Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ 5

hygge Level 510 Stories100 Comments100 Login500 Comments
September 3, 2018 8 Mins Read
17 Comments

“އެއީ މައްސަލައެއް ނޫން ދަރިފުޅާ.. އަލްޙަމްދުލިއްލާހް.. އެ ވަޒީފާ ނުލިބުނަސް ދަރިފުޅަށް އަލުން ތި ލިބުނީ ހަމަ އެ މުސާރަ ލިބޭ އެޔަށްވުރެ މާ ފަސޭހަ ވަޒީފާއެއްނު.. ﷲއަށް ޙަމްދުކުރޭ..” އާލިމާ އޭނާގެ ދަރިފުޅަށް ހިތްވަރު ލައިދެމުން ދިޔައެވެ. އެވަގުތު ދާނިޔަލް އާލިމާ ގައިގައި ބައްދާލަމުން ތިއީ މި ދުނިޔޭގައިވެސް ހުރި އެންމެ ރަނގަޅު މަންމައޭ ބުނެލީ އުފަލުން ހުރެއެވެ. އާލިމާވެސް ހިނިތުންވެލީ އުފާވެފައި ހުރެއެވެ.

ކާރުގައި ގެޔަށް އައިސް ވަތް އަރީފް ކާރު ގަރާޖުގައި ބޭއްވުމަށްފަހު ގެޔަށް ވަންނަން ހިނގައިގަތެވެ. އަދިވެސް ތުނިތުނިކޮށް ވާރޭ ވެހެމުން ދިޔުމުގެ ސަބަބުން މުޅި ފަޒާގައި ވަނީ ތެތްފިނިކަން ހިފާލައިފައެވެ. ވާރޭ ތިކިތަށް ގޮސް ބިންމަތީގައި ޖެހެމުން ދިޔުމުން މާޙައުލުގެ ހިމޭންކަން ނަގާލައިފައި ވެއެވެ. ފުޅާ ދޮރު ހުޅުވާލުމަށްފަހު އަރީފް ގޭތެރެއަށް ވަނެވެ.

ގޭތެރެއިން އެއްވެސް މީހެއްގެ ހިލަމެއް ނުވެއެވެ. އެންމެން މިވަގުތު ވާނީ ކޮޓަރިތަކުގައިކަން ހަނދާން ވުމުން އަރީފް ސިޑިން އަރަމުން ދިޔައީ އޭނާގެ ކޮޓަރިއަށް ދިޔުމަށެވެ. މަޑުމަޑުން އަރީފް ދޮރުގެ ތަޅުގައި ހިފާލުމަށްފަހު އެ އަނބުރާލައިފައި އެތެރެއަށް ކޮށްޕާލިއެވެ. އެހިނދު ދޮރުވެސް ހުޅުވިގެން ދިޔައެވެ.

އަރީފް ކޮޓަރިއަށްވަދެފައި ދޮރު ލައްޕާލި އިރު ޝަޒިއްޔާ ވައަތް ފަރާތުގައި ހުރި ބޮޑު ސޯފާސެޓުން ސޯފާއެއްގައި އިނދެ މަޖައްލާއެއް ކިޔަމުން ދިޔައެވެ. އަރީފް ފެނުމުން އޭނާ މަޖައްލާ ކުރިމަތީގައި ހުރި ބިއްލޫރި ކުޑަ މޭޒުމަތީގައި ބާއްވާލިއެވެ. އަރީފްވެސް ކޯޓު ބޭލުމަށްފަހު އަތުގައި ބާއްވާލިއެވެ. އެހިނދު ޝަޒިއްޔާ އައިސް އޭތި އަރީފްގެ އަތުން ނެގައިގެން ހިނގައިގަތެވެ. “ހިނގާ ކާން ދާން.. ބނަޑުހައިވެފައެއްނު ތިހުރީ.. އާލާވެސް ބައްޕަ އައީމަ ނޫނީ ނުކާށޯ އެހުރީ..” ޝަޒިއްޔާ ހިނިތުންވެލަމުން އަރީފްއާއި ވާހަކަ ދައްކާލިއެވެ. އަރީފް ތާޒާވެލައިގެން އެބައަންނަމޭ ބުނެ ފާޚާނާއަށް މިސްރާބު ޖެހިއެވެ. އަރީފް ދިޔުމުން ޝަޒިއްޔާ އަނެއްކާވެސް އައިސް ސޯފާގައި އިށީނދެ މަޖައްލާ ނެގިއެވެ.

“ޝަޒިއްޔާ.. އެބައޮތޭ އަދި ވާހަކައެއް ބުނަން ވެފަ..” އަރީފް ލޯގަނޑު ކުރިމަތީ ހުރެ ރީތިވަމުން ޝަޒިއްޔާއަށް ބުނެލިއެވެ. އެހިނދު ޝަޒިއްޔާ އޭނާގެ ހުރިހާ ސަމާލުކަމެއް އަރީފްއަށް ދިނެވެ. އަދި އޭނާ އެ ދައްކަން އުޅޭ ވާހަކައެއް ދައްކާށޭ ބުނެލިވެ. “މީ.. އަހަރެމެންނަށް ޑްރައިވަރަކު ލިބިއްޖެ..” ބުނަން ނުބުނަން ހުރެފައިވެސް އަރީފް ބުނެލީ އޭނާގެ އަންހެނުން ގާތު އެއީ ބުނުން މުހިއްމު ވާހަކައަކަށް ވާތީއެވެ. “އެކަމަކު އޭނާ އަދި ދުވަސްކޮޅެއް ފަހުން މަސައްކަތް ކުރަން ފަށާނީ..” އަރީފް އިތުރު ކޮށްލިއެވެ. ދާނިޔަލް އަދި ޑްރައިވިން ލައިސަންސް ނަގަން ބޭނުންވާތީ މަޑުކުރި ވާހަކަ އޭނާ ސާފުކޮށް ނުބުނީ ޝަޒިއްޔާގެ ބަހުގެ ޙަމަލާތަށް ދާނިޔަލްއާއި އަމާޒުވެދާނެތީއެވެ.

