Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީހޭ (6)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 6, 2018 7 Mins Read
40 Comments

އެވާހަކަ އަހަރެން ތަންކޮޅެއްފަހުން އަރްޒަންއަށް ކިޔައިދޭނަން. މިވަގުތު އަހަރެން އޭނަގެ ވާހަކަ ދައްކާކަށް ބޭނުމެއްނޫން.” އެއްޗެއްއަހަން އަނގަ ހުޅުވައިލި އަރްޒަން ފެނުމުން އަވަސް އަވަހަށް ޒާވިލް ބުނެލިއެވެ. އެއަޑުގައިވި ނަފުރަތުން ހަމަރަނގަޅަށްވެސް އަރްޒަން ހައިރާންވިއެވެ. އޭނާގެ ވާހަކަ ދެއްކިއަސް ޒާވިލްގެ ހިތް ނަފުރަތުން ފުރެއެވެ. އެނަން ގަންނަންވެސް އޭނާ ބޭނުންނުވާ ކަހަލައެެވެ. އެއްއިރެއްގައި އެހައި ލޯބިވި މީހެއްދެކެ އެދަރަޖައަށް ނަފުރަތު ކުރެވޭނީ ކޮންމެވެސް ބޮޑުކަމެއް ވެގެންކަން އަރްޒަންގެ ހިތް ބުނެލިއެވެ. އެހެނަސް ޒާވިލް އަމިއްލައަށް ފެނިގެން އެވާހަކަ ނުދައްކާހައި ހިނދަކު އޭނާވެސް އެވާހަކަ ނުދައްކަން އަރްޒަން ނިންމިއެވެ.

** ** **

ޔަނާލް ގާތަށް އައިކް ޓިއުޝަނަށް ގެންދަންފެށިތާ ދެހަފުތާ ފާއިތުވީއިރު އަރްޒަންއާއި ޔަނާލާއި ދެމެދުގައިއޮތް ގުޅުންވެސް ކޮންމެވެސް ވަރަކަށް ކުރިލައި ހެދެމުންދިޔައެވެ. މާގިނަ ވާހަކަތަކެއް ދެމެދުގައި ނުދެކެވުނު ނަމަވެސް އެކަކު އަނެކަކާއެކުގައި ހޭދަކުރެވޭ މަދު ވަގުތުކޮޅުގެ ސަބަބުން ދެމީހުންގެ ހިތަށްވެސް ފިނިކަންލިބެމުންދިޔައެވެ. ފިރިހެނުންދެކެ ޖެހިލުންވިއެއްކަމަކު މިހާރު އަރްޒަންއާއި ކުރިމަތިލާނެ ހިތްވަރު މަޑުމަޑުން ޔަނާލް ހޯދަމުންދިޔައެވެ. އައިކްގެ މަޖާ ވާހަކަތަކުން ތަނަށް ވެރިވާ ހަމަހިމޭންކަން ނެތިގެންދަނީ ޔަނާލާއި އަރްޒަންގެ ލުއި ހުނުމުގެ ސަބަބުންނެވެ. އެފަދަ ކޮންމެ ވަގުތަކުވެސް ނޭނގޭ އައު ރާގެއް ދެހިތުގައިވެސް ކުޅެވެމުންދިޔަކަން ދެމީހުންކުރެ އެކަކަށްވެސް ރެއަކައިނުލާފަދައެވެ. ނުވަތަ އިނގުނަސް ނޭނގޭކަމަށް ހަދަނީއެވެ.

އައިކްއާއި މެދުގައި ޔަނާލް ބަހައްޓާ ގާތްކަމާއި އޯގާތެރިކަމުގެ ނަތީޖާއަކަށްވީ އެކުޑަ ދުވަސްކޮޅު ތެރޭގައި އަރްޒަންގެ ހިތުން ޔަނާލްއަށް މަތިވެރި ގަދަރެއް ދެވުނުކަމެވެ. ނުބުނި ނަމަވެސް ޔަނާލްގެ ހަރަކާތްތަކުން އޭނާ އައިކްދެކެ ލޯބިވާވަރު އަރްޒަންގެ ދެލޯ ކުރިމަތީގައި އެނގި ސާފުވަމުން ދިޔައެވެ. އެދެމީހުން އެކުގައި ވަގުތު ހޭދަކުރާތަން ދުރުދުރުން އަރްޒަން ދެކޭހިތްވަނީ ކީއްވެކަމެއް ނޭނގެއެވެ. އިނގޭހައިވެސް ކަމަކީ އައިކްގެ ލޯބި ތުންފަތުގައިވާ މައުސޫމް ހިނިތުންވުމުން އެހިތަށް ހަމަޖެހުން ގެނުވާކަމެވެ. އެހިނިތުންވުން ދުވަހެއްގެކޮޅުންވެސް އޭނާގެ ލޯބިވާ ދަރިފުޅުގެ މޫނުމަތިން ގެެއްލޭކަށް އަރްޒަން ނޭނދެއެވެ.

މެންދުރުއްސުރެ އުޑުމަތި ބައްދަމުންއައި ބޯކަޅު ވިލާތަކުން ވާރޭ އޮއްސައިގަތީ ކުއްލިއަކަށެވެ. ވެހެމުންދިޔަ ބޯވާރެއާއެކު ޖަހައިލާ ގުގުރީގެ އަޑުފަށްގަނޑު ބާރުކަމުން ކަންފަތްތައް ބައްވެގެންދާހައިވެއެވެ. ހިތްތަކަށް ބިރުވެރިކަން ގެނުވަމުން ވެހެމުންދިޔަ ވާރޭ ދިޔައީ އިރެއް އިރަކަށް ބޯކުރަމުންނެވެ. މަގުމަތީގައި ހޭލަމޭލަވަމުންދިޔަ މީހުންވެސް އެކި ގޭގެއާއި އިމާރާތްތަކުގެ އަސްކަނި ދަށަށްވަދެ ވާރެއިން ސަލާމަތްވެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ވަގުތަކީ އިރުއޮއްސޭ ވަގުތުކަމުންނާއިއެކު އުޑުމަތި ބައްދައިފައިވާ ކަޅު ވިލާތަކުގެ ސަބަބުން މާހައުލު އިތުރަށް އަނދިރިކަމަށް ދައްކައެވެ.

