Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ހުޅުކޮޅު 10

hygge Level 510 Stories100 Comments100 Login500 Comments
September 10, 2018 10 Mins Read
13 Comments

އާލިމާގެ ލޮލުން ކަރުނަ ފާއްދާލީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. ދާނިޔަލް މަތިން ހަނދާންވި ވަގުތު އިހުނަށްވުރެ ގިނައިން ލޮލުން ކަރުނަ އަންނަން ފެށިއެވެ. އެފަކީރު އޭނާއާއި ނުލައި އުޅޭނެ ޙާލު ހިތަށް އަރުވާލަންވެސް އާލިމާއަށް ދައްޗެވެ. އެ ދަރިފުޅަކީ އޭނާގެ ހުރިހާ އުންމީދެކެވެ. އެ ދަރިފުޅުގެ ހުރިހާ ހުވަފެންތަކެއް ޙަޤީގަތަކަށް ވާތަން ދެކެން އޭނާވެސް ބޭނުމެވެ. ނަމަވެސް އެ ނަސީބު އޭނާއަށް ލިބޭނެ ބާވައެވެ؟

“އަޅުގަނޑުމެންނަށް ވީވަރަކުން މަސައްކަތް ކޮށްދެވޭތޯ ބަލާނަން.. އެކަމަކު އާލިމާގެ ފަރުވާއަށް މިވަގުތު އެންމެ ރަނގަޅީ ބޭރުގެ ހޮސްޕިޓަލެއް.. އަޅުގަނޑުމެން އެ ހޮސްޕިޓަލުގެ ނަމާއި އިތުރު މައުލޫމާތުތައްވެސް ދޭނަން.. ވީހާވެސް އަވަހަކަށް ފަރުވާ ބޭނުންވަނީ.. ނޭނގޭނެ ކުރިޔަށް ވާނެ ގޮތެއް ބުނާކަށް.. ހަމަ އެންމެ ފަހު ވަގުތުވެސް ސަލާމަތް ވެދާނެ.. އެހެން ވީމަ އުންމީދު ކަނޑާނުލައި މަސައްކަތްކުރުން އޮތީ..” ޑޮކްޓަރ އާލިމާއަށް ހިތްވަރު ލައިދެމުން ދިޔައެވެ. ނަމަވެސް އާލިމާ ހުރީ މިވަގުތު އެއިން ކަމަކާއި ދޭތެރޭ ވިސްނޭވަރަށްވުރެ ހާލު ދެރަވެފައެވެ. އޭނާ މިހާރަކަށް އައިސް މާ ބޮޑަށް ވަރުދެރަވާ ކަމުގެ ސިއްރަކީ މިއީތާއެވެ.

***

“ދާނިޔަލް.. އިހަށް ހިނގާބަލަ ހޮސްޕިޓަލަށް.. ބޭބެ އެބަޖެހޭ ޑޮކްޓަރަށް ދައްކާލަން.. މިއުޅެނީ އަތުގެ ހުޅެއްގަ ރިއްސާތީވެ.. ދުވަސްގަނޑެއް ވެއްޖެ މިކަމުގަ އުޅޭތާ.. އެހެންވެ ރަނގަޅުވޭތޯ ހުއްޓާވެސް ދެން ރަނގަޅު ނުވީމަ ޑޮކްޓަރަށް ދައްކާލާނީއޭ މ ހިތަށް އަރަނީ..” ކާރުދުއްވަމުން ދިޔަ ދާނިޔަލްއަށް އަރީފްބުނެލީ ކުއްލިޔަކަށް ހަނދާންވުމުންނެވެ. އެހިނދު ދާނިޔަލްވެސް އިތުރު ދެބަސްވުމެއްނެތި ކާރުގެ މިސްރާބު ބަދަލުކޮށްލިއެވެ.

ޑޮކްޓަރު ވާހަކަދައްކާ ނިމުމުން އާލިމާ މާޔޫސްވެފައިހުރެ އެ ކޮޓަރިން ނިކުތެވެ. އެޔަށްފަހު މަޑުމަޑުން ހިނގާލައިފައި ގޮސް ހޮސްޕިޓަލުން ނިކުމެގެން ދިޔައެވެ. ނަމަވެސް އާލިމާއަށް ހުއްޓުން އެރީ ތަންކޮޅެއް ދުރުން ފެންނަމުން ދިޔަ ސޫރައެއްގެ ސަބަބުންނެވެ. އެއީ އޭނާގެ ދަރިފުލު ދާނިޔަލް ނޫން ދެވަނަ މީހެއް ނުނެވެ. އެވަގުތު އޭނާގެ ހަނދާނަށް މީގެ ދެތިން މިނެޓު ކުރިން ވެދިޔަ ކަންތަށް އަންނަން ފެށިއެވެ. އޭގެ ދެވަނަ ސިކުންތުގައި އާލިޟާގެ ލޮލުން ހޯސްލައިފައި ކަރުނަ އަންނަން ފެށިއެވެ.

އޭނާއަށް ހަމަ ބިމަށް އާދެވުނީ މީހަކު ހިނގައިފައި އައި ގަޑީގައި އޭނާ ގައިގައި ޖެހުމުންނެވެ. އެވަގުތު އާލިމާ އޭނާގެ ދެލޯ ރަނގަޅަށް ފުހެލިއެވެ. ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އާލިމާގެ މޫނުން އޮށްދާ ހިއްލަން ފެށި ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައެވެ. ދާނިޔަލް ގާތު އޭނާގެ ހަޤީގަތް ބުނެވޭކަށް ނެތެވެ. އަނެއްކޮޅުން އޭނާ ހޮސްޕިޓަލަށް އެ އައީ ރައްޓިއްސެއް ކައިރިއަށް ދަނީކަމަށް ބުނެފައެވެ.

ވީއިރު ދާނިޔަލްއަށް އޭނާ ފެނިއްޖެއްޔާ ދާނިޔަލްގެ ސުވާލުތަކާއި ކުރިމަތިވާނެކަން ގައިމެވެ. އެ ސުވާލުތަކަށް ޖަވާބުދޭނެހާ ހިތްވަރެއް މިވަގުތު އޭނާގެ ނެތެވެ. ދޭނެ ޖަވާބެއް ޙަޤީގަތުގައި އޭނާ އަތުގައި ނުވެސް ނެތީއެވެ. އާލިމާ އަވަސް އަވަހަށް ހޮސްޕިޓަލުގެ އެހެން މަގަކުން ހިނގައިގަތެވެ. އެޔަށްފަހު ވަރަށް ސިއްރު ސިއްރުން ހޮސްޕިޓަލުން ނިކުމެގެން ދިޔައެވެ.

ދާނިޔަލްއަށް ނުފެނި ހޮސްޕިޓަލުން ނިކުމެވުމުން އާލިމާ ހިތާހިތުން ﷲއަށް ޙަމްދުކޮށްލިއެވެ. އެޔަށްފަހު މަޑުމަޑުން ހިނގާލައިފައި އޭނާ ކުރިޔަށްދިޔައީ މިސްރާބެއްނެތި ދުއްވާ އޮޑިއެއް ފަދައިންނެވެ. އޭނާގެ ސިކުނޑީގައި އެވަގުތު އުފެދިފައިވާ ހައިޖާނުގަނޑުގެ ސަބަބުން ދާނެ ވަކި ދިމާލެއްވެސް ހިތަކަށް ނައެވެ. އެހެން ކަމުން ކުރިޔަށް ދިޔައީއެވެ.

