Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 38

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
September 4, 2018 4 Mins Read
32 Comments

ގެއަށް ވަދެ އެންމެ ފުރަތަމަވެސް އައިލީން މިސްރާބު ޖެހީ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގަ ހިނގައިހުރި ޝައުނާގެ ހަރާކާތްތަކަށް ހުއްޓުމެއް އައެވެ. އައިލީންގެ ރޮއެރޮއެ ރަތްވެފައިވި ދެ ލޯ ފެނި ޝައުނާ އާއި ރިފްޝާއަށް އައިލީންގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެވުނީއެވެ. ”ޝައު… ތެންކްޔޫ ސޯ މަޗް… ވަރަށް ބޮޑަށް ތޭންކްސް… އެންމެ މުހިއްމު ވަގުތު ޝައު ޔައި ގާތު ޔޫހާންއަށް ގުޅަން ތި ބުނީ… މިހާރު ހުރިހާ ކަމެއްވެސް ރަނގަޅު… ތެންކްޔޫ ސޯ މަޗް… ޔޫހާންވެސް ބުނި ޝައުއަށް ތޭންކްސް ބުނަން.. ” އައިލީން އައިސް ޝައުނާާގެ ގައިގައި ބައްދާާލަމުން އުފާވެފައި ހުރެ ބުނެލިއެވެ. ” ތިބުނީ މިހާރު ޔޫން އާއި އައިލީ އާ ދެމެދު އެއްވެސް މިސްއަންޑަސްޓޭންޑިންއެއް ނެތޭ… ” އައިލީންގެ ގާތަށް އައިސް ހުއްޓެމުން ރިފްޝާ ވަރަށް ފޯރީގައި އަހާލިއެވެ. އެއާއެކު އައިލީން ހިނިތުންވެލަމުން ހޫމް ލައްވާލިއެވެ. ޝައުނާ އާއި ރިފްޝާ ވީ އުފަލުން އައިލީންގެ ގައިގައި ބައްދާލިއެވެ. އެގޮތުގައި އިރުކޮޅަކު ތިން އެކުވެރިން ތިއްބެވެ. ”އައިލީ… އެކަމަކު ކީއްވެ އެހާ ވަރަށް ރޮއެފަ ތިހިރީ… ދެ ލޯ ވެސް ދުޅަވެފައެއްނު ތިހިރީ… ” ކަންބޮޑުވެފައިވި ރާގެއްގައި ޝައުނާ އަހާލިއެވެ. އެއާއެކު އައިލީން އެނދުގައި އިށީންދެ ވީގޮތް ކިޔައިދިނެވެ. ” ތި ދިނާޖު ތީ އަޅެ ހާދަ ގޮތެއް ނެތް މީހެކޭ… އަހަރެންނަމަވެސް ސްލެޕެއް ދޭނަން… ” ރިފްޝާގެ ގާތަށް އައި ރުޅީގައި ބުނެލިއެވެ. ރިފްޝާގެ މޫނު މައްޗަށް އެރި ކުލަވަރު ފެނި ޝައުނާ އާއި އައިލީންގެ ހިނިގަނޑު ފަޅާއިގެން ދިޔައެވެ. އެމީހުން ހޭތަން ފެނި ރިފްޝާ އޭނަގެ ތުންކޮޅު ހަދާލިއެވެ. އެއާއެކު އައިލީން އާއި ޝައުނާގެ ހުނުން އިހުނަށް ވުރެ ގަދަވިއެވެ. މިތަން ފެނި ރިފްޝާއަށްވެސް ނުހީ ނުހުރެވުނެވެ.

ތިން އެކުވެރިން އެކުގައި އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު އެންމެންވެސް އެއްޗިހި ބަދަލުކޮށްގެން އައިސް އެނދުގައި އިށީނެވެ. އައިލީންވެސް އެއްޗެހި ބަދަލުކޮށްލައިގެން އައިސް އެނދުގައި އޮށޯތެވެ. ކައިރީގައި އޮތް ފޯނު ނަގައި ބަލާލިއިރު ޔޫހާންގެ ދެ މިސްކޯލް ފެނުމާއެކު ޔޫހާންއަށް ގުޅުމަށް އައިލީން އަވަސްވެގަތެވެ. ޔޫހާންއަށް ގުޅާއިގެން އިރުކޮޅަކު ވާާހަކަ ދައްކަން އޮވެލުމަށްފަހު ވެފައިހުރި ވަރުބަލިން އައިލީން ނިދަން އަވަސްވެގަތެވެ.

