Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި- 17ވަނަބައި

Anha Level 110 Stories100 Comments
September 21, 2018 7 Mins Read
31 Comments

ދޮރު ހުޅުވައިލިއިރު ފެނުން މަންޒަރުން އަލަންއަށް ހުރިތަނަށް ގަނޑުވެފައި ހުރެވުނީއެވެ. “އޭތް….” އަޑުގެ ނެތްތަނަށް އަލަން ހަޅޭއްލަވައިގަތްއިރު މުޅިމީހާ ރުޅިއައިސްގެން ތުރުތުރު އަޅައެވެ.

ފަހަތުން އިވުނު އަލަންގެ ހަޅޭކުގެ އަޑަށް ސިހިފައި އިދާންއާއި ލާނާއަށް އެއްފަހަރައި ބަލައިލެވުނެވެ. އޭރު އިދާންހުރީ ލާނާގެ ދެއަތުގައި ހިފައި ގަޔާއި ކައިރިކޮށްގެން ކަމުން އެދެމެދުގައި ކައިވަތެއްހައި ޖާގަވެސް ނެތެވެ. އަލަންގެ ހަޅޭކާއިއެކު ލާނާ ބިރުން ތެޅިގަނެފައި އިދާންގެ އަތް ފޮޅުވައިލިއެވެ. ކުއްލިއަކަށް މުޅިމީހާ ދާހިއްލައިފޯވާންފެށިއިރު އޭސީގެ ފިނިކަމުގެ އިހުސާސްވެސް ނުވާކަހަލައެވެ. އަލަންގެ މޫނުމަތިން ހީވަނީ ދެންމެދެންމެ ލާނާއާއި އިދާން ރޮލާ ނޮޅައިގެން ކައިފާނެހެންނެވެ. އިދާންވެސް ޖެހިލުންވެފައި އަލަންއަށް ބަލަން ހުރެވުނީއެވެ. “ކަލޭގެ ލަދުހަޔާތް ކޮބާތަ.. މަގޭ އަތުން މަރުވާނެ ގޮތެއް ނޭނގިގެންތަ ތިއުޅެނީ..” އެދިޔަބާރުމިނުގައި އަލަންގޮސް އިދާންގެ ކަރުގައި ހިފިއެވެ. އަލަންގެ އަތްނެއްޓުވޭތޯ އިދާން މަސައްކަތް ކުރަމުންދިޔައިރު އެވަމުންދިޔައީ މުޅިން ބޭކާރު ކަމަކަށެވެ. “މަށަކަށް ނުބުނެވޭތަ މަގޭ އަންހެނުންނާ ވައިވެސް އެޅިގެން ނުވާނެއެކޭ… ހައު ޑެއާރ ޔޫ..” އަލަން ހީވަނީ ހަމަބުއްދި ފިލާފައިހުރި މޮޔައެއް ހެންނެވެ. ފަހަރަކަށްވުރެއް ފަހަރެއް ބާރަށް އިދާންގެ ކަރުގައި ހިފައި ބާރުކުރަމުން ދާއިރު އިދާން ނޭވާނުލެވިގެން ތެޅެންފެށިއިރުވެސް އަލަންގެ ހިތަށް އެއްޗެއް ނާރާކަހަލައެވެ. ގުޑާލަންވެސް ނުކެރިފައިހުރި ލާނާއަށް ނޭވާނުލެވިގެން ތެޅެންފެށި އިދާންފެނި މަޑުންނެއް ނުހުރެވުނެވެ. “އަލަން ޕްލީޒް.. އިދީ ދޫކޮށްލާ.. އޭނާ ނޭވާ ނުލެވިގެންނޭ އެތެޅެނީ.. ހެޔޮނުވާނެ އަލަން. އިދީ މަރުވެދާނެއޭ.. ” ލާނާ ރޮއެގަނެފައި އަލަން ދުރުކުރެވޭތޯ އެދެމެދަށް ވަންނަން މަސައްކަތްކުރިއެވެ. ރޮއެރޮއެފައި ލާނާ އާދޭސްކުރަން ފެށުމުން އަލަން ކުއްލިއަކަށް އިދާންގެ ކަރުން ދޫކޮށްލައި ބާރުލާފައި ލާނާގެ ކޯތާފަތް މައްޗަށް އެތިފަހަރެއް އަރުވައިލިއެވެ. އަލަން ޖެހިލެއް ބާރުކަމުން ހުރިތަނަށް ލާނާ ވެއްޓުނެވެ. ވީތަދުންނާއި އަރައިގަތް ދިލައިން ލާނާއަށް ރޮއެގަނެވުންއިރު އެތަނުގައި އިދާންހުރި ކަމެއް ހަނދާނެއް ނެތެވެ.

