Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 43

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
September 22, 2018 6 Mins Read
36 Comments

ހިތުގެ ހިނގުން އަވަސްވެ އަތް ފައި ފިނިވިކަމުގެ އިހުސާސެއް އައިލީންއަށް ކުރެވުނެވެ. ޔޫހާން އައިލީންގެ ދަތްދޮޅީގައި ހިފައި ކައިރިކޮށްލި ވަގުތު އައިލީންއަށް ބޭއިހްތިޔާރުގައި ދެލޯ މަރާލެވުނެވެ. އެއާއެކު ޔޫހާންގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ޔޫހާން ނުހަނު ލޮއެބާއެކު މަޑުމަޑުން އައިލީންގެ އެރީތި ދެލޮލުގައި ބޮސްދިނެވެ. އެހިނދު އައިލީންގެ ތުންފަތަށްވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ” ޔޫ ހޭވް ބިއުޓިފުލް އައިސް… ” އައިލީން އާއި ދުރުވެލުމަށްފަހު އެ ރީތި ދެލޮލަށް ނަޒަރު ހުއްޓާލަމުން ޔޫހާާން ބުނެލިއެވެ. ކުރީ ފަހަރުތަކެކޭ އެެއްފަދައިން މިފަހަރުވެސް އައިލީން ލަދުން އިސްޖަހާލިއެވެ. އެވަގުތު ޔޫހާންގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގައި ބަލާލިއިރު ގުޅަމުން ދަނީ ނައުރީންއެވެ. އަވަހަށް ފޯނު ނަގައި މިދަނީ ކަމުގައި ބުނެ އެމީހުންގެ މަންޒިލަށް ދިއުމަށް ކާރު ދުއްވާލިއެވެ.

އެރޭގެ ރޭގަނޑު ކެއުންވެސް އިފާން ކެއީ ރިފްޝާ މެން އުޅޭ ގެއިންނެވެ. ރިފްޝާގެ އެ ކުޑަ އާއިލާ އާ އެކުގައެވެ. އެންމެން އެކުގައި ކެއުން ނިންމާލުމަށްފަހު ރިފްޝާ އާއި އިފާން ބެލްކަންޏަށް ނިކުތެވެ. ބެލްކަނީގެ ރެއިލިން ކައިރީގައި ރިފްޝާ ހުއްޓިލުމާއެކު އިފާން ރިފްޝާގެ ބަނޑުގައި އަތް ވަށާލިއެވެ. ” ފާން… މީހަކަށް ފެނި ދާނޭ… ދޫކޮށްލާ ޕްލީޒް… ” އިފާންގެ އެ ހަރަކާތުން ސިހިފައި ރިފްޝާ ބުނެލިއެވެ. ” ނެތެއްނު މީހަކު… ” ރިފްޝާގެ ކޮނޑުގައި ދަތްދޮޅި އަޅުވާލަމުން އިފާން އެހެން ބުނެލިއެވެ. ”އެކަމަކުވެސް… ދެން ފާން ދޫކޮށްލަބަލަ… މީހަކު ހަމަ އައިއްސާނެ އެެއްނު މިތަނަށް…” ރިފްޝާ މިފަހަރުވެސް ގަދަހަދަމުން ތަކުރާރުކޮށް ދޫކޮށްލުމަށް އެދެމުން ދިޔައެވެ. ” އޯކޭ… ތިހިރީ ކަމަނާފުޅު ދޫކޮށްލާފަ… ހެޕީތަ މިހާރު… ” އެންމެ ފަހުން އިފާން ރިފްޝާ ދޫކޮށްލިއެވެ. އަދި ކުޑަކޮށް ހިތްހަމަނުޖެހިފައި ހުރިކަމަށް ހެދެމުން އެހެން ބުނުމަށްފަހު ރިފްޝާއަށް ފުރަގަސްދިނެވެ. ”ފާން.. ހިތްހަމަނުޖެހުނީތަ… ސޮރީ… ” އިފާންގެ ކުރިމަތީ ހުއްޓިލަމުން ކަންބޮޑުވެފައިހުރެ ރިފްޝާ ބުނެލިއެވެ. އެއާއެކު އިފާން މިފަހަރުވެސް ރިފްޝާއަށް ފުރަގަސްދިނެވެ. ” ފާން… ސޮރީ އޭ… ” ރިފްޝާ ދެވަނަ ފަހަރަށްވެސް މަޢާފަށް އެދުނެވެ. އެހެނަސް އިފާން ރިފްޝާގެ މޫނަށް ބަލައިވެސް ނުލައެވެ. އޭނައަށް ނުހީ ހުރެވެނީ ކިރިޔާއެވެ. ރިފްޝާ އިފާންގެ ކައިރިއަށް އައިސް ބެލްކަންޏަށް ވަންނަ ދޮރާއި ދިމާލަށް ބަލައިލުމަށްފަހު އިފާންގެ ކޯތާފަތުގައި އޭނަގެ ތުންފަތް ޖައްސާލަމުން ބޮސްދިނެވެ. އަދި ސޮރީ އޭ ބުނެލިއެވެ. ރިފްޝާގެ އެ އަމަލުން އިފާންއަށް ހައިރާންކަން ލިބުނެވެ. ދެލޯ ބޮޑުވެފައި ރިފްޝާއަށް ބަލަން ހުރެވުނެވެ. ”މިހާރު ދެން މަޢާފުކޮށްބަ ޕްލީސް… ” އިފާންގެ މޫނަށް ނަޒަރު ހުއްޓާއިލައިގެން ރިފްޝާ އެހެން ބުނެލިއެވެ. އެއާއެކު ފުޅާ ހިނިތުންވުމަކާއެކު އިފާން ރިފްޝާ އޭނަގެ ދެއަތުގެ ހިމާޔަތުގެ ދަށަށް ގެނައެވެ. އަދި ލޮއެބާއެކު ރިފްޝާގެ ނިތުގައި ބޮސްދިނެވެ. އިފާންގެ ތުންފަތުގެ އިހުސާސް ކުރެވުމާއެކު ރިފްޝާއަށް ދެލޯ މަރާލެވުނެވެ. އޭނައަށް ކުރެވިގެން ދިޔައީ ފޮނިފޮނި އިހުސާސެކެވެ. ” އަސްލު ރުޅިއެއްވެސް ނާދެ… އައި ވޯޒް ޖަސްޓް އެކްޓިން… ހެހެހެ… އެކަމަކު ދެން ގިނަގިނައިން ރުޅި އަންނާނަން… މިކަހަލަ ލޯބި ލޯބި ހަދިޔާ ލިބޭތީ… ” ލާނެއް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ އިފާން ބުނެލިއެވެ. އެންމެ ފަހުން ބުނެލި ބަސްތައް އޭނަ ބުނެލީ އޭނަގެ ކޯތާފަތަށް އިޝާރާތްކުރަމުންނެވެ. އެއާއެކު ރިފްޝާ އިފާންގެ މޭގައި އަތް އަޅާލުމަށްފަހު ދުރުވެލިއެވެ. އަދި ލޯ އަޅާލަމުން ތުންކޮޅު ހަދާލިއެވެ. ރިފްޝާގެ އެ ހަރަކާތުން އިފާންގެ ގާތަށް ހިނިއައެވެ. އިފާން ހޭންފެށުމުން ރިފްޝާއަށްވެސް ނުހީ ނުހުރެވުނެވެ. އެއާއެކު ދެމީހުންގެ ސަކަރާތްޖެހުން ފެށިގެން ދިޔައެވެ.

