Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 17

Dhonthiii Level 210 Stories100 Comments
October 7, 2018 3 Mins Read
14 Comments

* * * * * * * * * * *

މާޒް ގެޔަށްދިޔަ ގޮތަށްގޮސް ފުރަތަމަވެސް ބެލީ ސުމާ ކޮބާތޯއެވެ. ސުމާގެ އުޅެނީ ކޮޓަރީގާ ކަމުން އަވަސް އަވަހަށް ހައެއްކަފަހަރު ޓަކި ޖަހާލިއެވެ.

“ސާބަހޭ… ކިހިނެއްވެގެން ތިއުޅެނީ. މަށެއް އަދި ބީރެއްނުވެޔޭ.. ތިވަރަށް ނުތެޅިޔަސް މަނޫޅެން ދޮރުނުހުޅުވާކަށް.” ސުމާ ދޮރުހުޅުވާލިއިރު ކުރިމަތީހުރި މާޒްފެނި ސުމާގެ ދެބުމަގޮއްޖެހުނެވެ.

“އޭތް ދޮންގަނޑާ ތިޔެއްނޫނޭ. ހޮޓް ނިއުސްއެއް ހިފައިގެނޭމިއައީ. އަދިވެސް މަދެކެ ރުޅިއަންނާނެ. ވަރަށް ފޫހިވޭ.. ހިތަށްއަރައޭ ނުބުނާނަމޭވެސް. އެކަމަކުވެސް ބުނާނަން މަށަށް ކެއުމެއް ދޭމަތިން.” ސުމާގެ ސިނގުރުޅިއަކާހެދި އެއްވެސް އެއްޗެއް ނުލިބޭގޮތަށް އެގެނައި ހަބަރު ދޭކަށް މާޒް ބޭނުން ނުވުމުން ޝަރުތެއްވެސް ކަނޑައެޅީއެވެ. “ހޫން ދެން މާހާސަރު ދިގުކުރާނެކަމެއްނެތް. ބުނަންޏާ ބުނާންވީ.” އެ ވާހަކައެއް ކިތަންމެ އަޑުއަހަންބޭނުންވި ނަމަވެސް އަދިވެސް ސުމާ ބެލީ ސުމާގެ ކިބުރުވެރިކަންދެއްކޭތޯއެވެ.

“އެއްކަލަ ގޮލާއެބަހުރި ބިޓުގޮވައިގެންކަޓުވަން އެތާ އަތިރީގަ. މަދެންމެ އެތަނަށް ގޮސް ހުއްޓާ މަށަށްވެސް ފެނުނީ. ކިއުޓް ޗިކެއް ގޮވައިގެނޭ އޭނައުޅެނީ. އަސްލު ދޮންއަށް ވުރެ އެކުއްޖާ މާރީތި އެހެންވެ އެގޮލާ އެކުއްޖާ ފަހަތުން އެދިޔައީ ދޮން ހަޑި ކަމުން ހެހެހެހެހެ” މާޒްއަށް ފެނުން ކަންތައް ހޫނު ހަބަރެއްހެން ހޫނުކަންމަތީގޮސް ސުމާގެ ކަންފަތާހަމައަށް ފޯރުވީ ސުމާއަށް މަލާމަތްވެސް ކުރަމުންނެވެ.

“މަށަށް ކޮންމެހެން މަލާމަތްކުރާނެކަމެއްނެތް. ތިމާމީހާ ހުރި ސިފަ ބަލާބަލަ. ބޮލަށް ނޫޑްލީސް ތައްޓެއް ޖަހަފަހުރި ހިކަންޖެއްހެން ހީވަނީ. މާފޮނިނުވެ ތިބުނާ ތަނެއްދައްކަން ހިނގާ. މަބޭނުން ކޮންމެހެންވެސް ތިބުނާ ރީތީގެ ރާނީ ބަލަން.” ސުމާ ހުރީ އެކުއްޖަކު ބަލާހިތުން ކެއްމަދުވެފައެވެ. އެކުއްޖަކު އެނގިއްޖެއްޔާ ކުޅިދައްކާލާނަމޭ ހިތާ އަވަސް އަވަހަށް ގެއިން ނިކުންނަން ދިޔައީ މާޒްއަށް އެތަނެއް ދައްކަން އަންނަން އަތުގެ އިޝާރާތުން ގޮވުމަށްފަހުއެވެ.

