އިންތިޒާރު 9
“މުހައްމަދު ވިޝާލް ސެންޓް ޔޫ އަ ފްރެންޑް ރިކުއެސްޓް” އެހެން ކިޔާލުމަށްފަހު އާލާއަށް ފުންމައިގެން ތެދުވެވުނީ ވީ އުފަލެއްގެ ބޮޑު ކަމުންނެވެ. އަދި އިރުކޮޅަކު އެއަށް ބަލަހައްޓައިގެން އިނދެފައި އެ ރިކުއެސްޓް އެކްސެޕްޓް ކޮށްލެވުނީ އޭނާގެ އިހުތިޔާރުން ބޭރުންނެވެ. އިރުކޮޅަކު ވިޝާލްގެ ފޮޓޯތައް ބަލަން އިނދެފައި އާލާ ނިދަން އޮށޯތީ އޮފީހަށް ދާން ނުހޭލެވިދާނެ ކަމުގެ ބިރަށެވެ. ނިދާފައި އޮތް އިރުވެސް އާލާގެ ތުންފަތުގައިވީ މީހުންގެ ހިތްތައް ކަތިލާފަދަ ރީތި ހިނިތުންވުމެކެވެ. އެ ހިނިތުންވުމުގެ ސަބަބުން އޭނާގެ ދޮން ރީތި މޫނުގެ އިތުރަށް މައުސޫމް ކަމަށް ދައްކައެވެ.
އަނެއްކޮޅުން ފޯނަށް ގެއްލިފައި ބެލްކަނީގައި އިން ވިޝާލް ސިހުނީ ޝާއިމް އައިސް އޭނާއަށް ކޮފީ ޖޯޑެއް ދިއްކޮށްލުމުންމެވެ. “ކައެ މިރޭ ލޮލަށް ނިދި ނުހައްދަވާ ރެއަކީތަ؟…. އެހެން ނޫނީ ތުއްތު ބަބާއެއްހެން 8 ޖަހާއިރަށް އޮންނާނީ ނިދާފަ….” ކޮފީ ޖޯޑުން ކޯވަރެއް ދަމާލަމުން ޝާއިމް ސަމާސާ ކޮށްލިއެވެ. އާލާގެ ވާހަކަ ބުނަން އަނގަ ހުޅުވާލި ވިޝާލް ހުއްޓުން އެރީ ހިތައް އެރި އެއްޗެއްގެ ސަބަބުންނެވެ. އޭނާއަށް އެކަން ކާމިޔާބު ނުވެއްޖެއްޔާ ޝާއިމް ދިމާ ކުރާނެ ވަރު މިހާރުވެސް ވިޝާލަށް އަންދާޒާ ކޮށްލެވެއެވެ. އެހެންކަމުން އޭނާ އެވާހަކަ މަޑު ޖައްސާލުމަށްފަހު އެހެން ވާހަކައެއް ފެށޭތޯ މަސައްކަތް ފެށިއެވެ. އެކަން އޭނާއަށް ކާމިޔާބުވެސް ވިއެވެ.
“ތިއެއް ނޫނޭ…. މަ ބުނީ ޒާއިފްއަށް ކިހިނެތް ވެފަތަ އެ ހުންނަނީ….. އޭނަ މަންމެން ގޭން އައިސުރެ ކޮންމެސް ކަމަކާ ވިސްނާހެން ހީވަނީ… މަ މިރޭވެސް އޭނަ ކައިރި އިނދެގެން އެއޮށްހާ އަނގަ ތެޅިއިރު މަށަށްހޭވެސް އަހާނުުލި….” އެތަނުގައި ހުރި ކުޑަ މޭޒެއް މަތީގައި ފޯނު ބާއްވަމުން ވިޝާލް ވާހަކަ ފެށިއެވެ.