ޖަހާލި ބާރު ގުގުރިއަކާއެކު ޔަނާލް ގާތުގައި ވާހަކަފޮތެއް ކިޔަންއިން އައިކް ދެލޯބޮޑުކޮށްލައިފައި ރޮއިގަތީ ހިތަށްވަތް ބިރުވެރިކަމުންނެވެ. ވަގުތުން އައިކް ގެނެސް އޭނާގެ އުނގަށްލަމުން އައިކް މަސަލަސްކުރެވޭތޯ ޔަނާލް އުގެގަތްގޮތުން ހީވަނީ އެއީ އަމިއްލަ އުފަން ދަރިއެއްހެންނެވެ. އައިކް ރޮއިގަތްތަންފެނި އަރްޒަން އެދިމާއަށް އަންނަން ތެދުވެފައިވެސް މަޑުޖެހިލީ ޔަނާލް އައިކްގެ ރުއިން ހުއްޓުވަން އުޅެގަތުމުން އޭނާއަށް އެފުރުސަތު ދިނުމުގެ ގޮތުންނެވެ.

“ހޫޝް ދޫނީ. އެއީ އެއްވެސް ކަމެއް ނޫނޭ. ޔަނާ އާންޓީވެސް މިހުރީނު. ބިރުނުގަނޭ. އަވަހަށް ހުއްޓާލާ. ތީ ޔަނާ އާންޓީގެ ސްޓްރޯން ބޯއީ އެއްނު ދޯ.” އައިކް ހިތްހަމަޖެއްސުމަށްޓަކައި އެކިއެކި ވާހަކަތައް ދައްކަމުން ޔަނާލް ދިޔައީ އައިކް އުރައިލައިގެންހުރެ ދެފަރާތަށް ދެފަރާތަށް ހިނގަމުންނެވެ. އެތަންބަލަންހުރި އަރްޒަންއަށް ހިނިތުންވެލެވުނެވެ.

ކުޑައިރުކޮޅަކަށްފަހު އައިކް މައިތިރިވުމުން ވަރަށް ލޯބިން އެދެލޮލުން ފައިބައިފައިހުރި ކަރުނަތިކިތައް ޔަނާލް ފުހެލައިދިނެވެ. އަދި އައިކްއަށް ހިނިތުންވެލަމުން ސިއްރުން އެއްޗެކޭ ބުނެލުމަށްފަހު އެފަންއިސްތަށިކޮޅު ހާވައިލިއެވެ. ޔަނާލް ބުނި އެއްޗަކަށް އައިކް ހީލި ނަމަވެސް އަދިވެސް އެދެލޮލުގައި ބިރުވެރިކަން އެކުލެވައިފައިވިއެވެ. އައިކް އަކީ އަބަދުވެސް ބޯކޮށް ވާރޭވެހި ގުގުރަންޏާ ބިރުން އުޅޭކުއްޖެކެވެ. އެފަދަ ތޫފާނީ ދުވަސްދުވަހު އޭނާ ހަމައަކަށް އެޅުވެނީ ވަރަށް ވަރުންނެވެ.

އިރުއޮއްސި ހަތެއްޖަހަން ގާާތްވަމުންދިޔައިރުވެސް ވެހެމުންދިޔަ ވާރެއަކަށް ބަދަލެއް ނާދެއެވެ. މާލަސްވާން ފެށުމުން އައިކް ގޮވައިގެން ގެއަށް ދިއުމަށްޓަކައި އަރްޒަން ޑްރައިވަރަށް ގުޅަން އުޅެގަތުމުން ވަގުތުން އެކަމާ ދެކޮޅު ހަދައި ބޭރަށް ނުދާނަންކަމަށްބުނެ އައިކް އަނެއްކާވެސް ރޮއިގަތެވެ. ހަދާނެގޮތް ހުސްވެފައި އަރްޒަން ފޯނު ތިރިކޮށްލަމުން އައިކްއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ.

“އިޓްސް އޯކޭ އަރްޒަން. އައިކް އަދި އެއީ ކުޑަކުއްޖެއްނު. އޭނަ ބޭރަށް ނުނިކުންނަން އެއުޅެނީ ބިރުން. ދެން އެހައި ބިރުންހުއްޓަ ބޭރަށް ނެރުންވެސް އެހަައި ރަނގަޅެއް ނުވާނެ. ވާރޭވެސް އަވަހަށް ހުއްޓާނެ ހެެނެއް ހިއެއްނުވޭ. އޫމް.. އިފް ޔޫ ވޯންޓް ޔޫ ކެން ސްޓޭ ހިއަރ ޓްނައިޓް.” އިރުކޮޅަކު އެދެބަފައިންގެ ހަރަކާތްތަކަށް ބަލަން ހުރުމަށްފަހު ޔަނާލް ބުނެލިއެވެ.

ޔަނާލްގެ ވާހަކަތަކާމެދުގައި ވިސްނައިލަމުން އަރްޒަން ބޯޖަހައިލައިފައި އެކަމަށް އެއްބަސްވިއެވެ. އެއާާއެކު ދެމީހުންގެ ދެމެދުގައި ފަނޑު ހިނިތުންވުމެއް ބަދަލުކުރެވިގެން ދިޔައެވެ. އަރްޒަން އެކަމަށް އެއްބަސްވުމުން ޔަނާލް އަވަސްވެގަތީ މަޣްރިބް ނަމާދުކޮށްލުމަށްފަހު އެެއެޕާރޓްމަންޓްގައިހުރި ގެސްޓް ރޫމްސްތަކުގެ ތެރެއިން ކޮޓަރިއެއް އަރްޒަންމެންނަށް ތައްޔާރުކޮށްލުމަށެވެ. ޔަނާލް އެތަނުން ދިއުމުން އައިކް އުނގުގައި ބައިނދަމުން އަރްޒަން ފޯނުން ޝިހާމަށް ގުޅައިލުމަށްފަހު މިރޭ އެގޭގައި މަޑުކުރާވާހަކަ ބުނެލިއެވެ. އެއްވެސް ދެކޮޅު ހެދުމެއްނެތި ވަގުތުން ޝިހާމު އެކަމަށް އެއްބަސްވީ އޭނާގެ ދަރިފުޅަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުންނެވެ.

