ރާސްތާ 30
ދުވަސްތައް ހަލުވިކަމާއިއެކު ފާއިތުވަމުން ދިޔައެވެ. އިމްތިހާނުތަކަށް ތައްޔާރުވުމަށްޓަކައި މާނީމެން ކޮންމެ ދުވަހަކުވެސް ގުރޫޕް ސަޓަޑީ ހަދައެވެ. ކިޔެވުމައިގެން ބުރަކޮށް އުޅުމުގެ ސަބަބުން އިތުރު ކަންތަކައިގެން އުޅޭކަށް ވަގުތެއް ނޯވެއެވެ.
މާލޭ ލީގު ފެށުމުގެ ސަބަބުން އާރާޝްމެންވެސް އުޅެމުން ދިޔައީ ބުރަކޮށެވެ. މާނީމެންނާ ދިމާވަނީވެސް މަދު ފަހަރަކުއެވެ. ދިމާވިޔަސް ގިނައިރު ވާހަކަ ދައްކާކަށް ނުތިބެވެއެވެ.
ރަޒީން މާނީގެ އަތުގައި ހިފި ދުވަހުގެ ފަހުން އައްޒާމަކަށް ރަޒީނެއް ނުފެނެއެވެ. އެހެނަސް އައްޒާމް އަބަދު ހުންނަނީ ހިތް ބިރުގަނެފައެވެ. މާނީ އެކަނި ތަންތަނަަށް ނުފޮނުވުމަށް މާއިޒް ގާތުން އެދުނެވެ. އަދި އަފްރާ ވެސް އެކަނި ތަންތަނަށް ނުދަން ބުންޏެވެ. އަރްޝާދް ގާތު ހަގީގަތް ބުނަން އުޅެފައިވެސް އެންމެ ފަހުވަގުތު ވާހަކަ އޮޅުވާލީއެވެ.
އަފްރީން އެތަށް ފަހަރެއްގެ މަތިން އަރްޝާދަށް ހަގީގަތެް ކިޔާދޭން އުޅުނެވެ. ނަމަވެސް އަފްރާއާއި ހެދި ބުނެވޭގޮތެއް ނުވެއެވެ.
އަރްޝާދާއި އާރާޝްގެ ގުޅުން ވެސް ދިޔައީ ރަނގަޅުވަމުންނެވެ. އެހެނަސް އަރްޝާދަށް ބައްޕަ ކިޔަން އާރާޝަށް އަދިވެސް އުނދަގުލެވެ.
ރާއްޖޭގައި ހަފްތާއެއް ހޭދަ ކުރުމަށްފަހު ސުހެއިދު ފުރައިގެން ދިޔައެވެ. އަރާޝަކީ އަރްޝާދްގެ ދަރިއެއްކަން އައްޒާމް ސުހެއިދު ގާތު ބުންޏެވެ. އަދި އަފްރާގެ މާޒީވެސް ކިޔައިދިނެވެ. ސުހެއިދު ދެރަވި ނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތްކަން އޭނާއަށް އިނގެއެވެ. ފާރީހާ ދޫކޮށްލުމަކީ އޭނާގެ ހަޔާތުގައި އެޅުނު އެންމެ ކަތި ފިޔަވަޅުކަން ހަނދާންވާ ކޮންމެ ފަހަރަކު ލޮލުން ކަރުނަ ހިލެއެވެ.
އަހަރުގެ އެންމެ ފަހު އިމްތިހާން ނިމުނު ދުވަހު ހަތަރު ކުދިން ސަކަރާތް ޖަހަން މާނީމެން ގެއަށް އެއްވިއެވެ. އަކްމަލާއި އާރާޝްގެ ފަރާތުން ދޭ ކުޑަ ޕާޓީއެއްވެސް އެރޭ ގޭގެ ޓެރަހުގައި އޮތެވެ. އެއީ ކީއްވެދޭ ޕާޓީއެއްތޯ މާނީމެން އެހުމުން އެއީ ސަޕްރައިޒެއް ކަމަށް އާރާޝާއި އަކްމަލް ބުންޏެވެ. އަހުސަމާއި މާއިޒަށް ވެސް ޕާޓީ ދެނީ ކީއްްވެ ކަމެއް ނޭންގެއެވެ. އާރާޝްގެ ކައިވެނި ޕާޓީއޭ ކިޔާ އަހުސަމް އާރާޝާއި ދިމާކުރިއެވެ.
