Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 16

Sh@_n@ Level 410 Stories100 Comments100 Login
September 13, 2018 4 Mins Read
8 Comments

ރޭގަނޑު އަށެއް ޖަހާކަންހާއިރު ސާރާ ފިހާރައަށް ދިއުމަށްޓަކައި ގެއިން ނުކުތެވެ. ވަކި ހިސާބަކަށް ދިޔަތަނުން އެތާ އޮތް ގަސްފަލާ ދިމާލުގަ މީހަކު ހުރިހެން ހީވިއެވެ. ސާރާ ޖެހިގެން އޮތް މަގަށް އެޅި އިރު އެމީހާ ސާރާގެ ފަހަތުން އާދެއެވެ. ސާރާ ފިޔަވަޅުތަށް އަވަސް ކޮއްލަމުން ހިނގަމުން ދިޔައެވެ. ކުއްލިއަކަށް ސާރާއަށް ކުރިމަތިން ފެނުނު މީހާ ފެނި ދެލޯ ބޮޑުވިއެވެ.

ގަބޫލް ނުކުރެވިފައި ބަލަހައްޓައިގެން ހުރެވުނެވެ. އަދި މޮޔައަކު ފަދައިން ދެލޯ އުނގުޅާ ލެވުނެވެ. އޭރުވެސް ކުރިމަތީ އެމީހާ ހުއްޓެވެ. “އަރުޝް” ސާރާއަށް ހިތާ ހިތުން ބުނެލެވުނެވެ.
އެވަގުތު ގަސްތަކުގެ ތެރެއިން އަޑު ފައްގަޑެއް އިވިގެން އެދިމާ ބަލާލިއެވެ. އެއްވެސް މީހެއްގެ ހިލަމެއް ނުވުމުން އަރުޝް ކޮބާތޯ ބަލާލިއެވެ. ސާރާގެ ގައިން ހީބިހި ނަގައިގަތީ އަރުޝް ކުރިމަތީ ނެތުމުންނެވެ. ސާރާ ވަށައިގެން ހޯދަންފެށިއެވެ. އެއްވެސް ތާކުން ނުފެނުމުން ސާރާ ބިރުގަތެވެ. އަދި ނޭވާ އަވަސްވާންފެށިއެވެ. ފަހަތަށް ފަހަތަށް އަނބުރާ ދުއްވައި ގަންނަން އެނބުރު ތަނުން ސާރާއަށް އަރުޝްގެ އަޑު އިވުނެވެ.
އަދި އަޑު އަންނަ ފަރާތަށް އެނބުރުނެވެ. އަނދިރި ގަނޑުގެ ތެރެއިން މީހަކު މަޑު ހިނގުމުގައި އަންނަ އިރު ކިޔަމުންދެއެވެ.

ނާރު ތަކުގެ ލޭ ހިނގާނެ ބާރަކީ ތިޔޭ
ލޭ ހިނގާނެ ހިތުގަ ވާ އަރާމަކީ ތިޔޭ

ކީއްވެހޭ މިތަން ބަލަން ހަނދު އެ އިނީ
ރީތި ސޫރަޔާ ކަލާ ސުވާލް ކުރޭ

ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ
މަޑުމަޑުން ހިތާ ކަލާ ސުވާލް ކުރޭ
******************************
ކައިރި ވާ ވަރަކަށް ސާރާއަށް އެމީހާގެ ސިފަ އެނގި ދެ ފަރާތަށް ބޯ ހޫރުވާލެވުނެވެ. އަދި އަރުޝް އޭ ބުނެވުނެވެ. އޭރު ލަވައިގެ ކަޑީގެ އެތަން ކިޔަމުން އައިސް އަރުޝް ސާރާގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ސާރާގެ ވަށައިގެން ހިނގަމުން އަނެއްކާވެސް ކިޔަންފެށިއެވެ.

