Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 18

Sh@_n@ Level 410 Stories100 Comments100 Login
September 25, 2018 3 Mins Read
12 Comments

އަގު ބޮޑު ހެން ހީވާ ކުޅޭ އެއްޗެހި ގެނެސް ދިނަސް އެޔަކުން އަރޫއަށް އެއްވެސް އުފަލެއް ނުލިބޭކަން ނޭނގޭތަ, ދައްތަގެ ދަރި މިއަދު އެހެރީ ބޮޑުވެ ޒިންމާދާރު ވެފަ, ދުވަހަކުވެސް އަރޫގެ ނުބައި ވާހަކައެއް ނީވޭނެ, އެހެންވީމަ ރަނގަޅަކަށް ނޫންތަ ބެލުނީ”
އާތިފާ ހިތާ ދިމާލުގައި އަތް އަޅައިގެން ހުރެ ހިތުގެ އުދާސްތަކާއި ޝަކުވާތަށް ބޭރު ކުރީ ރޮމުންނެވެ.

ދުވަސްތަށް ފާއިތުވަމުންދަނީ އަރުޝްއާއި ސާރާގެ ލޯތްބަށް އުޖާލާކަން ގެނުވަމުންނެވެ. ކޮންމެ ރެޔަކު ބައްދަލުކޮށް އެތަކެއް ވައުދާއި އަޙުދު ދަނީ އެކަކު އަނެކަކަށް ވަމުންނެވެ. ދެމީހުންގެ ގުޅުން އެނގޭ ހަމައެކަނި ބަޔަކީ ހަމީދުއާއި ޝާމިންނެވެ. އަނެއްކޮޅުން ނަޢުހާ މަދުމަދުން ޝާމިންމެން ގެއަށް އަންނަމުންދަނީ އެންމެ ބޭނުމެއްގައެވެ. އެއީ ހަމައެކަނި އަރުޝް އޭނާގެ އަތު އަޅުވާލާނެ ގޮތެއް ހޯދުމަށެވެ. މި އައުމުން އެެންމެ ބޮޑު އުފަލެއް ލިބެނީ ޝާމިންއަށެވެ. ޝާމިން ދެކޭ ގޮތުގައި ނައުހާ އައުމުގެ ބޭނުމަކީ އޭނައެވެ. އަންހެން ކުއްޖެއްދެކެ ލޯބި ނުވާ ވަރަށް ޝާމިން ނައުހާ ލޯބިވެއެވެ. އެހެންނަމަވެސް ޝާމިންއަށް ނޭނގުނު ކަމަކީ ނައުހާއަކީ އޭނަގެ ދިރިއުޅުމަށް ހުރި ނުރައްކަލެއް ކަމެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތުގައި ނައުހާގެ ފަރި ހިނގުމުގައި ޝާމިންގެއަށް މިސްރާބު ޖެހިއެވެ. ވަކި ހިސާބަކުން ނައުހާގެ ހިނގުން ހުއްޓުނީ ފޯނާ ކުޅެން ގަހެއްގެ ދޮށުގައި ދަންނަ މީހަކު ހުއްޓާ ފެނުމުންނެވެ. އެތަނަކީ ހިސާބަކަށް އަނދިރި އެހެނަސް މަގަށް އެޅިފައި ހުރި އަލިން މީހުންގެ ސިފަ އެނގޭ ވަރަށް އަލިކަން ހުރި ހިސާބެކެެވެ.

