Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ބުނާށެ ލޯބި ނުވަނީހޭ 06

Blackpearl Level 210 Stories100 Comments100 Login
September 20, 2018 7 Mins Read
22 Comments

އައިރާ ރޮމުން ދިން ހަބަރަކުން ޔާނާއަށް ތެޅިގަނެވުނެވެ. ދުވެފައި ކަހަލަ ގޮތަކުށް ގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. އިރުކޮޅަކުން ނިކުތީ ނިދަންލައިގެއި ހުރި އެއްޗެހި ބަދަލުކޮއްގެންނެވެ. ދެމީހުން އެކީގައި ނިކުމެ ބެލީ ޓެކްސީއެއް ލިބޭތޯއެވެ. ލަސްވާތީ ޔާނާ ގެޔަށްވަދެ ޝަރްވާން ކައިރީގައި ޑްރޮޕެއް ދިނުމައް އެދުނެވެ. ޝައުންވެސް އެމީހުންނާއި އެކު ދާންބޭނުންވި ނަމަވެސް ރާއްކޮ އެކަނި ގޭގައި ބާއްވަން ޖެހޭތީ އޭނާ މަޑުކުރީ ރާޔާ ކައިރީގައެވެ.

“މިތަނަށް އަހަރެންގެ މަންމަ ގެނެސްފިއޭ ބުނީމަ.. ކޭން އައި ސީ ހާރ ޕްލީޒް ..”  ކައުންޓަރު ދޮށަށް ހުއްޓި ޔާނާ އަވަސް އަވަހަށް ވާހަކަދެއްކިއެވެ.

” ކޮން ނަމެއްތޯ ކިޔަނީ ޕޭސަންޓަށް..” ކައުންޓަރުގައި އިން އަންހެން ކުއްޖަކު އަހައިލިއެވެ. ޔާނާ އޭނާގެ މަންމަގެ ނަން ބުނުމުން އެކްސިޑެންޓު ވެގެން ގެނައި ޕޭސަންޓް ދޯ އޭ ބުނެލިއެވެ.

” މަންމަ ފެނިދާނެތަ..” އައިރާ އަހައިލިއެވެ.

” ޕޭސަންޓް ސުޓޭބަލް ވަންދެން މަޑުކޮއްލަންވީނު.. ޑޮކްޓަރ އަދިވެސް ބަލަމުން އެދަނީ.. އަދިވެސް ހެޔެއް ނާރާ..” ކައުންޓަރުގައި އިން އެހެން ކުއްޖަކު ބުނެލިއެވެ. އަދި ޔަސީރާ އޮތް ތަނެއް ބުނުމައްފަހު އެތާގައި ގޮސް މަޑުކޮއްލުމައް ބުންޏެވެ.

**************************

ޔަސީރާ ފެންނާނެ އިރެއްގެ އިންތިޒާރުގައި ރައިހާންއާއި ރާދިން ތިބީ އެމެޖެންސީބައިގެ ބޭރުގައި ބަހައްޓައިފައި ހުރި ގޮނޑިބަރީގައެވެ. ޔާނާއާއި އައިރާ އެތަނަށް އައީ އެދެމީހުން އެތާގައި ތިއްބައެވެ. އައިރާ ރައިހާން ކައިރީގައި އިން ގޮނޑީގައި އިށީންއިރު ޔާނާ މަޑުކޮއްލީ އެމީހުންނަށްވުރެ ތަންކޮޅެއް ދުރުގައިއެވެ. އޭނާ އިނީ އެތާ ފާރުގައި ލެނގިލައިގެން ކޮޅަށެވެ. ޔާނާ ރާދިންއާއި ދިމާއަށް ބަލައިވެސް ނުލައެވެ. ޔާނާގެ އެހިތްހަރު ގޮތް ފެނި ރާދިންގެ ހިތަށް ތަދުވިއެވެ. ޔާނާ ހަމަ އޭނަ ދެކެ އެއްވެސް ވަރަކަށް ލޯބިނުވަނީ ހެއްޔެވެ.

“ކިހިނެއް މަންމަ އެކްސިޑެންޓްވީ..” އައިރާ ސުވާލުކުރީ ރައިހާނާއިއެވެ.

” ޕޮލިހުން ބުނީ ސައިކަލު ދުންވަންހުރި ކުއްޖާ ހުރީ ޑުރަގް ޔޫސްކޮއްގެން މަސްތުވެފައި ކަމަށް.. ޔަސީރާވެސް ބަލައިނުލައި ހިނގާފަ ދިޔައިމަ ކަމަށް މިހެންމިވީ..” ރައިހާން ކިޔައިދިނެވެ. ރައިހާންގެ ވާހަކަތައް ޔާނާއަށްވެސް އަޑުއިވުނެވެ. މަންމައަށް އެހެން ދިމާވީ އޭނާއާއި ހެދިއޭ ހިތައްއަރައި އަމިއްލަ ނަފްސު ކުއްވެރިކޮއްލެވުނެވެ. އެގެއިން ޔަސީރާ ނިކުތީ ވަރަށް ދެރަވެ ރޮމުންނެވެ. އެކްސިޑެންޓްވީ ގެޔަށް ދިޔަ މަގުމަތީގައެވެ.

