ބުނާށެ ލޯބި ނުވަނީހޭ 04
” ހޫމް މީހަކާއި އިންނަންވީ.. އެކަމަކު އަހަންނެއްނޫން.. އަހަރެން އަދި މީހަކާއި އިންނަވަރަށް ބޮޑެއްނުވެއެއްނު ދޯ.. ރާދްވީ ދެވަނަ ކައިވެންޏެއް ކުރަން.. ރާދް ބޭނުންވާ ކަހަލަ ކުއްޖަކު ބުނޭ.. އަހަރެންނަށް އަންހެން ކުދިން ހޯދަ ދެވިދާނެ.. ތިހެން ހުސްކޮށް ހުރުމުގެ ބޭނުމެއްނެތް.. އެވެސް އެއަންހެނާއާއި ހެދި.. ދައްތަ ބުނިހެން އެންމެން އެއްގޮތެއް ނުވާނެ.. ރާދް ތިހެން އުޅޭތީ ބޭބެމެން ހާދަ ކަންބޮޑުވެޔޭ.. އަބަދު މީހާ މަސައްކަތުގައި މާ ބިޒީކޮއްލައިގެން ތިއުޅެނީ އެޔާނާއެއް މަތިން ހަނދާން ނެތޭތޯއެއްނު.. އޭނަމަތިން ހަނދާންނެތޭނީވެސް އެހެން މީހަކު ތިލައިފްއަށް ގެނެސްގެންނޭ މޭން..” ޝަމީލް ވާހަކަ ދެއްކިއެވެ.
” ޔާރައްބީ.. ތީހަަމަ ޝަމީލްތަ.. ” ރާދިން ނިކަން ބާރަށް ހީނގަންނަމުން ބުނެލިއެވެ.
ކަމްއޯން މޭން.. ކޮންމެ މީހަކު ދެއްކިޔަސް ރަގަނޅު ވާހަކައެއްވިއްޔާ ވާނެ ބަލައިގަންނަން.. އަހަރެން ދެއްކިއްޔާ އަދި އަމުދުން ޖެހޭނެ އެގޮތަށް އަމަލުކުރަން.. މިކަހަލަ ހަމަޖެހޭ ވާހަކައެއް ގިނަ ފަހަރަކު އަހަރެން ނުދައްކާނަން.. ”
” ހޫމް ތީހަމަ ޖެހޭ މީހެއްނޫން ވިއްޔަ ތިކަހަލަ ވާހަކަ ދައްކާކަށް.. ހީވަނީ އަހަރެންގެ ބައްޕަ ވާހަކަ ދައްކާހެން.. ބުނެބަލަ ތިހުރިހާ އެއްޗެއް ތިކިއީ ބައްޕަ ބުނެގެން ދޯ.. އަނެއްކާ ސްޕީޗްއެއް ލިޔެފަތަ ދިނީ..” ރާދިން ޝަމީލްއާއި ދިމާކުރަންފެށިއެވެ.
” ބޭބެގެ ކަންތަކޭ މީ.. އެވަރަށް އަހަންނަށް ނުވާނެއޭ ބުނީމަވެސް ބުނެފި ތީ ބެސްޓްފުރެންޑް ނޫންހޭ.. ބުނީމޭ އަހަރެން ދައްކާ ވާހަކަ ސީރިއަސްކޮށް ނުނަގާނޭ.. އެކަމް ބުނަން އަހަރެންވެސް މިކަމުގަ މިހުރީ ބޭބެގެ ސައިޑްއަށް.. ރާދް ވެއްޖެ މިހާރު މީހަކާއި އިންނަން..” ސިގިރޭޓްއެއް ރޯކޮއްލަމުން ޝަމީލް ބުނެލިއެވެ.
” އަހަރެން ނުބުނާނަން ތިދައްކަނީ ގޯސް ވާހަކައެކޭ.. އެކަމް އަހަރެން ދެން ކައިވެންޏެއް ކުރާކަށް ގަސްދެއް ނުކުރަން.. އެއީ ޔާނާދެކެ އަދިވެސް ލޯބިވާތީއެއް ނޫން.. އެގޮތަށް ކަންތައްކުރީމަ އަންހެނުން މަތިން މުޅިން ފޫހިވެއްޖެ.. ކުޑަމިނުން ރީޒަންއެއް ބުނެލާފަ ދިޔަނަމަވެސް ރަގަނޅު..އޭރުންތާ އިނގުނީހީ އަހަރެންގެ ފަރާތުން ގޯސްކޮށްކަމެއް ކުރެވިފަ އޮތްކަންވެސް.. އަހަރެން މީހަކާއި އިނުއްވަން ނޫޅީ އަމިއްލަ މީހާ އުޅެބަލަ ކައިވެނިކުރަން.. އަހަރެންވާ އެއްފަހަރުވެސް އެކަން ކޮއްފިންތާ..ނުބައި މީހަކާއި ކުރެވުނަސް..” ރާދިން ހުރީ ގޮތްދޫކުރާ ގޮތަކަށް ނޫނެވެ.
