Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 15

hygge Level 510 Stories100 Comments100 Login500 Comments
September 17, 2018 8 Mins Read
39 Comments

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރުމަށްފަހު ދާނިޔަލް އާއި ސައިފް ވެސް ދެމީހުންގެ ކޮޓަރިއަށް ދިޔައެވެ. ދާނިޔަލް ކޮޓަރިއަށް ވަތް ގޮތަށް މިސްރާބު ޖެހީ ފާޚާނާއަށެވެ. އެއީ ފެންވަރާލައި ތާޒާވެލުމަށެވެ. ކުރިން އައި ގޮތަށް އޭނާ ފެން ނުވެރީ މަޣްރިބް ނަމާދު ވަގުތު ޖެހުމުންނެވެ. އިޝާ ނަމާދަށް ބަންގި ގޮވަން ވާއިރަށް ފެން ވަރާ ތައްޔާރު ވެވޭތޯ ދާނިޔަލް ބެލިއެވެ.

“ރުކާ.. އާދެބަލަ ފިޒިކްސް ނޯޓްސްތައް ހިފައިގެން.. އެބަ ހީވޭ އެއް ނޯޓް މަދުވާހެން..” އާލާ އޭނާގެ ކޮޓަރީގެ ބެލްކަނީގައި ހުރެ ރުކާއަށް ގުޅައިގެން ވާހަކަ ދައްކަމުން ދިޔައެވެ. އޭނާ އެދަނީ މާދަމާ އޮތް ޓެސްޓަށް ދަސްކުރަމުންނެވެ. ރުކާ އެބަ އަންނަމޭ ބުނުމުން އާލާ ފޯނު ކަނޑާލުމަށްފަހު ކޮޓަރިތެރެއަށް ވަނެވެ. އޭގެ އިރުގަނޑެއް ފަހުން ކުއީން ސައިޒްގެ އެނދުގައި ބަނޑުވަތަށް ފޯނާއި ކުލެން އޮތް އާލާ ފުންމައިގެން ތެދުވި ކޮޓަރީގައި ނިކަން ބާރަށް ތަޅައިގަތް އަޑަށެވެ.

ސިއްސައިގެން ދިޔަލެއް ބޮޑުކަމުން އާލާއަށް އެނދުން ތެދުވެވުނު ގޮތްވެސް ނޭނގެއެވެ. އެއިރު އޭނާއަށް ފުން ނޭވާތަކެއް ލެވެމުން ދިޔައީ ބިރުގަނެފައި ހުރި ވަރުންނެވެ. މީހާ ހަމަޖެހެން މަސައްކަތް ކުރަމުން އާލާ ގޮސް ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެހިނދު އޭނާގެ މޫނުމައްޗަށް ނުރުހުންތެރިކަން ފާޅުވި ދޮރު ހުޅުވާލި ގަޑީގައި އޭނާގެ މޫނަށް ބަލައިލުމަށްފަހު ބިނދި ބިނދިފައި ރުކާ ހޭތަން ފެނުމުންނެވެ. “ރުކާ..” އާލާ ރުކާ ގައިގަ ޖަހަން އަތް މަލާލިތަނުން ރުކާ އެދޭތެރެއިން ދެމިގަނެގެން ގޮސް އާލާގެ އަތްދަށުން ސަލާމަތްވިއެވެ.

އިރުގަނޑެއް ވާންދެން އެސަކަރާތުގައި ދެމީހުން ތިބެފައި ހިންދަމާލީ ވަރުބަލިވުމުންނެވެ. “ދެން ދުވަހަކުވެސް އެހެން ހަދަން ހިތަށް ނާރުވާތި.. ބިރުން ކިރިޔާއޭ ފިތްކަނޑައިގެން ނުދިޔައީ..” އާލާ އެނދުގައި އިށީނދެ އިނދެ ސޯފާގައި އިން ރުކާއަށް ބުނެލިއެވެ. “ކިރިޔާ ފިތްކަނޑައިގެން ނުދިޔައީއޭ؟ ހަމަ ރަނގަޅަށްވެސް ފިތްކަނޑައިގެން ގޮއްސަ ހުރީ..” ރުކާ ހިނިގަނޑެއް ޖަހާލުމަށްފަހު ބުނެލިއެވެ.

“ހޫމް ކޮން ނޯޓްސް އެކޭ މަދީ؟ ހާދަ ލަހަކުންނޭ ތިބުނީ.. މާދަމާ ޓެސްޓް އޮތީ.. ދެން ދަސްވާނެތަ؟” ރުކާ އެއްފަހަރާ އެތަށް ސުވާލެއް އާލާއާއި ކުރިމަތި ކުރުވިއެވެ. “ތި ފޮތް ބަލައިލީމަ އިނގޭނީ.. ހީވަނީ ހަމަ މަދުހެން.. ޔަގީނެއް ނޫން.. ޗެކް ކޮށްލަން ވާނެއްނު.. އެހެން ނޫނީ ލަނޑެއްވެސް ލިބިދާނެ..” އާލާ އެހެން ބުނުމަށްފަހު ރުކާ ގާތަށް ގޮސް ރުކާ އަތުން އޭނާގެ ފޮތް ނަގާ ބަލަން ފެށިއެވެ.

“އެއްކަހަލަ ދާނިޔަލް ސޮރު މިހާރު ރަޝިޔާއަށް ފުރީތަ؟” ފޮތަށް ސަމާލުވެގެން ހުރި އާލާގެ ދެބުމަ މަގުލަސްޖެހިގެން ދިޔައީ ރުކާ ކުރުވި ސުވާލުންނެވެ. “ރުކާ ކައިރީ އާލް ނުބުނަންތަ އެ ދާނިޔަލްގެ ވާހަކަ އަހަރެން ގާތު ނާހާށޭ؟ ނޭނގެ ދިޔަ ކަމެއްވެސް ނުދާކަމެއްވެސް.. އާލްއަށް ކޮންކަމެއް؟ ހާދަ ފޫއްސެކޭ ވަނީ އޭނާ ދެކެ.. އެކަމަކު އޭނާ ނެތީމަވެސް ފޫހިވޭ.. މިހާރު ޖެއްސުމެއްވެސް ނުކުރެވޭ ވިއްޔާ..” އާލާ ދެއްކި ވާހަކަ އަޑުއިވުމުން ރުކާ ދެފަރާތަށް ބޯ ހޫރުވާލީ މީނާގެ ވިސްނުން ދުވަހަކުވެސް ބަދަލެއް ނުވާނޭ ބުނަމުންނެވެ.