ކޮޓަރި ތައްޔާރުކޮށްލުމަށްފަހު ޔަނާލް އެރެއަށް ކާނެ އެއްޗެއް ތައްޔާރުކޮށްލުމަށްޓަކައި ބަދިގެއަށް ވަނެވެ. ޔަނާލްގެ ފަހަތުން އަރްޒަންވެސް އައިކް ގޮވައިގެން އައިސް ބަދިގެއަށް ވަނެވެ. އޭރު އައިކްވެސްހުރީ ހަމައަކަށް އެޅިފައެވެ. “ކޮންއެއްޗެއް ހަދަން ތިއުޅެނީ؟” ޔަނާލްގެ ކޮންމެ ހަރަކާތަކަށް އެސްފިޔަޖަހައިނުލާ ބަލަމުންދިޔަ އަރްޒަން އައިކް ގޮނޑިއެއްގައި ބެއިނދުމަށްފަހު ފޯނުން ގޭމްއެއް އަޅުވަމުން އަހައިލިއެވެ. “ސްޕެގެޓީ ކައްކަން ކަމަށް. އަނެއްކާ އަރްޒަންއަށް ކަމުދާ އެއްޗެއްތަ އެއީ؟” އަރްޒަންގެ ސުވާލުން އައިސްއަލަމާރި ކައިރީގައިހުރި ޔަނާލް އެނބުރިލަމުން ހިނިތުންވެފައި އަހައިލިއެވެ. “ހޫމް. ކީއްވެ ކަމުނުދާންވީ؟ ކާއެއްޗެއްވިއްޔާ އަހަރެންނަށް ކަމުދާނެ ކޮންމެ އެއްޗެއްވެސް. އަހަރެންމީ އެހަައި ގޮތްބޮޑު މީހެއްނޫނޭ.” ޔަނާލާއި ދިމާއަށް އެއްލޯ މަރައިލަމުން އަރްޒަން ބުނެލިގޮތުން އެދޮންކޯތާފަތަށް ލަދުވެރިކަމުގެ ރަތްކުލަ ވެރިވެގެންދިޔަތަންފެނި އަރްޒަންގެ ހިތްތެޅިލިއެވެ. ލަދުގަތުމުން ޔަނާލްގެ ރީތިކަން އެތައްތަނެއް އިތުރުކަމަށް ދައްކައެވެ. ކުރެވުނުކަންތަކާއިމެދު ހައިރާންވި ނަމަވެސް އަރްޒަންގެ ތުންފަތުގައިވީ ލާނެތް ހިނިތުންވުމެކެވެ.

އަރްޒަންގެ އެކުޑަކުޑަ ސަމާސާއިން ލަދުގަތްވަރުން ޔަނާލް އަވަސްއަވަހަށް އަނެއްފަރާތަށް އެނބުރިލަމުން އައިސްއަލަމާރިން ތަރުކާރީކޮޅެއް ނަގައި މޭޒުމަތީގައި ިބޭއްވިއެވެ. “އަހަރެން އެހީ ވެދެންތަ؟ އޭރަށް އަވަސްވާނު.” ޔަނާލްގެ ހަމަހިމޭންކަން އަރްޒަންއަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން އިންތަނުން ތެދުވަމުން ޔަނާލާއި ދިމާއަށް އޭނާ ހިނގައިގަތެވެ.

“ނޫން. އަހަރެން ކައްކަފާނަމޭ. އަރްޒަން ދޭ އެތާ އިނށީދެގެން އިންނަން.” ދާދި ގާތަށްއައިސް ހުއްޓުނު އަރްޒަންގެ ގައިން ދުވި މީރުވަމުން ސިއްރުވެރިގޮތަކަށް ނޭފަތް އެތެރެއަށް ދަމާލަމުން ޔަނާލް ބުނެލިއެވެ. އެހެނަސް އަރްޒަންހުރީ އެކަން ގަބޫލުކުރާ ގޮތަކަށްނޫނެވެ. “އައްދެ. ހީކުރީތަ އަހަރެންމީ ފިރިހެނަކަށްވީމަ ކައްކަން ނޭނގޭނެކަމަށް. ވަކި އަންހެނަކަށްވުރެ އަހަރެންވެސް ދެރައެއްނުވާނެ.” ކައިރީގައިހުރި ގޮނޑީގައި ދެއަތް ވިއްދައިލަމުން ދިމާކޮށްލާފަދަ ރާގަކަށް އަރްޒަން އެހެން ބުނެލުމާއެކު ޔަނާލްއަށް ހެވުނެވެ. މިނޫނީ އަދި އަރްޒަންގެ ކިބައިން އެފަދަ ސަމާސަވެރިގޮތްތަކެއް ޔަނާލް ނުދެކެއެވެ. އޭނާއަށް އަބަދުވެސް ފެންނަނީ ބަސްމަދު ޒުވާނެކެވެ. އަރްޒަންގެ ފޮރުވިފައިވާ އެމިޒާޖުދެކެ ޔަނާލްއަށް ވަރަށް ގަޔާވެވުނެވެ.

“އަހަރެން ކޮންއިރަކު އެހެންބުނީ؟” ކުޑަކޮށް ހިނިތުންވެހުރެ އަތުގައިއޮތް ކެރެޓް ސާފުކުރަމުން ޔަނާލް އަހައިލިއެވެ. “ނުބުންޏަކަސް ތިހިތުގަ އޮތީ އެހެންކަންނޭނގެ. ނޫނީ ޔަނާލްއަށްވުރެ މީރުކޮށް އަހަރެން ކައްކައިފާނެތީ ބިރުގަތީތަ؟” އަނެއްކާވެސް އަރްޒަން ޔަނާލާއި ދިމާކޮށްލިއެވެ. މިފަހަރު އަރްޒަންގެ ވާހަކައިން އޭނާއާ ދިމާއަށް ބަލައިލަމުން ޔަނާލް ދެލޯ ހަނިކޮށްލިއެވެ. “ނޯ ވޭ. ހެހެހެ. އަހަރެން ކޮންބިރެއް ގަންނާކަށް. އެކަމަކު ދެން ތިހާ މޮޅިއްޔާ ތިހުރި މޮޅުކަމެއް ނިކަ ދައްކާލަބަލަ. އިނގިދާނު.” ހިނިގަނޑެއް ޖަހައިލަމުން ޔަނާލްވެސް އަރްޒަންއާ ދިމާކޮށްލިއެވެ. ކުއްލިއަކަަށް ޔަނާލްގެ ކިބައިގައި އެކުލެވުނު ސަމާސަވެރިގޮތްދެކެ އަރްޒަންއަށްވެސް ގަޔާވެވުނެވެ. އަބަދުވެސް އެޔަނާލް ފެންނަން ހުންނާނެ ނަމައޭ އޭނާގެ ހިތަށްއެރިއެވެ.