“އާން އެ ދޯ….. މަ ހަނދާން ނެތިފައޭ މީނީ…. ޒާއިފް ބުންޏޭ ކައެ ކައިރިވެސް ބުނެލާށޭ….. އޭނަ މިރޭ އޭނަ މަންމަމެން ގެއަށް ދިޔައިރަށް އެގޮލާ ބައްޕަ ބުންޏޯ މީހަކާ އިންނާކަށް ނުވޭހޭ…. ކައެއަށް އިނގޭނުން އޭނަ ދެން ބުނާނީ ކީކޭކަން….” ވިޝާލްއަށް އެ ހުރިހާ ވާހަކައެއް ކިޔައިދީ ނިންމާލިއިރު ޝާއިމްގެ މޫނުމަތިން ކޮންމެސްވަރަކަށް ހިތާމައިގެ އަސަރު ފާޅުވާން ހުއްޓެވެ. “ހުވާތަ..؟ އޭނަ މަންމަމެން ދައްކާ މީހަކާ އޭނަ އިންނަނީ؟…. މަ ހިތައް އަރާ އޭނަ އަސްލުވެސް ހާދަ ކެތް ގަދައޭ…..” އެމީހުން ދައްކަމުން ދިޔަ ވާހަކަ ކޮޓަރީގައި ނިދާކަމަށް ހަދައިގެން އޮތް ޒާއިފްއަށް ކޮންމެސް ވަރަކަށް އަޑުއިވެމުން ދިޔައެވެ. ނަމަވެސް އެކަމަކަށް އޭނާގެ މާ ބޮޑު ސަމާލުކަމެއް ހުރިހެނެއް ހިޔެއް ނުވެއެވެ. އެއަށް ވުރެ އޭނާގެ ސިކުނޑީގައި މިވަގުތު ހިނގަމުންދާ ހައިޖާނު މާ ބޮޑެވެ. ވެެރިވެފަައިވާ މަރު ފަދަ ހަމަހިމޭންކަމުގެ ތެރެއިން ދޭތެރެއަކުން ވިޝާލްއާއި ޝާއިމް ހޭން ފަށާ އަޑުއިވެއެވެ. ކައިވެނިކުރާ ދުވަހަކީ ކޮންމެ މީހެއްގެ ހަޔާތުގައިވެސް އަންނާނެ އެންމެ އުފާވެރި ދުވަހެވެ. ނަމަވެސް ޒާއިފްގެ ހަޔާތުގައި މި ދުވަސް މިއައީ ކޮންފަދަ ގޮތަކަށް ހެއްޔެވެ؟ އޭނަ އިންނަން މި އުޅެނީ ކޮންތާކު ، ކިހިނެތް ހުންނަ ކާކާބާއޭ ޒާއިފްގެ ހިތައް އެރިއެވެ. އަނެއްކާ މި ނިންމުނީ ރަނގަޅު ނިންމުމެއް ބާއެވެ. އޭނާގެ އަނބިމީހާގެ މަގާމަށް އެ އަންނަން އުޅޭ މީހަކަށް އޭނާއާއި އެކު އުފާވެރި ދިރިއުޅުމެއް އުޅެވިދާނެ ބާއެވެ. މިފަދަ އެތައް ހިޔާލުތަކެއް ދިޔައީ ޒާއިފްއަށް އުނދަގޫ ކުރަމުންނެވެ. އެހެން އޮވެ އޭނާއަށް ނިދުނީ ކޮން އިރަކު ކަމެއް ޚުދުު ޒާއިފް އަކަށްވެސް ނޭނގެއެވެ.
ދުވަހަކީ އޭނާއަށް ޗުއްޓީ ދުވަހެއްކަމުން ހަވީރު ވީއިރުވެސް އާރާ އިނީ އޭނާ މިއަދު ކިޔަން ފެށި ވާހަކަ ކިޔާށެވެ. ކިޔަން ފަށައިފި ވާހަކައެއް ނުނިމެނީސް ލޮލަށް ނިދި ނާންނަ އާރާ ސިއްސައިގެން ދިޔައީ ސްކޫލުން އައިސް ގެއަށް ވަތް ގޮތަށް ސޯފާއަށް ޖެހިގަތް އޭނާގެ ކޮއްކޮ އައިރާ ފެނިފައެވެ. އެހެން އޮތް އިރު އޭނާގެ މޫނުމަތިން ކޮންމެސް ވަރަކަށް ނުރުހުމުގެ އަސަރު ފާޅުވާން ހުއްޓެވެ.