ރަސްފަންނުގެ ހިތްގައިމު މަންޒިލަށް އާދެވުމުން ފިނި ފިނި ވައިރޯޅިތަށް އާލިމާގެ ގައިގައި ބީހެމުން ދިޔައެވެ. އެ މާޙައުލުގެ ސަބަބުންވެސް އާލިމާގެ ސިކުނޑިއަށް ލުއިކަމެއް ލިބުނުހެން ހީވިއެވެ. އޭނާ ދިޔަ ގޮތަށް ގޮސް އެތާ ހުރި ހަޓެއްގެ ދަށުގައި އިށީނދެލިއެވެ. ހެނދުނު ގަޑިކަމުން އަވި ދިއްލާލައިފައި އޮތް ނަމަވެސް ޖެހެމުންދާ ވައިރޯޅީތަކުގެ ސަބަބުން ހޫނެއް ނުވެއެވެ.

އާލިމާއަށް އެތާ އިށިންދެވުމާއެކު އަނެއްކާވެސް އޭނާގެ ވިސްނުން ޖެހެމުންދިޔަ ވައިރޯޅިތަކާއެކު އުދުހިގެން މާދުރަށް ދިޔައެވެ. “މަންމާ.. މަންމަ ނުދައްޗޭ ދާންކޮ ދޫކޮށްލާފަ.. މިހާރު ދާންކޮގެ ބައްޕައެއްވެސް ނެތް.. މަންމާ ބައްޕަ ކޮންތާކަށްތަ ދިޔައީ؟ ބައްޕަ ދިޔަގޮތަށް މަންމަ ނުދައްޗޭ.. އޭރަށް ދާންކޮ ވަރަށް ދެރަވާނެ.. ދާންކޮ ވަރަށް އެކަނިވާނެ..” އާލިމާގެ ހަނދާނަށް އައީ ދާނިޔަލް ކުޑައިރު އެއްދުވަހު އޭނާ ގާތު ދެއްކި ވާހަކައެކެވެ.

އެދުވަހު ދާނިޔަލް ނިންދަވާފައި އާލިމާ ދިޔައީ ފިހާރައަކަށެވެ. ނަމަވެސް އޭނާ އަންނަން ވާއިރަށް ދާނިޔަލްއަށް ނިދިން ހޭލެވުނީއެވެ. އާލިމާއަށް ގެޔަށް އާދެވުނު އިރު އެފަކީރު ހުރީ ރޮއެ ރޮއެ ހަލާކުވެފައެވެ. އެދުވަހު އަނެއްކާވެސް އެތަށް ދުވަހަކަށްފަހު އަދީލް ނުފެންނާތީ އަދީލްއާއި ބެހޭގޮތުން ސުވާލުވެސް އާލިމާއާއި ދާނިޔަލް ކުރިމަތި ކުރުވީއެވެ.

މާޒީގެ ޞަފުޙާތަށް އުކެމުން ދިޔަ ވަރަކަށް އާލިމާގެ ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތަށްވެސް ދިޔައީ އިތުރުވަމުންނެވެ. ކަރުނައަކަށްފަހު ކަރުނައެއް އާލިމާގެ ކޯތާފަތަށް ބޮސްދެމުންގޮސް ފައިބައިގެން ދެއެވެ. ނަމަވެސް އޭނާ ތުންފަތުގައި ދަތް އަޅާލީ ކެތްކުރުމަށެވެ. އޭނާގެ ރުއިމުގެ އަޑު ބޭރުނުކުރުމަށެވެ. ވާން އޮތް ކަމެއް ހުއްޓުވޭނީ ކާކަށް ހެއްޔެވެ؟ އެންމެފަހުން އާލިމާގެ ދެތުންފަތުގެ ދޭތެރެއިން މަޑު ގިސްލުމެއްގެ އަޑު ބޭރުވިއެވެ. އެ އަޑު އިވޭ ކޮންމެ މީހެއްގެ ހިތަށްވެސް އަސަރު ކުރާނެކަން ގައިމެވެ.

ފަސްވަރަކަށް މިނެޓުފަހު އާލިމާ ހަމައަކަށް އެޅެން މަސައްކަތް ކުރިއެވެ. ހިތްވަރާއެކު އަތްތިލައިގެ ނުފުށުން ލޮލުން އައިސްފައިހުރި ކަރުނަތައް ފުހެލިއެވެ. ދެން އިތުރަށް އެ ކަރުނަތަށް ނުބާލުވާނަމޭ ބުނާ ފަދައެވެ. އާނއެކެވެ. އޭނާ އެ ކަރުނަތަށް އެ ފުހެލި މުޅިން އާ ހިތްވަރަކާއެކުއެވެ. އާ އާޒުމަކާއެކުއެވެ. ދުނިޔޭގައި ކިތަންމެ މަދު ވަގުތެއް ހޭދަވިއަސް އޭނާގެ ދަރިފުޅަށްޓަކައި އާލިމާ ހިތްވަރު ކުރާނެއެވެ. އެ ދަރިފުޅަށްޓަކައި ތެދުވާނެއެވެ. ކޮންމެ މީހަކަށްވެސް ވަނީ ވަކި ވަގުތެއް ކަނޑައެޅިފައެވެ. ވީއިރު އާލިމާ ކިތަންމެ ވަރަކަށް ހިތާމަ ކުރިއެއްކަމަކު އޭނާގެ މަރު އޭނާއަށް ހިފެހެއްޓޭނެ ހެއްޔެވެ؟

އާލިމާ ދެލޯ ފުހެލަމުން އިން ތަނުން ތެދުވެ ގެއަށް ދާން މިސްރާބުޖެހީ މާ ބޮޑަށް ލަސްވެދާނެތީއެވެ. އޭނާއަށް މިވަގުތު ރަނގަޅީ ދާނިޔަލްއާއި ގެއިންވެސް ދިމާނުވެއްޖިއްޔާއެވެ. އޭނާ އެ ހުރިގޮތް ފެނިފަ ދާނިޔަލްއަށް ޝައްކުވެދާނެތީއެވެ. އެހެން ކަމުން ދިގު ފިޔަވަޅުތަކެއްގައި އާލިމާ ގެއަށް ދާން މިސްރާބު ޖެހިއެވެ.

***

“ރުކާއަށް އިނގޭތަ؟ އެއްކަލަ ސޮރަށް ވަރުގަދަ ލަނޑެއް ދިނީމޭ މިއަދު..” އާލާ އޭނާއާއެކު ގޭގެ ބަގީޗާގެ ފެހި ވިނަގަނޑު މަތީގައި އިށީނދެލައިގެން އިން ރުކާއާއި ވާހަކަ ދައްކަމުން ދިޔައެވެ. “ކޮން ސޮރެއް؟” ރުކާއަށް އާލާ އެބުނީ ކާކުގެ ވާހަކައެއްކަން ނަގައިނުގަނެވުމުން ދެބުމަ ގާތްކޮށްލުމަށްފަހު ސުވާލުކޮށްލިއެވެ. “ދާނިޔަލް.. އެއްކަލަ ދާނިޔަލް..” އާލާ ފުޅާ ހިނިތުންވުމަކާއެކު ބުނެލިއެވެ. އެހިނދު ރުކާ އަނެއްކާވެސް ކިހިނެތް ވީހެއްޔޭ އަހާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އާލާ ކަންތައްކުރިގޮތް އަލިފުން ޔާޔަށް ނިކަން ހެވިލައިފައިހުރެ ކިޔާ ނިންމާލިއެވެ.

