އެތަންކޮޅު ކިޔައި ނިންމައިލަމުން އަރްޒަންއަށް ފޮތް ލައްޕައިލުމަށްފަހު ގެނެސް މޭގައި ޖައްސައި ބާރުކޮށްލެވުނެވެ. “ނޫން ޔަނާ. ވަރަށް ލޯބިވޭ. ވަރަށް ވަރަށް ލޯބިވޭ. ސޫން ޔޫ ވިލް ބީ މައިން އިންޝާ ﷲ..” ވައިއަޑުން އަރްޒަންއަށް ބުނެލެވުނެވެ.
** ** **
އަރްޒަން އޮފީހުން އައިސް ގެއަށް ވަތްގަޑީގައި ސިޑިން ފޭބި ޝިހާމް އޭނާފެނި ގޮވައިލިއެވެ. ކިހިނެއްވީތޯ އަހައިލަމުން އަރްޒަން ޝިހާމު ގާތުގައި ގޮސް ހުއްޓިލިއެވެ. “ދަރިފުޅު ދޭ އެހަށް ތާޒާ ވެލައިގެން އަންނަން. ބައްޕަ ވާހަކައެއް ދައްކާލަންވެގެން.” ކުޑަކޮށް ހިނިތުންވެލަމުން އަރްޒަންގެ ކޮނޑުގައި ޖަހައިލަމުން ޝިހާމު ބުނެލިއެވެ. ވަރަށް އަވަސްކޮށްލާނަމޭ ބުނަމުން އަރްޒަން އޭނާގެ ކޮޓަރިއަށް ވަނެވެ.
އަރްޒަން އަންނަންދެން ޝިހާމު ސޯފާގައި ޖައްސައިލަމުން ދެކެވެން މިއުޅޭ ވާހަކައާމެދުގައި ކުޑަކޮށް ވިސްނައިލިއެވެ. އަރްޒަން އެކަމަށް ނުރުހޭނަމަ މަޖުބޫރު ކުރާކަށް އޭނާ ބޭނުމެއް ނުވެއެވެ. އެހެނަސް އެއީ އޭނާގެ ކޮއްކޮގެ އެދުމަކަށްވުމުން އެކަން ފުރިހަމަކޮށްދިނުމަށްވެސް އޭނާ ބޭނުންވެއެވެ. ހަދާނެގޮތެއް ނުނިންމިފައި އިން ޝިހާމު ސިހުނީ ދާދި ގާތުން އަރްޒަން އޭނާއަށް ގޮވައިލިއަޑު އިވިފައެވެ.
ޝިހާމު ގާތުގައި އިނށީދެލަމުން އަރްޒަން ސުވާލުގެ ނަޒަރަކުން ބަލައިލީ ވީގޮތެއް އަހައިލާފަދަ ގޮތަކަށެވެ. “ދަރިފުޅާ. ބައްޕަ މިވާހަކަ މިދައްކަނީ ފަހަރެއްގަވެސް ދަރިފުޅު ރުޅިއަރުވާކަށްނޫން. އަރްޒަން ހިތްހަމަ ނުޖެހޭނަމަ މީ ނުދައްކާ ވާހަކައެއް.” ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައި އިނދެ ޝިހާމު ބުނެލިގޮތުން އަރްޒަންގެ ނިތަށް ރޫއަރައިގެން ދިޔައެވެ. ޝިހާމު އެދައްކަން އުޅޭ ވާހަކައަކަށް އޭނާގެ ޝައުގުވެރިކަން ހުއްޓުނެވެ.
“ބައްޕަ ކުރިންވެސް ބުނިންދޯ ދަރިފުޅުގާތު އިތުރު ކައިވެންޏެއްކުރާ ވާހަކަ. އައިކްއަށް މަންމައެއްގެ ލޯބިވެސް އަދި ދަރިފުޅަށް ހަޔާތުގެ ބައިވެރިއެއް ބޭނުންވާނެ ވާހަކަވެސް.” އެހިސާބަށް ބުނުމަށްފަހު ހުއްޓައިލަމުން ޝިހާމު އަރްޒަންއަށް ބަލައިލިއެވެ. އިސްޖެހިފައި އިން އަރްޒަން ފެނުމުން އިރުކޮޅަކު ބަލަން އިނދެފައި ޝިހާމު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. “ބައްޕަގެ އެދުމެއް އެއީ ދަރިފުޅު އިތުރު ކައިވެންޏެއްކުރުން. ކުރިން ދުވަހަކު ބޮޑުދައިތަވެސް ބައްޕަ ގާތުގަ އެވާހަކަ ދައްކައިފި.” މިފަހަރުވެސް ހުއްޓައިލަމުން ޝިހާމު އަރްޒަންއަށް ބަލައިލިއެވެ. ކުރިއެކޭވެސް އެއްގޮތަށް އަރްޒަން އިނެވެ.
