Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

އެހަނދާން ފޮހެވޭތޯ ބެލިޔަސް 3

eysh Level 510 Stories100 Comments100 Login500 Comments
October 17, 2018 5 Mins Read
25 Comments

ޒީކްގެ ގައިގައި ހުރި ހުރިހާ ލޯލިތަކެއް ކޮޅަށްޖެހިގެން ދިޔައެވެ. ހިތުގެ ހިނގުންވެސް ކުޑަވަގުތުކޮޅަކަށް ހުއްޓުނުހެން ހީވިއެވެ. ކުރިމަތީގައި ހުރި ޒުވާނާ އާއި ދިމާއަށް ކަޅިޖަހާވެސް ނުލައި ބަލަހައްޓައިގެން ހުރެވުނެވެ. ކަޅުކުލައިގެ އަތްދިގު ގަމީހަކާއި ޖީންސެއްގައި ހުރިއިރު ހިތްގައިމުކަމުން އެހެން ދިމާއަކަށް ނަޒަރު ބަދަލުކޮށްލަންވެސް ހަނދާންނެތުނެވެ. އޭނަގެ ހަޔާތުގައިވެސް ދެކެފައިނުވާފަދަ ފުރިހަމަ ރީތި ސޫރައެކެވެ. އިސްކޮޅުން ދިގުކަމާއިއެކު ހަމުގެ ކުލަ އައްޔެވެ. ޒީކްއަށް އެންމެ ކަމުދިޔައީ އެޒުވާނާގެ ބޮލުގެ އިސްތަށިގަނޑުގެ ސްޓައިލެވެ. ރީތިގޮތަކަށް ސްޓައިލްކޮށްލެވިފައިވާއިރު އެޒުވާނާގެ ބަލާލުމުގައި ހިތްދަމައިގަންނަ ކަހަލަ ގޮތެއް ހުއްޓެވެ.

********

ޒީކްއަށް ހަމަހޭވެރިކަންވީ ދާދި ކައިރިން ބުޅަލެއް ހޭރިގަތް އަޑު އިވުމުންނެވެ. ލިބުނު ސިހުމުގައި ފިހިގަނޑުން އަތް ދޫކޮށްލެވުނެވެ. ހަޅޭއްލަވައިގަންނަމުން ތެޅިފޮޅިގަތެވެ. އެއާއިއެކު އެގޮތްނޭނގޭ ޒުވާނާގެ ފުރަގަހަށް ވަދެ ގަމީހުގައި ހިފައިގަނެވުނެވެ. އޭރު މުޅި ހަށިގަނޑު ބިރުން ރޫރޫ އަޅަމުން ދިޔައެވެ. ކާކުކަމެއް ނޭނގުނަސް މިވަގުތު އެންމެ ރައްކާތެރިގޮތަކީ އެމީހެއްގެ ހިމާޔަތް ހޯދުންކަމަށް ޒީކްއަށް ގަބޫލުކުރެވުނެވެ.

ކައިލްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލާގޮސް ކަންބޮޑުވުމުގެ އަޞަރު ފާޅުވެގެން ދިޔައެވެ. ފިހާރައިގެ ބިއްލޫރިގަނޑުން ބޭރު ބަލާލުމާއިއެކު ފެނުނު ސޫރައިން ދެބުމަ ގޮށްޖަހާލެވުނެވެ. ބޭރުގައި ހުރި މީހާ ކޮށްލި ހަރަކާތާއިއެކު ކައިލްގެ ނޭވާ އަވަސްވިއެވެ. ރުޅި އައި ވަރުން މަޑުމަޑުން މުޅި މީހާގެ ސިފަ ބަދަލުވަމުން ދިޔައެވެ. އަތުގެ ނިޔަފަތިތައް ދިގުވެ ކަރުގެ ނާރުތައް ފުއްޕާލިއެވެ. ހަމަ އެއާއިއެކު އެނާރުތަކަށް މަޑު ދަނބުކުލައެއް އަރައިގެން ގޮސް ކަޅުކުލައަށް ބަދަލުވިއެވެ.

ކައިލްއަށް ހަމަހޭވެރިކަންވީ ޒީކްގެ މަޑު ހަޅޭކުގެ އަޑުއިވުމުންނެވެ. އަވަސް އަވަހަށް މީހާ ހަމައަކަށް އަޅުވާލިއެވެ. އެސްފިޔަ ޖަހާލާހައި ހިނދުކޮޅެއްގެ ތެރޭގައި މުޅި މީހާގެ ސިފަ ކުރިން ހުރި ގޮތަށް ބަދަލުވެގެން ދިޔައެވެ. އޭރު އެމޫނުމަތިން ނުތަނަވަސްކަމުގެ އެއްވެސް އަސަރެއް ފެންނާކަށް ނެތެވެ.