ނޭވާ ހަމައަކަށް އަޅުވަން މަސައްކަތްކުރި އިދާންގެ ހަރަކާތް ހުއްޓުނީ އަލަންގެ ހޫނު ހަމަލާއެއް ލާނާގެ ކޯމައްޗަށް އަރައިގެން ދިއުމުންނެވެ. ވަގުތުން ކަރުގައި އަޅަމުންދިޔަ ވޭންވެސް ހަނދާން ނެތުން ކަހަލައެވެ. “އޭތް.. ހައު ކުޑް ޔޫ…” ވެއްޓިފައިއޮތް ލާނާ ނަގަން އިދާންއަށް ދެވުނީ ބޭއިހްތިޔާރުގައެވެ. “ކަލޭ ހަމަތަ.. ބަލަ އެއީ އަންހެނެކޭ ކަލޭ ގައިގައި ހުރިބާރެއްލާފައި ތިޖަހަނީ.. ” ރުޅިއައިސްގެން އިދާންއަށް ހަޅޭއްލަވައިގަނެވުންއިރު ލާނާވޭނުގައި ވާތަންފެނި ހިތްރޮމުން ދިޔައެވެ. “ލާލާ.. އައިއެމް ސޯ ސޮރީ.. އަހަރެންގެ ސަބަބުން މިހެންވީ.. ޕްލީޒް.. ޑޯންޓް ކްރައި..” ލާނާ ކޮޅަށް ނަގަމުން އިދާން ވާހަކަދެއްކިއިރުވަނީ އެއަޑު ކުރެހިފައެވެ. އިދާންގެ ހިމާޔަތް ކިތަންމެ ބޭނުންވެފައި ހުއްޓަސް ލާނާއަށް ހަރަކާތެއްވެސް ގެންނަން ނުކެރިފައިހުރީ ދެލޯ އަނގުރު އަލިފާނަށް ހަދައިގެން ބަލަންހުރި އަލަންގެ ސަބަބުންނެވެ. “ވާހް..ވާހް… ފިރިމީހާ ބޭރަށް ދިޔައިމަ ތަންވަޅު ބަލާފަ ލޯބިވެރިޔާ ކޮޓަރިއަށް މިވައްދަނީ… ބްރޭވޯ ލާނާ މުހައްމަދު ހަސީނު..ބްރޭވޯ..މަށަށް އިނގުނޭ އޭރުވެސް މި އިދާން މިގެއަށް އެއައީ ދެވަނަ އެހެންކަމަކު ނޫންކަން..” ދެއަތްޖަހަމުން އަލަން ރުޅިއައިސްފައި ބުނެލިއެވެ. “ހަބަރުދާރު.. ލާނާ ގައިގައި އިނގިލި ކުރިވެސް ޖައްސައިގެން ނުވާނެ.. ޕޮލިހުންނަށް ނުގުޅަނީސް މިތަނުން ނުކުމޭ.. މީގެ ފަހުން ލާނާއާއި ވައި އެޅުނަސް ދެން އެތާކުން ނެރެވޭނީ ކަލޭގެ ފުރާނަނެތް މަސްގަނޑު.” އިދާންގެ ގަމީހުގެ ގިރުވާނުގައި ހިފަމުން އަލަން އަޅެއްލަވައިގަތްއިރު ލާނާހުރީ ބިރުންވިރި ވިރިއެވެ. ބަދަލުގައި އެއްޗެއް ބުނަންބޭނުންވިޔަސް ލާނާގެ މޫނުމަތިން ފެންނަންހުރި ނާޒުކު ކުލަވަރުތަކުން އިދާން އިތުރު އެއްޗެއް ނުބުނެ ފަހަތަށް ޖެހިލިއެވެ. ލާނާގެ މޫނުން އިދާންއަށް މިހާރު ފެންނަނީ ކައިވެނި ޕާޓީގައި ހެވިފައިހުރި ކުއްޖާއެއް ނޫނެވެ. މިއީ ލޯތަކަށް ސިއްރުވެފައިވާ ކަމެއްކަން އިދާންއަށް އިނގޭނަމައެވެ. މިކައިވެނީގެ އަޑީގައި ފޮރުވިފައިވާ ބޮޑު ސިއްރެއް އެބައޮތްކަން އިދާންގެ ސިކުނޑިއަށް ނަގައިގަނެވުނެވެ. “ލާލާ.. މިއީތަ ލާލާ ހިޔާރުކުރި ދިރިއުޅުމަކީ.. އައި ތޯޓް ޔޫ ވާ ސްޓްރޯންގާ ދޭން ދިސް.. އަހަރެން ފަހަރެއްގައިވެސް މިތަނަށް އައީ ލާލާއަށް ވޭނެއް ލިބޭނެ ކަމަކަށްނޫން.. އެކަން އިނގުންނަމަ ނުވެސް އަންނާނަން..” ދެރަވެލާފައި އިދާން ބުނެލިއެވެ. “ބަޓް ޔޫ އާރ މައި ވީކްނެސް އިދީ.. އައިކޭން ޑޫ އެނީތިންގް ފޯ ޔޫ..” މިހެން ލާނާގެ ހިތުގައިވިޔަސް ދުލާއި ހަމައަކަށް ނައެވެ. “ޕްލީޒް ގޯ.. އިދާން މިތަނުން ދިޔައިއްޔާ ވަރަށް ރަނގަޅު.. ” ދެލޯ ފޮހެމުން ލާނާ މިހެން ބުނިއިރު އެއަޑުގައިވީ އާދޭހެވެ. އިދާން އިތުރު އެއްޗެއް ނުބުނެ ވަގުތުން އެތަނުން ނުކުމެގެން ދިޔައެވެ. ލާނާއަށް އޭނާގެ ސަބަބުން އިތުރު ވޭނެއް ލިބޭކަށް އޭނާ ނޭދެއެވެ.

އިދާން ދިއުމުން އަލަން އަނެއްކައިވެސް ލާނާއާއި ވީ ފަރާތަށް މޫނު އަނބުރައިލިއެވެ. އެބެލުމުގައިވީ އިންތިހައި ދަރަޖައިގެ ނަފްރަތާއި ރުޅިވެރިކަމެވެ. ހިންދިރުވައިލަމުން ލާނާއަށް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ ބޭއިހްތިޔާރުގައެވެ. އޭރުވެސް އެދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ. އަލަން ކުރިއަށް އަޅައިލި ފިޔަވަޅު ހުއްޓުނީ ޗާޖަށް ޖަހާފައިއޮތް އޭނާގެ ފޯނު ރިންގުވާން ފެށުމުންނެވެ. ރުޅިމައިތިރިކުރަމުން ގޮސްބަލައިލިއިރު ގުޅަނީ އާލިމްއެވެ. ފޯނުނަގައި މިދަނީ ކަމަށްބުނެ އަލަން ފޯނު ބޭއްވީ ދާހިތަކުން ނޫނެވެ. “ހީނުކުރައްޗޭ މި ނިމުނީއޭ މިކަން.. ” ލާނާގެ ކޮނޑުގައި ހިފައި ކޮއްޕާލަމުން އަލަން ނުކުމެގެން ދިޔައެވެ. ލާނާއަށް އަޑުންއަޑު ނަގައި ރޯން ފެށުނީ އަމިއްލަ ބަލިކަށިކަން އިހުސާސްވުމުންނެވެ. މުޅި ކޮޓަރީގައި ލާނާގެ ވޭނީ ގިސްލުމުގެ އަޑު ހިފާފައިވީއިރު އެނިކަމެތި ހިތަށް ހާދަ އަސަރެއް ކޮށްފިއެވެ. އިދާން އެގޮތަށް ކަންތައްކުރުމުގެ ކުރިން ވިސްނާލިނަމައެވެ. އެގޮތަށް އައުމުގެ ހައްގެއް މިހާރު އިދާންއަކަށް ނޯންނާނެއެވެ. ލާނާއަކީ މީހެއްގެ އަނބެއްކަން އިދާންއަށް ނޭނގެނީހެއްޔެވެ. ސިކުންތެއްގެ ތެރޭގައި ލާނާގެ ހިތް އިދާންއަށްޓަކައި ޝަކުވާއިން ފުރިގެންދިޔައެވެ. އިދާން އެގޮތަށް އަޅައި ކޮންމެ ފިޔަވަޅެއްގެ ސަބަބުން ލާނާއަށް އޭގެވޭން އުފުލަން ޖެހޭކަން އޭނާއަށް އިނގޭނެ ނަމައެވެ.