“ކީކޭ ބޮޑުދައިތަ ބުނީ؟” ޝިހާމު އެއްޗެކޭ ނުބުނެ ގިނައިރުވުމުން އަރްޒަން އަހައިލިއެވެ. “ދަރިފުޅާ. ބޮޑުދައިތަ ބުނީ.. އޭނާގެ.. ނިޝް.. ނިޝްޔާ ވަރަށް ލޯބިވެއޭ ދަރިފުޅުދެކެ. ނިޝްޔާ އެހުންނަނީ ދަރިފުޅުނޫން މީހަކާ ކައިވެނި ނުކުރަން.” މަޑުމައިތިރި އަޑަކުން ޝިހާމު ބުނެލުމާއެކު އިވުނު ވާހަކަތަކާމެދު ގަބޫލުނުކުރެވިފައި އަރްޒަން ޝިހާމަށް ބަލައިލިއެވެ. “ކީކޭ؟ ނިޝްޔާ؟؟” ޔަގީންކުރަން ބޭނުންވާފަދަ ގޮތަކަށް އަރްޒަން އަހައިލިއެވެ. އެއާއެކު ލަސްލަހުން ޝިހާމު ބޯޖަހައިލިއެވެ.
“ނޫން. ނުވާނެ ތިކަމެއް. ބައްޕާ.. އެއީ އަަަަަަަަަަަަަަަަޅުގަނޑުގެ ކޮއްކޮއެއްފަދަ ކުއްޖެއް. އަަަަަަަަަަަޅުގަނޑު އެނޫން ނަޒަރަކުން ނިޝްޔާއާއި މެދުގަ ނުވެސް ދެކެން. ދެން އަަޅުގަނޑު ކިހިނެއް އޭނައާ ކައިވެނިކުރާނީ؟” ހިތްހަމަނުޖެހިފައި އަރްޒަން އަހައިލިއެވެ. “ބައްޕައަށް އިނގޭތިކަން. އެކަމަކު ކައިވެނިކޮށްގެން އުޅެން ފެށުމުން ލޯބިވެސް ވެވިދާނެ. ދަރިފުޅު ވިސްނާލަބަލަ ބޮޑުދައިތައާ ނިޝްޔާ ދަރިފުޅަށްޓަކައި ކޮށްދިން ކަންތަކާމެދު.” ޝިހާމު ވިސްނައިދޭން މަސައްކަތްކުރިއެވެ.
“އަޅުގަނޑަށް އެނގޭ ބޮޑުދައިތަމެން އަޅުގަނޑަށްޓަކައި އަދި އައިކްއަށްޓަކައި ވަރަށް ބައިވަރު ކަންތައް ކޮށްދިންކަން. އެކަން ފަހަރެއްގަވެސް އަޅުގަނޑު ހަނދާނެއް ނުނެތޭނެ. އެކަމަކު އޭގެ މާނައެއްނޫން އެއީ އަޅުގަނޑު ނިޝްޔާއާ ކައިވެނިކުރުން. އެކަމެއް އަޅުގަނޑަަކަށް ނުވާނެ. އޭގެ ބަދަލުގަ ބޮޑުދައިތަ އެދޭ އެހެން ކޮންމެކަމެއްވެސް އަޅުގަނޑު ކޮށްދީފާނަން. އަޅުގަނޑުގެ ދިރިއުޅުމުގެ ނިންމުންތައް ނިންމާނީ އަޅުގަނޑު.” މަޑުމަތިރިކަމާއެކު އަރްޒަން އޭނާގެ ހިތުގައި އޮތްގޮތަށް ބުނެލިއެވެ. އެކަމާ ދެކޮޅު ހެދުމެއްނެތި ޝިހާމުވެސް އެއްބަސްވީ އޭނާއަކީ ދުވަހަކުވެސް އެއްވެސް ކަމެެއްގައި އެއްވެސް މީހަކަށް މަޖުބޫރުކުރި މީހަކަށް ނުވާތީއެވެ. ވީއިރު އޭނާއަށް އޭނާގެ ހުރި ހަމައެކަނި ދަރިފުޅު ހިތްނޭދޭ ކަމަކަށް މަޖުބޫރު ކުރެވޭނެ ހެއްޔެވެ؟
“ބައްޕާ. ބައްޕަ ކަންބޮޑުވަނީ އަޅުގަނޑު ދިރިއުޅުމެއް ނުފަށައިގެންކަމަށް ވަންޏާ ބުނެލަން ބޭނުން. ވަރަށް އަވަހަށް ﷲ އިރާދަފުޅުން އަޅުގަނޑު އިތުރު ކައިވެންޏެއްކުރާނަން. އަޅުގަނޑު ހިތްހަމަޖެހޭފަދަ ކުއްޖަކާ ދިމާވެއްޖެ.” ކުޑަކޮށް ހިނިތުންވެފައި އިނދެ އަރްޒަން ބުނެލިއެވެ. ވަގުތުން ނުތަނަވަސްވެފައި އިން ޝިހާމުގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނާއަަށް ހިނިތުންވެލުމާއެކު އަރްޒަންއަށް ބަލައިލެވުނެވެ. “އަސްލުވެތަ؟” ޝިހާމު ބޭނުންވީ ޔަގީންކަމެވެ. އަވަސް އަވަހަށް އަރްޒަން ބޯޖަހައިލިއެވެ. “ތިހެންވީއިރު މީ ނުދައްކާ ވާހަކައެއް. ބައްޕަ ބޮޑުދައިތައަށް ވިސްނަދޭނަން. ދަރިފުޅު އެކަމާ ކަންބޮޑުނުވޭ. ބައްޕައަށް ދަރިފުޅަށް ފުރިހަމައަށް އިތުބާރު އޮވޭ. ދަރިފުޅުގެ ހޮވުމެއް ގޯސްނުވާނެކަން ބައްޕައަށް ޔަގީން.” ހެވިދިލިފައިއިން ޝިހާމު އަރްޒަންގެ ކޮނޑުގައި ހިތްވަރުދޭފަދަ ގޮތަކަށް ޖަހައިލިއެވެ. ޝިހާމުގެ ވާހަކަތަކުން އަރްޒަންއަށް ލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. ބައްޕަގެ ރުހުންވެސް ލިބުނީއެވެ. ދެންއޮތީ ޔަނާލް ގާތުގައި ކައިވެންޏަށް އެހުމެވެ. އެހެން ހިތަށް އެރުމާއެކު އިސްޖަހައިލަމުން އަރްޒަންއަަށް އަމިއްލަ ނަފުސަށް ހިނިތުންވެލެވުނެވެ.
