ދުޢާ 21
އޭނާގެ ދެލޮލުން ފެންނަނީ އުންމީދެވެ. އޭނާ އެ ހީކުރާ ގޮތަށް އެކަން ވެއްޖެނަމަ އާދިން އުފާވާނެ ވަރު ބަޔާންކުރަންވެސް ނޭނގެއެވެ. “ވިޝް.. އެއީ ދޮންބެގެ ދަރިއަކަށް ވެއްޖެނަމަ އަނެއްކާވެސް ދޮންބެއާއި ދިމާވާނެ ދޯ..” އާދިން އަނެއްކާވެސް ވިޝާމާ ގާތު ބުނެލީ އުންމީދުން ފުރިގެންވާ އަޑަކުންނެވެ. އާދިންގެ އަޑުގައި ވީ ރިހުމާއި އަސަރުން ވިޝާމާގެ ލޮލުންވެސް ވަނީ ކަރުނަ ހިލުވާލައިފައެވެ. ކަރުނައިގެ ތެރެއިންވެސް އޭނާ ބޯ ޖަހާލީ ފިރިމީހާއަށް ހިތްވަރު ދިނުމަށްޓަކައެވެ.
“އަހަރެން އަދި ބަލާނަން.. އެއީ އަހަރެމެންގެ މި އާއިލާ އާއި ގުޅުން ހުރި ކުއްޖެއްތޯ ޔަގީން ކުރާނަން.. އިން ޝާ ﷲ..” ވަރުގަދަ ޢަޒުމަކާއެކު އާދިން ބުނެލި އިރު އޭނާގެ ހިތަށް ނޭނގޭ ހަމަޖެހުމަށް ލިބިފައި ވެއެވެ.
އާ ދުވަހަކަށް އިރު އެރީ އެކި މީހުންގެ ޙަޔާތުގައު އެކި ކުލަ ޖައްސަމުންނެވެ. ބައެއް މީހުންގެ ދިރިއުޅުމަށް ބަހާރު މޫސުން އައި އިރު އަނެއް ބަޔަކު ދަތި ޙާލުގައި އުޅެމުން ދެއެވެ. ހެނދުނުގެ ހިތްގައިމު ވަގުތު އާލާ ފެންވަރާލައި ތާޒާވެލައިގެން ތިރިއަށް ފޭބީ ނާސްތާ ކުރުމަށެވެ.
އަރީފް އާއި ޝަޒިއްޔާ ފެނުމުން ދެމީހުންނަށްވެސް ބާއްޖަވެރި ހެނދުނަކަށް އެދިފައި އޭނަވެސް ގޮނޑިއެއް ދަމާލުމަށްފަހު އިށީނދެލިއެވެ. އެވަގުތު ޝަޒިއްޔާ އާއި އަރީފް ދެމީހުން ދެމީހުންނަށް ބަލައިލި ގޮތުން ހީވީ ބޮޑު ވާހަކައެއް ދައްކަން އެކަކު އަނެކަކަށް ހުއްދަ ދިނީހެންނެވެ. “ދަރިފުޅާ.. މަންމަމެން އެބައޮތް ވާހަކައެއް ދައްކަންވެފަ..” ޝަޒިއްޔާ އިސްވެ އެހެން ބުނެލި ހިނދު އާލާ އޭނާގެ ހުރިހާ ސަމާލުކަމެއް އަރީފްއަށާއި ޝަޒިއްޔާއަށް ދިނެވެ.
އޭގެ ދެވަނަ ސިކުންތުގައި ދެމީހުން ދުރު ދުރުން ފަށައިގެން ގޮސް ދައްކަމުން ދިޔައީ ކައިވެނީގެ ވާހަކައެވެ. ސީދާ މައުލޫއަށް ދިޔަ ވަގުތު އާލާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އެހެން ނަމަވެސް މަންމައާއި ބައްޕަ އެދުމުން އޭނާ ވަކި އެއްޗެއް ނުއެއް ބުންޏެވެ. ބުނާނެހާ ހިތްވަރެއް އޭނާގެ ނުވެސް ނެތެވެ. “ބައްޕަމެން އުންމީދުކުރަން ދަރިފުޅުގެ ފަރާތުން ޖަވާބެއް މި ދެދުވަސް ތެރޭގަ ލިބޭނެ ކަމަށް.. ދަރިފުޅަށް ކަމުދާ ކުއްޖަކު މިވަގުތު އެބަހުރިތަ؟” އަރީފް ސުވާލު ކޮށްލި އިރު އޭނާގެ މޫނުމަތިން ނުތަނަވަސްކަން ފާޅުވޭވޭ ހުއްޓެވެ.
ނަމަވެސް އާލާ ދެފަރާތަށް ބޯ ހުރުވާލި ވަގުތު އޭނާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމުން އަރީފް އެހުރި ވަރަށް ހިތްހަމަޖެހިފައިކަން ހާމަކޮށްދެއެވެ. އާލާ ކައި ނިމުމުން އަވަސް އަވަހަށް ސިޑިން މައްޗަށް އަރައިގެން ދިޔައެވެ. އެތަން ފެނި ޝަޒިއްޔާ އާއި އަރީފް ގާތަށް ހިނި އައީ ކައިވެނީގެ ވާހަކަ ދެއްކުމުން އާލާ ލަދުގަތީ ކަމަށް ހީކޮށެވެ.
ކޮޓަރިއަށް ވަތް އާލާ ސޯފާގައި އިށީން އިރު ފުން ނޭވާތަކެއް ލެވެމުން ދިޔައެވެ. އޭނާ އެހާ އަވަހަށް ކައިވެމި ކުރާނީ ކިހިނެތް ހެއްޔެވެ؟ އެހެން ވެއްޖެނަމަ އޭނާގެ މިނިވަންކަމަށް ހުރަސް އެޅޭނެއެވެ. މިހާރު އެއުޅޭހެން އެކުވެރިންނާއި އެކީ ތަންތަނަށް ގޮސް ނެހެދޭނެއެވެ. އެހެން ނަމަވެސް ބައްޕަ އާއި މަންމަ އެދުމުން އޭނާ ހަދާނީވެސް ކިނެތް ހެއްޔެވެ؟ ހަމަ ގައިމުވެސް އެ އެދުމުގައި ކޮޅުފައިން ޖަހާކަށް އާލާއަކަށް ހަމަ ލާހިކެއް ނޫނެވެ.