“އަރުޝް, އެއީ އަނެއްކާ ހަމަ އަރުޝްތަ, އާނ, އަހަރެންގެ ލޮލެއް އަހަރެންނަކަށް ދޮގެއް ނަހަދާނެ, އެއީ ހަމަ އަރުޝް, އެކަމް އެތާ ކީއްވެފަ, އޯހްް, އަހަރެންގެ އިންތިޒާރުގައި ދޯ, އައި އޭމް ކަމިންގް އަރުޝް” މިހެންބުނެ ވިހަ ހިނިތުންވުމަކުން ހިނިތުން ވެލުމަށްފަހު ކޮނޑުގައި އަޅުވާފައި ހުރި ދަބަސް ހުޅުވާ ސެންޓްފުޅި ނަގާ ގަޔަށް ބުރުވާލިއެވެ. އަދި ލާފައި ހުރި ޓޮޕްކޮޅު ކިރިޔާ ބަނޑު ފެންނަ ވަރަށް ކުޑަކޮށް މައްޗަށް ނެގިއެވެ. އެއަށްފަހު ހެދުމުގެ ކޮނޑު ދެފަރާތުން ތިރިކޮއްލުމަށްފަހު ކުރިއަށް ހިނގައިގަތެވެ. އަރުޝް ހުރީ ފުރަގަސް ދީގެން ކަމުން އަރިމަތިން އައި ނައުހާއެއް ނުފެނެވެ.
ކުއްލިއަކަށް އަރުޝްއާ ކައިރިން އަންހެން ކުއްޖެއް ފެނުމާއެކު ނަޢުހާގެ ހިނގުން ހުއްޓުނެވެ. އެކުއްޖާ އައިސް އަރުޝްގެ ކައިރިއަށް ހުއްޓުމުން އަރުޝް އެކުއްޖާގެ ދެއަތުގައި ހިފާ މައްޗަށް ނެގުމަށްފަހު ދޮނެއްދިނެވެ. މިތަން ފެނި ނައުހާގެ ލޭ ކެކިގަތެވެ.
” ހޫ އާރ ޔޫ ބިޗް, ހޫ އިޒް ދެޓް ގާރލް, ވަރި ހަމަ ކޮންމެ މީހަކަސް ތިޔަ މީހެއްގެ މޫނު ފެނިބަލަ, ދިރިއުޅުން ހަލާކުކޮއްލާނަން, އަހަރެންގެ މަގަށް ހުރަސް އަޅާ ކޮންމެ މީހަކަށް ހިތުން ނުފިލާ ވަރުގެ ލަގާއެއް ދޭނަން,” ނައުހާގެ ހިތުން އެމީހަކަށް އެއްޗެހި ގޮވަމުންދިޔައެވެ. މީހާ ރުޅި އައިސް ފުފިފަ ހުރި ވަރު ފެނުނު ކޮންމެ މީހަކަށްވެސް އެނގޭހާ, ނައުހާގެ މޫނުމަތިން ނުރައްކާތެރި ކަމާއި ރުޅިވެރިކަން ފެނުނެވެ.

އެވަގުތު ވައިބްރޭޓް ވަމުން ދިޔަ ފޯނަށް ކުއްލިއަކަށް ނަޒަރު ހިންގާލިއެވެ. ޝާމިންގެ ނަން ފެނުމާއެކު މޫނުމައްޗަށް ފޫހި ވައްތަަރެއް ޖައްސާލުމަށްފަހު ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ނަޢު, އައި ވޯންޓް މީޓް ޔޫ, އާރޖެންޓް” ނަޢުހާ ވަގުތުން ނޫނެކޭ ބުނަން އަނގަ ހުޅުވާލިއެވެ. އެހެންނަމަވެސް ކުއްލިއަކަށް އެއްޗެއް ހަނދާން ވެގެން ބުނާ ފަދައިން އަރުޝް ހުރި ދިމާލަށް ބަލާލުމަށްފަހު އަހަރެންވެސް ބޮޑު ކަމަކު ބައްދަލު ކުރަން ބޭނުމޭ ބުންޏެވެ. ނަޢުހާގެ ޖަވާބުން ޝާމިންގެ ހިތް އުފަލުން ނަށާލިއެވެ. ވަގުތުން އެގެއަށް އައުމަށް ބުންޏެވެ. ނަޢުހާ މިދަނީ ކަމަށް ބުނެ ނަޢުހާ ފޯނު ބޭއްވުމުން ޝާމިން ޔޭސް އޭ ބުނެލިއެެވެ. ފޯނު ބޭއްވުމާއެކު ނަޢުހާ މަކަރުވެރި ނަޒަރަކުން އަރުޝް ހުރި ދިމާލަށް ބަލާލިއެވެ.
” އައްދެ, އަރުޝް ކައިރީގަ ތިހުރީ ކާކުކަން ހޯދާކަށް އަހަރެންނަށް އެއީ އުނދަގޫ ކަމެއް ނޫން, އަހަރެން ކުރިއަށް ދާންވީ މަގު ކޮށާދެން ޝާމިން އެ ހުރީނު, ވެއިޓް އެންޑް ވޮޗް” މިހެންބުނެ އެގެއަށް ދިއުމަށް ނަޢުހާ މިސްރާބު ޖެހިއެވެ.

