Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 16

Dhonthiii Level 210 Stories100 Comments
October 4, 2018 3 Mins Read
18 Comments

ކުރިމަތިން މި ފެންނަ މަންޒަރު ގަބޫލުކުރަން ދަތިވެ ޝައިރާގެ އަތުން ފޯނު ދޫވެގެން ވެއްޓުނުއިރުވެސް ޝައިރާއަށް ރޭކާލީހެނެއްހިޔެއްނުވެއެވެ. ކުޑަ ހިނދުކޮޅަކަށް ޝައިރާ ހުރީ ވާނުވާނޭނގި ގަބުވެފައެވެ. އަމިއްލަ ދެލޮލަށްފެނި ކަންފަތުން އަޑުއިވުންއިރުވެސް ހުރީ ގަބޫލު ނުކުރެވިފައެވެ. ވާންވީ އުފާކަމެއް ނޫނީ ދެރަކަމެއް ނޫނީ އަންނާންވީ ރުޅިކަމެއްވެސް ނޭނގިފާ ޝައިރާއަށް ހުރެވުނީ އެތަނަށް ޖެހި ތަނބެއްހެންނެވެ.

“ކި….ކިހި…ކިިހިނެއް؟” އަމިއްލަ އިހްސާސްތައް ހަމަޔަކަށް އަޅުވަމުން ޝައިރާއަށް ބުނެވުނުހާވެސް އެއްޗަކީ އެއީއެވެ. “ބިރެއްފެނުނީތަ” އަޔާންގެ ބަނޑުތެރަށް ހިންދާލައިގެން ހުރި ހިނިގަނޑު ދެން ހިފަހައްޓާނުލެވޭނެކަން އެނގުމުން ޕަކަޕަކަ ލާފާ ހޭންފެށުމުން ޝައިރާ އަދި އިތުރަށް ލަދުގަންނަގޮތްވިއެވެ.

“ހަމަ ހުވާ އަޔާންއަކަސް ޔާންއަކަސް އައި ހޭޓް ޔޫ. ތީ އަޅެ އެކްޓަރެއްތަ؟ ފިލްމެއް ކުޅޭން ދާންވީނު. އެހާވެސް މޮޅު އެކްޓްކުރަން. އަދިވެސް ނުކުރާނަން ގަބޫލެއް އިނގިއްޖޭ. ދެން ނުވެސްއުޅެން މިތާ ހުންނާކަށް.” އަޔާންއަށް ފުރަގަސްދެމުން ޝައިރާ ދާންކަމަށް ހަދާ ހިނގައިގަތީ ހަގީގަތުގާ އެތަނުން ދާންބޭނުންވެގެނެއްނޫނެވެ. ގަނެފާ ހުރި ލަދުންނާއި ހިތަށް ކުރާ ބުނެދޭން ނޭނގޭ އަސަރުތަކުން ސަލާމަތްވުމަށެވެ. ޝައިރާ އެހާ ފަސޭހައިން ދިޔަދޭކަށް އަޔާން ބޭނުމެއްނުވިއެވެ. ޝައިރާގެ އަތުގާހިފާ އަޔާންގެ ގަޔާއި ކައިރިއަށް ދަމާލާ ބާރަށް ހިފަހައްޓާލީ ޝައިރާ ދުރުވަން ގަދަހަދާނެކަމަށެވެ. ނަމަވެސް އެކަހަލަ އެއްވެސް ހިލަމެއްނުވިއެވެ. ފުންކޮށް ނޭވާލާއަޑުތަކެއް ނޫން އަޑެއް ނީވެއެވެ. ޝައިރާ ދުރުކޮށްލަން އުޅުމުން ވަކިން ބޮޑަށް އަޔާންގެ މޭމަތީ ބޮނޑިވެލީއެވެ.