ކަޅިޖަހާ ނުލައި ޔާނާއަށް ބަލަން އިން ރާދިން ޔާނާގެ ދެލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެދެން ދާން ބޭނުންވިއެވެ. އެންމެ ލޯބިވާ މީހާ އެގޮތަށް ރުއިމަކީ އެއްވެސް މީހަކަށް ކެތްވާނޭކަމެއްނޫނެވެ.މާޒީގައި ވެދިޔަ ކަމެއް މިވަގުތަށް އެއްފަރާތް ކޮއްލުމައްފަހު ޔާނާއަށް ހިތްވަރުލައިދޭން ދާން އުޅުނު ރާދިން ހުއްޓުނީ ޔާނާގެ ފަހަތުން ޝަރްވާން އަންނަތަން ފެނުމުންނެވެ.

” ޔަންނު ފޯނު ކާރުގައި ބާއްވާފަ ތިއައީ.. އެހެންވެ މިހަވާލު ކޮއްލަން ވެގެން މިއައީ..” ޔާނާގެ ކައިރީގައި މަޑުކޮއްލަމުން ޝަރްވާން ބުނެލިއެވެ. ޔާނާ އިސްއުފުލާލައިފައި ފޯނު ނަގަމުން ޝުކުރުއަދާކުރިއެވެ. ” ޔަންނު.. ޑޯންޓް ކުރައި ޕްލީޒް.. އިރާދަކުރެއްވިއްޔާ މަންމައަށް ދެރަގޮތެއް ނުވާނެ..” ޔާނާ ރޮނީކަން އެނގުމުން ޝަރްވާން ބުނެލިއެވެ.

” އިޓްސް އޯލް މައި ފޯލްޓް ވާން.. އަހަރެންގެ ސަބަބުން މަންމައަށް މިހެން މިވީ.. މަންމަ ބުނިހެން އަހަންނަކަށް ރަގަނޅު ދަރިއަކަށް ނުވެވުނު.. އަހަންނަށް މަންމައާއި ދޭތެރޭ ރަގަނޅަށް ވިސްނާލެވުނުނަމަ މިހެނެއްނުވީސް ކަންނޭންގެ..” ގިސްލަމުން ޔާނާ ވާހަކަދެއްކިއެވެ. ޝަރްވާން އިތުރަށް ޔާނާއާއި ކައިރިވެލައިފައި އެނާގެ ދެއަތުން ޔާނާގެ މޫނުގައި ހިފައިލިއެވެ. އަދި ވަރަށް ލޯބިން ކަރުނަތައް ފުހެލަދެމުން ނުރޯށޭ ބުނެލިއެވެ.

އެމަންޒަރުބަލަން އިން ރާދިންއަށް އަތް މުއްކައްވައިލެވުނެވެ. އެހެން މީހަކު ޔާނާ ގައިގައި އަތްލާތަން ބަލަން ހުންނާކަށް އޭނާއަކަށް ކެތެއްނުކުރެވޭނެއެވެ. ރައިހާން ކައިރީގައި ކޮފީއެއް ބޮއެލައިގެން އެބަ އަންނަމޭ ބުނެފައި އޭނާ ބެލީ އަވަހަށް އެތަނުން ދުރަށް ދެވޭތޯއެވެ.

ރާދިން ދިޔަތާ އިރުކޮޅެއްވެސް ނުވަނީސް ޔަސީރާ ބަލަމުންއައި ޑޮކްޓަރު ނިކުތެވެ. ޔާނާ މަންމަ ކިހިނެއްހޭ އަހައިލިއެވެ. ” ވައަތު ފައިގެ ކުޑަހުޅާ ދިމާލުން ފްރަކްޗަރ ވެފައި ހުރީ. ނަސީބަކުން ބޮލަށް އެއްވެސް ގެއްލުމެއް ލިބިފައެއްނެތް.. ބޭރުން ދުޅަވެފައި ހުއްޓަސް ޑޯންޓް ވޮރީ.. ދެން ދުވަސްކޮޅަކު އެހާވަރަށް ނުހިނގައި ރެސްޓްކޮއްލަނިކޮއް ރަގަނޅުވާނެ..” ޑޮކްޓަރު ކިޔައިދިނެވެ. ” މިރޭ މިކޮޅުގައި ބާއްވާލާފަ މާދަމާ ގެޔަށް ގެންދިޔަން މައްސަލައެއްނެތް.. ” ޑޮކްޓަރުގެ ވާހަކަތަކުން އެންމެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

ރާދިން ކެންޓީނަށް ގޮސް ކޮފީއެއް ގަނެލައިގެން ނިކުތްތަނުން އަންހެން ކުއްޖެއްގެ ގައިގައިޖެހި ކޮފީތަށި އެއަންހެން ކުއްޖާގެ ގަޔަށް ބަންޑުންވިއެވެ. ފާޑަކަށް އެކުއްޖާއާއި ދިމާއަށް ލޯ އަޅައިލައިފައި އެތަނުން ދާން ހިނގައިގަތީ މާފައްވެސް ނޭދިއެވެ.