ރުކާއަށް އިނދެވުނީ އަނގަ ހުޅުވިފައެވެ. އާލާ ދާނިޔަލްއަށް ނަފްރަތު ކުރިޔަސް އެވަރުގެ ފިޔަވަޅެއް އަޅަފާނެއެކޭ އޭނާ އަށް ކުޑަކޮށްވެސް ވިސްނިފައެއް ނެތެވެ. މިއީ ކޮންކަހަލަ ކުއްޖެއް ހެއްޔެވެ؟ ތިމާއާއި މެދުގައި ނޫނީ އޭނާ ނުވިސްނައެވެ. އެހެން މީހުންނަށް ހިތުހުރި ގޮތެއް ހަދާއިރު އެމީހުންނަށް ލިބޭނެ ދެރައަކަށް ވިސްނާލުން ކީއްހެއްޔެވެ؟ އެ ހުރިހާ ވާހަކައެއް ވީ ރުކާގެ ހިތުގައެވެ.

“އާލް މޮޔަވީތަ؟ އެކަމަކު ތިހެން ހަދަން ހެޔޮވާނެތަ؟ އޭނާގެ އެއްވެސް ކުށެއްނެތި މަންމަގެ ހިތުގަ އޭނާއާއި ދޭތެރޭ ތި ނަފްރަތު އުފެއްދީ..” އާލާ ކަންތައްކުރިގޮތް ރުކާއަކަށް ކަމަކު ނުދިޔައެވެ. ކޮންމެ ގޮތެއް ވިޔަސް ދާނިޔަލްގެ އެއްވެސް ކުށެއް ނެތް އިރު އޭނާ އެފަދަ ގޮތަކަށް ބޭޒާރުކޮށްލާކަށް ނުވާނެއެވެ. ރުކާ ހުރީ އާލާގެ އެ ޢަމަލުން ކޮންމެވެސް ވަރަކަށް ހިތްހަމަ ނުޖެހިފައެވެ. “ރުކާ ހާސްނުވެބަލަ.. އެއީ ދެން އެވަރު ކަމެއްތަ؟ އެއިރަށް އޭނާ މިގެއިން ދާނީ އަވަހަށް.. އެއީ އާލްގެ ބޭނުމަކީވެސް..” އާލާ އެހެން ބުނެ ހިނިތުންވެލައިފައި އިން ތަނުން ތެދުވެ މާގަސްތަށް ކައިރިއަށް ދިޔައެވެ. އެހިނދު ރުކާވެސް ދެފަރާތަށް ބޯ ހޫރުވާލުމަށްފަހު ތެދުވެ އާލާއާއި ގާތަށް ދިޔައެވެ.

***

އާލިމާ ނިކަން މަޑުމަޑުން ގޭތެރެއަށް ވަދެގެން ދިޔައެވެ. ދާނިޔަލް ގޭގައި އުޅޭނަމަ އޭނާއަށް ކުޑަވެސް ޝައްކެއް ވާކަށް އާލިމާ ނޭދެއެވެ. ކޮޓަރިއަށް ވަނުމަށްފަހު އާލިމާ އޭނާ އަޅައިގެން ހުރި ކަޅު ކުލައިގެ ކަން ބުރުގާ ބޭލިއެވެ. އެޔަށްފަހު ފާޚާނާއަށްވަދެ ރަނގަޅަށް މޫނު ދޮވެލީ ދެލޯ ރަތްވެފަ ހުރިކަން ފޮރުވޭތޯއެވެ. އެކަން ނުވެއްޖެނަމަ އަނެއްކާ އޭނާ ޖެހޭނީ ދާނިޔަލްއަށް ދޮގެއް ހަދާށެވެ.

މޫނު ދޮވެލާ ހަދައިގެން އިރުކޮޅެއް ވާންދެން ލޯގަނޑު ކުރިމަތީގައި އާލިމާ ހުއްޓިލައގެން ހުރީ އަމިއްލަ ސޫރައާއި ދިމާލަށް ބަލަހައްޓައިގެންނެވެ. އޭނާގެ މޫނުމަތިން ފެންނަން ހުރީ ވަރުބަލިކަމެވެ. އިރުކޮޅެއް ވާންދެން އެހެން ހުރުމަށްފަހު އާލިމާ ކޮޓަރިން ނިކުތީ ކޮންމެ ގޮތެއވިޔަސް ހެޔޮ ކަމަށެވެ. “އަނހަ.. މަންމަ އައީތަ؟” އާލިމާއަށް ނިކުމެވުނި ދާނިޔަލްގެ ކުރިމައްޗަށެވެ. އެހިނދު އާލިމާ އުނދަގުލުން ހިނިތުންވެލުމަށްފަހު ދާނިޔަލް ގާތު އާނއެކޭ ބުނެލިއެވެ.

“މަންމަ މިދަނީ ފޯށްކޮށަން މިތާ ބޭރު ޖޯލިފައްޗަށް އިނގޭ..” އާލިމާ ދާނިޔަލް ގާތު ބުނެލުމަށްފަހު ގޭގެ ގޯތިތެރޭގައި ހުރި ޖޯލިފަތީގައި އިށީނދެ ހަމަޖެހިލިއެވެ. އެޔަށްފަހު ފޯށްކޮށަން ފެށިއެވެ. ގައިގައި އެންމެ ފުރިހަމައަށް ވަރު ނެތްނަމަވެސް އާލިމާ ހިތްވަރު ކުރިއެވެ. އޭނާ މިހާރު އެ މަސައްކަތްކުރަނީ އޭނާ ދާނިޔަލް އަށް ދިނުމަށްޓަކައި ވައުދުވި ހަދިޔާ ގަންނަން ބޭނުންވާ ރުފިޔާ ހަމަކުރާށެވެ. ދެން އިތުރަށް އޭނާއަށް ބޭނުންވަނީ އެންމެ ހާހެކެވެ.

އާލިމާ ބަލި ވިއެއް ކަމަކު އޭނާގެ މަސައްކަތް އެންމެ ފިޔަވަޅެއްވެސް ފަހަތަށް އަޅާކަށް އޭނާ ނޭދެއެވެ. އަދި އަމުދުން ދާނިޔަލްއަށް ޝައްކުވާކަށް އޭނާ ނޭދެއެވެ. އޭނާ ބޭނުންވަނީ އޭނާގެ އެންމެ ފަހު ނޭވާވެސް ދާނިޔަލް އުފަލުން ހުއްޓާ ދޫކޮށްލާށެވެ. އޭނާގެ ހިތުގައި ދާނިޔަލްއަށް ވަނީ އާދަޔާ ޚިލާފު މައިވަންތަކަމުގެ ލޯތްބެވެ. އެ ދަރިފުޅަށްވުރެ މުހިއްމު އެކަކުވެސް އޭނާއަށް މި ދުނިޔޭގައި ނެތެވެ.

“ދާން މިއަދު ހޮސްޕިޓަލަށް ދިޔައިން.. ހާދަހާ މީހުން ގިނައޭ ދޯ މިދުވަސްކޮޅު އެތާ..” ދާނިޔަލް ދެޖީބަށް އަތް ޖަހާލައިގެން ހުރެ ވާހަކަ ދައްކަމުން އައިސް އާލިމާ ގާތު އިށީނެވެ. އެވަގުތު އޭނާގެ ޙަރަކާތްތަކަށް ހުއްޓުމެއް އައެވެ. ދާނިޔަލް ބުނެލި ގޮތުން ހީވަނީ އޭނާއަށް އާލިމާ ހޮސްޕިޓަލްތެރެއިން ފެނިގެން ގަސްދުގަ ސުވާލު ކުރީހެންނެވެ. އަނެއްކާ ދާނިޔަލްއަށް އޭނާ ފެނުނީކީ ނޫންބާވައެވެ؟ އެހެން ވެއްޖެނަމަ އޭނާ ދާނިޔަލް އަށް ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ އާލިމާއަށް ހޭވެރިކަމެއް ވީ ދާނިޔަލް އިނގިލިތަކުން އަޑު ގޮށްވާލީމައެވެ.