** ** **
ކޮޓަރީގައި ނިޝްޔާ ދެކޮޅަށް ދެކޮޅަށް ހިނގައިލަ ހިނގައިލާ ހުރީ ކެތްތެރިކަން ކުޑަވެފައެވެ. އިރުއިރުކޮޅާ ދޮރާއި ދިމާއަށް ބަލައިލާގޮތުން އޭނާ ކޮންމެވެސް މީހަކަށް އިންތިޒާރު ކުރާކަން އެނގެއެވެ. ކޮޓަރީގެ ދޮރު ހުޅުވައިފައި ވަތް ހާޝިމާ ފެނުމާއެކު ނިޝްޔާ އަވަސް އަވަހަށް އެދިމާއަށް ދިޔައެވެ.
“މަންމާ ކީކޯ ބޮޑުބެ ބުނީ؟” ހިތްއަވަސްވެފައިހުރި ނިޝްޔާ އަހައިލިއެވެ. ވަކިއެއްޗެކޭ ބުނުނެއްނެތި ހާޝިމާ ގޮސް އެނދުގައި އިނށީދެލިއެވެ. އޭނާގެ އެއަމަލުން ނިޝްޔާ ކަންބޮޑުވާގޮތްވިއެވެ. “މަންމާ. ކިހިނެއްވީތަ؟ ޕްލީސް ވީގޮތެއް ބުނެބަލަ.” އެއްވެސް އެއްޗެއް ނުބުނެ ހާޝިމާ އިންނަން ފެށުމުން ނިޝްޔާގެ ހާސްކަން އިތުރުވަމުން ދިޔައެވެ.
“އަރްޒަން ގަބޫލެއް ނޫނޯ. އޭނަ ދެކެނީ ތީ ހަމައެކަނި އޭނަގެ ކޮއްކޮއެއް ގޮތަށޯ.” ފޫހި ރާގަކަށް ހާޝިމާ ބުނެލިއެވެ. “އަހަރެން އޭރުވެސް ހިތަށް އެރިއޭ އޭނަ ދެކޮޅު ހަދާނޭ.” ދަތްކުނޑި ވިކިފައިހުރި ނިޝްޔާ ބުނެލިއެވެ. “ބޭބެ ވެސް މޮޔައީ. އަހަރެން ހީކުރީ އަހަރެން އެހައިވަރުން ބުނީމަ އޭނަވެސް ގަބޫލުވާނެކަމަށް. އެކަމަކު އެހެނެއްނުވި. އޭނަ ބޭނުމެއްނުވޭ އަރްޒަންއަށް މަޖުބޫރު ކުރާކަށް. އަހަރެންނަށް ޔަގީން ކިރިޔާވެސް އޭނަ މަޖުބޫރު ކުރިނަމަ އަރްޒަންއަށް ދެކޮޅުހަދަން ނުކެރުނީސްކަން. ހުއް.” ބުމަ ގޮށްޖެހިފައިއިން ހާޝިމާވެސް އިނީ ރުޅިއައިސް ރަތްވެފައެވެ.
“އެހެންނުވާނީ. ފުރޭތައެއް އެހުރީ އެބޮލަަށް ސަވާރުވެފަ. އޭނަ ނޫންމީހަކު އެއަރްޒަންއަކަށް ނުފެންނާނެ.” މޫނަަށް ވައްތަރެއް ޖައްސައިލަމުން ނިޝްޔާ ބުނެލިއެވެ. “އަދި އިނގޭތަ؟ ބޭބެ ބުންޏޭ ނިޝްޔާއަށް އަރްޒަންއަށްވުރެ ރަނގަޅު މީހުންވެސް ވާނޭ. ހުއް. ވަރަށް ފޫހިވޭ.” ހާޝިމާ އޭނާގެ ވާހަކައަށް އިތުރުކޮށްލިއެވެ. “ހޫން ދެން ހެޔޮ. މަންމަގެ ބަހަށް ލައްކަ ދުވަހު ކެތްކޮށްގެން އަހަރެންނަށް ހުރެވިއްޖެ. ދެން ނުވާނެ. އަހަރެން ކުރަން ބޭނުން ކަމެއް އަހަރެން ކުރާނަން. މަންމައަކަށް އެކަމެއް ނުވިއެއްނު.” ހިތްހަމަނުޖެހިފައި ކޮޓަރިން ނުކުންނަން ދަމުން ނިޝްޔާ ބުނެލިއެވެ. ނިޝްޔާގެ ވާހަކައަށް ހާޝިމާއަށް ދެކޮޅަށް ބޯހޫރައިލެވުނެވެ. އެވަރުން ބަލިގަބޫލުކުރާކަށް އޭނާވެސް ބޭނުމެއްނުވެއެވެ. އެއްގޮތަކުން ނޫނީ އަނެއްގޮތަކުންވެސް އޭނާގެ ދަރިފުޅުގެ ލޯބި ކާމިޔާބުވާން ހާޝިމާ ބޭނުންވެއެވެ.