ދުވަސްތައް ފާއިތުވަމުންގޮސް އެއްހަފްތާ ފާއިތުވެގެން ހިނގައްޖެއެވެ. އާލާވެސް އޭނާގެ ހުރިހާ ހިތްވަރަކާއިއެކު ޓެސްޓުތައް ކާމިޔާބު ކަމާއެކު ނިންމަމުން ދިޔައިރު ދާނިޔަލް ދިޔައީ ފެށެން އޮތް ކޯހަށް ތައްޔާރު ވަމުންނެވެ. އަތުގައި މަދު ހެދުން ހުރުމުން އަރީފް ދިން ރުފިޔާއިން ހެދުންކޮޅެއް ގަތުމަށްފަހު އެނޫންވެސް އެކި އެކި ތައްޔާރީތައް ވަމުން ދިޔައީ ފޯރިއާއެކުއެވެ.

އާ ދުވަހަކަށް އެރި އިރާއެކު ދާނިޔަލް ތައްޔާރުވަމުން ދިޔައީ މިއަދު ކޮލެޖު ފެށޭތީ ކޮލެޖަށް ދާށެވެ. ފުރަތަމަ ދުވަސްކަމުން އޭނާ ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. ނަމަވެސް މާތް ﷲއަށް ވަކީލުކޮށްލަމުން ހިތް ހަމައަކަށް އަޅުވާލީ ކުޑަ ހިނދުކޮޅެއްގެ ތެރޭގައެވެ. ދުވަހުގެ ވަގުތުތައް ފާއިތުވަމުން ދިޔައީ ހީވެސްނުކުރާހާ އަވަހަށެވެ. މެންދުރުގެ ކެއުން ސައިފް އާއެކި ފުރިހަމަ ކުރުމަށްފަހު ދާނިޔަލް ކޮޓަރިއަށް ވަނީ ކޮލެޖަށް ދިޔުމަށްޓަކައި ތައްޔާރު ވުމަށެވެ.

ކޮލެޖަށް ބޭނުންވާ ސާމާނު ހިފައިގެން ކޮނޑުގައި ދަބަސް އަޅުވާލައިގެން ނިކުތް ދާނިޔަލް ހުރީ ކަޅު ކުލައިގެ ފަޓުލުނަކާއި މެރޫން ކުލައިގެ ގަމީހެއް ލައިގެންނެވެ. އާދައިގެ މަތިން ގަމީހުގެ އަތުކުރި އުޅަނބޮއްޓާއި ހަމައަށް އޮޅާލެވިފައި ވާއިރު އިސްތަށިގަނޑުވެސް ވަނީ އެއްފަރާތަކަށް ސްޓައިލް ކޮށްލައިފައެވެ. ދާނިޔަލް ކޮޓަރިން ނިކުތް އިރު ސައިފް އޭނާގެ އިންތިޒާރުގައި ސޯފާގައި އިނެވެ. ދާނިޔަލް ކޮޓަރިން ނިކުތް ތަން ފެނިގެން ސައިފް ރީތި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ތެދުވެގެން ދޮރާއި ދިމާލަށް ދިޔައެވެ. ދާނިޔަލް އޭނާގެ ފަސް ފަހަތުން ގޮސް ގެއިން ނިކުތެވެ.

ފުޅާ މަގުތަކުން ކާރު ދުއްވާފައި ދިޔަ އިރު ދާނިޔަލް އިނީ ލޯގަނޑުން ބޭރަށް ނަޒަރު ހުއްޓާލައިގެންނެވެ. “އަހަރެމެން ގެއްލިއްޖެއްޔާ މިތަނުން ހޯދުން ވާނީ ދަތިކަމަކަށްދޯ؟” ދުނިޔޭގެ އެންމެ ބޮޑު ގައުމަށް އެތަން ވުމުން މުޅި ތަނަށް ވިސްނާލައިފައި ދާނިޔަލް ސައިފް ގާތު ބުނެލިއެވެ. އެހިނދު ސައިފްވެސް ލުއި ހިނިތުންވުމަކާއެކު އެކަމަށް އެއްބަސްވިއެވެ. އެވަގުތު ކާރުތެރެއަށް ވެރިވެފައިވި ހިމޭންކަން ނެތިގެން ދިޔައީ ދެމީހުން ވާހަކަ ދައްކަން ފެށުމުންނެވެ.

ސައިފް ކާރު މަޑުކޮށްލުމާއެކު ދާނިޔަލް އެ ކާރުން ފޭބިއެވެ. އެހިނދު ދާނިޔަލްގެ އަނގަ ހުޅުވުނީ ތަނުގެ ބޮޑު ކަމުން އާޝޯޚުވިވަރުންނެވެ. އެ ޔުނިވާސިޓީގެ ބައެއް ފޮޓޯތަށް އިންޓަރނެޓްގެ ޒަރީޢާއިން ދާނިޔަލްއަށް ފެނިފައިވިނަމަވެސް މިހާ ބޮޑުވެދާނެއެކޭ އޭނާ ހީނުކުރެއެވެ. ރާއްޖޭގައި ހުރި އޭނާ ދަންނަ ޔުނިވާސިޓީތައް މި ޔުނިވާސިޓީ ހަތަރު ބައި ކުރިޔަސް އެއިން އެއްބައިވަރަށްވުރެވެސް ކުޑަވާނެއެވެ. އެހާވެސް އެތަން ބޮޑެވެ. މުޅި ތަން ވަށައިގެން ފުޅާ އަދި އެހާމެ އުސް ބޯ ވަށާފާރެއް އިނެވެ. އެ ވަށާފާރުގެ ބޯމިނުގައި ގާތްގަނޑަކަށް އާދައިގެ ސްކޫލެއްގެ ދެ ކުލާސްރޫމު ވަރުވެދާނެއެވެ. ވާށާފާރެއްގެ ގޮތުގައި އެތަން އިން ނަމަވެސް އެތާވެސް ހުރީ އެކި ރޫމް ތަކެވެ. އެތަނުގެ އުސްމިނުގައި ގާތްގަނޑަކަށް ފަސް ފަންގިފިލާގެ އިމާރާތެއް ވަރުވެއެވެ. ބަލާބެލުމަށް އެ ބައި ބޭނުން ކޮށްފައި އެ އިންނަނީ ހޮސްޓެލް އެއް ގޮތުގައެވެ.

ހޮސްޓެލް ދޫކޮށް އެ ބޮޑު ގޯތިތެރޭގައި ދެން ހަދާފައި އިނީ ޔުނިވާސިޓީއެވެ. އިނގިރޭސި އަކުރުން ‘ސީ’ އެއްގެ ބައްޓަމަށް އެތަށް އިން އިރު އޭގެ މެދުން ތެދު ރޮނގެއްހެން އެއްބައި ފަރުމާކޮށްފައި ވާއިރު އެތަން ނުހަނު ބޮޑެވެ. ލާރީގެ ގޮތުގައި ބޭނުންކުރާ ސެންޓްގެ ސައިން ހެން އެތަން ސިފަކޮށްލިޔަސް ރަނގަޅުވާނެއެވެ. ތަފާތަކީ އޭގައި އެ އިންނަ ރޮނގު މި ޔުނިވާސިތީގައި އިނީ ތެދަށް ކަމެވެ.