ސީ ހައުސްގެ ހިތްގައިމު މާހައުލުގައި ޔޫހާންގެ އިންތިޒާރުގައި އިން ނައުރީންގެ ދެބުމަ ގޮށްޖެހިގެން ދިޔައިރު އޭނަގެ އުނގު މަތީގައި އޮތް އަތް މުއްކެވިގެން ދިޔައީ ޔޫހާންގެ އަތުގައި ހިފައިގެން އޭނަ އާއި ދިމާލަށް އަންނަމުން ދިޔަ އައިލީން ފެނިފައެވެ. ” އަދި މިތަނަށްވެސް ޔޫހާންއަށް އާދެވުނީ އެ އައިލީން ގޮވައިގެންތަ… އައި ހޭޓް ޔޫ އައިލީން… އައި ހޭޓް ޔޫ… ” އައި ރުޅީގައި ހަމައެކަނި އޭނަައަށް އަޑުއިވޭ ވަރަށް ނައުރީން ކުދިކިޔާލިއެވެ. އޭރު އޭނަގެ މޫނު މަތިންވެސް ފެންނަމުން ދަނީ ފޫހިކަމެވެ. އެމީހުނަށް ފާހަގަވުމުގެ ކުރިން ނައުރީން އަވަސް އަވަހަށް އޭނަގެ މޫނު މަތީގެ ކުލަވަރު ބަދަލުކޮށްލަމުން ގަދަކަމުން ހިނިތުންވެލިއެވެ.

ޔޫހާން އާއި އައިލީން އެތަނަށް ވަދުނީއްސުރެން ގިނަ މީހުންގެ ނަޒަރުތައް ސީދާވެފައި ވަނީ އެދެ މީހުންނަށެވެ. ކަޅު ކުލައިގެ އަތް ދިގު ޓީޝާޓަކާއި ހުދު ކުލައިގެ ސްކިނީގައި ހުރި ޔޫހާންއަށް ގިނަ އަންހެން ކުދިންގެ ނަޒަރު ހުއްޓިފާވީއިރު ފިރިހެން ކުދިންގެ ނަޒަރު ހުއްޓެނީ އައިލީންއަށެވެ. ދެމީހުންވެސް އެކަމަށް އާދަވެފައި ހުރުމުން އެކަމަށް ސަމާލުކަން ނުދީ ކުރިއަށް ހިނގަމުން ގޮސް ނައުރީންގެ ކުރިމަތީގައި ހުރި ގޮނޑިތަކުން ގޮނޑިއެއްގައި އިށީނެވެ.

