އައިރީން…(10)
ވަރަށް ވިސްނައިފާ އައިރީނަށްޓަކައި ދެވަނަ ކައިވެންޏެއް ކުރަން އަހަރެން ވިސްނީމެވެ. “މަންމަ ރަނގަޅު މީހެއް ހޯދާ…އަހަރެންގެ އެއްވެސް މައްސަލައެއް ނެތް…އެކަން އަހަރެން ބޭނުމީ އައިރީނަށް އަޅާލާނެ މީހެއް…އަމިއްލަ ދަރިއެއް ފަދައިން ލޯބިދޭނެ މީހެއް…” އަހަރެންގެ ވާހަކަތަކުން މަންމަގެ ހިނިތުންވުން ފުޅާވެގެން ދިޔައެވެ. ހީވާކަހަލައެވެ. މަންމަ އެއުޅެނީ މާކުރިންވެސް މީހަކު ހޯދައިންނެވެ.
“ސަމީހުއާއި އިންނަން ވީއެއްނު…އޭނަ އައިރީނަށް ވަރަށް ރަނގަޅުވާނެ…ކުރިޔާ ބަލާފަ ކިހާ ބަދަލް ވެއްޖެ؟”މަންމަގެ ބަސްތަކުން އަހަރެން ހުރީ ގަބޫލު ކުރަންވެސް ދަތި ވެފައެވެ.”ނޫން މަންމާ….އަހަރެން ބޭނުމެއް ނޫން ސަމީހު އާއި އިންނާކަށް….”އަހަރެން ދެކޮޅު ހެދީމެވެ.”ހަމަ ގައިމުވެސް ބޭރު މީހަކަށް ވުރެ އޭނަ ރަނގަޅު ވާނެ…ހެޔޮނުވާނެ…އަހަރެން އާދޭސް ކުރަން ނަޢީމާ….އަހަރެންގެ މި އެދުމުގައި ކޮޅުފައިން ނުޖަހާ….” މަންމަ އަހަރެން އަތުގައި ހިފާ އާދޭސް ކުރިއެވެ. އަހަރެން ބަލައިލީ ދުރުގައި ކުޅެން އިން އައިރީނަށެވެ.
އަހަރެންނަށް މަންމަ ދެއްކި ވާހަކަ ކޮންމެވެސް ވަރަކަށް ގަބޫލު ކުރެވުނެވެ. އަހަރެންނަށްވެސް ސަމީހުގެ ކިބައިން ބަދަލުތައް ފާހަގަ ކުރެވުނެވެ. ކުރިއަށްވުރެ ޒިންމާދާރެވެ. އައިރީން ދެކެ އިންތިހާއަށް ލޯބިވާ ހެންވެސް ހީވެއެވެ. އަހަރެން ކައިވެނި ކުރަން މިއުޅެނީ އަމިއްލަ އުފަލަކަށް ނޫނެވެ. އައިރީނަށެވެ. ކޮންމެ މީހަކީވެސް ކުށްކުރެވޭނެ މީހެކެވެ.އެ ގޮތުން ސަމީހުވެސް އެހުރީ ހެޔޮ ވިސްނުން ލިބިފައި ކަން އަހަރެން ގަބޫލު ކުރީމެވެ.
އަހަރެންގެ ކައިވެނި ސަމީހުއާ ކުރެވުނެވެ.އައިރީނަށްޓަކައެވެ.މިއީ އެންމެ ރަނގަޅު ގޮތްކަމަށް ހިތަށް ވިސްނައިދިނީމެވެ.ކައިވެންޏަށް ފަހު ސަމީހު އެދުނީ ރާއްޖެއަށް ދިރިއުޅުން ބަދަލު ކުރުމަށެވެ.އަހަރެން ނުރުހުނު ނަމަވެސް ފިރިމީހާގެ އަމުރަށް ކިޔަމަން ވުމަށް އަހަރެމެންގެ ދީނުގައި އޮތުމުން އެއްބަސްވީމެވެ.މާލެ ބަދަލު ވުމާއެކު އަހަރެންގެ ދިރިއުޅުން ބަދަލް ވެގެން ދިޔައެވެ. ފިރިމީހާ އާއި އައިރީންގެ ކަންތައް ބަލަމުން ގޭތެރޭ މަސައްކަތް ކުރަން ޖެހުނީ ސަމީހު ގޭގައި މަސައްކަތް ކުރާނެ މީހަކު ގެންނަން އެއްބަސް ނުވުމުންނެވެ. އެހެނަސް އެއްވެސް ޝަކުވާ އެއް ނުކުރަމެވެ.
