Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 40

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
September 10, 2018 6 Mins Read
32 Comments

އައިލީންގެ ހިތް ތެޅެމުން ދިޔައީ ގާތުގައި ހުރި ޔޫހާންއަށްވެސް އަޑު އިވޭނެހާާ ބާރަށެވެ. އައިލީން ޔޫހާންގެ މޭގައި އަތް އަޅާ ކޮށްޕާލުމަށްފަހު އަވަހަށް ދާން ހިނގައިގަތެވެ. އެހެނަސް ކުރިއަށް އެންމެ ފިޔަވަޅެއް އެޅިތަނާ ޔޫހާން ފަހަތުން އޭނަގެ އަތުގައި ހިފާ ބާރަށް ދަމާލިއެވެ. އެއާއެކު އައިލީން ގޮސް ޖެހުނީ ޔޫހާންގެ ގައިގައެވެ. އައިލީން އޭނަގެ ހަށިގަނޑުގައި އައިސް ޖެހުމާއެކު ޔޫހާން އޭނަގެ ދެއަތުން އައިލީންގެ ބަނޑުގައި ފަހަތުން ވަށާލިއެވެ. އެއާއެކު ކުރުވި އިހުސާސަކުން އައިލީންއަށް ޔޫހާންގެ އަތުގައި ހިފަހައްޓާލަމުން ދެ ލޯ މަރާލެވުނެވެ. ” ހާދަ އަވަހަކަށް ދާން ތިއުޅެނީ… އަހަންނަށް ގިޕްޓެއްވެސް ނުދެމެއްނު… ކިހާ ލޯބިން އައިލީއަށް ގިޕްޓެއް މިދިނީ ހަމަ އައިއްސަ… އެހެންވީމަ އައިލީވެސް ޖެހޭނީ ހަމަ އެކަހަލަ ގިޕްޓެއް ދޭން… ” ޔޫހާން ވާހަކަ ދެއްކި އަޑަށް އައިލީންއަށް ދެ ލޯ ހުޅުވާލެވުނެވެ. ”އަހަރެން ނުވެސް ބުނަމެއްނު ޔޫހާން ގާތު ގިފްޓެއް ދޭށެކޭ… ސޯ… ނޯ ގިޕްޓްސް ފޯ ޔޫ..” ލާނެތް ހިނިތުންވުމެއް ވެރިކުރުވަމުން އެހެން ބުނުމަށްފަހު އައިލީން ޔޫހާންގެ އަތް ނައްޓުވާލިއެވެ. އަދި ކުރިއަށް ދާން ހިނގައިގަތެވެ. އެހެނަސް މިފަހަރުވެސް ކުރިއަށް ދެވޭ ގޮތެއް ނުވިއެވެ. ޔޫހާން މިފަހަރުވެސް ކުރީ ފަހަރެކޭ އެއްގޮތަށް ކަންތައްކުރިއެވެ. އައިލީންގެ އަތުގައި ހިފާ ދަމާލުމަށްފަހު ފަހަތުން އައިލީންގެ ބަނޑުގައި އަތް ވަށާލިއެވެ. ” ޔޫ ކާންޓް ގޯ ސޯ އީޒްލީ… ޖަސްޓް ގިވް މީ ދަ ގިފްޓް އައި ވޯންޓް… އެން ދެން އައި ވިލް ލީވް ޔޫ… ސިމްޕަލް… ” ޔޫހާން އެހުރި ގޮތަށް ހުރެ ބުނެލިއެވެ. އައިލީން ޔޫހާންގެ އަތް ނެއްޓުވޭތޯ ވަރަށް މަސައްކަތްކުރިއެވެ. އެހެނަސް ކާމިޔާބު ވާގޮތެއް ނުވިއެވެ. އިތުރު އެހެން ގޮތެއް ނެތުމާއެކު އައިލީން އޭނަގެ މޫނު ޔޫހާން އާއި ވީ ފަރާތަށް އަނބުރާލުމަށްފަހު މަޑުމަޑުން ޔޫހާންގެ ކޮލުގައި ބޮސްދިނެވެ. އެއާއެކު ޔޫހާންއަށް އައިލީންގެ ލޮލާއި ލޯ ސީދާކޮށްލެވުނެވެ. ޔޫހާންއަށް އައިލީންގެ ލޮލުން ފެނިގެން ދިޔައީ ނިމުމެއްނުވާ ތެދުވެރި ލޮއެބެވެ. ދެ މީހުނަށްވެސް އެކަކު އަނެކަކުގެ ލޮލަށް ގެއްލިފައި އިރުކޮޅަކު ހުރެވުނެވެ.

