ހާސިލް ވުމަށް އެދި ހިތް ރޮނީ 13
ދުވެފައި ގޮސް ކޮޓަރިއަށް ވަދެ އީން އެނދު މައްޗަށް ވެއްޓިގަތެވެ.އިރުކޮޅެއް ނުވަނީސް ރިންގްވާން ފެށި ފޯން ބަލާލިއިރު ގުޅަނީ އަލްޔާން އެވެ.”މިހާރު ގުޅަނީ ކޮން ދޮގެން ހަދަން” ރުޅި އައިސް އީން ފޯން އެއްލާލިއެވެ. އަނެއްކާވެސް ގުޅަން ފެށުމުން އީން ފޯން ނެގިއެވެ.”އަހަންނަށް ނުގުޅާ !!އައި ޑޯންޓް ވޯންޓް ޓު..”އީން ބުނަން އުޅުނު ޖުމްލަ ހުއްޓުނީ އެކޮޅުން ވާހަކަ ދެއްކި މީހާ ބުނި އެއްޗެއް އަޑު އިވުމުންނެވެ. އެއީ އަލްޔާން ގެ އަޑު ނޫންކަން އެނގުނު އިރު އެމީހާ ބުނި އެއްޗަކުން އީން ގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔަހެން ހީވިއެވެ…
“ހަލޯ…މީ އާރޓިފިޝަލް ބީޗް ކައިރި ބިންމަތިން ހޮވި ފޯނެއް..ހީވަނީ މި ފޯނުގެ ވެރިމީހާ ގަޔަށް ހެން ވަޅި ހެރީ..އެމީހުން ހިގައްޖެ ހޮސްޕިޓަލަށް އެމީހާ ގޮވައިގެން.. ހަމަ ދެންމެ މިތާ މީހެއްގެ ގަޔަށް ވަޅި ހަރައިގެން ބައިވަރު މީހުން އެއްވެ އޮތް..ފޯން އަންލޮކްވެސް ވެފަ އޮތީ.. އެންމެ ފަހުން ގުޅާފަ އިނީ ތި ނަންބަރަށް އެެހެންވެ މި ގުޅީ” އަވަސްއަރުވާލައިފައި އެމީހާ ވާހަކަ ދެއްކިއިރު އީން އަށް ލިބުނީ ވަރުގަދަ ސިހުމެކެވެ.”ކީ..ކީކޭ..އަލް..ޔާން ގަޔަށް ވަ..ވަޅި ހެރީއޭ..ކާކު؟ ކީއްވެ؟ކޮ..ކޮންއިރަކު..ކޮބާ އަލްޔާން..” ކާފުން ފެށޭ ހުރިހާ ސުވާލެއް އެއްފަހަރާ ހެން އީން އަށް ކުރެވުނު އިރު އަތް ތުރުތުރުލާ ވަރުން ފޯން ވެސް ހިފަހައްޓައިގެން ހުރެވުނީ ދެއަތުންނެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. އޭނާ އަލްޔާން އާ ބައްދަލުވީ ދާދި ދެންމެ އަކުއެވެ. އޭރު އަަލްޔާން ހުރީ ނުލާހިކު ރީއްޗަށެވެ. ކުއްލިއަކަށް އަލްޔާން ޒިން ގައިގައި ޖެހި މަންޒަރު ސިފަވުމާއެކު އީން ގެ ހިތް ނުބައި ގޮތަކަށް ތެޅިލިއެވެ.”އަނެއްކާ ޒިން”..އީން އަށް އެއްއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.”ނޯ ..ޕްލީޒް ބުނެބަލަ އަލްޔާން އަށް އެއްވެސް ކަމެއް ނުވެޔޭ ޕްލީޒް” އީން އަށް ރޮއިގަނެވުނީ ބޭއިޚްތިޔާރުގައެވެ.”ބައްލަވާ އަޅުގަނޑަކަށް ނޭނގޭ އިނގޭތޯ ވީ ގޮތެެއް..އެމީހާ ގޮވައިގެން ދިޔައީ އޭޑީކޭ އަށް..އަޅުގަނޑު މިދަނީ އެތަނަށް” އީން އަވަސް އަވަހަށް ފޯން ބާއްވަމުން ހުރިގޮތަށް ތެދުވެ ދުއްވައިގަތެވެ. “އީން މިއޮތް ދަންވަރު ކޮންތަނަކަށް ދާން ކިހިނެތްވީ ތި ރޮނީ” ރޮމުން ނިކުތް އީން ފެނި ޓީވީ ބަލަން ސޯފާގައި އިން ދޮންތަ ހާސްވެފައިހުރެ އަހާލިއެވެ. އޭރު ޓީވީ އިން ޖައްސާފައި ހުރި ޗެނަލް ރާއްޖެ ޓީވީ ގެ ބްރޭކިން ނިއުސް އިން ފެންނަމުން ދިޔައީ ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް ވަލީދު ގެ ދަރިފުޅު އަދި އޭ.ވީ ގްރޫޕްސް އޮފް ކޮންޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައިވެސް ހުންނެވި އަލްޔާން ވަލީދު ގަޔަށް ދާދި ދެންމެއަކު އާރޓިފިޝަލް ބީޗް ސަރަހައްދުން މޫނު ނިވާ ކޮށްގެން ތިބި ދެމީހަކު އައިސް ވަޅިން ހަމަލާ ދީފައިވާ ވާހަކައެވެ. އެ ހަމަލާގެ އިތުރު ތަފްސީލް ހޯދަމުން އަންނަ ކަމަށާއި މިވަގުތު ލިބުނު ޒަޚަމް ތަކަށް ފަރުވާ ހޯދުމަށް އަލްޔާން ވަލީދު އޭޑީކޭ އަށް ގެންދެވިފައިވާ ވާހަކަ ވެސް ޚަބަރުގައި ކިޔެވެ. ހުއްޓުން އަރާފައި ޓިވީ އަށް ބަލަން ހުރެވުނު އީން ގެ މޭގަނޑު ހީވީ އަނގަޔަށް އައިހެންނެވެ. ހޮޑުލަވާ ޒާތެއްގެ ގޮތެއްވެ އޯކާއަށް ދެމުނެވެ. “ދޮންތާ..އަހަރެންގެ ވަ..ވަރަށް ގާތް ރައްޓިއްސެއް” ސިދާ އަލްޔާން އާ އޮތް ގުޅުން ބުނަން ބޭނުން ނުވީތީ އެއީ ގާތް ރައްޓިއްސެއް ކަމަށް ބުނެ އީން ހޮސްޕިޓަލަށް ދާން އުޅެގަތެވެ. “މަޑުކުރޭ އީން ..ދޮންތަބޭ އާ އެކީގަ ދޭ ..ވަރަށް މީހުން ގިނަވާނެ އެތާ..އެކަނި ދާކަށް ނުވާނެ” އެކަހަލަ ތަނަކަށް އީން ފޮނުވަން ބޭނުން ނުވިޔަސް އީން އަށް ކޮއްފައި ހުރި އަސަރު ފެނި އަލްޔާން އާ އީން ގެ ކޮންމެވެސް ގުޅުމެއް އޮތްކަން އަޝްފާ އަށް ޔަގީންވިއެވެ. އެހެން ކަމުން ފިރިމީހާ ރަމީޒު އާއެކު އީން ފޮނުވިއެވެ. ސައިކަލުގައި އިން އިރުވެސް އަލްޔާން އަށް ބޮޑު ގެއްލުމެއް ނުލިބުމަށްއެދި އީން އަށް ހިތާހިތާ ދުއާ ކުރެވެމުން ދިޔައެވެ.
