Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ރާސްތާ 32

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
September 1, 2018 5 Mins Read
11 Comments

އަފްރީންއާއި އަފްރާ ޓެރަހުގައި އަނގަތަޅަން ތިއްބެވެ. އަރްޝާދާއި އައްޒާމްވެސް ކޮންމެވެސް ވާހަކައެއްގައި ތިއްބެވެ. އަފްރީން ވަނީ އަރްޝާދަށް ހަގީގަތް ކިޔާދީފައެވެ. ހަގީގަތް އެނގުމުން އަރްޝާދް ވަނީ އަފްރާއާއި އައްޒާމްގެ ކިބައިން މާފަށް އެދިފައެވެ. އެ ދުވަހަށް ފަހު އައްޒާމާއި އަރްޝާދްގެ ކުރީގެ އެކުވެރިކަން ވަނީ އިޔާދަވެފައެވެ. “ސަޕްރައިޒް” އެންމެންގެ ނަޒަރު ދޮރާ ދިމާއަށް ހުއްޓުނީ އާރާޝްގެ އަޑު އިވުމުންނެވެ. އާރާޝް ފެނުމުން އަފްރާއަށް އިން ތަނުން ތެދުވެވުނެވެ. އަފްރީނަށްވެސް ވީ ހަމަ އެވަރެވެ.

އާރާޝް ދިޔަ ގޮތަށް ގޮސް އަފްރާ ގައިގައި ބައްދާލިއެވެ. އެއަށް ފަހު އައްޒާމާއި އަރްޝާދް ގައިގަ ވެސް ބައްދާލިއެވެ. “ކޮބާ އަޝްކޮމެން؟” އަޝްވާ އަދި އިޝްމާ ކޮބައިތޯ އެހިއެވެ. “އަޝްކޮ ވެއްޖެ އާލާމެން ގެއަށް ގޮސް. އަންޖަލް ފޫހިވެގެން އުޅޭތީ. އިޝްކޮ ނަވްޔާމެން ގެއަށް ގޮސްވީ” އަފްރީން ޖަވާބު ދިނެވެ. އަފްރާއާއި އަފްރީން އެތައް ސުވާލެއް އާރާޝާއި ކުރަމުން ދިޔައެވެ. ފޫހިކަމެއް ނެތި އާރާޝް އެ ސުވާލުތަކަށް ޖަވާބު ދެމުން ދިޔައެވެ.

*****

ރައުފާއާއި ދާނިޝް ބޭރަށް ދިޔުމުން ނަވްޔާ އިޝްމާ އަދި އިސްރާއަށް ގެ ވަނީ ހިތަކަށް ލިބިފައެވެ. ހައެއްގެ ފަހުން މާނީ އަންނާނެތީވެ ތިން ކުދިން ވެގެން އުޅުނީ މާނީއަށް އެންމެ މީރު ވައްތަރުގެ ޕިއްޒާއެއް އަޅާށެވެ. ދޮރުގައި ޓަކި ދިން އަޑު އިވުމުން ނަވްޔާ އެދުނީ އިޝްމާ ގާތު ދޮރު ހުޅުވަން ދިޔުމަށެވެ.

ހަލުވި ހިނގުމެއް ގައި ގޮސް އިޝްމާ ދޮރު ހުޅުވިއެވެ.