“މިޔޮއް ހުރިހާ ދުވަހު ވާހަކަދެއްކި އިރުވެސް ކުޑަކޮށް ވެސް ޝައްކެއްވެސް ނުވޭ އެއީ އަޔާންކަމެއް. އެހާ ކުޅަދާނަކަމާއެކު އެ އޮޅުވާލީ. ޔާން ހާދަ ގޯހޭ. ކީއްވެ އެހެންހެދީ. ކީއްވެ. ޝައި އުޅުން ހާލު ޔާން އަކަށް ނޭނގޭނެ. މީހާ މޮޔަ ވާވަރަށް ވިސްނޭ ދެ މީހެއް ދެކެ ލޯބިވާހެން ހީވާތީ. ހަދާނެ ގޮތް ހުސްވީމަ. ވާހަކަ ދައްކާލާނެ އެކުވެރިއެއްނެތީމަ ވަކިން ބޯހާސްވޭ. ބައެއް ފަހަރު އަމިއްލަޔަށްވެސް ހިތައްއަރާ ޝައިއަކީ ހަމަ މީހެއްނޫނޭ. ތިހާ ބޮޑު އޮޅުވާލުމެއް އޮޅުވާލި މީހަކު ދެންވެސް ކުދި ކުދި ކަންތަކުގަވެސް ދޮގުހަދާ އޮޅުވާލާނެ. އެކަމަކު މި ހިތުގާ ހާދަ ރިއްސަޔޭ. ތި އަޔާން އަކަށް ހާދަ އިންތިޒާރެއްކުރީމޭ. ލޯބި ވަނީހެންވެސް ހީވޭ. ވަރަށް ވަރަށް ބޮޑަށް ކަންނޭގެ. އެކަމަކު މީހުން ބުނޭ ލޯބިވެވޭނީ ވެސް އެންމެ ފަހަރަކުއޭ. ދެން ރާއިލް ދެކެ ވީ ކޮންޗެއް. އަޔާންދެކެ މިވަނީ ކޮންޗެއް. އެކަމަކު ވެސް މިހިތް ހާދަ އެދެޔޭ އަޔާން އާއި އެކުވުމަށް. މި އަތުތެރޭ އުމުރުދުވަސް ހޭދަކޮށްލުމަށް. މި އަތުގެ ބީހުމަށް…. ކީއްވެ… އެ ކީއްވެ މިހެން މިވަނީ” ޝައިރާއަށް ރޮވެން ފެށުނީ ސިކުނޑިތެރޭގެ ހައިޖާންގަނޑު ބޮޑުކަމުންނެވެ. ހުރިހާ ޝަކުވާއެއްވެސް ވީ ޝައިރާގެ ހިތުތެރޭގައެވެ. ދުލާ ހަމައަށް އެންމެ ލަފްޒެއްވެސް ނުގެނެވުނެވެ.

“ޝައި ކިހިނެއްވީ؟ އަނެއްކާ ކަމެއް ވަނީތަ” އެއްވެސް ޖަވާބެއް ނުލިބުމުން ޝައިރާގެ ކޮނޑުގާ ހިފާ ދުރުކޮށްލާން އުޅުމުންވެސް ޝައިރާ އަދިވެސް ދުރުނުވަން ގަދަހަދާލިއެވެ. އަޔާންގެ މޭމަތި ކުޑަކޮށް ތެމޭކަހަލަ އިހްސާސެއްވާންފެށުމުން ހާސްވެގެން އަވަހަށް ތެޅިގަނެގެން ޝައިރާ ދުރުކޮށްލީ ވީގޮތެއް ބަލާލާށެވެ. ފެނުނު މަންޒަރުން އަޔާންގެ ހިތްކުދިކުދިވިއެވެ. ބާރުގަދަ އަތަކުން ހިތަށް ފިތާލިފަދަ ގަދަ ރިހުމެއްވިއެވެ. ޝައިރާގެ ލޮލުން ހުއްޓުމެއްނެތި ހޯސްލާފާ ކަރުނައަންނައިރު އެއްވެސް އަޑެއް އިވިދާނެތީ ޝައިރާ ހުރީ ތުންފަތުގާ ދަތްއަޅާގެންނެވެ. ދެންވެސް އަޔާންއަށް އެމަންޒަރު ނުދައްކަން ޝައިރާ އިސްދަށަށްޖަހާލިއެވެ.