ރޭގަނޑު އަށެއް ޖެހިއިރު ހުރިހާ ކުދިން ތިބީ ޓެރަހުގައެވެ. ޓެރަހުގައި އިން ބޮޑު މޭޒުމަތީގައި ހަތަރު ވައްތަރުގެ ޕިއްޒާ ހުއްޓެވެ. އަދި އޭގެ އިތުރަށް ތިން ވައްތަަރެއްގެ ސަބްމެރީން ވެސް ހުއްޓެވެ. ދާނިޝްއާއި ރައުފާވެސް ބައިވެރިވިއެވެ. އާލާއަަށް އާދެވޭގޮތް ނުވީ އައްްމާރު ރަށުގައި ނެތުމުންނެވެ.
ހުރިހާ އެންމެން ތަށިތަށްޓައް ކާއެއްޗިހި އަޅައިގެން އިށީނެވެ. “ކޮބާތަ ސަޕްރައިޒަކީ؟” ކައި ނިމެން އުޅުނުއިރުވެސް އަކްމަލާއި އާރާޝް އެއްވެސް ކަމެއް ނުކޮށް ތިބުމުން އަހުސަމް އަހާލިއެވެ. “ސަޕްރައިޒް ދޯ! އާރާޝް ބުނަންވީނު؟” އަކްމަލް އެހެން ބުނުމުން އާރާޝް ބޯ ޖަހާލިއެވެ. “ސަޕްރައިޒަކީ އާރާޝްއާ އަކްމަލަށް އިންޑިޔާގެ ބެންގަލޫރު އެފްސީއިން ކޮންޓެރެކްޓެއް އައިއްސަ އެބައިން. ދެ މީހުންގެ ކްލަބުންވެސް އޭތި އެޕްރޫވް ކޮށްފި. ސޯ މީގެ ދެތިން ހަފްތާ ފަހުން ވީއާ ގޮއިން އިންޑިޔާ. ހުރިހާ ކަމެއް ހަމަޖެހިފަ ހުރީ އެހެންވެ އަހަރުން ދެމީހުންގެ ފަރާތުން ދޭ ކުޑަ ޕާޓީއެއް މީ!” ހުރިހާ އެންމެން އެކުދިންނަށް މަރުހަބާ ކިޔެވެ. މާނީ ހީވަނީ އުފަލުން އެހެން ކަމެއް ހެންނެވެ.
އިޝްމާ އުފަލާއި އެއްވަރަށް ދެރަވެސް ވިއެވެ. އަކްމަލާއި އޭނާގެ ގުޅުމަށް މާގިނަ ދުވަސް ނުވަނީސް އަކްމަލް ފުރައިގެން ދާނެތީއެވެ.ވޭތުވެ ދިޔަ ދުވަސްތަކުގައި އިމްތިހާނުތަކުގެ ސަބަބުން އެކުދިންނަށް ރަނގަޅަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. އިމްތިހާންތައް ނިމޭ ެެެެެެެެެެެެެެެެެެެެެެެެއިރަށް އަކްމަލް އެއޮތީ ދާންޖެހިފައެވެ.އިޝްމާ ދެރަވި ނަމަވެސް އެކަން ނުދައްކާވޭތޯ ބެލިއެވެ.
ހުރިހާ ކުދިންނަށް ފުރުސަތު ދީފައި ބޮޑެތި މީހުން ތިރިއަށް ފޭބިއެވެ. އަކްމަލާއި އިޝްމާ ޓެރަހުގެ ކަނަކަށް ދިޔައެވެ. އަހުސަމް އަދި އިސްރާ ގަސްތައް ހައްދާފައި އޮތް ތަނުގެ ތެރެއަށް ވަނެވެ. ނަވްޔާއާއި މާއިޒް އޮނދޯއްޔަށް ދިޔުމުން އާރާާޝާއި މާނީ އެކަނިވިއެވެ.
