Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
އެހެނިހެންދީނީލޯބި

ދުޢާ (2)

hygge Level 510 Stories100 Comments100 Login500 Comments
August 27, 2018 9 Mins Read
19 Comments

ފިރިހެންވަންތަ ހިނގުމެއްގައި ދިޔަ ދާނިޔަލްއަށް ސިހުން ގެނުވީ މީހެއްގެ ގައިގައި ފުދޭވަރަކަށް ބާރަށް ޖެހުމުންނެވެ. ޖެހުނު ގޮތުން އޭނާގެ ކޮނޑަށްވެސް ކޮންމެވެސް ވަރަކަށް ތަދުވިއެވެ. ދާނިޔަލްގެ ދެތުންފަތް ދޭތެރެއިން މަޑު އާހެއް ނިކުތީވެސް އެހެންވެގެންނެވެ. އިސް އުފުލާ ބަލައިލި ތަނުން ކުރިމަތީގައި ހުރި ސޫރަ ފެނި ދާނިޔަލްގެ ނޭވާވެސް އަރުތެރޭގައި ތާށިވިހެން ހީވިއެވެ.

ދާނިޔަލްގެ ކުރިމަތީގައި ދެބުމަ ގޮށްޖަހާލައިގެން ހުރީ ދާނިޔަލްއަށްވުރެ އިސްކޮޅުން ކުރު ދޮން ހަންގަނޑެއް ލިބިފައިވާ ރީތި އަންހެން ކުއްޖެކެވެ. އެކުއްޖާގެ ބޯ ދާނިޔަލްގެ ކޮނޑުން މައްޗަށް ހުރީ ތަންކޮޅެކެވެ. ވަށް މޫނާއި ހިތިފަތު ބުމައިގެ އިތުރުން ރީތި ކުޑަ ތުންފަތެކެވެ. ދެލޯ އައިލައިނަރ އިން ފަވާލައިފައި ވާއިރު ތުންފަތުގައި ގަދަ ރަތްކުލަ ޖައްސާފައިވެއެވެ. ދާނިޔަލްއަށް އެސްފިޔަ ޖަހާލަންވެސް ހަނދާން ނެތިފައި ހުރެވުނީއެވެ. އުމުރުން އަށާރަ އަހަރުވެގެން އައި އިރު އޭނާއަށް އެފަދަ ފުރިހަމަ އަދި ރީތި އަންހެން ކުއްޖަކު މިވީހާތަނަށް ދެކިފައި ނުވެއެވެ. ހިތުގައި އެތަށް ދުވަހެއް ވާންދެން ނުތެޅި އޮތް ބައެއްގައި ކުއްލިޔަކަށް ވިންދުޖަހަން ފެށިއެވެ.

“އޯ ހެލޯ މިސްޓަރ.. ތަންކޮޅެއް ބަލައިގެން ހިނގަން ވީނު ދޯ.. ދެލޯ މަތީ އަތް އަޅައގެން އައިސް މީނާ ވީ ދެން ކުރިމަތިން އަންނަ މީހުން ގައިގަ ޖެހެން.. މީ އެންމެ މީހަކު ހިނގަން އޮތް ތަނެއް ނޫނޭ.. އެންމެންނަށް އޮތް ތަނެއް.. ދެންވެސް ވިސްނާލައިގެން ހިނގާތި މީގެ ފަހުން..” ދާނިޔަލް އަށް ހޭވެރިކަމެއް ވީ އިނގިލިން އަޑު ގޮށްވާލުމަށްފަހު ޝަހާދަތް އިނގިލި ދިއްކޮށްލަމުން އެ އަންހެން ކުއްޖާ ވާހަކަ ދައްކަން ފެށުމުންނެވެ. ކުރެވުނު ކުށް ހިތަށް އެރުމުން ކުއްވެރިއެއް ފަދައިން ދާނިޔަލް އަވަހަށް އިސްދަށަށް ޖަހާލިއެވެ. އެއަށްފަހު ހިތާހިތުން ދުޢާ ކުރަމުން ދިޔައީ އޭނާގެ ފާފަ ފުއްސެވުމަށް އެދިއެވެ. ދާނިޔަލްއަށް އިނގިގެން ނަމަ ހަމަ ގައިމުވެސް އެގޮތަށް ހިލޭ އަންހެނަކާއި ދިމާލަށް ބަލައިވެސް ނުލީހެވެ. “ސޮރީ..” ދާނިޔަލް އަށް ބުނެވުނީ އެވަރަށެވެ. ދެން އިތުރަށް ބުނާނެ އެއްޗެއް އޭނާގެ ދުލު ކުރިޔަށް ނުވެސް އައީއެވެ.

“އަދި ކަމެއް ވާއިރަށް ސޮރީ ބުނާނެ.. އެޔަށްވުރެ އަވަހަށް އެކަންތައް ހަނދާން ނައްތާލާނެ.. ތިކަހަލަ މީހުންގެ ގޮތޭ ތީ.. ފެންވަރު އޮޅިފަ ވިއްޔަ ތިބޭނީ..” ދާނިޔަލްއަށް ބަލައިލުމަށްފަހު މަލާމާތުގެ ރާގަކަށް އެ އަންހެން ކުއްޖާ ބުނެލިއެވެ. އޭނާގެ ކޮންމެ ބަހެއް ތޫނު ހަންޖަރުތަކެއް ފަދައިން ދާނިޔަލްގެ ހިތް ޒަޚަމް ކުރަމުން ދިޔައެވެ. ނަމަވެސް ހިތުގައި އެޅި ވޭނަށް ކެތްކުރުމަށްފަހު އެތަނުން ހިނގާލައިފައި ދިޔައީއެވެ. އަންހެން ކުއްޖާވެސް ތުއި ވެލައިފައި މޫނު އަނބުރާލުމަށްފަހު އޭނާ ގާތުގައި ހުރި އަންހެން ކުއްޖާ އާއެކު ހިނގައިގަތީ ރަސްފަންނުގެ ގޮނޑުދޮށާއި ދިމާލަށެވެ.

“އާލް ކީއްތަ ތިކުރީ.. އެހާ ރީތި ފިރިހެން ކުއްޖަކާ ދިމާލަށް އެވަރަށް ތި އެއްޗެހި ކިޔާލީ.. އާލް ހަނދާން ނެތުނީތަ؟ އެއީ އަހަރެމެން ސްކޫލްގެ ކެޕްޓަން ދާނިޔަލް އޭ..  ހުރިހާ އަންހެން ކުދިން ކަހަލަ ގޮތަކަށް އޭނާގެ ފަހަތުން ދުވާނެ.. އެކަމަކު އަހަރެން ހަމަ ހައިރާންވޭ.. އެއިން އެންމެ ކުއްޖަކާ ދިމާލަށް ލޮލުގެ ހިމަކޮޅުން ނަމަވެސް އޭނާ ބަލައިނުލައި.. އަންހެން ކުއްޖަކާ އޭނާ ވައިވެސް ނޭޅޭ.. ސަބަބެއްވެސް ނޭނގެ.. ކޮންމެޔަސް ވަރަށް ރީތި ފިރިހެން ކުއްޖެއް އެއި.. މަށަށް އަދި ނުފެނޭ އެހާ ރީތި ފިރިހެން ކުއްޖެއް މިވީހާ ތަނަށް.. އޭނާ މަ ކައިރީ ރައްޓެހި ވާން އަހައިފިނަމަ އެންމެ ހިނދުކޮލަކަށްވެސް މަޑއް ނުކުރާނަން..” އާލާގެ އަތުގައި ހިފާލައިގެން ހުރެ ހުވަފެނީ ގޮތަކަށް ރުކާ ބުނެލިއެވެ.