” އޯ ހެލޯ މިސްޓަރު.. އަހަރެންގެ މުޅި ހެދުން ހަރާބުކޮއްފައި އެންމެ ކުޑަމިނުން ސޮރީއޭ ބުނެލަބަަލަ ދޯ..” އެއަންހެން ކުއްޖާ އެހެން ބުނުމުން ރާދިން އެކުއްޖާއާއި ވީފަރާތަށް އެނބުރިލިއެވެ. ” އައި ތިންކް އައި ނޯ ޔޫ.. ” އެއަންހެން ކުއްޖާ އެހެން ބުނުމުން ރާދިން ދެބުމަ ހިއްލައިލިއެވެ. ” ތީ ރާދިން ދޯ.. އަހަރެން ބޭނުން ރާދިންއާއި ވާހަކައެއް ދައްކާލަން.. ވަރަށް ދުވަސްވެއްޖެ ރާދިންއާއި ބައްދަލުކޮއްލަން ބޭނުންވެފައި ހުންނަތާ.. ”

” އަހަރެން ނުދަންނަ މީހުންނާއި ވާހަކަ ދައްކައެއް ނޫޅެން.. އަހަންނާއި ދައްކަން ޖެހޭ ވާހަކައެއް އޮންނާނެ ކަމަށް ގަބޫލެއް ނުކުރެވޭ.. ތިހެދުމުގެ އަގު ބުނޭ.. އަހަރެން އަގު ދޭނަން..” ރާދިން ބުނެލިއެވެ.

” ޓުރަސްޓް މީ އަހަރެން ދައްކާ ވާހަކަ އަޑު އަހައިގެން ރާދިންއަށް ގެއްލުމެއް ނުވާނެ.. އިޓްސް އެބައުޓް ޔުއާރ އެކްސް ވައިފް..” އޭނަ ދައްކަން ބޭނުންވާ ވާހަކައެއް އަޑުއެހަން ރާދިން ބޭނުންވީ ޔާނާގެ ވާހަކައެކޭ ބުނީމައެވެ. ކެންޓީނުގައި އިން މޭޒެއްގެ ދޮށުގައި ދެމީހުން އިށީނެވެ. ރާދިން ވާހަކަ ކުރިޔަށް ގެންދިޔުމަށް ބުންޏެވެ.

” މެރީ މީ ރާދިން..” އެއަންހެން ކުއްޖާ އެހެން ބުނުމުން ރާދިން ކީކޭހޭ އަހައިލެވުނީ ގަބޫލުނުކުރެވިގެންނެވެ.

” ވައި ނޮޓް ރާދިން.. ޔާނާއާއި ޝަރްވާންއަށް އެކަނިތަ ހެޕީކޮއް އުޅެވޭނީ.. މޭބީ އަހަރެން ރާދިންއާއި މެރީ ކުރަން އުޅެފިއްޔާ ވާން ޖެލަސްވެދާނެ.. އައި ވޯންޓް ހިމް ބެކް.. އަހަރެން ރާއްޖެ މިއައީވެސް ވާން ހޯދަން.. ވަރަށް ދުވަސްވެއްޖެ ވާންއަށް އަހަރެން ފާރަލާތާ.. ވަރަށް ގިނައިން ޔާނާއާއި ދެމީހުން ފެނޭ.. އެދެމީހުންގެ ކުއްޖެއްވެސް ހުރޭ ދޯ.. އައި ސްޓިލް ކާންޓް ބިލީވް އިޓް.. ”

” އައި ވޯންޓް ހިމް ބެކް އޭ.. އެކަމް އަހަރެން ކައިރީ އިންނަން ތިއަހަނީ.. ޝަރްވާން ބޭނުމިއްޔާ އަމިއްލައަށް އޭނާ ހޯދާ.. އަހަރެން ނޫޅެން އެދެމީހުން ދޭތެރެއަށް ވަންނާކަށް..” ރާދިން ބުނެލިއެވެ.

” ޕްލީޒް ހެލްޕް މީ ރާދިން.. އަހަރެންގެ އެއްވެސް ކުށެށްނެތި ވާން އަހަރެން ދޫކޮއްލީ.. 3 އަހަރު ރައްޓެހިވެގެން އުޅެފަ އެއްދުވަހު ބުނަނީ އެހެން ކުއްޖަކު ދެކެ ލޯބިވެވިއްޖޭ.. އޭރު ހީޔެއް ނުކުރަން ޔާނާ ކަމަކަށް.. އަހަންނަށް އެނގިގެން ވާންއަށް ޔާނާ ފެނުނީވެސް އެންމެ ދުވަހަކު.. އެވެސް ތިދެމީހުންގެ ކައިވެނި ޕާޓީން.. އަހަރެންވެސް ދިޔައިން ރާދިންގެ ކައިވެނި ޕާޓީއަށް.. ވާން އަހަންނާއި ރުޅިވީ އޭގެ ދެތިން ދުވަސް ފަހުން.. އޭރު ހަމަ އެއްގޮަތަކަށްވެސް ހީޔެއްނުކުރަން އެގާރލް ޔާނާއަށް ވެދާނެ ކަމަކަށް.. ޔާނާއާއި ވާން އެއްކޮއް ފެނުނީމަ އައި ވޯޒް ސޮކްޑް.. ” އެކުއްޖާ ކިޔައިދިނެވެ.