ސައިކަލު ތަންކޮޅެއް ދުރުގައި ޕާރކް ކުރުމަށްފަހު ތޮއްޖެހިފައިވާ މީހުން ގަނޑުތަކުގެ ތެރެއިން ފުރޭނިގެން ރަމީޒުއާއެކު އީން އަށް ހޮސްޕިޓަލް ތެރެއަށް ވަދެވުނެވެ. ދާންވީ ވަކިކޮޅެއް ނޭނގި ދެލޯ ބޮޑުކޮށްލައިގެން ހުރެ މުޅިތަނަށް ނަޒަރު ހިނގާލިއިރު ތަންކޮޅެއް ދުރުން އީތަން ފެނުނެވެ. އިން ވީ އުފަލުން އަވަސްއަވަހަށް އެދިމާލަށް ދާން ހިނގައިގަތެވެ.އެހެނަސް އީތަން ކައިރިއަށް ދިޔުމަށް އީން ކުރި މަސައްކަތް ނާކާޔާބުވީ ފުލުހުން ގެ އިތުރުން އަލްޔާން ގެ ބައްޕަ ކައިރީގައި ތިބި ބޮޑީ ގާޑުންގެ ސަބަބުންނެވެ.އީތަން ވެސް ފޯނަކުން ވާހަކަ ދައްކަން ހުރެފައި އެތެރެއަށް ވަނުމުން ބައްދަލުވާ ގޮތެއް ނުވިއެވެ.ވާނުވާ ބަލަން އެތަނަށް އެއްވެފައި ތިބި އާންމުންނެކޭ އީން އެކޭވެސް ވަކި ތަފާތެއް ނެތެވެ.ދުރުގައި މަންޒަރު ބަލަން ހުންނަން މަޖްބޫރު ވިއެވެ. ފޯން ނުލާ އާދެވުނުކަން ވެސް ހަނދާންވީ މާ ފަހުންނެވެ. “މަރެއް ނުވެޔޯ..އެހާ ސީރިއަސް އެއްވެސް ނޫނޯ..ތިއޭޓަރަށް ވައްދައިފިޔޯ އޮޕަރޭޝަން ކުރަން” ތެޅެމުން ދިޔަ އީން ގެ ހިތަށް ފިނިކަމެއް ލިބުނީ އެތާ ހުރި މީހަކު ދެއްކި ވާހަކަ އަޑުއިވުމުންނެވެ.އަލްޔާން އީން އާ ދޭތެރޭ ކޮންމެ ގޮތަކަށް ކަންތައް ކުރި ކަމުގައި ވިޔަސް ހަގީގަތަކީ އީން އަލްޔާން ދެކެ އިންތިހާ ލޯބިވާކަމެވެ. އަލްޔާން އަށް އެއްވެސް ގެއްލުމެއް ވާތަން ދެކެން އީން އަށް ކުޅަދާއެއްނުވާނެއެވެ. އެހެން ކަމުން ދެލޯ މަރާ ބާރުކޮށްލަމުން އަލްޔާން އަށް އެއްވެސް ކަމެއް ނުވުމަށް އެދި ހިތާހިތާ ދުއާ ކުރިއެވެ. އަލްޔާން ގެ ހަބަރެއް ނުވެ މީހުން ގަނޑުތެރޭ މާ ގިނައިރުވުމުން ދޮންތަބޭގެ ވެސް އެދުމާއެކު އީން އަށް މަޖްބޫރުވީ އަނބުރާ ގެއަށް ދާށެވެ. ޖަޒްބާތުތަށް ކޮންޓްރޯލް ކުރަމުން އެހެނަސް މާޔޫސްވެފައި ހުރެ އީން ދޮންތަބޭ އާ އެކީ ގެއަށް ދިޔައެވެ.
ކޮޓަރިއަށް ވަދެ ދުވެފައި ގޮސް ފޯން ނަގައިގެން ފުރަތަމަވެސް ގުޅީ އަލްޔާން އަށެވެ. އެހެނަސް އޭރު އެ ފޯން އޮތީ ނިވާލާފައެވެ. އެވަގުތު އީތަން ގެ މިސްކޯލްތަށް ފެނި ދެން ގުޅޭތޯ ބެލީ އީތަން އަށެވެ. އަލްޔާން ގެ ސައްހަ މައުލޫމާތެއް ނުލިބޭތީ އީން ގެ ހިތަށް މާބޮޑު ހަމަޖެހުމެއް އޭރަކުވެސް ނުލިބެއެވެ. ރިންގްވާތާ އިރުގަނޑެއްފަހުން އީތަން އާ ގުޅުނެވެ. “ކޮބާ އަލްޔާން؟ ރަނގަޅުތަ..ކޮންޝަސް ތަ؟ ޕްލީޒް އަހަންނަށް އަލްޔާން ފެންނަ ގޮތެއް ހަދާބަލަ؟ މައައީ ވެސް އެތަށް އިރަކު ތިތާ ހުރެފަ..އެމީހުން އެތެރެއަށް ނުވެއްދި!” ކެތްތެރިކަމެއް ނެތި އީން އަށް އެހެން ބުނެވުނު އިރު ދެލޯ ފެންކަޅިވިއެވެ.”އީން ..ރިލެކްސް..މަވެސް އީން އަށް ގުޅޭތޯ ވަރަށް މަސައްކަތް ކުރީމޭ..އަލްޔާން އޯކޭ..ހަމައެކަނި ކޮނޑާ ދިމާލުން ދެތަނަކަށް ވަޅިހެރީ..ރިޕެއަރ ކުރަން ތިއޭޓަރަށް ވެއްދީ..މިހާރު ނެރެފި..އަނެއްހެން ހަމަ ބަރާބަރު” އީތަން ދިން ހަބަރުން އީން އަށް ލޯމަރާލަމުން “އަލްހަމްދު ލިއްލާހި” އޭ ބުނެވުނެވެ. ” އަހަރެން ބޭނުން އަލްޔާން ދެކިލަން.އެންމެ ފަހަރަކު. ޕްލީޒް” އަލްޔާން އާ ބައްދަލުވުމަށް އެދި އީން ގެ ހިތް ރޮމުން ދިޔައެވެ. އަލްޔާން ގެ ހާލު އަމިއްލައަށް ހަމަ ލޮލުން ދެކޭ ހިތްވިއެވެ.ބޭވަފާ ތެރި ވިޔަސް އީން ގެ ހިތުގައި އަލްޔާން އަށްޓަކައި އޮތް ލޯތްބަކަށް ބަދަލެއް ނާދެއެވެ. “އީން..މިގަޑީގަ ނުވާނެ..ހައި ޕްރޮފައިލް ޕޮލިސް ކޭސް އެއްވީމަ އެލަވް ނުކުރާނެ އެމީހުން އަދިއެެއް..އަލްޔާން މިވަގުތު އޮތީވެސް އެނެސްތީސިއާ އިފެކްޓް ގަ ނިދިފަ..ސޯ އީން ވެސް ހަަމަޖެހިގެން ނިދާލާ ދެން މިރޭ..މާދަން ދާނަން އީން ބަލާ ދާނަން އިނގޭ” އީތަން ބެލީ އީން ހަމައަކަށް އެޅުވޭތޯއެވެ. ކިތަންމެ ހިތް އެދުނަސް އަލްޔާން އާ ބައްދަލު ނުކުރެވޭނެކަން އީން އަށް އެނގެއެވެ. އަނެއްކޮޅުން މާދަމާ އީން ގެ ޓެސްޓް ދުވަހެވެ. އެހެން ކަމުން އެންމެ ރަނގަޅޭ ބުނެ އީން ފޯން ބޭއްވިއެވެ. އިރާދަކުރެއްވިއްޔާމު ހުރިހާ ކަމެއް ރަނގަޅުވާނޭ ހިތަށް އަރުވަމުން ފެންވަރައި ތާޒާ ވެގެން އައިސް ނިދަން އޮށޯތެވެ.
