Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ރާސްތާ 26

Kiyara 10 Stories100 Comments100 Login100 Stories500 Comments500 Login
August 12, 2018 4 Mins Read
9 Comments

މާޒީ……

ކުލަ ގަދަ ހަފްލާއަކަށް ފަހު އައްމާރާއި އާލާގެ ކައިވެނި ކުރވިގެން ދިޔައެވެ. ކައިވެނި ޕާޓީ އޮތީ ރަށުގެ އަތިރިމަތީގައެވެ.

ހަނދުވަރުގެ އަލިން މުޅި ސަރަހައްދުވަނީ އަލިވެފައެވެ. ދޮންވެލިގަނޑު މަތީ ބޮޑު މޭޒެއް ބަހައްޓާ ތަފާތު ވައްތަރުގެ ކާނާތައް ވަނީ މޭޒުމަތީ އަތުރާފައެވެ. އަތިރިމަތީގެ އެކި ސަރަހައްދުގައި ވަނީ މޭޒު ބަހައްޓާފައެވެ. ކޮންމެ މޭޒެއްގެ މަތީގައި ހުދު ފޮތިގަނޑެއް އޮތީ އަޅާފައެވެ. އަދި ފޮތިގަނޑުގެ އެކި ހިސާބުތަކުގައި މަޑު ނޫކުލައެއްގެ ރިބަން އެލުވާާފަ ހުއްޓެވެ. ކޮންމެ މޭޒެއް ވަށައިގެން ފަސްގޮނޑި ހުރިއިރު ކޮންމެ ގޮނޑިއެއްގައި މަޑު ނޫކުލައިގެ ކަވަރެއް ވަނީ ލައްވާފައެވެ.

އާލާއާ އައްމާރު ތިބީ ތަނބިކައްޓާހަމައަށް މޫދަށް އެރިގެންނެވެ. އާލާ ލައިގެން ހުރީ މަޑު ނޫކުލައިގެ ކަކުލާހަމައަށް އަންނަ ހެދުމެކެވެ. ހެދުމުގެ އަތުގައި ވަނީ ލޭސް އަޅާފައެވެ. ތިރިން ހުދު ކުލައިގެ ސްކިނީ ޖިންސެއް ލައިގެން ހުރިއިރު ޖިންސުގެ ފައިކުރި ހުރީ ކަކުލަށްވުރެ ތަން ކޮޅެއް ތިރިއަށް އޮޅާފައެވެ. ކޮނޑާ ހަމައަށް އަންނަ ފަން އިސްތަށިގަނޑު އޮތީ ވަޔާ ވިހުރެން ދޫކޮށްލާފައެވެ.

އައްމާރު ހުރީ ހުދު އަތްދިގު ގަމީހަކާއި މަޑު ނޫކުލައިގެ ޖިންސެއް ލައިގެންނެވެ. އިސްތަށިގަނޑު މައްޗަށް ނަގާފައި ހުރި ގޮތުން ހީވަނީ ބޮލުގައި ކަރަންޓު ޖެހިފައި ހުރިހެންނެވެ. އައްމާރުވެސް ވަނީ ލައިގެން ހުރި ޖިންސު ތަނބިކައްޓާ ހަމައަށް އޮޅައިފައެވެ.

ޕާޓީއަށް އަންނަ ކޮންމެ މީހެއްގެ ދުލުން އާލާއާ އައްމާރަށް ތައުރީފުގެ ބަހެއް އިއްވާލައެވެ.

އެންމެ ގާތް އެކުވެރިޔާގެ ކައިވެނި ޕާޓީއަށް އަފްރާ ނުހަނު ފުރިހަމައަށް ތައްޔާރުވެގެން އައެވެ. ކަކުލަށްވުރެ ތަން ކޮޅެއް މައްޗަށް އަރާ ހުދު ކުލައިގެ ހެދުމަކާއި ހަމަ އެކުލާގެ ދިގު ސްކާޓެކެވެ. އޭނާގެ ދިގު އިސްތަށިގަނޑުގެ އަރިމަތިން ދެ އިސްތަށި ކޮޅު ނަގައި ވަނީ ފަހަތަށް ކްލިޕެއް ޖަހައި ދޫކޮށްލާފައެވެ.ތަބީއަތު އެހާ ރަނގަޅު ނޫނަސް އާލާއަށްޓަކައި އަފްރާ ޕާޓީއަށް އައީއެވެ.

