Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ވީމޭ މަ ކައިރީގާ (6)

Ninnu Level 210 Stories
September 17, 2018 5 Mins Read
14 Comments

ނަމާދު ކޮއްލައިގެން މުސައްލަ މަތީގައި އިން ރުހާނީ ސިހުނީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. ދޮޅި ބޮލާއި ވަކި ކޮއްލަމުން އޭނާ ފަހަތަށް އެނބުރިލިއެވެ. އޭރު ދޮރުމަތީގައި އައްރާދުއާއި މިލްސިއާ ހުރިތަން ފެނުމުން އަވަހަށް ތެދުވެ ބުރުގާ އަޅާލިއެވެ. ކުޑައިރުން ފަށައިގެންވެސް މަންމައެއްހެން މިލްސިއާވެސް އައީ އޭނާގެ ކަންތައް ކޮއްދެމުންނެވެ. ބޮޑުކޮށް ހީލައިގެން އިން މިލްސިއާ އައިސް ރުހާނީގެ ބޮލުގައި ފިރުމާލަމުން ތިރިއަށް ކާން އައުމަށް ބުނެލިއެވެ. އެހެން ބުނެފައި މިލްސިއާ ދިއުމުން އައްރާދު ދޮރުކަނީގައި ލެގި ލައިގެން އިނީ ރުހާނީ ހިނިތުން ވީތަން ފެނިފައެވެ. އެކޮލަށް އަޑިކޮޅު އެޅިގެންދާ ކޮންމެ ވަގުތެއްގައި އައްރާދުގެ ހިތުގެ ތެޅުން އަވަސްވިއެވެ.

ބޭރަށް ނިކުތް ރުހާނީގެ ބުރުގަލުގެ ކަނުގައި ހިފައި ދަމާލަމުން އައްރާުދު ރުހާނީގެ ހިނގުމަށް މަޑު ޖެހުމެއް ގެނުވިއެެެވެ. ކުދި ގޯނާ ކުރުމަކީ މިހާރަކަށް އައިސް އައްރާދުގެ އާދައެކެެވެ. ދެމީހުން ތިރިއަށް ދިޔައިރު ދެފަރާތުގެ އާއިލާވެސް ކެއުމުގައި ބައިވެރިވާން އައިސް ތިއްބެވެ. ރުހާނީ ފެނުމާއެކު ނޫރުއައިސް ރުހާނީގައި ބައްދާލިއެވެ.

“ވީ އޯލް ކޭމް…” މަޑުމަޑުން ރުހާނީގެ ކަންފަތް ދަށުގައި އެހެން ބުނަމުން ނޫރު ހިނިތުންވެލިއެވެ.

“ދަރިފުޅާ..” ޝަރޫނާ އައިސް ދަރިފުޅުގެ ގައި ފިރުމާލަމުން ބުނެލިއެވެ. އެންމެން ކާން ފެށުމުން އައްރާދުވެސް އައިސް ރުހާނީއާއި ޖެހިގެން އިށީނދެއްޖެއެވެ. އެންމެންގެ ނަޒަރު އެދިމާލަށް ބެލުން ހުއްޓުނީ އައްރާދު ރުހާނީއަށް ކާ އެއްޗެހި އަޅައިދޭން ފެށުމުންނެވެ.

“ރާދު އާއި ކުރަން ޖެހޭ ކަންތަކެއް ނޫން ތީ..” ކުއްލިއަކަށް ރިޔާޒުގެ ރުޅި އައިމުން އެންމެން ހިމޭން ވެއްޖެއެވެ.

“ބޭބެ ކައިރީގައި ކިތައް ފަހަރު ބުނާނީ ތި ވިސްނުމަކީ ޖާހިލިއްޔަ ކަމެކޭ…” ރާމިޒު އެހެން ބުނުމުން ރިޔާޒު މަޑުޖެހިލިއެވެ. އެންމެންގެ ތެރޭގައި ކަންތައް ބޮޑު ނުކުރަން ވެގެން އޭނާ ހުއްޓާލިއެވެ.