” ދޮންތިގެ ޕްރިންސެސްއަށް ކީއްވެފަތަ މި އޮތީ؟” ކިޔަން އިން ވާހަކަ ފޮތް ލައްޕާލަމުން އާރާ ވާހަކަ ދެއްކިއެވެ. އަދި އައިރާ ގެނެސް އޭނާގެ އުނގަށް ލިއެވެ. އުމުރުން 7 އަހަރުގެ އައިރާއަކީ އާރާގެ ހުރި ހަމައެކަނި ކޮއްކޮއެވެ. އެއްބަނޑުގައި އިތުރު ކުއްޖެއް ނެތުމާއިއެކު އާރާ އައިރާދެކެ ވަރަށް ލޯބިވެއެވެ.
“ކޮއްކޮގެ ކުލާހުގައި އުޅޭ އެއްނު ފައިހާއެއް ދޯ؟.. ފައިހާ މިއަދު އައިސް ކުލާހުގައި ފޮނި ކަނޑަނީ އޭނައަށް ދޮންތަ ބެއެއް ލިބުނީމަ…. ދެން ކޮއްކޮއާއި ދިމާލަށް ބުނީ ކޮއްކޮއަކަށް ނުލިބޭނެއޯ ދޮންތަ ބެއެއް..” ތުން ދަމާލާފައި އައިރާ އެހެން ބުނި ގޮތުން އާރާގެ ގާތަށް ހިނިއައެވެ. އަދި ކޮއްކޮއަށްވެސް ވަރަށް އަވަހަށް ދޮންތަ ބެއެއް ލިބޭނެއޭކިޔައި އައިރާ ހިތްހަމަ ޖައްސައި ދިނެވެ.
އެރޭ މަންމަމެންގެ ގެއަށް ޒާއިފް ދިޔައީ މަންމަމެންގެ ހުއްދައާއިއެކު ޝާއިމްއާއި ވިޝާލްވެސް ގޮވައިގެންނެވެ. އެ ގެއަށް ގޮސް އިރުކޮޅެއް ނުވަނީސް ބެލް އަޅާ އަޑު އިވުނެވެ. އެ ވަގުތު ޒާއިފްގެ ހިތް ތެޅިގަތީ މޭ ފަޅާފައި ނިކުންނަހާ ބާރަށެވެ.
“އަނހަ މިއޮށް އައީނު… އަވަހަށް އާދޭ އެތެރެއަށް…. ޒިވާ، ކަނބުލޮ ކިހިނެތްތަ…؟” ނަސީމާ އެންމެފަހުން ބުނެލި ޖުމުލައިން ސިޓިންރޫމް ސޯފާގައި ދޮރަށް ފުރަގަސްދީގެން ތިބި ތިން މީހުންނަށް ދޮރާ ދިމާލަށް ބަލައިލެވުނީ އެކު އެކީގައެވެ. އެވަގުތު އެތެރެއަށް ވަދެގެންއައި ޒިވާ ފެނި ޒާއިފްގެ ހިތް ހުއްޓުނު ފަދައެވެ. ޒާއިފްއަށް ކޮޅަށް ތެދުވެވުނީ ބޭ އިޚްތިޔާރުގައެވެ. ޝާއިމްއާއި ވިޝާލްއަށްވެސް ތިބެވުނީ އަނގަ ހުޅުވިގޮތައް ލައްޕަން ނޭނގިފައެވެ. އަދި ޒާއިފްއަށް ކިހާ ވަރެއް ވާނެ ހެއްޔެވެ؟ އިސްޖަހައިގެން މަޑު ހިނގުމެއްގައި ސޯފާ ކައިރިއަށް އައިސް ހުއްޓުނު ޒިވާއަކަށް ޒާއިފްއެއް ނުފެނެއެވެ.