ހިތުގެ އެދުމެކޭ މި ބީހިލީމަ އާވަނީ
ކޮންމެ މިނެޓަކުން ހިތޭ އަވަސް ވަމުންދަނީ

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ (ހިތަށް އިޝާރާތް ކުރަމުން)
މަޑުމަޑުން ހިތާ ކަލާ ސުވާލްކުރޭ

ކީއްވެހޭ ކުރިން ނުވާ ގޮތެއް ވަނީ
ކޮންމެ ހިއްސަކާ ވަކިން ސުވާލް ކުރޭ

ކަޑި ކިޔާ ނިންމަމުން އަރުޝް ސާރާގެ ކުރިމަތި އެއްފައި މައްޗަށް އިށީނެވެ. އަދި ފޮރުވައިގެން ގެނައި މާ ބޮނޑި ނަގައި ދިއްކޮއްލިއެވެ ސާރާގެ ލޮލުން އޭރު ކަރުނަ ރޮނގަކަށް ފައިބާފައި ހުއްޓެވެ. އެއީ ކޮން އިހްސާސެއްގެ ކަރުނައެއް ކަމެއް ބުނެދޭކަށް ނޭނގެއެވެ

އަރުޝް ސިއްސައިގެން ދިޔައީ އަތުގަ އޮތް މާ ބޮނޑީގައި ސާރާ އަތުން ޖަހާ ވައްޓާލުމުންނެވެ. ސާރާއާ ދިމާލަށް ބަލާލީ ސުވާލުގެ ނަޒަރަކުންނެވެ.
” ކޯއްޗެއް ވެގެން ތިބަލަނީ, އަރުޝް ހީކުރީ އަހަރެންމީ ކުޅޭ ކުޅޭ ބުދެއް ކަމަށްތަ, ބޭނުންވީމަ ލޯބިވެޔޭ ކިޔާފަ, ބޭނުންވީމަ އަހަރެން ދޫކޮއްލާފަ ދާން” ސާރާ ރޮމުން އެއްޗެހި ގޮވަމުން ދިޔައިރު އަރުޝް އަނގައިން ނުބުނެ އެ އިށީން ގޮތަށް އިނެވެ. ހީވާގޮތުން ސާރާގެ ހާލަތު އެނގި ސާރާ ބޭނުން އެއްޗެއް ކިޔުމުގެ ފުރުސަތު ދިނީއެވެ.
ސާރާ ބަލާކަށް ނުހުރެ އަރުޝްގެ ގަމީހުގެ ގިރުވާނުގައި ހިފާ ކޮޅަށް ނެގިއެވެ. އެއްވެސް ގަދަ ހެދުމެއް ނެތި އަރުޝް ކޮޅަށް ތެދުވިއެވެ. އަރުޝް ތެދުވުމުން ގިރުވާނުން ދޫކޮއްލާ އަރުޝްގެ ލޮލަށް ފުންކޮއް ބަލާލިއެވެ.
“ކީއްވެތަ އެއްޗެކޭ ނުބުނެ ތި ހުރީ, އަހަރެން އެބަ ވާހަކަ ދައްކަމޭ, ބޭނުން ތަނަކަށް ވަދެފަ އައިސް އަހަރެންނަށް މާ ބޮނޑި ދިނީމަ އަހަރެން ވީ ގަބޫލް ކުރަންތަ, ނުކުރާނަން, މި ފާއިތުވި އެއްމަސްތެރޭ އަހަރެން ރުއި ރުއިމޯ, އަހަރެން ކުރި އިންތިޒާރޯ, އެންމެ ފަހަރަކުވެސް އަހަރެންގެ ހާލް ބަލާލިންތަ, އަހަރެން އުޅެނީ ކިހިނެއްތޯ ބެލިންތަ, އަހަރެންގެ އިހްސާސްތަށް އެނގުންތަ, ނޭނގުންދޯ”ކުޑަކުއްޖަކު ފަދައިން ޝަކުވާ ކުރަމުން ދިޔައިރު އަރުޝްގެ މޭގައި ދޭތެރެ ދޭތެރެއިން އަތުން ޖަހާލައެވެ. އޭރުވެސް އަރުޝް އެއްވެސް ހަރަކާތެއް ނުގެނެސް ހުއްޓެވެ

