ބުނާށެ ލޯބި ނުވަނީހޭ 09
އެއްލި ކަޅިޔަކުން ޝަރްވާންއާއި އެކު ޔާނާ ނަށަމުން ދިޔަތަން ރާދިންއަށް ފެނުނެވެ.ޔާނާގެ އުނަގަނޑުގައި އެއްއަތުން ހިފަހައްޓައިގެން އިންއިރު އަނެއް އަތުން ޔާނާގެ ފަހަތުން ބުރަކަށީގައި ހިފަހައްޓައިގެން ޝަރްވާން އިނުމުން ރާދިންގެ ހިތައް ތަދުވިއެވެ. ޔާނާގެ ދެއަތްވަނީ ޝަރްވާންގެ މޭމަތީގައެވެ. ރާދިންގެ ހިތުގައި ހަސަދަވެރިކަމުގެ އަލިފާންގަނޑެއް ރޯވިއެވެ. ހިތާމަވެރިކަމާއި ހަސަދަވެރިކަމުގެ އިހުސާސް އެހިތުތެރޭގައި އެއްވެގެން ދިޔުމުގެ ނަތީޖާއަކަށްވީ ރާދިންއަށް ކިޔަން އިން ލަވަ ނޫން އެހެން ލަވައެއް ކިޔަންފެށުމެވެ. އިންތަނުން ތެދުވެ އެލަވަ ކިޔަމުން ޔާނާއާއި ދިމާއަށް ރާދިންއަށް ހިނގައިގަނެވުނެވެ. ރާދިން ކިޔަންފެށި ލަވައަކުން އެންމެން އެނާއާއި ދިމާއައް ބަލަން ފެށިއެވެ. ޔާނާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އެހާމެ ރުޅިވެސް އައެވެ.
ފުހެލީ ތިބާ، މިނަން ތިޔަ ހިތުން
މަށާ މިހާރު ވަކިވީ ހޭ
ފުހެލީ ތިބާ، މިނަން ތިޔަ ހިތުން
މަށާ މިހާރު ވަކިވީ ހޭ
ބުނާށެ ލޯބި ނުވަނީހޭ
ބުނާށެ ލޯބި ނުވަނިހޭ
ބުނާށެ ލޯބި ނުވަނީހޭ
ބުނާށެ ލޯބި ނުވަނިހޭ
ކުރަމޭ ހިތުން ދުއާ، މިތުރާ ލިބުން އަދާ
ދުރުގާ އުޅެން ޖެހިފާ ވިޔަސް، އުއްމީދުތައް އާލާވެޔޭ ހާ އާ އާ
އަންނާށޭ ސާހިބާ، ފޮރުވޭށޭ މޭތެރޭ
އަތުގާ މަގޭ ހިފާ
އެކުގާ އުޅެން ކަލާ އެވީ ވައުދު ހަނދާންވެސް ނެތުނީހޭ
ބުނާށެ ލޯބި ނުވަނީހޭ
ބުނާށެ ލޯބި ނުވަނިހޭ
ބުނާށެ ލޯބި ނުވަނީހޭ
ބުނާށެ ލޯބި ނުވަނިހޭ
ވޭނާ އުދާހޭ ލިބޭމީ،އިސްގެއް ނުވީމާ އެ ހާސިލް
އިތުބާރުކޮއް ލޯބިވީމާ، ގެއްލިއްޖެ އޭ ހޯދި މަންޒިލް
ކިޔާ ދޭނަމޭ އޭ އަހާށޭ، ލޯބީގެ ވޭނީ ފަސާނާ
ފަސްދީ ދަނީހޭ ހިތާއޭ، ދިނުމުން ހިތާ މޭ މި ޖާނާ
ލޯބިން އެހާ، ފިރުމާ ހަދާ، ވަކިވެ ދިޔައީ ތިބާ ނޫން ހެ ވީ ކީއްހޭ
ބުނާށެ ލޯބި ނުވަނީހޭ
ބުނާށެ ލޯބި ނުވަނިހޭ
ފުހެލީ ތިބާ، މިނަން ތިޔަ ހިތުން
މަށާ މިހާރު ވަކިވީ ހޭ
ބުނާށެ ލޯބި ނުވަނީހޭ
ބުނާށެ ލޯބި ނުވަނިހޭ
ޝަރްވާންއާއި ޔާނާގެ ވަށައި ހިނގަމުން ރާދިން ލަވަ ކިޔައި ނިންމައިލިއެވެ. އޭރު ރާދިންގެ ލޯވަނީ ފެންކަޅިވެފައެވެ. ފެންކަޅިވެފައިވާ ދެލޮލުން އޭނާ ޔާނާއަށް ބަލައިލިއެވެ. އެމޫނުން އޭނާއަށް ނުރުހުން ނޫން އެއްޗެއް ނުފެނުނެވެ. ޔާނާއަށް ހަމަ އެއްވެސް އަސަރެއް ނުކުރަނީ ހެއްޔެވެ. އެތާ ތިބި އެހެން އެންމެންނަށް އެލަވައިން އަސަރުކުރިކަން ޔަގީނެވެ. އޭނާއަށް ލޯބިވެވުނީ ހަމަ އެހާ ހިތްހަރު ކުއްޖެއް ދެކެ ހެއްޔެވެ.
