Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީޙޭ (10)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 10, 2018 7 Mins Read
34 Comments

ތެތްހެދުން ބަދަލުކޮށްލަމުން ނުކުތް ޔަނާލް މޭޒުމަތީގައިއޮތް މާބޮނޑި ނަގަމުން އެތަނުގައިހުރި ވާރސްއަކަށް ރީތިގޮތަކަށް ޖަހައިލިއެވެ. އަދި އެމާތަކުގައި އޭނާގެ ހިމަ އިނގިލިތަކުން ފިރުމައިލަމުން ވަސްބަލައިލިއެވެ. “އަރްޒަން.. އައި.. އައި ރިއަލީ ލަވް ޔޫ.” ނޭނގި ނަމަވެސް ޔަނާލްގެ ހިތް އަރްޒަންގެ މިލްކަކަށްވެ ނިމިއްޖެކަން ޔަގީނެވެ.

ފާޚާނާއިން ނުކުތް އަރްޒަން ބޯހިއްކަމުން އައިސް ތުވާލި ހަރުގައި އަޅުވައިލުމަށްފަހު ކޮޓަރީގެ ކުޑަދޮރު ކައިރިއަށް ހުއްޓިލިއެވެ. ލައިގެންހުރި ސްވެޓް ޕޭންޓްގެ ޖީބަށް އެއްއަތްޖަހައިލަމުން އަނެއް އަތުން އޭނާގެ ތެތްއިސްތަށިގަނޑުގައި މަޑުމަޑުން އަތްހިންގައިލިއެވެ. އޭރު އައިކް އޭނާގެ ކުޑަ އެނދުގައި އަރާމުކޮށް ނިދައިލައިފައި އޮތެވެ.

އިރުކޮޅަކު އައިކްއާއި ދިމާއަށް ބަލަން ހުރުމަށްފަހު ކުޑަދޮރުގެ ކަނީގައި ލެގިލަމުން އަރްޒަން ބޭރަށް ނަޒަރުހިންގައިލިއެވެ. އެރޭގެ އެކިއެކި ހަނދާންތައް އޭނާގެ ހިތަށް ވެރިވުމާއެކު ފަނޑު ހިނިތުންވުމެއް އެތުންފަތުގައި ދުވެލިއެވެ. ޔަނާލްގެ ރީތިކަމަށް އެހިތް އެތައްފަހަރަކު ތައުރީފުކުރިއެވެ. ޔަނާލް އޭނާގެ ހައްގަކަށް ހަދަން އަރްޒަން ބޭނުންވަނީ އިންތިހާއަށެވެ.

“އަހަރެން ދުވަހަކުވެސް ހިއެއްނުކުރަން އަހަރެންނަށް އެހެން މީހެއްދެކެ ލޯބިވެވިދާނެ ކަމަކަށް. އެކަމަކު.. ޔަނާ އާއި ދިމާވިފަހުން އެހުރިހައިކަމެއް ބަދަލުވެއްޖެ. އަހަރެންގެ ހިތުން އެކުއްޖާ ޖާގަ ހޯދިގޮތްވެސް ޚުދު އަހަރެންނަށް ނޭނގޭ. ޝީ އިޒް ސްޕެޝަލް.” ދުރަށް ބަލަހައްޓައިގެންހުރި އަރްޒަންގެ ހިތުގައިވިއެވެ.

** ** **

“އަހަރެން އެބައޮތް ވާހަކައެއް ދައްކަންވެފަ.” ހެނދުނުގެ ނާސްތާއަށް އިންސާފުކުރަން އިނދެ ނިޝްޔާ ބުނެލިއެވެ. އެއާއެކު ހުރިހައި އެންމެންގެ ސަމާލުކަން ނިޝްޔާއަށް ހުއްޓުނެވެ. އަރްޒަންވެސް އައިކްގެ އަނގައަށް ރޮށިކޮޅެއް ލަވަމުން ނިޝްޔާ ދައްކަންއުޅޭ ވާހަކައެއް އަޑުއެހުމަށްޓަކައި ނިޝްޔާއާއި ދިމާއަށް އޭނާގެ ސަމާލުކަން ހުއްޓައިލިއެވެ.

“އަންނަ ބުރާސްފަތިދުވަހަކީ އަހަރެންގެ އުފަންދުވަހެއްނު. އެހެންވީމަ އަހަރެން މިވިސްނަނީ އެރޭގަ ޕާޓީއެއް ބާވަން. އެކަމަކު އެންމެން އެކަމަށް ރުހެންޏާ.” ފަހަރަކު މީހެއްގެ މޫނަށް ވަކިވަކިން ބަލައިލަމުން ނިޝްޔާ ބުނެލިއެވެ. ނިޝްޔާގެ ވާހަކައަށް ވަރަށް ހިނިއައިސްފައި ހާޝިމާ ތާއިދުކުރިއެވެ. އެކަމާދެކޮޅަށް ޝިހާމުވެސް ވަކިއެއްޗެކޭ ނުބުނުމުން އޭނާވެސް އެކަމާ ރުހޭކަން އިނގުނެވެ. އަރްޒަންވެސް ހިނިތުންވެލަމުން އެކަމާ އެއްބަސްވެލިއެވެ. އެންމެންގެ ރުހުން ލިބުމުން ހިތްހަމަޖެހިފައިއިން ނިޝްޔާ އިސްޖަހައިލަމުން ނުލަފާ ގޮތަކަށް ހިނިތުންވެލިއެވެ.

ަސައިބޮއި ނިމުމުން އޭނާގެ ޖެކެޓް އަތުން ނަގަމުން އައިކްގެ ކޮލަށް ދޮނެއްދިނުމަށްފަހު ގެއިން ނުކުންނަން އަރްޒަން ހިނގައިގަތެވެ. ނިޝްޔާ އެވަގުތުގެ އިންތިޒާރުގައި އިންކަހަލައެވެ. ގޮނޑި ދުރަށް ޖައްސައިލަމުން ދުވެފައިކަހަލަ ގޮތަކަށް އަރްޒަންގެ ފަހަތުންގޮސް އޭނާއާއި ހަމަކުރިއެވެ.

