Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 7

hygge Level 510 Stories100 Comments100 Login500 Comments
September 6, 2018 8 Mins Read
37 Comments

އެހިނދު އަރީފްގާތު ބުނަން ވެފަ އޮތް ވާހަކައެއް ހަނދާންވެގެން އަވަހަށް ތެދުވެލުމަށްފަހު ގަރާޖާއި ދިމާލަށް ހިނގައިގަތެވެ. “ބައްޕާ.. އަޅުގަނޑު އަތުގަ ހުރި ހުރިހާ ވާހަކަ ތަކެއް މިހާރު ކިޔާ ނިމިއްޖެ.. ބައްޕަ ބުނީމެއްނު މިހާރު ހުރި އެއްޗެހި ނިމުނީމައޭ ދެން ގަނެދޭނީ.. އޭގެ ފަހުންވެސް މިހާރު ދެބުރަށްވެސް ބައެއް ފޮތް ކިޔައިފިން.. އަޅުގަނޑަށް މިއަދު ފެނުނު ވަރަށް ރިތި ވާހަކަ ސިރީސް އެއް.. އޭތި އަޅުގަނޑަށް ގަނދޭންވީ..” އިސްދަށަށް ޖަހައިގެން ހުރެ ފޯނާއި ކުޅެމުން ނުހަނު ފޯރީގައި ވާހަކަ ދައްކަމުން ދިޔަ އާލާއަށް ހުއްޓުން އެރީ އިސްއުފުލާލި ވަގުތު ކުރިމަތިން ފެނުނު ސޫރައަކުންނެވެ. ދެބުމަ ގާތްކޮށްލައިފައި ހުރި އިރު އޭނާ ހުރީ ހައިރާންވެފައި ވެސް މެއެވެ.

“ޔޫ؟ ކީއްކުރަނީ މިތާ؟ ރުފިޔާ ހުރި ގެއެއްކަން އިނގުނީމަ ވައްކަން ކުރަން އައިސްގެން ދޯ؟ ބަލަ ރީއްޗަށް ބުނި ނަމަވެސް އަހަރެމެން ދިނީމުހޭ.. ތިކަހަލަ މީހުންގެ ވައްތަރު ހަމަ ތީ..” ދާނިޔަލްއާއި ދިމާލަށް އިނގިލި ދިއްކޮށްލައިގެން ހުރެ އާލާ ހިތުހުރި އެއްޗެއް ގޮވަމުން ދިޔައީ ޙަޤީގަތްވެސް ބަލާނުލައެވެ.

ދާނިޔަލްއަށް ދެލޯ ބޮޑުކޮށްލެވުނީ ކުރިމަތީގައި ހުރި އާލާ ފެނިފައެވެ. އަރީފްއަކީ އާލާގެ ބައްޕަ ހެއްޔެވެ؟ އެކަން އިނގުނު ނަމަ އޭނާ އެ ވަޒީފާއަށް ނުވެސް އައީހެވެ. މިފަހަރު މި އާލާ އޭނާއަށް ކިހާވަރަކަށް ޖެއްސުން ކުރާނެ ބާވައެވެ؟ ވިސްނުމެއްގައި ހުރުމަށްފަހު ހަމަޖެހިލަމުން ދާނިޔަލް ދެޖީބަށް އަތްޖަހާލައިގެން ހުރި ގޮތަށް ކާރުގައި ލައްވެލައިގެން ހުރީ އާލާ ކިޔާނެ އެއްޗެއް ކިޔަން ދޫކޮށްލައިގެންނެވެ. އިރެއްގައި އޭނާއާއި ދިމާލަށް އެގޮތަށް އެއްޗެހި ކީމައި ދެރަވިޔަސް މިހާރު އޭނާއަށްވެސް ވަނި މަޖަލެވެ.

“ނިމުނީ؟” އާލާ ވާހަކަ ދައްކާ ހުއްޓާލުމުން ދާނިޔަލް ހަމަޖެހިލައިފައި ބުނެލިއެވެ. އެހިނދު އާލަގެ ރުޅި އިހުނަށްވުރެ ގަދަވިހެން ހީވިއެވެ. “ހާދަ ފޮނިބޮޑު އިންސާނެކޭ މީ.. ކަލޭގެ އިމުގަ ހުންނަން ހަނދާން ކުރައްޗޭ..” ދެއަތް އުރާލަމުން އާލާ ހަރުކަށިކަމާއެކު ބުނެލިއެވެ. “އާދެ މަ ސާހިބާ..” ދާނިޔަލް މަޑުމައިތިރި ކަމާއެކު ބުންލިއެވެ. އެހެން ބުނެ އޭނަ އިހްތިރާމް އަދާކުރުމުގެ ގޮތުން ގުދުވާ ކަމަށް ހެދުނު ގަޑީގައި ދާނިޔަލްގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. “ހުރޭ.. ސީދާ ބައްޕައަށް މިފަހަރު ގުޅާނީ..” އާލާ އެހެން ބުނެ ފޯނާއި ކުޅެން ފެށިއެވެ. “މައްސަލައެއް ނެތް ބުންޏަސް.. އާލާގެ ބައްޕަ ނާންނާނެ ރުޅިއެއް.. ތި މަސައްކަތް ވާނީ ބޭކާރު.. ފޫނެއް ފަޔަށް ފެންފުރުމުގެ ބޭނުމެއް ނެތެއްނު.. އަމިއްލަ ވަގުތު ނަގާނުލައި ކިޔަވަން ދިޔައިއްޔާ މާ ރަނގަޅު ވާނެ..” ދާނިޔަލް އަނެއްކާވެސް މަޑުމައިތިރި ކަމާއެކު ބުނެލިއެވެ.

އެހިނދު އާލާ ދެބުމަ ގާތްކޮށްލައިގެން ހުރީ ދާނިޔަލް އެ ބުނި ވާހަކައިން ނަގަންވީ މާނައެއް ނޭނގިފައެވެ. “މާ މާނަފުންކޮށް ދޯ މިބުނެވުނި.. މައްސަލައެއް ނެތް.. ފަސޭހައިން ވިސްނޭ ގޮތަށް ބުނާނަން.. އަހަރެން މީ އާލާގެ ބައްޕަގެ ކާރުގެ ޑްރައިވަރ..” ދާނިޔަލް އަނެއްކާވެސް ހިނިތުންވެލަމުން ބުނެލިއެވެ. އެވަގުތު އާލާގެ އަނގަ ހުޅުވުނީ ލިބުނު ހައިރާންކަމުންނެވެ. އާލާ އެހުރިގޮތަށް އެތަނަށް ދޫކޮށްލުމަށްފަހު ދާނިޔަލް މަޑުމަޑުން ގަރާޖުން ނިކުމެގެން ގޮސް އެ ގެއިން ނިކުންނަން ދިޔައެވެ.

ދާނިޔަލް ހިތާހިތުން ޙަމްދުކޮށްލީ އޭނާ އަށް އާލާ މާ ވަރުގަދަ ބަހުގެ ހަމަލާއެއް މިއަދު ނުދިނުމުންނެވެ. ނަމަވެސް އޭނާ ޖެހޭނި އެ ވަޒީފާގައި ވަރަށް ކެތްތެރިކަމާއެކު އުޅޭށެވެ. އާލާގެ އެކި ކަހަލަ ޙަމަލާތަށް އޭނާއަށް އަމާޒުވާނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. ދުވަހަކުވެސް އަންހެން ކުއްޖަކާއި އާންމުކޮށް އެގޮތަށް ވާހަކަ ނުދައްކާ ދާނިޔަލްއަށް ހުރީ އުނދަގޫ ވެފައެވެ.