ތިރިއަށްފޭބި އިދާންގެ ތަބީއަތުވަނީ މުޅިން ގޯސްވެފައެވެ. އަދިވެސް ލޯކުރިމަތީގައި ސިފަވަމުންދިޔައީ ލާނާގެ ކޯމަތީގައި އަލަން ޖެހި މަންޒަރެވެ. ވޭނަށް ކެތްނުވެގެން ލާނާ ރޮއެގަތް މަންޒަރެވެ. އެވަގުތު އިދާންގެ ސިކުނޑީގެ ހަނދާނުގެ ދޮރުގައި ޓަކިދިނީ މީގެ ދުވަސްގަނޑެއް ކުރިން ލާނާ ގޮވައިގެން ބޭރަށްދާން އުޅުން ރޭ ކަންތައް ހިނގައިދިޔަ ގޮތެވެ. އެރޭވެސް ލާނާ ދާންދެކޮޅު ހެދުމުން އަލަން އޭނާގެ އިސްތަށިގަނޑުގައި ހިފައި ތަދުކުރިއެވެ. “އަލަން ލާލާއަށް އަނިޔާކުރަނީތަ..” ކުއްލިއަކަށް ސިކުނޑިއަށް ވެރިވި ހިޔާލުން އިދާންގެ ފިޔަވަޅުވެސް މަޑުޖެހުނެވެ. ނޫނެކޭ ކިޔައި ބޯދެފަރާތަށް ހޫރުވަމުން ދިޔައިރު ކުރިމަތީގައި އާލިމް ބަލަންހުރި ކަމެއްވެސް އިދާންއަކަށް ނޭނގެއެވެ. “އިދީ.. އިދީ… އާރ ޔޫ އޯކޭ.؟ ކޮންކަމަކާތަ ތި ނޫނެކޭ ކިޔަނީ.. އިދީ ވަޓްސް ރޯންގް؟ ކޮންތާކު އެޅެފައިތަ ތިއައީ.. އަހަރެން ހާދަ ހޯދީމޭ.. އެވަރަށް ގުޅަންވެސް ގުޅައިފިން. ކޮބާތަ ފޯނު.؟” ބޭރަށް ނުކުމެ ނޫނެކޭ ކިޔައި ދެފަރާތަށް އިދާން ބޯހޫރަން ފެށުމުން އާލިމް އައިސް ދެކޮނޑުގައި ހިފައި ތަޅުވައިގަތެވެ. އިދާންއަށް ހަމަބިމަށް ފޭބުން ކަހަލައެވެ. ވަށައިގެން ބަލައިލީ ހުރެވުނުތަން ޔަގީންކުރާށެވެ. ހުރެވުނީ ތިރީގައިކަން އިނގުމުން އިދާން ބަލައިލީ އާލިމްގެ މޫނަށެވެ. އޭނާ ބަލަންހުރިގޮތުން ކަމެއްގޯސްކޮށް އުޅޭކަން ރޭކައިލައިފައި ހުރިކަން އިދާންއަށް އިނގުނެވެ. “އިދީ ތިވެގެން އުޅޭގޮތެއް ބުނެބަލަ ..ކޮންތާކުންތަ ތިއައީ..” އާލިމް އަނެއްކައިވެސް ކަންބޮޑޫވެފައި އަހާލިއެވެ. އިދާންވަގުތުން މޫނުގެ ކުލަވަރު ބަދަލުކޮށްލިއެވެ. “ކަމެއްނުވޭ… ފޯނެއް އައިސްގެން ބޭރަށްނުކުތީ.. ދެން އެފޯނުގައި ހުރެގެން ސިޑިން ފޭބުންއިރުވެސް ނޭނގުން..” ހަމަޖެހެން މަސައްކަތްކުރަމުން އިދާން ބުނެލިއެވެ. އާލިމް އަނެއްކައިވެސް ކިހިނެއްވެފައިތޯ ސުވާލުކުރިއެވެ. ނަމަވެސް އިދާން ކަމެއްނުވާކަމަށްބުނެ ވާހަކަ އޮޅުވައިލީ ވަރަށް ހުޝިޔާރުކަމާއެކުއެވެ. “ހާދައިރެކޭ ތިވަނީ ފޯނު ގެންނަންވެސް.” ފަހަތުންއައި އަލަންފެނި އާލިމް އިއްވައިލިއެވެ. އަލަން އައިސް އަރާހަމަކުރުމުން އިދާން ބަލައިލިއެވެ. އަލަން އަދިވެސްހުރީ ރުޅިއައިސްކަން އޭނާގެ މޫނުމަތިން އިނގެއެވެ. އަލަން އައުމުން ތިންމީހުން ކާރުގައި ނައްޓައިލިއެވެ.