ލޯބިވެރިންނަށް ނުވިއަސް ދެ މީހުންގެ ހިތުގައި އާ ވިންދެއް ޖަހަމުން ދިޔައެވެ. އާރާޝް ގަބޫލުކުރަން ބޭނުންނުވިއަސް އޭނާގެ ހިތް މާނީއަށް ލެނބެމުން ދިޔައެވެ. “އެކޮޅަށް ދިޔަސް މާނީ މަތިން ވަރަށް މިސް ވާނެ. މަ އުނދަގޫ ކުރާނެ ކުއްޖެއްވެސް ނުހުންނާނެ ވިއްޔާ.” “ފޮނި އާރާޝް. ދިއުމުގެ ކުރިން ބުނާނެ މިސްވެޔޭ އެކަމު ގޮއްސަ ގުޅާވެސް ނުލާނެ. އެހެންނޫނަސް އިންޑިޔާއަށް ދިޔާމަ ނުލާހިކު ރީތި ކުދިން ފެންނާނެ ވިއްޔާ ދެން ކީހިނެއް ނުންުނު މަތިން ހަނދާން ހުންނާނީ؟” މާނީ މޫނަށް އެކި ވައްތަރު ޖެއްސިއެވެ. “ކިތަންމެ ރީތި ކުދިން އުޅުނަސް އެއިން އެއްވެސް ކުއްޖެއް މާނީއާއި އަޅައެއް ނުކިޔާނެ. ކިތަންމެ ވަރަކަށް ދެ މީހުން ދެބަސް ވިޔަސް ތީ އާރާޝްގެ ބެސްޓް ފްރެންޑް އަދި ބެސްޓް ކަޒިން. ލައިފްގަ ދިމާވި އެންމެ އުނދަގޫ ކަންތަކުން އަރައިގަތުމަށް އެންމެ އެހީވެދިނީ މާނީ. އާރާާޝް މެރީ ކުރާ ކުއްޖާވެސް ގަބޫލު ކުރަން ޖެހޭނެ އެކަން. މަގޭ ސަންތިމަރިޔަނބު” އާރާޝް މާނީ ދެކެނީ ހަމައެކަނި އެންމެ ގާތް ރައްޓިހިކުއްޖާ ގޮތަށް ކަން އެނގުމުން މާނީ ދެރަވިއެވެ. އޭނާގެ ހިތްއެކީ އާރާޝަށް ވަނީ ދެވިފައެވެ.
“މިއަންނަ އަހަރު އިޝް ސްކޫލް ނިމުނީމަ ހިނގާ މެރީ ކުރަން. އަސްލު ރިލޭޝަންއެއްގަ އުޅުމަކީ އެހާ ރަނގަޅު ކަމެއް ނޫނެއްނު. އެހެންނުނަސް މެރީ ކުރީމައެއްނު އަކްމަލް ދާ ތަންތަނަށް އިޝް ގެންދެވޭނީވެސް.” އަކްމަލް އޭނާގެ ހިތުގައި އޮތް ވާހަކަ އިޝްމާގާތު ބުންޏެވެ. “ތީ ރަނގަޅު ވާހަކައެއް. އިޝްއަކަށް ހިޔެއް ނުވޭ މަންމަމެން ދެކޮޅު ހަދާނެހެންނެއް މަންމައާއި ބައްޕަވެސް މެރީ ކުރީ ނައިންޓީންގަ. އެންޑް މަންމަ ވަރަަށް ލައިކްވޭ އާމްދެކެ. އާމްގެ ވާހަކަ ބުނި ދުވަހު މަންމަ ބުނީ އާމް ކަހަލަ ކުދިން މަދުވާނެޔޯ މިހާރު. މަންމަ ވަރަށް އުފާވެއްޖޯ އިޝް އާމް ކަހަލަ ޖުއްޖަކާ ގުޅުނީމަ” އަފްރީން އަކްމަލާއި މެދު ދެކޭ ގޮތް އިޝްމާ ބުންޏެވެ. ރައުފާއާއި ދާނިޝަށްވެސް އިޝްމާ ކަމުދާ ވާހަކަ އަކްމަލް ބުންޏެވެ. ލޯބީގެ ގަނޑުވަރު ބިނާ ކުރަން އަކްމަލާއި އިޝްމާ އެތަށް އިރަކު ތިއްބެވެ.
“މިސާލަކަށް އިވާން ރާގެ ލައިފަށް ދެވަނަ ފަހަރު އައިސިއްޔާ ވިލް ޔޫ ގިވް ހިމް އަނަދާ ޗާންސް؟” އަހުސަމް ކުރި ސުވާލުން އިސްރާގެ ހިތަށް ތަދުވިއެވެ. އަހުސަމް އޭނާއަަށް އިތުބާރު ނުކުރާހެން ހީވުމާއެކު އިސްރާގެ ލޮލަށް ކަރުނަ ޖަމާވިއެވެ. އިސްރާއަށް ބުނެވުނުހާވެސް އެއްޗަކީ އައި ލަވް ޔޫއެވެ. އެއާއެކު އޭނާގެ ބަޑިފަޅައިގެން ދިޔައެވެ. އެ މަންޒަރު ބަލާކަށް އަހުސަމްގެ ހިތަކަށް ކުޅަދާނައެއް ނުވިއެވެ. އިޚްތިޔާރަކާ ނުލައި އިސްރާ އޭނާގެ މެޔާލައި ބޮނޑިކޮށްލެވުނެވެ. އަދި އެ ސުވާލު ކުރެވުނީތީ މާފަށް އެދުނެވެ.
މާއިޒްއާއި ނަވްޔާ އޮނދޯލީގައި އިށީންދެގެން ތިއްބެވެ. ނަވްޔާ އިނީ މާއިޒްގެ ކޮނޑުގައި ބޯއަޅައިގެންނެވެ. ދެމީހުން އެކި ވާހަކަ ދައްކަމުން ދިޔައެވެ. ދާނިޝެކޭ އެއްފަދައިން ރައުފާވެސް އޭނާއާ މެދު ހިތްހަމަޖެހޭކަން އެނގުމުން މާއިޒް އުފާވިއެވެ.