ދެމީހުން އެއްވެގެން ކެއްކުމުގެ ކަންތައް ނިންމައިލިއިރު މުޅިތަނުގައިވަނީ ސްޕެގެޓީގެ މީރުވަސް ހަރުލައިފައެވެ. އަރްޒަން ކެއްކިއެއްކަމަކު ޔަނާލްވެސް އޭނާއަށް ވެދެވެންއޮތް އެހީއެއް އަރްޒަންއަށް ވެދިނެވެ. ހަގީގަތުގައިވެސް އަރްޒަންގެ ކެއްކުމުގެ ހުނަރުފެނި ޔަނާލްހުރީ އަޖައިބުވެފައެވެ. އެކުގައި ކެއްކުމުގައި ހޭދަވީ ވަގުތު އެެދެމެދުގައިއޮތް ގުޅުން ކުޑަކޮށް ނަމަވެސް ބަދަހިވެގެން ދިޔައެވެ. ދޭތެރެއަކުން އަރްޒަންކޮށްލާ ސަމާސައިގައި ބައިވެރިވެ ޔަނާލްވެސް އަރްޒަންއާ ދިމާކޮށް ހެދިއެވެ. އެރޭގެ އެވަގުތުކޮޅަކީ އެތައް ދުވަހަކަށްފަހު އެހިތަށް ލިބުނު ޝިފާއެއްފަދައެވެ.

ކޮޓަރީ ތެރޭގައި ދެކޮޅަށް ހިނގައިލަ ހިނގައިލައި ނިޝްޔާ ހުރީ ރުޅިއައިސް ރަތެވެފައެވެ. އިރުއިރުކޮޅާ ފޯނުން ކޮންމެވެސް ނަމްބަރަަކަށް ގުޅައިލަމުން އެކޮޅުން ޖަވާބުނުދިނުމުން ހިތްހަމަނުޖެހިފައި ފޯން ކަންފަތާއި ދުރުކޮށްލައެވެ. “ކިހައިދެރަކަމެއް. އަރްޒަން ކީއްވެތަ ފޯނު ނުނަގަނީ؟ އެއަންހެނާއާާއި އެކުގައި ހަމަ އެހައިވެސް ބިޒީ ވީތަ؟ ކީއްތަ ތިކުރަނީ؟” ރުޅިއައިސްގެން ފޯނު އެނދުމައްޗަށް އެއްލަމުން ނިޝްޔާ ހަޅޭލަވައިގަތެވެ.

“އަހަރެން ހިތަށްއަރާ އޭނަ ކޮން ޖާދުލެއްބާވައޭ އައިކްއަށް އެޖެއްސީ. އެނޫން ނަމެއް އައިކްވެސް ނުކިޔާ. އެހެންޏަ ހީވަނީ މިއޮއްހުރިހައި ދުވަހު ހުރިހައި ކަމެއް ކޮށްދިނީ އެޔަނާލްހެން. މާ ޔަނާލް ޔަނާލް ވެގެން އުޅެން. ހުއް. ވަރަށް ފޫހިވޭ. ތި ޔަނާލަށްވެސް ރަނގަޅު ލަނޑެއްދޭންވީ. އޭރަށް ކަންނޭނގެ މައިތިރިވާނީ.” ދަތްކުނޑި ވިކައިލަމުން ނިޝްޔާ ކުދިކިޔަމުންދިޔައިރު އެދެބުމަވަނީ ގޮށްޖެހިފައެވެ. ޝިހާމު އަރްޒަން އެގޭގައި މަޑުކުރާ ވާހަކަ ބުނީއްސުރެ ނިޝްޔާގެ ސިކުނޑީގައި އެނބުރެމުންދިޔައީ ނުބައި ޚިޔާލުތަކެވެ. އެހިތްވަނީ ވަސްވާހުން ފުރިފައެވެ. އެކަންކަމާއި މެދުގައި ވިސްނިވަރަަކަށް އޭނާގެ ރުޅިގަނޑު ގަދަވަމުންދިޔައެވެ.

“އޫމް ވަރަށް މީރު.” ކަނައަތުގެ ބޮޑުވައި އިނގިލިން ބަރާބަރޭ ބުނެލަމުން ޔަނާލް އަރްޒަންގެ ކެއްކުމަށް ތައުރީފުކޮށްލިއެވެ. އެއާއެކު ކާންއިން އަރްޒަން ގަމީހުގެ ގިރުވާނުގައި އެއްއަތުން ހިފައި މައްޗަށް ހަލުވައިލަމުން ފޮނިވެލައިފައި ނިތްއަރުވައިލިއެވެ. “މީރު ވާނު. ކާކުތަ ކެއްކީ؟” އަމިއްލަ ނަފުސާއި މެދުގައި ފަޚުރުވެރިވެފައި އަރްޒަން ބުނެލިގޮތުން ޔަނާލްއަށް ހެވުނެވެ. “ހޫން ދެން ތިވަރަށް ފޮނިނުވިއަސް ހެވޭ. އަހަރެން ގަބޫލުކޮށްފިން އަރްޒަން ކައްކަން މޮޅުކަން.” އަނގައަށް ސްޕެގެޓީކޮޅެއްލަމުން ޔަނާލް ބުނެލިއެވެ. “ޔޭ. ޑެޑީ އިޒް ދި ބެސްޓް.” އަރްޒަން ގާތުގައިއިން އައިކްވެސް ވަރަށް ހިނިއައިސްފައި ބުނެލިއެވެ. “އޮފްކޯޒް.. އޮފްކޯޒް..” އަމިއްލަ މޭމަތީގައި ފިރުމައިލަމުން އަނެއްކާވެސް އަރްޒަން ފޮނިވެލިއެވެ. މިފަހަރު ހިނިތުންވެލަމުން ޔަނާލް ދެފަރާތަށް ބޯހޫރައިލީ އަރްޒަންގެ ސަކަ ގޮތްގަނޑާއި މެދުގައި ބުނާނެ އެއްޗެއް ނޭނގުމުންނެވެ.