އައިލީން ޔޫހާންގެ ލޮލުން ނަޒަރު ވަކިކޮށްލުމަށްފަހު އޭނަގެ ބަނޑުގައި ވަށާލެވިފައިވި ޔޫހާންގެ އަތް ނައްޓުވާލިއެވެ. އަދި ސިންކު ކައިރިއަށް ގޮސް އޭނަ ބޭނުންކޮށްފައި ހުރި ތަށިތައް ދޮންނަން ފެށިއެވެ. އޭރުވެސް އެ މޫނު މަތީގައި ލަދުވެތިކަމުގެ އަސަރުތައް ފާޅުވާން ހުއްޓެވެ. ޔޫހާާންވެސް އައިލީންގެ މޫނު ފެންނާނޭހެން ސިންކު ކައިރީގައި ހުއްޓިލިއެވެ. ކަޅި ޖަހާނުލާ ޔޫހާން އޭނަގެ މޫނަށް ބަލަމުން ދިޔުމުން އައިލީން އިތުރަށް ލަދުގަންނަ ގޮތްވިއެވެ. ” ޔޫހާން ޕްލީޒް… ދެން ނުބަލަ ބަލަ ތިވަރަށް… ” އައިލީންއަށް ނުހުރުވިގެން ބުނެލިއެވެ. ”ކިހިނެއްވީ… ރީތި އެެއްޗިއްސަށް ބެލުމަކީ އިންސާނާގެ ތޮބީއަތުގައި ލައްވާފައިވާ ކަމެއް… އެހެންވީމަ ތި ރީތި މޫނަށް ބެލޭނެ އެއްނު… ” ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ޔޫހާން ބުނެލިއެވެ. ޔޫހާން އޭނައަށް ބެލުން ނުހުއްޓާނެކަން އިނގުމުން އައިލީން ދެފަރާތަށް ބޯ ހޫރާލުމަށްފަހު އޭނާ ކުރަން ހުރި މަސައްކަތަށް ސަމާލުކަން ދިނެވެ.

ތަށިތައް ދޮންނަން ހުރި އިރު އިރުއިރުކޮޅުން ކުރުކޮށް ކޮށާލެވިފައިވި އިސްތަށިތައް އައިލީންގެ މޫނު މައްޗަށް ވެއްޓެއެވެ. އެކަމުން އުނދަގޫވާކަން އައިލީންްގެ މޫނު މަތިން ހާމަކޮށްދެއެވެ. ޔޫހާން މަޑުމަޑުން އޭނަގެ އަތުން އައިލީންގެ އިސްތަށިކޮޅުތައް އެއްފަރާތް ކޮށްލަދިނެވެ. އެވަގުތު އައިލީންވެސް ޔޫހާންއަށް ރީތި ހިނިތުންވުމެއް ރައްދުކޮށްލިއެވެ.

ބަގީޗާ ތެރޭގައި ބަހައްޓާފައި ހުރި ބެންޗު ތަކުން ބެންޗެއްގައި ރިފްޝާ އާއި އިފާން ތިއްބެވެ. އެހެން ތިބިއިރުވެސް އިފާން ދިޔައީ ރިފްޝާއަށް ކުދި ކުދު ޖެއްސުން ކުރަމުންނެވެ. ” ފާން.. ފޮޓޮއެއް ނަގައިދީބަ ޕްލީޒް… ” ބެންޗުގައި އިނދެ ތެދުވަމުން އިފާންއަށް ބަލާލުމަށްފަހު ރިފްޝާ ބުނެލިއެވެ. އެއާއެކު އިފާންވެސް އޭނަގެ ޖީބުގައި އޮތް ފޯނު ނަގަމުން ތެދުވިއެވެ.

ފެހިކަން ގަދަ ފަތްތަކުގެ ތެރެއިން އެކި ކުލަ ކުލައިގެ މާތަށް ފެންނަން ހުރުމުން ބަލާލަން ކިތަންމެހާވެސް ރީއްޗެވެ. މުޅި ބަގީޗާގެ ތެރޭގައިވެސް ހިފާލާފައިވަނީ އެމާމަލުގެ މީރު ވަހެވެ. ރިފްޝާ ގޮސް ރަތް ކުލައިގެ ފިނިފެންމާތަކެއް އަޅާފައިވި ގަސްތަކެއް ކައިރީ ކުޑަކޮށް ތިރިވެލުމަށްފަހު ރީތި ގޮތަކަށް އިށީންދެލިއެވެ. ދޮން ކުލައިގެ އުޅަބޮއްޓާއި ހަމައަށް އަތް އަންނަ ގަޔަށް ދޫ ޓޮޕްކޮޅަކާއި ކަޅު ކުލައިގެ ސްކިނީގައި ރީތި ހިނިތުންވުމެއް ވެރިކުރުވައިގެން ރިފްޝާ އިންއިރު އޭނަގެ ފަހަތުން ފެހިކަން ގަދަ ގަސްތަކުގެ ތެރެއިން ރަތް ކުލައިގެ ފޮޅިފައިވާ ފިނިފެންމާތައް ފެންނަން ހުރުމުން އެ ފޮޓޯގެ ރީތިކަން އިތުރުވެގެންދެއެވެ. ނެގުނު ފޮޓޮ އާއި ދޭތެރޭ ރިފްޝާ ހުރީ ވަރަށް ވެސް ހިތްހަމަޖެހިފައެވެ. އެކަން އޭނަގެ މޫނު މަތިންވެސް ހާމަވެގެންދެއެވެ. ނެގުނު ފޮޓޮއަށް ބަލަން ހުރި ރިފްޝާގެ ނަޒަރު އޭނަގެ ކައިރިން އުދުހިލާފައި ދިޔަ ކޮކާލަކަށް ހުއްޓުނެވެ. ރަތާއި ކަޅު ކުލަ ހިމެނޭ އެ ކޮކާ ގޮސް އިށީނީ ފޮޅިފައިވި ރަތް ކުލައިފެ ފިނިފެންމަލެއްގައެވެ. އެ މަންޒަރު ފެނި ރިފްޝާ އަނެއްކާވެސް ފޮޓޮއެއް ނަގާ ހިތްވިއެވެ. ކައިރީގައި ހުރި އިފާން ކައިރީ މަޑުން ހުރުމަށް ބުނެ ރިފްޝާ މަޑު ފިޔަވަޅުތަކެއްގައި އެ މަލާއި ދިމާލަށް ހިނގައިގަތެވެ. އެ މަލާއި ކައިރިއަށް ގޮސް ރިފްޝާ ފޮޓޯ ނަގަން ތައްޔާރުވިއެވެ. ސީދާ އެ ކޮކާލަށް ފޯކަސްކޮށްލުމަށްފަހު ފޮޓޯ ނަގަން ހުއްޓާ އޭނާ ސިހުނީ އިފާން ފަހަތުން އޭނަގެ ބަނޑުގައި އަތުގެ އިނގިލިތަކުން ކޮށްޓާލުމުންނެވެ. އެއާއެކު ރިފްޝާއަށް ތެޅިގަނެވުނެވެ. ތެޅިގަނެވުނުއިރު އަތުގައި އޮތް ފޯނުވެސް ނުވެއްޓުނީ ކިރިޔާއެވެ. އެހެނަސް ތެޅެގަނެވުނުއިރު އެމަލާއި ކައިރީގައި އިން ގޮފިކޮޅެއްގައި އަތް ޖެހުމާއެކު ކޮކާ އެމަލުން އުދުއްސާލިއެވެ. އަތުގައި އޮތް ފޯނު ޖީބަށް ލަމުން ރިފްޝާ ފަސްއެނބުރި ބަލާލިއެވެ. އޭރު އިފާން ކާމިޔާބީގެ ހިނިތުންވުމެއް ވެރިކުރުވައިގެން އޭނައަށް ބަލަހައްޓާއިގެން ހުއްޓެވެ. ރިފްޝާ ބަލާކަށް ނުހުރެ އިފާންގެ ފަހަތުން ދުއްވައިގަތެވެ. އެކަމަށް ސަމާލުވެގެން ހުރި އިފާންވެސް ރިފްޝާގެ އަތު ނުޖެހެން ދުއްވައިގަތެވެ.