“ޝައި ކީއްވެ ތި ރޮނީ؟ އަޔާންއަށް ޝައި ދެރަކޮށްލެވުނީތަ. ޕްލީޒް ހުއްޓާލަބަލަ.” ޝައިރާ ޖަވާބެއް ނުދީ އަލުން އަޔާންގެ މޭމަތީ މޫނު ފޮރުވާލިއެވެ. އަދި ތުންފަތް ފޫއަޅުވާފާ މަޑު މަޑު ގިސްލުމެއްގެ އަޑުވެސް ނުކުތެވެ. “އަޅެ ޝައި ޕްލީޒް ހެޔޮނުވާނެ ވީގޮތެއް ބުނެނަލަ. ޔާންއަށްވެސް ރޮވިދާނެ ޝައި ތިހެންހެދީމަ. އާދޭސްކޮށްފަ މިބުނަނީ ވީގޮތެއް ބުނެބަލަ. ޝައި ދެރަކޮށްލެވުނިއްޔާ ވަރަށް ބޮޑަށް ސޮރީ. ކީއް ކޮށްދޭންވީ؟ ޝައި ބުނި ކޮންމެ ކަމެއް ކޮށްދޭނަން. ޝައި އަށް ހާރޓްވީ ޔާންއާއި ހެދި ވީމާ ޝައި ބޭނުން އަދަބެއް ދީ. ކޮންމެ އަދަބެއް ދިނަސް ކެއްކުރާނަން އެކަމަކު ޝައި ރޯތަން ބަލާކަށް ކެތެއްނުވާނެ. ޕްލީޒް….. ޔާން ވަރަށް ވަރަށް ލޯބިވޭ ޝައިދެކެ. އަޅެ ޕްލީޒް ހުއްޓާލަބަލަ.” އެހާ ލޯބިވެވުން ބައިވެރިޔާ ރޯތަންފެނި އަޔާންގެ އަޑުވެސް ކުރެހި ފާޑަކަށް މޮޔަވެސް ގޮވެން ފެށިއްޖެއެވެ.

އަޔާންގެ އަޑު ކުރެހިފަވާކަން ފާހަގަވުމާއިއެކު ޝައިރާ އަވަސްއަވަހަށް ކަރުނަތައް ފޮހެލާ އަޔާންއައި ދިމާލަށް ނަޒަރު ހުއްޓާލީ އަޔާންގެ އަޑުންވެސް ދެންމެ ދެންމެ ރޮވެދާނެކަހަލަ އެއްޗެއް ހީވުމުންނެވެ. ދެރަވެފަ ހުރިވަރު އަޔާންގެ ދެލޯވެސް ހެކިދޭ ކަހަލައެވެ. އޭރު އަޔާންގެ ތުންފަތުގާ މަޑު ތުރުތުރެއްވެޔެވެ.

“ސޮރީ…. ރޮވުނީ ގަސްތުގައެއްނޫން. ޔާން ކީއްވެ….. ކީއްވެ އެހެން ހެދީ؟ ކީއްވެ ދޮގުހެދީ؟ ކުއްލިއަކަށް….. ހީވެސްނުކުރާކަހަލަ ގޮތެއްވުމުން ރިއެކްޓް ކުރާނެގޮތެއް ވެސް ނޭނގުނީ…… އެއްގޮތަކަށްވެސް ޔާން ދެރަކުރާކަށް ބޭނުމެއް ނޫން. ޔާން ދެރަވީމަ ޝައި އަދި…… ޝައި އަދި މާބޮޑަށް ދެރަވޭ. ނޭނގެ ޔާން ހިންހަމަ ޖައްސަދޭން ބުނާނެ އެއްޗެއްވެސް.” އަދިވެސް ރޮވޭވަރުން ޝައިރާއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކެއެވެ. ޝައިރާ ނޭފަތް ދަމާލަމުން އެހެންބުނެފަ ދެންވެސް އަޔާންގެ މޭމަތީ މޫނު ފޮރުވާލީ އަދިވެސް މީހާ ހަމަޔަކަށް ނޭޅޭތީއެވެ.