” ވަޓް.. ތީގެ މާނައަކީ ޝަރްވާން ޔާނާދެކެ ލޯބިވާން ފެށީ އަހަރެންގެ އަންބެއްގެ ގޮތުގައި ހުއްޓައޭ.. އަނެއްކާ އެދެމީހުން ވާހަކަ ދައްކަން ފެށީބާ އެރޭގެ ފަހުން.. ސިޓް ޔާނާ އަހަރެން ކައިރިން ވަރިވީ ޝަރްވާންއާއި އިންނަން ކަމަށް ވާނީ.. ބިޗް.. މިހުރިހާ ދުވަހު އަހަރެން އަމިއްލަ ނަފްސާއި ސުވާލު މިކުރަނީ އަހަންނަށް ކޮން ކުށެއްބާއޭ ކުރެވުނީ.. ބޭވަފާތެރިޔާ.. އަހަރެން ގުޅާނަން.. އައި ތިންކް އިޓްސް ޓައިމް ފޯރ މީ ޓު ގެޓް މެރިޓް..” ރާދިން އެހެން ބުނުމުން އެކުއްޖާ އޭނާގެ ނަންބަރު ކިޔައިދިނެވެ.

” އަހަރެންގެ ނަމެއްވެސް ނާހަމެއްނު އަދި..” ރާދިން ގޮނޑިން ތެދުވެ ދާން ހިނގައިގަތުމުން އަންހެން ކުއްޖާ ބުނެލިއެވެ. ރާދިން ބުނީ ނަން މުހިއްމު ނޫން ކަމަށެވެ. ” މަލްކާ.. އަހަރެންގެ ނަމަކީ މަލްކާ..” އޯކޭ އޭ ބުނެފައި ރާދިން ކެންޓީން އިން ނިކުމެގެން ދިޔައެވެ.

” ވާންއަށް ވުރެ ރީތި ނޫނަކަސް ރާދިންވެސް ހަޑިއެއްނޫން.. ޕްލަސް ހީ އިޒް ރިޗް.. ކޮންމެސް އެކަކު ލިބޭނެ ކަމަށް ބަލަމާ މަލްކާ.. ” ރާދިން ދިޔަ ދިމާއަށް ބަލަން އިން މަލްކާ ބުނެލިއެވެ.

އެންމެން ޔަސީރާ ކައިރިއަށް ވަތް އިރުވެސް ޔާނާ ހުރީ ބޭރުގައިއެވެ. ޔަސީރާ ކުރިމައްޗައް އަރާކަށް އޭނާއަކަށް ނުކެރޭނެއެވެ. ” ޔަންނު މަންމަ އެބަ ގޮވާ ޔަންނުއަށް.. ޕްލީޒް.. މަންމަ އިތުރަށް ދެރަ ނުކޮއްބަލަ..” އައިރާ ޔަސީރާ އޮތް ކޮޓަރިން ނިކުމެލާފައި ބުންޏެވެ. އައިރާ ވަރަށް އާދޭސް ކުރުމުން ޔާނާގޮސް އެކޮޓަރިއަށް ވަނެވެ. އޭރު އަސީރާ ކައިރީގައި އޭނާގެ ދޮންބައްޕަ ރައިހާން އިނެވެ. ޔާނާ ވަނުމުން ޔަސީރާ އެދެމައިން އެކަނި ވާހަކައެއް ދައްކާލަން ބޭނުންކަމަށް ބުނުމުން ރައިހާން ބޭރަށް ނިކުތެވެ. ޔަސީރާ ޔާނާ ގާތުގައި އޭނާގެ ކައިރިއަށް އައުމައް ބުނެލިއެވެ. ކުޑަކުއްޖެއްހެން ގޮސް މަންމަ ގައިގައި ޔާނާ ބައްދައިލިއެވެ. އެއައްފަހު ވަރަށް ބާރަށް ރޮއެގަތެވެ. ސޮރީއޭ ކިޔަމުންނެވެ.

” ނުރޮއި ދަރިފުޅާ މަންމަ އެގަޑީ ދެރަވެފައިހުރި ވަރުން މާގަދަޔަށް އެއްޗެހި ކިޔުނީ.. ދެން އެކަމް މަންމަ ދޫކޮއްލައިފައި އެގޮތައް ފިލައިގެން ނުދައްޗޭ ޕްލީޒް..މަންމަގެ ހިތްހުއްޓިދާނެ.. ޔާނާއާއި ނުލައި މަންމަ ކިހިނެއް ދުނިޔޭގައި ހުންނާނީ.. ދެން އެގޮތަށް ކަންތައް ނުކުރައްޗޭ އިނގޭ..” ޔާނާ ބޮލުގައި ފިރުމަމުން ޔަސީރާ ވާހަކަ ދެއްކިއެވެ. ދެމައިން އެތަށް އިރެއްވަންދެން އެގޮތަށް ތިބެ ރުއެވެ. ރާދިން ޔަސީރާއި ބައްދަލުކޮއްލަންވެސް ނުވަދުނީ ޔާނާ އެތަނުގައި ހުރީމައެވެ.