ދާނިޔަލްއަށް ހޭވެރިކަމެއް ވީ ސައިފް އޭނާއަށް ގޮވާލުމުންނެވެ. ކޮނޑުގައި އަޅުވާފައި އޮތް ދަބަހުގަ ރަނގަޅަށް ހިފާލަމުން މަޑު ފިޔަވަޅުތަކެއްގައި އޭނާ އެތާ ތެރެއަށް ވަދެގެން ދިޔައެވެ. އެއިރު ދާނިޔަލް ފަދައިން އެތަށް ހާސްކުދިންނެއް އެތާ ތެރެއަށް ވަންނަމުން ދެއެވެ. މިއީ އޭނާއަށް މުޅިން އާކަމަކަށްވުމުން ދާނިޔަލް ހުރީ އާވެފައެވެ. އެތާ އޮތް ބޮޑު އަދި ފުލާ ވޯކްވޭއިން ލައިފައި ދާނިޔަލް ދިޔައެވެ.

އެޔަށްފަހު ބައެއް ކުދިން ގާތު އަހަމުން ކަންކަން ދަސްކުރަމުން ދިޔައީ ހިތްވަރާއެކުއެވެ. ލަދަކާހުރެ ތަދެއް ނުފިލާނޭ ބުނާ އުސޫލުން އޭނާވެސް މަސައްކަތް ކުރީއެވެ. އެހެން ނޫނީ ކުޑަމިނުން އޭނާގެ ކްލާސްރޫމްވެސް ނުފެންނާނެތީއެވެ. ބައެއް ކުދިންނަކީ ކޮލެޖަށް އާކުދިންނަށް ނުވުމުން ދާނިޔަލް އަށް ފުދޭވަރަކަށް ފަސޭހަވިއެވެ.

ވަރަށް ހާލުން ކްލާސްރޫމް ހޯދުމަށްފަހު ދާނިޔަލް އޭނާގް ކްލާސްރޫމަށް ދާން މިސްރާބު ޖެހިއެވެ. އެއިރުވެސް އޭނާގެ ލޯ މުޅި ތަނަށް ހުއްޓެމުން ދިޔައެވެ. ވަރަށްވެސް ރީއްޗެވެ. އިހުގެ ފަރުމާއަކަށް އެތަން ހުރިނަމަވެސް އެއީ ދާނިޔަލް މިހާތަނަށް ހަމަލޮލުން ދުށް އެންމެ ހިތްގައިމު އެއް ޔުނިވާސިޓީއަށް ވިއެވެ.

ކްލާސްރޫމަށް އާދެވުނު ތަނުންވެސް ދާނިޔަލްއަށް ހުއްޓުން އެރިއެވެ. އޭނާ ކިޔެވި ސްކޫލުގެ ދެކުލާސްރޫމް ވަރު ހަމައެކަނި މިތަނުގެ އެއް ކްލާސްރޫމް ވެއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ އަމިއްލަ ޤައުމާއި ޚިލާފަށް މިތަނުގައި އެއް ކަލާސްރޫމުގައިވެސް ސާޅީހަށްވުރެ ގިނަ ކުދިން ކިޔަވާނެއެވެ. އެއް ގޮނޑިބަރިއަށްވުރެ އަނެއް ގޮނޑި ބަރި ވަނި ފަހަތުން އުސްކޮށްފައެވެ. އެހެން ކަމުން ކިޔަވައިދޭ މުދައްރިސަށް ވަރަށް ރީތިކޮށް ހުރިހާކުދިން ފެންނާނެއެވެ. ދާނިޔަލް ކްލާސް ރޫމް ތެރެއަށް ވަދެގެން ގޮސް އެންމެ ކުރީބަރިން ގޮނޑިއެއްގައި އިށީނެވެ. އެއިރު ބައެއް ކުދިން ކްލާސްރޫމްތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ.

މަޑުމަޑުން ކުދިން އަންނަމުން ގޮސް ކްލާސްރޫމަށް ހުރިހާކުދިން އައިސް ހަމަވިއެވެ. އޭގެ އިރުކޮޅެއް ފަހުން ކްލާހަށް ވަދެގެން އައީ ބަލާބެލުމަށް ދާނިޔަލްމެންނަށް ކިޔަވައިދޭ ޕްރޮފެސަރެވެ. އެހިނދު މުޅި ކްލާސް އަޑުމަޑުވެގެން ދިޔައެވެ. ގަދަ މުށިކުލައިގެ ކޯޓެއް ލައިފައި ހުރި އިރު ތިރިން އޭނާ ހުރީ އެޔަށްވުރެ އަލި ކުލައެއްގެ ފަޓުލޫނެއް ލައިފައވެ. ކުރުކޮށް ކޮށައިފައި އޮތް ފަށްބޯ އިސްތަށިގަނޑުގައި ނުރަފަޅައިފައި ހުއްޓެވެ. ހަމަ އެޔާއެކު ތުނިކޮށް ފަޅައިފައި ހުރި ތުނބުޅީގައިވެސް ކަޅު އިސްތަށްޓަށްވުރެ ގިނައީ ހުދު އިސްތަށްޓެވެ. ނަންބަރު އައިނެއް ލޮލުގައި އަޅައިފައިވެއެވެ. ބަލާބެލުމަށް އެ ފިރިހެންމިހާ މިހާރު ފަންސާހުން މައްޗަށް ގޮސްދާނެއެވެ.

ކުދިންނާއި ވާހަކަ ދައްކާލާ ހެދުމަށްފަހު ކުޑަ އިރުކޮޅެއް ފަހުން ޕްރޮފެސަރ ކިޔަވައިދޭން ފެށިއެވެ. ދާނިޔަލްއަށް ކޮލެޖްގެ ކިޔެވުން ވީ މުޅިންވެސް އާ ކަމަކަށެވެ. ނަމަވެސް ޝައުޤުވެރިކަމާއެކު އޭނާ ފިލާވަޅު އަޑުއަހަމުން ދިޔައެވެ.

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދިޔައީ އެކި މީހުންގެ ޙަޔާތުގައި އެކި ކުލަތައް ޖައްސަމުންނެވެ. ދާނިޔަލް އޭނާގެ ކޮލެޖްގެ ކިޔެވުމުގައި ކާމިޔާބީތައް ހޯދަމުން ދިޔައިރު އާލާވެސް ކާމިޔާބު ކަމާއެކު އޭލެވެލް ނިންމާލީ މަތީ ދަރަޖައިގެ ވަނައަކާއެކުއެވެ. އޭނާއަށް އެއްވަނަ ލިބުނެއް ކަމަކު ދާނިޔަލް އާއި ޚިލާފަށް އެއް މާއްދާއިން ނޫނިއްޔާ އޭނާއަށް ދުނިޔޭގެ ވަނައެއް ލިބިފައި ނުވެއެވެ. އެހެން ކަމުން އެކަން ވީ ޝަޒިއްޔާއަށް ކެތްކުރެވޭވަރުގެ ކަމަކަށްނޫނެވެ. ނަމަވެސް އަރީފް އުފަލާއެކު އާލާއަށް މަރުޙަބާ ކިއެވެ. ޝަޒިއްޔާގެ ވިސްނުން އަރީފްއާއި ހާސްބައި ތަފާތެވެ. އޭގެ ހެތްކަކީ އޭނާ ދެރަ ނިކަމެތިންނަށް ކުރާ ނަފްރަތެވެ.

