Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ލޯތްބަކީ 14

Dhonthiii Level 210 Stories100 Comments
September 13, 2018 4 Mins Read
27 Comments

ޝައިރާ ވަނީ ހަމަ ރަނގަޅަށްވެސް ހަދާނެގޮތް ހުސްވެ ބޯހާސްވެފައެވެ. “ރާއިލްއެއީ އިރެއްގާ ލޯބިވިޔަސް މިހާރު ހަނދާން ކުރަން ބޭނުންނުވާ މާޒީ. ރާއިލްއަށް ވަރަށް ފަސޭހަކަމާއިއެކު ނޫނެކޭ ބުނެވިދާނެ. އެކަމަކު ނޭނގޭ ރާއިލް އެކަމަށް ރިއެކްޓް ކުރާނެގޮތެއްވެސް. އަނެއްކޮޅުން ދުވަހަކު ފެނިފާ ނުވާ އަޔާން. އެކަމަކު ރާއިލް ދިން ހިތާމަތަކުން ސަލާމަތްވެވުނު އެންމެ ބޮޑު އަސްލަކީވެސް ހަމަ އަޔާން. ނުފެނުން ކަމުގައި ވިޔަސް އަލުން ބަލުން މީހަކަށް ހިތް ކިޔާންވެސް ދަސްކޮއްދިނީ އަޔާން. ދެންހުރީ ޔާން. ފެންނަންވެސް ފެނުން ގަޔާވެސް ވެވުން އެކަމަކު ދެން ނޭނގެ. އާރގް ބޯ ފަޅާގެން ދާހާވަރު.” ޝައިރާގެ ވިސްނުންވަނީ މުޅިންވެސް ރާއިލްއާއި އަޔާންއާއިމެދުއެވެ.

އަޔާންއާއި ޔާންއަކީ އެކަކަށް ވާނެނަމަ މާރަނގަޅުކަމަށް ޱޝައިރާ ބުނީއްސުރެން އަޔާން ހުންނަނީ ޝައިރާއަށް ހަގީގަތް ހާމަކޮށްދޭ ހިތުން ކެތްމަދުވެފައެވެ. ނަމަވެސް ހަގީގަތް ހާމަކުރަން އަޔާން ބޭނުންވަނީ ޝައިރާގެ ކުރިމަތީހުރެއެވެ. އެއީ ޝައިރާގެ މޫނަށް އަރާ ފައިބާކުލަ ދުށުމަށް އަޔާންގެ ހިތްއެދި ގޮވާތީއެވެ. ހިތާއި ދެކޮޅު ހެދޭނީ ފަހެކާކަށްހެއްޔެވެ. ކޮންމެއަކަސް އަޔާން މިހާރު ކެއްތެރިކަމާއިއެކު އިންތިޒާރުކުރަމުންދަނީ ޝައިރާ ބައްދަލްކުރަން އެދޭނެދުވަހަކަށެވެ.

ޝައިރާގެ ޖަވާބަކަށް އިންތިޒާރުކުރާތާ ދެދުވަސް ވެގެން ދިޔައިރުވެސް ޝައިރާގެ ހަބަރެއްނުވުމުން އަޔާން ގަސްތުކުރީ ޝައިރާ ވަޒީފާއަދާކުރާ ފިހާރަޔަށް ގޮސްލުމަށެވެ. ޝައިރާގެ ފޯނަށް މެސެޖްކުރަންފެށިފަހުން އަޔާން ވަރަށް މަދުން ނޫނީ އެފިހާރަޔަށް ޝައިރާއާއި ބައްދަލުކޮށް ޖަދަލުކޮށްލާ ހަދާކަށް ނުދެއެވެ. އަދި އަޔާންގެ ނަމުގަޔާއި ޔާންގެ ނަމުގާ ޝައިރާކުރެން ރައްޓެހިވަން އެހީއްސުރެން އަޔާން ހުރީ ޝައިރާގެ ޖަވާބެއް ލިބެންދެން އިތުރަށް މެސެޖުކޮށް އުނދަގޫ ނުކުރުމަށެވެ. އެއީ ޝައިރާބުނީ ރާއިލްއާއި ވަކިވުމަށްފަހު ބައްދަލް ކުރާނެކަމަށެވެ. އެހެންވެ ޝައިރާއަށް ވަގުތު ދިނުމުގެގޮތުން އަޅާނުލާހުރީ ޝައިރާގެ ހަބަރެއް ވަންދެނެވެ. ނަމަވެސް އަޔާން ފުރާ ދުވަސް ގާތްވަމުން ދާތީވެ މާގިނަދުވަހު ޝައިރާ އިސްވެ ހަބަރެއް ވަންދެން އިންތިޒާރު ކުރެވޭކަށްވެސް ނެތެވެ.