“ހޭއި ނިޝް. ތަނަކަށް ދަނީތަ؟” އަރްޒަންގެ ފަހަތުން އައި ނިޝްޔާ ފެނުމުން ދޮރުމަތީގައި ހުއްޓިލުމަށްފަހު އަރްޒަން އަހައިލިއެވެ. “ނޫން. ވާހަކައެއް ބުނަން. އެތާނގަ އިނދެ ބުނަން ހަނދާންނުވީ.” ފަރިގޮތަކަށް އަރްޒަންގެ ކުރިމަޓތީގައި ހުއްޓިހުރި ނިޝްޔާ ދެތިންފަހަރު އެސްފިޔަ ޖަހައިލަމުން ބުނެލިއެވެ. “މިއަދު ހާދަ ވާހަކަ ބުނާ ދުވަހެކޭ ދޯ. އެވަގުތު އެހެންބުނީމަވެސް އަހަރެން ހީކުރީ ނިޝް މީހަކާ އިންނަން އުޅޭ ވާހަކަ ކަމަށް ބުނާނީ. ކޮންދުވަހެއް އެޚަބަރު އަޑުއަހާހިތުން ހުންނަތާ.” އަރްޒަން ނިޝްޔާއާއި ދިމާކޮށްލިއެވެ. “ސާބަސް ދެން.” އަރްޒަންގެ ވާހަކައަށް ބާރު ހިނިގނަޑެއް ޖަހައިލަމުން ނިޝްޔާ އޭނާގެ އަތުގައި ޖަހައިލިއެވެ.

“އަރްޒަން އުޅޭނީ އަބަދު ސަމާސަ ކުރަން. އެވާހަކައެއްނޫނޭ. އަހަރެން ބުނަން އުޅުނީ ޕާޓީއަށް ޔަނާލްއަށްވެސް ދައުވަތުދެއްޗޭ. އަރްޒަންގެ ވަރަށް ގާތް އެކުވެރިއެއްނު އެއީ.” ނިޝްޔާ އޭނާއައި ހަގީގީ ބޭނުން ހާމަކޮށްލިއެވެ. “އަސްލުވެސްތަ؟ ތޭންކްސް ނިޝޫ. އެހެންވެގެންނޭ އަހަރެންނަށް ބުނެވެނީ ތީ އެންމެ ބެސްޓް ސިސްޓަރ އޭ.” ނިޝްޔާގެ ކޮލުގައި ހިފައިލަމުން އަރްޒަން ބުނެލި ޖުމުލައާއެކު އޭނާއަށް ދަތްކުނޑި ވިކައިލެވުނެވެ. އެހެނަސް މޫނުމަތިން އެއްވެސް އަސަރެއް ދެއްކުމެއްނެތި ނިޝްޔާ ހުރީ ހިނިތުންވެލައިގެންނެވެ. ޔަނާލްގެ ނަން އިވުމާއެކު އަރްޒަންގެ މޫނުގެ ކުލަވަރު އުޖާލާވެގެންދިޔަގޮތްފެނި އެތެރެ އެތެރެއިން އޭނާ އަނދަމުންދިޔަކަހަލައެވެ.

“އެންޑް ޔެސް. އެއީ ހަމައެކަނި އެކުވެރިއެއްނޫން. ޝީ އިޒް މޯ ދޭން ދެޓް.” އަތުކުރީއޮތް ގަޑިއަށް ބަލައިލަމުން ނިޝްޔާއާއި ދިމާއަށް އެއްލޯ މަރައިލުމަށްފަހު އެހެންބުނެލި އަރްޒަން އަވަހަށް ނުކުމެ އޭނާގެ ކާރަށް އެރީ އޮފީހުގެ ވަގުތުޖެހެން ގާތްވަމުންދިޔައީތީއެވެ. އަރްޒަން ދަންދެން ބަލަންހުރި ނިޝްޔާއަށް ކެތްވީ ކުޑަ ހިނދުކޮޅަކަށެވެ. “އެއީ މޯ ދެން ފްރެންޑް. އެކަމަކު އަހަރެންމީ ސިސްޓަރ. ހާދަ ފޫއްސެކޭ އެޔަނާލްދެކެ މިވަނީ. އެކަމަކު ދެން ހެޔޮ. ވަރަށް އަވަހަށް.. ހަހަ.. ވަރަށް އަވަހަށް ޔަނާލްގެ ހަގީގަތް އަރްޒަންގެ ކުރިމައްޗަށް ގެންނާނަން. އަރްޒަން ތިއުޅެނީ ބޭކާރު ކަމަކާ. އޭނާއަށްވުރެ ބޮޑަށް އަރްޒަންއާ އެކަށީގެންވަނީ އަހަރެން.” ހަރަން ބަނދެލަމުން ނިޝްޔާ ހިތާހިތާ ބުނެލިއެވެ.

** ** **

އައިކްގެ ޓިއުޝަން ނިންމައިލުމަށްފަހު ގެއަށް ދިއުމުގެ ކުރިން އަރްޒަން ޔަނާލްގެ ގާތުގައި ނިޝްޔާގެ އުފަންދުވަހުގެ ޕާޓީގެ ވާހަކަ ބުނެލިއެވެ. ނިޝްޔާގެ ނަން އަޑުއިވުމާއެކު ޔަނާލްގެ ހިތަށް ފޫހިކަން ވެރިވެގެންދިޔައެވެ. އެތަނަށް ދާހިތް ނުވިއަސް އަރްޒަން އެހައިލޯބިން ބުނުމުން އެކަމާ ދެކޮޅުހަދާކަށް ޔަނާލްއަަކަށް ނުކެރުނެވެ. އެއްގޮތަކަށްވެސް ޔަނާލް ނިޝްޔާގެ ކުރިމައްޗަށް އަރާކަށް ބޭނުމެއްނުވެއެވެ. އެންމެ ރެއެއްގެ ކުޑަކުޑަ ވަގުތުކޮޅެކޭ ހިތަށް އަރުވައިލަމުން ޔަނާލް ހިތްހަމަޖައްސައިލީ އޭނާގެ ހަޔާތަށް އަންނަންއުޅޭ ތޫފާނެއްގެ ހިލަމެއްވެސްނުވާ ހާލުގައެވެ.