“މަންމާ އަނެއްކާ ކިހިނެއްވީ؟ ހާދަ ފުން ޚިޔާލެއްގައޭ ތީނީ ދެންމެ؟” ދާނިޔަލް ސުވާލު ކޮށްލިއެވެ. އެހިނދު އާލިމާ ހަމަޖެހެން މަސައްކަތް ކުރިއެވެ. “މިދުވަސްކޮޅު ރޯގާ ބާރުވީމަ ކަމަށްވެދާނެ މީހުން އެހާ ގިނައީ.. މަންމަ މި ހިތަށް އަރަނީ ދުނިޔޭގައި ހާދަ ތަފާތު ވައްތަރުގެ ބޮޑެތި ބަލިތަށްވެސް ޖެހޭ މީހުން އުޅެޔޭ..” އާލިމާ އެހެން ބުނެލީ ދެ މާނައެއް އެކުލެވޭ ގޮތަށެވެ. ނަމަވެސް ދާނިޔަލް ފަކީރަށް އެއިން ކަމެއް އިނގޭނީ ކިހިނަކުން ހެއްޔެވެ؟

“އެހެންވެޔެއްނު ދާން މިއުޅެނީ މޮޅު ޑޮކްޓަރަކަށް ވާން.. އެއިރުން މަންމަ ބަލި ވީމަ ދާން ހުންނާނީ މަންމައަށް ބޭސްކޮށްދޭން.. އެއްވެސް ޚަރަދެއް ނުދާނެއްނު އެއިރަކަށް.. ހެހެހެ..” ދާނިޔަލް ނިކަން ފޯރީގައި އިނދެ ވާހަކަ ދައްކަމުން ދިޔައީ ސަމާސާ ރާގަކަށެވެ. އެހިނދު އާލިމާއަށް ވެރިކޮށްލެވުނީ ހިތި ހިނިތުންވުމެކެވެ. ދާނިޔަލް ޑޮކްޓަރަކަށްވެގެން މީހުންނަށް ފަރުވާދޭން ފަށާއިރު އޭނާ ދުނިޔޭގައި ހުންނާނެ ކަމެއްވެސް ނޭނގެއެވެ. ކޮންމެ މީހަކާވެސް އެންމެ ދުރުގަ އަދި އެންމެ ގާތުގަ ވާ އެއްޗަކީ މަރެވެ.

“މަންމައަކަށް ހިއެއް ނުވޭ ދާންއަށްވެސް މަންމައަށް ފަރުވާދެވޭނެ ހެނެއް.. ﷲއަށް ދުޢާ ކުރުން އެކަނި އޮތީ.. އެކަލާނގެ މިންވަރު ކުރެއްވި ގޮތަކަށް ކަންތައް ވާނި.. ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް..” ޚިޔާލަށް ގެއްލިފައިހުރެ އާލިމާއަށް ތަންކޮޅެއް މަޑުން އެހެން ބުނެވުނީ ބޭއިޚްތިޔާރުގައެވެ. “ކީކޭ؟” ދާނިޔަލް އާލިމާ ގާތު އަހާލީ އާލިމާ އެއްޗެކޭ ބުނިހެން ހީވުމުންނެވެ.

އާލިމާ ބުނިލެއް މަޑުކަމުން އޭނައަށްވެސް އެބުނީ ކީކޭކަން ނޭނގުނެވެ. “މީ.. ކިތަންމެ ގިނަ ހުރަސްތަކެއް ގިރާކުރަން ޖެހުނަސް އުންމީދު ކަނޑާ ނުލައި ކުރިޔަށް ދާށޭ.. އަދި ދަރިފުޅު މޮޅު ޑޮކްޓަރަކަށް ވާން ވާނެޔޭ.. ﷲ އިރާދަފުޅުން ދާންއަށް ޑޮކްޓަރަކަށް ވެވޭނެޔޭ..” އާލިމާ އަވަސް އަވަހަށް ބުނެލިއެވެ. އެއިރު އޭނާގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. އެގޮތުގައި އެ ދެމީހުން އެތާ ތިބެ ވަގުތުތައް ގުނަމުން ދިޔައެވެ.

***

“އަހަންނަށް އަނެއްކާ ދާނިޔަލް ކަމުދިޔައީތަ؟ ނޫނީ އޭނަދެކެ ލޯބި ވެވުނީތަ؟” ލޯގަނޑު ކުރިމަތީ ހުރެ ލަދުރަކި ހިނިތުންވުމަކާއެކު ރިޔާޝާ ބުނެލިއެވެ. އެރެއަށްފަހު އޭނާއަށް ދާނިޔަލްއާއި ދޭތެރޭ ހަމަ ވިސްނެނީއެވެ. “ވަޓް؟” ރިޔާޝާ ސިއްސައިގެން ދިޔައީ ފަހަތުން އިވުނު ބާރު އަޑުންނެވެ. އަވަސް އަވަހަށް އޭނާ ފަހަތަށް އެނބުރިލި އިރު ހުރީ ރުކާ އެވެ. “ދޮންތަ ކީކޭ ތިކިޔަނީ؟” ރުކާ އަނެއްކާވެސް ދެބުމަ ގާތްކޮށްލަމުން އަހާލިއެވެ. “ދޮންތަ އެއްޗެކޭ ކިޔައިފިންތަ؟ މީ.. ހިނގާބަލަ ހަވީރު ތާކަށް ގޮސްލަން.. އައިސް ކްރީމް ބޯހިތުން މިއުޅެނީ..” ރިޔާޝާ މައުލޫ ބަދަލު ކޮށްލެވޭތޯ މަސައްކަތް ކުރިއެވެ.

“އަނހަ ހަ.. ތިހެން ދޮންތައަށް ކަންތައް ކުރެވޭނީ ގަމާރުން ކައިރީގަ.. އަހަންނަށް އިނގޭ ތިއުޅެނީ މައުލޫ ބަދަލު ކުރަންކަން..” ދެއަތް އުރާލަމުން ރުކާ ބުނެލިއެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށް ނެތެވެ. އެހެން ކަމުން ހަދާނެ ގޮތެއް ނޭނގިފައި ރިޔާޝާއަށް ހުރެވުނީއެވެ. އެ މޫނުމަތިން ދާހިތްލާލަން ނެގީ މަދު ސކުންތު ކޮޅެކެވެ. އެޔަށްފަހު ލަސް ލަހުން އަނގަޔަށް އިނގިލި ލުމަށްފަހު ނިޔަފަތި ހަފަން ފެށިއެވެ. ހާސްވެއްޖިއްޔާމު ރިޔާޝާއަށް އަބަދުވެސް ކަންތައް ކުރެވޭ ގޮތަކީ އެއީއެވެ. ރުކާ ގާތަށް ހިނި އައި ނަމަވެސް ހިނިގަނޑު މަތަކޮށްލައިގެން ހުރީއެވެ.

