Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީހޭ (17)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 18, 2018 7 Mins Read
58 Comments

ކަންބޮޑުވެފައި އަރްޒަން ފޯނަށް ބަލައިލިއެވެ. އޭނާއަށް ޔަނާލަށް ގުޅުނު އަދަދެއްވެސް މިހާރު ނޭނގެއެވެ. މިވީ ދުވަސްކޮޅު ތެރޭގައި އޭނާ ގުޅުމުން އެއްފަހަރުވެސް ޔަނާލް ފޯނު ނުނަގާފައެއް ނެތެވެ. ޔަނާލްއަށް ކޮންމެވެސް ކަމެއްވީކަމުގެ އިންޒާރު އޭނާގެ ސިކުނޑިން ދޭން ފެށުމުން އަރްޒަންއަށް އަތުގައިއޮތް ފޯނަށް ބާރުކޮށްލެވުނެވެ.

ދޮރުބޮޑަށް ހުޅުވައިލަމުން ޒާވިލް އެތެރެއަށް ފިޔަވަޅެއް އަޅައިލިއެވެ. އެއާއެކު ޔަނާލްއަށްވެސް ފަހަތަށް ފިޔަވަޅެއް އަޅައިލެވުނީ ބޭއިޚްތިޔާރުގައެވެ. ޔަނާލްގެ އެހަރަކާތުން ޒާވިލްގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. އެތެރެއަށް ވަނުމަށްފަހު ދޮރު ލައްޕައި ތަޅުލުމަށްފަހު އޭނާ ކުރިމަތީގައިހުރި ޔަނާލްއަށް ފުންކޮށް ބަލައިލިއެވެ. އަދިވެސް ޔަނާލްގެ އެރީތިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އޭނާއާއި ވަކިވިއިރަށްވުރެވެސް ޔަނާލްގެ ޗާލުކަން އިތުރުވެފައިވާކަމަށް ޒާވިލްއަށް ގަބޫލުކުރެވުނެވެ. އެސްފިޔަޖަހައިލަންވެސް ހަނދާންނެތިފައި ޒާވިލްއަށް ޔަނާލްގެ ފައިން ފެށިގެން މޫނާއި ހަމައަށް ނަޒަރު ހިންގައިލެވުނެވެ. އެތަންފެނި ޔަނާލްއަށް ހިންދިރުވައިލެވުނީ ގަތް ބިރެއްގެ ސަބަބުންނެވެ.

ޔަނާލްގެ މޫނުމަތިން ދާތިކި އޮހޮރެންފެށުމާއެކު އޭނާއަށް އެއްއަތުން އަވަސް އަވަހަށް މޫނު ފުހެލެވުނެވެ. އޭރު ބޮޑުވެފައިވާ ދެލޮލުން ކިތަންމެ ރީތިކޮށްވެސް ޔަނާލް ކަންބޮޑުވެ ހާސްވެފައިވާވަރު ހާމަވެއެވެ.

“ޒާ.. ޒާވިލް..” ޔަނާލްއަށް ބުނަން އުޅުނު އެއްޗެއް ފުރިހަމަކުރެވޭގޮތެއް ނުވިއެވެ. “އާނ.. އަހަރެން.. ކިހިނެއްވީ؟ ކާކު ކަމަށްތަ ޔަނޫ ހީކުރީ؟” ޔަނާލްއާ ދިމާއަށް ފިޔަވަޅެއް އަޅައިލަމުން ޒާވިލް ހެވިފައި އަހައިލިއެވެ. “އަހަރެން އަސްލު ހިއެއް ނުވެސްކުރަން ޔަނޫ އާ މިކަހަލަ ގޮތަކަށް ދިމާވެދާނެކަމަށް. އެކަމަކު ތަޤްދީރު އަނެއްކާވެސް އަހަރުމެން އެއްތަން ކުރުވާފި ދޯ.” ލައިގެންހުރި ކަޅު ކުލައިގެ ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ޒާވިލް ބުނެލިއެވެ.

“ޒާވިލް ކޮންކަމެއްތަ ބޭނުންވެގެން ތިއުޅެނީ؟” ވަރަށް ހިތްވަރުކޮށްލުމަށްފަހު ޔަނާލް އަހައިލިއެވެ. “އަހަރެން ބޭނުންވާ ކަންތައް ޔަނޫއަށް ކޮށްދެވޭނެތަ؟” ނިތްއަރުވައިލަމުން ޒާވިލް އަހައިލިއެވެ. އެއްވެސް އެއްޗެއް ބުނުމެއްނެތި ޔަނާލް އިސްޖަހައިލީ ބުނާނެ އެއްޗަކާމެދު ވިސްނަމުންނެވެ.

“އަހަރެން ދިޔައިން ޔަނޫ ހޯދަން ބޮޑުބެމެން ގެއަށް. އެކަމަކު އޭނަ ބުނި ޔަނޫ އުޅެނީ މިތާނގައޭ. އެހެންވެެ މިގެއަށް މިއައީ. ހިތަށްއަރާ ދޯ އަހަރެން ރާއްޖެ އައިސް މިއުޅެނީ ކީއްވެހޭ؟ ހެހެ. ޔަނޫ އަހަރެންނާ ސުވާލު ނުކުރިއަސް އެނގޭ  މިސުވާލުތަކުގެ ޖަވާބު ބޭނުންވާނެކަން. އަސްލު އަހަރެން އައީ ކޮންމެހެން އަންނަން ޖެހިގެން. މިކޮޅުގަ ހުރި ބައްޕަގެ އޮފީހުގެ ކަންތައް ކުރިއަށްދާގޮތް ބަލާލަން އައީ. އެހެންނާ ކޮންމެ އަހަރަކުވެސް އަންނާނީ ބައްޕަ. އެކަމަކު މިހާރު ބައްޕަގެ ބަލިހާލު ހުރިގޮތުން އާދެވެން ނެތީ. ވެދާނު އަހަރެންނަށް އަސްލު މިތަނަށް އާދެވެން މެދުވެރިވީ އަހަރެންގެ ނަސީބުކަމަށްވެސް. ކަލޭ އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލިހެން އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ދިރިއުޅުން ހަލާކުކޮށްލިޔަކަ އަހަރެން ނުދޭނަން.” އިސްޖެހިފައި އެކި ކަންކަމާމެދުގައި ވިސްނުން ހިންގަން ހުރި ޔަނާލް އިސްއުފުލައިލަމުން ބަލާލީ ޒާވިލްގެ ވާހަކަތަކުން ހިތުޖެހިފައެވެ.

“ދެން ބުނެބަލަ. އަހަރެން ބޭނުންވާ ކަންތައް ޔަނޫއަށް ކޮށްދެވޭނެތަ؟” ޔަނާލްގެ ފަރާތުން ޖަވާބެއް ނުލިބި ގިނައިރުވާން ފެށުމުން އަނެއްކާވެސް ޒާވިލް އޭނާގެ ސުވާލު ތަކުރާރުކޮށްލިއެވެ.

