އެ ކީއްވެހޭ ހިތަށް މަގޭ މިހެންވަނީ 10
ސާރާ ބިރުން ހީވަނީ އެހެންފަދަ ކަމެއްހެންނެވެ. ނަޢުފަލް ފޮނުވައިގެން ކަން ސާރާއަށް އެނގުނު ހިސާބުން ސާރާ ބިރުގަތެވެ. ހަބީބް އަކީ ނަޢުފަލްގެ އެއް އަތޭ ބުންޏަސް ދޮގަކަށް ނުވާނެވެ. ސާރާ އަވަސް ހިނގުމުގައި ޖެހިގެން އޮތް ގޯޅި އަޅާލުމާ އެކު ބާރުގަދަ އަތަކުން ސާރާގެ އަނގަމަތީ އަތް އަޅާ ކައިރީގައި ހުރި ފަޅުގެއަށް ސާރާ ދަމައިގަތެވެ. އެ ބާރުގަދަ އަތް ސާރާގެ އަނގަމަތިން ނެއްޓޭތޯ ކުރަމުން ދިޔަ މަސައްކަތް ބޭކާރުވިއެވެ. ސަލާމަތަށް އެދި ގޮވޭނެ އެއްވެސް ގޮތެއް ނެތުމުން އިސާހިތަކު ދެލޯ ކަރުނުން ފުރުނެވެ. އެހެންނަމަވެސް ކުރާނޭ ވަކި ކަމެއްނެތެެވެ. އެމީހާގެ ބާރަށް ސާރާ ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ސަލާމަތަށް އެދި އެތަށް ފަހަރަކު ދުޢާ ކުރެވުނެވެ.
ވަށާ ފާރުން އެއްބައި އޮތް އެ ގެ އަކީ ވީރާނާވެ ހަލާކުވެފައިވާ ގެއެކެވެ. ގޭގެ ފުރާޅެއް ނެތެވެ. އެހެންކަމުން ގޭގެ މައްޗަށް ލެބިފައިވާ ގަހުގެ ފަތްތަކުން އެތަން ވަނީ ކުނި ގޮނޑަކަށް ވެފައެވެ. ފިޔަވަޅެއް އަޅާލިޔަސް އިވެމުންދަނީ މުރަނަ ވެފައިވާ ފަތްތަކުގެ އަޑެވެ. ގެއަށް ވަދެވެން ދޮރު ކަންޏެއް އިނެއްކަމަކު ކުޑަ ދޮރާ ވީ ފަރާތުގެ ފާރުވަނީ ބިމާ ހަމަވެފައެވެ. އެ ދޮރުން ވަދެގެން އެތެރެއަށް ދާއިރު ކުޑަވަރެއްގެ ފާރެއް ހުރެއެވެ. އަދި އެ ފާރުގެ ފަހަތުގައި ކުޑަ ކޮޓަރިއެެއް ކަހަލަ ތަނެއް ހުރެއެވެ.އެތަނުގެ ވެސް އެއްފާރުން އެއްބައިވަނީ ވެއްޓިފައެވެ. އެމީހާ ސާރާ ގޮވައިގެން އެގެއަށްވަދެ ހުރަހަށް ހުރި ފާރުގައި ސާރާ ލައްކޮއްލިއެވެ. އޭރުވެސް ސާރާ މަސައްކަތް ކުރަމުންދިޔައީ އެ އަތް ނެއްޓުވޭތޯއެވެ. އެހެންނަމަވެސް ކާމިޔާބު ވާ ގޮތް ނުވިއެވެ. ކުއްލިއަކަށް އެއްލި ކަޅިއަކުން ސާރާއަށް ފެނުނީ ސާރާ ހުރި ތަނާ ކުރިމައްޗަށް ވާ ގޮތަށް ވެއްޓިފައިވާ ފާރުގެ އަނެއްފަރާތުގައި ހަބީބު ހުއްޓައެވެ. ކޮންމެސް ވަރަކަށް މަގުގައި އަލިކަން ހުރުމާއެކު ސާރާއަށް ހަބީބް ވަކި ކުރަން އެނގުނެވެ. ހަބީބް ދިޔައީ ފަރާތް ފަރާތަށް ބަލަމުންނެވެ. ލަފާ ކުރެވޭ ގޮތުގައި އޭނާ އެ ހޯދަނީ ސާރާއެވެ.