ހުކުރު ދުވަހު ހަވީރު މާނީމެންނާއެކު އިސްރާ ބޭރަށް ދިއުމުން އިސްރާގެ ކޮޓަރި ސާފުކުރަންވެގެން ޝަހުދާ އެ ކޮޓަރިއަށް ވަނެވެ. ފޮތްތައް ލާފައި ހުރި ކަބަޑު ސާފުކުރަން އުޅެނިކޮށް ފޮތެއް ބިންމައްޗަށް ވެއްޓުނެވެ. އެ ފޮތް ތެރޭގައި ހުރި ގަނޑުތައްވެސް ވެރުނެވެ. ފޮތް ނަގާފައި ވެރިފައި ހުރި ގަނޑުތައް ބަލާލިއެވެ. ކޮންމެ ގަނޑެއްވެސް ނަގައި ވަކިން ބަލާލުމަށްފަހު ފޮތްތެރެއަށް ލަނީއެވެ. އެންމެ ފަހު ގަނޑުކޮޅު ކިޔާ ނިމުނުއިރު ޝަހުދާގެ މޫނެކޭ ރަތްކުލައިގެ އާފަލެކޭ އެއްވަރެވެ. ރުޅި އައިސްގެން ގޮސް މީހާ ތުރުތުރު އަޅައެވެ.
އިރުއޮއްސުމުން ނައުޝާދާއެކީ އިސްރާގެއަަށް އައި ނިކަން ހިތްހަމަޖެހިގެންނެވެ. ދެ ގަޑިއިރަށް ވުރެ ގިނައިރު އަހުސަމާއި އެއްކޮށް އުޅެވުމުން މޫނު މަތި ވަނީ އުޖާލާވެފައެވެ. ކުރިމަތިވާން އުޅޭ ތޫފާނުގެ ހިލަމެއް ނުވެ އަނގައިން ރާގެއް އަޅުވަމުން އިސްރާ ގެއަށް ވަނެވެ.
“އިވާނަކީ ކާކު؟” ކޮޓަރިއަށް ވަދެ ވަދެ ހުރި އިސްރާގެ ފިޔަވަޅުތައް ހުއްޓުނީ ޝަހުދާގެ އަޑު އިވުމުންނެވެ. އިވާނަކީ ކާކުތޯ ޝަހުދާ ސުވާލު ކުރާނީ ކޮންމެސް ކަމެއް އިނގިގެންކަން އިސްރާއަަށް އިނގުނެވެ. “އިސްރާއަަށް އަޑު ނީވެނީތަ؟ އިވާނަކީ ކާކުހޭ؟” އިސްރާ ޖަވާބެއް ނުދިނުމުން ޝަހުދާ ކުރިއަށް ވުރެ ބާރަށް އެހިއެވެ. އިސްރާއަށް ރޮވެން ފެށުނެވެ. މަންމަގެ ސުވާލަށް ދޭނީ ކޮން ޖަވާބެއް ކަމެއް އިސްރާއަކަށް ނޭންގުނެވެ. ޝަހުދާ ގޮސް އިސްރާ އަތުގައި ހިފައި އޭނާއާ ދިމާއަަށް އަނބުރާލިއެވެ. އޭރު އިސްރާގެ ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. ހުރި ހަމައެކަނި ދަރިފުޅުގެ ލޮލުން ކަރުނަ އަންނަތަން ފެނުމުން ޝަހުދާގެ ހިތަށް އަސަރުކުރިއެވެ. ޝަހުދާ އިސްރާ ގެނައިސް ސޯފާގައި ބޭންދިއެވެ. ރުޅި އިސް ކުރުމުގެ ބަދަލުގައި ޝަހުދާ މިފަހަރު ބެލީ ލޯބިން އިސްރާއާ ވާހަކަ ދެއްކޭތޯއެވެ. “ކީއްވެ މަންމަ ގާތު އިވާންގެ ވާހަކަ ނުބުނީ؟ ދަރިފުޅު އިވާން ދެކެ ލޯބިވޭތަ؟” ޝަހުދާއަށް ފެނުނު ގަނޑުކޮޅަކީ އިސްރާ އިވާނާއި ރައްޓެހިވެގެން އުޅުނުއިރު ލިޔެފައި އޮތްގަނޑުކޮޅެކެވެ. އޭގައި ލިޔެފައި އޮތީ އިސްރާ އިވާން ދެކެ ވަރަށް ލޯބިވާ ވާހަކައެވެ. ޝަހުދާ އެހާ ލޯބިން ވާހަކަ ދެއްކުމުން އިސްރާ ގެ ހިތުގައި ޖެހުނެވެ. އިވާން ގެ ބޭވަފާތެރިކަން ހަނދާންވެ މާބޮޑަށް ރޮވުނެވެ. އިސްރާ ނިންމީ ޝަހުދާ ރުޅިއަޔަސް ހެޔޮކަމަށް ހުރިހާ ވާހަކަައެއް ކިޔައިދޭށެވެ.