“އާލްއަކަށް ނޭނގެ ދެން ތިޔެއް.. ދުނިޔޭގެ ހުރިހައި އަންހެނުން އޭނާ ފަހަތުން ދުވިޔަސް އެފަދަ މީހެއް ފަހަތުން އާލްއެއް ނުދުވާނަން.. އެހާ ދަށު ފެންވަރުގެ މީހުންނާ ކީއްކުރަން ރީތިކޮށް ވާހަކަ ދައްކަންވީވެސް.. އަހަރެމެން ގާތު އެމީހުން ބޭނުންހާ ވައްތަރަކަށް ނޫޅެވޭނެ..” އާލާ ފޮނިވެލައިފައި ބުނެލި އިރު އެ ހިތް ފޯވެފައިވަނީ އަމިއްލަ އެދުމާއި ބޮޑާކަމުންނެވެ. ﷲގެ ޙަޟްރަތުގައި މުއްސަންޖެއް ފަޤީރެއް ތަފާތު ނުވާނެކަންވެސް އޭނާއަކަށް ނޭނގެއެވެ. ބޮޑާއި ކަމާއި ފަޚުރުވެރިކަންވަނީ ސަތާރަ އަހަރުގެ އެ ހިތް ފަތަޙަކޮށްފައެވެ.

ދެމީހުން އޮލަ ވާހަކައިގައި ތިބެގެން އަތިރިމަތީގެ ރީތި ދިންވެލިގަނޑުގައި ހިނގާފައި ދިޔައެވެ. ނަމަވެސް އާލާގެ ހިތުގައި ދެންމެ ހިނގާދިޔަ ހާދިސާގެ ސަބަބުން ހިތަށް ކުޑަވެސް ދެރަކަމެއް އިޙުސާސް ވެފައި ނުވެއެވެ. އޭނާ ވިސްނަމުން ދިޔައީ ދުނިޔޭގެ އުފާތަކާއި މެދުއެވެ. އުފަލާއި މަޖާލާއި މެދުއެވެ. އާޚިރަތުގެ ބާއްޖަވެރިކަން ލިބެން އޮތް މަގަކީ އޭނާ ނުވެސް ދަންނަ މަގެކެވެ. އެހާވެސް އޭނާ ދީނާއި ދުރެވެ.

ދެންމެ ހިނގި ކުޑަ އެކްސިޑެންޓްގެ ސަބަބުން ދާނިޔަލްގެ މުޅި މޫޑު ވަނި ޚަރާބުވެފައެވެ. އެ އަންހެން ކުއްޖާ ބޭރުފުށުން ކިތަންމެ ރީތި ނަމަވެސް އެތެރެފުށް އެހެންނެއް ނުވިތާއެވެ. އޭނާގެ ޒީލަގަދަކަން ދާނިޔަލްއަށް އެކުއްޖާ ފެނުނު ފުރަތަމަ ފަހަރުންވެސް އެވަނީ އިނގިފައެވެ. އޭނާ މަތިން ކިތަންމެ ވަރަކަށް ހަނދާން ނައްތާލަން އުޅުނު ކަމުގައި ވީނަމަވެސް ދާނިޔަލްގެ ބަސްނާހާ ހިތް އިރުކޮޅަކާއި އެކުއްޖާ މަތިން ހަނދާން ކޮށްދެއެވެ.

އެންމެ ފަހުން ކެތް ނުވެގެން އޭނާ ދިޔަ ގޮތަށް ގޮސް އެތަނުގެ ހިތްފަސޭހަ މާހައުލުގައި ހުދު ދޮންވެލިގަނޑު މަތީ ބަހައްޓައިފައި ހުރި ޖޯލިފަތިން ޖޯއްޔެއްގައި އިށީނެވެ. އެޔަށްފަހު “އަސްތަޣްފިރުއްﷲ” އޭ ބުނެލިއެވެ. އަދި އެޔަށްފަހު އުޑަށް ނަޒަރު ހިންގާލުމަށްފަހު މުޅި މާހައުލަށް ނަޒަރު ހިނގާލިއެވެ. ދެން ދާނިޔަލް ވިސްނަމުން ދިޔައީ ﷲގެ ކުޅަދުންވަންތަ ކަމާމެދުއެވެ. އެއީ އޭނާ ކަމެއް މަތިން އެންމެ ފަސޭހައިން ހަނދާން ނައްތާލަން ބޭނުންކުރާ މޮޅު އުކުޅެކެވެ. މިފަހަރުވެސް ކަންތައް ވީ އެހެންނެވެ. އާލާގެ ސޫރަ އެހިތުގައި ފަރުދާވެގެން ގޮސް ﷲގެ ކުޅަދުންވަންތަކަމާމެދު ދާނިޔަލް ވިސްނަމުން ދިޔައެވެ.

ދާނިޔަލްއަށް އެގޮތުގައި އޮވެވުނު އިރުވެސް ނޭނގެއެވެ. އޭނާއަށް އޮތްތަނުން ހަށިގަނޑު ތެދުކޮށްލެވުނީވެސް ބޯޅައެއް އައިސް ދާނިޔަލްގެ މޫނުމަތީގައި ޖެހުމުންނެވެ. އެހިނދު އޭނާ މޫނުމަތީގައި ކުޑަކޮށް އަތްހާކާލީ ތަދު އިޙުސާސް ވުމުންނެވެ. އޭނާ މޫނުމަތީގައި ޖެހުނު ގޮތަށް ކުޑަ ކުދިން ކުޅެން ގެންގުޅޭ ކަހަލަ ކުޑަ ބޯޅައެއް ދާނިޔަލްގެ އުނގަށް ވެއްޓުނެވެ. އޭނާ އެ ބޯޅަ އަތަށް ނެގުމަށްފަހު ވަށައި ހޯދާލީ އޭގެ ވެރި ފަރާތެއް ފެންނާނެ ކަމުގެ އުންމީދުގައެވެ. ނަމަވެސް އޭނާއާއި ދިމާލަށް އެއްވެސް މީހަކު އަންނަތަނެއް ނުފެނުނެވެ. އެހެން ކަމުން އެ އިންގޮތަށް އިނީއެވެ.