****
ހެނދުނު 11 ޖެހިއިރު ޓެސްޓް ނިންމާފައި އީން ކޮލެޖުން ނިކުތެވެ.އަލްޔާން އާ ބައްދަލު ކުރާން ބޭނުންވެފައި ހުރިވަރުން ގަޑި ޖެހުމުގެ ކުރީން އީން ޕޭޕެރުވެސް ނިންމާފައި ހަވާލު ކުރިއެވެ. ގޭޓުން ނިކުންނަމުން އަވަހަށް ފޯން ނަގައިގެން އީތަން އަށް ގުޅަން އުޅުނެވެ އެވަގުތު މީހަކު ފަހަތުން އައިސް ޓެސްޓް ކިހިނެތް ހޭ އަހާލުމުން އީން ސިހިފައި ފަހަތް ބަލާލިއެވެ. އީތަން ވަރަށް ހެވިފައި އީން އާ ދިމާލަށް ބަލަން ހުއްޓެވެ. އީން ކުއްލިއަކަށް ހަނދާންވީ އަލްޔާން މަތީންނެވެ. އެންމެ ފުރަތަމަ ބައްދަލު ވި ދުވަހު އަލްޔާން ވެސް އަހާލީ ހަމަ އެހެންނެވެ. ބަލަން ހުރީވެސް ހަމަ އެގޮތަށް ހެވިފައެވެ. އީން އެއްޗެކޭ ނުބުނެ ބަަލަން ހުރި ގޮތުން އަލްޔާން މަތީން ހަނދާން ވީ ކަން އީތަން އަށް ވަގުތުން އެނގުނެވެ. “ދެން..އަޅެ ޕްލީޒް..ނުބަލަބަ ތިހާވަރަށް ..މަ ވަރަށް ރަކިވޭ ތިހެން ބެލީމަ” އީތަން މަޖާ ގޮތަކަށް އަންހެން އަޑުން ބުނެލި ގޮތުން އީން ހިނިއައެވެ. އީން ބަލާ އީތަން އައީވެސް އަލްޔާން ގެ ކާރުގައެވެ. އީތަން ކޮބާ ދާންވީ ނޫންހޭ ބުނުމުން އީން ގޮސް ކާރަށް އެރިއެވެ.
އަލްޔާން އާ އީން އުޅެނީ މައްސަލަ ޖެހިގެން ކަން އީތަން އަށް އޮތީ އެނގިފައެވެ. އެހެން ކަމުން ބައްދަލުވާ ގަޑީގައި މިދެމީހުން ރަނގަޅު ކުރުވާން އީތަން މޮޅު ގޮތެއް ރާވާލިއެވެ. “އީން.އަދި އެބައޮތޭ ވަރަށް މުހިއްމު ވާހަކަ އެއް ބުނަންވެފަ…އަލްޔާން އާ މީޓްވާ އިރު އޭނަ ދެރަވާ ކަހަލަ ވާހަކަ އެއް ނުދައްކައްޗޭ އިނގޭ..ޑޮކްޓަރ ބުނީ ހިތަށް ވަރަށް ގެއްލުން ވެފަޔޯ ހުރީ ..އެޓޭކެއް ޖެހިފަ…ފުރާނަ އަށް ވެސް ނުރައްކާވެދާނެޔޯ މާ ބޮޑަށް ދެރަވެއްޖެނަމަ” އީތަން ދެއްކި ވާހަކަ އިން އީން ހައިރާންވެ ދެލޯ ބޮޑުވިއެވެ.”ކީކޭ!!ހާރޓް އެޓޭކް އެކޭ..ބަލަ އަލްޔާން ކޮނޑަކަށް ނޫންތަ ވަޅި ހެރީ..އޭރު ބުނީމެއްނު ރަނގަޅޭ..މަސްގަނޑަށް ވަޅި ހެރީމަ އެޓޭކް ޖެހޭތަ؟” ފާޑަކަށް އަނގަ ހަދާލަމުން އީން އަހާލިއެވެ.” އޯހް..ނޯ..ޝިޓް!!ކީކޭތަ މަށަށް މި ކިޔުނީ..މީ އަދި ނާރސިން ކިޔަވާ ކުއްޖެކޭ ދޯ” އީތަން އަށް ހިތާހިތާ ކިޔާލެވުނެވެ. އެހެނަސް ގޮތްދޫކުރާކަށް ބޭނުމެއް ނުވިއެވެ. އެހެން ކަމުން ވަގުތުން މޮޅު ވާހަކަ އެއް ހަދާލިއެވެ. “ހޫނ..ދެން މަށަކަށް ނޭނގޭ ކީކޭތަ ކިޔަނީ ކުއްލިއަަކަށް އެކަހަލަ ބޮޑެތި ކަންތައް ދިމާވީމަ މީހުން ތިބެއެއްނު ގަބުވެފަ..ބިރުގެންފަ..އެކަހަލަ އެއްޗެކޭ އޭ ޑޮކްޓަރު ބުނީ..ނަފްސާނީ އެޓޭކެކޯ ކަންނޭގެ..އެހެންވީމަ ފިކުރު ބޮޑުވާ ވަރުގެ ވާހަކަ އެއް ނުދައްކާށޯ” އީތަން ޒާތަކަށް ބުމަ ގޮތް ޖަހާލަމުން ބުނެލިއެވެ.”އާން..ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯޑާރ ދޯ؟..އެކަމް އެއީ ފުރާނަޔަށް ގެއްލުން ވާ ވަރުގެ…” ” އަހަންނަކަށް ނޭނގޭ..ޑޮކްޓަރު ބުނީ ދެރަކޮށް ފިކުރު ބޮޑު ނުކުރާށޭ!! އެހެންވެ މި ބުނީ..ދެން އީން އަށް އިނގޭނީ ހަދަން ވީ ގޮތް” އޭނާ ޖެއްސި ސްޓޯރީ އީން އަށް ގަބޫލް ނުކުރެވިގެން އުޅޭހެން ހީވުމުމުން އީތަން ވަރަށް ސީރިއަސް ވެލާފައި އަވަހަށް އީން ގެ ވާހަކަ ނުނިމެނީސް ބުނެލިއެވެ. އީން ވެސް އިތުރު އެއްޗެކޭ ނުބުންޏެވެ. ޑޮކްޓަރު ބުނިގޮތަށް އީތަން އަށް ބުނަން ނޭގުނީ ކަންވެސް ނޭގެއެވެ. ކޮންމެ ގޮތެއް ވިޔަސް އަލްޔާން އަށް އެއްވެސް ދެރައެއް ލިބޭކަށް އީން ބޭނުމެއް ނުވެއެވެ.
ތެޅި ތެޅި އޮތް ހިތަކާއެކު އީން ގޮސް ޕްރައިވެޓް ރޫމް ނަންބަރ 306 އަށް ވަނެވެ. ދޮރު ހުޅުވާލުމާއެކުހެން ދުވި އެއްކަލަ އަލްޔާން ގައިން އަބަދުވެސް ދުވާ މީރު ހިތްދަަމައިގަންނަ ފިރިހެން ސެންޓުވަހެވެ.ޑެނިމް ސޯޓަކާއެކު ހުސްގަޔާ އެނދުގައި ލޯމަރައިގެން އޮތް އަލްޔާން ފެނުމުން އީން ގެ ހިތުގެ ހިނގުން އަވަސް ވިއެވެ. ސިކްސް ޕެކް ބޮޑީ މީގެ ކުރީން އީން އަށް ފެނިފައި ހުރީ ހަމަ އެކަނި ޓިވީން ބަލާ ފިލްމު ތަކުންނެވެ. ހަމަ ލޮލަށް މި ފެނުނީ އަލަށެވެ. އަލްޔާން ގަމީސް ލާ ފައި ހުންނަ އިރު ބާމަތި އެހާ ފުޅާކަމާއި ހަށިގަނޑު މިހާ ވަރުގަދަ ކަމަކަށް އީން އަށް ފާހަނގަ ކުރެވިފައެއް ނެތެވެ.ވައަތް ފަރާތު އަތުގެ ބައިސެޕްސް އާ ދިމާލުން ކޮނޑާ އެއްކޮށް ބެންޑޭޖް ކޮށްފައި ހުރުމުން ޒަހަމް ވީ އެތަން ކަން ވަގުތުން އީން އަށް ނަގައި ގަނެވުނެވެ. ޒަހަމް ވެފައި ހުރި އަތް ބަނޑުމަތީ ބާއްވައިގެން އަނެއް އަތް ނިތްމަތީ ބާއްވާއިގެން، ކަންފަތުގައި ހެޑްސެޓް އަޅައިގެން އޮތް އިރު އެ ފިރިހެންތަ މޫނު ފެނި މީހަކު މޮޔަވާހާ ވެއެވެ. މި ރީތި ފިރިހެނާގެ ތަސްވީރު ހިތުން ދުވަހަކުވެސް ފޮހެވޭނެ ބާއޭ އީން ގެ ހިތަށް އެރިއެވެ.މީހަކު ހުރިހެން ހީވެގެން އަލްޔާން ލޯ ހުޅުވާ ބަލާލިއެވެ. ކުރިމަތީގައި ބަލަހައްޓައިގެން ހުރި އީން ފެނުމާއެކު އަލްޔާން ގެ ލޭގެ ހިނގުމާ އެކު ހިތުގެ ތެޅުން އަވަސްވި ކަހަލައެވެ. ރޭގައިވީ ހުރިހާ ކަމެއް މަތީން އަލްޔާން ހަނދާންވިއެވެ ޒިން އީން ގައިގަ ބައްދައިގެން ހުރި ގޮތެވެ. އީން ދެއްކި ވާހަކަ ތަކެވެ. އެ ހަނދާންވުމާއެކު އަލްޔާން ގެ މޭގައި ރިއްސާލިއެވެ. އަލްޔާން އެހާ ލޯބިވާއިރުވެސް އީން ގަބޫލް ނުކުރަނީ ކީއްވެ ހެއްޔެވެ. ބޭވަފާތެރިއެއްކަމަށް އެކިއުސް ކުރީ ކީއްވެ ހެއްޔެވެ. ރުޅިވެރި ބަސްތަކުން ހިތް ޒަހަމް ކުރީ ކީއްވެ ހެއްޔެވެ.އީން އަށް ބަލަހައްޓައިގެން ހުރެ އަލްޔާން ކަންފަތުން ހެޑްސެޓް ނަގާލިއެވެ.އެވަގުތު ކޮޓަރި ތެރެއަށް ވެރިވެފައިވީ ހަމަހިމޭންކަމާއެކު އޭގެއިން އަލްޔާން އަޑު އަހަން ހުރި ލަވަ ނުލާހިކު ރީއްޗަށް އީން އަށް އަޑު އިވުނެވެ.
