ވީމޭ މަ ކައިރީގާ (3)
މޫނަށް ހޫނު ވާން ފެށުމުން ރުހާނީ ލޯ ހުޅުވާލިއެވެ. ރޭގައި ސޯފާގައި އޮވެ ނިދުނު އިރެއްވެސް އޭނާ ހަނދާނެއް ނުވެއެވެ. ކުޑަދޮރުގެ ފޮތިތައް ކަހާލާފައި އައިސް ކޮޓަރީގެ ދޮރު ހުޅުވާލިއިރު އައްރާދު މޭޒު ކައިރީގައި އިށީނދެގެން އިނެވެ. އެއްއަތުގައި ޓޯސްޓް ފޮއްޗެއް އޮތްއިރު އަނެއް އަތުގައި އޮތީ އޭނާގެ ފޯނެވެ. ކޮޓަރީގެ ދޮރު ހުޅުވާލިތަން ފެނުމުން އައްރާދު ބޮލުގެ އިޝާރާތުން ކައިރިއަށް އައުމަށް އެދުނެވެ. ރުހާނީ އެދިމާލަށް ދިޔައިރު ސިޓިންރޫމްގައި ބަހައްޓާފައި ފޮޓޯ ފްރޭމްއަކަށް ބަލާލިއެވެ. އައްރާދު ވަރަށް ލޯބިން އަންހެން ކުއްޖެއްހގެ ގައި ބައްދާލައިގެން ނަގާފައިވާ ފޮޓޯއެވެ.
ގޮނޑި ދަމާލާފައި އިށީންނަމުން ރުހާނީ މޭޒުމަތީގައި ހުރި ބިސްގަނޑު ތައްޓަށް ބަލާލިއެވެ. ދެން އޭނާ ބަލާލީ އައްރާދުގެ މޫނަށެވެ. އޭރުވެސް އޭނާ ހުރި އެހުރި ގޮތަށް ރުހާނީގެ މޫނަށް ބަލަހައްޓައިގެންނެވެ. ތަށީ ތެރޭގައި ޓޯސްޓް ބާއްވަމުން އޭނާ ފޯނުން މީހަކަށް ގުޅާލިއެވެ. އަދި ފޯނު ސްޕީކަރަށް ލިއެވެ.
“ހައި…” އެކޮޅުން ފޯނު ނެގީ އަންހެން ކުއްޖެކެވެ. އައްރާދު ހިނިތުން ވެލިތަން ފެނުމުން ރުހާނީގެ ހިތުގައި ޖެހުނެވެ. އަނެއްކާވެސް ބާކީވާން އުޅޭ ކަމުގެ ސިގްނަލެއް އޭނާއަށް ލިބުނު ފަދައެވެ.
“ސޯ ވެން އާރް ޔު ކަމިން..” ދެންވެސް ވާހަކަ ދެއްކީ އެކުއްޖާއެވެ.
“މޭބީ ނެކްސްޓް އިޔަރ.. ބަޓް ރިމެމްބަރ ދެޓް އައި އޯލްވެސް ލަވް ޔޫ…” އައްރާދުގެ އެންމެ ފަހު ޖުމުލައިން ރުހާނީ އިސްއުފުލާ ބަލާލިއެވެ. ސުވާލު އުފެދިފައިވާ ކަހަލަ ގޮތަކަށް އޭނާ އައްރާދުގެ މޫނަށް ބަލާލިއެވެ.
“އެއްވެސް ކަމެއް ސިއްރުން ކުރާކަށް ބޭނުމެއް ނޫން.. އަހަރެންގެ ގަރލްފްރެންޑް އެއީ..” އައްރާދު ރުހާނީގެ މޫނަށް ފަރުވާތެރި ކަމާއެކު ބަލާލީ އެމޫނަށް ވެރިވަމުން ދިޔަ ކުލަތައް ދަންނާތީއެވެ.
“ރުހާނީއާ އަހަރެން އިނީ ބޭނުން ވެގެނެއް ނުން.. މާލެއައީ ޗުއްޓީއަކަށް މީހަކާއި އިންނާކަށް ނުން.”
“ކިޔަވައިގެން ހުރި ބޮޑު ފިރިހެނަކު އިންނަން ބޭނުންނުވެ ކިހިން މީހަކާއި އިންނާނީ.. އަދިއެވެސް އަމިއްލަ ދެބެންގެ ދެދަރި ކޮއްކޮއާ..” މަލާމާތުގެ ރާގަކަށް ރުހާނީ ބުނެލިއެވެ.
“ސޯ ތިބުނަނީ އަހަރެން އަމިއްލައަށް ބޭނުން ވެގެންނޭ..” އައްރާދު ނިއްއަރުވާލަމުން އެހެން ބުނެފައި ގޮނޑިން ތެދުގެން އައިސް ރުހާނީ ހުރި ގޮނޑި ކައިރިއަށް ގުދުވެލަމުން އެމޫނަށް ބަލާލިއެވެ. ރުހާނީ ފަހަތަށް ޖެހިލީ އައްރާދުގެ މޫނުގައި އޭޏާގެ މޫނު ޖެހިދާނެތީއެވެ. ކުރިއަށް ވުރެ ބޮޑަށް ފަހަތަށް ޖެހިލަން އުޅުމުގެ ކުރިން އައްރާދު އޭނާގެ އަތް ރުހާނީގެ ކަނދުރާގައި އަޅުވާލާފައި ގެނެސް އޭނާގެ މޫނާއި ކައިރި ކޮއްލިއެވެ.