ސީހައުސްގައި ކާންތިބިއިރުވެސް އިދާންއާއި އަލަންގެ ނަޒަރު އިރުކޮޅަކައި ދިމާވެއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ރުޅިއައިސްފައި ބެލުންނޫން އިތުރު ކަމެއް ނުކުރެއެވެ. އިދާންގެ ވާހަކަ އާލިމްގާތު ބުނަން އެތައްފަހަރަކު އަލަންގެ ހިތަށްއެރިއެވެ. ނަމަވެސް އަމިއްލާ ނަފްސު ބޭޒާރުވާނެކަން އިނގޭތީ ބުނެވެންނެތީއެވެ. ކާންތިއްބައި އެތަނަށް ހުޒާމްވެސް އައެވެ. ހުޒާމްއައުމުން އިތުރަށް ފޯރިގަދަވިއެވެ. ހަތަރު މީހުން އެކީގައި ކައިނިންމައިލީ ފޯރީގައެވެ. އަލަންއާއި އިދާންވެސް ހަމަޖެހެމުން ސަކަރާތުގައި ބައިވެރިވަމުން ދިޔައެވެ. ކައިނިމިގެން ހަތަރުމީހުން އެކީގައި ގެއަށްދާން ނުކުތެވެ.

ގެއަށް އައިސްވަތް އަލަންގެ ނަޒަރު ހުރީ ކޮޓަރީގެ ދޮރާއި ދިމާލަށެވެ. ހަވީރުވާން ކައިރިވިއީރު ލާނާ އަދިވެސް އޮތީ ކޮޓަރީގައެވެ. މަޑުހިނގުމެއްގައިގޮސް އަލަން ކޮޓަރީގެ ދޮރުހުޅުވައިލިއެވެ. އެވަގުތު އެނދުގައި ބޯއަޅައިގެން ދެލޯމެރިފައިއޮތް ލާނާ ފެނުމުން އަލަންގެ ރުޅިގަނޑު އިތުރަށް ހޭލިކަހަލައެވެ. ޕައްކިޔާފައި ދޮރުލެއްޕުން އަޑަށް ނިދިފައި އިން ލާނާ ސިއްސައިގެންގޮސް ފުންމައިގެން ތެދުވިއެވެ. އަލަންގެ ރުޅިވެރި ދެލޯ ލާނާއަށް އަމާޒުވެފައިވީއިރު ލާނާއަށް ބޭއިހްތިޔާރުގައި ފަހަތަށް ޖެހެވެން ފެށިއެވެ. “އަލަން.. ތިހީކުރާ ކަހަލަ ކަމެއް އަހަރެން ނުކުރަމޭ. ތިރުޅި މައިތިރި ކޮށްބަލަ..” އަޅައަޅައި ގަނެގެން ލާނާއަށް މިހެން ބުނެވުންއިރު މީހާ ހުރީ ބިރުންގޮސް ހަލާކުވެފައެވެ. މިކަމުން އަލަންގެ ރުޅި އިތުރަށް ގަދަވުން ނޫންކަމެއް ނުވިއެވެ. ބަލާކަށްނުހުރެ ހުރިބާރުލާފައި ލާނާގެ ކޯތާފަތް މައްޗަށް އެތިފަރެއް ފިލުވައިލިއިރު އެއީ ނިކަމެތި އަންހެން ކުއްޖެކޭވެސް އަލަންގެ ހިތަކަށް ނޭރިއެވެ. ވީތަދުން ލާނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއިރު ކޯތާފަތްވަނީ މުޅިން ރަތްވެފައެވެ. “އަހަރެން ބޭރަށް ދިޔައިމަ ހިލޭ ފިރިހެނެއް ކޮޓަރިއަށް ވައްދަން ލާނާގެ ލަދުހަޔާތް ކޮބާތަ.. ހިތަކަށް ނާރާތަ ތިއީ މީހެއްގެ އަނބެކޭވެސް.. ” ހަޅޭއްލަވައިގަންނަމުން ލާނާގެ އިސްތަށިގަނޑުގައި ހިފައި އަލަން އަނބުރައިލިއެވެ. ވީތަދުން ލާނާ ތެޅިގަތްއިރު ރޮއެރޮއެ މީހާގެ ގައިން ހަކަތަވަނީ ހުސްވެފައެވެ. “އަހަރެން ތިކަހަލަ މުޑުދާރު ކަމެއްނުކުރަމޭ އަލަން.. އަހަންނަށް ތިހެން އަނިޔާ ނުކޮށްބަލަ.. މަވެސް މީ އިންސާނެކޭ.. މަށަށްވެސް ތަދުވެޔޭ..” ރޮއެރޮއެފައި ލާނާގެ އޭނާގެ ކުށެއްނެތްކަން ހާމަކުރަމުން ދިޔައެވެ. އަލަން އިތުރަށް ރުޅިގަދަވެ ލާނާގެ އިސްތަށިގަނޑުގައި ހިފައި ހޫރާލިއެވެ. ލުއިފަތެހެން ލާނާގޮސް ސޯފާގެ ކަނަށް ގުޅައަކަށް ޖެހުންއިރު އަނގައިން މަޑު އާހެއް ބޭރުވިއެވެ. “އާހް.. މަންމާ…” ވީތަދުން އަޑުގެ ނެތްތަނަށް ލާނާ ރޮއެގަތުމުން އަލަން ސިހިފައި ބަލައިލިއެވެ. އޭރު ބަނޑުމަތީ އަތްއަޅައިގެން ލާނާ ގިސްލަގިސްލާފައި ރޯން އޮތްއިރު އަލަންގެ ހިތަށް ނުބައިގޮތެއް ވެގެން ދިޔައެވެ. “ލާނާ….” އަވަސް ފިޔަވަޅުގައި އަލަންއައިސް ލާނާ ނަގައި ކޮޅަށްޖެހިއެވެ. އޭރުވެސް ހަމައެގޮތަށް ލާނާ ހުއްޓެވެ. “ބަނޑަށް ކިހިނެތްވީ.. ލާނާ ބުނެބަލަ…” ހާސްވެފައި އަލަންއަށް އަހަލެވުނީ ފުދޭވަރަކަށް ބާރަށެވެ. “ސޯފާގެ މަތީކަނުގައި ބަނޑުޖެހުނީ..” ވެފައިހުރި ތަދުން އަލަންގެ ސުވާލަށް ލާނާއަށް ޖަވާބުދެވުނީއެވެ. އޭރުވެސް ހުއްޓުމެއްނެތި ލޮލުން ކަރުނަފައިބަމުން ދިޔައެވެ. މިކުރެވުނީ ކީއްކަން ރޭކައިލުމުން އަލަންގެ ހިތުގައިޖެހުނެވެ. ފަހަރެއްގައިވެސް އޭނާ އެގޮތަށް ހެދީ ލާނާއަށް އެކަހަލަ އަނިޔާއެއްވާނެ ކަމަކަށް ނޫނެވެ. ރުޅިއައިސްރަތްވެފައިހުރި އަލަން މަޑު ކަފަކޮޅަކަށްވާން ނެގީ ސިކުންތުކޮޅެކެވެ. “ދައްކަބަލަ ބަލައިލަން. ވަރަށް ތަދުވޭތަ..” އަލަން ލާނާގެ އަތްދުރުކޮށްލެވޭތޯ އުޅުނެވެ. ނަމަވެސް ލާނާ ރޮމުން އަލަންގެ އަތްފޮޅުވައިލީ އެހީއެއް ބޭނުމެއްނެތޭ ބުނާފަދަ ގޮތަކަށެވެ. އަލަން މަޑުމަޑުން ލާނާގެ ގައިގައި ދެއަތްވަށައިލިއެވެ. އެތަނަވަސް މޭގައި ލާނާގެ ހަށިގަނޑު ޖައްސައިގެން އިނީ ލާނާ ރޯނެވަރަކަށް ރޮންދެންނެވެ. ފުރަތަމަ ލާނާ ދުރުވާން ގަދަދެއްކިއެވެ. ނަމަވެސް އިރުކޮޅަކުން އެކަން ހުއްޓައިލިއެވެ. އަލަންއާއި ދެކޮޅުވާނެ ހަކަތައެއް ލާނާގެ ގަޔަކު ނެތެވެ. “އައިއެމް ސޯ ސޮރީ ލާލާ.. އައި ނެވާ ވޯންޓެޑް ޓު ހާޓް ޔޫ ލައިކްދިސް.” ލާނާގެ ނިތްކުރިއަށް ދޮނެއްދެމުން އަލަން ވާހަކަދެއްކިއިރު އެއަޑުގައި މިފަހަރުވީ ރިހުމެވެ.

