Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުށަކާނުލައި- 3ވަނަބައި

Anha Level 110 Stories100 Comments
August 7, 2018 5 Mins Read
12 Comments

” ހަގް ކުރާނެ ވަރަކަށް ހަގްކުރޭ. ދުވަސްކޮޅަކުން އިދާންގެ ސައިކަލުވެސް ނުފެންނާނެ މަންޖެ ލޮލަށް.” އިދާންގެ އުނަގަނޑުގައި އަތްއަޅުވާލައިގެން ސައިކަލުމަތީއިން ލާނާފެނި އަލަން ބުނެލިއެވެ.

******

ދުވަހުގެ ބާކީއޮތްބައި ނިމިގެންދިޔައީވެސް އެކަހަލަ ގޮތަކަށެވެ. ލާނާއާ ގިނަމީހުން ވާހަކައެއްނުދައްކައެވެ. ނަމަވެސް އޮފީހުގައި އުޅޭ ފިރިހެންކުދިން ލާނާއާ ވާހަކަ ދައްކަން ވަރަށް މަސައްކަތްކުރެއެވެ. ލާނާވެސް ހުރިހާ އެންމެންނާ ވާހަކަދެއްކިއެވެ. އެހެންކަމުން ފުރަތަމަ ދުވަހާއި އަޅާބަލާއިރު ފުދޭވަރަކަށްގިން ރަހުމަތްތެރިން ލާނާއަށް ލިބުނެވެ. ހުޒާމްވެސް ލާނާއާ ސަކަރާތްޖަހާ ހެދިއެވެ. އަލަން އުޅުނީ ލާނާގެ ކުރިމައްޗަށްވެސް ނާރައެވެ.

އޮފީހުން ގެޔަށްއައިރު ފާހިރާ ހުރީ ލާނާގެ އިންތިޒާރުގައެވެ. ލާނާ ފާހިރާގެ ގައިގާ ބައްދާލިއެވެ. އަދި ހަސީނު ކޮބައިތޯ ބަލާލިއެވެ. “ދަރިފުޅު އޮފީސް ކިހިނެއްތަ. އަލަން ކިހިނެއްވަނީ” ފާހިރާ ލޯތްބާއެކު އަހާލިއެވެ. ލާނާ އޮފީހުގެ އެންމެން ރަނގަޅު ވާހަކަ ކިޔައިދިނެވެ. އަދި އަލަން އާއި ދެމީހުންގެ މެދުގައި ހިނގި ކަންތައް ސިއްރުކުރިއެވެ. މާ ވަރުބަލިވެފައި ހުރުމުން ލާނާ ބޭނުންވީ ނިދާލާށެވެ. އިތުރަށް މަޑުނުކޮށް ކޮޓަރިއަށްދިޔައީ ފެންވަރާލުމުގެ ބޭނުމުގައެވެ.

*******

އަލަން އޮފީހުން އައިއިރު އާސިމާ އިނީ ހެދުމެއް ފަހާށެވެ. އާލާ އިނީ ސޯފާގައި ވާހަކަ ފޮތެއް ކިޔާށެވެ. އަލަން ފެނުމާއެކު އާސިމާ ފެހުން މެދުޖައްސާލުމަށްފަހު އަލަންއަށް ގޮވާލިއެވެ. “އަލަން. މިރޭ ކާނީ ގެއިން އިނގޭ. މަންމަވެސް އަދި ބައްޕަވެސް ބޭނުންވޭ އަލަންއާ ވާހަކަ ދައްކަން.” ބަދިގެ ތެރޭ ފެންބޯންހުރި އަލަން ފެނި އާސިމާ އިއްވައިލިއެވެ. އަލަންއަށް ވަގުތުން ވާންމިއުޅެނީ ކީއްކަން ރޭކައިލިއެވެ. އެވަގުތު އޭނާގެ ތުންފަތުގައި ކުޅެލީ ފަތަހައިގެ ހިނިތުންވުމެކެވެ.