ކައިލް ގެނައި ކުއްލި ހަރަކާތާއިއެކު ޒީކް ގެނެސް އޭނާގެ ކުރިމައްޗަށްވާހެން އަނބުރުވާލިއެވެ. އޭރުވެސް ޒީކް ހުރީ ކައިލްގެ ގަމީހުގައި ބާރަށް ހިފަހައްޓައިގެންކަމުން ގަމީހުގެ ބައެއް ގޮށްތައް ނައްޓައިގެން ދިޔައެވެ.

ބިރުން ހުރިވަރުން ކައިލްގެ ގަމީހުން އަތްދޫކޮށްލާކަށް ޒީކްއަކަށް ނުކެރުނެވެ. އެކިކޮޅުކޮޅަށް ނަޒަރު ހިންގަމުން ދިޔައިރު އެސިކުނޑީގައި އެނބުރެމުންދިޔަ އެއްޗެއް ކައިލްއަށް ސާފުކޮށް އެނގުނެވެ. އެއްވެސް ހަރަކާތެއް ނުކޮށް ކައިލް ހުރީ ޒީކް އެހާ ބިރުން ހުރުމުން ދޫކޮށްފައި ދާން ނުކެރުމުންނެވެ.

“ސޮރީ…” ކުޑައިރުކޮޅަކު އެހެން ހުރުމަށްފަހު ޒީކް، ކައިލް އާއި ދުރަށްޖެހިލިއެވެ. އެ ނުދަންނަ ޒުވާނާގެ ކައިރީގައި އުޅެވުނު ގޮތް ހަނދާންވެ ލަދުން މަރުވާވަރުވިއެވެ. އިސްޖަހާލި ގޮތަށް އިސްއުފުލާ ބަލާލަންވެސް ނުކެރުނެވެ.

ކައިލް ހިނިތުންވެލިއެވެ. ކުރިމަތީގައި ހުރި ޕަރީއެއްފަދަ ކުއްޖާގެ ރީތިކަން ފެނި ދީވާނާވާވަރު ވިއެވެ. ޒީކްގެ ރީތި ކަމާއި އެއްވަރަށް އެއަޑުގެ ޖާދޫގައިވެސް ޖެހުނު ކަހަލައެވެ. އެއޮމާން މޫނަށް ބަލަހައްޓައިގެން އެތައް އިރަކު ހުރެވުނެވެ. އެމޫނު ލަދުން ރަތްވެފައިވާ ތަން ފެނި އެހިތުގައި ޒީކްގެ ސޫރަ ބިންވަޅު ނެގިގެން ދިޔައެވެ. ހިތް ފުރެންދެން އެމޫނަށް ބަލަހައްޓައިގެން ހުންނަން ބޭނުންވިއެވެ. ނަމަވެސް ހާލަތާއި ވަގުތު އެކަމަށް ތަން ނުދޭކަން ހަނދާންވެ ކައިލްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފިލާދިޔައެވެ.

“ސޮރީ ބުނަންޖެހޭ މީހަކީ މީ….. ތިހާ ބިރުގަންނަ ކުދިން އުޅޭކަން އެނގޭނަމަ މިކަހަލަ ރިންގްޓޯންއެއް ނުލާނަން….” ޖީބުގައި އޮތް ފޯނު ނަގައި ދައްކާލަމުން ކައިލް ބުނެލިއެވެ.

ޒީކް އިސްއުފުލާ ބަލާލިއެވެ. އެވަގުތު ނިވިދިއްލެމުންދިޔަ ފޯނު ފެނި ވީގޮތް އެނގުނެވެ. ބުޅަލުގެ އަޑު އަންނަނީ އެފޯނަށް މީހަކު ގުޅާތީކަން އެނގުމުން ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެއާއި އެއްވަރަށް ލަދުވެސް ގަތެވެ. ވާނުވާ ބަލާލުމެއްނެތި ނުވެސް ދަންނަ މީހަކާއި މާބޮޑަށް ގާތްވެވުމުން އަމިއްލަ ނަފުޞަށް އަޑުލެވުނެވެ.

ޒީކްގެ ހިތުގެ ތެޅުމަކަށް ބަދަލެއް ނައެވެ. ސިހިފައި އެކިފަރާތް ފަރާތަށް ހޯދާލެވެނީ ކައިރީގައި ހިޔަންޏެއް އުޅޭކަހަލަ އިޙުސާސްއެއް ކުރެވުމުންނެވެ. ބުޅަލުގެ އަޑު އަންނަނީ ފޯނުން ކަން އެނގުނު ނަމަވެސް، އެއަޑު އިވުނު ވަގުތު އޭނައަށް ވަނީ ކަޅު ހިޔަންޏެއް ފެނިފައެވެ.