“އެހެންތަ؟ ނަސީބެއްނު.. ރަނގަޅުވާނެ ކުޑަ ދުވަސްކޮޅަކަށް ލަސްވިޔަސް.. ލިބުނީއެއްނު ޑްރައިވަރެއް..” ޝަޒިއްޔާ ވެސް ހިނިތުންވެލަމުން ބުނެލިއެވެ. އަރީފް ހަމަޖެހުމުގެ ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު ޝަޒިއްޔާއާއިއެކު ކޮޓަރިން ނިކުމެގެން ތިރިއަށް ދިޔައެވެ.

ކޮޓަރީގައި ސޯފާގައި ޖައްސާލައިގެން އޮތް އާލާ އޮތީ އޭނާގެ ކަޅުކަންގަދަ ދިގު އިސްތަށިގަނޑު ހާވާލައިގެންނެވެ. ބޯ އަދިވެސް ނުހިކޭތި އޮތްތަނުން އޭނާ ގުޑާވެސް ނުލިއެވެ. ވާހަކަ ފޮތެއް ކިޔަން އޮތް އިރު އިރުކޮޅާކާއި އޭނާ ހިނިތުންވެސް ވެލައެވެ. އެޔަށްފަހު މަޖާވެގެން ހޭންވެސް ފަށައިފާނެއެވެ. ވާހަކައިގެ ތެރެއަށް ގެއްލިފައި އޮތް އާލާ އަށް ސިހުން ގެނުވީ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އެންމެ ގާތުގައި އިން ވަށް ބުރުގާ ބޮލަށް މަހާލަމުން އޭނާ ދޮރު ހުލުވާލިއިރު ދޮރުމަތީގައި ހުރީ އައިޝްވަރިޔާއެވެ. އޭނާ ކާން އައުމުން އާލާ ގާތު ބުނެފައި އަނބުރާ ދިޔައެވެ.

އާލާ އޭނާގެ އަތުގައި އޮތް ފޮތް ފޮތް ހަރުގަނޑަށް ލުމަށްފަހު ބޮލުގައި ދޫކޮށް ހުޅިއެއް ޖަހާލީ ބުރުގަލުގެ ދަށުން އިސްތަށު ފެންނަން ހުރެދާނެތީއެވެ. އަރީފް ނުބުނާނަމަ އޭނާ ބުރުގާ ނާޅާވެސް ތިރިއަށް ފޭބީހެވެ. އެހެން ނަމަވެސް ބައްޕަ ބުނެފި ކަމެއް ނުކޮށް ހުންނާކަށް އާލާއަކަށް ނުކެރެއެވެ. ލައިގެން ހުރި އަތްދިގު ކުރު ޓޮޕްކޮޅާއި ޓައިޓާއިއެކު ކޮޓަރިން ނިކުމެގެން ކާބަޔަށް ދާން އާލާގެ މިސްރާބު ޖެހިއެވެ. އޭނާ އަބަދުވެސް އުޅޭ ގޮތަކީ އެއީއެވެ.

ކައްކައިފަ ކާން ގޮވީމަ ކާލަނީއެވެ. ދުވަހަކުވެސް މީހަކަށް ކެއްކުމުގައި އެހީތެރިވެދިނުމެއް އޭނާގެ ނޯންނާނެއެވެ. ނޫނީ އަމިއްލައަށްވެސް އެއްޗެއް ކައްކާކަށް ނޫޅެނެވެ. ކައިފަ ތަށިވެސް ދޮވެލާނީ ހާހަކުން ފަހަރަކުއެވެ. އަރީފްއަށް އެކަން އިނގޭ ކޮންމެ ފަހަރަކު އާލާ ގާތު ބުނެލުމުން ދުވަސްކޮޅަކަށް ކަންކަން ކޮށްލަފާނެއެވެ.

ދުވަސްތައް އޭގެ ހަލުވިމިނުގައި ފާއިތުވަމުން ދެއެވެ. ދާނިޔަލްވެސް އަރީފްގެ އެހީގައި ޑްރައިވިން ލައިސަންސް ނެގުމަށްޓަކައި ތައްޔާރުވަމުން ދިޔައެވެ. އެންމެ ފަހު ޓެސްޓް ހެދުމަށްފަހު އޭނާ މިހާރު މަޑުކޮށްގެން އެހުރީ އެ ޓެސްޓުން ފާސްވާނެ އިރަކަށެވެ. ލައިސަންސް ލިބޭނީ އެއިރުން ކަމަށް ވާތީއެވެ. ދާނިޔަލް ގޭގައި އޭނާ ގެންގުޅޭ ސައިންސާއި ގުޅޭ ފޮތެއް ކިޔާލަން އޮށްވާ އާލިމާ އައިސް ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލިއެވެ.

އެވަގުތު ދާނިޔަލް އޭނާގެ އަތުގައި އޮތް ފޮތް ބާއްވާލުމަށްފަހު ދޮރު ހުޅުވަން ދިޔައެވެ. “ދަރިފުޅަށް އޮތް ފޯނެއް..” އާލިމާ އޭނާގެ ފޯނު ދިއްކޮށްލުމަށްފަހު އެތަނުން ދިޔައެވެ. އެވަގުތު ދާނިޔަލް ފޯނު ކަންފަތުގައި ޖައްސާލީ ކާކުތޯވެސް ބަލައިނުލައެވެ. އެޔަށްފަހު އޭނާ އިސްލާމީ ރިވެތި ސަލާމުން ސަލާމް ގޮވާލިއެވެ. އެކޮޅުންވެސް ޖަވާބު އައެވެ.

“ދާނިޔަލް ލައިސަންސް ލިބޭނެ މިއަދު.. ބޭބެއާއެކު އޭތި ނަގަން ދާންވާނެއްނު..” އެކޮޅުން ވާހަކަ ދެއްކި އަރީފް ދާނިޔަލް ގާތު ބުނެލިއެވެ. އެވަގުތު ދާނިޔަލް އެކަމާއި އެއްބަސްވަމުން ދެމީހުން ވަގުތެއް ކަނޑައެލުމަށްފަހު ފޯނު ކޯލު ކުރުކޮށްލިއެވެ.