“ސޮރީ ބޭބޭ.. ޔައްކޮ ބޯލް އާ ކުލެނިކޮށް އޮލިގެން ބޭބެ ގައިގަ ޖެހުނީ..” ކުޑަ ފިރިހެން ކުއްޖެއް އެވަގުތު އައިސް ދާނިޔަލް ގާތުގައި ހުއްޓިލިއެވެ. އެ ކުއްޖާ ދެއަތް ކުރިމައްޗަށް ލައިގެން އިސްދަށަށް ޖަހާލައިގެން ހުރީ އޭނާއަށް ކުށެއް ކުރެވުމުން އެކުށުގެ އިޙުސާސް ކުރެވުމުންނެވެ. ދާނިޔަލްގެ ހިތް ލޯބިން ފުރިގެން އައީ އެ ކުޑަ ކުއްޖާގެ އެ މައުސޫމް ޢަމަލުންނެވެ. އޭނާ ޖޯލިން ފޭބުމަށްފަހު ކުޑަ ފިރިހެން ކުއްޖާއާއި އެއް ހަމައެއްގައި އިންނާނެ ގޮތަށް ދެކަކޫ ބިންމަތީގައި ޖަހާލިއެވެ. “ހާދަ ބަސް އަހާ ކުއްޖެކޭ ދޯ މީ.. އެއީ އެއްވެސް މައްސަލައެއް ނޫން އިނގޭ.. އަލްޙަމްދުލިއްލާހް… ބޭބެ އަކަށް ނުވޭ ތަދެއް..” ދާނިޔަލް އެ ކުޑަ ފިރިހެން ކުއްޖާ އާއި ވަރަށް ލޯބިން ވާހަކަ ދެއްކިއެވެ. “ދަރިފުޅާ ޔަޒާން.. މަންމި ބުނަމެއްނު އަބަދުވެސް އެހާ ބާރަށް ބޯލް ނުޖަހައްޗޭ.. އެ ބޭބެ ގައިގަ ދެންމެ އެޖެހުނީ.. ސޮރީ ބުނެފިންތަ؟” ދާނިޔަލް އެހެން ހުއްޓާ އެތަނަށް އައީ ނިޤާބް އަޅައިގެން ކަޅު ކުލައިގެ އަބާޔާ އަކާއިއެކު ހުރި އަންހެނެކެވެ. އެއީ އެ ކުޑަ ފިރިހެން ކުއްޖާގެ މަންމައެވެ. އޭނާ ވަރަށް އޯގާތެރި ކަމާއެކު ޔަޒާން އާއި ސުވާލު ކޮށްލުމުން ޔަޒާން ބޯ ޖަހާލިއެވެ.

“ހެހެ.. ބައެއް ފަހަރަށް ވަރަށް ހަލަނި ވާނެ.. އެހެންވެ އެއީ.. އެކަމަކު ވަރަށް ދެރަ ވާނެ އޭނާގެ ފަރާތުން މީހަކަށް ކަމެއް ވެއްޖިއްޔާ..” އަންހެން މީހާ ދާނިޔަލް ގާތު ބުނެލިއެވެ. “ޒިވާ.. މިހާރު ހޯދާ ހޯދާ ވަރުބަލިވެއްޖެ.. ކިހިނެއް ވެފަ މި ތިބީ؟” ދެން އެތަނަށް އައީ ޒުވާން ފިރިހެނެކެވެ. ކަނޑު ނޫކުލައިގެ ގަމީހަކާއެކު ކަޅުކުލައިގެ ފަޓުލޫނެއް ލައިފައި ހުރި އިރު ލައިގެން ހުރި ގަމީހުގެ އަތް ހުރީ އުޅަންބޮއްޓާއި ހަމައަށް އޮލާލައިފައެވެ. އިސްތަށިގަނޑު ކޮށާފައި ހުރި ގޮތުން ހީވަނީ ސިފައިންގެ މީހެއް ހެންނެވެ. އާދައިގެ ވަރަކަށް ފަޅާފައިވާ ތުނބުޅިން އޭނާ އިތުރަށް ހަރުދަނާ ކަމަށް ދައްކައެވެ.

“މީ.. ޔަޒާން ބޯޅަ ކުޅެން އުޅެފަ މިކޮޅަށް ބޯޅަ ޖަހައިގެން.. އެހެންވެގެން.. މި ސޮރު ގަޔާއި ވިއްޔަ ބޮޅަ ސީދާ ވި.. ޒިވް އަށްވުރެ ކުރިން ޔައްކޮ ދުއްވައިގަނެފި.. އެހެންވެ ޔައީޝް ފެންފުޅި ހިފައިގެން އަންނަންދެން މަޑު ނުކުރެވުނީ..” ޒިވާ ޔައީޝް ގާތު ބުނެލިއެވެ. އެ ދެމީހުން ދާނިޔަލް އާއި ކުޑަކޮށް ވާހަކަ ދައްކާލުމަށްފަހު އެ ދެމީހުންގެ ތިން ވަރަކަށް އަހަރަށްދާ ޔަޒާން ގޮވައިގެން އެތަނުން ދިޔައެވެ. ދާނިޔަލް ހެވިލައިފައި އިނީ އެ ކުޑަ ކުއްޖާގެ މައުސޫމް ކަމުންނެވެ. އޭނާއަށް އިރުކޮޅަކާއި އެ ވީ ކުޑަ ވަގުތުކޮޅު ޔަޒާން ދެއްކި ވާހަކަ ތަކުން ހިނި އާދެވެއެވެ.

އިރުކޮޅެއް ވާންދެން އެހެން އިނުމަށްފަހު ދާނިޔަލް އޭނާގެ އަތުގައި އޮތް އަތުކުރީ ގަޑިއަށް ނަޒަރު ހިންގާލިއެވެ. އެހިނދު ފުންމައިގެން ޖޯލިން ތެދުވެވުނީ ގަޑިން ވެފައި ވީ ވަރު ފެނުމުންނެވެ. އެހާ އިރު އޭނާއަށް އެތާ އޮވެވުނީހެއްޔެވެ؟ މިހާރު ގަޑިން ފަސްގަޑި ބައިވަނީއެވެ. ދާނިޔަލް ދިގު ފިޔަވަޅުތަކެއްގައި ގެޔަށް ދާން ހިނގައިގަތީ މަންމަ ހުންނާނީ މިހާރު ލަސްވެފަކަން އިނގޭތީއެވެ.

“ސޮރީ މަންމާ.. އަސްލު ޖޯލީގަ އޮށްވާ ހަނދާން ނެތުނީ.. އެހެންވެ ލަސްވީ..” ގެއަށް ވަތް ގޮތަށް އެންމެ މިނެޓެއްވެސް ލަސްކުރުމެއްނެތި އަވަސް އަވަހަށް ދާނިޔަލް އާލިމާ ގާތު ބުނެލީ އޭނާ ގެއަށް އައުން ލަސްވި ސަބަބެވެ. އެހިނދު އާލިމާ އޭނާގެ ލޯބިވާ ދަރިފުޅު ގާތު ބުނެލީ އެއީ ދެން މާބޮޑު މައްސަލައެއް ނޫންކަމުގައެވެ. ދާނިޔަލްއަށް ހަމަ ނޭވައެއް ލެވުނީ އެވަގުތުއެވެ. ފުން ނޭވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު އާލިމާ ގާތު އޭނާ އުނދޯލީގައި އިށީނދެލިއެވެ.

އެނދުމަތީގައި ބަނޑުން އޮތް އާލާ އޮތީ ކަންފަތަށް ހެޑްސެޓު ޖަހައިގެން ކޮންމެވެސް ލަވައެއް އަޑު އަހާށެވެ. އެއިރު ބަންގި ގޮވަމުން ދިޔަ ނަމަވެސް ކުޑަމިނުން ޖަހައިގެން އުޅުނު ލަވައިގެ އަޑު މަޑޫ ކުރާކަށްވެސް ނޫޅުނެވެ. ނަމާދަށް އަވަހަށް އައުމަށް ގޮވަމުން ދިޔައިރު އޭނާއަށް ކަހައިރު ވަކު ދަނބެކޭވެސް ހީނުވެއެވެ. އެއޮތް ގޮތަށް އޭނާ ހަމަ އޮތީއެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ؟ ކުޑައިރު ފަރުވާ ނުބެހެއްޓި ކަމަކަށް މިއަދު ވަކި އޭނާ ފަރުވާލެއް ނުބަހައްޓާނެއް ނޫންހެއްޔެވެ؟ އެންމެ ފަހުން ނަމާދު ކުރެވުނު ދުވަހެއް އޭނާގެ ހަނދާނުގައި މިހާރު ނުވެސް ނެތެވެ.