“މިހިރީ ވިއްޔާ މީހުނާ ވާހަކަވެސް ދައްކާވައްތަރު. ހާދަ ފޫއްސެއްވެޔޭ. ތިމާމީހާ ވަރުގެ މީހެއް ނެތެގެން އުޅޭ އަންހިނެއް މިނޫނީ ނޫޅޭނެ. މަނަމަވެސް މިހާ ބޮޑާބެއަކަށް ވައިވެސް ނޭޅޭނަން.” އެ ހުރިހާ ރުޅިވެރިކަމެއްވީ މާޒްގެ ހިތުތެރޭގައެވެ. ސުމާދެކެ ކިތަންމެ ފޫހިވިޔަސް އެއްޗެއް ނުބުނެ އެހުރިހާކަމެއް ދުލުންބޭރުނުކޮށް ހިތުތެރޭ ފޮރުވާލީ ސުމާއަކީ އަނގައިން ދެރަނުވާނެ ކިބުރުވެރި އަންހެނެއްކަން އެނގޭތީއެވެ. އަވަސް އަވަހަށް ސުމާގެ ފަހަތުން ގެއިންނުކުތީ ކިރިޔާ ލަސްވިޔަސް އަނެއްފަހަރު ގޮވެލިފަތި ގޮވާނެކަން އެނގޭތީއެވެ..

ދިޔަ މަގުމަތީވެސް އެ އަނގަގަދަ މާޒްވެސް ހަމައެންމެ ބަހެއްވެސް ބޭރުކޮށްނުލާ އެހިސާބަށް ދިޔައީ ފޫހިކަމާއިއެކުއެވެ. ކުރިންވެސް މާޒް ގޮސް ހުރި އަނދިރިގަނޑަށް ވަނުމާއެކު ސުމާއަށް ބިރުންގޮސް މާޒްގެ އަތުގައި ބާރަކަށް ހިފާލެވުނެވެ.

“ހިތުން މާ ޓަފް މީހަކަށް ވެގަނެގެން އުޅެއެންނު. އެކަމަކު ފިނޑީ އަމަށަކު ވަރަކަށް ނޫން. ފީކަމުން ގޮސް ފީ ލަކުޑިގަނޑަކަށްވުރެވެސް ފީ ހެހެހެހެހެ” މާޒް ހިތަށްއެރި އެއްޗަކުން ކުޑަކޮށް ބޭރަށްވެސް އަޑުއިވޭގޮތަށް ހީގަނެވުނެވެ. ސުމާގެ ކަންފަތާ ހަމައަށް މާޒްގެ ހުނުމުގެ އަޑުއިވުމުން މީހާ ތަލައިން ދުންއަރާވަރަށް ރުޅިއަޔެއްކަމަކު އަނގައިން ނުބުނީ ދުރުގާ ހުރި އަޔާންއާއި އަޔާންގެ މޭމަތީ ބޯއަޅާގެން ހުރި ޝައިރާއަށް އަޑުއިވިދާނެތީއެވެ. ޝައިރާހުރީ ސުމާމެނަށް ފުރަގަސްވާގޮތަށްކަމުން ސުމާއަށް އަދިވެސް ޝައިރާ ފެންނަގޮތެއްނުވިއެވެ. ޝައިރާ އަޔާންގެ މޭމަތީ ބޯއަޅައިގެންހުރުމުން ސުމާގެ ލޭކެކިގަތީ އަމަށަކުވަރަކަށްނޫނެވެ. ސުމާ ދެކޭގޮތުގާ އަޔާންއަކީ ހަމައެކަނި ސުމާގެ މީހެކެވެ  ސުމާ ބޭނުން ގޮތެއް ހަދާން ހުރި ކުޅޭކުޅޭ އެއްޗެކެވެ.