ގ.ވިނާގައި އެންމެންތިބީ ރޭގަނޑުކެއުމަށް އިންސާފުކުރާށެވެ. ނޯކަރުން އަވަދިނެތި ސުފުރާމަތި ފަޅުފިލުވުމައިގެން އުޅެމުންގެންދެއެވެ. އަލަން ހަމަޖެހިލައިގެން ކާންއިނީ ޝާކިރު ވާހަކަ ފައްޓާނެ އިރަކަށް ބަލަބަލައެވެ. މާގިނައިރު އެހެން އިންނާކަށް ނުވެސްޖެހުނެވެ. “ދަރިފުޅާ އަލަން. މިހާރު ދެކުދިން ގޮތެއް ނިންމައިފިންތަ.. މިބުނީ ކައިވެނި ކުރަންބޭނުންވޭހޭ ދެކުދިން.” ކުކުޅު ކޮޅެއް އަނގަޔަށްލަމުން ޝާކިރު ސުވާލުކުރިއެވެ. އެސުވާލު ނުކޮށްގެންއިން އަލަން އަވަހަށް ފުރުސަތުގެ ބޭނުންހިފިއެވެ. ” ބައްޕާ. އަޅުގަނޑަށް ލާނާ ވަރަށް ކަމުދޭ. ލާނާވެސް އަދި އަޅުގަނޑުވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް މިކައިވެނި ކުރަން.” އަލަން ލަދުގަންނަކަމަށް ހަދާފައި ބުނިގޮތުން އާލާ ގާތަށްވެސް ހިނިއައެވެ. އަލަން އެހާވެސް މޮޅެވެ. އެވޯޑެއް ދޭނަމަ އަލަންއަށް އެވެސްލިބޭނެއެވެ. އަލަންގެ ވާހަކައިން އެންމެންގެ މޫނުމަތިންވެސް އުފާވެރިކަންފެނިގެންދިޔައެވެ. އާސިމާ އިނީ އުފަލުން ބުނާނެ އެއްޗެއްވެސް ނޭގިފައެވެ. ޝާކިރުވެސް ބައްތިރީސް ދަތް ފެންނަވަރަށް ހީލައިގެން އިނީ އަލަންއަށް ވިސްނުނީ ކަމަށް ހީކޮށެވެ. އެންމެންނަށްވެސް ނޭނގުނުކަމަކީ މީ އަލަން ކުޅޭ ޑްރާމާއެއްކަމެވެ. “ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅަށް ވިސްނުނީމަ. ބައްޕަ ހަސީނުބޭއާ ވާހަކަ ދައްކާފަ ވީހާވެސް އަވަހަކަށް ދަރިފުޅުމެންގެ ކައިވެނީގެ ކަންތައް ހަމަޖައްސާނަން.” ޝާކިރުއަށް އުފަލުން ވާހަކަދެއްކުނީވެސް ކިރިޔައިއެވެ. ޝާކިރު ފޯނުނަގައި ހަސީނުއަށް ގުޅައިލިއެވެ.