“ކޮން.. ކޮން ކަމެއް؟” ޔަނާލް އަހައިލިއެވެ. އެއަޑުގައިވި ޖެހިލުންވުން ފާހަގަވުމުން ޒާވިލްގެ މޫނުމައްޗަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ. “ހޫމް.. އަހަރެން އަސްލު އައީ ޔަނޫއަށް ބިރުދައްކައިގެން ވިއަސް އަރްޒަންއާ ދުރުކުރުވަން. އެކަމަކު.. މިހާރު ހީވަނީ އަހަރެންގެ ޕްލޭނަށް ކުޑަ ބަދަލެއް ގެންނަން ވެއްޖެހެން.” ޔަނާލްގެ ހަށިގަނޑަށް ބަލައިލަމުން ޒާވިލް ނުލަފާ ގޮތަކަށް ބުނެލިއެވެ. ޒާވިލްގެ ރާގު ހުރިގޮތުން ހަގީގަތުގައިވެސް ޔަނާލްގެ ހިތުގެ ތެޅުން އިތުރުވެގެން ދިޔައެވެ. އޭނާގެ އެޖުމުލައިގައި ފޮރުވިފައި އެހެން މާނައެއްވީހެން ޔަނާލްއަށް އިހުސާސުކުރެވުނެވެ.

“ޒާވިލް.. ހެ.. ހެޔޮނުވާނެ އަހަރެންނަށް ތިހެން ނުހަދާ. އަހަ.. އަހަރެން ޒާވިލްއަށް ކޮން ގެއްލުމެއްތަ ދިނީ؟ ހެޔޮނުވާނެ އަހަރެން ދޫކޮށްލާ.” ޔަނާލްގެ ލޮލުން ކަރުނަ އޮހޮރެންފެށީ އަމިއްލަ ނިކަމެތިކަން އިހުސާސުވުމުންނެވެ.

“އޯހް ޔަނޫ. ޔަނޫ ނުރޮއެ. އަހަރެން ނޫޅެމެއްނު ކަމެއް ކުރާކަށް. ޔަނޫ އަހަރެން ބުނާ ކަންތައް ކޮށްދީ.” ޔަނާލްގެ ހަށިގަނޑަށް ނަޒަރު ހިންގަމުން ޒާވިލް ޔަނާލްއާ ދިމާއަށް ހިނގައިގަތެވެ. “ނޫން ޒާވިލް. ތިހެން ނުހަދާ. ހެޔޮނުވާނެ.” ޒާވިލްގެ އަމަލުތަކުން ޔަނާލްގެ ހިތަށް ވަންނަމުންދިޔަ ބިރުވެެރިކަން އިތުރުވަމުން ދިޔައެވެ.

“ޔަނޫ ހާދަ ލޯތްބޭ މިހާރު. އަހަރެން ބޭނުން ޔަނޫ.” ޒާވިލް ހީވަނީ މޮޔަވެފައި ހުރިހެންނެވެ. ޔަނާލްއަށް ދެފަރާތަށް ބޯހޫދުވައިލެވުނެވެ. “ޔަނޫ. ކާކަށްތަ އެނގޭނީ؟ ތީ ދަރިންވެސް ނުލިބޭ މީހުންނު. އެހެންވީމަ މީހަކަށް އިނގިދާނެތީ ޔަނޫ ބިރުގަންނާކަށް ނުޖެހޭނެ. އެހެންނޫނަސް އަހަރެންމީ ޔަނޫގެ ކުރީގެ ފިރިމީހާ އެއްނު. ދެން ކޮބާ މައްސަލައަކީ؟” ހުޝިޔާރުކަމާއެކު ފަހަތަށް ޖެހެމުންދިޔަ ޔަނާލްގެ އަތުގައި ހިފައި އޭނާއާއި ދިމާއަށް ދަމައިގަންނަމުން ޒާވިލް ބުނެލިއެވެ.

“ނޫން ޒާ.. ޒާވިލް. ތިހެން ނުހަދާ. ތިހާ ރަހުމު ކުޑަ ވާކަށް ނުވާނެ.” ގަދަކަމުން ޒާވިލްގެ އަތުގެ ތެރެއިން ސަލާމަތްވާން މަސައްކަތްކުރަމުން ޔަނާލް ދިޔައެވެ. “އަހަރެން ހަގީގަތުގަ އައީ މިހެންވާނެ ކަމަކަށްނޫން. އަހަރެން ބޭނުންވީ ޔަނޫ އަށް ބިރުދައްކައިގެން އަރްޒަންއާ ދުރުކުރަން. އެކަމަކު ޔަނޫ ފެނުނީމަ.. ކީކުރާނީ؟ އަަހަރެންނަކަށް ކެތެއްނުވާނެ. އެހެންމީހުނާއެކު އެހެން އުޅެވޭއިރު އަހަރެންނާއެކު އެހެން އުޅެން ޔަނޫ ޖެހުލުންވާނެކަމެއް ނެތެއްނު.” ޔަނާލްގެ މޫނުގައި އަތުން ފިރުމައިލަމުން ޒާވިލް މަސްތީގޮތަކަށް ބުނެލިއެވެ.

“ޒާވިލް މޮޔަވީތަ؟ އަހަރެން އެއްއިރަކުވެސް އެއްވެސް މީހަކާއެކު ތިބުނާފަދަ މުޑުދާރު އަމަލެއް ނުކުރަން.” ޒާވިލްގެ މޭގައި އަޅައި ކޮށްޕައިލަމުން ޔަނާލް ހަޅޭލަވައިގަތެވެ. “ނުވާނެ އެހެންނެއް. އަހަރެން ކިހިނެއް ގަބޫލުކުރާނީ؟” ޔަނާލް ގަދަހަދަން ފެށުމުން ޒާވިލް ގާތަށް ރުޅިއަންނަގޮތް ވިއެވެ. އެމޫނުމަތިން ފާޅުވަމުންދިޔަ ކުލަވަރުތަކުން އެކަން ރީތިކޮށް ހާމަވަމުން ދިޔައެވެ.

އިރުކޮޅަކު ވިސްނައިލަން ހުރުމަށްފަހު އަރްޒަން ކޮޓަރިން ނުކުމެ ގެއިން ނުކުންނަން ހިނގައިގަތީ ކަންބޮޑުވެފައި ހުރެއެވެ. ކޮޓަރިން ނުކުތް ނިޝްޔާގެ ލޮލުގައި އަވަސް ހިނގުމެއްގައި ސިޑިން ފައިބަމުންދިޔަ އަރްޒަން އަޅައިގަތެވެ. ނިތަށް ރޫއަރުވައިލަމުން ހިތް އަވަސްވެފައިހުރި ނިޝްޔާ އަރްޒަންއަށް ގޮވައިލަމުން އެދިމާއަށް އައެވެ.