އެރޭގެ އެހޭދަވި ވަގުތުތަކަށްފަހު ދެމީހުންގެ ގުޅުންވަނީ އިހުނަށްވުރެ ވަރުގަދަވެފައެވެ. ދުލުން ލޯބިވާކަން ހާމަނުކުރި ނަމަވެސް ދެމީހުންވެސް އަމަލުން އެކަން އެކަކު އަނެކަކަށް ދެއްކޭތޯ މަސައްކަތްކުރަމުން ދިޔައެވެ.

ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެވެ. އޮފީހަަށް ސަލާމް ކިޔުމަށްފަހު ނިޝްޔާ ގޭގައި މަޑުކުރީ އެރޭގައި ބާވަން ހަމަޖެހިފައިވާ ޕާޓީގެ ތައްޔާރީތަށް އެންމެ ކައިރިން ބެލުމުގެ ގޮތުންނެވެ. ހުރިހައި ކަމެއްވެސް އެންމެ ފުރިހަމައަށް ހުންނަން އޭނާ ބޭނުންވެއެވެ.

ގޭގެ އެކި ދިމާދިމާލަށް އެކިކަންކަމުގައި ދުވަމުންދިޔަ ނޯކަރުންތައް މަސައްކަތްކުރަމުންދިޔައީ ނިޝްޔާ އެދޭގޮތަށް ހުރިހައި ކަމެއްވެސްކޮށް ނިންމައިލުމަށެވެ. ނިޝްޔާގެ އަމުރުވެރި ބޮޑާ ގޮތްދެކެ ކޮންމެވެސް ވަރަކަށް ޝިހާމު ހިތްހަމަނުޖެހުނަސް އެއްޗެކޭ ނުބުނެހުރީ އޭނާގެ ކޮއްކޮގެ ދަރިފުޅަށްވީމައެވެ. ނިޝްޔާއަކީ ބޮޑުވެގެން އައި އިރުވެސް ބޮޑާގޮތެއް ހުރި ކުއްޖެއްކަމުން މިހާރު އެއާދަ ނައްތައިލަން އުނދަގޫވާނެކަން ޝިހާމަށް އެނގެއެވެ. ނިޝްޔާގެ އެފަދަ ކަންކަމަކީ ހާޝިމާ އެހައި އަޅައިލާކަންތަކަަށް ނުވުމުން އެކަމާވެސް ޝިިހާމު އެތައްވާހަކައެއް ހާޝިމާއާއި ދެއްކިއެވެ. އެހެނަސް އޭނާގެ ފަރާތުންވެސްވަނީ އެކަމަށް މާބޮޑު އެއްބާރުލުމެއް ނުލިބިފައެވެ. އަންހެންކުއްޖެއް ނަމަވެސް، އަންހެނެއްގެ ކިބައިގައި ހުންނަޖެހޭފަދަ އެއްވެސް މަޑުމައިތިރިކަމަމާއި ލަދުވެތިކަމެއް ނިޝްޔާގެ ކިބައިގައެއް ނުހުރެއެވެ.

އެކި ކަންކަން ކުރަންވީގޮތްތައް އެމަސައްކަތް ކުރަމުންދިޔަ މީހުނަށް ކިޔައިދެމުން އެކަންތައް ކުރިއަށްދަމުންދިޔަގޮތް ބަލަން ހުރުމަށްފަހު ހަވީރު އަތަށް އަޅައިލުމުން ނިޝްޔާ އޭނާގެ ދެއެކުވެރިއަކާއެކުގައި ތައްޔާރުވުމަށްޓަކައި އޭނާގެ ކޮޓަރިއަށް ދިޔައެވެ. އެކަމަށް ޚާއްސަކޮށް ގެނެސްފައިހުރި ބިއުޓިޝަން ނިޝްޔާ ލުމަށް ހޮވައިފައިހުރި މަޑު ފިޔާތޮށި ހެދުމާއި ގުޅޭނޭ ލުއި މޭކަޕެއް ކޮށްލުމަށްފަހު ރީތި ގޮތަކަށް އޭނާގެ އިސްތަށިގަނޑު ހަދައިލިއެވެ. ނިޝްޔާ އާއި އޭނާގެ އެކުވެރިން ތައްޔާރުވެ ނިމުނުއިރު ޕާޓީ ފެށެން ވަގުތުވަނީ ކުޑަތަންވެފައެވެ.

އަވަސްއަރުވައިލައިފައި ނިޝްޔާ ތިރިއަށް ފޭބިއިރު ހުރިހައި ތަނެއްވެސްވަނީ ނުހަނު ހިތްގައިމުގޮތަކަށް ތައްޔާރުކޮށް ނިންމައިލައިފައެވެ. އެކިއެކި ދިމަދިމާއަށް ހިތްހަމަޖެހިފައިހުރެ ނަޒަރު ހިންގަމުންދިގަ ނިޝްޔާގެ ތުންފަތްމަތީގައި ހިނިތުންވުމެއް ދުވެލިއެވެ.

އަރްޒަންގެ ކާރު އައިސް މަޑުކޮށްލުމާއެކު ކުރީ ޝީޓްގެ ދޮރުހުޅުވައިލަމުން ޔަނާލް އެރިއެވެ. އެހުރިހައި ވަގުތު ޔަނާލްއަށް ބަލަންއިން އަރްޒަން ތައުރީފުގެ ދެތިންބަހެއް ބުނެލަމުން ކާރު ދުއްވައިލިއެވެ. ޔަނާލް ލައިފައިވާ މަޑު ވިލުނޫކުލައިގެ ހެދުން އޭނާއާ ނުހަނު ގުޅެއެވެ. އަރްޒަންވެސްއިނީ ޔަނާލްއާއި އެއްކުލަ ކޮށްލުމުގެ ގޮތުން ހަމައެކުލައިގެ ގަމީހަކާއި ކަޅުކުލައިގެ ޖިންސެއް ލައިގެންނެވެ.