**************************
ހެނދުނު ހޭލައިގެން ޔާނާ އައިރާއަށް ގޭތެރޭ ކަންތަކުގައި އަތްގާތް ކޮއްލައިދޭން އުޅުމުށްފަހު ދެން އުޅުނީ 8 ޖަހަންވާއިރަށް ރާޔާ ރީތިކުރެވޭތޯއެވެ. ޝަރުވާން އޮތީ 8:30 ގައި ރާޔާ ގޮވައިގެން ކުލިނިކަށް އައުމަށް ބުނެފައެވެ. 8 ޖަހަން 5 މިނިޓަށް ވީއިރު ޔާނާ ހުރީ ރާޔާ ގޮވައިގެން ގޭގެ ދޮރުމަތީގައެވެ. މަގުގެ ދެކޮޅަށް ބަލަމުން ގެންދިޔައީ މީހަކަށް ފެނިދާނެތީ ބިރުން އުޅޭހެންނެވެ. އެވަގުތަކީ އޮފީސްތަކަށް މީހުން ދާވަގުތު ކަމުން ޓެކްސީއެއް ލިބުންވީ އުދަނގޫކަމަށެވެ.
” ގުޑް މޯނިންގް..” ފަހަތުން ޝަރުވާންގެ އަޑު އިވުމުން ޔާނާ އޭނާ ނިކުންނަން ތަން ދެމުން ބޭރަށް ނިކުތެވެ. އެއައްފަހު މޯނިންގްއޭ ބުނެލިއެވެ.
” ޓެކްސީއެއް ނުލިބިފަތަ ތިއިންނަނީ.” ޝަރުވާން އަހައިލިއެވެ. ޔާނާ ބޯޖަހައިލީ އާއެކޭ ބުނުމުގެ ގޮތުންނެވެ.
” މިގަޑީ ޓެކްސީއެއް ހޯދަން ވަރަށް އުދަނގޫވާނެ.. އަަހަންނާއި އެކީ ދާންވީނު.. ކުލިނިކަށްތަ އަނެއްކާ ދާން ތިއުޅެނީ..” ޔާނާ އަނެއްކާވެސް ބޯޖަހައިލިއެވެ. ޔާނާ ގާތު މަގުގެ ކަންމައްޗަށް ނިކުތުމަށް ބުނުމައްފަހު ޝަރުވާން އަވަސްވެގަތީ އޭނާގެ ކާރު ކަންމައްޗައް ގެންދިޔުމަށެވެ. ރާޔާ ގޮވައިގެން ޔާނާ އެރީ ކާރުގެ ފަހަތު ސީޓަށެވެ. އަލަށް ކާރަކަށް އެރެވުމުން ރާޔާ ހުރީ ވަރަށް އުފަލުންނެވެ. ކާރުގެ ލުއްވާގަނޑުން ބޭރު ބަލަން ހެވިފައި ހުއްޓެވެ.
***********************
“ދަރިފުޅާ މިކޮފީތަށި ބޮއެލައިގެން އިނގޭ ދާންވާނީ..” ސޯފާ ކުރިމަތީގައި އިން މޭޒުމަތީ ކޮފީތައްޓެއް ބަހައްޓަމުން ޔަސީރާ ބުނެލިއެވެ. ” ނޯ މަންމާ..މިހާރުވެސް ވަރަށް ލަސްވެގެން މިއުޅެނީ..8:30ގައި އެބައިން ވަރަށް މުހިންމު މީޓިންއެއް.. މަގުމަތީގައި އެހާ ބާރުބޮޑުވާނެ.. ގަޑި ނުޖެހި ދެވޭނެ ކަމެއްވެސް ނޭންގެ ދެން..” ބޫޓަށް އަރަމުން ރާދިން ވާހަކަ ދެއްކިއެވެ. ބޫޓަށް އެރިގޮތައް ޔަސީރާ ގާތު ދަނީއޭ ބުނެފައި ގެއިން ނިކުތެވެ.އަވަހަށް ދާން ވެގެން ރާދިން އެރީ އޭނަގެ ސައިކަލަށެވެ. އޭރު ކާރު ޑުރައިވަރ ރާދިންގެ އިންތިޒާރުގައި ކާރު ނެރެގެން ހުއްޓެވެ. ޑުރައިވަރު ގާތު މިއަދު ރެސްޓްކޮއްލާށޭ ބުނެފައި ސައިކަލު ދުއްވާލިއެވެ.