“އައި ލައިކް ހިމް..” ރިޔާޝާ މަޑުމަޑުން ބުނެލިއެވެ. އެހިނދު ރުކާގެ ހަށަންބަނދެވިފައިހުރި ދެއަތް މޮހެވިގެން ދިޔައެވެ. “ކާކު؟” ދެބުމަ ގާތްކޮށްލަމުން ރުކާ އަހާލިއެވެ. “ދަ.. ދާނިޔަލް..” ރިޔާޝާ ބުނަން ނުބުނަން ހުރެފައި ބުނެލިއެވެ. އެހިނދު ރުކާއަށް ދެލޯ ބޮޑުކޮށްލުމަށްފަހު އަނގަމަތީ އަތް އަލާލެވުނެވެ. “ދޮންތާ؟” ރުކާ ވަރަށް ސީރިއަސް ވެލައިފައި ރިޔާޝާއަށް ގޮވާލިއެވެ. އެހިނދު ރިޔާޝާ ދެއަތް ދެއަތާއި މޮޑެން ފެށީ ހަދާނެ ގޮތެއް ނޭނގުމުންނެވެ.

ހާސްވެ ކަންބޮޑުވެފައި ހުރި ރިޔާޝާ ސިހުނީ ރުކާ ބާރަށް ހޭން ފެށުމުންނެވެ. އެހިނދު ރިޔާޝާ އޭނާއަށް ބަލަހައްޓައިގެން ހުރީ ވާނުވާ ނޭނގިފައެވެ. “ދޮންތަ ހާދަ މަޖަލޭ ސީރިއަސް ވީމަ.. ބިރުންގޮސް ހީވަނީ ރޮވެން ގާތްވެފަ ހުރިހެން..” ރުކާ ގޮސް ރިޔާޝާގެ އެނދުގައި އޮށޯވެ އޮވެ ހެމުން ދިޔައެވެ. ރިޔާޝާ ދެއަތް އުރާމަށްފަހު ރުކާ އާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.

“އެ ކީއްވެޔޯ ދޮންތައަށް އޭނާ މާ ކަމުދޮޔައީ؟” ރުކާ ރިޔާޝާއާއި އެންމެ ފަހުން ސުވާލުކޮށްލިއެވެ. އެހިނދު ރިޔާޝާ އޭނާއަށް ކަމދާ ދާނިޔަލްގެ ސިފަތަށް ކިޔަން ފެށިއެވެ. އޭނާގެ ރީތިކަމުގެ ވާހަކައެވެ. ކަޅުކަންގަދަ ފަން އިސްތަށިގަނޑުގެ ވާހަކައެވެ. ރީތި ދެލޮލާއި ބުމައިގެ ވާހަކައެވެ. ދޮން ހަންގަނޑުގެ ވާހަކައެވެ. ރިޔާޝާ ކިޔައިދޭން ފެށުމުން ރުކާވެސް އެކަމަށް އެއްބަސްވެލުމަށްފަހު އެ ކޮޓަރިން ނިކުންނަން ދިޔައެވެ. އޭނާ އެކަމަމާއި މާބޮޑަކަށް އަޅައެއް ނުލިއެވެ. އޭނާއަށް ހީވަނީ ރިޔާޝާ މަޖަލަކަށް އެހެން ކީ ކަމަށެވެ. ރިޔާޝާއަކީ އާންމުކޮށް ޓީވިއިން ރީތި ފިރިހެން ކުއްޖެއް ފެނިއްޖެއްޔާ އެ ކުއްޖެއްގެ ވާހަކަ ހުއްޓާނުލައި ރުކާ ގާތު ދައްކާ ކުއްޖެކެވެ. އެހެން ކަމުން ރުކާ އެވަރުން އެކަމާއި ނޫޅުނީއެވެ.

“އެހެމް އެހެމް.. ހާދަ އަވަހަކަށް ސަލާމަތް ވާން ތިއުޅެނީ؟” ކޮޓަރިން ބޭރަށް ނިކުންނަށް އަޅަ އަޅާ ހުރި ފިޔަވަޅު ރުކާ މަޑުކޮށްލީ ފަހަތުން އިވުނު ރިޔާޝާގެ އަޑުންނެވެ. އެހެން ކަމުން އޭނާ ކިހިނެތް ވީތޯ އަހަންވެގެން ރިޔާޝާއާއި ދިމާލަށް އެނބުރިލިއެވެ. އެވަގުތު އައި ނައިތަނެއް ނޭނގި ރުކާގެ މޫނަށް ޖެހުނީ ފެނެވެ.

ރުކާއަށް ހުރެވުނީ ލިބުނު ސިހުމުގައި ދެއަތް އުނަގަނޑާއި ހަމައަށް ހިއްލާލައިގެންނެވެ. އޭނާގެ އަނގަ ހުޅުވިފައި ވާއިރު ދެލޯ ވަނީ މެރިފައެވެ. ބުރުގަލުގައި މޫނުމަތީގައި ހުރީ ހުސް ފެން ތިއްކެވެ. އެވަގުތު ރިޔާޝާ ބާރަށް ހޭން ފެށިއެވެ. “ދޮންތައަށް ލަނޑެއް ދީފަ އެހާ ފަސޭހައިން ރުކާއަކަށް ސަލާމަތެއް ނުވެވޭނެ އިނގޭ.. އާހް.. ތެންކް ޔޫ އިފޫ.. ތންކް ޔޫ ސޯ މަޗް.. ތުއްތަ ކުރީދުވަހު ގެއަށް އައި އިރު އައީ އިފޫވެސް ގޮވައިގެން.. އިފޫ ގެންގުޅުނު ފެން ބަޑިއެއް މީ.. އޭނާ މިކޮޓަރިއަށް ވަތް ގޮތަށް ދިޔައީ މީ މަތިން ހަނދާން ނައްތާލައިފަ..” ހެމުން ހެމުން ރިޔާޝާ އޭނާއާއި ރުކާގެ ދައްތަ އަރުޝީނާ އާއި އަރުޝީނާގެ ދަރިފުޅު އިފްހާމްގެ ވާހަކަ ބުންޏެވެ.

“ދޮންތަ ގަނޑު..” ރުކާ ދެބުމަ ގޮށް ޖަހާލަމުން ރިޔާޝާއާއި ދިމާލަށް ބުނެލިއެވެ. އެހާ ހަމަޖެހިލައިގެން ހުރެ ފޮނިވެލައިފައި އެކޮޓަރިން ނިކުންނަން ދަނިކޮށް ރިޔާޝާ އެކުރީ ކީއްހެއްޔެވެ. ޖަހަން އަތް މަލާލައިފައި ރިޔާޝާ ދުން ޖަހައިފައި އެކޮޓަރިން ނިކުތެވެ. އެވަގުތު އަނެއްކާވެސް ރިޔާޝާ ހޭން ފެށިއެވެ.

***

“ދާނިޔަލް ހިނގާ އަވަހަށް ގެއަށް ދެވޭތޯ ބަލަމާ.. މިއަދު ވަރަށް ބުރަކޮށް މި އުޅުނީ އޮފީހުގަ.. މަސައްކަތްތަށް ގިނަ ދުވަސް ދުވަހު މިކަހަލަ ގޮތަކަށް އުޅެން ވާނީ..” އަރީފްގެ އޮފީސް ހިންގާ ފަނަރަ ވަރަކަށް ބުރީގެ ބޮޑު އިމާރާތުގެ ކުރިމަތީގައި އޮތް ކަޅު ކާރަށް އަރަމުން އަރީފް ދާނިޔަލް ގާތު ބުނެލިއެވެ. އެހިނދު ދާނިޔަލްވެސް ރީތި ހިނިތުންވުމެއް ރައްދު ކޮށްލުމަށްފަހު ކާރު ދުއްވާލިއެވެ.