“ނިޝްޔާގެ ބޭކާރު ވާހަކަތައް އަޑުއަހާނެހާ ވަގުތެއް އަހަރެން އަތަކު ނެތް.” ނިޝްޔާ ގޮވައިލި އަޑަށް ފަހަތަށް ބެލުމެއްވެސްނެތި އަރްޒަން ބުނެލިއެވެ. “އަހަރެން ނޫޅެން ބޭކާރު ވާހަކައެއް ދައްކާކަށް. އަހަރެންނަށް އިނގޭ އެރެއަށްފަހު އަރްޒަން ތިހުންނަނީ އަހަރެންދެކެ ހިތްހަމަނުޖެހިފަކަން. އަހަރެން ބޭނުމީ އެކަމަށް މައާފަށް އެދެން. ދެން އެފަދަ އަަމަލެއް ތަކުރާރެއް ނުވާނެ.” އަރްޒަންގެ ކުރިބައްދަމުން ނިޝްޔާ އަވަސް އަރުވައިލައިފައި ވާހަކަ ދެއްކިއެވެ. “އަހަރެން ބޭނުމެއްނޫން ތިވާހަކަ ދައްކާކަށް.” އަތުކުރީގައި އޮތް ގަޑިއަށް ނަޒަރު ހިންގައިލަމުން ރުންކުރު ރާގަކަށް އަރްޒަން ބުނެލިއެވެ. “އިނގޭ ތިކަން. އެކަމަކުވެސް އަހަރެން.” ނިޝްޔާގެ ވާހަކަ ފުރިހަމަވާގޮތެއް ނުވިއެވެ. ދަނީކަމަށް ބުނަމުން އަރްޒަން ހަރުފަތްތައް ގިރާކޮށްލުމަށްފަހު ގޮސް ގެއިން ނުކުތެވެ.

“ރޭގަނޑުގެ މިވަގުތު އަރްޒަން އެހާ އަވަސް އަރުވާލާފަ ކޮންތަނަކަށްބާ؟ އޯ ނޯ. ޔަގީން ޔަނާލް ގާތަށް ދާނީ. ނޫން. ޒާވިލް.” ބޮލުގައި އަތް އަޅައިލަމުން ނިޝްޔާއަށް ކަންބޮޑުވެފައި ބުނެލެވުނެވެ. އަރްޒަން އެގެއަށް މިވަގުތު ގޮސްފިނަމަ އޭނާ އާއި ޒާވިލްގެ ހަގީގަތް ފާޅުވާނެއެވެ. ލައިގެންހުރި ޖިންސްގެ ޖީބުން ފޯނު ނަގަމުން ހާސްވެފައި ނިޝްޔާ ޒާވިލްއަށް ގުޅީ އެޚަބަރު ދިނުމުގެ ގޮތުންނެވެ. އަދި ވީ އެންމެ އަވަހަކަށް އެގެއިން ދިއުމަށް ބުނާށެވެ.

ނިޝްޔާ ގުޅައި ގުޅައި ވަރުބަލިވީ އިރުވެސް ޒާވިލް ފޯނު ނަގަން ގަސްދެއް ނުކުރިއެވެ. “ޒާވިލް. މީއަދި އަނެއް ކަންތައް. އަހަރެން އޭރުވެސް ބުނިން އަހަރެން ގުޅީމަ ފޯނު ނަގައްޗޭ. ހަމަ އެނގެ އެއްނު މުހިންމުކަމެއް ނުވަނީސް ނުގުޅާނެކަން. ޒާވިލް ކަމޯން ޓޭކް މައި ކޯލް.” ފޯނު ކަންފަތުގައި ޖަހައިގެންހުރެ ދެކޮޅަށް ހިނގަމުން ނިޝްޔާ ކުދިކިޔައިލިއެވެ. އޭރު އޭނާގެ ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. އެއްގޮތަކަށްވެސް އަރްޒަންގެ ކުރިމަތީގައި ބޭޒާރުވާކަަށް އޭނާ ބޭނުމެއް ނޫނެވެ.

ޒާވިލް ފޯނު ނުނެގުމުން ދަތްކުނޑި ވިކިފައިހުރި ނިޝްޔާ ހުޅުވިފައިހުރި ގޭގެ ދޮރަށް ބަލާލިއެވެ. ކޮންމެގޮތެއް ހަދައިފައި ނަމަވެސް އަރްޒަން ހުއްޓުވަން އޭނާ އެބަޖެހެއެވެ. އެހެނަސް އެކަން ކުރާނެ ގޮތެއް އެވަގުތު ވިސްނައިގަތުން ނިޝްޔާއަށްވީ ދަތި ކަމަކަށެވެ.

ބާރު ދުވެލީގައި ކާރު ދުއްވަމުން އަރްޒަން ދިޔައެވެ. އޭނާގެ ބައްޕައަށް ގުޅައިލުމަށްފަހު އޭނާ ބޭރަށްދިޔަ ވާހަކަ ބުނެލަމުން އަރްޒަން މަގުމައްޗަށް އޭނާގެ ނަޒަރު ހުއްޓައިލިއެވެ. ޔަނާލްއާ މެދުގައި ކަންބޮޑުވެފައި އިންލެއް ބޮޑުކަމުން އެހެން ކަމަކާއި މެދުގައި  ވިސްނުން ހިންގަންވެސް އޭނާ ބޭނުންނުވާ ފަދައެވެ.

ޔަނާލްގެ ގެ އިންމަގަށް އަޅައިލަމުން އަރްޒަން އެހިސާބުގައި ކާރު ޕާރކްކޮށްލިއެވެ. ކާރުން ފައިބަމުން ބާރު ހިނގުމެއްގައި އަރްޒަން އެގެއަށް ވަންނަން ހިނގައިގަތެވެ.

ޔަނާލްގެ އެޕާރޓްމެންޓްގެ ދޮރުކައިރީގައި ހުރި ސްވިޗަށް އޮބައިލަމުން އަރްޒަން މަޑުކޮށްލިއެވެ. އެތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން ކަންބޮޑުވެފައި އަނެއްކާވެސް އަރްޒަން ބެލް ޖައްސައިލިއެވެ. ދެންވެސް އެއްވެސް މީހެއްގެ ހަބަރެއް ނުވިއެވެ. “ޔަނާ. އާރ ޔޫ އޯކޭ؟” ހިތާ ހިތުން އަރްޒަންއަށް އަހައިލެވުނެވެ.