ނިދާފައި އޮތް ޔައިޝްގެ މޫނަށް ދޮރު ފޮތިތަކުން ފުރޭނިގެން އައިސް އިރުގެ ރަން ދޯދިތައް އެޅިފައިވީއިރު ވަރަށްވެސް ހިތްގައިމެވެ. އެހެނަސް ޔައިޝްއަށް ދިޔައީ އުނދަގޫވަމުންނެވެ. ކަންނެތް ކަމާއެކު އެނދު ތެދުވެ ފެންވާރާ ތާޒާވެލުމަށް ފާޚާނާއަށް ވަނެވެ. ” ދަރިފުޅާ… ދެން ތެދުވޭ ސައިބޯން… ” ރީތިވާން ހުރި ޔައިޝްއަށް އޭނަގެ މަންމަ ދޮރުގައި ޓަކިޖަހަމުން ގޮވާލިއަޑުއިވުނެވެ. އެއާއެކު ޔައިޝް ވަރަށް އަވަހަށް އެބަ ދަންކަމުގައި ބުނެލިއެވެ. ހުދު ކުލައިގެ އަތް ކުރު ޓީޝާޓަކާއި ޖިންސު ސޯޓު ބުރިއެއް ލައިގެން ހުރި ޔައިޝް ދިޔައީ ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރެ ރީތި ގޮތަކަށް އޭނަގެ އިސްތަށިގަނޑު ސްޓައިލް ކުރަމުންނެވެ. ވަރަށް އަވަސް އަވަސް ކޮށްލުމަށްފަހު ތައްޔާރުވެގެން ޔައިޝް ތިރިއަށް ފޭބިއެވެ. އޭރު ގަޑިން ނުވަ ގަޑި ތިރީސް ވަނީއެވެ.

ޔައިޝް އައިސް ކާމޭޒު ކައިރިން ގޮނޑިއެއް ދަމާލުމަށްފަހު އިށީނެވެ. އޭރު ހަފީޒާގެ އިތުރުން ހަބީބްވެސް ކާމޭޒު ކައިރީ ގޮނޑީގައި ތިއްބެވެ. ޔައިޝް އައުމުން އެންމެން އެކުގައި ހެނދުނުގެ ނާސްތާކުރަން ފެށިއެވެ. ” ދަރިފުޅާ… ކޮން ދުވަހަކުންތަ ޝައުނާ މަންމަމެނާ ބައްދަލުކުރުވާނީ… މަންމަ މި ވިސްނަނީ މިއަދު މެންދުރުގެ ކެއުމަށް ޝައުނާއަށް ދަޢުވަތު ދޭން… އޭރުން މަންމަމެނާ ބައްދަލުކުރެވޭނެ އެއްނު… އެގޮތް ކިހިނެއްވަނީ ދަރިފުޅަށް… ” ހަފީޒާ ޔައިޝްއަށް ބަލާލަމުން އަހާލިއެވެ. ޔައިޝް ހިނިތުންވެލަމުން އެންމެ ރަނގަޅު ކަމުގައި ބުނެލުމާއެކު ހަފީޒާ އާއި ހަބީބްގެ ތުންފަތުގައިވި ހިނިތުންވުން ފުންވެފެން ދިޔައެވެ. ” ދަރިފުޅު ބުނެލާތި އިނގޭ ޝައުނާ ގާތު… ” ހަފީޒާ ހިނިތުންވެލަމުން އެހެން ބުނެލުމުން ޔައިޝް ބޯ ޖަހާލިއެވެ.

