހަރުމެން ކަޑަތު ކުރި އުނދަގޫ އަދި ދިގު ރާސްތާގެ ވާހަކަ ޔޫސުފަށް ކިޔާދޭނީ ދޯ” އާރާޝްގެ ވާހަކައަށް އެއްބަސް ވުމުގެ ގޮތުން މާނީ ބޯ ޖަހާލިއެވެ. އެއަށްފަހު ޔޫސުފްގެ ނިއްކުރިއަށް ދެމީހުން ވެސް ބޮސް ދިނެވެ. ޔޫސުފްގެ ނިއްކުރިއަށް ބޮސް ދިނުމަށްފަހު އާރާޝް މާނީގެ ކޮލަށް ދޮނެއް ދިނެވެ. އެންމެ ފުރަތަމަ ފަހަރެކޭ އެއްގޮތަށް އަދިވެސް އާރާޝްގެ އެކަހަލަ ކުދި ކުދި އަމަލުން މާނީ ރަތްވެއެވެ. މާނީވެސް އާރާޝްގެ ކޮލަށް ދޮނެއް ދިނުމަށްފަހު ނިދން އޮށޯތެވެ. އެއާއެކު އިސާހިތަކު ދެމީހުންވެސް ހުވަފެނީ އާލާމައް ގެނބިގެން ދިޔައެވެ.
ނިމުނީ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
30 Comments!
Comments are closed.






Slm alaikum. Dhigu inthizaarakah fahu mi vaahakaige nimun miothy. Fudheyvarakah mistake huredhaane. Eii time nuvegen proof read kurevey gotheh nuvi. Liye nimunu gothah mi up kury ithurah thikudhin inthizaaruga nubaithiban vegen. Mi vaahaka ah hurihaa readers ves dhin support ah varah bodah shukuriyya. Ummedhu kurany alhuganduge dhen huri vaahaka thakah ves mi vaahaka ah libunu tharheeb libeyne kamah. Mi vaahaka ah vure reethi vaahaka eh avas musthagbaleh gai thukudhinna hama ah genes dheveytho alhugandu masakkai eba kuran. Kiyuntherin Alhugandah dhevvii support ah adhi ves ehfaharu fahfashun shukuru dhahnnavan.khaasakoh mi vaahka liyamun dhiya iru alhugandah ehyve dhin alhuganduge best friend ah varah bodah shukuriyya. Vaahakige characters ge nan final kohdhin kuhjja ah ves fah fashun shukuru dhannavan. Going to miss you readers lya???♥️♥️♥️♥️
Adhi eh vaahaka mi vaahaka aky alhuganduge amilla khiyaalah liyunu vaahaka eh. Baeh kudhinnah gaboolu kuran dhithi vedhaane rajje world cup nagaafa oii vaahaka genasdhyfa othyma. Plus rajje kulhun theri akah fifa best award libunyma. Miee alhugandu khiyaalee vaahaka eh vyma egothah genesdhyfa ohnnany. Aslu mivaahaka thafaathu kuran vegen football kury. Also i am a football fan. Ummedhu kuran alhuganduge khiyaalu kiyuntherinnah kamudhaane kamah.
Vaahak varah varah reethi. Ekam hama nujehey thankolheh ebain.
SAFF championship ge thashi hoadhy 2018 ga ey othy. Ekam World cup ge champion kan hoadhy 2043 ga?? 25 years fahun.. ???? ??
Vvvvvv nice me story…
Superb
Jazakillah shaai
Wow… Story nimuny dhw,?.. nimunyma vrh dhera vehjje.. dhn nuves vaane esfiya site ah vahnna hitheh ves… Ekum nimun ves Hama vrh vrh vrh rythi.. I just love it… Me nish fashaigen nimendhen gavaidhun ky furathama vahaka… ❤️?…
Kiyaa ge ehn vahaka akah inthiraaru kuraanun.. kiyaafa vahaka thah Hama ehnme best… Lysm kiyaa…❤️❤️❤️❤️❤️❤️❤️??? Kiya ge age aky kobaatha?