ނަޢުހާ އެގެއަށް ދިޔައިރު ޝާމިން ދެކޮޅަށް ހިނގަ ހިނގާލަ ހުއްޓެވެ. ނަޢުހާ އައިސް ވަނުމާއެކު ސޯފާގައި އިށީނުމަށް އިޝާރާތް ކުރިއެވެ.
” މި މި ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން, ނަޢު ރުޅި ނާންނައްޗޭ” ކުރިމަތީގަ އިން ނަޢުހާގެ ލޮލަށް ބަލާލަމުން އަޅަ އަޅައިގަންނަމުން ޝާމިން ބުނެލިއެވެ. ނަޢުހާ ފޫހިވެފަ އިނެއްކަމަކު އެކަން މޫނުމަތިން ނުދައްކާ ވޭތޯ މަސައްކަތް ކުރަމުން ބޯ ޖަހާލިއެވެ.

” ނަޢު އައި ލަވް ޔޫ, އައި ރިއަލީ ޑޫ” ކުއްލިއަކަށް ދެލޯ މަރާލަމުން ޝާމިން ބުނެލިއެވެ. ނަޢުހާގެ އެއްވެސް އަޑެއް ނީވުމުން ޝާމިން މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އޭރު ނަޢުހާ ހިނިތުންވެފައި ޝާމިންއަށް ބަލަން އިނެވެ. ނަޢުހާ އިންގޮތް ފެނި ޝާމިން އިނީ ކުރާނެ ކަމެއް ނޭނގިފައެވެ. ކުއްލިއަކަށް ނަޢުހާ ޝާމިންގެ ގައިގައި ބައްދާގަތެވެ. އަދި ކޮނޑުގައި ބޯ އަޅައިގެން އޮވެ ނުލަފާ ވައްތަރަކަށް ހީގަތެވެ. ދެރައީ ޝާމިންއަށް މިއިން އެއްވެސް ކަމެއް ރޭކާނުލުމެވެ. ” އަހަރެންވެސް, މިހުންނަނީ މިފަދަ ފުރުސަތަކަށް ބަލަބަލާ, އެކަމް އިސްނަގަން ނުކެރިފަ ހިތަށް އަރާނެ އެއްޗެއް ނޭނގޭތީ, ވަރަށް އުފާވެއްޖެ, ތިކަހަލަ ބައިވެރިއެއް ލިބުނީމަ, ޕްލީޒް އަހަރެން ދޫކޮއްނުލައްޗޭ, ކޮންމެ މީހަކުވެސް އަހަރެން އާދޭސްކޮއްކޮއް އޮއްވާ އަހަރެން ދޫކޮއްދަނީ އެހެން މީހަކު ފެނިގެން, ޕްލީޒް އެހެން ނަހަދާތި އަހަރެންނަށް, ޝާމިންއަށް އަހަރެން ވަރަށް އިތުބާރުކުރަން” ނަޢުހާގެ ކޮންމެ ލަފްޒަކުން ޝާމިންގެ ހިިތް އުފަލުން ފުރުވާލައެވެ. ނަޢުހާގެ އެ ބުނުމުގައިވި މަކަރުވެރިކަމާއި އަމިއްލަ އެދުން އެނގޭނަމަ ޝާމިން އެ ފުރުސަތު ނުދޭނެކަން ކަށަވަރެވެ. އެހެންނަމަވެސް ޝާމިންވަނީ ނަޢުހާގެ މަޅީގައި ރަނގަޅަށް ބަދެލާފައެވެ. އެ މަޅި ބާރު ކުރި ކުރީނުން ގެއްލުންވާނީ ކިހާވަރަކަށް ކަމެއް ބުނެދޭކަށް ނޭނގެއެވެ. އަމިއްލަ އެނދުމަށްޓަކައި ނަޢުހާ އެ އެޅި ފިޔަވަޅަކީ ކިހާ ނުރައްކަަތެރި ފިޔަވަޅެއްކަން އެވަގުތު ނަޢުހާގެ މޫނަށް ބަލާލި ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. އެހެންނަމަވެސް އެކަން ދެނެ ގަންނަން މިވަނީ ނުކުޅެދިފައެވެ.

