Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 36

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
August 30, 2018 10 Mins Read
19 Comments

އެވަގުތު ކާރު ދުއްވަން އިން ޔޫހާންއަށްވެސް އައިލީންއަށް ބަލާލެވުނެވެ. އައިލީންގެ އެ ސާފު ދެ ލޮލުން އެއީ ތެދުކަން ހާމަވެެގެން ދެއެވެ. އެ ރީތި ދެލޮލުގައި އޭރު ކަރުނައިގެ ތެތްކަމެއްވެއެވެ. ޔޫހާންއަށް އޭނަގެ އަމިއްލަ ނަފްސު ކުއްވެރިކުރެވުނެވެ. އައިލީން އެވާހަކަ ސިއްރުކުރީ އޭނައަށްޓަކައެވެ. އޭނަގެ ކުރިއެރުމަށްޓަކައެވެ. ބަދަލުގައި އޭނަ ކަންތައް ކުރީ ކިހިނެއް ހެއްޔެވެ؟ އައިލީން ހިތުގައި ޖައްސާ ރޮއްވީއެވެ. އެންމެ ކުޑަ މިނުން އައިލީން ދެއްކި ވާހަކަތައްވެސް އަޑު އެހީކީ ނޫނެވެ. އައިލީންއަށް އަވަސް ނަޒަރެއްް ދިނުމަށްފަހު މަގުމައްޗަށް ނަޒަރު ހުއްޓާލައިގެން އިދެ ކާރު ދުއްވަމުން ދިޔަ ޔޫހާންގެ ސިކުނޑި ފުރިފައިވަނީ މިފަދަ ޚިޔާލަތަކުންނެވެ. އެހެނަސް އޭނަ އައިލީން ކަންތައް ކުރި ގޮތުން އިނީ ހިތްހަމަނުޖެހިފައެވެ. އޭނަގެ މަސައްކަތަށް ވުރެ ބޮޑަށް ޔޫހާންއަށް އައިލީން މުހިއްމެވެ. އެދެ މީހުންގެ ގުޅުން މުހިއްމެވެ. އައިލީން ވާހަކަ ދެއްކުމުންވެސް ޔޫހާން އެއްޗެކޭ ނުބުނުމުން އައިލީންގެ ހިތް މާޔޫސްވިއެވެ. އިތުރަށް އެއްޗެއް ބުނަން ނުކެރުމުން އައިލީން ކާރުގައި މަޑުމައިތިރިކަމާއެކު އިނެވެ. އެހެން އިންއިރުވެސް އިރުއިރުކޮޅުން ޔޫހާންގެ މޫނަށް ނަޒަރު ހުއްޓާލައެވެ. އެހެނަސް އެއިން ކޮންމެ ފަހަރަކުވެސް ޔޫހާންގެ ނަޒަރު ހުންނަނީ މަގު މައްޗަށް ހުއްޓިފައެވެ. ” އައިލީއަށް ހީވަނީތަ އަހަންނަށް އައިލީ މުހިއްމެއް ނޫނޭ… އަހަރެމެން ދެމީހުންގެ މިގުޅުން އަހަންނަށް އެއްވެސް ވަރަކަށް އިންޕޯޓެންޓެއް ނޫނޭ ތަ އައިލީ ތިބުނީ… ހުރިހާ ކަމަކަށްވުރެވެސް ބޮޑަށް އަހަންނަށް އައިލީ މުހިއްމު… އަހަރެމެންގެ މި ގުޅުން މުހިއްމު… އަހަރެންގެ މަސައްކަތަށްވުރެވެސް ބޮޑަށް… އައިލީ ދިނާޖުގެ ވާހަކަ ކުރިން ބުނިނަމަ އަހަރެން އެދުވަހުވެސް މާލެ އަންނާނަން… އައިލީ އަކީ އަހަރެންގެ ލައިފްގަ އެންމެ އިމްޕޯޓެންޓް އެއްފަރާތް… ކީއްވެތަ މިހުރިހާ ދުވަސްވީއިރު އައިލީއަށް އެކަން ނޭނގުނީ… ” ނައުރީންގެ ގެއާއި ހަމައަށް އާދެވުމާއެކު ކާރު މަޑުކޮށްލުމަށްފަހު އައިލީންއަށް ނަޒަރު ހުއްޓާލަމުން ޔޫހާން ވާހަކަ ދެއްކިއެވެ. ޔޫހާންގެ ހިތަށް ކޮށްފައިވި އަސަރު އޭނަ ވާހަކަ ދެއްކި ގޮތުންވެސް ވަރަށް ރަނގަޅަށް އެނގިގެން ދިޔައެވެ. ”އެހެންވީމަ އޭ އަހަރެން ޔޫހާން ގާތު އޭރު ނުބުނީ… އަހަރެން އޭރު އެވާހަކަ ބުނިނަމަ ޔޫހާން ތިހުރީ މަސައްކަތް ދޫކޮށްލާފަ މާލެވެސް އަންނަން.. އަހަރެން ބޭނުމެއްނޫނޭ އަހަރެންގެ ސަބަބުން ޔޫހާންގެ މަސައްކަތަށް އެއްވެސް ބުރުލެއް އަރާކަށް… އެ ޕްރޮޖެކްޓް އަކީ ޔޫހާންގެ ބައްޕަ ޔޫހާންއަށް ކިހާ އުއްމީދަކާއި އިތުބާރެއްކޮށްފަ ހަވާލުކުރި ޕްރޮޖެކްޓެއް… އެ އިތުބާރު ގެއްލުވާލަންތަ ޔޫހާން ބޭނުންވަނީ… އަހަރެން ބޭނުމެއްނޫން އަހަރެންގެ ސަބަބުން އެހެން މީހުން ޔޫހާންއަށް ކުރާ އިތުބާރު ގެއްލޭކަށް… އަހަންނަށްވެސް އަހަރެމެންގެ މި ގުޅުން ވަރަށް މުހިއްމު… ޔޫހާންވެސް ވަރަށް މުހިއްމު… ޔޫހާންގެ އުފާ މުހިއްމު… ޔޫހާންއަށް ލިބޭ ކޮންމެ ކާމިޔާބީއަކީ އަހަންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް… ޔޫހާންއަކީ އަހަރެންގެ ލައިފްގަވެސް އެންމެ މުހިއްމު އެއްފަރާތް… އެހެންވެ މި ގޮތަށް ކަންތައް ކުރީ… އައިމް ސޮރީ… އައި ނޯ ޔޫހާންއަށް އަހަރެން ވަރަށް މުހިއްމުކަން… އަހަރެމެންގެ މި ގުޅުންވެސް މުހިއްމުކަން… އަހަންނަށްޓަކައި ޔޫހާން ކޮންމެ ކަމެއްްވެސް ކޮށްފާނެކަން އިނގޭ… ހަމައެގޮތަށް އަހަންނަށްވެސް ޔޫހާން މުހިއްމު… އަހަންނަކީ ޔޫހާންނަމަ ކަންތައް ކުރާނީ ކިހިނެއް… އައިމް ޝުއާ ޔޫހާންވެސް އަހަރެންގާތު ނުބުނާނެ… އަހަރެން ގަބޫލުކުރަމޭ ޔޫހާންއަށް އެކަން ސިއްރުކުުރުން އެއީ އަހަރެންގެ މިސްޓޭކެއްކަން… އެން އައި ނޯ ޔޫހާންއަށް ހާޓްވިކަން… އައިމް ސޮރީ… ރިއަލީ ސޮރީ… ދިނާޖު ކުރިންވެސް… ” އައިލީން ވަރަށް އަސަރާއެކު ވާހަކަ ދައްކަމުން ދިޔައެވެ. ޔޫހާންއަށް ކަޅި ޖަހާނުލައި އައިލީންގެ ފެންކަޅިވެފައިވި ދެ ލޮލަށް ބަލަހައްޓއިގެން އިނދެވުނެވެ. އެ ދެ ލޮލުގައިވި ރިހުން ވަރަށް ރަނގަޅަށްވެސް ހާމަވެގެން ދެއެވެ. ކާރު ތެރޭގައި އިނދެ އައިލީން ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނީ ކާރުގެ ބޭރުން ބިއްލޫރި ގަނޑުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ދެ މީހުނަށް ސިހިފައި އެދިމާލަށް ބަލައިލެވުނެވެ. އޭރު ނައުރީން ހިނިތުންވެލައިގެން އެދެ މީހުނަށް ނަޒަރު ހުއްޓާލައިގެން ހުއްޓެވެ. އައިލީން އާއި ޔޫހާން ބަލާލުމާއެކު ނައުރީން އެދެ މީހުނަށް ބޭރަށް ނިކުތުމަށް އަތުން އިޝާރާތްކުރިއެވެ. ދެން އެވާހަކަ ދައްކާނީ ފަހުން ކަމުގައި ބުނެ ޔޫހާން ކާރުން ނިކުތުމުން އައިލީން ވެސް އޭނަގެ ލޮލަށް ޖަމާވެފައިވި ކަރުނަތައް ހިންދަން މަސައްކަތްކުރަމުން ކާރުން ފޭބިއެވެ. ދެ މީހުންވެސް ގަދަކަމުން ހިނިތުންވުމެއް ވެރިކުރުވަމުން ނައުރީން އާއެކު އޭނަގެ ގެއަށް ވަންނަން ދިޔައެވެ.