ތިޔަ މޫނަށް ލޯ ހުއްޓޭ ގޮތްވޭ..
ތިޔަ ހީލުން ފެނި ހައިރާން ހިތްވޭ..
ދީވާނާ ލޯބިން ވެއްޖޭ…
ހުވާ ކޮށްފާ ބުނަން ލޯބިވޭ..ކަލާ ދެކެ އިންތިހާ ލޯބިވޭ..
ހުވާ ކޮށްފާ ބުނަން ހިތް ގަޔާވޭ..
މި ޖާނު ދޭނަމޭ ލޯބިން ހުވާ…
އެއީ ހަމަ އަލްޔާން ގެ ހިތުގެ އަޑެވެ.އަސްލުވެސް އޭނާ އީން ދެކެ ދީވާނާ ވާވަރަށް ލޯބިވާ ކަން އީން ގަބޫލް ކުރާނެ ނަމައޭ އަލްޔާން ގެ ހިތަށް އެރިއެވެ. ކަޅިވެސް ޖަހާނުލާ އަލްޔާންގެ މޫނަށް ބަލަން ހުރި އީން އަށް އެދެލޮލުން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. އެހެނަސް ސިކުނޑީގައި ފްލެޝް ވަމުން ދިޔައީ އަލްޔާން އާއި މައިރީން ގެ ފޮޓޯ ތަކެވެ. “ހުވާ ކޮށްފަ ލޯބިވެޔޭ ބުނާއިރު ބައްދައިގެން ހުންނަނީ އެހެން މީހެއްގެ ގައިގަ..އަހަރެން ދެކެ ލޯބިން ދީވާނާ ވާ އިރު އޭނަ ގައިގަ ލޯބިން ބައްދާލައިގެން..ތީ ކޮންކަހަލަ ލޯތްބެއް އަލްޔާން” އީން ގެ ހިތުގައި ޝަކުވާ ފުނިޖެހެމުން ދިޔައެވެ. އެހެނަސް އީތަން ދެއްކިވާހަކަ ހަނދާން ހުރުމުން ނަފްސް ހަމައަކަށް އަޅުވާލިއެވެ.ކޮންމެގޮތެއް ވިޔަސް އަލްޔާން ގެ ފުރާނަޔަށް އެއްވެސް ގެއްލުމެއްވާކަށް އީން ބޭނުމެއް ނޫނެވެ.ޝަކުވާގެ ނަޒަރަކުން އީން ބަލަހައްޓައިގެން ހުރި ގޮތުން އަނެއްކާވެސް އޭނަ ދޫކޮށްފާ ގޮސްދާނެޔޭ އަލްޔާން ގެ ހިތަށް އެރުމާއެކު ތެދުވާން މަސައްކަތް ކުރިއެވެ. ހުރިހާ ކަމެއް އީން ކައިރިން އޮޅުން ފިލުވަން އަލްޔާން ބޭނުން ވިއެވެ. އެހިތުގެ ޝަކުވާތައް އަޑުއަހަން ބޭނުންވިއެވެ.
ކުއްލިއަކަށް ތެދުވަން އުޅުނު އަލްޔާން އަރި އަޅާލުމާއެކު އީން އަށް ދުވެފައި އެދިމާލަށް ދެވުނެވެ. ދެއަތުން ބާރަށް އަލްޔާން ގެ ހަށިގަނޑުގައި ވަށާލީ ނުވެއްޓޭނެހެން ސަޕޯރޓް ދިނުމުގެ ނިޔަތުގައެވެ.އެހެނަސް އޭގެ ކުރިން އަލްޔާން އަމިއްލަޔަށްް އެނދުގައި އަތްޖައްސާލަމުން ހަށިގަނޑު ބެލެންސް ކުރިއެވެ.އީން ގެ ހަރަކާތުން އަލްޔާން ގެ ހިތަށް ބަޔާން ކުރަން ދަތި އުފާވެރިކަމެއް ލިބުނެވެ. ރުޅިކަމަށް ހެދިގެން އުޅުނަސް އަދިވެސް އީން އޭނާދެކެ ލޯބިވާކަން އިހްސާސްވިއެވެ. އެހެން ނޫނަސް އަލްޔާން އެއޮތް ބޮޑުމީހާ ހިފަހައްޓަން އީން އުޅުނު ގޮތް އަލްޔާން އަށް މަޖާވެސްވި އެވެ. އީން އިސްކޮޅުން ކުރުވުމުން ބޯތިރި ކޮށްލާފައި އަލްޔާން ވަރަށް ހެވިފައި އީން ގެ މޫނަށް ބަލާލި ގޮތުން އީން ރަކިވިއެވެ. އެހާ ބޮޑަށް ހީލުމުން އަލްޔާން ގެ ކޮލަށް އަރާ އަޑިކޮޅު އީން އަށް ވަރަށް ހިތްގައިމެވެ. އެހެނަސް މި ހުރެވުނީ އަލްޔާން ގައިގަ ބާރަށް ބައްދައިގެން ކަން އިހްސާސް ވުމުން އީން ލަދުގަތެވެ. އީން އަތް މަޑުމަޑުން ދޫ ކުރަން އުޅުމުން އަލްޔާން އެއް އަތުން ނިކަން ބާރަށް އީން ގެ އުނަގަނޑުގައި ބައްދާ ގަޔާ ކައިރި ކުރަމުން އެދުގައި އިށީނެވެ. އެގޮތަށް ހުރުމުން އަދި ކިރިޔާ އީން ގެ އިސްކޮޅާ އަލްޔާން އެއްވަރު ވަނީއެވެ. “އަޅެ..ހާދަ ލޯތްބޭ ލަދުގަތީމަ އީން ގެ މޫނަށް އަރާ ނެޗުރަލް ބްލަޝް..” އިސްދަށަށް ޖަހާލި އީން ގެ މޫނަށް ބަލަން ހުރެ މަސްތީ އަޑަކުން އަލްޔާން ބުނެލިއެވެ. އެއާއެކު އަނެއްކާވެސް އީން ހަނދާންވީ އެއްކަލަ ތަސްވީރު ތައް މަތީންނެވެ. އަލްޔާން ހަމަ އަސްލުވެސް އޭނާ ދެކެ ލޯބިވަނީ ބާއެވެ. ނޫނީ މަޖަލަކަށް ފްލާރޓް ކުރަނީ ބާއެވެ. އަސްލު ލޯބި ވާނަމަ މައިރީން ކައިރި އަށް ދާންވީ ކީއްވެ ހެއްޔެވެ؟؟ ދެން އެކަމަކު ލޯބި ނުވާނަމަ އީން އަށް ބަލާލާ ކޮންމެ ފަހަރަކު އަލްޔާން ގެ ދެލޮލުން އެ ފެންނަނީ ކޮންފަދަ ޖަޒްބާތު ތަކެއް ހެެއްޔެވެ؟ ސިކުނޑީގައި އުފެދެމުން ދިޔަ ސުވާލުތަކުން ހިތަށް ހާސްކަން ލިބި އީން ދުރު ބަލާލިއެވެ. އަލްޔާންގެ ބަލި ހާލަތު ހުރި ގޮތުން މިވަގުތު އެއްވެސް ސުވާލެއްވެސް ކުރެވޭކަށް ނެތެވެ. އެހެންކަމުން އަލްޔާން އަތުތެރެއިން ދޫވާން އީން އުޅުނެވެ. އީން ގެ އެ ހަރަކާތާއެކު އަލްޔާން އަތަށް ބާރު ކޮށްލަމުން ކުރިއަށް ވުރެވެސް އީން އޭނާގެ ހަށިގަނޑާ ކައިރި ކޮށްލިއެވެ. އެވަގުތު އަލްޔާން ގެ ނޭވާގެ ހޫނުކަންވެސް އީން އަށް އިހްސާސްވިއެވެ. އަލްޔާން ގެ މޫނު މަޑުމަޑުން އީން އާ ކައިރި ކުރަން ފެށުމުން އީން މޫނު ފަހަތަށް ޖައްސާލިއެވެ. އެހެނަސް އަލްޔާން ކުރިއަށް ޖެހިލާފައި އީން ގެ ނިތުގައި ނިކަން ލޯބިން ބޮސްދެމުން ލަވްޔޫ އޭ ބުނެލިއެވެ. އެ ހަރަކާތުން ނާ އެ މަސްތީ އަޑުން އީން ގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ.މުޅި އުމުރަށްވެސް އަލްޔާން އެހެން ހުންނާނެ ނަމައޭ ހިތަށް އެރިއެވެ.”ޕްލީޒް ބުނެބަލަ އީން …މިހާ ލޯބިވާކަން އިނގޭ އިރުވެސް ކީއްވެ އަހަންނަށް ތިހެން ތި ހަދަނީ”އަލްޔާން ހަމަ އެ ހުރި ގޮތަށް އީން ގެ ނިތުގައި ތުންފަތް ޖައްސައިގެން ހުރެ އަހާލިއެވެ.ޖަވާބު ދޭން ކިތަންމެ ބޭނުން ވިޔަސް މިވަގުތު އީން އަށް އެވާހަކަ ދެއްކޭނެ ގޮތެއް ނެތެވެ. އެ ޝަކުވާ ކުރެވޭ ކަށް ވެސް ނެތެވެ. އަލްޔާން ދެކެ ރުޅި އާދެވެކަށް ވެސް ނެތެވެ. އެހެން ކަމުން އީން އެއްވެސް ބަހެއް ނުބުނެ ހަމަ ހުރި ގޮތަށް ހުރީއެވެ.އަލްޔާން އަނެއްކާ ވެސް ތަކުރާރުކޮށް ދެތިން ފަހަރަކު އީން ގެ ނިތުގައި ބޮސް ދިނެވެ. “ކީއްވެ ވާހަކަ ނުދައްކަނީ ..ހެޔޮނުވާނެ ތިހެން ހަދަން އީން..ޕްލީޒް ބުނެބަލަ ވެގެން އުޅޭ ގޮތެއް..ޒިން އާ އެކީ އެގަޑީގަ އެތާ ހުންނަން ޖެހުނީ ކީއްވެ..އޭނަ ގައިގަ ޖެހީމަ އޭނަ ދިފާއު ކުރަން އުޅުނީ ކީއްވެ؟” ނިކަން މަޑުމަޑުން އާދޭހުގެ ރާގެއްގައި ވާހަކަ ދައްކަމުން ދިޔަ އަލްޔާން ފަހު ޖުމްލަ ބުނެލިއިރު އަޑަށް ބާރުލެވުނު އިރު އީން ގެ އުނަގަނޑުގައި ހިފަހައްޓައިގެނ ހުރި އަތަށް ވެސް ބާރު ލެވުނެވެ. އަލްޔާން ގެ އެހަރަކާތުން އޭނާ މާ ބޮޑަށް ސްޓްރެސް ވަނީ ހެން އީން އަށް ހީވިއެވެ. “އެއްވެސް ކަމެއް ނުވޭ..އެހެން ނޫނަސް މިވަގުތު ތިކަމާ ނުވިސްނާ..ޔޫ ނީޑް ރެސްޓް ..އޮށޯންނަން ވީނު”އަލްޔާން ގެ މޫނާއި ދުރުވަމުން ނިކަން އޯގާތެރިކަމާއެކު އީން ބުނެލިއެވެ. “ނޯ..މިހާރު ބުނޭ.. އައި އޭމް ފައިން..ހަމަ މި ވަގުތު އިނގެން ބޭނުން..އައި ޑޯންޓް ނީޑް ރެސްޓް..ޓެލްމީ..އެހެން ހެދީ ކީއްވެ..އީން ގެ ގައިގަ ނާޒިން އަހްމަދު އަތްލަން ޖެހުނީ ކީއްވެ؟.. އަހަރެން ގެ އަތް ފޮޅުވާލާފަ އޭނަ ކައިރިއަށް ދިޔައީ ކީއްވެ؟ މި ފަހަރު އަލްޔާން ގެ އަޑުން އެހެންޏާ ދުވަހަކުވެސް ނީވޭ ކަހަލަ ހަރުކަށި ކަމެއް އީން އަށް ފާހަނގަ ކުރެވި ބަލަން ހުރެވުނެވެ.ޒިން އޭނަ ގައިގަ އަތްލުމުން އަލްޔާން އެހާ ދެރަވެ ރުޅި އައި އިރު މައިރީން ގައިގަ ބައްދައިގެން އަލްޔާން ހުރި އިރު އޭނާ އަށް ވެސް ހަމަ އަސަރު ކުރާނެ ނޫން ހެއްޔެވެ.އަލްޔާން އެގޮތަށް އެ ޓޯން ގައި ދުވަހަކުވެސް ވާހަކަ ދައްކާ ފައި ނުވާތީ އީން ދެރަވެ ހިތުގައި ޖެހުނެވެ. އީން ގެ ފެންކަޅިވީ ދެލޯ ފެނުމުން އަލްޔާން ދެރަވިއެވެ. އޭނާ އަށް ތަންކޮޅެއް ހަރުކަށިކޮށް ވާހަކަ ދެއްކުނު ކަމުގެ އިހްސާސްވިއެވެ. އީން ގެ އުނަގަނޑުުން ދޫކުރަމުން އަމިއްލިއަށް މޫނުގައި އަތް އަޅާލިއެވެ. ތަންވަޅު ބަލާ އީން ވެސް އަލްޔާން އާ ކުޑަކޮށް ދުރަށް ޖެހިލިއެވެ.”ސޮރީ..ޕްލީޒް ވަރަށް ބޮޑަށް ސޮރީ މާ ބާރަށް ބުނެވުނީމަ..އެކަމަކު މިތާ ހިތުގަ ވަރަށް ރިއްސާ އެބަ ތިހެން ހެދީމަ..އީން ކީއްވެ އަބަދު އަހަންނަށް ކަންތައް ސިއްރު ކުރަނީ.”ވާހަކަ ދައްކަމުން ޒަހަމް ވެފައި އޮތް އަތުން މެޔާ ދިމާލުގައި އަތްލާން އުޅުމުން އަލްޔާން ގެ އަތަށް ތަދުވިއެވެ. އީން އަވަހަށް ކައިރިއަށް ޖެހިލާ އަލްޔާން ގެ އަތުގައި ހިފިއެވެ. “އަލްޔާން ޕްލީޒް މި ވަގުތު ތި ވާހަކަ ނުދައްބަލަ..ޔޫ އާ ނޮޓް އޯކޭ..މިވަގުތު ސްޓްރެސް ވުން ރަނގަޅެއް ނުވާނެ..”