ގޭގެ ދޮރު ހުޅުވުމާއެކު ގެއަށް ވަންނަ އަކްމަލް އެޅި ފިޔަވަޅު ހުއްޓުނީ ކުރިމަތީގައި ހުރި އިޝްމާ ފެނިފައެވެ. އަކްމަލް ހީކުރީ އެއީ އޭނާއަށް ފެންނަ ގޮތް ކަމަށެވެ. “އިޝް ކާކުތަ؟” ނަވްޔާ ބަދިގޭގައި އިނދެފައި ގޮވާލިއެވެ. އިޝްމާ އަކްމަލްއޭ ބުނަން ވެގެން އަނގަ ހުޅުވާލިތަނުން އަކްމަލް އޭނާގެ އަނގަ މަތީ އަތް އެޅިއެވެ. “ޝްޝް ނަޔާ ސިއްސުވައިލާނީ” އެހެން ބުނެފައި އިޝްމާއަށް އެއް ލޯ މަރާލުމަށްފަހު ބަދިގެއާއި ދިމާއަށް އަކްމަލް ދިޔައެވެ. އިސްރާއަށް އަކްމަލް ފެނުމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. ނަވްޔާ އިނީ ބަދިގޭ ދޮރަށް ފުރަގަސް ދީގެން ކަމުން ނަވްޔާއަކަށް އަކްމަލެއް ނުފެނެއެވެ. އަކްމަލް މަޑުމަޑުން ގޮސް ނަވްޔާ ސިއްސުވާލިއެވެ. “ދޮންބޭ” ފަހު އަކުރަށް ދަމާލަމުން ނަވްޔާ ހަޅޭއްލަވައިގަތެވެ. “ހެހެހެ މިހާ ދުވަސްކޮށްފަ ފެނުނީމަވެސް ނާޔާ ހަޅޭއްތަ ލަވައިގަންނަނީ؟ ކޮބާ މަންމައާއި ބައްޕަ؟” ކާމެޒުމަތީގައި އިށީންނަމުން އަކްމަލް އަހާލިއެވެ. ރައުފާއާއި ދާނިޝް ދިޔައީ ބޭރަށް ކަމަށް ނަވްޔާ ބުންޏެވެ. ނަވްޔާއާއި އިސްރާ އަކްމަލް އަދި އިޝްމާއަށް ފުރުސަތު ދެމުން ކާގެއިން ނުކުމެގެން ދިޔައެވެ.

އަކްމަލް ގޮސް އިޝްމާ އޭނާއާއި ވީ ފަރާތަށް އަނބުރާލިއެވެ. އޭރު އިޝްމާ ހުރީ ދެލޯ މަރާ ބާރުކޮށްގެންނެވެ. “ލަވް އައި މިސްޑް ޔޫ ސޯ މަޗް. އިޝް ނުފެނި އުޅެން ޖެހުމުން ހާދަ އުނދަގޫވިޔޭ. އިޝް ޓެސްޓްވީމަ މާގިނައިން މެސެޖް ކުރާކަށްވެސް ނުކެރޭ. މިހާރު ސްކޫލްވެސް ނިމުނީނު ލެޓްސް ގެޓް މެރިޑް.” “އޫމްމް އަކްމަލް އައި އޭމް ސޮރީ ޓު ސޭ އަހަރެން މިހާރު އަކްމަލްދެކެ ލައިކެއް ނުވޭ. އަކްމަލް ގާތު މި ވާހަކަ ބުނަން ވަރަށް އުޅެފިން އެކަމު ކުޅުމަށް އަސަރު ކޮށްފާނެތީ ނުބުނީ. އައި އޭމް ސޮރީ ބަޓް އައި ޑޯންޓް ލައިކް ޔޫ އެނީމޯ” އަކްމަލަށް ހީވީ އޭނާގެ މޫނު މަތީގައި އެތިފަހަރަކުން ޖެހިހެންނެވެ. އިޝްމާގެ ބަސްތައް ހަންޖަރެއް ފަދައިން އޭނާގެ ހިތަށް ހެރުނެވެ. އޭނާގެ ލޮލަށް ކަރުނަ ޖަމާވާންފެށީ އެއްވެސް އިޚްތިޔާރަކާއި ނުލައެވެ. “އާމް ރޮނީތަ؟ އިޝް ބުނީ އާމްދެކެ ލައިކް ނުވާ ވާހަކައެއްނު. އައި ޑޯންޓް ލައިކް ޔޫ ބަޓް އައި ލާވް ޔޫ.” އަކްމަލްގެ ލޮލުން ކަރުނައުގެ އަސަރު ފާޅުވާން ފެށުމުން އިޝްމާގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. އިޝްމާ އަކްމަލް ހައްދާލަންވެގެން އެހެން ބުނުމުން އަކްމަލަށް އެ ވަރު ވެދާނެކަމަކަށް އިޝްމާ ހިޔެއް ނުކުރެއެވެ. އިޝްމާ ގޮސް އަކްމަލް ގައިގައި ބައްދާލިއެވެ. “އިޝް މަޖަލަށްވެސް ދެން ތި ކަހަލަ އެއްޗެއް ނުބުނާތި އައި އޯލްމޯސްޓް ގޮޓް އަ ހާޓްއެޓޭކް” އަކްމަލް އިޝްމާ އޭނާގަޔާލައި އިތުރަށް ބޮނޑިކޮށްލިއެވެ.