******

ސިޓިންގްރޫމްގައި ޓީވީ ބަލަންއިން ހަސީނު ސިހުނީ ޖީބުގައިއޮތް ފޯނު ރިންގުވާންފެށީމައެވެ. ފޯނުނަގައި ބަލައިލިއިރު ގުޅަނީ ޝާކިރުއެވެ. “ހަލޯ ޝާކިރު. ހަމައަސްލުވެސްތަ. އާނ. މަރުހަބާ.” ހަސީނު ފޯނު ބޭއްވުމަށްފަހު ކާން ހަދަންހުރި ފާހިރާގެ ގައިގާ ބައްދާލިއެވެ. ކާންހަދަންހުރި ފާހިރާ ލަދުން މޫނުފޮރުވައިލިއެވެ. ކައިވެންޏަށް 24 އަހަރުވެފައި ވީއިރުވެސް އެދެމީހުންގެ ލޯތްބަކަށް ބަދަލެއްނާދެއެވެ. ” ފާހީ. އަހަރެން މިއަދު ވަރަށްއުފާވެއްޖެ. ލާނާއާއި އަލަން ކައިވެނިކުރަން ނިންމައިފި. ދެންމެ ޝާކިރުގުޅާފަ އެބުނީ އަލަން ބުންޏޯ އަލަންއަށް ލާނާ ވަރަށްކަމުދެއޭ. ލާނާވެސް ބޭނުމީ އަވަހަށް ކައިވެނިކުރާށޯ.” ހަސީނު ހީވަނީ އުފަލުން އެހެންފަދަކަމެއް ހެންނެވެ. ހަސީނުގެ ވާހަކަ އަހާފައި ފާހިރާގެ ހިތް އުފަލުން ނަށައިލިއެވެ. މިދުވަސް ދެކޭހިތުން ހުންނަތާ ކޮންދުވަހެއްހެއްޔެވެ. ކޮންމެ މަޔަކުވެސް އޭމީހެއްގެ ދަރިފުޅު ކައިވެނިކުރާނެ ދުވަހަކަށް އިންތިޒާރު ކުރާނެއެވެ.

ބޯމަތިވަމުން އަންނަ ތޫފާނުގެ ހިލަމެއްނުވާ ލާނާ އޮތީ އަރާމުކޮށް ނިދާފައެވެ. ނިދާފައި އޮންނައިރުވެސް އެރީތި ކަމަކަށް ބަދަލެއްނާދެއެވެ. ހީވަނީ “ސްލީޕިންގް ބިއުޓީ” ހެންނެވެ. އަރާމުކޮށް ނިދާފައިއޮތް ލާނާއަށް ހޭލެވުނީ ފޯނު ރިންގުވާއަޑަށެވެ. ކަންނެތްގޮތަކަށް ލޯހުޅުވައިލުމަށްފަހު ފޯނުގެ ސްކީރަނަށް ލާނާ ބަލައިލިއެވެ. ގުޅަނީ އިދާންއެވެ. ލާނާ ފޯނުނެގުމަށްފަހު ހަލޯއޭ ބުނެލިއެވެ. “ހޭއި. އަދިވެސް ނުހޭލަންތަ. މިހާރު އެއޮށް އަށެއް ޖެހީއޭ. ލާލާ މިރޭ ކާންގޮއްސަ ބައްޕަގާތު އިދީ ވާހަކަދައްކައްޗޭ.” އިދާން އެއްފައްޗަކަށް އަމުނައިލިއެވެ. މިއަދު ދެއްކިވާހަކައަށްފަހު އިދާންއަށް ހަމަޖެހިގެން އެއްވެސް ކަމެއްނުކުރެވެއެވެ. ލާނާގެ ހާލަކީވެސް ހަމަމިއެވެ. ވާހަކަ ދައްކާނެކަމަށްބުނެ ލާނާ ފޯނު ކުރުކޮށްލިއެވެ. އެނދުން ތެދުވުމަށްފަހު ލޯގަނޑުން އަމިއްލަ ސޫރައަށް ލާނާ ބަލައިލިއެވެ. ކުއްލިއަކަށް މިވީ ކިހިނެއްހެއްޔެވެ. އޭނާގެ އުފާވެރި ހަޔާތަށް މިއެޅުނީ ކޮންކަހަލަ ބޮޑުހިޔަންޏެއް ހެއްޔެވެ. އިދާންގެ މަތިން ހަނދާންވުމުން ލާނާއަށް ރޮވުނެވެ. އިދާންއާ ނުލާ ލާނާއަކަށް ނޫޅެވޭނެއެވެ. “އައި ކޭން ޑޫ އިޓް. މިރޭ ޑޭޑްގާތު އެވާހަކަ ދައްކާނި.” ލާނާ އަމިއްލަނަފްސަށް ވައުދުވިއެވެ. ނަމަވެސް ސުވާލަކީ ލާނާއަށް އެކަން ވާނެހެއްޔެވެ. ލާނާ ދާންވެގެން އެނބުރުނުވަގުތު ފާހިރާ އައިސް ކޮޓަރިއަށް ވަނެވެ. “ދަރިފުޅު ކާންނައިސްގެން ބައްޕަ އެބައިން ކާން ނުފެއްޓިފަ. އަވަހަށް އާދޭ.” ފާހިރާ ލޯތްބާއިއެކު ބުނެލިއެވެ. މިދަނީ ކަމަށްބުނެ ލާނާ ފާހާނާއަށް ވަދުނެވެ.