“އެއީ އެވަރު ކަމެއް ނޫން…..” ކައިލް ކުރިއަށްޖެހިލިއެވެ. އަދި ވަރަށް ފަރުވާތެރިކަމާއިއެކު ޒީކްގެ މޫނަށް ބަލާލިއެވެ. އެހިތުގައިވާ އެއްޗެއް އެނގުމާއިއެކު ކައިލް މަސައްކަތްކުރީ ޒީކްގެ ހިތުން އެކަން ފޮހެލުމަށެވެ.

“ކައިލް….” ސަލާމަށް އަތް ދިއްކޮށްލަމުން ކައިލް ބުންޏެވެ.

ޒީކްގެ ފިނިވެފައިވާ އަތުގައި ހިފާލެވުމާއިއެކު ކައިލްއަށް ކުރެވިގެން ދިޔައީ ތަފާތު އިޚުސާސެކެވެ. ދެހިތުގެ ތެޅުން އެއް އަޑަކަށް ބަދަލުވިހެން ހީވިއެވެ.

“ޒީކް….” ލަދުން ހުރެ ޒީކްވެސް އޭނާގެ ނަން ބުނެލިއެވެ.

ކައިލްގެ އެކުޑަކުޑަ ބީހިލުމުންވެސް ޒީކްގެ ހިތަށް ކުރެވިގެންދިޔައީ ތަފާތު އިޙުސާސެކެވެ. ލަދުން ހުރެ ކައިލް އާއި ދިމާއަށް ބަލާލެވުނެވެ. އެވަގުތު ކައިލްވެސް ހުރީ އޭނަ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެންދިޔަ ވަގުތު ޒީކްގެ ނޭވާ އެތެރެ ހަށީގައި ތާށިވެގެން ދިޔައެވެ. އެދެލޮލުގައިވި ތޫނުކަމުން އެތައް އިރަކު ބަލަހައްޓައިގެން ހުރެވުނެވެ. އެފަދަ ރީތިކަމެއް މީގެ ކުރިން އޭނައަށް ފެނިފައެއް ނުވެއެވެ.

އަނެއްކާވެސް ބުޅަލެއް ހޭރިގަތް އަޑު އިވުނެވެ. މިފަހަރު ކައިލްގެ މޫނުމަތިން އިހުނަށްވުރެ ބޮޑަށް ކަންބޮޑުވުމުގެ އަސަރު ފެނިގެންދިޔައެވެ. ޒީކްއާއި ނަޒަރު ވަކިކޮށްލުމަށްފަހު ޖީބުގައި އޮތް ފޯނު ނެގިއެވެ. އަދި ފޯނެއް އަންނަނީ ކަމުގައި ބުނެ ނުކުމެގެން ދިޔައެވެ.

ކައިލް ދިޔަ ދިމާއަށް ބަލަހައްޓައިގެން ޒީކްއަށް އެތައް އިރަކު ހުރެވުނެވެ. ހޭވެރިކަންވީ ފިހާރައިގެ ފޯނު ރިންގްވާން ފެށުމުންނެވެ. ފޯނާއި ދިމާއަށް ހިނގައިގަންނަމުން ފަސް އެނބުރި ބަލާލިއެވެ. އެވަގުތު ދެންމެ ހިނގި ހާދިސާ ކުރިމަތިން ސިފަވިހެން ހީވިއެވެ. ޒީކްގެ ތުންފަތް މައްޗަށް ވެރިވީ ފަރި ހިނިތުންވުމެކެވެ.

“ކައިލް….” ހިތާއި ހިތުން އެޒުވާނާގެ ރީތި ނަން ޒީކްއަށް ކިޔާލެވުނެވެ. އެވަގުތު އެހިތުގައި މީގެ ކުރިން ނުޖަހާ ވިންދެއް ޖަހާލި ކަމުގެ އިޙުސާސް ކުރެވުނެވެ. އެޒުވާނާގެ ރީތި ސޫރަ ހިތުގައި ކުރެހިގެން ދިޔުމާއިއެކު ޒީކްއަށް ދެލޯ މަރާލެވުނެވެ.

********

ފުންމައިގެން ގޮސް ކައިލް އެރީ ފިހާރައާއި ޖެހިގެން ހުރިގޭގެ ފުރާޅު މައްޗަށެވެ. ރުޅި އައިސްފައި ހުރިވަރުން ދެލޮލުން ހީވަނީ އަލިފާންކަނި ބުރަމުން ދާހެންނެވެ. ދެލޯ އޮރެންޖް ކުލައިން ދިއްލިފައިވާއިރު ކަރުގެ ނާރުތައްވެސް ވަނީ ފުއްޕާފައެވެ. އެނާރުތަކަށް ދަނބުކުލައެއް އަރާފައިވާއިރު، އެކުލަ އިސާހިތަކު މުށި ހަށިގަނޑަށް ފެތުރި، ދެލޯކައިރި ކަޅުވެގެން ދިޔައެވެ. އޭރު މުޅި މީހާގެ ސިފަ ވަނީ ބަދަލުވެފައެވެ.