“ހުއް.. އެ ފިރިހެނާ އެ އައީ މިއަދުވެސް.. މަ އިއްޔެ އެވާހަކަ ދެއްކީމަވެސް ނޫޅޭ އަދި އޭނާ ވަޒީފާއިން ކަނޑާލާކަށް.. ކީއްކުރަންތަ އެކަހަލަ މީހުންނާއި ދޭތެރޭ ވިސްނަން ވިކީ.. އަރީފްވެސް އަދިވެސް މުސީބާތްތައް މަދުކަމުން އެ ކުއްޖާ މިގޭ ވަޒީފާއަކަށް ލާންވެއްޖެ ވިއްޔަ..” ކޮޓަރީގެ ބެލްކަނީގައި ހުރެގެން ގޭތެރެއަށް ވަދެގެން އައި ކާރު ފެނި ޝަޒިއްޔާ ކުދިކިޔަމުން ދިޔައެވެ. އިރެއްގައި ދާނިޔަލްއަށް އޭނގެ ހިތުގައި ރަހުމާއި ކުލުނު އޮތަސް މިހާރު އެހިތުގައި ވަނި އޭނާއަށްތަކައި ނަފްރަތެވެ. އޭނާގެ ހިތުގެ ކަނަކުން ދާނިޔަލް އާއި މެދު ރަނގަޅަށް ދެކުނަސް އަމިއްލަ ނަފްސަށް ބަހަނާ ދެއްކުމަށްފަހު ޝަޒިއްޔާ އެކަންތަށް މަތިން ހަނދާން ނައްތާލައެވެ. ރެއިލިންގައި ބާރުބާރަށް އަތުން ޖެހުމަށްފަހު ކޮޓަރިތެރެއށްވަދެ ބެލްކަނީގައި އިން ދޮރު ބާރަކަށް ޖަހާލިއެވެ.

އެޔަށްފަހު ގޮސް އެނދުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ސައިޑް ޓޭބަލް މަތީގައި އިން ފެން ޖަގުން ބިއްލޫރި ތައްޓަށް ފެން އެޅުމަށްފަހު ފެން ބޯން ފެށި ގޮތުން ހީވަނީ ހަށިގަޑުގެ ތެރޭގައި ބޮޑުވަމުން ދިޔަ ނުރުހުމުގެ ހުޅުގަނޑުވެސް ކުޑަކުރަން އުޅޭހެންނެވެ.

“ދާނިޔަލް އާދެބަލަ.. ބޭބެ އެއްޗެއް ދޭންވެގެން..” އަރީފް ކާރުން ފޭބުމުން ކާރު ގަރާޖަށް ލުމަށްޓަކައި ދާން އުޅުނު ދާނިޔަލްގެ ޙަރަކާތްތަކަށް ހުއްޓުމެއް އައީ އަރީފް ވާހަކަ ދެއްކި އަޑަށެވެ. އެހިނދު އޭނާގެ ހަނދާނަށް އައީ އިއްޔެގެ ޙާދިސާއެވެ. ދާނިޔަލްއަށް ދެފަރާތަށް މަޑުމަޑުން ބޯހުރުވާލެވުނީ ބޭއިޚްތިޔާރުގައެވެ. “މެ.. މޭމް..” ދާނިޔަލް އަރީފްއަށް ބަލައިލަމުން ބުނެލިއެވެ. އެހިނދު އަރީފް މަޑުމަޑުން ދެލޯ މަރާލީ ހުރިހާކަމެއްވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ. އެންމެ ފަހުން ހަތިޔާރު ބެހެއްޓުމަށްފަހު ދާނިޔަލް ކާރުން ފައިބައިގެން އަރީފް ފަހަތުން ދިޔައެވެ.

ބަދިގޭގައި ފެންބޯން ހުރި އާލާ ފެންތަށި ތުނބުގައި ޖައްސާލައިގެން ހުރެ ދޮރާއި ދިމާލަށް އެނބުރިލިއެވެ. އެހިނދު ކުއްލިޔަކަށް އޭނާ ކޮށިއެރީ ގޭތެރެއަށް ވަދެގެން އައި އަރީފްގެ ފަހަތުގައި ހުރި ދާނިޔަލް ފެނިފައެވެ. ތަށި ތުނބާއި ދުރުކޮށްލުމަށްފަހު އާލާ އެއްމިޔަކަނުން ހިނި އައި ގޮތުން ހީވީ މޮޅު ޚިޔާލެއް އައުމުން ހިނި އައީހެންނެވެ.

އާލާ ބަދިގެތެރޭގައި މަޑުކޮށްލައިގެން ހުރީ ވާގޮތެއް ބަލާށެވެ. އަރީފް މައްޗަށް އަރާތަން ފެނުމުން ނުލަފާ ހިނިތުންވުމަކާއެކު އޭނަ ބަދިގެއިން ނިކުތީ އަތުގައި ފެންބޯތަށި ބައިދައިގެން އިނދެއެވެ. އޭނާ ފެންބޯކަމަށް ހެދިގެން އައީ ކުރިމައްޗަށް ރަނގަޅަށް ނުބަލައެވެ. ވަރަށް ހަމަޖެހިލައިގެން ހުރެ އާލާ ހިނގާލައިފައި ދިޔައީ އޭނާގެ ޕްލޭން ކާމިޔާބު ވުމަށް އެދި ހުރެއެވެ.

އާލާއަށް ފުރަގަސްދީގެން ހުރި ދާނިޔަލްއަކަށް އާލާ އަންނަކަމެއް ނޭނގެއެވެ. އޭނާ ހުރީ ޝަޒިއްޔާ އައިސްދާނެތި ނުހަނު ހާސްވެފައެވެ. އާލާ އައި ގޮތަށް އައިސް ދާނިޔަލް ގައިގައި ޖެހިގަތުމަށްފަހު އަތުގައި އޮތް ފެންތަށި ދާނިޔަލް ގަޔަށް ވަރާލިއެވެ. އެހިނދު ފެންތަކުގެ ސަބަބުން ދާނިޔަލް ލައިގެން ހުރި ރަތްކުލައިގެ ގޮޅިޖެހި ގަމިސް އޭނާ ގައިގައި ތަތްވިއެވެ.

ހާސްވެފައި ހުރި ދާނިޔަލް ސިހުނީ ކުއްލިޔަކަށް ގައިގައި ބާރަށް އެއްޗެއް ޖެހުމުންނެވެ. ހަމަ އެވަގުތު ބުރަކަށްޓަށް ފިނިވެސް ވެގެން ދިޔައެވެ. ގެނައި ކުއްލި ޙަރަކާތާއި އެކު އޭނާއަށް ދުރަށް ޖެހިލުމަށްފަހު އެ ދިމާލަށް އެނބުރިލެވުނެވެ. އެއިރު އާލާ މަލާމާތުގެ ހިނިތުންވުމަކާއެކު ހުއްޓެވެ. “އޫޕްސް.. ސޮރީ..” އާލާ އެހެން ބުނުމަށްފަހު އަނެއްކާވެސް އެއްމިޔަކަނުން ހީލިއެވެ. އެހިނދު އާލާގެ ލޮލުގައި އަޅައިގަތީ ކޮޓަރިން ނިކުމެގެން އައި އަރީފް އާއި އޭނާގެ ފަހަތުން ރުޅި މޫނުހަދާފައި ހިނގާފައި ދިޔަ ޝަޒިއްޔާއެވެ.