ފާޚާނައިގައި ހުރި އާލިމާ ހުރީ ކުރިމަތީ ހުރި ލޯގަނޑުން ފެންނަން ހުރި އޭނާގެ ސޫރައަށް ބަލަހައްޓައިގެންނެވެ. ލިބުނު ހައިރާންކަމުގައި އޭނާއަށް ތަނެއް ގުޑުވާލަންވެސް ނޭނގިފައި ހުރެވުނީއެވެ. އޭގެ ދެވަނަ ސިކުންތުގައި އާލިމާގެ ދެލޯ ފުރިގެން އައީ ހިތަށް ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. އޭނާ މިހާރު އެގޮތަށް ކެއްސާތާ ދުވަސްކޮޅެއް ވެދާނެއެވެ.

ނަމަވެސް މިއަދު އެ ދިމާވި ފަދަ ޙާދިސާއެއް ދިމާވި މީ ފުރަތަމަ ފަހަރެވެ. އާލިމާ ކެއްސައިގަނެގެން ފާޚާނާއަށް އައީ އޯކާވެސް ދެމެން ފެށުމުންނެވެ. ނަމަވެސް ފާޚާނާގެ ލޯގަނޑު ކުރިމަތީ ހުއްޓިލިތަނުން އޭނާއަށް ސިހުން ލިބުނީ އަނގަމަތީގައި ހުރި ލޭފެނިފައެވެ. އޭނާގެ އަނގައިން ލޭ އައީއެވެ.

އާލިމާގެ ސިކުނޑީގެ ކަނަކުން އޭނާއަށް އިންޒާރު ދެމުން ދިޔައެވެ. އެކުޑަ ވަގުތުކޮޅުތެރޭ ދާނިޔަލްއާއި ދޭތެރޭ ވިސްނި އޭނާގެ ބޯ އިތުރަށް ހާސްވެ މިހާ ހިތްދަތިވަމުން ދިޔައެވެ. ނަމަވެސް އަނގަ ދޮވެލުމަށްފަހު މޫނުދޮވެލައި ހަދާލައިގެން އަވަސް އަވަހަށް ފާޚާނާއިން ނިކުތީ ދާނިޔަލް ގޮވާހެން ހީވުމުންނެވެ.

“މަންމާ.. ހިނގާބަލަ މިއަދު ހިނގާލަން ދާން.. ދާން އާއެކީ މަންމަވެސް ދާންވިނު މިއަދު.. ވަރަށް ދުވަސްވެއްޖެ އެއްނު މިހާރު މަންމަ ބޭރަށްވެސް ނުނިކުންނަތާ..” އާލިމާއަތަށް ފޯނު ދިނުމަށްފަހު ދާން އުޅެފައި އަލުން އެނބުރި އާލިމާ ގާތު ދާނިޔަލް ބުނެލިއެވެ. ބައެއް ކުދިންނާއި ޚިލާފަށް ދާނިޔަލް އަކީ މަންމައާއި އެކު ބޭރަށް ދާން ބޭނުންވާ ކުއްޖެކެވެ.

“އެހެން ދުވަހަކުންދޯ މަންމަ ދާނީ؟ މިއަދު އެބަހުރި ގޭތެރޭގެ ބައެއް ކުދި ކުދި މަސައްކަތްތައް ކޮށްލަންވެފަ.. ދަރިފުޅު ދޭ މިއަދު.. އިނގޭ..” އާލިމާ ދާނިޔަލްގެ އެދުމަށް ދެކޮޅު ހެދީ ހިތާއި ދެކޮޅަށެވެ. ދާނިޔަލް އާއެކު އޭނާ ދާން ކިތަންމެހާވެސް ބޭނުމެވެ. ނަމަވެސް މިއަދު ދާނިޔަލްގެ ކުރިމަތީގައި އެހާ ހިނިތުންވެލައިގަން ހުންނަން އޭނައަށް ދަތިވެދާނެތީ ފަސްޖެހެވުނީއެވެ. އެ ދަރިފުޅުގެ އުފާވެރި މޫނު އޭނާގެ ސަބަބުން ޚަރާބުވާކަން އާލިމާއެއް ނޭދެއެވެ.

ދާނިޔަލްވެސް މަންމައަށް ހިނިތުންވުމެއް ހަދިޔާ ކޮށްލުމަށްފަހު އާލިމާގެ ބަސް އަހަމުން އަނބުރާ އޭނާގެ ކޮޓަރިއަށް ވަނީ އަރީފް ބުނި ގަޑިއަށް އޭނާ ބުނި ތަނަށް ދިޔުމަށްޓަކައި ތައްޔާރުވާށެވެ.

ކަޅުކުލައިގެ ފަޓުލޫނާއި ހުދުކުލައިގެ އަތްކުރު ޓީޝާޓުގައި ހުރެ މަގުމަތިން ހިނގާލައިފައި ދިޔަ ދާނިޔަލްއާއި ދިމާލަށް ޒުވާންފުރައިގެ އަންހެން ކުދިންގެ ނަޒަރު ހުއްޓެމުން ދިޔައެވެ. ނަމަވެސް ޖީބަށް އަތް ޖަހާލުމަށްފަހު އިސްދަށަށް ޖަހާލައިގެން ހިނގާލައިފައި ދިޔަ ދާނިޔަލް އެއިން ކަމަކަށް އަޅައެއް ނުލައެވެ. އެގޮތަށް މީހުންނާއި ދިމާލަށް ބެލުމަކީ އޭނާ ކުރާ ކަމެއް ނޫނެވެ. އަރީފް ބުނި ތަނަށް އައިސް ދާނިޔަލް މަޑުކޮށްލިއިރު އަރީފްގެ ކާރުވެސް އައިސް މަޑުކޮށްލަނީއެވެ. ދާނިޔަލް ކާރަށް އެރުމުން ދެމީހުން އެއްކޮށް މިސްރާބު ޖެހީ ދާނިޔަލްގެ ލައިސެންސް ކާޑު ނެގަން ދިޔުމަށެވެ.

“ޝަޒިއްޔާ.. މިހުރީ މިގޭގެ އާ ޑްރައިވަރ..” ދާނިޔަލްގެ ލައިސަންސް ނަގައިގެން އައިސް އަރިފް ދިޔައީ އޭނާ ގޮވައިގެން އެގެއަށެވެ. މިހާތަނަށް އަދި ޝަޒިއްޔާއާއި ބައްދަލުވެފައި ނުވާތީ ދާނިޔަލް ހުރީ ކޮންމެވެސް ވަރަކަށް ނުތަނަވަސްވެފައެވެ. އަރީފް އާއި އެކު ގޮސް ސޯފާ ކައިރީ ހުއްޓިލި އިރު އޭނާ ހުރީ އިސްދަށަށް ޖަހައިގެންނެވެ.