“ބުނަން އަހަރެން ތި އަރުޝް އަށް ނަފްރަތު ކުރަން, ވަރަށް ބޮޑަށް ނަފްރަތު ކުރަން, ކީއްވެ އެ ގޮތަށް ކަންތަށް ކުރީ, ކީއްވެ, އަހަރެން މިވާ ލޯބި އިމްތިހާން ކުރަން ބޭނުންވަނީތަ, އަހަރެންގެ އެހާ ހިތްވަރެއްނެތް” މިހެން ބުނެ އަރުޝްގެ ތަނަވަސް މޭ މަތީގައި މޫނު ފޮރުވާލިއެވެ. އޭރުވެސް ސާރާއަށް ދިޔައީ ގިސްލެވެމުންނެވެ. އަހަރެން ހާދަ ލޯބިވޭ އަރުޝްދެކެ, ފުރާނައަށް ވުރެ ވެސް ބޮޑަށް, ކީއްވެތަ ނުވިސްނެނީ, ކީއްވެތަ” މޫނު ފޮރުވައިގެން ހުރެ ސާރާ ބުނަމުން ދިޔައެވެ. އެންމެ ފަހުން ލޯބިވާ ވާހަކަވެސް ބުނުމުން އަރުޝްގެ ތުންފަތުން ހިނިތުންފެނި ޔޭސް އޭ ބުނެލިއެވެ. އަދި ސާރާގެ ގައިގަ ބައްދާލިއެެވެ. އޭރުވެސް ސާރާ އެއްވަރަކަށް ލޯބިވޭ ބުނަމުންދިޔައެވެ. ސާރާގެ ގިސްލުމަކަށް ބަދަލެއް ނަޢުމުން ސާރާގެ މޫނުގައި ހިފާ އުފުއްލާލަމުން މޫނު ސީދާ ކޮއްލިއެވެ. ސާރާ އަށް ބުނެވުނީ ކީކޭ ކަމާއި ކުރެވުނީ ކީއްކަން އެނގުމާއެކު ލަދުން އިސްޖަހާލިއެވެ. އޭރުވެސް ސާރާއަށް ގިސްލެެވެ. އަނެއްކާވެސް ސާރާގެ މޫނު ސީދާ ކޮއްލިއެވެ. އަދި ސާރާގެ މޫނުގެ ދެ ފަރާތުން ހިފާ ސާރާގެ ލޮލަށް ފުންކޮށް ބަލާލިއެވެ.

“އަހަރެން ސާރާދެކެ އެހާ ލޯބި ވާއިރު ސާރާއާ ދުރުގަ ކެތްވާނެތަ, ނުވާނެ, އަހަރެންނަށް ނުހުރެވިގެން މިއައީ, ސާރާ ކައިރިއަށް, އެކަމް ސާރާ އެގޮތަށް ކަންތަށް ކުރުމުން އަހަރެން މާޔޫސްވި, އެހެންވެ އިތުރަށް ކެތް ނުވުމުން އަހަރެން ދިޔައީ, ބަލާބަލަ އެ ދުވަސްކޮޅުގެ ތެރޭގައި ސާރާއަށް އައި ބަދަލް, އަހަރެންގެ ލޮލަށް ހަމަ ނިދި ނުލިބޭ ސާރާ އުޅޭނެ ހާލް އިހްސާސްވާތީ, ކޮންމެ ދުވަހަކު ސާރާގެ ހާލް ބަލަން, ސާރާއަށް ނޭނގުނަސް, ސާރާއަށް ޓަކައި އަހަރެންގެ ފުރާނަވެސް………. އަރުޝް ބުނަން އުޅުން ބަސް ހުއްޓުވީ ސާރާއެވެ. އަރުޝްގެ ޖުމްލަ ފުރިހަމަ ނުވީ ސާރާ އަރުޝްގެ އަނގަމަތީ އަތްއެޅުމުންނެެވެ.

ދެމީހުންނަށް ތިބެވުނީ ފުދޭވަރަކަށް ކައިރީގައި ކަމުން ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކަށް ކުރުވަމުންދިޔައެވެ. ދެމީހުންނަށް ވެސް ކުރެވެމުން ދިޔަ އިހްސާސުން ކެތްނުވާ ހިސާބަށް ދިޔައެވެ. ސާރާއަށް ބޭ އިހްތިޔާރުގައި ލޯ މަރާލެވުނީ އަރުޝްގެ އެތޫނު ނަޒަރުން ކެތްނުވުމުންނެވެ. ކުއްލިއަކަށް އަރުޝް ކޮއްލި ކަމަކުން ސާރާ ލަދުން ހަލާކުވާ ވަރުވިއެވެ.