“ރުކާ.. ފޯނު ނަގާބަލަ..” އިން ތަނުން ތެދުވެލުމަށްފަހު ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ދެކޮޅަށް ހިނގަމުން އާލާ ކިޔަމުން ދިޔައެވެ. އޭނާ މިވަގުތު އެހުރީ ހިތަށް ވެރިވެފައިވާ ނުތަނަވަސްކަން ކޮންމެވެސް މީހަކާއި ހިއްސާކޮށްލާ ހިތުން ކެތްމަދުވެފައެވެ. ނަމަވެސް އޭނާގެ ހުރިހާ އުންމީދެއް ދިޔައީ ފެނަށެވެ. ރުކާ ފޯނެއް ނުނެގިއެވެ. ރިންގް ވެގެން ގޮސް ކެނޑުނު އިރުވެސް އޭނާގެ ޚަބަރެއް ހަމަ ހިލާ ނުވިއެވެ.
އާލާ އެނދުގައި އިށީނދެލުމަށްފަހު ދެއަތުން ބާރުބާރަށް އެނދުގައި ހިފަހައްޓާލިއެވެ. އެޔަށްފަހު އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން މަސައްކަތް ކުރިއެވެ. މަޑުމަޑުން ހަމަޔަކަށް އެޅެމުންދިޔަ އާލާ ސިހުނީ އޭނާގެ ފޯނު ރިންގް ވާން ފެށުމުންނެވެ. އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލީ ކާކުތޯވެސް ނުބަލައެވެ. “ހެލޯ.. ހާދަ ވަރަކަށް ގުޅައިފަ މިއޮތީ އަނެއްކާ ކިހިނެތް ވީތަ؟” ރުކާ ހައިރާން ކަމާއެކު އާލާއަށް ބުނެލިއެވެ. އާލާ ވީގޮތް ނުބުނެ އަވަހަށް އެގެއަށް އައިސްދިނުމަށް ރުކާ ގާތު ބުނެލިއެވެ. އެޔަށްފަހު އޭނާ އަވަސްވެގަތީ ކުޑަގޮތަކަށް ތައްޔާރުވެލުމަށެވެ.
ކަނޑު ނުލާއި ފިޔާތޮށިކުލައިގެ މާތަކެއް ޖަހައިފައި ހުރި ޓޮޕާއި އެކު މަޑު ނޫކުލައިގެ ޖީންސްގައި އާލާ ފެންނަލެއް ހިތްގައިމެވެ. އެޔާއެކު މަޑު ފިޔާތޮށިކުލައިގެ ޝޯލްއެއް އަޅައިފައި ވާއިރު އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ބެލްކަންޏަށް ނިކުންނަން ހުރި ދޮރު ކައިރީ ހުރި އާލާގެ ސަމާލުކަން ދަމައިގަތީ ކޮޓަރީގެ ދޮރު ހުޅުވާފައި އެތެރެއަށް ވަތް ރުކާ ފެނިފައެވެ.
“ހިނގާ އާލް އާ އެކީ..” ރުކާ އިތުރު ބަހެއް ބުނުމުގެ ފުރުސަތުވެސް ނުދީ އާލާ އޭނާގެ އަތުގައި ހިފައިގެން ވައިސޫރިއެއްހެން ކޮޓަރިން ނިކުމެގެން ދިޔައެވެ.
***
“ދާނިޔަލް.. މަ ދާނިޔަލްގެ ވާހަކަ ދެއްކީމަ މަންމަ ބުނި ކުރީދުވަހު އަހަރެމެން ގެއަށް ގެންނައްޗޭ.. ހިނގާބަލަ މިއަދު އަހަރެމެން ގެއަށް ސައިބޯން..” ހޮސްޕިޓަލް ތެރެއިން ދިމާވުމުން އަޒާން އާއި ދާނިޔަލް ވާހަކަ ދައްކާލަން ތިއްބެވެ. އަޒާން އެތަށް ދުވަހަކަށްފަހު ކަމަކަށް އެދުމުން ދާނިޔަލް އަށް ނޫނެކޭ ބުނާކަށް ނުކެރުނެވެ. އަދި އަމުދުން އެއީ އޭނާގެ މަންމަގެ އެދުމަކަށް ވާތީވެސް މެއެވެ. އެހެން ކަމުން ދާނިޔަލް އެކަމާއި އެއްބަސްވިއެވެ.
“ދާން ވީނު މިގަޑީގަ.. ޑިއުޓީވެސް ނިމުނީއެއްނު.. ހިނގާ ދަމާ.. މަވެސް ޑިއުޓީ މި ނިމުނީ ހަމަ..” އަޒާން ދާނިޔަލް ގާތު ބުނެލިއެވެ. ދާނިޔަލްވެސް ދެކޮޅު ހެދުމެއްނެތި ބޯ ޖަހާލިއެވެ. ދެ ޒުވާނުން އެއްކޮށް ހޮސްޕިޓަލުން ނިކުންނަން ދިޔައިރު ބައެއް އަންހެން ކުދިންގެ ލޯތަށް އެމީހުންނަށް އަމާޒުވެފައި ހުއްޓެވެ. ނަމަވެސް ވާހަކައިގެ އަވައިގައި ޖެހިފައި ތިބުމުން ދެމީހުންނަކަށްވެސް އެކަމެއް ރޭކާނުލައެވެ.
“ދާންގެ ކާރުގަ ދޯ ދާނީ.. މިއަދު މަވެސް އައީ ބައްޕަ އާއެއްކޮށް ބައްޕަގެ ކާރުގަ..” އަޒާން ދާނިޔަލް އަށް ބަލައިލަމުން ބުނެލިއެވެ. ދާނިޔަލް އެކަމާއި އެއްބަސްވެލަމުން ހިނިތުންވެލިއެވެ. “މަޑުކޮށްލައްޗޭ.. އެބަ އަންނަން ޑޭޑް ގާތު އެއްޗެއް ބުނެލައިފަ..” އަޒާން އެހެން ބުނުމުން ދާނިޔަލް ހިނިތުންވެލިއެވެ. އަދި އޭނަ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ. ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނާ ހައިރާންވީ އަޒާން ގޮސް ހުއްޓުނީ އާދިން ގާތު ކަމުގައިވާތީއެވެ. އާދިން އަކީ އަޒާންގެ ބައްޕަ ހެއްޔެވެ؟ ލިބުނު ހައިރާންކަން މަތީ ދާނިޔަލްއަށް ބަހެއް ބުނަންވެސް ނޭނގިފައި ހުރެވުނީއެވެ.