ކާއެއްޗިހި ހޫނުކޮށްފައި އަފްރާ ކޮޓަރިއަށް ވަން އިރު އެނދުމާތީ އޮށޯވެލައިގެން ފުން ވިސްނުމެއްގައި އައްޒާމް އޮތެވެ. މިހާރަކަށް އައިސް އައްޒާމް އަބަދު ވިސްނުމަކަށް ގެއްލިފައި ހުންނަކަން އަފްރާއަށް ފާހަގަވިއެވެ.
“ޒާމް ކޮންކަމަކާތަ މިފަހަކުން ތި ވިސްނަނީ ؟ އަހަންނަށް ފެންނައިރު ޒާމް އަބަދުވެސް ހުންނަނީ ކޮންމެސް ކަމަކާ ވިސްނަން” އައްޒާމްގެ މަގަތުގައި އޮށޯންނަމުން އަފްރާ އަހާލިއެވެ. “ހެހެހެ އެއީ ހަމަ ލަވްއަށް ހީވާގޮތް. އަހަރެން ކޮންކަމަކާ ވިސްނަންވީ އެހާ ލޯބި ވައިފެއް ހުއްޓަ” އައްޒާމް އަފްރާއާ ސަމާސާ ކޮށްލިއެވެ. ގިނަ ދުވަހު އެކީ އުޅުމިގެ ސަބަބުން އައްޒާމަށް ވަނީ އަފްރާދެކެ ލޯބިވެވިފައެވެ. އަފްރާވެސް އައްޒާމް ދެކެ ލޯބިވެއެވެ. ނަމަވެސް އެހިތުން އަރްޝާދްގެ ނަން އެއްކޮށް ފިލައިގެންނެއް ނުދެއެވެ. “ހުސް ދޮގު ޒާމް ހީކުރީ އަހަންނަށް ނޭންގޭނެ ކަމަށްތަ. ކިތަންމެ ލޯބި ވައިފެއް ހުއްޓަސް ވިސްނަންޖެހިދާނެ ކަންކަން ހުންނާނެދޯ.” އައްޒާމްގެ ތަނަވަސް މޭމަތީ ބޯއަޅާލަމުން އަފްރާ ބުންޏެވެ. އައްޒާމް ވަރަށް ވިސްނާފަ އަފްރާ ގާތު ރަޒީންގެ ވާހަކަ ބުންޏެވެ. އަފްރާ ވަގުތުން ތެދުވިއެވެ. ” ރަ..ޒީ…ން ނު…ން..ނު އަތު” އަފްރާ ބިރުގަތެވެ. މާނީ މިހާރު ހުންނަނީ އޭނާވެސް އެ އުމުރުގައި ހުރި ގޮތަށެވެ. ރަޒީން އޭނާކަމަށް ހީކޮށް މާނީއަށް ގެއްލުމެއް ދީފާނެތީ ރޮވެންފެށުނެވެ. “ޝްޝްޝް. ނުންުނު އަށް އެއްވެސް ކަމެއް ކުރާކަށް ރަޒީނަކަށް ނުކެރޭނެ.” އައްޒާމް އޭނާގެ ބާރުގަދަ ދެއަތުގެ ހިމާޔަށް އަފްރާއަށް ދިނެވެ. އަދި އަފްރާގެ ނިއްކުރީގައި ވަރަށް ލޯބިން ބޮސް ދިނެވެ.
ދަންވަރު ބާރަ ޖެހިއިރު މާއިޒާއި އާރާޝް އަދި މާނީއާއި އިޝްމާ ތިބީ މާނީމެންބައިގެ ސިޓިންރޫމްގައެވެ. ޕްރިމިއާ ލީގުގެ ފޯރިގަދަ މެޗެއް ބެލުމަށްޓަކައި އެ މީހުން ތިބީ ވަރަަށް ފުރިހަމައަށް ތައްޔާރުވެގެންނެވެ. މާނީ އަތަށް ޗިޕްސް ދަޅެއް ލަައިގެން ސޯފާއަށް އަރައި ދެފައި ވަށްކޮށްގެން އިނެެވެ. މާނީއާއި ޖެހިގެން އިޝްމާ އިނެވެ. މާއިޒާއި އާރާޝް ތިބީ ބިންމަތީގައި އިށީންދެގެންނެވެ.