އަވަސް ފިޔަވަޅުތަކެއްގާ ނިޒާރުބޭގެ ފިހާރަޔާދިމާލަށް މިސްރާބު ޖަހާފައިހުރި އަޔާން ހުއްޓުމަކަށްއައީ ރަށު ބަނދަރާހަމައިން ކުރިމަތިން ފެނުނު އަންހެންކުއްޖާގެ ސަބަބުންނެވެ. ކޮނޑުގާ ބެކްޕެކްއެއް އޮތުމުން ލަފައިގެން އެއަންނަނީ ދެންމެކަން އެނގެއެވެ. އެއަންހެން ކުއްޖާގެ ކައިރި ހުރި ގާތްގަނޑަކަށް ހަމަ އެއުމުރުގެ ފިރެހެންކުއްޖާގެ ކަންފަތްދޮށުގަ ސިއްރުން އެއްޗެއްބުނެލުމުން އެފިރެހެންކުއްޖާ އެހުރިހިސާބުގާ މަޑުކޮށްލީއެވެ. ފަރި ހިނގުމެއްގާ އެއަންނަ އަންހެންކުއްޖާގެ މިސްރާބު ހުރީ އަޔާން ހުރި ދިމާލަށެވެ. އެއީ ދެވަނަ އެހެން މީހެއް ނޫނެވެ. އަޔާންގެ ހިތި މާޒީއެވެ. ފުރާނައަށްވުރެ ލޯބިވީ ސުމާއެވެ.

“ހައި. ހަގީގަތުގަ އަޔާންއާއި ކުރިމަތިލާ ވާހަކަ ދައްކަންވެސް ޖެހެލުންވޭ ކަންތައް ކުރެވުން ގޮތުން އަސްލުގަވެސް ވަރަށް ދެރަވޭ އެގޮތަށް ކަންތައް ކުރެވުނީމާ. އެނގޭ އަލުން އަނބުރާ އެދުވަސްތައް ނުގެނެވޭނެކަންވެސް އެކަމަކު ގެނެވޭނެނަމަ އެދުވަސްތައް ބަދަލުވެސްކުރާނަން. އަޔާން ވީލޯބި ސުމާދެކެވާނެ ދެވަނަ މީހެއް ނެތްކަންވެސް ގަބޫލުކުރަން. އެކަަމަކު ސުމާއަށް ވިސްނުންއިރު ވަގުތު ފާއިތުވެއްޖެ، އަޔާންވެސް ގެއްލިއްޖެ. ސުމާއަށް ކަންތައް ކުރެވުންގޮތާމެދު މާފްކޮށްދޭނެކަމަށް ވަރަށް އުންމީދާއިއެކު މިއައީ.” ސުމާގެ ވާހަކައިން އަޔާންހުރީ ބުނާނެ އެއްޗެއް ނޭނގި ކޮސްވެފައެވެ. މީހަމަ އަޔާން ރައްޓިހިވި ސުމާ ކަމާމެދު ޝައްކު އުފެދިފައެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. އެ ބޮޑާ އަމިއްލަ އެދުންބޮޑު ކުއްޖާ މިއަދު މިހުރީ އަޔާންގެ ކުރިމަތީ މާފަށްއެދޭށެވެ. ހަގީގަތުގާ ސުމާއަށް ރަނގަޅުގޮތް ވިސްނުނީތީ އަޔާން އުފާކުރެއެވެ. ނަމަވެސް ސުމާ މާފަށް އެދެންއެއައީ އަލުން އަޔާން ލިބޭނެކަމަށްނަމަ އެއީ ސުމާއަށް ކުރެވޭ ކުށް ހީއެކެ. އަޔާންއެއް އިރަކު އެސުމާގެ ދަށުވިޔަސް މިއަދަކު ސުމާފެނިގެން އެ ހިތުގެ ހިނގުން އަވަސްވެ، އަތްފައި ފިނިވެ، ބޭއިޚްތިޔާރުގާ ހީލެވެ އަދި ބެކުގުރައުންޑް މައުޒިކެއްވެސް ނުކުޅެއެވެ.