އެންމެންގެ ކުރިމަތީ ރާދިން އެލަވަ ކިޔުމުން ޔާނާ ގާތަށް ވަރަށް ރުޅިއައެވެ. އަދިވެސް ރާދިން އެންމެންގެ ކުރިމަތީގައި މާ ރަގަނޅު މީހަކަށް ވަނީ ހެއްޔެވެ. އޭނަގެ ކުށް ގަބޫލު ނުކުރާނެ ހެއްޔެވެ. ޔާނާ އޭނާއާއި ދުރަށް ދިޔައީ އޭނާގެ ސަބަބުން ކަމަށް ހަމަ މީހުންނަކަށް ނާންގާނެ ހެއްޔެވެ. އިރުކޮޅަކު ރާދިންއަށް ބަލަން ހުރެފައި ޔާނާ ރާދިންގެ އަތުގައި ހިފައިގެން އެތަނުން ނިކުންނަށް ދިޔައެވެ. ޝަރްވާންއާއި އައިރާ އެމީހުން ފަހަތުން ދާން އުޅުމުން ހުއްޓުވީ ޝައުންއެވެ. މަލްކާ ހުއްޓުވީ ޝަމީލްއެވެ. އެދެމީހުންނަށް އެކަނި ވާހަކަ ދައްކާލަން ފުރުސަތު ދޭންވެގެންނެވެ. ޝަމީލް ޔާނާއަށް ކިތަންމެ ނަފްރަތް ކުރިޔަސް ދެންމެ ރާދިން އެ ކީ ލަވައިން އެކުވެރިޔާގެ ހިތުގެ ހާލަތު އޭނާއަށް ވަރަށް ރަގަނޅަށް އެނގިއްޖެއެވެ.
ޔާނާ ރާދިން ގޮވައިގެން އެރީ ހޮޓެލްގެ ޓެރަހަށެވެ. އެތަނުގައި އެދެމީހުން ފިޔަވައި އިތުރު މީހަކު ނެތެވެ.
” ރާދިން ފިލްމު ކުޅެން ދާންވީ އެއްނު.. ތިހާ މޮޅަށް އެކްޓް ކުރާނެ މީހަކު މިރާއްޖޭގައި ހުންނާނެ ހެންނެއް އަހަންނަކަށް ހީޔެއްނުވޭ.. ކުރިން އެކްޓް ކުރެވުނު ވަރު މަދީތަ އަދިވެސް.. އިތުރަށް މީހުންގެ ލޮލުގައި އަދުން އަޅުވަން ތިއުޅެނީ.. ކީއްވެތަ އެންމެންގެ ކުރިމަތީ އަހަރެން ކުއްވެރިއެއްގެ ގޮތަށް ތިލޭބަލް ކުރަނީ… ރާދިންގެ ކުށް ގަބޫލު ނުކުރެވެނީ ކިއްވެތަ.. ” ރާދިންގެ އަތުން ދޫކޮއްލާފައި ރާދިންގެ ގަމީހުގެ ގިރުވާނުގައި ދެއަތުން ހިފައިގެން ހުރެ ޔާނާ ޝަކުވާ ކުރަން ފެށިއެވެ. ޔާނާ އެކިޔާ އެކައްޗެއްވެސް ރާދިންއަކަށް ނުވިސްނުނެވެ. އޭނާގެ ކުށެށް ނޯންނާނެ ކަން އޭނާއަށް އެނގެއެވެ.
” ރީތިކޮށް އަހަންނާއި އެކު އުޅެފައި ދުރުވީ އަހަރެންގެ ކުށުންނޭ ތަ ތިބުނަނީ.. އަހަރެންގެ ކޮން ކުށެށް އޮވެެގެން ޔާނާ އަހަންނަށް އެހެން ހެދީ.. ބުނެބަލަ.. ޔާނާ ލޯބިނުވާތީ ތަ ދުރުވީ.. ލޯތްބެއް ނުވޭ ދޯ.. ކުޑަކޮއްވެސް އަހަރެން ދެކެ ލޯބި ނުވަނީތަ.. ޔާނާ ސޭ ދެޓް ޔޫ ލަވް މީ.. އެންމެންގެ ކުރިމަތީގައި އަހަރެންގެ ކުށުން ވީ ކަމެކޭ ބުނެފާނަން.. އަހަރެން ޔާނާ ދެކެ އަދިވެސް ވަރަށް ލޯބިވޭ.. ކިތައްމެ ނަފްރަތު ކުރަން ބޭނުން ވިޔަސް އަހަންނަކަށް އެކަމެއް ނުވި.. ބުނޭ ލޯބިވެޔޭ..” ރާދިން ހީވަނީ ބުއްދި ފިލައިގެން ގޮސްފައި ހުރި މީހެއްހެންނެވެ. ޔާނާގެ މޫނުގައި ދެއަތުން ހިފައިފައި ރާދިން އެމޫނުގައި ބޮސްދޭން ފެށިއެވެ. ޔާނާ ދެތިން ފަހަރަކު ހުއްޓާށޭ ބުނުމުންވެސް ރާދިންއަށް އަޑުއިވޭކަމަކަށް ނުވިއެވެ. ރާދިންގެ މޭގައި ދެއަތް އަޅައިފައި ޔާނާ ރާދިން ދުރައް ކޮއްޕައިލިއެވެ. ރާދިން ނުވެއްޓުނީ ކިރިޔާއެވެ.
” އަހަރެންގެ ގައިގައި އަތްލުމުގެ ހައްގެއް ރާދިންއަކަށް ނޯންނާނެ.. ލޯބިނުވާ މީހެއްގެ ގައިގައި ތިގޮތަށް އަތްލާކަށް ރާދިން ލަނދެއް ނުގަނޭތަ..” ޔާނާ ރުޅިއައިސްގެން އަލިފާން ކަނި ބުރާހާލު ރާދިންއާއި ދިމާލަށް ބުނެލިއެވެ.