ސުމާ އަޔާންގެ ކުރިމަތީ އިސްލާހުވެއްޖެކަމުގެ އެކްޓް ޖައްސާފާވުމާއިއެކު އެދެމީހުނަށް ފާރަލާން ސުމާމެން ތިބިކަމެއް އެއްގޮތަކަށްވެސް އެނގޭކަށް ސުމާ ބޭނުމެއްނޫނެވެ. އިރުކޮޅަކު އެގޮތަށް ތިބުމަށްފަހު އަޔާން އެތާ މޫދާވީދިމާލަށް އިނގިލި ދިއްކޮށްލާ އެދިމާލަށް ޝައިރާގޮވައިގެން ހިނގައިގަތްތަން ފެނުމުން ސުމާ ކަރުއެލޭގޮތްވިއެވެ. އެއީ އަޔާންމެން ގޮސް އިށީންތަން އަނދިރިވީމާ އަޔާންގެ ކައިރި ހުރީ ކޮންކުއްޖެއްކަން ނޭނގޭނެތީއެވެ. އަދި އެހިސާބަށް ދިޔައިރުވެސް އެއެންހެންކުއްޖާ ހިގަމުންދިޔައީ އަޔާންއާއި ދިމާލަށް އެނބުރެކަމުން ކުޑަކޮށްވެސް އެކުއްޖާގެ މޫނު ސުމާއަށް ފެންނަގޮތެއްނުވިއެވެ. އެކަމުންވެސު ސުމާގެ ރުޅިގަނޑު ދިޔައީ ހައްތާ ގަދަވަމުންނެވެ.

* * * * * * * * *

“ހިނގާ އެތާ އިށީންދެގެން ހަމަޖެހިލާގެން ވާހަކަދައްކާލަން ދޯ.” އެތާ ގޮނޑުދޮށަށް އިނގިލި ދިއްކޮށްލަމުން އަޔާން އެހެންބުނީ އެތާ ކޮއްޅަށް ހުރެހުރެ ފައިވާޅުވާތީއެވެ. ޝައިރާވެސް ބޯޖަހާލަމުން އެއްބަސްވީ ޝައިރާ ދައްކަން ބޭނުން ވާހަކައެއްވެސް އޮތުމާއިއެކުއެވެ.

“އަދިވެސް އެނގޭތަ ގަބޫލެއްނުކުރެވޭ ތީ އަޔާން ކަމެއް. އަޅެ ކީއްވެ ދޮގުހެދީ.” އެތާ ގޮނޑު ދޮށުގަ އިށީންނަން ދާންދެންވެސް އެސުވާލުގެ ޖަވާބު ބޭނުންވާވަރުން ޝައިރާއަށް ސުވާލު ނުކޮށެއް ނުހުރެވުނެވެ. އަދި އަޔާންގެ ޖަވާބެއްގެ އިންތިޒާރުގާ ހިނގަމުން ދިޔައީވެސް އަޔާންއާއި ދިމާލަށް ބަލަމުންނެވެ.