އާލާވެސް އޭނާ ބޭނުންވިގޮތަށް މެޑިސިން ކިޔަވަން ދާން ފުރީ ޔޫކޭއަށެވެ. ހިތުގައި ވަރުގަދަ ޢަޒުމެއް ކަނޑައަޅައިގެން އޭނާ ފުރިނަމަވެސް އެ އުންމީދު އޭނާއަށް ފުރިހަމަ ކުރެވޭނެބާވައެވެ؟ އަރީފްއާއި ޝަޒިއްޔާ އޭނާއާމެދު ކުރާ އުންމީދުތައް ޙަޤީގަތަކަށް ހަދައިދެވޭނެ ބާވައެވެ؟ ކޮންމެޔަކަސް އާލާގެ ޢަޒުމަކަށްވެސް ބަދަލެއް ނާދެއެވެ. ދާނިޔަލްއަށް އެހިސާބަށް ދެވޭކަމުގައިވަނީނަމަ އޭނާއަށް އަދި އެޔަށްވުރެ މައްޗަށް ދެވޭނެއެވެ. އެއީ އޭނާގެ ހިތުގެ އަޑެވެ.

***8 އަހަރު ފަސް***

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް ޖެއްސި އެތިހާދް ބޯޓުން މީހުންތައް ފައިބަން ފެށިއެވެ. އެ މީހުންގެ ތެރެއިން ކަޅުކުލައިގެ ރޭބަން އައިނަކުން ދެލޯ ފޮރުވާލައިފައިވި ޒުވާނެއް ފައިބަމުން ދިޔައެވެ. ކަނޑު ނޫކުލައިގެ ގަމީހަކާއި ކަޅު ކުލައިގެ ފަޓުލޫނެއް ލައިފައިވާއިރު އިސްތަށިގަނޑު ހުރީ އެއްފަރާތަކަށް ސްޓައިލް ކޮށްލައިފައެވެ. ނަމަވެސް ކަޅުކަންގަދަ އެ އިސްތަށިގަނޑު ފަން ކަމުން އެއިން ބައެއް އިސްތަށި ނިތްމައްޗަށް ވެރިފައިހުރުމުން ޒުވާނާ ފެންނަލެއް އިތުރަށް ފުރިހަމައެވެ. ޒުވާނާގެ ކޮނޑުގައި ކަޅުކުލައިގެ ދަބަހެއް އަޅުވާލައިފައިވައިރު މަޑުފިޔާތޮށިކުލައިގެ ތުންފަތަށް ވެރިވެފައިވަނި ރީތި ހިނިތުންވުމެކެވެ.

އެހެން މީހުންނެކޭ އެއްފަދައިން އެ ޒުވާނާވެސް ޓްރޮލީއަކަށް ދަބަސްތަކާއި އެހެނިހެންވެސް އޭނާގެ ސާމާނުތައް އަރުވައިގެން ހިނގާލައިފައި އައެވެ. އެއިރު ބައެއް މީހުންގެ ލޯ އޭނާއަށް އަމާޒުވެފައި ހުއްޓެވެ. ޒުވާނާ އެއިން ކަމަކަށް ފަރުވާލެއް ނުބަހައްޓައެވެ. އެހެންނަމަވެސް އޭނާ ބަލަހައްޓައިގެން ހުއްޓާ ބަލައިލާ ކޮންމެ މީހަކަށް ޒުވާނާ ރީތި ހިނިތުންވުމެއް ރައްދުކޮށްލައެވެ. އެއީވެސް ފިރިހެނުންނާއެވެ. އަންހެނެއްގެ މޫނަށް އޭނާ އެއްވެސް ވަރަކަށް ނުބަލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ ތުންފަތް މައްޗަށް ފުޅާ ހިނިތުންވުމެއް ވެރިވީ ހަމަ ކުއްލިޔަކަށެވެ.

“ދާނިޔަލް…” އޭނާވެސް ފުޅާ ހިނިތުންވުމަކާއެކު ދާނިޔަލްގެ ގައިގައި ބައްދާލިއެވެ. “ބޭބޭ.. ވަރަށް ބޮޑަށް ޝުކުރިއްޔާ އަޅުގަނޑަށް ވެދެއްވި ހުރިހާ އެހީއަކަށް..” ދާނިޔަލް އުފަލުން ހުރެ އަރީފްއަށް ބުނެލިއެވެ. އަރީފްގެ މޫނުމަތިންވެސް އުފާވެރިކަން ފެންނަމުން ދިޔައީ ދާނިޔަލް ކާމިޔާބު ކަމާއެކު ކިޔަވާ ނިންމާލުމުންނެވެ. އޭނާ އެއައީ ބައިވެރިވި ކޯހުން އެތައް ސަތޭކަ ކުދިންނާ ވާދަކޮށް މުޅި ކޯހުން ދެވަނަ ހޯދައިގެންނެވެ.

އެއީ ދާނިޔަލްގެ ހާޔާތުގައި އައި އެންމެ އުފާވެރި ދުވަސްތަކުން ދުވަހެކެވެ. މަންމަ އާއި ބައްޕަ އެދުވަހު އޭނާ ގާތުގައި ހުރިނަމައޭ ދާނިޔަލްގެ ހިތަށް އެތަށް ފަހަރަކު އެރިއެވެ. ނަމަވެސް ހިތްވަރު އެލުވާނުލައި މިންވަރު ކުރެއްވި ގޮތަށް ޝުކުރުވެރިވެލައިގެން ކެތްކޮށްގެން ހުރީއެވެ.

ކޯސް ނިންމުމަށްފަހު ދާނިޔަލް އަމިއްލަ ވަޒަނަށް އެ އައީ ވަރަށްވެސް ފޮނި އުންމީދުތަކާއެކުއެވެ. އޭނާގެ ސަބަބުން އަމިއްލަ ޤައުމަށް ފައިދާއެއް ކުރާނެ ކަމެއް ކޮށްދިނުމަށްޓަކައެވެ. އެތަށް ބަޔަކަށް އެހީވެދިނުމުގެ ފޮނި އުންމީދުގައެވެ. އޭނާ އެހުރީ ހަމަ ރަޝިޔާއަށް ކިޔަވަން ފުރި އިރުވެސް ހުރި ގަދަ ޢަޒުމުގައެވެ. ކިޔަވައިގެން މޮޅު މީހަކަށްވެ ޤައުމަށް ޚިދުމަތްކޮށްދިނުމުގެ ޢަޒުމުގައެވެ. މަންމަމެންގެ ހުވަފެންތައް ކާމިޔާބު ކުރެވުނީތީ މިއަދު އޭނާ އެހުރީ ދުވަހަކުވެސް ނުވާހާ އުފާވެފައެވެ.