“މިއީ އަހަރެމެންގެ ހުރި ހަމައެކަނި ދަރިފުޅު ޒާއިފް….. ޒާއިފް ދަރިފުޅާ، މިއަކީ ޒިވާ….. ދަަރިފުޅުގެ ވާންއުޅޭ އަނބިމީހާ….އަވަހަށް ސަލާމްކޮށްލަބަލަ….” އެހެން ބުނެލުމާއެކު ޒިވާ އަވަސްއަވަހަށް އިސް އުފުލާލައި ބަލާލިއެވެ. ޒިވާއަށް ވީގޮތް އެންމެ ކައިރިން ދުށް މީހަކީ ޒާއިފްއެވެ. ސަލާމް ކުރުމަށްފަހު އެންމެން ސޯފާގައި އިށީން އިރުވެސް ޒާއިފްގެ ނަޒަރު ހުއްޓިފައި ހުރީ ހަމަ ސީދާ ޒިވާއަށެވެ. އެތަނުގައި ތިބި އެހެން މީހުން އޭނާއަށް ނުފެންނަފަދައެވެ. ޒިވާގެ ހާލަކީތޯއެވެ؟ ޒާއިފް ދެކެ ލޯބި ނުވިއެއްކަމަކު ޒިވާއަށް ވަމުން ދިޔަ ވަރެއް ވަކި ކުޑައެއް ނޫނެވެ. ޒާއިފްއާއި ދިމާލަށް ކީ އެއްޗިއްސާއި އޭނާގެ މޫނުމަތީގައި ޖެހިގޮތް ޒިވާއަށް ސިފަވާން ފެށީ އިއްޔެވީ ކަމެއްހެންނެވެ. ޒާއިފްއާއި ދިމާލަށް ބަލާލުމަށްފަހު އިސްޖަހާލަން ޒިވާއަށް މަޖުބޫރުވީ ލަދުވެތިކަން އިހުސާސް ކުރެވުމުންނެވެ. ޒާއިފް އަދިވެސް އޭނާގެ ލޯބި ވަނީ ހެއްޔެވެ؟ މިއޮށް ހުރިހާ ދުވަހު ޒާއިފް އެ ހުރީ އޭނާގެ އިންތިޒާރުގައި ބާއެވެ. މިފަދަ އެތައް ހިޔާލުތަކެއް އައިސް ޒިވާގެ ސިކުނޑީގައި ޓަކި ދޭން ފެށުމުން އޭނާގެ ބޮލުގައި ރިއްސާލިއެވެ. ވާހަކައިގައި ޖެހިފައި ތިބި ޒިވާއާއި ޒާއިފްގެ މައިންބަފައިންނަށް އެމީހުންގެ ދަރިން މަތިން ހަނދާންވެސް ނެތްފަދައެވެ. މަޖާ ކޮށްކޮށްފައި ވާހަކަ ދައްކަމުން ދިޔަގޮތުން ހީވަނީ ދެ ޢީދު އެއްފަހަރާ ލައިގަނެގެން އުޅޭ ހެންނެވެ.
އެ ބައްދަލުުވުން ނިމިގެން ދިޔައީ ޒާއިފްއާއި ޒިވާގެ ކައިވެނި ކުރާ ދުވަސް ކަނޑައެޅި ނިންމިގެންނެވެ. ގެއަށް ވަތް ޒާއިފްއާއި ވިޝާލްއާއި ޝާއިމްގެ މެދުގައިވީ ހަމަހިމޭންކަމެވެ. އެ ހަމަހިމޭންކަން ފޫ އަޅުވާލާފައި ވާހަކަ ދެއްކީ ވިޝާލެވެ.
“ވަޓް ދަ ހެލް!!! ޒިވާ؟ ހައު އިޒް ދިސް ޕޮސިބަލް؟؟؟ އޭނަ ޝާއިމްއާ މެރީކޮށްގެނެއް ނޫންތަ އުޅެނީ ؟؟ މަ މި ހުންނަނީ އަޖައިބުވެފަ..” ވިޝާލް އެހެން ބުނެލީ ސީރިއަސް ކަމާއި އެކުއެވެ.