ޔަނާލްގެ އިންތިޒާރުގައި އިރުކޮޅަކު އެތަނުގައި މަޑުކޮށްލުމަށްފަހު އޭނާ ދޮރުގައި އަތުން ޖަހައިލީ ޔަނާލްއަށް ގޮވައިލަމުންނެވެ. ނިތަށްރޫއަރުވައިލަމުން އަރްޒަން އަނެއްކާވެސް ޔަނާލްއަށް ގޮވައިލިއެވެ. އެވަގުތު އިވުނު އަޑުފަށްގަނޑުން ހާސްވެފައި އަރްޒަންއަށް ދޮރާއި ކައިރިވެލެވުނެވެ.

ޒާވިލްގެ އަތުތެރެއިން ސަލާމަތްވެގެން ދުއްވައިގަތް ޔަނާލްގެ އަތުގައި ޖެހިފައި މޭޒުމަތީގައިހުރި ވާރސް ވެއްޓި ތެޅުނެވެ. އެތަން ފެނި ޒާވިލްްއަށް ބުމަގޮށްޖަހަައިލެވުނެވެ. އައިސްފައިހުރި ރުޅިއާއިއެކު ގޭގެ ބެލް ޖަހާއަޑުވެސް އޭނާއަށް ނުއިވޭ ކަހަލައެވެ. އަތްމުށް ކަވައިލަމުން ޒާވިލް ޔަނާލްއާ ދިމާއަށް ދެތިން ފިޔަވަޅު އަޅައިލިއެވެ.

އެއިވުނު އަޑުފަށްގަނޑުން އަރްޒަންގެ ހާސްކަން އިތުރުވުން ނޫންހެންކަމެއް ނުވިއެވެ. ތުނިކޮށް ފަޅައިފައިހުރި ތުނބުޅީގައި އަތް ކާތައިލަމުން އަރްޒަން ދޮރުގައި އަތް ޖައްސައިލުމަށްފަހު ހަދާނެ ގޮތަކާއި މެދުގައި ވިސްނައިލިއެވެ. އިރުކޮޅަކު އެހެން ހުރުމަށްފަހު އޭނާ ކޮނޑުން ދޮރުގައި ބާރަށް ޖެހިގަތެވެ.

ޔަނާލްއަށް ދޮރާ ދިމާއަށް ބަލައިލެވުނެވެ. އިރުއިރުކޮޅާ ގުޑުން އަރަމުންދިޔަ ދޮރަށް ބަލަހައްޓައިގެން އޭނާއަށް ހުރެވުނީ ރޮވިފައެވެ. ކުއްލިއަކަށް ނުވިސްނައިހުރި ޔަނާލްގެ އަތުގައި ހިފައި ގަދަކަމުން ޒާވިލް އޭނާ ގައިގައި ބައްދައިގަތެވެ. ތެޅިގަނެފައި ޒާވިލްގެ އަތްދަށުން ސަލާމަތްވާން އުޅުނު ޔަނާލްއަކަށް ކާމިޔާބެއް ނުވިއެވެ. ލުއި ފަތެއްހެން ޔަނާލް އުފުލައިލަމުން އޭނާ މިސްރާބުޖެހީ ކޮޓަރިއާ ދިމާއަށެވެ. ޔަނާލްއަށް އަޑުން އަޑުނަގައި ރޮއިގަނެވުނެވެ.

ޔަނާލްގެ ރުއިމުގެ އަޑު ބޭރުގައިހުރި އަރްޒަންއަށް ކިތަންމެ ސާފުކޮށްވެސް އިވުނެވެ. އެއަޑާއެކު އޭނާގެ މޭވެސް ގުޑައިގަތް ކަހަލައެވެ. އެތަނުގައިހުރި ލިފްޓުން ނުކުތް މީހެއްގެ ގާތަށް ޖެހިލަމުން ކުރުގޮތަކަށް ވެގެން އުޅޭގޮތް އަރްޒަން ކިޔައިދިނެވެ. އަދި އެމީހާގެ ކިބައިން އެކަމުގައި އޭނާއަށް އެހީއެއްވުމަށް އެދުނެވެ. ދެމީހުންވެގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއަކަށްވީ ކުޑަ އިރުކޮޅެއްގެ ތެރޭގައި ދޮރު ވެއްޓުމެވެ. ހާސްވެފައިހުރި އަރްޒަން ސިޓިންގް ރޫމް ތެރެއަށް ނަޒަރު ހިންގައިލިއެވެ. ވެއްޓި ތަޅައިގެން ގޮސްފައިއޮތް ވާރސްގެ އިތުރުން ތަރުތީބު ގެއްލިފައިވާ އެތަންފެނި އަރްޒަންގެ ހިތް ނުބައި ގޮތަކަށް ތެޅިގަތެވެ.

ޔަނާލްގެ ނަމުން ގޮވައިލަމުން އަރްޒަން އެތެރެއަށް ހިނގައިގަތެވެ. ފަހަތުން އޭނާއަށް އެހީވެދިން މީހާވެސް ކަންބޮޑުވެފައިހުރެ އައެވެ. އަރްޒަންގެ އަޑަށް ސިހިފައި ޔަނާލްގެ ގައިމަތީގައި އޮތް ޒާވިލްއަށް ތެޅިގަނެވުނެވެ. ހުރެވުނުތަނާއި ކުރަން އުޅެވުނު ކަންތައްވެސް އޭނާއަށް އިހުސާސުވީ ދެނެވެ. އެހެނަސް އޭރު ވަގުތު ފާއިތުވެއްޖެއެވެ. ކޮޓަރީ ދޮރުމަތީގައިހުރި އަރްޒަން ހުރީ ލޮލަށް ފެންނަމުންދިޔަ މަންޒަރުތައް ގަބޫލު ނުކުރެވިފައެވެ. އަތްމުށްކެވިގެން ދިއުމާއެކު ދަތްކުނޑި ވިކައިލަމުން އޭނާ އެއައި ބާރު މިނުގައި އައިސް ފަހަތުން ޒާވިލްގެ ގައިގައި ހިފައި އެނދާއި ދުރަށް ކޮށްޕައިލިއެވެ. އެމީހެއްގެ މޫނު ނުފެންނާތީ ކާކުކަން ނޭނގުނެއްކަމަކު އަރްޒަންގެ ރުޅިވަނީ އިންތިހާއަށް ގޮސްފައެވެ.

އަނގަވަަތަށް ވެއްޓުނު ޒާވިލްއަށް އޮތްތަނުން ތެދުވެ ހަމަޖެހިލެވޭވަރެއް ނުވިއެވެ. ފަހަތުން އޭނާގެ ގައިގައި ހިފެހެއްޓުމަށްފަހު އަރްޒަން އޭނާ އަނބުރައިލަމުން ގޮށްމުށުން މޫނުގައި ޖަހަން ދިމާކޮށްލިއެވެ. އެހެނަސް ކުރިމަތިން ފެނުނު ޒާވިލްގެ ސޫރަ އާއެކު އަރްޒަންއަށް ގަބޫލުނުކުރެވިފައި ދެލޯބޮޑުކޮށްލެވުނެވެ.