އެރޭ ޔަސީރާ ގާތުގައި މަޑުކުރީ ރައިހާންއެވެ. އައިރާއާއި ޔާނާ ގެޔަށް ދިޔައީ ޔަސީރާ ވަަރަށް ކިޔުމުންނެވެ.

********************************

” ގުޑް މޯނިންގް..” ރާޔާ ސުކޫލަށް ލައިފައި ގެޔަށް އައިސްވަތް ޔާނާ ބުނެލިއެވެ. އޭރު އައިރާ ކޮފީ ޖޯޑެއް ހިފައިގެން ސޯފާގައި އިނެވެ. ޔާނާގޮސް ސޯފާގައި އިށީނުމުން މަންމަ ކައިރިއަށް ގޮސްލަންވާނެއޭ ބުނެލިއެވެ.

” އަހަރެން.. އެގެޔަށް ދާންވީ.. އެރާދިންގެ ގެޔަކަށް އަހަންނެއް ނުވަންނާނަން.. ” ޔާނާ ވަގުތުން ނޫނެކޭ ބުނެލިއެވެ.

” އަދިވެސް ގޮތް ދޫނުކުރާތި..މަންމަ ރަގަނޅުވަންދެން އެގެޔަށް ދާންޖެހޭނެ އެއްނު.. ޔާނާ އެގެޔަށް ދާނީކީ ކުރީގެ ފިރިމީހާގެ ގެކަމަށް ދެކިގެންނެއް ނޫނޭ ބަލަ.. ޔާނާދާނީ އެއީ ޔާނާ މަންމަގެ ގެ ކަަމަށް ބަލައިގެން މަންމަ ކައިރިއަށް.. އެހެންނޫނަސް ރާދިން މިގަަޑީ ގޭގައި ނުވެސް އުޅޭނެއެއްނު..” އައިރާ އެހެން ބުނުމުން ޔާނާ ޔަސީރާ ގާތަށް ދާން އެއްބަސްވިއެވެ.

” ރުޅިނާންތަ މަތިން ވާހަކައެއް ބުނަންތަ..” އައިރާ އަހައިލިއެވެ. ޔާނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ.

” އަހަންނަށް ހަމަ ޔަގީން ރާދް އަދިވެސް ޔަންނުދެކެ ލޯބިވާކަން.. ވާން ޔަންނު ކައިރީ ހުރިއިރު އެމޫނުމަތީގެ ކުލަވަރުތައް ބަލާފައި އަހަންނަށް ޔަގީންވެއްޖެ އެކަން.. ”

” އެހެންވެއޭ އަހަރެން ބުނީ އިރާ ކައިރީ ރާދިންއަކީ ވަރަށް މޮޅު އެކްޓަރެކޭ.. ރޭގަވެސް މީހުންނަށް ދެއްކެންކަމަށް އެވާނީ.. ލޯބިވާތީއެއްނޫން އެއީކީ..” ޔާނާ އެހެން ބުނީ ހިތްހަމަނުޖެހިފައި ހުރެއެވެ.

” ޔަންނު ޕްލީޒް އަހަންނަށް ހުރިހާ ވާހަކައެއް ކިޔާދީބަލަ.. ޔަންނު ރާދް ލޯބިނުވެޔޭ ބުނާ ސަބަބު އެނގެން އަހަރެން ބޭނުން..” އައިރާ އަނެއްކާ އެވާހަކަ ކިޔައިދިނުމައް އެދުނެވެ.

” އަހަންނަކަށްވެސް އަސްލު ނޭންގެ ރާދިން އަހަރެންދެކެ ލޯބިވެއޭ ކިޔައި އޮޅުވާލީ ކަމެއް ކުރިޔަކު.. އެހާވެސް އޭނަގެ އެކްޓިން މޮޅު..އެކަމަކު އަހަރުމެން ކައިވެނިކުރި ރޭ ކަންތައް ވީގޮތާއިމެދު ވިސްނާލީމަ ފަހުން އެނގުނު އެހެން ކަންތައް ކުރީ ލޯބިނުވާތީކަން.. ޕްލަސް އައި ހޭވް ޕުރޫފް.. ރާދިންއަށް އަހަރެންދެކެ ލޯބިވެވުނީ ކުއްލިއަކަށް.. އޭގެ ކުރިން އޭނަ އަހަރެންދެކެ ކިހާ ރުޅިއެއް އަރާ.. އަސްލު ލޯބިވެވުނީއެއް ނޫން.. އަހަރެން އޭނަ ދެކެ ލޯބިވީމަ ދޫކޮއްލުން އޭނަގެ ޕުލޭންއަކީ.. ވަރަށް މޮޅު ޕުލޭންއެއް ދޯ..ހެހެ” ޔާނާ ބުނެލިއެވެ. ޔާނާ ކައިވެނީގެ ފަހުން ކަންތައްވީ ގޮތް ކިޔައިދޭން ފެށިއެވެ.