ބަގީޗާގެ ތެރޭގައި އިފާން އާއި ރިފްޝާ ދުވަމުން ދިޔައިރު ހީވަނީ ދެ ކުޑަކުދިން ހެންނެވެ. ދުވެދުވެ ވަރުބަލިވިއިރުވެސް އިފާން އަތުނުވުމުން ރިފްޝާ ކުޑައިރުކޮޅަކު މަޑުކޮށްލިއެވެ. އޭރު ލާނެއް ވައްތަރަކަށް ހިނިތުންވެލައިގެން އިފާންވެސް ރިފްޝާއަށް ބަލަން ހުއްޓެވެ. އިރުކޮޅަކު އެހެން ހުރެލުމަށްފަހު އަނެއްކާވެސް ރިފްޝާ ދުއްވައިގަތެވެ. އެކަމަށް މިފަހަރު މާ ބޮޑު ސަމާލުކަމެއް ނުދީ ހުރި އިފާންއަށް ރިފްޝާ ދުއްވައިގަންތަ ފެނި އަވަހަށް ދުއްވައިގަންނަން އުޅެނިކޮށް ފައި އެޅުނު ގޮތަކުން ވެއްޓެން ދިޔައެވެ. އެވަގުތު ދާދި ގާތުގައި އައިސް ހުއްޓުނު ރިފްޝާގެ އަތުގައި ހިފާ އިފާންއަށް ދަމާލެވުނެވެ. އެއާއެކު ދެމީހުންވެސް ބަގީޗާގައި ހައްދާފައިވި ވިނަ ގަނޑުގެ މައްޗަށް ވެއްޓުނެވެ. ރިފްޝާ އިފާންގެ ގައިމަތީގައި އޮތްއިރު އިފާން ވަނީ އޭނަގެ އެއް އަތް ރިފްޝާގެ އުނަގަނޑުގައި ވަށާލާފައެވެ. އަނެއް އަތުން ރިފްޝާގެ އަތުގައި ހިފަހައްޓާފައިވީއިރު ރިފްޝާގެ އަނެއް އަތް ވަނީ އިފާންގެ މޭމަތީގައެވެ. ރިފްޝާ އިސްއުފުލާލުމާއެކު އޭނަގެ އެ ޖާދުވީ ދެލޮލަށް ގެއްލިފައި އިފާންއަށް އޮވެވުނެވެ. ދެމީހުންގެ ލޮލާއި ލޯ ސީދާވެފައިވުމުން ދެ ހިތުގައިވެސް ދިޔައީ ރީތި މިއުޒިކެއް ކުޅެވެމުންނެވެ. އަމިއްލަ ލޯބީގެ ދުނިޔެއަށް ގެއްލިފައި ތިބި ދެމީހުނަށްވެސް ސިހުން ގެނުވީ ދާދި ގާތުން ބައެއްގެ ހުނުމުގެ އަޑު އިވުމުންނެވެ. ސިހިފައި ދެމީހުން ބަލައިލިއިރު ޔޫހާން އާއި އައިލީންގެ އިތުރުން ޔައިޝް އާއި ޝައުނާާވެސް ހުއްޓެވެ. އެއެންމެންވެސް ދިޔައީ ރިފްޝާ އާއި އިފާންއަށް ބަލަމުން ހެމުންނެވެ. އަވަސް އަވަހަށް ދެ މީހުންވެސް ތެދުވެ ލައިގެން ހުރި އަންނައުނު ފޮޅާލިއެވެ. ” ވާއު… ސޯ ރޮމޭންޓިކް… އަސްލު މިތަނަށް މިއައީ ދެމީހުން ގާތު އަންނާށޭ ބުނަން… އައިއިރު އަހަރެމެނަށް މިފެނުނީ މާ ރީތި ރޮމޭންޓިކް ސީންއެއް… ސޯ ކިއުޓް… ” އަތުގައި އޮތް ފޯނުން އޭނަ ދާދި ދެންމެއަކު ނެގި ފޮޓޯ ދައްކާލަމުން ޝައުނާ ބުނެލިއެވެ. ޝައުނާ ބުނެލި ޖުމްލަތަކަކީ މިއަދު ރިފްޝާވެސް އޭނަ އާއި ދިމާލަށް ބުނެލި ޖުމްލަތަކެކެވެ. ” އޯހް… އަހަރެން ފޯނުގަވެސް އެބައިން ވަރަށް ރީތި ފޮޓޮއެއް… ބަލާބަލަ… ”  ޝައުނާ އާއި ދިމާލަށް އެއްލޯ މަރާލަމުން ޝައުނާ އާއި ޔައިޝް މިއަދު ލިފްޓު ގާތުގައި އެކަކު އަނެކަކުގެ އަތު ތެރޭގައި ވަނިކޮށް ނަގާފައިވި ފޮޓޯ ދައްކާލަމުން ލާނެތް ހިނިތުންވުމަކާއެކު ރިފްޝާ ބުނެލިއެވެ. އެއާއެކު ޝައުނާގެ ދެ ލޯ ބޮޑުވެގެން ދިޔައެވެ. ވަގުތުން ޝައުނާ ރިފްޝާގެ އަތުގައި އޮތް ފޯނު ޖަހައިގަންނަން މަސައްކަތްކުރިއެވެ. އެހެނަސް ރިފްޝާ މާ ހުޝިޔާރެވެ. އެދެ މީހުންގެ ކޯޅުންގަނޑު ބަލަން ތިބި އެހެން މީހުން ހުރީ ހީހީ ހަލާކުވެފައެވެ. ރިފްޝާ އެ އެންމެނަށް މިއަދު އޭނައަށް ފެނުނު މަންޒަރު ކިޔައިދެމުން ދިޔައެވެ. އޭރު ޔައިޝް އިރުއިރުކޮޅުން ބޯ ކަހާލައެވެ. ޝައުނާގެ މޫނު މަތިންވެސް ލަދުވެތިކަން ފާޅުވަމުން ދިޔައެވެ. ” އެހެންވާނީ އެހެން މީހުންނަށް ލަނޑުދޭން އުޅެންޏާ ޝައު… ހެހެހެ..” ރިފްޝާ ހެމުން ހެމުން ޝައުނާ އާއި ދިމާކޮށްލިއެވެ. އެއާއެކު ޝައުނާ ރިފްޝާގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. ” ދެން ހިނގާ ދާން… މިހާރު ޕިއްޒާވެސް ލިބިއްޖެ… ކޭކުވެސް ރެޑީ… ” އައިލީން އެހެން ބުނުމާއެކު އެންމެންވެސް ގޭތެރެއަށް ވަންނަން ހިނގައިގަތެވެ.