“ދަރިފުޅާ.. އެބައޮތް ދައުވަތު ކާޑެއް ލިބިފަ.. މަންމަ އޭގެ އެތެރެ ނުއެއް ބަލަން.. ދާން ބަލާލަބަލަ އެއީ ކޮންތާކުން އައިސް އޮތް ކޯންޗެއްތޯ..” ދާނިޔަލް ގެއަށް އައިސް ވަތްތަނުން އާލިމާ ބުނެލިއެވެ. އެހިނދު އޭނާ ގޮސް އާލިމާ އަތުން އެ ކާޑު ނެގުމަށްފަހު އެތެރެ ހުޅުވާލައި ބަލައިލިއެވެ. އެވަގުތު ދާނިޔަލްގެ ތުންފަތަށް ވެރިވި ހިނިތުންވުމުން އާލިމާ ހުރީ ވާނުވާ ނޭނގިފައެވެ.

“ކިހިނެތް ވީ؟” އާލިމާ ސުވާލުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރެ ދާނިޔަލް ގާތު އަހާލިއެވެ. އެވަގުތު އޭނާ އާލިމާ ގާތު ބައްދާލުމަށްފަހު ޖަވާބު ދިނެވެ. “މަންމާ.. އަޅުގަނޑަށް ޓޮޕް އެޗީވާސް އެވޯޑުން އެއްވަނަ ލިބިއްޖެ.. ފިޒިކްސް އާއި ބައޮލޮޖީން ދުނިޔެއިން ތިންވަނަ އަދި ކެމިސްޓްރީ އިން ދުނިޔެއިން އެއްވަނަ..” ދާނިޔަލްގެ ދެލޮލުން އުފާވެރިކަމުގެ ކަރުނަ ފާއްދާލައިފައި ވެއެވެ.

އާލިމާއަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިފައި ބަސްހުއްޓިފައެވެ. އޭނާގެ ދަރިފުޅަށް އެންމެ އަގުބޮޑު ސާމާނުތައް ހޯދައި ނުދެވުނަސް ލިބުނު މިންވަރަށް ޝުކުރުވެރިވެގެން ކުރި ބުރަ މަސައްކަތުގެ ނަތިއްޖާ ކިހާ ފޮނިހެއްޔެވެ؟

ކުޑައިރުއްސުރެވެސް ދާނިޔަލްއަކީ އެހެން ކުދިންނާ އަޅާ ބަލާއިރު އާދަޔާ ޚިލާފަށް ތޫނު ފިލި ކުއްޖެކެވެ. އޭނާ އަށް އެންމެ ފަސީހައިން ސްކޫލު ފިލާވަޅުތައް ދަސްވާން ފެށީވެސް ޤުރުއާން ހިތުދަސްކުރަން ފެށުމުންނެވެ. ޤުރުއާނުން ބޮޑު ބައެއް މިހާރު އޭނާ ހިތުދަސްކޮށްފައި ވާއިރު އޭނާގެ އަމާޒަކީ ވީހާވެސް އަވަހަކަށް ޤުރުއާން އެއްކޮށް ހިތުދަސްކޮށް ނިންމާލުމެވެ.

އާލިމާ އަށްވެސް ވީ ހަމަ ދާނިޔަލްއަށް ވީވަރެވެ. ދެލޮލުން ކަރުނައަކަށް ފަހު ކަރުނައެއް ފައިބަމުން ދިޔައެވެ. ނަމަވެސް އެއީ އުފާވެރިކަމުގެ ކަރުނައެވެ. މިދުވަސްދެކެން އަދީލް ހުރި ނަމައޭ އެވަގުތު އާލިމާގެ ހިތަށް އެރި އިރު ދާނިޔަލްގެ ހިތުގައިވެސް އޮތީ ހަމަ އެ ބަސްތަކެވެ. ދެމީހުންވެސް ވަނީ ބަޔާންކުރެވޭވަރަށްވުރެ ބޮޑަށް އުފާވެފައެވެ. ހިނދުކޮޅެއް އެގޮތުގައި ހިމޭންކަމާއެކު ހޭދަވިއެވެ.

“އަލްޙަމްދުލިއްލާހް.. މަންމަ މިއަދު ވަރަށް އުފާވެއްޖެ.. ވަރަށް ވަރަށް ބޮޑަށް އުފާވެފަ މިހުރީ.. މަރުހަބާ ދަރިފުޅާ.. ދަރިފުޅު ކުރި ބުރަ މަސައްކަތުގެ ނަތިއްޖާ މިއަދު ތި ލިބުނީ.. ތިގޮތުގައި ކެތްތެރިކަމާއެކު ކުރިޔަށްދޭ..” ދާނިޔަލްއަށް އާލިމާގެ ތައުރީފުގެ ބަސްތަކާއެކު ހިތްވަރުގެ ބަސްތައް އޮހެމުން ދިޔައެވެ. ދާނިޔަލް ބޯ ޖަހާލީ މަންމަ ދެއްކި ވާހަކަ ޤަބޫލު ކުރުމުގެ ގޮތުންނެވެ.

ދުވަސްތައް ފާއިތުވަމުންގޮސް ޓޮޕް އެޗީވަރސް އެވޯޑުދޭ ދުވަސްވެސް އައިސް ޖެހިއްޖެއެވެ. ޖަލްސާއަށް ދާންޖެހޭ ގަޑި ގާތްވަމުން ދިޔަ ވަރަކަށް ދާނިޔަލްގެ ހިތްވެސް ތެޅެމުން ދިޔައެވެ. ދާނިޔަލް ތައްޔާރު ވެލައިގެން ނިކުމެ ސިޓިންގް ރޫމުގައި މަޑުކޮށްލިއެވެ. ކިރިޔާ ކަޅަށް ނުދާ ވަރުގެ ގަދަ ނޫކުލައިގެ ކޯޓު ފަޓުލޫނު ލައިފައި ހުރި އިރު އެތެރެއިން ލއިފައި ވަނި ހުދުކުލައިގެ ގަމީހެކެވެ.

ހަމަ އެޔާއެކު ކޯޓު ފަޓުލޫނު ހުރި ކުލައިގެ ޓައީއެއް އަޅާފައި ވުމުން ހީވަނީ އޮފީހެއްގެ ސީ.އީ.އޯ އެއް ހެންނެވެ. އެހާވެސް ފުރިހަމައެވެ. އެ ކޯޓު ފަޓުލޫނަކީ އޭނާއަށް އެވޯޑު ލިބުނު ވާހަކަ އަރިފްގެ ކަންފަތާއި ހަމައަށް ފޯރުމުން ހަދިޔާއެއްގެ ގޮތުގައި ދާނިޔަލް އަށް ދިން އެއްޗެކެވެ. އެޔާއިއެކު އަރީފްގެ ދުލުންވެސް އޭނާއަށް މަރުޙަބާގެ ބަސްތަށް އޮހުނެވެ.

