ޔޫހާން އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓުނީ މޭޒު މަތީގައި އޮތް އޭނަގެ ފޯނު ރިންގުވާ އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލައިލިއިރު ގުޅަމުން ދަނީ ނައުރީންއެވެ. ” ޔޫން… ވަރަށް އިންޕޯޓެންޓް ވާހަކައެއް ބުނަން މި ގުޅީ… މާދަމާ ރޭ އެއިޓް ތާޓީގަ އަހަރެން ގޭގައި އޮންނާނެ ކުޑަ ޕާޓީއެއް… ފްރެންޑްސް އާއެކު އެންޖޯއި ކޮށްލަން ހަމަ… އަސްލު މިފަހަރު އައިފަހުން ގިނަ ފްރެންޑްސް އާ ރަނގަޅަށް މީޓްވެސް ނުވޭ… ސޯ އައި ޖަސްޓް ވޯންޓް ޓު މީޓް އޯލް އެން އެންޖޯއި… މިހާރު ދެން ސްޓަޑީ ނިންމާފަ ޖޮބްވެސް ލިބިއްޖެ… ސޯ… ހުރިހާ ކަމެއްވެސް ވަރަށް ޕާފެކްޓްކޮށް ދަނީ… ޔޫންއަށް އިންވައިޓް ކުރަން މި ގުޅީ… އެން އައިލީ އާއި ދެމީހުން އިނގޭ އަންނާނީ… ތި ލޯބި ކަޕުލްއަށް މި އިންވައިޓް ކުރީ… އައިލީ ގާތު ބުނަށްޗޭ… އެން ޕާޓީގެ ތީމް އަކީ ރެޑް ކުލަ… އޯކޭ… އައި ޑޯންޓް ވޯންޓް ޓު ހިއާ އެނީ އެކްސްކިއުޒަސް… ބޯތް އޮފް ޔޫ ހޭވް ޓު ކަމް… ބާއި… ސީޔޫ ޓުމޯރޯ ނައިޓް… ” ޔޫހާން ފޯނު ނެގުމާއެކު ނައުރީން އަވަސް އަވަހަށް އެެއްފަހަރާ އޭނަ ދައްކަން ބޭނުންވި ވާހަކަ ދައްކާނިންމާލިއެވެ. އަދި ޔޫހާންއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ ފޯނު ކަނޑާލިއެވެ. ޔޫހާން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. އިފާން އާއި ޔައިޝް ކިހިނެއްވީހޭ އަހާލާ ފަދައިން ޔޫހާންއަށް ބަލައިލިއެވެ. އެއާއެކު ޔޫހާން ނައުރީން ދެއްކި ވާހަކަތައް ކިޔައިދިނެވެ. ” އިޓްްސް ގުޑް… ސޯ މާދަމާ ރޭ ދެ މީހުން އެއްކޮށް ޕާޓީއަށް ގޮސް އެންޖޯއިކޮށްލާ… އޭރުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ އިރާދަކުރެއްވިއްޔާ… ޔޫ ހޭވް ޓު ޓޯކް ޓު ހާ ޔޫން… ” ޔޫހާންއަށް ބަލައިލަމުން ޔައިޝް ބުނެލިއެވެ. ” ހޫމް… އައިލީ އާ ވާހަކަ ދައްކާނަން… މިހާރު އަސްލު ގިލްޓީ ފީލްވޭ އެގޮތަށް ރޫޑުކޮށް އައިލީ އާ ވާހަކަ ދެއްކުނީމަ… އައި ޝުޑްނޮޓް ޓޯކް ޓު ހާ ލައިކް ދެޓް… އެކަމަކު ކީއްކުރާނީ… ސިންސް އަ ވީކް… މި ކަންތައްތައް ވަމުންދާތާ… ޚުދު އަހަރެން އައިލީ ގާތު އެހިން އެދުވަހު ކިހިނެއްތޯ ވީ… ފުރަތަމަ އެހީމަ އެދެވޭ ޖަވާބެއް ނުލިބުމުން ދެވަނަ ފަަހަރަށްވެސް އެހިން… އެކަމަކުވެސް ނުބުނި… ހަފްތާއެއްވަންދެން އެހުރިހާ ޝަކުވާއެއް ހިތު ތެރޭގައި ބެހެއްޓީ… އައިލީ ފެނުމާއެކު އަހަންނަށް އިތުރަށް ހޯލްޑް ނުކުރެވުނީ… ހުރިހާ ޝަކުވާއެއް ބޭރުކޮށްލެވުނީ… އަހަރެން ގަބޫލުކުރަން އެގޮތަށް ރުޅިއައިއްސަ ވާހަކަ ދެއްކުން އެއީ އަހަރެންގެ މައްސަލައެއްކަން… އެކަމަކު އައިލީ އަަހަންނަށް ދިނާޖުގެ ކަންތައް ސިއްރުކުރުން އެއީ އައިލީގެ މިސްޓޭކް… ” އިފާން އާއި ޔައިޝްއަށް ބަލަހައްޓާއިގެން އިނދެ ޔޫހާން ވާހަކަ ދައްކަމުން ދިޔައެވެ. ” ސޮރީ ޔައި… މިއަދު އެގޮތަށް ވާހަކަ ނުދައްކާ ދެވުނީމަ… ” ޔައިޝްގެ މޫނަށް ބަލައިލަމުން ޔޫހާން މަޢާފަށް އެދުނެވެ. ” އިޓްސް އޯކޭ ބްރޯ… އެއީ އެހާވަރުގެ ކަމެއް ނޫނެއްނު… އައި ކޭން އަންޑަސްޓޭންޑް… ” ޔޫހާންގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން ހިނިތުންވެފައި ޔައިޝް ބުނެލިއެވެ. އެވަގުތު ޔޫހާންއަށްވެސް ހިނިތުންވެލެވުނެވެ. ތިން އެކުވެރިންވެސް އެ ހިތްގައިމު މާހައުލުގައި ތިބެ ކޮފީ ބޮމުން ގެންދިޔައެވެ.