“ބައްޕީ ކޮއްކޮ މިރޭ ނިދާނީ ޔަނާ އާންޓީގާތު.” އަރްޒަން ލެވި ސްފެގެޓީކޮޅު ކައިލަމުން އައިކް ބުނެލިއެވެ. އެއަޑުއިވިފައި އަރްޒަން ޔަނާލްއާ ދިމާއަށް ބަލައިލިއިރު ހިނިތުންވެފައި އައިކްއަށް ބަލަންއިން ޔަނާލް ފެނުމުން އޭނާވެސް އެގޮތާ އެއްބަސްކަން އިނގި އަރްޒަން ބޯޖަހައިލިއެވެ. ވަރަށް އުފާވެފައިހުރެ ކައި ނިމިގެން އައިކް ޔަނާލްއާ އެކުގައި އެކޮޓަރިއަށް ދިޔައެވެ.

ޔަނާލްމެން ދިއުމުން އަރްޒަންވެސް އޭނާގެ ކޮޓަރިއަށް ދިޔައެވެ. ކޮޓަރީގައި އެތައްއިރަކު އެކިއެކި ޚަބަރުތައް ކިޔަން އޮވެފައި ކަރުހިއްކައި ގަނެގެން އަރްޒަން ކޮޓަރިން ނުކުތީ ކާކޮޓަރިއަށްގޮސް ފެންފޮދެއް ބޮއިލުމުގެ ނިޔަތުގައެވެ. ޔަނާލްގެ ކޮޓަރި ހުރަސްކުރިިވަގުތު ކުޑަކޮށް ހުޅުވިފައިހުރި ދޮރުން ފެނުނު މަންޒަރުން އަރްޒަންއަަށް ހުރިތަނުގައި ހުއްޓެވުނެވެ. ވަގުތުން އެތުންފަތް މައްޗަަށް ފުޅާހިނިތުންވުމެއް ވެރިވިއެވެ.

އައިކް ގާތުގައި އޮށޯވެލައިގެންއޮވެ އޭނާގެ ބޮލުގައި ލޯތްބާއެކުގައި ފިރުމަމުން ޔަނާލް ލަވައެއް ކިޔަމުންދިޔައީ އައިކް ނިންދެވުމުގެ ގޮތުންނެވެ. މަޑުން ނަމަވެސް އެލަވައިގެ އަަޑު އަރްޒަންގެ ކަންފަތާ ހަމައަށްވެސް ފޯރައެވެ. ޝައުގުވެރިކަމާއެކު ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން އަރްޒަން އެމަންޒަރުބަަލަން ހުރީ އެހިތަށް ލިބެމުންދިޔަ ފިނިކަމެއްގެ ސަބަބުންނެވެ. ޔަނާލްގެ ގޮތް ދަސްވަމުންދިޔަ ވަރަކަށް އަރްޒަންއަށް ޔަނާލްއާއި އިތުރަށް ގަޔާވެވެނީއެވެ. ޔަނާލް އާއެކުގައި އިތުރަށް ވަގުތު ހޭދަކުރަން ބޭނުންވަނީއެވެ. އެގެއަަށް އަރްޒަން އައި މައިގަނޑު ބޭނުން ހާސިލްނުވިއެއްކަމަކު މަޑުމަޑުން ޔަނާލްގެ މިޒާޖު އޭނާއަށް ދަސްވަމުންދިޔައީތީ އޭނާ ހުރީ އެކަމާ ހިތްހަމަޖެހިފައެވެ.

އިރުކޮޅަކު އެމަންޒަރަށް ގެއްލި ހުރުމަށްފަހު ކާކޮޓަރިއަށްގޮސް ފެންފުޅިއެއް ހިފައިގެން އަރްޒަން އޭނާގެ ކޮޓަރިއަށް ދިޔައެވެ. ފެންކޯވެރެއް ބޮއިލަމުން އެކޮޓަރީގައިހުރި ބިއްލޫރި ކުޑަދޮރު ކައިރީގައި އަރްޒަންގޮސް ހުއްޓިލިއެވެ. އަދި ބޭރަށް ނަޒަރު ހިންގައިލިއެވެ. ކުޑަދޮރު ފުސްވެފައިވީގޮތުން އަދިވެސް ވާރޭ ނުހުއްޓަނީކަން އޭނާއަށް އިނގުނެވެ. މަޑުމަޑުން ދޮރު ހުޅުވައިލަމުން ބޭރުން ފެންނަންއޮތް ހިތްގައިމު މަންޒަރަށް ލޯ ހުއްޓައިލިއެވެ.

ވާރޭގެ ބޮޑެތި ތިކިތަކުގެ ޝިކާރައަކަށް ވެފައިވާ ގަސްތަށް ހީވަނީ ރޫރޫ އަޅާހެންނެވެ. ޖެހިލާ ވައިރޯޅިއާއެކު ދެފަރާތައް ދެފަރާތަށް ހެލެމުންދިތަ ގަސްތަކުގެ ހަރަކާތްތަކަށް ނަޒަރު ހުއްޓައިލައިގެން އަރްޒަން ހުރީ އެމަންޒަރުގެ ހިތްގައިމު ކަމުންނެވެ. އޭރުވެސް ބޯކޮށް ވެހެމުންދިޔަ ވާރެއަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އުޑުމަތި ބަނަވެފައި އޮތުމުގެ ސަބަބުން އެހެންރޭރޭގައި ފެންނަ ޗާލު ހަނދާއި އޭގެ ބައިވެރިންވެސް ވަނީ އުޑުމަތީގައި ރަނިކަންކުރުމުން މިރޭ މަހުރޫމުވެފައެވެ. ހަނދުވަރު ދީފައިނެތެއްކަމަކު އެރޭގެ ހިތްގައިމު ކަމަކަށް ބަދަލެެއްނާދެއެވެ. ވާރޭގެ ސަބަބުން ފިނިވެފައިއޮތް މާހައުލުން ހަށިގަނޑަށް އިހުސާސުވަމުންދިޔައީ ތަފާތު އަރާމެކެވެ. މަގެއްމަތިން މީހެއްގެ ހިލަމެއްވެސް ނުވެއެވެ. ހީވާ ގޮތުން ކޮންމެ މީހަކުވެސް މިރޭގެ ހިތްހަމަޖެހުމާއި އަރާމު ލިބިގަންނަނީއެވެ.