މިރޭ ދާނިޔަލްއަށް ބަލައިލައިފައި އެއީ އަށާރަ އަހަރަށްދާ ކުއްޖެކޭ ނުބުނާނެއެވެ. އޭނާގެ އެ ރީތިކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ އާދައިގެ މަތިން އެއްފަރާތަށް ސްޓައިލް ކޮށްލައިފައި އޮތް ފަށްބޯ ފަން އިސްތަށިގަނޑެވެ. ދެކޮޅަށް ހިނގާލުމަށްފަހު ކުއްލިޔަކަށް ކަމެއް ހަނދާންވާ ފަދައަކުން ދާނިޔަލް ކޮޓަރިއަށް ވަނެވެ. އެޔަށްފަހު ނިކުތީ އިސްޓާކިނެއް ހިފައިގެންނެވެ. ސަރަންފީ ގޮނޑީގައި އިށީނދެލުމަށްފަހު ދާނިޔަލް އޭނާގެ އިސްތާކީނަށް އަރަންފެށިއެވެ.

އިސްތާކިނަށް އަރާ ނިންމާލުމަށްފަހު ހިނދެމިލި ދާނިޔަލް ދޮރެއް ހުޅުވުނު އަޑަށް އެ ދިމާލަށް ބަލައިލިއެވެ. އެއިރު އާލިމާ ކޮޓަރިން ނިކުންނަނީއެވެ. ކަޅުކުލައިގެ އެއްކޮށް ޕްލޭން ފޮތީގެ އަބާޔާއަކާއެކު ކަޅުކުލައިގެ ބުރުގަލެއް އަޅައިގެން ހުރި އިރު އޭނާގެ އުމުރާ ބަލައިފަ އެތަށް ގުނައެއް ޒުވާންކަމަށް ދައްކައެވެ. އޭނާގެ ފައި އިސްޓާކީނަކުން ފޮރުވާލައިފައި ވެއެވެ. ކަޅު ބުރުގަލުގެ ތެރެއިން އެ ދޮން މޫނު ފާޅުވާން ހުރުމުން ވަރަށްވެސް ފުރިހަމައެވެ.

“މާޝާ.. މަންމަ ހީވަނި މިރޭ އަޅުގަނޑުގެ ކްލާސްމޭޓެއްހެން..” އެތަށް ދުވަހަކަށްފަހު އާލިމާ އެގޮތަށް ރީތިވެފައި ހުއްޓާ ފުރަތަމަ ފަހަރަށް ފެނުމުން ދާނިޔަލްއަށް އާލިމާއަށް ތައުރީފުކޮށްނުލައި ނުހުރެވުނެވެ. އެވަގުތު އާލިމާވެސް ހިނިގަނޑެއް ޖަހާލިއެވެ. އެޔަށްފަހު ދާނިޔަލް ކައިރިއަށް އައިސް އޭނާގެ ބޮލުގައި ކުޑަކޮށް ޖަހާލައިފައި އޭނާއަށްވެސް ތައުރިފް ކޮށްލިއެވެ. ދާނިޔަލް މިރޭ ހުރި ގޮތް ފެނިފައި އޭނާއަށް ސިފަވީ އަދީލްއެވެ. ހަމަ އެ މޫނުމައްޗެވެ. އެ އިސްކޮޅެވެ. އެ އިސްތަށިގަނޑެވެ. ދާނިޔަލް އާއި އަދީލްއާއި އެހާވެސް ވައްތަރެވެ.

އާލިމާއަށް ހޭވެރިކަންވީ ދާނިޔަލް އޭނާއަށް ގޮވާލުމުންނެވެ. “ދާން މިރޭ ހީވަނީ ހަމަ ބައްޕަހެން..” ބޭއިޚްތިޔާރުގައި އާލިމާއަށް ބުނެވުނެވެ. އެހިނދު ދާނިޔަލްވެސް އުފާވެލައި އެހެން ހެއްޔޭ ބުނެލިއެވެ. އޭނާއާއި އަދިލްއާއި ވައްތަރޭ މީހަކު ބުނެފިނަމަ އަބަދުވެސް އޭނައަށް ވާނީ އެވަރެވެ. އަދީލް މި ދުނިޔެ ދޫކޮށް ދިޔައީ ދާނިޔަލް ނުހަނު ކުޑައިރުކަމުން އޭނާ އަދީލް މާރަނގަޅަކަށް ހަނދާނެއް ނުހުރެއެވެ. ނަމަވެސް ކުޑައިރުގެ ބައެއް ފޮޓޯތަކުން އޭނާއަށް އަދީލް ވަނީ ފެނިފައެވެ.

***

“އާލާ.. ތި ހުސްކުރަންވާނެ.. މިހާރު މާބޮޑަށް އާލާ ކެއުމަށް ތި ފަރުވާކުޑަ ކުރަނީ..” ކާން އިން ތަށީގައި ސަމްސަލުން ހާވަ ހާވާ އިން އާލާއަށް ގޮވާލަމުން ޝަޒިއްޔާ ބުނެލިއެވެ. އެވަގުތު އާލާ މޫނުމައްޗަށް މާޔޫސްކަން ވެރިކުރުވި ތަނުން ޝަޒިއްޔާ އަނެއްކާވެސް އެ ހުސްކުރަން ވާނެކަމަށް ބުނެލިއެވެ. އާލާ އެންމެ ފަހުން ހަތިޔާރު ބެހެއްޓުމަށްފަހު ތުންފިއްތާލައިފައި ކެއުމައިގެން ކުރިޔަށް ދިޔައެވެ.

“ވަރަށް މީރު އިނގޭ މިރޭ މިހުރި އެއްޗެހި..” ކައި ނިންމާލަމުން އަރީފް އެ ކެއުމަށް ތައުރީފްކޮށްލިއެވެ. އެއީ އޭނާ ދޭތެރެ ދޭތެރެއިން ކުރާ ކަމެކެވެ. އޭނާ ޤަބޫލުކުރާ ގޮތުގައި އަންހެނުން އެހާ ބުރަކޮށް އުޅެގެން ތައްޔާރުކުރާ ކާނާއަށް ބިނާކުރަނިވި ފާޑުކިޔުމެއް ކިޔުމުން އެކަމުން އަނެކާގެ ހިތްހަމަ ވެސް ޖައްސައިދޭނެއެވެ. އޭގެ އިތުރަށް ދެމީހުންގެ ދެމެދުގައި އޮންނަ ގުޅުންވެސް ވަރުގަދަ ވާނެއެވެ.

“އައިޝްވާރިޔާ..” ޝަޒިއްޔާ ކައި ނިންމާލުމަށްފަހު ތަންކޮޅެއް ބާރަށް ގޮވާލިއެވެ. އެހިނދު ބާރުބާރަށް ހިނގާލައިފައި އައިޝްވާރިޔާ އައިސް ކާބައިގައި މަޑުކޮށްލިއެވެ. “މި ތަށިތައް ދޮވެލާތި… އަދި މި ރިހައާއި އެއްޗެހި ތެއްޔަށް އަޅައިފަ ސެލެޑް ތަށި އަލަމާރިއަށްވެސް ލާތި.. މޭޒުމަތިވެސް ސާފުކޮށްލަން ވާނެ އިނގޭ..” އެއްވެސް އަސަރެއް ނެތް ގޮތަކަށް ޝަޒިއްޔާ ބުނެލިއެވެ. އެޔަށްފަހު އޭނާ އެތަނުން ތެދުވެގެން އަތް ދޮންނަން ދިޔައީ އިތުރަށް އެންމެ ލަފްޒެއްވެސް ނުބުނެއެވެ.