” ބުނަން ދެން ތި ދެލޮލުން އެންމެ ކަރުނަ ތިއްކެއްވެސް ވެއްޓޭތަން ބަލާކަށް މިހިތަށް ކެތެެއް ނުވާނެ, ވާވަރަށް ރޮއެ ފީމެއްނު ދޯ, މީހަކު ބުނާ އެއްވެސް އެއްޗަކާ ދެރަ ނުވާތި އިނގޭ, މީހެއްގެ ކުރިމަތީ ސާރާއަކީ ނިކަމެއްޗަކަސް އަހަރެންގެ ކުރިމަތީ ތީ އަހަރެންގެ ނަސީބު, ވަރަށް ބޮޑަށް ސޮރީ އިނގޭ, ދެން ހިނގާ ގެއަށް ދާން”މިހެން ބުނެ ސާރާގެ އަތުގައި ހިފައިގެން ހިނގަމުން ދިޔައެވެ. މަގުމަތީގައި މީހަކު ނެތްކަން އެއީ ނަސީބެކެެވެ. އެހެންނޫންނަމަ އަޑު އަރާކަށް ގިނަ އިރެއް ނުނަގާނެވެ. އަރުޝް ސާރާގެ އަތުގައި ހިފައިގެން ގެއަށް ދިޔައިރު ބޯ މަތިވެފައިވާ ކަޅު ވިލާގަނޑުގެ ކުޑަވެސް ހިލަމެއް ދެމީހުންނަކަށް ނުވެއެވެ. ސުވާލަކީ ދިމާވާ ކޮންމެ ކަމެއްގަ އެ އަތުން ދޫކޮއްނުލާ ދެމީހުންނަށް ކުރިއަށް ދެވޭނެ ބާއެވެ.

އާ ދުވަހަކަށް އިރު އެރީ ލޯބިވެރިންގެ ލިސްޓުގައި ސާރާއާއި އަރުޝްގެ ނަން އިތުރުވެ, އެދެ ނަން ފަވަމުންނެވެ. ސާރާގެ މޫނުމަތިން ފެންނަމުންދާ އުފާވެރިކަން އާފިޔާއަށް ސިއްރެއް ނުވިއެވެ.
“ދަރިފުޅުގެ މޫނުމަތިން ކޮން ކުއްޖެއް ގެނެސްދިން އުފާވެރި ކަމެއް ތީ, ހަމަ ގައިމުވެސް މަންމަ އެއް ނޫން, ކޮން ކުއްޖެއް އެއީ” ހެނދުނު ރޮށި ފިހެން އިން ސާރާ ސިއްސައިގެން ދިޔައީ އޭނާގެ މަންމަގެ އަޑުންނެވެ. “މަންމާ އަހަރެން ބުނިންދޯ, މަންމަ ކައިރީ ނުތެދުވާށޭ, ޑޮކްޓަރަށް ދައްކަން ދާން ކިޔާ ކިޔާ ވެސް މަންމަ ނުދިޔަ, އެންމެ ތުއްތު ކުދިންނަށް ވުރެ ގިނައިން މަންމަ ކައިރީ ކިޔަން ޖެހޭ” އެންމެ ފަހު ރޮށި ފިހަން ލަމުން ސާރާ ބުންޏެވެ.

“މަންމައަށް އެނގޭ ދަރިފުޅު ވާހަކަ އޮޅުވާލީކަން, އެހެންވިއްޔާ އެގެޔަށް ދިޔަޔަސް ސައިބޮއެގެން ދާންވާނީ،.. ތިޔެއް ނޫނޭ މިހާރު ހައްވައްތަ އައީތަ, މަންމަވެސް ދާނަން ދަރިފުޅާއެކު” ކުއްލިއަކަށް ހަނދާންވާ ފަދަ ގޮތަކަށް އާފިޔާ އެހެން ބުނުމާއެކު ސައި ހަދަން ހުރި ސާރާއަށް ހީވީ ސާރާގެ މޫނުމަތީގައި މީހަކު ބާރު ބޮޑިއެއް އެޅިހެންނެވެ.
“މަ.. މަން.. މަ ކީއްކުރަން ދަނީ, އަހަރެން ހައްވައްތަ ކައިރީ ބުނާނަމޭ ޖައްސާލާށޭ” އަޅަ އަޅައިގަންނަ ގޮތަކަށް ބުނުމުން އާފިޔާ އެއްބުމަ އަރުވާލުމަށްފަހު އެންމެ ރަނގަޅޭ ބުނެ އެތަނުން ދިޔައެވެ.
ސާރާ ފުންނޭވާއެއް ދޫކޮއްލާ ހަމަޖެހިލިއެވެ.
އެހެން ދުވަސް ދުވަހު ނުބަލާ ވަރަށް ސާރާ އިރުކޮޅަކާ ލޯގަނޑުން ފަރި ބަލާލައެވެ. އަދި ބުރުގަލުގައި ގޮށެއް ޖަހާލަމުން ގެއިން ނުކުމެގެން ދިޔައެވެ.