މޯޅިއަކަށް ދެމިލަމުން އިސްތަށިގަނޑުގައި އަތްހިންގައިލުމަށްފަހު އަރްޒަން ދޮރުލައްޕައިލަމުން އެނދާއި ދިމާއަށް މިސްރާބުޖެހިއެވެ. ލަައިގެންހުރި ގަމީސް ބައިލަމުން ހެދުން އަލަމާރިން ކޮނޑެއްނަގައި އޭގައި އަޅުވައިލަމުން އައިސް އެނދުގައި އޮށޯވެ ހަމަޖެހިލިއެވެ. އެވަގުތު ނިޝްޔާގެ މިސްވެފައިހުރި ކޯލްތައްމަތިން ހަނދާންވެ ނިޝްޔާއަށް މެސެޖެއް ކޮށްލަމުން އެނދުކައިރީގައިހުރި ކަބަޑުމަތީގައި ފޯނު ބޭވުމަށްފަހު އަރްޒަން ލޯ މަރައިލިއެވެ. ވެފައިހުރި ވަރުބައްޔާއެކު ދާދި އަވަހަށް ފުން ނިންޖެއްގެ ތެރެއަށް އަރްޒަން ގެނބިގެންދިޔައެވެ.

އަރްޒަންގެ މެސެޖް ކިޔައިލަމުން ނިޝްޔާ ތުންއަނބުރައިލީ ވީ ފޫއްސެއްގެ ބޮޑުކަމުންނެވެ. އެވަގުތު ފޯނު ނުނެގުނީ ކުޑަކޮށް ބިޒީކޮށް އުޅުމުންކަމަށް އަރްޒަން ލިޔެފައިއޮތުމުން ނިޝްޔާގެ ހިތަށް އުނދަގޫވަމުން ދިޔައެވެ. އަރްޒަން ބިޒީ ވާންވީ ކޮންކަމަކާތޯ އަމިއްލަ ނަފުސާ ސުވާލުކުރެވެމުން ދިޔައެވެ. އައިސްފައިހުރި ރުޅީގެ ސަބަބުން ރިޕްލައި ކުރުމެއްވެސްނެތި ފޯނު މުށުތެރެއަށްލައި ފިއްތައިލަމުން ނިޝްޔާ އެނދުމައްޗަށް ވެއްޓިގަތެވެ.

ސްޑަޑީ ޓޭބަލް ދޮށުގައި މަސައްކަތެއްކުރަންއިން ޒާވިލް އެންމެފަހުން ކުރަންހުރި މަސައްކަތް ނުނިންމުމުން ހިތްހަމަނުޖެހިފައި ލެޕްޓޮޕް ލައްޕައިލިއެވެ. އެވަގުތު އޭނާގެ އަތުންޖެހި ކައިރީގައިހުރި ހޫނު ކޮފީ ޖޯޑުން އެތިފޮތެއް އޭނާގެ ފަޔަށް ވެރުނެވެ. ކުޑަކޮށް ހަޅޭލަވައި ގަންނަމުން މޭޒުމަތީގައި އޭނާ އެއްއަތުން ޖަހައިލީ އައިސްފައިހުރި ރުޅި މަޑުވޭތޯއެވެ.

“ކިހައި ދެރަކަމެއް. އެއްކަމެއްވެސް ރަނގަޅަށް ނުވަނީއޭ މިރޭ. މީ އެ އަންހެނާގެ ކަންތައް.” މާޒީގެ ޚިޔާލުތައް އުނދަގޫކުރަން ފެށުމުން ޒާވިލްގެ ރުޅިވަނީ އިންތިހާއަށް ގޮސްފައެވެ. އެއްގޮތަކަށްވެސް އެއަންހެނާ މަތިން ވިސްނާކަށްވެސް އޭނާ ބޭނުމެއްނުވެއެވެ. އެހެނަސް އެރޭ އަރްޒަންގެ ސަބަބުން އަލުން އެހަނދާންތައް އޭނާއަށް އާވާން ފެށިއެވެ.

“ކިތަންމެ ރީތި ސިފައެއް ލިބިފަ ހުއްޓަސް ބޮޑު ސުންޕާއެއް އެއީ. އެހެންމީހުންގެ ދިރިއުޅުން ހަލާކުކުރާނެ ގޮތެއް ނޭނގިގެން އުޅޭ މީހެއް. އަހަރެންނަށް އޭނާއަށް ކޮށްލެވުނުވަރު ކުޑައީ. ވަރިނުވެ ކުޑަދުވަސްކޮޅެއް ވީނަމަ އަހަރެންގެ އަތުން މަރުވެގެން އޭނަ ދާނީ.” އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން ޒާވިލް ތުރުތުރު އަޅަމުން ދިޔައެވެ. ހިތަށްވެެރިވަމުންދިޔަ ޚިޔާލުތަކާއެކު އޭނާ ހަޅޭލަވަމުން ދިޔައެވެ. ދުވަހަކު އެހެންމީހަކަށް ނަފުރަތު ނުކުރާވަރަށް އޭނާ އެއަންހެންކުއްޖާއަށް ނަފުރަތުކުރާކަން އެއަނގައިން ނުކުންނަމުންދިތަ ބަސްތަކުން އެނގެއެވެ.

** ** **

ހެނދުނުވީއިރު ވާރޭ ނުހުއްޓި ނަމަވެސް ވަނީ ކޮންމެވެސް ވަރަކަށް ތުނިކޮށްލައިފައެވެ. އައިކް ގޮވައިގެން ގެއަށްދާން ތައްޔާރުވަމުންދިޔަ އަރްޒަން ގަޑިއަށް ބަލައިލަމުން ފޯނުން ޑްރައިވަރަށް ގުޅައިލުމަށްފަހު އެމީހުން ބަލައި އައުމަށް އެންގިއެވެ. އަދި ކޮޓަރިން ނުކުމެ ޔަނާލްގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއިރު ކޮޓަރީގެ ދޮރު ހުޅުވައިލަމުން އައިކް ގޮވައިގެން ޔަނާލްވެސް ނުކުންނަނީއެވެ.