” ސޮރީ ނައު… ލަސްވެއްޖެ ދޯ… ” ގޮނޑީގައި އިށީނދެލުމަށްފަހު ނައުރީންއަށް ބަލާލަމުން ޔޫހާން ބުނެލިއެވެ. ” ހެހެހެ… އިޓްސް އޯކޭ… އެހެންވެސް ވާނެ ބައެއް ފަހަރު… ” ލުއި ހުނުމަކާއެކު ނައުރީން ބުނެލިއެވެ. ޔޫހާން ހިނިތުންވެލުމަށްފަހު ވެއިޓަރަކަށް އިޝާރާތްކުރުމުން ވެއިޓަރަކު އައެވެ. އެއާއެކު ތިން މީހުންވެސް ކާނެ އެއްޗަކަށް އޯޑަރުކުރިއެވެ. ” ނައު… ނައުއަށްވެސް އެނގޭނެހެން ހީވަނީ އަހަރެން ބައްދުލުކުރަން މިބުނީ ކީއްވެގެންކަން… އަހަރެންގެ ބައްޕަ އާ ނައުގެ ބައްޕަ އަހަރެމެން ދެމީހުންގެ ކައިވެނި ފިކްސްކުރީމަ… އެވާހަކަ ދައްކަން އަސްލު… ” ވެއިޓަރު ދިއުމާއެކު ޔޫހާން ވާހަކަ ފެށިއެވެ. އެއާއެކ ނައުރީން އިސްދަށަށް ޖަހައިލައިގެން އިނދެ ބޯ ޖަހާާލިއެވެ. ” ލިސެން ނައު… މި މެރިއޭޖް ހުއްޓުވަން އެންމެ ފަސޭހަ ވާނީ ނައުއަށް… ނައުއަށް އިނގެއްނު އަހަރެން ލޯބިވަނީ އައިލީދެކެކަން… އެން އަހަރެމެން ދެމީހުންނަކީ ރައްޓެހިންނެއްނު… އަހަރެމެން ދެމީހުން ދުވަހަކުވެސް އެކަކު އަނެކަކަށް އެފަދަ ނަޒަރަކުން ނުދެކެމެއްނު ދޯ… އެހެންވީމަ އަހަރެން މިކައިވެނި ކުރަން ބޭނުންނުވާ ފަދައިން ނައުވެސް މިކައިވެނި ކުރަން ބޭނުންނުވާނެކަން އަހަންނަށް އެނގޭ… އަހަރެން ބައްޕަ ގާތު ބުނެފިން އަހަރެން މިކައިވެނި ނުކުރާނެކަމަށް… އަހަރެން އައިލީގެ ވާހަކަވެސް ބައްޕަ ގާތު ދައްކައިފިން… ނައު ބައްޕަ ގާތު ވާހަކަ ދައްކައިފިންތަ… ނައު ބުނެބަލަ ނަސީރުބެ ގާތު… ” ހުއްޓުމެއްނެތި ޔޫހާން ވާހަކަ ދައްކަމުން ދިޔައެވެ. އޭނަގެ ވާހަކަ ހުއްޓާލީ ވެއިޓަރު ކާ އެއްޗެހި ހިފައިގެން އައުމުންނެވެ.

ޔޫހާންގެ ވާހަކަތަކުގެ ސަބަބުން ނައުރީންއަށް ލިބިގެން ދިޔައީ ހައިރާންކަމެވެ. ޔޫހާންގެ ބައްޕަގެ އެދުމަކަށް ފަހަރެއްގައިވެސް އޭނަ ފުރަގަސްދީފާނެ ކަމަކަށް ނައުރީން އުއްމީދެއްނުކުރެއެވެ. އޭނަގެ ބައްޕަގެ ނިންމުމަކާއި ޚިލާފުވެދާނެކަމަށް ނައުރީން ހިތަށްވެސް ނާރައެވެ. ދެއަތް މުއްކެވިގެން ދިޔައީ އެހާ ފަޅުކަން ބޮޑު ގޮތެއްގައި އެކައިވެންޏަށް އިންކާރުކުރުމުންނެވެ. އެވަގުތު ވެއިޓަރު އައިކަން ނަސީބެކޭ ނައުރީންގެ ހިތަށް އެރިއެވެ. ނައުރީން ދޭނެ ޖަވާބަކާއި މެދު ވިސްނަމުން ދިޔައެވެ.