ކޮޓަރީގައި ތިބި ރިފްޝާ އާއި ޝައުނާ ތިބީ ވަރަށް ހާސްވެފައެވެ. އައިލީން އާއި ޔޫހާން ވާހަކަ ދައްކައިގެން އެދެމެދުގައި ޖެހުނު މައްސަލަ ހައްލުރި ކަމެއް ނޭނގޭތީ ދެ މީހުންވެސް ތިބީ އެކަމާ ކަންބޮޑުވެފައެވެ. ” އައި ހޭވް އޭން އައިޑިއާ… ” އެނދުގައި އިށީންދެ އިން ޝައުނާ ކުއްލިއަކަށް އެނދުން ތެދުވަމުން ބުނެލިއެވެ. ރިފްޝާ ކޮން އައިޑިއާއެއްހޭ ސުވާލުކުރުމުންވެސް ޖަވާބު ދިނުމެއްނެތި ޝައުނާ އަވަސް އަވަހަށް އެނދު މަތީގައި އޮތް ފޯނު ނަގައި ލިޝާންގެ ނަމްބަރަށް ޑައިލްކޮށްލިއެވެ.

އައިލީން އާއި ޔޫހާން އެގެއަށް ވަންއިރު ވަރަށް ގިނަ މީހުން ސިޓިން ރޫމުގެ އެކި ހިސާބުގައި ބައިބަޔަށް ތިއްބެވެ. ޔޫހާން އާއި އައިލީން ވަދުމާއެކު ގިނަ ބައެއްގެ ނަޒަރު އެދެ މީހުނަށް ހުއްޓުނެވެ. އެކަމަށް ދެ މީހުންކުރެ އެކަކުވެސް މާބޮޑު ސަމާލުކަމެއް ނުދިނެވެ. ނައުރީން ޔޫހާން އާއި އައިލީން އޭނަގެ ރައްޓެހިންނަށް ތަޢާރަފުކޮށްދިނެވެ. އެކަކު އަނެކަކާ ވާހަކަ ދައްކާލާ އެކުވެރިވުމުގައި އެކި މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ބައެއް މީހުން އިވެމުންދާ ހިތްގައިމު މިއުޒިކާއި އެއްވަރަށް ކަޕުލް ޑާންސްވެސް ކުރަމުން ދިޔައެވެ. އައިލީން ދިޔައީ ޕާޓީ ތެރޭންވެސް ޔޫހާން އާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުންމެވެ. އެކަމަކު މާ މީހުން ގިނަވުމާއި އަޑު ގަދަވުމުގެ ސަބަބުން ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. އައިލީން އިންތިޒާރު ކުރަމުން ދިޔައީ ޕާޓީ ނިމޭނެ އިރަކަށެވެ.

ޕާޓީ ތެރޭގައި ތިބި ކަޕުލްއަކާ ވާހަކަ ދައްކާލަން އައިލީން އާއި ޔޫހާންވެސް ތިއްބެވެ. އެހެން ހުއްޓާ އެއްލި ކަޅިއަކުން އައިލީންއަށް ދިނާޖު ފެނުނުހެން ހީވިއެވެ. އެއަށްފަހުން އޭނަ އެތައް ފަހަރަކު ދިނާޖު ފެނޭތޯ ބެލިއެވެ. އެހެނަސް އައިލީންގެ ލޮލުގައި ދިނާޖު އަޅައެއް ނުގަތެވެ. ހީވި ހީވުމެއް ކަމަށް ބަލާ އައިލީން ހިތްހަމަޖައްސާލިއެވެ. އެވަގުތު ޔޫހާންގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނު ނަގާ ބަލައިލިއިރު ގުޅަމުން ދަނީ ލިޝާންއެވެ. އެތަނުގައި ރަނގަޅަށް ވާހަކަ ނުދެއްކޭނެތީ ޔޫހާން ފޯނު ނަގައި ޚިޔާލެއް ނުކުރިއެވެ. ފޯނު ނުނެގުމުންވެސް ލިޝާން ތަކުރާރުކޮށް ގުޅަން ފެށުމުން ޔޫހާންއަށް ކޮންމެވެސް ކަމެއްވެއްޖެކަން ސިކުނޑިއަށް ނަގައިގަނެވުނެވެ. އެއާއެކު އެބަ އަންނަން ކަމަށް ބުނެ ޔޫހާން ގެއިން ނިކުންނަން ހިނގައިގަތެވެ. އައިލީން ޔޫހާން އަންނަންދެން އެމީހުންނާއި ވާހަކަ ދައްކާލަން މަޑުކޮށްލާނީއޭ ހިތައި އެތަނުގައި މަޑުކުރީއެވެ.