އަރްޝާދް ވަރަށް އަވަދިނެތި ޕާޓީގެ ކަންކަން ބެލެހެއްޓުމުގައި އައްޒާމާއެކީ އުޅުނެވެ. އެހެން އެންމެންނާ ހިލާފަށް އަރްޝާދް ހުރީ ކަޅު ގަމީހަކައި ކަޅު ޖިންސެއް ލައިގެންނެވެ. ކޮނޑާ ހަމައަށް އޮތް ފަން އިސްތަށިގަނޑުގެ އެއްބައި މޫނު މައްޗަށް ވައްޓާފަ އޮތުމުގެ ސަބަބުން އޭނާގެ ކަނާއަތު ލޯ ވަނީ ފޮރުވިފައެވެ. ޕާޓީއަށް އަންނަމުން ދިޔަ ގިނަ އަންހެން ކުދިންގެ ލޯތައް އަރްޝާދަށް ހުއްޓެމުން ދިޔައެވެ. ކޮންމެ ކުއްޖަކުވެސް އަރްޝާދް ފެނުމުން ތުއިވެލައެވެ. އެއިން އެއްވެސް ކަމަކަށް ފަރުވާލެއް ނެތި އަރްޝާދް އޭނާ ކުރަމުން ދިޔަ މަސައްކަތާގެން ކުރިއަށް ދިޔައެވެ.

ކާއެެއްޗިހިގެ ވަސް ޖެހުމާއެކު އަފްރާ މޭނުބައި ކުރަން ފެށިއެވެ. އެ ތަނުން ދުރަށް ދާން ހަދައިގެން އަފްރާއަށް ގޮސް ވަދެވުނީ ވަލަށެވެ. އަފްރާ ފަހަތުން އިތުރު މީހަކު އައި ކަމެއް އޭނާ ނުދެނަ ހުއްޓެވެ.

އަރްޝާދް ދެތިން ފަހަރަކު އަފްރާ ފެނޭތޯ މުޅި ތަން ހޯދާލިއެވެ. އެހެނަސް އަފްރާ ނުފެނުމުން އޭނާ ކުރަމުން ދިޔަ މަސައްކަތް ކުރުމަށް އަވަސްވެގަތެވެ.

އައްޒާމްގެ ފޯނަށް ފޯނެއް އައެވެ. އެތަނުގައި އަޑު ގަދަ ކަމުން އައްޒާމް ފޯނު ހިފައިގެން ތަން ކޮޅެއް ދުރަށް ޖެހުނެވެ. ފޯނުން ވާހަކަ ދައްކާ ނިމުނު ތަނާހެން އައްޒާމްގެ ކަންފަތުގައި އަންހެން ކުއްޖެއްގެ ހަޅޭކުގެ އަޑު ޖެހުނެވެ. އަޑު އަންނަނީ ވަލުތެރެއިންނެވެ. އައްޒާމް މަޑު މަޑުން އަޑު އަންނަ ދިމާއަށް ހިނގާގަތެވެ.