“ހިނގާ ދަމާ..” ދާނިޔަލް އެހުރި ގޮތަށް ހުއްޓާ އަޒާން އައިސް ދާނިޔަލް ގާތު ދާން ބުންޏެވެ. އޭނާއަށް ހޭވެރިކަން ވީ އެވަގުތުއެވެ. އެހެން ކަމުން ހިނިތުންވެލުމަށްފަހު ކާރުގެ ދޮރުފަތް ހުޅުވާލައިފައި އެތެރެއަށް ވަނެވެ. “އަޒާންގެ ބައްޕައަކީ.. އާދިން ސަރ ތަ؟” ބުނަން ނުބުނަން އިނދެފައި އެންމެފަހުން ކަށިން ހިތްވަރު ނެރެގެން ދާނިޔަލް ބުނެލިއެވެ.
އެހިނދު އަޒާން ހެވިލައިފައި އެކަމަށް އެއްބަސްވިއެވެ. އެޔަށްފަހު އޭނާގެ އާއިލާގެ ކުޑަ ތައާރަފެއް ދިނުމަށްފަހު އެކި ވާހަކަތައް ކިޔައިދޭން ފެށިއެވެ. ދާނިޔަލްވެސް ދިޔައީ ފުރިހަމައަށް އެ ވާހަކައިގައި ބައިވެރިވަމުންނެވެ.
***
ރަސްފަންނަށް ވަދެގެން ދިޔަ އިރުވެސް އާލާ އެކައްޗެކޭވެސް ނުބުނެއެވެ. ރުކާ އެތަށް ފަހަރެއް މަތިން ވީ ކީއްތޯ ސުވާލު ކުރުމުންވެސް ދޭ ޖަވާބަކީ އިހަށް މަޑުކުރުމަށެވެ. ހުސްކޮށް އިން ޖާގައެއް ހޯދާލުމަށްފަހު ދެމީހުން ގޮސް އެތަނުން ހަޓެއް ދަށުގައި އިށީނދެލިއެވެ. “ހޫމް.. ދެން ވީގޮތެއް ކިޔައިދީބަލަ.. މިހާރު ހަމަ ރަނގަޅަށްވެސް އާލާ މަ ބިރުގަންނަވާ އެބަ..” ރުކާ ސީރިއަސް ވެލައިފައި ބުނެލިއެވެ. އާލާގެ މޫނުމަތިންވެސް ފާޅުވާން ހުރީ ނުތަނަވަސްކަމެވެ.
“އާލްގެ ބައްޕަ މިއަދު ދެއްކި ވާހަކައަކުން މި ހުރިހާ ކަމެއް ވެގެން މިއުޅެނީ.. ބުނީ އާލް މިހާރު މިހުރީ ޒުވާނަކަށް ވެފައެއް ނޫންހޯ.. ފުރާ ފުރިހަމަ ވެފަޔޯ މިހުރީ.. އެހެން ވީމަ މީހަކާ އިންނަން ވީއޯ..” އާލާ ނުތަނަވަސްކަން ވެރިވެފައިވި ރާގެއްގައި ބުނެލިއެވެ. އެހިނދު ރުކާ އިރުކޮޅެއް ވާންދެން އެއްޗެކޭ ނުބުނެ އިނުމަށްފަހު އާލާގެ އަތް މަތީގައި އޭނާގެ އަތް ބާއްވާލިއެވެ.
“ދެން ކިހިނެއް ވީ؟” ރުކާ އަނެއްކާވެސް ސުވާލު ކޮށްލިއެވެ. “ދެން ނުވޭ ކަމެއް.. އެ ވާހަކަ ހަމައެކަނި ބައްޕަ ބުނީ.. މަންމަވެސް ހުރީ ބައްޕަ އާއި އެއްކޮޅަށް..” ހުރި ސީދަލަށް ކުރިމައްޗަށް ބަލަހައްޓައިގެން ހުރެ އާލާ ބުނެލިއެވެ. “އާލް މިކަމާއި ދޭތެރޭ ދެކެނީ ކިހިނެތް؟” ސީދާ އާލާގެ މޫނުމައްޗަށް ބަލަހައްޓައިގެން އިނދެ އާލާ އެހިއެވެ. “ރުކާ.. އަހަރެން އަދި އަވަހެއް ނޫންތަ މެރީ ކުރަން؟ އަދި ފަންސަވީސް މިއަހަރު ވާނީ.. ދެން އެހެން ނޫނަސް މެރީ ކުރީމަ އަހަރެންގެ މިނިވަންކަމަށްވެސް އެޅޭނީ ހުރަސް.. މިހާރު މިއުޅޭ ހެނެއް ނޫޅެވޭނެ.. ރުކާ މެންނާ އެކީ ތަންތަނަށް ގޮސްވެސް ނޫޅެވޭނެ.. އަބަދު ގޭގަ ކަންނޭނގެ ހުންނަން ޖެހޭނީ ފިރިމީހާގެ ޚިދުމަތުގަ.. އެހެނެއް ނޫޅެވޭނެ މަށަކަށް..” އާލާ ހިތްހަމަ ނުޖެހިފައި ބުނެލިއެވެ. އެވަގުތު ރުކާ އިސްދަށަށް ޖަހާލީ އޭނާގެ އެކުވެރިޔާގެ ވިސްނުން ހުންނަ ގޮތުންނެވެ.
“އާލާ.. އަހަންނަކީ ނަސޭހަތް ދޭން މާ މޮޅު މީހަކަށް ނުވެދާނެ.. އެކަމަކު އަހަރެންނަށްވެސް މިކަންކަމާއި ގުޅޭ ގޮތުން މިހާރު ފުދޭވަރަކަށް އެއްޗެހި ވަނީ އެނގިފަ.. ކައިވެނި ކުރުމަކުން ވަކި އާލާގެ މިނިވަންކަމަކަށް އެޅޭނެ ހުރަހެއް ނޯންނާނޭ.. ބަދަލުގަ އާލާއަށް އިތުރު ރައްކާތެރިކަމެއް ލިބިގެންދާނީ.. ޒަވާޖީ ޙަޔާތެއް ފެށުމުން ތިމާގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނާނެ.. މުޅި ދިރިއުޅުން ބަދަލުވެގެންދާނެ.. އެކަމަކު ގޯސް ގޮތަކުންނެއް ނޫން.. ތިމާއަށް ލިބޭ އުފާވެރިކަންވެސް އިތުރުވާނެ.. އަމިއްލަ ދިރިއުޅުމެއް ފަށައިގެން ތިމާގެ އަމިއްލަ ކުދިން ބަލާބޮޑުކުރުމަށްވުރެ ވަކި ބޮޑު އުފާވެރިކަމެއް ކޮބާ؟” ރުކާ ނަސޭޙަތްދޭފަދައަކުން ބުނެލިއެވެ.