އެތައްއިރަކު އެހެން އިނުމަށްފަހު އަލަން ގަޔާއި ލާނާ ދުރުކޮށްލިއެވެ. އޭރު ލާނާގެ ރުއިން މަޑުވެފައިވީއިރު މީހާއިނީ ނެގިމަޑުވެފައެވެ. ލާނާގެ ދެއަތް ދުރުކޮށްލުމަށްފަހު ހެދުން މައްޗަށް އަރުވާލައި އަލަން ލާނާގެ ބަނޑު ބަލައިލިއެވެ. ސޯފާގެ ކަނުގައި ޖެހުންތަން ކުޑަކޮށް ރަތްވެފައި ހުއްޓެވެ. އަލަން އެތަނުގައި ފިރުމާލަމުން ތަދުވޭތޯ އަހައިލިއެވެ. ބަދަލުގައި ލާނާ ކުޑަކޮށް ބޯޖަހައިލިއެވެ. “މިއަދު މިހާރު ކައިފިންތަ..” ލާނާގެ ދެލޯ ފޮހެދެމުން އަލަން ސުވާލުކޮށްލިއެވެ. ބަދަލުގައި ލާނާ ދެފަރާތަށް ބޯހުރުވައިލިއެވެ. އިރުކޮޅަކު އިނުމަށްފަހު އަލަން ކޮޓަރިން ނުކުމެގެން ދިޔައެވެ. ފަނަރަވަރަކަށް މިނަޓް ފަހުން އަނެއްކައިވެސް އަލަން އައެވެ. ލާނާގެ އަތުގައި ހިފައިގެން ފާހާނާއަށް ގެންގޮސް މޫނުދޮއްވައިލުމަށްފަހު އަލަން މިސްރާބުޖެހީ ބަދިގެއަށެވެ.

އަލަންގެ އަތުގައި ހިފައިގެން ބަދިގެއަށްވަތް ލާނާ ސިހުނީ ކާމޭޒުމަތީގައިހުރި ނޫޑުލިސްތަށި ފެނިފައެވެ. ފެންކަޅިވެފައި އަލަންގެ މޫނަށް ލާނާ ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ނަމަވެސް މިކަމަށް ފަރުވާލެއް ނުބަހައްޓައި އަލަން ވަގުތުން ލާނާ ގޮނޑީގައި ބޭންދިއެވެ. އަދި ޖެހިގެން އިން ގޮނޑީގައި އަލަން އިށީންނަމުން މޭޒުމަތީގައިހުރި ތަށިނެގިއެވެ. އުލުން ނޫޑުލިސް ކޮޅެއް ނެގުމަށްފަހު ލާނާގެ އަނގަޔާއި ދިމާލަށް އަލަން އެ ދިއްކޮށްލިއެވެ. “އަހަރެން ކާހިތެއްނެތް..” ވަރަށް ހިތްވަރުކޮށްފައި ލާނާ މިހެން ބުނުމުން އަލަން ހިތްހަމަނުޖެހުނެވެ. “ހެވޭ. ކާހިތްނުވިޔަސް ކާންވީ.. އަހަރެން ރަނގަޅަށް ކަންތައް ކޮށްދޭއިރު ދެކޮޅުނަހަދާށޭ ކިތައްފަހަރު ލާނާ ކައިރީ ބުނާނީ.” ހިތްހަމަ ނުޖެހިފައި އަލަން ބުނެލިއެވެ. ހަތިޔާރު ބެހެއްޓުމަށްފަހު ލާނާ ކާންފެށިއެވެ. އަލަންގެ އަތުން ލާނާގެ އަނގަޔަށް ލަވައިދެމުން ދިޔައިރު ލާނާއިނީ ވިސްނަންވީ ކޮންއެއްޗެއްކަން ނޭނގިފައެވެ. އަނިޔާކުރަނީވެސް އަލަންއެވެ. ރޯންފެށީމައި ކަރުނަވެސް ފޮހެދޭންވެއެވެ. މިއީ ކޮންކަހަލަ މީހެއް ހެއްޔެވެ. އަމިއްލައަށް ކައްކާފައި ކާންވެސްދެނީ އަލަންއެވެ. މިއީ ކޮންކަހަލަ ކަންތައްގަނޑެއް ހެއްޔެވެ.