“ކީކޭ ހިތަށް އަރައިގެން ތިއުޅެނީ….. ބުނެފީމެއްނު މަގޭ ފަހަތުން ނޫޅޭށޭ…..” ކައިލްގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ހަޅޭއްލަވައިގަތްލެއް ބާރުކަމުން ކައިރި ގަސްތަކުގައި ނިދާފައި ތިބި ވާލުތަކާއި ކާޅުތައް އެސޮރުމެންގެ އަޑުން ހަޅޭއްލަވަމުން އުދުއްސައިގަތެވެ.

“ކެލީޝާ… ސްޓޭ އަވޭ ފްރޮމް މީ….” ކައިލް އެނބުރުނެވެ. އޭރު މޫނުމައްޗަށް އަރަމުންދިޔަ ދަނބުކުލަ ފަނޑުވަމުންދިޔައެވެ.

“ނުދާނަން ދުރަކަށް…… މިހާރު އަދި އަމުދުން ނުދެވޭނެ…..” ކެލީޝާގެ އަޑުގައިވަނީ ޔަގީންކަމެވެ. އެއާއިއެކު އެއަޑުގައި ނުރައްކާތެރިކަންވެސް އެކުލެވިގެންވިއެވެ.

ނުރުހިފައި ކައިލްއަށް ކެލީޝާ އާއި ދިމާއަށް އެނބުރެވުނެވެ. ނަމަވެސް އޭރު ކެލީޝާގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ. ފޫހިވެފައި ހުރެ ކައިލް އޭނާގެ ނަޒަރު މަގުމައްޗަށް ހުއްޓާލިއެވެ. އެވަގުތު ހިނގަމުންދިޔަ ޒީކް، އޭނާގެ ލޮލުގައި އަޅައިގަތެވެ. ކައިލްއަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. އެވަގުތު ހިތުގައި މަޑު ރިހުމެއް އުފެދިގެންދިޔައެވެ.

********

“ކައިލް….” ސިއްރުން ގެއަށް ވަތް ކައިލް ސިހުނީ ކަރަމްގެ ބާރު އަޑު އިވުމުންނެވެ.

ހިތްހަމަނުޖެހިފައިހުރި ކަރަމް ފެނުމާއިއެކު ކައިލްގެ ފިޔަވަޅުތައް ގަނޑުވިއެވެ. ހަމައެވަގުތު ބައްޕަގެ ކައިރީގައި ހުރި ކެލީޝާ ފެނި ކައިލްގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. ބައްޕަ ރުޅި އައުމުގެ އަސްލަކީ ކެލީޝާކަން އެނގުމުން އެހިތުގައި ކެލީޝާ އާއި މެދު އޮތް ނަފުރަތު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ.

“އަހަރެން ބުނާ އެއްޗެއް ކައިލްއަށް އެނގޭކަމަކަށް ނުވޭދޯ މިހާރު…. ކައިލްއަށް އެއަންހެންކުއްޖާއެއް ނުގެނެވުނު…. އެހެންވީމަ ކައިލް ދެން އެކަމާ އުޅޭނެކަމެއް ނެތް…. އަހަރެން އެކަން އެހެން މީހަކަށް ހަވާލުކޮށްފިން…” ކަރަމް ހުރީ ހިތްހަމަނުޖެހިފައެވެ. ބުނަން ބޭނުންވި ހުރިހާ އެއްޗެއް ބުނެ ނިންމާލުމަށްފަހު މަޑުކޮށްލުމެއްވެސް ނެތި ގޮސް ކޮޓަރިއަށް ވަނެވެ. އަދި ބަންލާފައި ދޮރުޖެހިއެވެ. ކައިލްއަށް އެއްޗެއް ބުނާނެ ފުރުސަތެއްވެސް ދިނުމެއް ނެތިއެވެ.

ދެލޯ ހަނިކޮށްލަމުން ކެލީޝާ އާއި ދިމާއަށް ކައިލް ބަލާލިއެވެ. އޭރު ކެލީޝާވެސް ހުރީ އޭނަ އާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އެތުންފަތް މައްޗަށް ވެރިކުރުވައިގެން ހުރި ހިނިތުންވުން ކައިލްގެ އެތެރެހަށި އަންދަމުންދިޔައެވެ. ކެލީޝާގެ ވަސްވެސް ދުނިޔެއިން ފޮހެލަން ބޭނުންވިއެވެ.

