އިންތިޒާރު 17
އެވަގުތު އެމީހުންނާއި ދިމާއަށް ސަމީރާ އަންނަން ފެށުމުން އާލާ ބިރުން ރޫރޫ އަޅައިގަތެވެ. ސަމީރާ ހަދާނެ ގޮތެއް އެނގެނީކީ ނޫން ވިއްޔާއެވެ. ކޮންމެފަދަ ކަމެއްވެސް އޭނަ ކޮށްފާނެއެވެ. އާލާގެ މޫނުމަތިން ފެންނަމުންދިޔަ ބިރުވެރިކަމުން ވިޝާލްގެ ހިތުގައި ސުވާލު އުފެދުނެވެ. އައިގޮތަށް އައިސް އެންމެ ފުރަތަމަވެސް ސަމީރާ އޭނާގެ އަތުގެ ހޫނު ހަމަލާއެއް އާލާގެ ކޯ މައްޗަށް އަރުވައިލިއެވެ. އެވަގުތު އާލާގެ އަނގައިން ވޭނީ އާހެއް ބޭރުވިއެވެ. މަންޒަރު ބަލަންހުރި ވިޝާލްގެ ލަގޮނޑި ނުނުކުތީ ހަމަ ކިރިޔާއެވެ. ދެވަނަ ފަހަރަށް އާލާއާއި ދިމާއަށް މަޅައިލި ސަމީރާގެ އަތުގައި ވިޝާލްއަށް ހިފުނީ އާލާއަށް އިތުރު އަނިޔާއެއް ދޭތަން ބަލަން ކެތްނުވާނެތީއެވެ. އެވަގުތު ސަމީރާގެ ރުޅި އިހުނަށްވުރެ ގަދަވިއެވެ. “މި އަދި ކާކު މަގޭ އަތުގަ ހިފަން….. މީނަވެސް މި ގަނޑު ގަންނަންށޭ ދޯ ފިހާރައޭ ކިޔަމުން މި ގެއިން ނިކުންނަނީ….. އާލާ ، ކަލެ ތިހާ ލަދުހަޔާތް ކުޑަވީ ކޮންއިރަކު..؟ ނަސީރު މިހާރު އައިސް އިންނަތާ ކޮންއިރެއް… މަ ލަދުން މަރުވާން ކައިރިވެފައޭ މި ހުންނަނީ…. ” ސަމީރާ އެހާ ހަޑިކޮށް އާލާއާއި ވާހަކަ ދެއްކުމުން ވިޝާލް ހިސާބަކަށް ހިތްހަމަ ނުޖެހުނެވެ. “އެކަމަކު ތި ގޮތަށް އައިސް މީހެއް ގައިގަ ނުއެއް ޖެހޭނެ އެއްނު…” އެންމެ ފަހުން ކެތްނުވެގެން ވިޝާލް ބުނެލިއެވެ. “ބުނަންތަ މިއަކީ ކަލެއާ ބެހޭ ކަމެއް ނޫން…. މަ ބޭނުން ގޮތެއް މީނައަށް ހަދާނީ…. އަޑުއިވިއްޖެ…؟ ކަލެވެސް އަދި ބަލަން ހުންނަނީތަ…؟ މިހާރު އާދޭ ގެއަށް ދާން…” އިތުރު އެއްޗެއް ބުނަން ވިޝާލްއަށް ފުރުސަތެއްވެސް ނުދީ ސަމީރާ އާލާގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. ދަމަމުން ކަހަލަ ގޮތަކަށް އާލާ ގެންދިޔަ މަންޒަރު ބަލަން ވިޝާލްއަށް ހުރެވުނީ ފެންކަޅިވެފައެވެ. އޭނާ ވަކި ކުރާނީ ކީއްހެއްޔެވެ؟ ވިޝާލްއަށް ކަމެއް ކޮށްދެވޭނީވެސް އާލާ އޭނާގެ މީހެއްގޮތުގައި ހުރިނަމައެވެ. ތަގުދީރު އޭނައާއި އެކު މި ކުޅެނީ ކޮންކަހަލަ ޑްރާމާއެއް ހެއްޔެވެ؟ ލޮލުކޮޅަށް އާލާ ގެއްލުމުން ވިޝާލްއަށްވެސް މަޖުބޫރުވީ އެތަނުން ދިޔުމަށެވެ.