ލާނާ ކާންވެގެން އައިއިރު ހަސީނުއާއި ފާހިރާތިބީ ލާނާގެ އިންތިޒާރުގައިއެވެ. ގޮނޑި ދަމާލުމަށްފަހު ލާނާ އިށީނދުނެވެ. ލާނާ އައުމުން އެންމެން ކާންފެށިއެވެ. ލާނާއިނީ ކާހިތްނުވެފައިއެވެ. ސަމްސަލުން ތަށި ހާވަން އިންތަން ފެނުމުން ފާހިރާއަށް މަޑުންނެއް ނީނދެވުނެވެ. “ދަރިފުޅު ބަނޑުހައި ނުވަނީތަ.” ފާހިރާ ސުވާލުކުރުމުން ލާނާ މަޑުމަޑުން ހަސީނުގެ މޫނަށް ބަލައިލިއެވެ. “ނޫން. މީ އަނެއް.. ޑޭޑް. އަޅުގަނޑު ވާހަކައެއް ދައްކައިލަން ބޭނުން.” ލާނާ ވަރަން އުނދަގުލުން ބުންޏެވެ. ހަސީނުގެ މޫނުމަތި އުޖާލާވިއެވެ. ފާހިރާ ލާނާގެ ބޮލުގައި ފިރުމައިލީ ލާނާއެއުޅެނީ އަލަންގެ ވާހަކަ ދައްކަންކަމަށް ހީކޮށެވެ. “ދަރިފުޅު ނުބުންޏަސް ބައްޕައަށް އިނގޭ ދައްކަންތިއުޅޭ ވާހަކައެއް. ޝާކިރުބޭ މިރޭ ގުޅާފައި ބުނި ދަރިފުޅާ އަލަން ކައިވެނި ކުރަން ބޭނުންވާ ވާހަކަ. ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅަށް އަލަން ކަމުދިޔައިމަ. ބައްޕަގެ ލާލާ ބޮޑުވީއޭ ދޯ.” ހަސީނުގެ ލޮލުން ކަރުނަ ނީރާލިއެވެ. އެއީ އުފާވެރިކަމުގެ ކަރުނައެވެ. ލާނާގެ ކަންފަތަށް މިވާހަކަތަށް އިވުނީ ހޮނުގުގުރިއެއް ފަދައިންނެވެ. ” ކާކު ޝާކިރުބޭ ކައިރީ އެހެން ބުނީ.” ހައިރާންވިވަރުން ލާނާއަށް އެހުނީ ފުދޭވަރަކަށް ބާރަށެވެ. ނަމަވެސް ހަސީނުއާއި ފާހިރާ ހީކުރީ ލާނާ ލަދުންއުޅެނީކަމަށެވެ. ހަސީނު އެއިރު ޝާކިރު ގުޅައިގެން ދެއްކި ހުރިހައި ވާހަކައެއް ލާނާއަށް ކިޔައިދިނެވެ. ލާނާއިނީ ބުނާނެ އެއްޗެއް ނޭނގިފައިއެވެ. އަލަން އެހާބޮޑު ދޮގެއް ހެދީ ކީއްވެހެއްޔެވެ. ހުދު އަލަން މިކައިވެނި ކުރަންބޭނުންނުވެގެން އެވާހަކަދެއްކިއެވެ. ވީއިރު އެހެން އެހެދީ ކީއްވެހެއްޔެވެ. ލާނާގެ ލޮލަށް ކަރުނަޖަމާވުމުން ދުވެފައި ކޮޓަރިއަށް ދިޔައެވެ. “ސާބަސް ހަސީނުއަށް. އެމަންޖެ ލަދުގަތީ މިހާރުއެ.” ފާހިރާއާއި ހަސީނު ހީކުރީ ލާނާ މާބޮޑަށް ލަދުގަތީ ކަމަށެވެ.