“ރޫހީ.. ދީބަ ފެންތައްޓެއް؟…” ފެންތައްޓެއް އަޅައި ދީފައި އިށީން ރުހާނީގެ ފައިގައި މޭޒު ދަށުން އަތް ޖައްސާލުމުން ރޫހީ ގަޔަށް ހަރުކަމެއް އައެވެ. ދިމާލަކަށް ޖެހިލަންވެސް ނޭނގިފައި  އިން ރުހާނީ އިނީ ތައްޓަށް ބަލަހައްޓައިގެންނެވެ. އައްރާދު އެހެން ކަންތައް ކުރުމުން ރުހާނީ އޭގެން ނަގާނެ މާނައެއް ނޭނގުނެވެ.

“ރާދުމެން ދެން ކޮން އިރަކުންތަ ކުއްޖަކު ހޯދާނީ؟” ޝަރޫނާ ކޮއްލި ސުވާލަކުން އައްރާދު ކުށި އެރިއެވެ. އެކަމުން ހިނިއަޢި ރުހާނީއެވެ.

ވައްކަޅިން ބަލާލަމުން އައްރާދުވެސް ހިނިތުންވެލީ އެހިނިތުން ގިނަ ފަހަރަށް ބަލާލަން ނުލިބޭނެތީއެވެ. ރުހާނީ ކައިގެން ބޭރަށް ނިކުމެ އެންމެންނާއި ވާހަކަ ދައްކަމުން ދިޔަ އައްރާދު އެދިމާލަށް ބަލަހައްޓައިގެން ހުރީ ވަރަށް ލޯބިންނެވެ. ރުހާނީ ހީލާ ގޮތާއި އޭނާ ލަސްލަހުން އެސްފިޔަޖަހާގޮތް ހީވަނީ މަޑު ޖައްސާލާފައި ވާހެނެވެ. ފިލްމުތަކުން ސްލޯކޮށް ފެންނަ މަންޒަރެއް ފަދައެވެ. ރުހާނީ ދުރުގައި ހުރެފައި ހީލާފައި އައްރާދަށް ނިއްއަރުވާލި ގޮތުން އައްރާދު ހިތް ހުއްޓުނު ފަދައެވެ. ހުރިހާ ކަމަކަށް ކެތްތެރި ވަމުން ހިނިތުން ވެފައި ހުންނާނީ ހާދަ ހިތްވަރު  ގަދަ އަންހެނަކަށް ވީމައެވެ. ހިތާއި ދިމާލުން ހަތްހާކާލަމުން އޭނާ ފުން ނޭވާއެއް ދޫކޮއްލިއެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ.

މަޑުމަޑުން ރުހާނީއާއި ދިމާލަށް ހިނގާފައި އައި އައްރާދަށް  ކަމެއް ގޯސްވެއްޖެކަން އެނގުނީ ރުހާނީގެ މޫނުންނެވެ. ރިޔާޒު ކައިރީގައި ހުއްޓިލައިގެން ހުރި ފިރިހެން ކުއްޖާއަށް ބަލަން ހުރި ރުހާނީ ހުރީ ނޭވާލާންވެސް ހަނދާން ނެތިފައެވެ. އައްރާދު އެދިމާލަށް ބަލާލިއެވެ. އިސްތަށިގަނޑު ތުނިކޮށް ކޮށާލެވިފައި ހުރިއިރު ތުނބުޅިވެސް ވަނީ އެހާވަރަކަށް ތުނިކޮށްލެވިފައެވެ. ހަށިގަނޑު ވަރުގަދަވެފައި އެނާ ރުހާނީއާއި ދިމާލަށް ބަލަން ހުރިގޮތުން ހީވަނީ ވަރަށް ދުވަހު ދަންނަ މީހެއް ހެންނެވެ. އެނާ ރުހާނީ ހުރި ދިމާލަށް ފުރަތަމަ ފިޔަވަޅު އަޅާލުމާއެކު ރުހާނީ އަނެއް ފަރާތަށް އެނބުރި ހިނގައި ގަނެއްޖެއެވެ. އެފިރިހެން ކުއްޖާގެ މޫނަށް ވެރިވަމުން ދިޔަ ކުލަތަށް ރަނގަޅަށް އައްރާދުއަށް އެނގުނެވެ. ދުރުދުރުގައި ފިޔަވަޅު އަޅަމުން ދިޔަ ރުހާނީ ހީވަނީ ދުވެފައި ދިޔަހެންނެވެ.