އީން ވާހަކަ ނުދައްކަން އުޅުމުން އަލްޔާން ހައްތަހާ ހިތް ހަމަ ނުޖެހުނެވެ.”މިހާރުވެސް ވަޅިހެރީމަ ވީ އަނިޔާ އާ ތަދަށް ވުރެ މާވޭން ބޮޑު އީން ގެ ފަރާތުން މި ހިތަށް ލިބޭ އަނިޔާ ތަކުން” އީން ގެ އަތް ދުރުކުރަމުން އަލްޔާން ބުނެލި ގޮތުން އީން ވެސް ރުޅިގަދަ ވިއެވެ. ކުށްވެރިއަކީ އަލްޔާންއެވެ. އެކަމަކު އަނިޔާވެރިޔަކަށް މިވީ އީން އެވެ. ހުރިހާ އެއްޗެއް ކިޔާފަ ފޯން ގައި ހުރި ފޮޓޯ ވެސް ދައްކާލަފާނަމޭ އީން ގެ ހިތަށް އެރިއެވެ. އެހެނަސް ރުޅިގަނޑު މައިތިރި ކުރަމުން އީން އަލްޔާން ގައިގައި ބާރަށް ބައްދާލަމުން މޭގައި ބޯ އަޅާލިއެވެ. އެވަގުތު ހިތަށް ލިބުނު ހަމަޖެހުމުގައި “އައި ލަވް ޔޫ” އޭ އީން އަށް ބުނެވުނީ ބޭއިޚްތިޔާރުގައެވެ. އެއްވެސް ހަރަކާތެއް ނެތި އިރު ކޮޅެއް ވަންދެން އަލްޔާން ހުއްޓެވެ. އެއަށްފަހު މަޑުމަޑުން އަތް ގެންގޮސް އީން ގައިގައި ބައްދާލަމުން އައި ލަވް ޔޫ ޓޫ އޭ ބުނެލިއެވެ.”ދުވަހަކުވެސް އަހަންނާ ވަކި ނުވައްޗޭ ޕްލީޒް..މޮޔަވެދާނެ” އަލްޔާން މަޑުމަޑުން އީން ގެ ބޮލުުގައި ފިރުމާލި ގޮތުން އީން އަށް ވަރަށް އަސަރު ކުރިއެވެ. ހުރިހާ ކަމެއް އެ ސިކުނޑި ތެރޭ ހުރުމުން މަޑުމަޑުން އީން އަށް ގިސްލެވެން ފެށުނެވެ.ރަށުން އަލްޔާން އާ ވަކިވި ހިސާބުން ފެށިގެން މިވީ ދެތިން ދުވަހެއްގެ ތެރޭގައި އެތައް ހިތާމަ ތަކާއި ކުރިމަތިލާން ޖެހުމުން އީން ސިކުނޑި އަށް ހުރީ އަސްލުވެސް ބުރަވެފައެވެ. އަލްޔާން ގެ މޭގައި ބޯ އަޅާލައިގެން އޮވެ އެ އަތުގެ ފިރުމުންތަށް ލިބުމުން އީން ގެ ހިތަށް ބަޔާން ކުރަން ދަތި ހިތް ހަމަޖެހުން ލިބުނެވެ. އެހެނަސް ދެރަވަނީ އެ މޭގައި ބޯ އަޅާލާނެ ފުރުސަތު އަލްޔާން އެހެން މީހަކަށް ވެސް ދިނުމުނުންނެވެ. އިރު ކޮޅެއް ވަންެދެން އީން ރުޔެވެ. އަލްޔާން ވެސް ހުއްޓުވާކަށް ނޫޅުނެވެ.
އީން ހުއްޓާލުމުން އަލްޔާން މޭޒުމަތީ ހުރި ބޮކްސް އިން ޓީޝޫ އެއް ނަގާ އީން ގެ މޫނުގައި ހުރި ކަރުނަ ފޮހެލިއެވެ. އެއަށްފަހު އީން ކައިރި ކޮށްލާފައި މޫނުގެ އެކި ތަންތަނުގައި ބޮސް ދިނެވެ. ” އަހަރެން ވަރަށް ލޯބިވޭ އިން ދެކެ.. އެހެންވެ ހިތް ނުރުހެނީ އެހެން މީހަކު އީން އަށް ބަލާލަން ވެސް.” އީން ސީދާ އަލްޔާން ގެ ދެލޮލަށް ބަލާލިއެވެ. ” އަހަރެން ވެސް އަލްޔާން ދެކެ ލޯބިވޭ ވަރަށް ބޮޑަށް..އެހެންވީމަ ހިތް ނުރުހޭ އެހެން މީހަކު އަލްޔާން ގައިގަ އަތްލަން ވެސް” އިތުރަށް ކެތް ނުވުމުން އީން ވެސް މަޑުމަޑުން ބުނެލިއެވެ. ” މަޑުކޮށްބަލަ..އަހަންނޭ…އަހަރެންގެ ގައިގަ ކާކު އަތްލީ..ތީ ދުވަހަކުވެސް ވާނެ ކަމެއް ނޫން..އަހަރެން މީ ހަމަ އެކަނި އީން ގެ މީހެއް..ޕްލީޒް ބިލީވް މީ” އަލްޔާން ސީރިއަސް ވީ ވަރުން އީން ފޯން ނަގާ ފޮޓޯ ތައް ހުޅުވާލިއެވެ. “އަހަރެން ވެސް ވަރަށް ގަބޫލް ކުރާ ހިތްވޭ އަލްޔާން ތި ދައްކާ ވާހަކަ އެކަމަކު …ދެރަވަނީ ތީ ހަގީގަތެއް ނޫން ވީމަ..އަހަންނަށް ސިއްރުން އަލްޔާން މައިރީން ގުޅުން ބޭއްވީމެއްނު..ބަލަ ނާޒިން އަހްމަދު އަހަރެން ގައިގަ އަތްލީމަ އަލްޔާން ހިތަށް ކުރާ އަސަރު މައިރީން އަހްމަދު އަލްޔާން ގައިގަ ބެއްދީމަ އަހަރެން ހިތަށް ވެސް ކުރޭޔޭ!!!” ފޯނުގައި ހުރި ފޮޓޯ ދައްކާލަމުން އީން ދެލޯ އަޅަލިއެވެ. “ވަޓް ދަ..”އެ ފޮޓޯތަށް ފެނުމުން އަލްޔާން ހައިރާން ވިއެވެ. ރަނގަޅަށް ބަލާލުމުން އެއީ ރޭގަ އަލްޔާން މައިރީން އާ ބައްދަލު ކުރަން ދިޔައިރު ނަގާފައި ހުރި ފޮޓޯ ތަކެއްކަން އެނގުމުން ޒިން ގެ މުޅި ގޭމް އަލްޔާން އަށް ވިސްނި ނިތުގައި އަތުން ޖަހާލެވުނެވެ. އީން ރޮމުން އެތަނަށް އެ ދިޔައީ ޒިން ފޮނުވި ފޮޓޯތަށް ފެނުމުން ކަމާއި އެ ނާޒުކު ވަގުތު ގެ ބޭނުން ހިފާ އީން އިތުރަށް ރުޅިއަރުވަން ޒިން އެތަނަށް ދާނީ ކަން ވިސްނި އަލްޔާން ވަގުތުން ހުރިހާ ކަމެއް ހިނގާނެ ގޮތް ރާވާލިއެވެ.