“އަހަރެން މިހެން ކަންތައް ކުރަން ބޭނުންވާތީއޭ..” އިހުނަށް ވުރެ ބޮޑަށް ރުހާނީގެ މޫނާއި ކައިރިވަމުން އައްރާދު ބުނެލިއެވެ. އެވަގުތު އެހަށިގަނޑުން އެރި މީރު ވަހުން އޭނާ ދެލޯ މަރާލެވުނެވެ. ނަމަވެސް މި ހުއްދަ ދެވެނީ ކިހާވަރެއްގެ ކަމެއް ކަމަކަށް ރުހާނީގެ ޅަ ސިކުނޑިއަކަށް ނުވިސްނުނެވެ. ރުހާނީ ދެލޯ މަރާލިތަން ފެނުމުން އައްރާދު އޭނާގެ އަތް ރުހަނީގެ ހަށިގަނޑާއި ވަކިކޮއްލިއެވެ.
“އައި ޑޯންޓް ވޯންޓް …” އެހެން ބުނެފައި އައްރާދު ނިކުމެގެން ހިނގައްޖެއެވެ.
ހެނދުނު ސައި ހަދާލުމަށްފަހު ރުހާނީ ގޭތެރޭގެ އެކި ކަންތައް ކުރުމުގައި އަވަދިނެތި އުޅުމަށްފަހު އަލަމާރި ހުޅުވާލިއެވެ. އޭގައި ފޯނެއް އޮތުމުން އޭނާ އޭތި ހުޅުވާލިއެވެ. ވަގުތުން އެފޯނަށް ރައްޔާންގެ ނަންބަރ އެރުމުން އެރުމުން އޭނާއަށް ދީފައިވާ އެއްޗެއް ކަން އެނގުނެވެ. ނަމަވެސް އޭނާއަށް ނޭނގި އަލަމާރިއަށް އެލާނީ އައްރާދެވެ. އަލަމާރީގައި އަޅުވާފައި ހުރި ހެނދުންތަކާއިއެކު އެކި ކުލައިގެ ޝޯލްތައް ފެނުމުން އޭނާ ހިނިތުން ވެލިއެވެ. އެއްތަނުން ނިކުމެގެން އައިސް އަނެއް ތަނަށް މިވަދެވުނީ ކީއްވެ ހެއްޔެވެ؟ ބައްޕަ މަތިން ހަނދާން ވުމުން ރުހާނީ ހިތައް އެރިއެވެ.
މެންދުރު ވީއިރު އައްރާދު އޮފީހުން އައިސް ގެއަށް ވަންއިރުގައި ސިބަތް ގޭތެރޭފައި އުޅެއެވެ. އައްރާދު ވަގުތުން މޫޑު ސަކަރާތް ވެއްޖެއެވެ. ސިބަތްއަކީ މިލްސިއާގެ ކޮއްކޮއެވެ. އައްރާދު މެންނާއި އެއް އަހަރެއް ނަމަވެސް އުޅުމުގައި ވަރަށް ތަފާތެވެ. ދިގު ހެދުމެއް ލައިގެން މަތިން ތިރިއަށް ފޭބި ރުހާނީގެ އަތުގައި ބޯއްތައްޓެއް އޮތެވެ. އޭގައި ހުރި އެއްޗެއް ނޭނގުނު ނަމަވެސް އޭގެން ދުވި ވަހުން އައްރާދު ބަނޑުހައި ވެއްޖެއެވެ.
“ވަވް.. ހޫ އިޒް ދިސް ބިއުޓީ…” ސިބަތް ރުހާނީއާއި ދިމާލަށް ހިނގައި ގަންނަމުން ބުނެލިއެވެ. އައްރާދުއަށް އެމަންޒަރު ފެނުމުން ވަގުތުން އައިސް ސިބަތްގެ ބުޑުގައި ޖައްސައިފިއެވެ. ރުހާނީގެ އަތުން ތަށި އަތުލަމުން އައްރާދު އޭގެން އެތިކޮޅެއްގެ ރަހަ ބަލައިލިއެވެ.
“ކޮން ނަމެއްތަ ކިޔަނީ؟” ސިބަތް ރުހާނީއާއި ކައިރި ވެލަމުން އަހާލިއެވެ. އެކަމުން އުނދަގޫވި ރުހާނީ އައްރާދުގެ މޫނަށެވެ.
“ޝީ އިޒް މައި ވައިފް.. ރޫހީ…” އައްރާދު އެހެން ބުނަމުން ރުހާނީގެ އުނަގަނޑުގައި އަތް އަޅުވާލަމުން ގެނެސް އޭނާގެ ގައި ޖައްސާލިއެވެ.
*****
ގެއަށް ވަދެވުނު އިރުގައި އާރާ ރުއިން ހުއްޓާލާފައި ނިދިއްޖެއެވެ. ހިތުގެ ވިންދު ހަމައަކަށް އެޅުނު ނަމަވެސް އައްރާދުގެ މޫނު އަދިވެސް ސިފަވަމުން ދިޔަ ކަހަލައެވެ. އާރާ ތަނުގައި ބޭއްވުމަށްފަހު ރުހާނީ ނިކުމެލީ ބޭރަށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.


sorry guys next part dhigu kohlaanan
Okei. But v reethi mi part vx dear.♥️♥️
OK… Story vrh reethi… Ninnu ge comment eh fenunyma vrh ufaa vejje…??
Its ok dear…..stry v v v v rythi….maasha allah….luv your stry
Wow…story v rythi?? next part koniraku…