“ވަދޭ..” ތަންކޮޅެއް ބާރަށް އާލާ ގޮވާލީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކި ތަޅަން ފެށުމުންނެވެ. “މޭމް.. ޑިނަރ ރެޑީ ކޮށްފަ.. ޝަޒިއްޔާ މެޑަމް ބުނީ ކާން އައުމަށް..” ދޮރު ހުޅުވާލުމަށްފަހު އެ ބޮޑު ކޮޓަރީގެ ދޮރުމަތީގައި ދެއަތް ކުރިމައްޗަށް ލުމަށްފަހު ކަނާއަތުން ވާއަތުގައި ހިފަހައްޓާލައިގެން ހުރެ ވާހަކަ ދައްކަމުން ދިޔައީ އެ ގޭގެ ހުރިހާ ޚާދިމުންގެ ތެރެއިންވެސް އެންމެ އިސްކޮށް ހުންނަ އައިޝްވާރިޔާއެވެ. އޭނާއަކީ އިންޑިއާ މީހެއް ނަމަވެސް ރާއްޖޭގައި ހޭދަ ކޮށްފައިވާ ވިހި އަހަރުގެ އެހީގައި އޭނާ ދިވެހިންގެ ވަރަށް ގިނަ ކަންކަން ދަސްކޮށްފައިވެއެވެ. ދިވެހިން ކާއެއްޗެހިން ފެށިގެން ގޮސް ދިވެހި ބަހުން ފަރިތަކަމާއެކު ވާހަކަ ދައްކަންވެސް އޭނާ ދަނެއެވެ.

އާލާ ހޫމް ލައްވާލުމުން މަޑުމަޑުން ދޮރު ލައްޕާލުމަށްފަހު އައިޝްވާރިޔާ އެކޮޓަރިން ނިކުމެގެން ދިޔައީއެވެ. އާލާ އެނދުމަތިން ހަށިގަނޑު ހިއްލާލަން ޚިޔާލުވެސް ކުރިހެނެއް ހިއެއް ނުވެއެވެ. އެޔޮތް ގޮތަށް އޮތީއެވެ. އިރުކޮޅެއްގައި އެހެން އޮތުމަށްފަހު ބަނޑުހައިކަން އިޙުސާސް ކުރެވުމުން އޭނާ އޮތް ތަނުން ތެދުވީ މިފަހަރު ކާން ދާން މަޖުބޫރުވާނޭ ހިތަށް އެރުމުންނެވެ. އޭނާއަކީ އާންމުކޮށް ކެއުމުގައި ފަރުވާކުޑަ ކުރާ ކުއްޖެކެވެ. އޭނާ ހިކިކޮށް ހުންނަނީވެސް އެހެންވެއެވެ. އަރީފްއާއި ޝަޒިއްޔާވެސް އެތަށް ފަހަރަކު އޭނާއަށް އެހެންވެ ނަސޭޙަތް ދީފިއެވެ. ނަމަވެސް ނަތީއްޖާ ފެންނަނީ ނަސޭޙަތް ދޭތާ ކުޑަ ދުވަސްކޮޅަކަށެވެ. އޭގެ ފަހުން އަނެއްކާވެސް އާލާގެ ސިކުނޑިން އެކަން ފުހެވިގެން ދެއެވެ.

ކާބަޔަށް ވަތް އިރު އަރީފް އާއި ޝަޒިއްޔާ އާލާގެ އިންތިޒާރުގައި އިނެވެ. އޭނާ އައުމުން ދެތިން ބަހެއް ބުނެލުމަށްފަހު ހިނިތުންވެލަމުން އެންމެން ކާން ފެށިއެވެ. އަރީފްގެ ކުޑަ ކުޑަ ޢައިލާ ކެއުމަށް އިންސާފުކުރަމުން ދިޔައީ އުފަލާއެކުއެވެ. ނަމަވެސް އަރީފް ނޫން އިތުރު މީހަކު އެކަމަށްޓަކައި ﷲއަށް ޙަމްދު ކުރިހެނެއް ހިއެއް ނުވެއެވެ. އަރީފްއަކީ ހިތްހެޔޮ މަޑުމައިތިރި މިޒާޖެއްގެ މީހެއްކަމުން އަބަދުވެސް މޫނުމަތީގައި ހިނިތުންވުމެއް އިނދެއެވެ. އޭނާއަކީ މީހުންގެ ލޯބި ލިބިފައިވާ ޤަދަރުވެރި މީހެއް ކަމުގައި ވިޔަސް އޮފީހުގައި ހުރިހާ މުވައްޒަފުންނާއި ވެސް ވާހަކަ ދައްކަނީ އެއްބަނޑު އެއްބަފާ އަޚުންނާއި އުޚުތުންގެ ގޮތުގައެވެ. ތަފާތުކުރުމެއް ބޮޑާކަމެއް އޭނާގެ ކިބަޔަކު ނުހުރެއެވެ. އެންމެންގެ ހިތުން އޭނަ ޖާގަހޯދި ސަބަބެއް ކަމުގައި އެކަންތައް ވަނީ ވެފައެވެ.

“ދަރިފުޅާ ކޮބާ ޓެސްޓުތައް ކިހިނެއް ވަނީ؟ ރަނގަޅަށް ކުރިޔަށް ދޭތަ؟” އަރީފް އަބަދުވެސް އޭނަގެ ހުރި ހަމައެކަނި ދަރިފުޅުގެ ކިޔެވުމާއި ދޭތެރޭ ވަރަށް ބޮޑަށް ވިސްނައެވެ. ގަވައިދުން އަބަދުވެސް އާލާ އާއި ސުވާލުކުރެއެވެ. ނުވިތާކަށް އޭނާއަށް ވަގުތު ވީވަރަކުން އިނގުނު މިންވަރަކަށް އާލާއަށް ފިލާވަޅުތައް ކިޔައިދެވޭތޯވެސް ބަލައެވެ. އެކަމުގެ ނަތިއްޖާއަކީ އާލާ އަކީ މޮޅު ކުއްޖަކަށް ވުމެވެ.

“ލައްބަ.. ވަރަށް ފަސޭހަ.. ޔެސް.. ދެން ބާކީ އޮތީ ތިން ޓެސްޓް.. ބައްޕާ ޓެސްޓް ނިމެނީ…” އާލާ އުފާވެލައިފައި ފުޅާ ހިނިތުންވުމަކާއެކު ބުނެލި ގޮތުން އަރީފްގެ އިތުރުން ޝަޒިއްޔާ ގާތަށްވެސް ހިނި އައެވެ. “ދުވަހަކުވެސް މިކުއްޖާފުޅުގެ ޅަގޮތްގަނޑެއް ނުކެނޑޭނެ..” ދެފަރާތަށް ކުޑަކޮށް ބޯ ހޫރުވާލަމުން ޝަޒިއްޔާ ބުނެލިއެވެ. އެޔަށްފަހު އައިޝްވާރިޔާ އަށް ގޮވާލުމަށްފަހު ސެލެޑް ތަށި ގެނައުމަށް އަމުރު ކޮށްލިއެވެ. އެއީ އޭނާގެ އަބަދުގެވެސް އާދައެވެ. ޝަޒިއްޔާ އަކީ އަމުރުވެރިގޮތެއް ގެންގުޅޭ ރުންކުރު މީހެކެވެ. ނަމަވެސް އެއީ އޭނާގެ ލޯބިވާ ފިރިމީހާ އަދި ދަރިފުޅުގެ ބޭރުން އެހެން މީހުންނާއެވެ. އެ ދެމީހުން ދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ފާއިތުވަމުން ދެއެވެ. ދާނިޔަލްގެ އިމްތިޙާނުތައްވެސް ނިމި ކަމެއް ކުރަން ނެތުމުން އޭނާ އުޅެނީ ދޭތެރެއަކުން ފޫހިވާތީއެވެ. އެހެން ކަމުން އޭނާ ވިސްނަމުން ދިޔައީ ވީހާވެސް އަވަހަށް ވަޒީފާއަކަށް ދިއުމަށެވެ. ގޭގެ މާލީ ޙާލަތު ހުރިގޮތުން އޭނާވެސް ކޮންމެވެސް ކަމެއް ކުރަން އެބަޖެހެއެވެ. ހަމައެކަނި މަންމަގެ މަސައްކަތަކުން އުޅޭކަށް އޭނާ ބޭނުމެއް ނޫނެވެ. ހަރުދަނާ ޒުވާނަކަށް ވުމަކީ ދާނިޔަލް ކުޑައިރުއްސުރެވެސް ދެކޭ ހުވަފެނެކެވެ.