ސިޓިން ރޫމު ސޯފާގައި އިން ނައުރީން އޭނަގެ ކުރިމަތީގައި ހުރި ހަތަރެސް ކަން ބިއްލޫރި މޭޒު މަތީގައި ބާއްވާފައި އޮތް އޭނަގެ ފޯނު ނެގިއެވެ. ”ޔޫން… އަންނާނަން ދޯ އައިލީ އާ ދެމީހުން… އޭރު ވަކި ޖަވާބެއް ނުދިނީމަ މި އަހާލީ… ” ނައުރީން މެސެޖު ލިޔެލުމަށްފަހު ޔޫހާންގެ ނަމްބަރަށް ފޮނުވާލިއެވެ. ” ޔެސް އަންނާނަން… އޭރު ޖަވާބެއް ދޭން ނައު ފުރުސަތެއް ދިނިންތަ..” ހެވިފައި އިން އިމޯޖީއަކާއެކު ޔޫހާން ފޮނުވައިފައިވި މެސެޖު ކިޔާލިއިރު ނައުރީންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ” ޔޫން އާއި އައިލީން ކޮންމެހެންވެސް މި ޕާޓީއަށް އަންނަން ޖެހޭނެ… މި ޕާޓީ ޚާއްސަކޮށްފައި ވަނީވެސް ތި ލޯބި ކަޕުލްއަކަށްނު… މި ޕާޓީއިން ތިދެމީހުންގެ ލަވް ސްޓޯރީއަށް ނިމުން އަންނާާނެ… ” މިހުރިހާ އެއްޗެއްވެސް ދަރުވަމުން ދިޔައީ ނައުރީންގެ ސިކުނޑީގައެވެ. އޭރުވެސް އޭނަގެ ތުންފަތުގައި ކާމިޔާބީގެ ހިނިތުންވުމެއް ވެއެވެ. ގެއަށް އައިސް ވަދުން ނަސީރުއަށް އެކަނި އިނދެ ހިނިތުންވަމުން ދިޔަ ނައުރީން ފެނި ހައިރާންކަން ލިބުނެވެ. އެހެނަސް ދެވަނަ ސިކުންތުގައި އޭނަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ” ދަރިފުޅާ… އާދޭ ކާން… ” ކާބަޔަށް މިސްރާބުޖަހަމުން ނައުރީންއަށް އަޑުއިވޭ ވަރަށް ނަސީރު ބުނެލިއެވެ. އެއާއެކު ނައުރީންއަށް ސިހުން ލިބުންނެވެ. އޭނައަށް ބައްޕަ އައިއިރުވެސް ނޭނގުނެވެ. އެނގޭނީވެސް ކިހިނެއް ހެއްޔެވެ؟ އޭނަ އިނީ އަމިއްލަ ޚިޔާލަކަށް ގެއްލިފައެވެ. ނަސީރުއަށް އަޑު އިވޭވަރަށް ލައްބައޭ ބުނެ ކާބަޔަށް ދިއުމަށް ނައުރީން މިސްރާބުޖެހިއެވެ. ނައުރީން ގޮސް ކާމޭޒު ދޮށުން ގޮނޑިއެއްގައި އިށީންއިރު ގޭގައި ކައްކަން ގެންގުޅޭ މީހާ ބިއްލޫރި ތައްޓަކަށް ޖޫސް އަޅަން ހުއްޓެވެ. ” ޑޭޑް… އަޅުގަނޑު ބޭނުން މާދަމާ ރޭ ކުޑަ ވަރެއްގެ ޕާޓީއެއް ބާއްވަން… އަޅުގަނޑުގެ ފްރެންޑްސުންނަށް… އަސްލު މިފަހަރު މިކޮޅަށް އައިފަހުން ގިނަ ރައްޓެހިންނާ ރަނގަޅަށް މީޓްވެސް ނުކޮށްލެވޭ… އެހެންވެ އަޅުގަނޑު ބޭނުންވަނީ ހުރިހާ ކުދިންނާވެސް މީޓް ކޮށްލާ އެންޖޯއި ކޮށްލަން… ” ނަސީރުއަށް ބަލަހައްޓާާއިގެން އިނދެ ނައުރީން އޭނަ ބޭނުންވާގޮތް ހާމަކުރިއެވެ. ”ބައްފަގެ އެއްވެސް މައްސަލައެއް ނެތް… ހުރިހާ ކަމެއްވެސް ބައްޕަ އެރޭންޖް ކުރާނަން… ދަރިފުޅު ހާސްނުވޭ… ” ނަސީރު ނައުރީންއަށް ހިނިތުންވުމެއް ހަދިޔާކުރަމުން ބުނެލިއެވެ. އެއާއެކު ނައުރީންގެ ތުންފަތުފައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ. ދެބަފައިން އެކުގައި ރޭގަނޑުގެ ކެއުމަށް އިންސާފުކުރަން ފެށިއެވެ.