” އޯ ސޮރީ.. އަހަރެން ހަނދާން ނެތުނީއޭ..ޔާނާ އެހެން މީހެއްގެ އަތުތެރޭގައި އިނުމުން އަހަރެން ޖެލަސްވީ.. ދެން އެހެނެއް ނުވާނެ.. މިހިތަށް ކިތަންމެ ތަދުވިޔަސް ދެން ކެތްކުރާނަން.. ތި ހަށިގަނޑުގައި ބީހުމުގެ ހައްގު މިހާރު އޮތީ ޝަރްވާންއަށެއްނު.. އެކަން އަހަރެން ގަބޫލު ކުރަން..”
” ރާދިން.. ރާދިން ތިހީކުރާ ކަހަލަ ގުޅުމެއްނޫން މަށާއި ޝަރްވާނާއި އޮންނަނީކީ.. އެކަމް ބުނަން އަހަރެން ވަރަށް އަވަހަށް ޝަރްވާނާއި ކައިވެނިކުރަން މިއުޅެނީ.. އެއީ އަހަރެން ދެކެ ތެދުވެރި ލޯބިވާ މީހެއް.. އެހެން މީހުންހެން ލޯބިވާކަމަށް އެކްޓް ޖައްސައިގެން އުޅޭ މީހެއްނޫން އެއީ..” ޔާނާ ބުނެލިއެވެ.
” ދެން ތިބުނަނީ އަދި ދެމީހުން ތިއުޅެނީ ކައިވެނި ނުކޮށޭތަ.. ” ރާދިން އެހެން ބުނުމުން ޔާނާ ބޯ ޖަހައިލިއެވެ. ” އެހެން މީހަކާއި އިނދެފަ އެމީހާއާއި އެކީވެސް ހަނީމޫން ހަދާލައިފައި ވަރިވީ ދޯ.. ހަ ހަ..ކިތައް މީހުންނާއި އިނދެފިން.. ނޫނީ މީހަކާއި ނީންދެ ހަނީމޫން ހަދައިގެން ލިބުނު ދަރިއެއްތަ އެއީ.. އަހަރެން ހީޔެއްނުކުރަން ޔާނާއަކީ..” ރާދިންގެ ވާހަކަ މެދުކެނޑުނީ މޫނު މައްޗަށް އައި ހަމަލާއަކުންނެވެ. ވީތަދުން އާހް ހޭ ބުނެލެވުނެވެ. މޫނުމަތީ އެއްއަތުން ހިފައިގެން އިނދެ އޭނާ ޔާނާއާއި ދިމާއަށް ބަލާލިއެވެ. އޭރު ޔާނާގެ ލޮލުން ކަރުނަ އަންނަމުން ދިޔައެވެ.
” ރާދިންގެ ހިތަށް ތިކަހަލަ ނުބައި އެއްޗެއް އެރުވީވެސް ކިހިނެއް.. ރާޔާއަކީ ހަލާލު ކައިވެންޏަކުން އަހަންނަށް ލިބުނު ހަލާލު ދަރިއެއް.. ރާޔާއަކީ ތި ރާދިންގެ ދަރިއެއް.. ” ޔާނާއަށް ބުނެވުނު އެއްޗަކާއި މެދުވެސް ވިސްނާލެވުނީ މާފަހުންނެވެ. ރާދިން ކައިރީ ރާޔާގެ ހަގީގަތް ބުނުމަކީ ޔާނާ އެއްގޮތަކަށްވެސް ކުރަން ބޭނުންވާ ކަމެއްނޫނެވެ. އަނގަމަތީ އަތް އަޅައިފައި ޔާނާ ރޯން ފެށިއެވެ.
” ކީކޭ.. އަދި އެއް ފަހަރު ބުނެބަލަ..އެއީ ކާކުގެ ދަރިއެކޭ ތިބުނީ..” އަޑު އިވުނު އެއްޗެއް ޔަގީންނުވާތީ ރާދިން އަހައިލިއެވެ. ޔާނާ އެއްޗެކޭ ނުބުނެ ދުއްވައިގަތީ އިތުރަށް ރާދިންއާއި ވާހަކަ ދައްކަން ބޭނުންނުވާތީއެވެ. ރާދިންއަށް ޔާނާ ނިކުމެގެން ދިޔައިރުވެސް ބަލަން ހުރެވުނީއެވެ. ޔާނާ އެންމެ ފަހުން ބުނި ޖުމްލަ އަދިވެސް އެކަންފަތައް އަޑުއިވޭ ކަހަލައެވެ. ބޮލުގެ އިސްތަށިގަނޑުގައި އަތް ހިންގާލައިފައި އެތާހުރި މޭޒެއްގައި ފައިން ޖަހައި ބުރުވައިލިއެވެ. ” 4 އަހަރު އަހަންނައް އެހާ ބޮޑުކަމެއް ސިއްރު ކޮއްގެން އުޅެން ތިހިތައް ކެތްވިތަ.. އަހަރެންގެ ދަރިއަކު ހުންނަކަން އަހަންނަށް ނޭންގީ ކީއްވެ ޔާނާ.. އައި ވިލް ނެވާރ ފޮގިވް ޔޫ ފޯ ދިސް..”