ދެލޯ ފުރާ ކަރުނަ އަޅައިގެން ޝަކުވާގެ ނަޒަރަކުން ތުން ކޮޅު ދަމާއިގެން އަލްޔާން ގެ ޖަވާބެއްގެ އިންތިޒާރުގައި ހުރި އީން އަށް ބަލާލުމުން އެ މައުސޫމް ކަމާމެދު އަލްޔާން ގެ ހިތް ލޯބިން ފުރުނެވެ.މިހިތުގައި މި އަންހެން ކުއްޖާ އަށް ޓަކައި ވާ ލޯބި ހިތް ފަޅާލާފަ ދެއްކޭނެ ނަމައޭ އަލްޔާން ގެ ހިތަށް އެރިއެވެ.”ހެހެހެ..އީން ވެސް ހާދަ މޮޔައޭ ދޯ؟ ތި ފޮޓޯތައް ފެނުނީމަ ތަ ބޭވަފާ ތެރި ވީ އޭ ތި ކިޔަނީ..މިހިތުގެ ވަން އެން އޮންލީ ފޯ އެވާ ކުއީން އަކީ ހަމަ އެކަނި އީން..” އަލްޔާން ހީލަމުން ގޮސް އީން ގެ ލޮލުން ވެއްޓެން ތައްޔާރު ވަމުން ދިޔަ ކަރުނަ ތިކި ފޮހެލަމުން އަތުގައި ހިފާ އަތް ގެންގޮސް އަމިއްލަ މޭގާ ޖައްސާލިއެވެ. އަދި އަލްޔާން ގެ ޕްލޭން ގެ ވާހަކަ އާއި އޭގެ ފަހުން ކަންތައް ވީ ހުރިހާ ގޮތް އީން އަށް އޮޅުންފިލުވާ ދިނެވެ.އޭގެ އިތުރުން މައިރީން ގެ ސައިކޯސިސް ގެ ކަންތައްް އޭނަ އަމިއްލައަށް ގަބޫލް ކޮށް ފަރުވާ ހޯދަން ފުރަން ނިންމި ވާހަކަ ވެސް ކިޔާދިނެވެ.އެ ވާހަކަތަށް އަޑުއިވުމުން އީން ފުން ނޭވާއެއް ދޫކޮށްލަމުން އެއާރޕޯޓުން ޒިން ބައްދަލުކުުުރި ހިސާބުން ފެށިގެން ހުރިހާ ވާހަކައެއް ކިޔައިދިނެވެ. ހުރިހާ ކަމެއް އެނގި އޮޅުން ފިލުމުން ޒިން ގެ މަގްސަދު ދެމީހުންނަށް ވެސް އެނގި ހާމަވިއެވެ.”އީން ..ދުވަހަކުވެސް އަހަރެންގެ ލޯތްބާމެދު ޝައްކު ނުކުރައްޗޭ އިނގޭ..ލަވް ޔޫ ސޯމަޗް..ކޮންމެ ފަދަ ސިޓުއޭޝަން އެއް އަޔަސް ޒިން ވެސް ނުވަތަ އެހެން މީހަކުވެސް އީން އާ ގާތް ވުމުގެ ފުރުސަތު ނުދެއްޗޭ!..އައި ކާންޓް ޓޯލަރޭޓް ދެޓް..” އަލްޔާން އޯގާތެރިކަމާއެކު ބުނެލި ބަސްތަކުން އީން ގެ ހިތަށް އުފާވެރިކަން ލިބުނެވެ. “ޔޫ ޓޫ..އިނގޭތަ ކިހާ ހާރޓްވިކަން ފޮޓޯ ތަކުން އަލްޔާން ގެ އުފާވެރި މޫނު ފެނުމުން..ހިވީ ހިތަށް މީހަކު ހަނޖަރެއް ހަރާލިހެން..”އީން އޭނާގެ ހިތަށް ކުރި އަސަރު ބަޔާން ކުރުމުން އަލްޔާން ހީލިއެވެ. އެހާ ބޮޑަށް ހާމަ ނުކުރި ކަމުގައި ވިޔަސް އީން ގެ ހިތުގައި އަލްޔާން އަށް ޓަކައި ފުން ލޯތްބެއްވާކަން އިހްސާސް ވުމުން ބަޔާން ކުރަން ދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އަލްޔާން މަޑުމަޑުން އީން އާ ގާތްވެލިއެވެ. އަތުގެ އިނގިތަކުން އީން ގެ އޮމާން ކޯތާފަތުގައި ޖައްސާލިއެވެ. އެ ހިތްގައިމު ބީހިލުމުން ރަކި ހިނިތުންވުމަކާއެކު އީން އަލްޔާން އާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ޖަޒުބާތުގެ އޮއިވަރުގައި ބެހެމުން ދިޔަ ދެހިތަށް ސިހުން ލިބުނީ ކުއްލިއަކަށް ދޮރު ހުޅުވާލަމުން މީހަކު ކަރުކެހިލުމުންނެވެ.
ކުރިމަތީގައި ޕޮލިސް ޔުނިފޯރމްގައި ހުރި އިމްރާން ފެނުމުން ދެމީހުން ވެސް ތެޅިގަނެފައި ކުޑަކޮށް ދުރަށް ޖެހިލިއެވެ. “އީން އަޝްރަފް..” އިމްރާން އީން ގެ ނަމުން ގޮވާލުމުން އީން ބިރުން އަލްޔާން ގެ އަތުގައި ހިފަމުން ފުރަގަހަށް ޖެހިލިއެވެ. އަނެއްކާ ޒިން ގެ އޯޑަރަށް މި ޕޮލިސް މީހާ މިއައީ އީން ހައްޔަރު ކުރަންބާއޭ ހިތަށް އެރިއެވެ. އީން ގެ އެ ހަރަކާތުން އަލްޔާން ގެ އިތުރުން އިމްރާން ވެސް ހިނިއައެވެ.”އިޓްސް އޯކޭ އީން..ހީ އިޒް މައި ފްރެންޑް އިމްރާން..ޗީފް އިނިސްޕެކްޓާ އޮފް ޕޮލިސް” އިމްރާން އީން އާ ސަލާމް ކުރަން އަތް ދިއްކޮށްލުމުން އީން ވެސް ކުރެވުނު ކަންތަކާ މެދު ލަދުވެތި ވެ ހުރެމެ ސަލާމް ކޮށްލަމުން ހީލިއެވެ. “ސޯ އަލްޔާން..ހަމަލާ ދިން މީހުން އެރެސްޓް ކޮށްފި..ޒިން އަކާ ސީދާ ގުޅުމެއް ނެތް މިކަމުގަ…އެކަމަކު ދެމީހުން ވެސް ބިލޯންގް ވަނީ އީގަލްސް ގޭންގް އަށް..އެމީހުން ބުނަނީ ކުރިން ރެއެއްގަ އެމީހުން ގައިގަ ތަޅައިގަތް ކަމުގެ ބަދަލް ހިފަން ކަމަށް..” އެ ހަބަރު އަޑު އިވުމުން އީން އާ ބަޔަކު ދިމާކުރި ރޭގެ ހަނދާންތަށް އާވިއެވެ. އަލްޔާން އެކަންތަށް ހިނގާ ދިޔަގޮތް އިމްރާން އާއި ހިއްސާވެސް ކުރިއެވެ. އެކަހަލަ ކަމެއް ދިމާވެއްޖެ ނަމަ އަންގާލުމަށާއި ވިސްނައިގެން އުޅުމަށް ނަސޭހަތްތެރިވަމުން ކޭސް އާ ގުޅޭ ޑޮކިއުމެންޓްސް ތަކުގައި އަލްޔާން ގެ ސޮއި ހޯދުމަށްފަހު އިމްރާން ދިޔައެވެ.