” ސޭމް ހިއަރ…… މި ކިހިނެތްވާކަމެއް؟..” ޝާއިމްއަށްވެސްވީ ހަމަ ވިޝާލްއަށް ވީ ވަރެވެ. ނަމަވެސް އެނދުގެ އެއް ފަރާތުގައި އިށީންދެގެން އިން ޒާއިފްއަށް އެ މީހުން ދައްކާ ވާހަކަ އަޑު ނީވޭފަދައެވެ. އޭނާ ވަނީ އަމިއްލަ ދުނިޔެއެއްގައެވެ. އެހެން އިނުމަށްފަހު ދެން ފެނުނީ ލައިގެން އިން ޓީޝާޓް ބާލާފައި އެނދަށް އަރައި އޮށޯތްތަނެވެ. ޒާއިފްގެ މި އަމަލުން އެ ދެމީހުންނަށްވެސް އިތުރަށް އެއްޗެއް ބުނާކަށް ނުކެރުނެވެ.
****************************
އާލާއާއި ވިޝާލްގެ އެކުވެރިކަން ދިޔައީ ދުވަހެއް ދުވަހަކަށް ކުރިއަރަމުންނެވެ. ވިޝާލް ކެތް ކޮށްގެން ހުރީ އާލާގެ ފަރާތުން އިޝާރާތެއް ވޭތޯއެވެ. ނަމަވެސް އޭނާގެ ކެތްތެރިކަން ކޮޅުން ލީރުވެސް އާލާގެ ފަރާތުން އެކަހަލަ އިޝާރާތެއް ނުވިއެވެ. ވިޝާލް އާލާއަށް ލޯބި ހުށަހެޅީ އެ މީހުންގެ އޮފީހުގެ އަހަރީ ދުވަހު ބޭއްވި ޕާޓީގެ ތެރެއިންނެވެ. ވިޝާލް ހީކުރި ގޮތާ ހިލާފަށް އާލާ އޭނާގެ ހުށަހެޅުން ގަބޫލުކުރީ ވަރަށް އުފަލުން ހުރެއެވެ. ޕާޓީގައި ފިރިހެނުންނަށް ތުއި ދެއްކުމުގައި އުޅުން ޒާރާއަށް މީގެން އެއްކަަމެއްވެސް ރޭކާ ނުލިއެވެ. އެހެންނަަމަ އޭނާ މަޑުން ހުންނާނެ ހެއްޔެވެ؟. އެ ދުވަސް ނިމިގެން ދިޔައީ ލޯބިވެރިންގެ ލިސްޓަށް އާލާއާއި ވިޝާލްގެ ނަން އިތުރު ކޮށްފައެވެ.
މިކަން ޒާރާއަށް ފަޅާއެރީ އޭގެ 2 ދުވަސް ފަހުން އޮފީހުގައި އުޅޭ ލައިލާގެ އަނގަ ގަދަ ކަމުންނެވެ. ގިނަ މުއައްޒަފުންގެ މަރުހަބާގެ ބަސްތައް އާލާއާއި ވިޝާލްއަށް ރައްދު ވާތަން ބަލަން ހުރި ޒާރާ ހުރީ ރުޅިއައިސްގެން ތުރުތުރު އަޅައަޅައެވެ. އައި ރުޅީގައި ޒާރާ އޮފީހުން ނުކުމެގެން ދިޔައީ އާލާއަށް ކުޅި ދައްކާލާނަމޭ ހިތާ ހިތުން ކިޔަމުންނެވެ. ގެއަށް ވަދެވުމާއެކު ޒާރާ ފުރަތަމަވެސް ފޯނުން އޮފީސް ވައިބަރ ގްރޫޕްއަށް ވަދެ އާލާގެ ނަންބަރ ހޯދިއެވެ. އަދި އެ ނަންބަރަށް ގުޅީ އާލާއާއި ދިމާލަށް ކިޔާނެ އެއްޗިހި ސިކުނޑީގައި ރާވަމުންނެވެ. މާ ގިނަ އިރުތަކެއް ނުވެ އާލާ ފޯނު ނެގިއެވެ.