“މަންމާ.. ދާން ވާހަކައެއް އަހާލަންތަ؟” ޖޯލިފަތީގައި ކިއްލި ތެޅުމަށްތަކައި ފޯށް ކޮށަން އިން އާލިމާ ގާތުގައި އިށީނދެލަމުން ދާނިޔަލް އަހާލިއެވެ. އެޔަށްފަހު އާލިމާ ހިނިތުން ވެލަމުން ހޫމް ލައްވާލިއެވެ. “ދާން އެގާރަ ބާރަވެސް ނިމުނީ.. ދެން މިހާރު ސްކޫލަކަށްވެސް ދާކަށް ނުޖެހޭނެއްނު.. އަޅުގަނޑު ބޭނުންވަނީ ވަޒީފާއަކަށް ދާން..” ދާނިޔަލް ސީދާ އާލިމާގެ މޫނަށް ބަހައްޓައިގެން ހުރެ ބުނެލިއެވެ. އެހިނދު އާލިމާ ފޯށްކޮށުން ހުއްޓާލުމަށްފަހު ދާނިޔަލްއަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދިނީ އެއީ މުހިއްމު ވާހަކައަކަށް ވާތީއެވެ.

“ދަރިފުޅު ކޯސް ހަދަން ވާނެއްނު..” އާލިމާ ހައިރާންވެފައި އިނދެ ބުނެލީ ދާނިޔަލް ދެކެމުން އައި ހުވަފެންތައް ދޫކޮށްލީ ކަމަށް ހީކޮށެވެ. “ކޯސް ހެދިދާނެއްނު އަދި.. ދާން ބޭނުމީ ދާން އަމިއްލައަށް ރުފިޔާ ހޯދައިގެން ކިޔަވަން.. މަންމަ އަބަދު މަސައްކަތް ކޮށްގެން ހޯދާހާ ރުފިޔާ ދެން އެގޮތަށް ޚަރަދުކުރާކަށް ދާން ބޭނުމެއް ނޫން.. ދާން އަށް އަށާރަ އަހަރ ފުރިފަ މިހުރީ މިހާރު.. ވަޒީފާވެސް ލިބޭނެ.. ދާންގެ ނަސީބުގަ މިއަދު ނެތީއޭ އެންމެ ފުރަތަމަ ކިޔެވުމާ ހަމައަށް ދާން.. ވަޒީފާ އަދާކޮށްފަ ލާރި އެއްކޮށްފަ ދިޔަޔަސްވެސް ހަމަ ރަނގަޅުވާނެ.. އެކި މީހުންނަށް ދައްކަވާނީ އެކި ގޮތެއްނު.. އެއީ މަންމަ ބުނާ ވާހަކައެއް ހަމަ ދާން ކައިރީ.. އެކި މީހުންނަށް ދުނިޔޭގައި ކުރިމަތިވާނީ އެކި އިމްތިހާން ތަކޭ.. އެހެން ވީމަ މިއީ ދާންއަށް ކުރިމަތިވި އިމްތިޙާނެއް ކަމަށް ބަލަމާ..” ދާނިޔަލް ހިނިތުންވެލައިފައި ބުނެލިއެވެ.

އާލިމާ އުފާވެރިކަމުގެ ކަރުނައިން ފުރިފައިވި ދެލޮލުން ދާނިޔަލް އަށް ބަލައިލީ އޭނަގެ ދަރިފުޅު އެހާ ވިސްނޭ މީހަކަށް ވުމުން އުފާވީވަރުންނެވެ. ނަމަވެސް އޭނާވެސް ބޭނުންވެގެން ހުރީ ދާނިޔަލް ލައްވާ އިތުރު މަސައްކަތެއް ނުކޮށް ހަމަ ކިޔަވަން ބެހެއްޓުމަށެވެ. އެހެން ނަމަވެސް އެމީހުންގެ ޙާލަތު މިއަދު އެކަމަކަށް ތަނެއް ނުދެއެވެ.

ދާނިޔަލް ގައިގައި އާލިމާ ކުޑަކޮށް ބައްދާލީވެސް ވި އުފަލެއްގެ ބޮޑު ކަމުންނެވެ. ދާނިޔަލްވެސް މަންމަ ގައިގައި ބައްދާލައިގެން ހުރެ އާލިމާގެ ނިތަށް ބޮސްދިނެވެ. އޭނާ މަންމަ ދެކެ އެވާ ލޯތްބަކީ ނަމޫނާ ލޯތްބެކެވެ.

“ކޮން އިރަކުން ދަރިފުޅު ނަތީއްޖާ ލިބެނީ؟” އާލިމާ އޭނާގެ މަސައްކަތާއިގެން މަސްޣޫލުވަމުން ދާނިޔަލް އާއި ސުވާލު ކޮށްލިއެވެ. “އަދި ދުވަސްކޮޅެއް ވާނެ..” ދާނިޔަލް ޖޯލީގައި އޮށޯވެލަމުން ބުނެލިއެވެ. އެޔަށްފަހު އަނެއްކާވެސް ހަށިގަނޑު ތެދުކޮށްލުމަށްފަހު އާލިމާ ކޮށަމުން ދިޔަ ފޯށްތަކުން ފޯށްކޮޅެއް ނަގަން އުޅުނެވެ. ނަމަވެސް އެ ނަގަ ނަގާ ހުއްޓާ ހުށިޔާރު ކަމާއެކު އާލިމާ ދާނުޔަލްގެ އަތުގައި ޖަހާލުމުން އެ ފޯށްކޮޅު އަނެއްކާވެސް ވެއްޓުނީ ތައްޓަށެވެ.

“ދެން މަންމާ.. އެންމެ ދުވަހަކު ކާލިޔަސް އޯކޭ ވާނެޔޭ..” ކުޑަކުއްޖެއް ފަދައިން ދާނިޔަލް އާލިމާ ގާތު އާދޭސް ކޮށްލިއެވެ. “އުހުނ.. އުހުނ.. ބަލި ވީމަ ދަރިފުޅު މަންމަ އުނގުތެރޭ އޮވެގެން ރޯނީ ކިއްވެހޭ ދާން އަބަދު ބަލިވަނީ ކިޔައިފަ.. ބަލި ވިމަ އެހާ ފިނޑިވާނެ.. އެކަމަކު އޭގެ ކުރިޔަކުން މި ސިކުނޑިއަކުން ނުވިސްނާ..” އާލިމާ އޭނާގެ ޝަހާދަތް އިނގިލިން ދާނިޔަލްގެ ބޮލުގައި ޖައްސާލަމުން ބުނެލިއެވެ. އެވަގުތު ދާނިޔަލް ހީލިއެވެ.