“ހައި. ސުމާއަށް ހެޔޮ ވިސްނުން ލިބުނީތީ އުފާކުރަން. މިހާރު ތިގެންގުޅޭ ކުއްޖާއަށް އެގޮތަށް ކަންތައް ނުކުރާނެކަމަށް އުންމީދުކުރަން. މިވަގުތު މަޑު ކުރެވޭކަށްނެތޭ އިނގޭ. މިދަނީ ގާރލްފްރެންޑް ކައިރިއަށް. ބައި” އަޔާން އެބުނި އެއްޗަކުން ސުމާހުރީ ދެލޯ ދެގޮބޮޅި ވަރަށް ބޮޑުކޮށްގެން އަނގަ ތަންމިނަށް ހުޅުވައިގެނެވެ. އަޔާން ހިނގާގަތްތަންފެނި ދުރުގާ ހުއްޓިހުރި ފިރިހެންކުއްޖާ އައިސް ސުމާއާއި އެއްހަމަކޮއްލިއެވެ. “އޭ ދޮން. އަނގަޔަށް ތިޔޮއް މެއްސެއް ވަންނަނީ. ތި އަނގަ ލައްޕަންވެއްޖެއެއްނު. ދޮންގެ ނަންބަރެއްތައެއީ.” މާޒުގެ އަޑުއިވުމުން ސުމާ މާޒްއާއި ދިމާލަށް އެނބުރި ލޯއަޅާލީ އެއީ ސުމާ ދައްކަން ބޭނުންނުވާ ވާހަކައެއްކަން އަންގާލުމުގެ ގޮތުންނެވެ.

މާޒްއަކީ ސުމާގެ މަންމައާއި އެއްބަނޑު އެއްބަފާ ހަމައެކަނި ހުރި ކޮއްކޮ ވައްހާބުގެ ހުރި ހަމައެކަނި ދަރިޔެވެ. ސުމާޔަށްވުރެ މާޒް ހަގުވާނީ އެންމެ ހައެއްކަމަހެވެ. މާޒްގެ އާއިލާ އުޅެނީ މާލޭގާ ކަމުން ސުމާ މާލެގޮސް ކިޔަވަންހުރީ އެގޭގައެވެ. ދުވަހަކުވެސް ރަށަށް އާދެވިފާ ނެތުމުން މާޒްއެއައީ ސުމާގެ ފަހަތު އަޅުވާލާގެން އެރަށް ބަލާލަން ކުޑަދުވަސް ކޮށަކަށެވެ. މާޒްއަކީވެސް ބަލާލަން ހުތުރު ކުއްޖެއްނޫނެވެ. ދޮން ހަންގަޑަކާއި ދިގު މޫނެކެވެ. ނޫޑްލީސްކޮޅެއްހާ ބުޅި ކަޅު އިސްތަށިކޮޅު އަތްވަށް ނުކުތުމުން ދަޅައަޅާލައެވެ. ތޫނު ދެލޮލާއި ހިމަ ނޭފަތެކެވެ. ތުނި ތުންފަތަކާއި ހިމަތޮޅި ހަށިގަނޑެއްގެ ވެރިއެކެވެ. ދިގުމިނުން ފަސްފޫޓަށްވުރެ ދިގުވާނެކަންގައިމެވެ.

“އޭނަ އެހީކުރެނީ ތަނަކުން ބާބިޓެއް ލިބުނީމަ ދެން ދުނިޔެ ލިބުނީއޭ. އަދި މައެހާ ރީތިކޮށް ވާހަކަދެއްކީމަވެސް ތުއި ތަޅުވާލާފަ އެދިޔައީނުން. އަދި މާ ހެޔޮ ވިސްނޭ މީހަކަށް ވެގެން ކޮން ހެޔޮވިސްނުމެކޭ ކިޔާކަށް. މަށަށް މަބޭނުން ކޮންމެ އެއްޗެއް ލިބޭ. ހަމަ އެހެން އަޔާން ވެސް ހޯދާނަން ބަލައްޗޭ. ތިބުނާ ގާރލްފްރެންޑެއްގެ ހުރިވަރެއްވެސް މަބަލާނަމޭ. މަށަކަށްވުރެ މުއްސަނދި ކުއްޖެއް ހޯދާކަށް ލާހިކެއްވެސްނޫން. އެއަޔާން މަގޭ ފައިބުޑަށް ނުގެނެވުނިއްޔާ މަށަކައް އައިޝަތު ސުމާއެއް ނުކިޔާނެ. ހުއް. ވަރަށް ފޫހިވޭ.” ސުމާ އެކަނި އެކަނި ކުދި ކިޔަމުން އަވަހަށް ގެޔާދިމާލަށް މިސްރާބުޖެހީ އެކަކު ކައިރިވެސް ނުބުނެ ސަޕްރައިސްއެއް ދޭން އައުމުންނެވެ. ނޫންނަމަ އަޔާންއަށް ސުމާއަށްވުރެ އެކަމުދިޔަ އަންހެންކުއްޖެއް ބަލަން އަޔާންގެ ފަހަތުން ދިޔައީހެވެ.