އެއީ ޔަނާލް އަރްޒަންގެ ގެއަށްދާ ފުރަތަމަ ފަހަރުކަމުން އޭނާ އިނީ ކޮންމެވެސް ވަރަކަށް ހިތް އަވަސްވާގޮތްވެފައެވެ. އަނެއްކޮޅުން ނިޝްޔާއާއި ބައްދަލުވާނެކަން އިނގި އޭނާގެ ކަންބޮޑުވުން އިތުރުވެފައިވިއެވެ. އެހެނަސް އަރްޒަން އޭނާއާއި އެއްކޮށް ހުރިހައި ހިނދެއްގައި ނިޝްޔާއަށް އޭނާއަށް އެއްވެސް ގެއްލުމެއް ނުދެވޭނެކަން އިނގި ޔަނާލްގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ.

ގޭގެ ގޭޓުން ކާރު ވަނުމާއެކު ޔަނާލް އެކި ދިމަދިމާއަށް ބަލައިލިއެވެ. އަރްޒަންގެ އެފަދަ ބޮޑު ގެއެއްހުރިކަމެއް އޭނާ ނުދެނަހުއްޓެވެ. އެގޭގެ ރީތިކަމަށް ޔަނާލްއަށް ހިތާހިތުން ތައުރީފުކޮށްލެވުނެވެ. ބަސްމަދުވެފައިއިން ޔަނާލްގެ އަތުގައި އަރްޒަން ކޮށްޓައިލުމާއެކު ސިހިފައި ޔަނާލް އަރްޒަންއާ ދިމާއަށް ބަލައިލިއެވެ. އޭރު ގޭގެ ދޮރު ކުރިމައްޗަށް ކާރު މަޑުކޮށްލައިގެން އަރްޒަން އިނެވެ.

“ޔަނާ ކިހިނެއްވެފަ؟” ޔަނާލް އިންގޮތްފެނި އަރްޒަން ލޯތްބާއެކު ސުވާލުކޮށްލިއެވެ. “ކަމެއްނުވޭ. ކުޑަކޮށް ނާވަސްވެފަ.” ގަދަކަމުން ހިނިތުންވެލަމުން ޔަނާލް އެހެންބުނެލި ނަމަވެސް އެހިތް އާދަޔާ ޚިލާފަށް ބާރަށް ތެޅެމުންދިޔައެވެ. ގެއަށް ވަންނަންވީ ވަގުތު ޖެހުނީކަން އިނގުމުން ޔަނާލް އޭނާގެ އުނގުގައިއޮތް ޕާރްސަލް ނަގަމުން ކާރުގެ ދޮރުހުޅުވައިލުމަަށްފަހު ފޭބިއެވެ. ޔަނާލްގެ ގާތަށް އައި އަރްޒަން ގުދުވެލަމުން ޔަނާލް ހަމަޖައްސައިލުމަށްޓަކައި އޭނާގެ ކަންފަތްދޮށުގައި އެއްޗެއް ބުނެލުމާއެކު ލުއިލުއިކޮށް ޔަނާލް ހިނިތުންވެލިއެވެ. އެހުރިހައި މަންޒަރެއް ބަލަން ގޭގެ ހުޅުވައިފައިހުރި ބޮޑު ދޮރު ކުރިމަތީގައި ނިޝްޔާ ހުރީ އަތް މުށްކެވިފައެވެ.

“ހާއި ޔަނާލް. ވަރަށް އުފާވެއްޖެ އަނެއްކާވެސް ދިމާވީމަ.” އެތަންބަލަން ހުންނަން ކެތްނުވުމުން އެމީހުން ގާތަށް އައިސް ހުއްޓިލަމުން ނިޝްޔާ ސަލާމަށް އަތްދިއްކޮށްލައިފައި ބުނެލިއެވެ. “އުފާވެރި އުފަންދުވަހަކަށް އެދެން.” އެއަތުގައި ހިފައި ސަލާމް ކޮށްލަމުން އަތުގައޮތް ޕާރްސަލް ނިޝްޔާއަށް ދިއްކޮށްލައިފައި ޔަނާލް ބުނެލިއެވެ. “އޯހް. ގިފްޓެއްވެސް ހިފައިގެން. ހަމަ އަރްޒަންގެ ކުރިމަތީގަ މާ މާތްމީހަކަށް ހެދެންވެގެން. ރީތި ވެލައިފަވެސް އެބަ ހުއްޓެއްނު. ވަރަށް ފޫހިވޭ. ކިތަންމެ ރީތިވިއަސް އަހަރެންގެ ރީތިކަމަކާ އެއްވަރެއް ނުކުރެވޭނެ.” ޔަނާލް ދިއްކޮށްލި ހަދިޔާގައި ހިފި ނިޝްޔާގެ ހިތުގައި ވިއެވެ.

“ތޭންކްސް. ދެން މިތާތަ ތިބެނީ. އާދޭ އެތެރެއަށް. ޕާޓީ އޮތީ އެތެރޭގައޭ ދޯ އަރްޒަން.” ޔަނާލްގެ އަތުގައި ހިފައި ކުޑަކޮށް ދަމައިލަމުން އެހެންބުނެލުމަށްފަހު އެތެރެއަށް ވަންނަން ނިޝްޔާ ހިނގައިގަތެވެ. ނިޝްޔާގެ އަމަލުތަކުގައިހުރި ދެއްކުމުގެގޮތް އެއްވެސް ވަރަކަށް ނޭނގިހުރި އަރްޒަން ޔަނާލްގެ އުނަގަނޑުގައި މަޑުމަޑުން ހިފަހައްޓައިލަމުން އެތެރެއަށް ވަންނަން ހިނގައިގަތެވެ.

ނިޝްޔާ އުޅެމުންދިޔަ ގާތްގޮތްފެނި ޔަނާލްގެ މޭ ނުބައިކުރަމުންދިޔައެވެ. ކިތަންމެ ދެއްކެން އުޅުނަސް ނީޝްޔާގެ ހިތް ދުވަހަކުވެސް އޭނާއާއި މެދުގައި ސާފުނުވާނެކަން ޔަނާލްއަށް އެނގެއެވެ. ވީއިރު އެހެން އުޅުމުގެ ބޭނުމަކި ކޮބައިހެއްޔެވެ؟ އަރްޒަންގެ ކުރިމަތީގައި ތިމާގެ ރަނގަޅުކަން ދެއްކުންހެއްޔެވެ؟ ޔަނާލްއަށް ދެފަރާތަށް ބޯހޫރުވައިލެވުނެވެ.