“އެހެންތަ؟ ހަމަ ޒުވާން ކުއްޖެއްނު..” ދާނިޔަލްއަށް ބަލައިލުމަށްފަހު ޝަޒިއްޔާ ހިނިތުންވެލަމުން ބުނެލިއެވެ. އަރީފްގެ އެދުމަށް އޭނާ ސޯފާއެއްގައި އިށީނެވެ. އޭނާ ބަހެއްވެސް ބުނެނުލައި މަޑުމައިތިރި ކަމާއެކު އިންދާ އަރީފްގެ އެދުމަށް ޝަޒިއްޔާ އެގޭގެ ޚާދިމަކަށް ގޮވުމަށްފަހު އޭނާއަށް ޖޫސްތަށްޓެއް ގެނެސްދިނެވެ. އެއީ އާންމުކޮށް އޭނާ ކޮށް އުޅޭ ކަމެއްވެސް ނޫނެވެ. ނަމަވެސް މިއަދު ދާނިޔަލް އާއިމެދު އޭނާ ކަންތަށް އެ ކުރަނީ ވަރަށްވެސް ރަނގަޅަށެވެ. އެހިނދު ލަސްލަހުން އޭނާ އެ ޖޫސްތަށި ބޯން ފެށީ ބިސްމި ކިޔަމުންނެވެ.

އެމީހުންނާއި ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު ދާނިޔަލް އެގެއިން ދާން ތެދުވެލިއެވެ. “ބޭބެ ގުޅާލާނަން އިނގޭ.. މާދަމާ ފަށާނީ..” އަރީފް ދާނިޔަލްއަށް ބުނެލިއެވެ. އެހިނދު ދާނިޔަލް އަދަބުވެރިކަމާއެކު އެކަމަށް އެއްބަސްވެލަމުން އެގެއިން ނިކުންނަން ދިޔައެވެ. “ވަރަށް ރަނގަޅު ކުއްޖެއް ފާޑުޖަހާ..” ޝަޒިއްޔާ ހިނިތުންވެލައިގެން އިނދެ ބުނެލިއެވެ.

އެހިނދު އަރީފް ހިނިތުންވެލަމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީ ޝަޒިއްޔާ އެފަކީރާއި ދިމާލަށް ވަރުގަދަ ބަހެއް ނުބުނީތީ އުފާކުރަމުންނެވެ. އަރީފްވެސް ޝަޒިއްޔާއާއި އެއްބައިވެލުމަށްފަހު ވާހަކަ ދެއްކިއެވެ. “ވަރަށް އަޚުލާޤުވެސް ރަނގަޅު ބަސްއަހާ ކިޔަމަންތެރި ކުއްޖެއް އެއީ.. އަދި އެންމެ ސަތާރަ އަހަރު.. މިއަހަރު އަށާރަ ފުރޭނެ.. އަހަރެމެންގެ އާލާއަށްވުރެ އެންމެ އަހަރެއް ދޮށީ..” އަރީފް ބުނެލިއެވެ. ޝަޒިއްޔާވެސް އެހެން ހެއްޔޭ ބުނެލިއެވެ.

“ދެން ކީއްވެ ނުކިޔަވާ އެ އުމުރުގަ ވަޒީފާއަކަށް އެ ކުރިމަތިލީ؟” ޝަޒިއްޔާ ދެން ކުރީ އަރީފް އެންމެ ޖަވާބުދޭން ބޭނުން ނުވެގެން ހުރި ސުވާލެވެ. އެހެން ނަމަވެސް ނަފްސު ހަމަޔަކަށް އަޅުވާލަމުން އޭނާ ޖަވާބުދޭން ނިންމިއެވެ. “އޭނާ ބޭނުންވީ އަމިއްލައަށް ވަޒީފާ އަދާކޮށްގެން ލިބޭ އާމްދަނީއަކުން ކިޔަވަން.. އެއީ ހަރުދާނާ ކުދިންގެ ސިފައަކީ.. އަހަންނަށް ވަރަށް ކަމުދާ ސިފަތަކެއް އެސޮރު ގައިގަ އެހުރީ.. ވަރަށް ހަރުދަނާ ހީވަގި ކުއްޖެއް އެއީ..” އަރީފްގެ ދުލުން ދާނިޔަލްއަށްޓަކައި ތަޢުރީފުގެ ބަސްތައް އޮހެމުން ދިޔައެވެ.

އެވަގުތު ދެމީހުންވެސް ސިހުނީ އަންހެން ކުއްޖަކު ސަލާމް ގޮވާލި އަޑަށެވެ. އެއިރު ރުކާ ނިކަން ފަރި ހެދިލައިގެން ގޭގެ ދޮރުމަތީގައި ހުއްޓެވެ. ގަދަ ރަތްކުލައިގެ ޝޯލްއަކާއެކު ކަޅުކުލައިގެ ގަމީސްޓޮޕް ކޮޅަކާއި ކަޅުކުލައިގެ ސްކިނީއެއް ލައިފައިވާއިރު ތުންފަތުގައި ލޭކުލައގެ ލިޕްސްޓިކް ޖައްސާލައފައި ހުއްޓެވެ.

“އަނހަ.. ރުކާ.. އަވަހަށް އާދޭ އެތެރެއަށް.. އާލާ އެބައުޅޭ ކަންނޭނގެ ކޮޓަރީގަ..” ރުކާ އެ އައީ އާލާ ހޯދަންކަން އެނގުމުން ޝަޒިއްޔާ ބުނެލިއެވެ. އެވަގުތު ރުކާ އެ ދެމީހުންނަށް ހިނިތުންވުމެއް ރައްދުކޮށްލުމަށްފަހު ސިޑިން އަރައިގެން ދިޔައީ އާލާގެ ކޮޓަރިއަށް ދިޔުމަށެވެ.