ފިހާރަޔަށް ވަދެގެން އައި އަޔާން ފެނުމުން ޝައިރާގެ ހިތުގެ ތެޅުން އަވަސްވެ މުޅި މީހާ ދާހިއްލާ ފޯވަންފަށައިފިއެވެ. އެ އައީ ޝައިރާގެ ޖަވާބެއް ހޯދަންކަމަށް ޔަގީންކުރެވުމުން ޝައިރާއަށް ވެފާ ނުވާގޮތެއް ނެތެވެ. ކުއްވެރިއެއް ފަދައިން އިސްޖަހާލެވުނީ ބޭއިޚްތިޔާރުގައެވެ.

“ސޯ ޝައި އަދިވެސް ޔާންއަކަށް ޖަވާބެއް ނުލިބޭ. ޔާން ތަޅުވަން ތަ ޝައި އެގޮތަށް ތި ކަންތައްކުރަނީ؟” ޝައިރާ އިސްއުފުލާލީ އަޔާންއަށް އެހީކުރެވުނީ ގޯސްކޮށޭ ބުނަންށެވެ. އޭނައަށް މިދިމާވެގެންއުޅޭ ކަންތައްވެސް ހިއްސާކޮށްލާންވެސް ބޭނުންވިއެވެ. ނަމަވެސް އަޔާންގެ ހިތާމަވެރި ތަސްވީރެއްފަދަ މޫނު ފެނި ޝައިރާގެ ދޫތަޅުލެވުނެވެ. ބުނެވުނު ހާވެސް އެއްޗަކީ ނޫނެކެވެ. އަޔާންގެ ހިތާމަވެރި މޫނު ފެނި ޝައިރާގެ ހިތުގާ ރިއްސާލިއެވެ.

“މަގޭ ޝައި ހާދަ މޫޑު އޮފް ވެފަ. އަޅެ ހީލަބަލަ. ތިލޯބި ހިނިތުންވުން ދެކިލާށޭ މިއައިވެސް.” އަޔާން އެއްލޯ މަރާލާފަ އެހެން ބުނެލިގޮތުން ޝައިރާ ގެ މޫނު ލަދުންގޮސް ރަތްވިއެވެ. އަދި އަޔާންގެ ދުލުން މަގޭ ޝައިއޭ ބުނުމުން ޝައިރާގެ ހިތް އުފަލުން އުދުހޭކަހަލައެވެ. “އައްދޭ މަގޭ ޝައި ހާދަ ލަދުރަތްކޭ. ވާހް ވާހް ވާހް..” އަޔާންގެ އެ ކުދި ކުދި ސަމާސާތަކުންވެސް ޝައިރާގެ ހިތަށް ކުޑަނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ. “ދެން ޔާންގަނޑާ ވަރަށް ފޫހިވޭ.” ޝައިރާ އެހެންވެސް ބުނެވުނީ ހަމަކިރިޔާއެވެ. ހީވަނީ ލަދުންގޮސް ދެފައި އޮޅިދާނެހެންނެވެ. އަޔާން އެއްޗެއް ބުނަން އަނގަ ހުޅުވާލައިފަވެސް ހުއްޓަންޖެހުނީ އަޔާންގެ ފޯނު ރިންގް ވާތީވެއެވެ. “އޭ ލޯބިގަނޑާ ފަހުން އަންނާނަން އިނގޭ. މަންމަ އެގުޅީ މަންމައަށް ކާށިކޮޅެއް އެހެލަދޭން އަންނަން.” ފޯނު ނިންމާލާފަ ޝައިރާގެގާތު އަހެން ބުނެފަ ޝައިރާގެޖަވާބަކަށް އިންތިޒާރުކުރުމެއްނެތި އަޔާން އަވަހަށް ގެޔަށް ދިޔައީ މަންމަ ބުނިކަންތައް ކޮށްލަދޭށެވެ.