ކާމޭޒު ކައިރީ އިން ނަސީރުގެ އިންތޒާރަށް ނިމުމެއް އައީ އޭނަ އާއި ޖެހިގެން އިން ގޮނޑީގައި ނައުރީން އައިސް އިށީނުމުންނެވެ. ”ދަރިފުޅާ… ރޭގަ ކިހިނެއްވީ މާ ރުޅިގަދަ ވެގެން އުޅުނީ… ” ނައުރީން އައިސް އިށީނުމާއެކު ނަސީރު ސުވާލުކުރިއެވެ. ” ޑޭޑް… އެއީ… ފްރެންޑަކާ ކުޑަ މައްސަލައެއް ޖެހުނީ… ބަޓް ނައު އެވްރިތިން އީޒް އޯކޭ… ” ގަދަކަމުން ހިނިތުންވެލަމުން ނައުރީން ބުނެލިއެވެ. ” އެކަމަކު ދެން އެހެން އެއްޗެހި ހަލާކު ނުކުރައްޗޭ ދަރިފުޅާ… ރުޅި އައިމަ ޖެހޭނެ އެ ރުޅި ކޮންޓްރޯލްވެސް ކުރަން… ދަރިފުޅު މިހާރު ރުޅި ކޮންޓްރޯލްކުރަން ދަސްކުރަންވެއްޖެ އެއްނު… ” ނަސީރު އޭނަ އަބަދުވެސް ބުނާ ވާހަކަ ނައުރީން ގާތު ބުނެލިއެވެ. ނައުރީން ބޯ ޖަހާލުމަށްފަހު ނާސްތާ ކުރުމައިގެން ކުރިއަށް ދިޔައެވެ. ނަސީރު އިތުރު އެއްޗެކޭ ނުބުނީ އެހެން ފަހަރުތަކެކޭވެސް އެއްފަދައިން ނައުރީންގެ ފަރާތުން މާ ބޮޑު ސަމާލުކަމެއް ނުލިބުނީމައެވެ. ” އާސިމާ… ދޭބަލަ ނައުރީންގެ ކޮޓަރި ސާފުކޮށްލަން… ” ނައުރީންގެ ކޮޓަރި އޮންނާނީ މީހަކަށް އެތަނުގައި އުޅެވޭނެ ފަދަ ގޮތަކަށް ނޫންކަން އިނގޭތީ ގެ ސާފުކޮށް ހަދަން ގެންގުޅޭ މީހުންގެ ތެރެއިން އާސިމަ ގާތު އެހެން ބުނުމަށްފަހު ނަސީރުވެސް ނާސްތާ ކުރުމައިގެން ކުރިއަށް ދިޔައެވެ.

ސިޓިންރޫމު ސޯފާގައި ޓީވީ ބަލަން އިން ޝައުނާ ބެލްކަންޏަށް މިސްރާބު ޖެހީ ޔައިޝްގެ ފޯނު ކޯލެއް އައުމުންނެވެ. ” ޝައު… މައި ޕޭރެންޓްސް ވޯންޓްސް ޓު މީޓު ޔޫ… މިއަދު ލަންޗް އަހަރެމެން ގޭން އިނގޭ… މަންމަ ބުނީ ޝައު ގާތު ބުނަން… މިއަދު ވަން ފިފްޓީން ހާއިރަށް ރެޑީ ވޭ… ޝައު ބަލާ އަންނާނަން… ” ޝައުނާ ފޯނު ނެގުމާއެކު ޔައިޝް އެއްފައްޗަކަށް ހުރިހާ އެއްޗެއް ކިޔާލިއެވެ. ” ޔައިޝް… އެކަމަކު މިއަދު… ކުއްލިއަކަށް… މި ބުނީ އެހާ އަވަހަށް… ” ޔައިޝް އެހެން ބުނުމުން ހާސްވެފައި ހުރިލެއް ބޮޑުކަމުން ޝައުނާއަށް ވާހަކަ ދެއްކުނީވެސް އަޅައަޅާއިގަންނަމުންނެވެ. ” ޝައު… މިހާރު ނާވަސްވީ ދޯ… ރިލޭކްސް… އަހަރެންގެ ޕޭރެންޓްސް ވަރަށް ކޫލް ވާނެ… ދޭ ރިއަލީ ވޯންޓް ޓު މީޓް ޔޫ… ކީއްކުރަން ދެން ލަސްކުރަންވީ… އަހަރެން ބޭނުންވަނީ ވީހާވެސް އަވަހަކަށް ޝައު އަހަރެންގެ މިލްކަކަށް ހަދަން..” ޝައުނާ ވާހަކަ ދެއްކި ގޮތުން އޭނަ ހުރީ ހާސްވެފައިކަން ޔައިޝްއަށް ދެނެގަނެވުނެވެ. ޔައިޝްގެ ވާހަކަތައް އަޑުއިވުނު ޝައުނާގެ ތުންފަތުގައި އެވަގުތު ރީތި ލަދުރަކި ހިިނިތުންވުމެއް ދުވެލިއެވެ. ” ކިހިނެއް އިނގުނީ އަހަރެން ހުރީ ނާވަސްވެފަ ކަމެއް… ” ޝައުނާ ވަރަށް ޝައުގުވެރިކަމާއެކު އަހާލިއެވެ. ” ވާހަކަ ދެއްކި ގޮތުން އިނގުނީ… ޝައުގެ އިހުސާސްތައް ދެނެގަންނަން ކޮންމެހެން ޝައު ފެންނާކަށް އަހަންނަށް މުހިއްމެއް ނޫން… އައި ނޯ ޔޫ… ނުބުނާ އިރުވެސް އިނގޭ ހަމަ ބުނާއިރަށް ޝައު ނާވަސްވާނެކަން… ” ޔައިޝް ބުނެލިއެވެ. ޔައިޝް އެހެން ބުނެލުމާއެކު ޝައުނާގެ ލުއި ހުނުމުގެ އަޑު އިވިގެން ދިޔައެވެ. އެގޮތުގައި ފަަނަރަ ވަރަކަށް މިނިޓު ދެ މީހުން ވާހަކަ ދައްކަން ތިއްބެވެ.