ރޭގަނޑު އައިކް ނިންދައިވައިލުމަށްފަހު ނިޝްޔާ ބޭރަށް ނުކުތީ އަރްޒަން އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ސިޓިންގްރޫމްގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި ނިޝްޔާ ހުއްޓެވެ. ގަޑިން އެގާރަގަޑި ބައިވިތަނާ ގޭގެ ދޮރު ހުޅުވައިލުމަށްފަހު އަރްޒަން އެތެރެއަަށް ވަނެވެ. ކެތްތެރިކަން ކުޑަވެފައިހުރި ނިޝްޔާ ދުވެފައިކަހަލަ ގޮތަކަށް އަރްޒަންގެ ގާތަށް އައެވެ.
“އަރްޒަން. ކީއްވެ އަހަރެންނަށް ތިހެން ތިހަދަނީ؟ އަހަރެންގެ ކޮންކަމެއްތަ އުނީ؟” ރޮވިފައިހުރި ނިޝްޔާ އަރްޒަންގެ އަތުގައި ހިފަމުން ޝަކުވާކޮށްލިއެވެ. ހައިރާންވެފައިހުރި އަރްޒަން މަޑުމަޑުން އޭނާގެ އަތް ނިޝްޔާގެ އަތުން ދަމައިގަތެވެ. “ނިޝްޔާ ކިހިނެއްވެގެންތަ ތިއުޅެނީ؟” ނިޝްޔާގެ އަމަލުތައް ހުރިގޮތުން އަރްޒަންއަށް ހިތްހަމަނުޖެހެވުނެވެ.
“އަރްޒަން ކިހިނެއްވެގެންތަ ތިއުޅެނީ؟ އަހަރެން ލޯބިވާވަރު އަރްޒަންއަށް ނޭނގެނީތަ؟ ކޮންދުވަހެއް އަހަރެން މިހެން އުޅޭތާ؟ އަރްޒަންއަށް ކީއްވެތަ ނުފެންނަނީ؟” އަނެއްކާވެސް އަރްޒަންގެ އަތުގައި ހިފައި ތަޅުވައިގަންނަމުން ނިޝްޔާ ބުނެލިއެވެ. “ނިޝްޔާ ޕްލީޒް. އައި އެމް ސޮރީ އަހަރެންނަށް ނޭނގުމެއްގެ ތެރޭގަ ނިޝްޔާއަށް ދެރައެއް ދެވިއްޖެނަމަ.. އެކަމަކު.. އަހަރެންނަށް ނިޝްޔާދެކެ ލޯތްބެއް ނުވެވޭނެ. ޕްލީޒް އަންޑަރސްޓޭންޑް.” ވިސްނައިދޭފަދަ ގޮތަކަށް އަރްޒަން އަޑަށް މަޑުމައިތިރިކަން ގެނުވަމުން ބުނެލިއެވެ. މިފަހަރު އަރްޒަންގެ ވާހަކައިން ނިޝްޔާ ގާތަށް ރުޅި އަންނަގޮތްވިއެވެ.
“އަހަރެން ކޮންކަމެއްތަ ނުކޮށްދެނީ؟ އައިކްގެ ކަންތައްވެސް ވީވަރަކުން އަހަރެން އެބަކޮށްދެން. އެހެނެއްނޫންވަނީކީ. އަރްޒަންގެ ބޮލަށް ތިހުރީ އެޔަނާލް ސަވާރުވެފަ. އޭނަ ނޫން މީހަކު އަރްޒަންއަށް ނުފެންނަނީ. ބަލަ އަހަރެންގެ ކޮން އުނިކަމެއްހޭ ހުރީ؟ އެޔަނާލްވެސް ވަކި އަހަރެންނަށްވުރެ ރީއްޗެއްނުވާނެ. ބުނެބަލަ އަރްޒަން.” ނިޝްޔާ ހީވަނީ މޮޔަވެފައި ހުރިހެންނެވެ. އަރްޒަން ލައިގެންހުރި ގަމީހުގެ ގިރުވާނުގައި ދެއަތުން ހިފައި ދަމައިގަންނަމުން އޭނާ އަރްޒަންއާާ ހަތަރުކަޅި ހަމަކޮށްލިއެވެ. ނިޝްޔާގެ އަތުގައި ހިފައި އޭނާގެ ގަމީހުން ނިޝްޔާގެ އަތް ނަށްޓުވަން މަސައްކަތްކުރަމުންދިޔަ އަރްޒަންގެ ގާތަށްވެސް ރުޅި އަންނަގޮތް ވިއެވެ. އޭނާގެ އަމަލުތައް އެހިސާބަށް ގޮސްފާނެކަމަށް އަރްޒަން ހިއެއްނުކުރެއެވެ.