އާލިމާ ދާނިޔަލްއަށް ފޯށް ނުދިނީ އެ ކެއުމުން ދާނިޔަލްއަށް އުނދަގޫ ވާތީއެވެ. ކަރަށް ތަދުވެ އެކަހަލަ ކުދި ކުދި ކަންކަން ކުރިމަތިވާތީއެވެ. ޓޮންސިލްގެ މައްސަލަ ކޮންމެވެސް ވަރަކަށް ހުރުމުން ދާނިޔަލްއަށް އެކަހަލަ މައްސަލަތަށް ކުޑައިރުން ފެށިގެން މަދުމަދުން ނަމަވެސް ދިމާވެއެވެ. “އޯކޭ އޯކޭ.. ނުކާނަން..” ދާނިޔަލް ދެއަތް އުރާލަމުން ބުނެލިއެވެ. އެވަގުތު އާލިމާ ހޫމް ލައްވާލިއެވެ.

“ދަރިފުޅު ރަނގަޅު ނަތީއްޖާއެއް ހޯދައިފިއްޔާ ވަރަށް ރަނގަޅު ހަދިޔާއެއް މަންމަ ދޭނަން އިރާދަކުރެއްވިއްޔާ.. ދެން ނާހާތި އެއީ ކޯންޗެއްތޯ..” އާލިމާ އެހެން ބުނެލުމަށްފަހު އެ އެއްޗެކީ ކޯންޗެއްކަން ހޯދަން ދާނިޔަލް ބޭނުންވާނެ ކަން އިނގޭތީ ދާނިޔަލްއަށް ބަހެއް ބުނުމުގެ ފުރުސަތެއްވެސް ނުދީ އަވަހަށް ބުނެލިއެވެ. އެވަގުތު ދާނިޔަލް ބޯ ކަހާލަމުން އެކަމަށް އެއްބަސްވެލިއެވެ. ދެމީހުން ހިނިތުންވެލައިފައި ތިބި އިރު އުފާވެރިކަން އެ ދެމައިން ވަށާލައިފައި ވެއެވެ.

***

“ކުއްޖާ.. އަހަރެން ފޫހިވެގެން ހަލާކުވާއިރު މީނާ މިއޮތީ ހެވިލައިފަ ފޯނާ ކުޅެން ދޯ.. ކުރާނެ ކަމެއް ނޭނގިގެން މި އައީ.. ޓެސްޓުވެސް ނިމުނީނު.. ކިރިޔާ ގެޔަށް އައި އިރުވެސް އުފަލުން ގޮސް ދުވަމުން ނާދެވުނީ.. ހާދަ ބޮޑު ބޮލުރިހުމެކޭ އެ ފިލީ..” އެނދުގައި ބަނޑުވަތަށް އޮށޯވެގެން ދެފައި ހަލުވާލަ ހަލުވާލާ އޮތް އާލާގެ ބުރަކަށީގައި ބޮނޑިއެއް އަޅާލަމުން ރުކާ ބުނެލިއެވެ. އެހިނދު އާލާ ފުންމައިގެން ތެދުވެ ކަންފަތަށް ޖަހާފައި އިން ހެޑްސެޓް ނައްޓާލިއެވެ. “އުނަގަނޑު ބިންދައިގެން ނުދިޔައީ ކިރިޔާ އޭ.. ވަރުގަދަވެސް މީހެއް މީ..” ރުކާ އާ ދިމާލަށް ކުދި ކިޔާލަމުން އާލާ ބުނެލިއެވެ. އެވަގުތު ރުކާ ވެސް ހިނިގަނޑެއް ޖަހާލަމުން އާލާ ގާތު އެނދުގައި އިށީނދެލިއެވެ.

“އެއްކަލަ ސޮރު ފެނުނު މިއަދުވެސް..” ދަތްދޮޅީގައި އަތް އަޅުވާލައިގެން އިނދެ ރުކާ ބުނެލިއެވެ. އެވަގުތު އާލާ ދެފަރާތަށް ބޯ ހުރުވާލަމުން މޫނަށް ވައްތަރެއް ޖައްސާލިއެވެ. “ތާކުން ފިރިހެނެއް ފެނިއްޖެއްޔާ މި ރުކާވެސް ހުންނާނީ މޮޔަވެފަ.. މީނާ އަށް ވަރިހަމަ ވާނެ އެއީ ކޮންމެ ތަނެއްގެ ކޮންމެ ފެންވަރެއްގެ މީހަކަސް.. އަހަރެމެން ޖެހޭނީ އަހަރެމެންނާ އެއްފައްތީގެ މީހުންނާއި އެކީ އޭ އުޅެން.. އަތުގަ ލާރިފޮއްޗެއް ނެތް ފަޤީރަކާ އެކީ އުޅެގެން އަހަރެމެން ބޭނުންވާ އެއްޗެއް ގަނެދޭނީ ކިހިނެތް؟ މޭކަޕް ކުރާ ސާމާނުތަކާއި ފަހުގެ ހެދުންތަކާއި ދަބަސްތައް ގަންނަނީ ކިހިނެއް؟ އާހް.. އަދި ފައިވާނާއި.. މިއީ ހުސް އަހަރެމެން ބޭނުންވާ އެއްޗިއްސެއް ނޫންތަ؟ ދެން ރުކާ ބޭނުންވަނީ މުސްކުޅިން ލާކަހަލަ ބޮޑެތި ބޮޑެތި ބާ ހެދުންތަކެއް ލައިގެން ކަން ބުރުގަލެއްގަ ގޮށް ޖަހައިގެން އުޅެންތަ؟ މި ސިކުނޑީގެ ބޭނުން ކޮށްބަލަ..” އާލާ އޭނާގެ އެންމެ ގާތް އެކުވެރިޔާއަށް ވިސްނައިދެމުން ދިޔައެވެ. އޭނާގެ ހިތުގައި ބޮޑާކަމާއި ކިބުރުވެރިކަން ފިޔަވާ އިތުރު އެއްވެސް ކަމެއް ނުވެއެވެ. އޭނާގެ ހުރިހާވެސް ވިސްނުމެއް ހުރީ ދުނިޔޭގެ އުފާތަކަށެވެ.

“ޕިސް ޕިސް.. ތިހާ އަވަހަށް މީހުންނާ މެދު ގޮތް ނުނިންމަބަލަ.. ކިހިނެއް އިނގެނީ އެއީ ކޮން ޢާއިލާއެއްގެ ކާކުކަމެއްވެސް؟” ރުކާ ދެއަތް އުރާލަމުން ބުނެލިއެވެ. އެވަގުތު އާލާ އަނެއްކާވެސް ނިތްމަތީގައި އަތް އަޅާލިއެވެ. “އާލްއަށް ފެނުނީ.. އާލްއަށް ފެނުނު އެއްދުވަހު ސްކޫލުން އަންނަނިކޮށް އޭނާވެސް ސްކޫލުން އައިސް ގެއަށް ވަންނަނިކޮށް.. އިނގޭތަ އެ ގޭވެސް ހުރިގޮތް.. ކުރީޒަމާނުގެ ގެގަނޑެއް އެއީ.. ރުކާ ބޭނުންވަނީ އެކަހަލަ މުސްކުޅި ގެއެއްގަ އޭސީއެއް ނެތް ހޫނު ކޮޓަރިގަނޑެއްގަ އުޅެންތަ؟ މަ ހިތަށް އަރާ މި ކުއްޖާއަށް ވިސްނައިދޭނީވެސް ކިހިނެއް ބާވައޭ..” އާލާ ހިތުން އެންމެ ރަނގަޅުގޮތް ރުކާ އަށް ވިސްނައިދެވެތޯ އުޅުނެވެ. ނަމަވެސް އޭނާއަށް ނޭނގޭ ކަމަކީ ﷲގެ ޙަޟްރަތުގައި މުއްސަންޖެއް ފަޤީރެއް ކަޅު މީހެއް ދޮންމީހެއް ނަމަވެސް އެ އެންމެންވެސް ހަމަ ހަމަކަމެވެ. ތިމާގެ ހިތުގައި ވާ ޝައިޠާނީ ވަސްވާސްތަކުގެ ސަބަބުން އެ ހުރިހާކމެއް ވަނީ އެ ސިކުނޑިން ފުހެވިފައެވެ.