” ޑޭމް އިޓް.. ލަސްވެގެން ތަނަކަށް މީހަކު ދަންޏާ މި މީހުންނަށްވެސް އެނގޭނެ ޖެއްސުމެއް ކޮއްލަން.. ” ސައިކަލު މަޑުކޮއްލަމުން ރާދިން ކުދި ކިޔައިލިއެވެ. ސައިކަލުމަތިން ކުޑަކޮއް ތެދުވެ ބަލައިލިއިރު ޕިކަޕެއްގައި ހުރި ފެންކޭސްތަކެއް ބަައިލަނީއެވެ. އެހެންކަމުން ރާދިންއަށް ޖެހުނީ މަޑުކޮއްލަައި އިންނާށެވެ. އެކި ފަރާތް ފަރާތަށް ބަލަމުންދިޔަ ރާދިންގެ ނަޒަރު ހުއްޓުނީ ކައިރީގައި މަޑުކޮއްގެން ހުރި ކާރުތެރޭގައި އިން ކުޑަ އަންހެންކުއްޖަކަށެވެ. އެކުޑަ އަންހެންކުއްޖާ އިނީ ކާރުގެ ލުއްވާގަނޑުގައި މޫނު ޖައްސައިގެން ބޭރު ބަލާށެވެ. “ޔާނާ..” އޭނާއަށް އެނަން ކިޔާލެވުނީ އިހްތިޔާރުން ބޭރުގައެވެ. ރާދިންއަށް އެކުއްޖާއަށް ގެއްލިފަ އިން ރާދިން ސިއްސައިގެން ދިޔައީ ފަހަތުން ސައިކަލުތަކުގެ ބަރުގޮނުގެ އަޑުއިވުމުންނެވެ. ފަހަތް ބަލާލައިފައި އެނބުރުނުއިރު ކުޑަކުއްޖާއިން ކާރުވެސް ކިރިޔަށް ދަނީއެވެ. އެކާރުގެ ފަހަތުން ދާން ހިތައްއެރި ނަމަވެސް ގަޑިޖެހޭތީ ރާދިންއަށް ޖެހުނީ އޮފީހަށްދާށެވެ.
އޮފީހަށް ގޮސްވެސް ރާދިންއަށް ވިސްނުނީ އެކުޑަކުއްޖާއާއި ދޭތެރޭއެވެ. މީޓިންގައި އިންއިރުވެސް ޝަމީލް ޖެހުނީ އިރުއިރުކޮޅާ އޭނަގެ ގައިގާ ކޮއްޓައިލާށެވެ.
” މޭން އާރ ޔޫ އޯކޭ..” މީޓިންގ ނިންމާލައިފައި ނިކުންނަމުން ޝަމީލް އަހައިލިއެވެ. ރާދިން ޖަވާބުނުދީ ގޮސް އޭނާގެ ކެބިންއަށް ވަނެވެ. ޝަމީލް ފަހަތުން އަންނާނެކަން އެނގިހުރެއެވެ. ޝަމީލްއަކީ އޭނާ ކުރާ ސުވާލަކަށް ޖަވާބު ނުލިބެނިސް ހުއްޓާލާނެ މީހެއްނޫނެވެ.
” ބަލަ ރާދްއާއޭ އަހަރެން މިވާހަކަ ދައްކަނީ..” ރާދިން ގޮސް އޭނާގެ މޭޒުދޮށުގައި އިށީންދެ ފައިލެއް ހުޅުވާލުމުން ޝަމީލް އެލައްބާލައިފައި ބުނެލިއެވެ.
” ހަމަޖެހިބަލަ ޝަމީލް.. އަހަރެން އޯކޭއޭ..” ރާދިން ބުނެލިއެވެ.