ކުޑަކޮށް ހުޅުވާފައިވި ދޮރު ކައިރީ ނައުރީން ގޮސް ހުއްޓިލިއެވެ. މަޑުމަޑުން އަތް އުފުލާލުމަށްފަހު ދޮރުގައި ޓަކި ދިނެވެ. ކޮޓަރީގެ އެތެރެއިން ނަސީރު ވަންނާށޭ ބުނި އަޑު އިވުމުން ނައުރީން ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަނެވެ. ”އަނހާ… ދަރިފުޅުތަ… އާދޭ އަވަހަށް އެތެރެއަށް… ” އެތެރެއަށް ވަދުނު ނައުރީން ފެނި މަޖައްލާއެއް ކިޔަން އިން ނަސީރު ސޯފާއިން ތެދުވަމުން ބުނެލިއެވެ. ނައުރީން އެ އައިގޮތަށް އައިސް ނަސީރުގެ ގައިގައި ބައްދާލަމުން ރޯންފެށިއެވެ. އެއާއެކު ނަސީރަށް ހައިރާންކަން ލިބުނެވެ. ”ދަރިފުޅާ… ދަރިފުޅާ ނައުރީން… ކިހިނެއްތަ ވީ ދަރިފުޅަށް… ކީއްވެތަ ދަރިފުޅު ތިވަރަށް ތި ރޮނީ… ބައްޕަ ގާތު ބުނެބަލަ ވެގެން އުޅޭ ގޮތެއް… މީހަކު އެއްޗެކޭ ބުނީތަ… ދަރިފުޅު ތި ރުއިން ހުއްޓާލަބަލަ… ދަރިފުޅު ބުނި ކަމެއް ބައްޕަ ކޮށްދޭނަން ރުއިން ހުއްޓާލާ… ” ނަސީރު ނައުރީންގެ ރުއިން ހުއްޓުވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ” އަޅުގަނޑު ބުނި ކަމެއް ކޮށްދޭނަންތަ ޑޭޑް… ” ނަސީރު ބުނި ވާހަކަ އަޑު އިވިފައި އިސްއުފުލާލަމުން ނައުރީން އަހާލިއެވެ. ” ހޫމް… ދަރިފުޅު ބުނި ކަމެއް ކޮށްދޭނަން… ފުރަތަމަަ ވީގޮތެއް ބުނެބަލަ ދަރިފުޅާ… ” ނަސީރު ނައުރީންގެ ކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. ” ޑޭޑް… ޔޫހާން… އައި ވޯންޓް ޔޫހާން… އައި ލަވް ހިމް ޑޭޑް… އައި ލަވް ހިމް ސޯ މަޗް… އެކަމަކު…  ޔޫހާން ލޯބި ވަނީ އެހެން ކުއްޖެއް ދެކެ… ޔޫހާން… ޔޫހާން އުޅެނީ އެހެން ކުއްޖަކާ ރައްޓެހިވެގެން ޑޭޑް… އެކަމަކު… އަޅުގަނޑު ލޯބިވަނީ ޔޫހާންދެކެ… ޑޭޑް… އަޅުގަނޑަށް ޔޫހާން އާ ނުލާ ނޫޅެވޭނެ… ޑޭޑް ޔާސިރުބެެއާ ވާހަކަ ދައްކަބަލަ ޕްލީޒް… އޭރުން… އޭރުން ޔާސިރުބެ ޔޫހާން އާ ވާހަކަ ދެއްކީމަ ޔޫހާން އަޅުގަނޑާ މެރީ ކުރަން ގަބޫލުވާނެ… ޑޭޑް… އައި ވޯންޓް ހިމް އެޓް އެނީ ކޯސްޓް… އަޅުގަނޑަށް އުފަލުގަ އުޅެވޭނީ ޔޫހާން އާއެކު… ޕްލީޒް ޑޭޑް… ޕްލީޒް…” ނައުރީން ރޮމުން ރޮމުން ވާހަކަ ދެއްކިއެވެ. ނައުރީން އެއްފަހަރާ އޭނަގެ ހިތުގެ ހުރިހާ އުދާހެއް އޭނަގެ ބައްޕަގެ ކުރިމަތީގައި ބޭރުކޮށްލިއެވެ.