ޔޫހާން ގޮސް ހުއްޓުނީ ނައުރީންމެން ގޭގެ އެއްފަރާތުގައި ހައްދާފައިވި ބޮޑު ބަގީޗާގައެވެ. އޭނާ އަތުގައި އޮތް ފޯނުން ލިޝާންގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. ” ހެލޯ ލިއްޓު… ކިހިނެއްވީ އަނެއްކާ މާވަރަކަށް ގުޅީ… ހުރިހާ ކަމެއް ރަނގަޅުތަ… ” ލިޝާން ފޯނު ނެގުމާއެކު ހާސްވެފައިހުރެ ޔޫހާންއަށް އަހާލެވުނެވެ. ”އަހަރެން ހަމަ ވަރަށް ރަނގަޅު… އެކަމަކު ޔޫން އާ އައިލީގެ ގުޅުން ރަނގަޅު ހެނެއް ހިޔެއްނުވޭ… ” ލިޝާން ވަރަށް ހަމަޖެހިލަމުން ވާހަކަ ދެއްކިއެވެ. ”ލިއްޓު… އަހަރެމެން ދެ މީހުން ދެމެދު ކަންތައްތައް އެހާ ރަނގަޅެއްނޫން… ” މަޑުމައިތިރިކަމާއެކު ޔޫހާން ބުނެލިއެވެ. އެއާއެކު ލިޝާން ކިހިނެއްވީތޯ ސުވާލުކުރުމުން ޔޫހާން އޭނައަށް ފެނުނު މަންޒަރުތަކާއި ލިބުނު މެސެޖުތަކާއި އައިލީން ދެއްކި ވާހަކަތައްވެސް ލިޝާން އާއި ހިއްސާކުރިއެވެ. އެހުރިހާ އިރު ލިޝާން ޔޫހާންގެ ވާހަކަތައް އަޑުއަހަން ހުއްޓެވެ. ” ލިއްޓު.. އެކަމަކު… ލިއްޓުއަށް ކިހިނެއް އިނގުނީ މަށާ އައިލީ އާ ދެމެދު ކަންތައްތައް ރަނގަޅު ނޫންކަން… ” މަޑުމައިތިރިކަމާއެކު ޔޫހާން އަހާލިއެވެ. ” އަހަރެން ކައިރީ ޝައު ބުނީ ދެންމެއަކު ގުޅާފަ… ” ލިޝާން ބުނެލިއެވެ. ”އެހެންތަ… މާ ބިޒީކޮށް އުޅޭތީ އަދި ލިއްޓު ގާތު ނުބުނެވެނީ… ” ޔޫހާން އެހެން ބުނެލުމުން ލިޝާން އެއީ އެއްވެސް މައްސަލައެއް ނޫން ކަމުގައި ބުނެލިއެވެ. ” ޔޫން.. ދިނާޖު ކޮށްފާނެ ކޮންމެފަދަ ކަމެއްވެސް އައިލީއަށް… އައި ތިންކް އޭނަ އެ އުޅެނީ ބަދަލު ހިފަންހެން… ޔޫންއަށް އަދި އައިލީ ކިޔައެއް ނުދޭ ދޯ އެވާހަކަތަކެއް… އައިލީއަށް ކިޔައިދޭކަށްވެސް ފަސޭހައެއް ނުވާނެ… ” ޔޫހާން ހުރީ ލިޝާން ދައްކަމުން ދިޔަ ވާހަކަތަކުން ވާނުވާއެއް ނޭނގިފައެވެ. ” ލިއްޓު… ކީކޭތަ ތި ކިޔަނީ… ކޮންކަމެއްގެ ބަދަލު ހިފަން… ” ސުވާލުން ފުރިގެންވީ ރާގެއްގައި ޔޫހާންއަށް އަހާލެވުނެވެ. ”ޔޫން… މިއުޅެނީ ކިޔައިދޭށޭ… ދިނާޖުއަކީ އަހަރެމެން ރަށު ކުއްޖެއް… އަހަރެމެންގެ ކްލާސް މޭޓެއް… ދިނާޖު ހުންނާނީ އައިލީއަށް ހަމަ މޮޔަވެފަ… ކްލާހުގަވެސް ޓީޗަރު ނޫޅޭ ގަޑީގަ ވަރަށް ޖެއްސުންކޮށް ހަދާނެ… އައިލީ މަގުމަތިން ފެނުނަސް ފަހަތު އަޅުވާލާނެ… ދެން އަހަރެމެން ގުރޭޑް އެއިޓްގަ އުޅުން އަހަރު ކްލާސް ކުދިން މާހެފުމެއް ބޭއްވި ރެއަކު ދިނާޖު ހުރިހާ ކުދިން ކުރިމަތީ އެރޭ އައިލީއަށް ލޯބި ހުށަހެޅީ…ހުރިހާ ކުދިންތަކުގެ ތެރޭގަ އެގޮތަށް ދިނާޖު ކަންތައް ކުރީމަ އައިލީ ހުރީ ވަރަށް ލަދުން… ރުޅިވެސް އައިސްފަ ހުރީ… އެކަމަކު އައިލީ ވަރަށް ރީތިކޮށް މަޑުމައިތިރިކަމާއެކު ދިނާޖުއަށް ޖަވާބު ދިނީ… އައިލީ ފާޅުގައި އެކަމަށް އިންކާރު ކުރި… އައިލީ ބުނި އޭނަ ދިނާޖުއަށް އެފަދަ ނަޒަރަކުން ނުދެކޭ ކަމަށް… އައިލީ ދިނާޖުގެ ހުށަހެޅުމަށް ފުރަގަސް ދިނީމަ ދިނާޖު ވަރަށް ރުޅި އައި… އޭގެފަހުން އޭނަ އައިލީއަށް ކުރަމުން ދިޔަ ޖެއްސުން ދެގުނަ އިތުރު ކުރި… ދެން އަހަރެމެން ނައިންގަ އުޅުން އަހަރު މަށާ އައިލީ އާ ދިނާޖު އެން ޝައު ވީ އެއް ހައުސްއަކަށް… ނައިންގެ އަހަރު ނިމެން ވަރަށް ގާތްވެފަ އޮއްވަ އަހަރެމެން ހައުސްގެ ހުރިހާ ކުދިންނާ ޓީޗާސްވެގެން ހައުސްއަށް ލިބުނު ކާމިޔާބީތައް ފާހަގަކުރަން ޕާޓީއެއް ބޭއްވީ… ސުކޫލުގަ އަހަރެމެން ޕާޓީ ބޭއްވީ… އެރޭ ޕާޓީ ތެރޭން ވަކި ހިސާބަކުން އައިލީ އަހަރެމެނަށް ނުފެނުން… މަށާ ޝައު އާ ވަރަށް ހޯދިން… އައިލީ ނުފެނިގެން ހޯދަނިކޮށް އަހަރެމެނަށް ސުކޫލުގެ ހަދަން ފަށާފަ ހުރި ގުދަން ތެރެއިން ވަރަށް ބާރަށް އެއްޗެއް ވެއްޓުން އަޑު އަހަރެމެނަށް އިވުން… އަހަރެމެނަށް ދުވެފަ އެ ހިސާބަށް ދެވުނު ތަނާ އައިލީ ދިނާޖުގެ މޫނު މަތީގަ ޖެހީ… ހީ ޓްރައިޑް ޓު ކިސް ހާ… ދިނާޖު ބޭނުންވޭ ކޮންމެ ގޮތެއް ހަދައިގެންވެސް އައިލީ އޭނަގެ މީހަކަށް ހަދަން… އައިލީ އޭނަ މޫނުގަ ޖެހީމަ ދިނާޖު އައިލީ ދެކެ އިތުރަށް ރުޅި އައީ… އެރޭ ދިނާޖު ދަމުން ދިޔައީ ބުނެފަ އޭނަ ބަދަލު ހިފާނެކަމަށް… އޭނަ އަދި އެނބުރި އަންނާނެކަމަށް ބުނި… އަހަރެންވެސް އެރޭ އޭނަގެ ގައިގައި ޖެހިން… އެހާވެސް ރުޅި އައި… އޭނަ ބޭނުންވަނީ އައިލީ ހާސިލްކުރަން… އެން ފޯ ދެޓް ހީ މައިޓް ޑޫ އެނީތިން… އެއަށްފަހުން އައިލީއަށް ވަރަށް ޖެއްސުން ކުރާނެ… ނަސީބަކުން ނެކްސްޓް އިއާގަ ދިނާޖުމެން ފެމިލީ މާލެ ބަދަލުވީ… ސޯ މިހުރިހާ ކަމަކަށް ބަލާފަ މަށަށް ގަބޫލުކުރެވެނީ ދިނާޖު އެކުރާ ކަމެއް ކުރީ ބަދަލު ހިފަން ހެން… އައިލީއަށް މި ވާހަކަތައް ކިޔައިދޭކަށް ފަސޭހައެއް ނުވާނެ ޔޫން… ވެދާނެ އެހެންވެ ކަމަށްވެސް އަދި މި ވާހަކަތައް ކިޔައިނުދެނީ… އައި ތިންކް މިހުރިހާ ކަމެއްވެސް މީ ޕްލޭންއެއްގެ ދަށުން ކުރި ކަމެއްހެން… އެހެންނޫނަމަ ޔޫން ހަމަ އުނގޫފަހަރަށް ދިޔައިމަ މިކަންތައްގަނޑު ފެށޭނެކަމެއް ނެތެއްނު… މަށަށް ހަމަ ހީވަނީ ތި ދެމީހުން ދުރުކުރަން ދިނާޖު ކުރި ކަމެއްހެން މީ…” ލިޝާން ދައްކަމުން ދިޔަ ވާހަކަތަކުން ޔޫހާން ހުރީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އައިލީންއަށް އެވާހަކަތައް ކިޔައިދޭން އުނދަގޫވާނެކަންވެސް ޔޫހާންއަށް ގަބޫލުކުރެވެއެވެ. ފަހަރުގައި އައިލީން ދައްކަން ބޭނުންވެގެން އެއުޅޭ ވާހަކައަކީ މިއީ ކަމުގައިވެސް ވެދާނެއެވެ. އައިލީން އޭނަ އާއި ވާހަކަ ދައްކަން ހާދަ މަސައްކަތެއް ކޮށްފިއެވެ. ލިޝާން ދެއްކި ވާހަކަތައް ޔޫހާންއަށް ގަބޫލުކުރެވެމުން ދިޔައެވެ. އޭނަގެ ހިތާއި ސިކުނޑި ގޮވަމުން ދަނީ އައިލީން އާއި ބައްދަލުކުރުމަށެވެ. އައިލީންގެ ދުލުން އެ ހުރިހާ ވާހަކައެއް އަޑު އަހާށެވެ. އެއާއެކު ޔޫހާން ލިޝާން ގާތު ފަހުން ގުޅާނެކަމަށް ބުނެލިއެވެ. އަދި މިހާރު މި ދަނީ އައިލީން އާއި ވާހަކަ ދައްކާށޭ ބުނެ ފޯނު ބޭއްވިއެވެ. ފޯނު ބޭއްވުމަށްފަހު ޔޫހާން އައިލީންގެ ގާތަށް ދިއުމަށް އަވަސްވެގަތެވެ.