“ނޫނޭ.. ތިބުނީވެސް މުޅިއަކުން ދޮގު ވާހަކައެއް ނޫން ދޯ..” ރުކާ އާލާއަށް ދޯ އެއްލިއެވެ. އެވަގުތު އާލާ ރުކާގެ އަތުގައި ހިފާލުމަށްފަހު ހިނިތުންވެލިއެވެ.

“ކަލޭ ކައިރީ މަ ނުބުނަންނަ މީތި މިތަނުން ގެންދާށޭ.. ތިމާގެ ފެންވަރު ހަނދާން ނެތުނީތަ މިހާރު.. އެކަން ތި ސިކުނޑިން ހަނދާން ނެތިއްޖެއްޔާ ވަރަށް އުނދަގޫވާނެ މިގޭގަ އުޅެން.. އެކަން ހަނދާނުގަ ބަހައްޓާތި.. އަދި އެއްވާހަކަ.. މަށާއި ޖަދަލުކުރަން ހިތަށްވެސް ނާރުވާތި.. އަހަރެންގެ ކުރިމަތީގަ ބަސްބުނަން ކަލޭ ތީ ކާކު.. މަ މީ މި ރާއްޖޭގެ އެންމެންވެސް ދަންނާނެ ކާމިޔާބު ވިޔަފާރިވެރިޔާ އަރީފެގް އަންހެނުންނޭ..” ޝަހާދަތް އިނގިލި ދިއްކޮށްގެން އަޑުން އަޑު ނަގައިފައި ޝަޒިއްޔާ އެއްޗެހި ކިޔަމުން ދިޔައި ކުރިމަތީގައި ހުރި އެގޭގެ ޚާދިމަކާއި ދިމާލަށެވެ. އޭނާއަށް އެތާ ހުރި ފޮށިގަނޑެއް ހަނދާން ނެތިގެން ގުދަނަށް ނުލެވުމުން އަޑު ލަނީއެވެ. އެފަކީރު ހުރީ ބިރުން ތުރުތުރު އަޅަ އަޅާއެވެ. އިސް ދަށަށް ޖަހާލައިގެން ހުރި އިރު އަންހެން ކުއްޖެއް ނޫނަސް އޭނާގެވެސް ދެލޮލަށް ކަރުނަ ޖަމާވެފައި ވަނީ ގަތް ބިރަކުންނެވެ.

“ޝަޒިއްޔާ.. ހާދަ ވަރަކަށް އެސޮރާއި ދިމާލަށް ތި އެއްޗެހި ކިޔަނީ؟ އަދި މިއަދު އޭނާ ވަޒީފާއަށް އެ ނިކުތީވެސް.. އެހެން ނޫނަސް އިންސާނުންނޭ އަހަރެމެން މީ.. ކުށްވެސް ކުރެވޭނެ.. އެއީ އެހާ ކަމެއް ނޫނޭ..” އަރީފް މަޑު ހިނގުމެއްގައި އައިސް އެމީހުން ގާތު ހުއްޓިލިއެވެ. އޭނާގެ އަޑުގައި ވަނީ ހިތްހެޔޮކަމާއި މަޑުމައިތިރި ކަމެވެ. “އެކަމަކު.. އޭނާ ނުޖެހޭ ދޯ އަހަރެން ކުރާ އަމުރަށް ދެކޮޅު ހަދާކަށް..” ޝަޒިއްޔާ އޭނާގެ ގޮތުގައި ހިފަހައްޓާލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އަރީފް ޝަޒިއްޔާގެ ދެ ކޮނޑުގައި ހިފަހައްޓާލަމުން އޭނާގެ ވައަތް ފަރާތުގައި ހުއްޓިލިއެވެ. އެއަށްފަހު އަނެއްކާވެސް ޝަޒިއްޔާއަށް ވިސްނައިދެވޭތީ އުޅުނެވެ. ނަމަވެސް ޝަޒިއްޔާ ގޮތް ގަބޫލުކުރާ ގޮތެއް ނުވިއެވެ. އެހެން ކަމުން ކުރިމަތީ ހުރި ފިރިހެން ކުއްޖާ ގާތު އެތަނުން މިވަގުތު ދިޔުމަށް އެދުނީ ޝަޒިއްޔާގެ ރުޅިގަނޑު އެވަގުތު ފިނިވާނެ ގޮތަކީ އެއީ ކަމަށް ވާތީއެވެ. އޭނާއާއި ވާހަކަ ދައްކަމުން އެހުރިގޮތަށްހުރެ އަރީފް ޝަޒިއްޔާގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ސިޑިން އަރަމުން ދިޔައެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

hygge

Level 510 Stories100 Comments100 Login500 Comments

Other Articles

Previous

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 11

Next

ފެވިފާނަންތިވޭ ހިތުގާ 3

Next
August 27, 2018

ފެވިފާނަންތިވޭ ހިތުގާ 3

Previews
August 27, 2018

އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 11

19 Comments!

  1. almaa2004 says:
    August 27, 2018 at 9:25 pm

    E boy aky dhaaniyal dhw….. stry hama habeys

    1. aish noor says:
      August 27, 2018 at 10:00 pm

      yess dear.. 🙂 al’hamdhulillaah.. vrh vrh ufaavehje dear ah mi part kamudhiyaeema.. 🙂 jazakillah khairan dear.. 🙂

    2. aish noor says:
      August 28, 2018 at 12:30 pm

      Dear thibuny aalaa mennaa rasfannu in dhimaa vaa boy dhw? yeah aee dhaaniyal… 🙂

  2. eekko says:
    August 27, 2018 at 9:36 pm

    Nycc…waiting 4 the nxt prt

    1. aish noor says:
      August 27, 2018 at 10:01 pm

      jazakillah khairan dear.. 🙂

  3. Lotus says:
    August 27, 2018 at 9:53 pm

    V nice.. waiting for the next part.. v curious vey eba.. kihine baaey ey vaanee dhen.. ???I think he will get a job from Aala’s Dad’s office..