ރުކާ ވާހަކަ ދައްކާ ނިމުނުތަނުން އާލާ ކުއްލިއަކަށް އޭނާއަށް ބަލައިލިއެވެ. “ރުކާވެސް ތިބުނަނީ އަހަރެން މި ކައިވެނި ކުރަން ވީއޭތަ؟” ދެރަވެލައިފައި އާލާ ސުވާލުކޮށްލިއެވެ. އެހިނދު ހިނިތުންވެލަމުން ރުކާ ބޯ ޖަހާލިއެވެ. “އާލާ.. މި ހުރިހާ ގޮތަކަށް ނުވިސްނިޔަސް ހަމަ ގައިމުވެސް މަންމަމެން ބުނާ ގޮތާ ދެކޮޅަށް ފިޔަވަޅެއް އަޅަން އާލާއަށް ކެރޭނެތަ؟ އެގޮތުން ބަލާއިރު އެއީ އާލާއަށް ކުރަން ކެރޭނެ ކަމެއް ނޫން.. ހަމަ ޔަގީން.. ނޫންތަ؟ ދެން އެހެން ނޫނަސް އެވަރަށް ވިސްނާނެ ކަމެއް ނެތޭ.. މެރީ ކުރިޔަސް އަހަރެމެން ދެމީހުންނަށް ބަރާބަރަށް ދިމާވެވޭނެ.. އިރާދަކުރެއްވިއްޔާ އާލާއަށް ލިބޭނީ އާލާ ދެކެ ލޯބިވާ ރަނގަޅު ފިރިއެއް.. އެހާ ހަރުކަށި ގޯސް މީހެއް ނޫން..” ފަހުބައި ސަމާސާ ރާގަކަށް ރުކާ ބުނެލިއެވެ. އާލާވެސް ހިތި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
ނަމަވެސް އޭނާގެ ހިތުގެ ހަމަޖެހުން ވަނީ ގެއްލިފައެވެ. މި ކައިވެނި އޭނާއަށް ހުއްޓުވޭނެ ހުރިހާ ދޮރެއްވެސް އެ ބަންދުވީއެވެ. އާލާގެ އެންމެ ފަހުގެ އުންމީދަކަށް ވީ ރުކާއެވެ. ރުކާވެސް އެހުރީ އާލާ އެ ކައިވެނި ކުރުވާށެވެ. މާޔޫސްވެފައިވީ ހިތަކާއެކު ރުކާ އާއި އެއްކޮށް އޭނާ ވަގުތުތައް ގުނަމުން ދިޔައެވެ.
***
“މި އާދެވުނީ..” އަޒާން ބުނުމުން ދާނިޔަލް ކާރު މަޑުކޮށްލިއެވެ. އެއަށްފަހު އެއްފަރާތަކަށް ބަލައިލިވަގުތު ދާނިޔަލް އަށް ހައިރާންކަން ލިބުނީ ފެންނަން ހުރި ބޮޑު ގެއިންނެވެ. ހަވޭއްޔެއް ހެން ހީވާ އެ ބޮޑު ގޭ ބަލައިލަން ކިތަންމެހާވެސް ހިތްގައިމެވެ. އަޒާންގެ އިޝާރާތަށް ދޮރުވާނު ބޮޑު ފުޅާ ގޭޓު ހުޅުވާލިއެވެ. އެހިނދު ދާނިޔަލް އަނެއްކާވެސް ސަމާލުކަން ދެމުން ވޯކްވޭއިން ލައިފައި އެތެރެއަށް ކާރުގައި ވަނެވެ.
“ހިނގާ ދަމާ..” ކާރުން ފައިބަމުން އަޒާން ދާނިޔަލްއަސް ބުނެލިއެވެ. ދާނިޔަލްވެސް ހިނިތުންވެލުމަށްފަހު ބޯ ޖަހާލަމުން ކާރުން ނިކުމެ ދޮރު ޖަހާލިއެވެ. އެޔަށްފަހު މުޅި ގެއަށް ވަށައިގެން ބަލައިލިއެވެ. އެހާމެ ބޮޑު އަދި ހިތްގައިމު ރީތި ގެއެކެވެ. ގުދުރަތުގެ ރީތި މަންޒަރުތައް ހަމައެކަނި އެ ގޭތެރެއިންވެސް ފެންނަން ހުއްޓެވެ. މުޅި ގޭގެ ގޮތިތެރޭގައި ހައްދާފައިވާ ފެހި ވިނަގަނޑާއި މާމެލާމެލީގެ ބަގީޗާއެވެ.
އަޒާންގެ ފަސްފަހަތުން ދާނިޔަލް ހަތަރު ހަރުފަތުގެ ސިޑިން އަރައިގެން ގޮސް ގޭތެރެއަށް ވަނެވެ. ގޭތެރެވެސް އެހާ ބޮޑެވެ. ބަލާބެލުމަށް އެތަން ހީވަނީ ހަވޭއްޔެއް ހެންނެވެ. ދޭތެރެ ދޭތެރެއިން ގޭގެ ޚާދިމުން ފެނެއެވެ. ދާނިޔަލްގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވެގެން ދިޔައެވެ. ކީއްވެކަމެއް ނޭނގެއެވެ. އޭނާގެ ހިތް ހަމަ ނުތަނަވަސް ވަނީއެވެ.
“މަންމާ..” އަޒާން ބާރަކަށް އޭނާގެ މަންމައަށް ގޮވާލިއެވެ. އޭގެ އިރުކޮޅެއް ފަހުން ކަޅުހެދުމުގައި ހުރި އަންހެނެއް ފައިބައިގެން އައެވެ. ދޮން މޫނެއްގެ ވެރިއެކެވެ. މޫނުމަތިން ފެންނަނީ އުޖާލާކަމެވެ. ހިނިތުން ވެލައިގެން ހުރި އިރު އަޒާންއާއި ކޮންމެވެސް ވަރަކަށް ވައްތަރު ގޮތެއް ހުއްތެވެ. “މަންމާ.. މިހުރީ ދާނިޔަލް.. ދާނިޔަލް.. މިއީ މަގޭ ލޯބިވާ މަންމަ..” އަޒާން ވިޝާމާގެ ކޮނޑުގައި އަތް ވަށާލަމުން ބުނެލިއެވެ.