އާރާއާއިއެކު ރެސްޓޯރެންޓްއަށް ވަދެގެން އައީ ދެވަނަ އެހެން މީހެއް ނޫނެވެ. އައިފާގެ ހިތް އަތުލުމުގައި ކާމިޔާބު ހޯދި ޒުވާނާއެވެ. ނަމަވެސް މި ފެންނަނީ ކޮންކަހަލަ މަންޒަރެއް ހެއްޔެވެ؟ އާރާއިއެކު އެ ޒުވާނާ ފެނުންވީ އައިފާއަށް ހަޖަމު ކުރަން އުނދަގޫ ކަމަކަށެވެ. އައިފާ ފެނުމާއިއެކު ހަނާ އަޅާލުމަށްފަހު އާރާވެސް އެތަނުގައި ހުރި ހުސް މޭޒެއް ދޮށުގައި އިށީނެވެ. “ދަންނަ ކުއްޖެއްތަ..؟” އައިފާއަށް އާރާ ހަނައަޅައިލި މަންޒަރު ފެނުމުން ޝާއިމް ސުވާލު ކޮށްލިއެވެ. “ހްމްމް…. ބައްޕަ ފްރެންޑްއެއްގެ ދަރިއެއް އެ…. ކުރިންދުވަހު ދިމާވީވެސް…” އާރާ ވިޝާލްއަށް އޮޅުންފިލުވައިދިނެވެ. ޝާއިމްވެސް އެހެން ހޭ ކިޔައި މެނޫ ބަލަން ފެށިއެވެ.
“އޭތް…. ކީއްވެފަ ތި އިންނަނީ…. ދަންނަ މީހަކީތަ..؟” އާރާ މެންނާއި ދިމާއަށް ކަޅި ޖަހައިވެސް ނުލައި ބަލަން އިން އައިފާ ނޫރާ އެހެން ބުނުމުން ސިއްސައިގެންގޮސް ބަލައިލިއެވެ. “އާން އެއީ މަ ބައްޕަ ފްރެންޑްއެއްގެ ދަރިއެއް…” ކަމަކާއި ހިތްހަމަ ނުޖެހިފައި އިން މީހެއްފަދައިން އައިފާ ބުންޏެވެ. އަވަސް އަވަސް ކޮށްލާފައި އައިފާ ނޫރާގެ އަތުގައި ހިފައިގެން އެތަނުން ނިކުތެވެ. މިވަނީ ކީއްކަން ނޭނގޭ ހާލު ނޫރާވެސް އެއްވެސް ސުވާލެއް ނުކޮށް އައިފާއާއިއެކު ދިޔައެވެ. ނަމަވެސް ކޮންމެވެސް ކަމެއް ވެއްޖެކަން ނޫރާއަށް ނަގައިގަނެވުނެވެ. އައިހަމްއަށް ގުޅާފައި އައިފާ ބަލައި އައުމަށް އެދުމުން މާ ގިނައިރުތަކެއް ނުވެ އައިހަމް އަތުވެއްޖެއެވެ. އައިފާ ދިޔުމުން ނޫރާވެސް ޓެކްސީއަކަށް އަރައިގެން އޭނާގެ ގެއާއި ދިމާލަށް މިސްރާބު ޖެހިއެވެ. ގެއަށް ވަދެވުމާއިއެކު ކޮޓަރިއަށްވަދެ އެންމެ ފުރަތަމަވެސް އައިފާ އަވަސްވެގަތީ އާރާގެ ފޭސްބުކް އައިޑީ ހޯދާށެވެ. މާ ބޮޑު އުނދަގުލަކާއި ނުލައި އާރާގެ ފޭސްބުކް އައިޑީ އައިފާއަށް ފެނުނެވެ. އާރާގެ ފޮޓޯތައް ބަލަމުންދިޔަ އައިފާގެ ލޮލުގެ ގޮބޮޅި ނުވެއްޓި އިނީ ހަމަ ކިރިޔާއެވެ. އިތުރަށް ބެލި ބެލުމުން އެ ޒުވާނާއަކީ އާރާގެ ލޯބިވެރިޔާކަން އިނގުމުން ވާންވީ ދެރަ ކަމެއް ނުވަތަ އަންނަންވީ ރުޅި ކަމެއް އައިފާއަކަށް ނުވިސްނުނެވެ. އޭނާއަށް ލޯބި މި ވެވުނީ އެހެންމީހެއްގެ ހައްޤެއް ދެކެ ކަން އިިނގުމުން އައިފާ އޭނާގެ ބޮލުގައި ހިފައި ބާރުކޮށްލިއެވެ. އަދި މަޑުމަޑުން ދެފަރާތަށް ބޯ ހޫރުވަންފެށީ އެކަން ގަބޫލުކުރަން ބޭނުން ނުވާތީއެވެ. އޭނާގެ ލޯބި އެހެން މީހަކަށް ލިބޭތަން ބަލަން އައިފާއަށް ކެތްވާނެ ހެއްޔެވެ؟ ހަމަގައިމުވެސް އާރާއަށް ޝާއިމްލިބުނަ ދޭކަށް އައިފާ ބޭނުމެއްނުވިއެވެ. ބޭނުންވާ ކަމެއް ކޮށްފަ ނޫނީ ހުއްޓައިނުލާ އައިފާ މިފަހަރުވެސް ޝާއިމް ހާސިލްކޮށްފައި ނޫނީ ހުއްޓާލާނުލުމަށް ހިތުގައި އަޒުމް ކަނޑައެޅިއެވެ.
ގެއަށް ވަދެވުމާއިއެކު ސަމީރާ އާލާ ގޭތެރެއަށް ހޫރައިލިއެވެ. އެވަގުތު އާލާ ގޮސް ޖެހުނީ ސޯފާގައި އިށީންދެގެން އިން ނަސީރުގެ ފައި ބުޑަށެވެ. “ނަސީރު… އަހަރެން ބޭނުންވަނީ މި ކައިވެނި ވީހާވެސް އަވަހަކަށް ކުރަން….. މިރޭވެސް ގޮސް ހުރީ ފާޑެއްގެ ފިރިހެނާކާ އެކީ މާ ފޮޅުވަން….” ރުޅިއައިސް ރަތްވެފައި ހުރެ ސަމީރާ ބުންޏެވެ. “ސަމީ ހަމަޖެހިބަލަ…. އެހެން ކިތަންމެ މީހުންނާކާ އެކީވެސް މާ ފޮޅުވަފާނެއްނު…. އެކަމު މަށާ އިނީމަ އެހެންނެއް ނޫޅެވޭނެއްނު… ހަމަޖެހިބަލަ…. އެހެންވީމަ މާދަމާ ނޫން އަނެއް ދުވަހަށް ހަދަންވީ ދޯ…؟” ނަސީރު އެންމެފަހުން ބުނެލި ޖުމުލައިން އާލާގެ ހިތް ހުއްޓުނުފަދައެވެ. މިއީ އޭނައަށް ފެންނަ ހުވަފެނަކަށް ހަދައިދެއްވުމަށްއެދި ދުޢާ ކުރެވުނު އަދަދުވެސް ނޭނެގެއެވެ. “އަސްލުވެސްތަ…؟ އާން އެ ދުވަސް ރަނގަޅުވާނެ…” ސަމީރާާއަށް ހީވީ ކުޑަވަރެއްގެ ޢީދެއް ލައިގަތްހެންނެވެ. އަނގައިގައި އޮތްހާ ދަތެއް ދައްކަމުން އޭނާ ބަދިގެއަށް ވަނީ ނަސީރުއަށް ޖޫސްތަށްޓެއް ގިރަންށޭ ކިޔަމުންނެވެ. ދަނޑިވަޅު ބަލާފައި އާލާ ގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. އެއާއިއެކު އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. އޭނާގެ ގިސްލުމުގެ އަޑު މުޅު ކޮޓަރިތެރޭގައި ހިފައިފައި ހުރިއިރު އެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތައްވެސް އަސަރުކުރާނެކަން ޔަޤީނެވެ. އަމިއްލަ ނަފްސާއި ޝަކުވާކުރަމުންދިޔަ އާލާ އިތުރަށް ހިތުގައި ޖެހުނީ މުޅި އުމުރަށް ވިޝާލް ގެއްލެން އުޅޭކަމުގެ އިހުސާސް ކުރެވުމުންނެވެ. އެކަން އެ ގޮތައް ވެއްޖެނަމަ އޭނަ މޮޔަވެދާނެއެވެ.