“ޒާވް.. ކަލޭ..” ބުނާނެ އެއްޗެއްވެސް އެހިނދުކޮޅުގައި އަރްޒަންއަށް ނުވިސްނުނު ކަހަލައެވެ. އެހުރިގޮތަށް ގަނޑުވެފައި އޭނާއަށް ހިނދުކޮޅަކު ހުރެވުނެވެ. އެއާއެކު އޭނާގެ ނަޒަރު އެނދުމަތީގައި ރޮއިލަ ރޮއިލާއިން ޔަނާލްއަށް ހުއްޓުނެވެ. ޔަނާލްގެ ގާތުގައި އޭނާއާއެކު އެތަނަށް ވަތް މީހާ މަޑުކޮށްލައިގެން ހުއްޓެވެ. އެމީހާގެ މޫނުމަތިންވެސް ފާޅުވަމުންދިޔައީ ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ.

“އަރްޒަން. އައި ކެން އެކްސްޕްލެއިން.” ރުޅިން ރަތްވަމުންދިޔަ އަރްޒަންގެ މޫނަށް ބަލައިލަމުން ހިސާބަކަށް ޖެހިލުންވެފައި ޒާވިލް ބުނެލިއެވެ. “ނޯ ޒާވް. އިތުރަށް އަހަރެން އޮޅުންފިލުވަން ބޭނުންވާ ކަމެއް ނެތް. ހުރިހާ ކަމެއް ވަރަށް ސާފުކޮށް އަހަރެންގެ މިދެލޯ ކުރިމައްޗަށް ފެނިއްޖެ.” ޒާވިލްގެ ގަމީހުގެ ގިރުވާނުގައި ހިފައި ބާރުކޮށްލަމުން އަރްޒަން ހަޅޭލަވައިގަތެވެ.

“އަހަރެން ހިއެއް ނުކުރަން މިއޮއް ހުރިހާ ދުވަހު އަހަރެންގެ އެންމެ ގާތް އެކުވެރިއެއްގެ ގޮތުގަ ދެކެވުނީ ތިހާ ގޮތެއްނެތް މީހެއްކަމަކަށް. ތިހާ ނުވިސްނޭ މީހެއް ކަމަކަށް.” ޒާވިލްގެ މޫނަށް ގޮށްމުށުގެ ހަމަލާއެއްދެމުން އަރްޒަން އޭނާގެ ހިތުގައިވި ކޮންމެ އެއްޗެއް ބޭރުކުރަމުން ދިޔައެވެ.

“ތީ ކުރީގެ ޒާވް އެއްނޫން. އަހަރެން ދަންނަ ޒާވް ތިހާ ރަހުމުކުޑައެއް ނުވާނެ.” ވެއްޓުނު ޒާވިލްގެ ގަމީހުގައި ހިފައި ނަގަމުން އަރްޒަން ހަޅޭލަވައިގަތެވެ. އޭރު އަރްޒަން ޖެހި ހިސާބު ފަޅައިގެންގޮސް ޒާވިލްގެ އަނގައާއި ނޭފަތުން ލޭފައިބަމުން ދިޔައެވެ.

“އަހަރެންނަކަށް ނޭނގެ އަރްޒަންއަށް ޔަނާލްގެ ކިބައިން ފެންނަނީ ކޮން އެއްޗެއްކަމެއް. އެއީ އަންހެނެކޭވެސް ބުނަން ހެޔޮނުވާވަރުގެ މީހެއް. އެއްވެސް އުޅުމެއް ހުރި އަންހެނެއްނޫން.” ރުޅިއައިސްފައި ޒާވިލްވެސް އަރްޒަންއަށް ރައްދު ދިނެވެ.

“ޒާވިލް އަށް ޔަނާލްގެ ކިބައިން ނުފެންނަ ކިތަންމެ ކަމެއް އަހަރެންނަށް ފެނޭ. ކަލޭގެ ދެލޯ ތިހުރީ އަނދިރިވެފަ. އެހެންވީމަ ކަލޭއަކަށް ނުފެންނާނު. ކަލޭގެ މަންމަ ތިހުރީ ކަލޭގެ ވިސްނުމާވެސް ކުޅެލާފަ. މީގެ ކުރިން ޒާވިލްތީ ތިގޮތަށް ވިސްނާ މީހެއްވެސްނޫން. ޔަނާލްގެ ކުށެއްނޫން އެއީ އޭނާއަށް ދަރިން ނުލިބުން. އެއީ ﷲ ގެ މިންވަރުފުޅު. ނިކަން ވިސްނާލަބަލަ. ޔަނާލްގެ ބަދަލުގަ އެދެރަ ޒާވިލްއަށް ލިބުނުނަމަ ކިހިނެއްހަދާނީ؟ އެކަމުގެ ސަބަބުން ޔަނާލް ޒާވިލްއާ ވަކިވަން ބޭނުންވިނަމަ ޒާވިލްއަށް ކުރެވޭނެ އިހުސާސުތައް ނިކަން ވިސްނާލަބަލަ. އެފަދަ މާތް ތެދުވެރި އަންހެން ކުއްޖަކު ލިބުމުންވެސް ޒާވްއަށް ނޭނގުނު ގެންގުޅޭކަށް. ދެން ކަލެއަކަށް އެފަދަ ކުއްޖަކު ނުވެސް ލިބޭނެ. އަމިއްލަ ނިޢުމަތްތަކާމެދު ޙަމްދުކުރުމުގެ ބަދަލުގަ ކަލޭ އޭގެއަށް ދެކޮޅުވެރިވީ. އަހަރެން ލަދުގަނޭ ތީ އަހަރެންގެ އެކުވެރިއެކޭ ބުނަންވެސް.” ޒާވިލް ގައިގައި ތަޅަމުން އަރްޒަން އޭނާއާއި ދިމާއަށް ހަޅޭލަވަމުން ދިޔައެވެ. މިފަހަރު އަރްޒަންގެ ވާހަކަތަކުން ޒާވިލްގެ ހިތަށް ކޮންމެވެސް އަސަރެއް ކުރިހެން ހީވެއެވެ. އެމޫނުމަތީގެ ކުލަވަރު އޮއްސި އޭނާއަށް ކުށްވެރިއަކުހެން އިސްޖަހައިލެވުނީ އެވާހަކަތަކަށް ދޭނެ ޖަވާބެއް އޭނާގެ  އަތުގައި ނެތުމުން ކަހަލައެވެ.