ޕާޓީގައި ތިބި ކުދިންތަކަކާއި ވާހަކަ ދައްކަން ހުރި އައިލީން އިރުއިރުކޮޅުން ދޮރާއި ދިމާލަށް ނަޒަރު ހުއްޓާލަނީ ޔޫހާން އަންނަތަން ފެނޭތޯއެވެ. އެތައި ހުރެހުރެ އެހާ އިރުވިއިރުވެސް ޔޫހާން ނައުމުން އައިލީން އެންމެ ފަހުން ޔޫހާން ފެނޭތޯ ބޭރަށް ނިކުތުމަށް ހިނގައިގަތެވެ. ތަންކޮޅަކަށް ހިނގައިގަންތަނާ ހުއްޓެން މަޖުބޫރުވީ ނައުރީންގެ ގައިގައި ޖެހި އޭނަގެ އަތުގައި ހުރި ކޯކު ތަށިން އެއްބައި އައިލީންގެ ހެދުމަށާއި އަތަށް ވެރުމުންނެވެ. ” އޯހް އައިލީ… އައިމް ސޯ ސޮރީ… ވަރަށް ބޮޑަށް ސޮރީ… ގަސްތުގައެއްނޫން އިނގޭ… ރަނގަޅަށް ބަލާނުލާ ދެވުނީ… ސޮރީ…” ވަރަށް ދެރަވާކަމަށް ހެދެމުން ނައުރީން ބުނެލިއެވެ. އޭނަ އެހެން ބުނެލީ ބަލައިލި ކޮންމެ މީހަކަށްވެސް ގަބޫލުކުރެވޭނެހާ ފުރިހަމައަށެވެ. ” އިޓްސް އޯކޭ ނައު… ކުޑަކޮށް ފެންފޮދަކުން ދޮވެލީމަ އޯކޭވާނެ… އައިމް އޯލްސޯ ސޮރީ… އަހަންނަށްވެސް ރަނގަޅަށް ނުބަލާ ދެވުނީމަ… ” އައިލީން ހިތްހެޔޮކަމާއެކު ނައުރީންގެ މޫނަށް ބަލައިލަމުން ބުނެލިއެވެ. ” އައިލީ ދާންވީނު އަހަރެންގެ ވޮޝްރޫމަށް… ސިޑިން މައްޗަށް ގޮސް އެންމެ ފުރަތަމަ އެހުރި ރޫމަށް ވަދޭ އިނގޭ… ” ހިތްހެޔޮ ހިނިތުންވުމެއް ވެރިކުރުވަމުން ނައުރީން އެހެން ބުނެލުމުން އައިލީންވެސް ހިނިތުންވެލާފައި ސިޑިން މައްޗަށް އަރަން ފެށިއެވެ. އަދި ގޮސް ނައުރީން އެބުނި ކޮޓަރިއަށް ވަނެވެ. ތިރީގައި އައިލީން ކޮޓަރިއަށް ވަން މަންޒަރު ބަލަން ހުރި ނައުރީންގެ ތުންފަތުގައި އެވަގުތު ކާމިޔާބީގެ ހިނިތުންވުމެއް ދުވެލިއެވެ. ވަގުތުން އަތުގައި އޮތް ފޯނު ނަގައި ދިނާޖުއަށް މެސެޖު ކޮށްލިއެވެ. އަދި އެނބުރި ޕާޓީގައި ހަރަކާތްތެރިވަމުން ދިޔަ އޭނަގެ ރައްޓެއްސެއްގެ ގާތަށް ހިނގައިގަތެވެ.