ކުޅެވެމުން ދިޔައީ ލިވަޕޫލައި އާސެނަލްގެ މެޗެކެވެ. އާސެނަލަކީ އާރާޝް ސަޕޯޓްކުރާ ޓީމެވެ. މާނީ ސަޕޯޓްކުރަނީ ލިވަޕޫލަށެވެ. މާއިޒްގެ ޓީމަކީ ޗެލްސީއެވެ. އެހެންވެ މިރޭ ކޮންމެ ބަޔެއް މޮޅުވިޔަސް އޭނާއަށް ހެވެ. މާނީމެންނާ އެއްކޮށް ފުޓުބޯޅަ ބަލާ އުޅުނަސް އިޝްމާ ފުޓުބޯޅައަށް އެހާ ފޯރިއެއް ނުހުރެއެވެ. ބަލާހިތުން ބަލަނީ އަކްމަލް ކުޅޭ މެޗާއި މެސީ ކުޅޭ މެޗެވެ. މިރޭވެސް އޭނަ މެޗު ބަލަން އައި މާނީ ކިޔާވަރުންނެވެ.
މެޗު ކުޅެވެމުން ދިޔައިރު އާރާޝާއި މާނީގެ ޒުވާބުގެ ފޯރި ގަދަވަމުން ދިޔައެވެ. “އަޅޭޅޭޅޭޅޭ ޗެކް ހާދަ މޮޅުވެގެނޭ ދޯ މިއުޅެނީ!” ލިވަޕޫލްގު ސަލާހު ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު ޕީޓާ ޗެކް މަތަކުރުމުން މާނީ ރުޅިގަދަވިއެވެ. “ޑަހް ޗެކްއަކީ މޮޅު މީހެކޭ އަސްލު ސަލާ ކަޑައީއޭ. ލިވަޕޫލަކީ ހަމަ ސުމެއްގެ ބައެއް ސަންތިމަރިޔަނބު ބަލަން ހުންނާތި އާސެނަލް ލަނޑު ގޯންޏެއް އޮއްސާލާނެ މިރޭ ލިވަޕޫލް ކޮޅަށް” އާރާޝް މާނީއާއި ދިމާއަށް ދޫނެރުނެވެ. “ލެޓްސް ސީ. އެލިސަނަކީ ތޯތޯ ކީޕަރެއް ނޫން އިނގޭ ދުނިޔޭގެ ދެވަނައަށް އެންމެ އަގު ބޮޑު ކީޕަރު. އޭނަ ކޮޅަށް ލަނޑު ޖެހުމާކީ ފަސޭހަކަމެއް ނޫން އިނގޭ.” މާނީ އާރާޝަށް ރައްދުދިނެވެ. ލިވާޕޫލުން ގޯލަށް ނުރައްކާ ކުރާ ކޮންމެ ފަހަރަކު މާނީ އަރާ ފޯރީގައި އިޝްމާ ނޫނީ އާރާޝަށް އަތުގެ ހަމަލާއެއް ދެއެވެ. މާއިޒް ހުރީ މާނީއާއި ދުރުގައި ކަމުން މާނީގެ ހަމަލާތަކުން މާއިޒް ހުރީ ސަލާމަތްވެގެންނެވެ. މެޗު ނިމެން ސިކުންތަކަށް ވެފައި ހުއްޓާ ސަލާ ޖެހި ލަނޑުން ލިވާޕޫލް މޮޅުވީއެވެ. މާނީ ހަޅޭއްލަވައިގަތްލެއް ބާރު ކަމުން އިޝްމާގެ ކަންފަތް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. މާނީ ކުޑަކުއްޖެއް ފަދައިން އުފާފާޅުކުަމުން ދިޔައިރު އެ މަންޒަރު ބަލަން ކަޅި ވެސް ޖަހައި ނުލާ އާރާޝް ހުއްޓެވެ. ދެލޯ މަރާފައި އާރާާޝްއާ ދިމާއަށް ދޫނެރުނުއިރު އިންލެން ލޯބިކަމުން އާރާޝަށް ބޭއިޚްތިޔާރުގައި ހިނިތުންވެވުނެވެ.
މަޖުނޫނެއް ފަދައިން މާނީއާއި ދިމާއަށް އާރާޝް ބަލަހައްޓައިގެން ހުއްޓައި އިޝްމާ އާރާޝަށް ނޭންގޭނެހެން ފޮޓޮއެއް ނެގިއެވެ. މާއިޒް ހުރީ ނަވްޔާއަަށް މެސެޖު ކުރަން ކަމުން މާއިޒަށް އެ މަންޒަރެއް ނުފެނުނެވެ.