ކައިނިމިގެން ލާނާ ގޮވައިގެން އަލަން ސިޓިންގްރޫމް ސޯފާގައި އިށީނެވެ. “ޕަޕީފޭސް ކިޔައިދީބަލަ މިއަދުވީގޮތް.” ހަމަޖެހެން މަސައްކަތްކުރަމުން އަލަން އަހައިލިއެވެ. ހަގީގަތުގައި ލާނާ އެކަހަލަ ކަމެއްކުރާނެއޭ އަލަންގެ ހިތެއްވެސް ނުބުނެއެވެ. ލާނާގެ ހިތުގައި އިދާންގެ ނަންވިޔަސް ލާނާއެއީ އެގޮތަށް މީހުން ކޮޓަރިއަށް ވައްދާނެ ކުއްޖެއްނޫންކަން އަލަންއަށް މިއަދުވަނީ އެނގިފައެވެ. ލާނާއަކީ ކިތަންމެ ރީތި ކުއްޖެއްނަމަވެސް އެގޮތަށް އުޅެފައިނެތްކަން އަލަންއަށް މިހާރުވަނީ ކަށަވަރުވެފައެވެ. ލާނާއާއިއެކީގައި ހޭދަކުރެވުން ވަގުތުތަށްފަހު އަލަންގެ ހިތުގައި ލާނާގެ މަގާމުވަނީ އެތައްގުނައަކަށް އިތުރުވެގެން ގޮއްސައެވެ. ލާނާ ކުރުގޮތަކަށް ކަންތައްވީގޮތް އަލަންއަށް ކިޔައިދިނެވެ. ލާނާ ހީކުރިގޮތާއި ހިލާފަށް އަލަން އޭނާގެ ވާހަކަ ގަބޫލުކުރިއެވެ. ދެލޯބޮޑުވެފައި އަލަންއަށް ބަލަން ލާނާއަށް އިނދެވުނީ އެހެންވެއެވެ. “ބަލާނެކަމެއްނެތް.. އަނެއްކައި ރުޅިއަރުވަން ތިއުޅެނީ.. ރީއްޗަކަށް އެއްޗެއް ބުނެވޭކަށްވެސް ނޯންނާނެ. ” ލާނާ ބަލަން އިނުމުން އުނދަގޫވެފައި އަލަން ބުނެލިއެވެ. ވަގުތުން ލާނާ މޫނު އަނެއްފަރާތަށް އަނބުރައިލީ އަލަން ރުޅިއަތުވެދާނެތީއެވެ. “އަ.. އަލަން.. އަހަރެން މަންމަ މެންގެއަށް ދާން ބޭނުން. ހުރިހައި އެއްޗެއްވެސްހުރީ ގޭގަ..” ނުބުނަން ހުރެފައި ލާނާ އަހައިލިއެވެ. އަލަން ވަގުތުން ދެކޮޅުހެދިއެވެ. “އަލަން ޕްލީޒް. އަލަންއަށް ނެދެވެންޏާ އަހަރެން އެކަނިވެސް ގޮއްސާނަމޭ..” ލާނާއަށް ރޮވުނެވެ. ކަންތައްތައް ވަމުންދާގޮތުން މާބޮޑަށް ހިތުގައި ޖެހެނީއެވެ. “ހޫމ.. ދެންހެވޭ.. ހަމަ ކަމެއްވާއިރަށް ވޯޓާރ ވޯކްސް އަރުވަން ފަށާނެ. އަށެއް ޖަހަންވާއިރާށް ރެޑީވޭ.” ރުޅިއަންނަން ފެށުމުން އަލަން އެތަނުން ދިޔައެވެ. މަންމަކައިރިއަށް ދެވޭތީ ލާނާގެ ހިތްހަމަޖެހުން އިތުރުވިއެވެ.

