ކުށަކާނުލައި- 6 ވަނަބައި
ކެބިންއަށް ވަންނަންއައި އަލަން ސިހުނީ ކުއްލިއަކަށް ކުރިމައްޗަށްއެރި ލާނާ ފެނިފައެވެ. ލާނާގެ ލޮލުން އަލަން އަނދާއަޅިއަށް ހަދާފާނެހެންވެސް ހީވެއެވެ. ކުއްލިއަކަށް ލާނާ އަލަން ފަހަތަށް ކޮއްޕާލިއެވެ. ނުވިސްނާހުރި އަލަންގޮސް ފަހަތަށް ބިންމަށްޗަށް ވެއްޓުނެވެ. އެވަގުތު އޮފީސް ތެރޭގައި ކުޅިބަލަންތިބި އެންމެން ހޭންފެށިއެވެ. ހާއްސަކޮށް ފިރިހެންވެރިންނެވެ. “ކަންފަތް ހުޅުވައިގެން އަޑުއަހާ ޔޫސުފް އަލަން ޝާކިރު. މީގެ ފަހުން މަގޭ ގައިގަ ތި މުޑުދާރު އަތުން އަތްލާން ހިތަށްވެސް ނާރުވާތި. އަލަން ހީކުރަނީ އަހަރެންމީ ކުޅެން ގެންގުޅޭ ބުދެއްކަމައްތަ. ހީނުކުރާތި ބޭނުންގޮތެއް ހަދާލެވޭނެއޭ. ނުހެދޭނެ. މަށާ ކައިރިވިއަސް ދެން އެހެން އަންހެނަކައި ކައިރި ނުވެވޭވަރު ކުރާނަން.” ލާނާ ރުޅިއައިސްގެން ހަޅޭއްލަވައިގަތީ ވަކިވަރެއް ބަލާފައެއް ނޫނެވެ. އޭރު މުޅިމީހާ ރުޅިއައިސްގެން ތުރުތުރު އަޅަނީއެވެ. ލާނާގެ މި ކުއްލި އަމަލުން ސިހިފައި އިން އަލަން ފުންމައިގެން ތެދުވެ ލާނާއާއި ދިމާލަށް ދާންއުޅުނީ ބުޅަލެއް މަސްގަނޑާ ދިމާއަށް ދާހެންނެވެ. ނަމަވެސް މިކަން ނާކާމިޔާބުވީ ހުޒާމްއައިސް ކުރިމައްޗަށް އެރުމުންނެވެ. “އަލަންޓޭ ޕްލީސް. މިތާ ވަރަށް މީހުން އެބަތިބި. އިތުރަށް ފަޞީހަތްވުން ނޫން ކަމެއް ނުވާނެ. ހިނގާ ކެބިންއަށް.” ހުޒާމް ބެލީ މަޑުމަޑުން އަލަންއަށް ވިސްނައިދެވޭތޯއެވެ. އަލަން ވަށައިގެން ބަލައިލިއެވެ. ތެދެކެވެ. އެންމެން އެތިބީ ބަލާށެވެ. ހީވަނީ ލައިވް ޝޯއެއް ކުރިއަށް ދާހެންނެވެ. އަލަން ހިތާދެކޮޅަށް އެއްޗެއްނުބުނެ ކެބިންއަށް ވަނެވެ. ހުޒާމްވެސް ލޮލުގެ އިޝާރާތުން ލާނާއަށް ކެބިންއަށް ދިއުމަށް އެންގިއެވެ.
