ލޯބި ވީމޭ ސިއްރު ސިއްރުން (17
ޖެހިގެން އައި ދުވަހުވެސް ހަނާޝް ހަމައަކަށް އަޅުވަން ވަސީމާއަށް އެތައް ކަމެއް ކުރަން ޖެހުނުުއިރު އެެއާއި ވިދިގެންް އައި ދުވަހުވެސް, ދާނިޝް ވެސް ބައިވެރިވި ހާލުގައި ހަނާޝް މައިތިރި ކުރެވޭޭތޯ ވަސީމާ ބެލިއެވެ. އެހެނަސް… އެކަމަށް މާބޮޑު ޙައްލެއް ނުގެނެވުނެވެ. ރީޝާ ފެންނަން ނެތުމުން އިރުއިރުކޮޅާ ހަނާޝްގެ ރުއިން ބާރުވެގެން ދެއެވެ. ލޮލުގެ ކޮއެ ފަދައިން ލޯބިވާ ދަރިފުޅުގެ މައުޞޫމް ލޮލުން ކަރުނަ އޮހޮރެމުންދާ މަންޒަރު ފެނުުމުން ދާނިޝްގެ ލޯވެސް ތެމިގެން ދެއެވެ. އެ ދަރިފުޅުގެ ރުއިމާއި ގިސްލުމުގެ ސަބަބަކީ އަމިއްލަ ނަފުސުކަން އެއްވެސް ދެކޮޅު ހެދުމެއް ނެތި ޤަބޫލުކުރާ ހާލުގައި އެކަމަށް ޙައްލެއް ގެންނަން ކުރެވެންހުރި ހުރިހާ ކަމެއް ކުރަން ދާނިޝް ބޭނުންވިއެވެ. އެހެންކަމުން, ދެން ކަަންތައް ކުރަންވީ ގޮތާއިމެދު ފިކުރުކޮށްލުމުން އޭނާގެ ބަރުވެފައިވާ ސިކުނޑިއަށް ވިސްނުނު ގޮތަށްވުރެ ވަކި ރަނގަޅު ގޮތެއް ނެތޭ އޭނާގެ ހިތްވެސް ބުނެލިއެވެ.
“ކީއްވެ އަނގައިން ނުބުނެ ތި ހުރީ..؟ އަހަންނަށް ބަލައި އާދެވުނުލެއް ލަސްވީމަ ރުޅި އައީތަ…؟” ސައިކަލް މަތީގައި ހުރެ އަޒީލް މި ސުވާލުތައް ކުރީ އޭނާގެ ލޯބިވެރިޔާ ޝިފްނާއާއެވެ. ދުލުގައި ތަޅުލެވިފައިވާ ފަދައިން އެންމެ ލަފުޒެެއް ވެސް ދުލުން ބޭރު ނުކޮށް ޝިފްނާ ހުރުމުން އަޒީލް ކަންބޮޑު ވިއެވެ. މަޖުބޫރު ހާލަތެއްގައި ކުރެވުނު ދާނިޝްއާއި ރީޝާ ގެ ކައިވެނިި ނިމުމަކަށް އައި ވާހަކަ, ރޭގެ ވަގުތެއްގައި އަޒީލްގެ ފަރާތުން އެނގިފައި ވާތީ ރީޝާއާއި ބައްދަލު ކޮށްލަން ޝިިފްނާ ބޭނުންވިިއެވެ. އެހެންކަމުން, މާލެ އައުމުގެ ކުރިން އަޒީލްއަށް ގުޅާފައި ބަލައި އައިސްދިނުމަށް ޝިފްނާ އެދުމުން, ފާއިތުވި ހަފްތާގެ ތެރޭގައި އަޒީލްއާ އޭނާގެ ބޮޑުބޭބެ ހަވާލު ކޮށްފައިވާ ލޯންޗުގެ ސަތަރި ކަހާލުމަށްފަހު ޝިފްނާ ބަލައި ފެރީ ޓަރމިނަލް ދޮށަށް އަޒީލްއައެވެ. އަޒީލްއަށް އާދެވުނީ ޝިފްނާ ބަލައި އަންނަން އެދުނުތާ ފަނަރަ ވަރަކަށް މިނެޓް ފަހުންނެވެ. އޭގެ ސަބަބެއް ކަމުގައި ހަވީރުގެ އެ ވަގުތާއިއެކު މާލޭގެ މަގުތަށް ހަލަބޮލިވެފައި އޮތް އޮތުން ހިމެނެއެވެ. ގުނައި އަދަދު ނުކުރެވޭ ވަރަށް ދުއްވާ އެއްޗެހީގައި މީހުން ނިކުމެ މަގުތަކުގައި ވެރިކަން ކުރަމުން ދާއިރު ހީވަނީ ކޮންމެެވެސް ކަހަލަ ހަރަކާތެެއް ކުރިއަށްދާހެނެވެ. އަޒީލްގެ އިތުރުން އެހެން ބަޔަކު ވެސްް ތޮއްޖެހިފައިވާ އެ މަގުތަކުން ލާފައި އެމީހެއްގެ މަންޒިލަށް ދެވޭތޯ އުޅުނެވެ. އެހެން މީހުންނެކޭ އެއްފަދައިން އެ މަގުތަކުގެ ތެރެއިން އަޒީލްއަށް ވެސް ނިކުމެވުނީ ދަތި ހާލެއްގައެވެ.