ކައިގެން އައިސް ކޮޓރީގެ އެނދުގައި އިށީންދެގެން އިން ރިފްޝާ އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. ކޮޓަރިއަށް ވަން ޝައުނާއަށް އެ މަންޒަރު ފެނި ރިފްޝާގެ ގާތަށް ގޮސް ކިހިނެއްވެފަތޯ ތިއިނީ ސުވާލުކުރިއެވެ. ” މި ވިސްނަނީ މަންމަ ގާތު މަށާ ފާންގެ ގުޅުމުގެ ވާހަކަ ބުނަން..، މިހާރު ފާންގެ ފެމެލީއަށް އިނގޭ… އެން އެމީހުން މި ގުޅުމަށް ރުހި ގަބޫލު… ދެން އޮތީ އަހަރެންގެ ސައިޑުން… މަންމަ މި ގުޅުމަށް ރުހިއްޖިއްޔާ ނޯ ޓެންޝަން… ފާންވެސް ބޭނުންވަނީ މަންމަ ގާތު މި ގުޅުމުގެ ވާހަކަ ބުނަން… ” ޝައުނާ ސުވާލުކުރުމުން ރިފްޝާ އޭނަ ވިސްނަމުންދާ ކަންތައް ޝައުނާ އާއި ހިއްސާކުރިއެވެ. ޝައުނާ ރިފްޝާގެ އެ ޚިޔާލާ އެއްބަސްވިއެވެ. އެވަގުތު އައިލީންވެސް ކޮޓަރިއަށް ވަނެވެ. ރިފްޝާ އައިލީން އާއިވެސް އޭނަގެ ޚިޔާލު ހިއްސާކުރިއެވެ. އައިލީންވެސް ރިފްޝާގެ އެ ޚިޔާލަށް ތާޢީދުކުރިއެވެ. އެއާއެކު ރިފްޝާ އަވަސްވެގަތީ އާފިޔާއަށް ގުޅުމަށެވެ.
ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ސިންކު ކައިރީގައި ތަށިތައް ދޮންނަން ހުރި އާފިޔާގެ ނަޒަރު މޭޒު މަތީގެ އެއްފަރާތުގައި ބާއްވައިފައި އޮތް އޭނަގެ ފޯނަށް ހުއްޓުނެވެ. އޭރު ފޯނު ދިޔައީ ރިންގުވަމުންނެވެ. ” މަންމާ… މަންމަ ފޯނަށް ޖަވާބުދޭންވީއެއްނު..، ބާކީ ހުރި ތަށިތައް އަހަރެން ދޮވެލާނަން… ” މޭޒު މަތީގައިހުރި ފިނި ފެން ފުޅި ފްރިޖަށް ލަމުން ރިޝްފާ ބުނެލިއެވެ. އެއާއެކު އާފިޔާ ކުޑަ ތުވާލިކޮޅަކުން އަތް ފޮހެލުމަށްފަހު ފޯނު ނެގުމަށް އަވަސްވެގަތެވެ. ” ހަލޯ… މަންމާ… ” ރިފްޝާގެ އަޑު ކަންފަތުގައި ޖެހުމާއެކު އާފިޔާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ” ދަރިފުޅާ… ކިހިނެއްްތަ ދަރިފުޅު.. ” ލޮއެބާއެކު އާފިޔާ އެންމެ ފުރަތަމަވެސް އޭނަގެ ލޯބިވާ ދަރިފުޅުގެ ހާލުއަހުވާލު އަހާލިއެވެ. ”ރަނގަޅު… މަންމަ ކިހިނެއްތަ… ” ރިފްޝާ އޭނަ ރަނގަޅު ކަމުގައި ބުނެ އާފިޔާގެ ހާލަކީ ކޮބާތޯ ސުވާލުކުރިއެވެ. މަންމަ ރަނގަޅު ކަމުގައި ބުނުމުން ރިފްޝާގެ ހިތަށް ހަމަޖެހުން ލިބިގެން ދިޔައެވެ. ” މަންމާ… މީ..، މީ އަޅުގަނޑު… ވާހަކައެއް ބުނަން ބޭނުން… ” ޖެހިލުންވެފައި ހުރި ނަމަވެސް ރިފްޝާ ވަރަށް ހިތްވަރު ކޮށްލަމުން ބުނެލިއެވެ. ” ކޮން ވާހަކައެއް… ” އާފިޔާ ވަގުތުން ސުވާލުކުރިއެވެ. ” މަންމާ… މީ… އަޅުގަނޑު ކުއްޖަކާ… އަޅުގަނޑު ކުއްޖަކާ ރައްޓެހިވެފިން… ” ދެ ލޯ މަރާ ތަގުޅިކޮށްލަމުން ރިފްޝާ ބުނެލިއެވެ. އޭރު މަންމަ ބުނާނެ އެއްޗެއްް ނޭނގޭތީ ރިފްޝާގެ ހިތް ދިޔައީ އޮބިނޯންނަ ވަރަށް ތެޅެމުންނެވެ. ” ކޮން ކުއްޖެއް އެއީ އަނެއްކާ.. ” އާފިޔާ އެއީ ކޮން ކުއްޖެއްތޯ ބަލަން ބޭނުންވެފައި ހުރިލެއް ބޮޑުކަމުން އަވަސް އަވަހަށް އަހާލިއެވެ. ” މަންމާ… އެއީ ލިޝާން އާއެކު އެއްފަހަރު ޗުއްޓީއަށް އައިސް އުޅުނެއްްނު މާލެ ކުދިންތަކެއް… އެތަނުން… ” ރިފްޝާއަށް ބުނެވުނީ އެވަރަށެވެ. ”އެއީ އަނެއްކާ ޔޫހާންތަ… ” އާފިޔާއަށް އަވަސް އަވަހަށް އަހާލެވުނެވެ. ތަށިތައް ދޮންނަން ސިންކު ކައިރީގައި ހުރި ރިޝްފާއަށްވެސް