“ނިޝްޔާ.. ތީދެން ކޮންކަމެއް؟ މިއީ އަހަރެންގެ ދިރިއުޅުން. އަހަރެންގެ ހަޔާތަށް ގެންނާނެ މީހެއް އިނގޭނީ އަހަރެންނަށް.” ނިޝްޔާގެ އަތުން އޭނާގެ ގަމީސް ނަށްޓުވަން މަސައްކަތްކުރަމުން ދިޔަ އަރްޒަން އަޑަށް ބާރުލައިފައި ބުނެލިއެވެ. “ނޫން. ނުކެރޭނެ. އަހަރެން ނޫން އެހެންމީހަކަށް އަރްޒަން ލިބުނަކަ ނުދޭނަން. އަހަރެންގެ މީހަކަށް ނުވެއްޖެއްޔާ އެހެން މީހެއްގެ މީހަކަށްވެސް އަރްޒަން ނުވާނެ. ޚާއްސަކޮށް އެގޮތެއްނެތް އަންހެނާގެ.” ނިޝްޔާގެ ފަހު ޖުމުލައާއެކު އަރްޒަންގެ އަތުގެ ހޫނު ހަމަލާއެއް އޭނާގެ ކޯތާފަތަށް އަރައިގެން ދިޔައެވެ. ހުއްޓުން އަރައިފައި ނިޝްޔާއަށް އަރްޒަންއާ ދުރުވެވުނުއިރު ކުރެވުނު ކަންތައް ގަބޫލުނުކުރެވިފައި އަރްޒަންއަށްވެސް ހުރެވުނީއެވެ. ފަހަރެއްގައިވެސް އޭނާގެ ހިތުގައި ނިޝްޔާގެ ގައިގައި ޖެހުމުގެ ނިޔަތެއް ނެތެވެ. އެހެނަސް އައިސްފައިހުރި ރުޅިއާއެކު އޭނާގެ އަތުން އަމިއްލަ ނަފުސުގެ ބާރު ހިނދުކޮޅަކަށް ދޫވެގެން ދިޔައީއެވެ.
“ހަމަ ރަނގަޅަށްވެސް ކަލޭ ތިހުރީ މޮޔަވެފަ. އަހަރެން އެޔަނާލް މަރައިލާނަން. އޭރުން ކަލެއަށް ހުންނާނީ އޭނާއާއި ކައިވެނި ކުރެވިފައެއްނު.” ދެލޯބޮޑުކޮށްލުމަށްފަހު އަރްޒަންގެ މޭގައި ދެއަތުން ތަޅައިގަންނަމުން ނިޝްޔާ އިންޒާރެއް ދިންކަހަލައެވެ.
“ނިޝްޔާ.” ގޭތެރޭގައި އަޑުބާރުވެގެން ކޮޓަރިން ބޭރަށް ނުކުތް ޝިހާމުއި ހާޝިމާވެސް ތިބީ ލޮލު ކުރިމައްޗަށް ފެންނަމުން ދިޔަ މަންޒަރުތަކުން އަޖައިބުވެ އަންތަރީސްވެފައެވެ. ޝިހާމުގެ ބާރު ހަޅޭކާއެކު ސިހިފައި އަރްޒަންއާއި ނިޝްޔާވެސް ބަލައިލިއެވެ. “ކޮންވައްތަރަކަށް ތިއުޅެނީ؟ ބަލަ ތީ އަންހެންކުއްޖެއްކަންވެސް ހަނދާން ނެތުނީތަ؟ ހާޝިމާ އޭނަ ގެންދޭ މިތަނުން. ހަމަ މިހާރު.” ރުޅި އައިސް ރަތްވެފައިހުރި ޝިހާމުގެ ބާރު އަޑު ސިޓިންގްރޫމް ތެރޭގައި ގުގުމައިގެން ދިޔައެވެ.
“ނުދާނަން. މިބުނީނު ނުދާނަމޭ. އަރްޒަން ޖެހޭނީ އަހަރެންނާ އިންނަން. ކަލެއަކަަށްވެސް އެކަމެއް ނުހުއްޓުވޭނެ.” ޝިހާމާއި ދިމާއަށް ލޯއަޅައިލަމުން ނިޝްޔާ ހަޅޭލަވައިގަތެވެ. “ނިޝްޔާ ކިހިނެއް ވެގެން ތިއުޅެނީ؟ ހަމަ މިހާރު ހިނގާ ކޮޓަރިއަށް. ކަލޭ އެހެން މީހުން ކުރިމަތީގަ އަހަރެން ބަދުނާމުކޮށްފި.” ޝިހާމުގެ ރުޅިވެރި ނަޒަރުން ކަންބޮޑުވެފައި ހުރި ހާޝިމާ އަވަސް އަވަހަށް އައިސް ނިޝްޔާގެ އަތުގައި ހިފައިގެން އެތަނުން ދާން ހިނގައިގަތެވެ. ހާޝިމާގެ އަތްފޮޅުވައިލުމަށްފަހު އަރްޒަންއާ ދިމާއަށް ބަލައިލަމުން ނިޝްޔާ ދުވެފައިގޮސް އޭނާގެ ކޮޓަރިއަށް ވަނެވެ. ނިޝްޔާގެ އަމަލުތަކަށް މައާފަށް އެދެމުން ހާޝިމާވެސް ނިޝްޔާގެ ފަހަތުން އެކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. އިސްޖެހިފައިހުރި އަރްޒަން އިސްއުފުލައިލައި ޝިހާމަށް ބަލައިލުުމަށްފަހު އަވަސްފިޔަވަޅު ތަކެއްގައިގޮސް އޭނާގެ ކޮޓަރިއަށްވަދެ ދޮރުޖެހިއެވެ.