“އައްޗީ…. ހަމަ ނޭފަތް ފުހެންށޭ އެހެން އެހަދަނީ. އެހެންވީމާ ޝައި ޖެހޭނެ މިއެއްޗެހި ދޮވެދެން.” އަޔާންގެ ބޭނުމަކަށް ވީ މިވަގުތަށް އެ ސީރިޔަސްކަން ކަނޑުވާލާ ޝައިރާ ހެއްވާލުމަށެވެ. އަޔާން އެހެން ބުނުމާއިއެކު ޝައިރާއަށް ވެސް ބޭއިޙްތިޔާރުގާ ހޭންފެށުނެވެ. އަޔާންއަށް އެކަން މާރަނގަޅަށްވެސް ކާމިޔާބުވީއެވެ.

އަޅެ ނިއު އެއްޗެއް ގަންދޭށެކޭ ނޫންތަ ބުނާނީއެއް ހެހެހެ….” ރޮއި ރޮއި ހުރެފެވެސް ޝައިރާއަށް އަސްލުގަވެސް ހެވުނެވެ. އަޔާން ބޭނުންވަނީ ޝައިރާ ހެއްވާލަން ކަމުން ޝައިރާވެސް އެ ސަކަރާތުގާ ބައިވެރިވީ އަޔާންގެ ހިތްހަމަ ޖައްސާލަދިނުމަށެވެ. އޭރުވެސް ޝައިރާ ވާހަކަ ދައްކަން ހުރީ އަޔާންގެ ގައިގަ އަރިމައްޗަށް ވާގޮތަށް ލެނގިލައިގެން ކުޑަކޮށް ކަރުމައްޗައް ނަގައިގެންނެވެ. އެހެން ހުރެވެސް އަޔާންގެ މޫނަށް ބަލަމުން ދިޔައީ ކިހާ ލޯބިންކަން އެދެލޮލުންވެސް ހާމަވެއެވެ. އެހެން ހުންނަ އިރު ޝައިރާގެ ބޯ ހުންނަނީ އަޔާންގެ މެޔާ ހިސާބުގަ ކަމުން އެ ހިތްތެޅޭ އަޑު ޝައިރާއަށް ވަރަށްވެސް ސާފުކޮށް އިވެއެވެ. އަޔާންގެ ހިތުގެ ވިންދު އަވަސްވެފަވާވަރުންވެސް ހީވަނީ މޭފަޅާފާ ނުކުންނަން އުޅޭހެންނެވެ. ޝައިރާގެ ހިތުގެ ހާލަތަކީވެސް ހަމައެއީއެވެ.

“ހިނގާ އެތާ އިށީންދެގެއް ހަމަޖެހިލާގެން ވާހަކަދައްކާލަން ދޯ” އެތާ ގޮނޑުދޮށަށް އިނގިލިދިއްކޮށްލަމުން އަޔާން އެހެންބުނީ އެތާ ކޮއްޅަށް ހުރެހުރެ ފައިވާޅުވާތީއެވެ. ޝައިރާވެސް ބޯ ޖަހާލަމުން އެއްބަސް ވީ ޝައިރާ ދައްކަން ބޭނުން ވާހަކައެއްވެސް އޮތުމާއިއެކުއެވެ.