ސާރާގެ ހިތް އިތުރަށް ބިރުގަންނަން ފެށިއެވެ. ނުބައި ވަސްވާސްތަކުން ހިތަށް ބިރުވެރިކަން ވެރިވަމުންދިޔައީ އިންތިހާއަށެވެ. ހަބީބް އެތާ ހުރިއްޔާ މީ ކާކުބާއޭ ސާރާ ހިތަށް އަރަމުންދިޔައެވެ. ކުއްލިއަކަށް ސާރާ އެމީހާގެ އަތުގައި ދަތްއެޅުމަށްފަހު ދުއްވައިގަތެވެ. އެވަގުތު އެމީހާގެ އަނގައިން ވޭނީ އާހެއްގެ އަޑު އިވުނެވެ. މަގުމަތި ފަރާތުގައި ހުރި ހަބީބްއަށް އެ އަޑު ވަރަށް ރަނގަޅަށް އިވުނެވެ. ފަތްތަށް މުގުރަމުން ގޭގެ އަނެއް ފަރާތުން ނުކުމެވެން އޮތް ބާ ގަނޑަކުން ނިކުންނަން އުޅެނިކޮށް ފުރަގަހުން ސާރާގެ އަނގަމަތީގައި އަތް އަޅާ އަނެއް އަތުން ސާރާގެ ބަނޑުގައި ބައްދާގަނެގެން އެމީހާ އަނެއްކާވެސް ސާރާ އެ ފާރުގެ ފަހަތުގައި ހުރި ކޮޓަރިއަށް ދެމިގަތެވެ. އޭރު ހަބީބް މަޑު ހިނގުމުގައި ފާރާ އަރާ ހަމަވަނީއެވެ. ސާރާގެ އަނގަމަތިން އަތް ނެގުމުން ސާރާ ހަޅޭލަވާ ގަންނަން އުޅެނިކޮށް އެމީހާގެ ޝަހާދަތް އިނގިލި ސާރާގެ ތުންފަތުގައި ޖައްސާ, “ޝޫޝް” ބުނެލިއެވެ. އެވަގުތު ވަރަށް ކައިރިން މީހެއްގެ ފިޔަވަޅުގެ އަޑުއިވެމުންދިޔައެެވެ. ސާރާ ފަހަތް ބަލާލުމަށްފަހު ސާރާ ކުރިމަތީ ހުރި މީހާގެ މޫނަށް ބަލާލެވުނެވެ. އެއާއެކު ސާރާގެ ގައިން ހީބިހި ނަގައިގަތެވެ. ކޮޓަރީގެ ކަނަކަށް ބާގަނޑަކުން އެޅިފައިވާ ފަނޑުއަލިން ސާރާއަށް އެމީހާގެ މޫނު ފެނުނެވެ. އޭރުވެސް އެމީހާ އިރުކޮޅަކާ ބޯ ދިއްކޮއްލަނީ މީހަކު އާދޭތޯއެވެ. ސާރާއަށް ވައި އަޑުން އަރުޝްއޭ ބުނެވުނެވެ. އެއަޑު ކިތަންމެ ރީތިކޮށް ވެސް އަރުޝްއަށް އިވުނެވެ. އަރުޝްގެ އެންމެ ހިމަނާރަށްވެސް ސާރާގެ ބިރުގަތްފައިވާ އަޑު އިވި އަސަރުކުރިއެވެ.