އަރްޒަންއާއެކުގައި ގޭގެ ބޮޑު ހޯލަށް ވަންނަމުން ޔަނާލް ވަށައިގެން ނަޒަރު ހިންގައިލިއެވެ. ތަނަވަސް ބޮޑު ހޯލެކެވެ. މެދުން ބޮޑު ފުޅާ ސިޑިއެއްލައިފައި ހުރިއިރު މަތީގައި ހަރުކޮށްފައިހުރި ބޮޑު ޗާންދަލިއާއިން އެތަނުގެ ހިތްގައިމުކަން އިތުރުކޮށްދެއެވެ. މުޅި ހޯލްގެ އެކި ދިމާދިމާވަނީ މަޑު ފިޔާތޮށި ކުލައިގެ ފޮއްޗާއި މަލުން ޒީނާތްތެރި ކުރެވިފައެވެ. ވަށައިގެން ތަންތަންކޮޅުގައި މީހުނަށް އިނށީދެވޭނެހެން މޭޒުޖަހައިފައިހުރި އިރު ހޯލްގެ އެއްފަރާތުގައި ދިގު މޭޒެއްގެ މަތީގައި އެކިބާވަތުގެ ކާތަކެއްޗާއި ތަފާތު ބުއިންތައް އަތުރައިފައި ހުއްޓެވެ. އެކި ހިސާބު ހިސާބުގައި ގްރޫޕް ހަދައިފައި މީހުން ވާހަކަ ދައްކަން ތިބިއިރު ޔަނާލްހުރީ އެމާހައުލަށް ބީރަށްޓެހި ވެފައެވެ. ޔަނާލްގެ ނުތަނަވަސްކަން ވިސްނުނީކަންނޭނގެއެވެ. އަރްޒަން ލޯތްބާއެކު ޔަނާލްގެ އަތުގައި ހިފައިލަމުން ގެންގޮސް އެތަނުން މޭޒެއް ދޮށުގައި އިނށީނެވެ.

“ކޮބާ އައިކް؟” ގޮނޑީގައި އިނށީދެ ހަމަޖެހިލަމުން ޔަނާލް އަހައިލިއެވެ. “ނިދާފަ. މަތީގަ ވާނީ. ބޮޑުދައިތަ އިންނާނެ އައިކް ގާތުގަ. ޅަކުދިންގެ ޕާޓީއެކޭ ކިޔާފަ ބައްޕައާ ބޮޑުދައިތަވެސް އެތިބެނީ ތިރިއަށް ނުއަންނަން. އެކަމަކު ޔަނާ ދިއުމުގެކުރިން ވާނެ އެމީހުނާ ބައްދަލުކޮށްލަން.” މޭޒުމަތީގައިއޮތް ޔަނާލްގެ އަތުގައި ބޮޑުވައި އިނގިލިން ފިރުމަމުން އަރްޒަން ބުނެލިއެވެ. އެއްވެސް ދެކޮޅުހެދުމެއްނެތި ޔަނާލް ބޯޖަހައިލިއެވެ. “ބަނޑުހައި ވެފަތަ؟ ކާއެއްޗެހި ގެންނަންވީ ދޯ.” ޔަނާލް އަނގައިން ނުބުނުމުން އަރްޒަން އަހައިލިއެވެ. “ނޫން. ތަންކޮޅެއް ފަހުން.” މަޑުމަޑުން ޔަނާލް ބުނެލިއެވެ.

“ހޭއި. އަހަރެން ކުޑަ ވަގުތުކޮޅަކަށް ޔަނާލް ގެންދިޔަސް އޯކޭތަ؟” އެތަނަށް އައިސް ހުއްޓިލި ނިޝްޔާ ކުޑަކޮށް އަރްޒަންއާ ދިމާއަށް ގުދުވެލަމުން އަހައިލިއެވެ. ނިޝްޔާގެ ސުވާލާއެކު ޔަނާލްއަށް ދެލޯބޮޑުކޮށްލަމުން އަރްޒަންއާާ ދިމާއަށް ބަލައިލެވުނެވެ. އަރްޒަން ނޫނެކޭ ބުނާނޭ ނަމައޭ އޭނާގެ ހިތަށްއެރީ ކިތަށްފަހަރު ކަމެއްވެސް ނޭނގެއެވެ.

“އަހަރެންނަށް އޯކޭ ޔަނާ ދާން ބޭނުންވަންޏާމުން.” ކުޑަކޮށް ހެވިފައިއިނދެ އަރްޒަން ބުނެލިއެވެ. “އަހަރެން..” ޔަނާލްއަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް ނިޝްޔާ އަވަސް އަަވަހަށް ވާހަކަދައްކަން ފެށިއެވެ. “ޔަނާލް އޯކޭ ވާނެ އޭ. ދޯ ޔަނޫ.” ކުޑަކޮށް ޔަނާލްއާއި ދިމާއަށް އެނބުރިލަމުން ނިޝްޔާ ބުނެލިއެވެ. ނިޝްޔާ އޭނާއަށް މުޚާތަބުކުރި ނަން އަޑުއިވިފައި ޔަނާލްގެ ހިތަށް ބިރުވެރިކަން ވަނެވެ. “ޔަނޫ” އެއީީ އޭނާގެ މުޅި ހަޔާތުގައިވެސް އޭނާއާއި ދިމާއަށް އެންމެ މީހަކު ބޭނުންކުރި ނަމެކެވެ. އެނަން އަޑުއިވުމުން ޔަނާލްއަށް ހިންދިރުވައިލެވުނެވެ. ނިޝްޔާ އޭނާއި ދިމާއަށް އެހެން އެބުނީ ގަސްދުގައިކަން ޔަނާލްއަށް އިނގެއެވެ. ބޭނުމަކަށްވީ ޔަނާލްގެ އަނގަ ބަންދުކޮށްލުމެވެ. ބުނާނެ އެއްޗެއްނޭނގި ގަނޑުވެފައިއިން ޔަނާލްގެ އަތުގައި ހިފައިލަމުން ނިޝްޔާ ކުޑަކޮށް ދަމައިލިއެވެ. އަރްޒަން ބޯޖަހައިލުމާއެކު އިންތަނުން ތެދުވަމުން ލަސްފިޔަވަޅުތަކެއްގައި ޔަނާލް ނިޝްޔާއާއި އެކުގައި ހިނގައިގަތެވެ.