އައްރާދަށްވެސް ޖެހުނީ ކުޑަކޮށް ދުވެލާފައި އައިސް ރުހާނީއާއި ހަމަކުރާށެެވެ. ގެއަށް ދުވެފައި ކަހަލަ ގޮތަކަށް ވަދެގެން އައި ރުހާނީގެ އުނަގަނޑުގައި އަތް އަޅުވާލަމުން އައްރާދު އޭނާ ބިމުން ކަނޑުވާލިއެވެ. އައްރާދުގެ އަތު ތެރޭގައި ރުހާނީ ހައްޔަރު ކޮއްލަމުން އޭނާ ރުހާނީގެ މޫނަށް  ބަލާލިއެވެ. ރުހާނީގއަށް ވެފައިވާ ވަރު ފެނުމުން އޭނާ ހިތުގައި ޖެހުނެވެ. ނުބުނި ނަމަވެސް މީހަކު ފެނުމުން އެއްވެސް އަންހެން ކުއްޖަކަށް އެވަރުވާނީ ކޮންމެވެސް ކަމެއް ވީމައެވެ. ގިސްލެވެމުން ދިޔަ ރުހާނީ މަސައްކަތް ކުރަމުން ދިޔައީ އައްރާދުގެ މޫނަށް ނުބަލަން ވެގެންނެވެ.

“ރޫހީ.. ކިހިނެއްވީ..” ރުހާނީގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އައްރާދު ބުނެލިއެވެ.

“ހޫ އިޒް ހީ؟” އެހެން ބުނުމުން ރުހާނީ އައްރާދު މޫނަށް ބަލާލީ ތަނަކަށް ތަދުވާ މީހަކު ބަލާލާ ހެންނެވެ. އައްރާދު ވަގުތުން ރުހާނީގެ މޫނުން އަތް ދުރުކޮއްލިއެވެ. އައްރާދުގެ މޭގައި ހިފަހައްޓައިގެން ހުރި ރުހާނީގެ ފައިން ވާގި ދޫވީ ކަހަލައެވެ. ގިސްލެވެމުންދިޔަ ރުހާނީ ތިރިވެ އައްރާދުގެ ކަކުލުގައި ބޯ ޖައްސާލައިގެން އިނދެ ގިސްލަ ގިސްލާފައި ރޯންފަށައިފިއެވެ. އައްރާދު ރުހާނީ މަޑު ޖައްސާކަށްވެސް ނޫޅުނެވެ. އެތަނުން ދުރަށް ނުގޮސް އެހުރި ގޮތަށް ހުރީއެވެ. ތިރިވަމުން އައި ރުހާނީގެ ދެއަތް އައްރާދުގެ ފައިތިލަ މަތީގައި ޖެހުނުއިރުވެސް އައްރާދު ހުރީއެވެ. ގިސްލެވެމުންދިޔަ ރުހާނީ މަޑުމަޑުން އައްރާދުގެ ފައިކޮޅުގައި ބައްދާލިއެވެ. ހިނދުކޮޅަކަށް ނަމަވެސް އޭނާ ދޫކޮއްލާފައި ނުދާށޭ ބުނެލި ކަހަލައެވެ.