” މަގޭ އަތުން ވިޝާލް ޖަހައިގަނެވުނީމަ ވަރަށް އުފަލުންދޯ ތި ހުންނަނީ…….. ވިޝާލްއާ އަޅާބަލާއިރު ކަލޭތީ ކިހާ ފެންވަރެއްގެ މީހެއްކަން އިނގޭތަ…. ކަޓު ރާއްޖެ ތެރޭ ކުނި މީހާ ގަނޑެއް ވިޝާލް އެއޮށް ހޭންޑް ސަމް މީހާއާ ރައްޓެހިވީމަ ހަޑި ދޯ…. ކަލެއާ ހެދި އަންހެނުންނަށް ބޮޑު ލަދެއް…. ވިޝާލް ކަލެ ދެކެ ލޯބިވެއޭ ހިތަށް އަރުވައިފިއްޔާ އެއަކީ ކަލެއަށް ކުރެވޭ ވަރަށްބޮޑު ކުށްހީއެއް….. ވިޝާލް ލޯބިވަނީ އަހަރެންދެކެ ….. ދުވަހެއްގެ ކޮޅުންވެސް އެހެން މީހަކަށް ވިޝާލް ލިބުނަކަ ނުދޭނަން…. ސޯ ޔޫ ބެޓާ ސްޓޭ އަވޭ ފްރޮމް ހިމް…. އެހެންނޫނީ …….” ޒާރާ ދިނީ އިންޒާރެކެވެ.
“އެހެންނޫނީ ކީއްކުރާނީ؟ މަ ރާއްޖެ ތެރޭ މީހަކަށް ވެފަ ކަލެ މާލެ މީހަކަށް ވީމަ މަށަށް ނުވާ ކަމެއް ކަލެއަށް ވެފަ އެބޮތްތަ؟ އެހެންނޫނަސް ވިޝާލްއަކީވެސް މާލެ މީހެއްނޫން…… އަހަންނެއްނޫން އޭނަ ކައިރި ރައްޓެހިވާން އެހީކީ….. އޭނަ އަހަރެން ކައިރި އެހީ…. އެންޑް އޭނަ ލޯބިވަނީ އަހަރެން ދެކެ….. މަންޖެއަށް މާ ބޮޑަށްށޭ އިނގިގެން ތި އުޅެނީ……” އާލާ ވަކި ދޫދޭކަށް ބޭނުމެއްނުވިއެވެ. އައި ރުޅިން ޒާރާއަށް ފޯނު ނަގާ އެނދު މައްޗަށް އެއްލާލިއެވެ. އަދި ކޮޓަރީގައި ހުރި އެއްޗިހި އެތައް މިތަނަށް އުކަން ފެށިއެވެ. ހިތް ފުރޭ ވަރު ވުުމުން އައިސް އެނދުގައި އިށީނެވެ. ދެލޯ ރަތްވެފައި ވާއިރު އޭނާގެ ފަން އިސްތަށިގަނޑުވަނީ ހޭވިފައެވެ. ކުއްލިއަކަށް އައި މޮޅު ހިޔާލަކުން ޒާރާ އޭނާގެ ފޯނު ނަގައި ނަންްބަރަކަށް ޑައިލް ކޮށްލުމަށްފަހު ފޯނު ގެނެސް ކަންފަތުގައި ޖައްސާލިއެވެ. އޭރު އޭނާގެ ތުންފަތުގައިވަނީ ވިހަގަދަ ހިނިތުންވުމެކެވެ. “މަ ބަލާނަން ކަލެއަށް ކިހާ ދުވަހަކު އުފަލުގަ އުޅެވޭތޯ……. އައެމް ގޮއިން ޓު ޑިސްޓްރޯއި ޔޫ” ޒާރާގެ ހިތުގައި ވިއެވެ.
****ނުނިމޭ****
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
13 Comments!
Comments are closed.



Dn vaan ulhey gotheh hiyaalah es nugene veyne hn hyvany?
Ahahaha
Lets see dhn vaa goi
mee meehaku liyaa kahala vaahaka eh tha
Mi stry varah reethi
Wow!
Vrh reethi. Ekm kudhin liyaa vaahaka support dhinun vrh important. Comment kuraa iru e varu belun vrh muhinmu.
Thankiu lalalala
kobaa eyru vx naash buny menu eii zivaa ey..heheh.. anyway stry hama vvvvvv habeyxx.maasha allah .. u r the bst dear….
Hahahaha
Thankiu naash❤
next part koniraku tha
Kobaa next part maasha Allah mi part ves varah reethi
Varah reethi story ?
Thanks all❤
Kohirakun story up vany