” ޔޫންއަށް ހީވޭތަ އަހަރެން ޑޭޑް އާ މިކަމާާ ބެހޭގޮތުން ވާހަކަ ނުދައްކާ ހުންނާނެހެން… އަހަރެންވެސް ބުނީމޭ ޑޭޑް ގާތު ޔޫން ލޯބިވަނީ އެހެން ކުއްޖެއްދެކެއޭ… އަހަރެމެން ދެމީހުންނަކީ ހަމައެކަނި ފްރެންޑްސްކަންވެސް ޑޭޑް ގާތު ތަކުރާރުކޮށް ބުނިން… އެކަމަކު ކީއްކުރާނީ… ޑޭޑް ވެސް ބޭނުންވަނީ އަހަރެމެން ދެމީހުން ކައިވެނި ކުރަން… އަހަރެންގެ ހުރި ހަމައެކަނި މީހަކީ އަހަރެންގެ ޑޭޑް… ޔޫންއަަށްވެސް އެނގޭނެ އެކަން… ޑޭޑްގެ އެދުމަކާ ދެކޮޅުވުމަކީ އެއްވެސް އިރެއްގަ އަހަރެން ކުރި ކަމެއް ނޫން… ވަރަށް ޓްރައިކުރިން ޑޭޑްއަށް ވިސްނައިދެން… އައި ޓްރައިޑް މައި ބެސްޓް… ބަޓް ޑޭޑްގެ ޑިޒިޝަން ބަދަލެއް ނުވި… ” ވެއިޓަރު ދިއުމާއެކު ދެރަވާކަމަށް ހެދެމުން ވަރަށް އަސަރާއެކު ނައުރީން ވާހަކަ ދެއްކިއެވެ. ނައުރީންގެ ވާހަކަތައް ކަނުލައި އަޑުއަހަން ތިބި ޔޫހާން އާއި އައިލީންގެ މޫނު މަތިން ނުތަނަވަސްކަމާއި ކަންބޮޑުވުމުން ފާޅުވަމުން ދިޔައެވެ. އެމަންޒަރުތައް ފެނި ނައުރީންގެ ހިތް އުފަލުން ނަށަންފެށިއެވެ. ކޮންމެ ގޮތެއް ހަދައިގެން ވެސް އޭނަގެ މި ޕްލޭން ފެއިލްވިއަކަ ނައުރީން ނުދޭނެއެވެ. ”ނައު.. އައި ކޭން އަންޑަސްޓޭންޑް… ބަޓް ނައު ކީޕް ޓްރައިން… ކޮންމެ ގޮތެެއް ހަދައިގެންވިޔަސް މި މެރިއޭޖް ހުއްޓުވަންއެބަޖެހޭ… އެހެން ނޫންނަމަ އަހަރެމެން ތިން މީހުންގެ ދިރިއުޅުންވެސް ހަލާކުވެގެންދާނެ… ” ނައުރީންއަށް ބަލައިލަމުން ޔޫހާން ބުނެލިއެވެ. އެވަގުތު ނައުރީންވެސް ބޯޖަހާލިއެވެ. އައިލީންގެ މާޔޫސްވެފައިވި މޫނު ފެނި ޔޫހާންގެ ހިތުގައި ރިއްސާލިއެވެ. އޭނާ މޭޒު މަތީގައި އޮތް އައިލީންގެ އަތުގެ މަތީގައި އޭނަގެ އަތް ބާއްވާލަމުން މަޑުމަޑުން ދެލޯ މަރާލިއެވެ. އެއާއެކު އައިލީން ޔޫހާންއަށް ހިތި ހިނިތުންވުމެއް ރައްދުކޮށްލިއެވެ. އެކަން  ޔޫހާންއަށް ވަރަށް ރަނގަޅަށްވެސް ފާހަގަވިއެވެ. އެކަނިވާ ވަގުތަކުން އައިލީން އާއި ވާހަކަ ދައްކަން ނިންމަމުން ޔޫހާން އެންމެނަށްވެސް ކެއުމަށް އިޝާރާތްކުރިއެވެ. ކެއުމައިގެން ކުރިއަށް ދިޔައިރު ތިން މީހުންގެ މެދުގައިވެސް މާގިނަ ވާހަކަތަކެއް ނުދެކެވެއެވެ.

ކައިނިމިގެން އެންމެންވެސް ގެއަށް ދާން އަވަސްވެގަތެވެ. އައިލީން އާއި ޔޫހާން ކާރުގައި ދިޔުމުން ނައުރީން ގޭގެ ޑްރައިވަރަށް ގުޅާ އޭނަ ބަލައި އައުމަށް ބުންޏެވެ. އޭނާ ހީކޮށްގެން ހުރީ މިރޭ އޭނަ އާއި ބައްދަލުކުރަން އަންނާނީ ޔޫހާން އެކަނިކަމަށެވެ. އަދި ގެއަށް ލައިދެންވެސް ޔޫހާން އަންނާނެކަމަށެވެ. އެހެނަސް ކަންތައްވީ އޭނަ ހީކުރި ގޮތާއި ޚިލާފަށެވެ. ޔޫހާން އާއި އައިލީން އެކުގައި ފެންނަ ކޮންްމެ ފަހަރަކު އޭނަގެ ލޭކެކިގެން ދެއެވެ. އެހާވެސް އޭނަ އައިލީންއަށް ނަފްރަތުކުރެއެވެ.

ކާރު ދުއްވަމުން ދިޔަ ޔޫހާންއަށް އިރުއިރުކޮޅުން އައިލީންއަށް ނަޒަރެއްދެވެއެވެ. ކާރަށް އެރީއްސުރެ އައިލީން އިނީ ކާރުގެ ބިއްލޫރިގަނޑުން ބޭރު ބަލާށެވެ. އެކަކުވެސް އަނގައަކުން ނުބުނެއެވެ. ކާރު ތެރެއަށް ވެރިވެފައިވަނީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަމުން ޔޫހާންގެ ހިތަށް އުނދަގޫވި ނަމަވެސް އައިލީންއަށް އުނދަގޫވެދާނެތީ އެއްޗެކޭ ނުބުނެ އިނީއެވެ. އައިލީން އެއިނީ ކައިވެނި ކަންތަކާއިމެދު ކަންބޮޑުވެފައިކަން ޔޫހާންއަށް އިނގެއެވެ. އެހެނަސް ތަންކޮޅެއް ހަމަޖެހިލައިގެން ވާހަކަ ދައްކަން މަޑުކޮށްލީއެވެ.