” ދެން ކޮން ވިސްނުމަކަށް ގެއްލިފަތަ އިރުއިރުކޮޅާ ތިހުންނަނީ.. އަނެއްކާ ރޭގަ އަހަރެން ދެއްކި ވާހަކައާއިމެދު ތަ ތިވިސްނަނީ.. އެހެންވިއްޔާ އޯކޭ ކިތަންމެ ވަރަކަށް ގެއްލިފަ ހުއްޓަސް..” ރާދިންއާއި ކުރިމައްޗަށް ވާގޮތަތަށް އިން ގޮނޑީގައި އިށީންދެލަމުން ޝަމީލް ބުނެލިއެވެ.
” ކުއްޖަކު ފެނިގެން މިއުޅެނީ މިއަދު އޮފީހަށް އަންނަނިކޮށް.. ކާންޓް ގެޓް ހާރ އައުޓް އޮފް މައި މައިންޑް..” ރާދިން އެހެން ބުނެލުމާއިއެކު ޝަމީލް ވާއު އޭ ކިޔަމުން އިންތަނުން ތެދުވިއެވެ. އަދި ރާދިން ކައިރީގައި ވަރަށް ރީތި އަންހެން ކުއްޖެއްހޭ އަހައިލިއެވެ.
” ޔެސް.. ވަރަށް ރީތި.. ލެޓް ސުމައިލް.. މާޝާ ﷲ.. ދަންނަވައްތަރެއްޖަހާ ކުއްޖެއް.. ކުޑަ ކުޑަ ޔާނާއަކާއި ވައްތަރީ.. ” ހިނިތިވެލަމުން ރާދިން ބުނެލި އެއްޗަކުން ޝަމީލްވީ ފޫއްސެވެ.
” ރާދް މޮޔަވީތަ.. އެއަންހެނާގެ ހިޔާލަށް ގެއްލިފަތަ ތިހުންނަނީ މިހުރިހާ އިރު..”
” ނޯ.. އަހަންނަށް ކުއްޖަކު ފެނުނީއޭ.. ތިން އަހަރަށްދާ ކުޑަ އަންހެން ކުއްޖެއް.. ޝަމީލް އެކުއްޖާ ޔާނާއާއި ހާދަ ވައްތަރޭ..” ރާދިން އެހެން ބުނުމުން ޝަމީލް އެތަނުން ނިކުމެގެން ދިޔައީ ޔާނާގެ ވާހަކަ ދައްކަން ބޭނުންނުވާތީއެވެ.
” ރާދިން.. ނުވިސްނަބަލަ އެއަންހަނާއި ދޭތެރޭ.. ތަނަކުން ކުޑަ ކުއްޖަކު ފެނުނަސް ތިހީވަނީ އޭނަ ފެންނަހެން.. އައި ހޭޓް ހާރ.. ރާދިން ހަމަ މީހަކާއި ނީންނަން ތިއުޅެނީ އޭނައާއި ހެދިއޭ.. ޔޫ ސްޓިލް ލަވް ހާރ.. އޭނަ ރާދްއަށް އޮޅުވާލީއޭ ބަލަ.. ރާދް ލޯބިވިޔަސް އޭނަ ނުވެޔޭ ރާދްދެކެ ލޯތްބެއް.. އަހަރެން ރާދްއަށް އެއައްވުރެ މާރަގަނޅު ކުއްޖަކު ހޯދަ ދީފާނަން.. ” އެނބުރި ކެބިންއަށް ވަދެފައި ޝަމީލް ބުނެލިއެވެ. ރާދިން އިތުރު އެއްޗެކޭ ނުބުނެއެވެ.
**********************
ޔާނާއަށް ޝަރުވާންގެ އެޕޮއިންމެންޓެއް ލިބުނީ 9:15 އަށެވެ. ކުރިން މީހަކު އެޕޮއިންމެންޓް ހައްދާފައި އޮތް ކަމެއް ޝަރުވާންއަކަށް ނޭންގެއެވެ. ޔާނާ ކައިރީ 8:30ގައި އަންނާށޭ ބުނީ އެހެންވެއެވެ.