އެދެމީހުނައްވެސް ނޭނގުނީ އެތާ އެދެމީހުންނަށް ހަނަދަލަމުން ދިޔަ މީހަކުވީކަމެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

އިންތިޒާރުގައި ހުންނަމޭ ލޯބިން 46

Next

ހަޔާތުގެ ކުލަ ތައް

Next
October 4, 2018

ހަޔާތުގެ ކުލަ ތައް

Previews
October 3, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 46

18 Comments!

  1. Sleeping Beauty says:
    October 4, 2018 at 5:47 am

    Alheyyy…haadha dhigu inthixaareh fahuga ey dhw…Waiting for next part…avahah up kurahchey…guess I’m the first

    1. Dhonthiii says:
      October 4, 2018 at 1:54 pm

      Yap ur first. Sorry ehaa dhigu inthizaareh kuruvunyma. Day after tommorrow up kohlaanan iraadha kurehvihyaa. ?

  2. Haapy?? says:
    October 4, 2018 at 7:17 am

    Haadha kurey. But it’s ok. All the best. Vv nice mi part vx. Whn next part????

    1. Dhonthiii says:
      October 4, 2018 at 1:56 pm

      Yah. Baivaru kudhin ehaa dhigu intixaareh kuraathyve avahah up kohlan hadhaagen kuru v. Sorry. Next part day after tommorrow ingey. And thankyou ???

    2. Dhonthiii says:
      October 4, 2018 at 1:57 pm

      Sorry all the readers. Ehaa dhigu inthizaarakah fahu up kohlevuneema. Hope u all like this part.. once again sorry….

  3. naash says:
    October 4, 2018 at 3:27 pm

    its okii lwbi lwbi dhonthiii…. mi part vx hama superb.. maasha allah.. may allah protect this amazing talent from evil eyes… luv ya?????????????❤❤❤❤❤❤❤❤❤❤❤❤❤❤❤??????????????????????????☺☺☺☺☺???????

    1. Dhonthiii says:
      October 4, 2018 at 4:13 pm

      Thankyou loabi loabi naash ?????????? kobaa tha hudher??

    2. naash says:
      October 4, 2018 at 4:36 pm

      eba ulheyy ebeyfulhaa vx?????

    3. Dhonthiii says:
      October 5, 2018 at 8:10 am

      Hehehe

  4. Lover says:
    October 4, 2018 at 4:48 pm

    So noice.. In my my life i didn’t read this much nice story….WOW!!Love u dhonthii

    1. Dhonthiii says:
      October 5, 2018 at 8:10 am

      Awwwww… Thankyou soooo much ??? luv yah tooo..

  5. Anonymous says:
    October 5, 2018 at 1:07 pm

    when next dear

    1. Dhonthiii says:
      October 5, 2018 at 2:38 pm

      Tommorrow ?

  6. Maayu says:
    October 5, 2018 at 9:56 pm

    Varah reethi mi story.. Alah kanneyge commenteh mi kohly bt v salhi ingey mi story… Good luck dhonthi..????❤❤

    1. Dhonthiii says:
      October 7, 2018 at 9:13 am

      Yap adi kiriyaa thi comment kohlee.. thanxs a lot maayu ????

  7. Maya says:
    October 6, 2018 at 12:24 pm

    Alhey maya ge one n only dhonthiii after a long time… ??????i missed u so much.. Thus part is amazing Mashaallah.. ???????????????????????nxt part avahah up kohdhehchey plyxx luv yuh….. Haadha inthixaareh kohfymey mi story ah… ?????????????????????

    1. Dhonthiii says:
      October 6, 2018 at 5:11 pm

      Thankyou maya ????? sorry dear ehaa dhigu inthizaareh kuruvunythy ??? thakyou inthizaaru kohdhinythy ves ???? luv yah ????? den nukuruvaanan ehaa dhigu inthixaareh ingey. Mihaaru kudakoh kiyaalaafa miulheny submit kohlan story ingey…

  8. Dhonthiii says:
    October 6, 2018 at 6:30 pm

    hi all. Vaahaka submit kohlaafin ingey ???

Comments are closed.

Next Episodeލޯތްބަކީ 17←


All Right Reserved!