ކުއްލިއަކަށް ކާރު މަޑުކުރުމުން އައިލީންއަށް ސިހުން ލިބުނެވެ. އޭނާ ވަށާއިގެން ބަލައިލުމަށްފަހު ޔޫހާންއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. ސުވާލު ނުއުފެދެންވީ ސަބަބެއްވެސް ނެތެވެ. އެމީހުން ކާރުގައި މިސްރާބުޖެހީ ގެއަށް ދިއުމަށެވެ. އެކަމަކު ޔޫހާން ކާރު މަޑުކުރީ ރަސްފަންނު ކައިރިއަށެވެ. އައިލީން ސުވާލުގެ ނަޒަރަކުން ބަލައިލުމުން ޔޫހާން ހިނިތުންވެލިއެވެ. އަދި ކާރުން ފޭބުމަށްފަހު އައިލީންއަށް ކާރުގެ ދޮރު ހުޅުވާލަދެމުން އަތް ދިއްކޮށްލިއެވެ. އެއާއެކު ހައިރާންވެފައިހުރެ އައިލީން ޔޫހާންގެ އަތުގައި ހިފިއެވެ. ޔޫހާން އައިލީންގެ އަތުގައި ހިފައިގެން ރަސްފަންނު ތެރެއަށް ވަނެވެ. ” ޔޫހާން… ކީއްވެތަ ރަސްފަންނަށް މިއައީ… ” ޔޫހާންގެ މޫނަށް ބަލަހައްޓާއިގެން ހުރެ އައިލީން ސުވާލުކުރިއެވެ. ” ކުޑަ އިރުކޮޅަކުން އިނގޭނެ އައިލީ… ” ލުއި ހިނިތުންވުމަކާއެކު ޔޫހާން ބުނެލިއެވެ. ޔޫހާންގެ ފަރާތުން ޖަވާބެއްް ނުލިބޭނެ ކަން އިނގޭތީ އައިލީން އިތުރަކަށް ސުވާލެއް ނުކުރެއެވެ.

ޔޫހާން އައިލީން ގޮވައިގެން ގޮސް މަޑުކޮށްލީ މޫދު ފެންނާނެހެން ކުރިމަތީގައެވެ. ހުދު ކުލައިގެ ރީތި ދޮންވެލި ފަސްގަނޑުގައި ރާޅުތައް ބީއްސާލާއިރު އެއިވޭ ލުއި މިއުޒިކެއްފަދަ ރީތި އަޑުން ތަނުގެ ހަމަހިމޭންކަން ނަގާލާފައިވެއެވެ. ޖެހެމުންދާ ފިނި ވައިރޯޅިތަކުން ކޮންމެ މީހަކަށްވެސް ހިތްހަމަޖެހުން ގެނުވައިދޭނެކަން ގައިމެވެ. ޔޫހާން އައިލީން ގާތު އެތައި މަޑުކޮށްލުމަށްފަހު ލޯ މަރާލުމަށް ބުންޏެވެ. އައިލީން ސުވާލުގެ ނަޒަރަކުން ޔޫހާންއަށް ބަލައިލިއެވެ. އެއާއެކު އަނެއްކާވެސް ޔޫހާން ލޯ މަރާލުމަށް އެދުނެވެ. އެންމެ ފަހުން އައިލީން އޭނަގެ ދެލޯ މަރާލިއެވެ. އައިލީން ދެލޯ މަރާލުމާއެކު ޔޫހާން އޭނަގެ މަސައްކަތް ފެށިއެވެ.

ދެތިން މިނިޓު ފަހުން ޔޫހާން އައިލީން ގާތު ލޯ ހުޅުވާލުމަށް ބުނުމާއެކު އައިލީން ދެލޯ ހުޅުވާލިއެވެ. އެއާއެކު ފެނުނު މަންޒަރުން އައިލީންގެ ދެލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވިއެވެ. އެރީތި ދޮންވެލި ގަނޑުގައި ވަރަށް ބޮޑު ހިތެއް ކުރަހާފައިވީއިރު އައިލީންގެ އިތުރުން ޔޫހާންއަށްވެސް ހުރެވުނީ އެހިތުގެ ތެރޭގައެވެ. އައިލީންގެ ކުރިމަތީގައި އެއްފައި މައްޗަށް ތިރިވެ ރިހި ކުލައިގެ ހިތުގެ ބައްޓަމަށް އިން އެހެއް އެކުލެވޭ ރީތި އަނގޮއްޓިއެއް އައިލީންއަށް ދިއްކޮށްލައިގެން އިން ޔޫހާންގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ” ޔޫހާން… ޔޫހާން މީ… ” އުފާވެފައިހުރި ވަރުން އައިލީންއަށް ވާހަކަ ދެއްކުންވީ އުނދަގޫ ކަމަކަށެވެ. ” ބައްޕަ އަހަރެންގެ ކައިވެނި ނައުރީން އާ ހަމަޖެއްސިކަން އިނގުނީއްސުރެ އައިލީގެ މޫނު މަތިން އަހަރެން ބޭނުންވާފަދަ އުުފާވެރިކަމެއް ނުފެނޭ… އެހެންވެ އައިލީ އުފާކޮށްލަން އަހަރެން ބޭނުންވީ… ސޯ ނައު ޓެލް މީ… ވިލް ޔޫ މެރީ މީ އައިލީ… ” ހިތްތަށް ކަތިލާފަދަ ރީތި ހިނިތުންވުމެއް ހަދިޔާކުރަމުން ޔޫހާން އެހެން ބުނެކުމާއެކު އައިލީން ޔެސް އޭ ބުނެ އޭނަގެ އަތް ދިއްކޮށްލިއެވެ. އޭރުވެސް އައިލީންގެ ލޮލުން އުފާވެރިކަމުގެ ކަރުނަތައް ފައިބަމުން ދިޔައެވެ. ޔޫހާން އައިލީންގެ ވައަތުގެ ކަށި އިނގިލީގައި އަނގޮއްޓި އަޅުވާލަ ދިނުމަށްފަހު ނުހަނު ލޮއެބާއެކު އައިލީންގެ އަތުގައި ބޮސްދިނެވެ. ” އައިލީ… އަހަރެން މިހުރިހާ ކަމެއްކުރީ އައިލީ އިތުރަށް ރޮއްވާކަށްނޫނޭ… އައިލީ އުފާކޮށްދޭށޭ… ޕްލީޒް ޑޯންޓް ކްރައި މައި ގާލް… ” ޔޫހާން ތެދުވެލުމަށްފަހު އައިލީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފޮހެލައިދެމުން ބުނެލިއެވެ. ” މީ އުފާވެރިކަމުގެ ކަރުނަ… ވަރަށް ވަރަށް އުފާވެއްޖެ މިއަދު… ތެންކްޔޫ ސޯ މަޗް… އެން ލަވް ޔޫ ސޯ މަޗް ޔޫހާން… ” ޔޫހާން މޭގެ ތެރޭގައި ފޮރުވެލަމުން އައިލީން އެހެން ބުނެލިއެވެ. ޔޫހާންވެސް އޭނަގެ ބާރުގަދަ ދެއަތުން އައިލީންގެ ހަށިގަނޑުގައި ވަށާލިއެވެ. ދެހިތަށް ކުރުވަމުން ދިޔައީ ފޮނިފޮނި އިހުސާސެކެވެ. ކުރިއަށް އަންނަ އޮތް ތޫފާނުގެ އެއްވެސް ހިލަމެއްނުވާ ހާލު އައިލީން އާއި ޔޫހާން އެކަކު އަނެކަކުގެ އަތުގެ ތެރޭގައި ތިއްބެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ކުށަކާނުލައި- 17ވަނަބައި