ލާނާ ޖެހި ދުމެއްހެން އޭނާގެ ކެބިންއަށް ވަދެގެންދިޔައެވެ. އަލަންގެ ހާލު މާބޮޑެވެ. ކެބިން އެފުށްމިފުށް ޖެހިއިރުވެސް ހިތްހަމަ ޖެހޭވަރެއް ނުވިއެވެ. މޭޒުމަތީގައިހުރި ހުރިހާ ފައިލްތަކެއްވެސް އުކާލީ ހިތަށް ހަމަޖެހުމެއް ލިބޭނެކަމަށެވެ.ނަމަވެސް ހިތަށް ކުޑަކޮށްވެސް ލުޔެއްލިބުންހެން ހިޔެއްނުވެއެވެ. އަލަން އުޅޭގޮތްފެނި ހުޒާމްއިނީ ހަދާނެގޮތް ހުސްވެފައެވެ. “އަލަން ހަމަޖެހިބަލަ.” ހުޒާމް ބެލީ އަލަން މައިތިރިކުރެވޭތޯއެވެ. “ހަމަޖެހޭށޭ. ހަހަ… މަގޭ އަމިއްލަ އޮފީހުގަ މަ ފަޞީހަތްވީ. ކުރެވުން ކަމެއްނެތް.” އަލަން ހިވީ މޮޔައެއްހެންނެވެ. “ލާނާއާ ވާހަކަ ދައްކަންވީ އެންނު. އަލަންވެސް އޭނަ ރުޅިނާރުވަބަލަ.” ހުޒާމް އަދިވެސް މަސައްކަތްކުރީ އަލަންގެ ވިސްނުން ބަދަލުކުރެވޭތޯއެވެ. “ވާހަކައޭ. ކޮން ވާހަކައެއް. ދެން ރީއްޗަށް އުޅުން ނިމުނީ. ދެން މީގަ އިތުރަށް ދައްކާނެ ވާހަކައެއްނެތް. ލާނާ އޭނާގެ ކުޅި އެކުޅުނީ. ދެން މީ މަގޭ ފަހަރު” އަލަން މޭޒުމަތީގައި ބާރަށް ޖަހައިލިއެވެ. ހީވީ މޭޒުވެސް ފުނޑާލަފާނެހެންނެވެ. މިފަހަރު ލާނާގެ ދުވަސްދިޔައީ އޭ ހުޒާމްގެ ހިތަށްއެރިއެވެ. އަލަންއަކީ ކަމަކާ އުޅެންފަށައިފިނަމަ އެކަން ނުކޮށްދޫކޮއްލައި މީހެއްނޫނެވެ.
ދޮރުގައި ޓަކިޖެހި އަޑަށް ލާނާ ސިހިފައި ބަލާލިއެވެ. އެތެރެއަށް ވަދެގެން އައި ހުޒާމް ފެނި ލާނާއަށް ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ހަގީގަތުގައި އޭނާ ހީކުރީ އަލަން ކަމަށެވެ. އައިރުޅީގައި ބޭރުގައި ކުރެވުންކަމުން ލާނާ ހުރީ އަލަން ކުރިމައްޗަށް އަރަން ބޭނުންނުވެފައެވެ. “ހައި. ލާލާ ވަޓް ހޭވް ޔޫ ޑަން. ލާނާވެސް ކަންތައްކުރީ ރަނގަޅަކަށްނޫން. އަލިފާނަށް ޕެޓްރޯލު އެޅެނީކަން އެބައިނގޭތަ.” ހުޒާމް ލާނާއަށް ވިސްނަދެވޭތޯ ބެލިއެވެ. “ވަޓް ހީ ޑިޑް ވޯސް އީވެން ވޯރސް.” ލާނާހުރީ ގޮތްދޫކުރާގޮތަކަށް ނޫނެވެ. “އިނގޭ އަލަން ކަންތައްކުރަނީ ރަނގަޅަށް ނޫންކަން. އަލަން ރަނގަޅުކޮށްފަ ވާހަކަ ދައްކަނީއެއް ނޫން. އެކަމު ލާލާވެސް އަލަން އާ ދުރުން އުޅޭ. އިދީއަށް ހެޔޮއެދޭތީ މިބުނީ. އަހަރެންނަށް އިނގޭ އަހަރެންނަށް އެހީ ނުވެވޭކަން. އެކަމަކު އަހަރެން މަސައްކަތްކުރަން އަލަންއަށް ވިސްނަދޭން. އަލަން އެއްވެސް މީހެއް ބުނާބަހެއް ނާހާނެ. ލާލާވެސް ބުނާގޮތް ހަދައިގެން އުޅެންޏާ އޭނާ އުނދަގޫ ކުޑަވާނެ. ބަޓް ޔޫ ހޭވް ޓުބީ ވެރީ ކެއާރފުލް. އިނގޭ ދޯ އަލަން ނުހުންނާނެކަން މަޑުން” ހުޒާމް ކުޑަކުއްޖަކަށް ކިޔައިދޭހެން ލާނާއަށް ކިޔައިދެވޭތޯ ބެލިއެވެ. ހުޒާމްގެ ވާހަކަތައް އަހާވަރަކަށް ލާނާގެ ހާސްކަން އިތުރުވުން ނޫން ކަމެއްނުވެއެވެ. ކަންތައްކުރެވުނީ މުޅިން ރަނގަޅަށް ނޫންކަން ލާނާއަށް ވިސްނުނީ އަދިކިރިޔާއެވެ. ނޭނގިނަމަވެސް މިކުޅެވުނީ އަލިފާނާއެވެ.