*****

ބޭރަށް ބަލަން ހުރި ރިޔާޒު ދޭތެރެއަކުން ގަޑި ބަލާލައެވެ. ހީވަނީ މީހެއްގެ އިންތިޒާރުގައި ހުރި ހެންނެވެ. ކާރު ކައިރީގައި ކޮޅަށް ހުރި ރިޔާޒް އޭނާގެ ފޯނުނަގައި ރައްޔާނަށް މެސެޖެއް ކޮއްލަމުން ބުނީ މިވަގުތުގައި އޮފީހުގައި ނޫޅޭނެ ކަމަށެވެ. ހުދު ގަމީހެއް ލައިގެން ހުރި ފިރިހެނެއް އައިސް އޭނާގެ ކާރު ކައިރީގައި މަޑު ކުރުމުން ރިޔާޒު ހިނިތުން ވެލާފައި އެތެރެއަށް ވަނުމަށް އިޝާރާތް ކޮއްލިއެވެ. ކާރުގައި ހުރިއިރު ރިޔާޒުގެ ނަޒަރު މަގަށްހުރި ނަމަވެސް އޭނާގެ ވިސްނުން ވަނީ އެހެން ކަމަކާއި ގުޅިއެވެ. ފަހަތުގައި އިންމީހާ ދޭތެރެއަކުން ރިޔާޒަށް ބަލާލައެވެ.

ހުޅުވާލޭގައި މީހުންމަދު ހިސާބެއްގައި ހުރި ރެސްޓޯރެންޓެއް ކައިރިއަށް ކާރު މަޑުކޮއްލަމުން އެމީހުން ފައިބައިފިއެވެ. ރިޔާޒުގެ ފަހަތުން ވަދެގެން އައި މީހާވެސް އޭނާ ދެއްކި މޭޒާއި ހަމަވެއްޖެއެވެ. ދެމީހުންވެސް އިށީންނަމުން ހަމަޖެހިލިއެވެ. ކޮންމެ މީހެއްގެވެސް މުނުގައިވަނީ ނުތަނަވަސް ކަމެވެ.

“ޒަޔާން… މިތަނަށް މިގެނައީ ވަރަށް ބޮޑު ވާހަކައެއް ދައްކަން ވެގެން..” ލަދުގަނެފައިވާ ކަހަލަ ގޮތަކަށް ރިޔާޒު ބުނެލިއެވެ. އެހެން ނުވާންވި ސަބަބެއްވެސް ނެތެވެ.

“ބޭބެ އަހަން ބޭނުން ވާހަކައެއް ހަމަ އަޅުގަނޑު ކައިރީގަ އަހަންވީ…” ހިތްހެޔޮ ކަމާއެކު ޒަޔާން ބުނެލިއެވެ.

“ބައްޕައަކު އަހަން ލަދުވެސް ގަނޭ.. އެކަމް މިއަދު އަހަން މަޖުބޫރު ވެގެން މި އަހަނީ.. ރުހާނީގެ ކުއްޖާ އާރާއަކީ ޒަޔާންގެ ދަރިއެއްތަ؟” ކިތަންމެ ލަދުގަތް ނަމަވެސް އައްރާދު ރުހާނީގެ ބޮލުގައި އަޅުވަމުން އަންނަ ކަންތަކަކީ ތެދު  ހަޤީޤަތެއް ތޯ ބެލުމަކީ އޭނާގެވެސް ޒިންމާއެކެވެ. ދެލޯ ބޮޑު ވެގެން ދިޔަ ޒަޔާނަށް ބުނާނެ އެއްޗެކޭވެސް ނޭނގުނެވެ.