“ނިޝްޔާ މޮޔަތަ؟ ބަލަ ތިގޮތަށް ހަދައިގެން ކަލޭ ހީކުރީ ކަލެއަށް އަރްޒަންގެ ލޯބި ލިބޭނެކަމަށްތަ؟ އަމިއްލަ އަގު އޭނާ ކުރިމަތީގައި ވެއްޓުން ނޫންހެންކަމެއް ނުވާނެ. އަހަރެން ހަމަ ހައިރާންވެއްޖެ ކަލޭގެ ކަންތަކާހުރެ. މީހަކު ބުނާ އެއްޗެއްވެސް ގަބޫލުކުރާ ދަރިއެއްނޫނޭ.” އެކޮޓަރިއަށް ވަންނަމުން ހާޝިމާ އެއްޗެހި ކިޔައިގަތެވެ. އޭރު އެނދުމަތީގައި ރޯން ނިޝްޔާ އޮތެވެ.
“މަންމަ ކޮންމެހެން ތިހެން ކިޔާނެކަމެއްނެތް. މަންމައަށް އެއްވެސް ކަމެއް ނުކޮށްދެވުނެއްނު. ދޭ މިތަނުން. އަހަރެން ބޭނުމީ އެކަނިވެލަން.” ހާޝިމާއާއި ދިމާއަށް ނިޝްޔާ ހަޅޭލަވައިގަތެވެ. “އަހަރެންނަށް ކުރެވޭ ކަންތައް އަހަރެން އޮންނާނީ ކަލެއަށް ދަށްކާލާފަ. އެކަމަކު އެއްވެސް ކަމެއްގަ ކަލޭގެ ކެތްތެރިކަމެއް ނެތިއްޔާ އަހަރެން ކީއްތަ ކުރާނީ؟” ހާޝިމާވެސް ހުރީ ނިޝްޔާއަށް ދޫދޭގޮތަކަށް ނޫނެވެ.
“ހޫން ދެން ހެވޭ. މިތަނުން ދާންއުޅޭ.” އެނދުމަތިން ތެދުވަމުން ކޮޓަރީގެ ދޮރާއި ދިމާއަށް އިޝާރާތް ކޮށްލައިފައި ނިޝްޔާ ހާޝިމާއަށް ލޯއަޅައިލިއެވެ. އިރުކޮޅަކު ނިޝްޔާއަށް ބަލަން ހުރުމަށްފަހު ޕިސްޕިސް ލައްވައިލަމުން ހާޝިމާ އެކޮޓަރިން ނުކުތެވެ.
“އައި ކާންޓް ބިލީވް ދިސް.” ކޮޓަރީގައި ހުރި ސޯފާގައި އިނށީދެއިން އަރްޒަން ހިތާހިތުން ބުނެލިއެވެ. ދުވަހަކުވެސް ނިޝްޔާގެ ފަރާތުން ނުފެންނަފަދަ ކަމެއް ފެނުމުން އޭނާވެސް ހުރީ ހައިރާންވެފައެވެ. އޭނާދެކެ ލޯބިވިއެއްކަމަކު ގަދަކަމުން އޭނާގެ ލޯބި ހާސިލްކުރަން ނިޝްޔާ އުޅެފާނޭ އޭނާގެ ހިތަށް ދުވަހެއްގެ ކޮޅުންވެސް ނާރައެވެ. އެހެނަސް ނިޝްޔާއެވަނީ އޭނާގެ ވިސްނުން ގޯސްކަން ސާބިތުކޮށްދީފައެވެ. އަރްޒަންއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ. މިއީ ކޮންފަދަ ކަންތައްގަނޑެއް ހެއްޔެވެ؟ މިކަމުގެ ނިމުން އަންނާނެގޮތް ލަފާކޮށްލަންވެސް އޭނާއަށް ދައްޗެވެ. ނިޝްޔާގެ ހާލަށް ހަމްދަރުދީވެވުނު ނަމަވެސް އޭނާއާއި ކައިވެނިކިރާކަށް އަރްޒަން ފަހަރެއްގައިވެސް ނުވިސްނައެވެ. ފުންނޭވާއެެއް ދޫކޮށްލަމުން އަރްޒަން ސޯފާގައި ލެގިލިއެވެ. ލަސްނުކޮށް ޔަނާލް އޭނާގެ މީހަކަށް ހަދަންވީއެވެ. ޔަނާލް ގެއްލިދާނެކަމުގެ ބިރު އެހިތުގައި ވަކިހިއްޕައިލިކަހަލައެވެ. އަރްޒަންއަށް ދެލޯ މަރައިލެވުނެވެ.
ޖެހިގެންއައި ދުވަހު މުޅި އެގޭގައި ރަސްކަން ކުރަމުން ދިޔައީ ހަމަހިމޭންކަމެެވެ. ރޭގެ ހާދިސާގެ ސަބަބުން ކޮންމެ މީހެއްގެވެސް މޫނުމަތީގެ ކުލަވަރު ވަނީ ބަނަވެފައެވެ. ސައިމޭޒުދޮށުގައިވެސް އެއްވެސް ވާހަކައެއް ދެއްކުމެއްނެތި ކޮންމެ މީހަކުވެސްބެލީ އަވަހަށް ސައިބޮއިގެން އެތަނުން ދެވޭތޯއެވެ.