“ކޮބާ ރެޑީ؟” އާލާގެ ތަނަވަސް ކޮޓަރިއަށް ވަނުމަށްފަހު ފުރަތަމަވެސް ރުކާ ކޮށްލީ ސުވާލެކެވެ. އެއިރު ޑްރެސިންގް ޓޭބަލް ކުރިމަތީގައި އާލާ ޝޯލް އަޅަން ހުއްޓެވެ. މަޑު ނޫކުލައިގެ ފައި ފަލަމަސްގަނޑާއި ހަމައަށް އަރާ ގަޔަށް ދޫ ޓޮޕްކޮޅެއް ލައިފައި ހުރި އިރު އޭގެ އަތް ފުޅާ ކަމުން އަޅި ކުލައިގެ ޝޯލް އެޅުމަށްޓަކައި އާލާ އަތް ހިއްލާލައިގެން ހުރި އިރު އޭނާގެ ހިމަ ދޮން އަތް އޮތީ ހާމައަށެވެ. އަތް ފޮރުވުމަށްޓަކައި އޭނާ އެއްވެސް މަސައްކަތެއް ކޮށްފައި ނުވެއެވެ. އާލާގެ ނަޒަރުގައި އެއީ މާބޮޑު މައްސަލައެއް ވެސް ނޫނެވެ.

“އާނ މި ނިމެނީއޭ.. އެއް މިނެޓު ދެން ވާނީ..” ބޮލަށް ޕިނެއް ޖަހާލަމުން އާލާ ބުނެލިއެވެ. އެޔަށްފަހު އޭނާ ގަޔަށް ސެންޓު ބުރުވާލަމުން އަތް ދަބަސް ކައްޗަކަށް ވާގޮތަށް އަޅުވާލިއެވެ. “އާލާ ބައްޕަ ކޮންމެވެސް މީހަކަށް ނިކަން ތައުރީފް ކުރޭ އެބަ.. ނޭނގެ ކާކުގެ ވާހަކަ ކަމެއް ދައްކަނީ.. ނަމެއް ނުބުނޭ ގައިމުވެސް..” ރުކާ ބުނެލިއެވެ.

އެވަގުތު އާލާ ރުކާ ފަހަތުން ކޮޓަރިން ނިކުތެވެ. “އެ ވެދާނެ ބައްޕަގެ ކޮންމެވެސް މީހެއް ކަމަށްވެސް.. އާލްއަށް ކޮންކަމެއް.. ނޫންތަ؟” ރުކާގާތު އާލާ ބުނެލިއެވެ. އެވަގުތު ރުކާވެސް ހިނިގަނޑެއް ޖަހާލުމަށްފަހު ކުރިޔަށް ދިޔައެވެ.

“މިއަދު ލިޕްސްޓިކްވެސް ނުޖައްސާ ދުވަހެއްތަ؟” އާންމުކޮށް އާލާ ހުންނަ ގޮތާއި ޚިލާފަށް މިއަދު ތުންފަތުގައި އެއްވެސް އެއްޗެއް ނުޖައްސާ ހުރުމުން ރުކާ ސުވާލު ކޮށްލީ ނުހުރެވިގެންނެވެ. “ހޫމް.. މިއަދު ވިހާވެސް އާދައިގެކޮށް ހުންނަން ބޭނުންވަނީ..” އެހެން ބުނެލުމަށްފަހު ހިނިތުންވެލަމުން އަވަސް އަވަހަށް ފަރިތަކަމާއެކު ރުކާ އާއެކު އާލާ ސިޑިން ފައިބަން ފެށިއެވެ.

“ބައްޕާ.. މަންމާ.. ހިނގާލަން އިނގޭ މިދަނީ.. ހުރިހާ ފިލާވަޅެއް ނިންމައިފަ ހުންނާނީވެސް..” އާލާ އަވަސް އަވަހަށް އަރިފްއާއި ޝަޒިއްޔާ ގާތު ބުނެލިއެވެ. އެހިނދު ޝަޒިއްޔާ ތި ހުރިހާ އެއްޗެއް ކިޔައިނުދިނަސް މައްސަލައެއް ނެތޭ ބުނެ އާލާއަށް ބޭރަށް ދިޔުމަށް ހުއްދަ ދިނެވެ.

“މި އަހަރު މީ ބޮޑު އަހަރެއް ދޯ.. ދެން ކިތަށް މަސްތަ ބާކީ އޮތީ؟ ގައިމުވެސް އަހަރުގެ ފަހުކޮޅު ޓެސްޓު ނަގަން ފަށާނެ..” މަގުމަތިން މަޑުމަޑުން ހިނގާލައިފައި ދަމުން އާލާ ގާތު ރުކާ ބުނެލީ މިއަހަރު އެމީހުން ހަދާ އޭލެވެލް ޓެސްޓުގެ ވާހަކައެވެ. އާލާވެސް އެކަމާއި އެއްބަސްވެލައިފައި ވާހަކަ ދައްކަމުން ދިޔައެވެ.

“ހިނގާ ރަސްފަންނަށް ދަމާ.. މި އަހަރު ސްކޫލު ފެށުނު ފަހުން އަދި ނުދަން އެތާކަށް.. މުޅިންވެސް ކާރުގަ ދުއްވަން ދިޔައީ ހިރަފުސްކަމުން..” އާލާ ބުނެލިއެވެ. ރުކާވެސް މައްސަލައެއް ނެތޭ ބުނެ އާލާ އާއި އެކު ރަސްފަންނާއި ދިމާލަށް މިސްރާބު ޖެހިއެވެ.

އާޓިފިޝަލް ބީޗާއި ދިމާލުން ހިނގާލައިފައި އައި ދާނިޔަލްގެ ދެއަތް ވަނީ ޖީބަށް ޖަހާލެވިފައެވެ. ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިތަކުގެ ސަބަބުން އޭނާގެ އިސްތަށިތައް އެކި ދިމާލަށް ދަމުން ދިޔައިރު ލައިގެންހުރި ހުދުކުލައިގެ ޓީޝާޓު ވަނި އޭނާގެ ގައިގައި ތަތްވެފައެވެ. އިރު އޮއްސެން ދިޔުމުގެ ސަބަބުން އިރުގެ އަލި އޭނާގެ މޫނަށް އެޅިފައިވާއިރު ހިތްގައިމު ގޮތެއް ހުއްޓެވެ. ކުދި ބޮޑު ބައިވަރު މީހުން އެތާ މަގުމަތީގައި ޙަރަކާތްތެރިވަމުން ދެއެވެ. ކުޑަކުދިން އުޅޭ މަޖާގޮތް ފެނިފައި ދާނިޔަލްއަށް ހުރެވުނީ ހިނި އައިހެވެ.