“އަސްލު ކޮންމެ ގޮތެއް ހަދާފަވެސް ޝައި ހޯދަން ބޭނުންވީ. ޝައި އަށް ވެސް އެނގޭނެ ކަންތައް ވީގޮތް. ޝައި އަބަދު ޔާންއާ ދިމާލަށް އެއްޗެހި ކީ ވައިބާރ އިން ޓެކްސްޓް ކުރިއިރު. ބައެއްފަހަރު ދެރަވެސް ވޭ. ދެން ޝައިގެ އެހުންނަ ބޯހަރު ކަމުން ޔާން ބުނީއެއްނު ދެން ޝައި އަމިއްލަޔަށް ވާހަކަ ނުދައްކަނިސް ނުދައްކާނަމޭ. އެވަރުންވެސް ޝައި ގޮތްދޫކުރިންތަ އޭ؟ އެކަމް ޔާން ބޭނުން ވީ ޝައި އާ ޓޯކް ކުރަން. އެހެންވެ ލިބުން ޗުއްޓީގަ އައީ ޝައި އާ ދިމާވަން. އެކަމް ޔާން ދޮގު ހަދާފަ ކޮބާ؟ ރައްޓެހިން ކިޔާ ނަން އެއީ ޔާން. ބުނީވެސް އަހުމަދު ޔާން އޭ ދޯ. ނަން ވެސް އޮޅުވައެއް ނުލަމެއްނުން. އެންމެ ފަހަރަކުވެސް ޝައި އެހިންތަ ތީ އަޔާން ހޭ؟ ނާހަމެއްނުން. ހަމައެކަނި ޔާން އިސްވެ މީ އަޔާން އޭ ނުބުނީމަ ޝައި ތިބުނަނީ ޔާން ދޮގުހެދީއޭ. އެކަމަކު އެންމެ ފުރަތަމަވެސް އައިސް މީ އަޔާން އޭ ބުނިނަމަ ޝައި އަޔާންއާއި ގުޅޭނަން ތަ؟” އަޔާން ބުނަން ބޭނުން ހުރިހާ އެއްޗެއް އެއްނޭވައިން ކިޔާ ނިންމާލީ އަވަސް ވީގޮތަކަށް އެދެމީހުންގެ ދެމެދުގަ އުފެދުން ގުޅުމަށް އެއްވެސް ބުރުލެއް އަރަން ނޭދޭތީއެވެ.

“ނޭނގެ؟ ދެން އަޅާނުލަމާ ދޯ. އެކަމަކު މިއަދުން ފެށިގެން އެއްވެސް ކަމެއްގަ ދޮގު ނުހަދައްޗޭ..” ޝައިރާ ދެން އިތުރަށް އެވާހަކަ ދައްކަން ބޭނުން ނުވީއެވެ.

“ހުމްމްމްމްމްމް… ސޯ ކޮބާ އަދިވެސް ޔާންއާ ރައްޓެހިވެއްޖީމޭ ނުބުނަމެއްނު” ޝައިރާ ވަގުތުން ލަދުންގޮސް އަޔާންގެ މޭމަތީ ބޮޑިއެއް އަޅާލިއެވެ. އެކަމަކު އަޔާން އެހެންބުނީ ހަގީގަތުގަވެސް ޝައިރާ އަދިވެސް ޖަވާބެއް ނުދޭތީއެވެ. “އަދި މިއަދު މިހާރުން ފެށިގެން ޔާންއާއި ރައްޓެހިވެއްޖީމޭ ކިޔާ އަންގާ އިއުލާންކުރާންޖެހޭތަ؟” ޝައިރާވެސް އަނގައިން ދެރަވާން ބޭނުންނުވީއެވެ.

“އަޅެ އެހެންޏާ ފަހެ. އެހެން ނުބުނިއްޔާ ޔާން ގަބޫލެއް ނުކުރާނަން ޝައި އަދިވެސް ޔާންއާއި ރައްޓެހި ވިކަމަކަށް.” މިފަހަރު އަޔާން އެގޮތަށް ކަންތައް ކުރީ ޝައިރާ ލަދުގަތީމާ އިތުރަށް ލަދުގަންނަވާލުމަށެވެ. “ދެން ޔާން ގަނޑާ. ހަނދާންކުރައްޗޭ މިކަމުގެ ބަދަލް ހިފާނަން އަދި.. މްމްމްމްމްމްމްމް އައިމް އޯލް ޔޯރސް.” ޝައިރާ ހީވަނީ ލަދުންގޮސް ދުވެ ފިލާފާނެހެންނެވެ.

ދެން ފެށުނީ ލޯބީގެ އެތައް ވައުދުތަކާއި އަހުދެއް ކުރާށެވެ. ދެމީހުން ވެސް އެކަކު އަނެކަކާއިއެކު އަބަދުވެސް ވާނަންކަމަށް ހުވާކުރަމުން ދިޔައީ ކުރިޔަށް ވެދާނެއެއްވެސް ކަމަކާއި ވިސްނާލުމެއްނެތިއެވެ. އުފާވެރި ދިރިއުޅުމެއް އުޅުމުގެ ހުވަފެންތައް ދެކެމުން އައީ އެ ހުވަފެންތައް ފުޑުފުޑު ވެދާނެކަމުގެ އެއްވެސް ފިކުރެއްވެސް ނެތިއެވެ.