ނިޝްޔާ ބޭނުންވީ އޭނާވެސް ޔަނާލްއާާއި ގުޅުން ބަދަހިކުރަން މަސައްކަތްކުރާކަން އަރްޒަންއަށް ދައްކާށެވެ. ވީހައިވެސް ގިނަވަގުތު ޔަނާލް އަރްޒަންއާ ދުރުގައި ބެހެއްޓުމަށެވެ. އޭނާާގެ އެންމެ ގާތް އެކުވެރިންނަށް ޔަނާލް ތައާރަފުކޮށްދިންއިރު ހީވަނީ ޔަނާލްއަކީ ނިޝްޔާއަށް ވަރަށް މުހިންމު މީހެއް ހެނެވެ. ގަދަކަމުން ހިނިތުންވެލައިގެންހުރި ޔަނާލް އިރުއިރުކޮޅާ އަރްޒަންހުރި ދިމާއަށް ބަލައިލައެވެ. އޭނާ ބަލައިލާ ކޮންމެ ވަގުތަކު އަރްޒަންވެސް އެދިމާބަލަން އިނުމުން ކޮންމެވެސް ވަރަކަށް އެހިތަށް ހަމަޖެހުން ލިބުނެވެ.

“ވަރަށް އުފާވެފަދޯ ތިހުންނަނީ. އެކަމަކު މިރޭ މިތަނުން ނުކުމެގެން ދާއިރު ތިހިނިތުންވުމެއް މޫނުމަތީގައެއް ނުހުންނާނެ.” އަރްޒަންއަށް ބަލަހައްޓައިގެންހުރި ޔަނާލްއަށް ބަލަންހުރި ނިޝްޔާ ހިތާހިތުން ބުނެލިއެވެ.

ނިޝްޔާއާއި އެކުގައި ޔަނާލް ދިއުމަށްފަހު މާގިނައިރުވާން ފެށުމުން އަރްޒަން އިންތަނުން ތެދުވަމުން ނިޝްޔާމެން ތިބި ދިމާއަށް އައެވެ. “ސޮރީ ނިޝް. ބަޓް އައި އެމް މިސިންގް މައި ގާލް. ޕްލަސް ވަރަށް ބަނޑުހައި ވެއްޖެ. ޔަނާ ގެންދަނީ އިނގޭ.” ޔަނާލްގެ އަތުގައި ހިފައިލަމުން ނިޝްޔާއަށް އެއްލޯ މަރައިލުމަށްފަހު ސަމާސަވެރިގޮތަކަށް އަރްޒަން ބުނެލިއެވެ. އަރްޒަންގެ ދުލުން “މައި ގާލް”އޭ ބުނެލިގޮތުން ޔަނާލް ލަދުގަތްއިރު ނިޝްޔާގެ މޫނު ރުޅިން ރަތްވެގެންދިޔައެވެ. “ޝުއަރ”އޭ ބުނެލަމުން ނިޝްޔާ އޭނާގެ އެކުވެރިންނާއެކުގައި ތަންކޮޅަށް ދުރަށް ޖެހިލިއެވެ.

އަރްޒަން އައުމުން ޔަނާލްގެ ހިތަށް ލިބުނީ ބަޔާންކުރަންދަތި ހަމަޖެހުމެކެވެ. ނިޝްޔާގެ ކިބައިން ސަލާމަތްވެވުނަތީ ޝުކުރުކުރަމުން ޔަނާާލް އަރްޒަންއާ އެކުގައި ކާތަކެތި ބަހައްޓައިފައިހުރި މޭޒާ ދިމާއަށް މިސްރާބުޖެހިއެވެ.

ދެމީހުން ކާން ބޭނުންވާތަކެތި ތައްޓަށް އެޅުމަށްފަހު ކުރިންވެސް އިނށީދެތިބި މޭޒުދޮަށުގައި އިނށީނެވެ. “އާހް. ހަނދާންނެތިގެން ޑްރިންކްސް ނުލާދޯ މިއާދެވުނީ.” ގޮނޑީގައި އިނށީންވަގުތު ކުއްލިއަކަށް ހަނދާންވުމުން އަރްޒަން ބުނެލިއެވެ. “ހެހެ. އަހަރެން އަންނާނަން ހިފައިގެން. އަރްޒަން އިނދޭ.” ކޮޅަށްހުރި ޔަނާލް އެހެން ބުނުމުން އަރްޒަން ބޯޖަހައިލިއެވެ.

ބުއިންތައް ބަހައްޓައިފައިހުރި މޭޒުން ދެކޯކު ތަށި ނަގަމުން ޔަނާލް އެމީހުންތިބި މޭޒާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު ހުޅުވައިފައިހުރި ގޭގެ ބޮޑު ދޮރުން ކަޅު ކުލައިގެ ގަމީހަކާއި ޖިންސެއްލައިގެންހުރެ ވަތް ފިރިހެންމީހާފެނިފައި ޔަނާލްއަށް ހުރިފިޔަވަޅުމައްޗަށް ހުއްޓެވުނެވެ. މުޅިމީހާ ރޫރޫއަޅައިގަތުމާއެކު ބޮޑުވެފައިވާ ދެލޮލުން ޔަނާލްއަށް ބެލެމުންދިޔައީ އެމީހާގެ މޫނަށެވެ. އޭނާއަށް ހުރެވުނީ ދޮރާއި ތަންކޮޅެއް ކައިރީގައިކަމުން އެމީހާގެ ލޮލުގައިވެސް ދާދި ފަސޭހައިން ޔަނާލް އަޅައިގަތެވެ. އެމީހާއަށްވެސްވީ ޔަނާލްއަށް ވީފަދަ ގޮތެކެވެ. އަނގަ ހުޅުވިގެން ދިއުމާއެކު ހައިރާންކަން ވެރިވެފައިވާ އެދެލޮލުން ޔަނާލްއަށް ބަލަހައްޓައިގެންހުރިގޮތް ފެނި ޔަނާލްގެ މޭ ގުޑިލިއެވެ. އެމީހަކު ހީވަނީ ޔަނާލް ފެނުމުން ފެންނަން ނުވާވަރުގެ މީހަކު ފެނިގެން އުޅޭހެންނެވެ.