ސާރާގޮސް ޝާމިންގެއަށް ވަތްގޮތަށް ފުރަތަމަވެސް އެހީ ހައްވައްތަގެ ވާހަކައެވެ. ޝާމިން ބުނި ގޮތުން އަދި ދެ ދުވަހެއް ވަރު ވާނެއެވެ. “އަޅެ, ހައްވައްތަ އައި ކަމަށް މިއަދު ލަހުންވެސް މިއައީ, އަރުޝް ތެދުވަން ވާ އިރަށް ސައިބޯނެ އެއްޗެއް….. ސާރާއަށް ބުނެވުނީ ކީކޭ ކަން އެނގުމާއެކު އިސްޖަހާލިއެވެ.
“އަރުޝް ތެދުވަން ވާއިރަށް އެއްޗެއް ނުހެދި ދާނެތީ ތިހާ ކަންބޮޑުވިއްޔޯ, ނުތެދުވެ އޮތީ ހަމީދު, ތިޔަ އަރުޝް ކަންނޭނގެ ފަތިހު ބަންގި ގޮވީވެސް, ފަތިހު މުނާޖާ ކޮނޑު އަޅައިގެން ތެދުވެ އެހެންމީހުންވެސް ނިދިޔަ ނުދިނޭ, އެވަރުގެ މީހެއްގެ ވާހަކަ ތިދައްކަނީ” ޝާމިން ދިމާކުރުމުން ސާރާ ރަނގަޅަށްވެސް ލަދުގަތެވެ.

“އޭ ބްރޯ, އަހަރެންގެ އަންހެނުންނާ ދިމާނުކުރޭ, އެއީ ވަރަށް ލަދު ރަކި ކުއްޖެއް” އަރުޝް އައިސް ސާރާގެ ކޮނޑަށް އަތްވައްޓާލުމުން ސާރާ އިތުރަށް ލަދުގަތެވެ. އެހެން ކަމުން އަތް ނަށްޓުވާލުމަށް ފަހު ގޮސް ބަދިގެއަށް ވަނެވެ. ސާރާ ވަނުމުން ދެމީހުން ހޭންފެށިއެވެ. އިރުކޮޅެއް ނުވެ ދޮރު ހުޅުވުމަށްފަހު ވަތް މީހާއަށް ޝާމިން އާއި އަރުޝްގެ ނަޒަރު ހުއްޓުނެވެ

ނުނިމޭ..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Sh@_n@

Level 410 Stories100 Comments100 Login

Other Articles

Previous

ބުނާށެ ލޯބިި ނުވަނީހޭ (13)

Next

އެކުވެރިޔާ

Next
September 13, 2018

އެކުވެރިޔާ

Previews
September 13, 2018

ބުނާށެ ލޯބިި ނުވަނީހޭ (13)

8 Comments!

  1. riya says:
    September 13, 2018 at 9:36 pm

    Masha Allah varah reethi and I am first dho?????☺☺☺

  2. Sh@_n@ says:
    September 13, 2018 at 9:37 pm

    Yess riya ur first and thank you so much dear❤??❤

  3. ??? says:
    September 13, 2018 at 9:48 pm

    Yageene eaky arush fahathun ulhey kujjaa gandu kan…… masha allah story vrh nyc❤❤… luv yuh

  4. Sh@_n@ says:
    September 13, 2018 at 10:05 pm

    Thanx dear???

  5. maya says:
    September 13, 2018 at 11:07 pm

    huvaa e ai ehkala kuhjaa gandu ..anehkaa aneh ha kanthah thijehuny..boa halaaku..vvv reethi mipart .masha allah..luv yuh much

  6. zeex says:
    September 13, 2018 at 11:15 pm

    Yageen eii arush ge fahathun ulhey kanthahfala meehaa kan varah foohi vaa insaaneh
    Story varah salhi waiting for next part

  7. Sh@_n@ says:
    September 14, 2018 at 12:02 am

    Hehehh. Thank you maya. Luv u 2????

  8. Naju says:
    September 14, 2018 at 3:21 pm

    Wowwww v nice.. N story rom kohlahchey.. ❤❤❤❤???????????

Comments are closed.

Next Episodeއެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 17←


All Right Reserved!