މާޒީ

އެންމެ ލޯބިވާ މީހާއާއި ކައިވެނި ކުރެވުމުން ޔާނާ ހުރީ އުފަލުން ފޮޅިފައެވެ. އެމޫނުގައިވާ ހިނިތުންވުން އެންމެ ސިކުންތަކަށްވެސް ފިލައިގެނެއްނުދެއެވެ. ކައިވެނި ޕާޓީ ނިންމައިފައި ދެމަފިރިން އެކުގައި ދިޔައީ ހޮޓެލް ޖެންއަށެވެ. ކައިވެނީގެ ފުރަތަމަ ރެޔަކީ ކޮންމެ މީހަކަށްވެސް ވަރަށް ހާއްސަ ރެޔެކެވެ. އެހާއްސަ ރޭ ހޭދަކޮއްލަން ޔާނާ ބޭނުންވީ ހޮޓެލް ޖެންގައެވެ. އިތުރު މީހަކަށް އެމީހުންނަށް އުދަނގޫ ނުކުރެވޭނެއޭ ހިތާއެވެ.

” ގޯޑް.. ތިން ގަޑިއިރު ކޮޅަށް ހުންނަން ޖެހުނީމަ މުޅިން ވަރުބަލިވެއްޖެ..” އެމީހުންނަށް ތައްޔާރު ކުރެވިފައިވާ ކޮޓަރިއަށް ވަތް ގޮތަށް ޔާނާ ބުނެލިއެވެ. ރާދިން ހިނިގަނޑެއް ޖަހައިލައިފައި އައިސް ޔާނާ ގައިގައި ބައްދައިލިއެވެ. ” އެހާ ގިނައިރު އެތާގައި ހުރީމަ މުޅިން ދާހިތްލައިފައި.. އަހަރެން އަންނާން އިނގޭ ފެންވަރައިލައިގެން.. އޯކޭތަ މައި ޑިއާރ ހަޒްބެންޑް..” ރާދިންއާއި ކުޑަކޮއް ދުރުވެލަމުން ޔާނާ ބުނެލިއެވެ.

” އޯކޭ.. އައި ވިލް ބީ ވެއިޓިންގް.. އަވަސްކޮއްލައްޗޭ އިނގޭ..” ރާދިން އެހެން ބުނުމުން ޔާނާ އެމީހުން ގެނައި ދަބަހުން ނިދާންލާ ހެދުން ނަގައިގެން ގޮސް ފާހާނާއަށް ވަނެވެ. ރާދިން ބުނިހެން އަވަސްކޮއްލައިގެން ނިކުތް އިރު ކޮޓަރީގައި ރާދިންއެއް ނެތެވެ.
ޔާނާ ރާދިންއަށް ގުޅުމުން ފޯނެއް ނުނަގައެވެ. އެތައް ފަހަރަކު ގުޅިއެވެ. ރާދިންގެ އިންތިޒާރުގައި އިން ޔާނާއަށް ނިދުނު އިރެއްވެސް ނޭންގެއެވެ.

ހެނދުނު ހޭލިއިރު އެނދުގެ އަނެއް ފަރާތުގައި ނިދާފައި އޮތް ރާދިން ފެނުމުން ފެނުމުން ޔާނާ ރާދިންއަށް ގޮވައިލިއެވެ.

” ކޮންތާކަށް ރޭގަ ދިޔައީ.. ކޮން އިރަކު އައީ.. ކީއްވެ އަހަންނަށް ނުގޮވީ. ނޭންގޭތަ އަހަރެން އިންތިޒާރުގައި ހުންނާނެ ކަމެއް..” ޔާނާ ޝަކުވާކޮއްލިއެވެ.

” ބޭބީ ފެންވަރަން ވަދުނީމަ އަހަރެން ފޫހިވެގެން ބޭރަށް ނިކުމެލީ.. ބޭބީ ފެންވަރާހާއިރު ކޮއްފަ އަހަރެން އައިއިރު ނިދިފަ އޮތީމަ ނުގޮވީ.. ނިދާފަ އޮތްލެއް ކިއުޓްކަމުން.. ” ޔާނާގެ ނޭފަތުގައި ހިފައިލަމުން ރާދިން ބުނެލިއެވެ.

” ދޮގު.. އަހަރެން ނިދީކީ ފެންވަރައިގެން އައި ގޮތަކަށްނޫން..ވަރަށް ގިނައިރު ނުނިދާ ހުރިން.. އެހާ ވަރަށް ގުޅިއިރުވެސް ފޯނު ނަގަން ނޭންގެނީ.. ނޭންގޭތަ އަހަރުމެންގެ ކައިވެނީގެ ރޭ ކަމެއް..”