    1. aish noor says:
      August 27, 2018 at 10:03 pm

      jazakillah khairan dear.. 🙂 haha.. balamaa dhw dhn vaagotheh.. 🙂 hehehe.. inthizaaru kollamaa kuriyah huri baithakah.. dhw? 🙂 vrh ufaavehje dear ah mi part kamudhiyaeema.. 🙂

  4. aish noor says:
    August 27, 2018 at 9:59 pm

    Assalaamu a’laikum dear readers.. 🙂 al’hamdhulillaah, dhigu inthizaarakah nimumeh aissi, ehennu? hehehe… 🙂 vrh ufaavehje dear mn keiyytheri kamaaeku evves shakuvaa eh nethi mi part ah inthizaaru kureethy… 🙂 dear mn thihaa supportive v ma varah varah varah ufaavey noor.. hama hageegathugaves.. 🙂 next chapter maadhamaa ah geneveytho noor try kuraanan, in sha allah.. ummeedhu kuran hurihaa kudhinnah ves mi part kamudhaanekamah.. 🙂 wait a minute!!!! adhi thikudhin gaathu eh vaahaka bunelan handhaan nethifa mihury.. SURPRISE!!! mi part miee special part eh.. ‘hulhukolhu’ ga ulhunu ziva, yaeesh and yazaan mi part ga ulheyne.. aee noor hama thikudhinnah khaassakoh thikudhinnahttakaa egothah genesdhiny.. ummeedhu kuran e idea kamudhaane kamah hurihaa kudhinnah ves.. 🙂 e vaahaka nimunas e vaahaka in iburatheh libunu nama thikudhinge life ah e rangalhu aadha thakaa sifa thah apply kurahchey.. 🙂 hurihaa kudhin ves dheeny kan kamah samaalukan dheyn masahakaiyy kuraanekamah noor ummeedhu kuran.. 🙂 adhi, ekaku anekakah ihthiraamu kuran vaane ingey hurihaa kudhin ves.. 🙂 mi vaahakaige e bai annaane, in sha allah.. visnaalahchey kiyamun dhaairu.. eh kuhjaku aneh kuhjakaa dhimaalah anekaa dhera vaa fadha ehchehi nubunahchey.. misaalakah mi part ga ves aalaa dhaaniyal aa dhimaalah bunefi ehchekey.. ehennu? 🙂 ekam aalaa visnaeh nualaehnu dhw dhaaniyal ge hithah kuraane asarakaa medhu.. ehn v ma aee vrh dhera kan kan.. ekahala amaluthah aharemen ge gaiga harulavvaigen nuvaane.. v varakun heyo amaluthah ginakoh efadha goas amaluthakun dhuruvaan vaane.. adhi ekahala haalaiyy thakuga keiyytherikan iskuran vaane ingey kudhinney.. 🙂 adhi, hageegaiyy balainulai ekaku anekakah judge koh faadu kiyumakee ves vrh goas sifa eh.. mi kahala kan kamaky kuda kameh hen heevi namaves hama vrh bodu massala akah ves fahun vedhaane kan kan.. ehn v ma ehcheh bunumuge kurin ekamun nikumedhaane natheejjaa akah visnan vaane.. 🙂 mi part in faahaga kohlevunu 2 kanthah noor detail koh naseyhatheh ge gothuga mi buneladhiny.. 🙂 dear mennah hama rangalhakah noor mi bunely.. ehves gothakah thikudhin egothah ekan kuraathee ey kiyaafa eh noon.. eh kuhjakah ingey rangalhu kameh viyyaa aneh kuhjakah vaanennu dhw e foaru kohdheyn? e usoolun noor ves mi kanthah kuree.. 🙂 noor ah gaboolu kurevunu gothuga ekahala sifa thakaky aharemenge mujuthamau in ves konmeves varakah fenna kan kan.. aharemen ekaku anekaha ehytheri ve ehbaarulun dheegen ekahala kan kan madhukureveynee.. 🙂 ummeedhu kuran ingey hurihaa kudhinnah ves noor mi buneladhin vaahaka understand v kamah.. 🙂 noor ahtakaa thikudhinge hiyy saafu kamah noor ummeedhu kuran.. 🙂 noor ge hithuga ves thikudhinnah takaa ehves bura kameh neiyy.. 🙂
    ehves part akaa gulhey gothun ehves kuhjehge suvaaleiyy oiyy nama comment akun ves noor ah angaalahchey.. ingey.. noor ves balaanan v varakun thikudhinge doubts ulheynama e clarify kohdheveytho.. in sha allah.. 🙂 Jazakumullah khairan and LY all.. 🙂 <3<3<3

    1. aish noor says:
      August 27, 2018 at 10:02 pm

      maaiyy allah alhamenge faafa fussavaashi.. aameen.. 🙂

  5. maya says:
    August 27, 2018 at 10:09 pm

    masha allah..vvvv habeys…i think dhaan ah job hamajeheyni aalaa ge dad ge offihunhen…vvvv reethi waiting curiously…love u nooorr..jazaikallah khairan…

    1. aish noor says:
      August 27, 2018 at 10:13 pm

      jazakillah khairan dear.. 🙂 haha.. balamaa dhw dhn vaagotheh.. dhn oiyy bai liyaalyma ingidhaanethaa.. heheh.. 🙂 awww.. <3<3<3<3<3 marhabaa dear.. 🙂

  6. Twinkle? says:
    August 28, 2018 at 12:41 pm

    OMG… Our Noor sis is back!!! Mi stry vs vvvv kaamiyaabu vaane kamah lafaa kurevey??? Vvvv rythi Masha Allah

    1. aish noor says:
      August 28, 2018 at 9:51 pm

      hehehe.. al’hamdhulillaah! yess dear.. 🙂 hehe.. in sha allah.. noor try kuraanan dear mn kiyaa hiyy vaagothah genesdheveytho.. 🙂 vrh vrh vrh ufaavehje ingey dear.. 🙂 hehe.. jazakillah khairan dear.. 🙂

  7. Dandelion says:
    August 28, 2018 at 12:42 pm

    Alhey noor sis☺☺This part is awesome ingey☺☺But alifu sukun laan nujehey thanthanah alifu sukun laafa hurikan faahaga kurevey ☺☺I hope you will correct the mistakes☺☺^3^3^3….hihi..love you❤????

    1. aish noor says:
      August 28, 2018 at 9:55 pm

      hehe… yess dear.. 🙂 asluvestha? jazakillah khairan dear… 🙂 vrh vrh vrh ufaavehje.. hama aslugaves.. 🙂 alhey.. vrh vrh vrh ufaavehje noor ah hedhifa huri kuh thah faahaga kolladhinyma.. 🙂 jazakillah khairan dear.. 🙂 noor ah baeh faharah olheyne shaviyangnaa alifu sukun.. hehe.. kuriyah oiyythaa, in sha allah ebai rangalhu kolleveytho try kuraanan ingey.. 🙂 in sha allah, noor try kuraanan.. 🙂 vrh vrh vrh ufaavehje dear ekanthah faahaga kollyma.. 🙂 aww.. <3<3<3<3<3

  8. kokee says:
    August 28, 2018 at 12:50 pm

    maasha allah….mi part vx awsm…wen next…waiting…lov u sis

    1. aish noor says:
      August 28, 2018 at 2:44 pm

      jazakillah khairan dear.. 🙂 nxt part miadhu up vaanekamah noor ves eba ummeedhu kuran ingey dear.. 🙂 hehe.. 🙂 awww.. <3<3<3

  9. naash says:
    August 28, 2018 at 4:43 pm

    Hey Noor dear sorry first part ah comment nukurevunyma bt ebai keen? and hama mi part vx v obi ????? luv ya????

    1. aish noor says:
      August 28, 2018 at 10:08 pm

      yess dear.. 🙂 it’s ok dear.. 🙂 hehe.. thiee sorry bunaa varu kameh noonennu dhw? it’s ok ingey.. 🙂 jazakillah khairan dear.. 🙂 aww.. <3<3<3<3<3

Comments are closed.

Next Episodeދުޢާ 3←


All Right Reserved!