*************************
އެތަނުގައި ތިބީ ރައިހާންގެ ރައްޓެހިން ކަމުން އެމީހުން އެކަން މާބޮޑު ކަމަކަށް ނުހަދައި ޕާޓީއާއިގެން ކުރިޔަށް ދިޔައެވެ. ޝަރްވާން އެކަނި ވާނެ ފުރުސަތަކަށް ބަލަބަލައި ހުރި ޝަމީލް ޝަރްވާން ކައިރީ ބުނެގެން ކޮފީއަކަށް ދާން އެތަނުން ނިކުތެވެ. ދެމީހުން ދިޔައީ ސީ ހައުސްއަށެވެ.
” ވާންބެ ކިހިނެއް ޔާނާ ދަންނަނީ..” މޭޒެއްގެ ދޮށުގައި ހަމަޖެހިލައިގެން އިށީނުމައްފަހު ޝަމީލް އަހައިލިއެވެ. ޝަރްވާން ޖަވާބު ދިނުމުގެ ބަދަލުގައި އަހައިލީ ކިހިނެއްވީ ހެއްޔޭއެވެ. ” ކީއްވެ މަލްކާއާއި ރުޅިވީ..” ޝަމީލް އަނެއްކާވެސް ސުވާލެއް ކޮއްލިއެވެ.
” ލޯބިނުވާތީ.. ” ޝަރްވާންގެ ޖަވާބު ކުރެވެ. ” 3 އަހަރު ދުވަހު އެއްކޮއް އުޅުމައްފަހުގައި ތަ ވާންބެއަށް އިނގުނީ މަލްކާ ދެކެ ލޯބި ނުވާކަން..” މިފަހަރު ޝަރްވާން އެއްޗެކޭ ނުބުނިއެވެ. ޝަރްވާންއަކީ އޭނާގެ ދިރިއުޅުމާއި ބެހޭގޮތުން އެހެން މީހުންނާއި ވާހަކަ ދައްކާ މީހެއްނޫނެވެ.
” ޔާނާއާއި ވާންބެ ވާހަކަ ދައްކަން ފެށީ އޭނާ ރާދްގެ އަތްބެއްގެ ގޮތުގައި ހުއްޓައި ދޯ.. ރާދް ދޫކޮއްލާފައި އޭނާ ދިޔައީ ވާންބެ ފަހަތުން ދޯ..” ޝަމީލް ބުނެލިއެވެ.
” އަހަރެން ޔާނާ ދެކެ ވަރަށް ލޯބިވޭ..” ޝަރްވާން ބުނެލިއެވެ.
” ކޮން އިރަކު ކައިވެނި ކުރީ.. އަޑުއެހިން ކުއްޖަކުވެސް ހުންނަ ވާހަކަ މިހާރު.. ވާންބެ ކީއްވެ މާ ސިއްރުން ތިއުޅެނީ.. ގޭ މީހުންނަށް އަހަރެން ތިކަން އަންގާނަން..ކާފަ ކިޔާ ދަރިއަކު ހުންނަކަން ބޮޑުބެމެންނަށް އެންގެން ޖެހޭނެއެއްނު.. ” ޝަމީލް އެހެން ބުނުމުން ޝަރްވާން ކުޑަކޮއް ޖެހިލުންވިއެވެ. އެއީ ހަގީގަތަކަށް ނުވާތީއެވެ.
” އެއީ އަހަރެންގެ ދަރިއެއް ނޫން.. ރާދިން ކައިރީ އަހަރެން ދޮގު ހެދީ.. އަހަންނަށް ޔާނާ ފެނުނީ ވަރަށް ފަހުން.. އަހަރެން ހުންނަނީ އައިރާމެން ގޭގައި ކޮޓަރިއެއް ހިފައިގެން.. އެކަމް އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އަހަރެން ޔާނާއާއި އިންނާނަން..އެއީ އަހަރެންގެ މީހެއް.. އަހަރެންގެ ހައްގެއް.. ރާޔާއަކީ ރާދިންގެ ދަރިއަކަށްވިޔަސް އެދަރިފުޅަށް ބައްޕައެއްގެ ލޯބިދޭނީ އަހަރެން..” ޝަރްވާން ޝަމީލްއަށް ހަގީގަތް ކިޔައި ދިނެވެ.
” އެއީ ރާދްގެ ދަރިއެއް ތަ.. ރާދް އަކަށް ނޭންގެ ދޯ އެކަމެއް..” ޝަމީލް އެހެން ބުނުމުން ޝަރްވާން ބުނީ ޔާނާ ރާދިންއަށް އެކަން އަންގަން ބޭނުންނުވާ ވާހަކައެވެ. ޝަމީލް ރާދިން ކައިރީ އެވާހަކަ ބުނާނެ ކަމަށް ބުނުމުން ޝަރްވާން ވަރަށް ކަންބޮޑުވިއެވެ.ޔާނާ ގެއްލިދާނެ ކަމުގެ ބިރު ހީވާތީއެވެ.
***************************
ގެޔަށް އައި މަގުމަތީގައިވެސް ޔާނާ ވަރަށް ރުޔެވެ. އައިރާމެން ސުވާލުކޮއްކޮއްވެސް ވީގޮތެއް ނުބުންޏެވެ. ސުވާލު ކުރާވަރަކަށް އޭނާގެ ރުއިމުގެ އަޑު ދަނީ ބާރުވަމުންނެވެ. ގެޔަށް ގޮސް ނިދައިފައި އޮތް ރާޔާގެ ގައިގައި ބައްދަލައިގެން ރޮމުން ގެންދިޔައިރު ހީވަނީ ރާޔާ ގެއްލިދާނެ ތީ ބިރުން އުޅޭ ހެންނެވެ. ޔާނާ އެހެން އުޅޭތީ ކަންބޮޑުވެގެން އައިރާ އެރޭ މަޑުކުރީ ޔާނާގެ ކޮޓަރީގައެވެ.