އެވަގުތު އާލިމާ މަތިން ހަނދާންވެ ދާނިޔަލްގެ ދެލޯ ފެންކަޅިވާ ގޮތް ވިއެވެ. އެހެން ނަމަވެސް އަމިއްލައަށް ހަމައަކަށް އެޅިލަމުން ހިނިތުންވެލިއެވެ.
ކުރިމަތިން ފެންނަން ހުރި ސޫރައިގެ ސަބަބުން ވިޝާމާގެ މޫނުމަތީގައި ވި ހިނިތުންވުން ފޭދިގެން ދިޔައެވެ. ހަމަ އެ ދޮން މޫނެވެ. އެ ކަޅުކަންގަދަ ދެ ބުމައެވެ. އެ ދިގު އިސްކޮޅާއި ކަޅުކަންގަދަ ފަށްބޯ ފަން އިސްތަށިގަނޑެވެ. ހިނިތުންވެލާއިރުވެސް އެއްވެސް ތަފާތެއް ނެތެވެ. އާދިން އޭނާ ގާތު ދެއްކި ދާނިޔަލް އަކީ އަނެއްކީ މިއީ ނޫންބާވައެވެ. އާދިން ނޫނަސް އޭނާއަށްވެސް ދާނިޔަލް އެމީހުންގެ ދޮންބެއާއި ވައްތަރު ވިއެވެ.
“ދަ.. ދާނިޔަލް އޭ؟ އަޙުމަދު ދާނިޔަލް އަދީލްތަ؟” އަޅަ އަޅައިގަންނަމުން ވިޝާމާ ސުވާލުކޮށްލިއެވެ. އޭނާގެ އެ ޢަމަލުން ދާނިޔަލްގެ އިތުރުން އަޒާންވެސް ހައިރާންވިއެވެ. މީގެ ކުރިން އެދެމީހުން ދިމާވެފައި ނުވާއިރު ދާނިޔަލްގެ ފުރިހަމަ ނަން ވިޝާމާއަށް އިނގުނީ ކިހިނެތް ބާވައެވެ. އަޒާންއާއި ދާނިޔަލްގެ ހިތުގައިވެސް ވީ އެއް ސުވާލެކެވެ.
ދާނިޔަލް އަޒާންއަށް ބަލައިލުމަށްފަހު އުނދަގުލުން ހިނިތުންވެލަމުން ބޯ ޖަހާލިއެވެ. ވިޝާމާގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށީ ބޭއިޚްތިޔާރުގައެވެ. ދާނިޔަލްއާއި އަޒާންއަށް ނޭނގޭނެހެން އަވަސްއަވަހަށް އޭނާ ކަރުނަތައް ފުހެލީ އެ މީހުންގެ ފަރާތުން އިތުރު ސުވާލުތަކެއް ކުރިމަތިވާން ނޭދޭތީއެވެ.
“މަޑުކޮށްލާ އިނގޭ އިހަށް މިތާ.. މަންމަ އަންނާނަށް ސައި ތައްޔާރު ކޮށްލައިފަ..” ހިނިތުންވެލުމަށްފަހު ވިޝާމާ އަވަސް އަވަހަށް އެތަނުން ދިޔައެވެ. އެހެން ކަމުން އަޒާންއާއި ދާނިޔަލް ސޯފާގައި އިށީނދެލައިފައި ދެމީހުންގެ އަމިއްލަ ވާހަކަތަކައެން ކުރިއަށް ދިޔައެވެ.
ބަދިގެއަށް ގޮސް ވަތް ވިޝާމާގެ ލޮލުން ކަރުނަތައް އޮހޮރިގަތީ ހަމަ ކުއްލިއަކަށެވެ. އޭނާއަށް އަނގަ މަތީ އަތް އަޅާލެވުނު އިރު ލޮލުން ހޯސްލައިފައި ކަރުނަތައް ރޮނގަކަށް ފައިބަމުން ދިޔައެވެ. އަނގަމަތީގައި އަތް އަޅައިގެން ހުރި ގޮތުން އަޑު ބޭރު ނުވާކަން އެއީ އޭނަގެ ނަސީބު ކަންނޭނގެއެވެ.
“އާދިން ބުނީ ހަމަ ރަނގަޅަށް.. އެއީ ހަމަ ދޮންބެގެ.. ދޮންބެގެ ދަރިފުޅު.. ދޮންބެއާއި ވައްތަރުވެފަ ދޮންބެގެ ނަން ފަހަތަށް ނާންނާނެ އެހެން ނޫނީ..” އަމިއްލަ ނަފްސަށް އިވޭ ވަރަށް މަޑުމަޑުން ބުނެލި އިރު ރުއިމުގެ ސަބަބުން ވިޝާމާ ދިޔައީ ތުރުތުރު އަލަމުންނެވެ. އެދުވަހަށްފަހު އެތަށް އަހަރެއް ފާއިތުވެގެން ދިޔަ ނަމަވެސް އޭނާގެ ފިރިމީހާ ކުރި ހިތާމަ އެންމެ ގާތުން ދުށީވެސް ހަމަ އޭނާއެވެ. އެދުވަހު އާދިންގެ ދޮންބެއަށް އެމީހުންގެ ބައްޕަ ޖެއްސި ހާލުވެސް އެންމެ ގާތުން ދެކުނު އެކަކަކީ ވިޝާމާއެވެ. އެދުވަހަށްފަހު މިއަދު އަނެއްކާ މާޒީގެ ތެރެއަށް ވަންނަން ޖެހުމުން ވީ އުފަލާ އެއްވަރަށް ހިތަށް ކުރި އަސަރުވެސް އެހާމެ ބޮޑެވެ.
ވިޝާމާ އޭނާގެ ލޮލުން އައިސްފައި ހުރި ކަރުނަތައް އަވަސް އަވަހަށް ފުހެލީ ކަމެއް ހަނދާންވީ ފަދައަކުންނެވެ. އަތުގައި އޮތް ފޯނުން އަވަސް އަވަހަށް ނަންބަރު ޖަހާލުމަށްފަހު މީހަކަށް ގުޅައިފައި ކަންފަތުގައި ޖައްސާލިއެވެ.