ދެމީހުންގެ ކަޅި ބައްދަލުވީ ހިނދު އެތަކެއް ވާހަކައެއް ބުނަމުންދިޔައެވެ. ސާރާގެ ލޯބި މޫނަށް އިރުކޮޅަކު ބަލަން ހުރުމަށްފަހު ސާރާގެ އަތުގައި ހިފާ އަތަށް ފިތާލިއެވެ. ސާރާއަށް ދެލޯ މަރާލެވުނެވެ. ލިބުނު އުފަލަކުންނެވެ. ސާރާގެ އަތުގައި ހިފާގެން އެ ކޮޓަރީގެ ވެއްޓިފައިވާ ފާރު މަތިން ނިކުންނަން އުޅުމަށްފަހު އަވަސް ހަރަކާތާއެކު އަނެއްކާވެސް ފަހަތަަށް ޖެހުނެވެ. ކުއްލިއަކަށް ސާރާ ގޮވައިގެން އެތަނުގެ ކަނަށް ވަނެެވެ. ކަންދިމާ ކުރިގޮތުން އަނދިރި ފަޅީގެ ކަނަށް ވާގޮތަށް ސާރާ ބެހެއްޓުނެވެ. އަދި ސާރާގެ ކުރިމަތީ ހުއްޓުނެވެ. އޭރުވެސް ސާރާ ހުރީ މިވަނީ ކީއްކަން ނޭނގިފައެވެ. އަރުޝް މަޑުމަޑުން ސާރާ އެތާ ހުރިކަން މީހަކަށް އެނގުނަ ނުދިނުމަށްޓަކައި ސާރާއާ އިތުރަށް ކައިރިވެލިއެވެ. ދެމީހުންގެ ހޫނު ނޭވާ އެކަކު އަނެކަކުގެ މޫނަށް އެޅެމުން ދިއުމުން ދެމީހުންނަށް ކުރެވެމުންދިޔަ އިހްސާސްތަށް ބުނެދޭންވެސް ނޭނގުނެވެ. ސާރާއަށް އިތުރަށް ކެތްނުވުމުން އަރުޝްގެ މޭގައި ބޯ އަޅާލެވުނެވެ. އެވަގުތު އަރުޝްއަށް ކުރެވުނު އިހްސާސްއިން ބޭ އިހްތިޔާރުގައި ސާރާގެ ބުރަކަށީގައި އަތް ވަށާލެވުނެވެ. އެވަގުތުވީ ހަބީބްއަށް އެތަނަށް ވަތް ވަގުތަކަށެވެ. ބަޔަކު ހަރަކާތް ވާހެން ހީވެގެން އެދިމާލަށް ހަބީބް ދިޔައެވެ. ދެމީހުންނަށް އެކަން އެނގުމުން ހީވީ މޭ ގަނޑު އަނގަޔަށް އައި ހެންނެވެ. މިއަދު ސަލާމަތެއް ނުވާނޭ ހިތް ބުނަންފެށިއެވެ. ސާރާ އިތުރަށް އަރުޝްގެ މޭގައި ބޮނޑި ވެލުމުން ސާރާ ބިރުގަނެފައި ހުރިވަރު އަރުޝްއަށް އިހްސާސްވިއެވެ. އަދި ވަރަށް ސިއްރުން ސާރާގެ ކަންފަތް ދޮށުގައި ރީތިކޮށް ހުންނާށޭ ބުނެލިއެވެ. އޭރު ހަބީބް އެމީހުންނާ އަރާ ހަމަވަނީއެވެ.
“އައި ލަވް ޔޫ ބޭބީ, ދެން ތިހާ ލަދުން އުޅޭނެ ކަމެއްނެތޭ, މިތަނަށް އެއްވެސް މީހަކު ނާންނާނެތީ އޭ މި ތަނަށް ގަޑި ކީ, ދެން ޕްލީޒް، ކުރަން އައި ކަންތަށް ކޮށްފަ އަވަހަށް ދާން ހިނގާ, ވަރަށް ލޯބިވޭ, އުމްްްމްމްމްމމްމްމްމމމްމަ” އަރުޝްގެ އެ ވާހަކަތަކުން ސާރާ ހުރީ ބުނާނެ އެއްޗެއް ނޭނގި، ހަދަންވީ ގޮތެއްވެސް ނޭނގިފައެވެ. އެ އަޑު އެތަނަށް ވަދެގެންއައި ހަބީބްއަަށް އަޑު އިވުމުން ވަގުތުން ހުއްޓުނެވެ.
“ކަލޯ ގަޔާ,މީ މާ ފޮޅުވާ ބައެއް ދޯ , ބްރޯ ރަނގަޅަށް ފޮޅުވާތި” މިހެންބުނެ ހަބީބް އަވަސް ހިނގުމުގައި އެތަނުން ނުކުމެގެން ދިޔައެވެ.