“ބުނަންތަ ރަގަޅު ވާހަކައެއް….. ކައިލްއަށް ދެންވެސް ރަގަޅުވާނީ އަހަރެން ބުނާގޮތް ހެދިއްޔާ…. އަހަންނާއި ކައިވެނި….” ކެލީޝާގެ ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭގެ ކުރިން ކެލީޝާގެ ކަރުގައި ކައިލް ހިފިއެވެ. އަދި ފުންމައިގެން ގޮސް ކެލީޝާގެ ހަށިގަނޑު ފާރުގައި ތަތްކޮށްލިއެވެ. އެވަގުތު ނޭވާ ނުލެވިގެން ކެލީޝާ ތެޅިފޮޅިގަތެވެ.

“ކިތައްފަހަރު ބުނާނީ އަހަރެން ބޭނުމެއް ނޫނޭ ކައިވެނި ކުރާކަށް…..” ކެލީޝާގެ ކަރުން ދޫކޮށްލަމުން ކައިލް އަނެއް ފަރާތަށް އެނބުރުނެވެ. ހިތްހަމަނުޖެހުނު ވަރުން ކެލީޝާ އާއި ދިމާއަށް ބަލާލަންވެސް ކައިލް ބޭނުމެއް ނުވިއެވެ.

އުނދަގޫ ގޮތަކަށް ކެލީޝާ ކެއްސާލިއެވެ. އަދި ކަރުގައި ކައިލް ހިފި ތަނުގައި މަޑުމަޑުން ފިރުމާލިއެވެ. ކައިލް ދިޔުމަށް ހިނގައިގަތް ވަގުތު ޖެހި ކުއްލި އާއިއެކު ކައިލްގެ އަތުގައި ހިފައި ދަމައިގަތެވެ. އަދި ފާރުގައި ޖައްސާ ބާރުކޮށްލިއެވެ. ކައިލް ހުރީ އެފަދަ ކަމަކަށް ނުވިސްނާކަމުން ދާދި ފަސޭހައިން ކެލީޝާގެ ބާރުގެ ދަށަށް ދިޔައެވެ.

ކެލީޝާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދާދި ކައިރިން ހިތްއެދޭ ސޫރަ ފެނުމުން ހިތުގައިވި ހުރިހާ ނުތަނަވަސްކަމެއް ފިލައިގެން ދިޔައެވެ. ހިތްހަމަނުޖެހުން އެއްފަރާތްކުރުމަށްފަހު ހިތުގެ އެދުމަށް އިޖާބަދެވުނެވެ. މަޑުމަޑުން ކައިލް އާއި ކައިރިވެވެން ފެށުނެވެ.

“ދުރުގަ ހުރޭ….” ކެލީޝާ ފޮޅުވާލުމަށްފަހު ކައިލް ދުރަށްޖެހިލިއެވެ.

“އަހަރެން ބުނާގޮތް ނުހަދައިފިއްޔާ ކައިލްއަށް ފެންނާނީ އެއަންހެނާގެ މަރުވެފައިވާ މަސްގަނޑު….” ކެލީޝާ ހިތްހަމަނުޖެހުނެވެ. ކޮންމެ ފަހަރަކު ކައިލް އޭނަ އެގޮތަށް ދުރުކޮށްލާތީ ހިތުގައި ޖެހުނެވެ. ކައިލް އާއި ޒީކް ތިބިގޮތް ހަނދާންވެ ހިތުގައި ޒީކް އާއި މެދު ހަސަދަވެރިކަން އުފެދިގެން ދިޔައެވެ.

“ކެލީޝާ….” ކައިލްގެ އަޑު ބާރެވެ. އެއާއިއެކު އަނެއްކާވެސް ކެލީޝާގެ ކަރުގައި ހިފައި ފާރާލައި ފިއްތާލިއެވެ.

“ޒީކްގެ ގައިގައި އިނގިލި ކުރި ޖައްސާލިޔަސް…..” ދެދަތްޕިލަ ޖައްސައިގެން ހުރެ ކައިލް ބުނެލިއެވެ. އޭރު ކެލީޝާގެ ކަރުގައި އޭނަ ހިފައިގެން ހުރި ހިސާބުން ދުން އަރަމުންގޮސް އަލިފާން ރޯވެއްޖެއެވެ. އެވަރުންވެސް ކެލީޝާގެ ގައިން ދޫކޮށްލާ ޚިޔާލެއް ކައިލް ނުކުރިއެވެ. ޒީކްގެ ފުރާނައަށް ގެއްލުންދޭނެ ކަމަށް ކެލީޝާ ބުނުމުން ރުޅިވަނީ ކޮންޓްރޯލުން ނައްޓާފައެވެ.