ކޮޓަރިއަށްވަތް ލާނާގެ ބަޑިފަޅައިގެން ދިޔައެވެ. ހިތަށްއަރައި ފައިބަމުންދާ އެއްޗެހިން ލާނާގެ ސިކުނޑި މަސައްކަތްކުރުންވެސް ހުއްޓައިލިކަހަލައެވެ. އެނދުގައި ބަންޑުންއޮވެގެން ލާނާ ރޮމުންގެންދިޔައީ ވޭނުން ފުރިގެންވާ ގޮތަކަށެވެ. މަންޒަރުފެންނަ ކޮންމެމީހެއްގެހިތްވެސް ހަލާކުވާނެއެވެ. ލާނާ ބޯހިއްލައިލީ ފޯނު ވައިބްރޭޓް ވާންފެށުމުންނެވެ. ގުޅަނީ އިދާންއެވެ. ރިންގުވަމުންގޮސް ފޯނުކެނޑުނުއިރުވެސް ލާނާ ފޯނަށް ބަލަންއޮތެވެ. އިދާން އަނެއްކައިވެސް ގުޅަންފެށިއެވެ. އެންމެފަހުން ލާނާއަށް ކެތްނުވެގެން ފޯނުނިއްވައިލިއެވެ. އިދާންއާ ވާހަކަދައްކާނެ ހިތްވަރެއް ލާނާގެ ގައިގައެއްނެތެވެ. އޭނާވަކި ކިޔާނީ ކީކޭހެއްޔެވެ. ކައިވެނިކުރަން އުޅޭވާހަކަހެއްޔެވެ. ލޯބިވާ މީހަކާ ވަކިވާންޖެހުމަކީ ކިހައިވޭންހުރި ކަމެއްކަން މިއަދު ލާނާއަށް އިނގިއްޖެއެވެ. ލާނާއަށް ނިދުނީވެސް މިހެން ރޯންއޮއްވައެވެ.

*******

ކޮޓަރިތެރޭގައި ދެކޮޅަށް ދެކޮޅަށް ހިނގަހިނގައިހުރި އިދާންހުރީ ހާސްވެގެން ކުރާނެކަމެއް ނޭނގިފައެވެ. ލާނާ ފޯނުނުނެގި ތާނގައި ފަހުން ގުޅިއިރުއޮތީ ފޯނުނިއްވާލައިފައެވެ. ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އޭނާގެ ހަވަނަ ހިއްސުބުނެދިނެވެ. ލާނާއަށް ވީގޮތް ބަލަން އޭނާބޭނުމެވެ. އެކަމުކު ކިހިނެއްހެއްޔެވެ. އެގެއަށް ދާކަށްވެސް ނުކެރޭނެއެވެ. އެންމެފަހުން އިދާން ނިންމީ އަނެއްދުވަހު އޮފީހަށް ދާ ގަޑީގައި އެގެކައިރިން ދިމާކުރާށެވެ.