*****

އާރާޝް މާނީ ގާތުން ލޯ މެރުމަށް އެދުނެވެ. އަފްރީންމެން ތިބުމުން ދެކޮޮޅު ހަދާކަށެއް މާނީއަކަށް ނުކެރުނެވެ. އެހެންވެ އަވަހަށް ދެލޯ މަރާލިއެވެ. މާނީ ލޯ މެރިކަން ޔަގީން ކޮށްފައި އަރާޝް އޭނާގެ ދަބަހުން ދެ ޖާޒީ ނަގިއެވެ. “ނައު ޔޫ ކޭން އޯޕަން ޔުއަރ އައިޒް” މާނީ ލޯ ހުޅުވިއިރު އާރާޝްގެ އަތުގައި ދެ ޖާޒީ އޮތެވެ. ތީ ކޯޗެއްހޭ އަހާ ފަދަ ގޮތަކަށް މާނީ ބުމަ އަރުވާލިއެވެ. “މީ ވަރަށް ޚާއްސަކޮށް މާނީއަށް ގެނެސްދިން ގިފްޓެއް. ކެޕާ އަރިޒަބަގަލާ ގެ ޖާޒީ ވިތް ހިޒް އޮޓޮގްރާފް އެންޑް ހަޒާޑް ގެ ޖާޒީ ވިތް ހިޒް އޮތޮގްރާފް” އަނގަ ހުޅުވި ގޮތަށް ލައްޕަން ނޭންގިފައި މާނީއަށް އިނދެވުނެވެ. އާރާޝް ޗެލްސީއާއި ދެކޮޅަށް މެޗުކުޅެން ފުރުސަތު ލިބުނު ވާހަކަ މާނީ ގާތު ބުނުމުން މާނީ އާރާޝް ގާތުން ޗެލްސީގެ ގޯލްކީޕަރު ކެޕާގެ އިތުރުން އެ ޓީމުގެ އެންމެ އަލިގަދަ ތަރި ހަޒާޑްގެ އޮޓޮގްރާފް ހޯދައިދިނުމަށް އެދުނެވެ. އެހެނަސް އާރާޝް އެ ހޯދައިފާނެ ކަމަކަށް މާނީ ހިޔެއް ނުކުރެއެވެ. “އޯނނ އަޅޭ އާރާޝް ހާދަ ރަނގަޅޭ. އޯ މައި ގޯޑް ކެޕާ އެންޑް ހާޒާޑްގެ ޖާޒީ އޯއެމްޖީ އަޅެ އަޅޭ” މާނީ އާރާޝް އަތުން ޖާޒީ އަތުލިއެވެ. އެއަށްފަހު އެ ލައިގެން ފޮޓޯ ނަގައިފައި އިންސްޓަ ކުރިއެވެ.

******

ވަރުގަދަ މެޗެއް ނިންމާލުމަށްފަހު އަހުސަމް ގެއަށް އައި ގޮތަށް އެނދަށް ވެއްޓިގަތެވެ. މިއަދުގެ މެޗުގައި ގިނައިން ދުވަން ޖެހުމުން އޭނާ ހުރީ ވަރުބަލިވެފައެވެ. ކަކުލަށް ލިބުނު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި މަހެއް ހާ ދުވަހު ހުރެފައި އެނބުރި އައިސް ކުޅެން ޖެހުނީ ވަރުގަދަ މެޗެކެވެ. ބަންގާޅު ލީގުގައި އަހުސަމް އަންނަނީ މޮޅު ކުޅުމެއް ދައްކަމުންނެވެ. ބަންގްލަދޭޝް ލީގުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ މަގާމު އަދި އޮތީ އޭނާއަަށެވެ. މި ސީޒަންގައި މުޅިއަކު ފަންސަވީސް ލަނޑު އަހުސަމް ވަނީ ޖަހާފައެވެ. އޭނާއާއި އެންމެ ގާތުން ދެން ވާދަކުރަނީ ބަންގްލަދޭޝް ގެ ޒުވާން ކުޅުންތެރިޔާ ޖައުފަރް އިގްބާލެވެ. އެއީ ޗިއްޓަގޮންގް ކުޅުންތެރިއެކެވެ.