“ބޭބޭ… ރުހާނީއަކީ އެކަހަލަ ކުއްޖެއް ނޫން.. އަހަރެމެން ދެމީހުން އެއްއިރެއްގައި ވަރަށް ލޯބިވިން އެކަމް އެއީ މީގެ ކިތައް އަހަރު ކުރިން… ބޭބެމެނަށް އެކުއްޖާއަށް ބަލާލާފަ ނޭނގޭތަ އެއީ ކާކުގެ ކުއްޖެއް ކަމެއް… އައްރާދުއާއި އާރާގެ އެއްވެސް ތަފާތެއް ނެތް….” ހިތްހަމަ ނުޖެހުނު ޒަޔާންގެ މޫނުމަތިން އެކަން ފާޅުވަމުން ދިޔައެވެ. އުނދަގޫ ގޮތަކަށް ގޮނޑީގައި އިށީނދެގެން އިން ޒަޔާން މިހާރު އިނީ އެތަނުން ނުދެވިފައެވެ. ރުހާނީއާއި ވާހަކަ ދައްކާލަން ބޭނުން ވެފައެވެ.

“ބޭބެއަށް މާފު ކުރާތި އެކަމް އައްރާދު އަބަދު އެހެން ކިޔާތީ ހިތަށް ކެތެއް ނުވޭ…” ފެންކަޅިވަމުންއައި ލޯ ޒަޔާންއަށް ފޮރުވާލަމުން ރިޔާޒު ބުނެލިއެވެ.

“ރާދު ކައިރީގަ ބުނެބަލަ އެއްފަހަރުވެސް އޭނާ އެގެންގުޅޭ އަންހެނާ ޔަލާ ކައިރީގަ އަހާބަލާށޭ..” ވެއިޓަރ ދެތަށި ކޮފީ ހިފައިގެން އައުމުން ޒަޔާން ހުއްޓާލިއެވެ. އޭނާއަށްވުރެ ބޮޑު މީހެއްގެ ކައިރީގައި ރުޅި އައިސް ހަޑިކޮށް ވާހަކަ ދައްކާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް އެކަހަލަ ވާހަކައަކީ އޭނާއަށް ތަހައްމަލު ކުރެވޭނެ ކަހަލަގެ ކަންތަކެއް ނޫނެވެ.

އައްރާދުގެ ކޮޓަރީގެ ބޭރުގައި ހުއްޓި ލައިގެން ހުރި ޔަލާ ހުރީ އެކޮޓާރިއަށް ވަންނާނެ ފުރުސަތެއް ނުލިބިފައެވެ. ގަމީހުގެ ގޮއްތަށް އަޅުވާލަމުން ދޮރު ހުޅުވާލުމާއެކު އޭނާ އެތެރެއަށް ދެމި ގަނެއްޖެއެވެ. ވަގުތުން ކޮޓަރީގެ އެކި ދިމަ ދިމާލަށް ލޯ ހިންގާލީ ޔަލާ ހުއްޓުނީ އެއްފަރާތެއްގައި ހަރުކޮއްފައި ހުރި ރުހާނީއާއި އައްރާދުގެ ފޮޓޯއެއް ފެނުމުންނެވެ. ވަގުތުން އެނަގައި އެއްލާލަށް އަތް މަޅައިގަތް ޔަލާގެ އަތުގައި ހިފައި ފަހަތަށް ޖައްސާލަމުން އައްރާދު ބޯ ހޫރުވާލިއެވެ. ހީވަނީ އިންޒާރެއް ދިންހެންނެވެ. ރުޅިއައި ޔަލާ ތުންކޮޅު އޫ ކޮއްލަމުން އެނދުގައި އިށީނދެއްޖެއެވެ.

“ކިތައްފަހަރު ބުނަންވީ އެއަންހެނާގެ އެއްޗެހި މިގެއިން ނެރޭށޭ…” ރުޅިއައި ޔަލާގެ މޫނު ރަތްވަމުން ދިޔައެވެ. މޫނު މައްޗަށް ފައިބާފައިވާ އިސްތަށިތައް އެއްފަރާތް ކޮއްލަމުން ޔަލާ ބަލާލީ ތިރިއަށެވެ.