އޭނާ ހިނގަމުން ގޮސް އެންމެ ފަހުން މަޑުކޮށްލީ ރަސްފަންނަށެވެ. ދާނިޔަލްއަށް ފުރަތަމަ ލިބުނު ހައިރާންކަމުގައި ހުރެވުނީއެވެ. ފަރާތްފަރާތް ބަލައިލީވެސް ނަން ބޯޑެއް ނޫނީ ބެނާއެއް ހާ ހިސާބުވެސް އެސަރަހައްދުގައި ބަހައްޓައިފައި ހުރިތޯއެވެ.

ވާނީވެސް އެހެން ނޫންހެއްޔެވެ؟ ރަސްފަންނުގައި ތިބި މީހުންގެ އަދަދު އިނގިލިން ގުނާލެވޭހާވެސް މަދެވެ. އޭނާއަށް މިހާ މީހުން މަދު ދުވަހެއްގައި އެ ތަނަށް އާދެވުނު މިއީ ފުރަތަމަ ފަހަރެވެ. އެހެން ކަމުން ހިތަށްވެސް ބަޔާންކުރަންދަތި ހިތްހަމަޖެހުމެއް ލިބިފައި ވެއެވެ. އެހުރިގޮތަށް ހުރެ ދާނިޔަލް ފިރިހެންވަންތަ ހިނގުމެއްގައި ގޮސް ރާޅުޖަހާ ފަށުގައި ގޮނޑުދޮށް ކައިރީ މަޑުކޮށްލިއެވެ.

އެއްވެސް ހުރަހެއްނެތި ޖެހެމުން ދިޔަ ވައިރޯޅިތައް ދާނިޔަލްގެ ގައިގައި ބީހެމުން ދިޔައެވެ. ހަށިގަނޑަށް އަރާމުވި ވަރުން އޭނާއަށް ދެލޯ މަރާލެވުނެވެ. އެއިރު އޭނާގެ ތުންފަތުގައި ރީތި ހިނިތުންވުމެއް ދުވެލައިފައި ވެއެވެ.

“ރުކާ އަށް އިނގޭތަ އާލް މިދިޔަ ޗުއްޓީގަ ދިޔަ ރިސޯޓުގަވެސް އޮވޭ މިކަހަލަ ހުދު ރީތި ރީތި ބީޗެއް.. އަންނަ ހިތްވެސް ނުވޭ އެތަނަށް ދެވުނީމަ.. އެކަ..” އާލާ ދެއަތް ފުޅާ ކޮށްލައިގެން ހުރެ ފަހަތަށް ހިނގަމުން ދިޔައެވެ. އެއިރު ރުކާވެސް އާލާގެ ކުރިމަތިން އެދިމާލަށް މަޑުމަޑުން ހިނގާލައިފައި އާދެއެވެ. އޭނާ ހުރީ އާލާއަށް ލަނޑެއް ލިބެން އުޅޭހެން ހީވާތީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. އެއިން ކަމެއް އާލާއަށް އިނގުނަ ނުދިނުމަށްޓަކައި ރުކާ ވަރަށް މަސައްކަތް ކުރިއެވެ. އާލާގެ އަނގައިން ބޭރުވާން އުޅުނު ބަސް ހުއްޓުނީ މީހެއްގެ ގައިގައި ޖެހިފައި އޭނާ ވެއްޓެން ދިޔުމުންނެވެ. އާލާގެ އަނގައިން މަޑު ހަޅޭކެއް އެވަގުތު ބޭރުވިއެވެ.

ދެޖީބަށް އަތް ޖަހާލައިގެން ދެލޯ މަރާލުމަށްފަހު ފުން ވިސްނުމެއްގައި ހުރި ދާނިޔަލްއަށް ވަށައިގެންވާ މާހައުލުގައި ވާ އެއްވެސް ކަމެއް ނޭނގެއެވެ. އެއްވެސް އަޑެއްވެސް އޭނާއަށް ނިވޭ ފަދައެވެ. އޭނާ ވަނީ އެޔަށްވުރެ ބޮޑަށް ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. އެހެން ހުއްޓާ އޭނާ ސިހުނީ ފަހަތުން މީހެއް އައިސް އޭނާ ގައިގައި ތަންކޮޅެއް ބާރަށް ޖެހުމުންނެވެ. ސިހިފައި ދެލޯ ހުޅުވާލުމަށްފަހު އޭނާ ފަހަތަށް އެނބުރިލިއެވެ. ދާނިޔަލްއަށް ފަހަތަށް އެނބުރެން އަވަސް އަރުވާލެވުނު ގޮތަކުން ފަހަތުގައި ހުރި ކުއްޖާ ވެއްޓުނީއެވެ.

“އައުޗް..” އާލާ އޭނާގެ އަތުން ވެލިފޮޅަމުން ބިންމަތިން ތެދުވަން އުޅުނެވެ. ދާނިޔަލްއަށް ހުރެވުނީ ބަހެއްވެސް ބުނަން ނޭނގިފައެވެ. އޭނާ ގައިގައި މިފަހަރުވެސް އެ ލައިގަތި ހަމަ އެ އަންހެން ކުއްޖާއެވެ. އާލާއެވެ. އޭނައާއި ދިމާލަށް އެތަކެއްޗެއް ގޮވާ އަންހެން ކުއްޖާއެވެ. ދާނިޔަލް އޭނާގެ މޫނުން އަވަސް އަވަހަށް ނަޒަރު ވަކި ކޮށްލިއެވެ.

އެޔަށްފަހު އާލާއަށް ނުފެންނާނެހެން މުނު އަނބުރާލުމަށްފަހު އެތަނުން ދާން ހިނގައިގަތެވެ. “ބަލަ މަ ނަގައިދޭކަށްވެސް ނޫޅުނޭ އަދި މީނާއެއް.. ކުށެއް ކުރެވުނީމަ މާފަށް އެދެން ވެސް ނޭނގޭތަ؟” ދާނިޔަލްގެ ފިޔަވަޅުތައް ހުއްޓުނީ އާލާގެ ރުންކުރު އަޑުންނެވެ. އަޖައިބެކެވެ. ކުށް ކުރީ އަދިވެސް އޭނާ ހެއްޔެވެ؟ ނުބަލާ ހިނގަމުން އައީވެސް ހަމަ އާލާއެއް ނޫންހެއްޔެވެ؟ ވީ އިރު ދެންވެސް މާފަށް އެދެންވީ އޭނާހެއްޔެވެ؟ ވަރުގަދަ އަންހެން ކުއްޖެކެވެ. އާލާގެ މިޒާޖުފެނި ދާނިޔަލް ގާތަށް މިފަހަރު ހިނިވެސް އައެވެ. ގޮތްދޫނުކުރުމުގެވެސް އިންތިހާއެވެ.