“ޖަވާބު ދީބަލަ..! ކޮންކަމަކާތަ ހިތްހަމަ ނުޖެހިފަ ތިހުރީ…؟” އަޒީލް ކުރި ސުވާލުތަކަށް މާބޮޑު ސަމާލު ކަމެއް ނުދީ ހިމޭނުން ޝިފްނާ ހުުރުމުން އަޒީލްގެ ނުތަނަވަސްކަން އިތުރުވިއެވެ. ދެވަނަ ފަހަރަށް ވެސް ޝިފްނާ ހިތްހަަމަ ނުޖެހިފައި ހުރި ސަބަބު އަހާލިއެވެ. ނަމަވެސް…އަޒީލްއަށް ޝިފްނާގެ ފަރާތުން ލިބުނު ޖަވާބެއް ނެތެވެ. ރުޅިމޫނު ހަދައިލައިފައި މާދުރަކަށް ބަލަހައްޓައިގެން ޝިފްނާ އިނުުމުން އަޒީލްގެ ގާތަށް ރުޅި އަންނަގޮތް ވިއެވެ.
“ވީގޮތެއް ބުނެބަލަ…! ކޮންކަމަކާތަ ރުޅިއައިސްފަ ތިހުރީ…؟” މަގުގެ އެއްފަރާތެއްގައި ސައިކަލް މަޑުކޮށްލަައިފައި އޭގެން ފައިބައި ޝިފްނާގެ އަތުގައި ހިފައިގެން ދުވާރު މައްޗަށް އެރުމަށްފަހު އަޒީލް އަނެއްކާ ވެސް ޝިފްނާއާއި ސުވާލުކުރަން ފެށިއެވެ. ވީގޮތެެއް ނުބުނެ ހަނުހިމޭންކަންމަތީ ޝިފްނާ ހުރުމުން އަޒީލްގެ ރުޅިގަަނޑު އިތުރު ވާންފެށިއެވެ. އެ މަންޒަރު ފެންނަ ހިސާބުގައި ތިބި ބައެއް މީހުންގެ ކަޅިތައް އަޒީލްއަށް އަމާޒުވެފައި ހުއްޓެވެ. އެހެނަސް…އެކަމަކަށް އަޒީލް މާބޮޑު ފަރުވާއެއް ނުބެހެއްޓިއެވެ. “ނުހާއަކީ ކާކު…؟” ނުރުހިފައި ހުރެ އަޒީލްއާއި ހަތަރުކަޅި ހަމަ ކޮށްލަމުން ޝިފްނާ އަހާލިއެވެ. ކަންފަތުގައި އެ އަޑު ޖެހުމާއިއެކު އަޒީލްއަށް ހީވީ ހޮނުގުގުރިއެއް ޖަހާލިހެނެވެ. ބޭއިޚުތިޔާރުގައި އަޒީލްއަށް ޝިފްނާގެ އަތުން ދޫކޮށްލެވުނެވެ. “ކޮން…ކޮން…ނުހާއެއް…؟ އަހަރެން…އަހަރެން ދަންނަ ނުހާއެއް ނޫޅޭނެ.. އެއްވެސް ނުހާއެއް އަހަރެންް ނުދަންނަން..” އޮބިނޯންނަ ވަރަށް އަޒީލްގެ ހިތް ތެޅެން ފެށީ ކަމެއް ބޭޒާރު ވެގެން ބިރުން މީހެއްގެ ހިތް ތެޅޭ ކަހަލަ ގޮތަކަށެވެ. ދޫ އޮޅޭގޮތްވެ ނިއްކުރިން ދާތިކި ތެޅެންފެށީ މަދު ސިކުންތު ކޮޅެއްގެ ތެރޭގައެވެ. “ދެން ކީއްވެ މާޝާ އަހަރެންގެ ގާތު އެހެން އެބުނީ…؟ ކީއްވެ މާޝާ އެބުނީ އަޒީލް މާޝާގެ ކޮއްކޮ ނުހާއާއި ރައްޓެހިވިއޭ…؟ އަހަންނަށް ޔަޤީން…މާޝާ އަހަރެން ގާތު ދޮގެއް ނުހަދާނެ…” ނުހާއަކީ ކާކުކަން ނޭނގޭ ކަމަށް އަޒީލް ބުނުމުން ޝިފްނާ އޭނާގެ އެކުވެރި މާޝާ އޭނާއާއި ޙިއްޞާ ކޮށްފައިވާ ވާހަކައެއް ހާމަކޮށްލިއެވެ. ހަމައެހެންމެ, މާޝާއަށް ފުރިހަމައަށް އިތުބާރު ކުރާކަމަށް ވެސް އޭނާ ބުނެލިއެވެ. “މާޝާ އެބުނީ ދޮގެއް…އަހަރެން ތިބުނާ ނުހާއަކާއި ރައްޓެއްސެއް ނުވަން…ޝިފްނާ ގާތު އަހަރެންް ބުނީމެއްނު ޝިފްނާއަކީ އަހަރެންގެެ އެންމެ ފުރަތަމަ ލޯބިވެރިޔާއޭ…އިތުރު އެއްވެސް ކުއްޖަަކާއި އަހަރެންް ރައްޓެއްސެއް ނުވަން…ޝިފްނާ އަހަންނަކަށް އިތުބާރެެއް ނުކުރަންތަ…؟” ޙަޤީޤަތް ވަރަށް ސާފެވެ. ނުހާއަކީ މީގެ ދުވަސްތަކެއް ކުރިން އަޒީލްގެ ހަޔާތުގައި ރަނިކަން ކުރަމުންދިއަ އަންހެން ކުއްޖާާއެވެ. އެގުޅުން ނިމުމަކަށް އަޒީލް ގެނައީ އޭނާގެ ލޮލުގައި ޝިފްނާ އަޅައިގަތް ދުވަހުއެވެ. އަޒީލް އޭނާގެ ނަފުސު ދިފާޢު ކުރަން ޝިފްނާއަށް ޙަޤީޤަތް ފޮރުވާލިއެވެ. ޖެހިލުން ވެފައި ހުރެ ނަމަވެސް ދޮގު ތަކަކުން އޭނާގެ ނަފުސު ދިފާޢު ކުރިއެވެ. އެކަން އެގޮތަށް ކުރަން އޭނާއަށް މަޖުބޫރު ވެފައިވާ ކަހަލައެވެ. ޝިފްނާގެ ލޯބި އަޒީލްއަށް ހާސިލު ކުރެވުނީ އޭނާގެ ލޯބީގެ ފަލްސަފާ ޝިފްނާއަށް ސިއްރުކޮށްފައި, އޭނާގެ ހަޔާތަށް ޝިފްނާގެ ކުރިން އެއްވެސް އަންހެން ކުއްޖަކު ނާންނަ ކަމަށް ބުނުމުންނެވެ. އެކަމުގައި ސަބަބު ތަކެއް ވެސް ވިއެވެ. ޝިފްނާ ބުނެެފައިވާ ގޮތުގައި މާގިނަ އަންހެން ކުދިންނާއި ރައްޓެހިވެ އުޅޭ ފިރިހެނުން އޭނާއަކަށް ކަމަކު ނުދެއެވެ. އެކަހަލަ ފިރިހެނުން ދެކެ އޭނާ ފޫހިވެއެވެ. ރުޅި އާދެއެވެ. މި ސަބަބަށްޓަކައި އަޒީލް އޭނާގެ ހަޤީޤީ ދިރިއުޅުން ޝިފްނާއަށް ފަރުދާ ކޮށްލިއެވެ. އެހެނަސް…އަޒީލްގެ ހަނދާނުން ކައްސާލި ކަމަކީ, ދޮގުހަދައި އޮޅުވާލާ މީހުންދެކެ ޝިިފްނާ އިންތިހާއަށް ރުޅިއަންނަކަމެވެ. މިކަން އަޒީލްގެ ހަނދާނުގައި ހަމަ އެއްގޮތަކަށް ވެސް ނުވާ ކަހަލައެވެ. “އެކަމަކު…މާޝާ ބުނީ…” އިތުރަށް އެ ވާހަކަ ކުރިއަށް ގެންދަން ޝިފްނާ ބޭނުންވިއެވެ. ނަމަވެސް…އަޒީލް އެ ފުރުސަތެއް ޝިފްނާއަކަށް ނުދިނެވެ. “ދެން ތިވާހަކަ ނުދައްކަބަލަ…މަށަށް ހީވަނީ މާޝާމެން ޝިފްނާ އާއި ސަމާސާ ކޮށްލީހެން…ބުނީމެއްނު އެމީހުން ވަރަށް ޖެއްސުންކުރާ ވާހަކަ…އަހަރެން ހަމަގައިމު މި ބުނީ ތެދަށް…ޝިފްނާ ނޫން އެހެން އަންހެން ކުއްޖެއް އަހަރެންގެެ ހަޔާތަކަށް ނާދޭ…ނުވެސް އަންނާނެ…” ޝިފްނާގެ ކޮނޑުގައި ހިފާލަމުން އެވާހަކަ އޮއްބާލަން އެތައް ބަހަނާތަކެއް އަޒީލް ދެއްކިއެވެ. އެހެންކަމުން, އަޒީލްގެ ވާހަކަތައް ޝިފްނާ ޤަބޫލު ކުރިއެވެ. އަޒީލްއަށް އިތުބާރު ކުރާށޭ އޭނާގެ ހިތް ބުނެލި ކަހަލައެވެ. އިސާހިތަކު ޝިފްނާގެ މޫނުމަތިން ނުރުހުމުގެ އަސަރުކެނޑި ހިނިތުންވުމެއް ވެރިވެގެންދިއެވެ. އަޒީލްގެ ތެޅިތެޅިއޮތް ހިތަށް ހަމަޖެހުމެއް ލިބިގެންދިއައީ އެހިސާބުންނެވެ.
ހަވީރުގެ އެ ވަގުތުުގައި ކޮޓަރީީގެ ކިިޑިކީ ހުޅުވާލައި ގެން ބޭރުން ފެންނަމުން ދިއަ މަންޒަރު ތަކަށް ކަޅިޖަހައި ނުލައި ބަލަހައްޓައިގެން ރީޝާ ހުއްޓެވެ. ފިނިފިނި ވައިރޯޅިތައް ރީޝާގެ އިޒުނައަކާއި ނުލައި އޭނާގެ މޫނުގައި ބީހެމުން ދިއައެވެ. ނަމަވެސް… އެއިން އެއްވެސް ކަމެއް ރީޝާއަކަށް އިޙްސާސެެއް ނުކުރެވެއެވެ. ބޭރުން ފެންނަންމުން ދިއަ ހަލަބޮލި މަންޒަރު ލޮލުގައި ވިޔަސް އެމަންޒަރާއިމެދު އޭނާގެ ސިކުނޑީީގައި އެއްވެސް ޚިޔާލެއް ފިކުރެއް ނެތެވެ. ރީޝާގެ ސިކުނޑީީގައި ވަނީ ހަނާޝްގެ ޚިޔާލު ތަކެވެ. ކުރިމަތިން ސިފަވަމުން ދަނީ ލޯތްބާއި ކުލުނުންް ފުރިގެންވީ ހިތަކާއިއެކު ހަނާޝްއަށް ޚިދުމަތްތައް ކޮށްދެވުނު ދުވަސްތަކާއި ވަގުތުތަކެވެ. އެމަންޒަރު ތަކެވެ. ހަނާޝްއާއި ދުރުގައި ހުންނަން ޖެހުމުން ރީޝާގެ ހިތަށް ކުރަމުންދާ އަސަރު އޭނާގެ ލޮލުން ހާމަވާން ހުއްޓެވެ.