ދުވަސްތައް ހަލުވިކަމާއެކު ފާއިތުވަމުން ދިޔައެވެ.އަހަރެންނާއި ސަމީހުގެ ގުޅުން ހީނަރުވަމުން ދާހެން ހީވިއެވެ.ކުދި ކުދި ކަންތަކުގައި ސަހީމް ދެބަސް ވާން ފެށިއެވެ.ދަންވަރު ގެއަށް އައުން ޢާއްމު ވިއެވެ. ކައިވެނީގެ ފުރަތަމަ ކޮޅު އައިރީނަށް އަޅާލިހެން މިހާރަކު އަޅައެއްނުލައެވެ.ސަމީހުގެ އުޅުން އެއްކޮށް ބަދަލު ވިއެވެ.ރުޅި އަންނަ ފަހަރު އަހަރެންނަށް އަނިޔާ ކުރާކަށްވެސް ފަހެއް ނުޖެހެއެވެ.ނަމަވެސް އަހަރެން ކެއްކުރީމެވެ.ދުވަސްތައް ފާއިތުވަމުން ގޮސް އަހަރެން ސަމީހުގެ ދަރިއަކަށް ބަނޑުބޮޑުވިއެވެ.އަހަރެން ސަމީހަށް އެޙަބަރު ދިނުމުން އަހަރެން ހީކުރި ގޮތާ ޙިލާފަށް އޭނަ ބުނީ ދަރި ވައްޓާލުމަށެވެ.ނަމަވެސް އަހަރެން އެއްބަސް ނުވުމުން ވަރަށް އަނިޔާ ކުރިއެވެ.އަހަރެން ބަލިވެ އިން ފަހުން ސަމީހު އަހަރެން އަތުން ފޯނުވެސް އަތުލިއެވެ.އެހެން ކަމުން އަހަރެންނަށް އަރީން ވެސް ގެއްލުނީއެވެ.
އަހަރެން ބަނޑަށް 6 މަސް ފުރުނެވެ.އަހަރެން އެއްދުވަހު ސަމީހު ކައިރި ވަރިއަށް އެދުމުން އޭނަ އަހަރެންނަށް ހެދި ގޮތް އިނގޭ ހެއްޔެވެ؟ރުޅި އައިސް ހަލާކުވެފައިވާ ހާލު އަހަރެން ބަނޑުގައި ކޮޅުފައިން ޖެހީ އެއްވެސް ރަހުމެއް ނެތިއެވެ.އަހަރެންނަށް ވީތަދުން ރޮއެގަނެވުނެވެ.ދެން ވެސް އޭނަ ހިތް ފުރުނުހެން ހީ ނުވެއެވެ.އަހަރެންގެ މޫނު މައްޗަށް ވީއްލައިލި އެތިފަހަރުން އަހަރެން ހަބަރު ހުސްވިއެވެ.ސަމީހުގެ ފަރާތުން އެތައް އަނިޔާއެއް އަހަރެން ތަހައްމަލް ކުރީމެވެ. އަހަރެން އަރީން އާއި ވާހަކަ ދައްކަން އެދޭ ކޮންމެ ފަހަރަކު އަހަރެންނަށް އޭނަގެ ރަހުމެއް ނެތް ވަކިތައް އިހުސާސް ކުރަން ޖެހެއެވެ.އެހެންކަމުން އަހަރެންވެސް ބަލަނީ އޭނަ ކައިރި ކަންތަކުގަ ނުކިޔާ ވޭތޯއެވެ.