އަހުސަމް އެނދުގައި އޮށޯވެ ލޯ މަރާލުމާއެކު އިސްރާގެ ރީތި ސޫރަ ސިފަވިއެވެ. އެއާއެކި އޭނާއަށް ހިނިތުންވެވުނެވެ. “މިސް ޔޫ ބޭބީ” ވޭތުވެ ދިޔަ އަހަރުގައި އިސްރާ މަތިން އަހުސަމް ހަނދާންނުކުރާ އެންމެ ދުވަހެއްވެސް ނުދެއެވެ. ބައެއް ދުވަސް ދުވަހު އިސްރާއަށް މެސެޖު ކުރަން މެސެޖު ލިޔެއެވެ. އެހެނަސް އަމިއްލަ ނަފްސަށް ވީ ވައުދު ހަނދާންވުމުން މެސެޖު ޑްރާފްޓުގައި ސޭވް ކޮށްފައި ބައިންދަނީއެވެ.

*****

ޕްރެކްޓިސް ފެށުމާއެކު ކުޅުންތެރިން އެއްވެސް ތަނަކަށް ދިޔުމުގެ ހުއްދައެއް ކޯޗެއް ނުދެއެވެ. އެހެންވެ އަކްމަލާއި އާރާޝަށް އާއިލާއާއި ބައްދަލު ކުރަން ދާނެ ފުރުސަތެއް ނުލިބުނެވެ.

*****

ބެންގަލޫރު އަދި ނިއުރޭޑިއަަން ވާދަ ކުރާ މެޗު ވެގެން ދިޔައީ ދިވެހިންނަށް ވަރަށް ޚާއްސަ މެޗަކަށެވެ. ރާއްޖޭގެ އެންމެ ދުވަސްވީ ކުލަބު ނިއުރޭޑިއަންޓް ބެންގަލޫރުއާއި ދެކޮޅަށް ކުޅޭއިރު ބެންގަލޫރުގެ އެންމެ މުހިންމު ކުޅުން ތެރިންގެ ތެރޭގައި ރާއްޖޭ ދެ ކުޅުންތެރިން ހިމެނެއެވެ. އެއީ ދިވެހިން އެ ކުޅުންތެރިންނަށް ޓަކައި އެތަށް ހުވަފެނެއް ދެކެމުން އަންނަ އަކްމަލާއި އާރާޝްއެވެ. ހެނދުނުން ސުރެ ޓީވީއިން ވެސް އެ މެޗާއި ބެހޭ ގޮތުން އެތައް މައުލޫމާތެއް ގެނެސްދެމުން ދިޔައެވެ. މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖޭގަޑިން ރޭގަނޑު ނުވައެއް ޖަހާއިރުއެވެ.

****

ނަވްޔާ ވިސްނަމުން ދިޔައީ ސަޕޯޓްކުރާނެ ޓީމަކާއި ދޭތެރޭގައެވެ. އެއްކޮޅުން ބޭބެއެވެ. އަނެއްކޮޅުން އޭނާ ފުރާނަފަދައިން ލޯބިވާ ލޯބިވެރިޔާގެ ޓީމުގެ އިތުރުން އަމިއްލަ ގައުމުގެ ޓީމެވެ.

****

ނަވްޔާއެކޭ އެއްފަދައިން މާނީއަށް ވެސް ސަޕޯޓްކުރާނެ ބައެއް ނޭންގުނެވެ. އެއްކޮޅުގައި މާއިޒްއެވެ. އަނެއްކޮޅުގައި އާާރާޝެވެ. އެގޭތެރޭގައިވެސް އެންމެ ބޮޑަަށް ދެކެވުނު ވާހަކައަކީ އެއީއެވެ. ގޭމީހުން ސަޕޯޓްކުރާނީ ކާކަށް ތޯއެވެ.