Next

ދުޢާ 18

Next
September 22, 2018

ދުޢާ 18

Previews
September 21, 2018

ކުށަކާނުލައި- 17ވަނަބައި

36 Comments!

  1. Ifoo ifoo says:
    September 22, 2018 at 2:49 pm

    Salaam dear readers… Here is the next part… Hope all will like this part too… Mi part kuruvy bxy kamun ingey n I haven’t check… So mistakes huredhaane… N sorry last part ga comments thakah reply nukurevunyma… Mi part ge comments thakah reply kuraanan In Sha Allah… Love you all my readers ❤️❤️❤️????????????…

  2. Nau says:
    September 22, 2018 at 3:03 pm

    Am I first?????btw stry is vry intrstn ifoo…..this prt is also nice

    1. Ifoo ifoo says:
      September 22, 2018 at 5:47 pm

      Nau ❤️❤️❤️… Yesss dear ur first ???… Congrats dear ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma Nau ah ???…

  3. Fathimath says:
    September 22, 2018 at 3:23 pm

    When next?

    1. Ifoo ifoo says:
      September 22, 2018 at 5:48 pm

      In Sha Allah Tuesday ga ???… Will try ???…

  4. Aminath says:
    September 22, 2018 at 3:45 pm

    Kon irakun next part iny?

    1. Ifoo ifoo says:
      September 22, 2018 at 5:48 pm

      In Sha Allah Tuesday ga ???… Will try ???…

  5. lol says:
    September 22, 2018 at 4:24 pm

    #nyc…………….lol

  6. lollo says:
    September 22, 2018 at 4:24 pm

    #nyc….lol

    1. Ifoo ifoo says:
      September 22, 2018 at 5:49 pm

      Thankyou ❤️❤️❤️??????…

  7. Maii says:
    September 22, 2018 at 6:44 pm

    Abadhu ves ailee n yoon ge life ah thoofaan annan vefa.. ifooo.. it’s not fair.. hehe.. story varah loabi maashaa Allah…

    1. Ifoo ifoo says:
      September 22, 2018 at 8:10 pm

      Dhw Maii ???… Heheh… Let’s see dhw vaagotheh ???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v Maii ah ???…

  8. Sam says:
    September 22, 2018 at 6:48 pm

    Varan reethi. Koniraku next part

    1. Ifoo ifoo says:
      September 22, 2018 at 8:12 pm

      Sam ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… I will try next part Tuesday ga up kureveythr bt I’m not sure… Cause Sundayga ifoo rashun beyruga ulheynethy…

  9. Ashhad says:
    September 22, 2018 at 7:12 pm

    Masha Allah story v reethi. V interesting…. waiting for the next part ????

    1. Ifoo ifoo says:
      September 22, 2018 at 8:14 pm

      Thankyou so much Ashhad ❤️❤️❤️?????????… V v v ufaavehje story kamudhiyaima ???…

  10. Livy says:
    September 22, 2018 at 7:25 pm

    Hello ifoo ! ❤❤?? Varah dhuas kollaafa dho comment eh mi kollevuny.. Missed you ?? So sorry was very busy hama ?? Ekam hama up vefa inna than fenna irah kiyaalan ??? Naureen ge kanthah ekamaku haadha bodey ??? mihaaru keehkuran e ulheny anekka ???? but yoon haadha loabi ey ???? komme part eh kiyaalaafa yoon dheke vaa loabi ithurah bodu vany ???❤❤??? hithah araa livy aky alhe ailee nama ey ??❤❤?? So cute ?? Faan and rifoo and yai and shau ves hama ehaa loabi ???? And ifoo dear so talented ?? mi hurihaa ehcheh possible me mivy hama ifoo ge hiyvarun ?? thank you so much darling mihaa loabi story eh kiyaalan dhinyma ❤❤?? next part ves avahah up kollahchey.. Sending lots of love ❤❤❤??????????????????