ކައުންޓަރުގައި ހުރި ކުއްޖާ ޔާނާ ކައިރީ ވަންނަން ބުނުމުން އޭނާ ރާޔާ އުރައިލައިގެން ގޮސް ޝަރުވާނުގެ ކޮޓަރިއަށްވަނެވެ. އެކޮޓަރިއަކީ ފުދޭ ވަރެއްގެ ބޮޑު ކޮޓަރިއެވެ. ކޮޓަރީގެ އެއްފަރާތުގައި ބޮޑު މޭޒެއް ހުއްޓެވެ. އެމޭޒުގެ އެއްފަރާތުގައި ޝަރުވާން ހުރިއިރު އަނެއް ފަރާތުގައި ދެގޮނޑި ބަހައްޓާފައި ހުއްޓެވެ. އެތަނުގައި ކުޑަކުދިންގެ މޭޒެއްވެސް ހުއްޓެވެ. ކޮޓަރިތެރޭ ގައި ކުޑަކުދިން ކުޅެން ގެންގުޅޭ ސާމާނު ވަރަށް ގިނައެވެ. ޔާނާ ގޮސް ޝަރްވާން ކުރިމަތީ އިށީނުމުން އޭނާ ރާޔާ އުރާލައިގެން ގޮސް ކުޑަމޭޒު ކައިރީހުރި ގޮނޑިއެއްގައި ބޭންދިއެވެ. ދެތިން ކުޅޭ އެތި މޭޒުމަތީގައި ބެހެއްޓުމައްފަހު އެނބުރި އައިސް އޭނަގެ ގޮނޑީގައި އިށީނެވެ.
” ސޯ ރާއްކޮއަކީ އޯޑިސަމް ހުންނަ ކުއްޖެއް.” ޝަރުވާން އަހައިލިއެވެ. ޖަވާބުގައި ޔާނާ ބުނެލީ އަދި ނޭންގޭ ކަމަށެވެ.
” އޯކޭ.. އައި ޑޯންޓް ތިންކް އޯޑިސަމް ކުއްޖެއްހެންނެއް ރާއްކޮއަކީ.. ކާރުގަ އުޅުނުގޮތް ބަލާފަ މިހެން މިބުނީ.. އަހަންނަށް ކިޔާދެވިދާނެތަ ރާއްކޮ ބޮޑުވެގެން އައި މާހައުލު.. ޔު ނޯ ވަޓް އައި މީން ދޯ..” ޝަރުވާން ބުނެލިއެވެ.
” ޔާ.. ރާއްކޮގެ ބައްޕައާއި އަހަރެންނާއި ވަރިވެގެން އުޅެނީ.. އެނގެއެއްނު ވާންއަށް އެކަން..ރާއްކޮ އަލައްވެސް ރާދިންއެއް ނުދެކޭނެ އަދި.. ރާއްކޮ ގެންގުޅީ އަހަންނާއި ޖުވޭ މަންމައާއި އަހަރެން .. މަންމަ ގިނަވަގުތު އުޅޭނީ ސިއްހީ މަރުކަޒުގައި.. އަހަރެން ގޭގަ ހުރެގެން ފަަހަނީ..ދެން އެރަށަކީ ވަރަށް މަދު މީހުންކޮޅެއް އުޅޭ ރަށެށް.. އެހެންވެ ޕްރީސުކޫލްއެއްވެސް ނޯވޭ ..އެހެނެވެ ރާއްކޮ ގޭގައި އަބަދުވެސް އިންނާނީ..” ޔާނާ ކިޔައިދިނެވެ.
” ސޯ ޔާނާމެންނަކަށް އަސްލު ރާއްކޮއާއި ވާހަކަ ދައްކައި މަޖާކޮއް ހަދާކަށް ޓައިމްއެއް ނުވޭ ދޯ..” ޝަރުވާން އަހައިލިއެވެ. ޔާނާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހައިލިއެވެ. ” ކިތަންމެ ބިޒީކޮއް އުޅުނަސް ރާއްކޮއާއި ވާހަކަ ދައްކައި ހަދަންވާނެއެއްނު.. އެހެންވެ އޭ ރާއްކޮ ރަގަނޅަށް މީހުންނާއި ވާހަކަ ނުދައްކައިގެން އެއުޅެނީ.. ވީހާވެސް ގިނައިން ބަލަންވާނެ ރާއްކޮ މީހުންގެ ތެރެއަށް ނެރެވޭތޯ.. ސުކޫލަށްވެސް ގެންދިޔުން ވަރަށް މުހިއްމު.. އޭރުން އެހެން ކުދިންނާއި އެއްކޮއް އުޅެވުނީމަވެސް ވާހަކަ ދައްކާނެ.. ކުރިންވެސް އަހަރެން ބުނިހެން މިއީ އޯޑިސަމް ކޭސްއެއް ނޫން.. ރާއްކޮއަށް އެހެންވެފަ އެހުރީ ކުޑައިރު އޭނާއާއި ރަގަނޅަށް ވާހަކަ ނުދެއްކުނީމަ.. އަދިވެސް ލަހެއްނުވޭ އިނގޭ އެކަމް..އަހަންނަށް ފެންނަނީ ރާއްކޮ މިކޮޅުން ސުކޫލްއަކަށް ވައްދަން.. ”
” ދެން ތިބުނަނީ އަހަރެން ރަށަށް ނުގޮސް މިތާ މަޑުކުރާށޭތަ..” ޔާނާ އަހައިލިއެވެ.