“ސޮރީ..” އެހުރި ގޮތަށް ހުރެ ފަހަތަށް ބަލާލުމެއްވެސް ނެތި ދާނިޔަލް އޭނާގެ ފިރިހެންވަންތަ އަޑުން ބުނެލިއެވެ. އާލާގެ ކަންފަތުގައި އެ އަޑު ޖެހުނު ހިނދު ތަފާތު އިޙުސާސެއް ކުރުވިއެވެ. އެ އަޑުގެ ޖާދޫގައި ޖެހުނީ ކީއްވެ ކަމެއް ނޭނގެވެ. އެ ރީތި ފިރިހެންވަންތަ އަޑުގެ ވެރިޔާގެ މުނު ބަލައިލަން އާލާގެ ހިތް އެދި ގޮވަން ފެށީ އޭނާއަށް ނުވެސް އިނގި ހުއްޓައެވެ.

“ހަހަހަ..” ރުކާ އައިސް އާލާ ގާތު ހުއްޓެމުން ގުދުވެލުމަށްފަހު ހެމުން ދިޔައެވެ. ދެންމެ އާލާއަށް ވީ ގޮތް ހަނދާން ވުމުން އަނެއްކާވެސް އޭނައަށް ހެވެން ފެށުނީއެވެ. މިއޮށް ހާއިރު ހިފަހައްޓައިގެން ހުރި ހިނިގަނޑުވެސް ފަޅައިގެން ދިޔައީއެވެ. އާލާ އެ އުލޭ ކުޑަކުދިންގެ ގޮތްގަނޑުގެ ސަބަބުން މީހަކަށް ނުހެވުނިއްޔާވެސް ދެރައެވެ.

“ހުއް.. އަދިވެސް ހޭން ހުންނަނީތަ ރުކާވެސް.. އަހަރެން ތެދުވަން އެހީވެދިބަލަ..” އާލާ އޭނާގެ އަތް ރުކާއާއި ދިމާލަށް ދިއްކޮށްލަމުން ބުނެލިއެވެ. ތެދުވެލުމަށްފަހު ގައިން ވެލި ފޮޅާލަމުން އަނެއްކާވެސް އާލާ ދާނިޔަލް އާއި ދިމަލަށް ބަލައިލިއެވެ. ހިނގާފައި ދާއިރުވެސް އެހާ ފިރިހެންވަންތައެވެ. އާލާއަށް ބޭއިޚްތޔާރުގައި ހިނިތުންވެލެވުނެވެ. އެޔަށްފަހު ލަދުވެތި ހިނިތުންވުމަކާއެކު އިސްދަށަށް ޖަހާލިއެވެ.

“އޭތް.. މިހާރު ކިހިނެއް ތިވަނީ؟ އާލްވެސް ހެނީތަ؟” އާލާ ދެންމެ ކަންތައް ކުރިގޮތް ފެނިފަ ރުކާ އޭނާއާއި ސުވާލު ކޮށްލިއެވެ. އެހިނދު އާލާ ނޫންކަމަށް ހަދައިފައި ވާހަކަ އޮޅުވާލަމުން އެހެން ދިމާލަކަށް ހިނގައިގަތެވެ.

އެ ކުއްލި އެކްސިދެންޓަށްފަހު އާލާ އަށް ދާ ކޮންމެ ދިމާލަކުން ހުދު ޓީޝާޓެއް ލައިފައި ހުރި މީހަކު ފެނުނަސް އެމީހަކާށް ބަލަން ހުރެވެނީ އެއީ އެ ޒުވާނާތޯ ޔަގީން ކުރުމަށެވެ. ނަމަވެސް ފަހަތުން ބަލައިލާއިރުވެސް ކޮންމެވެސް ސިފައެއްގެ ސަބަބުން އޭނާއާއި ވައްތަރެއް ނޫނެވެ. “އެތަނުން އައި ފަހުން އާލް ހާދަ ފާޑަކަށޭ ތި އުލެނީ.. އަނެއްކާ ކިހިނެއް ވީތަ؟ އޭނާ އާލްއަށް ފަންޑިތައެއް ހެދީބާވައޭވެސް އެބަ ހިތަށް އަރާ މިހާރު.. އެތަނަށް ވެއްޓުނުފަހުން އާލް ތިއުއުޅެނީ އެހެންޏާ އުޅޭ ގޮތަކަށް ނޫން.. މޮޔައެއްހެން ހިނިތުންވެފަ ހުރެދާނެ.. ދެން އަބަދު ތަންތަން ތި ހޯދަނީ.. އެއްޗެއް އަނެއްކާ އެތާ ބައްވައިފަ އާދެވުނީތަ؟” ރުކާ އާލާއާއި ދިމާކޮށްލަމުން ބުނެލިއެވެ.

“ހޫމް.. އަހަރެންގެ ހިތް ބާއްވާފަ އާދެވުނީ..” އާލާގެ ހިތުގެ ކަނަކުން ގޮވާލިއެވެ. އާލާ އަނެއްކާވެސް ލަދުވެތި ހިނިތުންވުމަކާއެކު ބޮލުގައި ޖަހާލީ ހިތަށް އަރަމުންދިޔަ އެއްޗެހިންނެވެ. އޭނާގެ ހިތުގައި ފިރިހެން ކުއްޖަކާމެދު ތަފާތު ނަޒަރަކުން ދެކެވުނު މިއީ ފުރަތަމަ ފަހަރު ކަމުން އާލާއަށް ހުރެވުނީ ވާނުވާ ނޭނގިފައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

ބުނާށެ ލޯބި ނުވަނީހޭ (3)

Next

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 6

Next
September 3, 2018

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 6

Previews
September 3, 2018

ބުނާށެ ލޯބި ނުވަނީހޭ (3)