ހަނާޝްގެ ހަނދާންތައް ކުރަމުން ދިއަ އެ ވަގުތުގައި ކުއްލިއަކަށް އެ ކޮޓަރީީގެ ދޮރުގައި މީހަކު ޓަކިދޭ އަޑު އިވުމުން ރީޝާ ސިހިގެން ދިއެެވެ. ހަނާޝްގެ ހަނދާންތަކާއިއެކު ލޮލުން ފޭދުނު ކަރުނަތައް ފޮހެލަމުން މަޑުމަޑުން ގޮސް ދޮރު ހުޅުވާލިއެވެ. “ޝިފްނާ…!” ދޮރުމަތީީގައި ހުރި ޝިފްނާ ފެނުމުން ރީޝާ ހައިރާންވީ އެވަގުތު ޝިފްނާ އަތުވެދާނެ ކަމަށް ވިސްނިފައިި ނުވާ ހާލުގައެވެ. “ވަދޭ އެތެރެއަށް…!” ގަދަކަމުން ކަހަލަ ގޮތަކަށް ހިނިތުން ވެލުުމަށްފަހު ކޮޓަރިއަށް ވަނުމުގެ އިޒުނަ ޝިފްނާއަށް ރީޝާ ދިނެެވެ. އެހެންކަމުން, އެ ސާފު ކޮޓަރި ތެރެއަށް ޝިފްނާ ވަނެވެ. “އިށީނދޭ…!” ކޮޓަރި ތެރޭގައި ހުރި ސޯފާގޮނޑިއަށް އިޝާރާތް ކޮށްލަމުން ރީޝާ ބުނެލިއެވެ. “ޝިފްނާ ކިހިނެއްތަ…؟” ޝިފްނާއާއި މާދުރުނޫން ހިސާބެއްގައި އިށީންނަމުން ރީޝާ އަހާލިއެވެ. “އަހަރެން ރަނގަޅުު…ރީޝާ ބުނެބަލަ… ރީޝާ ކިހިނެއްތަ…؟ ކީއްވެތަ އެއްވެސް މީހެއްގެ ގާތުުު ނުބުނީ ދާނިޝްގެ ފަރާތުން އަނިޔާ ލިބުނު ވާހަކަ…ރީޝާ ކަންތައް ތިކުރީ ރަނގަޅަކަށް ނޫން…” ޝިފްނާގެ ދުލުގައި ވެސް އެންމެ ފުރަތަމަަ ވީ ޝަކުވާއެވެ. ދާނިޝްކުރި އަނިޔާތަކަށް އުފްވެސް ނުބުނެ އެހާގިނަ ދުވަހު އެކަން ބަރުދާސްތު ކުރީތީ ޝިފްނާ ވެސް ހިތްހަމަ ނުޖެހުނެވެ. ކުރިން ޝިފްނާއަށް ރީޝާގެ ޙަޤީޤަތް އެނގިފައި ނުވިޔަސް މީގެ ދެ ދުވަސް ކުރިން އެދެމެދުގައި އުފެދުނު ރަޙުމަތްތެރިކަން ހެޔޮހިތުން ޝިފްނާ ބަލައިގަތެވެ. އެދުވަހު ޝިފްނާއަށް ރީޝާާ ދަސްވި ކަހަލައެވެ. ރީޝާގެ ހިތްހެޔޮ ކަމާއި ހިތް ސާފުކަން ފެނި ރީޝާއަކީ ގާތް ރަޙުމަތްތެރިއެއް ކަމުގައި ޝިފްނާ ބަލައިގަތެވެ. “އަޒީލްއަކަށް ވެސް ކުރިން އެއްވެސް ކަމެއް ނޭނގޭ…ރީޝާއަށް ދާނިޝް އަނިޔާކުރިކަން އެއްވެސް މިންވަރަކަށް އަޒީލްއަށް އެނގިފައެއްނެތްް…އެކަހަލަ އެއްވެސް ވާހަކައެއް އަޒީލްއާއި ދާނިޝް ޙިއްޞާކޮށްފައެއް ނުވޭ…ދާނިޝްގެ ފަރާތުން ރީޝާއަށް އަނިޔާ ލިބެމުންދާކަން އެނގުނު ނަމަ ދާނިޝްގެ އެ ޢަމަލުތައް އަޒީލް ހުއްޓުވީސްކަން ޔަޤީން…” ޝިފްނާ ގާތުގައި އަޒީލް ބުނެފައިވާ ވާހަކަތައް ހަނދާނުގައި ހުރީތީ އެވާހަކަތައް ޝިފްނާ ރީޝާއަަށް ހާމަކޮށްލިއެވެ. އަޒީލްއަށް