ކެލީޝާގެ ދެލޯ ބޮޑުވެ ދެލޮލުގެ ކުލަ ކަޅުކުލައަށް ބަދަލުވެގެން ދިޔައެވެ. އޭރު އެދެލޮލުން ހޯސްލާފައި އަންނަމުން ދިޔައީ ކަޅުކުލައިގެ ލެޔެވެ. ނަމަވެސް ކައިލްގެ ހިތަށް ކުޑަވެސް އަސަރެއް ނުކުރިއެވެ. އެހުރިހާ ކަމަކަށްވުރެ ޒީކް އޭނައަށް މުހިއްމުވެއްޖެއެވެ. ޒީކްގެ ފުރާނައަށް ނުރައްކާ ވާހަކަހަލަ ކަމެއް ކުރާ ކޮންމެ މީހަކު އޭނަ ހުއްޓުވާނަމެވެ. އަމިއްލަ ފުރާނަ ގުރުބާން ކުރަންޖެހުނަސް އެކަންވެސް ކުރަން އޭނަ އެހުރީ ތައްޔާރަށެވެ.

ކަންފަތަށް އިވިގެންދިޔަ ތޫނު އަޑާއިއެކު ކައިލްއަށް އޭނަގެ ކަންފަތްމަތީގައި އަތްއަޅާލެވުނެވެ. ދެލޯމަރާ ބާރުކޮށްލުމާއިއެކު ކެލީޝާގެ ކަރުން އަތް ދޫކޮށްލެވުނެވެ. އެވަގުތު ދެމީހުން އެކުގައި ކަހަކަ ގޮތަކަށް ބިންމައްޗަށް ވެއްޓުނެވެ.

********

“އެމަންޖެ ކިތަންމެ ފޮރުވައިގެން އުޅުނަސް އަހަންނަށް މިއަދު ވަރަށް ރީތިކޮށް އެނިޝާން ފެނުނު….” ފިޒާނާ ހުރީ ހާސްވެފައެވެ. ޒީކް ފޮރުވައިގެން އުޅުނަސް ކަރުގައިވާ ނިޝާން އޭނައަށް ވަނީ ފެނިފައެވެ.

“ވެދާނެއެއްނު އެއްޗެއް ކަށިޖަހާފަ ކަމަށްވެސް…. ފިޒާނާ މާ ބޮޑަށޭ އެކަހަކަ ކަންކަމާއި ތި ހާސްވަނީ….” ބަދިގޭގެ ބޮކި ހަރުކޮށް ނިންމާލުމަށްފަހު އުމޭދު އައިސް ހުއްޓުނީ ފިޒާނާގެ ކުރިމަތީގައެވެ.

“ނޫނެކޭ އުމޭދު….. އަހަންނަށް ހީވަނީ ކޮންމެވެސް ނުބައެއް އުޅޭހެން…. ކަރުގަ ހީވަނީ ދަތްއަޅާފައި އިންހެން…. އެތަނަށް އަރާފައިވެސް ހުރީ ހާދަ  އެހެންކަހަކަ ކުލައެކޭ….” ފިޒާނާއަށް ރޮވޭގޮތްވިއެވެ. އޭނަ ދައްކާ ވާހަކަ އުމޭދު ގަބޫލުކުރަން ބޭނުން ނުވާހެން ހީވެ އެކަމާއިވެސް ވިސްނަން ޖެހުނެވެ.

“ހާސްނުވޭ…. މިރޭ އެމަންޖެ އައީމަ އެސުވާލު ކުރާނީ…. ޑޮކްޓަރަށްވެސް ދައްކާނީ…. ދުވަސްކޮޅަކަށް އެމަންޖެ ފިހާރައަށްވެސް ނުފޮނުވާނަން…. ހިތްހަމަޖެހިއްޖެތަ މިހާރު….” ފިޒާނާގެ ދަތްދޮޅީގައި ހިފާލަމުން އުމޭދު ހިނިތުންވެލިއެވެ.

********

ހިނގަމުންދިޔަ ޒީކް ސިހުނީ ފަހަތުން މީހެއްގެ ހިލަމެއް ވިހެން ހީވުމުންނެވެ. ބިރުގަނެފައި ހުރިވަރުން ފަސް އެނބުރި ބަލާލަންވެސް ނުކެރުނެވެ. މިރޭ ކަންތައް ވެފައި އޮތްގޮތުން ތަފާތު ވަސްވާސްތަކުން ހިތް ފުރެމުން ދިޔައެވެ. ޒީކްއަށް އޭނާގެ ފިޔަވަޅުތައް އަވަސްކޮށްލެވުނެވެ. އެވަގުތު ފުރަގަހުން އައި ބާރު ވައިރޯޅި، އިސްތަށިގަނޑުގައި ބީހިލިއެވެ. ޒީކްގެ ފިޔަވަޅުތައް ހުއްޓުނެވެ. ބޮލުގެ އިސްތަށިގަނޑު ރަނގަޅުކޮށްލަމުން ފަސްއެނބުރި ބަލާލި ވަގުތު ދެލޯ ބޮޑުވެގެން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