“އަސްލުވެސްތަ ވަރަށް އުފާވެއްޖެ, މިހާރު ދެން އަރުޝްއަށް އަހަރެންނަކަށް ދިމައެއް ނުކުރެވޭނެއެއްނު” ޝާމިން އެހެން ބުނުމާއެކު ނަޢުހާ މަޑުމަޑުން ބޯ ހިއްލާ ބަލާލިއެވެ. ޝާމިންގެ ދުލުން އަރުޝްގެ ނަން ބުނުމާއެކު ނަޢުހާއަށް އެއްޗެއް ހަނދާންވެގެން ބުނާ ފަދައިން އަހާލިއެވެ. ” ތިހެން ވީއިރު އަރުޝް ކޮބަޔޯ, ފެންނާކަށްވެސް ނެތް, އެއްކޮއް އުޅޭ ބައެއްނު ތީ” ނަޢުހާ އެހެން އަހާލީ އިތުރަށް އެނގެން ބޭނުންވާ ފަދައިންނެވެ. ނަޢުހާ ބޭނުންވި ގޮތަށް ޝާމިން ޖަވާބުދިނެެވެ.

“ނަޢު ވެސް ދޯ, މާ ފޮޅުވަން ދާއިރު ކާކު އިތުރު މީހަކު ގެންދާނީ މަ ނަމަވެސް ނުގެންދާނެ” ޝާމިން އެހެން ބުނުމާއެކު ނަޢުހާގެ ހިތް ނަފްރަތުކަމުން އަނެއްކާވެސް ފުރުނެވެ. ” އެހެންތަ, ހާދަ ނަސީބު ގަދަ ކުއްޖެކޭ ދޯ, ކޮންކުއްޖެއްތަ, ކޮން އިރަކުން ބައްދަލް ކޮއްދޭނީ” ނަޢުހާ ފައްޗަކަށް ހުރިހާ ސުވާލެއް އަމުނާލިއެވެ.
” ސާބަސް ނަޢު, ކެތްކޮއްބަލަ, މާދަން ހަވީރު ސަޔަށް މިގެއަށް އާދޭ, އަހަރެން އޭނަ ކައިރިވެސް ބުނާނަން އަންނާށޭ” އެއީ ކާކުކަން އެނގެން ބޭނުން ވެފަ ހުއްޓާ ޝާމިން އެ ޖަވާބު ދިނުމުން ނަޢުހާ މާޔޫސްވިއެވެ. އެހެންނަމަވެސް ހަމަޖެހިލާ ޝާމިންގެ ކޮނޑުގައި ބޯ އަޅާލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ 08

Next

ވީމޭ މަ ކައިރީގާ 11

Next
September 25, 2018

ވީމޭ މަ ކައިރީގާ 11

Previews
September 25, 2018

ބުނާށެ ލޯބި ނުވަނީހޭ 08

12 Comments!

  1. Marumoal says:
    September 25, 2018 at 1:28 am

    Kiyaahithun indhaa e nimuny

  2. Reet says:
    September 25, 2018 at 2:41 am

    Saara ah dheragotheh nuhadhaathi havha ge reyvun falha aruvala

  3. Sh@_n@ says:
    September 25, 2018 at 7:09 am

    Hii all. Here 18th part. Lasvi kamah takaa maafah edhen. And uhmeedhu kurany kamudhaane kamah, hurihaa kudhinvess kiyaalaafa comment kohlahchey, luv u all miss u very very much??❤❤❤❤??❤

  4. Sh@_n@ says:
    September 25, 2018 at 7:11 am

    Heheh. Kuree dhw, sry for that

  5. Sh@_n@ says:
    September 25, 2018 at 7:17 am

    Reet keiikohlaa, adhi avahehnu falhaa aruvaalaan

  6. Hudher says:
    September 25, 2018 at 1:06 pm

    Nice stry dear maasha allah……whn next….??

  7. Naju says:
    September 25, 2018 at 1:59 pm

    ᑎIᑕE ᗷT ᗰᗩᗩKᑌᖇY

  8. Sh@_n@ says:
    September 25, 2018 at 2:02 pm

    Thanx hudher

  9. Neesh says:
    September 25, 2018 at 2:14 pm

    Stry Masha Allah v reethi. Bt mahsala aky ehaa lahun up kiraairu ves ehaa kuru

  10. Naju says:
    September 25, 2018 at 8:20 pm

    ᑎIᑕE ᗷT ᗰᗩᗩKᑌᖇY ????????

  11. maya says:
    September 25, 2018 at 10:23 pm

    vv reethi masha allah..ahe saaraa ah dhera gotheh nuhadhahchey…nauha i hate u..vv foohi vey..bt love this story..i think v kuru dhw.nxt part avahah up kohdhehchey..vvv curiuos ..luv yuh much

  12. Sara says:
    September 28, 2018 at 7:57 pm

    Story varah reethi ??. Saara and arush dhuru nukurahchey. Dhen oi bai thankolheh dhiguko genes dhehchey.. Can’t wait..

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 19←


All Right Reserved!