ހަބީބް ދިޔަތާ އިރުކޮޅެއް ވީއިރުވެސް ދެމީހުންނަަށް އެތިބި ގޮތަށް ތިބެވުނީއެވެ. ދެމީހުންވެސް ހީވަނީ ވަކިނުވާން ތިބިހެންނެވެ. ކުއްލިއަކަށް އަރުޝް ސާރާއާ ދުރަށް ޖެހިލުމަށްފަހު ވައިބްރޭޓް ވަމުންދިޔަ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ގުޅަނީ އޮފީސް ކުއްޖެއް ކަމުން ފޯނަށް ޖަވާބު ދިނުމަށްފަހު ފޯނު ނިންމާލިއެވެ. އަދި ސާރާއަށް ބަލާލިއިރު ސާރާ އިސްޖަހައިގެން ހުރުމުން ސާރާ ކައިރިއަށް ދިޔައެވެ. އަދި ސާރާ އަތުގަ ހިފައިގެން އެތަނުން ނުކުމެގެން ސާރާމެން ގޭ ދޮށަށް ދިޔައެވެ. އަދި ސާރާމެންގޭ ފަހަތުގައި ތިއްްބެވެ. އެހާ އަލި ނޫނަސް ކޮންމެސް ވަރެއްގެ އަލި ކަމެއް އެތަނުގައި ހުއްޓެވެ.
“ވަރަށް ބޮޑަށް ސޮރީ ދެންމެ އޮޅުމަކުންވެސް ސާރާއަށް ތަދުވިނަމަ, ފަހަރެއްގަވެސް ސާރާއަށް އަނިޔާދޭކަށް ނޫން, އޭނަ ސާރާ ފަހަތުން އައިތަން ފެނުނީމަ އަހަރެންގެ ހިތް ބުނަންފެށީ ރަނގަޅު ކަމަކު ނޫނޭ, އެމީހާ އެ އުޅުނީ, އެހެންވެ އެ ގޮތަށް ކަންތަށް ޖެހުނީ, އަދި ދެންމެ ދެއްކި އެއްވެސް ވާހަކައަށް ގޯސްކޮށް ނުނަގާނެ ކަމަށް އުއްމީދު ކުރަން, އެވަގުތު ހިތަށް އައި އެންމެ މޮޅު ގޮތް އެއީ” އަރުޝް މަޑުމައިތިރި ކަމާއެކު ވާހަކަ ދެއްކިއެވެ.
” ހޫމް, އެއްވެސް އެއްޗެއް ހިތަކަށް ނާރާ, ޝުކުރިއްޔާ އޭނަގެ ކިބައިން ސަލާމަތް ކޮއްދިނީމަ, އަދި މާފަަށް އެދެން ދެންމެ އަރުޝްގެ އަތުގަ ދަތް… ” އެހިސާބަށް ބުނެވުނުތަނުން އަރުޝް ސާރާގެ ތުންފަތުގައި އަރުޝްގެ ޝަހާދަތް އިނގިލި ޖައްސާލިއެވެ. ” އަހަރެން ކައިރިން މާފަށް ނޭދެއްޗޭ, ސާރާ ނުޖެހޭނެ އަހަރެން ކައިރިން މާފަށް އެދޭކަށް, އަދި މާފަށް އެދޭ ވަރުގެ ކަމެއް ސާރާ ނުކުރާނެ” މާނަ ފުން ގޮތަކަށް ސާރާގެ މޫނަށް ބަލާލަމުން އަރުޝް ބުނެލިއެވެ. އަދި މަަޑު މަޑުން ސާރާގެ ކުރިމަތީ އަރުޝްގެ ހިތް ހުޅުވާލިއެވެ. ކޮންތާކުން ލިބުނު ހިތްވަރެއް ކަމެއް ހުދު އަރުޝްއަށްވެސް ނޭނގުނެވެ.
“އެ ކީއްވެ،” ސާރާއަށް ކުއްލިއަކަށް އަހާލެވުނެވެ. “އެއީ އަހަރެންނަށް ސާރާ ހާއްސަވީމަ، އަދި މިއަދު އަހަރެންނަށް އެހީވީމަ, ސާރާއަށް އިތުބާރުކުރާތީ” މަޑުމަޑުން އަރުޝްއަށް ސާރާއާ ކައިރިވެވެމުން ދިޔައެވެ. ސާރާވެސް އަރުޝްގެ ކޮންމެ ވާހަކައެއް އަޑުއަހަން ހުއްޓެވެ. ސާރާގެ ހިތް އުފަލުން ފޮޅިފައިވާ ކަހަލައެވެ.