ޔައިޝް ފޯނު ބޭއްވުމާއެކު ޝައުނާ އަވަސް އަވަހަށް ގޮސް އައިލީންމެނާއި އެވާހަކަތައް ހިއްސާކުރިއެވެ. ޝައުނާ އެވާހަކަ ހިއްސާކުރުމާއެކު އައިލީން އާއި ރިފްޝާ އޭނަ އާއި ދިމާކުރަން ފެށިއެވެ. އެހިސާބުން ތިން އެކުވެރިންގެ ކޯޅުންގަނޑު ފެށުނީއެވެ. ތިން އެކުވެރިންވެސް ދިޔައީ ވަރަށް ފޯރީގައި އެކަކު އަނެކަކާއި ދިމާލަށް ކުޝަން އުކާ ހީސަކަރާތް ޖަހަމުންނެވެ. ސިޓިން ރޫމުގައި ސަކަރާތްޖަހާ އަޑު އިވުމާއެކު ކޮޓަރީގައި ތިބި ޒައުލްގެ އިތުރުން ޝިޔާވެސް ދުވެފައި ސިޓިންރޫމަށް ނިކުތެވެ. އެ ދެކުދިންވެސް އައިލީންމެންގެ ސަކަރާތުގައި ބައިވެރިވިއެވެ. އޭރު ކޮޓަރީގެ ދޮރު ކައިރީގައި މަންޒަރު ބަލަން ހުރި އާޝިޔާގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ.