އަނެއް ދުވަހުގެ އިރު އެރީ އެކި މީހުންގެ ހަޔާތުގައި އެކި ކުލަތައް ޖައްސައިދެމުންނެވެ. އުޑުމަތީގައި ދަތުރު ކުރަމުންދާ ވިލާތައް ހިވާނީ އެކައްޗަށްވުރެ އަނެއްކަތި ކުރި ހޯދަން އުޅޭހެންނެވެ. އިރުގެ ރަން ދޯދިތަކުން ކަނޑުގެ ލޮނުގަނޑު ދިއްލާލާފައިވާއިރު ބަލައިލަން ވަރަށްވެސް ފުރިހަމައެވެ. މަގުމައްޗަށް ނަޒަރު ހުއްޓައިލައިގެން ބެލްކަނީގައި ހުރި އައިފާ ހުރި ފުން ހިޔާލަކަށް ގެއްލިފައެވެ. ހީވާ ގޮތުން އޭނާގެ ބޮލުގައި ކޮންމެވެސް ބޮޑު ރޭވުމެއް ރާވަނީއެވެ. ސިހިފައި އައިފާއަށް ހަޅޭލަވައިގަނެވުނީ އައިހަމް އައިސް އޭނާގެ ކަންފަތް ބުޑުގައި ހަޅޭލަވައިގަތުމުންނެވެ. “ދެން ދޮންބެވެސް…. މިގަޑީ ދެން އިތުރަށް މަ މޫޑު އޮފް ނުކޮށްބަލަ….” ތުން އަނބުރައިލަމުން އައިފާ ގޮސް ބެލްކަނީގައި އިން ކުޑަ އުނދޯލީގައި އިށީނެވެ. އައިފާގެ މޫނު ފެނުމުން އައިހަމްއަށް އިތުރަށް މަޖާވިއެވެ. “އައްދެ….. ބައި ދަ ވޭ މިއަދު ހާދަ އަވަހަށް އިރު އަރައިގެން ތި އުޅެނީއޯ..؟ އެހެންނޫނީ ބަޔަކު އައިސް ރާއްޖެ ހިފިޔަސް މީނައަކަށް ނޭނގޭނެ….” ހިނިގަނޑެއް ޖަހާލަމުން އައިހަމް އެހެންބުނީ އައިފާ ހެއްވާލުމުގެ ބޭނުމުގައެވެ. ނަމަވެސް އޭނާއަކަށް އެކަން ކާމިޔާބެއް ނުވިއެވެ. “ހަހަހަހަހަހަ ވެރީ ފަނީ…. އައި ފޮގޮޓް ޓު ލާފް….. އަސްލުވެސް މަޖައެއް ނޫން އިނގޭ…..” މޫނަށް ވައްތަރެއް ޖައްސަމުން އައިފާ ބުންޏެވެ. ކޮންމެވެސް ކަމެއް އައިފާއަށް ވެއްޖެކަން ނަގައިގަނެވުނު ހިނދު އައިހަމްވެސް ކުޑަކޮށް ސީރިއަސް ވެލިއެވެ. “އޯކޭ…. ސޮރީ….. ދެން ތި ވެގެން އުޅޭ ގޮތެއް ކިޔައިދީބަލަ…. އޭރުންނެއްނު ހެލްޕްއެއް ވައްޓާލެވޭނީ…” އައިހަމްވެސް ސީރިއަސްވެފައި އެހެން އަހާލުމުން އައިފާ ވެގެން އުޅޭ ގޮތް ކިޔައިދިނެވެ. އައިފާ އެވާހަކަ ކިޔައި ނިންމާލުމުން އައިހަމްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ވާނުވާ ނޭނގިފައި އިން އައިފާ އައިހަމްއާއި ދިމާއަށް ބުމަ އަރުވައިލީ އޭނާ ހޭ ސަބަބު ނޭނގޭތީއެވެ. “ހަހަހަހަހަހަހަ….. އައިއްކޮ ތިހިރީ މޮޔަ ވެފަތަ..؟ އިހަށް ދުވަހު މަގުމަތިން ފެނުން މީހެއް ދެކެ ލޯބިވެވޭތަ….. އަޖައިބެއް ތި….. އަދި އެވެސް އާރާގެ ބިޓު ދެކެ…. ތި ވިސްނުން ދޫކޮށްލާ….” އައިހަމް އަނެއްކާވެސް ޖޯކު ޖަހަން ފެށުމުން އައިފާ ގާތައް ރުޅިއައެވެ. “ހުރިހާ ކަމެއްވެސް މަޖަލަކަށް ހަދާތީއޭ މަ ދޮންބެއާ އެއްވެސް އެއްޗެއް ޝެއާ ނުކުރަނީ….. ވަރަށް ފޫހިވޭ…” އައިހަމްގެ ގައިގަ ޖަހައަލަމުން އައިފާ އޭނާގެ މޫނު އަނެއް ފަރާާތައް އަނބުރައިލިއެވެ. “އޯކޭ އޯކޭ….. ދެން ކިހިނެތް ހަދަން ތި ވިސްނަނީ…. އެ ދެމީހުން ދުރުކޮށްގެން ދޯ ތިކަން ވާނީ…. ބަޓް، އެހެންވެސް ހަދާކަށް ނުވާނެ ދޯ…. އޭރުން މީހެއްގެ ދިރިއުޅުން ހަލާކު ކޮށްލިކަމަށް ވާނީ….” ވިސްނަން އިނދެފައި އައިހަމް ބުނެލިއެވެ. އޭނަވެސް އެބުނީ މުޅިން ދޮގު ވާހަކައެއް ނޫނެވެ. ތިމާގެ އަމިއްލަ އުފަލަށްޓަކައި މީހުންގެ ދިރިއުޅުމަށް ވަނުމަކީ ކުރުން ރަނގަޅު ކަމެއް ނޫނެވެ. ނަމަވެސް އަމިއްލަ އުފަލަށް ވިސްނައި އައިފާ އެކަމަކާ ވިސްނާކަށްވެސް ބޭނުމެއް ނުވިއެވެ. “ހުއް… އައި ޑޯންޓް ގިވް އަ ޝިޓް…. އެހެން މީހުންގެ އުފަލަށްވުރް ތިމާގެ އަމިއްލަ އުފަލާއި ހިތްހަމަ ޖެހުން މާ މުހިންމު ވާނެއްނު…. މަށަށް އިނގޭހައިވެސް އެއްޗަކީ ޝާއިމް މަގޭ މީހަކަށް ހަދާފަ ނޫނީ ނުއެއް ހުއްޓާނަންކަން….. އެ ވަރިހަމަ އެކަމަށްޓަކައި ކޮންމެ ކަމެއް ކުރަން ޖެހުނަސް…..” އަޑަށް ބާރުލައިފަ އައިފާ އެހެން ބުނުމުން އައިހަމްއަށް އިތުރަކަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
ކުޑަ ދޮރުން ބޭރުބަލަން ހުރި ވިޝާލް ސިހުނީ އޭނާގެ ފޯނު ރިންގްވާން ފެށުމުންނެވެ. ގުޅަނީ ޝާއިމްކަމުން އޭނަ އަވަސް އަވަހަށް ފޯނަށް ޖަވާބުދިނީ އޭނާގެ އެކުވެރިންނާއި ވާހަކަ ދައްކައި ނުލެވޭތާ ދުވަސްކޮޅެއް ވެފައި ވާތީއެވެ. ޝާއިމް ގުޅަންޏާ އޭގެ މާނައަކީ އޭނަ ގުޅަނީ 3 އެކުވެރިންނާއިއެކު ކޮންފަރެންސް ހަދާށެވެ. “ހޭ ބްރޯސް ވަޓްސް އަޕް…” މަޖާވެލައިފައި ޝާއިމް ބުންޏެވެ. ޒާއިފްވެސް ހެވިފައި ވާހަކަ ދައްކަމުން ދިޔައެވެ. ނަމަވެސް އެމީހުން ނަގަމުން ދިޔަ މަޖަލުގައި ބައިވެރިވާން ނޭނގިފައި ހުރީ ވިޝާލެވެ. އެކުވެރިންނާއި ދޭތެރޭ އަބަދުވެސް ވިސްނައި ޝާއިމްއަށް އެކަން ފާހަގަ ވެގެން ސުވާލު ކުރިއެވެ. “އޭ ވިޝާލް…. ކައެއަށް