Kiyaa haadha molhey.. Masha Allah ❤️..
Nish ves beynun kiyaa gothah vahaka liyun dhaskuran.. help me … heheh… Vahaka vrh ves rythi… Kiyaa thy hama ehnme best… lysm ?????
Jazakillah khairan nish. Varah ufaavehjje nish ah story kamu dhiyima. Nish kiyara eh vureh maa mokhuvedhaanehnu liyan. Nish ves try kohlla. Ly2 November ga kiyara ge aa vaahakaeh fenigen dhaane ISA. And i am 17y
Yes of course vrh kamudhiya kiya ge hiyaalu…. Oh no…… Hadha avahakah thi ninmaaly….. Vrh inthizaaru kurin up veythw….. Finally up v… ????? vrh vrh vrh reethi… No words could explain it dear this part is fantastic fabulous awesome….. I have. No words to explain about this story.??…… This is one of my favorite story…… ????????? ur best writer and best imagination about football ⚽⚽⚽….. congrats Finaaly u finished your story??…….. ly kiyaa????
Masha allah….. Keep it up…… Curious to read your next fabulous story…. ?????????
Jazakillah. Varah ufaavehjje baby girl ah kiyara ge idea kamudhiyaeema. Ly2. ISA November ga kiyara ge aa vaahaka eh fenigen dhaane
A fabulous story dear.. i really liked it.. keep it up
hope to read another story frm u soon.???
salaam dear
Wslm. Jazakillah. ISA November ga alhuganduge aa vaahaka eh fenigen dhaane
Alhe varah reethi…. varah miss vaane dhn araash men mathin ves and liyun theriyaa mathin ves…?btw kn irakun dhn next stry eh liyan visnanee…gud luck…ly??
Jazakillah. Kiyara ves varah miss vaane hurihaa readers mathin. ISA November ga ly2
Dhn oiy vaahakaaaga vx e nan thah beynun kohlaathi
Misaalakah babys thah bodu kohlaagn
Just an idea igey?
Vvvvvvv reethi mi story????
Jazakillah.
Meethi nunimma ba
Alheyy sara hurihaa kamakah ves nimumeh ahnnaneh nu. Egothah mivaahaka ves nimeynehnu dho. ISA alhuganduge aa vaahaka eh November ga fenigen dhaane
Maa sha Allah.. ?????????????????????? Vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reethi.. Just love it?????????☺️?????? finally maanee & araash marry kuree dhw.. ??? Vrh reethi… Alhey Maldives ah World Cup ge champion kan libunee dhw..???????Vrh Vrh happy v ethankolhu kiyaalaafa.. ☺️☺️☺️? kiyara.. Maa sha Allah.. Vrh reethi story eh.. Miee i ah kiyunu emme reethi eh story.. Just wow! Neynge Bunaane ehcheh ves Hama.. Feshunyssure emme part eh ves vahtaanulaa kiyamun mi aee.. Hurihaa part eh ves hama?????????????? .. Hehe.. Konme dhuvahaku vaahaka up vefa in tho balanvegen like 100 times varu esfiya ah vadhevey?.. Abadhu inthizaaru kureveny mi story ah.. Mi story kiyamun dhaairu heevanee hama story thereyga ulheveyhen. Ehaaves story reethi.. Jazakillah khairan for publishing such a wonderful story… Jazakillah khairan, again! Football ah samaalukan dheefa oiyy vaahaka eh v ma Vrh Vrh Vrh kamudhey. Dhivehi football in dheken beynun vanee kiyaa mi story ga kiyaidheefa mihuri kahala manzaruthakeh.. Maa sha Allah.. Haadha reethi story ekey mee.. Dear ge Hama mikahala reethi reethi story thakeh kuriya oiyy thaa ves fennaane kamah ummeedhu kuran.. I bunelan oiyyhaaves ehchakee mi dhaairaa in kiyaa kuriyah dhaashey.. No matter what others say, don’t give up.. Negative comments ayas aee dear ah libey hiyyvareh kamugai dhekey.. Readers ge faraathun libey support akee dear ah kuriyah dhiyumah libey ithuru baareh kamugai balaa.. ??☺️ maaiyy allah kiyaara thikuraa masahkathugai barakaaiyy lavvaashi.. Adhi kiyaaraa ge thi hunaru rahkaatheri kohdhevvaashi.. Ameen..?????????❤️❤️???❤️❤️???❤️❤️❤️❤️❤️❤️