ގޭގައި މަސައްކަތް ކުރަން ގެންގުޅޭ އައިޝްވަރިޔާ އަދި ދެން ތިބި ދެމީހުން ކާށޭވެސް ބުނެ ނުލައެވެ. އެމީހުން ބަނޑުހައިވާނެ ކަމާމެދުވެސް ޝަޒިއްޔާ ނުވިސްނައެވެ. އެ މީހުން ނުކައި ނުބޮއެ ތިއްބަސް އޭނާ އަޅައެއް ނުލައެވެ. އެމީހުން ލައްވާ މަސައްކަތް ކުރުވެނިކޮށް އޭނާއަށް އެ ވީއެވެ.

ކައިގެން ނިކުމެ އަރީފް ސޯފާގައި ޖައްސާލިއެވެ. އެހިނދު ސޯފާގެ ފަހަތުން ހިނގާލައިފައި އައިސް ޝަޒިއްޔާވެސް އަރީފް ގާތުގައި އިށީނދެލިއެވެ. އަރީފް ރިމޯޓު ނެގުމަށްފަހު ޓީވީ ހުޅުވާލައިފައި ޓިވީއެމް އަށް ލިއެވެ. އެއް ފައި މައްޗަށް އަނެއް ފައި ލައިގެން ކަނާއަތުން ރިމޯޓުގައި ހިފަހައްޓާލައިގެން އަރީފް އިނީ ޓީވީއަށް އޭނާގެ ހުރިހާ ސަމާލުކަމެއް ހުއްޓާލައިގެންނެވެ.

އެއިރު ޓީވީއިން ދައްކަމުން ދިޔައީ އިޝްތިހާރެއްކަމުން ޝަޒިއްޔާވެސް ދުފާ ތަބަށް އުނގަށް ލުމަށްފަހު ދެތިން ފޯށްކޮޅަކާއި ކަރަންފުލެއް އަނގަޔަށް ލައިފައި ކުރިމަތީ އިން ކުޑަ މޭޒުމަތިގައި އޭތި ބައިންދާލިއެވެ. އާލާވެސް އައިސް ސޯފާއަށް އަރާ ދެފައި ވަށްކޮށްލައިގެން އެވަގުތު އިށީނެވެ.

***

ދާނިޔަލް އާއި އާލިމާ ދަރުބާރުގެއަށް އައި އިރު އެދެމީހުންނެކޭ އެއްފަދައިން އެހެން ކުދިންނާއި އެކުދިންގެ ބެލެނިވެރިންވެސް އެތަނަށް އައިސް އުޅެއެވެ. މުޅި ތަން ރީތި ގޮތަކަށް ތައްޔާރު ކޮށްފައި ވެއެވެ. ދެމީހުން މަޑުމަޑުން ހިނގާލައިފައި ދިޔަ އިރު ބައެއް މީހުން އެވަގުތު އެތެރެއަށް ވަންނަން ފެށިއެވެ. އެހެން ކަމުން ދާނިޔަލް އާއި އާލިމާވެސް އެތެރެއަށް ވަނެވެ. މުޅި މާހައުލުގައި ފިނިކަން އެކުލެވިފައިވެއެވެ. ތަނަށް ރަތްކުލައިގެ އަލިކަމެއް ވެރިވެފައި ވާއިރު މީހުންގެ އަޑުން މުޅި ތަން އަޑުގަދަ ވެފައިވެއެވެ. އިސާހިތަކު އެމިހަކަށް ޚާއްސަ ކުރެވިފއިވާ ގޮނޑީގައި އެމީހަކު އިށީންނަމުން ދިޔައެވެ.

ދާނިޔަލްވެސް އޭނާ އިށީންނަން ހަމަޖެހިފައިވީ ގޮނޑީގައި އިށީންދެލިއެވެ. އޭގެ އިރުކޮޅެއް ފަހުން އޭނާ ގާތުގައި އިށީންނަން ހަމަޖެހިފައި ތިބި ދެކުދިންވެސް އައިސް އިށީނެވެ. ދާނިޔަލްގެ ކަނާތް ފަރާތުގައި ފިރިހެން ކުއްޖެއް އިން އިރު ވައަތް ފަރާތުގައި އިނީ އަންހެން ކުއްޖެކެވެ. އޭގެ ސަބަބުން ކޮންމެވެސް ވަރެއްގެ އުނދަގުލެއް ވީ ނަމަވެސް ދާނިޔަލް ކެތްތެރިވެލައިގެން އިނެވެ.

ދާނިޔަލް ގާތުގައި އިން ފިރިހެން ކުއްޖާވެސް އިނީ ދާނިޔަލް އެކޭ އެއްފަދައިން ކޯޓު ފަޓުލޫނުގައެވެ. ނަމަވެސް އޭނާ ލައިގެން ހުރީ ކަޅުކުލައިގެ ކޯޓު ފަޓުލޫނެވެ. ކޮންމެވެސް ވަރަކަށް އެކުއްޖާގެ ތުނބުޅި ފަޅައިފައި ވީއިރު އިސްތަށިގަނޑު އެއްފަރާތަކަށް ސްޓައިލް ކޮށްލައިފައި ވެއެވެ. އިސްކޮޅުން ގާތްގަނޑަކަށް ދާނިޔަލްއާއި އެއްވަރެވެ. ދާނިޔަލް ގާތުގައި އިން އަންހެން ކުއްޖާއަކީ ހިމަތޮޅި ހަށިގަނޑެއްގެ ވެރިޔެކެވެ.

އިސްކޮޅުންވެސް މާދިގު ނޫން އެކުއްޖާ ބަލާބެލުމަށް ހީވަނީ ގުރޭޑު ހަތެއް އަށެއްގަ އުޅޭ ކުއްޖެއް ހެންނެވެ. މެރޫން ކުލައިގެ ބޮޑު ހެދުމެއް ލައިގެން ހުރި އިރު ރަންކުލައިގެ އެހާއި މާޖެހި ލޭސްފޮށްޗަކުން ހެދުމުގެ މޭމަތި ވަނީ ޖަރީކުރެވިފައެވެ. އެ ހެދުމާއި އެކު ރަތްކުލައިގެ ޝޯލްއެއް އަޅާއިފައި ވާއޮރު މޭމަތި ފޮރުވެނީ ކިރިޔާއެވެ. ކޮށްފައިވާ ގަދަ މޭކަޕާއެކު ތުންފަތުގައި ލޭކުލައިގެ ލިޕްސްޓިކް ޖައްސާފައިވާގޮތުންވެސް ކުއްޖާއަކީ ފެޝަނަށް ވަރަށް ލޯބިކުރާ ކުއްޖެއްކަން އިނގެއެވެ.

އެ އަންހެން ކުއްޖާ ދާނިޔަލް އަށް މާ ވަރަކަށް ބަލާހެން ހީވާތީ އޭނާއަށް ކޮންމެވެސް ވަރަކަށް އުނދަގޫ ވިއެވެ. އެހެން ކަމުން އޭނާ އެ އަންހެން ކުއްޖާއަށް ބަލައިލިއެވެ. އެއިރުވެސް އޭނާ އިނީ ދާނިޔަލްއަށް ބަލާށެވެ. ނަމަވެސް ދާނިޔަލް ހަމަ ބަލައިލުމާއެކު އެހެން ދިމާލަކަށް އޭނާގެ ނަޒަރު ހުއްޓާލިއެވެ. އެޔަށްފަހު އަނެއްކާވެސް ދާނިޔަލް އަށް ބަލައިލިއެވެ.