“ޔަލް.. އައި ތިންކް އައި ./ނީޑް އަ ބްރޭކް…” ބޮލުގައި އަތް ފުނާ އަޅަމުން އައްރާދު ބުނެލިއެވެ. އަދި އޭނާގެ އަތުގައި އިން ފޮޓޯ ލޯގަނޑަށް ބަލާލީ ނުހަނު ލޯބިންނެވެ.

“ވަޓް…” ޔަލާ މޫނުން ހިނދުކޮޅަކަށް ނަމަވެސް ބިރުގެ އިހުސާސް ފާޅުވަމުން ދިޔައެވެ. އޭނާ އިސް އުފުލާލާފައި އަވަހަށް އެތަނުން ނިކުތީ އޭނާއެއީ ބިރު ގަންނަ މީހެއް ނޫންކަން އަންގާށެވެ. އެތަނުން ނިކުމެގެން އައިސް އެނާ ފޯނު ނަގައި މީހަކަށް ގުޅާލިއެވެ.

“ސިބަތް… ވީ ނީޑް ޓު ޓޯކް…” ޔަލާ އެހެން ބުނެފައި އޭނާގެ ކާރަށް އަރައި ދުއްވާލައިފިއެވެ.

ގެއިން ނިކުތް އައްރާދު އަވީގައި ކޮއްޅަށް ހުރީ ކިހާ އިރަކު ކަމެއް ނޭނގެއެވެ. އެހެން ހުރުމަށްފަހު އޭނާ ސައިކަލަށް އަރައި މިސްރާބުޖެހީ ވަކި ތަނަކަށް ނޫނެވެ. ދާންއޮތީވެސް ވަކި ކޮންތާކަށް ހެއްޔެވެ؟ މަގުގެ އެއްފަރާތުގައި ސައިކަލު ޕާކް ކޮއްލުމަށްފަހު  އައްރާދު ރުހާނީ މެންގޭގެ ގޭޓޫ ހުޅުވާލިއެވެ. ރިޔާޒު ނޫޅޭނެކަން އެނގިހުރެ އޭނާ މަޑުމަޑުން ވަގެއްހެން އެތެރެއަށް ވަނީ  އެއްވެސް މީހަކަށް ނުފެންނާނޭ ހެންނެވެ. ސިޑުނި އައްރާދު އެރީ އުދުހިފައި ކަމެއް ނޫނީ ހިގާނފައި ކަމެއް ބަލަން ހުރި މީހަކަށް ބުނާކަށް ނޭނގޭނެއެވެ. އެހާއަވަހަށް އަރައިގެން އައިސް ރުހާނީގެ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. އޭރު ކުޑަކުޑަ އާރާ އެނދުމަތީގައި ދެފައި ވަށްކޮއްލައިގެން އިނީ އިށީނދެގެންެނެވެ. އައްރާދު ފެނުމުން އެބޮޑު ދެލޮލުން ވަރަށް ލޯބިކޮށް ބަލާލުމަށްފަހު ހީލައިފިއެވެ. އެހިނދު އާރާގެ ފުއްފުއް ކޮލަށް އެޅިގެންދިޔަ އަޑިކޮޅަށް ބަލާލި އައްރާދުއަށް ވަގުތުން ހީލެވުނެވެ.

ލޯބި ލޯބިކޮށް ފިރުކިލާފައި އައިސް އައްރާދު ހުރި ދިމާލަށް ހުއްޓިފައި އާރާ އަތް ނަގައިފިއެވެ. އައްރާދު ކުޑަކުޑަ އާރާއާއި ދިމާލަށް ބަލާލި ޝައުޤުން ފުރިގެންވި ނަޒަރަކުންނެވެ. އާރާގެ އެ އަމަލުން އޭނާއަށް ހަދާނެ ގޮތެއް ނޭނގުނެވެ. ވަށައިގެން ބަލާލެވުނީއެވެ. ވަށްވަށް މޫނާއި ބޮޑު ދެލޮލުން ހީވަނީ ރުހާނީ ހެންނެވެ. ނަމަވެސް ދޮންކަމާއި އިސްތަށިގަނޑުގައި ހުރި މުށިކުލައިން ހީވަނީ އައްރާދު ހެންނެވެ. އާރާ ދެފަހަރަކު އަތް ތަޅުވާލުމަށްފަހު އަޑު ލައްވާލަމުން އައްރާދުއަށް ގޮވާލިއެވެ.