*****

ހެނދުނު ލާނާއަށް ހޭލެވުނީ ފާހިރާ ދޮރުގައި ތަޅާއަޑަށެވެ. ފުންމައިގެން ތެދުވެ ގަޑި ބަލައިލިއިރު 8.00 ޖަހަންހުރީ އެންމެ ވިހި މިނަޓެވެ. ލާނާއަށް ފުންމައިގެން ތެދުވެވުންގޮތްވެސް ނޭނގުނެވެ. “މިތެދުވީއޭ މޯމް.” ފާހިރާ ދޮރުގައި ހުއްޓައިނުލާ ޖަހާތީ ލާނާ ގޮވައިލިއެވެ. ލާނާ އަވަހަށް ފާހާނާއަށް ފެންވަރަން ވަނެވެ. ލޯގަނޑުން އަމިއްލަ ސޫރަފެނުމުން ހިނދުކޮޅަކަށް މީހާ ހުއްޓުންއެރިއެވެ. ރޭގައި މާގިނައިރު ރުއިމުގެ ސަބަބުން މީހާގެ ލޯވަނީ ރަތްވެފައެވެ. ލޯކައިރި ހުރީ ދުޅަވެފައިހުރި ފާޑަކަށެވެ. މަންމައަށް ފެނިއްޖެނަމަ ސުވާލުކުރާނެކަން ގައިމެވެ. އެވަގުތު އޭނާ ހަނދާންވީ ރޭގައި ބައްޕަދެއްކި ވާހަކައެވެ. އެއީ ހުވަފެނަކަށް ވާނެނަމައޭ ލާނާގެ ހިތަށްއެރިއެވެ.

ފެނަވަރައިގެންނުކުމެ ލާނާ ފޯނުހުޅުވައިލިއެވެ. ފޯނުހުޅުވާލުމާއެކު ފުލުފުލުން މެސެޖުތައް އަންނަންފެށިއެވެ. މިސްޑްކޯލް އެލާރޓް އައިއިރު އިދާންގެ 20 މިސްޑްކޯލްއިނެވެ. ލާނާ ދެރަވިއެވެ. އެނާ އިދާންއަށް އެހެން ހަދާކަށް ބޭނުމެއްނޫނެވެ. ނަމަވެސް އިތުރު ގޮތެއްވެސް ވަކިނެތެވެ. ލާނާއަށް މަޖުބޫރެވެ. އިދާން ވެސް ޖެހޭނީ ލާނާ މަތިން ހަނދާން ނައްތާލަން މަސައްކަތްކުރާށެވެ.

ލާނާއަށް ތައްޔާރުވެގެން ނުކުމެވުންއިރު ގަޑިޖެހެން ހުރީ ފަސްމިނަޓެވެ. އަވަސް އަރުވާލައިފައި ގޭންނުކުންނަން ދަނިކޮށް ލައިގަތީ ހަސީނުގެ ގައިގައެވެ. “ދަރިފުޅު ހާދަ ލަހުން ތިދަނީ. ބައްޕަ މިދަނީ އޮފީހަށް. ހިނގާ ބައްޕަ ލާލާ ލައިދީފަ ދާނަން.” ހަސީނު ހިތްހަމަ ނުޖެހުނެވެ. ލާނާ ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ހަސީނު ފަހަތުން ހިނގައިގަތެވެ. ގޭންނުކުތް ލާނާ ހުއްޓުންއެރީ މަގުގެ އަނެއް ފަރާތުގައި ސައިކަލުގައި މަޑުކޮށްގެންއިން އިދާން ފެނުމުންނެވެ. ލާނާ މޫނު އަނބުރައިލުމަށްފަހު ކާރަށްއެރީ ނަފްސުކޮންޓްރޯލު ކުރަމުންނެވެ. ދުރުގައި ބަލަންއިން އިދާންގެ ހިތަށް ތަދުވިއެވެ. ލާނާގެ އެދުރުކަން އޭނާއަށް ބަރުދާސްތެއް ނުކުރެވޭނެއެވެ.