“އަރްޒަން.” ގިސްލެވިފައިހުރި ޔަނާލް ފަހަތުން އަރްޒަންގެ ކޮނޑުގައި އަތްޖައްސައިލަމުން ގޮވައިލިއެވެ. އެއަޑަށް ޒާވިލްއާއި ދިމާއަށް އަތްމަޅައިލި އަރްޒަން އަތް ތިރިކޮށްލަމުން ފަހަތަށް އެނބުރުނެވެ. ރޮވިފައިހުރި ޔަނާލް ފެނުމުން އޭނާގެ ހިތުގެ ހިނގުން ހިނދުކޮޅަކަށް މަޑުޖެހުނު ކަހަލައެވެ. ވަގުތު ފާއިތު ނުވަނީސް އޭނާއަށް އެތަނަށް އާދެވުނުކަން ނަސީބޭ އަރްޒަންގެ ހިތަށް އެރިއެވެ. ޔަނާލްގެ އަތުގައި ހިފައި ގާތަށް ދަމައިލަމުން އޭނާ ޔަނާލްގެ ގައިގައި ލޯތްބާއެކު ބައްދައިލިއެވެ. އަރްޒަންގެ އެއޯގާތެރި އަމަލުން ޔަނާލްގެ ބަޑި ފަޅައިގެން ދިޔައެވެ. އަޑުން އަޑުނަގައި އޭނާއަށް ރޮއިގަނެވުނެވެ. ހިތުޖެހިފައިހުރި އަރްޒަން ޔަނާލްގެ ރުއިން ހުއްޓުވޭތޯ އޭނާއަށް އެތައް ހިތްވަރެއް ދޭން ފެށިއެވެ. އެތަން ބަލަންހުރި ޒާވިލް ލަސްލަހުން ފަހަތަށް ފިޔަވަޅު އަޅަންފެށީ އެތަނުން ސަލާމަތްވެގެން ދިއުމުގެ ނިޔަތުގައެވެ.

“ތިހާ ނުބާ ކަމެއް ކުރަން އުޅެފަ ތިހާ ފަސޭހައިން ސަލާމަތެއް ނުވެވޭނެ.” އަރްޒަންއާ އެކުގައި އައި މީހާ ފަހަތުން ޒާވިލްގެ ގައިގައި ބާރަށް ހިފަހައްޓަމުން ބުނެލިއެވެ. އެއަޑަށް ޔަނާލް އާއި އަރްޒަންވެސް ބަލައިލިއެވެ.

“ދެން ސަލާމަތެއް ނުވާނެ ޒާވް. އައި އެމް ކޯލިންގް ޕޮލިސް.” ޔަނާލް ގަޔާ ދުރުކޮށްލަމުން ޖީބުގައި އޮތް ފޯނު ނެގުމަށްފަހު އަރްޒަން ބުނެލިއެވެ. އަރްޒަންގެ އެޖުމުލައާއެކު ހާސްވެފައި ޒާވިލްއަށް ތެޅިގަނެވުނެވެ.

“ނޫން އަރްޒަން ތިހެން ނުހަދާ. ވާހަކަ ދައްކައިގެންވެސް މިމައްސަލަ ހައްލު ކުރެވިދާނު.” ޒާވިލްގެ އަޑުން އޭނާ ހާސްވެފައިހުރި ވަރު އެނގެއެވެ. “ނޫން. ޒާވިލް ކޮންމެ އެއްޗެކޭ ކިޔަސް މިފަހަރު ސަލާމަތެއް ނުވާނެ.” ޒާވިލްއަށް ލޯއަޅައިލަމުން އަރްޒަން ބުނެލިއެވެ. “އަހަރެން އަތުގަ އެބައޮތް އަރްޒަންއަށް ވަރަށް މުހިންމުވާނެ މައުލޫމާތެއްވެސް. ބޭނުންތަ؟” ޒާވިލް މަސައްކަތް ކުރަމުން ދިޔައީ ކޮންމެ އެއްޗެކޭ ކިޔަައިގެން ނަމަވެސް އެތަނުން ރެކެވޭތޯއެވެ. “ތި މުހިންމު މައުލޫމާތެއް ޕޮލިހުން އައިމަ އެމީހުނަށްދީ.” ފަރުވާކުޑަ ގޮތަކަށް އަރްޒަން ބުނެލިއެވެ.

“އެއީ އަރްޒަންގެ އަނބިމީހާ އާ ބެހޭ މައުލޫމާތަކަށް ވިޔަސްތަ؟ މިބުނީ ޔޫލީ..” އެހިސާބަށް ބުނެލުމަށްފަހު ނުލަފާ ގޮތަކަށް ހިނިތުންވެލަމުން ޒާވިލް ހުއްޓައިލިއެވެ. ކަންފަތުގައި ފޯނު ޖައްސައިލި އަރްޒަންއަށް އެޖުމުލަ އަޑުއިވުމާއެކު ނިތަށް ރޫއަރުވައިލަމުން ފޯނު ތިރިކޮށްލެވުނެވެ. “ބުނަން ވާހަކައެއް ޒާވިލް. ކަލޭގެ ތި ދުލުން ޔޫލީގެ ނަންވެސް ގަނެގެން ނުވާނެ.” ހިތްހަމަނުޖެހުނެއްކަމަކު ޒާވިލްގެ ވާހަކައަށް އަރްޒަންގެ ޝައުގުވެރިކަން ހުއްޓޭގޮތް ވިއެވެ.

“ހެހެހެ. އަރްޒަންއަށް އެކައްޗެއްވެސް ނޭނގޭ.. ޔޫލީ.. އަރްޒަންގެ ކުރީގެ އަނބިމީހާ.. ހަހަ.. ބަލަ އޭނަ މަރުވީކީ ނޫނޭ..” ދެންވެސް އޭނާގެ ވާހަކަ ފުރިހަމަނުކޮށް ޒާވިލް މެދުކަނޑައިލިއެވެ. ޒާވިލްގެ ވާހަކައިން އަރްޒަން ހުއްޓުންއަރާގޮތް ވިއެވެ. ގަބޫލު ނުކުރެވިފައި އޭނާއަށް ޒާވިލްއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. “ތިބުނީ؟” ނުވިސްނިފައިހުރި އަރްޒަން އިރުކޮޅަކަށްފަހު އަހައިލިއެވެ.