“ހެއި.. ރިޔާޝާ.. ފްރެންޑްސް ކިޔަނީ އާންމުކޮށް ރިޔާ..” ރިޔާޝާ ދާނިޔަލްއަށް ސަލާމަށް އަތްދިއްކޮށްލުމަށްފަހު ބުނެލިއެވެ. އެވަގުތު ދާނިޔަލް އޭނާގެ ކުޑަކުޑަ އަތަށް ބަލައިލުމަށްފަހު ހިނިތުންވެލިއެވެ. “ދާނިޔަލް..” ދާނިޔަލް ބުނެލީ ހަމައެކަނި އޭނާގެ ނަމެވެ. ހިލޭ އަންހެނުންނާ ސަލާމް ކުރުމަކީ އޭނާ އެއްގޮތަކަށްވެސް ކުރާ ކަމެއް ނޫނެވެ. އެޔަށްފަހު ދާނިޔަލް އަނެއްކާވެސް ކުރިމައްވަށް ނަޒަރު ހުއްޓާލިއެވެ.

ދާނިޔަލް ގާތުގައި އިން ރިޔާޝާ އިނީ ދާނިޔަލްގެ މޫނުން ނަޒަރު ވަކި ކޮށްލަން ވެސް ނޭނގިފައެވެ. އެހާ ރީތި ޒުވާނެއް އޭނާ މިހާތަނަށް އަދި ދެކިފައި ނުވެއެވެ. ރީތި ދެ ބުމައެވެ. ދޮން ހަންގަނޑެކެވެ. ފަށްބޯ ފަން އިސްތަށިގަނޑެކެވެ. ދާނިޔަލް ރިޔާޝާ އާއި ސަލާމް ނުކުރުމުން އޭނާގެ ހިތަށް ތަދުވިއެވެ. އެހެންނަމަވެސް ކެތް ކޮށްލިއެވެ. އެޔަށްފަހު ދާނިޔަލް އޭނާގެ މޫނުން ނަޒަރު ވަކި ކޮށްލުމުން އިހުނަށްވުރެ އެހިތަށް ތަދުވިއެވެ. ރިޔާޝާއަށް މިވާގޮތުން ޚުދު އޭނާވެސް އެއިނީ ހައިރާންވެފައެވެ.

އުނދަގުލުން ހިން ދިރުވާލުމަށްފަހު ކުރިމައްޗަށް އޭނާވެސް ނަޒަރު ހުއްޓާލަމުން ޖަލްސާއަށް ސަމާލުކަން ދެވޭތޯ އުޅުނެވެ. މުޅި ތަން ނޫ އައްޔަކުން ދިއްލާފައިވާއިރު އެތަން ޒީނަތްތެރި ކޮށްފައިވަނީވެސް ނޫކުލަ މައިގަނޑު ކުލައެއް ގޮތުގައި ބަލައިގެންނެވެ. ސްޓޭޖުގައި ބަހައްޓާފައި ހުރި ޕޯޑިއަމް ގައިވެސް ނޫކުލައާއި ވައިލެޓު ކުލައެއް ހުރި އޯކިޑު މާތަކުން ވަނީ ޒީނަތްތެރި ކޮށްފައެވެ. ބަލާ ފޫހިނުވާނެހާ ހިތްގައިމެވެ.

ވަގުތު ކުޑަތަންވަމުން ގޮސް އެންމެ ފަހުން ޖަލްސާވެސް ފެށިއްޖެއެވެ. ނަންބަރަކަށްފަހު ނަންބަރެއް ނިމެމުން ދިޔައެވެ. ތިންވަނަ އަށް ދިޔަ ކުދިން ނިމި ދެވަނަ އަށް ދިޔަ ކުދިން ސްޓޭޖަށް އަރަން ފެށިއެވެ. ދާނިޔަލް އޭނާގެ ހުރިހާ ސަމާލުކަމެއް ސްޓޭޖަށް ދީގެން އިނެވެ. ނަމަވެސް އޭނާގެ ހިތް އަވަސް ވަމުން ދިޔައެވެ. އޭސީގެ ފިނީގެ ތެރޭގައިވެސް ދެއަތުން ދާހިތްލަމުން ދިޔައެވެ. ހިތް ތެޅޭލެއް އިހުނަށްވުރެ އެތަށް ގުނައެއް ބާރުވާހެން ހީވެއެވެ.

ދެވަނަ އަށް ދިޔަ ކުދިންނަށް އިނާމު ހަވާލު ކުރުމުން ފޮޓޯއަކަށް މަޑުކޮށްލިއެވެ. އެޔަށްފަހު ސަފަކަށް ކުދިންތައް ފައިބަން ފެށިއެވެ. “އާދެ! ދެން މިދަންނަވާލަނީ ދުނިޔޭގެ ވަނަތަކާއި ދިވެހި ރާއްޖޭގެ ވަނަތަކާއި މިރޭގެ އެންމެ ފަޚުރުވެރި އެއްވަނައަށް ދިޔަ ކުދިންގެ ނަންތައް..” ހުށަހަޅަން ހުރި ކުއްޖާ އެހެން ބުނެލި ހިނދު ދާނިޔަލްމެން ގޮސް ސްޓޭޖް މަތީ ހުއްޓެލިއެވެ. ދާނިޔަލްގެ އެއްފަރާތުގައި ކުރިއެކޭ އެއްފަދައިން ރިޔާޝާ ހުއްޓެވެ. މުޅި ޖުމުލަ ސްޓޭޖް މަތީގައި މިހާރު ތިބީ ހަތް ކުދިންނެވެ. އެއީ ދާނިޔަލްމެން ބެޗުން އެއްވަނައަށް ދިޔައީ އެންމެ ހަތް ކުދިންނަށް ވާތީއެވެ.

“އެއްވަނަ އަށް ދިޔަ ދަރިވަރުންނަށް އިނާމުތަށް ހަވާލު ކޮށްދެއްވުމަށް މިރޭގެ ޝަރަފްވެރި މެހެމާން ޑރ.އަހުމަދު އަދުހަމްގެ އަރިހުން އަޅުގަނޑު ވަރަށް އަދަބުވެރިކަމާއެކު އެދެން.. ޑރ.އަހުމަދު އަދުހަމް..” ދާނިޔަލް ނޭވާ ހިފަހައްޓާލައިގެން ހުއްޓެވެ. އެއްވަނައަށް ދިޔަ ކަން އިނގުނު ނަމަވެސް އޭނާ ވަނީ ނުތަނަވަސްވެފައެވެ.

އިރުކޮޅަކުން ކުއްޖަކަށް ފަހު ކުއްޖެއް އިނާމާއި ހަވާލުވަމުން ދިޔައެވެ. “ފިޒިކްސް، ބައޮލިޖީ އިން މުޅި ދުނިޔެއިން ތިންވަނަ.. ކެމިސްޓްރީން މުޅި ދުނިޔެއިން އެއްވަނަ.. އަޙުމަދު ދާނިޔަލް އަދީލް.. މ.ސަންފްލާވަރ.. މާލެ.. ސެންޓަރ ފޮން ހަޔާ ސެކަންޑްރީ އެޑިއުކޭޝަން..” އިނާމް ލިބޭ ކުދިންގެ ނަންތައް އިޢުލާން ކުރަން ހުރި ކުއްޖާ ދާނިޔަލްގެ ނަން ކިޔާލުމާއެކު ދާނިޔަލްވެސް ފިނިވެފައިވި ދެއަތާއި އެކު ގޮސް އިނާމު ހަވާލުކުރަން ހުރި އަދުހަމްގެ ކުރިމަތީ ހުއްޓިލިއެވެ.