************

ކޮޓަރީގެ އަލަމާރި ހާވަންހުރި އާލިމް ހީވަނީ ލާނެއެއްޗެއް ނޭނގިގެން އުޅޭހެންނެވެ. އެނދުމަތިފުރައި އަންނައުނު އަޅާފައިވާއިރު ހިތްހަމަޖެހޭ އެއްޗެއް ފެންނަކަމަކަށް ނުވެއެވެ. “އޯހ ގޯޑް.. ލާނެ އެއްޗެއްވެސް ނެތޭ.. ގަމީހެއް ގަންނަން ޝޮޕިންގްއަށް ދެވުންނަމަ..” ކުދިކިޔަމުންދިޔަ އާލިމް ހީވަނީ އަންހެންކުއްޖެއް ހެންނެވެ. އައިކާއާއި ބައްދަލުކުރަންދާތީ އާލިމް ބޭނުންވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެގެން ދާށެވެ. “އޯހ ގޯޑް ބޭބޭ.. މި ކޮންކަމެއް..” އާލިމްގެ ކޮޓަރީގެ ދޮރުހުޅުވާލާފައިވަތް އާލާގެ ދެލޯ ބޮޑުވިއެވެ. “އާލު ޕްލީޒް ހެލްޕް މީ.” ބޯ ކަހައިލަމުން އާލިމް އެދުނެވެ. އާލާ ފުރަތަމަ ބޭނުންވީ ދާތަނެއް ބަލާށެވެ. އިތުރު ގޮތެއްނެތުމުން އާލިމް ޑޭޓަކަށް ދަނީކަމަށްބުނެ ހަމަޖައްސައިލިއެވެ. އާލާ ވަގުތުން އާލިމްއާއި ދިމާކުރަންފެށިއެވެ. “ހަހަ.. ވެރީ ފަނީ.. ދެންވެސް ހެލްޕްވެބަލަ.” ދެލޯ އަޅައިލަމުން އާލިމް ބުނެލިއެވެ. ހިނގަނޑު މައިތިރިކޮށްފައި އާލާ އެތަނުން އަޅިކުލައިގެ އަތްކުރު ގަމީހަކާއި ނޫކުލައިގެ ޖީންސެއްނަގައިދިނެވެ. އާލާގެ ހޮވުން އާލިމްއަށް ވަރަށް ކަމުދިޔައެވެ. ކުރިންވެސް މިގަމީސް ފެނުނެވެ. ރީތިނުވީ ކީއްވެބާއޭ އާލިމްގެ ހިތަށްއެރިއެވެ. ގައިމު އާލާގެ ކުރިމަތީގައި ބޭޒާރެއްނުވީހެވެ. “އާލުގެ ޗޮއިސް އަބަދުވެސް ރީތީއޭ ދޯ. ” އާލާގެ ގައިގައި ބައްދާލަމުން އާލިމް އުފަލުން ބުންޏެވެ.

ލޯގަނޑުކުރިމަތީގައިހުރި އައިކާ ފަހުފަރަށް އަމިއްލަ ސޫރަބަލައިލިއެވެ. ކަޅުކުލައިގެ ޓޮޕަކާއި ނޫކުލައިގެ ޖިންސުގައި އައިކާ ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. އެ ފަންދިގު އިސްތަށިގަނޑު ހާވާލާފައި ވާއިރު މޫނާއި ގުޅޭނެހެންވަނީ ލުއިލުއި މޭކަޕެއް ކޮށްފައެވެ. ފަހުކަމަކަށް ގަޔަށް ސެންޓުބުރުވައިލަމުން ކޮޓަރިން ނުކުންނަން ހިނގައިގަތެވެ. ދޮރުމަތީގައި އައިކާ ހުއްޓިލައިގެންހުރީ އާލިމް ބަލައި އަންނާނެ އިރަކަށެވެ. ގަޑިން ބަރާބަރު 8.30 ވީއިރު ކަޅުކުލައިގެ ކާރެއް އައިސް ދޮރުމަތީގައި މަޑުކޮށްލިއެވެ. ހަދާނެގޮތެއް ނޭނގިފައިހުރި އައިކާ ހިނިތުންވެލީ ދޮރުހުޅުވާފައި ނިކުތް އާލިމް ފެނުމުންނެވެ. އަޅިކުލައިގެ ގަމީހާއި ނޫކުލައިގެ ޖިންސުގައި އާލިމް ފެންނަނީ ވަރަށް ފުރިހަމަކޮށެވެ. އާލިމްއަށްވެސްވީ ހަމަ މިވަރެވެ. ކަޅުކުލައިގެ ޓޮޕަކާއި ނޫކުލައިގެ ޖިންސުގައި އައިކާ ފެންނަލެއް ހާދަ ރީއްޗެވެ. އެރީތި ދިގު އިސްތަށިގަނޑު ވަޔާއި ވިހުރެން ދޫކޮށްލާފައިވާއިރު ހީވަނީ ޕަރީއެއް ހެންނެވެ. މަޑުހިނގުމެއްގައި އައިސް ކާރުގެ ކުރީ ސީޓުގެ ދޮރުހުޅުވައިލަމުން އާލިމް އައިކާއަށް އިޝާރާތްކޮށްލިއެވެ. ލަދުރަކި ގޮތަކަށް ހީލަމުން އައިކާ އައިސް ކާރަށް އެރިއެވެ. އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން އާލިމްއައިސް ޑްރައިވަރު ސީޓުގައި އިށީނުމަށްފަހު ކާރު ދުއްވައިލިއެވެ.

ރަސްފަންނުގެ ހިތްގައިމު މާހައުލުގައި އާލިމްއާއި އައިކާ ތިބިއިރު ލޯތަށް އެދިމާލަށް އަމާޒުވަމުން ދިޔައެވެ. “ސޯ.. ކީއްވެ ދިމާވާން ބުނީ.” ވަރަށް ހިތްވަރުކޮށްފައި އައިކާ އަހައިލިއެވެ. އާލިމްގެ ނަޒަރު އެވަގުތު އަމާޒުވީ ސީދާ އައިކާގެ މޫނަށެވެ. ލަދުން އައިކާ އިސްޖަހައިލިއިރު އެމޫނަށްވަނީ ޖަންބުކުލަވެރިވެފައެވެ. “އައި ލަވްޔޫ.”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

އިންތިޒާރު 18

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 43

Next
September 22, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 43

Previews
September 21, 2018

އިންތިޒާރު 18

31 Comments!

  1. Anha says:
    September 21, 2018 at 6:18 pm

    Hello everyone. Heres the 17th part. Hope you all will like this part too..let me knw what you all think of this part. Thankyou for all the love and support. Insha allah next part on tuesday. Loves❤?

  2. kiddy says:
    September 21, 2018 at 6:23 pm

    maasha allah!!!!!!!!!!! nyc

    1. Anha says:
      September 21, 2018 at 9:09 pm

      Thankyou dear?

  3. Livee says:
    September 21, 2018 at 6:48 pm

    Me second dhw
    Varah salhi ingey love you lots

    1. Anha says:
      September 21, 2018 at 9:10 pm

      Thankyou livee.. loves?