“ގުޑް މޯރނިންގް ބައްޕީ.” އަރްޒަންގެ ގައިގައި އޮޅުލައިގަންނަމުން ހެނދުމުގެ ސަލާމް އައިކް ކޮށްލިއެވެ. ބަދަލުގައި އައިކްއަށްވެސް ހެނދުނުގެ ސަލާމް ކޮށްލަމުން ޔަނާލްއާ ދިމާއަށް ބަލައިލުމަށްފަހު އަރްޒަން ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. ޔަނާލްވެސް ލުއި ހިނިތުންވުމެއް ދެމުން އިސްޖަހައިލީ ރަކިވީވަރުންނެވެ.

“ހިނގާ ތިރިއަށްދާން. ބޭބެ އެބައާދޭ ކާރުގަ ބަލާ.” އައިކްގެ އަތުގައި ހިފަމުން އަރްޒަން ބުނެލިއެވެ. އަރްޒަންމެންނާ އެކުގައި ޔަނާލްވެސް ގޭގެ ދޮރާ ހަމައަށް ދިޔައެވެ. އޭރުވެސް ހުއްޓުމެއްނެތި އައިކް ދިޔައީ ޔަނާލްއާ އެކި ވާހަކަ ދައްކަމުންނެވެ.

“ދަރިފުޅު ބޭގް ކޮބާ؟” ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް އަރްޒަން އަހައިލިއެވެ. ދަބަސްވީތަން ނޭނގޭކަމަށްބުނެ އައިކް ދެކޮނޑު އަރުވައިލިއެވެ. “އަހަރެން ކޮޓަރީގަ ކަންނޭނގޭ އޮންނާނީ. އަންނާނަން ހިފައިގެން.” ކޮޓަރިއަށް އިޝާރާތް ކޮށްލަމުން ޔަނާލް ބުނެލިއެވެ. “ނޯ ރަނގަޅުވާނު. އަހަރެން ގެނެސްފާނަން.” ޔަނާލްގެ ކުރިން އެކޮޓަރިއާާއި ދިމާއަށް އަރްޒަން ހިނގައިގަތެވެ.

ކޮޓަރި ތެރެއަށް ވަންނަނަމުން އަރްޒަން ވަށައިގެން ނަޒަރު ހިންގައިލިއެވެ. ކޮންމެ ދިމާއަކުންވެސް ފެންނަނީ ސާފު ތާހިރުކަމާއި ތަރުތީބުކަމެވެ.

ޔަނާލްއަށް ހިތުން ތައުރީފު ކުރަމުން އެއްފަރާތުގައި ފޮތްތަކެއް ބަހައްޓައިފައިހުރި މޭޒެއްމަތީގައި އޮތް އައިކްގެ ކުޑަ ދަބަސް ނަގަމުން އަރްޒަން އެނބުރިލިއެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެމޭޒުމަތީގައިއޮތް ފޮތެއް އޭނާގެ ލޮލުގައި އަޅައިގަތުމުން ޔަގީންކޮށްލުމުގެ ބޭނުމުގައި އަލުން އެދިމާ ބަލައިލިއެވެ.

ޑައިރީއެއް ޒާތުގެ ލެދަރ ކަވަރއެއް ލައިފައިއޮތް މަޑު ޗޮކުލެޓް ކުލައިގެން ފޮތަށް އަރްޒަން ބަލައިލީ ޝައުގުވެރިކަމާއެކުއެވެ. ދެލޯ ހަނިކޮށްލަމުން އެއްޗެއް ވިސްނައިލުމަށްފަހު އަރްޒަން އެފޮތް ނަގައި ދެފަރާތް ދެފަރާތަށް އަނބުރައިލަމުން ބަލައިލިއެވެ. “ޔަނާލްގެ ޑައިރީބާމީ؟” ފޮތް ކުޑަކޮށް ހުޅުވައިލަމުން އަރްޒަން އޭގެ އެތެރެއަށް ނަޒަރު ހިންގައިލިއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އެއީ ޑައިރީއެކެވެ. ކުދިކުދި ރީތި ދިވެހި އަކުރުތަކުން ލިޔެފައިވާ އެފޮތުގެ ދެތިން ގަނޑަށް ބަލައިލުމަށްފަހު ފޮތް ލައްޕައިލަމުން އަރްޒަން އޭތި އައިކްގެ ކުޑަ ދަބަހަށް ލުމަށްފަހު އެކޮޓަރިން ނުކުންނަން ހިނގައިގަތެވެ. އޭނާގެ މަގުސަދު ހާސިލްކުރުމަށްޓަކައި އެފޮތް އެހީވާނެކަން އޭނާއަށް ޔަގީނެވެ. މިކުރެވެނީ ގޯސްކަމެއްކަން އިނގުނެއްކަމަކު ޔަނާލްގެ ހަޔާތާއި މެދުގައި ހިތުގައި އުތުރިއަރަމުންދިޔަ ސުވާލުތަކުގެ ޖަވާބު އެނގެން ބޭނުންވެފައި ހުރިވަރުން އަރްޒަންއަށް އެގޮތަށް އަމަލުކުރެވުނީއެވެ. އަވަސް ހިނގުމެއްގައި އެކޮޓަރިން ނުކުންނަމުން ޔަނާލްއަށް ޝުކުރު އަދާކުރުމަށްފަހު އައިކް ގޮވައިގެން އަރްޒަންގޮސް ލިފްޓަށް އަރަންދެން ދޮރުމަތީގައި ބަލަހައްޓައިގެން ޔަނާލް ހުއްޓެވެ. ލިފްޓް ލެއްޕުމުގެ ކުރިން އައިކް ޔަނާލްއަށް ހަނާއަޅައިލިތަންފެނި އޭނާވެސް ހިނިތުންވެލަމުން އައިކްއަށް ހަނާއަޅައިލިއެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

އެހަނދާން ފޮހެވޭތޯ ބެލިޔަސް… 1

Next

ވާނަން އެކީ 3

Next
September 6, 2018

ވާނަން އެކީ 3

Previews
September 6, 2018

އެހަނދާން ފޮހެވޭތޯ ބެލިޔަސް… 1

40 Comments!

  1. Nau says:
    September 6, 2018 at 7:51 am

    Salaam all.. Here is the sixth part. Hope u all will like this part too. N ya plx point out the mistakes for me.. ?.. Enjoy reading all.. Have a vvvv nice day.. Love ya all my dears?❤

  2. Maahjabeen says:
    September 6, 2018 at 7:55 am

    Vvvvvinthizaarug mihuree ???????????

