Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ބުނާށެ ލޯބި ނުވަނީހޭ (4)

Nau Level 910 Stories100 Comments500 Comments100 Stories100 Login1K Comments
September 4, 2018 8 Mins Read
35 Comments

ގާތުގައިހުރި އައިކް ފެނުމުން ޔަނާލްއަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެހެނަސް ދެވަނަ ސިކުންތުގައި އެހިނިތުންވުން ފަނޑުވެގެންދިޔައީ ކުރިމަތީގައި އައިކްގެ އަތުގައި ހިފަހައްޓައިގެން ހުއްޓިހުރި ފިރިހެންމީހާ ފެނިފައެވެ. ބީރަށްޓެހި ގޮތަކަށް ޔަނާލް އެފިރިހެންމީހާގެ މޫނަށް ބަލަމުންދިޔައިރު އަރްޒަންގެ ނަޒަރުވެސްވަނީ ޔަނާލްގެ ދޮންއޮމާން މޫނަށް ހުއްޓިފައެވެ.

އަރްޒަންގެ ބެލުމުން އުނދަގޫވެގެން ޔަނާލް އިސްޖަހައިލިއެވެ. އަދި ގާތުގައި ހިނިތުންވެފައި ހުއްޓިހުރި އައިކްއާއި އެއްހަމައަކަށް ތިރިވެލަމުން އައިކްގެ ކޮލުގައި ލޯތްބާއެކުގައި ހިފައިލިއެވެ. ޔަނާލްގެ މިއަމަލުން އައިކްގެ ތުންފަތްމަތީގައި ދުވެލި ލަދުރަކިހިނިތުންވުންފެނި އޭނާއަށް ހެވުނެވެ.

“އައިކް އަދިވެސް ގެއަށް ނުދަނީތަ؟” އަރްޒަން ގާތުގައި ހުރުމުން އުނދަގޫވިނަމަވެސް ހަމަޖެހެން މަސައްކަތްކުރަމުން ޔަނާލް އަހައިލިއެވެ. “ލައްބަ. މިއައީ ޑެޑީއަށް ކޮއްކޮގެ ފޭވްރިޓް އާންޓީ ދައްކާލަން. ދޯ ޑެޑީ.” އިސްއުފުލައިލައި ގާތުގައިހުރި އަރްޒަންގެ މޫނަށް ބަލައިލަމުން އައިކް އެހެން ބުނެލުމުން އަރްޒަން ބޯޖަހައިލިއެވެ. އިރުކޮޅަކު އަރްޒަންއާދިމާއަށް ބަލަން އިނުމަށްފަހު ޔަނާލް އަނެއްކާވެސް އައިކްގެ ލޯބި މޫނަށް ނަޒަރު ހުއްޓައިލިއެވެ. “އެހެންތަ؟ ކޮބާ ކޮއްކޮގެ ފޭވްރިޓް އާންޓީ؟ މިހާރު ޑެޑީއަށް ދައްކައިލައިފިންތަ؟” ހިނިތުންވެލަމުން އަނެއްކާވެސް ޔަނާލް އަހައިލިއެވެ.

“ލައްބަ. މި ދައްކައިލީނު. ޑެޑީ މީ ކޮއްކޮ ބުނި ތިއްތި އާންޓީއަކީ. ޔަނާ އާންޓީ.” އަނގައިގައިހުރި ހުރިހައި ދައްތަކެއް ފެންނަވަރަށް ހިނިތުންވެލަމުން ޔަނާލްގެ ކަރުގައި ދެއަތްވަށައިލައިފައި އަރްޒަންއަށް ބަލައިލަމުން އައިކް ބުނެލިއެވެ. އައިކްގެ އެއަމަލުން ޔަނާލްގެ ހިތް ލޯބިން ފުރުނެވެ. ބަދަލުގައި އައިކްގެ ގައިގައި ލޯތްބާއެކުގައި ބައްދައިލެވުނު ޔަނާލްގެ ތުންފަތްމަތީގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. އެތަންބަލަންހުރި އަރްޒަންއަށްވެސް ބޭއިޚުތިޔާރުގައި ހިނިތުންވެލެވުނެވެ.

“ހައި. އައި އެމް އަރްޒަން.” އައިކްގެ ގައިން ދޫކޮށްލަމުން ތެދުވި ޔަނާލާއި ދިމާއަށް އަތްދިއްކޮށްލަމުން އަރްޒަން ތައާރަފުވެލިއެވެެ. އިރުކޮޅަކު އަރްޒަންގެ އަތާއި ދިމާއަށް ބަލަންހުރުމަށްފަހު ހިންދިރުވައިލަމުން ޔަނާލް އޭނާގެ މަޑު ތުރުތުރެއް އެކުލެވިފައި އަތް އުފުލައިލަމުން އަރްޒަންއާއި ސަލާމްކޮށްލިއެވެ. ޔަނާލްގެ އަތުގައި އެކުލެވިފައިވި މަޑުތުރުތުރު ފާހަގަވުމުން އަރްޒަން ވަރަށް ހައިރާންވިއެވެ. އޭނާދެކެ ޔަނާލް އެހައި ޖެހިލުންވާންވީ ސަބަބެއް އެއްގޮތަކަށްވެސް އަރްޒަންއަކަށް ނުވިސްނުނެވެ.

“ޔަ..ޔަ..ޔަނާލް.” އަޅައަޅައިގަންނަމުން ޔަނާލްވެސް އޭނާގެ ނަން ބުނެލިއެވެ. އަރްޒަންގެ ހައިރާންކަން އިތުރުވީ ކުޑަކޮށް ސަލާމްކޮށްލުމަށްފަހު ޔަނާލް އޭނާގެ އަތް ދަމައިގަތްގޮތުންނެވެ. ހީވަނީ އަރްޒަން އޭނާއަށް ގެއްލުމެއްދީފާނެތީ އެކަމާ ކަންބޮޑުވެގެން އުޅޭހެންނެވެ. ޔަނާލްއާއި ދިމާވި އެކުޑަ ވަގުތުކޮޅު ތެރޭގައިވެސް އެހެން އަންހެންކުދިންނާ ޔަނާލް ތަފާތުކަން އަރްޒަންއަށް ފާހަގަކުރެވުނީ ޔަނާލްގެ އަމަލުތައް ހުރިގޮތުންނެވެ. ކީއްވެކަމެއް ނޭނގެއެވެ. ޔަނާލްގެ އެއާދަޔާޚިލާފު އަމަލުތަކުގެ ފަހަތުގައި ކޮންމެވެސް ސަބަބެއް ވާނެކަމަށް އޭނާހިތް ބުނަން ފެށުމުން އެއަންހެންކުއްޖާގެ ގޮތް އިތުރަށް ދަސްކުރަން އަރްޒަން ބޭނުންވިއެވެ. އެކަންވާންއޮތީ ގިނަވަގުތު ޔަނާލްއާއި އެކުގައި ހޭދަކުރެވިގެންކަމަށް އޭނާގެ ސިކުނޑި އޭނާއަށް ވިސްނައިދިނެވެ. ނަމަވެސް ޔަނާލްއާއި އެކުގައި ވަގުތު ހޭދަކުރަން ހަދާނެގޮތެއް އަރްޒަންއަކަށް ނޭނގުނެވެ.