ޝައުނާ ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރެ އިރު އިރުކޮޅުން އަލަމާރިން ހެދުމެއް ނަގައިގެން އައިސް އޭނަގެ ގައިގައި ޖައްސާލައެވެ. ހެދުން ގައިގައި ޖައްސާލުމަށްފަހު ކަމުނުދިޔުމުން ކޮންމެ ފަހަރަކުވެސް އެ ހެދުމެއް އެނދު މައްޗަށް އެއްލާލައެވެ. އެ މަންޒަރުތައް ބަލަން ސޯފާގައި އިން ރިފްޝާ ހީލަހީލާ އިނެވެ. ރިފްޝާ ހީލާ ކޮންމެ ފަހަރަކު ޝައުނާ އޭނަ އާއި ދިމާލަށް ބަލާލަމުން ލޯ އަޅާލައެވެ. ޝައުނާގެ އެ ހަރަކާތުން ރިފްޝާގެ ހިނުން އިހުނަށްވުރެ އިތުރުވެއެވެ. ރިފްޝާ މާވަރަކަށް ހޭތީ ކޮޓަރިއަށް އައިސް ވަން އައިލީން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ” ޝައު ޔައިގެ ފެމެލީ އާ މީޓްކުރަން ދާއިރު ލާނެ ހެދުމެއް ނޭނގިގެން އުޅޭތީ… މިހާރު ފަސްވަރަކަށް ހެދުން ނަގާފާނެ… އެކަމަކު އަދި ހިތްހަމަޖެހޭ ހެދުމެއް ނުފެނޭ… ހެހެހެ… ” ރިފްޝާ އައިލީންއަށް ޖަވާބުދިނެވެ. ” ރިފޫ… ހޭނެކަމެއް ނެތް… ރިފޫވެސް ފާންގެ ފެމެލީ އާ މީޓްކުރަން ދާން އުޅުުނު ދުވަހު އުޅުނީ ހަމަ މިހެން… ލާނެ ހެދުމެއްވެސް ނޭނގުނެއްނު ރިފޫއަކަށްވެސް… ” ޝައުނާ މިފަހަރު ވަރަށް ފޯރީގައި ރިފްޝާއަށް ރައްދުދިނެވެ. ޝައުނާ އެހެން ބުނުމުން އޭނާ އެދުވަހު އުޅުނު ގޮތް ރިފްޝާއަށް ސިފަވެގެން ދިޔައެވެ. އެހެންކަމުން ރައްދުގައި ބުނާނެ އެއްްޗެއް ރިފްޝާގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ”އައިލީ… އައި ނީޑް ޔުއާ ހެލްޕް… ” އައިލީންއަށް ބަލާލަމުން ޝައުނާ އެހެން ބުނެލުމާއެކު އައިލީން ހިނިތުންވެލަމުން އަލަމާރި އާއި ދިމާލަށް މިސްރާބު ޖެހިއެވެ. އައިލީން އަލަމާރީގައި ހުރި ހެދުންތަކަށް ބަލާލުމަށްފަހު އޭނައަށް އެންމެ ކަމުދާ ހެދުމަކާއި ސްކިނީއެއް ނަގައި ޝައުނާއަށް ދިނެވެ. ” ޔުއާ ޗޮއިސް އާ އޯލްވޭސް ބެސްޓް… ތޭންކްސް އައިލީ… ” އައިލީން އެ ހެދުމާއި ސްކިނީ ޝައުނާގެ އަތަށް ދިނުމުން އެހެން ބުނެލުމަށްފަހު އޭނާ ގޮސް ފާޚާނާއަށް ވަނެވެ.

ކޮޓަރީގައި ދެކޮޅަށް ދެކޮޅަށް ހިނގަ ހިނގައި ހުރި ނައުރީންގެ މޫނު މަތިން ހިތްހަމަނުޖެހުމުގެ ކުލަވަރުތައް ފެންނަމުން ދިޔައެވެ. ” ތިންކް ނައުރީން… ތިންކް… ކޮންމެ ގޮތެއް ހަދައިގެންވިޔަސް އައިލީން އާ ޔޫހާން ދުރުކޮށް ޔޫހާން ހާސިލްކުރަން އެބަޖެހޭ… ތިންކް… ތިންކް… ” އެގޮތުގައި ދެކޮޅަށް ދެކޮޅަށް ހިނގަމުން ނައުރީން އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. ނައުރީން އެތައް އިރަކު އެހެން ހިނގަ ހިނގާ ހުއްޓެވެ. އެހެން ހިނގަ ހިނގާ ހުރި ނައުރީންގެ ހަރަކާތްތައް ކުއްލިއަކަށް މަޑުޖެހުނެވެ. އޭނަގެ ސިކުނޑިއަށް އައި ޚިޔާލަކުން ނައުރީންގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. އަދި އަވަހަށް ފޯނު ނަގައި ދިނާޖުގެ ނަމްބަރަށް ޑައިލްކޮށްލިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ހިތް އެދުނަސް… (1)

Next

ބުނާށެ ލޯބި ނުވަނީހޭ (5)

Next
September 5, 2018

ބުނާށެ ލޯބި ނުވަނީހޭ (5)

Previews
September 4, 2018

ހިތް އެދުނަސް… (1)

32 Comments!

  1. Ifoo ifoo says:
    September 4, 2018 at 8:47 pm

    Salaam dear readers ???❤️❤️❤️???… Here is the next part… Hope all will like this part too ???… Sorry mi part kuruvyma… Bxy vyma time nulibuny n mirey up kohdheyn bunevifa inyma mi up kohly… Thankyou so much dear readers ifoo ah thidhey support ah ❤️❤️❤️??????…

  2. R says:
    September 4, 2018 at 9:23 pm

    Dhen miulhey lovebirds tha marry kuruvaba?