“ޔެސް..” އާރާ ނަގައި އުރައިލަމުން އައްރާދު ބުނެލިއެެވެ. އާރާ ވަގުތުން އައްރާދުގެ ކޮނޑުގައި ބޯ އަޅާލިއެވެ. އާރާގެ ފަންފަން އިސްތަށިގަނޑުގައި ފިރުމާލަމުން ކުޑަކޮށް އާރާގައި އައްރާދު ބައްދާލިއެވެ.

“ރުއްރު…” ފާހާނައިން ނިކުތް ރުހާނީ ސިހުނީ އައްރާދުގެ އަތުގައި ކުޑަކުޑަ ރުހާނީ އިންތަން ފެނުމުންނެވެ. އަތުގައި އޮތް ތުވާލި އެއްލާލުމަށްފަހު ރުހާނީ އެދިމާލަށް ހިގައިގަނެއްޖެއެވެ. އައްރާދު އަތުން އާރާ އަތުލުމަށް އަތް ދިއްކޮއްލި ރުހާނީގެ އަތުގައި އާރާ ނުޖެހޭނެހެން އައްރާދު އަރިއަކަށް ޖެހިލިއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ninnu

Level 210 Stories

Other Articles

Previous

ދުޢާ 14

Next

ދުޢާ 15

Next
September 17, 2018

ދުޢާ 15

Previews
September 16, 2018

ދުޢާ 14

14 Comments!

  1. vgyu says:
    September 17, 2018 at 1:03 pm

    salhi me first dhw

  2. Shafaq says:
    September 17, 2018 at 1:13 pm

    Me first dho… nice story.. next part kiyaalaahithun kehmadhuvefa. Up kohdhehchey avahah pls..

  3. Xilaa says:
    September 17, 2018 at 1:17 pm

    Vv nice

  4. Shaina says:
    September 17, 2018 at 1:29 pm

    Next part please…..???
    Lovethis

  5. Zaa says:
    September 17, 2018 at 1:46 pm

    Vvv reethi.. Waiting for next part. ❤❤??

  6. ? Unknown ? says:
    September 17, 2018 at 1:47 pm

    V nice. ?? Whn next?

  7. Hudher says:
    September 17, 2018 at 1:59 pm

    V v v rythi mi part vx….maasha allah…whn next???

  8. Waiting says:
    September 17, 2018 at 2:35 pm

    Mi story v nice. Pls upload soon

  9. Shenin says:
    September 17, 2018 at 4:59 pm

    Masha Allah…vvv reethi mi part vx?❤

  10. Aish says:
    September 18, 2018 at 4:07 pm

    Next part koniraku..waiting..pls comment thakah reply kohba

  11. ?☹ says:
    September 18, 2018 at 10:54 pm

    Next part avahah up kohdyba…iru irukolha eba beley up kohfa inthw

  12. Aish maaya says:
    September 18, 2018 at 11:03 pm

    Waiting waiting

  13. ?? says:
    September 19, 2018 at 12:58 am

    Vvvv reethi…waiting for next part

  14. Gold says:
    September 19, 2018 at 8:50 am

    Next part koniraku? mihaaru mi site ga huri emme kiyahihvaa vaahaka…next part v avahah kiyaalan libeynekamah unmmed kuran?❤?????❣?????????

Comments are closed.

Next Episodeވީމޭ މަ ކައިރީގާ (7)←


All Right Reserved!