ކޮޓަރިތެރެ މުޅިން އަނދިރިކޮއްގެން އިނދެ ރާދިން ވިސްނަން ފެށީ ޔާނާގެ މިރޭ ދެއްކި ވާހަކަތަކާއި މެދުގައިއެވެ. އިރުއިރުކޮޅާއި އޭނާއާއި ދިމާއަށް އެކްޓް ޖައްސަނީއޭ އެބުނަނީ ކީއްވެ ހެއްޔެވެ. އޭނާއަށް ކުށެއް ކުރެވިފައިވަނީ ހެއްޔެވެ. އަމިއްލަ ދަރިފުޅާއި އެގޮތަށް ދުރުކުރީ އޭނާއަށް ކުރެވިފައިވާ ކުށެއްގެ ސަބަބުން ހެއްޔެވެ. ނޫނެކެވެ. އޭނާ ޔާނާދެކެ ވީ ހަގީގީ ލޯތްބެވެ. ޔާނާއަށް އެކަން އެނގޭނެއެވެ. ދެމީހުންގެ ދޭތެރޭގައި މައްސަކައެއްވެސް ނުޖެހެއެވެ.ދެން ރާދިންއަށް ވިސްނުނީ އޭނާގެ ދަރިފުޅާއި މެދުގައިއެވެ. ފުރަތަމަ ފެނުނު ދުވަހުވެސް ރާދިންއަށް އެކުއްޖާ ހާއްސަވީ އެނާގެ ދަރިއަކަށް ވީމަތާއެވެ. ” ރާޔާ..” ރާދިން އެނަން ކިޔައިލިއެވެ. ދެތިން ފަހަރަކު އެނަން ކިޔައިލުމުން ރާދިންއަށް މާޒީގައި ޔާނާއާއި ދެކެވުނު ވާހަކައެއް ހަނދާންވިއެވެ.
މާޒީ
” ބޭބީ.. އަހަރެން ވަރަށް އަވަހަށް ކުއްޖަކު ބޭނުން.. ކުޑަކުދިން ދެކެ އަހަރެން ވަރަށް ލޯބިވޭ.. ޔާނާއަށް ކުޑަކުދިން ކަމުދޭތަ..” ޔާނާގެ އުނގުގައި ބޯއަޅައިގެން އޮށޯވެގެން އޮތް ރާދިން ބުނެލިއެވެ.
” އަހަންނަށް ކުޑަ ކުދިން ކަމަކު ނުދޭ… އެހެން ނޫނަސް އަހަންނައް އަދި އެންމެ 20 އަހަރު.. އަހަރެންވެސް މީ އަދި ކުޑަ ކުއްޖެއްނު.. ” ޔާނަ ބުނެލިއެވެ.
” ހޫނ..ކުޑަ ކުދިން މީހަކާއި ނީންނާނެ.. ބޮޑުވެގެނެއް ނޫންދޯ މީހަކާއި އިނދެގެން ތިއުޅެނީ..”
” ދެން އެކަމް އަދި ކުއްޖެއް ހޯދާކަށް ނުވެއެެއްނު.. އަދި މިއުޅެނީ މެރީ ކުރިތާ ހަފްތާއެއް ނުވެގެން..” ރާދިންގެ ބޮލުގައި މަޑުމަޑުން ޖަހައިލަމުން ޔާނާ ބުނެލިއެވެ.
” މިހާރުވެސް ލިބޭތޯ އަހަރެން ޓުރައި މިކުރަނީ.. އަހަރުމެންނަށް ކުއްޖަކު ލިބުނިއްޔާ ކިޔާނެ ނަމެއް ބުނެބަލަ..” ލާނެތް ގޮތަކަށް ޔާނާއަށް ބަލައިލަމުން ރާދިން ބުނެލިއެވެ.
” ނަން ކިޔާނީ އަހަރެންގެ ނަމާއި ރާދްގެ ނަމާއި އެއްކޮއްގެން.. ޔޭ ރިޝްތާ ކަޔާ ކެހެލާތާ ހޭ ގަ ނެތިކް އެންޑް އަކްޝަރާގެ ދަރިންނަށް ނަން ދިން ހެން.. ނަކްޝް އެންޑް ނައިރާ.. އެގޮތަށް އޯކޭ އެއްނު ދޯ..” ޔާނާ ބުނެލިއެވެ.
” މަގޭ ވައިފްވެސް ހާދަ ހިންދީ ޑްރާމާ ބަލައޭ ދޯ.. އައިޑިއާ ވަރަށް ސަޅި އިނގޭ..” ރާދިން ބުނެލިއެވެ.
މިހާރު
” ރާދިން ޔާނާ.. ރާޔާ.. އަހަރެން ދެކެ ލޯބިނުވާނަމަ އެނަމެއް ނުކިޔާނެއެއްނު.. ދެން ކީއްވެ އަހަރެން ދޫކޮއްލާފައި ދިޔައީ.. ކީއްވެ އަހަރެންގެ ދަރިފުޅު އަހަންނަށް ފޮރުވައިގެން ގެންގުޅުނީ.. ކީއްވެ ޔާނާ ކީއްވެ.. އެހާ ބޮޑު އޮޅުވާލުމެއް.. އަހަރެންގެ ދަރިއެއް ހުންނަކަން އަހަންނަށް އެނގެން ޖެހޭނެ.. އެއީ އަހަރެންގެ ހައްގެއް.. ޔާނާއަކަށް އަހަންނާއި އަހަރެންގެ ދަރިފުޅާއި އަހަރެންނާއި ދުރެއް ނުކެރުވޭނެ.. ” ރާދިންގެ ހިތު ތެރޭގައިވިއެވެ.