އޮފީހަށް ވަންނަންއައި ލާނާ ފުރަތަމަވެސް ލައިގަތީ ދޮރުން ވަންނަން އައި އަލަންގެ ގައިގައެވެ. އަލަންގެ ގެ ރުޅިގަނޑުގަދަވިއެވެ. ނަމަވެސް ދެވަނަ ސިންކުތުގައި އަމިއްލަ ނަފްސު ހަމައަކަށް އަޅުވައިލުމަށްފަހު ލާނާގެ އަތުގައިހިފައި ގަޔާދިމާއަށް ދަމާލިއެވެ. ” އޯހް މައި ގޮއިންގް ޓުބީ ވައިފް. ބަލައިގެން ނުހިނގެނީތަ ހަމަ.” އަލަން ޖެއްސުމަށް އެހެން ބުނިކަމުގައިވިއަސް އެއަޑުގައި ހަރުކަށި ކަމެއްވިއެވެ. ލާނާގެ ދެބުމަ ގޮށްޖެހުނެވެ. އަލަން ހީކުރަނީ ކީކޭކަމަށް ހެއްޔެވެ. ހެއްދެވިހައި ދޮގެއް ހަދައިގެން އަދިވެސް ހިތްފުރޭވަރު ނުވަނީ ހެއްޔެވެ. އަމިއްލައަށް ފެނިފައި ހުއްޓަސް ބޮޑުވަރެވެ. ލާނާ އަތްފޮޅުވައިލިއެވެ. “ގޮއިންގް ޓުބީ ވައިފް މައި ފުޓް އަލަން.” ލާނާ އެތެރެއަށް ވަދެގެން ދިޔައީ އަލަންގެ އަނގަ ބަންދުކޮށްފައެވެ. އަލަން އަތްމުއްކަވާފައި ފާރުގައި ޖެހިއެވެ.

******

ލާނާ ކެބިންއަށްވަދެ ހަމަޖެހިލިއެވެ. އަލަންގެ އުނދަގުލުން ސަލާމަތްވާނީ ކޮންއިރަކުބާއޭ އޭނާ ހިތަށްއެރިއެވެ. ކީކޭ ހިތަށް އަރާފައި ހުންނަ މީހެއް ހެއްޔެވެ. ލާނާ ރުޅިއައެވެ. އިދާން މަތިން ހަނދާންވުމާއެކު އިތުރަށް ރުޅިގަދަވިއެވެ. ލާނާ ދެލޯމަރައިލިއެވެ. ނުރޯން ހުއްޓަސް ރޮވެނީއެވެ. އިދާންގެ މީހަކަށް ވެވެން ނެތްއިރުވެސް އެކަމަށް އެދެވެނީއެވެ. އެލޯބި ލިބެންނެތްއިރު ވެސް އެލޯތްބަށް އެދެވެނީއެވެ.