ދުވަހުގެ ބާކީބައި ދިޔައީ ހަމަ އެކަހަލަ ގޮތަކަށެވެ. ހުޒާމްއާއި ލާނާގެ ރަހުމަތްތެރިކަން އިތުރަށް ބަދަހިވިއެވެ. ނަމަވެސް އެންމެން އަދިވެސް ދައްކަނީ އެންމެންގެ ކުރިމަތީގައި އަލަން ވެއްޓުން ވާހަކައެވެ. ލާނާގެ ކެރޭ ވާހަކައެވެ. ބައެއް މީހުންނަށް ލާނާ ކަންތައްކުރިގޮތް ރަނގަޅެވެ. އަނެއްބަޔަކަށް ލާނާ ކަންތައްކުރީ ރަނގަޅަކަށް ނޫނެވެ. ނަމަވެސް އެންމެން އެއްބަސްވާ އެއްކަމެއްއޮތެވެ. ލާނާއަކީ އޮފީހުގެ އެންމެ ކެރޭ ކުއްޖާއެވެ. ސަބަބަކީ އަލަންއަކީ ޝާކިރުގެ ދަރިއަށްވެފައި އަދި މިހައިތަނަށްވެސް އަލަންގެ ކުރިމަތީގައި ބަހެއްބުނެލަން ކެރޭވަރުގެ ކުއްޖެއްވެސް މި އޮފީހަށް ނާންނާތީއެވެ. އެހެންކަމުން ލާނާ ވީ އެންމެންގެ ކުރިމަތީގައި ވަރަށް ކެރޭކުއްޖަކަށެވެ. މުޅި އޮފީހުގައި އަދިވެސް އޮތީ މިވާހަކައެވެ. އެހެންކަމުން އެންމެންގެ ނަޒަރުން ސަލާމަތްވުމުގެ ގޮތުން އަލަން އެދުވަހު އިތުރަށް ކެބިންއަކުން ނުނިކުމެއެވެ. މިކަމުން އެންމެ ފަސޭހަވީ ލާނާއަށެވެ. ލާނާ އަވަސްއަވަހަށް މަސައްކަތް ނިންމާލުމަށްފަހު އަލަންއަށް ނުފެނި ގެއަށްދިޔައެވެ. ނަމަވެސް މިހެން ފިލައިގެން އުޅެވޭނީ ކިހާ ދުވަހަކުހެއްޔެވެ؟
ކޮޓަރިތެރޭގައި ލާނާ ދެކޮޅަށް ދެކޮޅަށް ހިނގަހިނގައި ހުރީ 8.30 ނުވެގެންނެވެ. އެއީ ހަސީނު ރޭގަނޑު ކާންއަންނަ ގަޑިއެވެ. ލާނާ ނިންމައިގެންހުރީ މިރޭ ކާގަޑީގައި އިދާން ވާހަކަ ބުނާށެވެ. އެންމެ ހިނދުކޮޅަކަށްވެސް އަލަންގެ އުނދަގުލެއް ދެން ލާނާއަކަށް ތަހައްމަލެއް ނުކުރެވޭނެއެވެ. އިރުކޮޅެއްނުވެ ކޮޓަރީގެ ދޮރުގައި ފާހިރާ ޓަކިޖެހިއެވެ. ލާނާ ފުންނޭވާއެއް ލުމަށްފަހު ނުކުތެވެ. ގަޑިއައިސް ޖެހުނީއެވެ. ކޮޓަރިން ނުކުތްއިރު ހަސީނު އިނީ ލާނާ ނައިސްގެން ކާން ނުފަށައެވެ. ލާނާ މިހައި ކާ ހިތުން ނުކުތް ދުވަހެއް ހަނދާނެއް ނެތެވެ. ވަގުތުން ތައްޓަށް ބަތްއަޅައި