***
މޭޒުކައިރީ ފައިލެއް ހުޅުވައިގެން އިން އާދިން އިނީ އެއް އަތް އޭނާގެ ބޮލަށް މަހާލައިގެންނެވެ. މިއަދު ހަމަ އެއްގޮތަކަށްވެސް އޭނާއަކަށް މަސައްކަތުގެ ތެރެއަށް ވަދެވޭގޮތެއް ނުވެއެވެ. ކޮންމެ ކަމަކުން އޭނާގެ ލޯމައްޗަށް މާޒި ސިފަވަނީއެވެ. ބާރު ބާރަށް އާދިން ފައިލް ލައްޕާލުމަށްފަހު ދެއަތުން މޫނު ފޮރުވާލިއެވެ. އެއަށްފަހު ފުން ނޭވާއެއް ލައިފައި އަނެއްކާވެސް ހަމަޖެހެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
އެގޮތުގައި މޫނުމަތީގައި އަތް އަޅައިގެން އިން އާދިން ސިހިގެން ދޔައީ ގާތުގައި އޮތް އޭނާގެ ފޯނު ރިންގް ވުމުންނެވެ. ސްކްރީނަށް ބަލައިލުމަށްފަހު ފޯނު ނަގާ ކަންފަތގައި ޖައްސާލިއެވެ. “ހަލޯ އާދިން.. ވަރަށް އަވަހަށް ގެއަށް އައިސްދީބަލަ.. ޕްލީޒް.. ދާނިޔަލް.. ދާނިޔަލް އައިއްސި މިގެއަށް އަޒާން އާއެކީ.. އާނ.. އެއީ ހަމަ ދޮންބެގެ ދާނިޔަލް.. މަށަށް ޔަގީން.. މޫނުމަތިން އެހާ ވައްތަރު އިރު އޭނާގެ ނަމުގައި އެ އިނީ އަދީލް.. އާދިން.. އެއީ އާދިންގެ ދޮންބެގެ ކުއްޖަކަށް ނޫނީ ނުވާނެ.. އަހަންނަށް ހާދަ ހީވެއޭ އެހެން.. އަވަހަށް އައިސްލަދީބަލަ ގެއަށް..” އެއް ނޭވާއިން ވިޝާމާ ހުރިހާ އެއްޗެއް ކިޔާލިއެވެ.
އެހެންކަމުން އާދިންއަށްވެސް އިރުކޮޅެއް ވާންދެން އަނގައިން ނުބުނެ އިނދެވުނީ ވިސްނާލަން މަޖުބޫރުވުމުންނެވެ. ވިޝާމާ ދެއްކި ހުރިހާ ވާހަކައެއް ނަގައިގަނެވުމުން އާދިންއަށްވެސް ލިބުނީ ކުއްލި ސިހުމެކެވެ. އެހެންނަމަވެސް އޭގެ ދެވަނަ ސިކުންތުގައި އޭނާގެ މޫނު އުޖާލާވެގެން ދިޔައެވެ. އާދިންގެ އުންމީދުގެ ހުޅުކޮޅު ބޮޑުވެއްޖެކަމުގެ އިޙުސާސް އޭނާއަށް ކުރެވެމުން ދިޔައެވެ. އަލުން އަނބުރާ އެ އުފާވެރި ދިރިއުޅުމަށް ދާން މާ ގިނަ ދުވަހެއް ނެތޭ ހިތާ ހިތުން ކިޔާލަމުން އާދިން އަވަސް އަވަހަށް ކެބިން އިން ނިކުމެގެން ދިޔައެވެ.
އަޒާންއާއި ދާނިޔަލް ހީހީފައި ކޮންމެވެސް ވާހަކައެއް ދައްކަން ތިއްބެވެ. ދެމީހުން ދޭތެރެއަކުން ހެމުން ދިޔަ ގޮތުން އެ ދެމީހުން ތިބީ ވަރަށްވެސް ހިތްހަމަ ޖެހިފައިކަން ދޭހަވެއެވެ. “އަނހާ އަޒާން ދަރިފުޅާ.. ޑިއުޓީ ނިމުނީތަ؟ މީ ކޮންކުއްޖެއް؟” ދެމީހުން އޮލަ ވާހަކައިގައި ތިއްބާ އެތަނަށް އައިސް ސޯފާގައި އިށީނދެލީ މަނިކުއެވެ. އާދިންގެ ބައްޕަ އަދި އަޒާންގެ ކާފައެވެ.
މަނިކު ފައްޗަކަށް ބައިވަރު ސުވާލު ކުރުމުން އަޒާން ހިނިގަނޑެއް ޖަހާލިއެވެ. “ލައްބަ.. ޑިއުޓީ ނިމިއްޖެ.. މިއީ އަޅުގަނޑުގެ ރައްޓިއްސެއް.. ދާނިޔަލް.. ހޮސްޕިޓަލުން ދިމާވީ.. ދާނިޔަލް އަކީވެސް ޑޮކްޓަރެކޭ ކާފާ..” އަޒާން މަނިކުއަށް ދާނިޔަލް ތައާރަފްކޮށްދިނެވެ. ދާނިޔަލް މަނިކުއަށް ބަލައިލައިފައި ހިނިތުންވެލީ އެވަގުތުއެވެ. މަނިކުވެސް ފުޅާ ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ސަމާސާ ރާގެއްގައި އަޒާންގެ ރައްޓިއްސަކަށް ވާތީ ދެތިން ބަހެއް ބުނެލުމަށްފަހު ސަލާމަތް އަތް ދިއްކޮށްލިއެވެ. ދާނިޔަލް ދެބަސްވުމެއް ނެތި އިން ތަނުން ތެދުވެގެން ގޮސް މަނިކު ގާތު ހުއްޓިލުމަށްފަހު އޭނާގެ އަތުގައި ހިފައި ސަލާމްކޮށްލިއެވެ. އެއިރު މަނިކުވެސް ހުރީ ކޮޅަށް ތެދުވެގެން ކަމުން ދެމީހުންގެ މޫނު ވަނީ ސީދާވެފައެވެ. ހަތަރު ކަޅިވެސް މެއެވެ.
ދާނިޔަލްގެ އަތުގައި ހިފައިގެން ސަލާމްކުރަން ހުރި ގޮތަށް މަނިކު ހުރީ އޭނާގެ އަތުން ދޫކޮށްލަންވެސް ނޭނގިފައެވެ. ދެންމެ އޭނާގެ މޫނުމަތީގައި ވީ ހިނިތުންވުންވެސް މަޑުމަޑުން ފޭދެމުން ދިޔައެވެ. ދާނިޔަލް އެދެމީހުންގެ ގުޅިފައި އޮތް އަތަށް ބަލައިލުމަށްފަހު މަނިކުއަށް ބަލައިލިއެވެ. މިގޭ މީހުންނަށް އޭނާ ފެންނައިރަށް އެ ވަނީ ކިހިނެތް ހެއްޔެވެ؟ ކޮންމެ މީހަކުވެސް އެހާ ހިނިތުންވެލައިފައި އަންނަ އިރު އޭނާގެ މޫނަށް ބަލައިލުމަށްފަހު ދެން ފެންނަނީ ހިނިތުންވުން ފޭދިގެން ދާތަނެވެ. ދާނިޔަލްގެ ހިތުގައި ސުވާލުތައް ފުނިޖެހެމުން ދިޔައެވެ.