އާލާ އޭނާގެ އަތުގައި އޮތް ބިއްލޫރި ތަށި ބިންމައްޗަށް ވައްޓާލިއެވެ. އެހިނދު ދާނިޔަލްއަށް ސިއްސައިގެން ގޮސް ފަހަތަށް ޖެހިލެވުނެވެ. ވެއްޓުނު ތަށި ތަޅައިގެން ގޮސް އެކި ތަންތަނަށް ބިއްލޫރި ކޮޅު ބުރައިގެން ދިޔައިރު ދާނިޔަލްއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ. އާލާ އެކުރަނީ ކިތް ބާވައެވެ؟ އޭނާގެ އެ ޢަމަލުގެ މަގްސަދަކީ ކޮބައިބާވައެވެ؟

“ކިހިނެތް ވަނީތަ؟” ސިޑިން ފައިބަމުންދިޔަ ޝަޒިއްޔާ އަޑުގެ ކޮޅަށް ބާރު ބާރަށް ބުނެލިއެވެ. އެހިނދު ދާނިޔަލްއަށް ސިހިފައި ސިޑިއާއި ދިމާލަށް ބަލައިލެވުނެވެ. އޭނާއަށް ދެލޯ ބޮޑުކޮސްލެވުނީ ޝަޒިއްޔާ ފެނުމުންނެވެ. އެހެން ވީމާ އާލާ އެކަމެއް އެކުރި ސަބަބަކީ މިއީތާއެވެ. ކޮންމެޔަކަސް ދެން ވާނެ ގޮތް ހިތަށް އަރުވާލެވުނު ހިނދު ދާނިޔަލްގެ މޭގަނޑު ނެގިނެގިފައި ޖެހެން ފެށިއެވެ.

“މަންމާ.. ދާނިޔަލް އައިސް އަޅުގަނޑު ގައިގައި ޖެހިގަނެފަ ތަށި ވައްޓާލީ.. އަޅުގަނޑަކަށް ނޭނގެ ކީއްވެކަމެއް އޭނާ އެހެން ހެދީކީ..” އާލާ މޫނުމަތިން މާޔޫސްކަން ދައްކަމުން ޝަޒިއްޔާ ކުރިމައްޗަށް އަރައިފައި ބުނެލިއެވެ. އެހިނދު ދާނިޔަލްގެ ހާސްކަން އިތުރުވީ އޭނާ ނުވެސް ކުރާ ކަމެއްގެ ޒިންމާ އާލާ އޭނާގެ ބޮލުގައި އެޅުވުމުންނެވެ.

ޝަޒިއްޔާގެ ރުޅިގަނޑުގެ އަލިފާނަށް ޕެޓުރޯލު އެޅުނު ފަދައެވެ. ކިރިޔާ ވަރެއްގަ ހުރި ޝަޒިއްޔާ އެއްޗެކޭ ބުނަން އުޅުނު ހިނދު އަރީފް އޭޏނާގެ އަތުގައި ބާރުބާރަށް ހިފާލިއެވެ. އެޔަށްފަހު ޝަޒިއްޔާއަށް ބަލައިލަމުން އަރީފް ދެފަރާތަށް ބޯ ހޫރުވާލި ދެދަތްޕިލް ފިއްތާ ބާރުކޮށްލަމުންނެވެ.

ޝަޒިއްޔާ އަރީފްއަށް ބެލުމެއްނެތި ވާހަކަ ދައްކަން އުޅުމުން އިހުނަށްވުރެ ޝަޒިއްޔާގެ އަތަށް އަރީފް ބާރުކޮށްލިއެވެ. މިފަހަރު ޝަޒިއްޔާއަށް ހަތިޔާރު ބަހައްޓަން މަޖުބޫރުވިއެވެ.

އަންހެނުންގެ ޢަމަލުތަށް ހުރި ގޮތުން އަރީފް ހުރީ ދެރަވެ ނުހަނު ހިތްހަމަ ނުޖެހިފައެވެ. އޭނާގެ އަތުން ފައިން ޝަޒިއްޔާއަށް ދެރައެއް ދޭން އަރީފް ހިތަށްވެސް ނާރުވައެވެ. އެހެން ނަމަވެސް މިއަދު އޭނާއަށް މަޖުބުރުވިއެވެ. ހެދޭނެ އިތުރު އެހެން ގޮތެއް ނެތިއެވެ. އާލާއަށް އޭނާ ކިތަންމެ އިތުބާރު ކުރިޔަސް ދާނިޔަލް އެފަދަ ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީން ކަން އަރީފް އަށް އޮވެއެވެ. ފަހަރުގައި އޮޅިގެން އާލާ ގައިގައި ދާނިޔަލް ޖެހުނީ ކަމަށްވެސް ވެދާނެއެއް ނޫންހެއްޔެވެ؟

“އަން.. ވަރަށް މައުލުމާތު ހުރި ފޮތެއް މީ.. މިދިޔަ މަހު މެލޭއަށް ދިޔައިރު ބުކްޝޮޕަކަށް ދިޔަ ތަނުން ފެނުނު ފޮތެއް.. ދާނިޔަލް ތީ ވަރަށް ފޮތްކިޔާ ކުއްޖެއްނު.. އެހެންވެ މި ފޮތް އޮތީމަ ހިތަށް އެރީ ދޭނީއޭ.. އަސްލު އާލާއަށް ދޭންވެގެން ގެނައީ.. ސައިންސް އާއި ގުޅޭ ފޮތެއް ވީމަ.. އެކަމަކު އާލްއަށް މިފޮތް ކަމަކު ނުދެޔޯ.. އެހެންވެ ހިތަށް އެރީ ދާނިޔަލްއަށް ދޭނީއޭ..” އަރީފް އޭނާ އަތުގައި އޮތް ފޮތް ދާނިޔަލްއަށް ދެމުން ބުނެލިއެވެ. އެހިނދު ދާނިޔަލް ގަދަކަމުން ހިނިތުންވެލަމުން އަރީފް ދިން ފޮތުގައި ހިފާލިއެވެ. އެޔަށްފަހު ޝުކުރު އަދާކުރިއެވެ. އަދި އަރީފްގެ ހުއްދަ ލިބުމާއެކު އެގެއިން ނިކުމެގެން ދާން އަވަހަށް މިސްރާބު ޖެހިއެވެ.

ބައްޕަ ކަންތައް ކުރި ގޮތުން އާލާ ހުރީ ނުހަނު ހިތްހަމަ ނުޖެހިފައެވެ. އޭނާ އެ ފޮތް ޤަބޫލު ނުކުރިޔަސް އަރީފް އެ ފޮތް ދާނިޔަލްއަށް ދޭން ޖެހޭ ހެއްޔެވެ؟ އަރީފްގެ ބޯތެރެއަށް ވަދެގަންނާނެ ގޮތެއް އާލައަކަށް ހަމަ އެއްގޮތަކަށްވެސް ނުވިސްނެއެވެ. އޭނާ ކުރި ހުރިހާ މަސައްކަތެއް ވަނީ ބޭކާރެވެ. ނަމަވެސް ކެތްތެރިވެލީ އަދިވެސް ކުރިޔަށް އޮތްތާ އެކަންތައް ބަދަލުކޮށްލެވިދާނެތީއެވެ.