ވަލުތެރޭގެ ވަކި ހިސާބަކަށް ދެވުނު ތަނުން އައްޒާމަށް ފެނުނު މަންޒަރުން އޭނާގެ ހިތްވެސް ނުހުއްޓުނީ ކިރިޔާއެވެ. ދެތިން މަސް ކުރިން މަސްތުވާތަކެތީގެ މައްސަލައިގައި އެރަށަށް އަރުވައިލާފައި ހުރި ރަޒީން އަފްރާ ގައިގެ އެތަން މިތާ ބޮސް ދެމުން ދިޔައެވެ. ރަޒީންގެ އަތް ދަށުން ސަލާމަތްވާން އަފްރާ ތެޅިފޮޅެމުން ދިޔައެވެ. އަފްރާގެ އިސްތަށިގަނޑުވެސް ވަނީ ހޭވިފައެވެ. ހެދުމުގެ އެއްބައި ވީދައިގެން ގޮސް ހަށިގނޑުގެ އެއްބައި އޮތީ ހާމަވާށެވެ. އައްޒާމަށް އެ މަންޒަރު ބަލާކަށް ކުޅަދާނައެއް ނުވިއެވެ. އާލާއަށް ދެރަ ގޮތެއް ވާން ނޭދޭ ފަދައިން އަފްރާއަށް ވެސް ދެރަ ގޮތެއް ވާކަށް އައްޒާމެއް ނޭދެއެވެ. އައްޒާމް ދިޔަ ގޮތަށް ގޮސް ރަޒީން ލައިގެން އިން ގަމީހުގެ ގިރުވާނުގައި ހިފާ ކޮޅަށް ނެގިއެވެ. އެއަށް ފަހު ރަޒީންގެ މޫނުގައި ބާރު އެތިފަހަރެއް އެޅިއެވެ. ރަޒީންވެސް ބަލާކަށް ނުހުރެ އައްޒާމް ގައިގައި ޖެހިއެވެ. އެއަށްފަހު އައްޒާމްގެ ގަމީހުގައި ހިފައި ދަމާގަތެވެ. އެއާއެކު އައްޒާމް ލައިގެން ހުރި ގަމީހުގެ މޭމަތީ އިން ގޮށް ނެއްޓުނެވެ. އައްޒާމް ބިންމައްޗަށް ވައްޓާލުމަށްފަހު ރަޒީން ފިލަން ދުއްވައިގަތެވެ. އައްޒާމް ތެދުވެ ރަޒީން ފަހަތުން ދާން އުޅެފައިވެސް އަފްރާ އެހާލަށް ދޫނުކުރަންވެގެން އަފްރާ ގާތަށް ދިޔައެވެ. އަފްރާ ރޮއެ ރޮއެ އޭނާގެ ލޯ ވަނީ ދުޅަވެފައެވެ. އައްޒާމް އަފްރާ އޭނާގެ މެއާ ލާ ބޮނޑިކޮށްލިއެވެ. އަފްރާވެސް އައްޒާމް ގައިގައި ބައްދާގެން ހުރެ ހިތްފުރެން ދެން ރޮމުން ގެންދިޔައެވެ.

ތަންކޮޅެއް ދުރުގައި އެ މަންޒަރު ބަލަން ހުރި ރަޒީންގެ ތުންފަތުގައި ވިހަ ހިނިތުންވުމެއް ހުއްޓެވެ. އޭނާގެ ފޯނުން މީހަކަށް ގުޅާލުމަށްފަހު ކޮންމެވެސް އެއްޗިހިތަކެއް ކިޔެވެ.

ޒުވާން ފުރައިގެ ފިރިހިން ކުއްޖަކު ގޮސް އަރްޝާދް ކަންފަތް ބުޑުގައި ވަރަށް ސިއްރުން ވާހަކައެއް ބުންޏެވެ. އެއާއެކު އަރްޝާދް ކޯޗެއްހޭ ބުންޏެވެ. އެޔެށް އިނގޭނީ އަރްޝާދް ގޮސް ބެލުމުންނޭ އެކުއްޖާ ބުނުމުން ދެކޮނޑު އަރުވާލުމަށްފަހު އަރްޝާދް ވަލުތެރެއަށް ދިޔައެވެ.