ޚިޔާލުތަކަށް ގެއްލިފައިހުރި އަރްޒަން ސިހުނީ އައިކް އަރްޒަންގެ ފަޓުލޫނުގައި ހިފައި ދަމަންފެށުމުންނެވެ. ކިހިނެއްވީތޯ އަހައިލާފަދަ ގޮތަކަށް އަރްޒަން އައިކްގެ މޫނަށް ބަލައިލިއިރު އެތަނުގައި ޔަނާލް ނެތްކަން އޭނާއަށް ފާހަގަވިއެވެ. “ބައްޕި ކިހިނެއްވެފަ ތިހުރީ؟ ކޮއްކޮ ގޮވާ ގޮވާވެސް ބައްޕި ވާހަކަ ނުދެއްކި. ޔަނާ އާންޓީވެސް ލަސްވާތީ ދިޔައީ.” ޝަކުވާގެ ރާގަކަށް އައިކް އެހެން ބުނެލުމުން އަރްޒަންއަށް ހެވުނެވެ. “ސޮރީ ބައްޕިގެ ދޫނީ. ހިނގާދޯ އަވަހަށްދާން. ބައްޕިވެސް ވަރަށް ވަރުބަލި.” އައިކް އުރައިލުމަށްފަހު ގޭޓާއި ދިމާއަށް ހިނގައިގަންނަމުން އަރްޒަން ބުނެލިއެވެ.

“ހާދަ ލަސްވީ މިއަދު.” ދުވެފައި ގޭތެރެއަށްވަތް އައިކްގެ ފަހަތުންއައި އަރްޒަން ފެނުމުން ސޯފާގައިއިން ނިޝްޔާ އަހައިލިއެވެ. “ކޮއްކޮގެ ތިއްތި އާންޓީއާ ޑެޑީ މީޓް ކޮށްދިނީއޭ ދޯ ޑެޑީ.” ނިޝްޔާގެ އުނގަށްއަރައި ހަމަޖެހިލަމުން އައިކް އުފާވެލައިފައި ބުނެލިއެވެ. “އެހެންތަ؟ އެ ކޮންއާންޓީއެއް؟ ދޮންތަ ގާތު ނުވެސް ބުނަމެއްނު ކޮއްކޮގެ ތިއްތި އާންޓީއެއް ހުންނަ ވާހަކައެއް.” އައިކްގެ ފަށުވިކޮޅެއްފަދަ އިސްތަށިގަނޑާ ކުޅެލަމުން ނިޝްޔާ އަރްޒަންއަށް ސިއްރުވެރިގޮތަކަށް ބަލައިލިއެވެ.

“ޔަނާ އާންޓީ. ވަރަށް ތިއްތި ދޮންދޮން އާންޓީއެއް އެއީ. ކޮއްކޮއަށް ވަރަށް ރީތި ޔަނާ އާންޓީ. ދޯ ބައްޕީ. ބައްޕިއަށްވެސް ރީތިދޯ؟” ނިޝްޔާގެ އުނގުގައިއިނދެ ދެފައި ހަލުވަމުން އައިކް ވާހަކަދައްކަމުން ދިޔައެވެ. އައިކްގެ ވާހަކަތަކުން އަރްޒަންގެ މޫނަށް ނިޝްޔާއަށް ބަލައިލެވުނެވެ. އެއާއެކު ނޭނގޭ ބާރުމިނެެއްގައި އޭނާގެ ހިތް ތެޅެންފެށިއެވެ. އަރްޒަންގެ ޖަވާބަކަށް އެހިތްކެތްމަދުވަމުން ދިޔައެވެ. އައިކްގެ ސުވާލުން ކުޑަ ހިނދުކޮޅަކަށް ހުއްޓުންއަރައިފައިހުރުމަށްފަހު ކަރުކެހިލަމުން އަރްޒަން ހޫމް ލައްވައިލީ އައިކްއާއި އެއްބަސްވުމުގެ ގޮތުންނެވެ. އެއަޑުއިވި ނިޝްޔާގެ ހިތް ހަސަދައިންފުރިގެންދިޔައީ އަރްޒަންގެ ދުލުން އެހެން އަންހެނަކު ރީތިކަމަށް އެއްބަސްވުމުންނެވެ. އޭނާގެ ރީތިކަމަށް ދުވަހަކުވެސް ތައުރީފު ކޮށްލައިފައި ނުވާއިރު ދާދި ދެންމެއަކު ބައްދަލުވި އަންހެންކުއްޖެއްގެ ރީތަކަމަށް އެހައި ފަސޭހައިން އަރްޒަން އެއްބަސްވީ ކީއްވެހެއްޔެވެ؟

“ހިނގާ ފެންވަރައިލައިގެން ކާންދާން.” އިތުރަށް އެވާހަކަ ދަށްކަން ބޭނުންނުވުމުން ނިޝްޔާ މައުލޫ ބަދަލުކޮށްލިއެވެ. “ނޫން. މިއަދު ބައްޕިއާއެކީ ފެންވަރާނީ.” ބޮޑާހާކާލާ ގޮތަކަށް އައިކް ތުންކޮޅު އޫކޮށްލަމުން ބުނެލިއެވެ. ހިނިތުންވެލަމުން އަވަހަށް ހިނގާށޭ ބުނެލަމުން ނިޝްޔާގެ އުނގުގައިއިން އައިކް ގޮވައިގެން އަރްޒަން އޭނާގެ ކޮޓަރިއާއި ދިމާއަށް މިސްރާބުޖެހިއެވެ.

“ކޮންކަމަކާތަ އަހަރެން މިހައި ކަންބޮޑުވާންވީ؟ އެއީ އަރްޒަން އެހެންބުނި އެއްޗެއްނޫންކަންނޭނގެ. ހޫމް. އައިކް އެހެން ބުނުމުން ދެކޮޅުހަދަން ނުކެރުނީ ކަންނޭނގެ. ޔާ ދެޓްސް އިޓް. ހަމައެކަނި އެހެންވެ އަރްޒަން އެއްބަސްއެވީ. އައި ނޯ ހިމް. އެހައިފަސޭހައިން އެފަދަ ނަޒަރަކުން އަންހެންކުދިންނާ ދިމާއަށް ބަލާނެ މީހެއްނޫން އެއީ. ކާމް ޑައުން ނިޝްޔާ. އިޓްސް ރިއަލީ ނެތިންގް.” އެކަނިމާއެކަނި ސޯފާގައި އިނދެ ނިޝްޔާ އޭނާގެ އަމިއްލަ ނަފުސާ ވާހަކަދައްކަމުންދިޔައީ ހަލަބޮލިވެފައިވާ އޭނާގެ ސިކުނޑިއަށް ވިސްނައިދޭން ކަހަލައެވެ. އަރްޒަންގެ ދުލުން އެހެން އަންހެންކުއްޖެއްގެ ނަން ކިޔާއަޑު އަހާކަށްވެސް އޭނާއަށް ކެތެއް ނުވާނެއެވެ.