” ސޮރީ..ބޭރުގައި ހުއްޓަ ރައްޓެއްސަކާއި ދިމާވެގެން ވާހަކައިގައި ތިބެވުނީ.. އަހަންނަކަށް ނޭންގެ އޭނަ މާލޭގައި ހުރިކަމެއް.. އެހެންވެ އޭނައަށް ދައުވަތު ނުދެވުނީ.. އޭނައަށް ކުޑަ ކެއުމެއް ދީފަ އައީ.. ސޮރީ ބޭބީ.. ” ރާދިން ބުނެލިއެވެ. ޔާނާ އިޓްސް އޯކޭއޭ ބުނެލިއެވެ.

” ހޫމް ކައިވެނީގެ ރޭ މިސްވީ ދޯ.. ޔާނާއާއި އެކީ ހޭދަކުރާ ހުރިހާ ރެޔެއް އަހަންނަށް ހާއްސަވާނެ އިނގޭ.. ދެން ރޭގެ ބައި މިގަޑީ ޖެއްސިދާނެ..” ޔާނާއާއި ކައިރިވަމުން ރާދިން ބުނެލިއެވެ. ޔާނާއަށް ރާދިން ބުނިއެއްޗެއް ނަގައިގަނެވުމުން އިން ތަނުން ތެދުވިއެވެ.

” ދެން ނޫޅެން.. މަންމަމެން މިހާރު އުޅޭނެ ލަސްވެގެން.. ހެނދުނުގެ ނާސްތާ އެންމެން އެކުގައި ކުރަން އެއްބަސް ވެގެނެއްނު އައީ.. ހިނގާ ގެޔަށް ދާން..” ޔާނާ ބުނެލިއެވެ. ރާދިން އަވަހަށް ރެޑީވުމަށް ބުނެފައި ގޮސްވަނީ ފާހާނައަށެވެ.

އެދުވަހު ހަވީރު ދެމަފިރިން ހަނީމޫނައް ސުވިޒަލެންޑަށް ދާން ފުރިއެވެ. ހަފްތާއެއް އެކޮޅުގައި ހޭދަކޮއްފައި އެނބުރި ރާއްޖެއައެވެ. ހަނީމޫން ނިންމައިލައިފައި އައިސް ޖެހިގެން އައި ދުވަހު ރާދިން އޮފީހަށް ނިކުތެވެ. މަންމައާއި އައިރާ ގޭގައި ހުންނާތީ ޔާނާ ފޫހިވާތީ އުޅޭކަށް ނުޖެހޭނެއެވެ.

އެދުވަހުގެ މެންދުރުފަހެވެ. ގެޔަށް ބޭނުންވާ ބައެއް ސާމާނު ގަންނަން އައިރާއާއި ޔަސީރާ ދިޔުމުން ޔާނާ ގޭގައި އިނީ އެކަންޏެވެ.އެމީހުންނާއި އެކީ އޭނާ ނުދިޔައީ އަވިގަދައޭ ކިޔައިފައެވެ. ބެލްޖެހި އަޑު އިވުމާއިއެކު ޔާނާ ދޮރުހުޅުވަން ދިޔައެވެ. ދޮރުމަތީގައި ހުރީ އޭނާ ނުވެސް ދަންނަ މީހެކެވެ. ކީއްކުރާ މީހެއްހޭ އެހުމުން އެމީހާ އެހީ ތިއީ ޔާނާ ތޯ އެވެ.
ޔާނާ އާއެކޭ ބުނުމުން އޭނަ އަތުގައި އޮތް ސިޓީއުރަ ދިއްކޮއްލިއެވެ.

” މީ ކާކު ދިން އެއްޗެއް.. ” ޔާނާ އަހައިލިއެވެ. އެމީހާ ބުނެލީ ދިން މީހަކު އޭނާއަށް ނޭންގޭކަމަށެވެ. އެހެން ބުނެފައި އެމީހާ ދިޔައީއެވެ. ސޯފާގައި އިށީންދެލައިފައި ޔާނާ އެސިޓީ އުރަ ކަނޑައިލިއެވެ. އޭގެ ތެރޭގައި ކުޑަ ގަނޑުކޮޅަކާއި ޕެން ޑުރައިވްއެއްވެސް އޮތެވެ.

” ރާދިން ޔާނާދެކެ އެއްވެސް ލޯތްބެއްނުވޭ.. އޭނަ ޔާނާއާއި ކައިވެނި ކުރީ ލޯބިވާތީއެއް ނޫން.. ގަބޫލް ނުކުރެވެންޏާ ޕެން ޑުރައިވްގައި އިން އޯޑިއޯ ކޮޅު އަޑުއަހައިލާ.. ޔު އާރ ވެލް ވިޝާރ..” އެގަނޑުކޮޅުގައި ލިޔެފައިވިއެވެ.