އެވަގުތު އާފިޔާއަށް ބަލައިލެވުނެވެ. ” ނޫން… ޔޫހާން އާ އައިލީ އާ އެއްނު މަންމާ… އަޅުގަނޑު މި ބުނީ އިފާންގެ ވާހަކަ… އެއްކަލަ ވާރެ ތެމުން ދުވަހު ހުއްޓެއްނު ކަޅު ކުލަ ޓީޝާޓެއް ލައިފަ… އިފާން އެއީ… މަންމާ އަޅުގަނޑު ބޭނުންވަނީ އިފާން… އިފާން އެއީ ވަރަށް ރަނގަޅު ކުއްޖެއް… ” ރިފްޝާ ބުނެލިއެވެ. ” ނަސީބެއްްނު ޔޫހާން ނޫންކަން… ” އާފިޔާއަށް މަޑުމަޑުނ ބުނެލެވުނެވެ. އެހެނަސް އޭނަގެ ދާދި ގާތުގައި ހުރި ރިޝްފާއަށް އެއަޑު ވަރަށް ރަނގަޅަށް އަޑުއިވުނެވެ. ”ދަރިފުޅާ… ރިފޫ ބޭނުންވިޔަސް އެމީހުން އަހަރެމެނާ އެކަށީގެނެއް ނުވެއެއްނު… އެއީ މުއްސަނދި ދިރުއުޅުމެއް އުޅޭ ބައެއް… އަހަރެމެން ކަހަލަ އާދައިގެ ދިރިއުޅުމެއް އުޅޭ މީހުނާ އެފަދަ މުއްސަނދިންނާ ކިހިނެއް… ” އާފިޔާއަށް އެންމެ ފުރަތަމަވެސް ބުނެވުނީ އެހެއްނެވެ. ” މަންމާ… ރިފޫއަށްވެސް އެނގެޔޭ… އެކަމަކު އިފާންގެ އާއިލާ އެއީ މަންމަ ތި ހީކުރާ ކަހަލަ އާއިލާއެއް ނޫނޭ… އެމީހުންނަށް އެނގޭނެ މި ގުޅުމުގެ ވާހަކަ… އިފާންގެ އާއިލާގެ އެންމެންވެސް ވަރަށް ރަނގަޅު… އިއްޔެ އިފާންގެ އާއިލާ އާ ބައްދަލުވެސް ކުރިން… އިފާން އޭނަގެ އާއިލާއަށް އަޅުގަނޑު މީ ކޮންކަހަލަ ކިހާ ފެންވަރެއްގެ ކުއްޖެއްކަންވެސް ވަނީ ކިޔައިދީފަ… އެ އާއިލާ އެންމެންވެސް ހިތުން ރުހުމުން ގަބޫލު… މަންމާ އެއީ ވަރަށް ރަނގަޅު ބައެކޭ… ޕްލީޒް މަންމާ… ” ރިފްޝާ އާފިޔާއަށް އޮޅުންފިލުވައިދިނެވެ. އަދި އެގުޅުމަށް އާނބަސް ބުނުމަށް އެދި ތަކުރާރުކޮށް ބުނަމުން ދިޔައެވެ. ”ރިފޫ… މަންމައަށް މުހިއްމީ ދަރިފުޅުގެ އުފާ… މަންމައަށް އެއްވެސް މައްސަލައެއް ނެތް ދަރިފުޅު ތި ގުޅުން ކުރިއަށް ގެންދިޔަޔަސް… ފަހީމާއްތަ ބުނި އެތިން ކުދިންނަކީވެސް އަޚުލާގު ރަނގަޅު ތިން ކުދިންނޭ އޭރު މި ރަށަށް ޗުއްޓީއަށް އައިސް އުޅުން އިރު… ރަށުގަ އެ ހޭދަވި ދުވަސްކޮޅުވެސް މަންމައަށްވެސް ފާހަގަ ކުރެވުން އެކުދިންގެ ރަނގަޅު އުޅުން… މަންމައަށް އަބަދުވެސް މުހިއްމީ ދަރިފުޅުގެ އުފާ… ” އާފިޔާ އިއްވާލި ބަސްތަކުގެ ސަބަބުން ރިފްޝާގެ ހިތަށް ބަޔާންކުރަން ދަތި އުފާވެރިކަމެއް ލިބިގެން ދިޔައެވެ. ރިފްޝާގެ ދެ ލޮލަށް އުފާވެރިކަމުގެ ކަރުނަ ޖަމާވިއެވެ. ރިފްޝާ އުފަލުން މަންމައަށް ޝުކުރު އަދާކުރިއެވެ. އާފިޔާ ރިފްޝާއަށް އެތައް ނަސޭހަތެއް ދިނުމަށްފަހު ފޯނު ބޭއްވިއެވެ. ” މަންމާ..، ކިހިނެއްވީ… ” އާފިޔާ ފޯނު ބޭއްވުމާއެކު ރިޝްފާ އަހާލިއެވެ. އެއާއެކު ރިފްޝާ ދެއްކި ހުރިހާ ވާހަކައެއް އާފިޔާ ރިޝްފާއަށް ކިޔައިދިނެވެ. ރިޝްފާގެ މޫނު މަތިން އުފާވެރިކަން ފެންނަމުން ދިޔައިރު އާފިޔާގެ މޫނު މަތިން ފެންނަމުން ދަނީ ކަންބޮޑުވުމެވެ. ”މަންމާ… މަންމަ ރިފޫއަށް އިތުބާރު ކުރަމެއްނު… އެހެންވީމަ ކަންބޮޑުނުވޭ… ފަހީމާއްތަވެސް ބުންޏެއްނު އެއްދުވަހު އެއީ ވަރަށް ރަނގަޅު ކުދިންތަކެކޭ… ލިޝާން އަކީ ރަނގަޅު ކުއްޖެއްނު… އެހެންވީމަ އެއީ ގޯސް ކުދިންތަކެއްނަމަ ލިޝާން އެކުދިންނެއް ރައްޓެހިންގެެ ގޮތުގައެއް ނުގެންގުޅޭނެ އެއްނު… ދެން އަހަރެމެންގެ ރިފޫއެއް ގޯސް ކުއްޖެއް ހަޔާތުގެ ބައިވެރިއަކަށް