ހިނދުކޮޅަކަށް ހައިރާންކަން ވެރިވެފައިވި އެމޫނުގެ ކުލަވަރު ވަގުތުން ބަދަލުވިއެވެ. ހަރުކަށިކަން ވެރިވުމާއެކު ނުރުހުންތެރިކަމާއި ނަފުރަތު އެމޫނުމައްޗަށް ވެރިވެގެންދިޔައެވެ. ކަޅި އަޅައިލަމުން އެމީހަކު ޔަނާލްއަށް ބަލަންހުރިއިރު ޔަނާލްގެ މޫނުމަތީގައި ކުދިކުދި ދާތިކިތައް ބަބުޅަންފެށިއެވެ.

އެމަންޒަރު ބަލަން ތަންކޮޅެއްދުރުގައި ނުލަފާގޮތަކަށް ހެވިފައި ނިޝްޔާ ހުއްޓެވެ. އިރުކޮޅަކު ދެމީހުންގެ މޫނަށް ވެރިވަމުންދިޔަ ތަފާތު ކުލަވަރުތަކަށް ބަލަންހުރެފައި ނިޝްޔާ އެދިމާއަށް އައީ މޫނުމައްޗަށް ފުޅާ ހިނިތުންވުމެއް ވެރިކޮށްގެން ހުރެއެވެ.

ތުރުތުރުއަޅަމުންދިޔަ ޔަނާލްގެ އަތުން ކޯކްތަށިތައް ދޫނުވީ ކިރިޔާއެވެ. ހުޝިޔާރުކަމާއެކުގައި ދެއަތަކުން އޭނާގެ އަތުގައި ނުހިފިނަމަ އެތަށިތައް އޭނާާއަތުން ވެއްޓި ތެޅުނީހެވެ. ސިހިފައި ޔަނާލް އޭނާގެ ވައަތުފަޅިއަށް ބަލައިލިއިރު ހިނިތުންވެފައި އޭނާގެ އަތުގައި ހިފަހައްޓައިގެންހުރި އަރްޒަން ނިތްއަރުވައިލީ ކިހިނެއްވީތޯ އަހައިލާފަދަ ގޮތަކަށެވެ. ގަދަކަމުން ޔަނާލް ދެފަރާތަށް ބޯހޫރުވައިލަން މަސައްކަތްކުރިއެވެ. އެހެނަސް އެކަންވެސްވީ އޭނާއަށް ދަތިކަމަކަށެވެ.

“ކޮންއިރެއް އަހަރެން ޔަނާގެ އިންތިޒާރުގަ އިންނަތާ. ކިހިނެއްވީ މިތާ ހުއްޓިތިހުރީ؟ ޔަނާ ކަމެއްވީތަ؟ ހާދަ ބިރުން.” ޔަނާލް ހުރިގޮތްފެނި އަރްޒަން އެއްފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ. ދޭނެ ޖަވާބެއް ނޭނގުނު ތަނުގައި ގުޑިލަންވެސް ނުކެރިފައި ޔަނާލް ދޮރާއި ދިމާއަށް ބަލައިލިއެވެ. އޭރު އެތަނުގައި ހުރި މީހާގެ ނަޒަރުވަނީ ސީދާ އެދެމީހުންނާ ދިމާއަށް ހުއްޓިފައެވެ. ޔަނާލް ބަލައިލި ދިމާއަށް އަރްޒަންވެސް ބަލައިލިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވި ހިނިތުންވުމާއެކު ސުވާލުގެ ނަޒަރަކުން އޭނާ ޔަނާލްއާއި އެމީހާއަށް ބަލައިލިއެވެ. އެދިމާއަށްބަލަން ހުރެފައި ކުއްލިއަކަށް ޔަނާލް ބާރު ހިނގުމެއްގައި އެތަނާއި ދުރަށް އެމީހުންގެ މޭޒާއި ދިމާއަށް ހިނގައިގަތެވެ. ޔަނާލްގެ މިއަމަލުން އަރްޒަން އިތުރަށް ސުވާލުއުފެދުނެވެ. ނިތަށް ރޫއަރުވައިލަމުން އެމީހާއާއި ދިމާއަށް އަތުން މަޑުކޮށްލުމަށް އިޝާރާތްކޮށްލުމަށްފަހު އަރްޒަންވެސް ޔަނާލްގެ ފަހަތުން ހިނގައިގަތެވެ.

“ުއެހެމް.” އެމީހާގެ ގާތަށް މަޑުކޮށްލަމުން ހެވިފައިހުރެ ނިޝްޔާ ކަރުކެހިލީ އެމީހެއްގެ ސަމާލުކަން ދަމައިގަތުމުގެ ގޮތުންނެވެ. “ކޮބާ އަހަރެންގެ ސަޕްރައިޒް ކިހިނެއް؟” އެމީހަކު އޭނާގެ މޫނަށް ބަލައިލުމާއެކު ލާނެތް ހިންޏެއް އައިސްފައިހުރެ ނިޝްޔާ އަހައިލިއެވެ. އެއާއެކު އޭނާގެ ދެބުމަ ގޮށްޖެހި އަތްމުށްކެވިގެން ދިޔައެވެ.

“ޒާ..ޒާވިލް. މިތާ.. މި.. މިތާ ކީކުރަނީބާ؟” އޭނާގެ ގޮނޑީގައި އިނށީދެވުމާއެކު ފެންކަޅިވެފައިއިން ޔަނާލްއަށް ބުނެލެވުނެވެ. އެއަޑު އޭނާގެ ފަހަތުންއައި އަރްޒަންއަށް ކިތަންމެ ރީއްޗަކަށްވެސް އިވުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 14

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 40

Next
September 10, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 40

Previews
September 10, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 14

34 Comments!

  1. Nau says:
    September 10, 2018 at 8:15 pm

    Salaam all.. Here is the 10th part. Sry lasvyma.. Anyway hope u guys will like this part too. Let me knw the mistakes.. Hehe.. So gina kudhinge guess dhimaavy dhw.. Wat will hppn dhn??? Hehe.. Enjoy reading.. N have a v v gud nyt. Love u all my dears.. ?❤

  2. maya says:
    September 10, 2018 at 8:18 pm

    yey im first kiyaafa comment kohlaanan …

    1. Nau says:
      September 10, 2018 at 10:18 pm

      Hehe yah dhw.. Ur first?