” ވަޓް ދަ ހެލް.. މީ ކާކު ފޮނުވި އެއްޗެއް.. ޔަގީން އަހަންނާއި ރާދްއާއި ޖައްސަން އުޅޭ މީހެއްކަން.. ރާދް އަހަރެން ދެކެ ލޯބިވާވަރު އަހަންނަށް އިނގޭ.. ދެމަފިރިން ދޭތެރަށް ވަންނަން އުޅުނަސް މީދެން ބޮޑުވަރު..” ޔާނާ އަމިއްލަ މީހާއާއި ވާހަކަ ދެއްކިއެވެ. ނަމަވެސް އޭރުވެސް އޭނައަށް ބެލެނީ އަތުގައި އޮތް ޕެން ޑުރައިވްއަށެވެ. އޭގައި ވާއެއްޗެއް ބަލަން ބޭނުންވާ ކަހަލައެވެ. އިރުކޮޅަކު ވިސްނަން ހުރެފައި ދުވެފައިގޮސް ސިޑިން އަރައި އޭނާގެ ކޮޓަރިއަށް ވަނެވެ. ލެޕްޓޮޕް ނަގައި ހުޅުވާލުމައްފަހު އެޕެން ޑުރައިވް ޖަހިއެވެ. ” މީގަ އެކަހަލަ އެކައްޗެއްވެސް ނީންނާނެކަން އަހަންނަށް ޔަގީން.. އެމީހަކު އެއުޅެނީ އަހަރުމެންގެ ދިރިއުޅުން ހަލާކު ކުރަންވެގެން..” ފުން ނޭވާއެއްލަމުން ޔާނާ ބުނެލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Blackpearl

Level 210 Stories100 Comments100 Login

A girl who read to kill her boredom and write to entertain others ?? [email protected]

Other Articles

Previous

ވީމޭ މަ ކައިރީގާ (8)

Next

ދުވަހަކުވެސް މާފެއް ނެތް – 1

Next
September 20, 2018

ދުވަހަކުވެސް މާފެއް ނެތް – 1

Previews
September 20, 2018

ވީމޭ މަ ކައިރީގާ (8)

22 Comments!

  1. Hudher says:
    September 20, 2018 at 5:38 pm

    Wooow dear nyc mi part vx maasha allah…….whn next….nd me first dhw

    1. Blackpearl says:
      September 20, 2018 at 6:00 pm

      Thank yuh so much Hudher.. next part Insha Allah saturdayga up kohdheynan ??
      Mifaharuvx Hudher ah first ?

  2. maya says:
    September 20, 2018 at 5:49 pm

    yey i m first dhw..vvv reethi waiting curiously 4 the nxt part..mashaallah,,luv yah

    1. Blackpearl says:
      September 20, 2018 at 6:02 pm

      Thank yuh so much maya
      Mifaru second ey libuny..next time first hoadhahchey ingey..more ??

  3. Sasha says:
    September 20, 2018 at 8:33 pm

    Friday ga Up kohdhyba 🙁
    Cant wait eyh

    1. Blackpearl says:
      September 20, 2018 at 9:39 pm

      Alhey friday aky varah varah busy dhuvaheh abadhuvx.. ekamves try kuraanan ingey mirey liyeleveythw..can’t promise ingey dear

  4. Ana says:
    September 20, 2018 at 9:52 pm

    Alhey mi part haadha reehchey.. ebunaahen maadhan upkohdhybaa please..I also cant wait

    1. Blackpearl says:
      September 20, 2018 at 9:54 pm

      I am trying Ana Darling..
      Thank yuh ?

  5. Siyah Inci says:
    September 20, 2018 at 10:08 pm

    Just wow ❤️

    1. Blackpearl says:
      September 21, 2018 at 1:27 pm

      Thank yuh ❤

  6. illy says:
    September 20, 2018 at 10:17 pm

    Haadha kurey. Vvv riithi vaahaka pls avahah up kohdheh chey ??????

    1. Blackpearl says:
      September 20, 2018 at 10:25 pm

      Kurutha dear.. mi part innaany ekam ehn part thakahvure dhigukohlaafa.. Insha Allah varah vahah next part upkohladheynan ??

  7. Manje says:
    September 21, 2018 at 10:25 am

    Mi part vvvvv reethi.. when next part dear

    1. Blackpearl says:
      September 21, 2018 at 1:26 pm

      Thank yuh Manje ?

  8. Queen ?? says:
    September 21, 2018 at 11:31 am

    Owh dear enme kiyaa hiyyvaa hisaabun thi ninmaaly..waiting for the next part ??

    1. Blackpearl says:
      September 21, 2018 at 1:26 pm

      Thank yuh dear?

  9. Someone says:
    September 21, 2018 at 12:32 pm

    Vvvvv reethi mi part..
    Next part avas kohlahchey ingey

    1. Blackpearl says:
      September 21, 2018 at 1:28 pm

      Thank yuh dear ?

  10. Reem says:
    September 21, 2018 at 4:24 pm

    Mee vvvvv reethi vaahaka eh
    Cant wait to read the next part ❤❤❤

    1. Blackpearl says:
      September 21, 2018 at 5:22 pm

      Thank yuh Reem ?

  11. Ninni says:
    September 21, 2018 at 5:00 pm

    Wow.. mi partvx hama habeys ❤❤

    1. Blackpearl says:
      September 21, 2018 at 5:26 pm

      Thank yuh Ninni ?

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ 07←


All Right Reserved!