ނުހޮވާނެއެއްނު…. ” އާފިޔާގެ ކޮނޑުގައި އަތް ބާއްވާލަމުން ރިޝްފާ އާފިޔާއަށް ވިސްނައިދިނެވެ. އާފިޔާ ހިނިތުންވެލަމުން ބޯ ޖަހާލުމަށްފަހު ރިޝްފާގެ މޫނުގައި ފިރުމާލިއެވެ. އަދި އޭނަގެ ކޮޓަރިއަށް ދިއުމަށް މިސްރާބުޖެހިއެވެ. އާފިޔާ ދިޔަ ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރި ރިޝްފާގެ ސިކުނޑީގައި ދިޔައީ ތަފާތު ޚިޔާލުތައް ދައުރުވަމުންމެވެ. އޭނަވެސް މާ ގިނައިރު އެތާ ހުންނަން ނަހަދާ އަމިއްލަ ކޮޓަރިއަށް ދިއުމަށް ހިނގއިގަތެވެ.
ފޯނު ބޭއްވި ރިފްޝާއަށް އުފަލުން ގޮސް ކުޑަކޮށް ހަޅޭއްލަވައިގަނެވުނެވެ. ރިފްޝާގެ އެ އަމަލުން އައިލީންއަށާއި ޝައުނާއަށް އާފިޔާ އެ ގުޅުމާ ރުހުނީކަން ނަގައިގަނެވުނެވެ. އެއާއެކު އެދެ މީހުންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރިފްޝާ އައިސް އައިލީން އާއި ޝައުނާގެ ގައިގައި ބާރަށް ބައްދާލިއެވެ. އެދެ މީހުންވެސް ރިފްޝާގެ ގައިގައި ލޯބިން ބައްދާލިއެވެ. ތިން އެކުވެރިންވެސް ދިޔައީ އެކަމުގެ އުފާ އެކަކު އަނެކަކާ ހިއްސާކުރަމުންނެވެ. އައިލީން އާއި ޝައުނާ ކޮޓަރިން ނިކުތީ ރިފްޝާއަށް އިފާން އާއި ވާހަކަ ދެއްކުމުގެ ފުރުސަތު ދިނުމުގެ ގޮތުންނެވެ. އައިލީންމެން ކޮޓަރިން ނިކުތުމާއެކު ރިފްޝާ އިފާންއަށް އެ އުފާވެރި ޚަބަރު ދޭން އަވަސްވެގަތެވެ.
ގަޑިންް ދިހައެއް ޖެހުމާއެކު އައިލީން އާއި ޝައުނާގެ އިތުރުން އާޝިޔާ ސިޓިން ރޫމުގައި ޓީވީ ބަލަން ތިބެފައި ނިދަން ކޮޓަރިއަށް ވަނެވެ. އައިލީން އާއި ޝައުނާ ކޮޓަރިއަށް ވަންއިރު ރިފްޝާ އޮތީ ވަރަށް އަރާމުކޮށް ނިދާލާފައެވެ. ޝައުނާ އެއްޗެހި ބަދަލުކުރަން ފާޚާނާއަށް ވަދުމުން އައިލީން ގޮސް ސޯފާގައި އިށީނެވެ. އެއާއެކު މިއަދު އޭނަ އާއި ޔޫހާން އާއި ދެމެދު ހިނގާދިޔަ ހުރިހާ ކަމެއް ލޯ ކުރިމަތީގައި ސިފަވެެގެން ދިޔައެވެ. އެއާއެކު އައިލީންގެ އެ ރީތި ބޮޑު ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އެއްވެސް އިޙުތިޔާރަކާނުލާ ލޮލުން ފޭބި ކަރުނަތައް އައިލީން އަތުން ފޮހެލިއެވެ. އަދ ގާތުގައި އޮތް ފޯނު ނަގައި ޔޫހާންގެ ނަމްބަރަށް ޑައިލްކޮށްލިއެވެ. އެހެނަސް ފޯނަކަށް ޖަވާބެއް ނުދިނެވެ. އެއާއެކު އަނެއްކާވެސް އައިލީންގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ފާޚާނާއިގެ ދޮރު ހުޅުވާލި އަޑަށް އައިލީން އަވަސް އަވަހަށް ކަރުނަތައް ފޮހެލުމަށްފަހު ކޮޓަރީގައި ހުރި އަލަމާރި އާއި ދިމާލަށް މިސްރާބުޖެހިއެވެ. އަދި އޭގެން ފިޔާތޮށި ކުލައިގެ އަތް ކުރު ޓީޝާޓަކާއި ދޫ ހަރުވާޅެއް ނެގުމަށްފަހު ފާޚާނާއަށް ވަނެވެ. ”އައިލީ… ކޮންތާކަށް… ނިދާކަށް ނުވޭތަ… ” އައިލީން ފާޚާނާއިން އެއްޗެހި ބަދަލުކޮށްގެން ނިކުމެފައިވެސް އެނދުގައި އޮށޯތުމުގެ ބަދަލުގައި ކޮޓަރިން ނިކުންނަން ހިނގައިގަތުމުން ޝައުނާ ބުނެލިއެވެ. ” މިދަނީ ބެލްކަންޏަށް ނިކުމެލަން… އަންނާނަން ވަރަށް އަވަހަށް… އައި ނީޑް ސަމް ފްރެޝް އެއާ… މައިންޑްވެސް ފްރެޝްވާނެ އެއްނު އޭރުން… ވަރަށް އަވަހަށް އަންނާނަމޭ… ” މިހެން ބުނެ އައިލީން ކޮޓަރިން ނިކުމެ ބެލްކަންޏަށް މިސްރާބުޖެހިއެވެ.