******

ރޭގަނޑު އަށެއް ޖެހިއިރަށް ދަނޑަށް ވަންނަން މީހުން ކިއު ހަދާފައި އޮތެވެ. ގަލޮޅު ދަނޑުގެ ކޮންމެ ގޭޓެއް ކައިރީގައި ދިގު ކިއުއެއް އޮތެވެ. އިސްރާވެސް މާނީ މެންނާއި އެކު މެޗު ބަލަން ދިޔައެވެ. ފަހަކަށް އައިސް ޝަހުދާ އޭނާ ބޭރަށް ދިއުން މަނަލެއް ނުކުރެއެވެ.

*****

ގަލޮޅު ދަނޑަށް ވަދެގެން އައިރު އާރާޝަށް ތަފާތު އިހްސާސް ތަކެއް ކުރެވެމުން ދިޔައެވެ. އެއް އަހަރު ފަހުން ގަލޮޅު ދަނޑަށް އައިސް އޭނާ ކުޅެން ޖެހެނީ އެ ޓީމަކަށް އޭނާގެ ހިތުގައި ނުހަނު ލޯބި ޖެހިފައިވާ އޭނާގެ ކުރީގެ ކުލަބު ނިއުރޭޑިއަންޓާއި ދެކޮޅަށެވެ. ނުވިތާކަށް އޭނާ ހަމަލާތައް އުފައްދާއިރު ހުއްޓުވަން ހުންނާނީ މާއިޒްއެވެ. މާއިޒަކީ މިހާރު ނިއުރޭޑިއަންޓްގެ ކެޕްޓަންވެސް މެއެވެ.

*****

ނިއުރޭޑިއަންގެ ސަޕޯޓަރުންނިން މުޅި ދަނޑުވަނީ ފުރާލާފައެވެ. ހުރިހާ ސަޕޯޓަރުން އެއް އަޑަކުން ނިއުއަަށް ސަޕޯޓްކުރަމުން ދިޔައެވެ.

މެޗު ފެށުމުގެ ކުރިން ދެ ޓީމުގެ ކުޅުންތެރިން ސަލާން ކުރިއިރު ނިއުގެ ހުރިހާ ކުޅުންތެރިން އަރާޝް އަދި އަކްމަލް ގައިގައި ބައްދާލިއެވެ.

“ބެސްޓް އޮފް ލަކް ޅިޔަނު” އަކްމަލް މަޖަލަކަށް މާއިޒާއި ދިމާއަށް ބުންޏެވެ. މާއިޒް ވެސް ބަދަލުގައި ބެސްޓް އޮފް ލަކްއޭ ބުނެލިއެވެ.

މެޗުގެ ކުޅުން ފަށަން ދިމާވީ ނިއުރޭޑިއަންޓަށެވެ. އެ ޓީމުގެ ޒަޔާން ބޯޅަ ކޮށްޓައްވެގެން މެދު ރޮނގުކައިރީ މަޑު ކޮށްލައިގެން ހުއްޓެވެ. ރެފްރީ ކަށިގަނޑު ފުމުމާއެކު ޒަޔާން މާއިޒަށް ބޯޅަ ދިނެވެ. މާއިޒް ފަހަތުން ކީޕަރު ސިމާހަަށް ބޯޅަ ދިނެވެ. ސިމާހު ވައަަތް ފަރާތުގައި ހުރި ނިއުރޭޑިއަންޓްގެ ޑިފެންޑަރަށް ބޯޅަ ދިނެވެ. އެކުޅުންތެރިޔާ ބޯޅަ ހިފައިގެން މެދުރޮނގާއި ހަމައަށް ދިޔައެވެ. އެއަށްފަހު ރީތި ބޯޅައެއް ކުރިއަށް ލިއެވެ. އެ ބޯޅަ ލިބުނީ ސީދާ ޒަޔާންގެ ފަޔަށެވެ. ބެންގަލޫރު ދެ ޑިފެންޑަރުންކައިރިން ނައްޓާލުމަށްފަހު ޒަޔާން ގޯލް އޭރިއާ ތެރެއަށް ވަނެވެ. އަކްމަލް ފިޔަވައި އިތުރު ކުޅުންތެރިއަކު ގޯލް އޭރިއާ ތެރެއަކު ނެތެވެ. ޒަޔާން ވަރަަށް ހަމަޖެހިލައިފައި ބޯޅަ ގޯލްގެ މަތީކަނަށް ފޮނުވާލިއެވެ. އަކްމަލްގެ އަތުގައި ޖެހިފައި ގޮސް ބޯޅަ ގޯލްތެރެއަށް ވަނެވެ. އެއާއެކު ހުރިހާ ސަޕޯޓަރުންގެ ހަޅޭކުގެ އަޑުން މުޅި ދަނޑު ގުގުމައިގެން ދިޔައެވެ. މެޗުގެ އެހާ ކުރީ ކޮޅު ނިއުއިން ލަނޑު ޖެހުމުން ބެންގަލޫރު ޓީމުން މާޔޫސްވާގޮތް ވިއެވެ. ނަތީޖާއެއްގެ ގޮތުން ނިއުއިން ނުރައްކާތެރި ގިނަ ހަމަލާތަށް ގޯލާއި ދިމާއަށް ފޮނުވަމުން ދިޔައެވެ. އަކްމަލް ހުރިހާ ބޯޅައެއްވެސް ހުށިޔާރު ކަމާއެކު މަތަކުރަމުން ދިޔައެވެ.