    1. Ifoo ifoo says:
      September 22, 2018 at 8:24 pm

      Hello my dear sweet Livy ❤️❤️❤️??????… I missed you too dear ??????❤️❤️❤️… V v v ufaavehje Livy ehaa bxy koh ulhemunvx story kiyaalaafa comment kohlaathy ??????❤️❤️❤️… Thankyou so much dear ❤️❤️❤️????????????… Naureen dhw… Aslu vx naureen mihaaru maa mahchashey dhw mi dhany… Higaa balamaa naureen mihaaru kuran e ulhey kameh vx… Hehe ???… yoon asluvx v v v loabi dhw ❤️❤️❤️???… To be honest ifoo vx baeh faharu hithah araa ailee akee ifoo namaey ???… Heheh…. Aslu mi story kuriah mi gendhevey e reason akee readers ge faraathun libey support ???… Readers ge support aa nulaa ifoo ah mi hisaabah vx naadheveyne… Egothun Livy ifoo ah thidhey support ifoo faahaga kohlann ???… Feshuneehsurevx livy ifoo ah thidhey support ah v v v bodah shukuriyya ❤️❤️❤️????????????… It really means a lot for me dear ❤️❤️❤️???… I’m soooooo happy to have a reader like you Livy ❤️❤️❤️?????????… Next part In Sha Allah Tuesday ga bt it might be late cause Sundayga ifoo rashun beyruga ulheynethy… Keep waiting dear ???… Much more loves from me Livy ❤️❤️❤️????????????… Ur one of the best reader ❤️❤️❤️❤️????????…

  11. emrnal says:
    September 22, 2018 at 7:44 pm

    Hey ifoo ❤❤ u are my inspiration to be a writer ?? I love each an every part of ur stry it seems like ur improving in each part.?? I like how sweet and kind hearted u are ??? please remember that someone (me) got inspired by ur talent ?? Thank you so much ifoo Im eargly waiting for the next part ingey ??? good luck dear. N vaahaka up vaany kon dhuvas thakehga??? I love you ???

    1. Ifoo ifoo says:
      September 22, 2018 at 8:34 pm

      Awwwwnn ❤️❤️❤️??????… Thankyou soooo much emrnal ❤️❤️❤️????????????… I’m soooooo happy to know that someone got inspired by me ❤️❤️❤️???… Aslu vx v v v v v ufaavehje ❤️❤️❤️????????????… I’m eagerly waiting for your story ❤️❤️❤️??????… I hope v avahah dear ge story kiyaalan libeyne kamah ???… V v v ufaavehje story reethi v ma ???❤️❤️❤️… It really means a lot for me ???… This comment is one of the best comment I got ❤️❤️❤️???… Hama aslu vx ifoo v v v ufaavehje ???❤️❤️❤️… Story up kuraa vaki dhuvasthakeh bunaakah neynge… Liyevunuhaa avahah up kohladheynan In Sha Allah… Aslu story nuliye othyma ehen vany… Ekam dhn ifoo fashaa story up kuran fashaanee In Sha Allah story ge bodu baeh liyefa ???… Lots and lots of love from me ❤️❤️❤️????????????…

  12. Kokki says:
    September 22, 2018 at 7:55 pm

    Masha Allah. Story Hama Habeys…..????next part ge kiyaa hitun mihiree..???

    1. Ifoo ifoo says:
      September 22, 2018 at 8:42 pm

      Kokki ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… So happy to know that u like it ???… Next part In Sha Allah liyevunuhaa avahah up kohladheynan… Keep waiting dear ???…

  13. maya says:
    September 22, 2018 at 8:32 pm

    MASHA ALLAH….vvvvvvvvvvvv reethi…alhe e naureen kyhkuranbaaa e ulheni mihaaru..i hate u vvv foohi vey ….dhogu ves hadha ey adhi..bt love u ifoo..nxt part avahah up kohdhehchey…alhe e 2 myhunn dhuru nukurahchey,,..so cute couple..yai ves shau ves and rifoo and faan ves..so cute…masha allah… vvvvvvvvvvv curious miharu nxt part kiyaahithun..luv u much ifoo

    1. Ifoo ifoo says:
      September 22, 2018 at 8:47 pm

      maya ❤️❤️❤️???… Thankyou soooo much dear ❤️❤️❤️?????????… V v v ufaavehje story reethi v maya ah ???.. Let’s see what happens next ???… Next part In Sha Allah liyevunuhaa avahah up kohladheynan… Thankyou so much dear ifoo ah thidhey support ah ❤️❤️❤️??????… It means a lot for me ❤️❤️❤️??????… Abadhuvx faahaga kohlevey dear ge comment ❤️❤️❤️… Love you too dear ❤️❤️❤️????????????…

  14. Naju says:
    September 23, 2018 at 3:44 pm

    Wow ??? Ifoo mi partvx vvvvvvvvv rythi ingey ❤️❤️❤️??????… I love it ?????????… Keep up the good work dear ?????????… Sorry lahun cmnt eh kohllevunyma bcox now a days I’m super bxy ????❤️❤️❤️❤️❤️… Naureenvx dhw haadha foohsey n ailee n yoon ge relation asluvx v nice n rom n faan also ?????????… Dhn vaany kihineahbaa alhey?? Ailee aa yoon marry kureveynebaa ????????????… Curiously waiting for the next ?????????… Lots of love from naju ?????????????????????????????????❤️❤️❤️???