***************************
ހެނދުނު ހޭލިއިރު ޔާނާ އިނީ ކުޑަކޮއް ހަމަޖެހިފައެވެ. ހުކުރު ދުވަސްކަމުން ރާޔާ ސުކޫލްއަށް ގެންދާކަށް ނުޖެހެއެވެ. ރާޔާ ރީތިކޮއްގެން ޔާނާ ކޮޓަރިން ނިކުތީ ރާޔާއަށް ސައި ދޭން ވެގެންނެވެ.
މޭޒު ކައިރީ ގޮނޑިއެއްގައި ރާޔާ ބެހެއްޓުމައްފަހު ޔާނާ ސައި ހެދިއެވެ.
ތައްޓަކަށް ކުޅި ނުކޮއް ހަދައިފައި ހުރި މަސްހުނިކޮޅެއް ލައިދީފައި ތިން ރޮށި ލައިދިނެވެ. އެ ހުސްކުރަން ބުނަމުން ކިރުސައި ތައްޓެއް ކައިރިއަށް ލައިދީފައި ޖެހިގެން ހުރި ގޮނޑިގައި އިށީނެވެ. ޔާނާ ކާންދޭން އުޅުމުން މީ ބޮޑު ކުއްޖެކޭ ބުނެ އެކަނި ކާން ފެށިއެވެ. އައިރާވެސް ހެވިފައި ރާޔާގެ ހަރަކާތްތައް ބަލަން ހުއްޓެވެ. ބަންދު ދުވަހެއްކަމުން ޝަރްވާނާއި ޝައުން އަދިވެސް ނިދަނީއެވެ.
ގޭގެ ބެލް އެޅުމުން ދޮރު ހުޅަވަން ދިޔައީ އައިރާއެވެ. ދޮރުމަތީގައި ހުރި ރާދިން ފެނުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. މިތާގައި ކީއްކުރަނީހޭ އެހުމުން ރާދިން ބުނީ އޭނާގެ ދަރިފުޅު ކައިރިއަށް ކަމުގައިއެވެ. އައިރާއަށް އިތުރު އެއްޗެކޭ ބުނާނެ ފުރުސަތެއް ނުދީ ރާދިން އެތެރެއަށް ވަނެވެ.
” ރާދިން މިތާ ކީއްކުރަނީ..” ޔާނާވެސް ކޮއްލީ އައިރާ ކުރި ސުވާލެވެ. ނަމަވެސް ޔާނާ ސުވާލުކުރީ ޖަވާބު އެނގިހުރެއެވެ.
” ނޭންގޭ ތީތަ ތިއަހަނީ.. އަހަރެން މިއައީ އަހަރެންގެ ދަރިފުޅު ބަލައި.. 4 އަހަރު ފޮރުވައިގެން ގެންގުޅުވިއްޖެއެއްނު.. ދެން އަހަރެންގެ ދަރިފުޅު ހުންނާނީ އަހަރެންގެ ގާތުގައި.. ” ރާޔާ ކައިރީގައި މަޑުކޮއްލަމުން ރާދިން ބުނެލިއެވެ.
” އަހަރެން ހަށީ ފުރާނަ ހުރިހާ ހިނދަކު ރާދިންއަށް އަހަރެންނާއި ރާޔާ ވަކި ކުރިޔަ ނުދޭނަން.. ރާޔާ ހުންނާނީ ރާޔާ މަންމަ ކައިރީގައި.. ރާޔާއަށް ތިކަަހަލަ ބައްޕައެއް ބޭނުމެއް ނުވޭ.. ”
” އައިރާ އަހަރެން ޔާނާއާއި އެކަނި ވާހަކަ ދައްކަން ބޭނުން.. ރާޔާ ގޮވައިގެން އިހަށް ކޮޓަރިވަންނަން ވީނު..” އައިރާއަށް ބަލައިލަމުން ރާދިން ބުނެލިއެވެ. ރާޔާ އުރައިލައިގެން ކޮޓަރިއަށް ވަންނަން ދިޔަ އައިރާ ހުއްޓުނީ ޔާނާ މަޑުކުރާށޭ ގޮވުމުންނެވެ. ” އައިރާ ޕްލީޒް ރާޔާ ގޮވައިގެން އެތެރެއަށް ވަދޭ..”
” އިރާ މިތާގައި މަޑުކުރޭ.. ކިޔާ އެއްޗެއް އިރާ އިންދައި ކިޔާ.. އަހަރުމެން އެކަނި ތިބެ ދައްކަން ޖެހޭ ވާހަކައެއް ނޯންނާނެ..” ޔާނާ އަކީ އަބަދުވެސް ގޮތުގައި ހިފަހައްޓާ މީހެކެވެ.