އައިލީން ގޮސް ބެލްކަނީގައި އިން ހުދު ކުލައިގެ އުނދޯލީގައި އިށީނެވެ. އުޑު މަތީގައި ޖަވާހިރުތަކެއް ފަދައިން ބަބުޅަމުން ދިޔަ ތަރިތަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު ޖެހެމުންދާ މަޑު ފިނި ވައިރޯޅިތައް ދިޔައީ އައިލީން ދިގު ފަން އިސްތަށިގަނޑާ ހީ ސަމާސާ ކުރަމުންނެވެ. މިއިން އެއްވެސް ކަމަކަށް ސަމާލުކަމެއްނުދީ އުޑަށް ނަޒަރު ހުއްޓާލައިގެން އިންއިރު އައިލީން އިނީ ފުން ވިސްނުމަކަށް ގެއްލިފައެވެ. އެދުވަހު އެއިން އެއްވެސް ކަމެއް ޔޫހާންއަށް ސިއްރުނުކުރެވުން ނަމައޭ އައިލީންގެ ހިތަށް އަރަމުން ދިޔައެވެ. އެހެންނޫންނަމަ މިއަދު އެދެ މީހުންގެ ދެމެދުގައި މިވާ ދުރުކަމެއް ނޯންނާއެވެ. އެފަދަ ޚިޔާލުތަކަށް ގެއްލިފައި އިން އައިލީން ސިހުނީ އަތުގައި އޮތް ފޯނު ރިންގުވުމުންނެވެ. ފޯނުގެ ސްކްރީނަށް އަރާފައިވި ޔޫހާންގެ ނަން ފެނުމުން އައިލީންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
57 Comments!
Comments are closed.








Salaam dear readers ???❤️❤️❤️… EID MUBAARAK DEAR READERS ❤️❤️❤️?????????… Here is the 34th part… Hope all will like this part too… Thankyou so much all for the support ❤️❤️❤️??????…
v rythi mi bai vx .. v wait kurewey mi vhk ah .. <3 one of the best story i hav ever read.. kon irakun aneh bai??
Lammi ❤️❤️❤️… After reading the comment I really felt so happy ❤️❤️❤️????????????… Thankyou so much dear ❤️❤️❤️????????????… V v v ufaavehje ???… Next part In Sha Allah Friday ga ???… Keep waiting dear ❤️❤️❤️???…
I agree with u lammi dhw..assu ves dhis is da best stry I’ve read I love it so much❤❤ and ifoo ur such a talented and awesome writer I love how u get along with the readers u have such an awesome personality . You have a bright future in being a amazing writer. Insha allah This is my first comment to this stry. Though I don’t comment I always read this stry. Can’t wait for the next prt ????? lots of love to where ever u r .
Crumpy ❤️❤️❤️??????… Ur so sweet dear ❤️❤️❤️??????… V v v v ufaavehje dear ge comment kiyaalaafa ???… It’s one of the best comment I got ❤️❤️❤️????????????… Readers akee ifoo ah v v v important baeh ???❤️❤️❤️???… Without readers I can’t do this ???… Ifoo ah mihisaabahvx mi aadhevuny readers ge support aaeku ❤️❤️❤️??????… Thankyou soooo much dear crumpy ❤️❤️❤️????????????… Ummeedhukuran kuriah huri part thakun vx comment fennaane kamah ???❤️❤️❤️… V v v v ufaavehje comment kohleema ??????… Once again thankyou so much dear ❤️❤️❤️??????… Much more loves from me dear ❤️❤️❤️????????????…
Hello darling ☺☺❤❤ mi part dhigu ingey genesdheefa inleh thankolheh.. Ekam hama emme interesting thankolhunney dhw ifoo mi nimmaalany ?? mihaaru yoon bunaane ehcheh balaalaa hithun keh nukurevey.. ??? Hama asluves livy ah ehenve ey buneveny kiyun emme reethi eh story ey mee ????? varah varah ufaa vejje miadhu up kolla dhinyma ????❤ Yageeney naureen e ulheny party ga kommes kameh kollan ?? mi part ga bodah mi dhiyai rifoo ge bai dhw.. ? Cant wait dhen in bai kiyaalaa hithun ??? Varah varah reethi ????❤ Dhen in part kiyaalan libeynee kon dhuvahaku ? Lots of love ????????????