ބާރުބާރަށް ބަދިގެއިން ނިކުމެގެން ވިޝާމާ އައީ އަޒާންމެން ގާތު ސައިބޯން އައުމަށް ބުނާށެވެ. އެހެން ނަމަވެސް އޭގެ ދެވަނަ ސިކުންތުގައި ފެނުނު މަންޒަރުން ހުރި ފިޔަވަޅު މައްޗަށް އޭނާ ގަނޑުވީއެވެ. ކާރުން ފައިބައިގެން ދުވެލައިފައި ގޭތެރެއަށް ވަތް އާދިންއަށްވެސް ވީ ހަމަ އެވަރެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރުން އޭނާއަށް ހުރިތާ މަޑުކޮށްލެވުނު އިރު އެއްވެސް ޙަރަކާތެއް ގެންނަންވެސް އޭނާ ހަނދާން ނެތިފައި ވީ ފަދައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
86 Comments!
Comments are closed.





alhey…anehbai kiyaa hiy vaneeeeee…kon iraku up kurevey varuvaanee NOOR …avas kohla dhehchey ??❤
alhey dear.. keiyytherivelaa ingey mifaharu.. maadhan up kohdheveytho noor try kuraanan ingey.. in sha allah.. 🙂 jazakillah khairan dear.. 🙂
Very nice ??Waiting for next part please please please please please please please upload next part very fast
jazakillah khairan dear.. 🙂 alhey.. in sha allah try kuraanan ingey noor.. 🙂
ALHEYYY dear nxt part mirey viyas up koh dheebe plx plx plx….. vvvv reechey maasha allah….
alhey dear.. mirey dhn noor ah up kohdheveyne heneh hieh nuvey.. 🙁 ekam maadhamaa up kohladheveytho try kuraanan ingey naash dear.. in sha allah.. 🙂 jazakillah khairan dear.. 🙂
nd naash hama bst.. Alhamdulillah… nd noor dae kihineii tha? luv ya??????????
aww.. 🙂 al’hamdhulillaah, noor ves hama baraabaru.. 🙂 aww.. <3<3<3<3<3
V Veethi mi part please upload next part fast
jazakillah khairan Kin dear.. in sha allah.. 🙂
Very nice this part. I am waiting for next part. Please upload it fast
jazakillah khairan dear.. 🙂 in sha allah, will try.. 🙂
Very nice. Keep it up . And waiting for next part . Please upload it fast
jazakillah khairan Tushaa dear.. 🙂 in sha allah, try kuraanan ingey.. 🙂
Masha Allah! Reethi vaahakaeh
jazakillah khairan dear… 🙂 vrh ufaavehje dear ah mi vaahaka kamudhiyaeema.. 🙂
asslaamu alaikum my dear readers.. 🙂 al’hamdhulillaah, vaahakaige 21 vana bai publish kurevihje.. hehe.. 🙂 kuree part ge comment thakah ehaa lahun reply kurevuneethee hurihaa kudhinge faraathun nihaayathah ma’aafah edhen.. 🙁 noor kudakoh bxy vegen reply nukurevuny.. ekam hurihaa kudhinge comment tha ves kiyaalin.. vrh ufaavi thikudhinge comment thah kiyaalaafa.. noor ah ithuru hiyyvareh libigen dhiya.. thikudhun thi dhey support ah fah fashun shukuru dhannavan.. 🙂 jazakumullah khairan my dear readers.. 🙂 mi part ge comment thakah noor ah v varakun reply kureveytho try kuraanan ingey.. in sha allah.. 🙂 mi part thikudhinnah kamudhaane kamah ummeedhu kuran.. btw, hurihaakudhinge haalu kihineiyy? 🙂 jazakumullah khairan and LY all.. 🙂 <3<3<3
Aneh part kon iraku tha. Cant wait.
Madhu up kohladheveytho noor mi try kuranee ingey nunnu.. 🙂 jazakillah khairan dear.. 🙂
Wow v reethi? waiting for the next part ??
jazakillah khairan dear.. 🙂 vrh ufaavehje Blu ah mi part kamudhiyaeema.. 🙂
Masha Allah varah reethi mi part Amazing ??
When is the next part
Keep it up noor dear ?
jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂 miadhu up kohladheveytho mi masahkaiyy kuranee ingey.. 🙂
Masha Allah??????.. Amazing???? .. Mi part ves vvvvv reethi..???? This is a best story and I love this story.???????. Curiously waiting for next part.. ???
jazakillah khairan dear.. 🙂 asluvestha? vrh vrh vrh ufaavehje dear thihen bunelyma.. 🙂 keep waiting dear.. 🙂
Alheyy enme curious vaahisaabun thi ninmaalyy..????☺️☺️☺️???????????. Noor sis vareh nethey by
Bunaany ehenve yey?❤️????????????????vv reethi MashaAllah ???????❤️????????avahah nxt part up kohdhehchey luv u sis.. ???☺️☺️☺️☺️☺️☺️????????????????????????????????
hehe.. asluvestha? vrh vrh vrh ufaavehje dear thihen bunelyma.. 🙂 in sha allah, try kuraanan ingey Maya dear.. 🙂 aww.. <3<3<3<3<3
Wow varah reethi
jazakillah khairan ibsha dear.. 🙂
V v v rythi vrhaka! MaSha Allah ✨?
Mi story aslues v salhi ?