” ޔާނާއަށް އިނގޭތަ ޔާނާއަށް ތިކުރެވުނީ ކިހާވަރުގެ ކަމެއްކަން.. ބަފަޔަކާއި ދަރިއަކު ވަކި ކުރުމުގެ ހައްގެއް ޔާނާއަކަށް ނޯންނާނެ.. ދަރިފުޅަށް 4 އަހަރު ވެގެން ދާއިރު އަހަންނަށް އެދަރިފުޅުގެ ހަބަރު ދޭން ނޭންގެނީތަ.. އެހާ ނަފްރަތް ކުރަންތަ އަހަންނަށް.. ޔާނާއަށް ހަމަ ރަގަނޅަށް އިނގޭނެ އަހަރެން ކުއްޖަކު ބޭނުންވާވަރު.. އަހަރެންގެ ދަރިއެއް ދުނިޔޭގައި ހުރިކަންވެސް އަހަންނަށް ނޭންގެ..އަހަރެން ބޭނުމެއް ނުވާނެތަ އެދަރިފުޅު ބޮޑުވެގެން އަންނަތަން ބަލާކަށް.. އެދަރިފުޅުގެ ކިތައް ކަންތައް އަހަންނަށް އެމިސްވީ ޔާނާގެ ތިހުންނަ ގޮތްދޫނުކުރުމުގެ ސިފައެއްގެ ސަބަބުން.. އަހަރެން ބޭނުމެއް ނުވާނެތަ އެދަރިފުޅު އަހަރެންގެ އަތުގައި ހިފައިގެން ހިނގަން ދަސްކުރާކަށް..އެންމެ ފުރަތަމަ ބައްޕަ ކިޔާ ދުވަހު އެކުރެވޭ އިހްސާސް އަހަރެން ވަކި ކުރަން ބޭނުން ނުވާނެތަ.. ރާޔާއަށް މީ ރާޔާގެ ބައްޕަކަން އެނގޭކަށް ނުޖެހޭތަ.. ޔާނާ ތިކުރީ ވަރަށް ބޮޑު ކުށެށް.. އަހަރެން ދޫކޮއްލައިފައި ދިޔައީ ޔާނާ.. އެކަމަށް އަހަރެން މައާފް ކޮއްފާނަން.. އެކަމް އެހާ ބޮޑު ކަމެއް އަހަންނަށް ސިއްރުކުރީތީ އަހަރެން ދުވަހަކުވެސް ޔާނާއަށް މާފެއް ނުކުރާނަން..” ރާދިންގެ ވާހަކަތަކުން ޔާނާއަށްވެސް އަސަރުކުރިއެވެ. ފެންކަޅިވެފައިވާ ދެލޮލުން ރާދިންއަށް ބަލައިލިއިރު ރާދިންގެ ދެލޯވެސް ވަނީ ފެންކަޅިވެފައެވެ.
” ދެން އިތުރަށް އަހަރެންގެ ދަރިފުޅާއި ދުރުގައި ހުންނާކަށް އަހަރެން ބޭނުމެއްނޫން.. އަހަރެން ދާނީ ރާޔާ ގޮވައިގެން..” މިފަހަރު ރާދިން ވާހަކަ ދެއްކީ ތަންކޮޅެއް ބާރަށެވެ. އެއަޑުގައި ރުޅިވެރިކަންވިއެވެ. ޔާނާ ޖެހިލުންވެ ދެލޮލުގެ ތެރޭގައި ގިނަވެފައި ހުރި ކަރުނަތައް ފައިބަން ފެށިއެވެ.
” ބޭބޭ ރާއްކޮ މަންމިއާއި ދިމާއަށް އެއްޗެހި ނުކިޔަބަލަ.. މަންމި ރޯތީ ރާއްކޮ ވަރަށް ދެރަވޭ.. ރޭގަވެސް މަންމި ވަރަށް ރުއި.. ރާއްކޮ ހޭލައި އޮތީ މަންމި ރޯތީ.. އަބަދު މަންމި ރޯނެ.. ރަށުގައި އުޅުނު އިރުވެސް މިހާރުވެސް.. އެއްވެސް ކުއްޖަކު މަންމި ދެރަ ނުކުރާތި.. އޭރުން ރާއްކޮވެސް ދެރަވާނެ.. ރާއްކޮވެސް ރޯނަން.. ” ޔާނާގެ ގައިގައި ބައްދައިލައިގެން އިދެ ރާދިންއަށް ބަލަމުން ކުޑަކުޑަ ރާޔާ ބުނިއެވެ. ރާޔާ އޭނާއަށް ބޭބޭއޭ ކިޔުމުން ރާދިން ވަރަށް ދެރަވިއެވެ.
” ދަރިފުޅާ މީ ދަރިފުޅުގެ ބައްޕިއޭ.. ބޭބެ ނުކިޔާނެ އިނގޭ ދެން.. ބައްޕި ކިޔާނީ އިނގޭ.. ބައްޕިއާއި އެކީ މާމަމެން ކައިރިއަށް ދާނަންތަ..” ރާޔާ އުރައިލަމުން ރާދިން ބުނެލިއެވެ. ރާޔާ ބަލައިލީ ޔާނާއަށެވެ. އެއީ ތެދެއްހޭ އަހާ ކަހަލަ ގޮތަކަށެވެ. ޔާނާ ބޯ ޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ. ރާޔާ ވަރަށް އުފާވެފައި ބައްޕިއޭ ކިޔައި ރާދިންގެ ކޮނޑުގައި ބޯއަޅައިލިއެވެ.