  3. Hudher says:
    September 10, 2018 at 8:28 pm

    Luv u 2 dear….mi part vx v v v v rythi…maasha allah..nd me second dhw..heheh…whn next

    1. Nau says:
      September 10, 2018 at 10:19 pm

      Hehe thanks alot my dear.. In sha allah tmrw❤

  4. Leesh says:
    September 10, 2018 at 8:31 pm

    Varah reethi

    1. Nau says:
      September 10, 2018 at 10:19 pm

      Thanks dear❤

  5. shannu says:
    September 10, 2018 at 8:47 pm

    Maahkalaako anehka ekuhjaa fulhah kihineh hadhaalanbaa nishyaa men e ulheny… salaam kiyumahfahu inumahvure maa rythi vaanehen heevany salaam bunumah fahu ehen inihyaa shannu ah heevany… ekam story hama habeys igey nau… mi story beynunvany inthaa indhe ehkoh kiyaa ninmaalaafa thedhuvan.. ehaaves rythi n interesting. .. thy v v v molhu vaahaka liyun therieh shannu gabool kuraa gothuga… luv u

    1. Nau says:
      September 10, 2018 at 10:20 pm

      Awwwn thanks alot dear.. Yah dhw. Hehe in sha allah dhn will kyp that in mind.. Thanks dear.. For the correction.. N love u too❤

  6. Xuam says:
    September 10, 2018 at 9:06 pm

    Varah varah varah reethi…. waiting for the next part….❤❤❤❤❤

    1. Nau says:
      September 10, 2018 at 10:20 pm

      Thanks alot my dear❤

  7. ? Unknown ? says:
    September 10, 2018 at 9:31 pm

    Woww. Superb. ♥️♥️♥️Vvvvv nice. Zaavil eii yanaal ge ex husband hen heevany. Dhw.?

    1. Nau says:
      September 10, 2018 at 10:21 pm

      Haha vedhaane ehn kamahvx.. Lets see.. Thanks alot my dear❤

  8. Rishy says:
    September 10, 2018 at 9:38 pm

    i’m gonna kill that nishya…… i just hate her…… but i love this story……….

    1. Nau says:
      September 10, 2018 at 10:21 pm

      Hehe i hate her too??.. Btw thanks my dear❤

  9. samm says:
    September 10, 2018 at 10:18 pm

    what the hell that nishya is doing?? nau jux kill her, Btw mi part vx vrh superb nge, waiting for 11th part. Love you n ur stry….Waitin……….

  10. Unknown girlll.. says:
    September 10, 2018 at 10:55 pm

    Mi part ves awsummm .???..dhen vaany kihineh, alhey yanaa ah dhera gotheh nahadhahchey nau sis??? ,keep up the good work ???luvya .❤❤❤.keep smiling???

    1. Nau says:
      September 11, 2018 at 9:39 am

      Thanks alot my dear.. Love u too❤

  11. Hawwor says:
    September 10, 2018 at 11:51 pm

    V unique gotheh hurry mi story ga….I think dhn vaa gothaka medhu kurevey inthixaaru thakah Ava’s nimumeh annaathy….?lyk xaavil ge Nan yanal ki adu ivifa…plus…eyna feni yanal react kuri gothaa medhu suvaaal ufedhun….??

    1. Nau says:
      September 11, 2018 at 9:40 am

      Hehehe vedhaane.. Lets see wat hppns.. Thanks dear❤

  12. Anonymous says:
    September 11, 2018 at 6:43 am

    ??????????????????????????????????????????????????? Maa sha Allah.. Vrh Vrh Vrh salhi.. Bunaane ehcheh ves Hama neynge.. Jazakillah khairan for such a wonderful story Nau..

    1. Nau says:
      September 11, 2018 at 9:44 am

      Awwn thanks alot my dear.. Baarakallah feeki❤

  13. Neen says:
    September 11, 2018 at 7:25 am

    Alhey dhen yanaa ah vaanee kihineytha ? miadhu ge part up kuraanantha? Waiting waiting ?????❤??

    1. Nau says:
      September 11, 2018 at 9:44 am

      Lets see.. Hehe.. Yah in sha allah tday up kuraanan.. Kyp waiting.. Thanks alot dear❤

  14. sweety says:
    September 11, 2018 at 8:21 am

    alheyy nishyaa kihineg vegen tha eulhenyy …. hate her a lot.. anyways i love this story nau … ur my favourite writer …. & keep up the gud work …. cant wait for nxt part

    1. Nau says:
      September 11, 2018 at 9:45 am

      Hehe yah dhw.. Btw thanks alot my dear.. ❤

  15. samm says:
    September 11, 2018 at 10:26 am

    nau whn nxt???????

    1. Nau says:
      September 11, 2018 at 12:32 pm

      Up kohlaafin ingey dear?

  16. Maya says:
    September 11, 2018 at 11:19 am

    Varah reethi.. Hehe adhi kiriyaa mi kiyuni.. As i thought hama egothah dhw mivi.. ???yanaal eii zaavil ge x wife.. Dhw?????vv curious vey eba.. Wen nxt. Part ??????????

    1. Nau says:
      September 11, 2018 at 12:32 pm

      Hehe yah dhw. Lets see.. Nxt part up kohfin ingey. thanks alot❤

  17. Xuhu says:
    September 11, 2018 at 11:41 am

    Masha allah mi part vx v rythi….. Thank u nau love u much more ❤❤❤???

    1. Nau says:
      September 11, 2018 at 12:33 pm

      Thanks my dear n ur mst wlcm?❤

  18. waiting says:
    September 11, 2018 at 12:25 pm

    hey nau, when 11th part???

    1. Nau says:
      September 11, 2018 at 12:33 pm

      Hey dear up kohlaafa nw innaany?

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ (11)←


All Right Reserved!