** ** **

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ރަސްފަންނުގައިހުރި ހަޓެއްގެ ދަށުގައި އެކަނިމާއެކި އިނށީދެލައިގެން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ޔަނާލް އިނެވެ. އަތުގައިހުރި ޖޫގޯތަށިން އިރުއިރުކޮޅާ އެތިފޮދުފޮދުބޮމުން އޭނާ ދިޔައީ ސިކުނޑިއަށް ފިނިކަމެއް ލިބޭނެކަމުގެ އުއްމީދުގައެވެ.

އަރްޒަންއާ ބައްދަލުވިފަހުން ދެދުވަސްފާއިތުވެ ދިޔަައީއެވެ. އެދުވަހަށްފަހު ޔަނާލްގެ ސިކުނޑީގައި އިރުއިރުކޮޅާ އަރްޒަންގެ ޚިޔާލުތައް ދައުރުވަމުންދާތީ އޭނާ ހުންނަނީ އެކަމާ ކަންބޮޑުވެފައެވެ. އެއްގޮތަކަށްވެސް ފިރިހެނަކާމެދުގައި ވިސްނާކަށް ޔަނާލްގެ ހިތް އެއްބަހެއްނުވެއެވެ. ހުރިހައި ފިރިހެނުންނަކީވެސް އެއްކަހަލަބައެއްކަން އޭނާގެ ހިތް ބުނަމުންދިޔައީ އޭނާގެ މާޒީގެ މައްޗަށް ބުރަވެހުރެއެވެ.

ޖެހެމުންދިޔަ މަޑުވައިރޯޅިއާއެކު ޔަނާލް އަޅައިގެންހުރި ކަޅުކުލައިގެ ޝޯލް ވިހުރެމުންދިޔައެވެ. ދީފައިވާ ފަނޑު ހަނދުވަރުގެ ސަބަބުން އެމާހައުލުގެ ހިތްގައިމުކަން އެތައް ގުނައެއް އިތުރުވެފައިވާ ކަހަލައެވެ. އޭނާގެ ދިގު އެސްފިޔަތައް އުފުލައިލަމުން ޔަނާލް އުޑާއި ދިމާއަށް ނަޒަރު ހުއްޓައިލިއެވެ. ކޮންފަދަ ހިތްގައިމުކަމެއްހެއްޔެވެ؟ ކުދިކުދި ޖަވާހިރުތަކެއްފަދައިން ތަރިތައް ވިދައިބަބުޅަމުންދިޔަތަންފެނި ނުތަނަވަސްވެފައިވާ އެމޫނުމައްޗަށް ހިތްގައިމު ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ގުދުރަތުގެ ކޮންމެ މަންޒަރަކުންވެސް ހިތްތަކަށް ހަމަޖެހުންގެނުވާނެކަން ގައިމެވެ.

ދަންވާންފެށުމުން އެކިހިސާބުގައި ހަރަކާތްތެރިވަމުންދިޔަ މީހުންގެ އަދަދު މަދުވާން ފެށިއެވެ. ފޯނުން ގަޑި ބަލައިލަމުން ފުންނޭވާއެއްލުމަށްފަހު ޔަނާލް ގެއަށް ދިއުމަށްޓަކައި ހިނގައިގަތްއިރު ބާރަޖަހަން ގާތްވެއްޖެއެވެ. މަޑު ހިނގުމެއްގައި އިސްޖަހައިލައިގެންހުރެ ހިނގަމުންދިޔައިރު އެހިތްވަނީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެ ބިރުގެންފައެވެ. ގަޑިއަށް ބަލައިލަމުން ޔަނާލް ހިނގުންބާރުކޮށްލިއެވެ.

“އެހައި ލަސްވިއިރުވެސް އަހަރެންނަށް ނޭނގުނީ ކީއްވެތަ؟ އަހަރެންމީ އެއްއިރަކުވެސް އެހައި ލަސްވަންދެން ބޭރު އުޅުނު މީހެއްނޫން. އެކަމަކު.. އެހެންނޭވާނީ މާގިނަ ކަންތައްތަކާ ދޭތެރޭ ވިސްނަންޏާ.” ހަރަންބަނދެލަމުން އަމިއްލަ ނަފުސަށް ކުދިކިޔަމުން ޔަނާލް ދިޔައެވެ. ގޯޅި އަޅައިލުމަށްފަހު ޔަނާލް ހިނގުން އިތުރަށް ބާރުކޮށްލިއެވެ. އެވަގުތު އައި ނައިތަނެއްނޭނގި ކުއްލިއަކަށް ފިރިހެނަކު އައިސް ޔަނާލްގެ ކުރި ބެއްދިއެވެ. ދެލޯ ބޮޑުކޮށްލަމުން ހުރި ފިޔަވަޅުމައްޗަށް ޔަނާލްއަށް ހުއްޓެވުނުއިރު މީހާ ހާސްވެ ތުރުތުރު އަޅަންފެށިއެވެ. ހިންދިރުވައިލަމުން ޔަނާލް އެމީހާގެ މޫނަށް ބަލައިލީ ޖެހިލުންވެފައިހުރެއެވެ. ހަނދާނެގޮތް ހުސްވެފައިވާ މީހަކު ފަދައިން ޔަނާލްއަށް ދެއަތް ދެއަތާ މޮޑެވެން ފެށިއެވެ.

“އޯ ހާދަ ލޯބި މަންޖެއެކޭ. ކޮންތާކަށް މިވަގުތު އެކަނި ތިދަނީ؟ ތިދާތަނަކަށް އަހަރެންވެސް ގެންދަންވީނު” ތުނިކޮށް ފަޅައިފައިވާާ އޭނާގެ ތުނބުޅީގައި ނުލަފާ ގޮތަކަށް އަތް ކާތަމުން އެމީހާ ހެވިފައިހުރެ ބުނެލިއެވެ. ދޭނެ ޖަވާބެއް ނޭނގިފައި ގަނޑުވެފައި ޔަނާލަށް ހުރެވުނީ ހަދާނެގޮތަކާއި މެދުގައި ވިސްނާށެވެ. އޭރު އެމީހާގެ ކިބައިން އޭނާ ސަލާމަތްކޮށްދެއްވުން އެދި ހުއްޓުމެއްނެތި ހިތާހިތުން ދުޢާކުރެވެމުންދިޔައެވެ. ފަހަތަށް ފިޔަވަޅެއް އަޅައިލަމުން ދުއްވައިގަންނަން އުޅުނު ޔަނާލްގެ އަތުގައި ހިފައި ބާރުކޮށްލުމާއެކު ޔަނާލްގެ އަނގަމަތީގައި އެމީހާ އަތްއެޅިއެވެ. ގަނެފައިވާ ބިރާއެކު ބޮޑުވެފައިވާ ޔަނާލްގެ ދެލޮލުން ހޯސްލައިފައި ކަރުނައިގެ މުތީތައް އޮހޮރިގަތެވެ.