އިމްރާން ދިޔުމުން އަނެއްކާ ވެސް އަލްޔާން އިޝްގީ ނަޒަރަކުން އީން އަށް ބަލާލަމުން ކައިރިއަށް ޖެހިލިތަނާހެން ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ. ފުޅާ ހިނިތުންވުމަކާއެކު ވަދެގެން އައީ އީތަން އެވެ. “ހައި ގައިޒް..ކޮބާ ހިނގާ ގެއަށް ދާން ޑިސްޗާރޖް ހުރިހާ ކަމެއް ނިންމާފަ މި އައީ” އަލްޔާން އީން ގެ އަތުގައި ހިފަހައްޓައިގެން ހުރުމުން ދެމީހުން ގެ ގުޅުން ރަނގަޅު ވެއްޖެކަން އީތަން އަށް ޔަގީންވިއެވެ.”އެކަމަކު ހާދަ އަވަހަކަށް..އޭރު ބުނީމެއްނު..” އީން ހައިރާންވެ ހުރެ ވާހަކަ ދައްކަންފެށި އިރަށް އީތަން އަވަސް އަވަހަށް އީން ގެ ވާހަކަ މެދުކަނޑާލިއެވެ.”ސާބަހޭ..އަލްޔާން އަށް ޖެހުނީ އިޝްގީ ބަލި..އިޝްގީބަލީގެ ފަރުވާ ތިއިނީ މިހާރު ކައިރީގަ..ބަލާބަ ހެވިފަ އިންވަރު މިހާރުވެސް..ދެން އިތުރަކަށް ކުރާނެ މެޑިކަލް ފަރުވާއެއް ނެތް..ހިނގާ އަވަހަށް ދާން”ހެވިފައި ހުރި އަލްޔާން އީން އާ ދިމާލަށް ބަލާލަމުން އެއްލޯމަރާލުމުން އީން ވެސް ހީލިއެވެ.އީން ގޮސް އަލްޔާން ގެ ބައެއް ސާމާނުތަށް ނަގާ ދަބަސް ޕެކް ކުރުމަށް ފަހު ރަތް ކުލައިގެ ޖާރޒީ ބެނިޔަން އެއް ނަގާ އަލްޔާން އަތަށް ދެމުން ލާން އެދުނެވެ. އެނދުގައި އިށީދެގެން އިން އަލްޔާން އެއްއަތުން އޭގައި ހިފައިގެން ހުރެ އަތުން އިޝާރާތް ކޮށްލީ އަމިއްލައަށް ނުލެވޭނޭ ބުނާ ފަދަ ގޮތަކަށެވެ. އީން އީތަން އަށް ބަލާލިއިރު ފޯނާ ކުޅެން ހުރުމުން ރަކި ހިނިތުންވުމަކާއެކު އަލްޔާން ކައިރިއަށް ގޮސް ފަރުވާތެރިކަމާއެކު އަތަށް ތަދުނުވާނޭހެން ބެނިޔަން ލައްވާދިނެވެ. އަލްޔާން އާ ހަތަރު ކަޅި ހަމަވީ ވަގުތުއެ ފުން ދެލޮލުގައިވި މަސްތީ ކަމުން އީން ހުރީ ލަދުން ހަލާކުވާވަރުވެފައެވެ. އެހެނަސް އަލްޔާން ކަޅިވެސް ޖަހާނުލާ އީން ގެ މޫނަށް ބަލަމުން ދިޔައެވެ. އީން ގެ އަތް އަލްޔާން ގައިގައި ބީހިލެވުމުން އެ ހިތަށް ބަޔާން ކުރަން ދަތި ހިތްހަމަޖެހުން ލިބުނެވެ. މުޅި އުމުރަށްވެސް ހަމަ އެހާ ލޯބިން އޭނާ އާއެކު އީން ވުމަށް ހިތުން އެދެވެމުން ދިޔައެވެ.
*****
އަލްޔާން ގެ އެދުމުގެ މަތީން އީން ވެސް އަލްޔާން އާއެކު އެގެއަށް ދިޔައެވެ. އީތަން ކައިރީ އީން ގޮވައިގެން އޭނަގެ އެޕާރޓްމެންޓަށް ދިޔުމަށް ބުނެ އަލްޔާން ދިޔައީ މަންމަ އާ ބައްދަލު ކުރުމަށް އެބަޔަށެވެ. ސޯފާގައި ފޯނެއްގައި ހުރި އަޝިޔާ އަށް އަލްޔާން ފެނުމާއެކު އައިސް ބައްދާލަމުން ނިތުގައި ބޮސްދިނެވެ. އާޝިޔާ އަލްޔާން އާ ދެއްކީ ހަމަލާ ދިން މީހުން ހައްޔަރު ކުރެވުނު ވާހަކަ އާއި ބައްޕައެކޭ އެއްގޮތަށް އަލްޔާން ގެ ސެކިއުރިޓީއަށް ބޮޑީގާޑުން ހަމަޖެއްސި ވާހަކައެވެ. އެކަމާ އަލްޔާން ދެކޮޅު ހެދުމުން ވެސް އެއީ ބައްޕައާއި މަންމަ ގެ ނިންމުމޭ ބުނެ އާޝިޔާ ކުރުނުކުރިއެވެ.އެންމެ ކުޑައިރުއްސުރެންވެސް އެމީހުންގެ ވަގުތު އަލްޔާން އަށް ނުދެވުނު ކަމުގައި ވިޔަސް ބެނުންވާ ހުރިހާ ކަންކަން ބަރާބަރާށް ހަމަޖައްސާނެއެވެ. އެހެން ކަމުން އެންމެ ފަހުން އަލްޔާން ހިތްހަމަ ނުޖެހިފައި ހުރެވެސް އޯކޭ އޭ ބުނެލިއެވެ. އަލްޔާން އަސްލު ބޭނުންވީ މަންމަ އާއި ކައިރީ އީން ގެ ވާހަކަ ދެއްކުމަށް ފަހު ބައްދަލު ކުރުވުމަށެވެ. އެހެން ނަމަވެސް މަންމަ އަނެއްކާ މިއަދު ހަވީރު ބައްޕަ އާއެކު ފުރާވާހަކަ ބުނުމުން އަލްޔާން އެވާހަކައެއް ނުދެއްކިއެވެ.
އަލްޔާން ގެ އެޕާރޓްމެްޓް އަށް ވަދެވުމުން އެތަނުގެ ފުރިހަމަކަން ފެނި އީން ހައިރާންވިއެވެ. ފާރުތަކުގައި ހަރުކޮށްފައި ހުރި އެކިކަހަލަ ޕެއިންޓިންގްސް ތަކަށް ބަލާލުމުން ވެސް އީން އާ ޝޯހުވިއެވެ. އަލްޔާން ގެ އިންތިޒާރުގައި އީތަން އާ އެކު އީން އިނީ ސޯފާގައި އިށީދެލައިގެންނެވެ. އެވަގުތު އަލްކާ ގެ ފޯނެއް އައެވެ. އަލްކާ މިރޭ ދަންވަރު ފްލައިޓުން އަންނަ ވާހަކަ ބުނުމުން އީން ވަރަށް އުފާވިއެވެ. ހެވިފައި ހުރެ ފޯން ބާއްވަމުން އަލްކާ އަންނަ ވާހަކަ އީތަން ކައިރީވެސް ބުނެލިއެވެ. އަލްކާގެ ނަން އިވުމުން އީތަން ގެ ހިތަށް އުފާވެރިކަން ވެރިވުމާއެކު އަލްކާ އަށް ގުޅާލައި ކުޑަކޮށް ޖެއްސުން ކުރުމަށް ހިތްއެދުނެވެ. އެހެން ކަމުން އެބަ އަންނަމޭ ބުނެ އީތަން ނިކުމެލީ ބެލްކަނީ އަށެވެ. އިރުކޮޅަކުން ގޭގެ ބެލްޖަހާލުމުން އީން އަވަސް އަވަހަށް ތެދުވެ ދޮރުހުޅުވަން ދިޔައީ އަލްޔާން އައީކަމަށް ހީކޮށެވެ. ދޮރު ހުޅުވާލުމާއެކު ރަތްކުލައިގެ ފިނިފެންމަލުގެ ބޮކޭ އެއް ހިފައިގެން ކުރިމަތީގައި ހުރި މީހާ ފެނި އީން ހައިރާންވެ ސިހުނެވެ….
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




babaley huttey e up v
☺️☺️
Hello dear……nyc part maasha allah….whn next….luv yahh ??????????
Hiiii..??. Thanx hudher.. Next Sunday insha allah. ☺️
Dear check cookie ge story ah koffa in comment 🙂
alhey so cute…dhemyhun dhen dhuru nukurahchey…story is osm…vv asarugadha…waiting curiously for the nxt part..avahah up kohdhehchey…,,,,luv u
Thank you maya?? aslu mee hageegee hadhisaa thakuge macchah base koh liya hiyaalee stry eh. So v ha ves aslaa eh goi kuran try kuany…ekm lets c dhw ??☺️ mch love??
Oo noo… alheyy… ????dont say thats mireen… plan flop vaane eyrun
Hehe.. ??
haadha reechey mi part ves????sifakurumah hama bunaane ekahacheh ves neii vrh habeysss????curiosly waiting for next part….. its getting interesting noww????love u & ur stry angal❤❤❤
Thank you for de lovely comment zeek ???? mch love❤️❤️❤️❤️❤️❤️❤️❤️
Stwrii varah nice? kurin comment nukurias regular kh mi stwrii kiyan……. Hama awesome stwrii eh miii?And varah heart touching? But plxxxxx don’t make us waiting ehaa gina dhuvahu? konme dhuvahaku beley stwrii up vefa thw? can you plxxxx make it quick?plxxx plxxx bagging you? Btw luvs much❤
koba story miadhu mee Sunday ?
Owww…thanx samee. sorry dear v bodah..midhuvaskolhu hama vaguthu nuvanee ehaavaarah…ekm v bodah balaanan ingey next due ah vure avas kureveytho. much love
koba next PART.