  3. ??? says:
    September 6, 2018 at 8:15 am

    Yeyyyyyyy dhenehnunn adhi salhi vaaniii e nishya ah ladheh dhyn v?? yanaal ah dheraeh nudheythi ??nishya vaahaka vvvv??

    1. Twinkle says:
      September 6, 2018 at 10:29 am

      I agree with u
      Hama assuves nishya ah ladeh dheyn v ?
      V foni vegen eba ulhey

    2. Nau says:
      September 6, 2018 at 6:14 pm

      Hehehe.. ?

    3. Nau says:
      September 6, 2018 at 6:12 pm

      Hehe aan dhw..Thanks dear❤

  4. Maahjabeen says:
    September 6, 2018 at 8:25 am

    Mipartves vv salhi

    1. Nau says:
      September 6, 2018 at 6:13 pm

      Thanks dear?

  5. Shaya says:
    September 6, 2018 at 9:47 am

    Masha Allah!! Varah reethi mi part vx❤??

    1. Nau says:
      September 6, 2018 at 6:13 pm

      Thanks dear❤

  6. Faathun says:
    September 6, 2018 at 10:25 am

    V. Nice.

    1. Nau says:
      September 6, 2018 at 6:13 pm

      Thanks dear?

  7. shannu says:
    September 6, 2018 at 10:59 am

    Wow nau haadha furihamaey mibaives… hama bunaane ehchehves neynge reethi kamun… v v ves molhu… sifakurun hama ehvanaey buneveyny mibaigaves… nishyaa men dhw mi story ga nubai roal mi adhaa kurany… story kiyamun dhiyavarakah v heevey ehen

    1. Nau says:
      September 6, 2018 at 6:14 pm

      Hehe aan dhw.. Lets see.. Thanks my dear❤

  8. Aaaa says:
    September 6, 2018 at 11:13 am

    Wow v rythi

    1. Nau says:
      September 6, 2018 at 6:15 pm

      Thanks dear?

  9. Unknown girlll.. says:
    September 6, 2018 at 12:16 pm

    Ooh.??????.v reethi ???when nxt…..e anhenkujja keekurytha ehaavarah zaavil e manje dheke rulhi e annany…… zaavil ves mi mi vaahakaige prob eh hen heevany dhw…. keep up the good work??? luv ya dhidhi…❤❤❤

    1. Nau says:
      September 6, 2018 at 6:16 pm

      Hehe dhw.. Lets see wat she did.. Thanks alot and wlcm dhidhi hehe.. ?Love yah too.. ❤?

  10. samm says:
    September 6, 2018 at 12:49 pm

    nice mi part vrh.

    1. Nau says:
      September 6, 2018 at 6:17 pm

      Thanks dear?

  11. Manje says:
    September 6, 2018 at 6:26 pm

    I think yanal is zamil’s ex

    1. Nau says:
      September 6, 2018 at 7:03 pm

      Hehe lets see dhw?

  12. Xuhu says:
    September 6, 2018 at 7:21 pm

    Owwww nau this part is awesome….. V v v rythi… U r a talented girl masha allah… God bless u….. ❤❤❤❤❤

    1. Nau says:
      September 6, 2018 at 8:24 pm

      Awwnn thanks alot my dear.. May Allah bless u too❤?

  13. Kudaa says:
    September 6, 2018 at 9:11 pm

    Zavil ge x wife aky yanaal dhw

    1. Nau says:
      September 6, 2018 at 10:07 pm

      Lets see.. Hehe

  14. maya says:
    September 6, 2018 at 10:22 pm

    wwwwaaaaaaaaaaaaaaaau its getting intrested day by day..zaavil ge x wife aki yanaal kanenge dhw..e nishya ves ulhey gotheh dhw v foohi bt story hama awesome

    1. Nau says:
      September 6, 2018 at 11:40 pm

      Awwwn.. Hehe.. Thanks alot my dear. Lets see dhw.. ?

  15. Hawwor says:
    September 7, 2018 at 12:17 am

    Next part ga dairy kiyaane dhw..arzan…..v rythi vaahaka….

    1. Nau says:
      September 7, 2018 at 4:54 am

      Hehe lets see whether he reads it or nt.. Thanks dear?

  16. Aisha says:
    September 7, 2018 at 5:11 am

    Vrh reethi part. Loved it..very nice. ?Waiting for next part…

    1. Nau says:
      September 7, 2018 at 9:10 am

      Thanks alot dear❤

  17. Nau says:
    September 7, 2018 at 8:03 am

    Salaam all.. As its friday m lil bxy. Vaahakaige next part in sha allah tday mendhuru fahun up kohla dheynan ingey in sha allah.. Kyp waiting?❤

  18. Fathun says:
    September 7, 2018 at 10:36 am

    Wow.. Beautiful.

  19. samm says:
    September 7, 2018 at 2:47 pm

    nauu, kobaa 7th part??? waitinggg!!!

  20. Ninni says:
    September 7, 2018 at 8:03 pm

    I am just curious about something ingey Nau.. Yanaal lives alone and she is a pre school teacher..how can she afford an apartment with guest rooms.. ethan kolhu ehaa hama eh nujehey.. explain it please..dnt take this comment negative koh. I Love your stories and this story is also very nice ?

    1. Nau says:
      September 7, 2018 at 9:22 pm

      Hey dear its ok.. I wnt take it negative.. I knw ethankolhu hama nujeheykan.. Hehe.. Btw u will knw it once u get to knw her past.. In sha allah dhn dhaany hurihaa suvaalakah javaabu libemun.. So kyp waiting.. Thanks alot my dear.. ❤?

  21. Ninni says:
    September 7, 2018 at 10:24 pm

    Knme dhuvahaku heylaa gothah balailevey mi story up vefa inthw..hehe wait mikureveny hama ❤

  22. ? Unknown ? says:
    September 7, 2018 at 11:20 pm

    Late dhw. Btw v habbu mi part vx. ?♥️♥️

  23. Nivuu says:
    September 20, 2018 at 11:25 pm

    Wow

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ (7)←


All Right Reserved!