އައިލީން ގޮސް ނައުރީންގެ ކޮޓަރީގައި ހުރި ވޮޝްރޫމަށް ވަނެވެ. ކޮޓަރީގެ ދޮރު ޖަހާފައި ވަދުމުން ވޮޝްރޫމުގެ ދޮރު އައިލީން ބެހެއްޓީ ކުޑަކޮށް ހުޅުވާފައެވެ. މޫނު ދޮންނަ ތަށި ކުރިމަތީ ގައި ހުރެ ފެންފޮދަކުން އައިލީން އޭނަގެ އަތް ދޮވެލުމަށްފަހު ހެދުމުގެ ކޯކު އެޅުނު ތަން ކުޑަކޮށް ދޮވެލަން ހުއްޓެވެ. އެހެން ހުއްޓާ އައިލީން ސިހުނީ ފަހަތުން މީހަކު އޭނަގެ ބަނޑުގައި ދެއަތުން ވަށާލުމުންނެވެ. ސިހިފައި އައިލީންއަށް ތެޅެގަނެވުނު އިރު ކުރިމަތީގައި ހަރުކުރެވިފައިވި ލޯގަނޑަށް ބަލާލެވުނެވެ. އެވަގުތު ލޯގަނޑުން ފެންނަމުން ދިޔަ ދިނާޖުގެ ސޫރަ ފެނި އައިލީންގެ ދެ ލޯ ބޮޑުވިއިރު އޭނަގެ ބަނޑުގައި ވަށާލެވިފައިވި އަތް ނައްޓާލަމުން ދިނާޖު އާއި ދުރުވެލިއެވެ. ” ދިނާޖު… މި.. މިތާ… ” ދިނާޖުއަށް ބަލަހައްޓާއިގެން ހުރެ އައިލީން އެހެން ބުނިއިރު އޭނަ ހުރީ ބިރުން ހަލާކުވާވަރުވެފައެވެ. ” ކިހިނެއްވީ… ލީން އުއްމީދު ކުރީ އެހެން މީހަކު ހުންނާނެކަމަށްތަ… ” މަކަރުވެރި ހިނިތުންވުމަކާއެކު ދިނާޖު ބުނެލިއެވެ. އަދި އައިލީންގެ ފަން އިސްތަށިގަނޑުގައި އަތުން ފިރުމާލަން އަތް ނެގިތަނާ އައިލީން އޭނަގެ ގައިގައި އަތް ނުލުމަށް ބުނެ ފަހަތަށް ޖެހުނެވެ. ނުލަފާ ވައްތަރަކަށް ހިނިގަނޑެއް ޖަހާލަމުން ދިނާޖު ދެވަނަ ފަހަރަށްވެސް އެގޮތަށް ކަންތައް ކުރުމަށް އަތް އުފުލާލި ތަނާ އައިލީން ދިނާޖުގެ އަތް ފޮޅުވާލުމަށްފަހު ވޮޝްރޫމުން ނިކުމެ ދުވެފައި ކޮޓަރިން ނިކުންނަން އުޅުނެވެ. އެހެނަސް އައިލީން އަށް ކާމިޔާބު ނުވީ ދިނާޖު ވަރަށް ބާރަށް އޭނަގެ އަތުގައި ހިފެހެއްޓުމަށްފަހު ކޮޓަރީގެ ފާރުގައި ޖެއްސުމުންނެވެ. އޭރު އައިލީންގެ ހިތް ދިޔައީ ބާރު ބާރަށް ތެޅެމުންނެވެ. ” މަށާ ދުރަށްތަ ތިދަނީ… ލީން ހީކުރަނީ މަށަށް އަތުނުވާނެ ކަމަށްތަ… އެތައް އަހަރަކަށް ފަހުވެސް އަނެއްކާވެސް ލީން ތިހުރީ އަހަރެންގެ އަތު ތެރޭގައި ހައްޔަރުވެފަ… ހަހަހަ… މަށާ ދުރަކަށް ލީންއަކަށް ދުވަހަކުވެސް ނުދެވޭނެ… ހިތަށްވެސް ނާރުވާތި… ” ނުލަފާ ވައްތަރަކަށް ހިނިގަނޑެއް ޖަހާލަމުން މިފަހަރުވެސް ދިނާޖު ބުނެލިއެވެ. އެންމެ ފަހުން ބުނެލި ބަސްތައް ދިނާޖު ބުނެލީ ޝަހާދަތް އިނގިލިން ދިއްކޮށްލަމުން އިންޒާރެއްދޭ ފަދައިންނެވެ. އައިލީން ހުރީ ބިރުން ތުރުތުރު އަޅައަޅައެވެ. ދިނާޖު ހިފަހައްޓާފައިވިލެއް ބާރުކަމުން އައިލީންއަށް ދިޔައީ ތަދުވަމުންނެވެ. އައިލީން ދިނާޖުގެ އަތް ފޮޅުވާލުމަށްފަހު ދާން މަސައްކަތްކުރިއެވެ. އެހެނަސް އޭނައަށް ކާމިޔާބުވާ ގޮތެއް ނުވިއެވެ. އައިލީން ދެން މަސައްކަތްކުރަމުން ދިޔައީ ފޯނުން ޔޫހާންއަށް ގުޅޭތޯއެވެ. އެކަންވެސް އޭނައަށް ނާކާމިޔާބު ވީ ދިނާޖު އޭނަގެ އަތުން ފޯނު އަތުލުމަށްފަހު އެނދު މައްޗަށް އެއްލާލުމުންނެވެ. ”މިހާރު ބުނެފިން ދޯ މަ ކައިރިން ސަލާމަތްވާން ނޫޅޭށޭ… ” ރުޅި އައިސް ރަތްވެފައިހުރެ ދިނާޖު ބުނެލިއެވެ. އެއާއެކު އައިލީންގެ ހަރަކާތްތަކަށް ހުއްޓުމެއް އައެވެ. ގަންފައިހުރި ބިރެއްގެ ސަބަބުން އައިލީންގެ ނިއްކުރިން ދާތިކިތައް ވިދަމުން ދިޔައެވެ. އައިލީންއަށް ނަޒަރު ހުއްޓާލުމަށްފަހު ދިނާޖު މިފަހަރު އައިލީންގެ އެ ދޮން މޫނުގައި ފިރުމާލުމަށް އޭނަގެ އަތް ނެގިއެވެ.