ގޭގެ ސިޓިންގް ރޫމުގައި ދެފައި ވަށްކޮށްލައިގެން ޓީވީބަލަން ސޯފާގައި އިން އާލާގެ ދެލޯ ބޮޑުވެފައި އިން އިރު އަނގަ ހުޅުވާލި ގޮތަށް އިނީ ލައްޕާލަން ނޭނގިފައެވެ. އޭނާއަށް މިވަގުތު ހޭވެރިކަމެއް ވާނީ މެއްސެއް އައިސް އަނގަޔަށް ވަނުމުންކަން ޔަގީނެވެ. ސޮނި ނުފައިބާ އިން ކަމީ ނަސީބެކެވެ. ޝަޒިއްޔާ ނިކަން ބާރަށް އަރީފް ގާތު އެއްޗެކޭ ބުނި ވަގުތު އާލާއަށް ހަމަބިމަށް އާދެވުނެވެ. “ވަޓް؟ އޭނަ އެހާ މަތި؟” އާލާއަށް މަޑުމަޑުން ބުނެލެވުނެވެ.

“ހެހެ.. ނޫނޭ.. ތި ހީވީ އަދި ރަނގަޅަކަށް ނޫން.. އަލްޙަމްދުލިއްލާހް، އަހަރެން ފާސްވި.. ތި ހީކުރި ވަރަށްވުރެ މަތިން ﷲ އިރާދަކުރެއްވީތީ ފާސްވި.. ތި ބަސްކޮޅުވެސް އަހަންނަށް އަމާޒުކުރީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ.. މީހުން ބުނާ ތިކަހަލަ ބަސްތަކަކި އަހަންނަށް ލިބޭ ހިތްވަރެއް..” އާލާގެ ހަނދާނަށް އެދުވަހު ދާނިޔަލް ބުނެލި ބަސްކޮޅު އައެވެ. ދާނިޔަލް އޭނާ މައްޗޭ ބުންޏަސް އެވަރުވެދާނެކަމަކަށް އާލާ ހިއެއް ނުކުރެއެވެ.

ނުވިތާކަށް ހުވަފެނުންވެސް އެފަދަ މަތީ މަޤާމެއް ދާނިޔަލްއަށް ލިބެނިކޮށް އޭނާ ނުދެކެއެވެ. “ހޫން.. ފޮނިބޮކި ފޮންޏެއް ވާނެތާ..” ޤަބޫލު ނުކުރެވިފައި ހުރިނަމަވެސް އޭނާވެސް ވަކި ދެރަވާކަށް އާލާ ބޭނުމެއް ނުވިއެވެ. މަލާމާތުގެ ހިނިތުންވުމަކާއެކު އަމިއްލަ ނަފްސަށް އިވޭ ވަރަށް އޭނާ ބުނެލިއެވެ. “އަދި ތި ދާނިޔަލް އަށް ހެޔޮވަރުގެ ފިލާވަޅެއް މި އާލާގެ ފަރާތުން ލިބޭނެ.. ޖަސްޓް ވެއިޓް އެން ވޮޗް..” އާލާގެ ހިތުގައި ދާނިޔަލްއަށް ލަނޑެއް ދޭން ކަމެއް ރާވާލީ އޭނާގެ ހުރިހާ ރޭވުމެއް ދެނެވޮޑިގެންވާ ފަރާތެއް ވާނެކަން ނުވެސް ވިސްނާ ޙާލުއެވެ.

“ތިޔަ ކުރި ހިތްވަރަށް ހަމަ ސާބަސް.. މަރުޙަބާ..” އަދުޙަމް ފުޅާ ހިނިތުންވުމަކާއެކު ދާނިޔަލްއާއި ސަލާމްކޮށްލަމުން ބުނެލިއެވެ. އެހިނދު ދާނިޔަލްވެސް ޝުކުރިއްޔާއޭ ބުނެ ހިނިތުންވެލުމަށްފަހު އިނާމާއި ޙަވާލުވިއެވެ. ހުރިހާކުދިންނާއި އިނާމު ޙަވާލުކޮށް ނިމުމުން ޑރ.އަދުހަމް އާއެކު ފޮޓޯއަކަށް ހުއްޓިލިއެވެ. އެޔަށްފަހު އަދުހަމް ސްޓޭޖުން ފައިބައިގެން ދިޔުމުން އިވިގެން ދިޔައީ ހުރިހާ އެންމެންގެ އަތްތިލަބަޑީގެ އަޑެވެ. ހުރިހާ ހާޒިރީންގެ ތުންފަތްމަތީގައިވެސް ކުޅެލައިފައިވަނީ ރީތި ހިނިތުންވުމެކެވެ.

ދާނިޔަލްވެސް އޭނާއާއި ޖެހިގެން ވައަތް ފަރާތުގައި ހުރި ކުއްޖާ ހިނގައިގަތުމުން އޭނާގެ ފަހަތުން ދިޔައެވެ. އެޔަށްފަހު އިސް ސަފުގައި ތިބި މީހުންނާއި ސަލާމް ކުރުމަށްފަހު އެމީހުންގެ ގޮނޑިތަކުގައި އިށީނުމަށް ދާނިޔަލްމެން އެމީހުންގެ ގޮނޑިތަކާއި ދިމާލަށް މިސްރާބު ޖެހިއެވެ. އޭގެ އިރުކޮޅެއް ފަހުން ޖަލްސާ ނިމިގެން ދިޔައީ އެންމެންގެ ހިތުގައިވެސް އުފާވެރިކަން ރަސްކަން ކުރަން ފެށުމަށް ފަހުއެވެ.

“މަންމަ ވަރަށް ވަރަށް އުފާވެއްޖެ…” ގެއަށް އައިސް ވަނުމާއެކު އާލިމާ ދާނިޔަލްއަށް ބުނެލިއެވެ. އެހިނދު ދާނިޔަލްވެސް ފުޅާ ހިނިތުންވުމެއް ވެރިކޮށްލިއެވެ. ދެމީހުންނަށްވެސް ސިހުން ގެނުވީ އާލިމާގެ ފޯނު ރިންގުވި އަޑަށެވެ. “އައްސަލާމް ޢަލައިކުމް..” ރީތި ހިނިތުންވުމަކާއެކު ދާނިޔަލް ފޯނު ނެގުމަށްފަހު އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލިއެވެ.

“ވަޢަލައިކުމުއްސަލާމް.. މަރުޙަބާ ދާނިޔަލް.. ތިޔަ ކުރި ހިތްވަރަށް އަދި ތި ހޯދި ކާމިޔާބީއަށް ވަރަށް ބޮޑަށް މަރުޙަބާ.. ދާނިޔަލްގެ ހުވަފެން ތިފަދަ ނަތީއްޖާއަކާއެކު އަދި ޙަޤީގަތަކަށް ހެދޭނެ.. އިން ޝާ ﷲ..” އަރީފް ވާހަކަ ދެއްކި އިރު އޭނާގެ އަޑުގައިވަނީ ބުނެދޭން ނޭނގޭފަދަ އުފާވެރިކަމެކެވެ. ޙަޤީގަތުގައި އޭނާ އެހުރީ ބަޔާންކުރެވޭވަރަށްވުރެވެސް އުފާވެފައެވެ. ފުރަތަމަ ދުވަހުއްސުރެވެސް ދާނިޔަލްއަކީ އޭނާގެ ދަރިއެއްފަދައިން އަރީފް ދެކެއެވެ.