” ޔެސް ފޯރ ރާއްކޮ.. އެޓްލީސްޓް ދެތިން މަސްވަރު މަޑުކުރަން ފެނޭ.. އޭރަށް ރާއްކޮ ރަގަނޅަށް ވާހަކަ ދައްކާނެ ކަމުގެ ގެރެންޓީ އަހަރެން ދީފާނަން..” ޝަރުވާން ޔަގީންކަމާއިއެކު ބުނެލިއެވެ. ޔާނާ ކުޅެން އިން ރާޔާއަށް ބަލައިލުމައްފަހު ފުންނޭވާއެއްލިއެވެ.
” އޯކޭތަ އަހަރެން މިއަދު ރާއްކޮ ގޮވައިގެން ބޭރަށް ގޮސްލިޔަސް..” ޝަރުވާން އަހައިލިއެވެ. ޔާނާ ހިނިތުންވެލައިފައި އާއެކޭ ބުނެލިއެވެ. 4:30 އަށް ރާޔާ ރީތިކޮއްފައި ބެހެއްޓުމަށް ޝަރުވާން ބުނެލިއެވެ.
**************************
ރާޔާ ގެޔަށް ދިޔައިރު އައިރާ ސިޓިންރޫމްގައި އޭނާގެ އިންތިޒާރުގައި އިނެވެ. ޝަރުވާން ދެއްކި ވާހަކަތައް އައިރާއަށް ކިޔައިދިނުމުން އޭނާ ވީ އުފަލެވެ. ޔާނާ މާލޭގައި މަޑުކުރާތީއެވެ. އައިރާ އަވަހަށް ޝައުންއަށް ގުޅާފައި އެހަބަރުދިނެވެ. ޔާނާ އުޅުނީ ޖުވޭރިޔާއަށް ގުޅާށެވެ.
” ހޫމް ރާއްކޮ ސުކޫލަށް ވައްދައް އުޅެންވީ ދޯ ދެން.. އަހަންނަށް ފެންނަނީ ދޮންދޫނި ލިޓްލް ލާނާރސް ޕްރީސުކޫލްއަށް ގެންދަން..ދެން އެތަނުން ޖާގަ ނުލިބިއްޖިއްޔާ އިތުރު ތަނެއް ބަލާނީ ދޯ..” ޝައުންއާއި ވާހަކަ ދައްކައިލައިފައި އައިސް ސޯފާގައި އިށީންނަމުން އައިރާ ބުނެލިއެވެ.
” އިރާއަށް އެނގޭނީ މާލޭގެ ތަންތަން އަހަންނަށްވުރެ ބޮޑަށް.. އިރާ ބޭނުން ތަނަކަށް ވެއްދީމަ އަހަންނަށްވެސް އޯކޭ ވާނެއޭ.. ” ޔާނާ ބުނެލިއެވެ.
” ޔަންނު.. ކޮން އިރަކުތަ އަހަންނަށް އަހަރެންގެ ކުރީގެ ޔަންނު ލިބޭނީ.. އައި މިސް އެއަނގަގަނޑު.. ” އައިރާ ބުނެލިއެވެ.
” ހެހެ..އިރާއަށް ރަގަނޅެއްނު އަހަރެން އަނގަމަޑުން ލައިގެން ހުރިއްޔާ ..އެހެންނޫނީ އުޅޭނީ ބޯގޮވައިގެން.. އަހަރެން އަންނާން ރާއްކޮ ނިންދާލާފަ.. ހުރެބަލަ ނިކަން މިއަނގަ ހުއްޓާނުލައިގެން އުޅޭވަރު ކޮއްލާނަން އައިސް..” ޔާނާ އެހެން ބުނެފައި ރާޔާ ގޮވައިގެން ކޮޓަރިއަށް ދިޔައެވެ.