ްޮއޮފީހުން ނުކުމެ އަތުކުރީގައިއޮތް ގަޑިއަށް ބަލައިލަމުން އަރްޒަން ކާރަށްއަރައި ގެއާދިމާއަށް މިސްރާބުޖެހިއެވެ. އޮފީހުގެ މަސައްކަތް ބުރަ ދުވަސްކޮޅެއްކަމުން ބައެއް ރޭރޭ އޭނާ އެކަނިވެސް އޮފީހަށް އައިސް އެކިއެކި މަސައްކަތްކުރުމުގައި މަސްއޫލުވެ އުޅެއެވެ. މަޑުދުވެއްޔެއްގައި ވަރަށް ހަމަޖެހިފައި އިނދެ ކާރު ދުއްވަމުންދިޔަ އަރްޒަންގެ ސިކުނޑީގައި ރަސްކަންކުރަމުންދިޔައީ ޔަނާލްގެ ޚިޔާލުތަކެވެ. ނޭނގޭ ސަބަބަކާއިހުރެ އޭނާއަށް ޔަނާލްގެ ދިރިއުޅުމާއިމެދު ޝައުގުވެރިވެވެނީއެވެ. އެއަންހެންކުއްޖާގެ ގޮތް ދަސްކުރަން ބޭނުންވަނީއެވެ. އޭނާދެކެ ޔަނާލް އެހައި ޖެހިލުންވާ ސަބަބެއް އޮޅުންފިލުވަން އޭނާ ބޭނުންވެއެވެ. އެކަން ކުރާނެ ގޮތަކާއިމެދުގައި ވިސްނަމުން ކާރު ދުއްވަމުންދިޔަ އަރްޒަންގެ ލޮލުގައި ހިމަގޯޅިގަނޑެއްގެ ތެރޭގައި އަންހެންކުއްޖެއްގެ އަތުގައި ހިފައިގެން ހުރި ފިރިހެނެއް އަޅައިގަތެވެ. ގަދަހަދައިފައި އެއަންހެންކުއްޖާ އެމީހާގެ ކިބައިން ސަލާމަތްވެވޭތޯ މަސައްކަތްކުރަމުން ދިޔަގޮތުން އެކުއްޖާ އެކަމާ ނުރުހޭވަރު އެނގި ހާމަވަމުންދިޔައެވެ. އެހެނަސް އެފިރިހެންމީހާ އެކަމާ އެހައިބޮޑަށް އަޅައިލާހެނެއް ހިއެއްނުވެއެވެ.

އެމަންޒަރުފެނި އަރްޒަންގެ ދެބުމަ ގޮށްޖެހިގެންދިޔައެވެ. ގޯޅިގަނޑު އަނދިރިކަމުން އެއީ ކޮންބައެއްކަން ނޭނގުނަސް މިވަގުތު އެއަންހެންކުއްޖާއަށް ހިމާޔަތްތެރިކަމާއި އެހީތެރިކަން ބޭނުންވާނެކަން އަރްޒަންއަށް ވިސްނުމުން އެތަނުންދާން އޭނާގެ ހިތް ދެކޮޅުހަދަމުން ދިޔައެވެ.މަގުގެ އެއްފަރާތުގައި ކާރު ޕާރކް ކޮށްލަމުން އަރްޒަން ކާރުންފައިބައި އެދިމާއަށް ހިނގައިގަތެވެ.

ގަދަހަދަމުންދިޔަ ޔަނާލް މައިތިރިކުރަން އުޅުމުގެ ސަބަބުން ފަހަތުން އެމީހުނާއި ދިމާއަަށްއައި އަރްޒަން އެފިރިހެންމީހާގެެ ލޮލުގައި އަޅައެއްނުގަތެވެ. އަރްޒަން އައިސް އެހިސާބަށް ހުއްޓުނުއިރުވެސް ޔަނާލްގެ ހަށިގަނޑުގައި ގަދަކަމުން ބެއްދޭތޯ އެމީހާ މަސައްކަތްކުރަމުން ދިޔައެވެ.

“އޭތް.” ހަރުކަށި ރާގަކަށް އަރްޒަން ހަޅޭލަވައިގަތުމާއެކު ސިހިފައި އެމީހާ އަރްޒަންއާއި ދިމާއަށް ބަލައިލިއެވެ. ވަގުތުގެ ގޮތުން އެހިސާބުން އިތުރުމީހެއް ފެނިދާނެކަމަށް އޭނާ ހިއެއްނުކުރެއެވެ. އަރްޒަންގެ އަޑަށް ގަދަކަމުންކަހަލަ ގޮތަކަށް ފަހަތަށް އެނބުރިލަމުން ޔަނާލްވެސް ބަލައިލިއެވެ.

“ޔަނާލް.” ހައިރާންވެފައި އަރްޒަންއަށް ރޮވިފައިވާ ޔަނާލްގެ މޫނަށް ބަލަހައްޓައިގެން ހިނދުކޮޅަކު ހުރެވުނީ ގަބޫލުނުކުރެވިފައެވެ. އަރްޒަން ފެނުމުން ޔަނާލްގެ ހިތަށް ކުޑަނަމަވެސް ހަމަޖެހުމެއް ލިބިގެންދިޔައެވެ. “އަރް.. އަރް..” ހިތްވަރުކޮށްފައި އަރްޒަންގެ ކިބައިން އެހީއަކަށް އެދެވޭތޯ ޔަނާލް މަސައްކަތްކުރިއެވެ. އެހެނަސް ގަނެފައިވާބިރެއްގެ ބޮޑުކަމުން ވާހަކަދެއްކުން ޔަނާލްއަށްވީ ދަތިކަމަކަށެވެ.