He’llo Livy dear ??? ❤️❤️❤️???… Thankyou so much my dear Livy ❤️❤️❤️????????????… As usual comment v v v loabi n v v v ufaavehje dear ge comment kiyaalaafa ?????????❤️❤️❤️???… Naureen party ga kuran ulhey kameh vx ingidhaane thaa dhw ???… Let’s see what yoohaan says… Next part In Sha Allah Friday ga… Keep waiting dear ???… Much more loves from me dear ❤️❤️❤️?????????… U are one of the best reader ❤️❤️❤️?????????…
Euleny drinks eh boan dheefa ailee kotriakah gendhan yageen
Let’s see Anonymous ???…
Makaru verinnah naakaamiyaab kohbala…… V reethi
Thankyou dear ❤️❤️❤️?????????… Hingaa vaagotheh balamaa dhw ???…
?❤️Masha Allah. ?❤️V v v v reethi. ❤️❤️❤️ Bt Ifooooo???. Mi part ves kurey. ??? Mi vaahaka ekani ehaa kiyaahithun mikiyani.??? Abadhuves next part ah inthizaaru kohla kohla mi thibeni.???feshign nimendhen foohi kameh nethi??? next part dhigukohla dhehchey darling????❤️?????
Afaa ❤️❤️❤️… Haadha reethi comment ekey ???❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje dear ehaa interest aa eku story kiyaalaathy ??????… Next part In Sha Allah miahvure dhigukoh genesdheveythr try kuraanan ???… Next part In Sha Allah Friday ga… Keep waiting dear ???… Lots of love from me ???❤️❤️❤️?????????…
Story obiness to the max????❤❤❤story v loabi❤❤love it❤❤??keep it up ifoo☺☺?and EID MUBAARAK Ifoo???☺❤?
Shaa ❤️❤️❤️.. Wowww ???… Haadha loabi colourful comment ekey ❤️❤️❤️??????… I love it ❤️❤️❤️???… Thankyou so much dear ❤️❤️❤️????????????… V v v ufaavehje mi part vx reethi v ma ???… Dear ah vx Eid mubaarak ❤️❤️❤️… Lots of love from me ❤️❤️❤️????????????…
Hii ifooo❤❤❤❤❤❤❤❤❤❤kihineh haalu?????and eid mubarak ingey dear????☺?????and sorry lahun comment eh kohlevunyma????????as usual mi part ves v rythi??????❤???????alhey dhn mi naureen bust kohla..neynge kuran eulhey kamehves….????????ailee ah dhera gotheh nahadhahchey..?????and ifoo ur so so so so so talented????☺?and insha allah u have a bright future in writing stries..❤❤❤❤❤❤?????dhn next part friday ga dhw???????mee hama kiyaalan ehvana vaahaka eh..??????and ifoo u are such a nice person???really…the way u talk to readers….???????mihaaru v noolheyne ifoo thi kuraagothah lovely koh readers ge comments ah reply kuraa writer eh?????☺?????so ur r amazing….lots and lots and lots of love….❤❤❤❤❤
Hii Mal❤️❤️❤️❤️❤️… Ifoo Maa Sha Allah v ragalhu ???… Mal kihineh tha? Hope you are alright ??????… I missed your comment ??????❤️❤️❤️… It’s ok Mal lahun comment kohlevunas ???… Ifoo ah vx baeh faharu lahun reply kureve ehnu dhw… Heheh ???… Lahun viyas comment kohleema v v v ufaavehje ingey ??????❤️❤️❤️???… Naureen n Ailee ah vaagotheh vx balamaa dhw ???… Awwwwnn Mal ❤️❤️❤️????????????… Thankyou so much dear ❤️❤️❤️????????????…As usual V v v v v ufaavehje Mal ge comment kiyaalaafa ???❤️❤️❤️???????… Readers akee hama asluvx ifoo ah v v v important baeh ???❤️❤️❤️… Without readers ifoo ah mihisaabah vx naadheveyne ❤️❤️❤️.. Readers ge comment thakah ifoo reply kurany hama v v v kuraahithun ❤️❤️❤️???… Ifoo dhekeny readers ge comment thakah reply kurumaky v v v important kamehge gothuga ❤️❤️❤️???… I love all my readers ❤️❤️❤️?????????… V v v ufaavehje ifoo ge reply thah Mal ah kamudhaakan ingunyma ??????… Mal menn ehaa loabi colourful comments kuranyaa ifoo kihineh lovely replies nukoh hunnaane ??????❤️❤️❤️… I respect my readers ???… Ifoo gaboolu kuran mihisaabah aumugavx readers ge v v v v bodu support eh vaakan ???… Thankyou so much dear for the lovely comment ❤️❤️❤️????????????… It’s one of the best comment I got n you are one of the best reader ❤️❤️❤️????????????… Next part In Sha Allah Friday ga ???… Keep waiting dear ???… Much more loves from me Mal dear ❤️❤️❤️????????????…
story hama habeys.?????Waithong FOR the Next part Ifoo dhooni???????.Friday ga up kolhachey.kiyaala hithun hama???