“ހާދަދެރައޭ. މިހާރުވެސް ޔާންއަށް އެހީވަނީ ޝައި މިއުޅެނީ ޔާން ތަޅުވަންހެން. ދެންވެސް ވީހާއަވަހަށް ކޮންމެވެސް އެއްގޮތެއް ނިންމަން ވީކަންނޭގެ. އާނ އަޔާންއާ މީޓްކުރަން އުޅެފަވެސް ހަނދާންނެތިފައޭ މިއިންނަނީ. ހުސް މި ރާއިލްގެ ކަންތައް މީ” ޑިއުޓީ ނިމޭގަޑި ހަމަވަންދެންވެސް ޝައިރާ އިނީ އެކަނި އެކަނި އެކިވާހަކަތައް ދެއްކުމުގައެވެ.

ޑިއުޓީ ނިމި ގެޔަށް ދެވުންގޮތަށް ފުރަތަމަވެސް ޝައިރާ އޮންލައިންވެލާފާ ވައިބާރއަށް ވަދެ އަޔާންއަށް މެސެޖް ކޮށްލިއެވެ. “ހައި. ސޯ ލެޓްސް މީޓް. މިރޭ އުޅެބަލަ މީޓްކޮށްލަން. ޝައިމެންގެ ގޭ ފުރަގަހުން އަތިރިޔާ ދިމާލަށް އަންނަންވީނު 8:30 ހާއިރު.”

ޝައިރާގެ މެސެޖުފެނި އަޔާން އުފުލުން ހީވަނީ ދެއީދު އެއްފަހަރާ ލައިގަނެގެން އުޅޭހެންނެވެ. އަންހެން ކުއްޖެއްހެން ލާނެ ހެދުމެއް ނޭނގި ފަހަރަކު ހެދުމެއް ގައިގަ ޖައްސާލާފަ ލޯގަނޑުން ބަލާލައެވެ. އަދި ކަމުނުގޮސްގެން އެނދުމައްޗަށް އެއްލާލައެވެ.މިހެންގޮސް ހުރިހާ ހެދުމެއް އެނދުމައްޗަށް އެޅުންއިރުވެސް ކަމުދާ ހެދުމެއް ފެނުނުކަމަކަށް ނުވިއެވެ.

8:30 ވުމުގެ ދިހަމިނެޓް ކުރިޔަށް އަޔާންގޮސް ޝައިރާ ބުނިތަނުގަ ޝައިރާގެ އިންތިޒާރުގާ ވަގުތުތަށް ގުނަމުން ދިޔައީ ތެޅި ތެޅިއޮތް ހިތަކާއިއެކުއެވެ.

=ނުނިމޭ=

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Dhonthiii

Level 210 Stories100 Comments

Love to read and write. Need everyone's help to improve. Sarangheyoa ???

Other Articles

Previous

އެކުވެރިޔާ

Next

ރާސްތާ 37

Next
September 13, 2018

ރާސްތާ 37

Previews
September 13, 2018

އެކުވެރިޔާ

27 Comments!

  1. Hudher says:
    September 13, 2018 at 9:32 pm

    Heyy dhonthiiii….stry v v v v rythi….maasha allah…thank u avahah up kolla dhinyma…luv u??????????

    1. Dhonthiii says:
      September 13, 2018 at 9:52 pm

      Hey loabi loabi hudher anehkaa ves first hiadhaafi. Mihaaru hudher 1 kiyaan v hehehe.. thankyou ??? luvs ???? naash ge first kan hudher athulaifi hehehe

  2. Reader says:
    September 13, 2018 at 10:47 pm

    Mi part ves vara reethi. Ekamaku thankolhe kuree adi ves. Dhen in part konirakun?

    1. Dhonthiii says:
      September 13, 2018 at 10:57 pm

      Thankyou. Donthiii ah vee varakun vaahaka dhigu koh genesdhemun midhany. Next part liyevunhaa avahah up kohlaanan ingey….

  3. maya says:
    September 13, 2018 at 11:16 pm

    hey dhonthiii…mi part ves varah reethi ey…im on pins and needdles to read the next part…alhey shai haadha excite vaaney dhw..ayaan and yaan eii same kan ingunyma..she will be in a shock dhww..luv yuh bodu koh dhonthiii

    1. Dhonthiii says:
      September 14, 2018 at 12:39 am

      Thankyou maya.. aaan shai heenukuraa goteh veema shock vaane ehnun. Wait kohlahchey next part ah. Luvs ??????