ގޭތެރެއަށް ވަދެގެން އައި ޔޫހާން އެކިކޮޅުކޮޅު ބަލަމުން ދިޔައީ އައިލީން ފެނޭތޯއެވެ. އޭނާ އެންމެ ފަހުން މަޑުކޮށްގެން ހުރި ހިސާބުވެސް ބެލިއެވެ. އެހެނަސް އައިލީން ފެންނާކަށް ނެތެވެ. އެންމެ ފަހުން ފޯނުން އައިލީންގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. އެހެނަސް ފޯނަކަށް ޖަވާބެއް ނުދިނެވެ. ދެފަހަރު ގުޅުމުންވެސް ފޯނެއް ނުނެގިއެވެ. ” ޔޫން… ކިހިނެއްވީ… ކަމަކާ ހާދަ ހާސްވެފަހެން ހީވެޔޭ… ” ތިންވަނަ ފަހަރު އައިލީންގެ ނަމްބަރަށް ޑައިލްކޮށްލި ތަނާ ނައުރީން އައިސް ބުނެލިއެވެ. ” މީ އައިލީ ނުފެނިގެން… ހޯދާ ހޯދާ ބަލިވެއްޖެ… ގުޅީމަ ފޯނެއްވެސް ނުނެގި… ” ހާސްވެފައިހުރެ ޔޫހާން ބުނެލިއެވެ. ”ހެހެހެ… ސާބަސް ޔޫންއަށް… އައިލީ ވީ އަހަރެންގެ ވޮޝްރޫމުގަ… އަހަރެން އަތުން އައިލީ އަތަށާ ހެދުމަށް ކޯކު ވެރުނީ..، އެހެންވެ އެތަން ސާފުކޮށްލަން ގޮއްސަ ވީ… ޔޫ ކޭން ގޯ ދެއާ އެން މީޓް ހާ… ” ލުއި ހުނުމަކާއެކު ނައުރީން ބުނެލިއެވެ. އެއާއެކު ޔޫހާންގެ ހިތަށް ހަމަޖެހުން ލިބުނެވެ. އަދި ލަސްކުރުމެއްނެތި އެބަ އަންނަން ކަމުގައި ބުނެ ސިޑިއާއި ދިމާލަށް މިސްރާބު ޖެހިއެވެ. އެއާއެކު މިފަހަރުވެސް ނައުރީންގެ ތުންފަތަށް ކާމިޔާބީގެ ހިނިތުންވުމެއް ވެރިވިއެވެ.

” ޑޯންޓް ޓަޗް މީ ދިނާޖު… ދިނާޖު ކިހިނެއް ވެގެންތަ ތިއުޅެނީ… ކީއްވެގެންތަ އަހަންނަށް ތި އުނދަގޫ ކުރަނީ… ކީއްވެތަ އަހަރެން އުފަލުގަ ދިރިއުޅުނަ ނުދެނީ… ކީއްވެތަ އަހަންނާ ޔޫހާން އާ ތި ދުރުކުރަން މަސައްކަތްކުރަނީ… ދިނާޖު އެއްނު އެދުވަހު އާޓިފިޝަލް ބީޗްގަ ގަދަކަމުން އަހަރެން ހިފަހައްޓުވާފަ ފޮޓޯ ނެގުވާފަ ޔޫހާންއަށް ފޮޓޯ ފޮނުވީވެސް… ” ރުޅި އައިސްފައި ދިނާޖުގެ އަތް ފޮޅުވާލަމުން އައިލީން ބުނެލިއެވެ. ” ކީއްވެހޭ… ކީއްވެހޭތަ ތި އަހަނީ… ލީންއަށް ނޭނގެނީތަ ހަމަ… އަހަރުތަކެއް ކުރިން ކަންތައްވީ ގޮތް ހަނދާންނެތުނީތަ… ނޫނީ އަހަރެން ހަނދާންކޮށްދެންތަ… ހަނދާން ނެތުނީތަ އަހަރެން އައިލީގެ ލޮއެބަށް އާދޭސްކުރި ހަނދާން… އަހަރެންގެ މޫނު މަތީގަ ޖެހި ހަނދާން ނެތުނީތަ… އަހަންނަށް އަހަރެން ބޭނުންވި ކަންތައް ހާސިލްނުވިއިރު ލީން އުފަލުގަ އުޅެން އަހަރެން ކިހިނެއް ދޫކޮށްލާނީ… އަހަރެންގެ ލޮއެބަށް ފުރަގަސްދީފަ އެހެން މީހަކާއެކު އުފާވެރި ހަޔާތެއްް އުޅުނަކަ އަހަރެން ނުދޭނަން… އަހަރެންގެ މޫނު މަތީގަ ޖަހާ އަހަރެންގެ ލޮއެބަށް ފުރަގަސްދިނުމުން އޭގެ ބަދަލު ލީން ދޭންޖޭހެނެ… އަދި އަހަރެން ބަދަލު ހިފާނަންމެ… ” ރުޅި އައިސް ރަތްވެފައިހުރެ މިފަހަރުވެސް ދިނާޖު ބުނެލިއެވެ. އެހާ ޔަގީންކަމާއެކު ދިނާޖު ބުނެލި ބަސްތަކުން އައިލީންގެ ހިތުގައިވި ބިރުވެރިކަން އިތުރުވެގެން ދިޔައެވެ. ދިނާޖު ކުރިއަށްވުރެވެސް ބާރަށް އައިލީން ހިފަހައްޓާ އައިލީން އާއި ކައިރިވަމުން ދިޔައެވެ. އައިލީންގެ ލޮލުން ހޯސްލާފާ ކަރުނަތައް ފައިބަމުން ދިޔައިރު ހިތާހިތުން އޭނަ ދިނާޖުގެ ކިބައިން ސަލާމަތްކޮށްދެއްވުމަށް އެދި ދުޢާކުރެވެމުން ދިޔައެވެ. ބާރަށް އެއްޗެކޭ ބުންޏަސް މީހަކަށް އަޑުއިވޭނެ ހެނެއްވެސް ހިޔެއްނުވެއެވެ. ތިރީގައި އެހާވެސް އަޑު ގަދައެވެ.