Airah ❤️❤️❤️… I waited for your comment ❤️❤️❤️???… Thankyou so much ❤️❤️❤️????????????… In Sha Allah Friday ga up kohdheynan ???…
Eulenee beys gulaeh kaan dhey yageeney
Let’s see ???…
Lots of love from me too??❤❤❤???❤❤
❤❤❤??????
When is the last part? Story nimen kairi vhje tha
Adhi neynge last part kn dhuvahakun kameh… Adhi noolhey story nimeykah… Anehkaa story avahah ninmaalan v tha???… Heheh…
Hello! My dear ??? kihineah tha haalu?? ??? and eid mubarik ingey dear ??? and sry lahun cmnt eh kohllevunyma ??? now a day I’m super bxy ehnve ingey lasvy ??? naju beynun vany dear ge story v hama jehilaingen kiyan ??? ehaavx interesting story ehmee ??? This story is just perfect ❤❤❤ Masha Allah you are so talented ??? keep up the good work dear ??? anyways story is hama awesome ??? All the best dear ??? lots n lots of love dear ???
He’llo Naju ❤️❤️❤️… I waited for your comment ❤️❤️❤️?????????… Ifoo Maa Sha Allah v ragalhu ???… Naju kihineh tha?? Eid mubaarak dear ah vx ???… It’s ok lahun viyas… Lahun viyas commenteh kohleema v v v ufaavehje ??????… Baeh faharu ehen vx vaane ???… I can totally understand ???❤️❤️❤️… Thankyou so much for the support n for the colourful Comment ❤️❤️❤️????????????… Much more loves from me dear ❤️❤️❤️????????????…
Kobatha story
Now up kohlaifinn…
Dear kobaa tha stry?????? ?
Now up kohlaifinn…
sorry dear reader… bxy kamun story nuliyevigen miulheny… now also Im writing…
Kbr story dear
Now up kohlaifinn…
Hehe no dear.. ???? mi story nimeykah beynumeh noon..
Hehe ???… Ehentha dear ???… V v v ufaavehje story ehaa reethi v ma dear ah ❤️❤️❤️???…
Dear kniraku tha up vaany…??????avas kohlahchey….❤❤❤❤
Mal ❤️❤️❤️… Now up kohlaifinn ???…
Vaahaka bunaaduvaha nuliyevey dhn thihaa bizy aa vee nun vaahaka nuliye hutaalan fridayga gehnan buni part adhi thiulenee nuvegen miadhu mee sunday
I know mi part lasvikan… Bt kameh dhimaavegen nuliyevuny… N In Sha Allah vaahaka liyun huhtaa hiyaaleh nukuran ???… Ifoo ge story kiyaahihvaa ifoo ah support dhey kudhinnah takaa vx vaahaka liyun huhtaeh nulaanan In Sha Allah ???…
Vaahaka liyun huhtaalanvee
I won’t In Sha Allah ???…
Bunaa duvaha up nuvey
Ehenvx vaane ???…
Sorry dear readers… Miadhu ifoo balikoh ulheythy next part genesdhinun lasvany… But I promise In Sha Allah maadhama story kiyaalan libeyne… I know gina kudhin ifoo dheke rulhi aisakan thibeynee bt I’m sick… Ifoo hurihaa readers ge kibain maafah edhen…
Get well soon Ifoo. ❤️?????? Afaa eh rulhi eh naadhe inge.?maafu ves kohfin? ifoo ah v varakun next part genes dhen v Hama.. ??????
Afaa ❤️❤️❤️… Thankyou so much dear for understanding ❤️❤️❤️??????… So happy to have a reader like you ??????❤️❤️❤️… Love you dear ❤️❤️❤️???…
It’s ok dear ?? ? Gws dear ???
Naju ❤️❤️❤️… Thankyou so much dear ❤️❤️❤️?????????…
Its okay dear?????and get well soon,..❤❤❤❤❤
Mal ❤️❤️❤️… Thankyou so much dear ❤️❤️❤️?????????…
Story up nukuriyas rulhi ea naadey???eakamu vv kiyalahiy vey.Gws love?????
Airah ❤️❤️❤️… Thankyou so much dear for understanding ❤️❤️❤️?????????… So happy to see have a reader like you ???❤️❤️❤️???…
Ifoo… haalu rangalhiyyaa bunaany alhamdhulillaahi ingey. Reethi ehcheh fenihje nama bunaany mashaa alaah. Ifoo nubaikoh bunaathi mi bunely rulhi ais gennen noon ingey☺. Story varah reethi. Varah beley mi story up vefa ebain tho. And gws ifoo❤????❤????❤????❤????
raifa ❤️❤️❤️… Thankyou dear bunelyma ???… Ifoo ge Islam teacher vx egothah use kurey n ehen use kureveyne ey bunee… Heheh… I know dear rulhi naanakan ??????… V v loabi colourful commenteh vihya dear kohlee ???❤️❤️❤️… V v v ufaavehje dear ah story reethi v ma n ifoo ge story ah ehaa inthizaaru kuraathy ???❤️❤️❤️???… Thankyou so much dear ❤️❤️❤️????????????…
Waiting ifoooo abadhu vs open kohleveni esfiya in inthizaarugahuhnameyloabin mi vaahaka well done e gey????
Sheryn ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… V v v ufaavehje dear ah story reethi v ma ❤️❤️❤️????????????…