“ސާރާ، މިމި.. އަހަރރން, ވަރަށް ލޯބިވޭ ސާރާދެކެ”ކުއްލިއަކަށްް ސާރާގެ އަތުގައި ހިފަމުން އަރުޝް ބުނެލިއެވެ. ސާރާއަށް ކުއްލިއަކަށް އަރުޝް އެހެން ބުނުމުން ގަބޫލްނުކުރެވިފައި އަނގަ ނަގައިގެން ހުރެވުނެވެ. އުއްމީދު ނުކޮށް ހުއްޓާ ބޭނުންވާ މީހާ ހާސިލް ވުމުގެ މަގު ތަނަވަސްވުމުން އުފާނުވާނީ ކާކު ހެއްޔެވެ.
“އެނގޭ ގަބޫލް ނުކުރެވޭނެކަން, އެެެންމެ ފުރަތަމަ ފެނުނު ދުވަހުވެސް ތި ސޫރަ މިހިތުގަ ބިންވަޅު ނެގުނު, އަބަދު ދެކޭ ހިތްވަނީ, ނިދަން އުޅުނަސް އެކަމެއް ނުވޭ ލޯ މަރާލާއިރަށް ސާރާގެ ތި ލޯބި ލޯބި މޫނު ފެންނާތީ,ސާރާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ހިތަށް ގޮތްތަކެއް ވަނީ, އަމިއްލަ ހިތާވެސް ސުވާލު ކުރެވޭ, ކީއްވެހޭ މިހެންވަނީ, ސާރާ ހިތަށް އަރާފާނެ ކޮން ފިލްމެއްގެ ޑައިލޮގްތަކެއް ބާއޭ މި ކިޔަނީ, މީ ހަމަ ތެދު, އަހަރެންގެ ހާލަތަކީ މީ, ސާރާ ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ވިންދު އަވަސްވޭ, މިހާރުވެސް ބަލާބަލަ” މިހެންބުނެ ސާރާ އަތް ގެނެސް އަރުޝްގެ މެޔާ ވީ ފަޅީގައި އަތް ޖެއްސުވިއެވެ
ސާރާ ހީކުރީ ދޯ މީ ފޭކޭ, މައްސަލައެއްނެތް އެހެން ހިތަށް އެރިޔަސް, އެނގޭހާވެސް އެއްޗަކީ އަހަރެންނަށް ސާރާދެކެ ވަރަށް ބޮޑަށް ލޯބި ވެވިއްޖެކަން, ސާރާގެ ކޮންމެ ޖަވާބަކަށް އަހަރެން އިހްތިރާމް ކުރާނަން، އެނގޭ ސާރާ ތަނަކުން ފެންނަ މީހަކު ހަމަ ލޯބިވޭ ބުނާއިރަށް ގަބޫލް ނުކުރާނެކަން, އަސްލު ނުވާނެ ގަބޫލް ކުރާކަށްވެސް, ވަރަށް ރަނގަޅަށް ތި ކަންތައް ކުރަނީ, އެކަމް އެއްފަހަރުވެސް ބުނެބަލަ މަށާ ދޭތެރޭ ތިހިތުގަ އޮތް އެއްޗެއް, ސާރާގެ އަމަލުން ބައެއްފަހަރު އަހަރެންނަށް ވެސް ހީވޭ ސާރާ ލޯބިވާހެން” ސާރާ އުފަލުން ބުނާނެ އެއްޗެއް ނޭނގިފައި ހުރެވުނެވެ. ބުނަން ބޭނުންވާ އެއްވެސް ބަހެއް ދުލުކުރިއަށް ނައެެވެ. “ސާރާ ހިތުގެ ޖަވާބު ބޭނުމީ, ސާރާ ހިތްހަމަ ނުޖެހޭނަމަ ސާރާ ކުރި މައްޗަށް ނާރާނަން, އުނދަގުލެއް ވެސް ނުކުރާނަން” އަރުޝް މާޔޫސީ އަޑަކުން ބުނެލިއެވެ.