**********************
ޑިއުޓީ ނިންމާފައި ޝަރުވާން ގެޔަށް އައިއިރު ޔާނާ ހުރީ ރާޔާ ރީތިކޮއްފައެވެ. ފަސް މިނެޓް ތެރޭ ރެޑީވެލައިގެން އަންނާނަމޭ ބުނެފައި އޭނާ އަވަސްވެގަތީ ފެނަވަރައި ރީތީވެލާށެވެ.
” ޔާނާ ނުދާނަންތަ އަހަރުމެންނާއި އެކީގަ..” ޝަރުވާން ރީތިވެލައިގެން އައިސް އަހައިލިއެވެ. ޔާނާ ވަގުތުން ނުދާނަމޭ ބުނެލިއެވެ.
” ޔަންނު ދެން ދޭބަލަ.. ރާއްކޮ ކިހާ ހެޕީވާނެ ޔަންނު އޭނަ ގޮވައިގެން ބޭރަށް ދިޔައިއްޔާ..” އައިރާ ބުނެލިއެވެ. ” މިއަދަކު ނޫން ދެން.. އަހަރެން މާދަން ރާއްކޮ ގޮވައިގެން ބޭރަށް ދާނަން އޯކޭއެއްނު..” ޔާނާ އެހެން ބުނުމުން އައިރާ އޯކޭއޭ ބުނެލިއެވެ. ޝަރުވާނުވެސް އިތުރު އެއްޗެކޭ ނުބުނެ ރާޔާ ގޮވައިގެން ބޭރަށް ދާން ނިކުތެވެ.
****************************
ރާޔާ ސުކޫލަށް ވެއްދިތާ މަހެއް ނުވަނީސް ޝަރުވާން ބުނިހެން އެކުއްޖާގެ މިޒާޖަށް ބަދަލުތަކެއް އަންނަން ފެށިއެވެ. މިހާރު މީހުންނާއި އަމިއްލައަށް ވާހަކަ ދައްކައި މީހުން ދައްކާ ވާހަކައަށްވެސް ސަމާލުކަން ދެއެވެ. ޝަރުވާން ކޮންމެ ދުވަހަކު ގޮތަކަށް ރާޔާ ގޮވައިގެން ބޭރަށް ދާތީ ރާޔާ އެންމެ އެކުވެރިކޮށް އުޅެނީ ޝަރުވާނުއާއި އެވެ. ރާޔާ ހުންނަނީ ޝަރުވާން ޑިއުޓީ ނިންމާފައި ގެޔަށް އަންނާނެ އިރެއްގެ އިންތިޒާރުގައެވެ. ބައެއް ދުވަސް ދުވަހު ޔާނާމެން އެންމެން އެކުގައި ރާޔާ ގޮވައިގެން ބޭރަށް ގޮސް ހަދައެވެ. ނަމަވެސް ޔާނާ ދާދުވަހެއް ވިއްޔާ މާގިނައިރު ބޭރުގައި މަޑެއްނުކުރެއެވެ. ރާދިންއަށް ނުވަތަ ރާދިން ދަންނަ މީހަކަށް ފެނިދާނެތީ ޔާނާ ޖެހިލުންވާތީއެވެ.
އެޕާޓްމެންޓުގެ ދޮރުން އެތެއަށް ޔާނާ ވަނުމުން ފަހަތުން ތުއްތު ރާޔާވެސް ވަނެވެ. އެހެން ދުވަސް ދުވަހު ސުކޫލްއިން އަންނައިރު އުފަލުން ފޮޅިފަ ހުންނަ ކުއްޖާ މިއަދު ހީވަނީ ކަމަކާއި ރުޅިހަދައިފައި ހުންނަހެންނެވެ. އައިރާއަށް އެކަން ފާހަގަވެގެން ޔާނާއާއި ސުވާލު ކުރިއެވެ.
” ނޭންގެ ސުކޫލްއިން ނިކުތް ފަހުން އެއިންނަނީ އެހެން.. އަހަރެން ވަރަށް އުޅެފިން ވީގޮތެއް އެހޭތޯ.. އެކަމް ރާއްކޮ ހަމަ ވާހަކަ ނުދައްކާ ބޮޑާ ހާކަނީ މިއަދު.. އާންޓީ ކައިރީވެސް އެހިން ކުއްޖަކާއި ތޮޅުނީހޭ ކުލާހުގައި.. އެކަހަލަ ކަމެއްވެސް ނުވޭ..” ޔާނާ ކިޔައިދިނެވެ. އޭރު ރާޔާ އިނީ ސޯފާގައި އިށީންދެގެންނެވެ.