އެއީ އޭނާގެ އެހެން ދަރިއެއް ނުހުންނާތީ ކަމުގައިވެސް ވެދާނެއެވެ. ކޮންމެޔަކަސް ދާނިޔަލް ފެނުމުންވެސް އޭނާއަށް ކުރެވެނީ ވަރަށް ގާތް އިޙުސާސެކެވެ. ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނޭނގެއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އިންތިޒާރު 13

Next

މިހިތް ކޮށްލީ ދީވާނާ (ޓްރެއިލަރ)

Next
September 6, 2018

މިހިތް ކޮށްލީ ދީވާނާ (ޓްރެއިލަރ)

Previews
September 6, 2018

އިންތިޒާރު 13

37 Comments!

  1. Kokee says:
    September 6, 2018 at 8:42 am

    me first…stry kiyaalafa comment kohlaanan

  2. Kokee says:
    September 6, 2018 at 8:52 am

    Maasha allah…vrh vrh salhi mi part vx as usual…keep it up noor sis….ly

    1. aish noor says:
      September 8, 2018 at 7:48 am

      hehe.. Jazakillah khairan Kokee.. 🙂 <3<3<3<3<3

  3. Ibsha says:
    September 6, 2018 at 10:34 am

    Varah reethi

    1. aish noor says:
      September 8, 2018 at 7:49 am

      jazakillah khairan Ibsha.. 🙂

  4. Lotus says:
    September 6, 2018 at 10:53 am

    Hahaha.. Aalaa ah dhimaavaakankan v fakka.. dhaniyal ah ladu dheyn ulhey meehaa ah kanneyge emme fahun ladu libeynee.. hehe.
    Waiting for the next part ???

    1. aish noor says:
      September 8, 2018 at 8:10 am

      hehehe.. haha.. balamaa dhw dhn vaagotheh.. 🙂 8th & 9th part in sha allah miadhu kiyaalan libidhaane.. 🙂

  5. ifooo says:
    September 6, 2018 at 10:57 am

    vrh salhi mi part..waiting for the next part..

    1. aish noor says:
      September 8, 2018 at 8:12 am

      jazakillah khairan ifoo.. 🙂

  6. Reen says:
    September 6, 2018 at 11:15 am

    Masha allah mi part ves hama ehen part thakekey ehfadhain vvvvvv salhi…curiously waiting for the next part..☺☺☺

    1. aish noor says:
      September 8, 2018 at 8:13 am

      jazakillah khairan Reen.. 🙂

  7. Rifuu says:
    September 6, 2018 at 6:32 pm

    It’s awesome…?love u noor sis…❤waiting for next part..????

    1. aish noor says:
      September 8, 2018 at 8:14 am

      jazakillah khairan Rifuu.. 🙂 aww.. <3<3<3<3<3

  8. Hudher says:
    September 6, 2018 at 8:06 pm

    Nyc stry dear…. maasha allah….luv this part…whn next… waiting.

    1. aish noor says:
      September 8, 2018 at 1:47 pm

      Jazakillah khairan Hudher.. 🙂 submit kohfa v.. balamaa dhw miadhu up veytho.. anehkaaves jazakillah khairan dear.. 🙂

  9. riya says:
    September 6, 2018 at 10:41 pm

    masha allah varah reethi

    1. aish noor says:
      September 8, 2018 at 1:48 pm

      jazakillah khairan riya.. thank you for the support dear.. 🙂

  10. Aisha says:
    September 7, 2018 at 4:34 am

    Vrh reethi. Masha Allah. Waiting for the next part…?

    1. aish noor says:
      September 8, 2018 at 1:49 pm

      jazakillah khairan Aisha.. 🙂 vrh ufaavehje dear ah mi part kamudhiya kan ingunyma.. 🙂

  11. R says:
    September 7, 2018 at 7:53 am

    Wow. V salhi.. your story has a way of delivering good messages.. daniyal n aalaage romantic comedy scenes genesdhechey..

    1. aish noor says:
      September 8, 2018 at 1:50 pm

      jazakillah khairan R.. 🙂 vrh ufaavehje dear thihen bunelyma.. 🙂 hahahaha… 🙂

  12. Maireen says:
    September 7, 2018 at 8:33 am

    Ey kon ahsi eh areygen kiyara liyaa vaahaka copy kurany. kiyara yaain vaahaka liyunyma noor hulhukolhu liyuny adhi kiyaara raasthaa liyunyma noor thaubaa liyuny .adhi bunan himy liyaaa vahaka copy kurany himy ehvaahakage ulhey character aneh vaahakah add kuraathy .noor hulhukolhuga ulhey zivaa yaeesh adhi yazaan add kurymennu dhuaa vaahakah. Ekamaku noor nikan bunaane noor he amihla hiyaalashey liyany ekamaku miothy heki copy kuraakmuge
    Noor liyaavaahakige Theron ebme reethi hulhukolhu ekamaku mihaaru igehje thee dhogu hadhaa meehekan noor liyaa vaahakathah haadha huthey adhi foni dhahkanvegen maa dheenverivegen eulheny ekamku rangalhah balaalaairu hithuge adin dheenveriehnoon thee hama boduvegen vaa dhoguveriyeh.

  13. Maireen says:
    September 7, 2018 at 8:37 am

    Ey kon ahsi eh areygen kiyara liyaa vaahaka copy kurany. kiyara yaain vaahaka liyunyma noor hulhukolhu liyuny adhi kiyaara raasthaa liyunyma noor thaubaa liyuny .adhi bunan himy liyaaa vahaka copy kurany himy ehvaahakage ulhey character aneh vaahakah add kuraathy .noor hulhukolhuga ulhey zivaa yaeesh adhi yazaan add kurymennu dhuaa vaahakah. Ekamaku noor nikan bunaane noor ge amihla hiyaalashey liyany ekamaku miothy heki .copy kuraakmuge .
    Noor liyaavaahakige Therin enme reethi hulhukolhu ekamaku mihaaru igehje thee dhogu hadhaa meehekan noor liyaa vaahakathah haadha huthey adhi haadha huthurey .foni dhahkanvegen maa dheenverivegen eulheny ekamku rangalhah balaalaairu hithuge adin dheenveriehnoon. thee hama mihaaruge meehunge goi .thee hama boduvegen vaa dhoguveriyeh.