ނިޝްޔާ ހަމަޖެހިފައިހުރި ގޮތުން އެއިން އެއްވެސް ކަމަކާ އޭނާ ލަދުގަނެ ހިތާމަކުރާހެނެއް ހިއެއްނުވެއެވެ. މީހަކާ އަނގައިންވެސް ބުނުމެއްނެތި ސައިބޮއިގެން އޭނާ އޭނާގެ އަތްދަބަސް ހިފައިގެން އެގެއިން ނުކުންނަން ހިނގައިގަތެވެ. ނިޝްޔާގެ ފަހަތުން އައި އަރްޒަން އޭނާއަށް ގޮވައިލުމުން ހުއްޓިލުމަށްފަހު ފޫހިގޮތަކަށް އޭނާ އަރްޒަންއަށް ބަލައިލިއެވެ.
“ސޮރީ. އަހަރެން ރޭގަ ޖެހީ ގަސްދުގައެެއްނޫން.” އަރްޒަން އޭނާއަށް ނޭނގުމުގެ ތެރޭގައި ކުރެވުނު ކުށަށް މައާފަށް އެދުނެވެ. “ދެން އެނިމުނީނު. އަހަރެންމީ އަރްޒަންއަށް އެހާ މުހިންމު މީހެއް ނޫނެއްނު ކޮންމެހެން އަހަރެންގެ މައާފު ހޯދާކަށް.” އެހެން ބުނެލުމަށްފަހު އަރްޒަންއަށް ވާހަކަ ދައްކާނޭ ފުރުސަތެއްނުދީ ނިޝްޔާ ގެއިން ނުކުތެވެ. ނިޝްޔާގެ އަމަލުތައް ހުރިގޮތުން އަރްޒަންއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.
** ** **
ގޭތެރެ ސާފުކޮށް އުޅުނު ޔަނާލް ގޭގެ ބެލް ޖެހިއަޑުއިވިފައި ކުރަންހުރި މަސައްކަތް ހުއްޓައިލަމުންގޮސް ދޮރު ހުޅުވައިލިއެވެ. ދޮރުމަތީގައިހުރި ނުދަންނަ ފިރިހެންމީހާ ފެނިފައި ޔަނާލް ކުޑަކޮށް ނިތަށް ރޫއަރުވައިލިއެވެ. “ޔަނާލް ތޯ؟” އެމީހާ އަދަބުވެރިކަމާއެކު އަހައިލިއެވެ. ހިސާބަކަށް ހައިރާންވެހުރެ ޔަނާލް ބޯޖަހައިލިއެވެ.
“އަރްޒަން ސަރ ދެއްވި އެއްޗެއް.” އަތުގައިއޮތް ޕާރސަލް ދިއްކޮށްލަމުން އެމީހާ އެހެެންބުނެލުމުން ހިނިތުންވެލަމުން ޔަނާލް އޭގައި ހިފިއެވެ. ބޯޖަހައިލަމުން ލުއި ހިނިތުންވުމެއް ދިނުމަށްފަހު އެމީހާ ދިޔައެވެ.
ގޭގެ ދޮރު ލައްޕައިލަމުން ހެވިފައިހުރެ ޔަނާލް އައިސް ސޯފާގައި ޖައްސައިލިއެވެ. އަދި އެޕާރސަލް ކަނޑައިލަމުން އޭގައި އޮތް އެއްޗެއް ނަގައި ބަލައިލިއެވެ. އެއާއެކު ޔަނާލްގެ ދެލޯބޮޑުވެގެން ދިޔައެވެ. ދެފަރާތަށް ބޯހޫރުވައިލަމުން ހައިރާންވެފައި އިންދައި އަރްޒަން ގުޅިއެވެ.
“ހަލޯ.” މަޑުމަޑުން ޔަނާލް ބުނެލިއެވެ. “ޔަނާ. އަހަރެން ފޮނުވި އެއްޗެއް ލިބުނުތަ؟” އަރްޒަންގެ އަޑުން އޭނާ ހިތްހަމަޖެހިފައިހުރިކަން އިނގެއެވެ. “ހޫމް. އެކަމަކު.. މީ.. މީ ކީކުރަން؟” ޔަނާލް ފާޑަކަށް އިނދެ އަހައިލިއެވެ. “ކިހިނެއްވީ؟ ޔަނާއަަށް ކަމުނުދަނީތަ؟” ފާޑަކަށް ހެވިފައިހުރެ އަރްޒަން އަހައިލިއެވެ. “ނޫން. ވަރަށް ރީތި.” ލަދުގަނެފައި ޔަނާލް ބުނެލިއެވެ. އެއާއެކު އަރްޒަންގެ ލުއި ހުނުމުގެ އަޑު ފޯނުގެ އަނެއްކޮޅުން އިވިގެންދިޔައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
48 Comments!
Comments are closed.







Salaam all.. Here is the 15th part.. Hope ya all like this part too.. I knw its lil shrt.. In sha allah tmrwge part lng kohlaanan.. Enjoy reading.. Let me knw the mistakes.. Have a nice day.. Love u all❤?
Yey …
Wow.. ????Vvvvv reethi mi part ves.. ????Curiously waiting for next part ????.. And me first dhw?
Yayy u first.. Hehe thanks alot my dear.. ❤
Nice. E nishya ah gotheh hadhaalaba dhw. Hope eyna aa hure arzan n yanaal dhurunuvaane kamah.??