ވެސް ކުރިން އެއްވެސް ކަމެއް އެނގިފައި ނުވާކަމަށް އޭނާ ބުންޏެވެ. ހަމައެހެންމެ, އެކަން އަޒީލްއަށް އެނގުނު ނަމަ ރީޝާއަށް ދާނިޝްގެ ފަރާތުން ވޭނާއި ޝަޒާ ތަޙައްމަލު ކުރަން ނުޖެހުނީހޭ ޝިފްނާ ބުނެލިއެވެ. “އަހަރެން އެންމެ ދެެރަވަނީ ހަނާޝްއާއި ވަކިވާން ޖެހުނީމަ…ބައެއްް ފަހަރު ހިތަށްއަރާ އަދިވެސް ދާނިޝްގެ ހަމަލާތަކަށް ކެތްކޮށްލައިގެން ހުރެވުނު ނަމައޭ…އެެގޮތަށް ކަންތައް ކުރެވުނު ނަމަ ހަނާޝް އާއި ދުރުގަ ހުންނަަން ޖެހުމުން ލިބެމުންމިދާ ހިތްދަތިކަން ތަޙައްމަލު ކުރާކަށް ނުޖެހުނީހެެއްނު…” ކުޑަ ހިނދުކޮޅެެއްގެ ތެރޭގައި, ރީޝާގެ މޫނުމައްޗަށް ވެރިކުރުވި ހިނިތުންވުން ނެތިގެން ދިއެވެެ. ބަދަލު ވެގެންދިއަ ރީޝާގެ މޫނުގެ ކުލަވަރާއި އެކު ވަޅުވަދެފައިވާ ލޮލަށް ޖަމާވި ކަރުނަތައް ކޯތާފަތް މައްޗަށް އޮހިގެންދިއަ މަންޒަރުު ފެނުމުން ހިތަށް ކުރި އަސަރާއިއެކު ޝިފްނާ ވެސް ފެންކަޅިވާގޮތް ވިއެވެ. “ރީޝާ އައިއިރު ހަނާޝް ވެސް…” ޝިފްނާއަށް އޭނާ ބުނަން އުޅުނު ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ. އޭގެ ކުރިން ކޮންމެެސް މީހަކު އެ ކޮޓަރީީގެ ދޮރުގައި ޓަކިޖަހާލި އަޑު އިވުމުން ދެމީހުންވެސް އެއްފަހަރާ އެ ދިމާއަށް ބަލާލިއެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
17 Comments!
Comments are closed.





Varah reethi ekam haadha lahun update vany
Thanks….mi part submit kurithaa thin dhuvas fahun upload ekuree…
Haadha kurey….. bt varah varah varah reethi…..
Oh…ok..thanks…
Vr rythi.. maasha allah. can’t wait to read the next part
Thank you…??
Ehaa lahun up vAa iru vex fukeh… ???
Sorry…
Vvvv nice ingey haadha inthixaareh kurevijje ey …..hattey sub mit kuriakas nunimeyne ingey ,kiyun Teri naa hama ah genesdheefa huttalan vaanee???
Thanks..?
V salhi aneh part kn irakun kiuntheringe arihah genesdheyny
Thanks ahmed….?????
mivaahaka v. reethi. thankolheh avahah sub mit kolladheebala
Thankss…ok..
Alhe kiyaa hithun keh madhuvefa….avahah up kohlaba
Ok
Salhi