  15. Naju says:
    September 23, 2018 at 4:06 pm

    Wow ??? Ifoo dear mi partvx vvvvvvvv rythi ingey ❤️❤️❤️??????… I love it ?????????… Keep up the good work dear ?????????… Sorry lahun cmnt eh kohlevunyma bcox now a days I’m super bxy ????????????… Naureen eyee haadha nulafaa myhekey dhw I hate her… Ailee n yoon v loabi ???????????… Dhn vaany kihineahbaa vvvvv sad vey ailee ah yoon nulibidhaanethyve ????????… Curiously waiting for the next ??????❤️❤️❤️??????… Much loves from naju ?????????????????????????????❤️❤️❤️❤️??????????️?️?️?️??????????

  16. Mal says:
    September 23, 2018 at 5:32 pm

    Salaam ifoo…????srry ingey lahun comment kohlevunyma….???????mi part ves v rythi….alhe yoon ailee dheke haadha loabi veyey….???????ailee gothah Mal ves ehaa nasybu gadha nama dhw???????faan and rifoo ves v cute…yaeesh and shau ves….????☺☺☺ifoo u r such a sweetheart…thanks mikahala rythi vaahakaeh kiyaalan dhiniima…?????????☺☺☺??and naureen kanthahves bodey dhw…i just hate her….????dear mii v long stry eh tha????i really love yoon…❤❤❤❤❤❤ifoo thanks v bodah bxy koh ulhemunves up kohdheythy….u r so talented ? ? ? masha allah…… Lysm…

    1. Ifoo ifoo says:
      September 27, 2018 at 8:31 pm

      Mal ❤️❤️❤️???… Thankyou so much dear for the colourful Comment ❤️❤️❤️????????????… Ifoo v v v ufaavehje lahunvx comment kohleema ???… I’m sorry dear maa lahun reply kurevunyma ???… Kameh dhimaavegen lasvy… Thankyou so much dear for the support ❤️❤️❤️????????????… It really means a lot for me ???… Yahh… It’s a long story ???… In Sha Allah Mal ailee ah vure vx naseebu gadha vaane ??????❤️❤️❤️???… Love you too my dear Mal ❤️❤️❤️????????????…

  17. Naju says:
    September 23, 2018 at 6:59 pm

    Wow ??? Ifoo dear mi partvx vvvvvvvvv rythi ingey ????????… I love it ????????… Keep up the good work dear ????????… Sorry lahun cmnt eh kohlevunyma bcox now a days I’m super bxy ❤️❤️❤️❤️????… Ifoo dear naureen eyee haadha nulafaa anhenekey dhw I hate her ????????… Ailee n yoon v loabi couples eh dhw ehaa rom ????????… Alhey dhn vaany kihineahbaa?? Plx plx plx edhekudhin separate nukurahchey Ifoo ????????… Curiously waiting for the next ❤️❤️❤️❤️????????… Much loves from naju ???????????????????????????????????????????????❤️❤️❤️❤️❤️?????

    1. Ifoo ifoo says:
      September 27, 2018 at 8:35 pm

      Naju ❤️❤️❤️???… It’s ok dear ❤️❤️❤️???… Ifoo ah vx v v lahun thaa mi reply kohlevuny ???… Sorry dear ???… Thankyou so much dear for the colourful Comments ❤️❤️❤️????????????… Let’s see dhw vaagotheh ???… V v v ufaavey Naju ge support ehaa bodah libeythy ??????… Naureen dhw… Naureen aslu vx v bad… Let’s see dhw vaagotheh ???… Much loves from me dear ???❤️❤️❤️?????????…

  18. maayaa says:
    September 23, 2018 at 10:36 pm

    Ifoo story hama habeys… I love it.. mihaaru baaky baithah kiyaa hithun hureveny eh nun.. ??? lots of love and best wishes frm me…❤??❤❤❤☺☺☺

    1. Ifoo ifoo says:
      September 27, 2018 at 8:41 pm

      maayaa ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma maayaa ah ???… Now next part up kohlaifinn… ???… Much loves from me dear ❤️❤️❤️????????????…

  19. Shaya ?❤?? says:
    September 26, 2018 at 5:33 pm

    Whn nikunany vaahaka…
    Vr salhi vaahaka.. Kiyaa hithun vr vr mihury hehe.. ??

    1. Ifoo ifoo says:
      September 27, 2018 at 8:43 pm

      Shaya ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje ???… Now next part up kohlaifinn ???.. Avahah kiyaalaa ???… Much loves from me dear ❤️❤️❤️????????????…

  20. Shaa says:
    September 26, 2018 at 7:19 pm

    Woww story is getting better n better ….also very interesting???gud job ifoo???keep it up ❤❤? waiting 4 the next part ifoo dear ❤lots of love from shaa????❤❤

    1. Ifoo ifoo says:
      September 27, 2018 at 8:44 pm

      Shaa ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… Glad u like it ???… Much loves from me dear ❤️❤️❤️????????????…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 44←


All Right Reserved!