ކިހިނެތްވެފަތަ ތި ހުންނަނީ…. އަނެއްކާ ހުރިހާ ކަމެއް އޯކޭތަ…؟” ސީރިއަސް ރާގެއްގައި ޝާއިމް ސުވާލު ކޮށްލިއެވެ. “އެއްކަމެއްވެސް ރަނގަޅެއް ނޫން….. ހުވާ މަމި ހުންނަނީ އެކަމާ ހެދި ބޯ ފަޅައިގެން ދާވަރުވެފަ…” ޝާއިމް އެވަރަށް ސުވާލުކުރުމުން ވިޝާލް އާލާއަށް ދިމާވެގެން އުޅޭ މުސީބާތުގެ ވާހަކަ ކިޔައިދޭން ފެށިއެވެ. “އަމާ……. އައްޗީޑި…. މުސްކުޅިއަކާ ދެވަންށޭ؟…. އޭނަ މަންމަ އެ ހުރީ ހަމަ ހޭގަ..؟ ލާރި ބޭނުންވިޔަސް ބޮޑުވަރު ދޯ….” ޒާއިފް ހީވީ އަލަށް އެކަހަލަ ވާހަކައެއް އަޑު އެހި މީހެއް ހެންނެވެ. ޝާއިމްއަށް ވީ ވަރު ވަކި ކުޑައެއް ނޫނެވެ. “ޕިސް ޕިސް….. މި މުސްކުޅިވެރިންވެސް މި އުޅެނީ ކުރާނެ ކަމެއް ނެތިގެންތަ…؟ ލާރި ދީގެން މީހުންގެ ޅަ ދަރިންގެ ދިރިއުޅުން ހަލާކު ކުރަމުން ދުވާ ބައެއް އެ…. މަމީ ކައެ ނަމަ ދެލޯ ނަގާފަ ދޫކޮށްލާނީ…. ހުވާ މި ބުނި…. އޭ ވިޝާލް ކައެ ޖެހޭނެ އެކަން ހުއްޓުވަން …. މިހާރުވެސް އާލާގެ ކުރިމަތީގައި ކައެ ތި އެއްވެސް އިތުބާރެއް އޮތް މީހެއް ނޫނެއްނު… ޔޫ ނީޑް ޓު ޕްރޫވް ހާ ދެޓް ޔޫ ލަވް ހާ….” ޝާއިމް އެ ދެއްކީ ހުސް ތެދުވާހަކަ ކަން ވިޝާލް ވެސް ގަބޫލުކުރެއެވެ. ވިޝާލް އެ ފޯނު ކޯލު ކުރު ކޮށްލީ މާހިން އެތަނަށް އައިސް ސަރ ގެ ފޯނެކޭ ކިޔައި އޭނާގެ ފޯނު ވިޝާލްއަށް ދިއްކޮށްލުމުންނެވެ. “އައްސަލާމް އަލައިކުމް ސާރ” އަދަބުވެރިކަމާއިއެކު ވިޝާލް ބުންޏެވެ. “ވަޢަލައިކުމް ސަލާމް…. ވިޝާލްމެން އެބަޖެހޭ ވަރަށް އަވަހަަށް މި ކޮޅަށް އަންނަން….. އޮފީހަށް ކުޑަކަމެއް ދިމާވެގެން…. އެހެންވީމަ މާދަން ފަތިހު ލޯންޗުން ފުރަން ރެޑީވޭ…. ސާރ ޓިކެޓް ހަމަޖައްސާނަން…” އެހައި ކުއްލި ގޮތަކަށް ދާން ބުނުމުން ވިޝާލް ކުޑަކޮށް ހިތްހަމަ ނުޖެހުނެވެ. އޭނާ ގޮއްސިއްޔާ އާލާއަށް ވާނީ ކިހިނެތް ހެއްޔެވެ؟ “އެކަމް ސާރ… އިތުރު ގޮތެއް ނީންނާނެތަ ހަމަ…. އަޅުގަނޑު ބޭނުން އަދި ދުވަސްކޮޅަކު މަޑުކޮށްލަން….” އާދޭހުގެ ރާގެއްގައި ވިޝާލް ބުންޏެވެ. “ސާރ އަށް އިނގޭ ތިކުދިން މަޑުކުރަން ބޭނުންވާނެކަން….. އެކަމް ހަމަ އެއްވެސް ގޮތެއް ނެތީމަ މި ގުޅީ…… ކިރިޔާވެސް ގޮތެއް އޮތްނަމަ ސާރ ތިކުދިންނެއް ނުގެންނާނަން…. ވީ ޑޯންޓް ހޭވް އެނީ އަދަރަ އޮޕްޝަން….” ހާމިދުވެސް ކަން އޮތްގޮތް ވިޝާލްއަށް ކިޔައިދިނެވެ. ވިޝާލްއަށް އެންމެ ފަހުން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އެވަގުތު އޭނާގެ ހިތުގައި ބުނެދޭން ނޭނގޭފަދަ ރިހުމެއް ދުވެލިއެވެ. “އާލާ އައިމް ސޯ ސޮރީ…… ޕްލީޒް ފޮގިވް މީ…..” އެ ލަފުޒުތައް ވީ ވިޝާލްގެ ހިތުގައެވެ. ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް ހިންދަމުން އާލާ އެ މުސީބާތުން ސަލާމަތް ކޮށްދެއްވުމަށް އެދި ﷲ ހަޟްރަތަށް ދުޢާ ކުރެވުނެވެ.
ހަވީރު ވީރުވެސް އާލާ ކޮޓަރިން ބޭރަށް ނިކުންނާކަށް ބޭނުމެއް ނުވިއެވެ. ބަނޑުހައި ހޫނުކަންވެސް އޭނާއަށް އިހުސާސް ނުވާފަދައެވެ. އެނދުގައި ލެނގިލައިގެން އިން އާލާއަށް ސިހިފައި ދޮރާއި ދިމާއަށް ބަލައިލެވުނީ ސަމީރާ ވަދެގެން އައުމުންނެވެ. “މިރޭ 8:30އަށް ކޯޓަށް ދާން ތައްޔާރު ވާތި….” ސަމީރާ ބުނި ޖުމުލައިން އާލާއަށް އިން ތަނުން ތެދުވެވުނެވެ. އާލާއަށް އެއްޗެއް ބުނަން ފުރުސަތެއްވެސް ނުދީ އަތުގައި ހުރި ބާރެއްލާފައި ދޮރު ޖެހުމަށްފަހު ސަމީރާ އެ ކޮޓަރިން ނުކުތެވެ.
****ނުނިމޭ****
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.



V salhi vaahaka..maasha allah..whn next..luv yahh????
Thankiu hudher
Luv yu too❤
Nice
Thankiu
Me second vrh reethi alhi aalaa save kohba and my name is aalaa too ehenve coinciding eh
Pls aalaa salaamaih kurahchey
Salhi
Visualu aa aky felaigen dhy bala
Kncheh k???felaigen ney hahahaha
???
Thankiu all
Lets see aala salaamai veythw
Alhe noon aalaa salamaih kurey.. Yes i have an idea… Vishaal dhaairu vagah aalaaa govaigen dhey.. Eyrun vv salhi vaane…. Vvvv reethii story is hama obines tothe Max ????????????avahah nxt part up kohdhehchey luv u ?????????????????????????
Thankiu for u r wonderful idea…. insha allah next part fridayga genesdheveythw balaanan….. keep reading… luv u too❤❤
Ya its a good idea..i support it?
Heheheh….
Balamaa dhw kihinehthw vany
Nalla❤