އަރީފްއާއި ވާހަކަ ދައްކާލުމަށްފަހު ދާނިޔަލް އާއި ދެމީހުން އެއާޕޯޓުން ނިކުމެގެން ގޮސް މިސްރާބު ޖެހީ މާލެދާން ތައްޔާރަށް އޮތް ބަހާއި ދިމާލަށެވެ. ޓިކެޓު ނަގައިގެން ދެމީހުން ބަހަށް އަރާ ހަމަޖެހިލިއެވެ. ހުޅުމާލެ އާއި މާލެއާއި ގުޅުވާލެވިފައިވާ ސިނަމާލެ ބްރިޖު މަތިން ލައިފައި ބަސް ދަތުރުކުރަމުން ދިޔައިރު ދާނިޔަލްގެ ތުންފަތް މައްޗަށް ވެރިވެފައި ވަނީ ރީތި ހިނިތުންވުމެކެވެ. ހިތަށް ލިބިފައިވާ ހަމަޖެހުމުގެ ސަބަބުން ކަމަށްވެސް ވެދާނެއެވެ.

މާލެ އާދެވުމާއެކު ބަހުން ފައިބައި ފޮށިތަކާއެކު ދާނިޔަލްގެ އިތުރުން އަރީފް އެތާ މަޑުކޮށްލައިގެން ތިއްބެވެ. އެގޮތުގައި ހުރިހާ ފޮށިތަކާއެކު ދާނިޔަލްމެން ތިއްބާ އެތަނަށް އައީ ބޭރުމީހެކެވެ. އެވަގުތު އަރީފްގެ އިޝާރާތަށް އޭނާ އެތަނުން ބައެއް ފޮށި ކާރުގެ ޑިކީއަށް އަރުވަން ފެށިއެވެ. ދާނިޔަލް އާއި އަރީފްވެސް އޭނާއަށް އެހީވެދިނުމުގެ ގޮތުން ފޮށިތައް އަރުވަމުން ދިޔައެވެ.

“އެއީ މިހާރު ގެންގުޅޭ ޑްރައިވަރ.. ދާނިޔަލް ދިޔުމަށްފަހު ގެނައީ އޭނާ..” އަރީފް ހިނިތުންވެލައިފައި ބުނެލިއެވެ. އެހިނދު ދާނިޔަލްވެސް އެހެން ހެއްޔޭ ބުނުމަށްފަހު އެމީހާ އާއި ސަލާމް ކޮށްލިއެވެ. އެހިނދު އޭނާވެސް ހިތްހެޔޮ ހިނިތުންވުމެއް ދާނިޔަލްއަށް ހަދިޔާކޮށްލިއެވެ. “ހަމަ ރަޝިޔާގަހެން ހުންނާނެ މާލެއިންވެސް ދާނިޔަލްއަށް އެޕާޓްމެންޓެއް ގަނެދީފަ.. އެއްޗެކޭ ނުބުނާތި.. އެ ޖެހޭނީ ޤަބޫލު ކުރަން.. ދާނިޔަލްއަށް ޙަޤީގަތުގަ ބޭބެ މާބޮޑު ޚަރަދެއް ނުވެސް ކޮށްދެން.. ކޮށްދިން ޚަރަދުގެ ދެގުނަ މިއަދު ދާނިޔަލްގެ މަސައްކަތުން ދައްކަދީފި.. ބޭބެއަށް އެވަރު ފުދޭ.. މާބޮޑަށްވެސް ފުދޭ..” ހިނިތުންވުމަކާއެކު އަރީފް ދާނިޔަލްއަށް ވާހަކަ ދެއްކުމަށްވެސް ފުރުސަތެއް ނުދީ ބުނެލިއެވެ.

އެހެން ކަމުން ދާނިޔަލް ބޯ ޖަހާލީ އުފަލުން ހުރެއެވެ. ނަމަވެސް އޭނާ އެވަގުތު ޢަޒުމެއް ކަނޑައެޅިއެވެ. ވީހާވެސް އަވަހަކަށް ވަޒީފާއެއް ހޯދުމަށްފަހު ލިބޭ މުސާރައިން އެއްބައި އަރީފްއަށް ދިނުމަށެވެ. އޭނާ ޤަބޫލު ކުރާ ގޮތުގައި އަރީފް އެ ވެދިން އިޙުސާންތެރިކަމުގެ ބަދަލުގެ އޭނާގެ ފަރާތުންވެސް އަރީފްއަށް ކޮންމެވެސް އެއްޗެއް ދޭން ވާނެއެވެ. އަރީފް ގާތު އޭނާ އެވާހަކަ ނުބުނީ އަރީފް އެކަން މަނާކުރާނެކަން އިނގޭތީއެވެ. އަރީފްގެ ނަޒަރިއްޔާތުގައި އެއީ ކުޑަ ޚަރަދެއް ނަމަވެސް ދާނިޔަލްއަށް އެއީވެސް ވަރަށް ބޮޑު އެއްޗެކެވެ.

ކާރު ދުއްވަމުންގޮސް މަޑުކޮށްލީ އަށް ބުރީގެ އިމާރާތެއް ކުރިމައްޗަށެވެ. މުޅި އިމާރާތުގައި އަޅި ކުލަ ލައިފައިވާއިރު ބޭރުން ފެންނަން ހުރި ކުޑަ ދޮރުތަށް ހުރީ ކަޅު ބިއްލޫރިންނެވެ. ފުލާ ބެލްކަނިތަށް ލައިފައި ވާއިރު ވަރަށްވެސް ފުރިހަމައެވެ. ދާނިޔަލް އާއި އެކު އަރީފްގެ އިތުރުން ސުނިލްވެސް ފޮށިތަށް ހިފައިގެން އިމާރާތުގެ ތެރެއަށް ވަދެގެން ދިޔައީ ދާނިޔަލްއަށް އެހީވުމުގެ ގޮތުންނެވެ. ބޮޑު ލިފްޓް ތެރެއަށް ވަނުމަށްފަހު އަރީފް ފިތާލީ ފަސްވަނަ ބުރިއަށެވެ. އެހިނދު ލިފްޓް މައްޗަށް އަރަން ފެށިއެވެ.