ދެވަނަ ހާފު ފެށީ ބެންގަލޫރުންނެވެ. ފަސް މިނެޓް ވީއިރުވެސް މާ ބޮޑު ނުރައްކާއެއް ގޯލަަށް ފޮނުވޭ ގޮތެއް ނުވިއެވެ. އާރާޝަށް ބޯޅަ ދިނުމަށް ބެންގަލޫރުގެ މެދުތެރެއަށް ކުޅޭ ކުޅުންތެރިން ނުކުޅެދުނެވެ. އާރާޝަށް ޕާސް ކުރާ ކޮންމެ ބޯޅައެއް ކަހަލަ ގޮތަށް މާއިޒް ބްލޮކްކުރަމުން ދިޔައެވެ. އޭނާއަށް ބޯޅަ ނުލިބޭތީވެ އާރާޝް ރުޅި ގަދަވަމުން ދިޔައެވެ. އާރާޝް ދެން މަސައްކަތް ކުރީ ފަހަތަށް ފައިބައިގެން ބޯޅަ ހޯދާށެވެ. އެންމެ ފަހަތުން އަކްމަލް އާރާޝަށް ދިން ބޯޅަ ހިފައިގެން ހުރިހާ ކުޅުންތެރިން ކަޓުވާފައި އާރާޝް އޭރިއާ ބޭރުން ބޯޅަ ގޯލާއި ދިމާއަށް ފޮނުވާލިއެވެ. ބޯޅަ އޮޅެމުން ގޮސް ގޯލްގެ ތެރެއަށް ވަން އިރު ހުރިހާ ކުޅުންތެރިންނަށް ތިބެވުނީ ބަލަހައްޓައިގެންނެވެ. ނިއުރޭޑިއަންޓަށް އިހްތިރާމް ކުރުމުގެ ގޮތުން އާރާޝް އުފާފާޅެއް ނުކުރެއެވެ. އާރާޝްގެ ގޯލުން ބެންގަލޫރު ކުޅުންތެރިންގެ ހިތްވަރު އާލާވިއެވެ. ކުރިއަށް ވުރެ ރަނގަޅަށް ކުޅުންތެރިން މަސައްކަތް ކުރަން ފެށިއެވެ. މެޗު ނިމެން ދެ ސިކުންތަކަށް ވެފައި އޮއްވައި އޯވާހެޑަކުން އާރާޝް ޖެހި ހިތްގައިމު ލަނޑުން ދޭއް އެކެއްގެ ނަތީޖާއަކުން ބެންގަލޫރު އެފްސީން ކާމިޔާބު ކުރިއެވެ.

މެޗު ނިމުމުން ކުޅުން ތެރިން އެއް ކުޅުން ތެރިއަކާއި ސަލާންކޮށް ޖާޒީ ބަދަލުކޮށް ހެދިއެވެ. އަކްމަލާއި އާރާޝް ސަޕޯޓަރުން ތިބި ސަރަހައްދަށް ގޮސް ސަޕޯޓަރުންނާއި ސަލާންކޮށް ހެދިއެވެ.