އިވުނު ވާހަކަތަކުގެ ސަބަބުން ނަސީރު ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ޔޫހާން އެހެން ކުއްޖެއްދެކެ ލޯބިވާއިރު އަދި އެހެން ކުއްޖަކާ ރައްޓެހިވެގެން އުޅޭއިރު ނައުރީންގެ ހަޔާތުގެ ބައިވެރިއަކަށް ޔޫހާން ހަދާނީ ކިހިނެއް ހެއްޔެވެ؟ ޔޫހާން އެހެން ކުއްޖެއް ދެކެ ލޯބިވާއިރު އެ ލޯބި އޭނަ ނައުރީންއަށް ހޯދަ ދޭނީ ކިހިނެއް ހެއްޔެވެ؟ ” ޑޭޑް.. ސޭ ސަމްތިން… ޑޭޑް… ” ޚިޔާލުތަކަށް ގެއްލިފައި އެއްްވެސް އެއްޗެއް ނުބުނެ ނަސީރު ހުންނަން ފެށުމުން ނައުރީން އޭނަގެ ބައްޕަގެ އަތުގައި ހިފާ ތަޅުވާލަމުން ބުނެލިއެވެ. ނަސީރުއަށް ހޭވެރިކަންވީ އެހިސާބުންނެވެ. އޭނާ ނައުރީންގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލިއެވެ. ” ދަރިފުޅާ… ޔޫހާން އެހެން ކުއްޖެއްދެކެ ލޯބިވާއިރު ކިހިނެއް ދަރިފުޅަށް… ” ނަސީރުގެ ވާހަކަ ވަކި ހިސާބަކުން ހުއްޓުނީ ނައުރީންގެ މޫނުގައި ހިފަހައްޓާފައިވި އަތް ނައްޓުވާލުމަށްފަހު ފަހަތަށް ޖެހުމުންނެވެ. ” ޑޭޑް… އައި ލަވް ހިމް… އެން ޔޫހާން ނޫން އެހެން ކުއްޖެއްދެކެ ދުވަހަކުވެސް ލޮއެބެއް ނުވެވޭނެ… ޑޭޑް… ޔާސިރުބެއާ ވާހަކަ ދައްކައިގެންވިޔަސް މިކަން ހަމަޖައްސައިދީ… އައި ވޯންޓް ހިމް ޑޭޑް… ޑޭޑް ޕްރޮމިސް ކުރީމެއްނު އަޅުގަނޑު ބުނި ކަމެއް ކޮށްދޭނެ ކަމެއް… ޑޭޑްއަށް އަޅުގަނޑުގެ އުފާ އެއްވެސް ވަރަކަށް މުހިއްމު ނޫނީތަ… ޑޭޑް… ހަނދާންކުރާތި އަޅުގަނޑު ޔޫހާން ނޫން އެހެން އެއްވެސް ކުއްޖަކާ ނީންނާނަން… ޔޫހާން ނުލިބިއްޖެނަމަ މުޅި އުމުރު ދުވަހުވެސް ހުންނާނީ މިހެން… ” ރޮމުން ރޮމުން ނައުރީން ބުނެލިއެވެ. ނައުރީން ރޮމުން ދިޔަ މަންޒަރު ފެނި ނަސީރުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ހުރި ހަމައެކަނި ދަރިއަށް ވުމުން ކިހާ އަސަރުކުރާނެ ހެއްޔެވެ. ” ޝްޝްޝް… ބައްޕަ ތިކަންތައް ކޮށްދޭނަން… ބައްޕަ ދަރިފުޅަށް ޔޫހާން ހޯދަދޭނަން… މީ ބައްޕަ ދަރިފުޅަށް ވާ ވަޢުދެއް… ދެން ހުއްޓާލާ… ” ދަރިފުޅުގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތައް ފެނި ކެތްނުވުމުން ނައުރީން އޭނަ އާއި ކައިރިކޮށްލަމުން ނަސީރު ބުނެލިއެވެ. އެއާއެކު ކަރުނައިގެ ތެރެއިންވެސް ނައުރީން ހިނިތުންވެލިއެވެ. އަދި ލޮއެބާއެކު އޭނަގެ ބައްޕަގެ ގައިގައި ބައްދާލިއެވެ. ހުރި ހަމައެކަނި ދަރިފުޅުގެ އުފަލަށްޓަކާ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރަށް ހުރި ނަސީރު ނައުރީންގެ ބޮލުގައި ލޮއެބާއެކު ފިރުމާލިއެވެ. ނައުރީންގެ އުފަލަށްޓަކައި އެހެން ބައެއްގެ ދިރިއުޅުން ހަލާކުކޮށްލަންޖެހުނަސް އޭނާ ފަސްނުޖެހި އެކަންވެސް ކުރާނެއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ބުނާށެ ލޯބި ނުވަނީޙޭ (10)