އަރްޒަންގެ ހަރުކަށި ނަޒަރުގެ ސަބަބުން އެމީހާ ޖެހިލުންވެފައިހުރެ މަޑުމަޑުން ޔަނާލްގެ އަތުން ދޫކޮށްލިއެވެ. އެއާއެކު ބަލާކަށް ނުހުރެ އަރްޒަން އެދިޔަބާރުމިނުގައިގޮސް އެމީހާގެ މޫނުމަތީގައި ގޮށްމުށުން ޖެހިއެވެ. “ޚަބަރުދާރު. ދެވަނަ ފަހަރަށް އަންހެންކުއްޖެއްގެ ގަޔަށް އަތްލުމުގެކުރިން ކަލޭ މިހަދިޔާމަތިން ހަނދާންކުރާތި.” އަރްޒަން ޖެހިލެއްބާރުކަމުން އެމީހާގެ އަނގަމައްޗާއި ނޭފަތް ފަޅައިގެންގޮސް ލޭއޮހޮރެން ފެށުމުން އެތަނުގައި އަތްއަޅައިގެންހުރެ ބިރުގަނެފައި އެމީހާ އަރްޒަންއާާއި ދިމާއަށް ބަލައިލިއެވެ. “ޗިލް ބްރޯ. އަދި ތިވަރުވާކަށް ނުވެއެއްނު. ސޮރީ މެޑަމް. އަހަރެން އެހެންކުރި ކަމެއްނޫންއެއީ. ކިހިނެއް އިނގޭނީ މެޑަމްގެ މިހައި ވަރުގަދަ ބޮޑީގާރޑެއް ހުންނަކަމެއް.” އަރްޒަންދެކެ ޖެހިލުންވެފައި ހުއްޓެއްކަމަކު އެކަން ނުދައްކައިވޭތޯ އެމީހާ މަސައްކަތްކުރަމުން ބުނެލިއެވެ. “ޕޮލިހުންނަށް ނުގުޅަނީސް މިތަނުންދޭ. ހަނދާންކުރާތި. މިއީ ކަލޭ އަންހެންކުއްޖެއްގެ ގައިގައި އަތްލާނެ ފަހުފަހަރު. ދެން އަހަރެންނަށް މިކަހަލަ މަންޒަރެއް ފެނިއްޖެނަމަ ކަލޭދާނީ ވަގުތުން ޕޮލިސްޓޭޝަނަށް.” ޝަހާދަތްއިނގިލި ދިއްކޮށްކަލަމުން އަރްޒަންދިން އިންޒާރާއިއެކު ދެލޯބޮޑުކޮށްލަމުން ބިރުގަނެފައިހުރެ އެމީހާ އެތަނުން ދުރަށް ދުއްވައިގަތެވެ. އެމީހާ އެހިސާބުން ދުރަށްދިއުމާއެކު ފަހަތުގައިހުރި ޔަނާލާއި ދިމާއަށް އެނބުރިލަމުން މަޑުމަތިރި ރާގަކަށް އަރްޒަން ގޮވައިލިއެވެ.

“ހިނގާ ދާން. އައި ވިލް ޑްރޮޕް ޔޫ.” ޔަނާލްގެ ފަރާތުން ޖަވާބެއް ނުލިބުމުން އަނެއްކާވެސް އަރްޒަން ބުނެލިއެވެ. ހަމައެކަނި ބޯޖަހައިލަމުން އަރްޒަންއާއެކުގައި ޔަނާލް ހިނގައިގަތްއިރުވެސް އޭނާއަށް ރޮވެމުންދިޔައެވެ. އެވަގުތު އެތަނަށް އަރްޒަން ނައިނަމަ ވާނޭގޮތް ހިތަށް އަރުވައިލިއަސް އެހިތުގެ ހިނގުން އަވަސްވެ ބިރުވެރިކަމުން އެހިތް ފުރިގެންދެއެވެ.

“ވާހަކައެއް އަހައިލަންތަ؟” ކާރަށް އަރައި ހަމަޖެހިލަމުން އަރްޒަން އަހައިލިއެވެ. ނޭފަތް އެތެރެއަށް ދަމައިލަމުން ޔަނާލް މަޑުމަޑުން ހޫމް ލައްވައިލިއެވެ. “ކީއްވެ އަސްލު މިހައި ލަސްވަންދެން ބޭރުގަ އުޅުނީ؟ އިނގެއެއްނު މާލެ މީ ކޮންކަހަލަތަނެއްކަން. އިޓްސް ނޮޓް ސޭފް.” އޯގާތެރިއަޑަކުން ޔަނާލާއި ދިމާއަށް ކުޑަ ފެންފުޅިއަކާއި ޓިޝުލެއް ދިއްކޮށްލަމުން އަރްޒަން ބުނެލިއެވެ. އަރްޒަންގެ ވާހަކަތަކުން ޔަނާލަށް ބޭއިޚުތިޔާރުގައި އަރްޒަންއާއި ދިމާއަށް ބަލައިލެވުނެވެ. އޭރު މަގުމައްޗަށް ސަމާލުވެއިނދެ އަރްޒަން ކާރުދުއްވަމުން ދިޔައެވެ.

“އެހައި ލަސްވަންދެން ބޭރު ނުއުޅެން. މިރޭ.. ނޭނގެ. އައި ޖަސްޓް.” ބުނަންއުޅުނު ޖުމުލައެއް ޔަނާލްއަކަށް ފުރިހަމަކުރާނެ ގޮތެއް ނުވިސްނުނެވެ. ރޮއިމުގެ ސަބަބުން ހިސާބަކަށް ކުރެހިފައިވާ އެއަޑުއިވި ހަމްދަރުދީގެ ނަޒަރަކުން އަރްޒަންއަށް ޔަނާލާއި ދިމާއަށް ބަލައިލެވުނެވެ. އިސްޖަހައިގެން އިނުމުގެ ސަބަބުން އެމޫނު ރީތިކޮށް ނުފެނުނު ނަމަވެސް އޭނާއަށް ޔަނާލާއި ދިމާއަށް ބަލަން އިރުކޮޅަކު އިނދެވުނެވެ. “އެކަނިތަ ބޭރުގަ އުޅުނީ؟” އަރްޒަންގެ ދެވަނަ ސުވާލަށް ޔަނާލް މަޑުމަޑުން ބޯޖަހައިލިއެވެ. ޔަނާލްގެ ހާލަތު ވިސްނި އިތުރަށް އެއްވެސް ސުވާލެއްކުރަން އަރްޒަން ގަސްދެއްނުކުރިއެވެ. ދެމީހުންގެ ދެމެދަށް ވެރިވެގެންދިޔަ ހަމަހިމޭންކަމާއެކު ޔަނާލް ތުންފަތުގައި މަޑުމަޑުން ދައިގަންނަމުން މަގުމައްޗަށް ނަޒަރު ހުއްޓައިލިއެވެ.

ގޭގެ ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު ޔަނާލް ހަމަޖެހިލަމުން އަރްޒަންއާއި ދިމާއަށް ކުޑަކޮށް އެނބުރިލިއެވެ. އޭނާ އެއްޗެއް ބުނަންއުޅޭހެންހީވެ އަރްޒަންވެސް އޭނާގެ ސަމާލުކަން ޔަނާލަށް ހުއްޓައިލިއެވެ. “އޫމް.. ޝުކުރިއްޔާ ވަރަށް ބޮޑަށް. މިރޭ.. މިރޭ.. އަރްޒަން ނައިނަމަ ނޭނގެ އަހަރެންނަށް ވާނެގޮތެއްވެސް.. ތިކޮށްދިން ކަންތަކުގެ އަގުއަދާކުރާނެ ގޮތެއްވެސް ނޭނގެ.” ދެއަތްދެއަތާ މޮޑެމުން ކިރިޔާ އަރްޒަންއަށް އަޑުއިވޭވަރަށް ޔަނާލް ބުނެލިއެވެ. “އަހަރެން މިރޭ ޔަނާލަށް އެހީވީ ބަދަލުގައި އެއްވެސް އެއްޗެއް ބޭނުންވެގެންނެއް ނޫން. ސޯ އިޓްސް އޯކޭ. ޔޫ ޝުޑް ގޯ އެންޑް ރެސްޓް.” އިރުކޮޅެއްގެ ހިމޭންކަމަށްފަހު އަރްޒަން ވާހަކަދެއްކިއެވެ. “ސްޓިލް. ދުވަހަކުވެސް އަހަރެންގެ ފަރާތުން އަރްޒަންއަށް އެހީއެއް ވެވެން އޮތްނަމަ ލެޓް މީ ނޯ.” ޔަނާލްގެ ވާހަކަތަކާމެދުގައި ވިސްނައިލުމާއެކު ކުއްލިއަކަށް އަރްޒަންގެ ސިކުނޑިއަށް ޚިޔާލެއް އައެވެ. އެއާއެކު އެތުންފަތްމަތީގައި މާނަފުން ހިނިތުންވުމެއް ދުވެލިއެވެ. “ހޫމް. ތިހެންބުނީމަ މިހާރުއެބަ ހިތަށްއަރާ ކަަމަކު ބުނަން. އައި ރިއަލީ ނީޑް ޔޯ ހެލްޕް. އެކަމަކު މިވަގުތުނޫން. ފަހުން ބުނާނަން.” ހިނިތުންވެފައި އިނދެ އަރްޒަން އެހެންބުނެލުމުން ބޯޖަހައިލަމުން ކާރުގެ ދޮރުހުޅުވުމަށްފަހު ޔަނާލް ފޭބިއެވެ. ޔަނާލް ގެއަށް ވަނުމުން ލެއްޕިގެންދިޔަ އެގޭގެ ދޮރާއިދިމާއަށް ބަލަން އިނުމަށްފަހު އެެއްއަރިއަކަށް ހިނިތުންވެލަމުން އަރްޒަން އޭނާގެ ގެއަށް ދިއުމަށްޓަކައި ކާރު ދުއްވައިލިއެވެ.