“އަރްޝާދަށް މި ކަންތައް ނާންގާތި އާލާއަށްވެސް. އެމީހުން ވަރަަށް ކަންތައް ބޮޑު ވާނެ އެނގިއްޖެޔާ.” ގިސްލެވެމުން ދިޔަ ހާލު އަފްރާ އައްޒާމް ގާތުން އަރްޝާދަށާއި އާލާއަށް ހިނގައިދިޔަ ކަންތައް ސިއްރުކޮށްދިނުމަށް އެދުނެވެ. އަފްރާގެ ކަރުނަތައް ފުހެ ދިނުމަށްފަހު އައްޒާމް އަފްރާގެ ނިތުގައި ބޮސްދިނެވެ. އައްޒާމް އެގޮތަށް ކަންތައް ކުރީ އަފްރާ ހަމައަކަށް އެޅުވުމުގެ ބޭނުމުގައެވެ.”އަފޫ ހާސް ނުވޭ އަރްޝާދަށް އެއްވެސް ކަމެއް އެނގުނަކަ ނުދޭނަން. މިއިން ހިލަމެއްވެސް އަރްޝާދަކަށް ނުވާނެ. ބިރުނުގަނޭ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ”

ފެންނަމުން ދިޔަ މަންޒަރާއި އިވުނު އަޑު ގަބޫލު ނުކުރެވިފައި އަރްޝާދަށް ހުރެވުނެވެ. އޭނާގެ އެންމެ ގާތް އެކުވެރިޔާގެ އަތުތެރޭގައި އެވަނީ އޭނާގެ ލޯބިވެރިޔާއެވެ. އެ ދެމީހުންނަަށް ބަލާލުމުން އެ ދެމެދުގައި ހިނގާގޮސްފައިވާނީ ކޮންކަހަލަ ކަމެއްކަން ރަނގަޅަށް ހާމަވެއެވެ.