Next

ބުނާށެ ލޯބި ނުވަނީހޭ 02

Next
September 10, 2018

ބުނާށެ ލޯބި ނުވަނީހޭ 02

Previews
September 10, 2018

ބުނާށެ ލޯބި ނުވަނީޙޭ (10)

32 Comments!

  1. maya says:
    September 10, 2018 at 8:17 pm

    yey im first kiyyfa comment kohlaanan ///

    1. Ifoo ifoo says:
      September 10, 2018 at 8:21 pm

      Yahh… Congrats dear for being first ❤️❤️❤️????????????…

  2. Ifoo ifoo says:
    September 10, 2018 at 8:19 pm

    Salaam dear readers ❤️❤️❤️???… Maadhama up kohdheynamey aslu ifoo buny bt maadhama maa bxy vyma up nukoh dhevidhaanethee mirey mi part mi up kohly ???… Hope all will like this part too ???… What do you guys think will happen next??? Hehe… Next part In Sha Allah Thursday night ga ???… Thankyou so much dear readers ifoo ah thidhey support ah ❤️❤️❤️????????????…

  3. Inoo says:
    September 10, 2018 at 8:25 pm

    Me second dhw…kiyaalaafa comment kohlaane?

    1. Ifoo ifoo says:
      September 11, 2018 at 9:02 am

      Yesss dear ur second ???… Congrats Inoo ❤️❤️❤️???…

  4. Hudher says:
    September 10, 2018 at 8:30 pm

    Hello ifoo sis…kihinehtha…stry v v v rythi maasha allah…me third dhw..luv this part

    1. Ifoo ifoo says:
      September 11, 2018 at 9:04 am

      Hii Hudher ❤️❤️❤️… Alhamdhulillah ifoo hama v ragalhu ???… Hudher kihineh?? ???… Yesss dear ur third ???… Congrats ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje mi part vx kamudhiyaima Hudher ah ❤️❤️❤️???…

  5. Inoo says:
    September 10, 2018 at 8:34 pm

    Wow.. mi part vx varah reethi…
    Waiting for the next part ??

    1. Ifoo ifoo says:
      September 11, 2018 at 9:06 am

      Inoo ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… Mi part vx reethi v ma v v v ufaavehje ???… Next part In Sha Allah Thursday night ga ???…

  6. Naju says:
    September 10, 2018 at 8:41 pm

    Hi ifoo dhooniii !! ????? Haadha Haadha reehchey storyge mi partvx… ??????? nengunu kiyaa ninmaalevunu goivx bunaakah… Ehaavx kiyaa hithun indhe mi kiyaaly… ❤❤❤❤❤❤❤❤❤❤❤❤❤Hama Heevany manzarutha fennahen vaahaka kiyamun dhaairu ehaavx furihama… ??????????????? keep up the good work my favourite writer ifoo dhooniii… ???????????? n hurihaa kudhinvx mihaaru v ROM dhw… ????????? n naureen eyee haadha gotheh neii anhenekey dhw balaabr ulhey faadu dad use kohgen eulheny yoon menge haapy life spoil kohlan dhw… I hate her… ??????? n mee this time first dhw… ???????? lots n lots of love from naju… ❤❤❤❤❤❤❤❤❤❤❤❤??????????????????????????????????????????????????