** ** **

ޖެހިގެންއައި ދުވަހު އަރްޒަންއަށް ސްކޫލަށް އައިކް ބަލައި ދެވުނީ ތަންކޮޅެއް ލަސްވިފަހުންނެވެ. އަވަސްހިނގުމެއްގައި އަރްޒަންގޮސް ސްކޫލަށް ވަތްއިރު އައިކް ގޮނޑިއެއްގައި ބަހައްޓައިގެން އޭނާގެ ގާތުގައި އިނށީދެލައިގެން ޔަނާލް އިނެވެ. އައިކްއާއި ކުދިކުދި ސަމާސާކުރަމުން ހެމުންދިޔަ ޔަނާލް ފެނުމާއެކު އަރްޒަންއަށް ހުރިފިޔަވަޅުމަތީގައި ހުއްޓެވުނެވެ. އޭނާއަށް މިފެންނަނީ ހަގީގަތެއްތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެވުނީ މިނޫނީ ދުވަހަކުވެސް ޔަނާލް ހެނިކޮށް ފެނިފައި ނުވާތީއެވެ. އެމޫނުމަތިން ޔަނާލް ހަމަޖެހިފައިހުރިކަން އިނގުމުން އަރްޒަންގެ ހިތަށްވެސް ހަމަޖެހުން ލިބިގެންދިޔައީ ކީއްވެކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ.

“ޑެޑީ.” އަރްޒަން ފެނުމާއެކު ގޮނޑީގައިއިން އައިކް ގޮނޑިން ފުށްމައިލަމުން އެދިމާއަަށް ދުއްވައިގަތެވެ. “ހޭއި.. ހެހެ. ސޮރީ ބައްޕިގެ ދޫނީ. ލަސްވީމަ.” ލޯތްބާއެކު އައިކް އުރައިލަމުން އަރްޒަން އައިކްގެ ކޮލުގައި ބޮސްދިނެވެ. “އިޓްސް އޯކޭ ބައްޕީ. ކޮއްކޮއަށް އިނގޭ ބައްޕި ވަރަށް ޒިބީކަން.” ވަރަށް ހެވިފައި އަރްޒަންގެ ދެކޮލުގައި އެކުޑަކުޑަ ދެއަތްތިލަ ޖައްސައިލަމުން އައިކް ބުނެލިއެވެ. އެއާއެކު އަރްޒަންގެ ހުނުމުގެ އަޑު އިވިގެންދިޔައެވެ. “ޒިބީ އެއް ނޫނޭ ކިޔާނީ ދޫނީ. ބިޒީ. އިނގޭ.” އަރްޒަން އެހެން ބުނުމުން އަނގައަށް ވައްތަރެއް ޖައްސައިލަމުން އައިކް ބޯޖަހައިލިއެވެ.

އައިކް އާއި އިރުކޮޅަކު ވާހަކަދައްކައިލުމަށްފަހު އެމީހުނާއި ތަންކޮޅެއް ދުރުގައިހުރި ޔަނާލާއި ދިމާއަށް އަރްޒަން ބަލައިލިއެވެ. އޭރު ޔަނާލްވެސް އެދިމާބަލަން ހުރުމުން ހިނދުކޮޅަކަށް ނަމަވެސް ދެމީހުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައެވެ. އެއާއެކު އަވަސްއަވަހަށް އިސްޖަހައިލަމުން އެތަނުންދާން ޔަނާލް ހިނގައިގަތެވެ.

“ޔަނާލް.” އަރްޒަންގެ އަޑަށް ހުއްޓިލަމުން އެނބުރި ޔަނާލް އެދިމާ ބަލައިލިއިރު އަރްޒަންއައިސް އޭނާއާއި އަރައިހަމަކުރަނީއެވެ. ގަދަކަމުން ނަމަވެސް ހިނިތުންވެލެވޭތޯ އޭނާ މަސައްކަތްކުރިއެވެ. އެތަންފެނުނު އަރްޒަން ނިތްއަރުވައިލަމުން ލައިގެންހުރި ފަޓުލޫނުގެ ދެޖީބަށް އަތްޖަހައިލަމުން ފުންކޮށް ޔަނާލްއަށް ބަލައިލިއެވެ. ޔަނާލަށް ވަށައިގެން އެކިދިމަދިމާއަށް ނަޒަރު ހިންގެންފެށީ އަރްޒަންގެ ބެލުމުން އުނދަގޫވާން ފެށުމުންނެވެ.

“އޫމް.. ބުނީމެއްނުދޯ ޔަނާލްގެ އެހީއެއް އަހަރެން ބޭނުންވެއޭ.” އެވާހަކަ ބުނާނެގޮތެއް ނޭނގިގެން އުޅޭމީހަކުފަދައިން އަރްޒަން އޭނާގެ އިސްތަށިގަނޑުގައި ކުޑަކޮށް އަތްހިންގައިލަމުން ބުނެލިއެވެ. “ހޫމް.” އަރްޒަންގެ މޫނަށް ނުބަލަން މަސައްކަތްކުރަމުންދިޔަ ޔަނާލް މަޑު ހޫމްއަކުން ފުއްދައިލިއެވެ. “ބަޓް ބިފޯ ދެޓް. ޔަނާލް މިހާރު ކިހިނެއް؟” ރޭގެ ހާދިސާ ހަނދާންވުމުން އަރްޒަން އަހައިލިއެވެ. “އޯކޭ.” ޔަނާލްގެ ފަރާތުންލިބެމުންދިޔައީ ކުރު ޖަވާބުތަކެކެވެ. “ކޮންކަމެއްގަ އެހީ ވާންވީ؟” ތަންކޮޅެއް ދުރުގައި ކުޅޭ އެއްޗެއް ހިފައިގެންހުރި އައިކްއަށް ބަލަންހުރެ ޔަނާލް އަހައިލިއެވެ.