އޮފީހަށްވަތް އަލަންގެ މިސްރާބުހުރީ ލާނާގެ ކެބިންއަށެވެ. “އޭ އަލަންޓޭ. ކައެ ކޮންކަމެއް ކުރަން ލާލާގެ ކެބިނަށް ދަނީ” ހުޒާމް އަލަންގެ ކުރިބެއްދިއެވެ. “ކައެވެސް ލާލާ ވީ ދޯ. ބައްޔެއްތަ މީ އެންމެންނަށް ޖެހޭ. ގޭގަ ވެސް ލާލާ. އޮފީހުގަ ވެސް ލާލާ. މުޅި މާލޭގައި ލާލާގެ ދެފައި.” އަލަން ފޫހިވެފައި ބުންޏެވެ. ހުޒާމް ހޭންފެށިއެވެ. އަލަން އިތުރު އެއްޗެއް ނުބުނެގޮސް ލާނާގެ ކެބިންގެ ދޮރު ހުޅުވައިލިއެވެ. ގޮނޑިގައި ލޯމަރައިގެންއިން ލާނާ ފެނުމުން އަލަން އަނެއްކައި ވެސް ރުޅިއައެވެ. މަޑުމަޑުން އެތެރެއަށްވަދެ ދޮރުތަޅުލުމަށްފަހު ލާނާ ކައިރީ އަލަން ހުއްޓިލިއެވެ. ކައިރީގައި މީހަކު ހުރިހެން ހީވުމުން ލާނާ ލޯ ހުޅުވައިލިއެވެ. ކައިރީގައި ހުއްޓިގެންހުރި އަލަންފެނި ލާނާ ފުންމައިގެންތެދުވީ ބިރެއްފެނިގެން ތެދުވާހެންނެވެ. “ވަޓް ދަ ހެލް. އަލަން މިތާ ކީއްކުރަނީ.” ހާސްވެފައި ހުރުމުން ލާނާއަށް އެހުނީ ތަންކޮޅެއް ބާރަށެވެ. “ހާދަ ހާސްވީ. މަ ބޭނުން އިރަކު މަގޭ ވާންއުޅޭ އަންހެނުން ކައިރިއަށް އާދެވޭނެ އެންނު.” ލާނާއާ ކައިރިވަމުން އަލަން ވާހަކަދެއްކީ ޖެއްސުމަށެވެ. ލާނާ ފަހަތަށް ޖެހެމުންގޮސް ފާރުގައިޖެހުނެވެ. ދެންހަދާނެ ގޮތެއް ނޭނގިފައި ހުރި ލާނާ ސިހުނީ އަލަން ގުދުވެ އޭނާގެ ކޮލަށް ދޮނެއް ދިނުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Anha

Level 110 Stories100 Comments

Other Articles

Previous

އުންމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ

Next

އިންތިޒާރު 4

Next
August 7, 2018

އިންތިޒާރު 4

Previews
August 7, 2018

އުންމުލް މުއުމިނީން ޞަފިއްޔާ ރަޟިޔަ ﷲ ޢަންހާ

12 Comments!

  1. kookie says:
    August 7, 2018 at 9:15 am

    yey me first dhw. Masha Allah mi part vx varah reethi.when next part..??

    1. Anha says:
      August 7, 2018 at 6:58 pm

      Next part in sha allah maadhan… ?

  2. Yash says:
    August 7, 2018 at 9:51 am

    Maasha allah? mi part vx v v v salhi can’t wait nest part?Alan haadha goahey kihineh baa dhen hadhaany laalaa ah♡♡

    1. Anha says:
      August 7, 2018 at 6:59 pm

      Thankyou dear. Keep reading to findout. In sha allah next part maadhan?

  3. Shaai says:
    August 7, 2018 at 10:08 am

    Superb ….

  4. Hajja says:
    August 7, 2018 at 11:16 am

    Salhi ekam alan laalaa ge life halaak kohlaaafiyyaa kada vaane. Reethi vaaanyy idhaan ah libihjjaaa?

  5. Anha says:
    August 7, 2018 at 7:01 pm

    Hello everyone. So heres the 3rd part. Let me knw what you all think. Hope you all liked it. In sha allah next part will upload tomorrow. Keep reading?❤

  6. rai says:
    August 9, 2018 at 8:48 am

    wow ..loabi igey..next part ga vaany kihineih baa

  7. Enash says:
    August 9, 2018 at 9:39 am

    kobar 4th part?

  8. Nunnu says:
    August 9, 2018 at 8:51 pm

    waiting…. koba vaahaka

    1. Anha says:
      August 9, 2018 at 11:17 pm

      I have already uploaded. Its still on pending. Once the admin approves, it can be seen

  9. Hamtii says:
    August 10, 2018 at 6:42 am

    alhey….haadha las vanee….cant wait anha…soooo sad…eheheh

Comments are closed.

Next Episodeކުށަކާނުލައި- 4ވަނަބައި←


All Right Reserved!