އަހަރެން ވިހަން ކައިރިވި ނަމަވެސް ސަމީހުގެ ހަމަލާތައް މަދެއް ނުވިއެވެ.ހީވާކަހަލައެވެ.އަހަރެންނަށް ލިބޭ ކޮންމެ ވޭނަކީ އޭނައަށް ލިބޭ އުފަލެކެވެ.އަހަރެން ކިތެއްމެ ވަރަކަށް ހިތާމަ ކުރިނަމަވެސް އަހަރެން މި އަނދަވަޅުން ސަލާމަތް ކުރާނެ މީހަކު ނެތްކަން އަހަރެންނަށް ވިސްނުނެވެ.އަހަރެން ބުނި ކޮންމެ އެއްޗެއް ދީގެން ބަލާބޮޑު ކުރި މީހުންގެ ހާލު ބެލަންވެސް މިހާރު އަހަރެން ނުކުޅެދެއެވެ.
އަހަރެންނަށް ހޭލެވުނީ މެންދަމުގެ 2 ޖެހި އިރުއެވެ.ބަނޑުގަ ރިއްސާވަރުންނެވެ.އަހަރެން ސަމީހު އޮތްތޯ ބެލި އިރު އޭނަ އޮތީ ގަދަ ނިދީގައެވެ.ބޭނުން ނުވި ނަމަވެސް އަހަރެން ސަމީހަށް ގޮވީ އިތުރު ގޮތެއް ނެތުމުންނެވެ.”ކިހާ ބޮޑު އުދަލުގެއްތަ؟” އަހަރެން ގޮވަން ފެށުމުން ސަމީހު ރުޅިގަނޑު ކެކިގަތެވެ.”އަހަރެން ބަނޑުގަ ވަރަށް އެބަ ރިއްސާ..” އަހަރެން ޖެހިލުންވެ ހުރެ ބުނީމެވެ.”ދެން އަހަރެންނަށް ކޮންކަމެއްތަ؟؟ ކަލޭ ކައިރި ފުރަތަަމަ ވެސް އަހަރެން ބުނިން ތި ބަނޑު ދޮންނަން….އަމިއްލައަށެއްނު މަ ބުނި ގޮތް ނުހެދީ….ދެން ރަނގަޅީވެސް މިރޭ ކަލެއާ އެއްކޮށް ކަލޭ ބަނޑުގަ އޮތް އެތިވެސް މަރުވެއްޖެޔާ!”ރުޅިވެރިކަމާއެކު ސަމީހު ބުނެލިއެވެ.އަހަރެންނަށް ރޮވެން ފެށުނެވެ.ހިތްވަރު ކޮށްފައި އަހަރެން ކޮޓަރިން ނުކުންނަން ދިޔައިމެވެ.
ކިރިޔާ ގެއިން ނިކުމެވުނީއެވެ.ބަނޑުގައި އަޅާ ވޭނަށް އިތުރަށް ކެތްނުކުރެވިގެން ދޮރުކައިރީގައި އިށީނދެ އިނދެ ﷲގެ ހަޞްރަތަށް، ބަނޑުގައި ވާ ދަރިފުޅުގެ ސަލާމަތަށް އެދި ދުޢާ ދަންނަވާލީމެވެ. ގޭގެ ދޮރު ހުޅުވުން އަޑަށް އަހަރެން ބަލާލި އިރު 4 އަހަރަށް ދާ ކުޑަ ކުޑަ އައިރީން މަންމީ އޭ ކިޔާ ބައްދާލި އިރު ހުރީ ރޮވިފައެވެ. މާތް ﷲގެ ރަޙުމަތް ފުޅުން އެވަގުތު އެމަގުން މެދު އުމުރުގެ އަންހެނެއް ދިޔައެވެ.އަހަރެން ހުރި ހާލު ފެނި ދުވެފައި އައިސް އަހަންނަށް އެހީވިއެވެ.ވަގުތުން އެމްބިއުލާންސަކަށް ގުޅައިން ހޮސްޕިޓަލަށް ގެންދިޔައެވެ.