ދެމީހުންގެވެސް ހިޔާލީފޮލާ ކައްކާނިމުނީ ޝައިރާގެ ފޯނު ރިންގުވަންފެށުމުންނެވެ. ގުޅަނީ ޝައިރާގެ މަންމަކަމުން ޝައިރާ އިހަށް ބަލާލީ ގަޑިއެވެ. އޭރު އެގާރަޖަހަން ފައިކުރުކޮށްފިއެވެ. އަވަސް އަވަހަށް އަޔާންގާތު ދަނީ ކަމަށް ބުނެ ގެޔާދިމާލަށް ދުއްވައިގަތީ އަޔާން ގޮވަގޮވާ ހުއްޓައެވެ. ކޮންމެއަކަސް އެރޭގެ އެބައްދަލުވުން ނިމިގެން ދިޔައީ ލޯބިވެރިންގެ ލިސްޓަށް އަޔާންއާއި ޝައިރާގެ ނަން ރަންއަކުރުނު ލިޔެވެމުންނެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

ހުވަފެނުގެ ރާނީ 1

Next

ނޭދެން ވަކިވާކަށް (ހަވަނަބައި)

Next
October 7, 2018

ނޭދެން ވަކިވާކަށް (ހަވަނަބައި)

Previews
October 6, 2018

ހުވަފެނުގެ ރާނީ 1

14 Comments!

  1. Nash says:
    October 7, 2018 at 7:39 am

    Nice story, when next part?

    1. Dhonthiii says:
      October 10, 2018 at 12:55 pm

      Thanxs…. submit kohlaafin next part ??

  2. Sara says:
    October 7, 2018 at 1:11 pm

    Haadha las v . When next part

    1. Dhonthiii says:
      October 10, 2018 at 12:56 pm

      Sorry lasvaathy. Next part submit kohlaafin… ??

  3. Maya says:
    October 7, 2018 at 4:05 pm

    Alhe haadha haadha kurey dhonthiii…… ???????????bt vv reethi alhey anehkaa ves shai ah dhera gotheh vany thr.. First kurin rahtehi vi boy.. Mihaaru e suma gandu… Bt anyvay vv habeys…. ???????????????

    1. Dhonthiii says:
      October 10, 2018 at 12:59 pm

      Sorry ehaa kuruveema. Thankyou ??? kiyaalamaa dhw shai ah dhera goteh vanythoa dhw… thankyou sooo much ????? Next part submit kohlaafin… ??

  4. Maayu says:
    October 7, 2018 at 5:15 pm

    Dhonthiii.. Mi part vs varah reethi ingey… Cant wait to read the other parts… Alah kanneyge comment mi kohlee bt story kiyan frm the first day…. Good luck.. ly❤❤❤❤????

    1. Dhonthiii says:
      October 14, 2018 at 8:32 am

      Nuney kurin dhuvahehga ves maayu comment kohleemehnun. Thanxs alot maayu ??????????

  5. No Name says:
    October 7, 2018 at 6:31 pm

    Maasha Allah varah varah reethi story…next part up kohdheeba dhonthi…waiting for next part… :-*

    1. Dhonthiii says:
      October 10, 2018 at 1:01 pm

      thankyou sooo much ??? next part submit kohlaafa vee ingey.. wait kohlaahchey ??

  6. Lammu says:
    October 8, 2018 at 11:19 am

    Haaadha las vefa kureyyyy???

    1. Dhonthiii says:
      October 10, 2018 at 1:02 pm

      Sorry ehaa lasvefa kuruvaathy… dhonthiii ah vaguthu vaa varun liyeveny ?

  7. Aish says:
    October 9, 2018 at 10:58 am

    When next part……btw v nice

    1. Dhonthiii says:
      October 10, 2018 at 1:03 pm

      Next part submit kohlaafin ingey… thankyou ??

Comments are closed.

Next Episodeލޯތްބަކީ 18←


All Right Reserved!