ހަމަޖެހިލިއެވެ. “ދަރިފުޅު ވާހަކައެއް ބުނަންވެފަ އޮތީތަ؟” ފާހިރާއަށް މިކަން ފާހަގަ ވުމުން ސުވާލުކޮށްލިއެވެ. ލާނާ ފުރުސަތުގެ ބޭނުން ހިފިއެވެ. “ޑޭޑް. މީ.. މީ.. އަސްލުވީ ގޮތަކީ އަލަން..” ލާނާއަށް ބުނެވުނީ މިހިސާބަށެވެ. ކަރުގައި އަޅައި ގަނެއްޖެއެވެ. “ދަރިފުޅާ އަލަން ކިހިނެއްވީ. މާ ބޮޑަށް ކަމުދަނީތަ. ” ހަސީނު ސަމާސާ ކޮށްލިއެވެ. ލާނާގެ ފޫހިކަން އިތުރުވިއެވެ. އަލަން ކަމުދާނީ މޮޔައަކަށެވެ. ލާނާ ހިތާހިތުން އަލަންއަށް އެތިވަރުގޮވިއެވެ. އަނެއްކައިވެސް ވާހަކަ ދެއްކޭތޯ ބެލިއެވެ. ” ޑޭޑް.. ނޫން. އަޅުގަނޑު ބޭނުން ނުވޭ އަލަންއާ ކައިވެނި ކުރާކަށް. އަޅުގަނޑު ބޭނުންވާ އެހެން މީހެއް އެބަހުރި. ޑޭޑް މެންނަށްވެސް އިނގޭނެ އެކުއްޖާ. އިދާން.” ލާނާ ވަރަށް ހިތްވަރުކޮށްފައި ބުންޏެވެ..
ތަނުގައި ހިވީ ބޮމެއް ގޮވިހެންނެވެ. ހަސީނު އިނީ އަނގަޔަށް ލާން އުޅުން ބަތްސުވާވެސް އަނގަޔަށް ލާނެ ގޮތެއް ނޭނގިފައެވެ. ފާހިރާ އިނީ މިވަނީ ކީއްކަން ނޭނގިފައިއެވެ. އެއްފަހަރު ލާނާ ކައިވެނި ކުރަން ބޭނުންވަނީ އަލަން އާއިއެވެ. އަނެއްފަހަރު އެހެން މީހެވެ. މިވަނީ ކީއްހެއްޔެވެ. “ލާނާ ކީކޭތަ ތިކިޔަނީ. ބަލަ އަމިއްލަޔަކަށް ނޫންތަ ކައިވެނި ކުރަން އެއްބަސް ވީ.” ހަމަހިމޭކަން ފޫދުއްވައިލީ ހަސީނެވެ. ލާނާއިނީ ބުނާނެ އެއްޗަކާމެދު ވިސްނާށެވެ. އެންމެން ހީކުރަނީ ލާނާވެސް މިކައިވެނި ކުރަން ބޭނުންވާނެ ކަމަށެވެ. މިވެސް އަލަންގެ ކަންތަކެވެ. އެހުރިހައި ދޮގެއް ނުހެދިނަމަ މިއަދު މިހުރިހައި ދޮގެއް ހަދާކަށް ނުޖެހޭނެއެވެ. ވިސްނާވަރަކަށް ލާނާގެ ހިތުގައި އަލަންއާއި ދޭތެރޭގައި އޮންނަފޫހިކަން އިތުރުވުންނޫން ކަމެއްނުވެއެވެ. “ޑޭޑް. އައިއެމް ސޮރީ. އެއްވެސްއިރަކު މިކައިވެނި ކުރާކަށް ލާލާ ބޭނުމެއް ނުވޭ. އަލަންއަށް ލާލާ ބުނިއެއްޗެއް ނޭނގުނީ.” ބައްޕަމެންނަށް ދޮގުހަދަން