ނައުރީންގެ ކޮޓަރީގެ ދޮރު މައްޗަށް އެރި ޔޫހާންއަށް އިވެމުން ދިޔަ ވާހަކަތަކެއްގެ ސަބަބުން ހުއްޓުން އަރާފަ ހުރެވުނީއެވެ. ފެންނަމުން ދިޔަ މަންޒަރުތަކުންނާ އިވެމުންދިޔަ ވާހަކަތަކެއްގެ ސަބަބުން ޔޫހާން ހުރީ ވަރަށް ރުޅި އައިއްސައެވެ. އެކަން އޭނަގެ މުއްކެވިފައިވި ދެއަތުންނާއި ރަތްވެފައިވި ދެ ލޮލުން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. ޔޫހާން އެދިޔަ ބާރު މިނުގައި ގޮސް ފަހަތުން ދިނާޖުގެ ގަމީހުގެ ގިރުވާނުގައި ހިފާ އޭނަ އާއިވީ ފަރާތަށް އަނބުރާލުމަށްފަހު ދިނާޖުގެ ކޯތާފަތަށް އަތުގެ ހޫނު ހަމަލާއެއް ދިނެވެ. އެވަގުތު ދިނާޖުއަށް ހީވީ އޭނަގެ ބޮލަށް އެނބުރުން އަރައިގަންހެންނެވެ. ޔޫހާން ވަގުތު ފާއިތު ނުވަނީސް އޭނަ ސަލާމަތްކޮށްދެން އައުމުން އައިލީންއަށް މާތް ﷲ އަށް ޙަމްދުކުރެވުނެވެ. އޭރުވެސް ހުއްޓުމެއްނެތި އައިލީންއަށް ދިޔައީ ރޮވެމުންނެވެ. ” ޚަބަރުދާރު އައިލީ އާއި ކައިރިއަށް އެންމެ ފިޔަވަޅެއްވެސް އަޅަން… އަހަރެންގެ އައިލީގެ ގައިގަ އަތްލަން ކީއްކުރަން ތި ދެލޮލުން އައިލީއަށް ބަލަންވެސް ހިތަށްވެސް ނާރުވާތި… ” ޔޫހާން ޖެހި ތަނުގައި އަތުން ފިރުމާލަމުން އޭނައަށް ދިނާޖު ބަލައިލުމާއެކު ޝަހާދަތް އިނގިލި ދިނާޖު އާއި ދިމާލަަށް ދިއްކޮށްލަމުން ރުޅިވެރިކަމާއެކު ޔޫހާން ބުނެލިއެވެ. ” ކަލޭ ހީކުރަނީތަ އަހަރެން ކަލޭ އެއްޗެކޭ ބުނާއިރަށް ބިރު ގަންނާނެކަމަށް… ހަހަހަ… ” ނުލަފާ ވައްތަރަކަށް ހެމުން ދިނާޖު މިހެން ބުނެ އައިލީން އާއި ގާތަށް އެއް ފިޔަވަޅު އެޅިތަނާ ޔޫހާން ދިނާޖުގެ ގިރުވާނުގައި ހިފާ ފާރުގައި ބާރަށް ޖެއްސިއެވެ. ދިނާޖު އޭނަގެ ގާތަށް އަންނަން ފިޔަވަޅު އެޅިތަން ފެނި އައިލީން އަވަސް އަވަހަށް ޔޫހާންގެ ގާތަށް ޖެހިލިއެވެ. ” ބުނީމެއްނު އައިލީ އާ ކައިރި ނުވާށޭ… ދެވަނަ ފަހަރަށް އެހެން ކަންތައްކޮށްފިނަމަ އައި ވޮންޓް ސްޕެއާ ޔޫ… އިނގިއްޖެތަ… ”ދިނާޖުގެ ގިރުވާނަށް ބާރުކުރަމުން ދަތްކުނޑި ވިކާލަމުން ޔޫހާން ބުނެލިއެވެ. ޔޫހާން ހިފަހައްޓާފާވިލެއް ބާރުކަމުން ދިނާޖުއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ. ދިނާޖު ދިޔައީ ޔޫހާންގެ އަތަށް ބާރުކުރަމުންނެވެ. މަންޒަރުތައް ފެންނަމުން ދިތަ އައިލީން ހުރީ ބިރުން ކުރާނެކަމެއް ނޭނގިފައެވެ. އޭނާ ޔޫހާން ގާތު އެތައް ފަހަރަކު ދޫކޮށްލުމަށް އެދުނެވެ. އެހެނަސް ޔޫހާން ހުރީ ދޫކުރާ ގޮތަކަށް ނޫނެވެ. ޔޫހާން އެހާ ބާރަށް ހިފަހައްޓާފައިވީ އިރު ދިނާޖު ދިޔައީ އަތް ނައްޓުވާލަން މަސައްކަތްކުރަމުންނެވެ. ގޭގައި އެހާ ގިނަ މީހުން އުޅޭއިރު ތަޅާ ފޮޅުންފަނޑަކަށް މިކަން ވާކަށް އައިލީން ބޭނުމެއްނޫނެވެ. އެހެންކަމުން އައިލީން ދިޔައީ ހުއްޓުމެއްނެތި ޔޫހާން ގާތު ދޫކޮށްލުމަށް އެދެމުންނެވެ.

އޭނަގެ ޕްލޭން އާއި އެއްގޮތަށް ކަންތައްތައް ވާނެކަމުގެ ޔަގީންކަމުގައި އައިސް ކޮޓަރީގެ ދޮރު މަތީފައި ހުއްޓުނު ނައުރީންއަށް ހައިރާންކަން ލިބުނެވެ. އޭނަވެސް އަވަސް އަވަހަށް ގޮސް އައިލީން އާއެކު އެދެ މީހުން ދުރުކުރެވޭތޯ މަސައްކަތްކުރިއެވެ. ” ޔޫހާން ޕްލީޒް… ދޫކޮށްބަލަ… އަހަރެންދެކެ ލޯބިވަންޏާ އަހަންނާއެކު އުޅެން ބޭނުންނަމަ ދޫކޮށްލާ ޕްލީޒް… ” އައިލީން ބުނެލި ބަސްތައް އަޑުއިވި ވަގުތުން ޔޫހާން ދިނާޖުގެ ގިރުވާނުން ދޫކޮށްލިއެވެ. ޔޫހާން ދޫކޮށްލުމާއެކު ދިނާޖު ފުން ނޭވައެއް ލިއެވެ. އޭރު އޭނަ ދިޔައީ ކަރުގައި ފިރުމަމުންނެވެ. އެހާ ބާރަށް ހިފަހައްޓާފައި ހުރުމުގެ ސަބަބުން ޔޫހާން ކޮށިއަރާގޮތްއެވެ. ސައިޑް ކަބަޑު މަތީގައި ހުރި ފެން ޖަގުން ފެން ތައްޓެއް އެޅުމަށްފަހު ނައުރީން ދިނާޖުއަށް ދިއްކޮށްލިއެވެ. އެއާއެކު ދިނާޖު އެއް ނޭވައިން ބޯލިއެވެ. އޭރުވެސް ހުއްޓުމެއްނެތި އައިލީންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކަށް ބަލަން ޔޫހާން ހުއްޓެވެ. ” ޔޫން… އައި ވިލް ހޭންޑަލް ހިމް… ޓޭކް ކެއާ އޮފް އައިލީ… ” ދިނާޖު ޔޫހާން އާއި ގާތަށް ދާން އުޅުމުން ނައުރީން ދިނާޖުގެ އަތުގައި ހިފާ އަތަށް ބާރު ކުރަމުން ދިނާޖުއަށް ލޮލުން އިޝާރާކުރަމުން ކޮޓަރިން ނިކުނަން ހިނގައިގަންނަމުން ބުނެލިއެވެ. ނައުރީން އެވަރަށް އަތަށް ދަމާ ބާރުކުރުމުން ހިތާއި ދެކޮޅަށް ދިނާޖު ނައުރީންއާއެކު ކޮޓަރިން ނިކުތެވެ. އައިލީންއަށް ކެތްވީ އެހިސާބަށެވެ. އަވަސް އަވަހަށް ޔޫހާންގެ ގައިގައި ބާރަށް ބައްދާލިއެވެ. އޭރު ކޮޓަރީގައި ވަނީ އައިލީންގެ ރުއިމުގެ އަޑެވެ. ޔޫހާންވެސް އޭނަގެ ބާރުގަދަ ދެއަތުން ދުވަހަކުވެސް ދޫނުކޮށްލާނޭ ފަދައިން އައިލީންގެ ތުނި ހަށިގަނޑުގައި ވަށާލިއެވެ. ޔޫހާން އޭނަގެ ދެ ލޯ މަރާލަމުން އިތުރަށް އައިލީން އޭނަގެ މެޔާއިލާ ބޮނޑިކޮށްލިއެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