” މީ ދޮންތިގެ ކުޑަ ކުޑަ އެންގުރީ ބާރޑްއެއްތަ.. ކޮން ކަމަކާ ރުޅިއައިސްފަ ތިއިންނަނީ.. ދޮންތި ކައިރީ ބުނެބަލަ..” ރާޔާގެ ގައިގާ ކޮއްޓާލަމުން އައިރާ އަހައިލިއެވެ.
” ދޮންތީ.. ރާއްކޮގެ ބައްޕިއެއް ނުހުރެއެއްނު.. ރާއްކޮ ބޭނުން ބައްޕިއެއް ރާއްކޮ ސުކޫލުއިން ބަލާ އަންނަން.. މަންމީ ރާއްކޮއަކަށް ބައްޕިއެއް ހޯދައެއް ނުދޭ.. އެހެން ކުދިންގެ މަންމިއާއި ބައްޕިއާއި ދެކުދިން ހުރޭ.. ރާއްކޮގެ ކީއްވެ ހަމައެކަނި މަންމިއެއް ހުންނަނީ.. ރާއްކޮ ބޭނުމެއްނޫން މަންމީއެއް.. ބައްޕިއެއް ބޭނުންވަނީ.. ދޮންތީ ރާއްކޮއަށް ބައްޕިއެއް ގެނެސްދީބާ ޕްލީޒް..” ކުޑަ ކުޑަ ރާޔާގެ ވާހަކަތަކުން ޔާނާއާއި އައިރާ ހައިރާންކޮއްލިއެވެ. ރާޔާ އޭނަގެ ބައްޕަގެ ވާހަކަ އެދައްކީ އަލަށެވެ. އެތުއްތު ކުއްޖާގެ ވާހަކަތަކުން ޔާނާގެ ހިތުގައި ޖެހުނެވެ. އޭނާއަށް ރާޔާއަށް ބޭނުންވާ ވަރަށް ލޯބިނުދެނީތޯ އަމިއްލަ ނަފްސާއި ސުވާލުކޮއްލެވުނެވެ. ކަރުނުން ތެމިގެންދިޔަ ދެ ލޯ ފުހެލާފައި ހަށިފުރާ ނޭވާއެއް ދޫކޮށްލަމުން ޔާނާ ތެދުވިއެވެ. އޭނާގޮސް އިށީނީ ރާޔާގެ ކުރިމަތީ މުށިގަނޑުމަތީގައެވެ. ރާޔާގެ ދެއަތުގައި ޔާނާގެ ދެއަތުން ހިފާލައިފައި އެދެއަތުގައި ބޮސްދިނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
26 Comments!
Comments are closed.




Ma Sha Allah❤❤ vrh reethi..
Thank yuh Zaa ?
Vvv riithi maa kuriii ??
Kurutha dear.. adhi mi part dhigukohlaafa innaany ehn parts ah vure..next partvx dhigukohla dheynan ingey..
Thank yuh ?
Maasha allah….v v v v v nyc mi part vx….whn next..?????
Thank yuh Hudher ?
I am not feeling well midhuvas kolhu ehnve story aa vegen noolhevey varah..
Liyevunuhaa avahakah up kohladheynan ?
Vvv reethi. Whn next part??
Thank yuh dear
Miadhu up kureveythw mibalany
MashaAllah.. Vv reethi.. ??????????????????nxt part kiyaahithun hurevenyki nun mihaaru…… Waiting…. ???
Thank yuh Maya ?
Keep waiting dear ?
it isn’t audism its called autism
Oh dear check kohnulaa upkoh levuny ?
Varah reethi
Thank yuh ?
Wow..just amazing
When next part dear ?
Thank yuh Manje ?
Masha Allah mi partvx varah reethi..waiting for the next part
Thank yuh Ana ?
V v v reethi.. next part thankolheh dhigukohlahchey
Thank yuh Ninni ?
Yes next part dhigukohlaanan
ދަރިފުޅު ހުރިކަން ބައްޕައަށްއަންގަދީ
Yes dear
Just wow.. varah furihama. Waiting for next part. Keep it up dear ??
Thank yuh so much Hidhaa ❤
Hidhaa aky alhuganduge manmagevx nan.. I wish manmavx thihen bunaane namaey
So glad to see your comment dear ?
Next part miadhu up kohleveythw miulheny
vvv reethi vaahakaeh next part avs kodheh che ingey
VV reethi story..
interesting..