    1. aish noor says:
      September 8, 2018 at 2:20 pm

      jazakillah khairan Maireen.. 🙂 ekamaku alhugandah buneveynee hulhukolhu liyumuge sababu dear thibunee rangalhakah nooney.. hulhukolhu vaahaka aky alhugandu mi gothah liyunu furathama vaahaka.. aee hama try kohlan liyunu vaahaka eh.. 🙂 and, thauba vaahaka noor liyanee kiyara liyuneema eh noon.. ekam noor vrh saafu koh bunefa innaane noor ah e idea libunee e vaahaka in kan.. ehn namaves ehves ehgoiyy kameh nuhunnaane kan, vaahakaige main character ge career fiyavai.. 🙂 dhn, Hi Mi ge vaahaka gothah innaane mi vaahkaaiga scene eh, yess.. kiyuntherin ekamaa hiyy hama nujehifa thibi nama maafah edhen.. 🙁 qabool kuran kusheh kurevihje kan.. alhugandakee ves insaaneh.. noor aky perfect meeheh noon.. 🙂 ekam dhn yageen kan dhen.. in sha allah kuriyah oiyy ehves vaahaka ehga ekameh nuhimeneyne… allah ge iraadhafulhun dhen ekameh thakuraareh nuvaane.. 🙂
      dhn thikamuga alhugandakah neynge hama ehgothakah ves bunaane ehcheh.. hehe.. 🙂 alhugandu nudhenahurin ehn meehunge hithuga oiyy ehcheh insaanunnah dheneganevey kameh.. 🙂 hihthakugaivaa sirruthah emme molhah dhenevodigen vaa faraathaky allah subhaanahoo wata aalaa.. 🙂

      it’s ok.. eki meehunnah reethi vaanee ves eki kahala vaahaka.. aee, konme meehaky ves thafaathu meeheh.. 🙂 eki meehunge khiyaal eki kan kamuga thafaathu vaane.. 🙂 jazakillah khairan dear.. vrh ufaavehje Maireen ah hulhukolhu reethi kan ingunyma.. 🙂 noor qabool kuran noor ah kusheh kurevihje kan.. adhi ekushah varah varah bodah ma’aafah edhen hurihaa kiyuntherynge faraathun ves..

      noor mi vaahaka mi bunelanee hama dear ashaa hurihaa kudhinnah ves rangalhakah.. alhugandu ge vaahaka thah liyanee ehves haalehga dhekkuntheri kamuge gothakun noon.. alhugandakee dheen veri meeheh kan dhahkaakah noon.. 🙂 thimaa aky rangalhu meeheh kan konme hen nujehey ehn meehunnah dhakkaakah.. ehennu? allah dhenvodigenvey emme molhah hurihaa kameh.. 🙂 mi dhuniye aky vaguthee thaneh.. aharemennah miee test eh.. ehn v ma adi gudanthah ves annaane.. ehn v ma ekahala haalaiyy thauga keiyytheri vaan vaane.. 🙂 thimaa ge hithah anna ehcheh ehaa faseyhain beyru kohlumakee alhugandu dhekey gothuga adhi emme rangalhu gotheh noon.. 🙂 dhulakee vrh bodah rahkaatheri vaan jehey ehcheh.. 🙂 thimaa naraka ah ehlaalevumuge sababakah ves thimaa ge dhoo vedhaane.. ehnve eyaa medhu ehaa bodah rahkaatheri vaan jeheny.. 🙂 noor mihen mibunee ehves haalehga dear ah ves adhi ehn readers ah ves jehsumakah noon.. rangalhakah.. thimaa ah ingey heyo kameh viyyaa hithuga foruvaifa beyvvumuge beynumeh kobaa? v haaves ginain thimaa aa thimaage akhunnaa ukhthun heyo kanthah kurun dhw muhinmy? heyo magah elhuvun dhehthoa muhimmy? 🙂 hurihaa kudhinge faraathun alhugandu vrh bodah maafah edhen vedhiya kanthakah.. maafah edhey meehaa ah vure maaf kohdhey meehaa ge heyokan maa bodu vegen vey.. dhw? 🙂 ummeedhu kuran alhugandah hurihaa kudhin ves ma’aaf kuraane kamah.. alhuganduge faraathun dhn ekahala kameh thakuraaru nuvaane, in sha allah.. 🙂 adhi readers alhugandah dhey support ah vrh vrh vrh bodah shukuriyyaa.. alhuganduge vaahaka thah kuriyah gendhiyumah libey vrh bodu hiyyvareh thee.. 🙂 and, jazakillah khairan Maireen.. vrh ufaavehje dear noor ah ekan kan handhaan kohladhinythy.. thi baskolhakee hagegathugaves noor kuriyah dhiyumah libunu vrh vrh vrh bodu hiyyvareh.. 🙂 Jazakumullah khairan everyone! <3<3<3<3<3

  14. Maya says:
    September 7, 2018 at 2:22 pm

    Vv reethi MashaAllah.. ????waiting Curiously for the next part… And congrats dhaaniyal

    1. aish noor says:
      September 8, 2018 at 2:21 pm

      jazakillah khairan Maya.. 🙂 hehe.. ahaha.. dhaaniyal ge faraathun ves dear ah ‘jazakillah khairan’.. 🙂 heheh..

  15. Ihoo says:
    September 7, 2018 at 4:44 pm

    Masha allah noor…Story v habeys..Noor ah ingey thah alhugandu men class ga vx innane hama aalaa namakah kiyaa kuhjje but she is much more nicer than the aalaa in the story..Waiting for next part

  16. Waiting says:
    September 7, 2018 at 8:52 pm

    Koba tha nxt episode

    1. aish noor says:
      September 8, 2018 at 2:22 pm

      submit kohfa v.. dear aai hurihaa kudhinge faraathun vrh vrh vrh bodah ma’aafah edhen las vaathee.. 🙁

  17. Shaya says:
    September 8, 2018 at 8:48 am

    Masha Allah….This part is also amazing..❤?..you ar the best !!..keep it up my dear noor

    1. aish noor says:
      September 8, 2018 at 2:23 pm

      jazakillah khairan Shaya.. 🙂 aww.. that’s one of the most beautiful thing i’ve ever heard.. 🙂 jazakillah khairan dear.. dear ves thy hama best ingey.. jazakillah khairan for the support.. 🙂

  18. Miroo says:
    September 8, 2018 at 12:09 pm

    Kobaa nxt part haadha dhuvaheh vehke ey dhw

    1. Miroo says:
      September 8, 2018 at 12:11 pm

      *vehje

    2. aish noor says:
      September 8, 2018 at 2:25 pm

      vrh vrh vrh vrh bodah ma’aafah edhen Miroo aai hurihaa readers ge faraathun dhn kuriyah oiyy bai las vaathyve.. 🙁 sorry dear.. ekam submit kohfa v mihaaru.. 🙂

  19. Naya says:
    September 8, 2018 at 4:41 pm

    @maireen vrh bodah olhigen thiulheny ingey… himi ekanyyeh nun ehn vaahaka thakuga ulhey characters beynun kurany..ae massalaeh vx noon..adhi eyakah nukoyaane copy kurumekey vx inge..adhi kanbuloah vaahaka nukiyeny dhw..avas website aa adhi ehn site ga huri vaahaka thah vx koyaalabala eyrun ingeyne mi buni ehche..v salaam..
    Noor ge vaahaka thah v reethi v rangalhu msg libey…

    1. aish noor says:
      September 8, 2018 at 6:09 pm

      Jazakillah khairan Naya.. 🙂 vrh vrh vrh ufaavehje dear ah noor ge vaahaka thah kamudhaathyve.. adhi ekan noor ah angaaladhinythy vrh vrh vrh bodah shukuriyyaa.. 🙂 noor ah ithubaaru kureethee ves vrh bodah shukuriyyaa.. 🙂

  20. Aanyy says:
    October 6, 2018 at 9:50 pm

    Noor ge stories v kamugossi i ahh!!?v creative. . . . .

Comments are closed.

Next Episodeދުޢާ 8←


All Right Reserved!