    1. Ifoo ifoo says:
      September 5, 2018 at 8:20 am

      Marry vx kuraane adhi ???… Thankyou R ❤️❤️❤️?????????…

  3. Thushas says:
    September 4, 2018 at 9:25 pm

    Haadha ragalhey ifoo…. V reythi mi part ves

    1. Ifoo ifoo says:
      September 5, 2018 at 8:21 am

      Thankyou so much dear ❤️❤️❤️?????????… V v v ufaavehje mi part vx kamudhiyaima ???…

  4. Naju says:
    September 4, 2018 at 9:33 pm

    Wow hama speechless ????????? Masha Allah vvvvvvvvv rythi mi partvx ???????? Ifoo dhooni ??? ur superb dear ?????? n Masha Allah ur a perfect writer dear ???????? keep it up ☝?☝?☝? abadhuvx beley mi story up veythw hama kiyaa hithun kehnuvey vihya… ?????I love you so much n miss u alot ifoo dhooni ??????

    1. Ifoo ifoo says:
      September 5, 2018 at 8:23 am

      Naju ❤️❤️❤️… Thankyou so much for the support ❤️❤️❤️?????????… V v v ufaavey ehaa support dhey thy ??????❤️❤️❤️… As usual comment v v v reethi n v supportive ???❤️❤️❤️???… Much loves from me dear ❤️❤️❤️?????????…

  5. Zivaa says:
    September 4, 2018 at 9:34 pm

    Dhinaaj huvaa mi buny dhn varah foohi vey Ailee ah dhn gotheh nahadhahchey
    Vaahaka Hama habeys????????

    1. Ifoo ifoo says:
      September 5, 2018 at 8:24 am

      Zivaa ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… Let’s see dhw vaagotheh ???… V v v ufaavehje story reethi v ma ???…

  6. Azun says:
    September 4, 2018 at 9:43 pm

    Meeves dhn vaahakaeh hadeekee noon kuree

    1. Ifoo ifoo says:
      September 5, 2018 at 8:26 am

      Azun ❤️❤️❤️… I know it’s short but mirey up kohdheyn bunevifa inyma mi up kohly kurukoh viyas ???… Next part In Sha Allah dhigu kohlaanan ???…

  7. Mal says:
    September 4, 2018 at 9:50 pm

    Masha allah????v rythi..?????dhn lovebirds thah dhw❤❤❤❤❤❤❤thanks up kohdhinyma…?????mi part ves v nice…i am speechless?????????and ifoo u will be a grt writer insha allah????shau ulhey gotheh dhw????hyhy halaaku????lots of love ❤ ? ? ? ? ? ?

    1. Ifoo ifoo says:
      September 5, 2018 at 8:29 am

      Mal ❤️❤️❤️… Thankyou so much dear for the colourful Comment ❤️❤️❤️????????????… V v v ufaavehje mi part vx kamudhiyaima ??????… I’m so happy to have a reader like you ❤️❤️❤️?????????… Shau dhw… V majaa asluvx ???… Much loves from me Mal ❤️❤️❤️????????????…

  8. Hudher says:
    September 4, 2018 at 10:34 pm

    Stry v v v rythi maasha allah…. whn next…. waiting?????

    1. Ifoo ifoo says:
      September 5, 2018 at 8:31 am

      Hudher ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma ???… Next part In Sha Allah Thursday night ga ❤️❤️❤️???…

  9. Hawwor says:
    September 4, 2018 at 11:36 pm

    Habeyssss….bt next part thankolheh romantic kolly ma Hama v salhivaane hen Hyvany……mi story v unique…??

    1. Ifoo ifoo says:
      September 5, 2018 at 8:33 am

      Hawwor ❤️❤️❤️… Thankyou so much ???❤️❤️❤️?????????… Next part romantic vaane ???… Ifoo plan kohfa innaanee ehen ❤️❤️❤️???… V v v ufaavehje story unique v ma ???…

  10. Afaa says:
    September 5, 2018 at 8:22 am

    Masha Allah. ❤️?????Vv reethi mi part ves???