  4. zaa says:
    September 21, 2018 at 7:41 pm

    alhe thihen nuhadhabala… alan villain akah nuhadha bala… mihaaru eyna eherey mery khfa dhw… rulhi ayas aniyaa nukhbala dhw.. idhee vx nuvaane dhw loabi viyas myhakaa indhegen ulhenikh kotariah dhaakah… alan rulhi aun haggu… ekm aniyaaa nukhba.. dhera veyey… plx anha.. stry vrh reethi..

    1. Anha says:
      September 21, 2018 at 9:15 pm

      Thankyou dear. Yes alan villain akah nahdhaanamey. Hingaa dhw balan alan laala ah fall vaa goi ves.. idhee ves kanthah kuree rangalhah nun.. hingaa dhw dhen vaa gotheh balaalan??

  5. Sarah says:
    September 21, 2018 at 7:56 pm

    alhe meega mifaharu idhaan varah goeskoh kanthah kuree… meehehge anbei ge gaiga eynayah aivess levigenn nuvaane… dhen Alan vess nuvaane kithahme rulhi ayas jahaigennn… dhen dhekudhin nikan gadhayah loabivaanama dho…. Alan ragalhah kanthah kuranya Laala ulheyne ragalhah… fahun loabivess vedhaane.. she is a gud gal..

    1. Anha says:
      September 21, 2018 at 9:16 pm

      Thankyou sarah.. hehe dhw. Alan ves nuvaane ennu jahaakah. Idhan kanthah kuri goii anha ah ves kamaku nudhey. Hingaa dhw dhen vaagotheh balan. Keep reading?

  6. Nunnu says:
    September 21, 2018 at 7:58 pm

    Alan plxx Laala gaiga nujaha bala.. idhaan u stay away frm lalaa.. eii meehege anbeh

    1. Anha says:
      September 21, 2018 at 9:17 pm

      Hehe dhw nunnu. Alan ah adhi amilla kuh ihusaas vaaney.. hingaa dhw idhan hadhaa ehcheh ves balamaa??

  7. Ibsha says:
    September 21, 2018 at 8:18 pm

    Varah reethi

    1. Anha says:
      September 21, 2018 at 9:18 pm

      Thankyou ibsha?

  8. Hudher says:
    September 21, 2018 at 9:03 pm

    Maasha allah dear v furiham

    1. Anha says:
      September 21, 2018 at 9:19 pm

      Thankyou dear.?

  9. maya says:
    September 21, 2018 at 9:55 pm

    masha allah…alhe hama rovihjje,,,,alhe rulhi ayas alan thy bodu varu,,,kithanme rulhi ayas jahaigen nuvaane…eii anhen kuhjekey.alan gai huri baareh laafa jahany……vv reethi anha love thihaa aniya laanaa ah nukurey…vvv dhera vey….vv heart touching mipart..alhe alan dhen lwbi vebala laanaa dheke..eyrun salhi vaany…..vv reethi mi part..nxt part avahah up kohdhehchey..waiting curiously..much love anha bby

    1. Anha says:
      September 22, 2018 at 2:48 am

      Thankyou dear maya.. alan lana dheke loabi vaa goii balamaa dhw. Alan ah vaane dhw adhi landeh dhey.? loves❤?

  10. Cherry? says:
    September 21, 2018 at 9:57 pm

    Alan please dont hurt to laalaa she is innocent idhaan ves aslu kantha kuree goas koh laalaa marry kohgen ulhey iru laalaa ge kotariyah vadhe laalaa gaiga ayylumuge haggey mihaaru idhaan akah ves noanaane and alan please rulhi anna konme faharaku laalaa gaiga nujahabala eii girl ekey anhen kudhinah ayy iskuraakah nuvaane eii varah goas kameh dont do it again alan hehehe? anyways waiting for the upcoming part
    Lots of love❤❤?????????❤?

    1. Anha says:
      September 22, 2018 at 2:49 am

      Thankyou cherry.. yes. Alan nuvaane ennu dhw ehen hadhaakah.. hingaa dhw dhen vaa goii balamaa.. keep reading. Loves?❤

  11. Hai says:
    September 22, 2018 at 6:28 am

    Alan he rulimadu koba pls????????..
    Lala and Alan is a best couple…
    I hate idaan mi hugs abin kariya vanani???

    1. Anha says:
      September 22, 2018 at 4:24 pm

      Hingaa dhw dhen vaagoii balamaa?

  12. sam❤ says:
    September 22, 2018 at 11:19 am

    Waiting next part love it?❤

    1. Anha says:
      September 22, 2018 at 4:24 pm

      Thankyou dear. Loves❤?

  13. Sasha says:
    September 22, 2018 at 1:11 pm

    awwlheyyy this is so reethi
    alhe tuesday avahah annaane nama 🙁

    1. Anha says:
      September 22, 2018 at 4:25 pm

      Thankyou sasha.. keep reading.?

  14. Maahee says:
    September 22, 2018 at 8:58 pm

    Anha ur the best.v v molhu ibaraaiykurun thah.this story is just awesome. All the best for ur future.???

  15. Anha says:
    September 25, 2018 at 8:25 am

    Hello guys. 18th part is uploaded. ?

  16. Regular reader says:
    September 25, 2018 at 11:50 am

    Kihaa iraku up waane kamah lafaakureweni?

  17. shashaa says:
    September 25, 2018 at 1:42 pm

    next paart kobaathr v.kiyaalaahithun keiimadhuvefai mihuree adhivex inthixaaruga

  18. Ehkala says:
    September 25, 2018 at 2:21 pm

    Kobaa next part

  19. Mee says:
    November 4, 2018 at 3:57 pm

    Mivaahaka keehve up nukurany mihaar ….haadha dhuvaheh vehje a …plx up kohla dhybala and plx bunela dhybala keehve tha mihaar up nukurany mivaahaka ….v kiaa hithun mihunnany ….

Comments are closed.

Next Episodeކުށަކާނުލައި- 18ވަނަބައި←


All Right Reserved!