ޖެހުމުން ލާނާ ދެރަވިއެވެ. ލާނާއަކީ މައިންބަފައިންނަށް ދޮގުހަދައި ކުއްޖެއްނޫނެވެ. ނަމަވެސް މިއަދު މިކަންވެސް ކުރަންޖެހުނީއެވެ. އަލަންގެ ސަބަބުންނެވެ. “އެކަމަކު ދަރިފުޅާ. ކީއްވެ ކުރިން ނުބުނީ. ޝާކިރުބެ ހީކުރާނި ކީކޭ.” ފާހިރާ ބުންޏެވެ. ” މި…މި އަނެއް،، އަލަންއާއި ވާހަކަ ދައްކާފަ ބުނަންވެގެން މަޑުކުރީ” ލާނާއަށް ވާހަކަދެއްކެނީ ކިރިޔާއެވެ. ކަރުގައިވެސް އެވަރަށް އެބަ އަޅައިގަނެއެވެ. އޭސީ ޖައްސާފައިހުރިއިރުވެސް އެއްވެސް ފިންޏެއްވަނީއެއް ނޫނެވެ. މުޅިމީހާ ދާހިއްލައި ފޯވެއްޖެއެވެ.
“ތިއީ ލާލާ ބޭނުންގޮތްކަމަށް ވަނީނަމަ ބައްޕަމެންގެ އެއްވެސް މައްސަލައެއްނެތް. ބައްޕަ ބޭނުންވަނީ ބައްޕަގެ ލާލާ އުފަލުގަ ހުންނަން އަބަދުވެސް.” ހަސީނު ލޯބިން ލާނާގެ ބޮލުގައި ފިރުމައިލިއެވެ. އެއީ އޭނާގެ ދެލޯފަދަ ލޯބިވާ ދަރިފުޅެވެ. އެދަރިފުޅަށް ހުރިހައި އުފަލެއް ހޯދައިދޭން އޭނާ ބޭނުންވެއެވެ. ލާނާ އުފަލުން ބައްޕަގެ ގައިގައި ބައްދާލިއެވެ. ފާހިރާވެސް ލޯބިން ލާނާގެ ބޮލުގައި ފިރުމައިލިއެވެ.
ގ.ވިނާގައި ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަނީއެވެ. އެންމެން ކެއުމައިގެން އުޅޭއިރު ހިތްނުވެފައި އިނީ އަލަން އެކަންޏެވެ. އަލަންގެ ސިކުނޑީގައި އެނބުރެމުން ދަނީ މުޅިންހެން އެހެންކަމެކެވެ. މިއަދު އޮފީހުގައި ހިނގި ކަންތަކެވެ. ލާނާގެ ކިބައިން ބަދަލު ނުހިފެނީސް އަލަންގެ ހިތަށް ހަމަޖެހުމެއް ނުލިބޭނެއެވެ. މޭޒުދޮށުގައި ކާންތިބި އެންމެން ސިހުނީ މޭޒުމަތީގައިއޮތް ޝާކިރުގެ ފޯނު ރިންގުވާންފެށުމުންނެވެ. ގުޅަނީ ހަސީނުއެވެ. ފޯނުއޮތީ މޭޒުމަތީގައި ކަމުން ހަސީނު ގުޅާތަން އަލަންއަށްވެސް ފެނުނެވެ. އަލަންގެ އަތްފައި ފިނިވިއެވެ. އަނެއްކާ މިއަދު ވީ ކަންތައް ލާނާ އޭނާގެ ބައްޕަ ކައިރީގައި ކީހެއްޔެވެ؟ އަލަންގެ ނުތަނަވަސްކަން އިތުރުވިއެވެ.