“ޔެސް އަރްޒަން.. ޔޫލީ މަރުވީކީ ނޫން. ބައެއްގެ ރޭވުމުގެ ދަށުން މަރައިލީ.” އެއްއަރިއަކަށް ހިނިތުންވެހުރެ ޒާވިލް ބުނެލިއެވެ. “ނުވާނެ އެހެނެއް. ހުސް ދޮގު. ކަލޭ ތިއުޅެނީ ސަލާމަތްވާނެ ގޮތެއް ނޭނގިގެން.” ދަތްކުނޑި ވިކިގެންދިގަ އަރްޒަަން އަޑުގެ ކޮޅަށް ހަޅޭލަވައިގަތެވެ. “ގަބޫލެއް ނުކުރާނަން ދޯ. އަހަރެން އަތުގަ އެބަހުރި ހެކިވެސް. އެނގެން ބޭނުންތަ ކޮންބައެއްކަން އެކަން ކުރީ؟” ފާޑެއްގެ ހިނިގަނޑެއް ޖަހައިލަމުން ޒާވިލް ބުނެލިއެވެ. “ކޮންބައެއް؟” ދެލޯބޮޑުވެ އަނގަހުޅުވިފައިހުރި އަރްޒަން އަހައިލިއެވެ. އެއީ އަދި އޭނާއަށް އައު ޚަބަރެކެވެ. ދުވަހެއްގެ ކޮޅުންވެސް ބަޔަކު ޔޫލީއަށް އެފަދަ ބޮޑު ދެރައެއް ދީފާނެއެކޭ އޭނާ ހިއެއްނުކުރެއެވެ. ޔޫލީ އަކީ ފެށުނީއްސުރެވެސް މީހުނާ ގުޅޭ ހިތްހެޔޮ މީހެކެވެ. ވީއިރު އޭނާއަށް ބަޔަކު އެހެންހަދަންވީ ސަބަބެއް އަރްޒަންއަކަށް ނުވިސްނުނެވެ.

“ގޮތެއްގެ މަތިން. އަހަރެން ދޫކޮށްލާ.” ޒާވިލް އޭނާގެ ޝަރުތު ހުށައެޅިއެވެ. “ނަން ބުނޭ. އޭގެފަހުން އަހަރެނަށް ގޮތެއް ނިންމަން އެނގޭނީ.” އަރްޒަން ހުރީ އޭނާގެ ގޮތުގައެވެ. އެހައި ފަސޭހައިން ދޫދޭކަށް އޭނާ ބޭނުމެއް ނުވެއެވެ.

“މައްސަލައެއް ނެތް. އަހަރެން ބުނެފާނަން.” ކޮނޑު އަރުވައިލަމުން ޒާވިލް ބުނެލިއެވެ. މިކަމުގައި އޮތީ ހަމައެކަނި އޭނާގެ ކުށެއް ނޫނެވެ. ވީއިރު އޭގެ އަދަބު ހަމައެކަނި އޭނާއަށް ލިބޭކަށް ޒާވިލް ބޭނުމެއް ނުވެއެވެ. “ޔޫލީ މަރައިލީ.. ކަލޭގެ.. ބޮޑުދައިތައާ އޭނާގެ ދަރި ނިޝްޔާ.” ޒާވިލްގެ ޖުމުލަ އަރްޒަންއަށް އިވުނީ ހޮނުގުގުރިއެއްގެ ސިފައިގައެވެ. ގަބޫލު ނުކުރެވިފައި ހަޅޭލަވައި ގަންނަމުން އަރްޒަންއަށް ދެފަރާތަށް ބޯހޫރުވައިލެވުނު އިރު ޔަނާލްއަަށްވެސް އަނގަމަތީގައި އަތްއަޅައިލަމުން އަރްޒަންއަށް ބަލައިލެވުނެވެ. ދުވެފައި އައިސް އެގޭގެ ދޮރުމައްޗަށް މަޑުކޮށްލި ނިޝްޔާވެސް އިވުނު ވާހަކަތަކާއެކު ހުރި ތަނަށް ގަނޑުވިކަހަލައެވެ. ފަހަރެއްގައިވެސް ޒާވިލް އެހެން ބުނެފާނޭ އޭނާ ހިތަށްވެސް ނާރައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

މިހިތް ކޮށްލީ ދީވާނާ 1

Next

ބުނާށެ ލޯބި ނުވަނީހޭ 05

Next
September 18, 2018

ބުނާށެ ލޯބި ނުވަނީހޭ 05

Previews
September 18, 2018

މިހިތް ކޮށްލީ ދީވާނާ 1

58 Comments!

  1. g... says:
    September 18, 2018 at 6:34 pm

    Haadha inthizaareh koffeemey

    1. Nau says:
      September 18, 2018 at 6:40 pm

      Alhey sry dear.. ?

  2. Naana says:
    September 18, 2018 at 6:34 pm

    Yeyy yeyyy. .me first dhw
    Kiyaalaafa comment kohlan eba

    1. Nau says:
      September 18, 2018 at 6:40 pm

      Hehe yah.. Thanks dear?

  3. Nau says:
    September 18, 2018 at 6:37 pm

    Salaam all.. Sry lasvyma.. Btw alhamdhulillah.. Nw m fyling btr.. Thanks alot for the understanding love n support.. That means a lot to me.. So here is the 17th part.. Hope ya all likr this part too.. Enjoy reading n let me knw the mistakes. Nxt part in sha allah tmrw.. Have a v v gud nyt.. Love you all my dears.. ❤?

  4. Naana says:
    September 18, 2018 at 6:46 pm

    Wow varah reethi mi part vx. Curiously waiting for the next part ??

    1. Nau says:
      September 18, 2018 at 6:55 pm

      Awwn thanks alot dear?

  5. ? Unknown ? says:
    September 18, 2018 at 7:05 pm

    V nice. Nishya n her mom haadha bad ey dhw.?

    1. Nau says:
      September 18, 2018 at 7:24 pm

      Yah dhw.. Hehe.. Thanks alot dear❤

  6. kaishal says:
    September 18, 2018 at 7:16 pm

    ur the best ever…haadha reethi ey love you girl

    1. Nau says:
      September 18, 2018 at 7:25 pm

      Awwwn thanks alot my dear.. Love u evn more❤

  7. ?Shify? says:
    September 18, 2018 at 7:18 pm

    Cute. Mi part mi libuny v. dhigu inthizaarakah fahu kiyan. Nice. Waiting 4 nxt prt.

    1. Nau says:
      September 18, 2018 at 7:25 pm

      Yah dhw. Sry for that dear.. Btw thanks alot❤

  8. Ifu ❤ says:
    September 18, 2018 at 7:24 pm

    Wow wow wow ?❤❤
    V reethi mi story
    N my first cmnt on it
    Curiously waitin for next part
    Mi part ah vex v inthixaaru kurin ??
    Nau u are very talented ❤❤❤
    Masha Allah ❤❤❤❤
    Bless u dear ??????❤????????

    1. Nau says:
      September 18, 2018 at 7:26 pm

      Awwwn thanks alot my dear.. So happy to see ur comment.. May Allah bless u too.. ❤

  9. samm says:
    September 18, 2018 at 7:26 pm

    thnx nau, balive ulhun iru vx mi part up khdhiny ma, Btw vrh salhi mi part vx.. waiting for nxt part. nishayaa n eyna ge mom haadha goahe dhww. Gws nau, maadhan nau okay iyyaa avahah nxt part up khdheche, love you n your stry. ,,Tc

    1. Nau says:
      September 18, 2018 at 7:28 pm

      Awwn thanks alot dear.. For the support n love.. Yah in sha allah i will try to up soon ingey.. Kyp waiting.. Love u evn more❤?