އަރުޝްގެ ސުވާލަށް ޖަވާބުދިނުމަށް އަނގަ ހުޅުވާލި ވަގުތު ނަޢުފަލްގެ މޫނު ހިތަށް ސިފަވުމާއެކު ސާރާގެ ހިތް ބިރުން ތެޅިގަތެވެ. ދެންމެ ލިބުނު އުފާވެރިކަން ވަގުތުން މޫނުމަތިން ގެއްލުނެވެ. ނަޢުފަލްއަށް ހަބަރު ދޭނެ މީހުން ގިނަވުމާއި, އަރުޝްއާ ގުޅުމެއް އޮތްކަން އެނގިއްޖެނަމަ, ކޮންމެފަދަ ގޮތެއްވެސް އަރުޝްއަށް ހަނދާނެކަން ސާރާއަށް އެނގުނެވެ. އެއީ މިހާތަނަށް ދީފަ ހުރި އިންޒާރުތަކުން ސާރާއަށް އެހެން މީހަކާ ގުޅެވޭނެ ގޮތެއް ނެތުމުންނެވެ. އެހެންކަމުން ސާރާ އަރުޝްގެ ސަލާމަތަށް އަރުޝްގެ ލޯބި ގުރުބާންކުރަން ނިންމިއެވެ. ވަގުތުން އަރުޝްގެ އަތް ފޮޅުވާލުމަށްފަހު ފަހަތަށް ޖެހެމުން ގޮސް އެތަނުން ދިޔައީ އަރުޝް ކޮއްފާނެ ސުވާލަށް ވަގުތުނުދިނުމަށެވެ. އަދި ސުވާލު ކޮއްފިނަމަ ސާރާގެ ހިތް ބޭޒާރުވެދާނެތީއެވެ.
ސާރާ ދިޔަ ދިމާލަށް ބަލަން ހުރި އަރުޝްގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބައިގަތެވެ. ދުވަހަކުވެސް އަންހެން ކުއްޖެއްދެކެ ލޯބި ނުވާ އަރުޝް ސާރާ ދެކެ އިންތިހާއަށް ލޯބިވާކަން އޭނާގެ އަމަލުތަކުން އެނގުނެވެ. އަދި އަމިއްލަ ހިތާ ޝަކުވާ ކުރެވުނީ ސާރާ ލޯބިވާކަން ސާރާގެ އަމަލުތަކުން އިހްސާސް ކުރެވި, ބޭނުންވި ޖަވާބު ސާރާ ގެ އެ އަމަލުން ނުފެނުމުންނެވެ.
އަރުޝްއަށް ހުރި ތަނަށް ތިރިވެ ކީއްވެހޭ އަހާލެވުނެވެ. އެ އަޑު އިވުނު މީހެއްގެ ހިތްވެސް ޒަހަމް ކޮއްލާހާ އަރުޝްގެ އަޑުގައި ވޭނީ ކެކުޅުން ހުއްޓެވެ.
އަރުޝްއަށް ކުޑަވެސް ގެއްލުމެއް ލިބެން ސާރާ ނޭދޭތީ މިއަދު އެ ޖެހުނީ އަރުޝް ލޯބިވާކަން އެނގިހުރެވެސް އެ ލޯބި ސާރާގެ ހިތުގައި ފަސްއަޅާ ފޮރުވާށެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
15 Comments!
Comments are closed.




woowww varah salhi thankolheh dhigukohlachey
maasha allah vv reethi… alheyh haadh dhera ey dhw…. hama kiriyaa nurovuny
Thanx avya dear????
Thanx naash????dhen balamaa dhw vaa gotheh,faharehga ehn gotheh vess dhimaavedhaane
OMG.. Haadha reehcheyy.. Eyru ves mi story feshi iruves ingey mihaa salhi vaanekan… Vvv reethi hyvany hama kurimathin knme scene eh image vaahen.. Ehaaves Sifakurun reethi.. MashaAllah ???????????and haadha dheragothekey dhw mi vi.. Alhe saaraa arush ah yes jahaafa naufal ge vaahaka buneba…. Waiting for Next part thankolheh avahah up kohdhehchey plyxx…. ???❤️?❤️?
Wowww v salh Masha Allah best of luck
V reethi saara ah dheragotheh nuhadhaathi please
V reethi, when nxt part……??❤❤❤keep up the good work…..?????????
Stry awesome dear….good job….how nicely u r using ur talent and showing us through the stry???…???? i just love this stry ???????whn next part dear….
Thanx maya??????nikan balamaa dhw saara ah dhen vaa goiii
Thanx haii and reet??????dhera goii kudakoh hadhaalan vaane ehnu dhw
Thanx unknown girl. Veehaa vess avahakah up kohdheynan ingey
Masha Allah vvvvvvv nice n interesting mi story..❤❤❤
Alhe saara aa arush aa gulhuvaba…….
Nice story … keep it up
Sh@_n@ dear..mivaahakaige 11th part up kohdheeba avahah..alhe saaraa nd arush dhuru nukurahchey..plx..plxx..edhemeehun ah dhera gotheh nuhadhahchey..Lysm❤