“ކޮބާ ކިތައް ލަނޑު ގޯނި އާސެނަލިން އޮއްސާލި؟” އާރާޝަށް ހަމަހޭވެރިކަންވީ މާނީ ވާހަކަދެއްކުމުންނެވެ. “ޑަހް ދަމަކުން ބަޑިއެއް ޖަހާނެން ލަނޑު ޖެހުނީ” “އެކަމުވެސް ޖަހައިފިއެއްނު ފޭކް އާސެނަލް” މާނީ އާރާޝާއި ދިމާކުރިއެވެ. އާރާޝްވެސް ދެރަނުވާންވެގެން އާސެނަލްގެ ދިފާއުގައި އެކި އެއްޗިހި ކިޔަމުން ދިޔައެވެ. އިޝްމާ މަޖާވެފައި އެ މަންޒަރު ބަލަން ހުއްޓެވެ.
ރޭގައި ލަހުން ނިދުމުގެ ސަބަބުން އާރާޝަށް ހޭލެވުނީ ފުދޭވަރަކަށް ލަހުންނެވެ. ކަންނެއްގޮތަކަށް ތެދުވެގެން ފާޚަނާއަށް ވަނެވެ.
ސިޓިންރޫމަށް ނުކުތް އިރު އަފްރާ އަދި އައްޒާމްގެ ހިލަމެއްވެސް ނުވެއެވެ. އަދިވެސް ރަނގަޅަށް ނިދިނުފިލާ ހުރުމުން ދެފައި ކާއްތަމުން ބަދިގެއަށް ދިޔައެވެ. އޭރު ދެލޯމަރާގެން މޭޒުމަތީ ބޯއަޅައިގެން މާނީ އޮތެވެ.
ފިޔަވަޅުގެ އަޑު އިވުމުން މާނީ ދެލޯ ހުޅުވާލިއެވެ. އޭރު އޭނާގެ ކުރިމަތީގައި އަރާޝް ހުއްޓެވެ. ކަކުލައި ހަމައަަށް އަންނަ ސޯޓެއް ލައިގެން ހުރުމުން އާރާޝްގެ ހަށިގަނޑުގެ ބޮޑުބައި އޮތީ ހާމައަށެވެ. އިސްތަށިގަނޑު ހޭވިފައި އޮތުމުން އާރާޝް އިތުރަށް ފުރިހަމަކަށް ދައްކައެވެ.
މާނީ އާރާޝާއި ދިމާއަށް ނުބަލަން ވެގެން އަވަހަށް އިސްޖަހާލިއެވެ. އޭރު އޭނާގެ ކޯތާފަތަށް ލޭއަރައިފައި ހުއްޓެވެ. “ކުޑާ ގޮއްސި އާލާ ދައްތައާ އެއްކޮށް ބޭރަށް ކުޑާބެވެސް ނެތް ގެއަކު. ކުޑާ ބުނީ އާރާޝް ހޭލީމަ ސައި ދޭށޯ.” މާނީ ތެދުވެގެން ގޮސް އާރާޝަށް ސައި ހަދަން ފެށިއެވެ. އެހެންނާ ނުވާ ގޮތްތަކެއް އާރާޝްގެ ހިތަށް ވަމުން ދިޔައެވެ. “އޯކޭ ސަންތިމަރިޔަނބު ސައި ހަދާފަ މަގޭ އެއްކަލަ ކަޅު ގަމީސް އިސްތިރިކޮށްދީބަ” އާރާޝަށް ސައި ހަދާފައި މާނީ ދިޔައީ އާރާޝްގެ ގަމީސް އިސްތިރިކުރާށެވެ.