“ޒަޔާން ކިހިނެއް؟ ލަޔާލް ކޮބާ؟” ޒަޔާން ދެރަވެފައި ހުރުމުން އޭނާ ހެއްވާލަންވެގެން އާރާޝް އެހިއެވެ. އާރާޝް ބޭނުންވި ގޮތަށް ޒަޔާންގެ މޫނު މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. “ރަނގަޅު. ލަޔާލް ވެސް އެބަ އުޅޭ. އަހަރުން މެރީ ކުރަން މިއުޅެނީ އާކޭއާ އާރާޝް ވާނެ އަންނަން މަގޭ ވެޑިންއަށް އިނގޭ” އާރާޝްއާއި އަކްމަލް ޒަޔާނަށް މަރުހަބާ ކިޔެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (1)

Next

އިންތިޒާރުގައި ހުންނަމޭ ލޯބިން 37

Next
September 1, 2018

އިންތިޒާރުގައި ހުންނަމޭ ލޯބިން 37

Previews
September 1, 2018

ބުނާށެ ލޯބި ނުވަނީހޭ (1)

11 Comments!

  1. Akuusher says:
    September 1, 2018 at 5:13 pm

    Awwwnn. nice mi prt vx! ekm thankolhehhh kuru.. but its okay! jusss luvvvv this stryy ❤️❤️????

  2. Akuusher says:
    September 1, 2018 at 5:16 pm

    And Mehh 1st dhw! ????❤️???

  3. Mal says:
    September 1, 2018 at 5:41 pm

    Oooh Thankyou so much kiyaa up kohdhinyma???☺?????????thihen abadhuves up kohdhehchey…❤❤❤❤❤lysm

  4. Maya says:
    September 1, 2018 at 6:03 pm

    Aww… Kiya darling haadha rangalhey.. ?????????❣️?❣️vv salhi hama obines to the Max… ????????2 parts ehfahara kiyaalan libunyma vv happy.. ???????❣️kury part vez hama vv salhi… Love you…. Waiting for Next part ??????

  5. Twinkle? says:
    September 1, 2018 at 6:53 pm

    Alhey wow… bunaane ehcheh vs neyngun masha allah haadha ryhcheyyy!!!???Hyvy hama galolhu dhandun vaguthun match balaalevun hn… sifa kurun thah vs hama vrh obi ??? masha allah… keep it up dear❤❤❤luv u ???whn nxt part???

  6. Honey says:
    September 4, 2018 at 3:26 pm

    wow amazing kiyaa ?

  7. Mal says:
    September 4, 2018 at 10:04 pm

    Kiyaa plx reply???ur stries r just awesome…???????ekam readers ge comments thakah reply kohlabaa….?????it will make readers happiiii…???lots of love ❤ ? ? ? ? ?

  8. Kiyara says:
    September 4, 2018 at 10:30 pm

    Slm hurihaa readers. Comments thakah reply nukureveythyve varah bodah maafah edhen. Ekam kiyara busy koh ulheythyve konmme kujjehge comment ah reply kuraakasheh time eh novey. Ummedhu kurany thikudhinnah understand vaane kamah. Loabi loabi comments kuri hurihaa kudhihnnah ves varah boadh shukuriyya ingey. Lysm guys??♥️♥️♥️♥️??

  9. Mal says:
    September 5, 2018 at 7:00 am

    When is the next part
    Eagerly waiting

  10. Mal says:
    September 5, 2018 at 6:42 pm

    Kiyaa dear plx up kohdhiiba…???????this is a fabulous stry???????and i am curiously waiting…❤❤❤❤❤plx up fast….

  11. Someone says:
    September 7, 2018 at 12:12 pm

    Kiyaa mihaaru 1 week evany up nukuraathaa..????????????plx up kohdhyba…?????ehaa salhi hisaabakah mihaaru stry gossa othy?????☺☺☺plx up kohdhiiba….❤❤❤

Comments are closed.

Next Episodeރާސްތާ 33←


All Right Reserved!