    1. Ifoo ifoo says:
      September 5, 2018 at 12:09 pm

      Afaa ❤️❤️❤️… Thankyou so much dear ❤️❤️❤️?????????…

  11. maya says:
    September 5, 2018 at 8:40 am

    waaaaaaaaaaaaaau so cute…lovebirdsss..vvv reethi ifoooo..mashaallah ………anehkaa ves naureen e ulheni plan eh hadhaigen 2myhun dhurukuran dhw…story ge villain…vv foohi vey…bt love u ifoo

    1. Ifoo ifoo says:
      September 5, 2018 at 12:12 pm

      maya ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… V v v ufaavehje story ge mi part vx reethi v ma ❤️❤️❤️???… Yahh… Naureen anehkaavx miulheny new plan akaaeku 2 lovebirds separate kuran… Let’s see dhw vaagotheh… Love u too maya ❤️❤️❤️?????????…

  12. Someone?? says:
    September 5, 2018 at 12:43 pm

    Mi part vx eha kuru. U always says dhigu kuraanamey but u couldn’t. ????Btw mi part vx v reethi. All the best. ♥️♥️

    1. Ifoo ifoo says:
      September 5, 2018 at 12:58 pm

      I know mi part kurukan… bt time nuvy hama… last part dhiguvaane dear… In Sha Allah next part dhigukohla dheynan… sorry dear kurukoh genesdheveythy… thankyou so much ???❤❤❤??????… v v v ufaavehje storyge mi part kamudhiyaima ???…

  13. black says:
    September 5, 2018 at 2:36 pm

    waaau ifoo sis dha stry is very awsome. ur such and talented writer..dhen alhe e naureen bustu kohlaba dhw she deserves it eyy..
    hehe anyways ifoo dear if u dont mind mi stry ge 6th part ga yoohaan wedding ga kiyaafa in lavaige name buneladheeba..i really wanna know..

    1. Ifoo ifoo says:
      September 5, 2018 at 8:03 pm

      Thankyou so much dear ❤️❤️❤️????????????… V v v ufaavehje story reethi v ma ???… Naureen dhw… Let’s see what happens to her… Aee bos ge ” hih avas vaa goi viyey ”… That song is one of the most favourite song of mine ❤️❤️❤️??????… Once again thankyou so much dear ❤️❤️❤️???❤️??????…

  14. Livy says:
    September 5, 2018 at 4:37 pm

    Hello dear.. ❤❤ Story ge baithah genesdheyleh varah varah reethi as always. ??anekka naureen feshuny ?? pis pis ?? ekam dhen rifoo ves dhimaa kuraa varu dho ???❤❤?? Keep up the good work ifoo ???????? Love you ??????

    1. Ifoo ifoo says:
      September 5, 2018 at 8:18 pm

      My dear Livy ❤️❤️❤️???… I missed your comment ???❤️❤️❤️???… V v v ufaavehje story reethi v ma Livy ah ❤️❤️❤️?????????… Rifoo v majaa dhw asluvx ???… Thankyou so much dear ifoo ah thidhey support ah ❤️❤️❤️????????????… Love you too Livy ❤️❤️❤️????????????…

  15. ❤️❤️ says:
    September 5, 2018 at 9:40 pm

    Wow…stry Hama vrh obi…vrh nic…haadha ragalhu three friends a dhw….I hope I ge life ga friend eh hunnanama a… anyways thanks ifoo dear mi varuga nic stry eh genes dheythy….keep it up???vrh molhu aslu ifoo dear ????…when next part

    1. Ifoo ifoo says:
      September 6, 2018 at 7:41 am

      Dear ❤️❤️❤️???… Thankyou so much ❤️❤️❤️????????????… V v v ufaavehje ???… Thikudhinge support libeythy ifoo ah mi hisaabah vx mi aadhevuny ???… Thankyou so much ???❤️❤️❤️???… Next part In Sha Allah Friday ga ???…

    2. Ifoo ifoo says:
      September 6, 2018 at 7:43 am

      Dear readers next part In Sha Allah Friday ga ❤️❤️❤️???…

  16. Mee says:
    September 7, 2018 at 6:49 pm

    Kon irakun next prt

  17. Shaa says:
    September 9, 2018 at 5:01 pm

    Wowww. ..maashaa Allah❤❤???story obiness to the max??????bunaane ehchehves hama neynge❤ehaaves Loabi..??????keep it up ifoo..sorry for the late reply ??

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 39←


All Right Reserved!