އާރާާޝް ސައިބޯން ހުއްޓާ އަފްރީން އެބަޔަށް އައެވެ. “އާރާޝް ކޮބާ މަންމަ ؟” “މާނީ ބުނީ އާލާ ދޮންތައާ އެއްކޮށް ބޭރަށް ގޮހޭ ވީ” އާރާޝް ކަމުން ޖަވާބު ދިނެވެ. “އެހެންތަ! އާރާޝް ކޮން އިރަކުން ފުރަނީ؟” އާރާޝާއި ޖެހިގެން އިން ގޮނޑީގައި އިށީންނަމުން އަފްރީން އަހާލިއެވެ. “ނެކްސްޓް މަންޑޭގަ” އާރާޝް ވަރަށް ކުރުކޮށް ޖަވާބު ދިނެވެ. “އާރާޝް ހަމަ ހީވަނީ އަރްޝާދްހެން. ހަމައެކަނި އިސްތަށިގަނޑު ތަފާތަކީ އަރްޝާދް އޭރު ހުންނާނީ ބޯ ދިގުކޮށްފަ” އަފްރީނަށް ބުނެވުނެވެ. އާރާޝް ފާޑަކަށް އަފްރީނާއި ދިމާއަށް ބަލަހައްޓައިގެން އިނެވެ. އޭރު އާރާޝްގެ ގަމީސް އިސްތިރިކޮށް ނިންމާފައި މާނީވެސް އެތަނަށް އައިސް އިނެވެ. “ތިއްތާ ސުވާލެއް ކޮށްލަންތަ؟ ތިއްތަ ޖޭއެއް ނުވޭތަ؟” އާރާޝްގެ ހިތުގައި އުފެދުނު ސުވާލު މާނީ ކުރިއެވެ. މާނީ އެ ސުވާލު ކުރިއިރު އިންލެން މައުސޫމްކަމުން އަފްރީނަށް ހެވުނެވެ. ” ކޮންކަމަކާ ތިއްތަ ޖޭ ވާންވީ؟” ހުނުމުގެ ތެރެއިން އަފްރީން އެހިއެވެ. “އާރާޝް ހުންނާތީ. ތިއްތަ އާރާޝްދެކެ ރުޅިއެއް ނާދޭތަ؟” އާރާޝްވެސް އެހާ މައުސޫމްކޮށް އަހާލިއެވެ. “ޕިސްޕިސް ކީއްވެ ތިއްތަ އާރާޝްދެކެ ރުޅި އަންނަންވީ؟ ތީދެން އާރާޝް ކުރާ ކަހަލަ ސުވާލުތަ؟ އަސްލު ވަރަށް އެހެން ގޮތެއްވީ. އެންމެ ފުރަތަމަ އެކަން އެނގުނު ދުވަސްކޮޅު ވަރަށް ދެރަވި. އެކަމު އޭރުވެސް އާރާޝްދެކެ ރުޅިއެއްް ނާދޭ.” އަފްރީން އާރާޝްގެ ބޮލުގައި ފިރުމާލިއެވެ. އޭނާ އަބަދުވެސް އާރާޝްދެކެ ވަރަށް ލޯބިވެއެވެ. “ތިއްތަައަށް އިނގޭތަ އަސްލު ސްޓޯރީ؟” އަހަން ނާހަން ހުރެފައި އާރާޝް އަހާލިއެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
10 Comments!
Comments are closed.






Slm hurihaa kudhin. Varah bodah maafah edhen kury baithakuge comments thakah reply nukurevunyma. Midhuvaskolhu net libeyleh dhathivumaai kiyara busy koh ulheythyve comments thakah reply kuraane vagutheh nulibey. Comment kuri hurihaa kudhinnah ves varah bodah shukuriyya alhugandah dhevva supportah. 29 vana bai ehaa dhuvaskohffa kurukoh genesdhevunythyves varah bodah maafah edhen. Mi bai mihiry varah dhigukoh up kohffa. Mi vaahakaige ehen hurihaa bayakah vure mi bai dhiguvaane. Hurihaa kudhinnah ves mi bai kamudhaane kamah ummedhu kuran.comment thakah reply nukureveythyve adhives ehffaharu maafah edhemn. Alhugandu varah masaikkaai kuraanan mi baige comments thakah reply kureveytho. Ly all♥️♥️
me 1st…yeyy
n the stry is awsm kiyaa…keep it up….luv uu
vvv habys its ok dear buxy dhuvaskolhuves annaaane bt ..dhen in part avahah up kohdhehcheyy..vv reethi mi story mihaaru ..dhen maany aa aaraasha gulhuvaa
me second dhw yess
Mayahtha o’level dhuvaskolhu dhw… eyrah summary kiyaadheynamey haasnuvey???
Mi part ves awsummmm…??? keep up the good work ??? luv ya?❤?
Oooh????it’s okay kiyaa???i understand…??masha allah u r so talented.?❤❤❤❤Thankyou mi part ehn parts thekah vure dhigukohlyma❤❤❤plus avahah up kohlyma….????plx readers gr commnt thakah reply kurahchey..,,eyrun readers happy vanne dhw❤❤❤???and plx next part avas kohlahchey????kniraku up kureveyny??? ???????lots of love ❤ ? ? ? ? ?
Bxy kamun reply ves nidhevey …ekam baraa barah huriha part kiyan.kiyara ?? mihaaru story kuriyah dhaagoii vrh reethi …..❤❤❤❤❤? love you…
Whn nxt part?
Masha allah mi part vs hama habeys…❤❤❤ whn nxt????
OMG ?. Masha Allah! Yu r an amaxin writer! ? mi prt is wry wry awwwsome ?. juss luv the stry.. nd.. when nxt prt.. up koh dhehchey wrh awahahh ??? All The Best Kiyara