Lets see dhw.. Thanks dear❤
Vrhhhh salhi…?❤❤
Thanks dear❤
Maasha allah v v v v v v rythi mi part vx……me second dhw…luv u 2 dear?????
Thanks alot my dear❤
nyc mi part vx vrh ,,,,,ekam thankolheh kury,……waiting for nxt part… love u n ur stry
Yah dhw.. Hehe.. Thanks alot my dear. Love u too❤
This nishya is really crazy dhw.. meehaku dheke loabiviyas edhen bodu varu.. maa las nuvanees nishya ah visneynekama hope kuran..
Waiting for the next part.. keep it up nau????
Ya dhw.. Hehe.. Lets sew dhn vaagotheh.. Thanks alot dear❤
Masha Allah…. varah varah varah reethi
Thanks alot my dear❤
Varah reethi mi part vess?
Yanaa nd arzan ge life ah nishyaa ge hiyani elhuviya nudheythi ingey nau❤❤❤
Nau ge story sajy baraabarah kiyan…
Mi story varah habeys❤?
Lets see dhw vaagotheh. Awwn thanks alot my dear❤
Alheyyy …. haaadha reechey mi part ves.❤❤?❤?❤?love ur stryy nauu lwbyyy ….. plxxx e nishyaagandah gotheh haadhaabal????…. curiouslyy waiting for next part …. ???????
Hehe hingaa nishaya ah vaagotheh balamaa dhw. Thanks alot my dear❤
Varah heevey arzan wife maruvumuga nishyaa n her mother ge atheh vaakamah
Ooh. Hehe lets see thi hyvaagoi rangalhuthw or noon thw dhw?
V reethi ?ekamaku than kolheh kuree miadhu ehenve******? a nishyaa ulheygoi dho v foohi?
ekam??? inthizaaruga maadhamaa partge ???ge…gud Luke nau lovebee
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yah dhw.. In sha allah tmrw ge part lng kohlan try kuraanan.. Btw thanks alot love. ❤
Alheyy haadha reehcheyy mi part nau????????????????alhd e nishya is so shameless. Eynage bodube ah ves e talk kury kaley kiyaafa vihyya?????????????vvvvvvvvvvvvvvvvvvvvv foohi veyy I hate u nishya ????????nau maya ah faahaga vi thankolheh eii. Arzan eynage dad aa talk kuri iru ehbai thanthanuga huri alhugandu.. Dhen huri aharen.. Ethankolhu rangalhu kohlahchey sis??????vv curious mihaaru nxt part kiyaahithun hurevenyki nun…. Nishya ah visnadhy dhen eynage hiyani elhuna nudhey thi e dhemyhun ge life ah…. ????v lwbi vey ingey nau sis…… ?????????????
Yah dear. Ehankolhu rangalhu kohlaafin ingey. Thanks faahaga kohdhinyma.. Lets see wat hppns. Kyp waiting.. Thanks alot my dear. Love u evn more❤?
hii dear.. this is the first time I comment on ur stry.. btw nau ge hurihaa stry eh vx baraaabarah kiyan… mi part vx vvvvvvvv nice maasha allah.. ur so talented dear maasha allah.. may allah protect ur talent from evil eyes… luv ya??????????????❤❤❤❤❤??????
Aameen.. Awwwn thanks alot my dear.. So happy to see ur comment.. Luv u evn more?❤
Story varah salhi…
Thanks alot dear❤
V bxy koh ulhen jehun dhuvaheh… ehenve story kiyun lasvy igey nau.. ekam hama vaguthu veema avahah mibely ehah story kiyaaleveytho.. hama ehvanaey buneveyny mibaives.. kihineh baa dhw dhen vaany.. nishyaa men anehka kihineh hadhaanebaa yanaa ah… hahthaaves javaab beynunvaa suvaal.. luv u
Hehe its ok dear.. Btw thanks alot my dear.. Luv u more❤
Vvv nice ,sis..u re the best….keep up the good work??? ,luv ya ❤❤❤and keep smiling???
Awwwwn thanks alot my dear.. Love u evn more❤?
wow….. masha allah … mi part ves vvvvvv reethi ?????????& nauuuu arzan aa yanaal marry kuruvahcheyy & curiously waiting for nxt part …. keep it up nauu ???????
Thanks alot my dear?
މިއުޅޭ މަންޖެއަށް ރަނގަލު ފިލާވަޅެއްދީ
Hehe lets see dhw?
Kithah episode ge story eh mieee nau ?
Story is hama best ❤️ Waiting for the next part
Ehn bunaakah neenge. Btw stry almst nimumakaa gaai vefa miothy.. Thanks alot dear❤
Comment nukuriyas abadhuves kiyany mi story .. this is the best????. Haadha foohi ey mi niaashaa gadu????
Awwwn thanks alot dear.. Happy to see ur comment❤
VVV Reethi Mivaahaka adhi Kuriyah dhaagoiyh… Waiting for next part…
Thanks a lot my dear❤
hey nau khba 16th part????????
Nw up kohlaafin dear?
waitingggg!!!!
Alhey kiyaa hithun keii madhuvefa mi hunnany..16 vana part upvi thw belun adhadheh neyge mihaaru…ahey nau avahah upkh dheeba…nooony upkhlaane ireh bunebaa..curiously waiting