17 Comments!

  1. kookie says:
    September 3, 2018 at 9:20 am

    yey…me first…Masha Allah. story varah avarah reethi. asluvx varaha reethi. I love it… Aish noor ge story hama aslugaivx hama reethy ey..when next part..?? avahah up kohdhehchey.. kiyaahithun nuvx hurevey.. 😀

    1. aish noor says:
      September 3, 2018 at 8:00 pm

      haha.. yess dear.. 🙂 marhabaa kookie.. 🙂 jazakillah khairan dear.. asluvestha? vrh vrh vrh vrh ufaavehje.. 🙂 ehentha? hageegathuga ves vrh ufaavehje ingey.. jazakillah khairan dear… 🙂 6 vana part submit kohfa v.. in sha allah, v haa ves avahakah up vaane kamah noor ves mi balany.. 🙂 hehehe.. keiyytherivelaa ingey.. ingeyennu dhw dear ah ves? keiyytheri vumakee allah loabive vodigen vaa sifaeh.. plus, keiyytheri vumuge meyvaa foni vaane.. dhw? 🙂

  2. lotus says:
    September 3, 2018 at 9:49 am

    V nice .. this Aalaa seems to be gettin into so much trouble now.. hehe
    waiting for the nxt part

    1. aish noor says:
      September 3, 2018 at 8:20 pm

      jazakillah khairan Lotus.. 🙂 hahaha… heheh.. 🙂 keep waiting dear.. 🙂 in sha allah, maadhamaa up vaanekamah mi balanee.. 🙂

  3. Sana says:
    September 3, 2018 at 12:18 pm

    Masha Allah varah reethi mi part kon dhuvasthakehga mi vaahaka up vanee?

    1. aish noor says:
      September 3, 2018 at 8:21 pm

      jazakillah khairan Sana.. 🙂 konme dhuvahakuves part eh up kurun noor ge target aky.. ekam up nuvaa dhuvas ves asidhaane ehnu dhw noor ah kameh dhimaa vehjiyyaa.. 🙂

  4. Mal says:
    September 3, 2018 at 12:26 pm

    Wow aalaa ah furathama faharah dhw??????????v nice mi stry kuriah thi gendhaaleh…???????v kiyaa hiyy vey….❤❤❤❤next part Konirakun dear❤❤❤❤❤lysm

    1. aish noor says:
      September 3, 2018 at 8:34 pm

      hahaha.. jazakillah khairan Mal.. 🙂 vrh ufaavehje ingey aslugaves.. miee hama thedhah bunaa vaahaka eh.. 🙂 in sha allah, maadhamaa. faharuga mireyves hama up vedhaane.. hehe.. 🙂 aww.. <3<3<3<3<3

  5. Eenash says:
    September 3, 2018 at 4:30 pm

    Just beautiful .??
    keep it up dear?

    1. aish noor says:
      September 3, 2018 at 8:35 pm

      jazakillah khairan Eanash… 🙂 vrh ufaavehje dear thihen bunelyma.. jazakillah khairan for the support, dear. 🙂

  6. Maya says:
    September 3, 2018 at 6:18 pm

    Nengi vyey hih dhivaanaa, soora fenifa huri mi athuga hifatho kala..??????. Hahha aalaa like vani dhw mihaaru…. Waaaaaau Varah reethi ingey hama fantastic ??????????‍?‍?????????noor is one of my favorite
    … Ehaaves reethi loves much…. Waiting for Next part avahah up kohdhehchey noor sis…. ????????????????

    1. aish noor says:
      September 3, 2018 at 8:38 pm

      ahahahaha.. 🙂 haadha molhey Maya.. 🙂 hehe balamaa dhw dhn vaagotheh.. 🙂 jazakillah khairan dear.. 🙂 alhey.. aslugavestha? vrh vrh vrh vrh ufaavehje dear thihen bunelyma.. 🙂 in sha allah, on the way ga ingey.. hahaaa 🙂

  7. aish noor says:
    September 3, 2018 at 7:57 pm

    assalaamu a’laikum guys.. 🙂 miyothee fudheyvaregge dhigu inthizaarakah fahu vaahakaige 5 vana bai up vefa. hahaa.. 🙂 mihen ves vaane ingey baeh faharu.. vedhiya kanthah baavvaafa kuriyah dhamaa.. 🙂 ummeedhu kuran ingey hurihaa kudhinnah ves mi part kamudhaane kamah.. 🙂 massala eh ulhenyaamu noor ah buneladhehchey.. vrh vrh vrh ufaavaane eirah.. adhi, noor ah evves kuhjakaa rude koh vaahaka dhekevifa vaanama nihaayathah maafah edhen.. vrh vrh vrh bodah sorry.. 🙁 evves kuhjehge hithuga noor aa medhu hiyy burakameh nubaavvaane kamah ummeedhu kuran.. noor ge hiyyves thikudhinnahtakaa al’hamdhulillaah, hama saafu.. kuriyah oiyythaa ves saafu vaane, in sha allah.. 🙂 ummeedhu kuran ehn v ma mi bai ves thikudhinnah kamudhaane kamah.. 🙂 maaiy allah alhamen emmenge faafa fussavaa alhamennah heyo rahmaiyy lavvaashi.. aameen.. 🙂 Jazakumullah khairan and LY all. 🙂

  8. Snow says:
    September 3, 2018 at 10:03 pm

    I don’t know why, but among all parts so far this part is very beautiful. Really beautiful. Hee vany aslu kovves manzarutha fennany hen. Hehehe

    1. aish noor says:
      September 4, 2018 at 10:19 pm

      hehe.. jazakillah khairan Snow.. 🙂 vrh vrh vrh ufaavehje dear thihen bunelyma.. 🙂 ahaha.. asluvestha? vrh ufaavehje, n jazakillah khairan dear.. 🙂

  9. Anonymous says:
    September 4, 2018 at 2:35 pm

    why is it take so long to upload. eagerly waiting for the next part

    1. aish noor says:
      September 4, 2018 at 10:20 pm

      noor ah ves asluga neynge.. ekam dhigu inthizaaru kuran jehey faharuves baeh faharah aisdhaanennu dhw Anonymous dear? 🙂

Comments are closed.

Next Episodeދުޢާ 6←


All Right Reserved!