  4. Hudher says:
    September 13, 2018 at 11:33 pm

    Dhw loabi loabi dhonthii.. saranghae??????

    1. Dhonthiii says:
      September 14, 2018 at 12:40 am

      Hmmm loabi loabi hudher ?????? saranghae

  5. ? Unknown ? says:
    September 13, 2018 at 11:51 pm

    V nice mi part vx. Hope edhemeehun gulheyne kamah. When next part???

  6. Thuhtha says:
    September 14, 2018 at 6:12 am

    Vvvv salhi mi bai ves. When next part?

    1. Dhonthiii says:
      September 14, 2018 at 7:33 am

      Thankyou. Next part liyevunhaa avahah up kohladheynan ingey…

  7. naash says:
    September 14, 2018 at 1:16 pm

    HIIII dhonthiii….. aluvx shai vv excite vane ey dhw e 2 myhn naky ekaku kan ngunyma… mi part vx vvv obi maasha allah…. whn nxt??? yh dhonthii hudhaa naash ge first hama rangalhah vx athulaifi.. heheh… luv ya dhoonyaa

    1. Dhonthiii says:
      September 14, 2018 at 2:35 pm

      Hii naash. Naash ge comment naisgen intizaaruga mi ihnany hehehe.. thankyou loabi loabi naash ? hmm hudher mihaaru konmefaharaku first hoadhany hehehe. Next part liyevunhaa avahah up kohladheynan ingey ??

  8. naash says:
    September 14, 2018 at 2:45 pm

    miadhu Friday v ma bxy kamn.. srry dear… naash ge lwbi lwbi dhonthii lah vaa ehaavarah inthixaar kurevunyma…. + v happy vx vejje

    1. Dhonthiii says:
      September 14, 2018 at 2:59 pm

      Aaan dhw friday ey handhaan ves nethuny hehehe. Its ok ei evaru kameh nun ???

  9. naash says:
    September 14, 2018 at 3:47 pm

    ??☺☺☺???

  10. naash says:
    September 15, 2018 at 5:04 pm

    DHONTHIIIIII……….. ……… whn nxt lwbiiiiiiiiiiiiiiiiiiiiiiiiii…..???????????☺☺???????

    1. Dhonthiii says:
      September 15, 2018 at 8:16 pm

      Maadhamaa vaahaka submit kohladheynen ingey loabi loabu naash ???

  11. Hudher says:
    September 15, 2018 at 8:35 pm

    Heyyyyyy dhonthiiiiiiiii…..kihinehthaaaaaaa………..hey naaaaash kihinehthaaaaaaa……v v v vvv miss vey dhonthii and naash mathin……saranghae ?????????????????????

    1. Dhonthiii says:
      September 15, 2018 at 9:06 pm

      Hey hudher iraadha kurehvihyaa dhonthiii rangalhu. Hudher kihineh. Next part iraadha kurehvihyaa maadhan submit kohladheynan ingey. Adi nunimey liye ehenve.

  12. naash says:
    September 15, 2018 at 9:12 pm

    naash hama bst… yayyyyyyyyyyyyy finalyy raajje molhu v dhw… Alhamdulillah…. sisiii I’m over the moon…

  13. Hudher says:
    September 15, 2018 at 9:48 pm

    Hudher iraadha kurevviyya v v v v best………dhw finallyyyyyyy…….alhamdhulillah….. i’m also floating on air….. higaa dhw mikan faahaga kollan dhw…..aslu v v v v v v v ufaavefa mihuryyy…..10 aharu fahun dhw…

  14. Hudher says:
    September 15, 2018 at 9:54 pm

    🙂

  15. Dhonthiii says:
    September 16, 2018 at 6:22 am

    Vaahaka submit kohlaafin ingey…..

  16. Anonymous says:
    September 16, 2018 at 11:27 am

    why is it taking too long to upload

    1. Dhonthiii says:
      September 16, 2018 at 12:05 pm

      I dnt knw.. baeh faharu 2 days ves eba nagaa. Dhonthiii ah gaimuves mihaarh ehen 2 faharu dhimaavehje… so sorry lasvaathy but ei dhonthiii kuraakameh nun.

  17. ? Unknown ? says:
    September 16, 2018 at 11:44 am

    Ekam haadha lahey up vaaleh. Waiting…………….

Comments are closed.

Next Episodeލޯތްބަކީ 15←


All Right Reserved!