Ameen. Allahumma baarik laki. Aishah ge comment kiyaafa varah ufaavehje. I am speechless. Hama ekani buneven othy jazakillah ey.. ISA November ga alhugandu ge aa vaahaka eh fenigen dhaane
Alheyy…kiyaaa❤❤❤❤how can I describe this story?speechless? , fabulous ☺, amazing ?, fantastic ?, cokeastic ?, perfect? ,awesome?, brilliant?, exciting? , interesting?, superb ?, well done? , excellent,? brilliant? ,……no word can describe? this story????…..alhey kiyaa ????u r a perfectly shining star kiyaa?❤?ur the best writer???? in the whole world..?kiyaa I just luv ur story …n love u more than the story….???❤??❤??
Maaih Allah kiyaa dhahtha ge masakkathugai barakaaih lavvaandhey ‘ve …insha Allah u can beat the top writers in the world …insha allah everything will be alright. ..no matter what others say and keep it up …..luv u kiyaa dhahtha…..???❤?❤?❤?❤
Ameen. Allahumma baarika laki. Varah ufaavehejje kiyaa ge fans ge comment fenifa. I am speechless. All i can say is Jazakillah
Ly2
OMG!!! Vrh rythi mi stry nimun goiy!! MAY ALLAH BLESS YOU ???
How can I describe this story…. ?????no words.. Finally they married OMG. ???????????????????????u r a brilliant, excellent, fantastic, fabulous, terrific, amazing, shining star.. Dhen nenge maya akah
… Vvvvvvvvv habeys.. Haadha reehcheyy haadha reehcheyy ????????????????????????i hope kiya dhooni ge story eh kiyaalan libeyne kamah…… Avahah…. I’ll miss you and thus cute story a lot love… ???????❤️???❤️???❤️????❤️❤️????????????????????????????????????????????????????❤️?❤️???️god bless you and your talent…….
Wow I knw tht it’s gonna be a unique one.and it is .I just loved it so much
Yoosuf nunin dhavaa tha maanee and aaraash nidhany hahahaha
story is beautiful
OMG OMG OMG????????Wowowow???? amazing… hama speechless… so so so sorry ingey kuryge parts ah cmnt nukurevunyma… kuda kameh vegen dhuvaskolhe vejje nukiyaathaa… miadhu balaali iru miothy ekkh nimmaalaafa… 40 vana part in feshign hama kamaa kanfashaafa miadhu kiyaa nimmy mi… masha allah❤❤❤haaaadha ryhcheyyy????alhe ekm vvvv dhera vey football stry nimeythy⚽❤⚽❤⚽ mibuny mi stry ga football ge vaahaka hunnaathy abadhu vs twinkle vvv kiyaa hiyy vey… ehnve ekm dhn nimunyma football ge stry eh vs nynnaane dhw kiyaalaakh… alhey… ekm hykuran dhn in stry vs hama mihaa rythi vaane kamah… I wish ehdhuvahakun hama aaraash mn kahala kulhuntheringe masakkathun raaje world cup ah gos champion kan hwdhaane kamah⚽⚽⚽⚽⚽ insha allah???
Koba Ril kiyaa nimihjje thr ?Aish vx mi part mi kiyaalii Dhenmme
Ey santhi Adhi kiriyaatha kiyan feshee