” އެއީ.. އޫމް.. އައިކް.. އައިކްއަށް ޓިއުޝަން ނަގައިދެވިދާނެތަ؟” ކުރެވުނީ މޮޔަ ސުވާލެއްހެން ހީވި ނަމަވެސް އަރްޒަން ހިތްވަރުކޮށްފައި އަހައިލިއެވެ. އަރްޒަންގެ ސުވާލާއެކު ދެލޯބޮޑުކޮށްލަމުން ޔަނާލް އޭނާ އާއި ދިމާއަށް ބަލައިލިގޮތުން އަރްޒަންއަށް ކުޑަކޮށް ހެވުނެވެ. ނިތް އަރުވައިލަމުން ޔަނާލްގެ ޖަވާބަކަށް އަރްޒަން އިންތިޒާރުކުރަން ފެށިއެވެ. “ޓި.. ޓިއުޝަން.. އެކަމަކު އައިކް.. އަދި ކުޑަ އެއްނު.. އެހެންނޫނަސް.. އައިކް އަކީ ކިޔެވުމަށްވެސް ނުލާހިކު މޮޅު ކުއްޖެއް. މާޝާ ﷲ.. އެހެން ކުދިންނާ އައިކް ހާސްބައި ތަފާތު.” އަރްޒަންގެ ސުވާލުން ލިބުނު ހައިރާންކަން ފިލައިދިއުމުން ޔަނާލް ބުނެލިއެވެ. “އިނގޭ ތިކަން. އެކަމަކު ގޭގަ އޭނަ ގިނަވަގުތު ހޭދަކުރަނީ ކުޅެން. އަހަރެން ބޭނުމެއްނޫން އެގޮތަށް އައިކް އާދަވާކަށް. ކިޔެވުމަށްވެސް ކުޑަ ވަގުތުކޮޅެއް ނަމަވެސް ހުސްކުރަން ބޭނުން. އަހަރެންމީ ގިނަވަގުތު އޮފީހުގަ ބުރަކޮށްއުޅެންޖެހޭ މީހެއްވީމަ. ޕްލަސް މިކަމަށްޓަކައި ޔަނާލްއަށްވުރެ ރަނގަޅު އެެެހެންމީހެއް ހުރިހެނެއް އަހަރެންނަކަށް ހިއެއްނުވޭ. ޕްލީޒް.” އާދޭހުގެ ރާގަކަށް އަރްޒަން ބުނެލީ ޔަނާލް އެއްބަސްވޭތޯއެވެ. ހަގީގަތަކީ އައިކް އަަށް ޓިއުޝަން ދިނުމުގެ ބަހަނާގައި އަރްޒަން ކޮންމެވެސް ވަރަކަށް ޔަނާލާއި އެކުގައި ވަގުތުހޭދަކޮށް އެއަންހެންކުއްޖާ ދަސްކުރަން ބޭނުންވާކަމެވެ. އައިކްއަކީ އެއުމުރުގެ އެހެންކުދިންނާއި ޚިލާފަށް ވިސްނުންތޫނު ކުއްޖެއްކަން އޭނާއަށްވެސް އިނގެއެވެ. އެހެނަސް އޭނާގެ މަގުސަދު ހާސިލް ކުރުމަށްޓަކައި އެކަންކުރަން އަރްޒަން ބޭނުންވަނީއެވެ.

“އޯކޭ މިވަގުތު ޖަވާބެއް ނުދިނަސް. ވިސްނާލާފަ ފަހުން ޖަވާބެއްދިނަސް ރަނގަޅުވާނެ.” ދޭނެ ޖަވާބަކާއި މެދުގައި ވިސންނަހުރި ޔަނާލްއަށް ބަލަންހުރެ އަރްޒަން ބުނެލިއެވެ. އެއާއެކު އެކަމަށް އެއްބަސްވުމުގެ ގޮތުން އަވަސްއަވަހަށް ޔަނާލް ބޯޖަހައިލިއެވެ. “މިއޮތީ އަހަރެންގެ ބިޒްނަސް ކާރޑް. ވިސްނާލާފަ ރަނގަޅު ޖަވާބެއްދޭނެކަމަށް އުއްމީދުކުރަން.” ޔަނާލްއަތަށް އޭނާ ވޮލެޓުންނެގި ކާރޑް ދިއްކޮށްލަމުން އަރްޒަން ބުނެލިއެވެ. އެކާރޑުގައި ޔަނާލް ހިފުމާއެކު އެތަނުންދާން އަރްޒަން ހިނގައިގަތްއިރުވެސް އެތުންފަތްމަތީގައި ނުފިލާ ހިނިތުންވުމެއްވިއެވެ.

އައިކް ގޮވައިގެން ކާރަށް އަރައި ހަމަޖެހިލަމުން އަރްޒަން ހުންގާނުގައި އަތުން މަޑުމަޑުން ޖަހައިލިއެވެ. “ވައި އޭމް އައި ޑުއިންގް ދިސް؟ ހެހެހެ.” އަމިއްލަ ނަފުސާއި ސުވާލުކޮށްލަމުން އަރްޒަން ކުޑަކޮށް ހީލީ ހަގީގަތުގައިވެސް އޭނާއަށް ޔަނާލްގެ ދިރިއުޅުމާއިމެދުގައި ޝައުގު އުފެދި އެހުރިހަކަމެއް ކުރެވެންވީ ސަބަބެއް ނުވިސްނުމުންނެވެ. ޔަނާލްއާާއި ދިމާވިފަހުން އޭނާގެ ތަބީއަތަށް ބަދަލުތަކެއް އަތުވެއްޖެކަން ގައިމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nau

Level 910 Stories100 Comments500 Comments100 Stories100 Login1K Comments

A girl who loves reading and writing stories. My dream has always been to become a successful story writer. In Sha Allah. ❤

Other Articles

Previous

ޢައިބެއް ނުވާ ތަސްވީރު

Next

އާސިޔަތުގެފާނު 04

Next
September 4, 2018

އާސިޔަތުގެފާނު 04

Previews
September 4, 2018

ޢައިބެއް ނުވާ ތަސްވީރު

35 Comments!

  1. Nau says:
    September 4, 2018 at 6:19 am

    Salaam all. Here is the fourth part. Hope u guys like it.. Let me knw the mistakes ingey.. Enjoy reading.. Have a nice day.. Love u all dears.. ?❤

  2. hai says:
    September 4, 2018 at 6:30 am

    Vvvvv reethi☺???

    1. Nau says:
      September 4, 2018 at 7:05 am

      Thanks dear❤

  3. Mal says:
    September 4, 2018 at 7:49 am

    Alah adhi Nau ge story akah mi comment kuranee, heekuran comment balaigannaane kamah. Kuree vaahaka aa sifakurun that v ehgoi, dhen udumathi sifakuraairu kurehuntheriegge fihin sifakohdheefa vaaleh furihama vaahaka nubune Allah ge kulhadhunvanthakan bunaanama maa ragalhuvaane, evaahaka eh maaginain thakuraaru vaakan v faahagavey. Story is nice, hope you will update regularly. Good luck.