“އާލާއަށް ގެނައި އެއްޗެއް އޭނާއަސް ދޭން ޖެހޭތަ؟  އޭނ؟ އޭނާ އަށް އެފޮތް ކަމުނުދިޔައިއްޔާ އަރީފްއަށް ކިޔުނީހެއްނު.. ނޫނީ އެ ފޮތް ބޭއްވުނީހެއްނު.. އަދި ފަހުންވެސް އާލާއަށް އެ ފޮތުގެ ބޭނުން ޖެހިދާނެޔޭ.. އޭނާގެ އެންމެ ފަހު އަހަރޭ މީ.. އަހަންނަށް ހީވަނި މިހާރު އަރީފްގެ އަމިއްލަ ދަރިފުޅަށްވުރެވެސް ބޮޑަށް އެ ދާނިޔަލް އާ މެދު ވިސްނާހެން.. އެ ކުއްޖާގަނޑުގެ ސަބަބުން އަހަރެމެން ދެމީހުންގެ ދެމެދުގަވެސް މައްސަލަ އުފެދެނީ..” ޝަޒިއްޔާ ކިޔާނެ އެއްޗެއް ކިޔާ ނިންމުމަށްފަހު އަރީފް އެއްޗެކޭ ބުނަން ވާއިރަށް އަވަސް އަވަހަށް އެތަނުން ދިޔައެވެ. އަރިފް ދެއަތް މުށްކަވާލުމަށްފަހު އެތަނުން ޝަޒިއްޔާ އާއި ފަނަރަ ވަރަކަށް ފޫޓު ދުރުގައި ހުރެގެން ދިޔައެވެ. އާލަވެސް އެންމެ ފަހުން އެތަނުން ދިޔައީ އޭނާގެ ޕްލޭން ކޮންމެވެސް ވަރަކަށް ކާމިޔާބު ވުމާއެކުއެވެ.

ގެއަތް ވަތް ދާނިޔަލް ބެލީ އަވަހަށް މަންމައަށް ނުފެނި ކޮޓަރިއަށް ވަދެވޭތޯއެވެ. އޭނާގެ މޫނުމަތީގައި ވީ ހާސްކަން އާލިމާއަށް ފެންނާކަށް ދާނިޔަލް ނޭދެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނާ ނުތަނަވަސްވީ ޝަޒިއްޔާގެ އެ ވިހަގަދަ ބަސްތަކުންނެވެ. ވީއިރު ޝަޒިއްޔާގެ އެ މިޒާޖު އާލިމާއަށް އެނގިއްޖެނަމަ އާލިމާ ދެން އޭނާ ވަޒީފާއަށް ނުފޮނުވާވެސް ހުރެދާނެއެވެ.

ދާނިޔަލް މަޑުމަޑުންގޮސް ކޮޓަރިތެރެއަށްވަދެ ދޮރު ތަޅުލިއެވެ. އެޔަށްފަހު އަތުގައި އޮތް ފޮތް މޭޒުމަތިގައި ބާއްވާލުމަށްފަހު އެނދުގައި އިށީނެވެ. އަދި ކުޑަކޮށް ގުދުވެލުމަށްފަހު އޭނާގެ ދެއަތް ކަކުލުގައި ވިއްދާލުމަށްފަހު އެދެއަތުން މޫނު ފޮރުވާލިއެވެ. ޝަޒިއްޔާގެ އެ ބަސްތައް ބޭރުކޮށްލަން ކިތަންމެ ފަސޭހަޔަކަސް ދާނިޔަލްއަށް އެ އަޑުއެހުން ވަނީ ނުހަނު ވޭންދެނިވި ކަމަކަށެވެ. އޭނާއަށް މީހެއްގެ ފަރާތުން ދުވަހަކުވެސް ނުރުހުން ފާޅު ނުވާވަރަށް ޝަޒިއްޔާގެ ފަރާތުން ނުރުހުންތެރިކަން އެބަ ފާޅުވެއެވެ. އެހެން ކަމުން އެހިތަށް ވަނީ ފުން އަސަރެއް ކުރުވާފައެވެ. އެގޮތުގައި އިން ދާނިޔަލްއަށް ހަށިގަނޑު ތެދުކޮށްލެވުނީ ފޯނު ރިންގް ވީ އަޑާށެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ 02

Next

ހާސިލް ވުމަށް އެދި ހިތް ރޮނީ 8

Next
September 10, 2018

ހާސިލް ވުމަށް އެދި ހިތް ރޮނީ 8

Previews
September 10, 2018

ބުނާށެ ލޯބި ނުވަނީހޭ 02

13 Comments!

  1. Maain says:
    September 10, 2018 at 8:45 pm

    Hulhukolhu???

    1. aish noor says:
      September 11, 2018 at 6:09 am

      aslu ‘dua’ innaany.. noor ah olhifa aee.. hehe.. 🙂

  2. Hhh says:
    September 10, 2018 at 8:46 pm

    “dua” eh noontha mi story ge name akee?

    1. aish noor says:
      September 11, 2018 at 6:10 am

      yes dear.. ‘dua’.. aee noor ah olhifa.. 🙂

  3. azu says:
    September 10, 2018 at 9:47 pm

    olhifa dho eynee..rangalhu kohlaa avahah noor?

    1. aish noor says:
      September 11, 2018 at 6:11 am

      yess azu.. 🙂 alhey dear, noor akah nukurevunu edit eh.. masahkaiyy kohfin.. ekam ves nuvi.. 🙁

  4. Maain says:
    September 10, 2018 at 10:06 pm

    Btw story varah loabi ingey.. plx let dhaan be happy

    1. aish noor says:
      September 11, 2018 at 6:12 am

      jazakillah khairan Maain dear.. 🙂 ahaha.. adi gandakah fahu usgandeh ves annaane.. dhn balamaa dhw.. 🙂

  5. aish noor says:
    September 11, 2018 at 6:08 am

    Assalaam a’laikum my dear readers.. 🙂 hurihaakudhinge haalu kihineh? ummeedhu kuran rangalhu vaane kamah.. 🙂 mi part ga innaane vrh bodu mistake eh.. hahaha.. 🙂 “dua” jahan jeheythaakah noor ah iny “hulhukolhu” jehifa.. aee aslu vrh bodu olhumeh.. noor masahkaiyy kohfin ethankolhu rangalhu kohleveytho.. ekam nuvi.. 🙁 dhn part eh ga ehn v ma ethankolhu rangalhu kohlaanan, in sha allah.. 🙂 ummeedhu kuran hurihaa kudhinnah ves mi part kamudhaane kamah.. 🙂 Jazakumullah khairan and LY all.. <3<3<3<3<3

  6. lai says:
    September 11, 2018 at 4:51 pm

    hahahahahahahahaha lai heekury mee hulhukolhu vaahakaige part eh kamah heekoh mi hulhu vaalee
    lai akah gavaaidhakun mi haaraku esfiya akah nuvadhevey ehenve varah gina dhuvas kohlaafa mi vadhely lai vihaigen ulhey theeve varah undhangoo…… time nulibey ammilah kanthakah aslu varah dhera vey Noor ge vaahaka kiyaalan ves online nuvevey thee

    1. aish noor says:
      September 11, 2018 at 8:07 pm

      hehe.. aee noor ah olhigen liyevifa aslu.. 🙂 ehentha dear? oh? 🙂 marhabaa lai dear.. 🙂 maaiyy allah thibaa ashaai thibaage aailaa ah rahkaatherikan dhevvaashi.. adhi thibaa aaai thibaage aailaa ge faafa fuhsavaa heyo rahmaiyy lavvaashi.. aameen.. 🙂 vrh ufaavehje.. 🙂 its ok ingey.. free v ma dear stories kiyaalaany dhw? eirah hama baraabaru vaane.. 🙂

  7. naaee says:
    September 11, 2018 at 5:10 pm

    lai vihaigen eba ulhevey dho aharunnah angaa ves nulaa ekam naaee mee lai ge friend eko dhw????????

  8. Shaba says:
    September 12, 2018 at 3:04 pm

    Y hulhukolhu???2 vana part tha noor??? Any way very nice noor dear.. maashallah… u r back noor dear..???

Comments are closed.

Next Episodeހުޅުކޮޅު 11←


All Right Reserved!