eysh

Level 510 Stories100 Comments100 Login500 Comments

Writing story is one of my hobby. It's something fun to do that makes me happy. Dream is to become a successful story writer In Sha Allaah ❤ I love reading comments. My Finished stories; Keh kuraanan unmeedhugaa, Loabi vevumun, Nudhaaney thiya handhaan filaa, Case number 1, Umurah thiya loabeegaa, Badhalu, E handhaan foheveytho beliyas, Vakive nudhanees, Fohevigen nudhaaney, Fevifaa thinanvey mihithugaa, Mee mihithuge shakuvaa ey, Nethi gellunee hayaathey Vaudhu veemey Kafun vevifaa On going stories; Mi nan thihithun filuvaalaneehey, Ufaleh netheehe dhuniyeyn Inthihaa ah loabiveemey Story books (to be published); Sheen Fb page: Eysh stories Email: [email protected]

Other Articles

Previous

ސޫރަ ތިއޭ.. [2]

Next

ވަކިވެގެން ތިޔަ ދިޔައީ މާ ދުރަށް ދުނިޔެއާ

Next
October 17, 2018

ވަކިވެގެން ތިޔަ ދިޔައީ މާ ދުރަށް ދުނިޔެއާ

Previews
October 17, 2018

ސޫރަ ތިއޭ.. [2]

25 Comments!

  1. Nash says:
    October 17, 2018 at 8:50 pm

    V nice

    1. eysh says:
      October 17, 2018 at 9:08 pm

      Thank u so much dear ?❤❤ v happy vehje story kamudhiyaeema ❤❤

  2. Axy says:
    October 17, 2018 at 9:00 pm

    Hi Eysh dhooni v dhuvas kohllafa dho mi msg ey kohllevuney.
    he he. msg nukurevunas Eysh ge hurihaa vaahakaey ves v gavaaidhu kiyamu.mi story ves kuriah dhaa goy v reethi ?. Good luck???????

    1. eysh says:
      October 17, 2018 at 9:16 pm

      Awww ❤❤ missed u dear ?? v happy vehje kiyaalaa kan enguneema nd ehaa dhuvas kohfa dhimaa v ma ??
      Thank u so much dear ?❤❤
      V happy vehje story kamudhaakan enguneema ❤❤

  3. Axy says:
    October 17, 2018 at 9:07 pm

    Hi Eysh dhooni v dhuvas kohllafa dho mi msg ey kohllevuney. he he he. msg nukurevunas Eysh ge hurihaa vaahakaey ves v gavaaidhun kiyamun mi gendhanee. Mi story ves v reethi ? ? good luck ?????????

    1. eysh says:
      October 17, 2018 at 9:16 pm

      Awww ❤❤ missed u dear ?? v happy vehje kiyaalaa kan enguneema nd ehaa dhuvas kohfa dhimaa v ma ??
      Thank u so much dear ?❤❤
      V happy vehje story kamudhaakan enguneema ❤❤

  4. eysh says:
    October 17, 2018 at 9:12 pm

    Assalaamalaikum my dear readers ?
    Here is the 3rd part of the story ❤
    V gina sababu thakaa hure story genesdhinun lasvi kamahttakaa kiyuntheringe arihun maafah edhen..
    Unmmeedhu kuran mi part ves kamudhaane kamah ❤❤
    Miss u all ????

  5. Axy says:
    October 17, 2018 at 9:12 pm

    Hi Eysh dhooni v dhuvas kohllafa dho mi msg ey kohllevuney. he he he. msg nukurevunas Eysh ge hurihaa vaahakaey ves v gavaaidhun kiyamun mi gendhanee. Mi story ves v reethi ? ? ? good luck.

    1. eysh says:
      October 19, 2018 at 11:15 pm

      Thank u dear ?❤❤❤ v happy vehje story kamudhiyaeema ?❤❤❤

  6. Sheen says:
    October 17, 2018 at 9:19 pm

    Wow dhuvaskolheh fahun namaves mi vaahaka kiyaalan libuneethee vvvv ufaavejje.. Gaboolu kuran kommes sababeh otheema kan vaahaka nugenes dhevi lasvaaneeves. Vaahaka liyaaneeves hama aharumen kahala insaaneh viyya dhw.. ♥ ♥ Vaahaka hama vvvv obi. ?? ♥ ♥ Vaahakaiga kyle sifakohdheefa inleh furihama kamun hama lolah fenna fadha.. ? ♥ ? ? Haadhisaa genessa in goiyves hama vvv interesting… ? ♥ Dhen vaanee kihinehbaaey hithah araafa indha 3 nimuneeves… ? ♥ ? Dhen inna part ah vvvvv inthizaaru eba kurevey.. Hama can’t wait.. ? ♥ ? ? ♥