    1. Nau says:
      September 4, 2018 at 8:03 am

      Thanks alot dear for this comment.. I really appreciate it.. It really helps me to imrpove myself.. Yah i thnk ur ryt. In sha allah i will try best thibuni kanthah rangalhu kuran.. V happy vehje comment kohlyma.. N ya in sha allah daily koh up kuraanan.. Thanks alot again dear.. ❤?

  4. Shaya says:
    September 4, 2018 at 9:25 am

    Masha Allah!!..mi part vx varah reethi…ummeedhukuranee kuriyah huri baithah vx mihaa furihama vaane kamah!!??..Looking forward to next part??

    1. Nau says:
      September 4, 2018 at 9:50 am

      Thanks dear.. In sha allah❤

  5. Saadhu says:
    September 4, 2018 at 9:30 am

    Maashaa allah v furihama?v ufaave kome dhuvahaku aa part genes dhaythi.

    1. Nau says:
      September 4, 2018 at 9:50 am

      Thanks my dear?

  6. Neesh says:
    September 4, 2018 at 10:03 am

    Masha Allah v reethi mi part ves and u are the best???❤️❤️❤️❤️❤️

    1. Nau says:
      September 4, 2018 at 10:41 am

      Thanks dear lots?❤

  7. shannu says:
    September 4, 2018 at 11:20 am

    Wow nau v rythi mibaives…. story rangalhah fashai ganevunyma adhi heeve maa maa reethi vaanehen… mihaaruves hama habeys…. sifakurun hama ehavana… n nau ge khonme story ehgaves v faahaga kurevey story ge ethurungandu v furihamakan.. nau ge story ehvihyaa kiyaahithun indhe kiyaaninmaa leveyne

    1. Nau says:
      September 4, 2018 at 12:04 pm

      Awwwn.. Thanks alot my dear. Yah adhi ehkoh stry rangalhah nufeshey.. Bt nw e start vany.. Lets hope that it will be more interesting eyrun.. In sha allah.. ❤

  8. Mixuhan says:
    September 4, 2018 at 12:07 pm

    Thigothah abadhuves vaahaka nimn dhn daily kh upkh dheyne kamah ummmeedhu kuran…gina writers hama kiyun theringe support libey varakah fahah aissaa vaahaka up eh nukuraane…vaki hama yakun ehn hadhaathy varah dheravey …ehaa kiyaa hithun kiya kiyaaa thihba dhn inna part upkuraany dhn 1 mas fahun ..ehn hadhaathy dhn hunnaany v goii neygifa ..ummeedhu kuran Nau ehn nahadhaane kamah..vaahaka nimn dhn daily kh nuvatha week aku ehfaharu namavx up khgn story complete kuraane kamah heekuran…love this story dear ..best of luck?

    1. Nau says:
      September 4, 2018 at 6:52 pm

      Thank u sooo much dear.. Dnt wry.. In sha allah ehn nuvaane.. I will try bodu kameh dhimaa nuvanyaa daily koh up kuran.. N in sha allah abadhuvx stry complete kuraanan.. I dnt wanna dissapoint my readers.. So dnt wry abt it.. ?

  9. Zynn says:
    September 4, 2018 at 12:25 pm

    When is the next part dear? Can we get a second part today…oops am asking for too much dhw.
    Story is very nice…can see each and every scene happening in front of my eyes while reading. Once again thanks a lot for this beautiful story. Heekuran nimendhn without a hiatus genesdheyne kamah.

    1. Nau says:
      September 4, 2018 at 6:53 pm

      Thanks alot my dear.. Yah in sha allah i will complete this stry… N ur mst wlcm.. ?❤

  10. samm says:
    September 4, 2018 at 12:53 pm

    wow!! this part is just woww… waiting for next part.

    1. Nau says:
      September 4, 2018 at 6:54 pm

      Thanks alot dear❤

  11. taetae says:
    September 4, 2018 at 1:33 pm

    yesss!!! yanaal aa arzan gulheyne gotheh vy dho emme fahun.. ekam nishyaa varah kadavaane dho,.. Masha Allah.. mi part ves hama fab.. hope to see more to this.. <3 <3

    1. Nau says:
      September 4, 2018 at 6:55 pm

      Hehe yah dhw.. Lets see dhw vaagotheh.. Thanks alot dear❤

  12. Livee says:
    September 4, 2018 at 2:23 pm

    Pls someone varah avahah mi nan thskuge maana hoadha dhybala please
    1.Ailee
    2.Aileen
    3.Alishka
    4.Liyaanaa
    Please as soon as possible

    1. manha says:
      September 4, 2018 at 6:05 pm

      Arabic meanigs
      Ailee = moonlight
      Aileen = light
      Alishka = inteligent / precious jewel
      Liyaanaa = softness, tendeness and delicacy
      ? vrh salhi nan thakeh

  13. Hayya says:
    September 4, 2018 at 2:27 pm

    Maasha Allah beautiful story????
    Nau ge hurihaa story thah vxx vrh rythi vrh furihama..keep it up dear ❤❤? waiting for the next part..

    1. Nau says:
      September 4, 2018 at 6:56 pm

      Thanks alot my dear❤

  14. ? Unknown ? says:
    September 4, 2018 at 3:15 pm

    V reethi mi part vx?. Whn next part ??

    1. Nau says:
      September 4, 2018 at 6:56 pm

      Thanks dear.. In sha allah tmrw❤

  15. maya says:
    September 4, 2018 at 3:30 pm

    masha allah..vvv reeeeeethiiiii eyyyyyyyy nauu….Nauge hurihaa story eh ves hama ehaa reeethi…vaahakaige ethurun gandaa and sifakurun hama nenge bunaane ehcheh ves,,no comments…waiting curiously for the next part..

    1. Nau says:
      September 4, 2018 at 6:56 pm

      Awwwn thanks alot my dear❤

  16. Unknown girlll.. says:
    September 4, 2018 at 7:42 pm

    This partves awsummm.???…dhen nishyaa dhw edhemedhah annany…yanaal ah dheregotheh nuhadhahchey..ingey.??????…keep up the good work??? luv ya?❤?

    1. Nau says:
      September 4, 2018 at 8:08 pm

      Lets see dhw.. Hehe.. Thanks alot dear. Love u too❤?

  17. Livee says:
    September 4, 2018 at 8:35 pm

    Hehe thank you alot manha
    Luv u so much

  18. story lover says:
    September 4, 2018 at 9:46 pm

    story was so touching …. i loved it
    keep it up nau

    1. Nau says:
      September 4, 2018 at 10:20 pm

      Thanks alot dear?

  19. Nivuu says:
    September 20, 2018 at 10:29 pm

    Wow maashaa alpha????????and u is the best,,………..

Comments are closed.

Next Episodeބުނާށެ ލޯބި ނުވަނީހޭ (5)←


All Right Reserved!