    1. Ifoo ifoo says:
      September 11, 2018 at 9:14 am

      Naju ❤️❤️❤️???… Thankyou so much dear for the colourful Comment ❤️❤️❤️????????????… Mi part vx reethi v ma v v v ufaavehje ???… Vaahaka kiyamun dhaairu manzaruthah fennakamah vanyaa ifoo hih hama jehey varah story genesdhevihje ???… Favourite writer ah v ma v v v v ufaavehje ???❤️❤️❤️???… Naureen dhw… Asluvx v foohi dhw naureen ulhey gothun ❤️❤️❤️… Let’s see yoon n Ailee ge happy life ah vany kihineh thr ???… This time ur 4th… Try next time ???… Thankyou so much for the support ❤️❤️❤️??????… Much loves from me ❤️❤️❤️?????????…

  7. ❤️❤️ says:
    September 10, 2018 at 10:28 pm

    Wowwwww dear…sooo niccc….??? Haadha rythi a sifakhdhyfa hunnahen….hyvany scene thah kurimathy kulhe laahen..ehhaa vex furihama….❤️❤️❤️❤️?????????????? dear kbr tha mihaaru ehka maasha…..dhn kn irakun tha mi lovebirds marry kuraany…..haadha romantic a dhw mihaaru …. I love it dear …❤️❤️❤️ Whn next part…I love you ifoo dear….???????❤️❤️❤️❤️❤️??????????????????

    1. Ifoo ifoo says:
      September 11, 2018 at 9:18 am

      Awwwwnn ❤️❤️❤️???… Thankyou so much dear for the colourful Comment ❤️❤️❤️????????????… Mi part vx reethi v ma
      V v v ufaavehje ???… Maasha dhw… Maasha ulhey part ehvx annaane adhi… Lovebirds marry vx kuraane adhi… Keep waiting for that ???… Ur comment is soooooo beautiful dear ???❤️❤️❤️???… Thankyou so much ifoo ah thidhey support ah ❤️❤️❤️????????????… Love you too dear ❤️❤️❤️????????????…

  8. Nihama says:
    September 10, 2018 at 10:46 pm

    Mi part Wes vrh reethi❤ Masha Allah? but in my view mi story ah comment eh dhenyaa bunelaaany mi story ga abadhu abadhu konmes gothahkun konmes kujjeh vehten Eba dhey… And reethikan bayaan kohdheyn abadhu eh words thakeh thi use kurany eg. Loluga eye liner alhaafa esfuya thakuga maskaraa jahsaafa….. Mi sifakurun thah abadhu migothah nugenes thafaathukohlaanama vaahaka vrh furihama vaane?
    Keep up the good work?
    Waiting for next part….

    1. Ifoo ifoo says:
      September 11, 2018 at 9:21 am

      Nihama ❤️❤️❤️… I completely agree with you dear ???… V ufaavehje thi kanthah thah faahaga kohla dhinyma ???… I will try my best to make it different ???… Thankyou so much ❤️❤️❤️????????????…

  9. Anonymous says:
    September 11, 2018 at 6:55 am

    ??????????? naureeeen… Alhe dhen keekey bunaany… ???? btw story Vrh Vrh Vrh reethi.. Maa sha Allah.. Vrh furihama… ????????? good job Ifoo and keep it up..?

    1. Ifoo ifoo says:
      September 11, 2018 at 10:07 am

      Anonymous ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… Naureen dhw… V v v ufaavehje story reethi v ma ???…

  10. Maya says:
    September 11, 2018 at 11:41 am

    Wat???how mean ????naureen eyna ge dad kairi bunyma ingey viyya kohdhey nekan.. Vv foohi vey??????bt mi part Varah reethi MashaAllah ????????v. Romantic Sifakurun v salhi ??????????waiting Curiously for the next part ?????avahah aneh part up kohdhehchey ifoo sis luv yuh???????????????

    1. Ifoo ifoo says:
      September 12, 2018 at 11:47 am

      Maya ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… Naureen dhw… Balamaa hingaa vaagotheh ???… V v v ufaavehje mi part maya ah kamudhiyaima ??????… Thankyou so much dear for the colourful Comment ❤️❤️❤️????????????… Love you too dear ❤️❤️❤️????????????…

  11. ❤️❤️ says:
    September 11, 2018 at 1:59 pm

    Maasha annaaney…that mean faan nd rifoo get relationship ga vex misunderstood create vaaney dhw adhi???….awww ehn nuhadhaathi dear…plxxx????