އަހަރެންގެ ކަންފަތުގައި ތުއްތު ކުއްޖާގެ ރުއިމުގެ އަޑު ޖެހުމާއެކު މިއޮށް ހުރިހާއިރު އެޅި ވޭން ކެނޑިގެން ދިޔަ ކަހަލައެވެ. ﷲގެ ކުޅަދުންވަންތަކަން ނިކަން ދެކިބަލާށެވެ. ސަމީހުގެ ރަހުމުކުޑަ އަނިޔާތަކަށް ފަހުވެސް ދަރިފުޅު ގަދަވެ ސަލާމަތުން އޮތުމުން ބަޔާން ކުރަންދަތި އުފަލެއް ލިބުނެވެ އަދި ފަށްފަށުން އެފަރާތަށް ހަމްދު ކުރެވުނެވެ. އަހަރެން ކޮޓަރިއަށް ބަދަލު ކުރުމުން އަހަރެންނަށް އެހީވެދިން މީހާ އައިރީން ގޮވައިން ވަނެވެ. އައިރީނަށް އެކުއްޖާ ފެނުމާއެކު ދުވެލާފަ އައި އިރު އެ މައުސޫމު މޫނު މަތީ ވީ ލޯބި ހިނިތުން ވުމެކެވެ.
“އަހަރެނަށް ކިޔަނީ ފަރީދާ.” ފަރީދާ އަމިއްލައަށް ތަޢާރަފް ވެލިއެވެ.”ނަޢީމާ…އެހީވެދިނީތީ ވަރަށް ބޮޑަށް ޝުކުރިއްޔާ..” “އަހަރެން އައިރީން ގޮވައިން ހުރިއިރު އަހާލިން ބައްޕަ ކޮބާހޭ، ބުނީ ނިދާފަ އޭ، ބައްޕަ އަށް ނުގުޅައްޗޭ ، ބައްޕަ ވަރަށް ގޯހޭ، އަބަދު މަންމަ ރޮއްވަނީއޭ.. އިނގޭ މީ ނަޢީމާ ޒާތީ ކަމެއްކަން،އެކަމު އެހާ ވަރުގެ ކުއްޖެ ދޮގު ނުހަދާނެ ކަން އަހަރެން ހިތް ގަބޫލު ކުރޭ. އިނގޭ އަދި ދިމާވިތާ 24ގަޑި އިރު ހަމަ ނުވާކަން ވެސް. އިތުބާރު ކުރަން އުދަނގޫވާނެކަންވެސް.. އެކަމް އަންހެނެއްގެ އިހުސާސްތައް އެންމެ ފަސޭހައިން ދެނެގަނެވޭނީވެސް ހަމަ އަންހެނަކަށް ، ނޫންތަ؟” ވަރަށް ވިސްނާފައި އަހަރެން ފަރީދާއަށް ހުރިހާ ވާހަކައެއް ކިޔައިދިނީމެވެ.
-ނުނިމޭ-
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.



varah reethi
thank you shanha. <3
Woww…. stry vrh vrh reethi… keep up the hardwork dear
thank you <3
So airyn and ulya aky half sisters dhw
Yepp… 🙂
Wow…??? hama rovvaalaifi mi stry ge first part in feshign mihisaabah kiyun iru…??? mibain thnkolheh kiyaalaafa hithah ery vvv rythi vaahaka eh hn hyve a… ehnve mi kiyaaly… masha allah vvvv furihama??????❤❤❤ whn nxt part??? Can’t wait
soon…thnx dear <3