” އަހަރެން މިދަނީ ރާޔާ ގޮވައިގެން ގެޔަށް..” ރާދިން ބުނެލިއެވެ. ” ރާދިން ޕްލީޒް.. އަހަންނާއި ރާޔާ ވަކިކުރަން ނޫޅެބަލަ.. އަހަރެން ކިހިނެއް ރާޔާއާއި ނުލައި އުޅޭނީ..” ރާދިން އެގެއިން ނިކުތީ ރާޔާ ގޮވައި ހުއްޓައެވެ. އިރުކޮޅަކު ހުއްޓުން އަރައިފައި އިނުމައްފަހު ޔާނާ ދުއްވައިގަތީ ރާދިން ހުއްޓުވަން ދިޔުމަށެވެ.ޔާނާ މަގުމައްޗައް ނިކުތް އިރު ރާދިން ރާޔާ ގޮވައިގެން ކާރުގައި ދަނީއެވެ. ޔާނާ ގޮވުމުންވެސް މަޑެއް ނުކުރިއެވެ. ރާޔާ އޭ ގޮވައި އިންތަނަށް ރޮމުން ޔާނާއަށް ތިރިވެވުނުވެ. މޫނުގައި ދެއަތް އަޅައި ބާރަށް ރޮއިގަނެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
45 Comments!
Comments are closed.




ma first !!!!! dhw
Yes dear yuh got first this time ??
me second…salhi
Yes dear yuh got second
Thanks a lot ??
Omg… What a talent.. Hama rangalhvess rovijjea….
V v v reethi..
Thanks a lot Nash ??
Ehaa varah nurohchey ingey ?
Masha Allah vvv furihama
Finally Raadhin ah enguny dhw Raadhinge kuhjeh kan..dhen avahah edhemyhun gulhuvan ulhey ??
Thank yuh so much Ana ??
Hmm finally dhw..
edhemyhun gulheythw balamaa dhw ??
Wow just amazing.. bunaane ehchehves neynge hama ??❤❤
Thank yuh so much Gurey ??
Salaam everyone
Here is the 9th part of the story
I hope yuh all will like it..
Mistakes thah buneladhinun edhen..
Alhugandah hedhifa inn mistake eh share kohlan beynun.. Raaya aky Raadhin and Yaanage dharieh..halaalu kaivenyakun libifavaa dharieh.. aslu in real life varivefa othas kuhjaage bappa ah neyngi kuhjaa ah nameh nukiyeyne.. and yaana foolhumaa formga bappa neiy kuhjeh kamah jehiyas hama eh nujeheyne because court in hurihaa ehcheh balaane kuhjaage nan kiyumuge kurin..so storyga Raaya ah nan kiyaafa vaagotheh alhugandu genesdhyfa eh nynnaane.. miadhu ethankolhaa medhu visnaa mi levuny..hope yuh all will understand ??
Dharin belumuge haggu ves innaany mamma ah.” Haloanaa”
Amd varah reethi pls emyhun gukhuvaba…. Raadhin and yaanaage misunderstanding filuvaa…
Thank yuh dear
Lets see dhw vaa gotheh dhn ??
This is so nice huvaa ♥️ Can’t wait to read the next part ♥️
Thank yuh Darling ?❤❤
Girl this so so so nice..Masha Allah.. waiting for the next part
Thank yuh so much dear..
Keep waitinh ingey ??
Mi partves varah varah varah reethi ?
Thanks a lot dear ??
Vvvv salhi..when next part dear
Thanks a lot dear ??
Next part maadhan maybe
Masha Allah mi partves vvvvv reethi plx plx plx adhi ehpart miadhu genesdheeber vvv kiyaahithun mi inny
Thank yuh so much Xaan
I will try ingey.. part eh liye nimihjihyaa up kohla dheynan ??
Dear this so beautiful.. Masha Allah.
Next part avas kohdhehchey ingey ❤
Thank yuh so much Ninni
Avas kohleveythw miulheny ingey ??
Story vv reethi.Dhen avaha Raadin n yaana gulhuvaba.
Thank yuh so much Airah
Lets see dhw edhemyhunnah vaa gotheh ?
My favorite story,,v v reethi,mi story ah comment kuraa first time miee..mi story he hurihaa parteh ves kiyan
Awwwn thanks a lot dear
Dhn huri part thakun Nash ge comment eh fennaane kamah ummeedh kuran ??
wow v reethi mi part vx dhen raadhin aa yaanaa aa gulhuvaabaa alhey cnt wait for the next part
Thanks a lot dear
Keep waiting ingey ??
Along with that i have found one spelling mistake. Massala ekey bunumuge badhaluga massaka ekey ehnu bunevifa einee. Anyways this part is awsome. Regular koh kiyan hama kurin comment nukurevi huttas. Curiously waiting for next.
Yes ehn dhw liyevifa einy..dhnmeves varah varun ethankolhu e fenuny..hehe thanks a lot dear
Keep waiting ??
Next part whn
Sorry dear las vehje dhw varah
Next part tonight or tomorrow ingey ?
Hello my dear readers
Kuda kameh dhimaa vegen alhugandah vaahaka nuliyevigen miulheny..Insha Allah mirey noony maadhamaa new part eh up kohla dheynan..I hope yuh all will understand ??
It’s ok dear☺
Thank yuh for understanding dear ?
koba miadhu ves up nuvaanea tha??khiya lahithu?
Dear reyga story submit kohfin..adhives iny pending ga
Adhives why is it taking too long.
I dnt know..mihaaru 24 hours vehje adhives pending ga
so sad
Admin ahves msg kohgen miulheny mihaaru.. dhn ehaa gina ireh nuvaane kanneynge ?
Kon irakutha mivaahakaige aneh bai uploaded vaanee. Mihaaru kihaa dhuvaheh vejje mivaahakaige inthizaarugai hunnathaa