    1. Ifoo ifoo says:
      September 12, 2018 at 11:49 am

      Yeah… Maasha annaane adhi ???… Let’s see dhw faan n rifoo ge relationship ah vaagotheh ???… Thankyou so much dear ???❤️❤️❤️??????…

  12. Shaa says:
    September 11, 2018 at 2:57 pm

    Mi part ves vrh vrh loabi????❤❤maashaa Allah ❤naureen haadha goahey??how dare she tell her father ????dhn dad ekan kohdheyne dhw ???she’s so bad??hope ekakahves yoon n ailee dhurunukureveyne kamah????keep it up ifoo..lots of love from me????❤

    1. Ifoo ifoo says:
      September 12, 2018 at 11:57 am

      Shaa ❤️❤️❤️???… Thankyou so much dear for the colourful Comment ❤️❤️❤️????????????… V v v ufaavehje mi part vx reethi v ma ❤️❤️❤️???… Let’s see dhw vaagotheh ???… Much more loves from me Shaa ❤️❤️❤️????????????…

  13. Livy says:
    September 11, 2018 at 10:51 pm

    Hi dearrrr.. ❤❤?? Hows you ? ?? Livy heekury tuesday ga kamah up kuraany ehenve balaa ves nulaa mi ulhuny.. Exams therey veema aa ekuga.. ??? Ekam komme gotheh hadhaafa ves stress filuvaalan story kiyaalan ????????? Naureen ves dhen haadha goahey ?? ekam yoon men faan men ge romantic bai thah varah loabi ingey ☺☺???????? But kuda kuuuda koh heevey kuru hen ?? kiyaa hithun inyma kanneynge.. When is next part ifoo? Avahah up kollahchey varah varaah kiyaalaa hithun mihiry ??????❣❣?? lots of love ???❤??????

    1. Ifoo ifoo says:
      September 12, 2018 at 12:11 pm

      Hiii Livy ❤️❤️❤️????????????… Alhamdhulillah ifoo v ragalhu ???… Livy kihinehtha?? ???… Hope you are fine dear ❤️❤️❤️??????… Ifoo Tuesdayga maa bxy vyma up nukurevidhaanethy Monday nightga up kury ???… Naureen asluvx v goass dhw ???… V v v ufaavehje mi part vx livy ah kamudhiyaima ❤️❤️❤️?????????… Yahh… Mi part kury part ah vure kuru vaane… Next part In Sha Allah Thursday night ga up kohdheveythr try kuraanan… Bxy vyma lasvany aslu… Thankyou so much dear for the support ❤️❤️❤️????????????… Ur one of the best reader ey buneveynee ❤️❤️❤️??????… Exam dhuvaskolhu vx story kiyaalaafa comment kohlaathy v v v ufaavey ❤️❤️❤️?????????… It means a lot for me ???❤️❤️❤️… Thankyou so much livy ❤️❤️❤️????????????… Much much more loves from me dear ❤️❤️❤️????????????…

  14. Mal says:
    September 12, 2018 at 12:28 pm

    Salaam ifoo dear…????kihinehtha???????srry ingey v lahun dhw comment mi kohlevuny…???????alhey v bodah srry…??????mi dhedhuvahu hama hurihaa iru kahala gothakah ulhuny school ga ehn ve…???????????b rythi mi part….and so rom…❤❤❤❤❤❤❤❤naureen ves dhw pis pis???????dhn naureen aha yoon libeyny ehn hedhyma viyya…v foohi…?????????may allah protect your talent from evil ? eyes…… Ekam mal ah hyvany mi part kuda kuda koh kuruhen…?????vedhaane maa bodah kiyaahithun iniima kamahves dhw?????????anyways v habeys……and u have a bright future in writing stries…insha allah ?????lots of love ❤ ? ? ? ? ? ? ? ? ?

    1. Ifoo ifoo says:
      September 12, 2018 at 10:15 pm

      Awwwwnn ❤️❤️❤️??????… Mal ❤️❤️❤️??????… Thankyou so much dear ❤️❤️❤️????????????… I can understand dear ???… V v v ufaavehje Mal ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma ❤️❤️❤️????????????… Naureen asluvx v bad dhw… Let’s see dhw naureen ah yoohaan libey thr… Thankyou so much dear ifoo ah thidhey support ah ❤️❤️❤️????????????… Mal akee ifoo ah libunu enme best eh reader ❤️❤️❤️?????????… May Allah protect you from evil eyes ❤️❤️❤️??????… Thankyou so much dear for the colourful Comment ❤️❤️❤️???… It’s soooooo beautiful ???❤️❤️❤️???… Much more loves from me dear ❤️❤️❤️????????????…

  15. Ifoo ifoo says:
    September 13, 2018 at 12:30 pm

    dear readers…. mirey ifoo ah new parteh genesdheven neh vaahaka bunelan… I m sick so I cant write… sorry readers… hope all will understand… hurihaa kudhinvx ifoo ah maafukuraane kamah ummeedhukuran… n as soon as I feel better next part gensdheveythr try kuraanan…

    1. Naju says:
      September 13, 2018 at 8:57 pm

      It’s OK my dear ifoo ❤❤❤❤❤❤… We can understand ????????????…n Gws my dear ??????… We will wait ???????????… N always gud tc my dear ?????????

  16. Shaa says:
    September 13, 2018 at 10:54 pm

    Issokay ifoo dear???stry ah vure ifoo ge health is more important ☺☺❤❤get well soon dear?❤❤??take a good care of urself❤❤ lots of love❤❤???????

  17. Mal says:
    September 15, 2018 at 2:16 pm

    Ifoo how’s you now??????????hope ur fine insha allah??????dhn stry up vaane dhuvaheh buneladhyba….❤❤❤❤❤❤and GET WELL SOON…

  18. Livy says:
    September 15, 2018 at 7:52 pm

    Ifoo get well sooon ??❤❤ Next part kiyaalan libeyne dhuvaheh buneladhyba.. Soooo want kiyaalan ???? And take care of yourself ?❣❣???

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 41←


All Right Reserved!