ލިފްޓް ހުޅުވުމުން ވަރަށް އަވަސް ކޮށްލައިފައި އެ ތިން މީހުން ފޮށިތަށް ލިފްޓުން ނެރުނެވެ. އެޔަށްފަހު އަރީފް އޭނާ ލައިގެން ހުރި ފަޓުލޫނުގެ ޖީބަށް އަތް ކޮށްޕާލީ އެޕާޓްމެންޓްގެ ތަޅުދަނޑި ނެގުމަށެވެ. އޭނާ އެޕާޓްމެންޓްގެ ދޮރު ހުޅުވާލުމަށްފަހު ފޮށިތަށް ވައްދަން އުޅުނެވެ. ހުރިހާ ފޮށިތަށް ވެއްދުމުން ދާނިޔަލްވެސް ހިންދެމިލައިފައި މުޅި ތަނަށް ނަޒަރެއް ހިންގާލިއެވެ.

ބޮޑު ސިޓިނގް ރޫމެކެވެ. އަޅުކުލައިގެ ރީތި ސޯފާތަކާއެކު ބިއްލުރި މޭޒެކެވެ. ސޯފާތަކާއި ބިއްލުރި ކުޑަ މޭޒު އަޅިއާއި ކަޅުގެ އިތުރުން ހުދުކުލައިން ފަރުމާކޮށްފައިވާ ކާޕެޓެއް މަތީ ބަހައްޓައިފައި ހުއްތެވެ. ސޯފާތަށް ހުރީ ބެލްކަންޏާއި ފުދޭވަރަކަށް ކައިރީގައެވެ. އެހެން ކަމުން ބޭރުން ޖެހޭ ވައި ސޯފާގައި ތިބޭއިރު ވަރަށްވެސް ރީއްޗަށް އަސަރު ކުރާނެއެވެ. ބަދިގެއާއި ކާގެ އިނީ އެއްކޮށެވެ. މުޅި ތަނަށް ބަލައިލުމަށްފަހު ދާނިޔަލްއަށް ހިނިތުންވެލެވުނެވެ.

“ޝުކުރިއްޔާ.. ބޭބެ ކީއްވެތަ އަޅުގަނޑަށް މިހާބޮޑަށް އެހީވެދެނީ.. އަޅުގަނޑު އަމިއްލައަށް ފައިސާ ހޯދައިފަވެސް އެހެން އެއްޗެހި ހޯދިދާނެއްނު މިތަނަށް..” ދާނިޔަލް ކޮންމެވެސް ވަރެއްގެ ލަދުވެތިކަމާއެކު އަރީފްއަށް ބުނެލިއެވެ. އޭނާއަށްޓަކައި އަރީފް އެހާ ބައިވަރު ޚަރަދު ކުރާތީ ހަޤީގަތުގައިވެސް ދާނިޔަލް ދެރަވެއެވެ. އޭނާއަށްޓަކައި ހިލޭ މީހަކު އެހާ ބައިވަރު ޚަރަދުތަކެއް ކުރާކަށް އޭނާގެ ހިތެއް ހަމަ އެއްގޮތަކަށްވެސް ހަމައެއް ނުޖެހެއެވެ. ނަމަވެސް އެ އެހީތަކަށްޓަކައި ދާނިޔަލް އަބަދުވެސް ޝުކުރުވެރިވެއެވެ. އެމީހުންނަށްޓަކައި ކޮންމެ ނަމާދަކަށްފަހު އޭނާ ދުޢާ ކުރަނީވެސް އެހެންވެއެވެ.

“ބުނީމެއްނު މިވާހަކަ ބޭބެ ކުރިންވެސް.. ދެން އަޅާނުލާ އެކަމާ.. ވަރަށް ވަރުބަލިވެސް ވެފައެއްނު ތިހުރީ.. އަން، މިއޮތީ އެޕާޓްމެންތެގެ ތަޅުދަނޑި.. ދޭ ދެން އަރާމުކޮށްލަން.. ބޭބެމެން ގޮސްލަނީ މީ..” އަރީފް ރީތި ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ދާނިޔަލްއަށް ބުނެލިއެވެ. އެހެން ކަމުން ދާނިޔަލްވެސް ހިނިތުންވެލަމުން ބޯ ޖަހާލިއެވެ.

ވެފައި ހުރި ވަރުބަލިގެ ސަބަބުން ދާނިޔަލްގެ ހަށިގަނޑަށް ވަނީ ބަރުވެފައެވެ. ވަރުބަލި ކަމާއެކު ފޮށިތަށް ދަމަމުން ގޮސް ހުރިހާއެއްޗެހި ދެވަނައަށް ހުރި ކޮޓަރިއަށް ވެއްދިއެވެ. ވަރަށް ބޮޑު ކޮޓަރިއެކެވެ. ނަމަވެސް ރަޝިޔާގައި އޭނާ އުޅުނު ކޮޓަރިއަށްވުރެ ކުޑައެވެ. ކޮޓަރީގެ ހުރިހާކަމެއްވެސް ހުރީ ދާނިޔަލް ހިތްހަމަޖެހޭ ގޮތަށެވެ. އެހެން ކަމުން ހިތާހިތުން އެކަމަށްޓަކައި މާތް ﷲއަށް ޙަމްދުކުރާ ހާލު އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ދާނިޔަލް ޝުކުރުވެރިވިއެވެ. އަދި އަރީފްގެ އެހީއަށް ހިތާހިތުން ޝުކުރު ދެންނެވިއެވެ.

ފެންވަރަން ބޭނުންވާ ސާމާނުތަށް ނަގައިގެން ދާނިޔަލް ފާޚާނާއަށް ވަނީ ވަރުބަލިވެފައި ވުމުން ތާޒާވެލުމަށެވެ. ފެންވަރާލައިގެން ނިކުތް ދާނިޔަލް ތުވާލި އެ އަޅުވާ ހަރުގައި އެޅުވުމަށްފަހު ދާ އެއްޗެހި ދާވަށިގަނޑަށް އަޅާލައިފައި މިސްރާބުޖެހީ އެނދާއި ދިމާލަށެވެ. ހީވަނީ ދަގަށްފާނު ބާރުން އޭނާ އެދިމާލަށް ގެންދާހެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. މިހާރު އޭނާގެ ދެލޯ ހުޅުވެނީވެސް ގަދަކަމުންނޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ވަރުބަލި ވެފައި ހުރި ދާނިޔަލް އެނދުގައި ޖައްސާލިތަނުން ނިދީގެ ފުންކަނޑަށް ޣަރަޤުވެގެން ދިޔައެވެ.

“މިހާރު ކޮންތާކަށް ގޮއްސަ ތި އައީ؟ ދެންމެ ވެސް އާލާ ގުލައިގެން ކީ ބައްޕަ ކޮބައިހޭ.. ފަސް ފަހަރުމަތިން އެކުއްޖާފުޅު އެހިކަންނޭނގެ ބައްޕަ އަދިވެސް ނާދޭހޭ.. އަޅެ މިއިން ދުވަހަކު އަރީފް އޭނާއަށް ނުގުޅަނީތަ؟” ގެއަށް ވަތް އަރީފްއާއު ދިމާލަށް ޝަޒިއްޔާ ހިތްހަމަ ނުޖެހުން ފާޅުކޮށްލިއެވެ. ހީވަނީ އޭނާ ގެއަށް ނައިސްގެން އެއްޗެހި ނުކިއިފައި ހުރިހެންނެވެ. އަރީފްއަށް ކަން ވީ ގޮތް ރަނގަޅަށް ނަގައިގަނެގުނެވެ.