Waiting for next part!❄️♥️⭐?
jazakillah khairan unknown dear.. 🙂 keep waiting dear.. v haaves avahakah dear mennaa hamayah 22nd part genesdheveytho try kuranee mee.. 🙂
Ma sha Allah ???? v reeth mi part ves??
jazakillah khairan dear.. 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂
V nice mi part vs waiting waiting
jazakillah khairan dear.. 🙂 hehe.. noor mi try kuranee dear mennaa hama ah veehaaves avahakah 22nd part genesdheveytho ingey.. in sha allah.. 🙂
Ehen part thakaekey ehgothaha mi part ves varaha reethi…. Noor kurin genesdhin vaahaka ekey eh gothaha mi vaahaka ves reethi… Masha Allah??
asluvestha dear? vrh vrh vrh ufaavehje dear thihen bunelyma.. jazakillah khairan dear.. 🙂 vvv ufaavehje aslugaves.. 🙂
maasha allah…mi part hama owsm…v v v v salhi…dhen sis avahah up kohla dhehchey next part…i cant wait…hehe…ly sis
jazakillah khairan dear.. 🙂 in sha allah, mi balanee hama.. hehe.. 🙂 hehe.. ehentha? ekam mifaharu keiyytherikan khiyaaru kuramaa dhw? 🙂 aww.. <3<3<3<3<3
V reethi waahakaeh maasha ahlaah avaha nxtu pt up kohladhehcehy
jazakillah khairan dear.. 🙂 in sha allah, mi balanee hama miadhuves 22 vana bai up kohladheveytho ingey aanthu dear.. 🙂
Hinithunvun feydhumakee kobaa???
hinithun vun feydhumakee hini ais hurefa misaalakah dhera vaa kahala noony maayoos vaa kahala ehcheh adu ivumun madu madu hinithunvun filaa dhiyun.. 🙂 btw, jazakillah khairan dear.. 🙂
dear, doodle ves bunedheefa einynun dhw? aee hinithun vun feydhumakee ingey.. 🙂
Jazakillah khairan dear…???? vvvvvvv.reethi story eh ingey… masha allah.. comment nukuriyas hurihaa part eh vx kiyan… dhen ufedhunu suvaal eh kohlee…. i was lil confused hinithunvun feydhumakee kobaakan….. n now a got my answer…..❤❤❤❤
Whoa.. Haadha salhi ey.. Waiting for the next part..
hehe. jazakillah khairan dear.. 🙂 miadhu maa dhigu inthizaareh nukuruvaa publish kureveytho ingey noor mi balanee.. in sha allah.. 🙂
masha allah wow . mi part ves varah reethi
may allah help you to gain more happines through life
jazakillah khairan riya dear.. 🙂 aww.. maaiyy allah thibaa ge faafa fussavaa thibaa ah heyo rahmaiyy lavvaashi.. aameen.. 🙂
Hinithun vun feydhumaky smile velaafa hurefa madu madun smile filun like slow motoin
vrh ufaavehje dear ah ingunu ehcheh ehn kuhjakah kiyaidhinyma.. 🙂 jazakillah khairan dear.. 🙂
Jazakillah khairan doodle????
Ma Sha Allah. Mi part ves varah reethi.❤
jazakillah khairan someone dear.. vrh ufaavehje dear ah mi part ves kamudhiyaeema.. 🙂
mashaa alaah 🙂 vrh hama habeys……?? dhen vaane gothakaa medhu visnenee??…hehe
jazakallah khair ishaan.. 🙂 hehe.. rangalhah visnaalahchey ingey.. noor ves hithah araa eba dhn vaanee kihineh baavaey? hehehe.. balamaa dhw dhn vaagotheh.. 🙂
woww very nice story??
jazakillah khairan miroo dear… 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂
Masha Allah! Noor v furihama..
jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear thihen bunelyma.. 🙂
vvv reethi………..???????????????
aww.. hehe.. jazakillah khairan dear.. 🙂
Masha allah…v v v v reethi..????????.curiously waiting for nxt part
jazakillah khairan dear.. 🙂 vrh vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂 noor mi masahkaiyy kuranee miadhu ves 22 vana bai thikudhinnaa hamyah genesdheveytho.. in sha allah.. 🙂
Masha Allah v v reethi mi story. Im eagerly waiting for the next part.
jazakillah khairan dear.. vrh vrh vrh ufaavehje.. 🙂
Vvv reethi masha Allah
jazakillah khairan dear.. 🙂 vrh vrh vrh ufaavehje.. 🙂
noor dear update eh dhyba. upload vaane vaguthakaa medhu
alhey dear.. vrh bodah sorry ingey ebai las vaathyve.. plus comment akun angaa nulevunyma evves vaahaka eh.. 🙁 noor ah hama v varakun masahakiyy kuramun midhanee.. in sha allah 🙂
noor dear aee sorry bunaavaruge kamehves nun. we understand busy vyma kan lasvaany. kiyaahiyyvaaleh bodukamun abadhu upload vi thw balaaleveny hehehe
ALHEYYH noor dear kobaa tha nxt part????? kiyaa hithun hurevenii kii nuney?????
same here
miadhu publish kureveytho masakaiyy kuramun midhanee, in sha allah.. 🙂 alhey dear.. vrh bodah ma’aafah edhen ekamahtakaa.. 🙁
Same here too.. Kba nxt part..
miadhu up kohladheveytho masahkaiyy kuramun midhanee ingey dear.. 🙂
Varah beleyy eba vahaka uoload vi thi
vrh bodah sorry dear.. noor ah comment akun ves angaa nulevunyma eh ves vaahaka eh.. 🙁
Same here nunnu??
sorry dear.. ekam miadhu up kohladheveytho hama try kuranee mee.. in sha allah 🙂
nooooor uplod kobala plxxxx
kia hithun mihuree ke madhu vefa. so plxxxxxxx
dearrr, hama try kuranee mee ingey.. las vaa kamahtakaa vrh vrh vrh bodah sorry.. 🙁 ehentha vanee dear? vrh bodah sorry ingey.. 🙁
Guys. Noor thankolheh busy veema update nukurevunee kamah vedhaane ehnuuuu
Yeah
yess dear.. vrh vrh vrh vrh vrh ufaavehje dear ah mi haalathu visnuneema.. 🙂 hageegathugaves noor vrh ufaavehje.. jazakillah khairan dear.. 🙂 dhekudhinnah ves.. 🙂
assalaamu a’laikum my dear readers.. 🙂 furathamaves iyye 22nd part up nukohdhevunythy adhi dear mnge comment thakah reply nukurevunthy.. 🙁 iyye noor bxy v ma ehnve reply nukurevuny.. ekamves hurihaakudhinge comment thah ves kiyaalin.. 🙂 vrh ufaavi thikudhinge comment thah kiyaalafa.. thihaa supportive plus noor ge situation understand vaa kudhinkolheh libunyma vrh vrh vrh ufaavehje.. 🙂 jazakumullah khairan everyone!.. 🙂 Friday akee aammukoh family ah inna hamaekani dhuvas v ma ehnve noor ah ves aslu bxy v.. vaahaka kuriyah huri baeh part thah liyefa huri namaves proof read koh hadhan jeheytheeve vaguthun up nukurevey.. ekamakuves noor try kuraanan v varakun veehaaves avahakah up kohladheveytho.. mi try kuranee miadhu 22nd part publish kureveytho.. in sha allah.. 🙂 Jazakumullah khairan and LY all.. 🙂