ޝާކިރު ފޯނުން ވާހަކަ ދައްކައި ނިންމާލުމަށްފަހު އައިސް ކާމޭޒު ކައިރީގައި އިށީނެވެ. ޝާކިރުގެ މޫނުން ކަންތައްތައް ރަނގަޅުނޫނަކަން އަލަންއަށް ދެނެގަނެވުނެވެ. “ހަސީނު ކޮންކަމަކާތަ ގުޅީ”. އާސިފާއަށް މަޑުންނެއް ނީދެވުނެވެ. “އަލަން ކައިރީ އަހާބަލަ.” ޝާކިރު ހިތްހަމަ ނުޖެހިފައި ބުންޏެވެ. “ބައްޕާ ކިހިނެއްވީ. އަހަރެންނަށް ކަމެއް ކުރެވުނީތަ.؟” އަލަން ހާސްވެފައި އަހާލިއެވެ. “ހަސީނު އެގުޅި. ލާނާއާއި އަލަންގެ ކައިވެނި ކެންސަލްވި ވާހަކަ ބުނަން. ލާނާ ބޭނުމެއް ނުވެޔޯ މިކައިވެނި ކުރާކަށް. އަލަންއަށް އޮޅިގެން ހީކުރީ ލާނާ ބޭނުންވާކަމަށް. އާން ދެން ވާނި އެހެންތާ. ކާކު ބޭނުންވާނި އެއްވެސް އުޅުމެއް ނުހުންނަ މީހަކާ އިންނަން. ” ޝާކިރުގެ ހިތްހަމަ ނުޖެހިފައި ބުންޏެވެ. އަލަންއަށް މިއަޑު އިވުނީ ހޮނު ގުގުރިއެއް ހެންނެވެ. ލާނާ އެންމެފަހުން ތެދަށް ކިޔައިދިނީތާއެވެ. ދެން ކަންތައްވާނީ ކިހިނެއްހެއްޔެވެ.؟ ލާނާއަށް އެހައި ހިތްވަރު ލިބުނީ ކިހިނެއްހެއްޔެވެ؟ އަލަން އިނީ ކަންފަތަށް އިވުން ބަސްތައް ގަބޫލުކުރަންނޭނގިފައެވެ.
ނުނިމޭ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.



Nice but too short.i am first?miadhu anebai ves up kodhyba pls ❤❤LY
Congrats on being first.? kurutha mi baii? Dhen faharakun miah wuren dhigu kureveythoa balaanan ingey. ?❤
Varah reethi
Masha allah mi part vs vvv rythi… whn nxr part
Thankyou dear. Insha allah next part on 18th. Keep reading?
Vrh vrh nice …. keep up the hard work buddy…. by thankolheh dhigu kohla dhibala?????
Thankyou maii. Dhen faharakun miah vuren dhigu kohlaaanan ingey ❤
Hello everyone. So heres the 6th part. Hope you all will like it too. Thankyou for the love and support.. please let me know what you all think of this part too. Insha allah next part on 18th, saturday. Eyge kurin liyewuniyyaa awahah ves up kurevidhaane ingey.❤❤
V,.reethi….I used read alhuganduge favourit writers ge stories .mivaaha foohivegen kiyaali..furathama shot in ves reethi vi… keep up the good work ..luv ya???❤❤❤????
thankyou dear.. loves. ❤ keep reading. ?
I really like this stry i think alan aney kaaves molhu plane eh raavaane hen laanaa aa marry kuran cause he want take his revenge on her at any cost. so intresting?cant wait to read another part of this story waiting and by the way mee cherry ge first time mi vaahaka ah comment kuraa aslu mivaahaka cherry ah v v reethi vegen comment eh ves kohlaa hiyyvee??❤❤❤❤
Thankyou very much cherry. ❤ yess that is possible too. Alan akee hithah aruvaifi kameh nukoh dhookohlaa kahala character eh nun. Lets see kihinehkan dhen alan hadhanee lana aa marry kuran. Keep reading ?❤
Vaahaka varah reethi thankolheh kuree
Thankyou dear. Dhen faharakun miah wuren dhigu kohlaanan ingey?
v reethi.. laanaa ah hama saabahey buneveynee??
Yes. Lana akee aadhaage kujjeh nuney. ? thankyou shai.?
Reethi