އަރީފް ދާނިޔަލް ބަލައި ދިޔަކަން އެނގިގެން ޝަޒިއްޔާއަށް ކެތްނުކުރެވުނީއެވެ. ޝަޒިއްޔާ ދާނިޔަލްއަށް އެހާ ނަފްރަތު ކުރަނީ ކިއްވެބާވައޭ އަރީފްގެ ހިތަށް އެރި އަދަދުވެސް މިހާރު ބުނަން ނޭނގެއެވެ. “މިއަދު ހެނދުނު އާލާއާއި މަ ވާހަކަ ދެއްކިން.. އަނެއްކާ ކިހިނެތް ވީބާ އެހާ ވަރަށް އޭނާ އަހަރެން ހޯދީ؟” އަރީފް ސޯފާގައި އިށީންނަމުން ބުނެލިއެވެ.

“ވަރިހަމައެއްނު ކޮންމެ ކަމެއް އޭނާއަށް ވިޔަސް.. އަރީފް އަށް ހެޔޮ ވާނިއްޔަ ބޭރުމީހުން ބަލައި ތަންތަނަށް ދުވެނިކޮށް… ސަހާދެ މިބުނީ މިނާ އުޅޭ ގޮތުން މީހަކު ބޯ ފަޅައިގެން ހިނގައިދާނެ..” ޝަޒިއްޔާ ނުރުހުން ފާލުކުރުމަށްފަހު ސޯފާއިން ތެދުވެގެން ދުން ޖަހައިފައި ގޮސް ސިޑިން އަރަން ފެށި އިރު އަތުގައި ބާރުކޮށްފައި އޭނާގެ ފޯނު އޮތެވެ. ޝަޒިއްޔާ އުޅޭގޮތުން ބައެއްފަހަރަށް އަރީފް ގާތަށް ހިނިވެސް އާދެއެވެ. ހިނދުކޮޅަކަށް ހަމަހިމޭންވެފައި އިން އަރީފް އޭގެ ދެވަނަ ސިކުންތުގައި އަވަސްވެ ގަތީ އާލާއަށް ގުޅުމަށެވެ.

ވައިބަރ އިން އާލާ އޮންލައިންގައި އިނުމުން އަރީފް ލަސްތަކެއް ނުކޮށް އަލާގެ ނަންބަރަށް ގުޅާލިއެވެ. އަދި ހަލޯއޭ ބުނެލިއެވެ. “ކިހިނެތް ވި ދަރިފުޅާ؟” އަރީފް ނުހަނު އޯގާތެރިކަމާއެކު އަދި ވަރަށް ލޯބިން އަހާލިއެވެ. “ބައްޕާ.. އާލާ ރުފިޔާ ބޭނުންވެއްޖެ.. ވަރަށް ފަހުން ނިކުތް ބްރޭންޑެއްގެ މޭކަޕް ކުރާ ސާމާނު ގަންނަން ވެގެން.. އޭތި ވަރަށް ރަނގަޅުކަމަށް އަޅުގަނޑުގެ ރައްތެހިންވެސް ބުނި.. މަންމަ ބުންޏޭ އަދި އަޅުގަނޑު ބޭރަށްދަންޏާ އަބަދުވެސް ހުންނަން ވާނީ މޭކަޕްކޮށްގެން ވަރަށް ރީތިވެގެންނޯ.. އެހެންވެގެން އޭތި ގަންނަން ރުފިޔާ ބޭނުންވޭ..” އާލާ މަޑުމަޑުން އަރީފް ގާތު ބުނެލިއެވެ.

އެހިނދު އަރީފް ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލީ ޝަޒިއްޔާގެ ވިސްނުން ތުއްތު ކުއްޖަކަށްވުރެ ކަންތަށްބޮޑޭ ހިތަށް އަރައިފައެވެ. އަރީފް އެންމެފަހުން އެކަމަށް ޤަބޫލުވީ އޭނާ އާލާގެ އެ އެދުމަށް ފުރަގަސްދީފިނަމަ ޝަޒިއްޔާ ކޮންމެފަދަ އެއްޗެއްވެސް ކިޔާނެކަން އިނގޭތިއެވެ. އާލާވެސް އުފަލުން ހުރެ ފޯނު ކަނޑާލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ވީމޭ މަ ކައިރީގާ (6)

Next

އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަ ﷲ ޢަންހާ 02

Next
September 18, 2018

އުންމުލް މުއުމިނީން ޢާއިޝަތު ރަޟިޔަ ﷲ ޢަންހާ 02

Previews
September 17, 2018

ވީމޭ މަ ކައިރީގާ (6)

39 Comments!

  1. Mamdhooha says:
    September 17, 2018 at 8:54 pm

    i’m first. BTW v v v v v v v reethi story eh

    1. aish noor says:
      September 17, 2018 at 9:06 pm

      hehe.. yess dear firsth.. 🙂 congratulations mamdhooha dear.. 🙂 jazakillah khairan.. 🙂

  2. Me says:
    September 17, 2018 at 9:05 pm

    Yey me first. Story varah reethi❤❤❤ gud job noor

    1. Me says:
      September 17, 2018 at 9:07 pm

      Oops second dho?

    2. aish noor says:
      September 17, 2018 at 9:07 pm

      dear mifaharu 2nd ehnu mi libunee dhw? congrats dear.. 🙂 jazakillah khairan dear.. 🙂 vrh ufaavehje.. 🙂

  3. Hudher says:
    September 17, 2018 at 9:05 pm

    Nyc part dear….maasha allah….whn next…next part thankolheh dhigu kolla dhehchey…..??????

    1. aish noor says:
      September 17, 2018 at 9:08 pm

      jazakillah khairan Hudher dear.. 🙂 in sha allah maadhamaa 16 vana bai up kohladheveytho noor try kohlaanan ingey.. 🙂 in sha allah, will try ingey.. 🙂

  4. Zaee says:
    September 17, 2018 at 9:12 pm

    Waiting for next part..