    1. eysh says:
      October 17, 2018 at 11:38 pm

      Awwww ?❤❤❤
      Thank u so much dear ??❤❤
      Vvv happy vehje comment kiyaalaafa and story kamudhiyaeema ??❤
      Ehaa understanding v ma v ufaavey ❤❤
      V happy vehje haadhisaa thah sifa kohlevey varah kiyaadhevifa ineema ??❤❤
      So sweeeet of u ❤❤
      Awww ? keep waiting dear ❤❤❤

  7. Naju says:
    October 17, 2018 at 9:33 pm

    Wow my dear sweet eysh ????????… it’s vampire story dhw ??????????… i just love it ????????… vvvvvvvvv nice n interesting mi story dear ?????????… keep up the good work dear ????????… curiously waiting for the next ?????????… lysm n miss n alot dear???????????…

    1. eysh says:
      October 17, 2018 at 11:41 pm

      Awww sweet Naju??❤❤ Thank u so much dear ??❤❤❤
      V happy vehje mi part ves kamudhiyaeema ??❤❤
      Yes dear vampire story ?
      V happy vehje cmnt kiyaalaafa ??
      Keep waiting dear ❤❤❤ ly2 dear ?

  8. مريم إيمي says:
    October 17, 2018 at 10:35 pm

    Aishath Shadhuna kiyaabala

    1. eysh says:
      October 17, 2018 at 11:43 pm

      Thank u dear ?❤❤

  9. Pinky shifoo says:
    October 18, 2018 at 6:19 am

    Woww ???… Haadha dhuvas kohlaafayey eysh ge story kiyaalan mi libuny ???… I believe konmeves kameh v ma kann mihaa dhuvas mi negy… Ehen noony eysh akee hama regular koh Story up kohdhey writer eh ??????❤️❤️❤️… V v v ufaavehje story kiyaalan libunyma ???… Mi part vx v v v reethi ❤️❤️❤️??????????????????… Especially sifakurun thah v v furihama ???❤️❤️❤️??????… I can imagine each n every scene in it ???… Keep up the good eysh ❤️❤️❤️?????????… Knme part akah comment nukuriyas regular koh eysh ge story kiyan ???… I hope dhn regular koh story kiyaalan libeyne kamah ???… Lots of love eysh ❤️❤️❤️??????????????????…

    1. eysh says:
      October 18, 2018 at 6:53 pm

      Awwww ?❤❤❤ so happy to meet u after a long time dear ?❤❤ so colorful cmnt kiyaalan libuneema ?yes dear v gina kanthah thah dhimaavegen story regular koh upkoh nulevunee… awww so happy to kno that dear ??
      In sha Allaah bodu kameh dhimaanuvanyaa story upkohlaanan ?
      Thank u so much dear ?❤❤❤

  10. Lotus says:
    October 18, 2018 at 6:44 am

    Omg.. I waited sooooo long for this.. v nice n interesting.. pls pls dnt make us wait too long anymore.. your stories r too interesting ????

    1. eysh says:
      October 18, 2018 at 6:56 pm

      Awww lotus dear ?? so sorry ehaa gina dhuvahu inthizaaruga behehttuneema… In sha Allaah ehaa gina dhuvahu inthizaaru nukuruvaa new part eh kiyaalan libey varu kohdheynan ?? v ufaavehje hurihaa stories ves kamudhaa kan enguneema ??❤❤
      Thank u so much dear ??❤❤❤

  11. kookie says:
    October 18, 2018 at 10:43 am

    story varah nice.. dhn oii part avahah up kohdhehchey.. varah kiyaahithun mi ulheny

    1. eysh says:
      October 18, 2018 at 6:58 pm

      Awww ❤❤ kookie dear In Sha Allaah v enme avahakah next part ulkohladheynan ??
      V happy vehje story kamudhiyaeema and kiyaalaahihvaakan enguneema ??
      Thank u so much dear ??❤❤❤

  12. Summ says:
    October 18, 2018 at 2:38 pm

    Wow..Amazing story❤️
    Waiting for the next part ☺️

    1. eysh says:
      October 18, 2018 at 6:59 pm

      Awww ❤❤ summ dear ?? v happy vehje story kamudhiyaeema ??❤❤
      Thank u so much dear ??❤❤❤
      Keep waiting ?❤

  13. Ree? says:
    October 18, 2018 at 10:06 pm

    Finally its uploaded thank you so much i was waiting for this part hope nxt part avaha up koh dheyne kamah❤❤❤❤❤❤

    1. eysh says:
      October 19, 2018 at 10:47 am

      Ree dear thank u so much ?❤❤❤
      So sorry ehaa gina dhuvahu inthizaaruga behehtuneema ?? In Sha Allaah next part avahah upkohla dheynan ?❤❤❤ keep waiting ?❤❤

Comments are closed.

Next Episodeއެހަނދާން ފޮހެވޭތޯ ބެލިޔަސް 4←


All Right Reserved!