އައިރީން…(10)

Next

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 12

Next
August 31, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 12

Previews
August 29, 2018

އައިރީން…(10)

19 Comments!

  1. Ifoo ifoo says:
    August 30, 2018 at 11:07 pm

    Salaam dear readers ❤️❤️❤️??????… Here is the 36th part… Hope all will like this part too… Mi part v v dhigu vaane kury part aa balaafa… Sorry lahun up kohlevunyma… Mistakes huredhaane ehaa avas aruvaalaafa up kohlyma… Thankyou so much dear readers ifoo ah thidhey support ah ❤️❤️❤️????????????… Lasvy ifoo miadhu rashun beyruga ulhunyma… Hama aisa avahah up kuran ulhegen mee veevaru… Hope all will appreciate my work ❤️❤️❤️?????????…

  2. Eekko says:
    August 30, 2018 at 11:24 pm

    Maashaa Allaah varah varah furihama.. May Allah protect your talent from evil eyes.. Luv yur story a lottt. Waiting for next partt???????

    1. Ifoo ifoo says:
      August 31, 2018 at 1:35 pm

      Eekko ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… I wish the same for you ❤️❤️❤️???… May Allah protect you and your family from evil eyes ❤️❤️❤️???… V v v ufaavehje dear ah story reethi v ma ???… Much loves from me dear ❤️❤️❤️????????????…

  3. Zee says:
    August 30, 2018 at 11:32 pm

    Wow wow nice

    1. Ifoo ifoo says:
      August 31, 2018 at 1:37 pm

      Zee ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje zee ah story reethi v ma ❤️❤️❤️???…

  4. Mal says:
    August 31, 2018 at 7:38 am

    Yey ailee and yoon is back??????i am so happy for them..????bt neynge dhw dhen dhinaaj men kuraane kamehves??yoon ah dhinaaj bust vihen naureen ves bust kohlaa ifoo???????????❤❤❤?????and mi part ehaaa long koh genesdhinyma thanks ingey???????and as usual mi part ves hama awesome……?????keep up the good work dear ❤ ❤ ❤ ❤… Lots of love ❤ ? ? ? ? ? ?

    1. Ifoo ifoo says:
      August 31, 2018 at 2:15 pm

      Mal ❤️❤️❤️… Wowww ???… Ur comment is soooooo colourful ❤️❤️❤️????????????… V v v reethi comment ??????❤️❤️❤️… Yahh… Finally they are back ???… Let’s see dhw vaagotheh ???… Thankyou so much dear for the support n especially for the colourful Comments ❤️❤️❤️????????????… V v v ufaavehje dear ah story reethi v ma ???❤️❤️❤️… Dear ge knme comment ehvx v v v reethi ???… Much more loves from me dear ❤️❤️❤️?????????

  5. ❤️❤️ says:
    August 31, 2018 at 10:03 am

    Wow…so nic …nd the lovebirds r back…dhn kn irakun tha Maureen bust khlaany….nd mi part thankolheh long kanneyge…thanks for that…bt kiyaahithun hunnaane hyvany kudahen …when next part dear….

    1. Ifoo ifoo says:
      August 31, 2018 at 2:18 pm

      Thankyou so much dear ❤️❤️❤️????????????… V v v ufaavehje mi part vx dear ah reethi v ma ???… Naureen dhw… Let’s see… Next part In Sha Allah maadhama rey ???… I will try my best ???…

  6. Maya says:
    August 31, 2018 at 2:38 pm

    Wow vv habeys, awesome
    As usual hama… ?????the lovebirds r back dhw… ?❤️??❤️dhinaag bust vihen naureen ves bust kohlabala ifoo.. ???☺️???????mi part v dhigukoh genesdhyfa inima vv barabaru… ???????next part kiyaa hithun hurevenyki nun mihaaru… ????

    1. Ifoo ifoo says:
      August 31, 2018 at 4:29 pm

      Maya ❤️❤️❤️… Thankyou so much dear ❤️❤️❤️????????????.. Dear comment v v v reethi ingey n it’s so colourful ??????❤️❤️❤️… V v v ufaavehje mi part dear ah kamudhiyaima ???… Naureen dhw… Let’s what happens… Next part In Sha Allah maadhama rey ???… I will try my best ???… Once again thankyou dear ❤️❤️❤️??????…

  7. NAJU says:
    August 31, 2018 at 4:20 pm

    Woooow ?????? It’s amazing dear ?????????❤ I love it n thank you so much ingey dear mi part dhigukoh genesdhinyma I’m so happy ???? Alhey haadha reechey Masha Allah story hama superb dear ????? Ur the best Masha Allah adhi mihaa rythi story eh nukiyan… KEEP IT UP DEAR N LOVE YOU SO MUCH ??????☀❄❤?????

    1. Ifoo ifoo says:
      August 31, 2018 at 4:34 pm

      NAJU ❤️❤️❤️… Dear thankyou so much ???❤️❤️❤️?????????… Ur comment is so colourful ???… V v reethi ingey ???… Ifoo v v v ufaavehje story reethi v ma dear ah ❤️❤️❤️????????????… Best ah v ma adhi maa bodah ufaavehje ❤️❤️❤️???… Thankyou so much dear ifoo ah thidhey support ah ❤️❤️❤️????????????… Naju akee feshuneehsurevx medhu nukedi ifoo ah support dhey reader eh gothah ifoo ah v faahaga vey ❤️❤️❤️??????… Much more loves from me Naju ❤️❤️❤️????????????…

  8. Anonymous says:
    August 31, 2018 at 5:18 pm

    WOW v v v SALHI???

    1. Ifoo ifoo says:
      September 1, 2018 at 8:40 am

      Anonymous ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje mi part anonymous ah reethi v ma ???…

  9. Shaa says:
    August 31, 2018 at 7:49 pm

    Woww …juss perrfect ??????❤❤❤story vrh loabi ❤❤❤finally yoon n ailee are back together??????keep it up ifoo❤❤thank you so much mi part thigu kohladhinyma?? waiting for next part❤❤??

    1. Ifoo ifoo says:
      September 1, 2018 at 8:43 am

      Shaa ❤️❤️❤️… Woww ???… Comment v v v reethi ingey ???… I like it ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje ❤️❤️❤️???… Next part mirey up kureveythr mi try kurany ???… Much loves from me dear ❤️❤️❤️??????…

  10. Hudher says:
    August 31, 2018 at 9:15 pm

    its ok dear….. dhigu v ma v v v kiyaalaa hithun kiyey so i luv this stry nd v v v v v reethi mi part vx maasha allah waiting 4 next part kyp it up luv u

    1. Ifoo ifoo says:
      September 1, 2018 at 8:45 am

      Hudher ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje ???… Luv u too Hudher ❤️❤️❤️??????…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 37←


All Right Reserved!