  10. Xuam says:
    September 18, 2018 at 7:38 pm

    Wow….. varah varah varah reethi…. Can’t wait to read the next part…..??????… Nau you are the best….

    1. Nau says:
      September 19, 2018 at 12:54 pm

      Awwwn thanks alot my dear❤

  11. Nunnu says:
    September 18, 2018 at 7:43 pm

    Wow.. gadha.. nishaya ah onnane arazan aai indhevifa…

  12. Sajy says:
    September 18, 2018 at 7:49 pm

    Wow……
    Mi part vess varah reethi❤

    1. Nau says:
      September 19, 2018 at 12:55 pm

      Thanks my dear❤

  13. Zaee says:
    September 18, 2018 at 7:53 pm

    V inthizaaru koh’fin .. v vv reethi .. ???❤❤❤❤

    1. Nau says:
      September 19, 2018 at 12:55 pm

      Thanks alot dear❤

  14. Shaai says:
    September 18, 2018 at 7:55 pm

    Nau dhooni.. thnks upload kohdhinithi… mihaaru bali kihineh…. story v rythi hisaabakah dhw midhiyaey… no part vez v taff…

    1. Nau says:
      September 19, 2018 at 12:55 pm

      Alhamdhulillah m ok nw.. Thanks alot my dear love❤?

  15. Lotus says:
    September 18, 2018 at 7:58 pm

    OH…MY…GOD… THIS IS SOOOO SHOCKING!!!
    Haadha interesting ey mi story.. keep it up dear ???

    1. Nau says:
      September 19, 2018 at 12:56 pm

      Awwwn thanks alot dear❤

  16. R says:
    September 18, 2018 at 8:03 pm

    ARRRRRG!!! That’s it!! Even my patience has its limits. Huvaa mibunee miulhey Villanx thaka varugadha bodieh nudhee nuvaane kethe.. real life ga ulhey baeh nama dhuniyeyge komme thaaku filaa thibbas thibithaakun hoadhaanan

    1. Nau says:
      September 19, 2018 at 12:56 pm

      Hahaha my god.. Thats so true?

  17. Future Mr's Mendes says:
    September 18, 2018 at 8:22 pm

    Ooohh my god… ??❤❤kiriyaa hiy nuhuttuny…next part v avahah up kohdhyba plxx… Varah reeethi mi story❤❤❤❤❤❤❤

    1. Nau says:
      September 19, 2018 at 12:56 pm

      Thanks alot my dear❤

  18. Nahu says:
    September 18, 2018 at 8:29 pm

    Nau….haadha interesting hisaabakun thi nimmaaly …dhn vaane goii balaaa hithun keii nuvey mihaaru …you is the best writer…warah furihama mi story gendhaagoii …good luck dear ..curiously waiting…

    1. Nau says:
      September 19, 2018 at 12:57 pm

      Awwwn thanks alot my dear❤

  19. Hudher says:
    September 18, 2018 at 8:32 pm

    woooooohoooooo………………………dear v v v v v v rythi mi part vx……maasha allah..whn next….luv this part

    1. Nau says:
      September 19, 2018 at 12:57 pm

      Thanks alot my dear❤

  20. shannu says:
    September 18, 2018 at 8:38 pm

    Alhamdhulihllah nau rangalhu v dhw.. haadha happy ey miyadhu ge up kohla dhinyma.. n haadha kiyaahiyvaa hisaabakunney thi ninmaaly.. eyruves hithah eriey arxan ge kuryge wife maruvumuga nishyaa menge atheh vaaney.. v molhukoh ebaoeh story genesdhyfa.. hama konun konunhen fas ginaveyey bunaa usoolun kiyamun dhiyavarakah hageegahthah engemun dhw midhany.. v v molhu

    1. Nau says:
      September 19, 2018 at 12:58 pm

      Heheh yah dhw.. My readers r really gud at guessing thns.. Hehe.. Btw thanks alot my dear.. ❤

  21. raufa says:
    September 18, 2018 at 8:55 pm

    Wow.haadha loaibey mestory.best thing is u update on time…..v asarugadha

    1. Nau says:
      September 19, 2018 at 12:58 pm

      Awwwn thanks alot my dear❤

  22. zeek says:
    September 18, 2018 at 9:40 pm

    Wowowow vvvv habeys mi part ves??????? … & ur the best .. love u & ur stryy ???

    1. Nau says:
      September 19, 2018 at 12:59 pm

      Awwn thanks alot my dear.. Love u evn more❤

  23. Fathun says:
    September 18, 2018 at 9:47 pm

    Wow. Beautiful

    1. Nau says:
      September 19, 2018 at 12:59 pm

      Thanks dear❤

  24. shai says:
    September 18, 2018 at 9:48 pm

    furathama ves ungunu nishyaa aky villain eh kan. I hate her.

    1. Nau says:
      September 19, 2018 at 12:59 pm

      Hehehe dhw.. I hate her too?

  25. maya says:
    September 18, 2018 at 9:49 pm

    alhamdhulihlah..nau u ok mihaaru????yes eyna bust vany yoooow…vvv reethi masha allah..best of best….alhe enme curious vaa hisabun thi ninmaaly nau sis loveu…vv happy vehjje sis rangalhuvyma

    1. Nau says:
      September 19, 2018 at 1:00 pm

      Yah alhamdhulillah m ok.. Thanks alot my dear.. Love u evn more❤

  26. rau says:
    September 18, 2018 at 11:39 pm

    Dear very very interesting next part thankolheh avahah up kohdhybr plx

    1. Nau says:
      September 19, 2018 at 1:01 pm

      Thanks alot dear?

  27. Lyy says:
    September 19, 2018 at 12:10 am

    Story nimen dhw e ulheny

    1. Nau says:
      September 19, 2018 at 1:01 pm

      Yah hehe

  28. Lyy says:
    September 19, 2018 at 12:12 am

    Nice story

    1. Nau says:
      September 19, 2018 at 1:01 pm

      Thanks my dear❤

  29. Shaashaa says:
    September 19, 2018 at 10:28 am

    Mipart haadha kurey ekam v.reethi mipart vex .next part vex v.reethivaanekamah ummeedhukurany n zaavil dhookohnulaathi nishyàa ge kanthahthr falhaaaruvaalaathi

    1. Nau says:
      September 19, 2018 at 1:02 pm

      Alhey kurutha? Btw mi part lng vaane ehn parts thakah vure.. Vedhaane kiyaahih vefa inyma ehn hyvykamah.. Hehe yah dhw.. Lets see dhn.. Btw thanks alot my dear❤

  30. އ says:
    September 19, 2018 at 10:49 am

    ތިން ކުއްވެރިންނަށް އަދަބުދޭންފެނޭ

    1. Nau says:
      September 19, 2018 at 1:02 pm

      Ya dhw. Lets see wat hppns?

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ (18)←


All Right Reserved!