އަތްތިލަ ބަޑީގެ އަޑަށް އައްޒާމާއި އަފްރާއަށް ދުރަށް ޖެހެވުމެވެ. އޭރު މާލާމާތް ކުރާ ފާޑަކަށް އަރްޝާދް ހެމުން އަތްތިލަ ބަޑި ޖަހަމުން ދިޔައެވެ. “ވާވާ ކްޔާ ބާތްހޭ. ކަސޯޓީއަށް ވުރެ ފުރިހަމަ ޑްރާމާއެއް ދޯ މަށަށް މި ފެންނަނީ. ކަލޭމެން ދެ މީހުން ތި ގަނޑެއް ގަންނަތާ ކިހާ ދުވަހެއް ވެއްޖެ؟ އަނެއްކާ އަފްރާ މަށާ ރައްޓެހިވީ އައްޒާމާ ރަށްޓެހިވެގެން އުޅެމުންތަ؟ އެހެންވެތަ އައްޒާމް އެންމެ ފުރަތަމަ އަހަރެން އަފްރާއަށް ލޯބި ހުށަހަޅަށް އުޅުމުން އެކަމާ ދެކޮޅު ހެދީ؟ އޭރު ވެސް ރީތި ކޮށް ބުނި ނަމަ އެއްނު އެއީ މަގޭ ބިޓޭ. ދެން އަފްރާ! މަ އެހީމަ ކީއްވެޔޯ ބުނީ ތިމަންނަ ވެސް މަ ދެކެ ލޯބިވެޔޭ؟ އޯ އަހަރެން މާލޭ މީހަކަށްވެފަ އައްޒާމަށް ވުރެ މުއްސަނދި ވީމާ ދޯ؟ ތި ދެމީހުންވެގެން މޮޅު ރޭވުމެއް ރާވައިގެން ދޯ ތިއުޅެނީ؟ އައްޒަ މަށަށް ހީވަނީ އަފްރާ ކައޭއަށްވެސް ދޯކާ ދީގެންހެން އެ އުޅެނީ މަށާއެކީ ވަރަށް ގަނޑުގަންފަ އެ ހުރީ. ކައެއަަށް ވިސްނޭނެ މަ މިބުނީ ކީކޭ ކަން” އަރްޝާދް އެ ބުނީ ކީކޭ ކަން ވިސްނުމާއެކު އައްޒާމަށް އަފްރާއާ ދިމާއަށް ބަލާލެވުނެވެ. އަފްރާ އިސް ޖަހާލުމުން އަރްޝާދް އެ ބުނީ ތެދެއްކަން އައްްޒާމަށް އެނގުނެވެ. އެ ވަގުތު ރުޅިއައިސް ފަޅައިގެން ދާން ކައިރިވެފައި ހުފި އަރްޝާދަށް އެ މަންޒަރުން މާނަ ނެގުނީ މުޅިން އެހެން އެއްޗެކެވެ. އަރައިގެންފައި ހުރި ރުޅި އިތުރުވުން ނޫން ކަމެއް ނުވިއެވެ. “މިހާ ހިސާބުން އަފްރާއާ އަހަންނާ އޮތް ގުޅުން މި ނިމުނީ. އަރްޝާދަކީ އަފްރާ ނުދަންނަ މީހެއް އަފްރާއަކީވެސް އަރްޝާދް ދަންނަ މީހެއް ނޫން. އައްޒާމް ކައޭވެސް” އެހެން ބުނުމަށް ފަހު އަރްޝާދް އެތަނުން ދާން ހިނގާގަތެވެ. އިތުރަށް އެންމެ ބަހެއް ބުނާނެހާ ހިތްވަރެއް އަފްރާ އަދި އައްޒާމަކަށް ނުލިބުނެވެ. ލޮލަށް ފެނުނު އެންމެ މަންޒަރެއްގެ ސަބަބުން އަރްޝާދް އެދިޔައީ ހުރިހާ ގުލުމެއް ކަނޑާލާފައެވެ.ހަނދާ ތަރިތައް އަހުދުކޮށް ވީހާ ވައުދެއް އުވާލާފައެވެ. ހުރިތަނަށް ތިރި ވުމާއެކު އަފްރާއަށް ބާރަށް ރޮއެ ގަނެވުނެވެ. އަތުގައި އޮތް އެންމެ އަގު ބޮޑު ޚަޒާނާ އަތުލުމަށްފަހު އަރްޝާދް އޭނަ ދޫކޮށްފަ ދިޔައީއެވެ. ލޯބީގެ ނަމުގައި ކުރެވުނު ކަންތައް ވިސްނުނުލެއް މާ ލަސްވީއެވެ. އަރްޝާދް އޭނާ ދެކެ ކުޑަކޮށްވެސް ލޯބިވާނަމަ އެއް ފަހަރު ނަމަވެސް އޭނަ ވާހަކަ ދައްކަން ފުރުސަތު ދިނީސްނޫންހެއްޔެވެ.

މަގު ގެއްލިފައި ހުރި މީހަކު ފަދައިން އަރްޝާދް ގޮސް އައްޒާމް މެން ގެއަށް ވަނެވެ. ކޮޓަރިއަށް ވަދެ ދޮރު ޖެހުމާއެކު ހޯސް ލާފައި ލޮލުން ކަރުނަ ފައިބަންފެށިއެވެ. އެންމެ ގާތް އެކުވެރިޔާ ކަމަށް ދެކުނު މީހާއާއި މުޅި ދުނިޔޭން އެންމެ ލޯބިވި އަންހެން ކުއްޖާ ވެގެން އޭނާއަަށް ކެހި ދިނުމުން އެ ހިތަށް ކެއް ވާނީ ކިހިނަކުން ހެއްޔެވެ؟

ޕާޓީ ނިމިގެން ދިޔައިރު އައްޒާމް އަދި އަރްޝާދްގެ ޚަބަރެއް ނުވެއެވެ. އަބްދުﷲ ދެތިން ފަހަރަކު އައްްޒާމާއި އަރްޝާދްގެ ނަންބަރަށް ގުޅައިވެސް ފިއެވެ. ޕާޓީ ނިމުމާއެކު އައްމާރުގެ އާއިލާ މާލެ ފުރަން ވަނީ ހަމަޖެހިފައެވެ. އައްޒާމްމެންގެ ޚަބަރެއް ނުވި ކަމަށް އަބްދުﷲ އެންމެން ގޮވައިގެން ބަނދަރަށް ދިޔައެވެ.

އެންމެންނަށްވެސް ހައިރާންކަން ލިބުނީ ފޮށި ހިފައިގެން އަރްޝާދް ބަނދަރުގައި ހުރުމުންނެވެ. “ދައްތާ ބޭބޭ. އަޅުގަނޑު މާލެ ދާން ޖެހިއްޖެ ވަރަށް ކުއްލި ގޮތަކަށް އެހެންވެ މިރޭ ލޯންޗުން ދާން މިއުޅެނީ ކުރިން އަންގާނުލެވުނީތީވެ މާފަށް އެދެން މީވީ ދުވަސްތެރޭ ދައްތައާ ބޭބެ އަޅުގަނޑަށް އަދާކުރި މެހެމާންދާރީއަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މާލެ ގޮއްސަ ވަރަށް ހަނދާންވާނެ ދައްތަގެ ކާއެއްޗިހި މަތިން” މޫނު މަތިން ހަމަޖެހޭ ގޮތް ދައްކަމުން އަރްޝާދް ބުންޏެވެ. މިރޭ ހިނގާދިޔަ ހާދިސާއަށް ފަހު އެންމެ ސިކުންތަކުވެސް އެރަށުގައި މަޑުކުރާކަށް އަރްޝާދް ބޭނުމެެއް ނޫނެވެ. އައްމާރްގެ އާއިލާ ފުރާކަން އެއީ ނާސީބެކޭ ހިތަށް އެރިއެވެ.

އަރްޝާދް މާލެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި އަފްރޫން ހުންނަތާ ތިންމަސް ވެއްޖެއެވެ. މިރޭވެސް އެނދުގައި ދެކޮޅަށް ފޮރޮޅިލަ ފޮރޮޅިލާ އޮތީ އަރްޝާދްގެ ޚިޔާލުތަގައެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kiyara

10 Stories100 Comments100 Login100 Stories500 Comments500 Login

Insta @author_kiyara

Other Articles

Previous

ނަމޫނާ ލޯބި

Next

ރާސްތާ 27

Next
August 13, 2018

ރާސްތާ 27

Previews
August 12, 2018

ނަމޫނާ ލޯބި

9 Comments!

  1. Navii says:
    August 13, 2018 at 4:51 am

    Wow.?????.. Hama awesome..??????. Vvvvvvv reethi mi part ves.. ?????Curiously waiting for the next part……

    1. Navii says:
      August 13, 2018 at 4:53 am

      And I’m FIRST dhw…?????

  2. Maii? says:
    August 13, 2018 at 6:19 am

    Wowww….. stry hama obiness to the max…. when is the next part?hama vrh nice..???❤❤❤

  3. Someone says:
    August 13, 2018 at 9:23 am

    Wow nice ingey???dhn maany and aaraash gulhuvabaa???eyrun v nice vaane..dhn thihen up kohdhehchey????whn next part??

  4. Stry Kiyaa Man says:
    August 13, 2018 at 10:39 am

    Masha allah v furihama.
    Afreen inna thaaga ebain afroon jehifa eii stry nimey hishaab ga ehen noony hama k.next part dhigu kohlahjey .
    Waiting 4 nw part.
    -salaam-?????

  5. Hana says:
    August 13, 2018 at 11:20 am

    Afraa wygoih haadha dherawey

  6. Twinkle? says:
    August 13, 2018 at 1:35 pm

    Masha allah mi part vs hama ehvana… afraa ah aslu v goih arshaadh ah mihaaru ngey thr??? Whn nxt part

  7. hash says:
    August 13, 2018 at 6:36 pm

    masha akkah v habeys.. keep writing..im a big fan of u..love ya????

  8. hash says:
    August 13, 2018 at 6:36 pm

    allah*

Comments are closed.

Next Episodeރާސްތާ 27←


All Right Reserved!