    1. aish noor says:
      September 17, 2018 at 9:16 pm

      keep waiting dear.. 🙂 jazakillah khairan Zaee.. 🙂

  5. aish noor says:
    September 17, 2018 at 9:15 pm

    assalaamu a’laikum my dear readers.. 🙂 dhuvaskolheh vehje dear mnge haalu ahuvaalu balai nulevi hurihaakudhinnah ehkoh ehcheh nubuneveythaa ves dhw? kobaa hurihaakudhinge haalu kihineiyy? 🙂 kuree part thakekey eh fadhain mi part gaves mistakes hama huredhaane.. ehn v ma thikudhin noor ah ekanthah faahaga kohladhehchey ingey.. eirah noor ah dhn oiyy baehga ves ekahala thanthankolhu rangalhu kohleveynee ves.. 🙂 noor ah thikudhin dhey support ah vrh vrh vrh vrh vrh bodah shukuriyyaa.. aslu neynge shukuru adhaa kuraane gotheh ves.. thikudhinge support ge sababun noor ah varah varah varh bodu hiyyvareh libihje mi dhaairaa in kuriyah dhaan.. al’hamdhulillaah.. 🙂 vrh bodah shukuriyyaa hurihaakudhin! 🙂 ehn v ma maadhamaa in sha allah hurihaakudhinnag surprise gift eh onnaane vaahaka huge smile akaa eku bunelan.. hehe.. 🙂 maaiyy allah alhamen emmenge faafa fussavaashi.. adhi alhamennah heyo rahmaiyy lavvaa, alhamenge eemaantherikan ithuru kuravvaashi.. aameen.. 🙂 jazakumullah khairan and LY all.. 🙂

  6. shana says:
    September 17, 2018 at 9:17 pm

    yeyy..me first varah reethi when next part….waiting

    1. aish noor says:
      September 17, 2018 at 9:29 pm

      dear mifaharu top 5 ga dhw? mifaharu first ah nudhiyayas top 5 ga lavvaalaifiehnu.. congrats shana.. 🙂 jazakillah khairan dear, in sha allah maadhamaa 16 vana bai up kureveytho noor try kuraanan ingey.. 🙂

  7. Queen Dandelion says:
    September 17, 2018 at 9:19 pm

    Awwwn ??????Inthizaaru ge nimun haadha fongnyey dhw ☺☺☺???May allah escape you from evil eyes????Waiting for the next part ingey..ly u noor sis and your stories too..??????????❤??Good Night my dear????

  8. nanni says:
    September 17, 2018 at 9:20 pm

    aameen……..i am little sick. hws u noor

  9. aish noor says:
    September 17, 2018 at 9:32 pm

    🙂 ehentha nanni? shafakillah khairan dear.. 🙂 beys kai hadhaathi ingey baraabarah.. eirah in sha allah rangalhu vaane ehnu dhw? 🙂 adhi mi vaahakaige name ekey ehfadhain namaadhah fahu dua kurahchey.. 🙂 al’hamdhulillaah, noor hama baraabaru.. 🙂

  10. Lotus says:
    September 17, 2018 at 10:09 pm

    Nice mi part vx.. mihaaru emme inthixaaru kurevey dhaniyal n aalaa alun meet vaane dhuvahaka.. hitha araa ehaa dhuvax koffa vx udaa bimaahaa thafaathu dhemehun meet v ma vaanee kihine baavaey.. keep it up dear ???

    1. Lotus says:
      September 17, 2018 at 10:13 pm

      And thank you in advance for the up coming surprise.. looking forward to it???

  11. Waiting says:
    September 17, 2018 at 10:11 pm

    Last part ge conversations ah thanks a lot for being so positive n understanding.. May god bless u ..
    Looking forward to the next episodes

  12. ??? says:
    September 17, 2018 at 10:37 pm

    Alheyyyy….masha allah mi partvx varah reethi…. keep it up dear❤

  13. Mai shar says:
    September 17, 2018 at 10:49 pm

    V reethi me mai furathama kiyan feshi story..vvv intersting.. waitting next part pls soon..

  14. Mai shar says:
    September 17, 2018 at 10:52 pm

    Masha allah

  15. Someone? says:
    September 17, 2018 at 11:26 pm

    Ma Sha Allah. Ehen part thakekey ehgothah mi part ves varah furihama. Noor ge hurihaa stories eh ves keen. Ekam comment kollanee mi kiriyaa. Haha. Aslu ehen ulhelaafa libey varah kuda time ehga story kiyaaleveyythee comment eh nukurevenee. Varah bodah sorry. But hama bunelan othee you are a very talented writer ey. Ma Sha Allah. Keep doing what you are doing, because Noor ge vaahaka thah kiyaigen someone ah neygey ethah kameh engemun eba dhey and ulhevey goiy ves islaahu vamun eba dhey. Noor thi kuraa masahkathuga Allah barakaaiy lahvaashi. Aameen❤☺

  16. Ibsha says:
    September 18, 2018 at 8:05 am

    ❤❤❤❤❤❤varah reethi ❤❤❤❤❤❤insha Allah thiya rogun kaamiyaab libeyne. Aameen

    1. Anonymous says:
      September 19, 2018 at 8:39 am

      Meega ebaoiytha aameen kiyan jehey fadha lafuzeh

  17. Didnt understand says:
    September 18, 2018 at 10:04 am

    Story v salhi ekam BTW eii kon ehcheh

    1. Anonymous says:
      September 18, 2018 at 10:14 am

      By The Way.. Story aa btw aa kon gulhumeh

    2. Anonymous says:
      September 18, 2018 at 10:18 am

      BTW aee By The Way. Eyaa story aa kon gulhumeh? Dear confuse v kanneynge dhw? It’s ok.. Mihaaru get vehje tha??☺️

  18. maaee says:
    September 18, 2018 at 10:49 am

    noor kurin genesdhin vaahaka ekey eh gothah mi vaahaka ves varah reethi…..
    ماشاءاللہ

  19. riya says:
    September 18, 2018 at 10:55 am

    masha allah sis mibaives varah reethi

  20. Rihooo says:
    September 18, 2018 at 11:21 am

    v reethi….. maasha allah

  21. rishdaan says:
    September 18, 2018 at 12:12 pm

    maasha allah

  22. Maya says:
    September 18, 2018 at 3:16 pm

    MashaAllah vvvvvvvvv reethii noor sis??????????????waiting Curiously for the next part ???????????☺️☺️☺️☺️☺️☺️☺️

  23. Anonymous says:
    September 19, 2018 at 12:22 am

    Kobaatha surprise gift

  24. Fathimath says:
    September 19, 2018 at 6:33 pm

    Vaahakaige cover change khla dhyba.. Plx noir… Mihaaru emyhun thafaath vaane ehnu… Beard aa ehchehi laafa in boy eh laaba

  25. Reen says:
    September 19, 2018 at 7:22 pm

    Noor sis kobaatha 16th vana part…pls avahah up kohdhyba

  26. Lotus says:
    September 19, 2018 at 8:53 pm

    Alhugadu vx inthixaaruga.. Pls upload soon ???

  27. Mal says:
    September 19, 2018 at 9:45 pm

    Dear kobatha surprise??????????

  28. Anonymous says:
    September 20, 2018 at 2:04 pm

    Surprise akah miv vaahaka baraabarah up kuramun ais up kurun huttaalun dho…☹️ Keehkuraany.

  29. Nzhshz says:
    September 20, 2018 at 3:22 pm

    Ey koba avas kurey

Comments are closed.

Next Episodeދުޢާ 16←


All Right Reserved!